الأعراف

Al-A'raaf

The Heights · Surah 7 · Ayahs: 206 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. الٓمٓصٓ

    Open ayah 7:1

    الٓمٓصٓ މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އެޔާއެކުވެސް ބައެއް عالم ން ވިދާޅުވިއެވެ. އޭގެ މާނައީ: أَنَا ﷲ أَفْضَلُ މިއެވެ. މީގެ މާނައީ ތިމަންރަސްކަލާނގެއީ ﷲ އެވެ. އެންމެ މާތްވަންތަ ކަލާނގެއެވެ. ނުވަތަ އެއީ ﷲ ގެ ނަންފުޅެކެވެ. ނުވަތަ އެއީ قرآن ގެ ނަމެކެވެ. އަދި އެހެން ގޮތްގޮތަށް ކިއިފައިވެއެވެ. والله أعلم.

  2. كِتَٰبٌ أُنزِلَ إِلَيۡكَ فَلَا يَكُن فِي صَدۡرِكَ حَرَجٞ مِّنۡهُ لِتُنذِرَ بِهِۦ وَذِكۡرَىٰ لِلۡمُؤۡمِنِينَ

    Open ayah 7:2

    (އޭ رسول ﷲ އެވެ!) މިއީ ކަލޭގެފާނަށް ބާވައިލެއްވޭ ފޮތެކެވެ. އެބަހީ މި قرآن އަކީ ﷲ ކަލޭގެފާނަށް ބާވައިލައްވާ ފޮތެކެވެ. އެޔާމެދު ކަލޭގެފާނުންގެ ހިތްޕުޅުގައި އެއްވެސް ދަތިކަމެއް ނުވާހުށިކަމެވެ! އެއްވެސް ޝައްކެއްނުވާހުށިކަމެވެ. އެއީ އެފޮތުން ކަލޭގެފާނު إنذار ކުރެއްވުމަށެވެ. އަދި އެއީ مؤمن ންނަށްވާ ذكراى އެކެވެ. وعظ އާއި نصيحة އެކެވެ.

  3. ٱتَّبِعُواْ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُمۡ وَلَا تَتَّبِعُواْ مِن دُونِهِۦٓ أَوۡلِيَآءَۗ قَلِيلٗا مَّا تَذَكَّرُونَ

    Open ayah 7:3

    (އޭ މީސްތަކުންނޭވެ!) ކަލޭމެންނަށް ކަލޭމެންގެ ربّ ގެ حضرة ން ބާވައިލެއްވޭ ތަކެއްޗާއި ކަލޭމެން تبع ވާށެވެ! އަދި އެކަލާނގެ ފިޔަވައި އެހެނިހެން ولِىُّ ންނާއި تبع ނުވާށެވެ. އެބަހީ އެކަލާނގެ ފިޔަވައި އެހެނިހެންސަހަރޯވެރިންގެ ނުބައި އަދި شرك ގެ عمل ތަކާއި ކަލޭމެން تبع ނުވާށެވެ! ކަލޭމެން وعظ އާއި عبرة ލިބިގަންނަނީ ދާދިމަދުންނެވެ. * (ދަންނައެވެ! تفسير قرطبى ގައި އެކަލޭގެފާނު ވިދާޅުވެފައި ވަނީ ރަސޫލާގެންނެވި ﷲގެ ދީނަށް ކަލޭމެން ތަބާ ވާށެވެ! އަދި އެކިއެކި މަޒްހަބުތަކާއި ތަބާ ނުވާށެވެ! އެކަލޭގެފާނު ވިދާޅު ވަނީ އެހެނިހެން ސަހަރޯ ވެރިންގެ މުރާދަކީ މިއާޔަތުގައި ހަމަ ސީދާ މަޒްހަބުތަކުގެ ވެރިންކަމުގައެވެ. ވީއިރު މަޒްހަބަށް ތަބާ ނުވުމަށް މިވަނީ ޤުރްއާނުގައި އަމުރުކުރައްވާފައެވެ. މިހެންމިކަން ހުރިއިރުވެސް ﷲ ގެއަމުރުފުޅެއް އަދި ރަސޫލުގެ އަމުރުފުޅެއް ނެތިވެސް އަހުރެމެން މަޒުހަބުގެނަމުގައި އަޅުކަންކުރުމީ އަދި ކުރަންއެންގުމީ ހިތާމަހުރިކަމެކެވެ. އެއަޅުކަން ބަލައިގަންނާނީ ކާކުބާވައެވެ؟...)

  4. وَكَم مِّن قَرۡيَةٍ أَهۡلَكۡنَٰهَا فَجَآءَهَا بَأۡسُنَا بَيَٰتًا أَوۡ هُمۡ قَآئِلُونَ

    Open ayah 7:4

    އަދި ތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައް ކިތައް ރަށްހެއްޔެވެ؟ (މިހެނީ އެމީހުން ތިމަންރަސްކަލާނގެއާއި ތިމަންރަސްކަލާނގެ رسول ންނާއި އަދި އެބޭކަލުން ގެންނެވިތަކެތި ދޮގުކުރުމުގެ ސަބަބުން ވަރަށްގިނަ ރަށްރަށް ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.) ފަހެ އެމީހުން ކުރި ފާފައިގެ ސަބަބުން ތިމަންރަސްކަލާނގެ عقوبة އެމީހުންނަށް އައީ އެމީހުން ނިދާފައިތިއްބާ ރޭގަނޑުއެވެ. ނުވަތަ މެންދުރު އެމީހުން ނިދާލާ ވަގުތުއެވެ.

  5. فَمَا كَانَ دَعۡوَىٰهُمۡ إِذۡ جَآءَهُم بَأۡسُنَآ إِلَّآ أَن قَالُوٓاْ إِنَّا كُنَّا ظَٰلِمِينَ

    Open ayah 7:5

    ދެންފަހެ ތިމަންރަސްކަލާނގެ عقوبة އެމީހުންނަށް އައިހިނދުން "ހަމަކަށަވަރުން ތިމަންނާމެންވީ އަނިޔާވެރިން ކަމުގައެވެ. مشرك ންކަމުގައެވެ." މިހެން އެމީހުން ބުނުންކަމުގައި މެނުވީ ނުވެއެވެ. (އެމީހުންގެ އެހެން އެއްވެސް عُذْر އެއް دليل އެއްނެތެވެ. ބަހަނާއެއްނެތެވެ.)

  6. فَلَنَسۡـَٔلَنَّ ٱلَّذِينَ أُرۡسِلَ إِلَيۡهِمۡ وَلَنَسۡـَٔلَنَّ ٱلۡمُرۡسَلِينَ

    Open ayah 7:6

    ފަހެ ހަމަކަށަވަރުން رسول ން ފޮނުއްވުނު މީހުންނާއިމެދު ތިމަންރަސްކަލާނގެ ސުވާލުކުރައްވާނެކަން ކަށަވަރެވެ. (އެބަހީ: رسول ބޭކަލުން އެބައެއްގެގާތަށް ފޮނުވުނު އެންމެންނާއި قيامة ދުވަހުން ސުވާލުކުރައްވާހުށީމެވެ. އެމީހުން ތިމަންރަސްކަލާނގެ أمر އާއި نهى އާއިމެދު ކަންތައްތައް ކުރީ ކޮންގޮތަކަށްތޯ ސުވާލުކުރާހުށީމެވެ. އަދި އެކަންކަމަށް جزاء ދެއްވާހުށީމެވެ.) އަދި ހަމަކަށަވަރުން رسول ބޭކަލުންނާއި ސުވާލުކުރައްވާހުށީމެވެ. އެބޭކަލުން رسول ކަން އިއްވެވިތޯ ނުވަތަ ނޫންތޯ މިހުރިހާ ގޮތްގޮތަކަށް ސުވާލުކުރައްވާހުށީމެވެ. * ދަންނައެވެ. ހުރިހާކަމެއް އެކަލާނގެދެނެވޮޑިގަތުމާއެކުވެސް އެދުވަހުން އެސުވާލުތައް އެކަލާނގެ އެފަރާތްތަކާއި އެކުރައްވާނީ އަޅުތަކުން އެކަންކަމަށް إعْتِرَافُ އެމީހުންގެ މައްޗަށް حُجَّة قَائِمُ ކުރެއްވުމަށެވެ. އެމީހުންގެ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެން ނުވާތީއެއްނޫނެވެ.

  7. فَلَنَقُصَّنَّ عَلَيۡهِم بِعِلۡمٖۖ وَمَا كُنَّا غَآئِبِينَ

    Open ayah 7:7

    އަދި ހަމަކަށަވަރުން އެމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމައަށް ދެނެވޮޑިގަތުމާއިއެކު އެންމެހައި ވާހަކަތައް އަދި خبر ތައް އަންގަވާހުށީމެވެ. އަދި އެމީހުންގެ ކަންކަމަށް غائب ވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ. (އެމީހުން عمل ކުރަމުންދާއިރު އެކަންކަން ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ.)

  8. وَٱلۡوَزۡنُ يَوۡمَئِذٍ ٱلۡحَقُّۚ فَمَن ثَقُلَتۡ مَوَٰزِينُهُۥ فَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ

    Open ayah 7:8

    އަދި (قيامة ދުވަހުން) މީސްތަކުންގެ عمل ތައް ވަޒަންކުރައްވާ حساب ބެއްލެވުމަކީ ހަމަ حقّ ކަމެކެވެ. އެއީ ކޮންމެހެން އޮންނާނެ ކަމެކެވެ. (އެކަމަށް އީމާންވުމަކީ واجب ކަމެކެވެ.) ފަހެ އެމީހެއްގެ ހެޔޮކަމުގެ مِيْزَان ބަރުވެއްޖެމީހާ (ދަންނައެވެ!) ފަހެ އެމީހުން އެއީ ކާމިޔާބުވެ (ސުވަރުގޭގެ) ނަސީބުލިބުނު ނަސީބުވެރިންނެވެ.

  9. وَمَنۡ خَفَّتۡ مَوَٰزِينُهُۥ فَأُوْلَٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُم بِمَا كَانُواْ بِـَٔايَٰتِنَا يَظۡلِمُونَ

    Open ayah 7:9

    އަދި އެމީހެއްގެ (ހެޔޮކަމުގެ) مِيْزَان ލުއިވެއްޖެ މީހާ (ދަންނައެވެ!) ފަހެ އެމީހުން އެއީ އެމީހުންގެ ނަފުސުތައް ގެއްލުވައިލައި ހަލާކު ކުރި މީހުންނެވެ. އެއީ އެމީހުން ތިމަންރަސްކަލާނގެ އާޔަތްތަކަށް އަނިޔާވެރިވެ ދެކޮޅުހެދުމުގެ ސަބަބުންނެވެ.

  10. وَلَقَدۡ مَكَّنَّٰكُمۡ فِي ٱلۡأَرۡضِ وَجَعَلۡنَا لَكُمۡ فِيهَا مَعَٰيِشَۗ قَلِيلٗا مَّا تَشۡكُرُونَ 

    Open ayah 7:10

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން ބިމުގައި ވަޒަންވެރިކުރައްވާ تَمْكِين ކުރެއްވީމެވެ. އަދި އެތާނގައި ތިމަންރަސްކަލާނގެ ކަލޭމެންނަށް ދިރިއުޅުން ލެއްވީމެވެ. ކަލޭމެން شكر ކުރަނީ ދާދިމަދުންނެވެ.

  11. وَلَقَدۡ خَلَقۡنَٰكُمۡ ثُمَّ صَوَّرۡنَٰكُمۡ ثُمَّ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ لَمۡ يَكُن مِّنَ ٱلسَّٰجِدِينَ

    Open ayah 7:11

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވީމެވެ. (ކަލޭމެންގެ ބައްޕަ آدم عليه السّلام ތިމަންރަސްކަލާނގެ ހެއްދެވީމެވެ.) ދެން ތިމަންރަސްކަލާނގެ ކަލޭމެން صورة ކުރެއްވީމެވެ. (އެބަހީ: އެކަލޭގެފާނު ތިމަންރަސްކަލާނގެ صورة ކުރެއްވީމެވެ. މި ދެ عبارة ގެ މާނަ އަދި އެހެން ގޮތްގޮތަށްވެސް ލިއުއްވާފައިވެއެވެ. އެކަމަކު އެންމެ مُعْتَبَرُ ގޮތް މިދެންނެވީއެވެ. - والله أعلم.) ދެން آدم عليه السّلام އަށް سجدة ކުރައްވާށޭ ملائكة ބޭކަލުންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. - ދެންފަހެ إبْلِيْسُ މެނުވީ އެންމެ ބޭކަލުން އެކަލޭގެފާނަށް سَجِدَة ކުރެއްވިއެވެ. ފަހެ އެ إبْلِيْسُ سَجِدَة ކުރި މީހުންގެތެރެއިން ނުވިއެވެ.

  12. قَالَ مَا مَنَعَكَ أَلَّا تَسۡجُدَ إِذۡ أَمَرۡتُكَۖ قَالَ أَنَا۠ خَيۡرٞ مِّنۡهُ خَلَقۡتَنِي مِن نَّارٖ وَخَلَقۡتَهُۥ مِن طِينٖ

    Open ayah 7:12

    އެކަލާނގެ (އެ إبْلِيس އާއި مخاطب ކުރައްވައި) وحي ކުރެއްވިއެވެ. އެކަލޭގެފާނަށް (يعني: آدم ގެފާނަށް) سجدة ކުރެއްވުމަށް ތިމަންރަސްކަލާނގެ އެންގެވިހިނދުން ކަލޭ سجدة ނުކޮށް އެކަމުން މަނާކުރީ ކޮންކަމެއްހެއްޔެވެ؟ سجدة ނުކުރީ ކީއްވެގެންހެއްޔެވެ؟ އެސޮރު ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ މިއަޅާ މާހެޔޮވެގެންވެއެވެ. އެހެނީ އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ. އަދި އިބަރަސްކަލާނގެ މިއަޅާ ހައްދަވާފައިވަނީ އަލިފާނުންނެވެ.

  13. قَالَ فَٱهۡبِطۡ مِنۡهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخۡرُجۡ إِنَّكَ مِنَ ٱلصَّٰغِرِينَ

    Open ayah 7:13

    އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭ އެސުވަރުގެއިން ފައިބާށެވެ! އެތާހުރެގެން ކަލޭ ބޮޑާވެ މަތިހަށި ނެގުމަކީ އެއްގޮތަކަށްވެސް ކަލެއަށް ހުއްދަވެގެންވާކަމެއްނޫނެވެ. (އަދި އެހެންތާކު ހުރެގެންވެސް ބޮޑާވުން ހުއްދަވެގެން ނުވެއެވެ.) ފަހެ ކަލޭ ނުކުންނާށެވެ! ހަމަކަށަވަރުން ކަލޭވަނީ ނިކަމެތިވެ އިހާނާތްތެރިވެގެންވާ މީހުންގެތެރެއިންނެވެ.

  14. قَالَ أَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ

    Open ayah 7:14

    އެސޮރު ދެންނެވިއެވެ. މީސްތަކުން (އަލުން ދިރިގެން) ފޮނުއްވާދުވަހާއި ހަމައަށް މިއަޅާއަށް ވަގުތު ދެއްވާ مُهْلَةُ ދެއްވާނދޭވެ!

  15. قَالَ إِنَّكَ مِنَ ٱلۡمُنظَرِينَ

    Open ayah 7:15

    ﷲ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ކަލޭވަނީ إنْتِظَار ކުރެވިގެންވާ - (ވަގުތު ދެވިގެން) ވާ މީހުންގެތެރެއިންނެވެ.

  16. قَالَ فَبِمَآ أَغۡوَيۡتَنِي لَأَقۡعُدَنَّ لَهُمۡ صِرَٰطَكَ ٱلۡمُسۡتَقِيمَ

    Open ayah 7:16

    އެސޮރު ދެންނެވިއެވެ. އިބަރަސްކަލާނގެ މިއަޅާ މަގުފުރައްދަވާ ހަލާކުކުރެއްވިކަމަށްޓަކައި ހަމަކަށަވަރުން އެމީހުންނަށް (އާދަމުގެދަރިންނާ އިދިކޮޅަށް) މިއަޅާ މަގުތަކުގައި އިށީންނަހުށީމެވެ. އިބަރަސްކަލާނގެ ސީދާމަގު އެމީހުންނަށް އޮޅުވާލާ ބަންދުކުރާހުށީމެވެ.

  17. ثُمَّ لَأٓتِيَنَّهُم مِّنۢ بَيۡنِ أَيۡدِيهِمۡ وَمِنۡ خَلۡفِهِمۡ وَعَنۡ أَيۡمَٰنِهِمۡ وَعَن شَمَآئِلِهِمۡۖ وَلَا تَجِدُ أَكۡثَرَهُمۡ شَٰكِرِينَ

    Open ayah 7:17

    ދެން ހަމަކަށަވަރުން އެމީހުންގެ ކުރިމަތިންނާއި އެމީހުންގެ ފަހަތުންނާއި އެމީހުންގެ ކަނާތްފަރާތުންނާއި އަދި އެމީހުންގެ ވައަތްފަރާތުންވެސް މިއަޅާ އެމީހުންގެގާތަށް އަންނަހުށީމެވެ. އަދި އެމީހުންކުރެ ގިނަމީހުންނީ شكر ކުރާމީހުންކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިނުގަންނަވާނެއެވެ. (ގިނަމީހުން ވާނީ ނުބައިމީހުން ކަމުގައެވެ.)

  18. قَالَ ٱخۡرُجۡ مِنۡهَا مَذۡءُومٗا مَّدۡحُورٗاۖ لَّمَن تَبِعَكَ مِنۡهُمۡ لَأَمۡلَأَنَّ جَهَنَّمَ مِنكُمۡ أَجۡمَعِينَ

    Open ayah 7:18

    އެކަލާނގެ وحي ކުރެއްވިއެވެ. ނިކަމެތިކުރެވި ދެރަކުރެވި ފައްސައިލެވިގެންވާ حال ކަލޭ މިސުވަރުގެއިން ނުކުންނާށެވެ! އެމީހުންކުރެ ކަލެއާއި تبع ވާމީހުން ދަންނައެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނަރަކަ ފުރާލާހުށީ ކަލެއާއި، ކަލެއާއި تبع ވާމީހުންނާއި އެންމެން އަޅައިގެންނެވެ.

  19. وَيَٰٓـَٔادَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ فَكُلَا مِنۡ حَيۡثُ شِئۡتُمَا وَلَا تَقۡرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّٰلِمِينَ

    Open ayah 7:19

    އަދި އޭ آدم (عليه السّلام) އެވެ! ކަލޭގެފާނާއި ކަލޭގެފާނުންގެ އަނބިކަނބަލުންނާއި ދެކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެވަޑައިގެން ތިއްބަވާށެވެ! އަދި ތިޔައިގެ ދެކަނބަލުން އެދިވަޑައިގަންނަވާފަދައަކުން އެތަނުން ފަރީކުޅުއްވާހައްދަވާށެވެ! އަދި މިގަހާއި ތިޔައިގެ ދެކަނބަލުން ގާތްވެވަޑައި ނުގަންނަވާށެވެ! (އެގަހުން، ފަރިއްނުކުޅުއްވާށެވެ! (އެއީ ކޮންބާވަތެއްގެ ގަހެއްކަން އެނގޭނެ صحّ خبر އެއް ނެތެވެ.) އެހެން ހައްދަވައިފިއްޔާ އެބަހީ އެގަހުން ފަރީކުޅުއްވައިފިއްޔާ ތިޔަ ދެކަނބަލުންވާހުށީ އަނިޔާވެރިންގެތެރެއިންނެވެ. (އަމިއްލަ نفس އަށް އަނިޔާކުރި މީހުންގެތެރެއިންނެވެ.)

  20. فَوَسۡوَسَ لَهُمَا ٱلشَّيۡطَٰنُ لِيُبۡدِيَ لَهُمَا مَا وُۥرِيَ عَنۡهُمَا مِن سَوۡءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنۡ هَٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيۡنِ أَوۡ تَكُونَا مِنَ ٱلۡخَٰلِدِينَ 

    Open ayah 7:20

    ދެންފަހެ شيطان އާ ދެކަނބަލުންނަށް ވަސްވާސްކޮށްފިއެވެ. (ނުބައިގޮތް ހިތަށް ވިސްނައިދީފިއެވެ.) އެއީ އެދެކަނބަލުންގެ ނިވައިކުރެވިގެންވާ عورة ފާޅުކޮށް ހާމަކުރުމަށްޓަކައެވެ. އަދި އެސޮރު ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެމަލާއިކަތުންނަށްވެދާނެތީވެ ނުވަތަ دائمي ގޮތެއްގައި ސުވަރުގޭގައި ނުތިއްބެވުމަށް މެނުވީ މިގަހުން ތިޔައިގެ ދެކަނބަލުން ފަރީކުޅުއްވުން ތިޔައިގެ ދެކަނބަލުންގެ رَبّ މަނާ ނުކުރައްވައެވެ. (އެބަހީ މިގަހުން ފަރިއްކުޅުއްވައިފިއްޔާ دائمي ގޮތެއްގައި މިތާ ދެމިތިއްބަވާނެއެވެ. ނުވަތަ ދެމަލާއިކަތުންނަށް ވެދާނެއެވެ.)

  21. وَقَاسَمَهُمَآ إِنِّي لَكُمَا لَمِنَ ٱلنَّٰصِحِينَ

    Open ayah 7:21

    އަދި އެސޮރު ހުވައިކޮށްފާ އެދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ތިޔަދެމީހުންނަށްވާ نصيحة ތެރިޔަކީމެވެ.

  22. فَدَلَّىٰهُمَا بِغُرُورٖۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتۡ لَهُمَا سَوۡءَٰتُهُمَا وَطَفِقَا يَخۡصِفَانِ عَلَيۡهِمَا مِن وَرَقِ ٱلۡجَنَّةِۖ وَنَادَىٰهُمَا رَبُّهُمَآ أَلَمۡ أَنۡهَكُمَا عَن تِلۡكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيۡطَٰنَ لَكُمَا عَدُوّٞ مُّبِينٞ

    Open ayah 7:22

    ފަހެ އެސޮރުގެ ހެއްލުންތެރިކަމާއި ކެހިވެރިކަމުން އެދެކަނބަލުން (ހަލާކުގެތެރެއަށް) ވައްޓާލައިފިއެވެ. (ކިޔަމަންތެރިކަމުން ނުކިޔަމަންތެރިކަމަށް ވައްޓައިލިއެވެ. ދެންފަހެ އެދެކަނބަލުން އެގަހުން ފަރިއްކުޅުއްވައިފިއެވެ.) ފަހެ އެދެކަނބަލުން އެގަހުގެރަހަ ހަމަލިބިވަޑައިގަތުމުން އެދެކަނބަލުންނަށް އެދެކަނބަލުންގެ عورة ފައުޅުވެ كشف ވެއްޖެއެވެ. އަދި އެދެކަނބަލުންގެ عورة ގައި ސުވަރުގޭގެ ގަހުގެ ފަތްޖައްސާ ނިވައިކުރައްވަން ފައްޓަވައިފިއެވެ. އަދި އެދެކަނބަލުންގެ رَبّ އެދެކަނބަލުންނަށް نداء އިއްވެވިއެވެ. (އެކަލާނގެ وحي ކުރެއްވިއެވެ.) އެގަހުން ފަރީކުޅުއްވުން ތިޔައިގެ ދެކަނބަލުންނަށް ތިމަންރަސްކަލާނގެ نهى ނުކުރަންހެއްޔެވެ؟ (އެބަހީ ނަހީކުރެއްވީމެވެ.) އަދި ހަމަކަށަވަރުން شيطان އާ އެއީ ތިޔައިގެ ދެކަނބަލުންނަށްވާ بيان ވެގެންހުރި عدوّ އެއްކަމުގައި ނާންގަވަންހެއްޔެވެ؟ (އެބަހީ އެންގެވީމެވެ.)

  23. قَالَا رَبَّنَا ظَلَمۡنَآ أَنفُسَنَا وَإِن لَّمۡ تَغۡفِرۡ لَنَا وَتَرۡحَمۡنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ

    Open ayah 7:23

    އޭގެ ދެކަނބަލުން ދެންނެވިއެވެ. އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އަޅަމެން އަޅަމެންގެ އަމިއްލަ نفس އަށް އަނިޔާވެރިވެއްޖައީމެވެ. އިބަރަސްކަލާނގެ އަޅަމެންނަށް ނުފުއްސަވައި އަދި رحمة ނުލެއްވިނަމަ ހަމަކަށަވަރުން އަޅަމެންވާހުށީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.

  24. قَالَ ٱهۡبِطُواْ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ وَلَكُمۡ فِي ٱلۡأَرۡضِ مُسۡتَقَرّٞ وَمَتَٰعٌ إِلَىٰ حِينٖ

    Open ayah 7:24

    އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް عدوّ ންކަމުގައިވާ حال ފައިބާށެވެ! (ސުވަރުގެއިން ފައިބާށެވެ!) އަދި ކަލޭމެން قرار ވެ ހަމަޖެހިގެންތިބޭނެތަން ބިމުގައި ކަލޭމެންނަށްވެއެވެ. (އެހެންޏާ ބިމުގެމަތީގައި ނުވަތަ މަރުވުމަށްފަހު ބިމުގެ އަޑީގައެވެ.) އަދި ވަކި مدّت އަކަށް އެތާނގެ ތަކެތީގައި ބޭނުންކޮށް ތިބުންވެއެވެ.

  25. قَالَ فِيهَا تَحۡيَوۡنَ وَفِيهَا تَمُوتُونَ وَمِنۡهَا تُخۡرَجُونَ

    Open ayah 7:25

    އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭމެންގެ حياة ވަނީ، އެބަހީ ދިރިއުޅުންވަނީ އެތާނގައެވެ. އަދި ކަލޭމެން މަރުވުންވަނީ އެތާނގައެވެ. އަދި ކަލޭމެން (އަލުން ދިރިގެން) ނުކުތުންވަނީވެސް ހަމަ އެތަނުންނެވެ.

  26. يَٰبَنِيٓ ءَادَمَ قَدۡ أَنزَلۡنَا عَلَيۡكُمۡ لِبَاسٗا يُوَٰرِي سَوۡءَٰتِكُمۡ وَرِيشٗاۖ وَلِبَاسُ ٱلتَّقۡوَىٰ ذَٰلِكَ خَيۡرٞۚ ذَٰلِكَ مِنۡ ءَايَٰتِ ٱللَّهِ لَعَلَّهُمۡ يَذَّكَّرُونَ

    Open ayah 7:26

    އޭ آدم ގެދަރީންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ عورة ނިވާކުރުމަށްޓަކައި ތިމަންރަސްކަލާނގެ ލިބާސް ބާވައިލެއްވީމެވެ. (އެބަހީ: ފޭރާންކުރެވޭނޭގޮތުގެތަކެއްޗާއި އަދި ކުރެވޭނޭގޮތް ކަލޭމެނަށް ދެއްވީމެވެ.) އަދި މުދަލާއި ހިފައިގެންގުޅޭ ތަކެއްޗާއި ޒީނަތްތެރިވާނޭ ފޭރާމާއި ބާވައިލެއްވީމެވެ. އަދި تقوى ވެރިކަމުގެ ފޭރާން (އެބަހީ: صالح عمل ކުރުން އެއީ މާހެޔޮވެގެންވާކަމެކެވެ.) މިކަންތައް ތަކަކީ ތިމަންރަސްކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ دليل ތަކުގެތެރެއިން ވާކަންކަމެވެ. އެއީ އެމީހުން ذكر ކޮށް وعظ نصيحة ލިބިގަނޭތޯއެވެ.

  27. يَٰبَنِيٓ ءَادَمَ لَا يَفۡتِنَنَّكُمُ ٱلشَّيۡطَٰنُ كَمَآ أَخۡرَجَ أَبَوَيۡكُم مِّنَ ٱلۡجَنَّةِ يَنزِعُ عَنۡهُمَا لِبَاسَهُمَا لِيُرِيَهُمَا سَوۡءَٰتِهِمَآۚ إِنَّهُۥ يَرَىٰكُمۡ هُوَ وَقَبِيلُهُۥ مِنۡ حَيۡثُ لَا تَرَوۡنَهُمۡۗ إِنَّا جَعَلۡنَا ٱلشَّيَٰطِينَ أَوۡلِيَآءَ لِلَّذِينَ لَا يُؤۡمِنُونَ

    Open ayah 7:27

    އޭ آدم ގެދަރީންނެވެ! ކަލޭމެންގެ ކާބަފައިން (آدم ގެފާނާއި حوّاى ގެފާނު) شيطان އާ އައިސް ސުވަރުގެއިން ނެރެލީފަދައިން އެ شيطان އާ ކަލޭމެން فتنة ވެރިކުރިޔަނުދޭށެވެ! އެސޮރުގެ މަކަރުވެރިކަމުގެ ތެރެއަށް ކަލޭމެން ވައްޓައިލިޔަނުދޭށެވެ! ފަހެ އެސޮރުގެ މަކަރުވެރިކަމުން އެދެކަނބަލުންގެ ލިބާސް އެދެކަނބަލުންގެ ކިބައިން ނިގުޅައިގަތެވެ. އެއީ އެދެކަނބަލުންގެ عورة އެދެކަނބަލުންނަށް ފެނުމަށްޓަކައެވެ. ހަމަކަށަވަރުން އެ شيطان އާ އާއި އެސޮރުގެ ނަސްލު އެސޮރުގެ قبيلة ގެމީހުން ކަލޭމެން ދެކޭނެއެވެ. އަދި އެއީ ކަލޭމެނަށް އެބައިމީހުން ނުފެންނާނޭގޮތުންނެވެ. ހަމަކަށަވަރުން شيطان ން އެއީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ތިމަންރަސްކަލާނގެ ލެއްވީ ﷲ އަށް އީމާންނުވާ މީހުންނަށެވެ.

  28. وَإِذَا فَعَلُواْ فَٰحِشَةٗ قَالُواْ وَجَدۡنَا عَلَيۡهَآ ءَابَآءَنَا وَٱللَّهُ أَمَرَنَا بِهَاۗ قُلۡ إِنَّ ٱللَّهَ لَا يَأۡمُرُ بِٱلۡفَحۡشَآءِۖ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ

    Open ayah 7:28

    އަދި އެމީހުން فاحش ކަމެއްކޮށްފިއްޔާ އެމީހުން ބުނެއެވެ. މިއީ އަހުރެމެންގެ ކާބަފައިން އެގޮތެއްގެމަތީގައި ވަނިކޮށް އަހުރެމެން ދުއްގޮތެވެ. (އެމީހުން ކުރާތަނުން ދަސްކޮށްގެންކުރާ ކަމެކެވެ.) އަދި މިކަމަށްވަނީ ﷲ އަހުރެމެންނަށް އަމުރުކުރައްވާފައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! فاحش ކަންތަކަށް ﷲ އަމުރު ނުކުރައްވައެވެ. އަދި ނުވެސްކުރައްވާނެއެވެ. ﷲ تعالى ގެ މައްޗަށް ކަލޭމެންނަށް ނޭނގޭތަކެތި ކަލޭމެން ބުނަނީހެއްޔެވެ؟ • މިއާޔަތުގައިމިވާ فاحش ކަންތަކަކީ عربي ންގެ ކޮންމެވެސް ބަޔަކު އިސްލާމްދީން އައުމުގެ ކުރީގައި ގެފުޅުގައި طَوَاف ކުރަނީ عُرِيَان حال ގައި ތިބެގެންނެވެ. އަދި އެމީހުން ބުނަނީ އަހުރެމެން މިކަން މިކުރަނީ ކާބަފައިންކުރިގޮތަށެވެ. އަދި އެކަމަށްވަނީ ﷲ أمر ކުރައްވާފައެވެ. މިކަމަކީ އެމީހުން ﷲ ގެ މައްޗަށް ހަދާ ބޮޑުދޮގެއްކަން بيان ކޮށްދެއްވައި މިއާޔަތް ބާވައިލެއްވިކަމުގައި ބައެއް مفسّر ން ވިދާޅުވެއެވެ. މިހެނީ فاحش ކަންތަކަކީ އިސްލާމްދީން قبول ނުކުރާ އަދި ސަލާމަތް ބުއްދި قبول ނުކުރާ ކަންކަމެވެ.

