الشعراء
Ash-Shu'araa
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
طسٓمٓ
Open ayah 26:1طسم މިއަކުރުތަކަކީ މިބާވަތުގެ އެހެނިހެން އަކުރުތަކެކޭ އެއްފަދައިން އޭގެ މާނަ އަދި އެއިން އެދެވޭ مُرَاد އެއް ހަމައެކަނި ﷲ ގެ ދެނެވޮޑިގަތުމަށްخَاصَّ ވެގެންވާ އަކުރުތަކެކެވެ.
تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ
Open ayah 26:2މިއީ بيَان ކުރައްވާ ފޮތުގެ އާޔަތްތަކެވެ. (އެބަހީ: އެފޮތަށް ވިސްނާ فكر ކޮށް تَدْبِير ކޮށްފި މީހަކަށް މިފޮތަކީ ގަދަކީރިތިވަންތަ ﷲ ގެ حضرة ން ބާވައިލައްވާފައިވާ ފޮތެއްކަން بيان ކޮށްދޭ ފޮތެކެވެ. محمّد ﷺ އަމިއްލަފުޅަށް ގެންނެވި އެއްޗެއް ނޫންކަން އަންގައިދޭ ފޮތެކެވެ.)
لَعَلَّكَ بَٰخِعٞ نَّفۡسَكَ أَلَّا يَكُونُواْ مُؤۡمِنِينَ
Open ayah 26:3(އޭ رسول ﷲ އެވެ.) އެ مشرك ންގެމީހުން إيمان ނުވުމުގެ ސަބަބުން އެކަމާމެދު ދެރަފުޅުވެގެން ކަލޭގެފާނުންގެ نفس ފުޅު ހަލާކުކުރައްވާކަހަލައެވެ. (އެކަމާ ދެރަފުޅުނުވާށެވެ. ކަލޭގެފާނުންގެ واجب އަކީ އިއްވައިދެއްވުމެވެ.)
إِن نَّشَأۡ نُنَزِّلۡ عَلَيۡهِم مِّنَ ٱلسَّمَآءِ ءَايَةٗ فَظَلَّتۡ أَعۡنَٰقُهُمۡ لَهَا خَٰضِعِينَ
Open ayah 26:4ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އުޑުން معجزة އެއް ބާވައިލެއްވިނަމަ އެމީހުންގެ ކަނދުރާތައް އެއަށް ކިޔަމަންވެ ނިކަމެތިވެއްޖައީހެވެ. ނުވަތަ އެމީހުންކުރެ ބޮޑެތި މީހުން އެ معجزة އަށް ނިކަމެތިވެ ދެރަވެއްޖައީހެވެ. މިބަސްފުޅުގެ މުރާދަކީ ނުރުހިތިބެވެސް އެމީހުން އެ معجزة އަށް ކިޔަމަންވީހެވެ. (ނަމަވެސް އެހެންނުހެއްދެވީ ފައިދާކުރާނެ އީމާންކަމަކީ غَيْبُ ގެކަންކަމަށް إخْتِيَارُ ގައިވާއީމާންކަމަކަށްވާތީއެވެ.)
وَمَا يَأۡتِيهِم مِّن ذِكۡرٖ مِّنَ ٱلرَّحۡمَٰنِ مُحۡدَثٍ إِلَّا كَانُواْ عَنۡهُ مُعۡرِضِينَ
Open ayah 26:5އަދި رحمن ވަންތަ ﷲ ގެ حضرة ން ބާވައިލައްވައިގެން އެއްވެސް نصيحة އެއް - އަދި تَنْبِيْه އެއް އަތުވެއްޖެއްޔާ އެމީހުން އެއަށް ފުރަގަސްދީގެންވާބަޔަކު ކަމުގައިވާ މެނުވީ އެމީހުންގާތަށް ނާދެއެވެ. އެބަހީ: ކޮންމެ نصيحة އެއް ކޮންމެ وعظ އެއް އެމީހުންގާތަށް އައިނަމަވެސް އެމީހުން އެއަށް ފުރަގަސްދެއެވެ.
فَقَدۡ كَذَّبُواْ فَسَيَأۡتِيهِمۡ أَنۢبَٰٓؤُاْ مَا كَانُواْ بِهِۦ يَسۡتَهۡزِءُونَ
Open ayah 26:6ފަހެ ހަމަކަށަވަރުން އެމީހުން - އެބަހީ: مشرك ންގެމީހުން - (ﷲ ގެ حضرة ން އެމީހުންގާތަށް އައި ذِكر އާއި نصيحة) އެމީހުން ދޮގުކޮށްފިއެވެ. ދެންފަހެ ނިކަންހުރެ އެމީހުން އެކަމަކާމެދު މަލާމާތްކޮށް ފުރައްސާރަކުރާ ކަމުގައިވި ކަންތަކުގެ (ﷲ ގެ عذاب ގެ) خبر ތައް އެމީހުންގާތަށް އަންނަހުއްޓެވެ.
أَوَلَمۡ يَرَوۡاْ إِلَى ٱلۡأَرۡضِ كَمۡ أَنۢبَتۡنَا فِيهَا مِن كُلِّ زَوۡجٖ كَرِيمٍ
Open ayah 26:7އަދި (آخرة އާއި محشر އަށް ފޮނުއްވުން ދޮގުކުރާ) އެމީހުން ފަހެ ބިންގަނޑު ނުދެކެނީބާވައެވެ؟ ބިމަށްނުބަލަނީބާވައެވެ؟ މާތްވެގެންވާ ގަސްގަހުގެ ކިތައްކިތައް ޖޯޑު ތިމަންރަސްކަލާނގެ އެބިމުގައި ފެޅުއްވީންހެއްޔެވެ؟ އެބަހީ: ވަރަށްގިނަ ގަސް ފެޅުއްވީމެވެ.
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Open ayah 26:8ހަމަކަށަވަރުން އެކަންތަކުގައި ކަނޑައެޅި ބަޔާންވެގެންވާ دليل ވެއެވެ. (އެބަހީ: މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި محشرއަށް ފޮނުއްވުމަށް ފުދޭވަރުގެ دليل ވެއެވެ. އެހެނީ މަރުވެފައިވާ ބިމަށް ވާރޭ ވެއްސަވައިގެން ދިރުއްވާ ގަސް ފެޅުއްވި ފަރާތަކަށް މަރުވެފައިވާ މީސްތަކުން ދިރުއްވުމަށް އެއްވެސް އުނދަގުލެއް ނުވާނޭކަން ސަލާމަތް ބުއްދިޔަކަށްވިއްޔާ އެނގޭނެއެވެ.) އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Open ayah 26:9އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުންބޮޑުވެގެންވާ ކަލާނގެއެވެ.
وَإِذۡ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئۡتِ ٱلۡقَوۡمَ ٱلظَّٰلِمِينَ
Open ayah 26:10އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ موسى عليه السّلام އަށް ނިދާއިއްވެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އެއީ އަނިޔާވެރި قوم އަށް (رسول ކަމާއިގެން) ވަޑައިގެންނެވުމަށެވެ.
قَوۡمَ فِرۡعَوۡنَۚ أَلَا يَتَّقُونَ
Open ayah 26:11އެއީ فرعون ގެ قوم އެވެ. އެމީހުން تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟
قَالَ رَبِّ إِنِّيٓ أَخَافُ أَن يُكَذِّبُونِ
Open ayah 26:12އެކަލޭގެފާނު يعني: موسى عليه السّلام - ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! އެމީހުން މިއަޅާ ދޮގުކޮށްފާނެތީ މިއަޅާ ބިރުގަންނަމެވެ.
وَيَضِيقُ صَدۡرِي وَلَا يَنطَلِقُ لِسَانِي فَأَرۡسِلۡ إِلَىٰ هَٰرُونَ
Open ayah 26:13(އެމީހުން މިއަޅާ ދޮގުކޮށްފިއްޔާ) މިއަޅާގެ ހިތްދަތިވާނެއެވެ. (އަދި ހިތްދަތިވެއްޖެއްޔާ) މިއަޅާގެ ދޫ ނުހިނގާނެއެވެ. ފަހެ އެހެންވެ މިއަޅާގެ أخ هارون މިއަޅާއާއިއެކު رسول ކަމާއިގެން ފޮނުއްވައިދެއްވާދޭނވެ!
وَلَهُمۡ عَلَيَّ ذَنۢبٞ فَأَخَافُ أَن يَقۡتُلُونِ
Open ayah 26:14އަދި އެމީހުންގެ نسبة ގައި މިއަޅާގެމައްޗަށްވާ ފާފައެއްވެއެވެ. (އެއީ މިއަޅާ އެމީހުންގެ މީހަކު މަރާފައިވުމެވެ.)
قَالَ كَلَّاۖ فَٱذۡهَبَا بِـَٔايَٰتِنَآۖ إِنَّا مَعَكُم مُّسۡتَمِعُونَ
Open ayah 26:15އެކަލާނގެ وحي ކުރެއްވިއެވެ. އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. (فرعون قوم ގެމީހުންނަކަށް ކަލޭގެފާނު ނުމެރޭނެއެވެ.) އަދި ތިމަންރަސްކަލާނގެ دليل ތަކާއި حجّة ތަކާއިގެން ތިޔަދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވަނީ ތިޔަބޭކަލުންނާއިއެކު އައްސަވާވޮޑިގެންވާ ކަލަކުކަމުގައެވެ.
فَأۡتِيَا فِرۡعَوۡنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلۡعَٰلَمِينَ
Open ayah 26:16ފަހެ ތިޔައިގެ ދެކަލުން فرعون ކައިރިޔަށް ވަޑައިގަންނަވާށެވެ! އަދި އޭނާގެ ގާތު ތިމަންނާމެންނީ عالم ތަކުގެ ވެރި ربّ ފޮނުއްވި رسول ންނީމުއެވެ. ވިދާޅުވާށެވެ!
أَنۡ أَرۡسِلۡ مَعَنَا بَنِيٓ إِسۡرَٰٓءِيلَ
Open ayah 26:17އަދި ބަނީއިސްރާއީލުން އަހުރެމެންނާއެކު ފޮނުއްވައިދެއްވާށެވެ!
قَالَ أَلَمۡ نُرَبِّكَ فِينَا وَلِيدٗا وَلَبِثۡتَ فِينَا مِنۡ عُمُرِكَ سِنِينَ
Open ayah 26:18އޭނާ يعني: فرعون ވިދާޅުވިއެވެ. (އޭ موسى އެވެ!) ކަލޭ ކުޑަކުއްޖެއްކަމުގައިވީ حال ކަލޭ އަހުރެމެންގެ ތެރޭގައިހުރެ އަހުރެން ކަލޭ تربيّة ނުކުރަންހެއްޔެވެ؟ (ކަލޭ ބަލާބޮޑުކުރީ އަހުރެންނޫންހެއްޔެވެ؟) އަދި ކަލޭގެ عمر ން ދުވަސްތަކެއްވާންދެން އެތައް އަހަރެއްވާންދެން އަހުރެމެންގެތެރޭގައި ކަލޭ ހުރީމުނޫންހެއްޔެވެ؟
وَفَعَلۡتَ فَعۡلَتَكَ ٱلَّتِي فَعَلۡتَ وَأَنتَ مِنَ ٱلۡكَٰفِرِينَ
Open ayah 26:19ދެން ކަލޭ އެކުރިކަންތައް ކަލޭ ކުރީއެވެ. (އެބަހީ: އަހުރެމެންގެ ތެރެއިން މީހަކުމެރީމެއްނޫންހެއްޔެވެ؟ އަދި ކަލޭވަނީ (نعمة އަށް) ކާފަރުވާމީހުންގެތެރެއިންނެވެ.
قَالَ فَعَلۡتُهَآ إِذٗا وَأَنَا۠ مِنَ ٱلضَّآلِّينَ
Open ayah 26:20އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. ތިޔަބުނާ ކަންތައް އަހުރެންކުރީމެވެ. އޭރު އަހުރެންވަނީ جاهل ންގެތެރެއިންނެވެ. (ނޭނގޭމީހުންގެތެރެއިންނެވެ. މަގުފުރެދިގެންވާމީހުންގެ ތެރެއިންނެވެ. މީހުން މެރުމަކީ حرام ކަމެއްކަންވެސް ނޭނގެއެވެ.)
فَفَرَرۡتُ مِنكُمۡ لَمَّا خِفۡتُكُمۡ فَوَهَبَ لِي رَبِّي حُكۡمٗا وَجَعَلَنِي مِنَ ٱلۡمُرۡسَلِينَ
Open ayah 26:21ދެން އަހުރެން މަނިކުފާނުމެންގެ ފަރާތުން ބިރުވެތިވުމުން ފިލައިގެން ދިޔައީއެވެ. ދެން އެޔަށްފަހު އަހުރެންގެ ربّ އަހުރެންނަށް نبي ކަން އަދި علم އާއި ހެޔޮވިސްނުން ދެއްވައިފިއެވެ. އަދި އަހުރެން رسول ބޭކަލުންގެތެރެއިން ލައްވައިފިއެވެ.
