الصافات
As-Saaffaat
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
وَٱلصَّٰٓفَّٰتِ صَفّٗا
Open ayah 37:1ދުނިޔޭގެ خلق ތަކުން ނަމާދަށް ސަފުހަދާލާފަދައަކުން އުޑުގައި ސަފުހައްދަވާ މަލާއިކަތްބޭކަލުން ނުވަތަ ﷲ ގެ أمر ފުޅުގެ إنتظار ގައި ފިޔަފުޅުތައް ފަތުރުއްވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި وحي ކުރައްވައެވެ. (މި ދެތަރުޖަމާވެސްވެއެވެ.)
فَٱلزَّٰجِرَٰتِ زَجۡرٗا
Open ayah 37:2ފަހެ އެކިއެކި ފަރާތަފަރާތަށް ވިލާތައް ބަދަލުކުރައްވާ މަލާއިކަތް ބޭކަލުން ގަންދެއްވައި ކަނޑައެޅިގެން ﷲ ހުވައި وحي ކުރައްވައެވެ.
فَٱلتَّٰلِيَٰتِ ذِكۡرًا
Open ayah 37:3ފަހެ قرآن ކިޔަވާ ވިދާޅުވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި وحي ކުރައްވައެވެ.
إِنَّ إِلَٰهَكُمۡ لَوَٰحِدٞ
Open ayah 37:4ހަމަކަށަވަރުން ކަލޭމެންގެ إله އަކީ معبود އަކީ ހަމަ އެންމެ إله އެކެވެ. (އެކަލާނގެއަށް شريك އަކު ނުވެއެވެ.)
رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا وَرَبُّ ٱلۡمَشَٰرِقِ
Open ayah 37:5އެއީ އުޑުތަކާއި ބިން ހައްދަވައި އެތަކެތިބަލަހައްޓަވާ އެތަކެތީގެ ވެރި رب އެވެ. (ޝައްކެއްވެސް ނެތްގޮތުގައި މިބޮޑެތި مخلوق ތައް މިހާ ފުރިހަމަ ގޮތަކަށް ފުރިހަމަ نظام އެއްގެ މަތީ ހައްދަވާފައިވާ ވުން دليل ކޮށްދެނީ އެތަކެއްޗަށް ކުޅާދުންވަންތަ އެއްކައުވަންތަ رب އެއްވާކަމެވެ. އެއީ ހުރިހާ ތަކެތީގެ خالق އެވެ. އެއީ ﷲ އެވެ.)
إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنۡيَا بِزِينَةٍ ٱلۡكَوَاكِبِ
Open ayah 37:6ހަމަކަށަވަރުން ތަރިތަކުގެ زينة ތެރިކަމުން ދުނިޔެއާއި އެންމެ ގާތުގައިވާ ދުނިޔޭގެއުޑު ތިމަންރަސްކަލާނގެ ޒީނަތްތެރިކުރެއްވީމެވެ.
وَحِفۡظٗا مِّن كُلِّ شَيۡطَٰنٖ مَّارِدٖ
Open ayah 37:7އަދި އެތަރިތައް ލެއްވި (އަނެއްކަމަކަށް) އުޑު ރައްކާތެރިކުރެއްވުންވެއެވެ. ތިމަންރަސްކަލާނގެ އެއުޑު ރައްކާތެރިކުރެއްވީމެވެ. އެއީ ނުކިޔަމަންތެރި ކޮންމެ شيطان އަކާއި ދިމާލަށް އެތަރިއެއް އެއްލައި އެސޮރު ފަހައިލެއްވުމަށެވެ. ނުވަތަ އެއިން ޖެހި އެސޮރު މަރައިލެއްވުމަށެވެ.
لَّا يَسَّمَّعُونَ إِلَى ٱلۡمَلَإِ ٱلۡأَعۡلَىٰ وَيُقۡذَفُونَ مِن كُلِّ جَانِبٖ
Open ayah 37:8އެ شيطان ތަކަކަށް އުޑުގެ أهل ވެރިންގެ އަޑު ނުއެހެއެވެ. އަޑުއެހުމަށްދާ ކޮންމެ شيطان އަކާ ދިމާލަށް ހުރިހާ ފަރާތަކުން ގިނިހިލަ އުކެއެވެ.
دُحُورٗاۖ وَلَهُمۡ عَذَابٞ وَاصِبٌ
Open ayah 37:9އެއީ އެސޮރުމެން ބިރުގަންނަވައި އެސޮރުމެން ދުރުކުރުމަށެވެ. އަދި آخرة ގައި އެމީހުންނަށް ހުރީ ދާއިމީ عذاب އެކެވެ.
إِلَّا مَنۡ خَطِفَ ٱلۡخَطۡفَةَ فَأَتۡبَعَهُۥ شِهَابٞ ثَاقِبٞ
Open ayah 37:10(މަލާއިކަތްބޭކަލުންގެ އަޑު ދަށުން) ބަސްޖަހައިގަންނަ شيطان ބައެއްފަހަރަށް ބަސްޖަހައިގަނެއެވެ. އެޔާވިދިގެން އެސޮރާދިމާއަށް ލޯވަޅުތޮރުފައިލާ ކަހަލަ އަލިކުރާ ތަރިއެއް ފޮނުވައިލައެވެ. (ބައެއްފަހަރު އެތަރިންޖެހި އެސޮރު ހަލާކުވެއެވެ. އަނެއްބައިފަހަރު ހިލައައުމުގެ ކުރިން އެސޮރު ބަޗައިގަނެއެވެ.)
فَٱسۡتَفۡتِهِمۡ أَهُمۡ أَشَدُّ خَلۡقًا أَم مَّنۡ خَلَقۡنَآۚ إِنَّا خَلَقۡنَٰهُم مِّن طِينٖ لَّازِبِۭ
Open ayah 37:11(އޭ رسول الله އެވެ!) ކަލޭގެފާނު ނިކަން އެބައިމީހުން ކުރެން فتوى އައްސަވައިބައްލަވާށެވެ! ތިމަންރަސްކަލާނގެ ހެއްދެވި އުޑުތަކާއި ބިމާއި މަލާއިކަތްބޭކަލުންނާއި މިފަދަ މިފަދަ خلق ތަކުންތޯ ހެއްދެވުން އުދަގޫ ވެފައިގަދައީ ނުވަތަ އެމީހުންގެ نفس ތައްތޯ ނިކަން އެމީހުންކުރެން އައްސަވައި ބައްލަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން ހައްދަވާފައިވާނީ އަތްލީމާ އަތުގައި ތަތްލާކަހަލަ ތަތްމަށިންނެވެ.
بَلۡ عَجِبۡتَ وَيَسۡخَرُونَ
Open ayah 37:12(އޭ ﷲ ގެ رسول އާއެވެ!) ކަލޭގެފާނު ﷲ ގެ قدرة ތެރިކަމާއިމެދު عجائب ވެވަޑައިގަންނަވަނީއެވެ. އަދި قيامة އަށް އިންކާރުކުރާ މީހުން ހީހީފައި މަލާމަތް ކުރަނީއެވެ. (މިހުރީ ދެފަރާތުގެ ތަފާތެވެ.)
وَإِذَا ذُكِّرُواْ لَا يَذۡكُرُونَ
Open ayah 37:13އަދި އެމީހުންނަށް وعظ އާއި نصيحة ދެވިއްޖެއްޔާވެސް އެމީހުން وعظ އާއި نصيحة ލިބި ނުގަނެއެވެ.