  29. قُلۡ أَمَرَ رَبِّي بِٱلۡقِسۡطِۖ وَأَقِيمُواْ وُجُوهَكُمۡ عِندَ كُلِّ مَسۡجِدٖ وَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۚ كَمَا بَدَأَكُمۡ تَعُودُونَ

    Open ayah 7:29

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ رَبّ އަމުރުކުރައްވާފައިވަނީ عدل ވެރިވުމަށެވެ. (ހުރިހާކަމެއްގައި ސީދާކޮށް حقُّ حقّ އަށް ނު حقُّ ނު حقّ އަށް ބުނުމެވެ.) އަދި ކަލޭމެން ނަމާދުކުރާ ކޮންމެތާކު (ކޮންމެ މިސްކިތެއްގައިވެސް) كعبة ﷲ އަށް - (ގެފުޅަށް) ކަލޭމެންގެ މޫނުތައް ސީދާކޮށް قائم ކުރުމަށެވެ. އަދި އަޅުކަން އެކަލާނގެއަށް إخلاص ތެރިކުރާ حال ކަލޭމެން އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި އެންމެ ފުރަތަމަ ނެތުމުގެތެރެއިން އެކަލާނގެ ކަލޭމެން ހެއްދެވިފަދައިން قيامة ދުވަހުން (މަރުވުމަށްފަހު) އަލުން ދިރުއްވައި އެކަލާނގެ ކަލޭމެން ފޮނުވާނެއެވެ. (محشر ކުރައްވާނެއެވެ.)

  30. فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيۡهِمُ ٱلضَّلَٰلَةُۚ إِنَّهُمُ ٱتَّخَذُواْ ٱلشَّيَٰطِينَ أَوۡلِيَآءَ مِن دُونِ ٱللَّهِ وَيَحۡسَبُونَ أَنَّهُم مُّهۡتَدُونَ 

    Open ayah 7:30

    އެއްބަޔަކަށް ﷲ ތެދުމަގުދެއްކެވިއެވެ. ތެދުމަގަށް توفيق ދެއްވިއެވެ. އަދި އަނެއްބަޔަކު (ދަންނައެވެ!) އެމީހުންގެމައްޗަށް މަގުފުރެދުން حقّ ވީއެވެ. އެމީހުން ތިމާމެންގެސަހަރޯވެރިންނަކީ ﷲ ފިޔަވައި شيطان ން ކަމުގައި ބަލައި إختيار ކުރުމުގެ ސަބަބުންނެވެ. އަދި އެމީހުން ހީކުރަނީ ހަމަކަށަވަރުން ތިމާމެން މިތިބީ ތެދުމަގުގައިކަމަށެވެ.

  31. ۞يَٰبَنِيٓ ءَادَمَ خُذُواْ زِينَتَكُمۡ عِندَ كُلِّ مَسۡجِدٖ وَكُلُواْ وَٱشۡرَبُواْ وَلَا تُسۡرِفُوٓاْۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡرِفِينَ

    Open ayah 7:31

    އޭ آدم ގެދަރީންނޭވެ! ނަމާދުކުރާ ކޮންމެތަނެއްގައި - އަދި ނަމާދުކުރާ ކޮންމެހިނދެއްގައި (ފޭރާމާއި ދެންވެސް ހުރި އެހެނިހެން ޒީނަތްތެރިކަން ކަލޭމެން ހިފާށެވެ.) إختيار ކުރާށެވެ. އެބަހީ: ނަމާދުކުރާހިނދު ތިމާމެން ތާހިރުވެ ލިބެންހުރި ޒީނަތްތެރިކަމެއް ލިބިގަންނާށެވެ! (ނަމަވެސް އިސްލާމުދީން ހުއްދަދޭ ޒީނަތްތެރިކަމެވެ.) އަދި ކަލޭމެން ކައިބޮއި ހަދާށެވެ! ކަލޭމެން (އެއްކަމެއްގައިވެސް) إسراف ނުކުރާށެވެ! އެހެނީ إسراف ކުރާމީހުންނަށް ހަމަކަށަވަރުން އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ.

  32. قُلۡ مَنۡ حَرَّمَ زِينَةَ ٱللَّهِ ٱلَّتِيٓ أَخۡرَجَ لِعِبَادِهِۦ وَٱلطَّيِّبَٰتِ مِنَ ٱلرِّزۡقِۚ قُلۡ هِيَ لِلَّذِينَ ءَامَنُواْ فِي ٱلۡحَيَوٰةِ ٱلدُّنۡيَا خَالِصَةٗ يَوۡمَ ٱلۡقِيَٰمَةِۗ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ

    Open ayah 7:32

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (لِبَاس އާއި زِيْنَة ތެރިވެވޭ ތަކެތީގެގޮތުން) ﷲ އެކަލާނގެ އަޅުތަކުންނަށް ނެރެދެއްވާ حلال ކުރައްވާފައިވާ ތަކެއްޗާއި އަދި ރިޒުގުގެތެރެއިން އެކަލާނގެ حلال ކޮށްދެއްވާފައިވާ حلال ރަނގަޅުކާނާ - ރިޒުގު - حرام ކުރީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އީމާންވީ މީހުންނަށް ދުނިޔޭގެ حياة ގައި ހުރި ތަކެއްޗެވެ. (ކާފަރުން އެއިން ބޭނުންކޮށްއުޅުނުނަމަވެސް މެއެވެ.) އަދި އެއީ قيامة ދުވަހުން ހަމަ خاصّ ވެ مؤمن ންނަށްވާތަކެއްޗެވެ. ތިމަންރަސްކަލާނގެ އާޔަތްތައް އަދި دليل އާއި حجّة ތަފާތުކޮށް بيان ކޮށް تفصيل ކޮށްދެއްވަނީ ވިސްނާ ފިކުރުކުރާ މީހުންނަށެވެ.

  33. قُلۡ إِنَّمَا حَرَّمَ رَبِّيَ ٱلۡفَوَٰحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَ وَٱلۡإِثۡمَ وَٱلۡبَغۡيَ بِغَيۡرِ ٱلۡحَقِّ وَأَن تُشۡرِكُواْ بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗا وَأَن تَقُولُواْ عَلَى ٱللَّهِ مَا لَا تَعۡلَمُونَ

    Open ayah 7:33

    ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ رَبّ حَرَام ކުރެއްވިކަންކަށަވަރީ އެންމެހައި فاحش ކަންތަކެވެ. އެއީ (އިސްލާމްދީން قبول ނުކުރާ އަދި ސަލާމަތް ބުއްދި ނަފުރަތުކުރާ ކޮންމެ ހަޑިހުތުރު ކަންކަމެވެ.) އޭގެތެރެއިން ފާޅުވެ އެނގޭކަންތަކާއި އަދި ފައުޅުނުވެ ވަންހަނާވެގެންވާ ކަންތަކާއިވެސް މެއެވެ. އަދި (އެކަލާނގެ حرام ކުރެއްވީ) ފާފަކުރުމާއި އެއްވެސް حقّ އެއްނެތި ދެކޮޅުހަދާ بغاوة ކުރުމާއި، އަދި ކަލޭމެން އެތަކެތި އެކަލާނގެއާއި شريك ކުރުމަށް އެއްވެސް دليل އެއް حجّة އެއް ބާވައިލައްވާފައިނުވާ ތަކެތި ﷲ އާއި شريك ކުރުމާއި، އަދި ﷲ އާއިމެދު ކަލޭމެންނަށް ނޭނގޭ ތަކެތި ބުނުމެވެ.

  34. وَلِكُلِّ أُمَّةٍ أَجَلٞۖ فَإِذَا جَآءَ أَجَلُهُمۡ لَا يَسۡتَأۡخِرُونَ سَاعَةٗ وَلَا يَسۡتَقۡدِمُونَ

    Open ayah 7:34

    (ﷲ އާއި رسول ން ދޮގުކުރި) އަދި ކޮންމެ أمّة އަކަށްވެސް (އެބަޔަކަށް عذاب އައިސް ހަލާކުވުމަށް) އަޖަލެއްވެއެވެ. ކަނޑައެޅި ޢައްޔަން ވެގެންވާ ވަގުތެއްވެއެވެ. ފަހެ އެމީހުންގެ އެވަގުތު އައުމުން ހިނދުކޮޅަކުވެސް އެމީހުން ލަސްނުވާނެއެވެ. އަދި އެމީހުން އެއަށްވުރެ އިސްވެސް ނުވާނެއެވެ. އެބަހީ އެވަގުތަށްވުރެ އެމީހުން ހަލާކު އަވަސްވެސް ނުވާނެއެވެ.

  35. يَٰبَنِيٓ ءَادَمَ إِمَّا يَأۡتِيَنَّكُمۡ رُسُلٞ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَٰتِي فَمَنِ ٱتَّقَىٰ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ

    Open ayah 7:35

    އޭ آدم ގެ ދަރީންނޭވެ! ތިމަންރަސްކަލާނގެ އާޔަތްތައް ކަލޭމެންނަށް ކިޔަވައިދެއްވުމަށް ކަލޭމެންގެ ތެރެއިން رسول ބޭކަލުން ވަޑައިގެންފިއްޔާ ދެން އެބޭކަލުންނަށް إيمان ވެ ކިޔަމަންތެރިވެ އަދި إصلاح ކޮށް އެބަހީ صالح عمل ކޮށްހެދި މީހާ ދަންނައެވެ! އެބަހީ تقوى ވެރިވެއްޖެމީހާ ފަހެ އެފަދަމީހުންގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.

  36. وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ

    Open ayah 7:36

    އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި އެއާޔަތްތަކާމެދު ބޮޑާވެ ކިބުރުވެރިވެއްޖެމީހާ ފަހެ އެފަދަމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.

  37. فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ أُوْلَٰٓئِكَ يَنَالُهُمۡ نَصِيبُهُم مِّنَ ٱلۡكِتَٰبِۖ حَتَّىٰٓ إِذَا جَآءَتۡهُمۡ رُسُلُنَا يَتَوَفَّوۡنَهُمۡ قَالُوٓاْ أَيۡنَ مَا كُنتُمۡ تَدۡعُونَ مِن دُونِ ٱللَّهِۖ قَالُواْ ضَلُّواْ عَنَّا وَشَهِدُواْ عَلَىٰٓ أَنفُسِهِمۡ أَنَّهُمۡ كَانُواْ كَٰفِرِينَ

    Open ayah 7:37

    ފަހެ ﷲ ގެމައްޗަށް ދޮގުހަދައިގަތް މީހަކަށްވުރެ ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުރިމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ.) އެމީހުންނަށް ފޮތުން ކަނޑައެޅިފައިވާ نصيب އެމީހުންނަށް ލިބޭނެއެވެ. (އެބަހީ: ހެވާނުބަޔާ ރިޒުގާ އަދި އަޖަލު ކަނޑައެޅިގެންވާގޮތަށް) ފޮތުގައި ކަނޑައެޅިފައިވާ އެއްޗެއް އެމީހުންނަށް ލިބޭނެއެވެ. އެއީ އެމީހުންގެ މަރުހިއްޕެވުމަށް ތިމަންރަސްކަލާނގެ ފޮނުއްވާ ملائكة ބޭކަލުން އެމީހުންނާއި ހަމައަށް ވަޑައިގެންފުމަށްދާންދެނެވެ. އެބޭކަލުން (އެމީހުނަށް) ވިދާޅުވާނެއެވެ. ކަލޭމެން ﷲ ފިޔަވައި އެފަރާތްތަކަށް އަދި އެތަކެއްޗަށް ގޮވިތަކެތި ކޮބައިހެއްޔެވެ؟ އެ އަބާއްޖަވެރިން ދަންނަވާނެއެވެ. އެތަކެތި އަހުރެމެންގެ ކިބައިން ގެއްލިއްޖެއެވެ. (އަހުރެމެން ދޫކޮށް އެތަކެތި ހިނގައްޖެއެވެ.) ﷲ وحي ކުރެއްވިއެވެ.) އެމީހުންނީ ކާފަރުންކަމުގައި އެމީހުންގެ نفس ތަކުގެމައްޗަށް އެމީހުން ހެކިވާނެއެވެ.

  38. قَالَ ٱدۡخُلُواْ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِكُم مِّنَ ٱلۡجِنِّ وَٱلۡإِنسِ فِي ٱلنَّارِۖ كُلَّمَا دَخَلَتۡ أُمَّةٞ لَّعَنَتۡ أُخۡتَهَاۖ حَتَّىٰٓ إِذَا ٱدَّارَكُواْ فِيهَا جَمِيعٗا قَالَتۡ أُخۡرَىٰهُمۡ لِأُولَىٰهُمۡ رَبَّنَا هَٰٓؤُلَآءِ أَضَلُّونَا فَـَٔاتِهِمۡ عَذَابٗا ضِعۡفٗا مِّنَ ٱلنَّارِۖ قَالَ لِكُلّٖ ضِعۡفٞ وَلَٰكِن لَّا تَعۡلَمُونَ

    Open ayah 7:38

    ﷲ (އެމީހުންނަށް قيامة ދުވަހުން) އަންގަވާނެއެވެ. ކަލޭމެންގެކުރިން ނަރަކައަށްވަން ޖިންނިންނާއި އިންސާނުންގެ أمّة ގެތެރެއަށް އެ ޖަމާޢަތަށް ނަރަކައަށް ކަލޭމެންވެސް ވަންނާށެވެ! (އެއީ ކަލޭމެންފަދައިން ކާފަރުކަމާއި ނުކިޔަމަންތެރިކަމުގައި އިސްވެދިޔަ މީހުންނެވެ.) އަދި ކޮންމެ أمّة އެއްގެ މީހުންގޮސް ނަރަކައަށް ވަނުމުން އޭގެ އަނެއް أمّة މި މީހުންނަށް لعنة ދޭނެއެވެ. އެހެންގޮސް އެންމެހައި ކާފަރު أمّة ތައް އެނަރަކައަށް ޖަމާވެ ހަމަވީމާ ފަހުން އައިމީހުން ކުރިން އައިމީހުންނަށް، އިޝާރަތްކޮށް ﷲ އަށް ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! މިތިބަމީހުން މިއީ އަޅަމެން މަގުފުރެއްދި މީހުންނެވެ. ފަހެ އެމީހުންނަށް ނަރަކައިގެ ޑަބަލް عذاب ދެއްވާންދޭވެ! ﷲ އަންގަވާނެއެވެ. ކަލޭމެންކުރެ ކޮންމެ ބަޔަކަށްވެސް ޑަބަލް عذاب ވެއެވެ. އެކަމަކު އެކަމެއް ކަލޭމެންނަކަށް ނޭނގޭނެއެވެ.

  39. وَقَالَتۡ أُولَىٰهُمۡ لِأُخۡرَىٰهُمۡ فَمَا كَانَ لَكُمۡ عَلَيۡنَا مِن فَضۡلٖ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡسِبُونَ

    Open ayah 7:39

    އަދި އެމީހުންގެ (އެބަހީ: ނަރަކައިގަތިބޭ ކާފަރު أمّة ތަކުގެތެރެއިން) ފަހުން އައިމީހުންނާއި مخاطب ކޮށް ފުރަތަމަތިބި މީހުން ބުނާނެއެވެ. އަހުރެމެންގެ މައްޗަށް ކަލޭމެންނަށް އެއްވެސް މާތްކަމެއް އަދި ހެވެއްނެތެވެ. ފަހެ ﷲ تعالى މިއެންމެންނާ مخاطب ކުރައްވައި އަންގަވާނެއެވެ. ކަލޭމެން ދުނިޔޭގައި ކުރާ ކަމުގައިވީ ނުބައި ކަންތައްތަކުގެ ސަބަބުން عذاب ގެ ރަހަ ލިބިގަންނާށެވެ.

  40. إِنَّ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَا لَا تُفَتَّحُ لَهُمۡ أَبۡوَٰبُ ٱلسَّمَآءِ وَلَا يَدۡخُلُونَ ٱلۡجَنَّةَ حَتَّىٰ يَلِجَ ٱلۡجَمَلُ فِي سَمِّ ٱلۡخِيَاطِۚ وَكَذَٰلِكَ نَجۡزِي ٱلۡمُجۡرِمِينَ 

    Open ayah 7:40

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި އެއާޔަތްތަކަށް ބޮޑާވެ كِبْرُ ވެރިވެއްޖެ މީހުން (ދަންނައެވެ!) ތިނޯހުގެ ފަގައިން ޖަމަލު ވަދެއްޖައުމަށްދާންދެން އެމީހުންނަށްޓަކައި އުޑުގެ ދޮރުތައް ނުހުޅުވޭނެއެވެ. އަދި އެމީހުން ސުވަރުގެ ނުވަންނާނެއެވެ. (އެމީހުންނަށް رحمة ގެ އަސަރެއްވުމަކީ އެހާވެސް ދުރުކަމެކެވެ.) އަދި مُجْرِمُ ންނަށް އެބަހީ ނުބައިނުލަފާ މީހުންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

  41. لَهُم مِّن جَهَنَّمَ مِهَادٞ وَمِن فَوۡقِهِمۡ غَوَاشٖۚ وَكَذَٰلِكَ نَجۡزِي ٱلظَّٰلِمِينَ

    Open ayah 7:41

    އެމީހުންނަށްވަނީ ނަރަކައިގެ އަލިފާނުގެ ތަންމައްޗެކެވެ. އެއީ އެމީހުން އިށީނދެ އޮށޯވެވުމަށެވެ. (އެކަމަކު ދެން އެތާ އޮށޯވެ އަރާމުކުރާނީ ކޮންފަދައަކުންހެއްޔެވެ؟ ތެޅިފޮޅުން ނޫން އެހެންގޮތެއް ނުވެއެވެ. އެކަމަކު މަރެއްވެސް ނުވާނެއެވެ.) އަދި އެމީހުންގެ ގައިމަތީ އެޅުމަށްވަނީ ނަރަކައިގެ އަލިފާނުގެ ރަޖައެކެވެ. ނިވައެކެވެ. (نَعْوذ بِﷲ مِنَ النَّارِ) އަނިޔާވެރިންނަށް - مشرك ންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

  42. وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ

    Open ayah 7:42

    އަދި އީމާންވެގެން صالح عمل ކުރިމީހުން (އެމީހުންނަށް ކުޅަދާނަވާވަރަށް عمل ކުރިމީހުން) އެހެނީ އެއްވެސް نفس އަކަށް ކުޅަދާނަ ނުވާވަރަށް ތިމަންރަސްކަލާނގެ تكليف ނުޖައްސަވައެވެ. އެފަދަމީހުންނަކީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ އެތާނގައެވެ.

  43. وَنَزَعۡنَا مَا فِي صُدُورِهِم مِّنۡ غِلّٖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُۖ وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي هَدَىٰنَا لِهَٰذَا وَمَا كُنَّا لِنَهۡتَدِيَ لَوۡلَآ أَنۡ هَدَىٰنَا ٱللَّهُۖ لَقَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّۖ وَنُودُوٓاْ أَن تِلۡكُمُ ٱلۡجَنَّةُ أُورِثۡتُمُوهَا بِمَا كُنتُمۡ تَعۡمَلُونَ

    Open ayah 7:43

    އަދި ރުޅިވެރިކަމާއި حسد ވެރިކަމުގެގޮތުން އެމީހުންގެ ހިތްތަކުގައިވާނަމަ ވާތަކެއްޗެއް ތިމަންރަސްކަލާނގެ ނިގުޅައިގެންނެވީމެވެ. އެސުވަރުގެ ވަންތަވެރިންގެ ދަށުން އާރުތައް ދެމޭނެއެވެ. އަދި އެމީހުން ދަންނަވާނެއެވެ. އެންމެހައި حمد އާއި تعريف އެއް خاصّ ވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އަޅަމެނަށް މިސުވަރުގެއަށް އައުމަށް توفيق ދެއްވައި މަގުދެއްކެވި ކަލާނގެއެވެ. އަދި ﷲ އަޅަމެނަށް މިސީދާމަގު ނުދެއްކެވިނަމަ އެކަމަށް ތެދުމަގު ލިބޭނޭ ބަޔަކުކަމުގައި އަޅަމެން ނުވެއެވެ. ހަމަކަށަވަރުން އަޅަމެންގެ رَبّ ގެ رسول ން ވަޑައިގެންނެވީ حقّ އާއިގެންނެވެ. (އަޅަމެން އެ حقّ އާއި تبع ވީއެވެ.) ދެންފަހެ އެމީހުންނަށް نداء އިއްވެވޭނެއެވެ. (އޭ ސުވަރުގޭގެ أهل ވެރިންނޭވެ!) މިއީ އެސުވަރުގެއެވެ. (ތިމަންރަސްކަލާނގެ رسول ން ވަޑައިގެން وعد ކުރެއްވި ސުވަރުގެއެވެ.) ކަލޭމެން އެތަން ކަލޭމެންކުރި ހެޔޮ عمل ގެ ސަބަބުން ވާރުތަކުރީއެވެ.

  44. وَنَادَىٰٓ أَصۡحَٰبُ ٱلۡجَنَّةِ أَصۡحَٰبَ ٱلنَّارِ أَن قَدۡ وَجَدۡنَا مَا وَعَدَنَا رَبُّنَا حَقّٗا فَهَلۡ وَجَدتُّم مَّا وَعَدَ رَبُّكُمۡ حَقّٗاۖ قَالُواْ نَعَمۡۚ فَأَذَّنَ مُؤَذِّنُۢ بَيۡنَهُمۡ أَن لَّعۡنَةُ ٱللَّهِ عَلَى ٱلظَّٰلِمِينَ

    Open ayah 7:44

    ސުވަރުގޭގެ އެކުވެރިން ނަރަކައިގެ އެކުވެރިންނަށް ގޮވާނެއެވެ. އަދިބުނާނެއެވެ. ހަމަކަށަވަރުން އަހުރެމެންގެ رَبّ އަހުރެމެންނަށް ކުރެއްވި وعد އެއީ ތެދު حقّ ކަމުގައި އަހުރެމެންނަށް ފެނިއްޖެއެވެ. ފަހެ ކަލޭމެންގެ رَبّ ކަލޭމެނަށް ކުރެއްވި وعد އެއީ حقّ އެއްކަމުގައި ކަލޭމެނަށް ފެނިއްޖެހެއްޔެވެ؟ އެމީހުން ދަންނަވާނެއެވެ. އާއެކެވެ. ދެންފަހެ އެދެބައިމީހުންގެދެމެދުގައި ގޮވާލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. ހަމަކަށަވަރުން އަނިޔާވެރިންގެމައްޗަށް ﷲ ގެ لعنة ހުއްޓެވެ.

  45. ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجٗا وَهُم بِٱلۡأٓخِرَةِ كَٰفِرُونَ

    Open ayah 7:45

    އެއަނިޔާވެރިން އެއީ ﷲ ގެމަގު يعني: އިސްލާމްދީން އެހެންމީހުންނަށްވެސް ބަންދުކޮށް ހުރަސްކޮށް ހެދިމީހުންނެވެ. އަދި އެދީނަށް ގުދުކަމާއި ބަޅުކަން އެދޭމީހުންނެވެ. އަދި އެމީހުންވަނީ آخرة ދުވަހަށް ކާފަރުވެގެންނެވެ.

  46. وَبَيۡنَهُمَا حِجَابٞۚ وَعَلَى ٱلۡأَعۡرَافِ رِجَالٞ يَعۡرِفُونَ كُلَّۢا بِسِيمَىٰهُمۡۚ وَنَادَوۡاْ أَصۡحَٰبَ ٱلۡجَنَّةِ أَن سَلَٰمٌ عَلَيۡكُمۡۚ لَمۡ يَدۡخُلُوهَا وَهُمۡ يَطۡمَعُونَ

    Open ayah 7:46

    އަދި އެދެމެދުގައި ހުރަހެއްވެއެވެ. حِجَاب އެއްވެއެވެ. އެބަހީ: ސުވަރުގެޔާ ނަރަކަޔާ ދެމެދު ހުރަހެއްވެއެވެ. އެއީ أعراف އެ ކިޔާ ފާރެވެ. އަދި އެ أعراف ގެމަތީގައި ބަޔަކުވެއެވެ. އަދި އެމީހުންނަށް ކޮންމެބަޔަކުވެސް އެމީހުންގެ علامة ތަކުން ރަނގަޅަށް އެނގެއެވެ. (އެބަހީ: ސުވަރުގެވަންތަވެރިންނާއި ނަރަކަވަންތަވެރިން أعراف ގެ أهل ވެރިންނަށް ރަނގަޅަށް އެނގެއެވެ. އެއީ ސުވަރުގެވަންތަވެރިންގެ މޫނު އަލިވެ އުޖާލާވެގެންވުމާއި ނަރަކަވަންތަވެރިންގެ މޫނުތައް ކަޅުވެގެންވުމާއި ލޯ ނޫވެގެންވުމެވެ.) އަދި އެމީހުން އެބަހީ: أعراف ގެ أهل ވެރިން ސުވަރުގެވަންތަވެރިންނަށް ގޮވާލާނެއެވެ. - (އޭ ސުވަރުގެވަންތަވެރިންނޭވެ.) ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. އެމީހުން يعني: أعراف ގެ أهل ވެރިން އެސުވަރުގެއަށް ވަނުމަށް ދަހިވެތިވެގެންވެއެވެ. އެކަމަކު އެމީހުން އަދި އެތާކަށް ނުވަދެއެވެ.

  47. ۞وَإِذَا صُرِفَتۡ أَبۡصَٰرُهُمۡ تِلۡقَآءَ أَصۡحَٰبِ ٱلنَّارِ قَالُواْ رَبَّنَا لَا تَجۡعَلۡنَا مَعَ ٱلۡقَوۡمِ ٱلظَّٰلِمِينَ

    Open ayah 7:47

    އަދި އެމީހުން يعني: أعراف ގެމީހުންގެ މޫނުތައް ނަރަކައާއި ދިމާއަށް އަނބުރުވައިލެވިއްޖެއްޔާ (އެތަން ފެނިފައި) އެމީހުން ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! މިއަނިޔާވެރި މީސްތަކުންގެ ތެރެއަށް އަޅަމެން ނުލައްވާންދޭވެ!

  48. وَنَادَىٰٓ أَصۡحَٰبُ ٱلۡأَعۡرَافِ رِجَالٗا يَعۡرِفُونَهُم بِسِيمَىٰهُمۡ قَالُواْ مَآ أَغۡنَىٰ عَنكُمۡ جَمۡعُكُمۡ وَمَا كُنتُمۡ تَسۡتَكۡبِرُونَ

    Open ayah 7:48

    އަދި أعراف ގެމީހުން (ނަރަކަވަންތަވެރިންކުރެ) ބަޔަކަށް ގޮވައިލާނެއެވެ. އަދި އެމީހުންގައި ހުރި علامة ތަކާއި ނިޝާންތަކުން އެއީ ކޮންބައެއްކަން ރަނގަޅަށް އެނގޭނެއެވެ. އަދި ބުނާނެއެވެ. ކަލޭމެން ދުނިޔޭގައި ޖަމާކުރި ތަކެތީންނާއި އަދި ކަލޭމެންވީ ބޮޑާކަމާއި ކިބުރުވެރިކަމުން ކަލޭމެނަށްވީ ކޮންކަމެއްހެއްޔެވެ؟ (އެއްވެސް ފައިދާއެއް ނުވިއެވެ.

  49. أَهَٰٓؤُلَآءِ ٱلَّذِينَ أَقۡسَمۡتُمۡ لَا يَنَالُهُمُ ٱللَّهُ بِرَحۡمَةٍۚ ٱدۡخُلُواْ ٱلۡجَنَّةَ لَا خَوۡفٌ عَلَيۡكُمۡ وَلَآ أَنتُمۡ تَحۡزَنُونَ

    Open ayah 7:49

    ﷲ ގެ رحمة ނުލިބޭނެކަމަށް ކަލޭމެން (مشرك ން) ބުނެ ހުވައިކުރީ މި މީހުންނާއި ދިމާލަށްހެއްޔެވެ؟ (އެބަޔަކީ مؤمن ންކުރެ ދެރަވަރު ضعيف ބަޔަކުކަމުގައިވިއެވެ.) ﷲ އެމީހުންނަށް އަންގަވާނެއެވެ. ކަލޭމެން ސުވަރުގެވަންނާށެވެ! އަދި ކަލޭމެންގެމައްޗަކަށް އެއްވެސްބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި ކަލޭމެން ނުވެއެވެ.

  50. وَنَادَىٰٓ أَصۡحَٰبُ ٱلنَّارِ أَصۡحَٰبَ ٱلۡجَنَّةِ أَنۡ أَفِيضُواْ عَلَيۡنَا مِنَ ٱلۡمَآءِ أَوۡ مِمَّا رَزَقَكُمُ ٱللَّهُۚ قَالُوٓاْ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلۡكَٰفِرِينَ 

    Open ayah 7:50

    އަދި ނަރަކަވަންތަވެރިން ސުވަރުގެވަންތަވެރިންނަށް ގޮވާނެއެވެ. ބުނާނެއެވެ. ފެނުގެތެރެއިން ކޮންމެވެސް މިންވަރެއް އަހުރެމެންގެ މައްޗަށް އޮއްސައިދީބަލާށެވެ! ނުވަތަ ﷲ تعالى ކަލޭމެންނަށް ދެއްވި رزق ތެރެއިން ބައެއް އަހުރެމެންނަށްވެސް ދީބަލާށެވެ! އެމީހުން އެބަހީ ސުވަރުގެވަންތަވެރިން ބުނާނެއެވެ. ހަމަކަށަވަރުން ﷲ تعالى ވަނީ ކާފަރުންގެމައްޗަށް އެތަކެތި حرام ކުރައްވާފައެވެ.

  51. ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَهۡوٗا وَلَعِبٗا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ فَٱلۡيَوۡمَ نَنسَىٰهُمۡ كَمَا نَسُواْ لِقَآءَ يَوۡمِهِمۡ هَٰذَا وَمَا كَانُواْ بِـَٔايَٰتِنَا يَجۡحَدُونَ

    Open ayah 7:51

    އެމީހުންނަކީ އެމީހުންގެ دين ކުޅިވަރާއި މަލާމާތެއްކަމުގައި ހަދައިލި މީހުންނެވެ. އަދި ދުނިޔޭ ދިރިއުޅުން އެމީހުން ހައްލުވައިލާ ވާވައްދައިލިމީހުންނެވެ. ފަހެ އެމީހުންގެ މިދުވަހާއި އެބައިމީހުން ބައްދަލުވުމާމެދު އެމީހުން ހަނދާން ނައްތައިލިފަދައިން ތިމަންރަސްކަލާނގެ މިއަދު އެމީހުންގެމަތީން ހަނދުމަނެތިވެވޮޑިގަންނަވާހުށީމެވެ. (ބަނޑުހައިވެ ފެންބޮވައިގެންފައިވާ حال عذاب ގެތެރެއަށް އެމީހުން ދޫކޮށްލާ ހަނދުމަނެތިވެވޮޑިގަންނަވާހުށީމެވެ. އަދި އެއީ އެމީހުން (ދުނިޔޭގައި) ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ އެއަށް ކާފަރުވާކަމުގެ ސަބަބުންވެސްމެއެވެ.