وَتِلۡكَ نِعۡمَةٞ تَمُنُّهَا عَلَيَّ أَنۡ عَبَّدتَّ بَنِيٓ إِسۡرَٰٓءِيلَ
Open ayah 26:22އަދި މަނިކުފާނު އަހުރެންގެމައްޗަށް ތިޔަކުރިކަމަށް ވިދާޅުވާ خدمة އެއީ بَنُو اسرائيل އަޅުވެތިކުރުމަށް މަނިކުފާނު ކުރެއްވިކަމެއްތޯއެވެ؟
قَالَ فِرۡعَوۡنُ وَمَا رَبُّ ٱلۡعَٰلَمِينَ
Open ayah 26:23فرعون ވިދާޅުވިއެވެ. عَالَم ތަކުގެ ވެރި ربّ (ނުވަތަ رَبّ العالمين) އަކީ ކާކުހެއްޔެވެ؟
قَالَ رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَآۖ إِن كُنتُم مُّوقِنِينَ
Open ayah 26:24އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާ ތަކެތި ހައްދަވާބޮޑުކުރައްވާ އަދި ބަލަހައްޓަވާ އެތަކެތީގެ ވެރި ربّ އެވެ. ކަލާނގެއެވެ. ކަލޭމެންނަކީ يقين ކުރާ ބަޔަކު ކަމުގައި ވަންޏާއެވެ. (އެބަހީ: يقين ކުރާބަޔަކުކަމުގައި ވަންޏާ އެގޮތް އެނގޭނެއެވެ.)
قَالَ لِمَنۡ حَوۡلَهُۥٓ أَلَا تَسۡتَمِعُونَ
Open ayah 26:25فرعون އޭނާގެ ވަށައިގެންވާ މީހުންނަށް ބުންޏެވެ. ކަލޭމެން ފަހެ އޭނާ އެދައްކާ ވާހަކައެއް ނާހަމުހެއްޔެވެ؟ (މިހެން އޭނާ އެބުނަނީ عجائب ވާފަދަގޮތަކަށް މަލާމާތު ރާގަކަށެވެ.)
قَالَ رَبُّكُمۡ وَرَبُّ ءَابَآئِكُمُ ٱلۡأَوَّلِينَ
Open ayah 26:26އެކަލޭގެފާނު އެބަހީ: موسى عليه السّلام - ވިދާޅުވިއެވެ. އެއީ ކަލޭމެންނާއި އަދި ކަލޭމެންގެ އިސްވެދިޔަ ކާބަފައިންގެވެސް ربّ އެވެ.
قَالَ إِنَّ رَسُولَكُمُ ٱلَّذِيٓ أُرۡسِلَ إِلَيۡكُمۡ لَمَجۡنُونٞ
Open ayah 26:27އޭނާ އެބަހީ: فرعون ބުންޏެވެ. (އޭ މީސްތަކުންނޭވެ!) ކަލޭމެންގެގާތަށް ފޮނުއްވިގެން ތިޔަވާ رسول އަކީ ހަމަކަށަވަރުންވެސް މޮޔައެކެވެ. مَجْنُون އެކެވެ.
قَالَ رَبُّ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَمَا بَيۡنَهُمَآۖ إِن كُنتُمۡ تَعۡقِلُونَ
Open ayah 26:28އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އެކަލާނގެއީ مشرق އާއި مَغْرب އާއި އަދި އެދެމެދުގައިވާހާތަކެތީގެވެސް ربّ އެވެ. ކަލޭމެންނަކީ އެއްޗެއްވިސްނޭ ބަޔަކު ނަމަ ރަނގަޅަށް އެނގޭނެއެވެ.
قَالَ لَئِنِ ٱتَّخَذۡتَ إِلَٰهًا غَيۡرِي لَأَجۡعَلَنَّكَ مِنَ ٱلۡمَسۡجُونِينَ
Open ayah 26:29އޭނާ ބުންޏެވެ. އެބަހީ: فرعون ބުންޏެވެ. (އޭ موسى އެވެ!) ކަލޭ އަހުރެންނޫން އެހެންއެއްވެސް ފަރާތެއް -އެހެން އެއްވެސް މީހެއް إله އަކުކަމުގައި إختيار ކުރަންޏާ ހަމަކަށަވަރުން ޖަލަށްލެވިފައިވާ މީހުންގެތެރެއިން އަހުރެން ކަލޭލާހުށީމެވެ. އެބަހީ: ޖަލަށްލައި ހައްޔަރުކުރާނަމެވެ.
قَالَ أَوَلَوۡ جِئۡتُكَ بِشَيۡءٖ مُّبِينٖ
Open ayah 26:30އެކަލޭގެފާނު އެބަހީ: موسى عليه السّلام ވިދާޅުވިއެވެ. (އަހުރެން މިބުނާ އެއްޗެއްގެ ތެދުކަން) ބަޔާންކޮށްދޭނޭ އެއްޗަކާއިގެން އަހުރެން ކަލޭގެގާތަށް އައިނަމަވެސް ހެޔޮހެއްޔެވެ؟ އެބަހީ: ހައްޔަރުކުރާނަން ހެއްޔެވެ؟
قَالَ فَأۡتِ بِهِۦٓ إِن كُنتَ مِنَ ٱلصَّٰدِقِينَ
Open ayah 26:31އޭނާ يعني: فرعون ބުންޏެވެ. ފަހެ ތިޔައެއްޗެއް ގެނަސްބަލާށެވެ! ކަލެޔަކީ ތެދުވެރިންގެތެރެއިންވާ މީހަކުކަމުގައި ވަންޏާއެވެ.
فَأَلۡقَىٰ عَصَاهُ فَإِذَا هِيَ ثُعۡبَانٞ مُّبِينٞ
Open ayah 26:32ފަހެ އެކަލޭގެފާނު يعني: موسى عليه السّلام އެކަލޭގެފާނުންގެ އަސާކޮޅު އެއްލަވާލައްވައިފިއެވެ. އެހައިރުން އޭތި بيان ވެގެންވާ ހަރުފައަކަށް ވެއްޖެއެވެ.
وَنَزَعَ يَدَهُۥ فَإِذَا هِيَ بَيۡضَآءُ لِلنَّٰظِرِينَ
Open ayah 26:33އަދި އެކަލޭގެފާނުންގެ އަތްޕުޅު (ޖީބުތެރެއިން) ނެރުއްވައިފިއެވެ. އެހައިރުން އޭތި ބަލާމީހުންނަށް ހުދުއެއްޗަކަށްވެއްޖެއެވެ.
قَالَ لِلۡمَلَإِ حَوۡلَهُۥٓ إِنَّ هَٰذَا لَسَٰحِرٌ عَلِيمٞ
Open ayah 26:34އޭނާ އެބަހީ: فرعون އޭނާގެ ވަށައިގެންވާ މާތްބޮޑުންނަށް ބުންޏެވެ. ހަމަކަށަވަރުން މިއީ سحر ގެ عمل ރަނގަޅަށް ދަންނަ سحر ވެރިއެއްކަން يقين އެވެ.
يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِكُم بِسِحۡرِهِۦ فَمَاذَا تَأۡمُرُونَ
Open ayah 26:35އޭނާ އެއެދެނީ އޭނާގެ سحر ގެ ބާރުން ކަލޭމެން ކަލޭމެންގެރަށުން ނެރެލާށެވެ. ފަހެ އެހެންވެ (އޭނާޔާ ބެހޭގޮތުން) ކަލޭމެން އަހުރެންނަށް ދޭނޭ مشورة އަކީ ކޮބައިހެއްޔެވެ؟
قَالُوٓاْ أَرۡجِهۡ وَأَخَاهُ وَٱبۡعَثۡ فِي ٱلۡمَدَآئِنِ حَٰشِرِينَ
Open ayah 26:36އެމީހުން އޭނާއަށް ދެންނެވިއެވެ. އޭނާޔާއި އޭނާގެ أخ ގެ (އެބަހީ: موسى عليه السّلام އާއި އެކަލޭގެފާނުންގެ أخ هارون عليه السّلام އާއި ދެކަލުންގެ) ކަންތައް އިހަށް ފަސްކޮށްލައްވާށެވެ! سحر ވެރިން އެއްކުރުމަށް މަނިކުފާނު ރަށްތަކަށް މީހުން ފޮނުއްވާށެވެ! އަދި سحر ވެރިން އެއްކުރައްވާށެވެ!
يَأۡتُوكَ بِكُلِّ سَحَّارٍ عَلِيمٖ
Open ayah 26:37سحر ދަންނަ - سحر އަށް ކުޅަދާނަ ކޮންމެ މީހަކާއިގެން އެމީހުން މަނިކުފާނުންގެގާތަށް އަތުވެދާނެއެވެ.
فَجُمِعَ ٱلسَّحَرَةُ لِمِيقَٰتِ يَوۡمٖ مَّعۡلُومٖ
Open ayah 26:38ފަހެ ކަނޑައެޅި عيّن ވެގެންވާ ދުވަހެއްގެ ކަނޑައެޅި އެނގިގެންވާ ތަނަކަށް سحر ވެރިންތައް ޖަމާކުރެވިއްޖެއެވެ.
وَقِيلَ لِلنَّاسِ هَلۡ أَنتُم مُّجۡتَمِعُونَ
Open ayah 26:39އަދި މީސްތަކުންނަށް އެންގެވުނެވެ. ކަލޭމެން جمع ނުވާނޭހެއްޔެވެ؟ (ކަލޭމެން އެތަނަށް އެއްނުވާނެހެއްޔެވެ؟)
لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُواْ هُمُ ٱلۡغَٰلِبِينَ
Open ayah 26:40އެއީ سحر ވެރިން މޮޅުވެއްޖެނަމަ އަހަރެމެން سحر ވެރިންނާއި تبع ވުމަށްޓަކައެވެ.
فَلَمَّا جَآءَ ٱلسَّحَرَةُ قَالُواْ لِفِرۡعَوۡنَ أَئِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ
Open ayah 26:41ދެންފަހެ سحر ވެރިން فرعون ގެގާތަށް އައިހިނދުން އެމީހުން فرعون އަށް ދެންނެވިއެވެ. ކަނޑައެޅިގެން އަހުރެމެން މިކަމުގައި ގަދަވެ މޮޅުވެއްޖެނަމަ އަހުރެމެންނަށް އެއްވެސް އުޖޫރައެއް އޮންނާނޭހެއްޔެވެ؟
قَالَ نَعَمۡ وَإِنَّكُمۡ إِذٗا لَّمِنَ ٱلۡمُقَرَّبِينَ
Open ayah 26:42فرعون ބުންޏެވެ. އާނއެކެވެ. އޭރުން ކަލޭމެންވާނީ އަހުރެންގެ އެންމެ އަރިސް އެންމެ ކުއްތަންވެގެންވާ މީހުންގެތެރެއިންނެވެ.
قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ
Open ayah 26:43ދެންފަހެ موسى عليه السّلام އެ سحر ވެރިންނަށް ވިދާޅުވިއެވެ. ކަލޭމެން އެއްލާނެ އެއްޗެއް އެއްލާށެވެ. އުކާނެ އެއްޗެއް އުކާށެވެ. އޭރު ميدان އޮތީ މީހުންނާއިގެން ތޮއްޖެހިފައެވެ.
فَأَلۡقَوۡاْ حِبَالَهُمۡ وَعِصِيَّهُمۡ وَقَالُواْ بِعِزَّةِ فِرۡعَوۡنَ إِنَّا لَنَحۡنُ ٱلۡغَٰلِبُونَ
Open ayah 26:44ދެންފަހެ އެމީހުން އެމީހުންގެ ވާބުރިތަކާއި އަސާތައް ميدان އަށް އުކާލައިފިއެވެ. (އެއީ سحر ހަދާފައެވެ.) އަދި فرعون ގެ عزّة ތެރިކަމާއި ބާރު ގަންދީހުވާކޮށްފައި އެމީހުން ބުންޏެވެ. ހަމަކަށަވަރުން އަހުރެމެންނީ ގަދަވާނެ މީހުންނެވެ. މޮޅުވާނެ މީހުންނެވެ.
فَأَلۡقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ
Open ayah 26:45ފަހެ موسى عليه السّلام އެކަލޭގެފާނުންގެ عَصَا ކޮޅު (އެ ميدان އަށް) އެއްލަވާލައްވައިފިއެވެ. އެހައިރުން އޭތި (ހަރުފަޔަކަށްވެ އެމީހުން ހެދި سحر ން ميدان ގައި حركاة ކުރަމުންދިޔަ އެންމެހައި ހަރުފަޔާއި ދިރޭތަކެތި) އެމީހުން ދޮގުހަދާ ކަމުގައިވި އެންމެހައިތަކެތި އެއަސާކޮޅުގެ ހަރުފަ ކައި ދިރުވައިފިއެވެ.
فَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ
Open ayah 26:46(އެހިނދު موسى عليه السّلام އެގެންނެވިކަމަކީ سحر ނޫން ކަމުގައި سحر ވެރިންނަށް ރަނގަޅަށް އެނގި بَيَان ވެ إيمان ވެއްޖެއެވެ.) ފަހެ އެހުރިހާ سحر ވެރިން سَجِدَة އަށް ތިރިވެއްޖެއެވެ.
قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ
Open ayah 26:47އަދި އެމީހުން ބުންޏެވެ. عالم ތަކުގެވެރި ربّ އަށް އަހުރެމެން إيمان ވެއްޖައީމެވެ.
رَبِّ مُوسَىٰ وَهَٰرُونَ
Open ayah 26:48އެއީ موسى އާއި هارون ގެ ربّ އެވެ.
قَالَ ءَامَنتُمۡ لَهُۥ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِي عَلَّمَكُمُ ٱلسِّحۡرَ فَلَسَوۡفَ تَعۡلَمُونَۚ لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ وَلَأُصَلِّبَنَّكُمۡ أَجۡمَعِينَ
Open ayah 26:49އޭނާ އެބަހީ: فرعون ބުންޏެވެ. އަހުރެން ކަލޭމެނަށް ހުއްދަ ނުދެނީސް އިޒުނަ ނުދެނީސް ކަލޭމެން އޭނާއަށް إيمان ވީހެއްޔެވެ؟ ހަމަކަށަވަރުން އޭނާއަކީ يعني: موسى އަކީ - ކަލޭމެނަށް سحر އުގަންނައިދިން ކަލޭމެންގެ ބޮޑުމީހާއެވެ. ފަހެ ނިކަންހުރެ (އަހުރެންގެފަރާތުން ކަލޭމެންނަށް ހުރި عقوبة) ކަލޭމެންނަށް އެނގިދާނެއެވެ. ހަމަކަށަވަރުން يقين ންވެސް އަހުރެން ކަލޭމެންގެ އަތްތަކާއި އަދި ފައިތައް ކަންކުއްޗަށް (އެބަހީ: ކަނާތާއި ވައަތުފައި) ކަނޑާހުށީމެވެ! އަދި ކަލޭމެން އެންމެން ސޮލީބަށް އަރުވާހުށީމެވެ!
قَالُواْ لَا ضَيۡرَۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ
Open ayah 26:50އެމީހުން އެބަހީ: سحر ވެރިން ބުންޏެވެ. އަހުރެމެންނަށް އެއްވެސް ގެއްލުމެއްނެތެވެ. ހަމަކަށަވަރުން އަހުރެމެންނަކީ އަހުރެމެންގެ ربّ ގެ حضرة އަށް އެނބުރިދާނެ ބަޔަކީމެވެ.
إِنَّا نَطۡمَعُ أَن يَغۡفِرَ لَنَا رَبُّنَا خَطَٰيَٰنَآ أَن كُنَّآ أَوَّلَ ٱلۡمُؤۡمِنِينَ
Open ayah 26:51ހަމަކަށަވަރުން އަހުރެމެން ދަހިވެތިކަމާއިއެކު އެދެނީ އަހުރެމެންގެ ربّ އަހުރެމެންގެ ކުށްތަކާއި ފާފަތައް ފުއްސަވައިދެއްވުމެވެ. އެއީ އަހުރެމެން (މި أمّة ން) އެންމެ ފުރަތަމަ مؤمن ންކަމުގައި ވުމުންނެވެ.
۞وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَسۡرِ بِعِبَادِيٓ إِنَّكُم مُّتَّبَعُونَ
Open ayah 26:52އަދި ތިމަންރަސްކަލާނގެ موسى عليه السّلام އަށް وحي ކުރެއްވީމެވެ. ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުތަކުންނާއިގެން އެބަހީ: بَنِي إسْرَائيل ންނާއިގެން (ރޭގަނޑުގެ ވަގުތެއްގައި) ހިންގަވާފައި ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންނަކީ تبع ވެވިގެންވާ ބައެކެވެ. (އެބަހީ: فرعون އާއި އޭނާގެ މީހުން ކަލޭމެންގެ ފަހަތުން އަޅުވައިލާނެއެވެ. ފަހަތުން އަންނާނެއެވެ.)
فَأَرۡسَلَ فِرۡعَوۡنُ فِي ٱلۡمَدَآئِنِ حَٰشِرِينَ
Open ayah 26:53ފަހެ فرعون، ރަށްތަކުން لشكر އެއްކުރުމަށް ފޮނުވައިފިއެވެ.
إِنَّ هَٰٓؤُلَآءِ لَشِرۡذِمَةٞ قَلِيلُونَ
Open ayah 26:54(އަދި އޭނާ އެމީހުންނަށް ބުންޏެވެ.) މިމީހުންނަކީ ދާދި މަދުމީސްކޮޅެކެވެ. އެބަހީ: بَنُو اسْرائيل އަކީ މަދުބައެކެވެ.)
وَإِنَّهُمۡ لَنَا لَغَآئِظُونَ
Open ayah 26:55އަދި ހަމަކަށަވަރުން އެމީހުންނަކީ އަހުރެމެން ރުޅިއަރުވާ ބައެކެވެ.
وَإِنَّا لَجَمِيعٌ حَٰذِرُونَ
Open ayah 26:56އަދި ހަމަކަށަވަރުން އަހުރެމެން މިވަނީ ހަތިޔާރާއެކު އެންމެން ތައްޔާރުވެގެންނެވެ.
فَأَخۡرَجۡنَٰهُم مِّن جَنَّٰتٖ وَعُيُونٖ
Open ayah 26:57، ފަހެ ބަގީޗާތަކުންނާއި ކޯރުތަކުންނާއި އަދި އެކިބާވަތުގެ خَزَانَة ތަކުންނާއި އަދި މާތްވެގެންވާ ތަންތަނުން ތިމަންރަސްކަލާނގެ އެމީހުން ނެރުއްވީމެވެ.
وَكُنُوزٖ وَمَقَامٖ كَرِيمٖ
Open ayah 26:58، ފަހެ ބަގީޗާތަކުންނާއި ކޯރުތަކުންނާއި އަދި އެކިބާވަތުގެ خَزَانَة ތަކުންނާއި އަދި މާތްވެގެންވާ ތަންތަނުން ތިމަންރަސްކަލާނގެ އެމީހުން ނެރުއްވީމެވެ.
كَذَٰلِكَۖ وَأَوۡرَثۡنَٰهَا بَنِيٓ إِسۡرَٰٓءِيلَ
Open ayah 26:59ތިމަންރަސްކަލާނގެ އެމީހުން އެތަންތަނުން ނެރުނީ އެފަދައިންނެވެ. އަދި އެތަންތަން ތިމަންރަސްކަލާނގެ بَنِي اسْرائيل ންނަށް ވާރުތަކޮށްދިނީމެވެ.
فَأَتۡبَعُوهُم مُّشۡرِقِينَ
Open ayah 26:60ދެންފަހެ މިމީހުން އެމީހުންނާއި އިރުއަރާ ވަގުތު تبع ކުރިއެވެ. ގާތްކުރިއެވެ. (އެބަހީ: فرعون އާއި އޭނާގެ لشكر موسى عليه السّلام އާއި އެކަލޭގެފާނުންގެ އަރިހުގައިވާ މީހުންނާއި ގާތްކުރިއެވެ.
فَلَمَّا تَرَٰٓءَا ٱلۡجَمۡعَانِ قَالَ أَصۡحَٰبُ مُوسَىٰٓ إِنَّا لَمُدۡرَكُونَ
Open ayah 26:61ދެންފަހެ ދެ لشكر އެއްބަޔަކު އަނެއްބަޔަކަށް ފެންނަފަށަށް އައިހިނދުން موسى عليه السّلام ގެ އަރިހުގައި ތިބި އެކަލޭގެފާނުންގެ أصحاب ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ އަތުލައި ގަނެވިފައިވާ ބައެކެވެ. (އެބަހީ: فرعون އާއި އޭނާގެ لشكر އަހުރެމެން އަތުލާނެއެވެ. މިއީ موسى عليه السّلام އަށް އީމާންވެގެން ތިބިމީހުންގެ ބިރުވެރިކަން ހުރިވަރެވެ.)
قَالَ كَلَّآۖ إِنَّ مَعِيَ رَبِّي سَيَهۡدِينِ
Open ayah 26:62އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އެއްގޮތަކަށްވެސް ތިޔަހެން ނުވާނެއެވެ. އަހުރެންގެ ربّ އަހުރެންނާއެކު ވެއެވެ. އެކަލާނގެ އަހުރެންނަށް މަގުދައްކަވާނެއެވެ. (އޭ މީސްތަކުންނޭވެ! موسى عليه السّلام ގެ ހުރި إيمان ކަމާއި ސާބިތުކަމާއި ﷲ އަށް وكيل ކުރެއްވުންހުރި ފެންވަރު ނިކަން ދެކިބަލާށެވެ. އެކަލޭގެފާނުންގެ އަރިހު އީމާންވެގެންތިބިމީހުންވެސް އެތިބީ ޝައްކުވެފައެވެ. ނަމަވެސް موسى عليه السّلام ގެ ހުރި إيمان ކަމާއި ސާބިތުކަމަށް އެއްވެސް ބުރުލެއްނާރައެވެ. އެއީ ﷲ އަށް وكيل ކޮށް އީމާންވާންވީ ފެންވަރެވެ. އަހުރެމެންގައި މިހުރީ ކޮންކަހަލަ إيمان ކަމެއް ބާވައެވެ؟؟؟
فَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡبَحۡرَۖ فَٱنفَلَقَ فَكَانَ كُلُّ فِرۡقٖ كَٱلطَّوۡدِ ٱلۡعَظِيمِ
Open ayah 26:63ފަހެ موسى - عليه السّلام - އަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ކަލޭގެފާނު ކަލޭގެފާނުންގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ. (ދެން އެކަލޭގެފާނު އަސާކޮޅުން ކަނޑުގައި ޖެއްސެވީއެވެ. އަދި ޖެއްސެވުމުން) ފަހެ އެކަނޑު ފަޅަފަޅައިގެން ހިނގައްޖެއެވެ. ބާރަބަޔަށް ކަނޑުބައިވެގޮސް ބާރަމަގު ހެދި ކޮންމެ ދެމަގެއްދެމެދު ފެންގަނޑު ހިފެހެއްޓި މައްޗަށްއަރާފައިވިއެވެ. އެއިން ކޮންމެ ބައެއް ބޮޑުފަރުބަދައެއްފަދައިން ވެއްޖެއެވެ.
وَأَزۡلَفۡنَا ثَمَّ ٱلۡأٓخَرِينَ
Open ayah 26:64އަދި އެތަނަށް ތިމަންރަސްކަލާނގެ އަނެއްބައިމީހުން ގެންނަވާ ގާތްކުރެއްވީމެވެ. (އެބަހީ: އެތަނަށް فرعون އާއި އޭނާގެ لشكر ގެންނެވީމެވެ. ދެންފަހެ موسى عليه السّلام އާއި އެކަލޭގެފާނުންގެ އަރިހުގައިވާ މީހުން ކަނޑުގެ އެމަގުތަކުން ދަތުރުކޮށްފައިގޮސް ކަނޑުގެ އަނެއްފަރާތު އެއްގަމަށް އެރިއިރު فرعون އާއި އޭނާގެ لشكر ވަނީ އެމަގުތަކުގެތެރޭގައެވެ. އެވަގުތު ﷲ تعالى ކަނޑު ކުރީގޮތަށް ހައްދަވައިލައްވާ އެކަނޑުތެރޭގައި فرعون އާއި އޭނާގެ لشكر غرق ކުރެއްވީއެވެ. އެވާހަކަ އަންނަނިވި އާޔަތުގައި އެވަނީއެވެ.)
وَأَنجَيۡنَا مُوسَىٰ وَمَن مَّعَهُۥٓ أَجۡمَعِينَ
Open ayah 26:65އަދި ތިމަންރަސްކަލާނގެ موسى عليه السّلام އާއި އެކަލޭގެފާނާއި އެކުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ.
ثُمَّ أَغۡرَقۡنَا ٱلۡأٓخَرِينَ
Open ayah 26:66އަދި ތިމަންރަސްކަލާނގެ އަނެއްބައިމީހުން އެބަހީ: فرعون އާއި އޭނާގެ لشكر غرق ކުރެއްވީމެވެ.