وَإِذَا رَأَوۡاْ ءَايَةٗ يَسۡتَسۡخِرُونَ
Open ayah 37:14އަދި رسول الله ﷺ ގެ معجزة ތަކުގެ ތެރެއިން معجزة އެއް އެމީހުންނަށް ފެނިއްޖެއްޔާވެސް އެމީހުން މަލާމަތްކޮށް ފުރައްސާރަކުރަނީއެވެ.
وَقَالُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٌ
Open ayah 37:15އަދި އެމީހުން ބުނެއެވެ. މިއީ ރަނގަޅަށް بيان ވެފައުޅުވެގެންވާ سحر އެއްކަމުގައި މެނުވީ ނުވެއެވެ.
أَءِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ
Open ayah 37:16އަދި އެމީހުން- يعني قيامة قبول ނުކުރާ މީހުން- ބުނެއެވެ. "އަހުރެމެން މަރުވެ ވެއްޔައްވެ ކަށިތައްވެސް ފީވެ ދިއުމަށްފަހު އަލުން ދިރިގެން އަހުރެމެން ފޮނުވޭނެ ހެއްޔެވެ؟
أَوَءَابَآؤُنَا ٱلۡأَوَّلُونَ
Open ayah 37:17"އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންވެސް ހަމަފޮނުވޭނެހެއްޔެވެ؟ (ތިޔައީ ވާނޭ ކަމެއްނޫނެވެ.) "
قُلۡ نَعَمۡ وَأَنتُمۡ دَٰخِرُونَ
Open ayah 37:18ކަލޭގެފާނު ވިދާޅުވާށެވެ. އާއެކެވެ. ފޮނުވޭނެއެވެ. އަދި ކަލޭމެން ފޮނުވޭނީ ދެރަކުރެވި ނިކަމެތި ކުރެވިގެންވާ حال ގައެވެ.
فَإِنَّمَا هِيَ زَجۡرَةٞ وَٰحِدَةٞ فَإِذَا هُمۡ يَنظُرُونَ
Open ayah 37:19އެކަން ވާކަންކަށަވަރީ- އެބަހީ ދިރިގެން محشر އަށް ފޮނުއްވޭނެކަން ކަށަވަރީ- ހަމަ އެންމެ އަޑު ފަށަކުންނެވެ. (އެއީ إسرافيل ގެފާނު ތާޅަފިލި ފުންމަވައި ލެއްވުމުންނެވެ.) އެހައިރުން އެންމެން ކަށްވަޅުތަކުން ތެދުވެބަލަބަލާ ތިބޭނެއެވެ.
وَقَالُواْ يَٰوَيۡلَنَا هَٰذَا يَوۡمُ ٱلدِّينِ
Open ayah 37:20އަދި އެމީހުން يعني قيامة قبول ނުކުރާ މީހުން- ބުނާނެއެވެ. އޭއަހުރެމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. މިއީ عمل ތަކަށް ޖަޒާ ދެއްވާނޭ ދުވަހެވެ. (މަލާއިކަތް ބޭކަލުން ވިދާޅުވާނެއެވެ.)
هَٰذَا يَوۡمُ ٱلۡفَصۡلِ ٱلَّذِي كُنتُم بِهِۦ تُكَذِّبُونَ
Open ayah 37:21"އާއެކެވެ. މިއީ ޙުކުމްކުރެވި ނިޔާ ކުރެވޭނެ ދުވަހެވެ. މިއީ عمل ތަކަށް ޖަޒާ ދެއްވާ ދުވަހެވެ. އަދި މިއަދަކީ (ދުނިޔޭގައި ކަލޭމެން ތިބިއިރު) އެދުވަސް ދޮގުކުރާ ކަމުގައި ވީދުވަހެވެ."
۞ٱحۡشُرُواْ ٱلَّذِينَ ظَلَمُواْ وَأَزۡوَٰجَهُمۡ وَمَا كَانُواْ يَعۡبُدُونَ
Open ayah 37:22(ﷲ تَعَالى މަލާއިކަތް ބޭކަލުންނަށް އަންގަވާނެއެވެ.) ތިޔަބޭކަލުން އަނިޔާވެރިވި މީހުން ހިފަހައްޓަވައި އެއްކުރައްވާށެވެ. އަދި شَيْطَان ންގެ ތެރެއިންވެސް އެބާވަތުގެ މީހުން އެއްކުރައްވާށެވެ. އަދި އެޔާއެކު އެމީހުން އަޅުކަންކުރި ތަކެތިވެސް (އެމީހުންނާއެކު) އެއްކުރައްވާށެވެ.
مِن دُونِ ٱللَّهِ فَٱهۡدُوهُمۡ إِلَىٰ صِرَٰطِ ٱلۡجَحِيمِ
Open ayah 37:23އެއީ ﷲ ފިޔަވައި އެމީހުން އަޅުކަންކުރި ތަކެއްޗެވެ. އަދި އެބައިމީހުންނަށް ނަރަކައިގެ މަގަށް މަގުދައްކާނެއެވެ.
وَقِفُوهُمۡۖ إِنَّهُم مَّسۡـُٔولُونَ
Open ayah 37:24އަދި އެމީހުން ހުއްޓުވާށެވެ. އެމީހުންނަކީ ސުވާލު ވެވޭނެ ބަޔެކެވެ. އެމީހުން ނަރަކައަށް ގެންދާނީ ހިސާބު ބެއްލެވުމަށް ފަހުގައެވެ.
مَا لَكُمۡ لَا تَنَاصَرُونَ
Open ayah 37:25(އަދި އެމީހުންނަށް ބުނެވޭނެއެވެ.) ކަލޭމެން ދުނިޔޭގައި އެކަކު އަނެކަކަށް ނަޞްރުދިން ފަދައިން މިއަދު އެކަކު އަނެކަކަށް ނަޞްރުނުދެނީ ކީއްވެގެންހެއްޔެވެ؟
بَلۡ هُمُ ٱلۡيَوۡمَ مُسۡتَسۡلِمُونَ
Open ayah 37:26އަދި ކިޔެއް ހެއްޔެވެ؟ މިއަދު އެމީހުން އެވަނީ ދެރަވެ ކިޔަމަން ކުރެވިގެންނެވެ.
وَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَسَآءَلُونَ
Open ayah 37:27އަދި އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތި ލައިގެން ތިބެ (ރުޅިއައިސްގެން އަރައިރުން ވުމުގެ) ސުވާލުތައްކުރާނެއެވެ.
قَالُوٓاْ إِنَّكُمۡ كُنتُمۡ تَأۡتُونَنَا عَنِ ٱلۡيَمِينِ
Open ayah 37:28އެމީހުން ބުނާނެއެވެ. އެބަހީ ތަބަޢަވީ މީހުން ތަބަޢަ ވެވުނު މީހުންނަށް ބުނާނެއެވެ. ހަމަކަށަވަރުން ކަލޭމެން އަހުރެމެންނަށް ޙައްޤު ފިޔަވައި ވަސްވާސްތައް ދިނީއެވެ.
قَالُواْ بَل لَّمۡ تَكُونُواْ مُؤۡمِنِينَ
Open ayah 37:29އަނެއްބައި މީހުން ބުންޏެވެ. (އެބަހީ ތަބަޢަވެވުނު ބޮޑެތި މީހުން ތަބަޢަވީ މީހުންނާ ދިމާއަށް ބުނާނެއެވެ.) އެހެން ވީއެއްނޫނެވެ. ކަލޭމެން ހަމަ މުއުމިނުން ކަމުގައި ނުވަނީ އެވެ. ކަލޭމެންގެ ހިތްތައްވީ ކާފަރުކަމަށް ލެނބިގެންނެވެ.