  52. وَلَقَدۡ جِئۡنَٰهُم بِكِتَٰبٖ فَصَّلۡنَٰهُ عَلَىٰ عِلۡمٍ هُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ

    Open ayah 7:52

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކާފަރުންގެގާތަށް ފޮތެއް ގެނަސްދީފީމެވެ. (އެއީ އެމީހުންގެ ނަބިއްޔާއަށް ބާވައިލެއްވި قرآن އެވެ.) ތިމަންރަސްކަލާނގެ އެފޮތް (حقّ އާއި باطل ވަކިވާގޮތަށް) تفصيل ކޮށްދެއްވީ ހަމަ ތިމަންރަސްކަލާނގެ ދެނެވޮޑިގަތުމުގެ މަތީންނެވެ. އަދި ތެދުކުރާ ބަޔަކަށް (އީމާންވާ ބަޔަކަށް) ތެދުމަގާއި رحمة އެއްގެގޮތުންނެވެ.

  53. هَلۡ يَنظُرُونَ إِلَّا تَأۡوِيلَهُۥۚ يَوۡمَ يَأۡتِي تَأۡوِيلُهُۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبۡلُ قَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشۡفَعُواْ لَنَآ أَوۡ نُرَدُّ فَنَعۡمَلَ غَيۡرَ ٱلَّذِي كُنَّا نَعۡمَلُۚ قَدۡ خَسِرُوٓاْ أَنفُسَهُمۡ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ

    Open ayah 7:53

    އެމީހުން ފަހެ އެކަމުގެ تَأْوِيْل އަށްމެނުވީ އެބަ އިންތިޒާރުކުރޭހެއްޔެވެ؟ އެބަހީ އެމީހުން ކުރި ނުބައިކަންތަކުގެ عذاب އަށްމެނުވީ އެމީހުން އެބަ إنتظار ކުރޭހެއްޔެވެ؟ އެމީހުންނަށް އެކަމުގެ عذاب އަންނަދުވަހުން މީގެކުރިން އެކަން ހަނދާންނެތުނުމީހުން ބުނާނެއެވެ. ހަމަކަށަވަރުން އަހަރެމެންގެ ގާތަށް އަހަރެމެންގެ رَبّ ގެ رسول ން حقّ އާއިގެން ވަޑައިގެންނެވިއެވެ. (ފަހެ އެދުވަހުން އެމީހުން އެކަމަށް إقرار ވެ އެއްބަސްވާނެއެވެ. އެކަމަކު ދެން އެއެއްބަސްވުމުގެ އެއްވެސް ފައިދާއެއް ނުވެއެވެ. އަދި އެމީހުން ބުނާނެއެވެ.) ފަހެ އެބަޔަކު އަހުރެމެންނަށް شفاعة ތެރިވާނޭ އެއްވެސް شفاعة ތެރިއަކު އަހުރެމެންނަށް ވާނެބާވައެވެ؟ ނުވަތަ އަހުރެމެން (ދުނިޔޭގައި ކުރިންކުރި) عمل އަށްވުރެ ހެޔޮ عملއެއް ކުރުމަށް އަހުރެމެން ދުނިޔެއަށް އަލުން ރައްދުކުރެވޭނެބާވައެވެ؟ ފޮނުވޭނެބާވައެވެ. (ފޮނުވޭނެނަމަ ކޮންފަދަ ރަނގަޅުހެއްޔެވެ؟) އެމީހުން އެއީ އެމީހުންގެ نفس ތައް ހަމަކަށަވަރުން ގެއްލުމާ ހަލާކުގެތެރެއަށް އެއްލައިލިމީހުންނެވެ. އަދި (ދުނިޔޭގައި) އެމީހުން ދޮގުހެދިހާތަކެތި (އެބަހީ: ﷲ ފިޔަވައި އެތަކެއްޗަށް އެމީހުން އަޅުކަންކުރިހާ ތަކެތި) އެމީހުންގެ ކިބައިން ގެއްލިގެންދިޔައީއެވެ.

  54. إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَ يَطۡلُبُهُۥ حَثِيثٗا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمۡرِهِۦٓۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ

    Open ayah 7:54

    (އޭ މީސްތަކުންނޭވެ!) ކަލޭމެންގެ رَبّ އަކީ ﷲ އެވެ. އެކަލާނގެއީ ހަދުވަހުގެތެރޭގައި އުޑުތަކާއި ބިން ހެއްދެވި ކަލާނގެއެވެ. ދެން އެކަލާނގެ عَرْش އަށް استوى ވެވޮޑިގެންނެވިއެވެ. އެކަލާނގެ ދުވާލުގެމައްޗަށް ރޭގަނޑުގެންނަވައި ނިވައިކުރައްވައެވެ. ރޭގަނޑު އަވަސްކަމާއިއެކު ދުވާލަށް އެދިގަނެއެވެ. އަދި އިރާއި ހަނދާއި ތަރިތައް އެކަލާނގެ أمر ފުޅަށް ކިޔަމަންވެގެންވެއެވެ. ދަންނާށެވެ! އެންމެހައި ތަކެތި ހެއްދެވުމާއި އެތަކެތީގެ އެންމެހައި އަމުރެއް (އަދި حكم އެއް) خاصّ ވެ ملك ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. ﷲ ބަރަކާތްވަންތަވެވޮޑިގެންވެއެވެ. އެއީ عالم ތަކުގެވެރި رَبُّ އެވެ.

  55. ٱدۡعُواْ رَبَّكُمۡ تَضَرُّعٗا وَخُفۡيَةًۚ إِنَّهُۥ لَا يُحِبُّ ٱلۡمُعۡتَدِينَ

    Open ayah 7:55

    ނިކަމެތިކަމާއި ބިރުވެތިވެ މަޑުމޮޅިކަމާއިއެކު ކަލޭމެން ކަލޭމެންގެ رَبّ އަށް دعاء ކޮށް ދަންނަވާށެވެ! އަދި އަޅުކަން ކުރާށެވެ! ހަމަކަށަވަރުން (دعاء ކުރުމުގައިވެސް) ހައްދުފަހަނަޅައިދާމީހުންނަށް އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ. (دعاء ކުރުމުގައި ހައްދުފަހަނަޅައި ދިއުމަކީ މިސާލަކަށް - މާއަޑުހަރުކޮށް ހަޅޭލަވާގޮތަށް دعاء ކުރުން - ތިމާއަށް حقّ ނޫން ކަންކަމަށް دعاء ކުރުންފަދަ ކަންކަމެވެ.)

  56. وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَا وَٱدۡعُوهُ خَوۡفٗا وَطَمَعًاۚ إِنَّ رَحۡمَتَ ٱللَّهِ قَرِيبٞ مِّنَ ٱلۡمُحۡسِنِينَ

    Open ayah 7:56

    އަދި ބިންގަނޑު إصلاح ވެ ﷲ ގެ كلمة ފުޅު ފައުޅުވެ ހަމަޖެހުމަށްފަހު ކަލޭމެން އެބިމުގައި شريك ކޮށް ނުހަދާށެވެ. شريك ކުރުން އެއީ އެންމެބޮޑު ފަސާދައެވެ. (އަދި ހުރިހާ ބާވަތެއްގެ ފަސާދައެއް މިއާޔަތުގެ ދަށަށް ވަދެއެވެ.) އަދި ކަލޭމެން އެކަލާނގެ عذاب އަށް ބިރުވެތިވާ حال ގައްޔާއި އެކަލާނގެ رحمة އާއި ثواب އަށް އެދި ދަހިވެތިވާ حال އެކަލާނގެއަށް دعاء ކުރާށެވެ! ހަމަކަށަވަރުން إحسان ތެރިންނަށް ﷲ ގެ رحمة ދާދި ގާތްވެގެންވެއެވެ.

  57. وَهُوَ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦۖ حَتَّىٰٓ إِذَآ أَقَلَّتۡ سَحَابٗا ثِقَالٗا سُقۡنَٰهُ لِبَلَدٖ مَّيِّتٖ فَأَنزَلۡنَا بِهِ ٱلۡمَآءَ فَأَخۡرَجۡنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِۚ كَذَٰلِكَ نُخۡرِجُ ٱلۡمَوۡتَىٰ لَعَلَّكُمۡ تَذَكَّرُونَ

    Open ayah 7:57

    އަދި އެކަލާނގެ رحمة ކަމުގައިވާ ވާރެއައުމުގެކުރިން ވާރެއައުމުގެ އުފާވެރި ނިޝާނެއްގެގޮތުން ވައިފޮނުއްވީ ހަމަ އެކަލާނގެއެވެ. އެއީ އެ ވައި ފެނުން ބަރުވެފައިވާ ވިލާތައް އުފުލައިފުމަށްދާދެނެވެ. އެއީ މަރުވެ ހަނަފަސްވެފައިވާ ރަށަށް ތިމަންރަސްކަލާނގެ އެފެންދިނުމަށެވެ. ދެންފަހެ އެވިލާގަނޑުން ތިމަންރަސްކަލާނގެ ފެންވެއްސަވަމެވެ. އަދި އެފެނުން ތިމަންރަސްކަލާނގެ ހުރިހާ ބާވަތެއްގެ ގަސްގަހުގެ މަތިވަރު (މޭވާއާއި ގޮވާން) ނެރުއްވަމެވެ. ކަލޭމެން (محشر އަށް ފޮނުއްވުމަށް) ކައްވަޅުތަކުން ނެރުއްވާނީ ހަމަ އެފަދައިންނެވެ. (އެވާރޭފެން ވެހުނީމާ ބިމުން ގަސްތައް ފަޅައިގަންނަގޮތަށެވެ. މިކަންމިގޮތަށް بيان ކުރައްވަނީ) ކަލޭމެން آخرة ހަނދާންކޮށް ذِكر ކުރުމަށެވެ.

  58. وَٱلۡبَلَدُ ٱلطَّيِّبُ يَخۡرُجُ نَبَاتُهُۥ بِإِذۡنِ رَبِّهِۦۖ وَٱلَّذِي خَبُثَ لَا يَخۡرُجُ إِلَّا نَكِدٗاۚ كَذَٰلِكَ نُصَرِّفُ ٱلۡأٓيَٰتِ لِقَوۡمٖ يَشۡكُرُونَ

    Open ayah 7:58

    އަދި (ބިންގަނޑު) ރަނގަޅު ރަށް (ދަންނައެވެ!) އެރަށުގެ رَبُّ ގެ އިޒުނަފުޅަށް އެރަށުގެ ފަތްޕިލާވެލި ރަނގަޅުކޮށް ނުކުމެއެވެ. އަދި (ބިންގަނޑު) ނުބައިވެގެންވާ ރަށް (ދަންނައެވެ!) މަދުމަދުން އަދި އުނދަގޫކޮށް ވިޔާނުދާ އެއްޗެއްމެނުވީ ނުނުކުމެއެވެ. ނުފަޅައެވެ. އަދި ތިމަންރަސްކަލާނގެ آية ތައް އަދި دليل ތައް ތަފާތުކޮށް ބަދަލުކުރައްވަނީ شكر ކުރާ ބަޔަކަށެވެ. • ދަންނައެވެ! މިއާޔަތުގައި މިވަނީ ﷲ ބާވައިލައްވާ وحي ގެ މިސާލެވެ. ވާރޭވެހުނީމާ ރަނގަޅު ބިންގަނޑަށް ރަނގަޅު އަސަރުކުރާގޮތަށް مؤمن ންގެ ހިތްތަކަށް ރަނގަޅު އަސަރުކޮށް އީމާންވެ އެކަލާނގެއަށް ކިޔަމަންތެރިވެ شكر ކުރެއެވެ. وحي ގެ މިސާލު އެވަނީ ކުރީ އާޔަތުގައި އެވާ ވާރޭގެ މިސާލުގައެވެ. ރަނގަޅު ބިންގަނޑު އެއީ مؤمن އަޅާގެ ހިތެވެ. އަދި ނުބައި ބިންގަނޑު އެއީ ކާފަރުގެ ހިތެވެ. ހަމަ އެފެން ވެހުނީމާ އެއިން އެއްވެސް އަސަރެއްނުކޮށް އީމާންނުވެ ކިޔަމަންނުވެ ﷲ އަށް شكر ނުކުރީއެވެ. والله أعلم.

  59. لَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ

    Open ayah 7:59

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ نوح (عليه السّلام) އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އެއްވެސް حقّ إله އަކު ކަލޭމެންނަކަށް ނުވެއެވެ. ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަލޭމެނަށް އަތުވެދާނެތީ ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ.

  60. قَالَ ٱلۡمَلَأُ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي ضَلَٰلٖ مُّبِينٖ 

    Open ayah 7:60

    އެކަލޭގެފާނުންގެ قوم ގެ މީހުން ދެންނެވިއެވެ. (އޭ نوح އެވެ!) އަހުރެމެން ދެކެނީ ކަލޭގެފާނު ބަޔާންވެގެންވާ މަގުފުރެއްދުމެއްގައިވާކަމުގައެވެ.

  61. قَالَ يَٰقَوۡمِ لَيۡسَ بِي ضَلَٰلَةٞ وَلَٰكِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ

    Open ayah 7:61

    އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުންގެ ކިބައިގައި އެއްވެސް މަގުފުރެދުމެއްނުވެއެވެ. އަދި އެހެނެއްކަމަކު ތިމަންކަލޭގެފާނީ ހަމަކަށަވަރުން عالم ތަކުގެވެރި رَبّ ގެ حضرة ންވާ رسول އަކީމެވެ.

  62. أُبَلِّغُكُمۡ رِسَٰلَٰتِ رَبِّي وَأَنصَحُ لَكُمۡ وَأَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ

    Open ayah 7:62

    ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ رَبّ ގެ رسول ކަން ކަލޭމެނަށް އިއްވައިދެއްވަނީއެވެ. އަދި ކަލޭމެންނަށް نصيحة ތެރިވަނީއެވެ. އަދި ކަލޭމެންނަށް ނޭނގޭތަކެތި ﷲ ގެ حضرة ން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.

  63. أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡ وَلِتَتَّقُواْ وَلَعَلَّكُمۡ تُرۡحَمُونَ

    Open ayah 7:63

    އަޅެފަހެ ކަލޭމެންގެތެރެއިން މީހަކަށް ކަލޭމެންގެ رَبّ ގެ حضرة ން نصيحة އާއި وعظ އެއް އަދި ذِكر އެއް އައުމަކީ ކަލޭމެން عجائب ވާކަމަކަށް ވަނީހެއްޔެވެ؟ އެއީ އަދި ކަލޭމެންނަށް إنذار ކުރައްވައި ކަލޭމެން تقوى ވެރިވުމަށް އެންގެވުމަށެވެ. އެއީކަލޭމެންނަށް رحمة ލައްވައިތޯއެވެ.

  64. فَكَذَّبُوهُ فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ فِي ٱلۡفُلۡكِ وَأَغۡرَقۡنَا ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَآۚ إِنَّهُمۡ كَانُواْ قَوۡمًا عَمِينَ

    Open ayah 7:64

    ދެންފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އަދި އެކަލޭގެފާނުންގެ އަރިހުގައިވާ (مؤمن) މީހުން ނާކޮޅުގައި ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ތިމަންރަސްކަލާނގެ (ކަނޑުގައި) غرق ކުރެއްވީމެވެ. މެރުއްވީމެވެ. ހަމަކަށަވަރުން އެމީހުންވީ (حقّ އާއިމެދު) ކަނުވެ އަނދިރިވެގެންވާ ބަޔަކުކަމުގައެވެ. • ދަންނައެވެ! نوح عليه السّلام މިއީ ދުނިޔޭގައި شرك އުފެދުނުފަހުން އެންމެފުރަތަމަ އެކަން މަނާކުރެއްވުމަށް ﷲ ފޮނުއްވި رسول އާއެވެ. آدم عليه السّلام އާއި نوح عليه السّلام ގެ قوم ގައި شرك އުފެދުމާމެދު އެއްހާސް އަހަރުވީކަމުގައިވިއެވެ. އެދުވަސްވަރު شرك ނެތެވެ. އޭގެފަހުން شرك އުފެދި ﷲ ފިޔަވައި ބުދަށް އަޅުކަންކުރަން ފެށުމުން، ﷲ تعالى نوح عليه السّلام رسول ކަމާއިގެން ފޮނުއްވިއެވެ. އެކަލޭގެފާނު دين އަށް ގޮވައިލުންމަތީ ނުވަސަތޭކަ ފަންސާސްއަހަރު ހުންނެވިއެވެ. އީމާންވީ ވަރަށްމަދުބައެކެވެ. އެންމެފަހުން މުޅިދުނިޔެއަށް ބޮޑު طُوفان އެއް ފޮނުއްވައި އެކަލޭގެފާނުންގެ يعني: نوح عليه السّلام ގެ ނައުކޮޅުގައި ތިބިމީހުން ފިޔަވައި އެހެން އެންމެން ކަނޑުގައި غرق ކުރައްވައި މެރުއްވީއެވެ. އެއީ ހައްތާވެސް ކާފަރުންނެވެ. މިވާހަކަ قرآن ގެ އެކިތާ އެކިވަރަށް އެކި عبارة ން އައިސްފައިވެއެވެ. ވާހަކަލިއުމުގެ ދަނޑިވަޅެއްކަމުގައި ނުވީތީ ހަމައެކަނި އާޔަތުގައިވާ ވަރަށް އިހަށް ކުރުކުރީއެވެ.

  65. ۞وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۚ أَفَلَا تَتَّقُونَ

    Open ayah 7:65

    އަދި عاد ބާގައިގެމީހުންގެގާތަށް އެމީހުންގެ أخ هُود (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ ކަލޭމެންނަކަށް (حقّ) އެހެން އެއްވެސް إله އަކު ނުވެއެވެ. ކަލޭމެން ފަހެ تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟

  66. قَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي سَفَاهَةٖ وَإِنَّا لَنَظُنُّكَ مِنَ ٱلۡكَٰذِبِينَ

    Open ayah 7:66

    އެކަލޭގެފާނުންގެ قوم ގެ ބޮޑެތި ކާފަރުން ދެންނެވިއެވެ. (އޭ هود އެވެ!) އަހުރެމެންނަށް ފެންނަނީ ކަލޭގެފާނު جاهل އަދި މޮޔަކަމެއްގެތެރޭގައިވާކަމަށެވެ. އަދި އަހުރެމެންނަށް ހީވަނީ ހަމަކަށަވަރުން ކަލޭގެފާނު ވަނީ ދޮގުވެރިންގެތެރެއިންކަމަށެވެ.

  67. قَالَ يَٰقَوۡمِ لَيۡسَ بِي سَفَاهَةٞ وَلَٰكِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ

    Open ayah 7:67

    އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް جاهل ކަމެއް މޮޔަކަމެއް ނުވެއެވެ. އަދި އެހެނެއްކަމަކު އަހުރެންނަކީ عالم ތަކުގެވެރި ربّ ގެ حضرة ން ފޮނުއްވާފައިވާ رسول އަކީމެވެ.

  68. أُبَلِّغُكُمۡ رِسَٰلَٰتِ رَبِّي وَأَنَا۠ لَكُمۡ نَاصِحٌ أَمِينٌ

    Open ayah 7:68

    އަހުރެން އަހުރެންގެ ربّ ގެ رسول ކަން ކަލޭމެންނަށް އިއްވައިދެއްވަނީއެވެ. އަދި އަހުރެންނަކީ ކަލޭމެންނަށްވާ އަމާނާތްތެރި نصيحة ތެރިޔަކީމެވެ.

  69. أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡۚ وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ قَوۡمِ نُوحٖ وَزَادَكُمۡ فِي ٱلۡخَلۡقِ بَصۜۡطَةٗۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ لَعَلَّكُمۡ تُفۡلِحُونَ

    Open ayah 7:69

    ކަލޭމެންފަހެ ކަލޭމެންގެތެރެއިން ފިރިހެނަކަށް ކަލޭމެންގެ رَبّ ގެ حضرة ން ذكر އެއް (نصيحة އާއި وعظ އެއް) އައުމާއިމެދު ކަލޭމެން عجائب ވަނީހެއްޔެވެ؟ އެއީ އެމީހަކު ކަލޭމެންނަށް إنذار ކުރެއްވުމަށެވެ. އަދި نوح (عليه السّلام) ގެ قوم އަށްފަހު ކަލޭމެން ބިމުގައި އެކަލާނގެ خليفة ވެރިކުރެއްވިކަން ކަލޭމެން ހަނދާންކުރާށެވެ! އަދި ކަލޭމެން ހެއްދެވުމުގައި އެކަލާނގެ ކަލޭމެންގެ ހެއްދެވުން ތަނަވަސްކޮށްދެއްވައި އިތުރުކޮށްދެއްވިއެވެ. (ހަށިތައް ބޮޑެތިކޮށް صحّة ފުރިހަމައަށް ހައްދަވައިދެއްވިއެވެ.) އަދި ﷲ ގެ نعمة ތައް ކަލޭމެން ހަނދާންކުރާށެވެ! އެއީ ކަލޭމެންނަށް ކާމިޔާބުވެ ނަސީބުލިބޭތޯއެވެ.

  70. قَالُوٓاْ أَجِئۡتَنَا لِنَعۡبُدَ ٱللَّهَ وَحۡدَهُۥ وَنَذَرَ مَا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّٰدِقِينَ 

    Open ayah 7:70

    އެމީހުން ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގެންނެވީ ﷲ އަށް އެކަނި އަހުރެމެން އަޅުކަންކުރުމަށް އަމުރުކުރެއްވުމަށާއި އަދި އަހުރެމެންގެ ކާބަފައިން އަޅުކަންކުރާކަމުގައިވިތަކެތި - އެބަހީ ބުދުތައް - އަހުރެމެން ދޫކޮށްލުމަށް އަމުރުކުރައްވަންތޯއެވެ؟ (އެހެން ނުވާނެއެވެ.) ފަހެ ކަލޭގެފާނުވަނީ ތެދުވެރިންގެތެރެއިން ކަމުގައިވަންޏާ އަހުރެމެންނަށް އަންނާނެކަމަށް ތިޔަ وعد ކުރައްވާ (އެ عذاب) ނިކަން ގެނަސްދެއްވައިބައްލަވާށެވެ.

  71. قَالَ قَدۡ وَقَعَ عَلَيۡكُم مِّن رَّبِّكُمۡ رِجۡسٞ وَغَضَبٌۖ أَتُجَٰدِلُونَنِي فِيٓ أَسۡمَآءٖ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلۡطَٰنٖۚ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ

    Open ayah 7:71

    އެކަލޭގެފާނު - އެބަހީ - هُود عليه السّلام - ވިދާޅުވިއެވެ. ހަމަކަށަވަރުން ކަލޭމެންގެ ربّ ގެ حضرة ން ކަލޭމެންގެމައްޗަށް عذاب އާއި ކޯފާ واقع ވެއްޖެއެވެ. (އައުން حقّ ވެއްޖެއެވެ.) ކަލޭމެންނާއި ކަލޭމެންގެ ކާބަފައިން ކިޔާފައިވާ ހުސްނަންތަކަކާއިމެދު ކަލޭމެން އަހުރެންނާ ޖަދަލުކުރަނީހެއްޔެވެ؟ އެތަކެއްޗަށް (އެބުތަކަށް އަޅުކަންކުރުމާއިމެދު) އެއްވެސް حجّة އެއް دليل އެއް ﷲ ބާވައިލައްވާފައިނުވެއެވެ. ފަހެ ކަލޭމެންނަށް (ﷲ ކުރައްވާ حكم އަކާއިމެދު) إنتظار ކުރާށެވެ! އަހުރެންވެސް ކަލޭމެންނާއެކު إنتظار ކުރަނީއެވެ.

  72. فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ بِرَحۡمَةٖ مِّنَّا وَقَطَعۡنَا دَابِرَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۖ وَمَا كَانُواْ مُؤۡمِنِينَ

    Open ayah 7:72

    ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނާއި - އެބަހީ - هُود عليه السّلام - އާއި އެކަލޭގެފާނުންގެ އަރިހުގައި އީމާންވެގެންވާ މީހުންނާއި ތިމަންރަސްކަލާނގެ رحمة ން ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީސްތަކުންގެ ބުރިކަށިތައްކަނޑައި ހަލާކުކުރެއްވީމެވެ. އަދި އީމާންވީ މީހުންކަމުގައި އެމީހުން ނުވިއެވެ.

  73. وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٌ أَلِيمٞ

    Open ayah 7:73

    އަދި ثمود ބާގައިގެމީހުންގެ ގާތަށް އެމީހުން أخ صالح (عليه السّلام) - رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ އެހެންއެއްވެސް (حقّ) إله އެއް ކަލޭމެންނަށް ނުވެއެވެ. ހަމަކަށަވަރުން (އަހުރެން މިބުނާއެތި އެއީ ތެދުކަމުގެ މައްޗަށް دليل ކުރާ) دليل އާއި حجّة ކަލޭމެންނަށް އަތުވެއްޖެއެވެ. އެ حجّة އައިސްފައި މިވަނީ ކަލޭމެންގެ رَبّ ގެ حضرة ންނެވެ. މިއޮތީ ﷲ ގެ جَمَل ފުޅެވެ. އެއީ ކަލޭމެނަށްވާ ބަރާބަރު دليل އެކެވެ. حجّة އެކެވެ. ފަހެ ﷲ ގެ ބިމުން އޭތި ކައިބޮއިއުޅުމަށް ކަލޭމެން ދޫކޮށްލާށެވެ! އެޔަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ގޯނާއެއް ނުކުރާށެވެ! ގޯނާއެއްކޮށް އެޔަށް ނުބައިކަމެއްކޮށްފިއްޔާ ކަލޭމެންނަށް ވޭންދެނިވި عذاب އެއް އަތުވެދާނެއެވެ. • ދަންނައެވެ! ثمود ބާގައިގެމީހުން مُعْجِزَة އަކަށް އެދުނީއެވެ. އެއީ رسول ބޭކަލެއްކަން ثابت ވާފަދަ دليل އެކެވެ. ދެންފަހެ صالح (عليه السّلام) އެމީހުންނާއިގެން އެތާ ދާދިގާތުގައި ބިމުން އުފުލިފައިވާ އުސްގަނޑަކަށް (ބައެއް ރިވާޔަތެއްގައި ކުޑަފަރުބަދައެއްގެގާތަށް ވަޑައިގެންނެވީއެވެ. އެކަލޭގެފާނާ އެމީހުން އެތަނަށްގޮސް ހުއްޓުނުއިރު މާބަނޑު އަންހެނަކު ވިހަން ކުކުރާގޮތަށް އެތަން ކުކުރަނީއެވެ. އިރުކޮޅަކުން އެތަން ފަޅައިގެންގޮސް ދުރުވެފައި އެތަނުން ނުކުތީ އެ جَمَل އެވެ. صالح ގެފާނު ވިދާޅުވިއެވެ. މިއީ ﷲ ގެ جَمَل ފުޅެވެ. އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! އޭތި އަމިއްލައަށް ކައިބޮއިހަދާނެއެވެ. ކަލޭމެން ކިރުފެލާށެވެ! އެއްދުވަހު ރަށުގެފެން ބޯނީ ޖަމަލެވެ. އަނެއް ދުވަހު ކަލޭމެނަށެވެ. ދެން ދުވަސްކޮޅެއްގެފަހު އެރަށުގެ ކާފަރުންގެ جماعة އެއް ނުކުމެ އެ جَمَل ކޮޅު މަރައިލީއެވެ. ދެން ތިންދުވަހުފަހުން އެމީހުންނަށް عذاب އައިސް އެމީހުން މަރުވެދިޔައީއެވެ. އެއީ ގަދައަޑުފަށަކާއިއެކު އައި ގުޑުމެކެވެ. މިވާހަކަވެސް قرآن ގައި تكرار ކޮށްވެއެވެ.

  74. وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ عَادٖ وَبَوَّأَكُمۡ فِي ٱلۡأَرۡضِ تَتَّخِذُونَ مِن سُهُولِهَا قُصُورٗا وَتَنۡحِتُونَ ٱلۡجِبَالَ بُيُوتٗاۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ

    Open ayah 7:74

    އަދި عاد ބާގައިގެމީހުންނަށްފަހު ބިމުގެ خليفة އިންކަމުގައި އެކަލާނގެ ކަލޭމެންލެއްވިކަން ކަލޭމެން ހަނދާންކުރާށެވެ! އަދި އެކަލާނގެ ކަލޭމެން ބިމުގައި ހަމަޖައްސަވައި ވަޒަންވެރިކުރެއްވިއެވެ. އަދި އެބިމުގެ ފަސޭހަތަނުގައި - އެބަހީ ހަމަ ބިންތާނގައި - ކަލޭމެން ގަނޑުވަރުތައް ހަދައި އަދި ފަރުބަދަތައް ކޮށައިގެން ކަލޭމެން ގެތައް ހަދަމުއެވެ. ފަހެ (ކަލޭމެންގެމައްޗަށްވާ) ﷲ ގެ نعمة ތައް ކަލޭމެން ހަނދާންކުރާށެވެ! އަދި ކަންތައް ހަލާކުކޮށް ބިމުގައި ފާސިދުކުރާ ބަޔަކުކަމުގައި ކަލޭމެން ނުވާށެވެ!

  75. قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لِلَّذِينَ ٱسۡتُضۡعِفُواْ لِمَنۡ ءَامَنَ مِنۡهُمۡ أَتَعۡلَمُونَ أَنَّ صَٰلِحٗا مُّرۡسَلٞ مِّن رَّبِّهِۦۚ قَالُوٓاْ إِنَّا بِمَآ أُرۡسِلَ بِهِۦ مُؤۡمِنُونَ

    Open ayah 7:75

    އަދި صالح ގެފާނަށް އީމާންވި ދެރަނިކަމެތިންނަށް އެ قوم ގެ (ނުކިޔަމަންތެރި) كِبْرُ ވެރި ބޮޑެތިމީހުން - އިސްމީހުން - ބުންޏެވެ. صالح އެއީ އޭނާގެ رَبُّ ގެ حضرة ން ފޮނުއްވާފައިވާ رسول އަކުކަން ކަލޭމެންނަށް އެނގޭހެއްޔެވެ؟ އެމީހުން - އެބަހީ ނިކަމެތި ދެރަމީހުން - ބުންޏެވެ. އެކަލޭގެފާނު އެކަމަކާއިގެން ފޮނުވުނު ކަންތަކަށް އަހުރެމެން މިވަނީ އީމާންވެގެންނެވެ.

  76. قَالَ ٱلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا بِٱلَّذِيٓ ءَامَنتُم بِهِۦ كَٰفِرُونَ

    Open ayah 7:76

    كِبْرُ ވެރި ބޮޑާމީހުން ބުންޏެވެ. ކަލޭމެން އެއެއްޗަކަށް އީމާންވީ އެއްޗަށް އަހަރެމެން މިވަނީ ކާފަރުވެގެންނެވެ. (އެބަހީ - صالح ގެފާނުންގެ رسول ކަމަށް އަހަރެމެން މިވަނީ ކާފަރުވެގެންނެވެ.)

  77. فَعَقَرُواْ ٱلنَّاقَةَ وَعَتَوۡاْ عَنۡ أَمۡرِ رَبِّهِمۡ وَقَالُواْ يَٰصَٰلِحُ ٱئۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلۡمُرۡسَلِينَ

    Open ayah 7:77

    ދެންފަހެ އެ قوم ގެ ކާފަރުންކުރެބަޔަކު އެ جَمَلُ ކޮޅު މަރައިފިއެވެ. އަދި އެމީހުން އެމީހުންގެ رَبّ ގެ أمر ފުޅަށް އުރެދިއްޖެއެވެ. ނުކިޔަމަންތެރިވެއްޖެއެވެ. އަދި އެމީހުން ބުނީ، އޭ صالح ގެފާނެވެ. ކަލޭގެފާނު ތިޔައީ ފޮނުއްވިގެންވާ رسول ބޭކަލަކުކަމުގައިވަންޏާ އަހުރެމެންނަށް އަންނާނެކަމަށް ތިޔަވިދާޅުވާ عذاب އެއް ނިކަން ގެނަސްދެއްވާށެވެ.