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Open ayah 26:67ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: موسى عليه السّلام ސަލާމަތްކުރެއްވުމާއި ސަލާމަތްކުރައްވަން ދިމާވި ސަބަބާއި އަދި فرعون غرق ކުރެއްވުމާއި އަދި އޭނާ غرق ވާން ދިމާވި ސަބަބާއި މިމިކަންތަކުގައި) ކަނޑައެޅި بيان ވެގެންވާ دليل ވެއެވެ. (އެއީ ތިމަންރަސްކަލާނގެ ކަންތައް ހިންގަވާގޮތުގެ އަދި ހިންގަވާނެގޮތުގެ دليل އެވެ. عبرة އާއި ފިލާވަޅެވެ.) އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Open ayah 26:68އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
وَٱتۡلُ عَلَيۡهِمۡ نَبَأَ إِبۡرَٰهِيمَ
Open ayah 26:69(އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް إبراهيم عليه السّلام ގެ خبر ތައް ވިދާޅުވެދެވާށެވެ!
إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا تَعۡبُدُونَ
Open ayah 26:70އެއީ އެކަލޭގެފާނުންގެ ބައްޕައަށާއި އަދި އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދުގައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށްހެއްޔެވެ؟
قَالُواْ نَعۡبُدُ أَصۡنَامٗا فَنَظَلُّ لَهَا عَٰكِفِينَ
Open ayah 26:71އެމީހުން ދެންނެވިއެވެ. އަހުރެމެން މިއަޅުކަންކުރަނީ ބުދުތަކަށެވެ. އަދި އަހުރެމެން އެއަށް އަޅުކަންކުރުމުގައި ނުވަތަ އެއަށް خدمة ކުރުމުގައި قائم ވެތިބެނީއެވެ.
قَالَ هَلۡ يَسۡمَعُونَكُمۡ إِذۡ تَدۡعُونَ
Open ayah 26:72އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން އެތަކެއްޗަށް ގޮވާއިރު އެތަކެތި ކަލޭމެންގެ އަޑުއަހައިހެއްޔެވެ؟
أَوۡ يَنفَعُونَكُمۡ أَوۡ يَضُرُّونَ
Open ayah 26:73ނުވަތަ އެތަކެތި ކަލޭމެނަށް منفع އެއްކޮށްދޭހެއްޔެވެ؟ ނުވަތަ ގެއްލުމެއްދޭހެއްޔެވެ؟
قَالُواْ بَلۡ وَجَدۡنَآ ءَابَآءَنَا كَذَٰلِكَ يَفۡعَلُونَ
Open ayah 26:74އެމީހުން ދެންނެވިއެވެ. އެހެންނަކުން ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެން ދުށީ އަހުރެމެންގެ ކާބަފައިން އެފަދައިން ކަންތައް ކުރާތަނެވެ. (އަހަރެމެންވެސް އެގޮތަށް ކަންތައް ކުރަނީއެވެ.)
قَالَ أَفَرَءَيۡتُم مَّا كُنتُمۡ تَعۡبُدُونَ
Open ayah 26:75އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ތިޔައަޅުކަންކުރާތަކެތި ކަލޭމެން ނިކަން ދެކިބަލާށެވެ.
أَنتُمۡ وَءَابَآؤُكُمُ ٱلۡأَقۡدَمُونَ
Open ayah 26:76ކަލޭމެންނާއި ކަލޭމެންގެ އިސްވެދިޔަ އިހުގެ ކާބަފައިން އަޅުކަން އެކުރި ތަކެތި ނިކަން ދެކެބަލާށެވެ.
فَإِنَّهُمۡ عَدُوّٞ لِّيٓ إِلَّا رَبَّ ٱلۡعَٰلَمِينَ
Open ayah 26:77ފަހެ ހަމަކަށަވަރުން عَالم ތައް ހައްދަވާބޮޑުކުރައްވާ އެތަކެތި ބަލަހައްޓަވާ އެތަކެތީގެ رَبُّ ފިޔަވައި ދެން އެއީ ހައްތާވެސް އަހުރެންގެ عَدُوّ ންނެވެ.
ٱلَّذِي خَلَقَنِي فَهُوَ يَهۡدِينِ
Open ayah 26:78އެކަލާނގެއީ އަހުރެން ހެއްދެވި ކަލާނގެއެވެ. ފަހެ އަހުރެންނަށް ތެދުމަގު ދައްކަވާނީ ހަމަ އެކަލާނގެއެވެ.
وَٱلَّذِي هُوَ يُطۡعِمُنِي وَيَسۡقِينِ
Open ayah 26:79އަދި އަހުރެންނަށް ކާންދެއްވައި އަހުރެންނަށް ބޯންދެއްވަނީވެސް ހަމަ އެކަލާނގެއެވެ.
وَإِذَا مَرِضۡتُ فَهُوَ يَشۡفِينِ
Open ayah 26:80އަދި އަހުރެން ބަލިވެއްޖެއްޔާ އަހުރެންނަށް شِفَاء ދެއްވާނީވެސް ހަމަ އެކަލާނގެއެވެ.
وَٱلَّذِي يُمِيتُنِي ثُمَّ يُحۡيِينِ
Open ayah 26:81އަދި އަހުރެން މަރުއްވާނީ އެކަލާނގެއެވެ. ދެން އަހުރެން ދިރުއްވާނީވެސް ހަމަ އެކަލާނގެއެވެ.
وَٱلَّذِيٓ أَطۡمَعُ أَن يَغۡفِرَ لِي خَطِيٓـَٔتِي يَوۡمَ ٱلدِّينِ
Open ayah 26:82އަދި قيامة ދުވަހުން އަހުރެންގެ ކުށްފާފަތައް ފުއްސަވައިދެއްވުން އެދި އެކަމަށް ދަހިވެތިވަނީވެސް ހަމަ އެކަލާނގެ حضرة ގައެވެ.
رَبِّ هَبۡ لِي حُكۡمٗا وَأَلۡحِقۡنِي بِٱلصَّٰلِحِينَ
Open ayah 26:83އޭއަޅުގެ ربّ އެވެ. މިއަޅާއަށް حكم އެއްދެއްވައި - (އެބަހީ: نبي ކަންދެއްވައި) މާތްވެގެންވާ صالح ންނާއި މިއަޅާ ގުޅުއްވާނދޭވެ! (އެބަހީ: رسول ބޭކަލުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!)
وَٱجۡعَل لِّي لِسَانَ صِدۡقٖ فِي ٱلۡأٓخِرِينَ
Open ayah 26:84އަދި އެހެނިހެން މީސްތަކުންގެ ތެރޭގައި ރިވެތިވެގެންވާ ثناء އާއި تعريف މިއަޅާއަށް ލައްވާނދޭވެ!
وَٱجۡعَلۡنِي مِن وَرَثَةِ جَنَّةِ ٱلنَّعِيمِ
Open ayah 26:85އަދި جَنَّةُ النَّعِيم އެވެ ކިޔާ ސުވަރުގޭގެ ވާރުތަވެރިންގެތެރެއިން މިއަޅާ ލައްވާނދޭވެ!
وَٱغۡفِرۡ لِأَبِيٓ إِنَّهُۥ كَانَ مِنَ ٱلضَّآلِّينَ
Open ayah 26:86އަދި މިއަޅާގެ ބައްޕައަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން އޭނާ ވަނީ ތެދުމަގުގެއްލި މަގުފުރެދިގެންވާ މީހުންގެތެރެއިންނެވެ.
وَلَا تُخۡزِنِي يَوۡمَ يُبۡعَثُونَ
Open ayah 26:87އަދި މީސްތަކުން محشر އަށް ފޮނުއްވާދުވަހު މިއަޅާ ގެއްލެނި ނުކުރައްވާނދޭވެ! ދެރަނުކުރައްވާނދޭވެ!
يَوۡمَ لَا يَنفَعُ مَالٞ وَلَا بَنُونَ
Open ayah 26:88އެދުވަހަކީ މުދަލަކުންވިޔަސް އަދި ދަރިއަކުގެ ފަރާތަކުންވިޔަސް منفع އެއް ނުކުރާނޭދުވަހެވެ.
إِلَّا مَنۡ أَتَى ٱللَّهَ بِقَلۡبٖ سَلِيمٖ
Open ayah 26:89ހަމައެކަނި ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ حضرة އަށްދެވުނު މީހަކު މެނުވީއެވެ. (އެބަހީ: ﷲ ގެ އެއްކައުވަންތަކަމާމެދު އެއްވެސް ޝައްކެއްނެތި ޝައްކުތަކުން ސަލާމަތްވެގެންވާ ހިތަކާއިގެން ދެވުނު މީހެކެވެ.)
وَأُزۡلِفَتِ ٱلۡجَنَّةُ لِلۡمُتَّقِينَ
Open ayah 26:90އަދި (قيامة ދުވަހުން) تقوى ވެރިންނަށް ސުވަރުގެ ގާތް ކުރެވޭނެއެވެ.
وَبُرِّزَتِ ٱلۡجَحِيمُ لِلۡغَاوِينَ
Open ayah 26:91އަދި ތެދުމަގު ގެއްލި މަގުފުރެދުނު މީހުންނަށް ނުވަތަ شيطان ންނަށް ނަރަކަ ފައުޅުކުރެވޭނެއެވެ.
وَقِيلَ لَهُمۡ أَيۡنَ مَا كُنتُمۡ تَعۡبُدُونَ
Open ayah 26:92އަދި އެމީހުންނަށް ބުނެވޭނެއެވެ. ކަލޭމެން އަޅުކަންކުރާކަމުގައިވީ ތަކެތި ކޮބައިހެއްޔެވެ؟
مِن دُونِ ٱللَّهِ هَلۡ يَنصُرُونَكُمۡ أَوۡ يَنتَصِرُونَ
Open ayah 26:93އެއީ ﷲ ފިޔަވައި ކަލޭމެން އަޅުކަންކުރި ތަކެއްޗެވެ. އެތަކެތި ކަލޭމެނަށް نصر ދޭހެއްޔެވެ؟ (ﷲ ގެ عذاب ން ކަލޭމެން ސަލާމަތްކޮށްދޭހެއްޔެވެ؟) ނުވަތަ އެތަކެތީގެ އަމިއްލަ نفس އަށް نصر ލިބޭހެއްޔެވެ؟
فَكُبۡكِبُواْ فِيهَا هُمۡ وَٱلۡغَاوُۥنَ
Open ayah 26:94އެތަކެތި އެތަނަށް (އެބަހީ: ﷲ ފިޔަވައި އަޅުކަން ވެވުނުތަކެތި ނުވަތަ مشرك ން އެނަރަކައަށް) މޫނުވަތަށް އަޅާލެވޭނެއެވެ. އަދި شيطان ން ވެސް އެތަނަށް އަޅައިލެވޭނެއެވެ.
وَجُنُودُ إِبۡلِيسَ أَجۡمَعُونَ
Open ayah 26:95އަދި إبْليس ގެ އެންމެހައި ސިފައިންނާއި މިއެންމެންވެސް އެތަނަށް އަޅައިލެވޭނެއެވެ.
قَالُواْ وَهُمۡ فِيهَا يَخۡتَصِمُونَ
Open ayah 26:96އަދި އެމީހުން (އެބަހީ: شيطان ންނާއި ބުދުތަކާއި އަދި إبليس ގެ ސިފައިންނާއި) މިހުރިހާ މީހުން ނަރަކައިގައިތިބެ އަރައިރުންވާ حال ބުނާނެއެވެ.
تَٱللَّهِ إِن كُنَّا لَفِي ضَلَٰلٖ مُّبِينٍ
Open ayah 26:97ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހުރެމެން މިވީ ކަނޑައެޅި بيان ވެގެންވާ މަގުފުރެއްދުމެއްގައެވެ.
إِذۡ نُسَوِّيكُم بِرَبِّ ٱلۡعَٰلَمِينَ
Open ayah 26:98އެއީ عَالم ތަކުގެ ވެރި ربّ އާއި އަހުރެމެން ކަލޭމެން ހަމަކުރިހިނދުންނެވެ.
وَمَآ أَضَلَّنَآ إِلَّا ٱلۡمُجۡرِمُونَ
Open ayah 26:99އަދި مجرم ން މެނުވީ އަހުރެމެން މަގުނުފުރައްދައެވެ. (އެބަހީ: އަހުރެމެން މަގުފުރެއްދި ބަޔަކީ ނުބައި ނުލަފާ ބައެކެވެ.)
فَمَا لَنَا مِن شَٰفِعِينَ
Open ayah 26:100ފަހެ އަހުރެމެންނަކަށް އެއްވެސް شَفَاعة ތެރިއަކު ނުވެއެވެ.
وَلَا صَدِيقٍ حَمِيمٖ
Open ayah 26:101އަދި އެއްވެސް ގާތް އެކުވެރިއަކުވެސް ނުވެއެވެ.
فَلَوۡ أَنَّ لَنَا كَرَّةٗ فَنَكُونَ مِنَ ٱلۡمُؤۡمِنِينَ
Open ayah 26:102ފަހެ އަހުރެމެންނަށް އެނބުރި ދުނިޔެއަށް رجوع ވުމެއް ވާނެނަމަ އަހުރެމެން مؤمن ންކަމުގައިވާހުށީމެވެ.