وَمَا كَانَ لَنَا عَلَيۡكُم مِّن سُلۡطَٰنِۭۖ بَلۡ كُنتُمۡ قَوۡمٗا طَٰغِينَ
Open ayah 37:30(އަދި مجرم ންގެ މީހުންގެ ތެރެއިން تبع ވެވުނު ބޮޑެތި މީހުން ދެރަމީހުންނާ ދިމާއަށް ބުނެއެވެ.) ކަލޭމެންގެ މައްޗަކަށް އަހުރެމެންނަކަށް އެއްވެސް ބާރެއްލިބިގެންނުވެއެވެ. އަދި ކިޔެއްހެއްޔެވެ؟ އެހެންނަކުން ނޫނެވެ. ކަލޭމެންނަކީ ހަމަ (ކާފަރުކަމާއި މަގުފުރެދުމުގައި) ހައްދުފަހަނަޅާފައިވާ ބައެކެވެ. ނުކިޔަމަންތެރި ބައެކެވެ.
فَحَقَّ عَلَيۡنَا قَوۡلُ رَبِّنَآۖ إِنَّا لَذَآئِقُونَ
Open ayah 37:31"އަހުރެމެން ދެބައި މީހުންގެ މައްޗަށްވެސް އަހުރެމެންގެ ربّ ގެ (عذاب ގެ) ބަސްފުޅު حق ވީއެވެ. ހަމަކަވަރުން އަހުރެމެންނަކީ އޭގެ ރަހަ ލިބޭނެ ބައެކެވެ."
فَأَغۡوَيۡنَٰكُمۡ إِنَّا كُنَّا غَٰوِينَ
Open ayah 37:32"ފަހެ އަހުރެމެން ކަލޭމެން މަގުފުރެއްދީމެވެ. (އެބަހީ އަހުރެމެން ތިބިގޮތަށް ކަލޭމެންނަށްވެސް ގޮވީމެވެ. ދެން ކަލޭމެންވެސް އަހުރެމެންނާ އެއްގޮތަށް ހެދީއެވެ.) އަހުރެމެންނީ މަގުފުރައްދާ މީހުންނެވެ."
فَإِنَّهُمۡ يَوۡمَئِذٖ فِي ٱلۡعَذَابِ مُشۡتَرِكُونَ
Open ayah 37:33ފަހެ ހަމަކަށަވަރުން އެމީހުން އެދުވަހުން عذاب ގައި ބައިވެރިވާނެއެވެ. (އެބަހީ تبع ވީ މީހުންނާއި އަދި تبع ވެވުނު ބޮޑެތި މީހުންނާއި عذاب ގައި ބައިވެރިވާނެއެވެ.
إِنَّا كَذَٰلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ
Open ayah 37:34އަދި ހަމަކަށަވަރުން مجرم ންނާއިމެދު އެބަހީ ކުށްވެރިންނާއި މެދު ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ. (އެބަހީ ކޮންމެ ވައްތަރެއްގެ ކުށުގެ ވެރިން އެބާވަތުގެ ކުށުގެ ވެރިންނާއި އެކުގައެވެ. ޒިނޭކުރި މީހުން ޒިނޭކުރި މީހުންނާއި އެކުގައެވެ. މީހުންމެރި މީހުން އެފަދަ މީހުންނާއިއެކުގައެވެ. ދެން އެގޮތަށެވެ...
إِنَّهُمۡ كَانُوٓاْ إِذَا قِيلَ لَهُمۡ لَآ إِلَٰهَ إِلَّا ٱللَّهُ يَسۡتَكۡبِرُونَ
Open ayah 37:35ހަމަކަށަވަރުން އެމީހުންވީ لاَ إلَهَ إلاَّ الله ކިޔާށޭ އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބޮޑާވެ އެބަސްފުޅު ނުކިޔައި އެއިން މޫނު އަނބުރައިލާ މީހުންކަމުގައެވެ.
وَيَقُولُونَ أَئِنَّا لَتَارِكُوٓاْ ءَالِهَتِنَا لِشَاعِرٖ مَّجۡنُونِۭ
Open ayah 37:36އަދި އެމީހުން ބުނެއެވެ. "މޮޔަވެފައިވާ ޅެންވެރިއެއްގެ ބަހަށް (رسول الله ﷺ ގެ ބަހަށް) އަހަރެމެންގެ إله ންތައް އަހަރެމެން ހަމަ ދޫކޮށްލަންވީ ހެއްޔެވެ؟ އެހެން ދޫނުކޮށްލެވޭނެއެވެ."
بَلۡ جَآءَ بِٱلۡحَقِّ وَصَدَّقَ ٱلۡمُرۡسَلِينَ
Open ayah 37:37އަދި ކިޔެއް ހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އެކަލޭގެފާނު ވަޑައިގެންނެވީ حق ކަމުގައިވާ ކީރިތި قرآن އާއިގެންނެވެ. އަދި އެއީ އެކަލޭގެފާނުންގެ ކުރީގެ رسول ބޭކަލުންވެސް ވިދާޅުވި حق ތެދު ބަހެވެ. އެބަހީ އެބޭކަލުންވެސް ވިދާޅުވީ ﷲ ގެ އެއްކައުވަންތަކަމުގެ ވާހަކައާއި قيامة ވާނެކަމާއި ނުކިޔަމަންތެރިންނަށް عذاب ހުރި ވާހަކައާއި މިބާވަތުގެ ވާހަކައެވެ. އެކަލޭގެފާނުވެސް ހަމަ އެއްވާހަކައެވެ.
إِنَّكُمۡ لَذَآئِقُواْ ٱلۡعَذَابِ ٱلۡأَلِيمِ
Open ayah 37:38އަދި ހަމަކަށަވަރުން ކަލޭމެންނަކީ ވޭންދެނިވި عذاب ގެ ރަހަ ލިބިގަންނާނޭ ބަޔެކެވެ. (މިއީ مجرم ން ނަރަކައަށް ވައްދަން ގެންދެވޭއިރު އެމީހުންނަށް އިއްވޭ އިއްވުމެކެވެ.)
وَمَا تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ
Open ayah 37:39އަދި ކަލޭމެން ދުނިޔޭގައި ކުރި ކަމަކަށްމެނުވީ ކަލޭމެންނަށް جزاء ނުލިބޭނެއެވެ.
إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ
Open ayah 37:40އެކަމަކު ﷲ ގެ إخلاص ތެރި އަޅުން މެނުވީއެވެ. އެމީހުންނަކަށް عذاب ގެ ރަހައެއްނުލިބޭނެއެވެ.
أُوْلَٰٓئِكَ لَهُمۡ رِزۡقٞ مَّعۡلُومٞ
Open ayah 37:41އެބައި މީހުންނަށް - އެބަހީ ﷲ ގެ އިޚްލާސްތެރި އަޅުންނަށް - ކަނޑައެޅިގެންވާ ރިޒުޤުވެއެވެ. ސުވަރުގޭގައެވެ. (ރަހައިގެ ރަނގަޅުކަމާއި ކެނޑިދިއުމެއް ނެތްކަމާއި ބޭނުން ވަގުތަކު ލިބޭ ކަމާއި މިހުރިހާ ކަމެއް އެނގި ބާޔާންވެގެންވާ ރިޒުޤެވެ.)