  78. فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ

    Open ayah 7:78

    ދެންފަހެ ގަދައަޑުފަށަކާއި زَلْزَلَة އެއް އައިސް އޭގެ އަޑުފަށަށް އެމީހުންގެ ގޯތިގެދޮރުތަކުގައި މަރުވެ ކަކޫމައްޗަށް ތިރިވެގެންވާ حال އެމީހުން ފަތިސްކޮށްފިއެވެ. އެމީހުން މަރުވެ ހަލާކުވެގެންދިޔައީއެވެ.

  79. فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَالَةَ رَبِّي وَنَصَحۡتُ لَكُمۡ وَلَٰكِن لَّا تُحِبُّونَ ٱلنَّٰصِحِينَ

    Open ayah 7:79

    އަދި އެކަލޭގެފާނު - އެބަހީ صالح ގެފާނު އެމީހުންނާ ފުރަގަސްދެއްވާ ވަޑައިގެންފިއެވެ. އަދި އެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ހަމަކަށަވަރުން އަހުރެންގެ ރައްބުގެ رسول ކަން އަހުރެން ކަލޭމެންނަށް އިއްވައިފީމެވެ. އަދި އަހުރެން ކަލޭމެނަށް نصيحة ތެރިވެއްޖައީމެވެ. އަދި އެހެނެއްކަމަކު نصيحة ތެރިވާމީހުންނަށް ކަލޭމެން ލޯބިނުކުރީމުއެވެ. އެމީހުންގެ ބަސްނުއެހީމުއެވެ.

  80. وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ أَتَأۡتُونَ ٱلۡفَٰحِشَةَ مَا سَبَقَكُم بِهَا مِنۡ أَحَدٖ مِّنَ ٱلۡعَٰلَمِينَ 

    Open ayah 7:80

    އަދި لُوط (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. ނުވަތަ އެކަލޭގެފާނު އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން عالم ގެ އެކަކުވެސް (ދުނިޔޭގެ އެއްވެސްތާކު) ކަލޭމެންގެކުރިން ނުކުރާ فاحِش ކަންތައް ކަލޭމެން ކުރަނީއެވެ. (ފިރިހެންކުޅިކުޅެނީއެވެ.)

  81. إِنَّكُمۡ لَتَأۡتُونَ ٱلرِّجَالَ شَهۡوَةٗ مِّن دُونِ ٱلنِّسَآءِۚ بَلۡ أَنتُمۡ قَوۡمٞ مُّسۡرِفُونَ

    Open ayah 7:81

    ހަމަކަށަވަރުން ކަލޭމެން شَهْوَة ގެގޮތުން (އެދުންފުއްދުމުގެގޮތުން) އަންހެނުން ފިޔަވައި ފިރިހެނުން ގެނަސްގަންނަނީއެވެ. لِوَاط ކުރަނީއެވެ. އަދި ކިއެއްހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންނަކީ (حرام ކަންތައްކުރުމާއި އުރެދުމުގައި) إسراف ކުރާ ބައެކެވެ. ހައްދުފަހަނަޅާފައިވާ ބައެކެވެ.

  82. وَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُوٓاْ أَخۡرِجُوهُم مِّن قَرۡيَتِكُمۡۖ إِنَّهُمۡ أُنَاسٞ يَتَطَهَّرُونَ

    Open ayah 7:82

    އަދި އެކަލޭގެފާނުންގެ قوم ގެމީހުންގެ جواب ގައި (އަންނަނިވިފަދައިންމެނުވީ ނުވެއެވެ.) އެމީހުން ބުނީ އެބަހީ އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބުނީ ކަލޭމެން ކަލޭމެންގެ ރަށުން އެމީހުން ނެރޭށެވެ! އެބަހީ لوط ގެފާނާއި އެކަލޭގެފާނަށް تبع ވީމީހުން ނެރޭށެވެ! [ހަމަކަށަވަރުން އެމީހުން އެއީ طاهر ވެގަންނަ ބައެކެވެ.]

  83. فَأَنجَيۡنَٰهُ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ كَانَتۡ مِنَ ٱلۡغَٰبِرِينَ

    Open ayah 7:83

    ފަހެ އެކަލޭގެފާނާއި - އެބަހީ لُوط (عليه السّلام) އާއި އެކަލޭގެފާނުންގެ أهل ވެރިންކުރެ އެކަލޭގެފާނުންގެ އަނބިކަނބަލުންމެނުވީ ދެންތިބި އެންމެހައި މުއުމިނުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. (އެބަހީ އެކަލޭގެފާނުންގެ އަނބިކަނބަލުންމެނުވީ އެކަލޭގެފާނުންގެ އެންމެހައި أهل ވެރިން ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން އެކަމަނާވީ (عذاب ގައި) ބާކީތިބިމީހުންގެތެރެއިންނެވެ.

  84. وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُجۡرِمِينَ

    Open ayah 7:84

    އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (ވަރަށްނުބައިވެގެންވާ) ވާރޭއަކުން ވާރޭވެއްސެވީމެވެ. ފަހެ ނުބައިނުލަފާމީހުންގެ ނިމުން އެމީހުންގެ ފަހުކޮޅުވެގެންދިޔަގޮތް ކަލޭގެފާނު ނިކަން ދެކެވަޑައިގަންނަވާށެވެ! އެބަހީ އެކަމަށް فكر ފުޅުކުރައްވާށެވެ!

  85. وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ فَأَوۡفُواْ ٱلۡكَيۡلَ وَٱلۡمِيزَانَ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُم مُّؤۡمِنِينَ

    Open ayah 7:85

    އަދި مَدْيَنُ ގެ أهل ވެރިންގެގާތަށް އެމީހުންގެ أخ شُعَيْبُ (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ އެހެންއެއްވެސް حقّ إله އެއް ކަލޭމެނަކަށް ނުވެއެވެ. ހަމަކަށަވަރުން ކަލޭމެންގެ رَبّ ގެ حضرة ން بيان ވެގެންވާ دليل އާއި حجّة ކަލޭމެންގެގާތަށް އަތުވެއްޖެއެވެ. ފަހެ މިނުމާއި ކިރުން ކަލޭމެން ފުރިހަމަކުރާށެވެ! އަދި މީސްތަކުންގެ ތަކެތި ކަލޭމެން އުނި ނުކުރާށެވެ! އަދި ބިން صُلح ކޮށް ރަނގަޅަށް އޮތުމަށްފަހު ކަލޭމެން ފާސިދުކޮށް ނުބައިނުކުރާށެވެ! ކަލޭމެންނަކީ مؤمن ން ކަމުގައިވަންޏާ އެގޮތް ކަލޭމެންނަށް ހެޔޮވެގެންވެއެވެ.

  86. وَلَا تَقۡعُدُواْ بِكُلِّ صِرَٰطٖ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنۡ ءَامَنَ بِهِۦ وَتَبۡغُونَهَا عِوَجٗاۚ وَٱذۡكُرُوٓاْ إِذۡ كُنتُمۡ قَلِيلٗا فَكَثَّرَكُمۡۖ وَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ

    Open ayah 7:86

    އަދި ކަލޭމެން (شُعَيْبُ ގެފާނުންގެ އަރިހަށްދާމީހުން ބިރުގެންނެވުމަށް) ކޮންމެމަގެއްގައި އިށީނދެ ނުތިބޭށެވެ! އަދި ﷲ އަށް އީމާންވާން އަންނަމީހުން އަޔަނުދީ ﷲ ގެމަގު މީސްތަކުންނަށް ބަންދުކޮށް ނުހަދާށެވެ! އަދި އެމަގު ގުދުކޮށް ކަތިކުރުމަށް ކަލޭމެން މަސައްކަތް ނުކުރާށެވެ! އަދި ކަލޭމެންނަކީ ދާދިމަދުބަޔަކުކަމުގައި ވެފައިވަނިކޮށް އެކަލާނގެ ކަލޭމެންގެ عدد ގިނަކޮށްދެއްވިކަން ހަނދާންކުރާށެވެ! އަދި فاسد ކުރާމީހުންގެ ނިމުން ހުރީ ކޮންފަދައަކުންކަން ކަލޭމެން ނިކަން ދެކެބަލާށެވެ! (އެކަމަށް فكر ކުރާށެވެ!)

  87. وَإِن كَانَ طَآئِفَةٞ مِّنكُمۡ ءَامَنُواْ بِٱلَّذِيٓ أُرۡسِلۡتُ بِهِۦ وَطَآئِفَةٞ لَّمۡ يُؤۡمِنُواْ فَٱصۡبِرُواْ حَتَّىٰ يَحۡكُمَ ٱللَّهُ بَيۡنَنَاۚ وَهُوَ خَيۡرُ ٱلۡحَٰكِمِينَ

    Open ayah 7:87

    އަދި ކަލޭމެންކުރެ ބަޔަކު ތިމަންކަލޭގެފާނު އެކަންކަމާއިގެން ފޮނުވުނު ކަންކަމަށް - އީމާންވިޔަސް އަނެއްބަޔަކު އެކަންކަމަށް އީމާންނުވެއެވެ. ފަހެ އަހުރެމެންނާއި ކަލޭމެންނާއި ދެމެދު ﷲ حكم ކުރައްވާ ނިޔާކުރާންދެން ކަލޭމެން ކެތްތެރިވާށެވެ! އަދި އެކަލާނގެ އެއީ އެންމެހެޔޮކޮށް ނިޔާކުރައްވާ ކަލާނގެއެވެ.

  88. ۞قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لَنُخۡرِجَنَّكَ يَٰشُعَيۡبُ وَٱلَّذِينَ ءَامَنُواْ مَعَكَ مِن قَرۡيَتِنَآ أَوۡ لَتَعُودُنَّ فِي مِلَّتِنَاۚ قَالَ أَوَلَوۡ كُنَّا كَٰرِهِينَ

    Open ayah 7:88

    އެކަލޭގެފާނުންގެ قوم ގެ ބޮޑާވެ كِبر ވެރިވިބޮޑުން ދެންނެވިއެވެ. އޭ شُعَيْبُ ގެފާނެވެ! ކަލޭގެފާނާ ކަލޭގެފާނަށް تبع ވެ އީމާންވެގެންވާ މީހުން އަހުރެމެންގެ ރަށުން ނެރެލާނަމެވެ. ނުވަތަ އަހުރެމެންގެ ދީނަށް ކަލޭމެން ހަމަކަށަވަރުންވެސް ވައްދާނަމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެމެން ނުރުހިތިއްބަސް ތިޔަހެން ހަދައިފާނޫހެއްޔެވެ؟

  89. قَدِ ٱفۡتَرَيۡنَا عَلَى ٱللَّهِ كَذِبًا إِنۡ عُدۡنَا فِي مِلَّتِكُم بَعۡدَ إِذۡ نَجَّىٰنَا ٱللَّهُ مِنۡهَاۚ وَمَا يَكُونُ لَنَآ أَن نَّعُودَ فِيهَآ إِلَّآ أَن يَشَآءَ ٱللَّهُ رَبُّنَاۚ وَسِعَ رَبُّنَا كُلَّ شَيۡءٍ عِلۡمًاۚ عَلَى ٱللَّهِ تَوَكَّلۡنَاۚ رَبَّنَا ٱفۡتَحۡ بَيۡنَنَا وَبَيۡنَ قَوۡمِنَا بِٱلۡحَقِّ وَأَنتَ خَيۡرُ ٱلۡفَٰتِحِينَ

    Open ayah 7:89

    ކަލޭމެންގެ دين ން ﷲ އަހުރެމެން ދުރުކުރައްވައި ސަލާމަތްކޮށްދެއްވުމަށްފަހު ދެން ކަލޭމެންގެ دين އަށް އަހުރެމެން ވަދެއްޖެއްޔާ ހަމަކަށަވަރުން އަހުރެމެން ﷲ އަށް ދޮގެއް އުފައްދައިފިކަން ކަށަވަރެވެ. އަހުރެމެންގެ رَبّ ކަމުގައިވާ ﷲ އިރާދަކުރެއްވިއްޔާމެނުވީ އަހުރެމެން އެދީނަށް އަނބުރާ رُجُوعَ ވުމަކީ އެއްގޮތަކަށްވެސް އަހުރެމެންނަށް އޮތްކަމެއްނޫނެވެ. ހުއްދަވެގެންވާނެކަމެއްނޫނެވެ. އަދި އަހުރެންގެ رَبّ ހުރިހާއެއްޗެއްމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އަހުރެން وكيل ކުރަނީ ހަމަ ﷲ އަށެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ قوم ގެމީހުންނާއި އަޅަމެންނާއި ދެމެދު حقّ ގޮތުގައި ނިޔާކުރައްވާ حكم ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ އެންމެހެޔޮގޮތުގައި حكم ކުރައްވާ ކަލާނގެއެވެ.

  90. وَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ لَئِنِ ٱتَّبَعۡتُمۡ شُعَيۡبًا إِنَّكُمۡ إِذٗا لَّخَٰسِرُونَ 

    Open ayah 7:90

    އަދި އެކަލޭގެފާނުންގެ قوم ގެ ބޮޑެތި ކާފަރުންގެމީހުން (އޭގެ އެހެންމީހުންނަށް ބުންޏެވެ.) ކަލޭމެން شعيب ގެފާނާއި تبع ވެއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންވާނީ ކަށަވަރުންވެސް ގެއްލިހަލާކުވެގެންވާ މީހުންނަށެވެ.

  91. فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ

    Open ayah 7:91

    ދެން އެމީހުންނަށް رَجْفَة ޖެހިއްޖެއެވެ. އެބަހީ زَلْزَلَة އާއި ގަދައަޑުފަށްގަނޑު އެމީހުންނަށް ޖެހި އެމީހުން މަރުވެ ކަކޫތަކުގެމައްޗަށް ތިރިވެއްޖެއެވެ. އެމީހުންގެ ގޯތިގެދޮރުތަކުގައެވެ.

  92. ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَأَن لَّمۡ يَغۡنَوۡاْ فِيهَاۚ ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَانُواْ هُمُ ٱلۡخَٰسِرِينَ

    Open ayah 7:92

    شُعَيْبُ (عليه السّلام) ދޮގުކުރިމީހުން ދަންނައެވެ! އެމީހުން އެތާ ދިރިނުއުޅޭފަދައެވެ. (އެންމެން މަރުވެ ތަންޑާވީއެވެ.) شُعَيْبُ (عليه السّلام) ދޮގުކުރި މީހުންވީ ކަނޑައެޅިގެން ގެއްލިހަލާކުވެގެންވީ މީހުންކަމުގައެވެ.

  93. فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَٰلَٰتِ رَبِّي وَنَصَحۡتُ لَكُمۡۖ فَكَيۡفَ ءَاسَىٰ عَلَىٰ قَوۡمٖ كَٰفِرِينَ

    Open ayah 7:93

    ދެންފަހެ އެކަލޭގެފާނު އެމީހުންނާ ދުރަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. އޭ އަހުރެންގެ قوم މީހުންނޭވެ! ހަމަކަށަވަރުން އަހުރެން އަހުރެންގެ رَبّ ގެ رسول ކަން ކަލޭމެންނަށް އިއްވައިދީފީމެވެ. އަދި ކަލޭމެންނަށް އަހުރެން نصيحة ތެރިވެއްޖައީމެވެ. (ފަހެ އެހެންނަމަވެސް ކަލޭމެން އީމާންނުވެ ކާފަރުވެއްޖައީމެވެ.) ކާފަރުބައެއްގެ މައްޗަށް އަހުރެން ހިތާމަކުރަންވީ ކޮންފަދައަކުންހެއްޔެވެ؟

  94. وَمَآ أَرۡسَلۡنَا فِي قَرۡيَةٖ مِّن نَّبِيٍّ إِلَّآ أَخَذۡنَآ أَهۡلَهَا بِٱلۡبَأۡسَآءِ وَٱلضَّرَّآءِ لَعَلَّهُمۡ يَضَّرَّعُونَ

    Open ayah 7:94

    (ދެންފަހެ الله وَحِي ކުރެއްވިއެވެ.) އަދި އެއްވެސް ރަށަކަށް އެއްވެސް نبي އަކު ތިމަންރަސްކަލާނގެ ފޮނުއްވައިފިއްޔާ އެރަށެއްގެ أهل ވެރިންނަށް فقير ކަމާއި އުނދަގޫތައް ޖައްސަވައިފާމެނުވީ ނުވެއެވެ. އެއީ އެމީހުން މަޑުމޮޅިވެ ބިރުވެތިވޭތޯއެވެ.

  95. ثُمَّ بَدَّلۡنَا مَكَانَ ٱلسَّيِّئَةِ ٱلۡحَسَنَةَ حَتَّىٰ عَفَواْ وَّقَالُواْ قَدۡ مَسَّ ءَابَآءَنَا ٱلضَّرَّآءُ وَٱلسَّرَّآءُ فَأَخَذۡنَٰهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ

    Open ayah 7:95

    ދެން ތިމަންރަސްކަލާނގެ އެމީހުންގެ އެނުބައި (އެބަހީ فقير ކަމާއި އުނދަގޫ) ހެޔޮކަމަށް ބަދަލުކުރައްވަމެވެ. (ތަނަވަސްކަމާއި އުފާވެރިކަމަށް ބަދަލުކުރައްވަމެވެ.) އެއީ އެމީހުން މުދަލާއި ދަރިންގިނަކޮށްފުމަށް ދާންދެންނެވެ. އަދި އެމީހުން ބުނެއެވެ. އަހުރެމެންގެ ކާބަފައިންނަށް އުނދަގުލާއި ފަސޭހަ (ނުވަތަ فقير ކަމާއި މުއްސަނދި) ކަންޖެހުނެވެ. ދެންފަހެމިބައިމީހުން ﷲ ގެ އަމުރުފުޅަށް އެއްވެސް ފަރުވާލެއްނެތި މަޖާކުރަން ތިއްބާ ހަމަކުއްލިއަކަށް ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވަމެވެ. އެމީހުންނަށް އެއްވެސް إحساس އެއްވެސްނުވާ حال ގައެވެ. އެއީ ﷲ ގެ مَكر އެވެ. إسْقِدْرَاج އެވެ. މުހުލަތުދެއްވާފައި ހިތްޕެވުމެވެ.

  96. وَلَوۡ أَنَّ أَهۡلَ ٱلۡقُرَىٰٓ ءَامَنُواْ وَٱتَّقَوۡاْ لَفَتَحۡنَا عَلَيۡهِم بَرَكَٰتٖ مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ وَلَٰكِن كَذَّبُواْ فَأَخَذۡنَٰهُم بِمَا كَانُواْ يَكۡسِبُونَ

    Open ayah 7:96

    އަދި ހަމަކަށަވަރުން އެރަށްރަށަށް رسول ބޭކަލުން ވަޑައިގެންނެވި ރަށްރަށުގެ أهل ވެރިން އީމާންވެ تقوى ވެރިވީނަމަ ހަމަކަށަވަރުން އުޑާއިބިން ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް بركاة ތައް އެބަހީ ގިނަހެޔޮތައް ހުޅުވައިދެއްވާ ފަސޭހަކޮށްދެއްވީސްކަން ކަށަވަރެވެ. އަދި އެހެންނަމަވެސް އެމީހުން (އެ رسول ންނާއި އެބޭކަލުން ގެންނެވިތަކެތި ދޮގުކުރީއެވެ.) ދެންފަހެ އެމީހުންކުރި ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކުކުރެއްވީމެވެ.

  97. أَفَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا بَيَٰتٗا وَهُمۡ نَآئِمُونَ

    Open ayah 7:97

    އަޅެފަހެ ރަށްރަށުގެ أهل ވެރިން އެމީހުން ނިދާފައިތިއްބާ ރޭގަނޑުގެ ވަގުތުގައި އެމީހުންނަށް ތިމަންރަސްކަލާނގެ ކޯފާއާއި عذاب ނާންނާނެކަމަށް އެމީހުން އެތިބީ އަމާންވެގެންހެއްޔެވެ؟ (އެހެންތިބެން ހެޔޮނުވާނެއެވެ.)

  98. أَوَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا ضُحٗى وَهُمۡ يَلۡعَبُونَ

    Open ayah 7:98

    އަދި ރަށްރަށުގެ أهل ވެރިން އެމީހުން ދުވާލުގެ ضُحَى ވަގުތު ކުޅެންތިއްބާ އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ ކޯފާއާއި عذاب ނާންނާނެކަމަށް އެމީހުން އެތިބީ އަމާންވެގެންހެއްޔެވެ؟ (އެހެންތިބެން ހެޔޮނުވާނެއެވެ. - ދިވެހިރާއްޖެއަށްވެސް ފުރަތަމަސުނާމީއައިސް ބަޔަކު މަރުވެގެންދިޔައީ އެވަޤުތުއެވެ.)

  99. أَفَأَمِنُواْ مَكۡرَ ٱللَّهِۚ فَلَا يَأۡمَنُ مَكۡرَ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡخَٰسِرُونَ

    Open ayah 7:99

    އެމީހުން ފަހެ ﷲ ގެ މަކަރަށް އަމާންވީހެއްޔެވެ؟ ގެއްލިހަލާކުވެގެންވާ ބަޔަކުމެނުވީ ﷲ ގެ މަކަރަށް އަމާންނުވާނެއެވެ.

  100. أَوَلَمۡ يَهۡدِ لِلَّذِينَ يَرِثُونَ ٱلۡأَرۡضَ مِنۢ بَعۡدِ أَهۡلِهَآ أَن لَّوۡ نَشَآءُ أَصَبۡنَٰهُم بِذُنُوبِهِمۡۚ وَنَطۡبَعُ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَسۡمَعُونَ 

    Open ayah 7:100

    ބިމުގައި ކުރީ ދިރިއުޅުނުމީހުން ހަލާކުވެދިއުމަށްފަހު ދެން އެބިން ވާރުތަކުރިމީހުންނަށް بيان ވެ ނޭނގޭބާވައެވެ. އެހެނީ ތިމަންރަސްކަލާނގެ (އެމީހުން ހަލާކުކުރެއްވިފަދައިން) މިމީހުންވެސް މިމީހުން ކުރި ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެދިވޮޑިގެންފިއްޔާ ހަލާކުކުރައްވާފާހުށިކަން.. އަދި އެމީހުންގެ ހިތްތަކުގެމަތީގައި ސިއްކަޖައްސަވާފާހުށިކަން.. ދެން އޭރުން (وعظ އާއި نصيحة ގެ އަޑު އެމީހުންނަށް ނުއިވޭހުއްޓެވެ.)

  101. تِلۡكَ ٱلۡقُرَىٰ نَقُصُّ عَلَيۡكَ مِنۡ أَنۢبَآئِهَاۚ وَلَقَدۡ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَمَا كَانُواْ لِيُؤۡمِنُواْ بِمَا كَذَّبُواْ مِن قَبۡلُۚ كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلۡكَٰفِرِينَ 

    Open ayah 7:101

    (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް އެރަށްރަށުގެ خبر ތައް ތިމަންރަސްކަލާނގެ މިއަންގަވާ بيان ކޮށްދެއްވާ ރަށްރަށް (ދަންނައެވެ!) ހަމަކަށަވަރުން އެރަށްރަށުގެ أهل ވެރިންގެގާތަށް އެމީހުންގެ رسول ބޭކަލުން بيان ވެގެންވާ دليل ތަކާއި حجّة ތަކާއިގެން ވަޑައިގެންނެވިއެވެ. ފަހެ މީގެކުރީން އެމީހުން ދޮގުކުރިތަކެތި ތެދުކޮށް އީމާންވީ ބަޔަކުކަމުގައި އެމީހުން ނުވިއެވެ. (އެބަހީ އެމީހުންނަކީ އެމީހުން ދުނިޔެއަށް އައުމުގެކުރިން ﷲ ގެ ދެނެވޮޑިގަތުމުގައި އެއީ ދޮގުވެރިންކަމުގައި އަދި އެމީހުން ރަސޫލުބޭކަލުން ގެންނަވާނޭތަކެތި ދޮގުކުރާނޭކަމުގައިވާ މީހުންނެވެ. ދެން رسول ބޭކަލުން ވަޑައިގެންނެވިހިނދުންވެސް ﷲ ގެ ދެނެވޮޑިގަތުމުގައިވާފަދައިން އެމީހުން ދޮގުކުރީއެވެ. ދަންނައެވެ! މިއާޔަތުގެ ترجمة ގައި ބަސްތަފާތުވެފައިވެއެވެ. މިތާ ލިޔެވިފައި މިވަނީ أَبُو جَعْفَرُ الطَّبَرِى ތާއީދު ކުރެއްވި ގޮތެވެ.) والله أعلم. އަދި ﷲ تعالى ކާފަރުންގެ ހިތްތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވަނީ އެފަދައިންނެވެ.

  102. وَمَا وَجَدۡنَا لِأَكۡثَرِهِم مِّنۡ عَهۡدٖۖ وَإِن وَجَدۡنَآ أَكۡثَرَهُمۡ لَفَٰسِقِينَ 

    Open ayah 7:102

    އަދި އެމީހުންކުރެ ގިނަމީހުންގެ ކިބައިން އެއްވެސް ގޮތަކުން عهد ފުއްދުމެއް ތިމަންރަސްކަލާނގެ ދެކެވޮޑިނުގަންނަވަމެވެ. އަދި އޭގެތެރެއިން ގިނަމީހުން އެއީ فاسق ންކަމުގައި މެނުވީ ތިމަންރަސްކަލާނގެ ދެކެވޮޑިނުގަންނަވަމެވެ.

  103. ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَظَلَمُواْ بِهَاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ 

    Open ayah 7:103

    ދެން އެމީސްތަކުންނަށްފަހު ތިމަންރަސްކަލާނގެ އާޔަތްތަކާއި حجّة ތަކާއިގެން موسى (عليه السّلام) فرعون އާއި އޭނާގެ ބޮޑުންގެގާތަށް ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެމީހުންވީ އެއާޔަތްތަކަށް ކާފަރުވީ ބަޔަކުކަމުގައެވެ. ފަހެ فاسد ންގެ (ފަސާދަކުރާމީހުންގެ) ފަހުކޮޅު ވެގެންދިޔަގޮތް ކަލޭގެފާނު ނިކަން ދެކެވަޑައިގަންނަވާށެވެ.

  104. وَقَالَ مُوسَىٰ يَٰفِرۡعَوۡنُ إِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ 

    Open ayah 7:104

    އަދި موسى (عليه السّلام) ވިދާޅުވިއެވެ. އޭ فرعون އެވެ. ހަމަކަށަވަރުން އަހުރެން މިއީ عالم ތަކުގެ ވެރި رَبّ ގެ حضرة ން ފޮނުއްވާފައިވާ رسول އަކީމެވެ.

  105. حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ قَدۡ جِئۡتُكُم بِبَيِّنَةٖ مِّن رَّبِّكُمۡ فَأَرۡسِلۡ مَعِيَ بَنِيٓ إِسۡرَٰٓءِيلَ 

    Open ayah 7:105

    ﷲ އަށް حقّ ބަހެއްމެނުވީ ނުބުނުން އަހުރެންނަށް واجب ވެގެންވެއެވެ. ހަމަކަށަވަރުން އަހުރެން ކަލޭމެން ގާތަށް މިއައީ ބަޔާންވެގެންވާ دليل އާއިގެންނެވެ. ކަލޭމެންގެ رَبّ ގެ حضرة ންނެވެ. ފަހެ އެހެންވެ އަހުރެންނާއެކު بني إسرائيل ން ފޮނުއްވައިދެއްވާށެވެ!

  106. قَالَ إِن كُنتَ جِئۡتَ بِـَٔايَةٖ فَأۡتِ بِهَآ إِن كُنتَ مِنَ ٱلصَّٰدِقِينَ 

    Open ayah 7:106

    އޭނާ ބުންޏެވެ. (އެބަހީ: فرعون ވިދާޅުވިއެވެ.) ކަލޭ ތިޔަ އައީ معجزة އަކާއިގެންކަމަށްވަންޏާ އެ معجزة އެއް ނިކަން ގެނަސްބަލާށެވެ! ކަލޭ ތެދުވެރިންގެތެރެއިންވާ ކަމުގައިވަންޏާއެވެ.

  107. فَأَلۡقَىٰ عَصَاهُ فَإِذَا هِيَ ثُعۡبَانٞ مُّبِينٞ 

    Open ayah 7:107

    ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ އަސާކޮޅު އެއްލަވައިފިއެވެ. ދެން އެހައިރުން އޭތި بيان ވެގެންވާ ހަރުފަޔަކަށްވެއްޖެއެވެ.

  108. وَنَزَعَ يَدَهُۥ فَإِذَا هِيَ بَيۡضَآءُ لِلنَّٰظِرِينَ 

    Open ayah 7:108

    އަދި އެކަލޭގެފާނުންގެ އަތްޕުޅު (ޖީބުގެތެރެއިން) ނެރުއްވައިފިއެވެ. އެހައިރުން އެއަތްޕުޅު ބަލާމީހުންނަށް ހުދުއެއްޗެއްގެގޮތުގައި ފެނެއެވެ.

  109. قَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ إِنَّ هَٰذَا لَسَٰحِرٌ عَلِيمٞ 

    Open ayah 7:109

    فرعون قوم ގެ ބޮޑެތިމީހުން ދެންނެވިއެވެ. ހަމަކަށަވަރުން މިއީ سِحر ދަންނަ سِحر ވެރިއެކެވެ.

  110. يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِكُمۡۖ فَمَاذَا تَأۡمُرُونَ 

    Open ayah 7:110

    އޭނާ އެދެނީ ކަލޭމެންގެބިމުން ކަލޭމެން ނެރެލާށެވެ. (فرعون ވިދާޅުވިއެވެ.) ފަހެ ކަލޭމެންނަށް ފެންނަގޮތަކީ ކޮބައިހެއްޔެވެ؟

  111. قَالُوٓاْ أَرۡجِهۡ وَأَخَاهُ وَأَرۡسِلۡ فِي ٱلۡمَدَآئِنِ حَٰشِرِينَ

    Open ayah 7:111

    އެމީހުން ދެންނެވިއެވެ. އެކަލޭގެފާނާ އެކަލޭގެފާނުންގެ أخ ގެ ކަންތައް ފަސްކުރައްވާށެވެ! (ނުވަތަ އެމީހުން ބަންދުކުރާށެވެ!) އަދި މަނިކުފާނު ރައްތަކަށް (ސިފައިން) ފޮނުއްވާ (سِحر ވެރިން) އެއްކުރައްވާށެވެ!

  112. يَأۡتُوكَ بِكُلِّ سَٰحِرٍ عَلِيمٖ

    Open ayah 7:112

    އޭރުން މަނިކުފާނުންގެ އަރިހަށް سِحر ދަންނަ ކޮންމެ سِحر ވެރިޔަކާއިގެން އެމީހުން އަންނާނެއެވެ. (ދެން فرعون އެކިރަށްރަށަށް ސިފައިން ފޮނުއްވައި سِحر ވެރިން ޖަމާކުރީއެވެ.)

  113. وَجَآءَ ٱلسَّحَرَةُ فِرۡعَوۡنَ قَالُوٓاْ إِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ

    Open ayah 7:113

    އަދި فرعون ގެ سِحر ވެރިންތައް އަތުވެއްޖެއެވެ. (އަދި އެމީހުން فرعون އަށް ދެންނެވި އެވެ.) އަހުރެމެން ގަދަވެއްޖެކަމަށް ވަންޏާ ހަމަކަށަވަރުން އަހުރެމެންނަށް ބޮޑު އުޖޫރައެއް އޮންނާންވާނެއެވެ.