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Open ayah 26:103ހަމަކަށަވަރުން އެކަންތަކުގައި ކަނޑައެޅި بيان ވެގެންވާ دليل ވެއެވެ. (އެބަހީ: إبراهيم عليه السّلام އެކަލޭގެފާނުންގެ قوم ގެ މައްޗަށް އެ قائم ކުރެއްވި حجّة ތަކާއި قوم ގެމީހުންގެ ފަރާތުން ލިބުނު جواب އާއި މިކަންކަމުގައި ވިސްނާ ބަޔަކަށް ހުރި عبرة އާއި ރަނގަޅު دليل ވެއެވެ.) އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރި މީހުންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Open ayah 26:104އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
كَذَّبَتۡ قَوۡمُ نُوحٍ ٱلۡمُرۡسَلِينَ
Open ayah 26:105އަދި نوح عليه السّلام ގެ قوم ގެ މީހުން ފޮނުވުނު رسول ބޭކަލުން ދޮގުކުރިއެވެ.
إِذۡ قَالَ لَهُمۡ أَخُوهُمۡ نُوحٌ أَلَا تَتَّقُونَ
Open ayah 26:106އެއީ އެމީހުންގެ أخ نوح عليه السّلام އެމީހުންނަށް ވިދާޅުވިހިނދުގައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ.
إِنِّي لَكُمۡ رَسُولٌ أَمِينٞ
Open ayah 26:107ތިމަންކަލޭގެފާނީ ހަމަކަށަވަރުން ކަލޭމެންނަށްވާ أمانة ތެރި رسول އަކީމެވެ.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Open ayah 26:108ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ. އަދި ތިމަންކަލޭގެފާނަށް ކަލޭމެން ކިޔަމަންތެރިވާށެވެ.
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ
Open ayah 26:109އަދި އެކަންތަކުގެމައްޗަށް (އެބަހީ: އަހުރެން رسول ކަން ކަލޭމެންނަށް އިއްވަވާ تَبْلِيْغُ ކުރެއްވުމުގެ މައްޗަށް) އަހުރެން ކަލޭމެންގެ ފަރާތުން އެއްވެސް އުޖޫރައަކަށް ނޭދެމެވެ. ޓެކްހަކަށް ނޭދެމެވެ. އަހުރެންގެ ދަރުމަ ހަމައެކަނި عَالم ތަކުގެ ވެރި ربّ ގެ حضرة ން މެނުވީ ނުވެއެވެ. (އެބަހީ: އަހުރެންނަށް ދަރުމަދެއްވާނީ އެކަލާނގެއެވެ.)
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Open ayah 26:110ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ކަލޭމެން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
۞قَالُوٓاْ أَنُؤۡمِنُ لَكَ وَٱتَّبَعَكَ ٱلۡأَرۡذَلُونَ
Open ayah 26:111އެމީހުން ދެންނެވިއެވެ. (އެބަހީ: قوم ގެ ބޮޑެތި ކަމުވޮށިވެގެންވާ މީހުން ދެންނެވިއެވެ.) އަހުރެމެން ކަލޭގެފާނަށް تبع ވާންވީހެއްޔެވެ؟ ކަލޭގެފާނަށް تبع ވަމުންތިޔަ ދަނީ ރަށުގައިތިބި ދެރަނިކަމެތިންނެވެ. (އެބަހީ: ދެރަނިކަމެތިންނާ އަހުރެމެންނާ އެއްވަރު ނުވެވޭނެއެވެ.)
قَالَ وَمَا عِلۡمِي بِمَا كَانُواْ يَعۡمَلُونَ
Open ayah 26:112އެކަލޭގެފާނު يعني: نُوح عليه السّلام ވިދާޅުވިއެވެ. އެމީހުން ކުރަމުންދާކަމެއް އަހުރެންނަކަށް އެނގިގެން ނުވެއެވެ. އެމީހުން ކުރަނީ ﷲ قبول ކުރައްވާ عمل އެއްކަމެއް ނުވަތަ ނޫންކަމެއް އަހުރެންނަކަށް ނޭނގެއެވެ.
إِنۡ حِسَابُهُمۡ إِلَّا عَلَىٰ رَبِّيۖ لَوۡ تَشۡعُرُونَ
Open ayah 26:113އެމީހުންގެ حِسَاب އަހުރެންގެ ربّ ގެ حضرة ގައި މެނުވީ ނުވެއެވެ. (އެބަހީ: އެމީހުން ކުރާ عمل ތަކަށް حساب ކުރައްވައި އޭގެ ޖަޒާދެއްވާނީ ހަމަ އެކަލާނގެއެވެ.) ކަލޭމެންނަށް އެކަން އެނގޭނެ ނަމައެވެ.
وَمَآ أَنَا۠ بِطَارِدِ ٱلۡمُؤۡمِنِينَ
Open ayah 26:114އަދި إيمان ވެގެންވާމީހުން ފައްސާލައި ދުރަށްލާނެ މީހަކުކަމުގައި އަހުރެން ނުވެއެވެ.
إِنۡ أَنَا۠ إِلَّا نَذِيرٞ مُّبِينٞ
Open ayah 26:115ބަޔާންވެގެންވާ نَذِيْر އަކު ކަމުގައި މެނުވީ އަހުރެން ނުވެއެވެ. (އެބަހީ: އަހުރެންނަކީ އަތުވެދާނޭ عذاب އަކަށް ބިރުގަންނަވާ إنْذَار ކުރައްވާ ބޭކަލެކެވެ.)
قَالُواْ لَئِن لَّمۡ تَنتَهِ يَٰنُوحُ لَتَكُونَنَّ مِنَ ٱلۡمَرۡجُومِينَ
Open ayah 26:116އެމީހުން يعني: ކާފަރުންގެމީހުން ދެންނެވިއެވެ. އޭ نوح އެވެ. ކަލޭގެފާނު ތިޔަވިދާޅުވާ ވާހަކަ ހުއްޓަވައިނުލިއްޔާ ހަމަކަށަވަރުން ކަލޭގެފާނަކީ رَجم ވެވިގެންވާ މީހުންގެ ތެރެއިންވާ މީހަކުކަމުގައި ލާހުށީމެވެ. އެބަހީ: ކަލޭގެފާނު رَجَم ކޮށް މަރައިފާނަމެވެ.
قَالَ رَبِّ إِنَّ قَوۡمِي كَذَّبُونِ
Open ayah 26:117އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ قوم ގެ މީހުން މިއަޅާ ދޮގުކޮށްފިއެވެ.
فَٱفۡتَحۡ بَيۡنِي وَبَيۡنَهُمۡ فَتۡحٗا وَنَجِّنِي وَمَن مَّعِيَ مِنَ ٱلۡمُؤۡمِنِينَ
Open ayah 26:118ފަހެ މިއަޅާއާއި އެމީހުންނާދެމެދު حكم އެއްކުރައްވައި ނިޔާއެއްކުރައްވާނދޭވެ! އަދި މިއަޅާއާއި މިއަޅާއާއިއެކުގައިވާ مؤمن ން ސަލާމަތްކުރައްވާނދޭވެ!
فَأَنجَيۡنَٰهُ وَمَن مَّعَهُۥ فِي ٱلۡفُلۡكِ ٱلۡمَشۡحُونِ
Open ayah 26:119ދެންފަހެ އެކަލޭގެފާނާއި އަދި އެކަލޭގެފާނާއި އެކުގައިވާ މީހުން ފުރިބާރުވެފައިވާ ނަވުގައި ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ.
ثُمَّ أَغۡرَقۡنَا بَعۡدُ ٱلۡبَاقِينَ
Open ayah 26:120ދެން އޭގެފަހުގައި ބާކީތިބި މީހުން ތިމަންރަސްކަލާނގެ غَرَق ކުރެއްވީމެވެ. ހަލާކު ކުރެއްވީމެވެ.
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Open ayah 26:121ހަމަކަށަވަރުން އެކަންކަމުގައި (އެބަހީ: نوح عليه السّلام އާ އެކަލޭގެފާނާއި އެކުގައިވާ مؤمن ން ނަވުގައި ސަލާމަތްކުރެއްވުމާއި ކާފަރުން غرق ކުރައްވައި އެހިންގެވި ކަންކަމުގައި) بيان ވެގެންވާ دليل އާއި عبرة ވެއެވެ. އަދި އޭގެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Open ayah 26:122އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
كَذَّبَتۡ عَادٌ ٱلۡمُرۡسَلِينَ
Open ayah 26:123عَاد ބާގައިގެމީހުން އެމީހުންގާތަށް ފޮނުއްވެވުނު رسول ދޮގުކުރިއެވެ. އެއީ هُوْدُ عليه السّلام އެވެ.
إِذۡ قَالَ لَهُمۡ أَخُوهُمۡ هُودٌ أَلَا تَتَّقُونَ
Open ayah 26:124އެމީހުންގެ أخ هود عليه السّلام އެމީހުންނަށް ވިދާޅުވިއެވެ. ކަލޭމެން ފަހެ تقوى ވެރި ނުވާނޭހެއްޔެވެ؟ (ﷲ އަށް ބިރުވެތިނުވާނޭހެއްޔެވެ؟)
إِنِّي لَكُمۡ رَسُولٌ أَمِينٞ
Open ayah 26:125ހަމަކަށަވަރުން އަހުރެންނަކީ ކަލޭމެންނަށްވާ أمانة ތެރި رسول އަކީމެއެވެ.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Open ayah 26:126ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ
Open ayah 26:127އަދި އެކަންތަކުގެމައްޗަށް (އެބަހީ: رسول ކަން އިއްވަވައި ކަލޭމެންނަށް نصيحة ތެރިވުމުގެ މައްޗަށް) އަހުރެން ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދެމެވެ. އަހުރެންގެ ދަރުމަ ހަމައެކަނި عالم ތައް ހައްދަވާބޮޑުކުރައްވާ އެތަކެތީގެ ވެރި ربّ ގެ حضرة ންމެނުވީ ނުވެއެވެ.
أَتَبۡنُونَ بِكُلِّ رِيعٍ ءَايَةٗ تَعۡبَثُونَ
Open ayah 26:128(ރަށުގެ) އުސް ކޮންމެތަނެއްގައި ނުވަތަ ކޮންމެ މަގެއްގައި ކަލޭމެން ކުޅެ ވިޔާނުދާ ކަންތައްކުރުމަށް އުސްބިނާއެއް ހަދަނީހެއްޔެވެ؟ ހަދަނީއެވެ.
وَتَتَّخِذُونَ مَصَانِعَ لَعَلَّكُمۡ تَخۡلُدُونَ
Open ayah 26:129އަދި ކަލޭމެން (ދުނިޔޭގައި މަރުނުވެ) ދެމިތިބުމަށްޓަކައި ނުވަތަ ތިބޭނޭކަމަށް - ބޮޑެތި ކިއްލާތަކާއި ފެކްޓަރީތަކާއި ގަނޑުވަރުތައް ހަދަނީއެވެ. ބިނާކުރަނީއެވެ.
وَإِذَا بَطَشۡتُم بَطَشۡتُمۡ جَبَّارِينَ
Open ayah 26:130އަދި ކަލޭމެން މީހަކަށް އަދަބެއްދީ عقوبة އެއްދެންޏާ ކަލޭމެން އެކަންކުރަނީ ނުބައި جبّار ން ކުރިގޮތަށް ނު حقّ ންނެވެ. އަނިޔާވެރިގޮތުގައެވެ.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Open ayah 26:131ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ތިމަންކަލޭގެފާނަށް ކަލޭމެން ކިޔަމަންވާށެވެ!
وَٱتَّقُواْ ٱلَّذِيٓ أَمَدَّكُم بِمَا تَعۡلَمُونَ
Open ayah 26:132އަދި ކަލޭމެން ދަންނަ ކަލޭމެންނަށް އެނގޭތަކެތިން ކަލޭމެންނަށް މަދަދުކުރެއްވި ކަލާނގެއަށް ކަލޭމެން ބިރުވެތިވާށެވެ! تقوى ވެރިވާށެވެ!
أَمَدَّكُم بِأَنۡعَٰمٖ وَبَنِينَ
Open ayah 26:133އަދި ކަލޭމެން ދަންނަ ކަލޭމެންނަށް އެނގޭތަކެތިން ކަލޭމެންނަށް މަދަދުކުރެއްވި ކަލާނގެއަށް ކަލޭމެން ބިރުވެތިވާށެވެ! تقوى ވެރިވާށެވެ!
وَجَنَّٰتٖ وَعُيُونٍ
Open ayah 26:134އަދި ބަގީޗާތަކާއި އާރުތަކުން ކޯރުތަކުން އެކަލާނގެ ކަލޭމެނަށް މަދަދުކޮށްދެއްވިއެވެ.
إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ
Open ayah 26:135ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަލޭމެންގެމައްޗަށް އަދުވެދާނެކަމަށް އަހުރެން ބިރުގަންނަމެވެ.