فَوَٰكِهُ وَهُم مُّكۡرَمُونَ
Open ayah 37:42އެއީ މޭވާގެ ބާވަތްތަކެވެ. (ދުލުން ބުނަން ނޭނގޭ ހިތްތަކަށް ތަޞައްވަރު ނުކުރެވޭހާ މީރު މޭވާތަކެވެ.) އަދި އެމީހުން ސުވަރުގޭގައި ވަނީ މާތްކުރެވިގެންނެވެ. (ﷲ އާއި ބައްދަލުވުމުގެ މާތްކަމެވެ. އެކަލާނގެ ބަސްފުޅު އެހުމުގެ މާތްކަމެވެ. އެކަލާނގެ ރުއްސެވުމުގެ މާތްކަމުގައެވެ. ސުވަރުގޭގެ ގިނަ ނިޢުމަތުގެ މާތްކަމުގައެވެ.)
فِي جَنَّٰتِ ٱلنَّعِيمِ
Open ayah 37:43އެމީހުން ތިބޭނީނިޢުމަތްތަކުގެ ވެރި ސުވަރުގެ ތަކުގައެވެ.
عَلَىٰ سُرُرٖ مُّتَقَٰبِلِينَ
Open ayah 37:44އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިވާގޮތަށް އެނދުދާންކޮޅު ތަކުގައެވެ.
يُطَافُ عَلَيۡهِم بِكَأۡسٖ مِّن مَّعِينِۭ
Open ayah 37:45އެމީހުން އެނިޢުމަތުގައި ތިބޭއިރު ރަހަ މީރު ރާތަށިތަށް އެމީހުންގެ ކައިރީގައި ދައުރުކުރެވޭނެއެވެ.
بَيۡضَآءَ لَذَّةٖ لِّلشَّٰرِبِينَ
Open ayah 37:46އެ ރާ ސާފުވެ ހުދުވެގެންވެއެވެ. (ސާފު ރިހި ފަދައެވެ.) ބޯމީހުންނަށް ރަހަމީރު ލައްޒަތު ހުރި ރަލެކެވެ.
لَا فِيهَا غَوۡلٞ وَلَا هُمۡ عَنۡهَا يُنزَفُونَ
Open ayah 37:47އޭގެ ސަބަބުން ބަނޑުގައި ރިހުމެއް ބޮލުގައި ރިހުމެއް ނުވެއެވެ. އަދި (ދުނިޔޭގެ ރާބުއިމާވާގޮތަށް) އެރާބުއިމުން އެމީހުން މަސްތުނުވާނެއެވެ.
وَعِندَهُمۡ قَٰصِرَٰتُ ٱلطَّرۡفِ عِينٞ
Open ayah 37:48އަދި އެމީހުންނަށް މާތްވެގެންވާ حُوْرُ العِينُ އަންހެން ކުދިންވެއެވެ. އެކަނބަލުންގެ ލޯތަށް ހުއްޓިގެންވާނީ ހަމައެކަނި އެކަނބަލުންގެ ފިރިންނާ ދިމާއަށެވެ. އެކަނބަލުންގެ ލޯތައް ތަނަވަސްވެ ރީތި ވެގެންވެއެވެ.
كَأَنَّهُنَّ بَيۡضٞ مَّكۡنُونٞ
Open ayah 37:49އެކަނބަލުންގެ ރީތިކަން ކޮންފަދަ ހެއްޔެވެ؟ ރީތިކޮށް ރައްކާކުރެވިގެންވާ (نعام ދޫނީގެ) ބިހެއް ފަދައެވެ. (މިމިސާލަކީ އަންހެނުންގެ ދޮންކަމާއި ސާފުކަމާއި ލޫޅާފަތިކަމާއި ޗާލުކަމާއި އަދި ރީތިކަން ސިފަކުރުމަށް عرب ން ޖަހައި އުޅޭ މިސާލެކެވެ.)
فَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَسَآءَلُونَ
Open ayah 37:50އަދި އޭގެ އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލައިގެން ތިބެ (ދުނިޔޭގެ އެކި އެކި حال ތަކާއި މެދު) ސުވާލުކުރާނެއެވެ. މަޖާ ނަގާ ހަދާނެއެވެ.
قَالَ قَآئِلٞ مِّنۡهُمۡ إِنِّي كَانَ لِي قَرِينٞ
Open ayah 37:51އަދި އޭގެތެރެއިން ބުނާ މީހަކު ބުނާނެއެވެ. ހަމަކަށަވަރުން (قيامة قبول ނުކުރާ ކާފަރު) رحمة ތެރިއަކު އަހުރެންނަށް ދުނިޔޭގައި ވިއެވެ.
يَقُولُ أَءِنَّكَ لَمِنَ ٱلۡمُصَدِّقِينَ
Open ayah 37:52މަލާމާތުގެ ގޮތުން އޭނާ އަހުރެންނަށް ބުނެއެވެ. ކަލޭވެސް ތިޔައީ (قيامة) ތެދުކޮށް قبول ކުރާ މީހުން ކުރެ މީހަކު ހެއްޔެވެ؟
أَءِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَدِينُونَ
Open ayah 37:53"އަހުރެމެން މަރުވެ މަސްތައް ފީވެގޮސް ކަށްޓައްވެ ކަށި ފީވެ ވެއްޔަށްވުމަށް ފަހު (އަލުން ދިރުވިގެން) عمل ތަކަށް ހިސާބު ބައްލަވާ ޖަޒާދެއްވާނެހެއްޔެވެ؟" (އެއީ ވާނެ ކަމެއްނޫނެވެ.)
قَالَ هَلۡ أَنتُم مُّطَّلِعُونَ
Open ayah 37:54އަދި އޭނާގެ جليس ންނަށް އެ مؤمن މީހާ ބުނާނެއެވެ. "ކަލޭމެން އަހުރެންނާއެކު އޭނާ ކޮބައިތޯ ނަރަކަ ބަލައިލަން އައިސް ބަލާށެވެ. އައިސްފާނުހެއްޔެވެ؟"
فَٱطَّلَعَ فَرَءَاهُ فِي سَوَآءِ ٱلۡجَحِيمِ
Open ayah 37:55ދެންފަހެ އެމީހުން ގޮސް ނަރަކަ ބަލާއިރު އޭނާ ފެންނާނީ ނަރަކައިގެ މެދުގައި ވަނިކޮށެވެ.
قَالَ تَٱللَّهِ إِن كِدتَّ لَتُرۡدِينِ
Open ayah 37:56ދެން އެ مؤمن މީހާ ކާފަރުމީހާއާއި ދިމާލަށް ބުނާނެއެވެ. "ﷲ ގަންދީ ބުނަމެވެ. ކަލޭ އަހުރެންނަށް ވަސްވާސްދީ އަހަރެންވެސް ތިޔަ ނަރަކައަށް ވައްޓައިލުމަށް ގާތްވެގެންވިއެވެ.
وَلَوۡلَا نِعۡمَةُ رَبِّي لَكُنتُ مِنَ ٱلۡمُحۡضَرِينَ
Open ayah 37:57އަހުރެންގެ رب ގެ نعمة އަހުރެންނަށް ނުވިނަމަ ހަމަކަށަވަރުން އަހުރެންވެސް ކަލޭއާއެކު ތިޔަ ނަރަކައަށް حاضر ވީ މީހުންގެ ތެރެއިން ވީހެވެ."