  114. قَالَ نَعَمۡ وَإِنَّكُمۡ لَمِنَ ٱلۡمُقَرَّبِينَ

    Open ayah 7:114

    فرعون ވިދާޅުވިއެވެ. އާއެކެވެ. އަދި ހަމަކަށަވަރުން ކަލޭމެންނަކީ އަހުރެންގެގާތް މީހުންކަމުގައި ވާނޭ މީހުންނެވެ. އެންމެ ކުއްތަންވެގެންވާ މީހުންނެވެ.

  115. قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ نَحۡنُ ٱلۡمُلۡقِينَ

    Open ayah 7:115

    އެމީހުން ދެންނެވިއެވެ. އެބަހީ سِحر ވެރިން ދެންނެވިއެވެ. އޭ موسى އެވެ! އެހެންޏާ ކަލޭގެފާނު ކަލޭގެފާނުންގެ އަސާކޮޅު) އެއްލާށެވެ! އެހެންޏާ އަހުރެމެން މިއީ އެއްލާބަޔަކު ކަމުގައި ވާހުށީމެވެ.

  116. قَالَ أَلۡقُواْۖ فَلَمَّآ أَلۡقَوۡاْ سَحَرُوٓاْ أَعۡيُنَ ٱلنَّاسِ وَٱسۡتَرۡهَبُوهُمۡ وَجَآءُو بِسِحۡرٍ عَظِيمٖ

    Open ayah 7:116

    އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެ سِحر ގެތަކެތި ميدان އަށް) އުކާށެވެ! (سِحر ހަދާށެވެ!) ދެންފަހެ އެމީހުން އެމީހުންގެ (سِحر ގެ ވާބުރިތަކާއި ދަނޑިބުރިތައް) އުކައިލިހިނދުން / އެތަކެތި ميدان އަށް އަޅައިލިހިނދުން މީސްތަކުންގެ ލޯތަކަށް سِحر ޖެހިއްޖެއެވެ. ލޯތަކުގެ ފެނުން ބަދަލުވެގެން ހިނގައްޖެއެވެ. (އެދަނޑިބުރިތަކާއި ވާބުރިތައް ދިރޭހަރުފަތަކަކަށްވެގެން حركاة ކުރަން ފަށައިފިއެވެ.) އަދި އެބައިމީހުންގެ މިކަންތަކުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެއްޖެއެވެ. އެމީހުން އެހެދީ، ހަމަބޮޑުވެގެންވާ سِحر އެކެވެ.

  117. ۞وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ

    Open ayah 7:117

    އަދި ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް وحي ކުރެއްވީމެވެ. ކަލޭގެފާނު ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ. (ދެން އެކަލޭގެފާނު އަސާކޮޅު އެއްލަވައިފިއެވެ.) އެހައިރުން އެމީހުން އެބަހީ سِحر ވެރިން އެހެދި އެންމެހާދޮގުތައް ހަރުފަކަމުގައި ލޯތަކަށް ފެނުނު އެންމެހައި ތަކެތި އޭތި ކައިފިއެވެ. އެބަހީ موسى ގެފާނުންގެ އަސާކޮޅުން އުފެދުނު ހަރުފަ އެހުރިހާ سِحر ވެރިންގެ سِحر ކައި ދިރުވައި ނިންމައިފިއެވެ.

  118. فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ

    Open ayah 7:118

    އަދި حقّ ފާޅުވެ ބަޔާންވެއްޖެއެވެ. އަދި އެ سِحر ވެރިން ހެދިހާތަކެތި باطل ވީއެވެ.

  119. فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ

    Open ayah 7:119

    އެހިނދު سِحر ވެރިން ދެރަވެ ފޭލިވެއްޖެއެވެ. އަދި ނިކަމެތިވެގެންވާ حال އެނބުރި ހިނގައްޖެއެވެ.

  120. وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ 

    Open ayah 7:120

    އަދި އެންމެހައި سِحر ވެރިން سجدة އަށް ތިރިވެއްޖެއެވެ.

  121. قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ

    Open ayah 7:121

    އަދި އެމީހުން ދަންނަވައިފިއެވެ. عالم ތަކުގެ ވެރި رَبّ އަށް އަހުރެމެން އީމާންވެއްޖައީމެވެ.

  122. رَبِّ مُوسَىٰ وَهَٰرُونَ

    Open ayah 7:122

    އެއީ موسى އާއި هارون ގެވެރި رَبّ އެވެ.

  123. قَالَ فِرۡعَوۡنُ ءَامَنتُم بِهِۦ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّ هَٰذَا لَمَكۡرٞ مَّكَرۡتُمُوهُ فِي ٱلۡمَدِينَةِ لِتُخۡرِجُواْ مِنۡهَآ أَهۡلَهَاۖ فَسَوۡفَ تَعۡلَمُونَ

    Open ayah 7:123

    (سِحر ވެރިންނަށް) فرعون ވިދާޅުވިއެވެ. އަހުރެން ކަލޭމެނަށް އިޒުނަ ނުދެނިސް ކަލޭމެން އޭނާއަށް އީމާންވީހެއްޔެވެ؟ އޭނާ ތެދުކުރީހެއްޔެވެ. ތިޔައީ ހަމަކަލޭމެން މިރަށުގައި ހަދައިލި ބޮޑުމަކަރެކެވެ. އެއީ މިރަށުގެ أهل ވެރިން މިރަށުން ނެރެންވެގެންނެވެ. ނިކަންހުރެ ކަލޭމެނަށް (ތިޔަކަމުގެ ހިތިކަން) އެނގިދާނެއެވެ.

  124. لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ ثُمَّ لَأُصَلِّبَنَّكُمۡ أَجۡمَعِينَ

    Open ayah 7:124

    ހަމަކަށަވަރުން ކަލޭމެންގެ އަތްތަކާއި ފައިތައް ކަންކުތިވާގޮތަށް (ކަނާތާ ވާތުފައިވާގޮތަށް) އަހުރެން ކަނޑާނަމެވެ. އަދި ހަމަކަށަވަރުން ކަލޭމެން އެންމެން صليب އަށްލާހުށީމެވެ.

  125. قَالُوٓاْ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ

    Open ayah 7:125

    އެ سِحر ވެރިން ބުންޏެވެ. ހަމަކަށަވަރުން އަހުރެމެންނީ އަހުރެމެންގެ رَبّ ގެ حضرة އަށް އެނބުރިދާނޭ ބައެކެވެ.

  126. وَمَا تَنقِمُ مِنَّآ إِلَّآ أَنۡ ءَامَنَّا بِـَٔايَٰتِ رَبِّنَا لَمَّا جَآءَتۡنَاۚ رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرٗا وَتَوَفَّنَا مُسۡلِمِينَ

    Open ayah 7:126

    އަހުރެމެންގެ رَبّ ގެ އާޔަތްތައް އަހުރެމެންނަށް އައުމުން އެއާޔަތްތަކަށް އީމާންވީކަންމެނުވީ ކަލޭ އަހުރެމެންގެ ކިބައިން ބަދަލުހިފާ އަދި އަހުރެމެންނަށް عقوبة ދޭނެކަމުގައި ނުވެއެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އިތުރުކުރައްވާނދޭވެ! އަދި ކިޔަމަންތެރިވެގެންވާ حال އަޅަމެން މަރުގަންނަވާނދޭވެ!

  127. وَقَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ أَتَذَرُ مُوسَىٰ وَقَوۡمَهُۥ لِيُفۡسِدُواْ فِي ٱلۡأَرۡضِ وَيَذَرَكَ وَءَالِهَتَكَۚ قَالَ سَنُقَتِّلُ أَبۡنَآءَهُمۡ وَنَسۡتَحۡيِۦ نِسَآءَهُمۡ وَإِنَّا فَوۡقَهُمۡ قَٰهِرُونَ

    Open ayah 7:127

    އަދި فرعون ގެ ބޮޑެތިމީހުން (فرعون އަށް) ދެންނެވިއެވެ. موسى އާއި އަދި އޭނާގެމީހުން، މަނިކުފާނާ މަނިކުފާނުންގެ އިލާހުންތައް ދޫކޮށް މިބިމުގައި ފަސާދަކުރަން އެމީހުން ހަމަ ދޫކޮށްލައްވަނީތޯއެވެ؟ فرعون ވިދާޅުވިއެވެ. ނިކަންހުރެ އަހުރެމެން އެމީހުންގެ ފިރިހެން ދަރިން މަރާނަމެވެ. އަދި އެމީހުންގެ އަންހެންދަރިން ނުމަރައި ދޫކުރާހުށީމެވެ. އަދި ހަމަކަށަވަރުން އަހުރެމެންވާނީ އެމީހުންގެ މައްޗަށް ބާރުހިންގާނޭ ގަދަބަޔަކުކަމުގައެވެ.

  128. قَالَ مُوسَىٰ لِقَوۡمِهِ ٱسۡتَعِينُواْ بِٱللَّهِ وَٱصۡبِرُوٓاْۖ إِنَّ ٱلۡأَرۡضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنۡ عِبَادِهِۦۖ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ

    Open ayah 7:128

    موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިއެވެ. بني إسْرائيل އަށް ވިދާޅުވިއެވެ. ކަލޭމެން ﷲ ގެ حضرة ން ވާގިއެދޭށެވެ! އަދި ކެތްތެރިވާށެވެ! ހަމަކަށަވަރުން ބިމަކީ ﷲ އަށް خاصّ ވެ مِلْكُ ވެގެންވާ އެއްޗެކެވެ. އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެބިން އެކަލާނގެ ވާރުތަކޮށްދެއްވައެވެ. އަދި ފަހުކޮޅުގައި ރަނގަޅުގޮތް ލިބުންވަނީ تقوى ވެރިންނަށެވެ.

  129. قَالُوٓاْ أُوذِينَا مِن قَبۡلِ أَن تَأۡتِيَنَا وَمِنۢ بَعۡدِ مَا جِئۡتَنَاۚ قَالَ عَسَىٰ رَبُّكُمۡ أَن يُهۡلِكَ عَدُوَّكُمۡ وَيَسۡتَخۡلِفَكُمۡ فِي ٱلۡأَرۡضِ فَيَنظُرَ كَيۡفَ تَعۡمَلُونَ

    Open ayah 7:129

    އެމީހުން - އެބަހީ بني إسْرائيل - (موسى عليه السّلام) އަށް ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް އައުމުގެ ކުރިންވެސް އަހުރެމެންނަށް އުނދަގޫތައް ޖެހެވެނީއެވެ. (އެބަހީ: އަހުރެމެންގެ ދަރިންތައް އެމީހުން މަރަނީއެވެ.) އަދި ކަލޭގެފާނު އަހަރެމެންގާތަށް رسول ކަމާއިގެން ވަޑައިގެންނެވީމާވެސް އަހުރެމެނަށް އުނދަގޫތައް ޖެހެނީއެވެ. (ދަރިންތައް މަރަނީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެ رَبّ ކަލޭމެންގެ عداوة ތެރިޔާ އެބަހީ فرعون ހަލާކުކުރެއްވުން އެދެވެއެވެ. أمّيد ކުރެވެއެވެ. އަދި އެކަލާނގެ (އެމީހުން އުޅުނުބިމުގައި) ކަލޭމެން خليفة ވެރިކުރެއްވުންވެސް އެދެވެއެވެ. ދެން އޭރުން ކަލޭމެން عمل ކުރާގޮތެއް އެކަލާނގެ ދެކެވޮޑިގަންނަވާނެއެވެ.

  130. وَلَقَدۡ أَخَذۡنَآ ءَالَ فِرۡعَوۡنَ بِٱلسِّنِينَ وَنَقۡصٖ مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَذَّكَّرُونَ 

    Open ayah 7:130

    އަދި ހަމަކަށަވަރުން ތަދުމަޑުކަމުންނާއި ގަސްގަހާގެހީގެ މަތިވަރު މަދުކުރެއްވުމުންނާއި (މިފަދަ މިފަދަ ކަންކަމުން) ތިމަންރަސްކަލާނގެ فرعون އާއި އޭނާގެ تَبَعَ ވެރިން ހިއްޕެވީމެވެ. (ޓެސްޓް ކުރެއްވީމެވެ.) އެއީ އެމީހުން نصيحة އާއި وعظ ލިބިގަނޭތޯއެވެ.

  131. فَإِذَا جَآءَتۡهُمُ ٱلۡحَسَنَةُ قَالُواْ لَنَا هَٰذِهِۦۖ وَإِن تُصِبۡهُمۡ سَيِّئَةٞ يَطَّيَّرُواْ بِمُوسَىٰ وَمَن مَّعَهُۥٓۗ أَلَآ إِنَّمَا طَٰٓئِرُهُمۡ عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

    Open ayah 7:131

    ފަހެ އެމީހުންނަށް ރަނގަޅު ހެޔޮކަމެއް އަތުވެއްޖެއްޔާ (އެބަހީ فرعون ގެ މީހުންނަށް ތިޔާގެކަމެއް - ނުވަތަ ފަސޭހަކަމެއް - ނުވަތަ صحّة ގެ ރަނގަޅުކަން ދިމާވެއްޖެއްޔާ) އެމީހުންބުނާނެއެވެ. މިތަކެއްޗަށް އައުލާވެގެންވަނީ އަހުރެމެންނެވެ. އަދި އެމީހުންނަށް ނުބައިގޮތެއް ދިމާވެއްޖެއްޔާ (ތަޑުމަޑުކަމެއް / ބަލިކަމެއް / އުނދަގުލެއްފަދަކަމެއް ދިމާވެއްޖެއްޔާ އެމީހުން ބުނާނެއެވެ.) އެކަންކަމަކީ موسى ގެފާނާއި އަދި އެކަލޭގެފާނަށް تَبَعَ ވެގެންވާ މީހުންގެ ސުންޕާކަމުން ވާކަމެކެވެ. ދަންނާށެވެ! އެމީހުންނަށް އެޖެހުނު ސުންޕާކަމަކީ ﷲ ގެ حضرة ން އަންނަ ކަންކަމެވެ. (އެމީހުންގެ عمل ތައް ހުންނަގޮތުން އެމީހުންނަށް ޖެހޭކަންކަމެވެ. އަދި އެކަލާނގެ حكمة ފުޅު ނިޔާކުރާގޮތުން އަންނަ ކަންކަމެވެ. موسى ގެފާނުންގެ ފަރާތްޕުޅަކުންނޫނެވެ.) އަދި އެހެންނަމަވެސް އެމީހުންކުރެ ގިނަމީހުންނަށް އެކަން ނޭނގެއެވެ.

  132. وَقَالُواْ مَهۡمَا تَأۡتِنَا بِهِۦ مِنۡ ءَايَةٖ لِّتَسۡحَرَنَا بِهَا فَمَا نَحۡنُ لَكَ بِمُؤۡمِنِينَ

    Open ayah 7:132

    އެމީހުން ބުންޏެވެ. (އެބަހީ فرعون ގެ تبع ވެރިން ބުންޏެވެ. އޭ موسى އެވެ!) ކަލޭގެފާނު އެކަމަކުން ނުވަތަ އެއްޗަކުން، އަހުރެމެންނަށް سحر ޖެއްސުމަށް ކަލޭގެފާނު އަހުރެމެންގެގާތަށް ކޮންމެފަދަ معجزة އެއް ގެނައިނަމަވެސް އަހުރެމެންނަކީ ކަލޭގެފާނަށް އީމާންވާނޭ ބަޔަކުކަމުގައި ނުވެއެވެ.

  133. فَأَرۡسَلۡنَا عَلَيۡهِمُ ٱلطُّوفَانَ وَٱلۡجَرَادَ وَٱلۡقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَٰتٖ مُّفَصَّلَٰتٖ فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ

    Open ayah 7:133

    ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (عبرة حاصل ކުރުމަށް) طوفان އާއި ގޮއްފުޅަންގާ އުކުނާއި - އަދި ބޮކާއި އަދި ލެއި ފޮނުވީމެވެ. އެއީ بيان ވެ ފައުޅުވެގެންވާ دليل ތަކެކެވެ. معجزة ތަކެކެވެ. ފަހެ އެމީހުން އެހުރިހާކަމެއް ފެނުނީމާވެސް ބޮޑާވީއެވެ. އަދި އެމީހުންވީ ނުބައިނުލަފާ ބަޔަކުކަމުގައެވެ. ބޮޑެތި ފާފަކުރާ ބަޔަކުކަމުގައެވެ. • ދަންނައެވެ. فرعون އާއި އޭނާގެ قوم ކަމުގައިވާ قبطى އިންނަށް ﷲ تعالى އެތައްބާވަތެއްގެ މުސީބަތަކާއި ބަލާއެއް ޖެއްސެވިއެވެ. އެއީ އެމީހުން ކިޔަމަންވެ موسى عليه السّلام ގެ رسول ކަން ތެދުކޮށް قبول ކުރޭތޯއެވެ. އޭގެ އެއްކަމަކީ طوفان އެކެވެ. އެއީ ވާރޭފެނުގެ طوفان އެކެވެ. އޭގެ ސަބަބުން އެމީހުންގެ ދަނޑުތައް ހަލާކުވެ ބޮޑު مصيبة އަކަށްވެގެންދިއުމުން موسى ގެފާނަށް އެމީހުން ދެންނެވީ، އޭ موسى އެވެ. އަހުރެމެންގެ ކިބައިން މިކަން ފިއްލަވައިތޯ ކަލޭގެފާނުންގެ رَبّ އަށް ދަންނަވައި ދެއްވާށެވެ. އަހުރެމެންގެ ކިބައިން މިކަން ފިލައްޖެއްޔާ އަހުރެމެން ކަލޭގެފާނަށް އީމާންވާނަމެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހުގައި بَنِي إسرائيل ފޮނުއްވައިދޭނަމެވެ. ދެންފަހެ އެކަލޭގެފާނު ﷲ އަށް دعاء ކުރައްވައި އެކަން ފިއްލަވައިފިއެވެ. ހަމަ އެކަން ފިއްލަވައި ލުއިކޮށްދެއްވުމުން އެމީހުންކުރި وعد އުވައިލީއެވެ. އީމާންވެސްވީއެއްނޫނެވެ. އަދި موسى ގެފާނު އަރިގައި بَنِي إسرائيل ފޮނުއްވީއެއްވެސް ނޫނެވެ. އަދި ނުކިޔަމަންތެރިކަން އިތުރުވީއެވެ. ދެން އެމީހުންގެމައްޗަށް ފޮނުއްވީ ގޮއްފުޅަނގީގެ لشكر އެކެވެ. އެސޮރުމެން އައިސް އެމީހުންގެ ދަނޑުތައް ކައި ފޭރާންތައްވެސް ކައިހަދަން ފަށައިފިއެވެ. މި مصيبة ކުރީގެ مصيبة އަށްވުރެ މާބޮޑުވެއްޖެއެވެ. މިފަހަރުވެސް موسى ގެފާނަށް ދަންނަވައިގެން ކުރީގެ شرط ތަކުގެ މައްޗަށް އެކަން ފިއްލަވައިފިއެވެ. ދެންވެސް عهد އުވައިލީއެވެ. ދެން ފޮނުއްވީ އުކުނުގެ لشكر އެކެވެ. އޭގެސަބަބުން ނިދެނީއެއްނޫނެވެ. ރޭގަޑު ނުނިދައިތިބެގެން އުކުނު ނެގުމެވެ. ކެވެނީއެއްނޫނެވެ. ކާތަށީގައިވެސް އެބައިވަރުތަކެވެ. މި مصيبة ބޮޑުވެގެން އަލުންވެސް موسى ގެފާނަށް ދަންނަވައިގެން އީމާންވުމުގެ شرط ގެމައްޗަށާއި އަދި بَنِي إسرائيل ފޮނުވައިދިނުމުގެ شرط ގެމައްޗަށް އެކަން ފިއްލަވައިފިއެވެ. އަލުންވެސް އެމީހުން އެމީހުންގެ ހުވައި އުވާލައި ނުކިޔަމަންތެރިވެގެންފިއެވެ. ދެން އެމީހުންގެމައްޗަށް ފޮނުއްވީ ބޮކުގެ مصيبة އެކެވެ. އެތަކެތީގެ އުނދަގޫއަރައިގެން ދިޔަވަރަކީ މީހާ އިށީނދެ އިންނައިރު ތުނބުޅީގައިވެސް ބޮއްތަކެވެ. ބަހެއް ބުނަން އަނގަހުޅުވައިލާއިރު އަނގައިތެރެއަށް އެވަންނަނީ ބޮކެވެ. ކާއިރުތަށީގައި ބޮކެވެ. ތަންމަތީގައި ބޮކެވެ. މިކަމުގެ އުނދަގޫ ބޮޑުވެގެން އަލުންވެސް موسى ގެފާނަށް ދަންނަވައި އެކަލޭގެފާނު ﷲ އަށް دعاء ކުރެއްވުމުން އެކަން ފިލައިގެންދިޔައީއެވެ. އެއީވެސް ކުރީން ހުށަހަޅާ ދެ شرط ގެ މައްޗަށެވެ. މިފަހަރުވެސް ހުވައި އުވާލާ ނުކިޔަމަންތެރިވެގަތީއެވެ. ދެން އެކަލާނގެ އެމީހުންނަށް ފޮނުއްވީ ލޭގެ ބަލާވެރިކަމެކެވެ. އެމީހުން ބޯފެނަކަށްވެސް ހުންނަނީ ލެއެވެ. ވަޅުތަކާއި ކޯރުތަކުގައި ލެއެވެ. ބައެއް ރިވާޔަތުގައިވާގޮތުން ނީލަކޯރުވެސް ލެޔަށް ވިއެވެ. ކޮންމެއަކަސް މިކަން ބޮޑުވެގެންވެސް موسى ގެފާނަށް ދަންނަވައިގެން އެކަލޭގެފާނު دعاء ކުރެއްވުމުން އެކަން ފިއްލަވައިފިއެވެ. ކޮންމެފަހަރަކުވެސް އީމާންވުމާއި بَنِي إسرائيل موسى عليه السّلام އާއިއެކު ފޮނުއްވުމުގެ شرط ގެ މަތީންނެވެ. ނަމަވެސް އެކަމެއް ހަމަފިއްލެވުމުން އެމީހުން ހުވައި އުވައިލަނީއެވެ. ދޮގުހަދަނީއެވެ. ފަހެ އިސްވެދިޔަ ކަންތައްތަކަށް އިޝާރަތްކުރައްވާފައި އެވަނީ އެއީ ބަޔާންވެ ފައުޅުވެގެންވާ معجزة ތަކެއްކަމަށެވެ. ދެންފަހެ އެމީހުން ބޮޑާވެ ކިބުރުވެރިވީއެވެ. އެމީހުންވީ ނުބައި ނުލަފާ ބަޔަކުކަމުގައެވެ. مجرمُ ންކަމުގައެވެ.

  134. وَلَمَّا وَقَعَ عَلَيۡهِمُ ٱلرِّجۡزُ قَالُواْ يَٰمُوسَى ٱدۡعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَۖ لَئِن كَشَفۡتَ عَنَّا ٱلرِّجۡزَ لَنُؤۡمِنَنَّ لَكَ وَلَنُرۡسِلَنَّ مَعَكَ بَنِيٓ إِسۡرَٰٓءِيلَ

    Open ayah 7:134

    އެމީހުންނަށް عذاب ހަމައަންނައިރަށް - އެބަހީ ކުރިން بيان ކުރައްވާފައިވާ ކަންތައްތަކުން ކަމެއް ހަމަ ދިމާވާއިރަށް އެމީހުން موسى عليه السّلام އަށް ދަންނަވައެވެ. އެމީހުން ދަންނަވައެވެ. އޭ موسى އެވެ. ކަލޭގެފާނަށްވާ عَهْد އާއިއެކު ކަލޭގެފާނުންގެ رَبّ އަށް دعاء ކޮށްދެއްވާށެވެ. އަހުރެމެންގެ ކިބައިން މިކަން ފިއްލަވައި ދެއްވައިފިއްޔާ ހަމަކަށަވަރުން އަހުރެމެން ކަލޭގެފާނަށް އީމާންވާހުށީމެވެ. އަދި بَنِي إسرائيل ކަލޭގެފާނުންގެ އަރިހުގައި ފޮނުއްވައިދެއްވާނަމެވެ.

  135. فَلَمَّا كَشَفۡنَا عَنۡهُمُ ٱلرِّجۡزَ إِلَىٰٓ أَجَلٍ هُم بَٰلِغُوهُ إِذَا هُمۡ يَنكُثُونَ

    Open ayah 7:135

    ދެންފަހެ އެމީހުންނަށް ކަނޑައެޅިފައިވާ مدّة އަކަށް ތިމަންރަސްކަލާނގެ އެމީހުންގެކިބައިން عذاب ނަންގަވާ كشف ކުރެއްވުމުން، އެހައިރުން އެމީހުން އެމީހުންގެ وعد އުވާލަނީއެވެ. (އެކަންތައްތައް އެމީހުންގެ އާދަޔަކަށް ހަދާލަނީއެވެ.)

  136. فَٱنتَقَمۡنَا مِنۡهُمۡ فَأَغۡرَقۡنَٰهُمۡ فِي ٱلۡيَمِّ بِأَنَّهُمۡ كَذَّبُواْ بِـَٔايَٰتِنَا وَكَانُواْ عَنۡهَا غَٰفِلِينَ

    Open ayah 7:136

    ދެން އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރުމުގެ ސަބަބުން އެމީހުންގެ ކިބައިން ބަދަލު ހިއްޕަވައި ކަނޑުގައި އެމީހުން غرق ކުރެއްވީމެވެ. އެމީހުންވީ އެއާޔަތްތަކަށް غافل ވެގެންވީ ބަޔަކުކަމުގައެވެ.

  137. وَأَوۡرَثۡنَا ٱلۡقَوۡمَ ٱلَّذِينَ كَانُواْ يُسۡتَضۡعَفُونَ مَشَٰرِقَ ٱلۡأَرۡضِ وَمَغَٰرِبَهَا ٱلَّتِي بَٰرَكۡنَا فِيهَاۖ وَتَمَّتۡ كَلِمَتُ رَبِّكَ ٱلۡحُسۡنَىٰ عَلَىٰ بَنِيٓ إِسۡرَٰٓءِيلَ بِمَا صَبَرُواْۖ وَدَمَّرۡنَا مَا كَانَ يَصۡنَعُ فِرۡعَوۡنُ وَقَوۡمُهُۥ وَمَا كَانُواْ يَعۡرِشُونَ

    Open ayah 7:137

    އަދި ދެރަވެ ނިކަމެތިކުރެވިގެންވާ މީސްތަކުންނަށް (އެބަހީ: فرعون ގެ އަޅުވެތިކަމުގެ ދަށުގައި ނިކަމެތިކުރެވިފައިތިބި بني إسرائيل މީހުނަށް) ތިމަންރަސްކަލާނގެ ބިމުގެ مشرق ތަކާއި مغربُ ތައް ވާރުތަކޮށް ދެއްވީމެވެ. (ބުނެވެނީ އެއީ بَيْتُ المَقْدِس އާއި فَلَسْطِيْنُ ގެ ބިންކަމުގައެވެ. والله أعلم.) އެތަނަކީ ތިމަންރަސްކަލާނގެ އެތާނގައި بركاة ލައްވާފައިވާ ތަނެވެ. އަދި بني إسرائيل ގެމައްޗަށް ކަލޭގެފާނުން ربّ ގެ ބަސްފުޅު - (ރަނގަޅު ބަސްފުޅު) ފުރިހަމަވެގެން ހިނގައްޖެއެވެ. (އެކަލާނގެ އެބަސްފުޅަކީ وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةًۭ وَنَجْعَلَهُمُ ٱلْوَٰرِثِينَ ٥ وَنُمَكِّنَ لَهُمْ فِى ٱلْأَرْضِ وَنُرِىَ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا مِنْهُم مَّا كَانُوا۟ يَحْذَرُونَ ٦ މިއެވެ.) (سورة القصص: - އެތަނުންވެސް ބައްލަވައި ލައްވާށެވެ.) އެމީހުންނަށް އެފަދަ نعمة އެއް އެދެއްވީ އެމީހުން ކެތްތެރިވުމުގެ ސަބަބުންނެވެ. އަދި فرعون އާއި އޭނާގެ قوم ގެ މީހުން ކުރަމުން އައި ކަންތައްތަކާއި އަދި އެމީހުން ހަދާކަމުގައިވާ އެންމެހާ ގަނޑުވަރުތަކާއި ރަނގަޅުގެތައް ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.

  138. وَجَٰوَزۡنَا بِبَنِيٓ إِسۡرَٰٓءِيلَ ٱلۡبَحۡرَ فَأَتَوۡاْ عَلَىٰ قَوۡمٖ يَعۡكُفُونَ عَلَىٰٓ أَصۡنَامٖ لَّهُمۡۚ قَالُواْ يَٰمُوسَى ٱجۡعَل لَّنَآ إِلَٰهٗا كَمَا لَهُمۡ ءَالِهَةٞۚ قَالَ إِنَّكُمۡ قَوۡمٞ تَجۡهَلُونَ

    Open ayah 7:138

    އަދި بني إسرائيل އަށް ތިމަންރަސްކަލާނގެ ކަނޑު ކަޑައްތުކޮށްދެއްވީމެވެ. ދެންފަހެ އެމީހުން ބުދުތަކަކަށް އަޅުކަންކުރާ ބަޔަކު ކައިރިއަށް (އެދަތުރުމަތީގައި) ދާންދިމާވިއެވެ. އަދި އެމީހުން يعني: بني إسرائيل ގެ މީހުން موسى عليه السّلام އަށް ދެންނެވިއެވެ. އެމީހުންނަށް إله ންތައްވާފަދައިން (އަޅުކަންކުރާ ބުދުތައްވާފަދައިން) އަޅުގަނޑުމެންނަށްވެސް إله އެއް (ބުދެއް) ލައްވައިދެއްވާށެވެ! موسى عليه السّلام ވިދާޅުވިއެވެ. ކަލޭމެންނަކީ ހަމަ جاهل ބައެކެވެ. ތަންދޮރު ނޭނގޭ ބައެކެވެ.

  139. إِنَّ هَٰٓؤُلَآءِ مُتَبَّرٞ مَّا هُمۡ فِيهِ وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ

    Open ayah 7:139

    ހަމަކަށަވަރުން މިމީހުންތަކަކީ (އެބަހީ: އެބުދަށް އަޅުކަންކުރާ މީހުންނަކީ) އެމީހުން އެކުރާ ކަންތައް ﷲ تعالى ހަލާކުކުރައްވާ فاسد ކުރައްވާނެ ބައެކެވެ. އަދި އެމީހުންކުރާކަމުގައިވީ ކަންތައް باطل ވެގެންވާ ބައެކެވެ.

  140. قَالَ أَغَيۡرَ ٱللَّهِ أَبۡغِيكُمۡ إِلَٰهٗا وَهُوَ فَضَّلَكُمۡ عَلَى ٱلۡعَٰلَمِينَ 

    Open ayah 7:140

    އެކަލޭގެފާނު ވިދާޅުވިއެވެ. އެބަހީ: موسى عليه السّلام ވިދާޅުވިއެވެ. ﷲ ނޫން އެހެން إله އެއް ކަލޭމެނަށްޓަކައި އަހުރެން އެދެންވީހެއްޔެވެ. އަދި އެކަލާނގެ އެއީ (މިހާރުތިބި) އެންމެންގެމައްޗަށް ކަލޭމެން މާތްކުރެއްވި ކަލާނގެއެވެ.