قَالُواْ سَوَآءٌ عَلَيۡنَآ أَوَعَظۡتَ أَمۡ لَمۡ تَكُن مِّنَ ٱلۡوَٰعِظِينَ
Open ayah 26:136އެމީހުން يعني: އެ قوم ގެ ކާފަރުން އެކަލޭގެފާނަށް ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ މައްޗަށް وعظ އާއި نصيحة ދެއްވުމެކޭ ނުވަތަ ކަލޭގެފާނު وعظ އާއި نصيحة ނުދެއްވުމެކޭ) ހަމަހަމައެވެ. (އަހުރެމެން إيمان ނުވާހުށީމެވެ.)
إِنۡ هَٰذَآ إِلَّا خُلُقُ ٱلۡأَوَّلِينَ
Open ayah 26:137ތިޔަވާހަކަތަކަކީ ހަމަ އިސްވެދިޔަ މީހުންގެ ދޮގުވާހަކަތައް ކަމުގައި މެނުވީނުވެއެވެ.
وَمَا نَحۡنُ بِمُعَذَّبِينَ
Open ayah 26:138އަދި އަހުރެމެންނަކީ عذاب ލިބެވޭނޭ ބަޔަކުކަމުގައި ނުވެއެވެ.
فَكَذَّبُوهُ فَأَهۡلَكۡنَٰهُمۡۚ إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Open ayah 26:139ފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި (އެބަހީ: هود ގެފާނުންގެ قوم ގެމީހުން އެމީހުންގެ رسول ދޮގުކުރުމުގެ ސަބަބުން އެމީހުން ހަލާކުކުރެއްވުމުގައި ކަލޭގެފާނުންގެ قوم ގެމީހުންނަށްވާ) ދަލީލެއްވެއެވެ. عبرة އެއްވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރި މީހުންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Open ayah 26:140އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުކަލާނގެއެވެ.
كَذَّبَتۡ ثَمُودُ ٱلۡمُرۡسَلِينَ
Open ayah 26:141އަދި ثَمود ބާގައިގެމީހުން ފޮނުއްވުނު ر سول ން ދޮގުކުރިއެވެ.
إِذۡ قَالَ لَهُمۡ أَخُوهُمۡ صَٰلِحٌ أَلَا تَتَّقُونَ
Open ayah 26:142އެއީ އެމީހުންގެ أخ (صَالح ގެފާނު) صالح عليه السّلام - ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން تقوى ވެރިނުވާނޭ ހެއްޔެވެ؟ ބިރުވެތި ނުވާނޭހެއްޔެވެ؟
إِنِّي لَكُمۡ رَسُولٌ أَمِينٞ
Open ayah 26:143ހަމަކަށަވަރުން އަހުރެންނަކީ ކަލޭމެންނަށްވާ އަމާނާތްތެރި رسول އަކީމެވެ.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Open ayah 26:144ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ
Open ayah 26:145އަދި އެކަމުގެމައްޗަށް (އެބަހީ: رسول ކަން އިއްވަވައި ކަލޭމެންނަށް نصيحة ތެރިވުމުގެ މައްޗަށް) އަހުރެން ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދެމެވެ. އަދި އަހުރެންގެ ދަރުމަ عَالم ތަކުގެ ވެރި ربّ ގެ حضرة ގައި މެނުވީ ނުވެއެވެ.
أَتُتۡرَكُونَ فِي مَا هَٰهُنَآ ءَامِنِينَ
Open ayah 26:146މިތާ މިދުނިޔޭގައިވާ ތަކެތީގެ ތެރެއަށް އަމާންކަމާއިއެކު އުޅުމަށް ކަލޭމެން ދޫކުރެވޭނޭހެއްޔެވެ؟
فِي جَنَّٰتٖ وَعُيُونٖ
Open ayah 26:147، އެތާވާ ބަގީޗާތަކާއި ކޯރުތަކާއި ދަނޑުތަކާއި އަދި އޭގެ އިހާގަނޑު ދޮންވެ ފައްކާވެފައިވާ ކަދުރު ރުއްތަކުގެ ތެރޭގައި (މަޖާނަގަން ދޫކޮށްފައިތިބެވޭނެ ހެއްޔެވެ؟)
وَزُرُوعٖ وَنَخۡلٖ طَلۡعُهَا هَضِيمٞ
Open ayah 26:148، އެތާވާ ބަގީޗާތަކާއި ކޯރުތަކާއި ދަނޑުތަކާއި އަދި އޭގެ އިހާގަނޑު ދޮންވެ ފައްކާވެފައިވާ ކަދުރު ރުއްތަކުގެ ތެރޭގައި (މަޖާނަގަން ދޫކޮށްފައިތިބެވޭނެ ހެއްޔެވެ؟)
وَتَنۡحِتُونَ مِنَ ٱلۡجِبَالِ بُيُوتٗا فَٰرِهِينَ
Open ayah 26:149އަދި ކަލޭމެން ފަރުބަދަތައް ކޮށައި ފޮފަނަގައިގެން ރަނގަޅު މޮޅުގެތައް ހަދަނީއެވެ.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Open ayah 26:150ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ. އަދި ކަލޭމެން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
وَلَا تُطِيعُوٓاْ أَمۡرَ ٱلۡمُسۡرِفِينَ
Open ayah 26:151އަދި ނުބައިކަންތަކުގައި ދެމިތިބޭ مُسْرِف ންގެ أمر އަށް ކަލޭމެން ކިޔަމަންތެރިނުވާށެވެ!
ٱلَّذِينَ يُفۡسِدُونَ فِي ٱلۡأَرۡضِ وَلَا يُصۡلِحُونَ
Open ayah 26:152މިބުނާ مُسْرِف ންނަކީ ބިމުގައި ފަސާދަކުރާ މީހުންނެވެ. އަދި إصلاح ނުކުރާ މީހުންނެވެ.
قَالُوٓاْ إِنَّمَآ أَنتَ مِنَ ٱلۡمُسَحَّرِينَ
Open ayah 26:153އެމީހުން - އެބަހީ: ثمود ބާގައިގެ ކާފަރުން ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ مخلوق ންގެ ތެރެއިންވާ ބޭކަލެކެވެ. ކަލޭގެފާނަކީ سِحْرُ ޖެހިފައިވާ މީހުންގެތެރެއިންވާ ބޭކަލެކެވެ.
مَآ أَنتَ إِلَّا بَشَرٞ مِّثۡلُنَا فَأۡتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّٰدِقِينَ
Open ayah 26:154އަހުރެމެންކަހަލަ آدم ގެދަރިއަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެއެވެ. ކަލޭގެފާނަކީ (ތިޔަދައްކަވާ ވާހަކަފުޅުގައި) ތެދުވެރިބޭކަލަކު ކަމުގައި ވަންޏާ ފަހެ ކަލޭގެފާނު ނިކަން مُعْجِزَة އެއް ގެނަސްބަލާށެވެ. رسول އަކުކަމުގައި ބެލެވޭނީ އޭރުންނެވެ.
قَالَ هَٰذِهِۦ نَاقَةٞ لَّهَا شِرۡبٞ وَلَكُمۡ شِرۡبُ يَوۡمٖ مَّعۡلُومٖ
Open ayah 26:155އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. މިއޮތީ ޖަމަލެކެވެ. (ﷲ ގެ جمل ފުޅެވެ.) (ރަށުގެ) ފެން އެއްދުވަހު އެޖަމަލަށެވެ. (އެދުވަހު ކަލޭމެން ފެންބޭނުން ނުކުރާށެވެ!) އަދި ކަނޑައެޅި އެނގިގެންވާ އަނެއްދުވަހުގެ ފެން ކަލޭމެނަށެވެ. (އެދުވަހު އެޖަމަލު ފެން ނުބޯނެއެވެ.)
وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابُ يَوۡمٍ عَظِيمٖ
Open ayah 26:156އަދި ނުބައެއް ހެދުމުގެ ގޮތުން ކަލޭމެން އެޖަމަލުގައި ނުބީހޭށެވެ! (ކޮންމެސްކޮންމެސް ގޯނާއެއް ނުކުރާށެވެ. އޭތި އުޅޭގޮތަކަށް އޭތިއުޅޭން ދޫކޮށްލާށެވެ!) އެފަދަ ގޯނާއެއް އެއަށް ކޮށްފިނަމަ ކަލޭމެނަށް ބޮޑުވެގެންވާ ދުވަހެއްގެ عذاب އަތުވެދާނެއެވެ.
فَعَقَرُوهَا فَأَصۡبَحُواْ نَٰدِمِينَ
Open ayah 26:157ފަހެ އެމީހުން އެއެތި މަރައިފިއެވެ. އެހެންވެ އެމީހުން ހިތާމަކުރާ حال ފަތިސްކޮށްފިއެވެ. އެމީހުންނީ ހިތާމަކުރާ ބަޔަކުކަމުގައި ވެއްޖެއެވެ.
فَأَخَذَهُمُ ٱلۡعَذَابُۚ إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Open ayah 26:158ފަހެ އެމީހުންނަށް عذاب އަތުވެއްޖެއެވެ. (އެއީ ގަދައަޑުފަށަކާއިއެކު زَلْزَلَة އެކެވެ.) ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: ثمود ބާގައިގެމީހުން އެމީހުންގެ رسول އާ صالح عليه السّلام ދޮގުކުރުމުގެ ސަބަބުން އެމީހުން ހަލާކު ކުރެއްވުމުގައި ކަލޭގެފާނުންގެ أمّة ގެމީހުންނަށްވާ) عِبْرة އާއި نصيحة ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރިމީހުންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Open ayah 26:159އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
كَذَّبَتۡ قَوۡمُ لُوطٍ ٱلۡمُرۡسَلِينَ
Open ayah 26:160އަދި لُوط قوم ގެ މީހުން ފޮނުއްވުނު رَسُول ބޭކަލުން ދޮގުކުރިއެވެ.
إِذۡ قَالَ لَهُمۡ أَخُوهُمۡ لُوطٌ أَلَا تَتَّقُونَ
Open ayah 26:161އެއީ އެމީހުންގެ أَخ لُوط عليه السّلام ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން تقوى ވެރި ނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟
إِنِّي لَكُمۡ رَسُولٌ أَمِينٞ
Open ayah 26:162ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ ކަލޭމެންނަށްވާ އަމާނާތްތެރި رسول އަކީމެވެ.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Open ayah 26:163ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ
Open ayah 26:164އަދި އެކަމުގެ މައްޗަށް - އެބަހީ: رسول ކަން އިއްވެވުމުގެމައްޗަށް) ކަލޭމެންގެ ކިބައިން ތިމަންކަލޭގެފާނު އެއްވެސް އުޖޫރައަކަށް ނޭދެމެވެ. އަދި ތިމަންކަލޭގެފާނުންގެ އުޖޫރަ عَالم ތަކުގެ ވެރި ﷲ ގެ حضرة ގައި މެނުވީ ނުވެއެވެ.
أَتَأۡتُونَ ٱلذُّكۡرَانَ مِنَ ٱلۡعَٰلَمِينَ
Open ayah 26:165އަދި މީސްތަކުންކުރެ ފިރިހެނުން ކަލޭމެން ގެނަސްގަންނަނީހެއްޔެވެ؟ (އެބަހީ: އަންހެނުންގެ ބަދަލުގައި ކަލޭމެން ފިރިހެނުންނާ جماع ވަނީއެވެ. ފިރިހެނުންނާ އެޅެނީއެވެ.)
وَتَذَرُونَ مَا خَلَقَ لَكُمۡ رَبُّكُم مِّنۡ أَزۡوَٰجِكُمۚ بَلۡ أَنتُمۡ قَوۡمٌ عَادُونَ
Open ayah 26:166އަދި ކަލޭމެންގެ رَبُّ ކަލޭމެނަށްޓަކައި ހައްދަވާފައިވާ އަންހެނުންތައް ކަލޭމެން ދޫކުރަނީއެވެ. ބޭނުން ނުކުރަނީއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ - ފާފަކުރުމާއި ނުބައިކަންތަކުގައި ހައްދުފަހަނަޅާފައިވާ ބައެކެވެ.
قَالُواْ لَئِن لَّمۡ تَنتَهِ يَٰلُوطُ لَتَكُونَنَّ مِنَ ٱلۡمُخۡرَجِينَ
Open ayah 26:167އެމީހުން ދެންނެވިއެވެ. އޭ لوط އެވެ. ކަލޭގެފާނު ތިޔަދައްކަވާ ވާހަކަ ހުއްޓަވައި ނުލެއްވިއްޔާ ކަލޭގެފާނުވާހުށީ (ރަށުން) ނެރެވިގެންވާ މީހުންގެތެރެއިންނެވެ. (އެބަހީ: ރަށުން ނެރެލާހުށީމެވެ.)