أَفَمَا نَحۡنُ بِمَيِّتِينَ
Open ayah 37:58އެ مؤمن މީހާ (މަޖާވެގެން އޭނާގެ ސުވަރުގޭގެ އެކުވެރިންނަށް) ބުނާނެއެވެ. އަހުރެމެން ދެން ހަމަ މަރުނުވާނެހެއްޔެ؟
إِلَّا مَوۡتَتَنَا ٱلۡأُولَىٰ وَمَا نَحۡنُ بِمُعَذَّبِينَ
Open ayah 37:59އަހުރެމެން (ދުނިޔޭގެ حياة ގައި އުޅެނިކޮށް) އެވީ ފުރަތަމަ މަރު މެނުވީ ދެން މަރު ނުވާނެއެވެ. އަދި عذاب ދެއްވޭ މީހުންގެ ތެރެއިން އަހުރެމެން ނުވިއެވެ.
إِنَّ هَٰذَا لَهُوَ ٱلۡفَوۡزُ ٱلۡعَظِيمُ
Open ayah 37:60ހަމަކަށަވަރުން މިއީ ބޮޑުވެގެންވާ ނަސީބެވެ.
لِمِثۡلِ هَٰذَا فَلۡيَعۡمَلِ ٱلۡعَٰمِلُونَ
Open ayah 37:61"މިފަދަ ނަސީބަށްޓަކައި عمل ކުރާ މީހުން عمل ކުރާ ހުށިކަމެވެ. ހެޔޮ عمل ކުރާ ހުށިކަމެވެ."
أَذَٰلِكَ خَيۡرٞ نُّزُلًا أَمۡ شَجَرَةُ ٱلزَّقُّومِ
Open ayah 37:62މެހުމާނުން ފައިބާތިބޭ ގޮތަށް ފައިބާތިބޭން ހެޔޮވެގެންވަނީ އިސްވެދިޔަފަދަ ސިފަހުރި ސުވަރުގެ ހެއްޔެވެ؟ ނުވަތަ ނުބައިވެގެންވާ زَقُّوم ގަސްހެއްޔެވެ؟
إِنَّا جَعَلۡنَٰهَا فِتۡنَةٗ لِّلظَّٰلِمِينَ
Open ayah 37:63ތިމަންރަސްކަލާނގެ އެގަސް ލެއްވީ އަނިޔާވެރިންނަށްވާ ފިތުނައެއްގެ ގޮތުގައެވެ. (އެބަހީ ނަރަކައިގާ ގަހެއް ހުންނަ ވާހަކަ އެންގެވީމާ ކާފަރުންގެ މީހުން ޤަބޫލުނުކުރިއެވެ. އެހެނީ އަލިފާނަކީ ގަސްއަންދާ އެއްޗެކެވެ. އެމީހުންބުނީ އަލިފާނުގައި ގަސްހުންނާނީ ކޮންފަދައަކުން ހެއްޔެވެ؟)
إِنَّهَا شَجَرَةٞ تَخۡرُجُ فِيٓ أَصۡلِ ٱلۡجَحِيمِ
Open ayah 37:64ހަމަކަށަވަރުން އެގަސްފަޅާފައިވަނީ ނަރަކައިގެ އެންމެ އަޑިންނެވެ. (އޭގެ ގޮފިތަށް ނަރަކައިގެ އެންމެހާ ތަނަކަށް ފެތިރުފައިވާނެއެވެ.)
طَلۡعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَٰطِينِ
Open ayah 37:65އަދި އެއިން ނުކުންނަ މޭވާ ނުވަތަ މޭވާގެ ނަމުގައި ނުކުންނަ އެތި ކޮންފަދަ ހެއްޔެވެ؟ އެތަކެތި ހީވަނީ ސައިތާނުންގެ ބޯތަކެއް ހެންނެވެ. (އެހާވަސްނުބައިވެފައި ހަޑިވެފައި ހިތިވާނެއެވެ.)
فَإِنَّهُمۡ لَأٓكِلُونَ مِنۡهَا فَمَالِـُٔونَ مِنۡهَا ٱلۡبُطُونَ
Open ayah 37:66ފަހެ ހަމަކަށަވަރުން ނަރަކައިގެ އަހުލު ވެރިން އެގަހުން ނުވަތަ އެގަހުގެ މޭވާއިން ކާނެއެވެ. އެމީހުންގެ ބަނޑުތައް އެއިން ފުރާނެއެވެ.
ثُمَّ إِنَّ لَهُمۡ عَلَيۡهَا لَشَوۡبٗا مِّنۡ حَمِيمٖ
Open ayah 37:67ފަހެ ހަމަކަށަވަރުން އެމީހުން އޭގެ މައްޗަށް ބުއިމެއް ބޯނެއެވެ. އެއީ ހޫނުކަން ގަދަވެގެންގޮސް ދެން އެހެން ދަރަޖައެއްނުވާ حَمِيم އެވެ ކިޔާ ފެނެކެވެ.
ثُمَّ إِنَّ مَرۡجِعَهُمۡ لَإِلَى ٱلۡجَحِيمِ
Open ayah 37:68ދެން އަލުންވެސް އެމީހުންގެ ތަނަކީ ހަމަ ނަރަކައެވެ.
إِنَّهُمۡ أَلۡفَوۡاْ ءَابَآءَهُمۡ ضَآلِّينَ
Open ayah 37:69ހަމަކަށަވަރުން އެމީހުން (ދުނިޔޭގައި އުޅުނު އިރު) އެމީހުން ދުށީ އެމީހުންގެ މަގުފުރެދުނު އިސްވެ ދިޔަ ކާބަފައިންނެވެ.
فَهُمۡ عَلَىٰٓ ءَاثَٰرِهِمۡ يُهۡرَعُونَ
Open ayah 37:70ދެން މި މީހުންވެސް އެކާބަފައިންގެ އަސަރުގެ މަތީގައި އަވަސްވެ ގަތީއެވެ. ކާބަފައިން ހެދިގޮތަށް ހެދީއެވެ.
وَلَقَدۡ ضَلَّ قَبۡلَهُمۡ أَكۡثَرُ ٱلۡأَوَّلِينَ
Open ayah 37:71އަދި ހަމަކަށަވަރުން މި މީހުންގެ ކުރިން (މައްކާގެ މުޝްރިކުންގެ ކުރިން) އެތަށްގިނަ ބަޔަކު މަގުފުރެދިގެންގޮސްފައި ވެއެވެ. (އެއީ އިސްވެދިޔަ އުއްމަތްތަކެވެ.)
وَلَقَدۡ أَرۡسَلۡنَا فِيهِم مُّنذِرِينَ
Open ayah 37:72އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ތެރެއަށް އިންޒާރު ދެއްވާނޭ ރަސޫލު ބޭކަލަކު ފޮނުއްވީމެވެ.
فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُنذَرِينَ
Open ayah 37:73ދެންފަހެ އިންޒާރު ކުރެވުނު ޤައުމުތަކުގެ ފަހުކޮޅު އެމީހުންގެ ނިމުން ދިޔައީ ކިހިނަކުންތޯ ނިކަންބަލައިބަލާށެވެ. (ހަލާކުވެ ބަރުބާދު ވެގެން ދިޔައީއެވެ.)
إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ
Open ayah 37:74ހަމައެކަނި ސަލާމަތްވަނީ (އީމާންކަމާއި تَوْحِيد ގެ މަގަށް تَوْفِيق ދެއްވުނު) ﷲ ގެ އިޚްލާސްތެރި އަޅުންނެވެ. މާތް މުއުމިނުންނެވެ.
وَلَقَدۡ نَادَىٰنَا نُوحٞ فَلَنِعۡمَ ٱلۡمُجِيبُونَ
Open ayah 37:75އަދި ހަމަކަށަވަރުން نوح عليه السلام ތިމަންރަސްކަލާނގެއަށް ދުޢާކުރައްވައި މުނާޖާ ދެންނެވިއެވެ. ފަހެ ތިމަންރަސްކަލާނގެއީ ޖަވާބު ދެއްވުމުގައި ހެޔޮވެގެންވާ ފަރާތެވެ.
وَنَجَّيۡنَٰهُ وَأَهۡلَهُۥ مِنَ ٱلۡكَرۡبِ ٱلۡعَظِيمِ
Open ayah 37:76އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުންގެ (ދީނީގޮތުން) އަހުލުވެރިން ބޮޑުވެގެންވާ ހިތާމައިން ސަލާމަތްކުރެއްވީމެވެ. އެއީ طُوْفَانُ ންނެވެ.
وَجَعَلۡنَا ذُرِّيَّتَهُۥ هُمُ ٱلۡبَاقِينَ
Open ayah 37:77އަދި އެކަލޭގެފާނުންގެ ދަރިފަސްކޮޅު ޒަމާނަށް ދެމިއޮންނަ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. * ދަންނައެވެ. نوح عليه السلام ގެ ތޫފާނުގައި އެންމެހައި ކާފަރުން ދުނިޔެއިން މަރުވެގެންދިޔައީއެވެ. ނާކޮޅުގައި ހަމައެކަނި ތިބީ މުއުމިނުންނެވެ. އެމީހުން ފަހުން ދަރިފަސްކޮޅުނެތި މަރުވެދިޔައީއެވެ. ހަމައެކަނި ދެމިއޮތީ نوح عليه السلام ގެ ދަރިކޮޅެވެ. وَالله أَعْلَم. = زبدة التفثير =
وَتَرَكۡنَا عَلَيۡهِ فِي ٱلۡأٓخِرِينَ
Open ayah 37:78އަދި އެކަލޭގެފާނަށްޓަކައި ފަހުން އަންނަ މީހުން ކިޔޭ ގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.
سَلَٰمٌ عَلَىٰ نُوحٖ فِي ٱلۡعَٰلَمِينَ
Open ayah 37:79سَلاَمٌ عَلَى نُوحٍ (يعني نوح عليه السلام ގެ މައްޗަށް سلام ހުއްޓޭ) އެންމެންގެ ތެރޭގައި އަބަދުގެ އަބަދަށް އެހެން ކިޔޭ ގޮތް ލެއްވީމެވެ.
إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
Open ayah 37:80ހަމަކަށަވަރުން إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.
إِنَّهُۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ
Open ayah 37:81ހަމަކަށަވަރުން އެކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ مؤمن އަޅުތަކުންގެ ތެރެއިންނެވެ.
ثُمَّ أَغۡرَقۡنَا ٱلۡأٓخَرِينَ
Open ayah 37:82ދެން (ނާކޮޅުގައި ތިބިމީހުން ފިޔަވައި) ބާކީ ތިބިއެންމެން ތިމަންރަސްކަލާނގެ غرق ކުރެއްވީމެވެ.
۞وَإِنَّ مِن شِيعَتِهِۦ لَإِبۡرَٰهِيمَ
Open ayah 37:83އަދި ހަމަކަށަވަރުން إبراهيم عليه السلام ވަނީ އެކަލޭގެފާނުގެ- އެބަހީ نوح عليه السلام ގެ جماعة ގެ ތެރެއިންނެވެ.
إِذۡ جَآءَ رَبَّهُۥ بِقَلۡبٖ سَلِيمٍ
Open ayah 37:84އެއީ އެކަލޭގެފާނުގެ އެބަހީ إبراهيم عليه السلام އެކަލޭގެފާނުންގެ رب ގެ حضرة އަށް إخلاص ތެރިވެގެންވާ- އަދި شرك ން ސަލާމަތްވެގެންވާ ސާފު ހިތްޕުޅަކާއިގެން ވަޑައިގެންނެވި ހިނދުންނެވެ. (އެބަހީ އެކަލޭގެފާނު ﷲ އަށް إخلاص ތެރިވެވަޑައިގެން إيمان ވެވެޑައިގެންނެވިއެވެ.)
إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَاذَا تَعۡبُدُونَ
Open ayah 37:85ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ ބައްޕައަށާއި އަދި قوم އަށް ވިދާޅުވިއެވެ. ކަލޭމެން ތިޔަ އަޅުކަން ކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟
أَئِفۡكًا ءَالِهَةٗ دُونَ ٱللَّهِ تُرِيدُونَ
Open ayah 37:86ﷲ ފިޔަވައި މުޅިން ދޮގު إله ންތަކަކަށް އަޅުކަން ކުރަނީ ހެއްޔެވެ؟ (إله އެއްކަމުގައި ނުވާ ފަރާތްތަކަށް إله ންކަމުގައި ހަދައި އަޅުކަން ކުރުމީ އެންމެ ބޮޑު ދޮގެވެ.)
فَمَا ظَنُّكُم بِرَبِّ ٱلۡعَٰلَمِينَ
Open ayah 37:87"ފަހެ عالم ތައް ހައްދަވާ ބޮޑުކުރައްވާ رب އާއި މެދު ކަލޭމެން ހީކުރަނީ ކީކޭހެއްޔެވެ؟ (އެހެން ފަރާތްތަކަކަށް އަޅުކަން ކޮށްފައި ދެން އެކަލާނގެއާއި ބައްދަލުވީމާ ދެންވާނޭކަމަށް ލަފާ ކުރަނީ ކިހިނެއްހެއްޔެވެ؟) "
فَنَظَرَ نَظۡرَةٗ فِي ٱلنُّجُومِ
Open ayah 37:88ދެންފަހެ އެކަލޭގެފާނު ތަރިތަކަށް ބެއްލެވިއެވެ.
فَقَالَ إِنِّي سَقِيمٞ
Open ayah 37:89އަދި ވިދާޅުވިއެވެ. އަހުރެން ބައްޔެވެ. * ދަންނައެވެ. އެރަށުގެ މީހުންނަކީ ތަރިތަކަށްވެސް އަޅުކަން ކުރާބައެކެވެ. نجومى علم އަށް މާބޮޑަށް އިތުބާރުކުރާ ބައެކެވެ. إبراهيم عليه السلام ތަރިތަކަށް ބައްލަވާފައި ތިމަންނާ ބައްޔޭ ވިދާޅުވީމާ އެމީހުން އެކަން قبول ކުރިއެވެ. އެމީހުންނާއިއެކު عيد ކުޅިވަރަށް ނުނުކުތުމުގެ عذر އެއްކަމުގައި އެމީހުން قبول ކުރިއެވެ. އެމީހުން އެކަލޭގެފާނުގެ ކިބައިން އެދުނީ އެމީހުންނާއިއެކު عيد ގެ ކުޅިވަރަށް ނުކުތުމަށެވެ. އެހިނދު އެކަލޭގެފާނު ތަރިތަކަށް ބައްލަވާފައި ބައްޔޭ ވިދާޅުވީމާ އެމީހުންނަށް ހީވީ އެކަލޭގެފާނަށް نجومى ގޮތުން ފެނިވަޑައިގެންނެވި އެއްޗެއްކަމަށެވެ. އެހެންވެ އެކަލޭގެފާނުންގެ އެ عذر އެމީހުން قبول ކުރީއެވެ.