  141. وَإِذۡ أَنجَيۡنَٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ يُقَتِّلُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ

    Open ayah 7:141

    ދެން فرعون ގެ آل ންގެކިބައިން ތިމަންރަސްކަލާނގެ ކަލޭމެން ސަލާމަތްކުރެއްވިހިނދު (ނިކަން ހަނދާންކުރާށެވެ!) އެމީހުން ކަލޭމެނަށް ނުބައިވެގެންވާ عذاب ދައްކައެވެ. (އަޅުވެތިކޮށް ކަލޭމެން ނިކަމެތިކުރިއެވެ.) އެމީހުން ކަލޭމެންގެ ފިރިހެންދަރިން މަރާހެދިއެވެ. އަދި ކަލޭމެންގެ އަންހެންދަރިން ނުމަރާ ދޫކުރިއެވެ. ހަމަކަށަވަރުން އެކަންކަމުގައި ކަލޭމެންގެ رَبّ ގެ حضرة ން ކަލޭމެނަށް ބޮޑުވެގެންވާ إمتحان ވެއެވެ.

  142. ۞وَوَٰعَدۡنَا مُوسَىٰ ثَلَٰثِينَ لَيۡلَةٗ وَأَتۡمَمۡنَٰهَا بِعَشۡرٖ فَتَمَّ مِيقَٰتُ رَبِّهِۦٓ أَرۡبَعِينَ لَيۡلَةٗۚ وَقَالَ مُوسَىٰ لِأَخِيهِ هَٰرُونَ ٱخۡلُفۡنِي فِي قَوۡمِي وَأَصۡلِحۡ وَلَا تَتَّبِعۡ سَبِيلَ ٱلۡمُفۡسِدِينَ

    Open ayah 7:142

    އަދި ތިމަންރަސްކަލާނގެ (އާއި منَاجا ދެންނެވުމަށް) موسى (عليه السّلام) އާއި ތިމަންރަސްކަލާނގެ ތިރީސްރޭގެ وعد ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ مِيْعَاد އިތުރު ދިހަރޭ ލައްވައި ފުރިހަމަ ކުރެއްވީމެވެ. ފަހެ އެކަލޭގެފާނުންގެ رَبّ ގެ އެ مِيْقَات ސާޅީސްރެޔަށް ފުރިހަމަވެގެން ދިޔައެވެ. އަދި موسى عليه السّلام އެކަލޭގެފާނު أخُ هارن عليه السّلام އަށް ވިދާޅުވިއެވެ. ފަހެ އަހުރެންގެ قوم ގައި އަހުރެން ދިއުމަށްފަހު خليفة އެއްގޮތުގައި ހުންނަވާށެވެ! އަދި ކަންތައް إصلاح ކުރައްވައި އަދި فاسد ކުރާ މީހުންގެ މަގާއި تبع ވެ ވަޑައިނުގަންނަވާށެވެ!

  143. وَلَمَّا جَآءَ مُوسَىٰ لِمِيقَٰتِنَا وَكَلَّمَهُۥ رَبُّهُۥ قَالَ رَبِّ أَرِنِيٓ أَنظُرۡ إِلَيۡكَۚ قَالَ لَن تَرَىٰنِي وَلَٰكِنِ ٱنظُرۡ إِلَى ٱلۡجَبَلِ فَإِنِ ٱسۡتَقَرَّ مَكَانَهُۥ فَسَوۡفَ تَرَىٰنِيۚ فَلَمَّا تَجَلَّىٰ رَبُّهُۥ لِلۡجَبَلِ جَعَلَهُۥ دَكّٗا وَخَرَّ مُوسَىٰ صَعِقٗاۚ فَلَمَّآ أَفَاقَ قَالَ سُبۡحَٰنَكَ تُبۡتُ إِلَيۡكَ وَأَنَا۠ أَوَّلُ ٱلۡمُؤۡمِنِينَ

    Open ayah 7:143

    އަދި موسى عليه السّلام ތިމަންރަސްކަލާނގެ مِيْقَات އަށް ވަޑައިގެންނެވިހިނދުން (އެބަހީ وعد ކުރެވިފައިވާތަނާއި ވަގުތަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނުންގެ رَبّ އެކަލޭގެފާނަށް ބަސްފުޅު وحي ކުރެއްވިއެވެ. އެކަލޭގެފާނު އެކަލޭގެފާނުންގެ رَبّ އަށް ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! މިއަޅާއަށް އިބަރަސްކަލާނގެއަށް ބެލޭނެގޮތް ހައްދަވައި ދެއްވާދޭނވެ! އެ نعمة ދެއްވާނދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭގެފާނަށް ތިމަންރަސްކަލާނގެ ނުފެންނާނެއެވެ. (ތިމަންރަސްކަލާނގެއަށް ބެލުމުގެ ކުޅަދާނަކަމެއްނުވެއެވެ.) އަދި އެހެންނަމަވެސް ފަރުބަދައަށް ބައްލަވާށެވެ! އެފަރުބަދައަށް އޭގެތަނުގައި قرار ވެ އޮވެވިއްޖެއްޔާ ފަހެ އޭރުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ފެނިދާނެއެވެ. ދެންފަހެ ފަރުބަދައަށް އެކަލާނގެ تَجَلِّى ވެވޮޑިގަތުމުން - (އެކަލާނގެ نور ފުޅު އަލިކޮށްލެއްވިހިނދުން) ފަރުބަދަ ކުދިކުދިވެއްޖެއެވެ. އަދި موسى عليه السّلام ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ދެންފަހެ އެކަލޭގެފާނު ހޭފުޅުއެރިހިނދުން ވިދާޅުވިއެވެ. (އޭ އަޅުގެ رَبّ އެވެ!) އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! މިއަޅާ އިބަރަސްކަލާނގެއަށް توبة ވެއްޖައީމެވެ. މިއަޅާއީ (މި أمّة ގެ) އެންމެފުރަތަމަ އީމާންވީ އަޅާއެވެ.

  144. قَالَ يَٰمُوسَىٰٓ إِنِّي ٱصۡطَفَيۡتُكَ عَلَى ٱلنَّاسِ بِرِسَٰلَٰتِي وَبِكَلَٰمِي فَخُذۡ مَآ ءَاتَيۡتُكَ وَكُن مِّنَ ٱلشَّٰكِرِينَ

    Open ayah 7:144

    އެކަލާނގެ وحي ކުރެއްވިއެވެ. އޭ موسى (عليه السّلام) އެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ رسول ކަން ދެއްވުމުންނާއި އަދި ތިމަންރަސްކަލާނގެއާއި ވާހަކަފުޅުދެއްކެވުމުގެގޮތުން ތިމަންރަސްކަލާނގެ ކަލޭގެފާނު މީސްތަކުންގެމައްޗަށް خاصّ ކުރައްވާ إختيار ކުރައްވައިފީމެވެ. ފަހެ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވިތަކެތީގައި ގަދަޔަށް ހިއްޕަވާށެވެ! އޭގައިވާގޮތަށް ރަނގަޅަށް ޢަމަލުކުރައްވާށެވެ! އަދި شكر ކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!

  145. وَكَتَبۡنَا لَهُۥ فِي ٱلۡأَلۡوَاحِ مِن كُلِّ شَيۡءٖ مَّوۡعِظَةٗ وَتَفۡصِيلٗا لِّكُلِّ شَيۡءٖ فَخُذۡهَا بِقُوَّةٖ وَأۡمُرۡ قَوۡمَكَ يَأۡخُذُواْ بِأَحۡسَنِهَاۚ سَأُوْرِيكُمۡ دَارَ ٱلۡفَٰسِقِينَ

    Open ayah 7:145

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފިލާތަކުގައި (دين ގެގޮތުންނާއި އަދި ދުންޏަވީގޮތުން بَنُو إسرائيل ގެ މީހުންނަށް ބޭނުންވާ) ކޮންމެކަމެއްގެ އަދި ކޮންމެ އެއްޗެއްގެ مَوْعِظَة ލިއުއްވާދެއްވީމެވެ. އެބަހީ އެކަމުގެ وعظ އާއި نصيحة އާއި ހަނދާންކޮށްދިނުން - ލިޔެދެއްވީމެވެ. އަދި ﷲ ގެ أمرފުޅާއި ނަހީގެ تفصيل بيان ކޮށްދެއްވާ ލިއުއްވީމެވެ. ފަހެ (އޭ موسى عليه السّلام އެވެ!) ކަލޭގެފާނު އެފިލާތަކުގައި ހިއްޕަވާށެވެ! އަދި އޭގައިވާ ރަނގަޅު މޮޅުގޮތްތަކުގައި ހިފާ عمل ކުރުމަށް ކަލޭގެފާނުންގެ قوم ގެމީހުންނަށް އަމުރުކުރައްވާށެވެ! فاسق ނުބައި ނުލަފާމީހުންގެ ގޮވަތި ތިމަންރަސްކަލާނގެ ނިކަންހުރެ ކަލޭމެނަށް ދައްކާހުށީމެވެ. (آخرة ގައި އެމީހުންގެ ޖާގަ ދައްކާހުށީމެވެ. އެއީ ނަރަކައެވެ.)

  146. سَأَصۡرِفُ عَنۡ ءَايَٰتِيَ ٱلَّذِينَ يَتَكَبَّرُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَإِن يَرَوۡاْ كُلَّ ءَايَةٖ لَّا يُؤۡمِنُواْ بِهَا وَإِن يَرَوۡاْ سَبِيلَ ٱلرُّشۡدِ لَا يَتَّخِذُوهُ سَبِيلٗا وَإِن يَرَوۡاْ سَبِيلَ ٱلۡغَيِّ يَتَّخِذُوهُ سَبِيلٗاۚ ذَٰلِكَ بِأَنَّهُمۡ كَذَّبُواْ بِـَٔايَٰتِنَا وَكَانُواْ عَنۡهَا غَٰفِلِينَ

    Open ayah 7:146

    އަދި އެއްވެސް حقّ އެއްނެތި ބިމުގައި ބޮޑާވެ كِبْرُ ވެރިވެގަންނަމީހުން ތިމަންރަސްކަލާނގެ އާޔަތްތަކާއި ދުރަށް ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުން އަނބުރައިލާހުށީމެވެ. (އެއީ ހުރިހާ ވައްތަރެއްގެ އާޔަތެކެވެ. مَوْجُود ވެގެންވާ އެންމެހައި ތަކެއްޗަކީވެސް އެކަލާނގެ އާޔަތްތަކެވެ. އެތަކެއްޗަށް ވިސްނާ فكر ކުރުމުގެ ދޮރު އެމީހުންނަށް ބަންދުކުރާހުށީމެވެ. قرآن ވެސް މިއީއެކަލާނގެ دليل އެވެ. އެޔާމެދު ވިސްނާފިކުރުކުރުމުގެ ދޮރުވެސް އެމީހުންނަށް ބަނދުކޮށްލާހުށީމެވެ.) އަދި އެމީހުނަށް ކޮންމެ دليل އެއް އަދި ކޮންމެ حجّة އެއް ފެނުނަސް އެމީހުން އީމާން ނުވާނެއެވެ. އަދި އެމީހުންނަށް هداية ގެ ސީދާ ތެދުމަގު ފެނުނަސް އެމީހުން އެއީ މަގެއްކަމުގައި ނުހިފާނެއެވެ. تبع ނުވާނެއެވެ. އަދި މަގުފުރެދުމާ ހަލާކުގެ މަގު އެމީހުންނަށް ފެނިއްޖެއްޔާ އެމީހުން މަގެއްގެގޮތުން އެމަގު ހިފާނެއެވެ. އެހެން އެކަން އެވީ އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރުމުގެ ސަބަބުންނެވެ. އަދި އެމީހުން އެވަނީ އެއާޔަތްތަކަށް غافل ވެގެންނެވެ. (ނުވިސްނިފައެވެ.)

  147. وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَلِقَآءِ ٱلۡأٓخِرَةِ حَبِطَتۡ أَعۡمَٰلُهُمۡۚ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ

    Open ayah 7:147

    އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި آخرة އާއި ބައްދަލުވުން ދޮގުކޮށް (އެބަހީ قيامة ދޮގުކޮށް) ހެދިމީސްތަކުން (ދަންނައެވެ!) އެމީހުންގެ ހެޔޮ عمل ތައް باطل ވެގެން ދިޔައީއެވެ. އެމީހުންކުރާ ކަމުގައިވީކަންތައްތަކަށް މެނުވީ އެމީހުންނަށް جزاء ލިބޭނޭހެއްޔެވެ؟ އެބަހީ އެކަމަށް މެނުވީ جزاء ނުލިބޭނެއެވެ. ޢަޒާބުނުލިބޭނެއެވެ.

  148. وَٱتَّخَذَ قَوۡمُ مُوسَىٰ مِنۢ بَعۡدِهِۦ مِنۡ حُلِيِّهِمۡ عِجۡلٗا جَسَدٗا لَّهُۥ خُوَارٌۚ أَلَمۡ يَرَوۡاْ أَنَّهُۥ لَا يُكَلِّمُهُمۡ وَلَا يَهۡدِيهِمۡ سَبِيلًاۘ ٱتَّخَذُوهُ وَكَانُواْ ظَٰلِمِينَ

    Open ayah 7:148

    އަދި موسى (عليه السّلام) އަށްފަހު އެބަހީ އެކަލޭގެފާނު އެކަލޭގެފާނުންގެ رَبّ ގެ مِيْقَات އަށް ވަޑައިގެންނެވުމަށްފަހު އެކަލޭގެފާނުންގެ قوم ގެމީހުން އެމީހުންގެ ގަހަނާތަކުން ޅަގެރިއެއްގެ ހަށިގަނޑެއްހަދައި (އަޅުކަންކުރާ إله އެއްކަމުގައި) އެގެރި إختيار ކޮށްފިއެވެ. އެގެރީގައި (އާދައިގެ ގެރި) ގޮވާގޮތަށް އަޑުއިވޭ) ލޯވަޅެއްވެއެވެ. އެތަނަށް ވައި ވަނީމާ ގެރިގޮވާއަޑުކަހަލަ އަޑުއިވެއެވެ. އޭތި އެމީހުންނާ ވާހަކަ ނުދައްކާކަންވެސް އެމީހުން ނުވިސްނަނީބާވައެވެ؟ އަދި އެމީހުންނަށް ތެދުމަގެއް ނުދައްކާކަންވެސް އެމީހުންނަށް ނޭނގޭބާވައެވެ؟ އެމީހުން އެގެރި إله އެއްގެގޮތުގައި إختيار ކޮށް އަޅުކަންކުރީއެވެ. އޭގެސަބަބުން އެމީހުންވީ އަނިޔާވެރިންކަމުގައެވެ. مشرك ންކަމުގައެވެ.

  149. وَلَمَّا سُقِطَ فِيٓ أَيۡدِيهِمۡ وَرَأَوۡاْ أَنَّهُمۡ قَدۡ ضَلُّواْ قَالُواْ لَئِن لَّمۡ يَرۡحَمۡنَا رَبُّنَا وَيَغۡفِرۡ لَنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ

    Open ayah 7:149

    އަދި އެމީހުން - އެބަހީ ޅަގެރިޔަށް އަޅުކަންކުރިމީހުން އެކަމާ ހިތާމަކުރިހިނދުން އަދި ހަމަކަށަވަރުން އެމީހުން އެވަނީ މަގުފުރެދިފައިކަން ރަނގަޅަށް އެމީހުންނަށް އެނގިއްޖެއެވެ. އެމީހުން ދެންނެވިއެވެ. އަޅަމެންގެ رَبّ އަޅަމެންނަށް رحمة ނުލެއްވިނަމަ އަދި އެކަލާނގެ އަޅަމެނަށް ނުފުއްސެވިއްޔާ ހަމަކަށަވަރުން އަހުރެމެންވާ ހުށީ ގެއްލިހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.

  150. وَلَمَّا رَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَٰنَ أَسِفٗا قَالَ بِئۡسَمَا خَلَفۡتُمُونِي مِنۢ بَعۡدِيٓۖ أَعَجِلۡتُمۡ أَمۡرَ رَبِّكُمۡۖ وَأَلۡقَى ٱلۡأَلۡوَاحَ وَأَخَذَ بِرَأۡسِ أَخِيهِ يَجُرُّهُۥٓ إِلَيۡهِۚ قَالَ ٱبۡنَ أُمَّ إِنَّ ٱلۡقَوۡمَ ٱسۡتَضۡعَفُونِي وَكَادُواْ يَقۡتُلُونَنِي فَلَا تُشۡمِتۡ بِيَ ٱلۡأَعۡدَآءَ وَلَا تَجۡعَلۡنِي مَعَ ٱلۡقَوۡمِ ٱلظَّٰلِمِينَ 

    Open ayah 7:150

    އަދި موسى (عليه السّلام) އެކަލޭގެފާނުންގެ رَبُّ ގެ ميقاتُ ން އެނބުރިވަޑައިގެން އެކަލޭގެފާނު (އެކަލޭގެފާނުންގެ قوم އަށްވަޑައިގެން) ވިދާޅުވިއެވެ. އަހުރެންގެފަހުން ކަލޭމެން ތިޔަކުރި ކަންތައް ވަރަށްވެސް ނުބައިވެގެންވެއެވެ. ފަހެ ކަލޭމެން ކަލޭމެންގެ رَبُّ ގެ أمر ފުޅަށް (އެކަލާނގެ ކޯފާއަށް) އަވަސްވެގަތީހެއްޔެވެ؟ އަދި އެކަލޭގެފާނުންގެ ފިލާތައް އެއްލަވާލައްވާފައި އެކަލޭގެފާނުންގެ أخ (هارون عليه السّلام ގެ) އިސްތަށިފުޅުގައި ހިއްޕަވާ އެކަލޭގެފާނުންގެ ގާތަށް ދަންމަވާލެއްވިއެވެ. އެކަލޭގެފާނު އެބަހީ هارون عليه السّلام ވިދާޅުވިއެވެ. އޭ މަންމަގެ ދަރިކަލުންނޭވެ! ހަމަކަށަވަރުން قوم ގެމީހުން އަހުރެން ނިކަމެތި މީހަކަށް ހަދައިލާ އަހުރެންގެ ބަސްނޭހިއެވެ. އެމީހުން އަހުރެން މަރާލަން ގާތްވިއެވެ. ފަހެ عداوة ތެރިން އަހުރެންނަށް عقوبة ދެއްވުމުން އުފާކުރިޔަ ނުދެއްވާށެވެ! އަދި އަނިޔާވެރިންގެތެރެއިން އަހުރެން ނުލައްވާށެވެ! مشرك ންނާއެކު އަހުރެން ނުލައްވާށެވެ!

  151. قَالَ رَبِّ ٱغۡفِرۡ لِي وَلِأَخِي وَأَدۡخِلۡنَا فِي رَحۡمَتِكَۖ وَأَنتَ أَرۡحَمُ ٱلرَّٰحِمِينَ

    Open ayah 7:151

    އެކަލޭގެފާނު (يعني: موسى عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ. މިއަޅާއަށާއި މިއަޅާގެ أخ އަށް ފާފަފުއްސަވާނދޭވެ! [އަދި އިބަރަސްކަލާނގެ رحمة ގެތެރެއަށް އަޅަމެން ވައްދަވައިދެއްވާނދޭވެ!] އަދި އިބަރަސްކަލާނގެއީ رحمة ލެއްވުން އެންމެ ބޮޑުވެގެންވާ ކަލާނގެއެވެ.

  152. إِنَّ ٱلَّذِينَ ٱتَّخَذُواْ ٱلۡعِجۡلَ سَيَنَالُهُمۡ غَضَبٞ مِّن رَّبِّهِمۡ وَذِلَّةٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَكَذَٰلِكَ نَجۡزِي ٱلۡمُفۡتَرِينَ

    Open ayah 7:152

    ހަމަކަށަވަރުން ޅަގެރިޔަށް އަޅުކަންކުރި މީސްތަކުންނަށް ނިކަންހުރެ އެމީހުންގެ رَبّ ގެ حضرة ން (ބޮޑުވެގެންވާ) ކޯފާއެއް ލިބޭހުއްޓެވެ. އަދި ދުނިޔޭގެ حياة ގައިވެސް ދެރަކަމާއި ނިކަމެތިކަން ޖެހޭހުއްޓެވެ. ދޮގުވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

  153. وَٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ ثُمَّ تَابُواْ مِنۢ بَعۡدِهَا وَءَامَنُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٞ رَّحِيمٞ

    Open ayah 7:153

    އަދި ނުބައިކަންތައްތައް ކުރި މީސްތަކުން (ދަންނައެވެ!) ދެން އެއަށްފަހު އެމީހުން توبة ވެ، އަދި އީމާންވެއްޖެއްޔާ - ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (ޅަގެރިޔަށް އަޅުކަންކުރި މީހުންވެސް ހަމަ އެފަދައެވެ.)

  154. وَلَمَّا سَكَتَ عَن مُّوسَى ٱلۡغَضَبُ أَخَذَ ٱلۡأَلۡوَاحَۖ وَفِي نُسۡخَتِهَا هُدٗى وَرَحۡمَةٞ لِّلَّذِينَ هُمۡ لِرَبِّهِمۡ يَرۡهَبُونَ

    Open ayah 7:154

    އަދި موسى عليه السّلام ގެ އެކޯފާ ހަނުހިމޭންވެ މަޑުވިހިނދުން ފިލާކޮޅުތަކުގައި ހިއްޕަވައިފިއެވެ. އަދި އެފިލާކޮޅުތަކުގެ مَضْمُوْنُ ގައި (އޭގެ ލިއުއްވުމުގައި) އެބަޔަކު އެބަޔަކުގެ رَبّ އަށް ބިރުވެތިވާ ބަޔަކަށްވާ ތެދުމަގާއި رحمة ވެއެވެ.

  155. وَٱخۡتَارَ مُوسَىٰ قَوۡمَهُۥ سَبۡعِينَ رَجُلٗا لِّمِيقَٰتِنَاۖ فَلَمَّآ أَخَذَتۡهُمُ ٱلرَّجۡفَةُ قَالَ رَبِّ لَوۡ شِئۡتَ أَهۡلَكۡتَهُم مِّن قَبۡلُ وَإِيَّٰيَۖ أَتُهۡلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآۖ إِنۡ هِيَ إِلَّا فِتۡنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهۡدِي مَن تَشَآءُۖ أَنتَ وَلِيُّنَا فَٱغۡفِرۡ لَنَا وَٱرۡحَمۡنَاۖ وَأَنتَ خَيۡرُ ٱلۡغَٰفِرِينَ

    Open ayah 7:155

    އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم ގެމީހުންގެތެރެއިން ހަތްދިހަ ފިރިހެނުން ތިމަންރަސްކަލާނގެ مِيْقات އަށް ވަޑައިގަތުމަށް إختيار ކުރެއްވިއެވެ. (މިއީ ޅަގެރިޔަށް އަޅުކަންކުރި މީހުން ކުރިނުބައިކަންތަކަށް توبة ލެއްވުމުގެ އެދުމުގައި ﷲ އަށް ދަންނަވާ أستغفار ކުރެއްވުމާއި ކުއްތަންވުމުގެ ގޮތުން އޮތް مِيْقات އެކެވެ. ދެންފަހެ مِيْقات އަށް ދެވުމަށްފަހު އެމީހުންނަށް موسى عليه السّلام އެންގެވީ سجدة އަށް ތިރިވުމަށެވެ. سجدة ކުރުމަށެވެ. އެންމެން سجدة އަށް ތިރިވުމުން ﷲ تعالى موسى عليه السّلام އަށް وحي ބާވައިލައްވައެވެ. ބަސްފުޅުތަކުގެ އަޑު އެމީހުންވެސް އަހާކަމުގައިވިއެވެ. ދެންފަހެ وحي ނިމުމުން އެމީހުން ތެދުވެ ދެންނެވީ ﷲ އަހުރެމެންނަށް ދެއްކެވިއްޔާ މެނުވީ އަހުރެމެން އީމާންނުވާނެކަމަށެވެ. ދެންފަހެ މިއިދިކީލިކަމުގެ ބަސް ދެންނެވުމުން އެމީހުންނަށް އައީ ގަދަހެލުމަކާއި އަޑުފަށެކެވެ. އެއީ رَجْفَة އެވެ. އެއަޑުފަށަށް موسى عليه السّلام ފިޔަވައި ދެން އެންމެން މަރުވީއެވެ.) (ދެންފަހެ އެމީހުންނަށް އެ رَجْفَة ޖެހި އެންމެން މަރުވެދިއުމުން موسى عليه السّلام (ވަރަށް ހިތާމަފުޅުން އަސަރުގަދަދެންނެވުމެއްދެންނެވިއެވެ.) ﷲ އަށް ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! އިބަރަސްކަލާނގެ އެދިވޮޑިގެންނެވިނަމަ މީގެކުރިންވެސް އިބަރަސްކަލާނގެ އެމީހުން ހަލާކުކުރައްވައިފީހެވެ. އަދި މިއަޅާވެސް ހަލާކު ކުރައްވައިފީހެވެ. އަޅަމެންގެ ތެރެއިންވާ މޮޔަ جاهل ން ކުރަމުންގެންދާ ނުބައި ކަންތަކުގެ ސަބަބުން އިބަރަސްކަލާނގެ އަޅަމެން ހަލާކު ކުރައްވަނީތޯއެވެ؟ އަދި އެކަން އެއީ އިބަރަސްކަލާނގެ ޖައްސަވާ إمتحان ކަމުގައިމެނުވީ ނުވެއެވެ. އޭގެސަބަބުން އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުންނެއް މަގުފުރައްދަވައެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުންނަކަށް ތެދުމަގު ދައްކަވަމުއެވެ. އިބަރަސްކަލާނގެއީ އަޅަމެންގެ ސަހަރޯވެރިޔާއެވެ. ފަހެ އަޅަމެންނަށް ފުއްސަވާދެއްވާނދޭވެ! އަދި އަޅަމެންނަށް رحمة ލައްވާންދޭވެ. އަދި އިބަރަސްކަލާނގެއީ ފާފަފުއްސަވާ عفو ކުރައްވާ އެންމެ ހެޔޮވެގެންވާ ފަރާތެވެ.

  156. ۞وَٱكۡتُبۡ لَنَا فِي هَٰذِهِ ٱلدُّنۡيَا حَسَنَةٗ وَفِي ٱلۡأٓخِرَةِ إِنَّا هُدۡنَآ إِلَيۡكَۚ قَالَ عَذَابِيٓ أُصِيبُ بِهِۦ مَنۡ أَشَآءُۖ وَرَحۡمَتِي وَسِعَتۡ كُلَّ شَيۡءٖۚ فَسَأَكۡتُبُهَا لِلَّذِينَ يَتَّقُونَ وَيُؤۡتُونَ ٱلزَّكَوٰةَ وَٱلَّذِينَ هُم بِـَٔايَٰتِنَا يُؤۡمِنُونَ

    Open ayah 7:156

    އަދި މިދުނިޔޭގައި އަޅަމެންނަށް ހެޔޮކަން (صالح عمل ކުރުމުގެ توفيق) ލިއުއްވާދެއްވާނދޭވެ! އަދި آخرة ގައިވެސް އަޅަމެންނަށް (ފާފަފުއްސެވުން) ލިއުއްވާދެއްވާނދޭވެ! ހަމަކަށަވަރުން އަޅަމެން އިބަރަސްކަލާނގެއަށް رجوع ވެ توبة ވެއްޖައީމެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ عذاب ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ދިމާކުރައްވަމެވެ. ޖައްސަވަމެވެ. އަދި ތިމަންރަސްކަލާނގެ رحمة ހުރިހާ އެއްޗަކަށް ތަނަވަސްވެގެންވެއެވެ. ފަހެ ތިމަންރަސްކަލާނގެ އެ رحمةލިއުއްވާހުށީ އެބަޔަކު تقوى ވެރިވާ އަދި ޒަކާތްދޭ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް އެމީހުން ބިރުވެތިވާމީހުންނަށެވެ.

  157. ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِيَّ ٱلۡأُمِّيَّ ٱلَّذِي يَجِدُونَهُۥ مَكۡتُوبًا عِندَهُمۡ فِي ٱلتَّوۡرَىٰةِ وَٱلۡإِنجِيلِ يَأۡمُرُهُم بِٱلۡمَعۡرُوفِ وَيَنۡهَىٰهُمۡ عَنِ ٱلۡمُنكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيۡهِمُ ٱلۡخَبَٰٓئِثَ وَيَضَعُ عَنۡهُمۡ إِصۡرَهُمۡ وَٱلۡأَغۡلَٰلَ ٱلَّتِي كَانَتۡ عَلَيۡهِمۡۚ فَٱلَّذِينَ ءَامَنُواْ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُواْ ٱلنُّورَ ٱلَّذِيٓ أُنزِلَ مَعَهُۥٓ أُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ

    Open ayah 7:157

    އެމީހުންނަކީ رسول އާއަށް تبع ވާމީހުންނެވެ. އެ رسول އާ އެއީ أمِّيِّ نَبِى އެވެ. އެކަލޭގެފާނީ އެމީހުން ގެންގުޅޭ توراة އާއި إنجيل އާއި މިދެފޮތުގައި އެކަލޭގެފާނުންގެ ސިފަފުޅުތަކާއި خبر ތައް ލިޔެވިގެންވާ نَبِى އާއެވެ. އެއީ محمد ﷺ އެވެ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރުކުރައްވާނެއެވެ. އަދި منكراة ތައް މީސްތަކުންނަށް ނަހީކުރައްވާ މަނާކުރައްވާނެއެވެ. އަދި އެކަލޭގެފާނު މީސްތަކުންނަށް ރަނގަޅުތަކެތި حلال ކޮށްދެއްވާ އަދި ހަޑި މުޑުދާރުތަކެތި މީސްތަކުންނައް حرام ކުރައްވާނެއެވެ. އަދި (بني إسرائيل ންނަށް ކަނޑައެޅިފައިވާ ދަތިއުނދަގޫ) عهد ތައް މީސްތަކުންގެ ކިބައިން އެކަލޭގެފާނު ނަންގަވާ ލުއިކޮށްދެއްވާ އަދި ހަރުކަށި تكليف ތައް ދުރުކޮށްދެއްވާ ނެތިކުރައްވާނެއެވެ. ފަހެ އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނަށް ގަދަރުކޮށް މާތްކޮށްހިތާ إحترام ކޮށް އަދި އެކަލޭގެފާނަށް نصر ދީ އަދި އެކަލޭގެފާނަށް ބާވައިލެއްވި نور ކަމުގައިވާ މާތް قرآن އަށް تبع ވެއްޖެ މީސްތަކުން (ދަންނައެވެ!) ކަނޑައެޅިގެން އެމީހުން އެއީކާމިޔާބުވެ ނަސީބުވެރިވާނޭ ބައެކަވެ.

  158. قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ

    Open ayah 7:158

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު މިއީ ކަލޭމެން އެންމެންގެ ގާތަށް ފޮނުއްވިގެންވާ ﷲ ގެ رسول އާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ މުޅި مِلْكُ ހުރިހާތަކެތި އެކަލާނގެއަށް خاصّ ވެގެންވާ ކަލާނގެއެވެ. އެކަލާނގެ ނޫން އެހެން إله އަކު ނުވެއެވެ. އެއްވެސް حقّ إله އަކު ނުވެއެވެ. އެކަލާނގެ ތަކެތި ދިރުއްވާ ތަކެތި މަރުއްވައެވެ. ފަހެ ކަލޭމެން ﷲ އަށް އީމާންވާށެވެ! އަދި އެކަލާނގެ رسول އާއަށް އީމާންވާށެވެ! އެއީ أمِّيِّ نَبِى އާއެވެ. އަދި އެކަލޭގެފާނު ﷲ އާއި އެކަލާނގެ އެންމެހާ كَلِمَة ފުޅުތަކަށް އީމާންވެވަޑައިގަންނަވައެވެ. ތެދުކުރައްވައެވެ. އަދި ކަލޭމެންނަށް ތެދުމަގު ލިބޭތޯ ކަލޭމެން އެކަލޭގެފާނާއި تبع ވާށެވެ!