قَالَ إِنِّي لِعَمَلِكُم مِّنَ ٱلۡقَالِينَ
Open ayah 26:168އެކަލޭގެފާނުން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު މިވަނީ ކަލޭމެންގެ ތިޔަ عمل ތަކަށް ރުޅިއަރާ މީހުންގެތެރެއިންނެވެ.
رَبِّ نَجِّنِي وَأَهۡلِي مِمَّا يَعۡمَلُونَ
Open ayah 26:169އޭއަޅުގެ ربّ އެވެ. މިއަޅާއާއި މިއަޅާގެ أهل ވެރިން އެމީހުން އެކުރާ ކަންތަކުން ސަލާމަތްކުރައްވާނދޭވެ!
فَنَجَّيۡنَٰهُ وَأَهۡلَهُۥٓ أَجۡمَعِينَ
Open ayah 26:170ފަހެ އެކަލޭގެފާނާއި އެކަލޭގެފާނުންގެ އެންމެހައި أهل ވެރިން ތިމަންރަސްކަލާނގެ ސަލާމަތްކުރައްވައި ނަޖާކުރެއްވީމެވެ.
إِلَّا عَجُوزٗا فِي ٱلۡغَٰبِرِينَ
Open ayah 26:171ބާކީވެތިބި މީހުންގެތެރޭގައި ވި އެންމެ عَجُوز އަކު މެނުވީއެވެ. (މުސްކުޅި އެންމެ އަންހެނަކު މެނުވީއެވެ. އެއީ لُوط عليه السّلام ގެ އަނބިކަނބަލުން ކަމުގައިވިއެވެ. އެކަމަނާވީ ހަލާކުވީ މީހުންގެތެރެއިންނެވެ.)
ثُمَّ دَمَّرۡنَا ٱلۡأٓخَرِينَ
Open ayah 26:172ދެންތިބި އަނެއް މީސްތަކުން (އެބަހީ: لُوط عليه السّلام އާއި އެކަލޭގެފާނުންގެ أهل ވެރިން ފިޔަވައި) ދެންތިބިމީހުން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.
وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَسَآءَ مَطَرُ ٱلۡمُنذَرِينَ
Open ayah 26:173އަދި އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ إنْذَار ކުރެވުނުމީހުންނަށް ވެހެވުނު ވާރޭ ނުބައިވެގެންވެއެވެ.
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Open ayah 26:174ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: لُوط عليه السّلام ގެ قوم ގެ މީހުން އެމީހުންގެ رسول ދޮގުކުރުމުގެ ސަބަބުން އެމީހުން ހަލާކު ކުރެއްވުމުގައި) ކަލޭގެފާނުންގެ قوم ގެ މީހުންނަށްވާ دليل އާއި عبرة ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Open ayah 26:175އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
كَذَّبَ أَصۡحَٰبُ لۡـَٔيۡكَةِ ٱلۡمُرۡسَلِينَ
Open ayah 26:176أَيْكَةُ ގެ އެކުވެރިން - އެރަށުގެ أهل ވެރިން - އެމީހުންގާތަށް ފޮނުއްވެވުނު رسول ބޭކަލުން ދޮގުކުރިއެވެ. • ދަންނައެވެ. أَيْكَةُ އަކީ أصل ގައި ބޮނޑިބޮނޑިވެފައިވާ ބޯގަސްތަކެވެ. އެއީ އެރަށުގެ ނަމެވެ. އެހެންވީމާ شُعَيْبُ عليه السّلام ފޮނުއްވާފައި މިވަނީ ދެރަށަކަށެވެ. އެއީ مَدْيَنُ އާއި أَيْكَة އެވެ. قُرُطبى ގެ تفسير ގައި އެވާހަކަ އެގޮތަށްވެއެވެ. والله أعلم.
إِذۡ قَالَ لَهُمۡ شُعَيۡبٌ أَلَا تَتَّقُونَ
Open ayah 26:177އެއީ شُعَيْبُ عليه السّلام ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު އެމީހުނަށް ވިދާޅުވިއެވެ. ކަލޭމެން تقوى ވެރި ނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟
إِنِّي لَكُمۡ رَسُولٌ أَمِينٞ
Open ayah 26:178ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެނަށްވާ އަމާނާތްތެރި رسول އަކީމެވެ.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Open ayah 26:179ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ!
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ
Open ayah 26:180އަދި އެކަމުގެ މައްޗަށް (އެބަހީ: رسول ކަން އިއްވެވުމުގެމައްޗަށް) ކަލޭމެންގެ ކިބައިން އެއްވެސް أُجُور އަކަށް ތިމަންކަލޭގެފާނު އެދިވަޑައިނުގަންނަމެވެ. ތިމަންކަލޭގެފާނުންގެ أجور ހަމައެކަނި عَالم ތަކުގެ ވެރި ربّ ގެ حضرة ގައި މެނުވީ ނުވެއެވެ.
۞أَوۡفُواْ ٱلۡكَيۡلَ وَلَا تَكُونُواْ مِنَ ٱلۡمُخۡسِرِينَ
Open ayah 26:181ކަލޭމެން މިނުން ހަމަހަމަކުރާށެވެ! ފުރިހަމަކުރާށެވެ. އަދި އުނިކުރާ މީހުންގެތެރެއިން ކަލޭމެން ނުވާށެވެ!
وَزِنُواْ بِٱلۡقِسۡطَاسِ ٱلۡمُسۡتَقِيمِ
Open ayah 26:182އަދި ސީދާވެގެންވާ ތިލަފަތުން (مِيْزَان ން) ކަލޭމެން ވަޒަންކުރާށެވެ!
وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ
Open ayah 26:183އަދި މީސްތަކުންނަށް އެމީހުންގެ ތަކެތި މަދުނުކުރާށެވެ! އުނި ނުކުރާށެވެ! އަދި ބިމުގައި ފަސާދަކުރާ حال ބަރުބާދުކޮށް ނުބައިކޮށް ފަސާދަކުރާ މީހުންކަމުގައި ނުވާށެވެ!
وَٱتَّقُواْ ٱلَّذِي خَلَقَكُمۡ وَٱلۡجِبِلَّةَ ٱلۡأَوَّلِينَ
Open ayah 26:184އަދި ކަލޭމެންނާއި އަދި އިސްވެދިޔަ خَلْق ތަކުން ހެއްދެވި ކަލާނގެއަށް، (ﷲ އަށް) ބިރުވެތިވާށެވެ!
قَالُوٓاْ إِنَّمَآ أَنتَ مِنَ ٱلۡمُسَحَّرِينَ
Open ayah 26:185އެމީހުން ދެންނެވިއެވެ. ކަލޭގެފާނު ވާކަން ކަށަވަރީ سحر ޖެހިފައިވާ މީހުންގެތެރެއިންނެވެ.
وَمَآ أَنتَ إِلَّا بَشَرٞ مِّثۡلُنَا وَإِن نَّظُنُّكَ لَمِنَ ٱلۡكَٰذِبِينَ
Open ayah 26:186އަދި ހަމަ އަހުރެމެންފަދަ آدم ގެދަރިއަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެއެވެ. އަދި އަހުރެމެންނަށް ހީވާގޮތުގައި ކަލޭގެފާނު ވަނީ ދޮގުވެރިންގެތެރެއިންނެވެ.
فَأَسۡقِطۡ عَلَيۡنَا كِسَفٗا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّٰدِقِينَ
Open ayah 26:187ފަހެ ކަލޭގެފާނަކީ ތެދުވެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައިވަންޏާ އަހުރެމެންގެ މައްޗަށް އުޑުން އެތިއެތިގަނޑު ނިކަން ވަރައިބަލާށެވެ!
قَالَ رَبِّيٓ أَعۡلَمُ بِمَا تَعۡمَلُونَ
Open ayah 26:188އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ތިޔަކުރަމުންދާ ކަންތައްތައް ތިމަންކަލޭގެފާނުންގެ ربّ ދެނެވޮޑިގެންވެއެވެ. (އެކަލާނގެ އެކަންކަމަށް ޖަޒާދެއްވާހުއްޓެވެ.)
فَكَذَّبُوهُ فَأَخَذَهُمۡ عَذَابُ يَوۡمِ ٱلظُّلَّةِۚ إِنَّهُۥ كَانَ عَذَابَ يَوۡمٍ عَظِيمٍ
Open ayah 26:189ދެންފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން ހިޔާގަނޑުގެ ދުވަހުގެ عذاب އެމީހުންނަށް ޖެހިއްޖެއެވެ. ހަމަކަށަވަރުން އެ عذاب ވީ ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަމުގައެވެ. • ދަންނައެވެ. ހިޔާގަނޑުގެ ދުވަހަކީ އެމީހުންނަށް عذاب އައި ދުވަހެވެ. އެކަންވީގޮތެއްކަމަށް އެތައް ބޭކަލެއްގެ އަރިހުން ރިވާކުރައްވައި تفسير الطبري އާއި އެހެނިހެން نفسير ތަކުގައިވެއެވެ. އެރަށުގެމީހުންގެ މައްޗަށް ﷲ تعالى ބޮޑުވިލާގަނޑެއް ފޮނުއްވިއެވެ. ދެން އެރަށުގެ މީސްތަކުން ފިނިކުރުމަށްޓަކައި އެވިލާގަނޑުގެ ހިޔަލަށް ޖަމާވީއެވެ. އެންމެން އެއްވެ جمع ވުމުން އެއްރިވާޔަތެއްގައިވާގޮތުން އެމީހުންގެމައްޗަށް އަލިފާނުގެ ވާރޭއެއް ވެއްސަވައި ހަލާކުކުރެއްވީއެވެ. އަދި އަނެއް ރިވާޔަތެއްގައިވާގޮތުން އެމީހުންނަށް ގަދައަޑުފަށަކާއި ބިންހެލުމެއް އައިސް މީސްތަކުން މަރުވީއެވެ. والله أعلم - = تفسير الطبري =
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
Open ayah 26:190ހަމަކަށަވަރުން އެކަންކަމުގައި ކަނޑައެޅި بَيَان ވެގެންވާ دليل އާއި عبرة ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރާ މީހުންކަމުގައި ނުވިއެވެ.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Open ayah 26:191އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
وَإِنَّهُۥ لَتَنزِيلُ رَبِّ ٱلۡعَٰلَمِينَ
Open ayah 26:192ހަމަކަށަވަރުން މި قرآن އަކީ عَالم ތައް ހައްދަވާ ބޮޑުކުރައްވާ ربّ ގެ ބާވައިލެއްވުމެކެވެ.
نَزَلَ بِهِ ٱلرُّوحُ ٱلۡأَمِينُ
Open ayah 26:193އެ قرآن އާއިގެން (ﷲ ގެ حضرة ން) ފައިބާވަޑައިގެންނެވީ މާތްވެގެންވާ جِبْريل الأمين އެވެ.
عَلَىٰ قَلۡبِكَ لِتَكُونَ مِنَ ٱلۡمُنذِرِينَ
Open ayah 26:194ކަލޭގެފާނުންގެ ހިތްޕުޅަށް އެފޮތް ގެންނެވީ إنذار ކުރައްވާ ބޭކަލުންގެތެރެއިން ކަލޭގެފާނު ވުމަށްޓަކައެވެ.
بِلِسَانٍ عَرَبِيّٖ مُّبِينٖ
Open ayah 26:195އެއީ بيان ވެ ސާފުވެގެންވާ عرب ބަހުންނެވެ.
وَإِنَّهُۥ لَفِي زُبُرِ ٱلۡأَوَّلِينَ
Open ayah 26:196އަދި ހަމަކަށަވަރުން އިސްވެދިޔަ ބައެއް سَمَاوِي ފޮތްތަކުގައި އެ قرآن ގެ خبر ތައްވެއެވެ.
أَوَلَمۡ يَكُن لَّهُمۡ ءَايَةً أَن يَعۡلَمَهُۥ عُلَمَٰٓؤُاْ بَنِيٓ إِسۡرَٰٓءِيلَ
Open ayah 26:197އަޅެފަހެ بَنِي إسرائيلން ގެ عَالِم ންނަށް އެފޮތުގެ خبر ތައް އެނގޭކަން އެއީ އެމީހުންނަށް يعني: قرآن އަށް إنكار ކުރާ މީހުންނަށްވާ دليل އަކަށް ނުފުދޭބާވައެވެ؟ (އެބަހީ: قرآن ބާވައިލެއްވުމުގެ މާކުރީ ދުނިޔޭގައި އުޅޭ عالم ންނަށް އެފޮތުގެ خبر ތައް އެނގޭކަމީ އެފޮތް ތެދުކަމުގެ دليل އެކެވެ.)
وَلَوۡ نَزَّلۡنَٰهُ عَلَىٰ بَعۡضِ ٱلۡأَعۡجَمِينَ
Open ayah 26:198، އަދި ތިމަންރަސްކަލާނގެ އެފޮތް عرب ބަހުން ވާހަކަނުދެއްކޭ މީހެއްގެމައްޗަށް ބާވައިލައްވައި ދެން އެމީހާ އެމީހުންގެ މައްޗަށް (މައްކާގެމީހުންގެ މައްޗަށް) އެފޮތް ކިޔައިދިންނަމަ އެމީހުން އެފޮތަށް إيمان ނުވީހެވެ.