فَتَوَلَّوۡاْ عَنۡهُ مُدۡبِرِينَ
Open ayah 37:90ދެން އެކަލޭގެފާނު ދޫކޮށްލާފައި އެމީހުން ދިޔައީއެވެ.
فَرَاغَ إِلَىٰٓ ءَالِهَتِهِمۡ فَقَالَ أَلَا تَأۡكُلُونَ
Open ayah 37:91(ދެން އެކަލޭގެފާނު އެކަނިވުމުން) އެމީހުންގެ ބުދުތަކާވީ ފަރާތަށް އެނބުރިވަޑައިގެންފިއެވެ. (އަދި އެތަކެއްޗާ مخاطب ކުރައްވައި ވިދާޅުވިއެވެ.) "ކަލޭމެން ނުކާނޭ ހެއްޔެވެ؟ (އޭރު އެމީހުން ބުދަށް އެޅިކާނާވެސް އެތާ ހުއްޓެވެ.) "
مَا لَكُمۡ لَا تَنطِقُونَ
Open ayah 37:92އަދި ވިދާޅުވިއެވެ. "ކަލޭމެން ވާހަކަ ނުދައްކައި ބަހެއްނުބުނެ ތިޔަތިބީކީއްވެފައި ހެއްޔެވެ؟ ކަލޭމެންނަށްވީ ކީއްހެއްޔެވެ؟" (އެއީ ހިލަތަކެއްކަމާއި އެތަކެތި ވާހަކަ ނުދައްކާނެކަންވެސް އެގިވަޑައިގަންނަވައެވެ.)
فَرَاغَ عَلَيۡهِمۡ ضَرۡبَۢا بِٱلۡيَمِينِ
Open ayah 37:93އަދި އެތަކެއްޗާއި ދިމާއަށް ލެބިވަޑައިގެން ކަނާތްޕުޅުން އެތަކެތީގައި ތަޅާންފަށައިފިއެވެ. ތަޅާ ކުދިކުދި ކުރައްވައިފިއެވެ.
فَأَقۡبَلُوٓاْ إِلَيۡهِ يَزِفُّونَ
Open ayah 37:94ދެން އެމީހުން (އެބަހީ އެއަށް އަޅުކަން ކުރާމީހުން އެތަނަށް ވަންއިރު އެތަކެއްޗަށްވެފައި ހުރިގޮތް ދެކެފައި އެއީ إبراهيم ގެ ކަމެއްކަން އެނގިގެން) އެކަލޭގެފާނާއި ދިމާއަށް އަވަސްވެގެންފިއެވެ.
قَالَ أَتَعۡبُدُونَ مَا تَنۡحِتُونَ
Open ayah 37:95އެކަލޭގެފާނު އެމީހުންނާއި ދިމާއަށް ވިދާޅުވިއެވެ. "ކަލޭމެން އަތުން ކޮށައިގެން ހަދާ ބުދުތަކަށް ކަލޭމެން އަޅުކަން ކުރަނީހެއްޔެވެ؟ (ތިޔައީ ކިހާ ދެއުޅިއެއްނުވާ ކަމެއްހެއްޔެވެ.) "
وَٱللَّهُ خَلَقَكُمۡ وَمَا تَعۡمَلُونَ
Open ayah 37:96ކަލޭމެންނާއި އަދި ކަލޭމެން ކުރާކަންތައްތައްވެސް ހެއްދެވީ ﷲ އެވެ. (އެބަހީ ކަލޭމެންނާއި ކަލޭމެން އަތުން ތިޔަ ހަދާ ބުދުތައްވެސް ހެއްދެވީ ހަމަ ﷲ އެވެ.
قَالُواْ ٱبۡنُواْ لَهُۥ بُنۡيَٰنٗا فَأَلۡقُوهُ فِي ٱلۡجَحِيمِ
Open ayah 37:97ދެން އެމީހުން (އެއްބަޔަކު އަނެއްބަކަށް ބުންޏެވެ. "ކަލޭމެން އޭނާ ލާނެ ބިނާއެއްހަދާށެވެ. (ތަނެއްހަދައި އެތަނަށް ދަރު އަޅައި އެތަން ރޯކޮށް އެތަނަށް) އޭނާ އެއްލައިލާށެވެ."
فَأَرَادُواْ بِهِۦ كَيۡدٗا فَجَعَلۡنَٰهُمُ ٱلۡأَسۡفَلِينَ
Open ayah 37:98ފަހެ އެމީހުން އެކަލޭގެފާނާއިމެދު ނުބައި ގޮތްތަކެއް ރޭވީއެވެ. ދެން ފަހެ ތިމަންރަސްކަލާނގެ އެމީހުން ލެއްވީ ނިކަމެތި ދަށްބަޔަކުކަމުގައެވެ. ފަހެ އެމީހުން އެކަލޭގެފާނު އަލިފާންގަޑައްލައި ހެދިއެވެ. އެކަމަކު އޭގެ ތެރެއިން ﷲ އެކަލޭގެފާނު ސަލާމަތް ކުރެއްވީއެވެ. އެވާހަކަ ބައެއް ސޫރަތް ސޫރަތުގައި ދިގުކޮށް ހުންނާނެއެވެ. މިތާމިވަނީ ހަމައެކަނި އިޝާރާތެވެ.
وَقَالَ إِنِّي ذَاهِبٌ إِلَىٰ رَبِّي سَيَهۡدِينِ
Open ayah 37:99އަދި إبراهيم ގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެން އަހުރެންގެ رب ގެ އެންގެވުމަށް (هجرة އަށް) ދަނީއެވެ. އެކަލާނގެ ނިކަންހުރެ އަހުރެންނަށް މަގު ދައްކަވާނެއެވެ.
رَبِّ هَبۡ لِي مِنَ ٱلصَّٰلِحِينَ
Open ayah 37:100(އަދި އެކަލޭގެފާނު ﷲ އަށް دعاء ދެންނެވިއެވެ.) "އޭ އަޅުގެ رب އެވެ! މިއަޅާއަށް صالح ންގެތެރެއިން ދަރިން ދެއްވާދޭވެ!"
فَبَشَّرۡنَٰهُ بِغُلَٰمٍ حَلِيمٖ
Open ayah 37:101ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް حلم ވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރިކަމުގެ خبر ދެއްވީމެވެ.