  159. وَمِن قَوۡمِ مُوسَىٰٓ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ

    Open ayah 7:159

    އަދި موسى عليه السّلام ގެ قوم ގައި މީސްތަކުންނަށް حقّ އަށް މަގުދައްކާ أمّة އެއް ވެއެވެ. ބަޔަކުވެއެވެ. (އެ أمّة ގައި އެބަހީ بني إسرائيل ގައި ހުރިހާ މީހުން އެއްކަހަލައެއްނޫނެވެ. ރަނގަޅުމީހުން ވެއެވެ. މިއާޔަތުގައި އެވަނީ އެވާހަކައެވެ.) އެމީހުން حقّ ގޮތުގައި މީސްތަކުންގެ މެދުގައި عدل إنصاف قائم ކުރެއެވެ.

  160. وَقَطَّعۡنَٰهُمُ ٱثۡنَتَيۡ عَشۡرَةَ أَسۡبَاطًا أُمَمٗاۚ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ إِذِ ٱسۡتَسۡقَىٰهُ قَوۡمُهُۥٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنۢبَجَسَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنٗاۖ قَدۡ عَلِمَ كُلُّ أُنَاسٖ مَّشۡرَبَهُمۡۚ وَظَلَّلۡنَا عَلَيۡهِمُ ٱلۡغَمَٰمَ وَأَنزَلۡنَا عَلَيۡهِمُ ٱلۡمَنَّ وَٱلسَّلۡوَىٰۖ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡۚ وَمَا ظَلَمُونَا وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ 

    Open ayah 7:160

    އަދި ތިމަންރަސްކަލާނގެ އެބައިމީހުން އެބަހީ بني إسرائيل ން ބާރަ سِبْط އަށް ބައިކޮށް ވަކިވަކި ކޮށްލެއްވީމެވެ. (سِبْط އަކީ يعقوب عليه السّلام ގެ ބޭފުޅުންނަށް ކިޔާފައިވާ ނަމެކެވެ.) بني إسرائيل ގެ ތެރޭގައި سِبْط ހިމެނިފައިވާނީ قَبِيْلَة ގެގޮތުގައެވެ. އެއީ ބާރަ ބޭފުޅުންނެވެ. ބާރަ قَبِيْلَة އެވެ. والله أعلم.) = زُبْدَةُ التّفسير = އެއީ ބާރަ أمّة އެވެ. އެބައިމީހުން ފެނަށް ބޭނުންވީހިނދުން موسى عليه السّلام އަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ކަލޭގެފާނުންގެ އަސާކޮޅުން ހިލައިގައި ޖައްސަވާށެވެ! (ދެންފަހެ އެކަލޭގެފާނު ޖެއްސެވުމުން) އެހިލަ ފަޅަފަޅައިގެންގޮސް ބާރަ އާރުގެ ފެން ދެމިގަނެއްޖެއެވެ. އަދި އެއިން ކޮންމެ ބަޔަކަށްވެސް އެބަޔަކު ފެންބޯންވީތަނެއް ހަމަކަށަވަރުން އެނގިއްޖެއެވެ. (އެއީ ކޮންމެ قَبِيْلَة އަކަށް އާރެއްގެގޮތުންނެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް ވިލާގަނޑުން ހިޔާކޮށްދެއްވީމެވެ. އަދި އެމީހުންނަށް ތިމަންރަސްކަލާނގެ مَنُّ އާއި سَلْوَى ބާވައިލެއްވީމެވެ. (އަދި އެމީހުންނަށް އެންގެވީމެވެ.) ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވި حلال ރަނގަޅު ރިޒުގުން ކަލޭމެން ކައިހަދާށެވެ! (ދެންފަހެ އެމީހުން ނުކިޔަމަންތެރިވެ އަނިޔާވެރިވީއެވެ.) އަދި އެކަމަކު އެމީހުން ތިމަންރަސްކަލާނގެއަށް އަނިޔާނުކުރެއެވެ. އަދި އެކަމަކު އެމީހުން އަނިޔާވެރިވީ އެމީހުންގެ އަމިއްލަ نفس ތަކަށެވެ.

  161. وَإِذۡ قِيلَ لَهُمُ ٱسۡكُنُواْ هَٰذِهِ ٱلۡقَرۡيَةَ وَكُلُواْ مِنۡهَا حَيۡثُ شِئۡتُمۡ وَقُولُواْ حِطَّةٞ وَٱدۡخُلُواْ ٱلۡبَابَ سُجَّدٗا نَّغۡفِرۡ لَكُمۡ خَطِيٓـَٰٔتِكُمۡۚ سَنَزِيدُ ٱلۡمُحۡسِنِينَ

    Open ayah 7:161

    އަދި ކަލޭމެން މިރަށުގައި (بَيْتُ اْلمَقْدِسُ ގައި) ވަޒަންވެރިވާށޭ، އަދި ކަލޭމެން އެދޭގޮތަކަށް އެރަށުން ކައިބޮއިހަދާށޭ، އަދި އަޅަމެންގެ ފާފަފުއްސަވާންދޭ މިހެން ދަންނަވާށެވެ. އަދި ކިޔަމަންތެރިވެގެންވާ حال ރަށުގެ ދޮރުން ވަންނާށޭ، އޭރުން ތިމަންރަސްކަލާނގެ ކަލޭމެނަށް ފުއްސަވާނަމޭ އަދި إحسان ތެރިންނަށް އިތުރުކޮށްދޭ ހުށީމޭ މިފަދަ މިފަދައިން އެމީހުންނަށް ބުނެވުނުހިނދު (ހަނދާންކުރާށެވެ.)

  162. فَبَدَّلَ ٱلَّذِينَ ظَلَمُواْ مِنۡهُمۡ قَوۡلًا غَيۡرَ ٱلَّذِي قِيلَ لَهُمۡ فَأَرۡسَلۡنَا عَلَيۡهِمۡ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَظۡلِمُونَ

    Open ayah 7:162

    ދެންފަހެ އެމީހުންކުރެ އަނިޔާވެރިވީ މީހުން ދަންނައެވެ. އެމީހުން ބުނަން އެންގި ބަސް އެހެން ބަހަކަށް އެމީހުން ބަދަލުކޮށްފިއެވެ. ދެން ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އުޑުން عذاب އެއް ބާވައިލެއްވީމެވެ. އެއީ އެމީހުން އަނިޔާވެރިވާކަމުގެ ސަބަބުންނެވެ.

  163. وَسۡـَٔلۡهُمۡ عَنِ ٱلۡقَرۡيَةِ ٱلَّتِي كَانَتۡ حَاضِرَةَ ٱلۡبَحۡرِ إِذۡ يَعۡدُونَ فِي ٱلسَّبۡتِ إِذۡ تَأۡتِيهِمۡ حِيتَانُهُمۡ يَوۡمَ سَبۡتِهِمۡ شُرَّعٗا وَيَوۡمَ لَا يَسۡبِتُونَ لَا تَأۡتِيهِمۡۚ كَذَٰلِكَ نَبۡلُوهُم بِمَا كَانُواْ يَفۡسُقُونَ

    Open ayah 7:163

    (އޭ رسول ﷲ އެވެ!) ކަނޑުގެ އައްސޭރީގައިވާ ރަށާއިމެދު ކަލޭގެފާނު އެމީހުންނާއި ސުވާލުކުރައްވާ ބައްލަވާށެވެ! (بني إسرائيل ންނާ ސުވާލުކުރައްވާށެވެ!) އެއީ އެރަށުގެ މީހުން ހޮނިހިރުދުވަހަށް މާތްކޮށް ހިތުމުގެ މައްސަލައިގައި ހައްދުފަހަނަޅައިގަތުމުގެ ސަބަބުންނެވެ. އެހެނީ ހޮނިހިރުދުވަހު (ހޮނިހިރުދުވަހަށް މާތްކޮށް ހިތާހިނދު) މަސްތައް ފެންމައްޗަށް ފާޅުވެ ގާތަށް އާދެއެވެ. އަދި ހޮނިހިރުދުވަސް ދިއުމުން މަސްތައް ގާތަށް ނާދެއެވެ. ފާޅުނުވެއެވެ. ތިމަންރަސްކަލާނގެ އެމީހުން إمتحان ކުރައްވަނީ އެފަދައިންނެވެ. އެއީ އެމީހުން فاسق ވާކަމުގެ ސަބަބުންނެވެ.

  164. وَإِذۡ قَالَتۡ أُمَّةٞ مِّنۡهُمۡ لِمَ تَعِظُونَ قَوۡمًا ٱللَّهُ مُهۡلِكُهُمۡ أَوۡ مُعَذِّبُهُمۡ عَذَابٗا شَدِيدٗاۖ قَالُواْ مَعۡذِرَةً إِلَىٰ رَبِّكُمۡ وَلَعَلَّهُمۡ يَتَّقُونَ

    Open ayah 7:164

    އަދި ހޮނިހިހިރުދުވަހު ކެޔޮޅުކަންކުރުން އެމީހުންނަށް ވަނީ މަނާ ކުރެވިފައެވެ. އަދި އެމީހުންގެތެރެއިން ހެޔޮވިސްނޭ ރަނގަޅު މީހުން ކެޔޮޅުކަން ކުރިމީހުންނަށް އެކަންމަނާކޮށް ނަޞޭހަތް ދިނެވެ. އަދި މި ނަޞޭޙަތް ދިން މީހުންނަށް އަނެއްބަޔަކު ބުނީ "ﷲ އެބަޔަކު ހަލާކުކުރައްވާނޭ ބަޔަކަށް ދެން ކަލޭމެން وعظ ދީ نصيحة ދޭންވީ ކީއްވެގެންހެއްޔެވެ؟ ނުވަތަ ﷲ އެބަޔަކަށް ގަދަވެގެންވާ عذاب ދެއްވާނެބަޔަކަށް ކަލޭމެން وعظ ދޭންވީ ކީއްކުރަންހެއްޔެވެ؟" އެމީހުން އޭގެ جواب ގައި ބުންޏެވެ. "އެއީ ކަލޭމެންގެ رَبّ ގެ حضرة ގައި عذر ދެއްކުމުގެގޮތުންނެވެ. (ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމުގެ فرض އަދާކުރުމުގެ عذر ދެއްކުމަށެވެ.) އަދި އެނުބައި ކަންތައްތައްކުރާމީހުން އެބަހީ ހޮނިހިރު ދުވަހު ހައްދުފަހަނަޅައިގެންދާމީހުން އެކަންހުއްޓައި تقوى ވެރިވޭތޯއެވެ."

  165. فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦٓ أَنجَيۡنَا ٱلَّذِينَ يَنۡهَوۡنَ عَنِ ٱلسُّوٓءِ وَأَخَذۡنَا ٱلَّذِينَ ظَلَمُواْ بِعَذَابِۭ بَـِٔيسِۭ بِمَا كَانُواْ يَفۡسُقُونَ

    Open ayah 7:165

    ދެންފަހެ އެބައިމީހުންނަށް - އެބަހީ ހޮނިހިރުދުވަހުގެ حرمة ކަނޑާ ހައްދުފަހަނަޅައިގެންދިޔަ މީހުންނަށް - އެކަންކަމުން نصيحة ދެވި وعظ ދެވުނު ކަންތައް އެމީހުން ދޫނުކޮށް އަދި ހަނދާންނައްތައިލިހިނދުން (އެބަހީ وعظ ދިން މީހުންގެ وعظ ހަނދާންނައްތާލައި އެ އުރެދުމުގައި ދެމިތިބިހިނދުން) އެމީހުންގެ ކިބައިން އެކަން ނަހީކޮށް މަނާކުރިމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި އަނިޔާވެރިން އެބަހީ އެނުބައި ކަންތައްކުރިމީހުންނަށް ގަދަ عذاب އެއް ޖައްސަވައި ތިމަންރަސްކަލާނގެ އެމީހުން ހިއްޕެވީމެވެ. އެއީ އެމީހުންކުރާ ނުބައިކަންކަމުގެ ސަބަބުންނެވެ.

  166. فَلَمَّا عَتَوۡاْ عَن مَّا نُهُواْ عَنۡهُ قُلۡنَا لَهُمۡ كُونُواْ قِرَدَةً خَٰسِـِٔينَ

    Open ayah 7:166

    ފަހެ އެމީހުންނަށް ނަހީވެވުނު ކަންތަކުގައި އެމީހުން މަނާނުވެ ދެމިތިބިހިނދުން ހައްދުފަހަނަޅައި ދިޔަހިނދުން ތިމަންރަސްކަލާނގެ އެމީހުނަށް އެންގެވީމެވެ. ކަލޭމެން ގެއްލިހަލާކުވެ ނިކަމެތިވެގެންވާ ރާމާމަކުނުތަކަކަށްވާށެވެ! - ފަހެ ހޮނިހިރުދުވަހު މަސްހިފި يهودي ން ރާމާމަކުނުގެ ސިފަޔަށް ބަދަލުވެގެން ދިޔައީއެވެ.

  167. وَإِذۡ تَأَذَّنَ رَبُّكَ لَيَبۡعَثَنَّ عَلَيۡهِمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَن يَسُومُهُمۡ سُوٓءَ ٱلۡعَذَابِۗ إِنَّ رَبَّكَ لَسَرِيعُ ٱلۡعِقَابِ وَإِنَّهُۥ لَغَفُورٞ رَّحِيمٞ

    Open ayah 7:167

    އަދި ކަލޭގެފާނުންގެ رَبّ އަންގަވާ إعلان ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލާނގެ އެންގެވިއެވެ. قيامة އާއި ޖެހެންދެންވެސް އެމީހުންނަށް عذاب ގެ ނުބައި ރަހަ ދައްކާނޭބަޔަކު - އެބަހީ يهودي ންނަށް ނުބައި ރަހަދައްކާނޭބަޔަކު ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފޮނުވާހުށީމެވެ. (ކޮންމެ ޒަމާނެއްގައިވެސް يهودي ންނަށް އުނދަގޫކޮށް ދުއްޕާންކުރާނެބަޔަކު ތިބޭނެއެވެ. އެމީހުންނަށް ހަމަނިދި ނުނިދޭނެއެވެ. އެއީ އެކަން އޮތްގޮތެވެ. އެމީހުންގެ عمل ތަކުގެ ސަބަބުން ދިމާކުރެއްވި ގޮތެކެވެ.) ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ عقوبة އަވަސްވެގެންވާ ކަލާނގެއެވެ. އަދި ހަމަކަށަވަރުން އެކަލާނގެ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  168. وَقَطَّعۡنَٰهُمۡ فِي ٱلۡأَرۡضِ أُمَمٗاۖ مِّنۡهُمُ ٱلصَّٰلِحُونَ وَمِنۡهُمۡ دُونَ ذَٰلِكَۖ وَبَلَوۡنَٰهُم بِٱلۡحَسَنَٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمۡ يَرۡجِعُونَ

    Open ayah 7:168

    އަދި ތިމަންރަސްކަލާނގެ އެމީހުން يعني: ބަނީއިސްރާއީލުން ބިމުގައި އެކިއެކި جماعة جماعة ށް ބައިބަޔަށް ވަކިވަކިކޮށްލެއްވީމެވެ. އެމީހުންގެތެރޭގައި صالح މާތްމީހުންވެއެވެ. އަދި އެމީހުންގެތެރޭގައި އެއަށްވުރެ ދަށްމީހުންވެއެވެ. އަދި އެކިއެކި ހެޔޮކަންތައްތަކާއި ނުބައިކަންތައްތައް ފޮނުއްވައިގެން ތިމަންރަސްކަލާނގެ އެމީހުން إمتحان ކުރެއްވީމުއެވެ. އެއީ އެމީހުން އެތިބި ނުބައިގޮތް ދޫކޮށް ހެޔޮމަގަށް އެނބުރި رجوع ވޭތޯއެވެ. (ހެޔޮކަންތައްތަކޭ ބުނެވުނު ބަހުގެ މާނައީ ދިރިއުޅުމުގެ ތަނަވަސްކަމާއި މުއްސަނދިކަމާއި އަމާންކަމެވެ. ނުބައިކަންތަކަކީ ދިރިއުޅުން ދަތިވުމާއި فقير ކަމާއި ދަތިގޮތްތައް މެދުވެރިވުމެވެ.)

  169. فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٞ وَرِثُواْ ٱلۡكِتَٰبَ يَأۡخُذُونَ عَرَضَ هَٰذَا ٱلۡأَدۡنَىٰ وَيَقُولُونَ سَيُغۡفَرُ لَنَا وَإِن يَأۡتِهِمۡ عَرَضٞ مِّثۡلُهُۥ يَأۡخُذُوهُۚ أَلَمۡ يُؤۡخَذۡ عَلَيۡهِم مِّيثَٰقُ ٱلۡكِتَٰبِ أَن لَّا يَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّ وَدَرَسُواْ مَا فِيهِۗ وَٱلدَّارُ ٱلۡأٓخِرَةُ خَيۡرٞ لِّلَّذِينَ يَتَّقُونَۚ أَفَلَا تَعۡقِلُونَ

    Open ayah 7:169

    ދެންފަހެ އެބައިމީހުންނަށްފަހު (އެބަހީ: ހެޔޮކަންތަކަށް أمر ކޮށް ނުބައިކަންތައް ނަހީކުރިމީހުނަށްފަހު) އެމީހުން ފޮތް ވާރުތަކުރި އެހެން ނުބައި ބައިގަނޑެއް އައެވެ. އެމީހުން މިއަވަސްވެގެންވާ ދުނިޔޭގެ ފައިދާކޮޅެއް ހިފަނީއެވެ. رِشْوة ހިފަނީއެވެ. (ފޮތުގެ حكم ތައް رِشْوة އަށްޓަކައި ބަދަލުކުރަނީއެވެ.) އަދި އެމީހުން ބުނީ ނިކަންހުރެ އަހުރެމެންނަށް ފުއްސެވޭނެއެވެ. ދެން އަދި އަލުންވެސް އެފަދަ އެހެން ފާފައެއް އަތުވެއްޖެއްޔާ އެހެން رِشْوة އެއް އަތުވެއްޖެއްޔާ އޭގައިވެސް ހިފަނީއެވެ. (އެވާހަކަ بقرة ސޫރަތުގެ ވަނަ އާޔަތުގައިވެއެވެ. ތިމާމެންގެ އަތުން ފޮތްލިޔެފާ ބޭނުންގޮތަކަށް ބަދަލުކޮށް ބުނަނީ މިއީ ﷲ ބާވައިލެއްވި ގޮތްކަމަށެވެ. އެއީ ދުނިޔޭގެ ކުޑަފައިދާއަކަށްޓަކައި ހަދައިލާގޮތެކެވެ. އެފަދަމީހުންނަށް وَيل އެވެކިޔާ ގަދަ عذاب ހުރިކަމަށް އަންގަވާފައިވެއެވެ.) އެފަދަމީހުންގެ ފަރާތުން ފޮތުގެ مِيْثَاق ހިއްޕަވާފައި ނުވޭހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ. عهد ކަށަވަރު ހިއްޕަވާފައިވާނީ އެމީހުން ﷲ އާއިމެދު حقّ ބަހެއްނޫނީ ނުބުނާށެވެ. އަދި އެމީހުން އެފޮތުގައިވާތަކެތި دِرَاسَة ކޮށް / ސްޓަޑީކޮށްފައިވެއެވެ. (އެހެންވުމާއިއެކުވެސް އެމީހުން އެހެން އެހަދަނީއެވެ.) تقوى ވެރިވެ ﷲ އަށް ބިރުވެތިވާބަޔަކަށް آخرة ގެގޮވަތި މާހެޔޮވެގެންވެއެވެ. - ކަލޭމެންނަށް ފަހެ އެކަން ނޭނގޭހެއްޔެވެ؟ އެކަމަށް ވިސްނާ فكر ނުކުރޭހެއްޔެވެ؟

  170. وَٱلَّذِينَ يُمَسِّكُونَ بِٱلۡكِتَٰبِ وَأَقَامُواْ ٱلصَّلَوٰةَ إِنَّا لَا نُضِيعُ أَجۡرَ ٱلۡمُصۡلِحِينَ 

    Open ayah 7:170

    އަދި ފޮތުގައި ހިފައި އޭގައިވާގޮތަށް ރަނގަޅަށް عمل ކޮށް އަދި އެމީހުން ނަމާދު قائم ކޮށް ހެދިމީހުން، (އެއީ إصلاح ކުރިމީހުންނެވެ.) އަދި ހަމަކަށަވަރުން إصلاح ކުރާމީހުންގެ عمل ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ.

  171. ۞وَإِذۡ نَتَقۡنَا ٱلۡجَبَلَ فَوۡقَهُمۡ كَأَنَّهُۥ ظُلَّةٞ وَظَنُّوٓاْ أَنَّهُۥ وَاقِعُۢ بِهِمۡ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱذۡكُرُواْ مَا فِيهِ لَعَلَّكُمۡ تَتَّقُونَ

    Open ayah 7:171

    އަދި (طور) ފަރުބަދަ ހުރިތަނުން ލުހެލައި ތިމަންރަސްކަލާނގެ އެމީހުންގެ ބޯމައްޗަށް ހިއްލައިލީމެވެ. އޭތި ކޮންފަދަހެއްޔެވެ! އޭތި ހީވަނީ އެމީހުންގެ ބޯމައްޗަށް ހިޔާކުރާ ވިލާގަނޑެއްހެންނެވެ. އެމީހުންނަށް ހީވީ އެމީހުންގެމައްޗަށް ދެން ފަރުބަދަ ވެއްޓިދާނޭހެންނެވެ. (އެވަރުކޮށްފާ ދެން ތިމަންރަސްކަލާނގެ އެމީހުނަށް އެންގީމެވެ.) ތިމަންރަސްކަލާނގެ ކަލޭމެނަށް ދެއްވި އެތީގައި އެބަހީ ފޮތުގައި ބާރަށް ހިފަހައްޓާށެވެ! އެބަހީ އެފޮތުގައިވާގޮތަށް عمل ކުރާށެވެ! އަދި އޭގައިވާ އެއްޗެއް ކަލޭމެން ހަނދާންކުރާށެވެ! އެއީ ކަލޭމެން ބިރުވެތިވޭތޯއެވެ. تقوى ވެރިވޭތޯއެވެ. (بني إسرائيل ންގެ حال ހުންނަވަރަކީ މިހުރީއެވެ.)

  172. وَإِذۡ أَخَذَ رَبُّكَ مِنۢ بَنِيٓ ءَادَمَ مِن ظُهُورِهِمۡ ذُرِّيَّتَهُمۡ وَأَشۡهَدَهُمۡ عَلَىٰٓ أَنفُسِهِمۡ أَلَسۡتُ بِرَبِّكُمۡۖ قَالُواْ بَلَىٰ شَهِدۡنَآۚ أَن تَقُولُواْ يَوۡمَ ٱلۡقِيَٰمَةِ إِنَّا كُنَّا عَنۡ هَٰذَا غَٰفِلِينَ

    Open ayah 7:172

    (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ آدم ގެދަރިން އެމީހުންގެ ބަފައިންގެ ބުރިކަށިތަކުގައިތިބި حال (އެމީހުން ނެރުއްވައި) އެމީހުން ލައްވައި ހެކިކުރުވިހިނދު (ހަނދުމަފަޅު ކުރައްވާށެވެ!) އެ އެންމެންނަށް وحي ކުރެއްވިއެވެ. ކަލޭމެންގެ رَبّ ކަމުގައި ތިމަންރަސްކަލާނގެ ނުވޭހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. ނޫނެކޭ ތިޔައީ އަހުރެމެންގެ رَبّ އެވެ. (ދެންފަހެ އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ.) އަހުރެމެން ހެކިވެއްޖައީމެވެ. އެގޮތަށް އެކަލާނގެ އެމީހުން ހެކިވެރިކުރުވީ އަހުރެމެންވަނީ ތިޔަކަންތަކުން غافل ވެގެންނޭ قيامة ދުވަހުން ކަލޭމެން ނުބުނުމަށްޓަކައެވެ. (އަދި މިއާޔަތުގެ މާނަ ބައެއް مفسّر ން އެހެންގޮތަކަށް ކުރައްވާފައިވެއެވެ. އެގޮތަކީ، آدم ގެދަރިން ﷲ ގެ ޙަޟްރަތުގައި، ތިޔައީ އަހުރެމެންގެ رَبّ އޭ ދެންނެވީމާ ملائكة ބޭކަލުން ވިދާޅުވިއެވެ. އަހުރެމެން ތިޔަކަމަށް ހެކިވެއްޖައީމެވެ. އަހުރެމެންވަނީ ތިޔަކަންތަކުން غافل ވެގެންނޭ މިހެން قيامة ދުވަހުން ކަލޭމެން ނުބުނުމަށްޓަކައެވެ. މިދެގޮތަށްވެސް ترجمة ކުރެއްވިފައިވެއެވެ. والله أعلم.)

  173. أَوۡ تَقُولُوٓاْ إِنَّمَآ أَشۡرَكَ ءَابَآؤُنَا مِن قَبۡلُ وَكُنَّا ذُرِّيَّةٗ مِّنۢ بَعۡدِهِمۡۖ أَفَتُهۡلِكُنَا بِمَا فَعَلَ ٱلۡمُبۡطِلُونَ

    Open ayah 7:173

    ނުވަތަ ކަލޭމެން ބުނެފާނެތީއެވެ. (ކަލޭމެން ނުބުނުމަށްޓަކައެވެ.) ހަމަކަށަވަރުން شريك ކުރީ މީގެކުރީން އުޅުނު އަހުރެމެންގެ ކާބަފައިންނެވެ. އަހުރެމެންނަކީ އެމީހުންގެފަހުން އައި ދަރިފަސްކޮޅެކެވެ. (މިހެން ކަލޭމެން ބުނެފާނެއެވެ.) ފަހެ باطل ކަންތައް ކުރާމީހުން ކުރާކަންތަކުން އަޅަމެން ހަލާކުކުރައްވަނީތޯއެވެ.

  174. وَكَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ وَلَعَلَّهُمۡ يَرۡجِعُونَ

    Open ayah 7:174

    އަދި ތިމަންރަސްކަލާނގެ އާޔަތް تفصيل ކޮށް بيان ކޮށްދެއްވަނީ އެމީހުން އެތިބިގޮތް ދޫކޮށް ހެޔޮމަގަށް رجوع ވޭތޯއެވެ.

  175. وَٱتۡلُ عَلَيۡهِمۡ نَبَأَ ٱلَّذِيٓ ءَاتَيۡنَٰهُ ءَايَٰتِنَا فَٱنسَلَخَ مِنۡهَا فَأَتۡبَعَهُ ٱلشَّيۡطَٰنُ فَكَانَ مِنَ ٱلۡغَاوِينَ

    Open ayah 7:175

    އަދި (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އާޔަތްތައް އެމީހަކަށް ދެއްވި މީހާގެ ވާހަކަ ކަލޭގެފާނު އެމީހުންނަށް ވިދާޅުވެދެއްވާށެވެ! ދެންފަހެ އެމީހާ އެއާޔަތްތަކުން މުޅިން ވަކިވެ ނިގުޅިގަނެއްޖެއެވެ. ދެން އޭނާޔާ تبع ވީ شيطان އާއެވެ. ފަހެ އޭނާ ވީ މަގުފުރެދި ހަލާކުވީ މީހުންގެތެރެއިންނެވެ. • ދަންނައެވެ. މިއާޔަތުގައި މި އިޝާރާތްކުރައްވާ މީހަކީ بني إسرائيل ގެ މީހެއްކަމުގައިވިއެވެ. އޭނާގެ ނަމަކަށް ކިޔަނީ يَلعم ނުވަތަ بَلَعَام އެވެ. އޭނާއަށް ﷲ نبي ކަން ދެއްވިކަމުގައިވެސް ބުނެވުނެވެ. ނުވަތަ އޭނާއަށް إسم ﷲ الأعظم ދެއްވިކަމުގައިވެއެވެ. ނުވަތަ ﷲ ގެ حجّة ތަކާއި دليل ތަކެއް އޭނާޔަށް އަންގަވައިދެއްވިކަމުގައިވިއެވެ. ދެންފަހެ އޭނާ އެކަންތަކުން ދުރުވެގަނެ އެކަންކަމުން ބަރީއަވީކަމުގައިވިއެވެ. ދެން އޭނާ شيطان އަށް تبع ވެ ގެއްލި ހަލާކުވީއެވެ. އަދި އަނެއް ރިވާޔަތެއްގައިވަނީ އެމީހަކީ أمَيّة بن أبى الصَّلتُ ކިޔާ މީހެއްކަމަށެވެ. މިވާހަކަތައް طبري ގެ تفسير ގައިވެސް ލިޔެވިގެންވެއެވެ. އެހެންނަމަވެސް އިތުބާރުކުރެވޭފަދަ صحّ ރިވާޔަތެއް ނުވާކަމުގައި أبوجعفر الطّبرى އެކަލޭގެފާނުންގެ تفسير ގައި ލިއުއްވާފައިވެއެވެ. والله أعلم - ދެން އަނެއް އާޔަތުގައި އެމީހާއާއި ބެހޭގޮތުން އެއަންގަވަނީ.

  176. وَلَوۡ شِئۡنَا لَرَفَعۡنَٰهُ بِهَا وَلَٰكِنَّهُۥٓ أَخۡلَدَ إِلَى ٱلۡأَرۡضِ وَٱتَّبَعَ هَوَىٰهُۚ فَمَثَلُهُۥ كَمَثَلِ ٱلۡكَلۡبِ إِن تَحۡمِلۡ عَلَيۡهِ يَلۡهَثۡ أَوۡ تَتۡرُكۡهُ يَلۡهَثۚ ذَّٰلِكَ مَثَلُ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۚ فَٱقۡصُصِ ٱلۡقَصَصَ لَعَلَّهُمۡ يَتَفَكَّرُونَ

    Open ayah 7:176

    އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ އޭނާ އެއާޔަތްތަކުގެ ސަބަބުން އުފުއްލަވައިފީހެވެ. މަތިވެރިކުރައްވައިފީހެވެ. އެހެނެއްކަމަކު އޭނާ ބިމަށް ލެނބިގަތީއެވެ. އެބަހީ ދުނިޔޭގެ حياة އަށް ލޯބިކުރީއެވެ. އަދި އޭނާގެ هواى نفس އާއި تبع ވީއެވެ. އޭނާގެ މިސާލަކީ ކުއްތާގެ މިސާލެވެ. އޭގެމައްޗަށް ބަރުކުރިއްޔާ ދޫނެރެގެން މާނޭވައިލައެވެ. އަދި ބަރުނުކޮށް ދޫކޮށްލާފައި އޮތަސް ދޫނެރެގެން މާނޭވައިލައެވެ. (އޭނާވެސް ﷲ ގެ وغظ އާއި نصيحة ލިބުނީމާވެސް ކާފަރުކަން ދޫކޮށް ހެޔޮމަގަށް رجوع ނުވިއެވެ. އަދި ﷲ ގެ وعظ އާއި نصيحة ނުލިބޭއިރުވެސް ކާފަރުކަން ދޫކޮށް ހެޔޮމަގަށް رجوع ނުވިއެވެ. އެހެންވެ އެގޮތުން مثال އެއްގޮތްވީއެވެ.) ދެން އެ އަންގަވަނީ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގު ކުރާމީހުންގެ مثال އަކީ އެއީއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް يعني: قوم ގެމީހުންނަށް ވާހަކަތައް ވިދާޅުވެދެއްވާށެވެ! އެއީ އެމީހުން ވިސްނާ فكر ކުރޭތޯއެވެ.

  177. سَآءَ مَثَلًا ٱلۡقَوۡمُ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَأَنفُسَهُمۡ كَانُواْ يَظۡلِمُونَ

    Open ayah 7:177

    ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރާމީހުންގެ مثال އެއީ ނުބައިވެގެންވާ مثال އެކެވެ. އަދި އެމީހުންގެ نفس ތައް ނުބައިވެގެންވެއެވެ. އެމީހުންވީ އަނިޔާވެރިވާ ބަޔަކުކަމުގައެވެ.