فَقَرَأَهُۥ عَلَيۡهِم مَّا كَانُواْ بِهِۦ مُؤۡمِنِينَ
Open ayah 26:199، އަދި ތިމަންރަސްކަލާނގެ އެފޮތް عرب ބަހުން ވާހަކަނުދެއްކޭ މީހެއްގެމައްޗަށް ބާވައިލައްވައި ދެން އެމީހާ އެމީހުންގެ މައްޗަށް (މައްކާގެމީހުންގެ މައްޗަށް) އެފޮތް ކިޔައިދިންނަމަ އެމީހުން އެފޮތަށް إيمان ނުވީހެވެ.
كَذَٰلِكَ سَلَكۡنَٰهُ فِي قُلُوبِ ٱلۡمُجۡرِمِينَ
Open ayah 26:200ނުބައިވެގެންވާ مجرم ންގެ ހިތްތަކުގައި ތިމަންރަސްކަލާނގެ (إيمان ނުވުން) ވައްދަވައި ހަރުކުރެއްވީ އެފަދައިންނެވެ.
لَا يُؤۡمِنُونَ بِهِۦ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ
Open ayah 26:201އެމީހުންނަށް ވޭންދެނިވި عذاب ފެންނަންދެން އެމީހުން އެފޮތަށް إيمان ނުވާނެއެވެ.
فَيَأۡتِيَهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ
Open ayah 26:202އެމީހުންނަށް އެ عذاب އަންނާނީ ހަމަކުއްލިއަކަށެވެ. އެމީހުންނަށް إحساس ވެސްވުމަކާއި ނުލައެވެ.
فَيَقُولُواْ هَلۡ نَحۡنُ مُنظَرُونَ
Open ayah 26:203ފަހެ އެމީހުން ބުނާނެއެވެ. އެބަހީ: قرآن އަށް إنكار ކުރާމީހުން ބުނާނެއެވެ. އަހުރެމެން ފަސްކުރެވޭނެ ހެއްޔެވެ؟ މުހުލަތު ދެވޭނޭހެއްޔެވެ. (އެބަހީ: އަލުން ދުނިޔެއަށްގޮސް ހެޔޮ عمل ކުރުމަށް ތަންވަޅުދެވޭނޭހެއްޔެވެ؟)
أَفَبِعَذَابِنَا يَسۡتَعۡجِلُونَ
Open ayah 26:204އެމީހުން ފަހެ ތިމަންރަސްކަލާނގެ عذاب އަވަސްވުމަށް އެދެނީހެއްޔެވެ؟ (އެމީހުން އެފަދަ ބަސްތައް ބުނެހެއްޖެވެ.)
أَفَرَءَيۡتَ إِن مَّتَّعۡنَٰهُمۡ سِنِينَ
Open ayah 26:205ކަލޭގެފާނު ނިކަން خبر ދެއްވައިބައްލަވާށެވެ. ތިމަންރަސްކަލާނގެ އެމީހުންނަށް އެތައްއަހަރުތަކެއްގެ އަރާމާއި މުހުލަތު ދިންނަމަވެސް،
ثُمَّ جَآءَهُم مَّا كَانُواْ يُوعَدُونَ
Open ayah 26:206ދެން އޭގެފަހުގައި އެމީހުންނަށް وَعْدُ ވެގެންވާ عذاب އެމީހުންނަށް އައިނަމަވެސް،
مَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يُمَتَّعُونَ
Open ayah 26:207އެދިން މުހުލަތާއި ތިބިތިބުމުން އެއްވެސްކަމެއް އެމީހުންނަށް ނުފުދޭނެއެވެ. (އެމީހުންގެ شرك ން ދުރުވެ توبة ނުވާނެއެވެ.) އެހެންވެ އެމީހުންގެ عذاب ވެސް ލުއިނުކުރެވޭނެއެވެ.
وَمَآ أَهۡلَكۡنَا مِن قَرۡيَةٍ إِلَّا لَهَا مُنذِرُونَ
Open ayah 26:208އަދި ތިމަންރަސްކަލާނގެ އެއްވެސް ރަށަކަށް إنذار ކުރައްވާނޭ رسول ބޭކަލުން ފޮނުއްވާފައިމެނުވީ އެރަށެއް ހަލާކު ނުކުރައްވަމެވެ. (އެބަހީ: ކޮންމެރަށެއްވެސް ތިމަންރަސްކަލާނގެ ހަލާކުކުރައްވަނީ އެރަށަކަށް رسول ބޭކަލަކު ފޮނުއްވައި އެމީހުންނަށް إنذار ކުރެއްވުމަށްފަހު އެމީހުން إيمان ނުވީމައެވެ.
ذِكۡرَىٰ وَمَا كُنَّا ظَٰلِمِينَ
Open ayah 26:209އެއީ އެމީހުންނަށްވާ ހަނދާންކޮށްދެއްވުމެކެވެ. އަދި ތިމަންރަސްކަލާނގެއީ އަނިޔާވެރިވެވޮޑިގަންނަވާ ކަލަކުކަމުގައި ނުވެއެވެ.
وَمَا تَنَزَّلَتۡ بِهِ ٱلشَّيَٰطِينُ
Open ayah 26:210އަދި އެ قرآن އާއިގެން (އުޑުން ބިމަށް) ފޭބީ ޝައިތާނުންނެއް ނޫނެވެ.
وَمَا يَنۢبَغِي لَهُمۡ وَمَا يَسۡتَطِيعُونَ
Open ayah 26:211އަދި އެއީ އެސޮރުމެނަށް އެކަށީގެންވާކަމެއް ނޫނެވެ. އަދި އެއީ އެސޮރުމެނަށް ކުޅަދާނަވެގެންވާކަމެއްވެސް ނޫނެވެ.
إِنَّهُمۡ عَنِ ٱلسَّمۡعِ لَمَعۡزُولُونَ
Open ayah 26:212ހަމަކަށަވަރުން އެސޮރުމެންވަނީ (އުޑުގެ خبر ތައް އެހުމުން) މުޅިން ދުރުކުރެވިގެންނެވެ. (އެހެންވީއިރު އެ قرآن އާއިގެން އެސޮރުމެން ފައިބާނީ ކޮންފަދައަކުންހެއްޔެވެ؟)
فَلَا تَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَكُونَ مِنَ ٱلۡمُعَذَّبِينَ
Open ayah 26:213ފަހެ ކަލޭގެފާނު ﷲ އާއިއެކު އެހެން إله އަކަށް ގޮވާ دعاء ކުރައްވާ ނުހައްދަވާށެވެ! އެހެން ހައްދަވައިފިނަމަ عذاب ލިބިގެންވާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގެންފާނެއެވެ.
وَأَنذِرۡ عَشِيرَتَكَ ٱلۡأَقۡرَبِينَ
Open ayah 26:214އަދި ކަލޭގެފާނުންގެ ގާތްތިމާގެ މީހުންނަށް إنذار ކުރައްވާށެވެ!
وَٱخۡفِضۡ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلۡمُؤۡمِنِينَ
Open ayah 26:215އަދި مؤمن ންކުރެ ކަލޭގެފާނަށް تبع ވާ މީހަކަށްވިއްޔާ އޯގާވެރިވެވަޑައިގަންނަވާށެވެ!
فَإِنۡ عَصَوۡكَ فَقُلۡ إِنِّي بَرِيٓءٞ مِّمَّا تَعۡمَلُونَ
Open ayah 26:216ފަހެ އެމީހުން ކަލޭގެފާނަށް އުރެދިއްޖެއްޔާ އެމީހުނަށް ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު މިވަނީ ކަލޭމެންކުރާ ކަންތަކުން މުޅިން ބަރީއަވެގެންނެވެ.
وَتَوَكَّلۡ عَلَى ٱلۡعَزِيزِ ٱلرَّحِيمِ
Open ayah 26:217އަދި عزّة ވަންތަ ގިނަގިނައިން رحمة ލައްވާ ކަލާނގެ حضرة އަށް ކަލޭގެފާނު وكيل ކުރައްވާށެވެ! (އެފަރާތަށް އިތުބާރު ކުރައްވައި ކަންތައްތައް އެފަރާތާއި حوال ކުރައްވާށެވެ!)
ٱلَّذِي يَرَىٰكَ حِينَ تَقُومُ
Open ayah 26:218އެކަލާނގެއީ ކަލޭގެފާނު (ނަމާދުފުޅަށް) ތެދުވެވަޑައިގަންނަވާހިނދު ދެނެވޮޑިގެންވާ ކަލާނގެއެވެ.
وَتَقَلُّبَكَ فِي ٱلسَّٰجِدِينَ
Open ayah 26:219އަދި ކަލޭގެފާނު رُكُوع ކުރައްވާ سجدة ކުރައްވާއިރުވެސް އެކަލާނގެ ދެކެވޮޑިގެންވެއެވެ.
إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ
Open ayah 26:220ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
هَلۡ أُنَبِّئُكُمۡ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ
Open ayah 26:221އެމީހެއްގެ މައްޗަށް شيطان ން ފައިބާ މީހެއްގެ خبر ތިމަންރަސްކަލާނގެ ކަލޭމެނަށް ދެއްވަންހެއްޔެވެ؟
تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٖ
Open ayah 26:222އެސޮރުމެން ފައިބަނީ ގިނަގިނައިން ދޮގުހަދާ އަދި ފާފަކުރުންގިނަ މީހުންގެ މައްޗަށެވެ.
يُلۡقُونَ ٱلسَّمۡعَ وَأَكۡثَرُهُمۡ كَٰذِبُونَ
Open ayah 26:223އެސޮރުމެން (އުޑުންއަހާ خبر ތައް) ކަހީނުންނަށް ބުނެދެއެވެ. އަދި އެމީހުންކުރެ ގިނަމީހުންނަކީ يعني: ކަހީނުންކުރެ ގިނަމީހުންނަކީ ދޮގުވެރިންނެވެ. އެމީހުންގެ ގިނަވާހަކައަކީ ދޮގެވެ.
وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلۡغَاوُۥنَ
Open ayah 26:224އަދި شاعر ން އެބަހީ: ޅެންވެރިން ދަންނައެވެ. އެމީހުންނާއި غَاوِى އިން تبع ވެއެވެ. (غَاوى އަކީ شيطان އެވެ. ނުވަތަ މަގުފުރައްދާ ކޮންމެ މީހެކެވެ. آدم ގެދަރިޔަކަސް ޖިންނިޔަކަސް ހަމަހަމައެވެ.)
أَلَمۡ تَرَ أَنَّهُمۡ فِي كُلِّ وَادٖ يَهِيمُونَ
Open ayah 26:225އަދި އެމީހުން ކޮންމެ وادى އެއްގައިވެސް ހިނގާ އަދި ފީނާހަދާތަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ. (އެބަހީ: އެމީހުން ކޮންމެ ފަންނެއްގައިވެސް ޅެންތައް ކިޔައެވެ.)
وَأَنَّهُمۡ يَقُولُونَ مَا لَا يَفۡعَلُونَ
Open ayah 26:226އަދި އެމީހުން ނުކުރާ ކަންތަކުގެ ވާހަކަ އެމީހުން ބުނާނެއެވެ.
إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَذَكَرُواْ ٱللَّهَ كَثِيرٗا وَٱنتَصَرُواْ مِنۢ بَعۡدِ مَا ظُلِمُواْۗ وَسَيَعۡلَمُ ٱلَّذِينَ ظَلَمُوٓاْ أَيَّ مُنقَلَبٖ يَنقَلِبُونَ
Open ayah 26:227އެމީހުންގެތެރެއިން އީމާންވެގެން صالح ކޮށް އަދި ގިނަގިނައިން ﷲ އަށް ذِكر ކޮށް ﷲ ހަނދާންކުރާމީހުން މެނުވީއެވެ. އަދި އެމީހުންނަށް އަނިޔާލިބެވުމަށްފަހު نصر ލިބުނު މީހުން މެނުވީއެވެ. (އެއީ: مؤمن ންގެ ތެރޭގައި ތިބި ޅެންވެރިންނެވެ. حَسَّان بن ثابت ކަހަލަ ބޭކަލުންނެވެ. އެފަދަމީހުންނަކީ ޅެމުން ކާފަރުންގެ މައްޗަށް نصر ލިބުނުމީހުންނެވެ.) އަދި އަނިޔާވެރިވީ މީސްތަކުންނަށް ނުވަތަ مشرك ންނަށް ތިމާމެން ފުރޮޅިގެންދާނޭ ތަނަކީ ކޮންތަނެއްކަން ނިކަންހުރެ އެނގިދާނެއެވެ. (އެތަނަކީ އެއީ ނަރަކައެވެ. والله أعلم.)