  178. مَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِيۖ وَمَن يُضۡلِلۡ فَأُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ

    Open ayah 7:178

    ﷲ އެމީހަކަށް ތެދުމަގުދެއްކެވި އަޅަކު (ދަންނައެވެ!) އެމީހަކީ އެއީ ތެދުމަގުގައި ވާނޭ މީހެކެވެ. ތެދުމަގު ލިބިގެންވާމީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހަކު (ދަންނައެވެ!) ގެއްލި ހަލާކުވެގެންވާ ބަޔަކީ އެއީއެވެ.

  179. وَلَقَدۡ ذَرَأۡنَا لِجَهَنَّمَ كَثِيرٗا مِّنَ ٱلۡجِنِّ وَٱلۡإِنسِۖ لَهُمۡ قُلُوبٞ لَّا يَفۡقَهُونَ بِهَا وَلَهُمۡ أَعۡيُنٞ لَّا يُبۡصِرُونَ بِهَا وَلَهُمۡ ءَاذَانٞ لَّا يَسۡمَعُونَ بِهَآۚ أُوْلَٰٓئِكَ كَٱلۡأَنۡعَٰمِ بَلۡ هُمۡ أَضَلُّۚ أُوْلَٰٓئِكَ هُمُ ٱلۡغَٰفِلُونَ

    Open ayah 7:179

    އަދި ހަމަކަށަވަރުން ނަރަކައަށްޓަކައި ޖިންނީންނާއި އިންސާނުންކުރެ ގިނަބަޔަކު ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އެމީހުންނަށް ހިތްތަކެއްވެއެވެ. އެމީހުން އެހިތްތަކުން ﷲ ގެ އާޔަތްތަކަކަށް އެކަލާނގެ ކުޅަދުންވަންތަކަމަކަށް އެކަލާނގެ އެއްކައުވަންތަ ކަމަކަށް ވިސްނާ فكر ނުކުރެއެވެ. އަދި އެމީހުންނަށް ލޯތަކެއްވެއެވެ. އެމީހުން އެލޯތަކުން ﷲ ގެ قدرة ތެރިކަމުގެ دليل ތަކަށް ބަލާއެއަށް تدبير ކޮށް ނުހަދައެވެ. އަދި އެމީހުންނަށް ކަންފަތްތަކެއްވެއެވެ. އެމީހުން އެކަންފަތަކުން ﷲ ގެ ފޮތުގެ އާޔަތްތަކެއް ނުއަހައެވެ. އަހައި فكر ނުކުރެއެވެ. އެމީސްމީހުން ހަމަ نعم ސޫފިފަދައެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އެއަށްވުރެވެސް މަގުފުރެދުންބޮޑެވެ. އަދި غافل ވެގެންވާ ބަޔަކީ އެއީއެވެ.

  180. وَلِلَّهِ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَاۖ وَذَرُواْ ٱلَّذِينَ يُلۡحِدُونَ فِيٓ أَسۡمَٰٓئِهِۦۚ سَيُجۡزَوۡنَ مَا كَانُواْ يَعۡمَلُونَ 

    Open ayah 7:180

    އަދި އެންމެރަނގަޅުވެގެންވާ އެންމެ ރިވެތި ނަންފުޅުތައް ﷲ އަށްވެއެވެ. ފަހެ އެނަންފުޅުތަކުން އެކަލާނގެއަށް ކަލޭމެން دعاء ކޮށް ގޮވާހަދާށެވެ! އަދި އެކަލާނގެ ނަންފުޅުތަކުގައި إلْحَادُ ކުރާމީހުން ކަލޭމެން ދޫކޮށްލާށެވެ! (إلْحَادُ ކުރުމަކީ އެނަންފުޅުތައް ބަދަލުކޮށް ހެދުމެވެ. ނުވަތަ އެއިން ނުބައި مُرَاد ކުރުމެވެ. އަދިވެސް އެބާވަތުގެ އެންމެހައި ކަމެކެވެ.) ނިކަންހުރެ އެމީހުން އެކުރާކަމުގައިވީ ނުބައި عمل ތަކަށް އެމީހުންނަށް جزاء ލިބޭނެއެވެ.

  181. وَمِمَّنۡ خَلَقۡنَآ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ

    Open ayah 7:181

    އަދި ތިމަންރަސްކަލާނގެ ހެއްދެވި خلق ތަކުންގެ ތެރޭގައި حقّ އަށް ތެދުމަގު ލިބިގެންވާ ބަޔަކުވެއެވެ. އެމީހުން ތެދުމަގު ދައްކަނީވެސް حقّ އަށެވެ. އަދި އެ حقّ މަގުން އެމީހުން ނިޔާކޮށް عدل إنصاف ކުރެއެވެ.

  182. وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ

    Open ayah 7:182

    އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރާމީހުން (ދަންނައެވެ!) ނިކަންހުރެ އެމީހުންނަށް ނޭނގޭގޮތަށް އެމީހުންނަށް ތަންވަޅުދީ مُهْلَةُ ދީފާ ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވާހުށީމެވެ.

  183. وَأُمۡلِي لَهُمۡۚ إِنَّ كَيۡدِي مَتِينٌ

    Open ayah 7:183

    ތިމަންރަސްކަލާނގެ އެމީހުންނަށް مُهْلَةُ ދެއްވާ ލަސްކުރަށްވާ ހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ރޭވުން ނުހަނު ގަދަފަދަވެގެންވެއެވެ.

  184. أَوَلَمۡ يَتَفَكَّرُواْۗ مَا بِصَاحِبِهِم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِيرٞ مُّبِينٌ

    Open ayah 7:184

    އެމީހުން ފަހެ އެމީހުންގެ އެކުވެރިޔާއާމެދު (މާތް رسول އާއާއިމެދު) ވިސްނާ فكر ނުކުރޭހެއްޔެވެ؟ އެކަލޭގެފާނުންގެ ކިބައިގާ އެއްވެސް ޖިންނިބަލިކަމެއް / މޮޔަކަމެއް ނުވެއެވެ. އަދި بيان ވެގެންވާ ނުވަތަ بيان ކޮށްދޭ نَذِيْر އަކުކަމުގައިމެނުވީ، އެކަލޭގެފާނު ނުވެއެވެ.

  185. أَوَلَمۡ يَنظُرُواْ فِي مَلَكُوتِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا خَلَقَ ٱللَّهُ مِن شَيۡءٖ وَأَنۡ عَسَىٰٓ أَن يَكُونَ قَدِ ٱقۡتَرَبَ أَجَلُهُمۡۖ فَبِأَيِّ حَدِيثِۭ بَعۡدَهُۥ يُؤۡمِنُونَ

    Open ayah 7:185

    އެމީހުން ފަހެ އުޑުތަކާއި ބިމުގައިވާތަކެއްޗަށް އަދި އެތަންތާނގެ ވެރިކަމަށް ބަލާ فكر ކޮށް ނުހަދަނީބާވައެވެ؟ އަދި ﷲ ހައްދަވާފައި އެންމެހާތަކެއްޗަށާއި (ބަލާ ވިސްނާ ނުހަދާބާވައެވެ.) އަދި ހަމަކަށަވަރުން އެމީހުންގެ أجل ގާތްވެގެންވުން އެކަށީގެންވެއެވެ. ގާތްވެގެންވެދާނެއެވެ. އެމީހުން ފަހެ މި ކީރިތި قرآن އަށްފަހު (އެބަހީ: قرآن އަށް އީމާންނުވެ) ދެން އެމީހުން އީމާންވާނީ ކޮންވާހަކައަކަށް ބާވައެވެ؟

  186. مَن يُضۡلِلِ ٱللَّهُ فَلَا هَادِيَ لَهُۥۚ وَيَذَرُهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ

    Open ayah 7:186

    ﷲ މަގުފުރައްދަވާއަޅަކު (ދަންނައެވެ!) އޭނާއަށް ތެދުމަގު ދައްކާނޭ އެކަކުވެސް ނުވެއެވެ. އަދި އެމީހުންގެ ނުކިޔަމަންތެރިކަމާއި މަގުފުރެދުމުގައި ދެފުށުއެޅޭ حال އެކަލާނގެ އެމީހުން ދޫކުރައްވައެވެ.

  187. يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ رَبِّيۖ لَا يُجَلِّيهَا لِوَقۡتِهَآ إِلَّا هُوَۚ ثَقُلَتۡ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا تَأۡتِيكُمۡ إِلَّا بَغۡتَةٗۗ يَسۡـَٔلُونَكَ كَأَنَّكَ حَفِيٌّ عَنۡهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ

    Open ayah 7:187

    އަދި قيامة ވާނީ ކޮންއިރަކުންތޯ އަހައި ކަލޭގެފާނާ އެމީހުން ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ އެނގުންވަނީ ހަމަކަށަވަރުން ﷲ ގެ حضرة ގައެވެ. (ތިމަންކަލޭގެފާނަކަށް ނޭނގެއެވެ.) އޭގެ އެނގުންވަނީ ތިމަންކަލޭގެފާނުންގެ رَبّ ގެ حضرة ގައެވެ. އެކަންވުމުގެ މަގު އެކަލާނގެއަށް މެނުވީ ހަމައެކަކަށްވެސް އެކަލާނގެ ނާންގަވައެވެ. (ކިތަންމެ ކުއްތަން މަލާއިކަތްބޭކަލަކަށްވިޔަސް އަދި މާތްވެގެންވާ رسول އަކަށް نبي އަކަށްވެސް ނާންގަވައެވެ.) އުޑުތަކާއި ބިމުގެ أهل ވެރިންނަށް އެކަން އެނގުން ބަރުވެގެންވެއެވެ. ބޮޑުވެގެންވެއެވެ. ކަލޭމެންނަށް ހަމަކުއްލިއަކަށްމެނުވީ قيامة ނާންނާނެއެވެ. އެބަހީ قيامة އަންނާނީ ހަމަކުއްލިއަކަށެވެ. އެމީހުން يعني: مشرك ން ކަލޭގެފާނާ އެކަމާބެހޭގޮތުން ސުވާލުކުރަނީއެވެ. ކަލޭގެފާނު އެކަންދެނެހުރި މީހަކުފަދައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ علم ވާކަންކަށަވަރީ އެކަމުގެ އެނގުންވާކަންކަށަވަރީ - ﷲ ގެ حضرة ގައެވެ. އަދި އެހެންނަމަވެސް ގިނަމީހުންނަކަށް ނޭނގެއެވެ.

  188. قُل لَّآ أَمۡلِكُ لِنَفۡسِي نَفۡعٗا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُۚ وَلَوۡ كُنتُ أَعۡلَمُ ٱلۡغَيۡبَ لَٱسۡتَكۡثَرۡتُ مِنَ ٱلۡخَيۡرِ وَمَا مَسَّنِيَ ٱلسُّوٓءُۚ إِنۡ أَنَا۠ إِلَّا نَذِيرٞ وَبَشِيرٞ لِّقَوۡمٖ يُؤۡمِنُونَ

    Open ayah 7:188

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވި އެއްޗެއްމެނުވީ (އަދި ކަމެއްމެނުވީ) އަހުރެންގެ އަމިއްލަ نفس އަށް އެއްވެސް مَنْفَعَ އެއްވިޔަސް އަދި ނުވަތަ ގެއްލުމެއް އުނދަގުލެއްވިޔަސް އަހުރެންނަށް މިލްކުވެގެން ނުވެއެވެ. އަދި އަހުރެންނަށް غيب އެނގޭނަމަ ހަމަކަށަވަރުންވެސް ހެޔޮކަންތައްކުރުން ގިނަކުރީމުހެވެ. އަދި ނުބައިކަމެއް އަހުރެންގެ ގައިގާ ނުބީހުނީހެވެ. އަދި އަހުރެންނަކީ ނަރަކައިގެ خبر ތަކުން ބިރުވެރިކަމުގެ خبر ދެއްވާ (އަދި ސުވަރުގޭގެ ވާހަކައިން) އުފާވެރިކަމުގެ خبر ދެއްވާނޭމީހަކު ކަމުގައިމެނުވީ ނުވެއެވެ. އެއީ إيمان ވާ ބަޔަކަށެވެ.

  189. ۞هُوَ ٱلَّذِي خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ وَجَعَلَ مِنۡهَا زَوۡجَهَا لِيَسۡكُنَ إِلَيۡهَاۖ فَلَمَّا تَغَشَّىٰهَا حَمَلَتۡ حَمۡلًا خَفِيفٗا فَمَرَّتۡ بِهِۦۖ فَلَمَّآ أَثۡقَلَت دَّعَوَا ٱللَّهَ رَبَّهُمَا لَئِنۡ ءَاتَيۡتَنَا صَٰلِحٗا لَّنَكُونَنَّ مِنَ ٱلشَّٰكِرِينَ

    Open ayah 7:189

    އެކަލާނގެއީ ކަލޭމެން ހަމައެންމެ نفس އަކުން ހެއްދެވި ކަލާނގެއެވެ. އެއީ (آدم عليه السّلام އެވެ.) އަދި އެކަލާނގެ އެ نفس ން އެ نفس ގެ އަނބި حوّى ގެފާނު ހެއްދެވިއެވެ. އެއީ އެކަލޭގެފާނު އެކަމަނާގެފަރާޕުޅު ން ހަމަޖެހުމާއި އަރާމުލިބިވަޑައިގަތުމަށެވެ. ދެންފަހެ އެކަލޭގެފާނު އެކަމަނާ ނިވައިކުރެއްވިހިނދުން (އެބަހީ އެކަމަނާއާއި جِمَاع ވެވަޑައިގެންނެވުމުން ބަލިވެއިނުމުގެ (އާލާސްވެ އިންނެވުމުގެ) އަސަރު ލުއިލުއިގޮތަކަށް ފާޅުވެއްޖެއެވެ. ދެންފަހެ އެކަމަނާގެ رَحِمُ ގައި އެކަން ދެމިހުރެއްޖެއެވެ. ދެން އެކަމަނާއަށް ބަލިވެއިނުން ބަރުވުމުން (ދަރިފުޅުބޮޑުވިހިނދުން) އެދެކަނބަލުން ﷲ އަށް دعاء ދެންނެވިއެވެ. އިބަރަސްކަލާނގެ އަޅަމެނަށް صالح ދަރިކަލަކު ދެއްވައިފިއްޔާ ހަމަކަށަވަރުންވެސް شكر ކުރާ އަޅުންގެ ތެރެއިން އަޅަމެންވާހުށީމެވެ.

  190. فَلَمَّآ ءَاتَىٰهُمَا صَٰلِحٗا جَعَلَا لَهُۥ شُرَكَآءَ فِيمَآ ءَاتَىٰهُمَاۚ فَتَعَٰلَى ٱللَّهُ عَمَّا يُشۡرِكُونَ 

    Open ayah 7:190

    ދެންފަހެ އެކަލާނގެ އެދެކަނބަލުންނަށް صالح ދަރިކަލަކު ދެއްވިހިނދުން އެދެކަނބަލުން އެކަލާނގެއަށް شريك ންތައްލައިފިއެވެ. (ރިވާވެގެންވަނީ: شريك ލެއްވީ ނަމުގައެވެ. އެ ވިހެއި ދަރިކަލުންނަށް ނަންދެއްވީ عبد الحَرث ކަމުގައިވިއެވެ. އެއީ شيطان ގެ ވަސްވާސްދެއްވުމުގެ ނަތީޖާއެއްގެގޮތުންނެވެ. - الحَرث އެއީ ﷲ ގެ ނަންފުޅެއްނޫނެވެ. އެއީ شيطان ގެ ނަމެވެ. މިވާހަކަ أبو جعفر الطَّبرى ގެ تفسير ގައްޔާއި އަދި އެހެނިހެން تفسير ތަކުގައި އެކިގޮތްގޮތަށް ބަޔާންކުރެވިފައިވެއެވެ. والله أعلم.) ފަހެ އެމީހުން އެ شريك ކުރާތަކެތީން އެބަހީ مشرك ން شريك ކުރާތަކެތިފިޔަވައި އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ.

  191. أَيُشۡرِكُونَ مَا لَا يَخۡلُقُ شَيۡـٔٗا وَهُمۡ يُخۡلَقُونَ

    Open ayah 7:191

    އެއްޗެއް ނުހެއްދެވޭ ފަރާތްތަކަކަށް (ބުދުތަކަކަށް) އެމީހުން އެކަލާނގެއާއި شريك ކުރަނީހެއްޔެވެ؟ އަދި އެތަކެތި އެވަނީ ހެއްދެވިގެންވާ ތަކެތިކަމުގައެވެ. مخلوق ންނެވެ.

  192. وَلَا يَسۡتَطِيعُونَ لَهُمۡ نَصۡرٗا وَلَآ أَنفُسَهُمۡ يَنصُرُونَ

    Open ayah 7:192

    އަދި އެމީހުންނަށް نصر އެއްދިނުމަށްވެސް - (އެބަހީ އެބުދުތަކަށް އަޅުކަންކުރާމީހުންނަށް އެއްވެސް نصر އެއް ދިނުމަށްވެސް) އެތަކެއްޗަކަށް (އެބުދުތަކަކަށް) ކުޅަދާނަ ނުވާނެއެވެ. އަދި އެތަކެތީގެ އަމިއްލަ نفس ތަކަށް نصر އެއް ދިނުމަށްވެސް ކުޅަދާނަވެގެން ނުވެއެވެ.

  193. وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَتَّبِعُوكُمۡۚ سَوَآءٌ عَلَيۡكُمۡ أَدَعَوۡتُمُوهُمۡ أَمۡ أَنتُمۡ صَٰمِتُونَ

    Open ayah 7:193

    (އޭ މީސްތަކުންނޭވެ!) ކަލޭމެން އެމީހުންނަށް ތެދުމަގުގެ ފަރާތަށް ގޮވާ دعوة ދިނަސް އެފަދަމީހުން ކަލޭމެނާ تبع ނުވާނެއެވެ. ކަލޭމެން އެމީހުންނަށް دعوة ދިނުމެކޭ ނުވަތަ دعوة ނުދީ ހަމަހިމޭނުން ތިބުމެކޭ ހަމަހަމައެވެ. (އެމީހުން ހެޔޮމަގަށް ނާންނާނެއެވެ.)

  194. إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ

    Open ayah 7:194

    (އޭ مشرك ންނޭވެ!) ކަލޭމެން ﷲ ފިޔަވައި އެތަކެއްޗަށް ގޮވާތިޔަ دعاء ކުރާތަކެއްޗަކީ ހަމަ ކަލޭމެންކަހަލަ އަޅުންނެވެ. (مخلوق ންނެވެ.) ކަލޭމެން އެތަކެއްޗަށްގޮވާ دعاء ކޮށް އަދި އިޖާބަކޮށްދިނުމަށް އެދޭށެވެ! ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ (ނިކަން ބުނެބަލާށެވެ! އެތަކެތިން އެއްވެސް منفع އެއް އަދި ގެއްލުމެއްވޭހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ.)

  195. أَلَهُمۡ أَرۡجُلٞ يَمۡشُونَ بِهَآۖ أَمۡ لَهُمۡ أَيۡدٖ يَبۡطِشُونَ بِهَآۖ أَمۡ لَهُمۡ أَعۡيُنٞ يُبۡصِرُونَ بِهَآۖ أَمۡ لَهُمۡ ءَاذَانٞ يَسۡمَعُونَ بِهَاۗ قُلِ ٱدۡعُواْ شُرَكَآءَكُمۡ ثُمَّ كِيدُونِ فَلَا تُنظِرُونِ

    Open ayah 7:195

    (އޭ މިތިބަ مشرك ންނޭވެ! ބުދަށް އަޅުކަންކުރާ މީހުންނޭވެ!) އެތަކެއްޗަށް (އެބަހީ އެބުދުތަކަށް) އެތަކެތި ހިނގާފައިދާނެ ފައިތަކެއް ވޭހެއްޔެވެ؟ (އެބަހީ ހިނގާނެ ފައިތަކެއް ނުވެއެވެ.) ނުވަތަ އެތަކެތި އެއްޗެތީގައި ހިފާނެ އަތްތަކެއްވޭހެއްޔެވެ؟ (އެބަހީ ތަކެތީގައި ހިފާނެ އަތެއް ނުވެއެވެ.) އަދި އެތަކެއްޗަށް އެލޯތަކުން ބަލާނޭ ލޯތަކެއްވޭހެއްޔެވެ؟ (އެބަހީ ތަކެތި ބަލާކަހަލަ ލޮލެއް ނުވެއެވެ.) ނުވަތަ އެތަކެއްޗަށް އެކަންފަތްތަކުން އަޑުއަހާނެ ކަންފަތްތަކެއް ވޭހެއްޔެވެ؟ (އެބަހީ އަޑުއިވޭ ކަންފަތެއް ނުވެއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެން مشرك ންނޭވެ!) ކަލޭމެން ކަލޭމެންގެ شريك ންތަކަށް ގޮވާ دعاء ކުރާށެވެ! (އަދި ކަލޭމެންނާ އެތަކެއްޗާވެގެން) އަހުރެންނަށް ރޭވުމެއް ރާވާ مكر އެއް ހަދާށެވެ! އަދި އަހުރެންނަށް އެއްވެސް فرصة އެއް، އަދި ތަންވަޅެއްވެސް ނުދީބަލާށެވެ! (އެތަކެއްޗަށް މިއިން އެއްވެސްކަމެއް ވާނީއެއްނޫނެވެ. އެހެނީ އެއީ جَمَاد އެއްޗެތި ތަކެކެވެ. منفع އެއްދިނުމެއް ގެއްލުމެއް ދިނުމެއް مِلْكُ ވެގެން ނުވެއެވެ. އެވަރުންވެސް ކަލޭމެން އެތަކެއްޗަށް އަޅުކަންކުރަނީހެއްޔެވެ؟)

  196. إِنَّ وَلِـِّۧيَ ٱللَّهُ ٱلَّذِي نَزَّلَ ٱلۡكِتَٰبَۖ وَهُوَ يَتَوَلَّى ٱلصَّٰلِحِينَ

    Open ayah 7:196

    އަދި އަހުރެންގެ ސަހަރޯވެރިއަކީ ﷲ އެވެ. އެކަލާނގެއީ ފޮތް ބާވައިލައްވާ ކަލާނގެއެވެ. އަދި އެމީހެއްގެ عمل ތައް صلح ވެގެންވާ صالح މާތްމީހުންނަށް އެކަލާނގެ ސަހަރޯވެރިވެވޮޑިގަންނަވައެވެ. (އެއީ އެމީހުންގެ ސަހަރޯވެރިޔާއެވެ.)

  197. وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ لَا يَسۡتَطِيعُونَ نَصۡرَكُمۡ وَلَآ أَنفُسَهُمۡ يَنصُرُونَ

    Open ayah 7:197

    އަދި އެކަލާނގެ ފިޔަވައި ކަލޭމެން ތިޔަގޮވާ دعاء ކުރާތަކެތި ދަންނައެވެ! ކަލޭމެނަށް نصر އެއް ދޭކަށް އެތަކެއްޗަށް ކުޅަދާނަވެގެން ނުވެއެވެ. ނުވެސްވާނެއެވެ. އަދި އެތަކެތީގެ އަމިއްލަ نفس ތަކަށް نصر ދޭންވެސް ކުޅަދާނަ ނުވެއެވެ. (ދެން އެކަލާނގެއާއި އެތަކެއްޗާއި ހަމަހަމަކޮށް އެތަކެއްޗަށް އަޅުކަންކުރުން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟)

  198. وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَسۡمَعُواْۖ وَتَرَىٰهُمۡ يَنظُرُونَ إِلَيۡكَ وَهُمۡ لَا يُبۡصِرُونَ

    Open ayah 7:198

    އަދި (އޭ مشرك ންނޭވެ!) ކަލޭމެން ތިޔަ އަޅުކަންކުރާ ތަކެއްޗަށް ތެދުމަގުގެ ފަރާތަށް ކަލޭމެން ގޮވިނަމަވެސް އެތަކެތި އެއަޑު ނުއަހާނެއެވެ. އަދި ކަލޭ އެތަކެތި ދެކޭނީ / ނުވަތަ އެތަކެތި ފެންނާނީ ކަލެއް ބަލާގޮތަށެވެ. ހީވާނީ ބަލާހެންނެވެ. އެކަމަކު އެތަކެއްޗަކަށް ނުފެންނާނެއެވެ.

  199. خُذِ ٱلۡعَفۡوَ وَأۡمُرۡ بِٱلۡعُرۡفِ وَأَعۡرِضۡ عَنِ ٱلۡجَٰهِلِينَ

    Open ayah 7:199

    (އޭ رسول ﷲ އެވެ!) ކަލޭގެފާނު عفو ކުރެއްވުމުގައި ހިއްޕަވާށެވެ! عفوކުރައްވާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރައްވާށެވެ! އަދި ޖާހިލުންގެފަރާތުން އެނބުރި ވަޑައިގަންނަވާށެވެ! (އޭގެ މާނައީ އޭ رسول ﷲ އެވެ!) ކަލޭގެފާނާ ގުޅުންކެނޑިފައިވާ މީހަކަށްނަމަ ގުޅުން ބަދަހިކުރައްވާށެވެ! އަދި އެމީހަކަށް އެތިކޮޅުދިނުން ކަނޑާފައިވާ މީހާއަށް އެތިކޮޅުދޭށެވެ! އަދި ކަލޭގެފާނަށް އަނިޔާކުރި މީހާއަށް عفو ކުރައްވާށެވެ. މިއެވެ. والله أعلم.) = تفسير الطّبرى =

  200. وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَٰنِ نَزۡغٞ فَٱسۡتَعِذۡ بِٱللَّهِۚ إِنَّهُۥ سَمِيعٌ عَلِيمٌ 

    Open ayah 7:200

    އަދި ކަނޑައެޅިގެން شيطان އާގެފަރާތުން ކަލޭގެފާނަށް ވަސްވާހެއްކޮށް ކަލޭގެފާނު ކޯފާކުރުވަންޏާ ކަލޭގެފާނު ﷲ ގެ حضرة ން ވާގިއެދިވަޑައިގެން حماية އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

  201. إِنَّ ٱلَّذِينَ ٱتَّقَوۡاْ إِذَا مَسَّهُمۡ طَٰٓئِفٞ مِّنَ ٱلشَّيۡطَٰنِ تَذَكَّرُواْ فَإِذَا هُم مُّبۡصِرُونَ 

    Open ayah 7:201

    ހަމަކަށަވަރުން تقوى ވެރިވީމީހުންނަށް شيطان އާގެފަރާތުން ވަސްވާހެއް ނުވަތަ ބޭކާރު خيال އެއް އައިސް މަގުންނެއްޓޭއިރަށް އެމީހުން ﷲ ގެ ހައިބަވަންތަކަމާއި އެކަލާނގެ ނަހީތައް ހަނދާންވެ އެކުރެވޭ ނުބައިކަމެއް ހުއްޓާލާފާނެއެވެ.

  202. وَإِخۡوَٰنُهُمۡ يَمُدُّونَهُمۡ فِي ٱلۡغَيِّ ثُمَّ لَا يُقۡصِرُونَ 

    Open ayah 7:202

    އަދި އެ شيطان އާގެ أخ ންތައް (އެބަހީ شيطان އާގެބަހަށް ހެއްލި އޭނާޔާ تبع ވާމީހުން) އެ شيطان ން އެސޮރުމެންގެ أخ ން މަގުފުރެދުމުގެތެރޭގައި ދަމަހައްޓުވާނެއެވެ. ދެން އެބައިމީހުން އެކަން ހުއްޓައިނުލައި ނުބައި ކަންތައް ދަމަހައްޓާނެއެވެ. ކުރިޔަށް ގެންދާނެއެވެ.

  203. وَإِذَا لَمۡ تَأۡتِهِم بِـَٔايَةٖ قَالُواْ لَوۡلَا ٱجۡتَبَيۡتَهَاۚ قُلۡ إِنَّمَآ أَتَّبِعُ مَا يُوحَىٰٓ إِلَيَّ مِن رَّبِّيۚ هَٰذَا بَصَآئِرُ مِن رَّبِّكُمۡ وَهُدٗى وَرَحۡمَةٞ لِّقَوۡمٖ يُؤۡمِنُونَ 

    Open ayah 7:203

    އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންގެގާތަށް އެބަހީ: مشرك ންގެ ގާތަށް އާޔަތަކައިގެން ވަޑައިނުގެންފިއްޔާ (އެބަހީ އާޔަތް ބާވައިލެއްވުން ލަސްވެއްޖެއްޔާ) އެމީހުން ބުނާނެއެވެ. ކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން އާޔަތެއް ނުގެނައީ ކީއްވެގެންހެއްޔެވެ؟ (އާޔަތެއް އަމިއްލަފުޅަށް ހެއްދެވިނަމައެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެން تبع ވާކަންކަށަވަރީ އަހުރެންގެ ربّ ގެ حضرة ން އަހުރެންނަށް ބާވައިލެއްވޭ وحي އާއެވެ. މި قرآن މިއީ ކަލޭމެންގެ ربّ ގެ حضرة ން އައިސްފައިވާ دليل ތަކެކެވެ. حجّة ތަކެކެވެ. އަދި އީމާންވާބަޔަކަށްވާ ތެދުމަގަކާއި رحمة އެކެވެ.

  204. وَإِذَا قُرِئَ ٱلۡقُرۡءَانُ فَٱسۡتَمِعُواْ لَهُۥ وَأَنصِتُواْ لَعَلَّكُمۡ تُرۡحَمُونَ 

    Open ayah 7:204

    އަދި قرآن ކިޔެވެންޏާ ކަލޭމެން އެޔަށްކަނުލައި އަހައި ހަނުހިމޭނުން ތިބޭށެވެ! އެއީ ކަލޭމެނަށް رحمة ލެއްވޭތޯއެވެ.

  205. وَٱذۡكُر رَّبَّكَ فِي نَفۡسِكَ تَضَرُّعٗا وَخِيفَةٗ وَدُونَ ٱلۡجَهۡرِ مِنَ ٱلۡقَوۡلِ بِٱلۡغُدُوِّ وَٱلۡأٓصَالِ وَلَا تَكُن مِّنَ ٱلۡغَٰفِلِينَ 

    Open ayah 7:205

    އަދި ކަލޭގެފާނު އަމިއްލަ نفس ފުޅަށް تواضع ވެރިކަމާއި މަޑުމޮޅިކަމާއި ބިރުވެތިކަމާއިއެކު ކަލޭގެފާނުންގެ ربّ ހަނދުމަންކުރައްވާށެވެ! ﷲ ގެ ذِكر ކުރައްށެވެ! އަދި ދުލުން دعاء ކުރައްވާއިރުވެސް އަޑުބާރުނޫންކޮށް ހެނދުނާ ހަވީރު دعاء ކުރައްވާ ذِكر ކުރައްވާށެވެ! އަދި غافل ންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! (ދަންނައެވެ! މިފަދަ ކޮންމެ مخاطب އަކީ أمّة ގެ އެންމެންނަށްވާ مخاطب އެކެވެ.)

  206. إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسۡجُدُونَۤ۩ 

    Open ayah 7:206

    ހަމަކަށަވަރުން ކަލޭގެފާނުގެ ربّ ގެ حضرة ގައިވާ ބޭކަލުން (މަލާއިކަތްބޭކަލުން) އެކަލާނގެއަށް އަޅުކަންކުރެއްވުމަކަށް ބޮޑާވެ ކިބުރުވެރިވެވަޑައި ނުގަންނަވައެވެ. އަދި އެބޭކަލުން އެކަލާނގެއަށް تسبيح ވިދާޅުވެއެވެ. އަދި އެބޭކަލުން سجدة ކުރައްވަނީ ހަމަ އެކަލާނގެއަށެވެ.