فَلَمَّا بَلَغَ مَعَهُ ٱلسَّعۡيَ قَالَ يَٰبُنَيَّ إِنِّيٓ أَرَىٰ فِي ٱلۡمَنَامِ أَنِّيٓ أَذۡبَحُكَ فَٱنظُرۡ مَاذَا تَرَىٰۚ قَالَ يَٰٓأَبَتِ ٱفۡعَلۡ مَا تُؤۡمَرُۖ سَتَجِدُنِيٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰبِرِينَ
Open ayah 37:102(ދެން ފަހެ އެކަލޭގެފާނަށް އެދަރިކަލުން ލިބިވަޑައިގެން ބޮޑުފުޅުވަމުން ގޮސް) إبراهيم عليه السلام ގެ އަރިހުގައި ހިންގަވާ ކުޑަކޮށް މަސައްކަތްކުރެއްވޭވަރަށް ބޮޑުފުޅުވުމުން - އެކަލޭގެފާނު އެދަރިކަލުންނަށް - ޔަޢުނީ، إِسْمَاعِيل (عليه السلام،) އަށް ވިދާޅުވިއެވެ. (އޭރު އެދަރިކަލުންގެ އުމުރުފުޅުން ތޭރަ އަހަރު ކަމުގައި ބައެއް މުފައްސިރުން ލިޔުއްވިއެވެ.) إبراهيم عليه السلام، إِسْمَاعِيل عليه السلام، އަށް ވިދާޅުވިއެވެ. "އޭ އަހުރެންގެ ދަރިފުޅާއެވެ. ހަމަކަށަވަރުން ކަލޭ ކަތިލާތީ (އެބަހީ ذبح ކުރާތީ) އަހުރެންނަށް ހުވަފެނުން ފެނިއްޖެއެވެ. ނަބީބޭކަލުންގެ ހުވަފެނަކީ ހަމަ ޙަޤީޤަތެކެވެ. އެވެވުނު އަމުރުފުޅަކީ ހަމަ ޙަޤީޤީ ޢަމުރުފުޅެކެވެ. ދަރިފުޅަށް މިކަމާމެދު ފެންނަނީ ކިހިނަކުން ހެއްޔެވެ؟ ފެންނަ އެއްޗެއް ބުނެބަލާށެވެ." ދަރިކަލުން ދެންނެވިއެވެ." އޭ ބައްޕާއެވެ. ބައްޕައަށް އަމުރުވެވުނު ގޮތަކަށް ކަންތައް ކުރައްވާށާވެ. ﷲ އިރާދަ ކުރެއްވިއްޔާ އަހުރެންނަކީ ކެތްތެރިއެއްކަމުގައި ބައްޕަ ދެކެވަޑައިގަންނަވާނެއެވެ."
فَلَمَّآ أَسۡلَمَا وَتَلَّهُۥ لِلۡجَبِينِ
Open ayah 37:103ދެންފަހެ ދެބަފައިކަލުން ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވެވަޑައިގެން އެކަން ތަންފީޒުކުރުމަށް ކުރިމަތި ލެއްވިހިނދުން އެކުޑަކުޑަދަރިކަލުންގެ ނިތްކުރިފުޅު ބަންޑުންވާ ގޮތަށް ބާއްވައި އެދަރިކަލުން ذبح ކުރެއްވުމަށް إبراهيم عليه السلام ޤަޞްދުކުރައްވައިފިއެވެ.
وَنَٰدَيۡنَٰهُ أَن يَٰٓإِبۡرَٰهِيمُ
Open ayah 37:104އަދި އެވަގުތު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. ގޮވާލެއްވީމެވެ. "އޭ إبراهيم އެވެ.
قَدۡ صَدَّقۡتَ ٱلرُّءۡيَآۚ إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
Open ayah 37:105ހަމަކަށަވަރުން ކަލޭގެފާނު ކަލޭގެފާނުންގެ ހުވަފެން ތެދުކުރައްވައިފީމުއެވެ." (އެކުޑަ ކުޑަ ދަރިކަލުން ذبح ނުވެވުނަސް އެކަމަށް ޢަޒުމްކުރައްވައި ހުރިހާގޮތަކުން ތައްޔާރުވެވަޑައިގަތުމުން އެކަން ކުރެއްވީކަމުގައި ނިންމެވީއެވެ. ހަމަކަށަވަރުން އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
إِنَّ هَٰذَا لَهُوَ ٱلۡبَلَٰٓؤُاْ ٱلۡمُبِينُ
Open ayah 37:106ހަމަކަށަވަރުން ތިޔައީ ބޮޑުވެގެންވާ އަދި ބަޔާންވެގެންވާ އިމްތިހާނެއްކަން ޔަޤީނެވެ.
وَفَدَيۡنَٰهُ بِذِبۡحٍ عَظِيمٖ
Open ayah 37:107އަދި ހަމަކަށަވަރުން ބޮޑުވެގެންވާ ذبح އަކުން އެބަހީ ބޮޑުވެގެންވާ كَبش ބަކަށްޓަކުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފިދުޔައެއްދެއްވީމެވެ.
وَتَرَكۡنَا عَلَيۡهِ فِي ٱلۡأٓخِرِينَ
Open ayah 37:108އަދި އެކަލޭގެފާނަށްޓަކައި ފަހުން އަންނަމީހުން ކިޔާގޮތަށް ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ.
سَلَٰمٌ عَلَىٰٓ إِبۡرَٰهِيمَ
Open ayah 37:109إبراهيم ގެ މައްޗަށް السلام ހުއްޓެވެ. (އެބަހީ ފަހުން އަންނަމީހުން إبراهيم عليه السلام ކިޔޭ ގޮތަށް އެކަލޭގެފާނަށް ޘަނާ އާއި ތަޢްރީފު ލެއްވީމެވެ.)
كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
Open ayah 37:110އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
إِنَّهُۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ
Open ayah 37:111ހަމަކަށަވަރުން އެކަލޭގެފާނު ވަނީ ތިމަންރަސްކަލާނގެ މުއުމިނު އަޅުންގެ ތެރެއިންނެވެ.
وَبَشَّرۡنَٰهُ بِإِسۡحَٰقَ نَبِيّٗا مِّنَ ٱلصَّٰلِحِينَ
Open ayah 37:112إبراهيم عليه السلام އަށް إسحاق ގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.
وَبَٰرَكۡنَا عَلَيۡهِ وَعَلَىٰٓ إِسۡحَٰقَۚ وَمِن ذُرِّيَّتِهِمَا مُحۡسِنٞ وَظَالِمٞ لِّنَفۡسِهِۦ مُبِينٞ
Open ayah 37:113އަދި އެކަލޭގެފާނަށާއި يعني إبراهيم عليه السلام އަށާއި އަދި إسحاق عليه السلام އަށްތިމަންރަސްކަލާނގެ ބަރަކާތްލެއްވީމެވެ. އަދި އެދެބޭކަލުންގެ ދަރިފަސްކޮޅުގައި إحسان ތެރި ރަނގަޅު މީހުންނާއި، އަދި އެމީހުންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ މީހުން - يعني مشركން ތިމަންރަސްކަލާނގެ ލެއްވީމެވެ.
وَلَقَدۡ مَنَنَّا عَلَىٰ مُوسَىٰ وَهَٰرُونَ
Open ayah 37:114އަދި ހަމަކަށަވަރުން سلام ލެއްވި موسى ގެފާނަށާއި سلام ލެއްވި هارون އާއި ދެބޭކަލުންނަށް ތިމަންރަސްކަލާނގެ نبي ކަން ދެއްވައި ދަރުމަކުރެއްވީމެވެ.
وَنَجَّيۡنَٰهُمَا وَقَوۡمَهُمَا مِنَ ٱلۡكَرۡبِ ٱلۡعَظِيمِ
Open ayah 37:115އަދި އެދެބޭކަލުންނާއި އެދެބޭކަލުންގެ ޤައުމުގެ މީހުން (ފިރުޢައުނުގެ ކިބައިން ނުވަތަ ޣަރަޤުވުމުން) ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. ޔަޢުނީ ބޮޑުވެގެންވާ ހިތާމައިން ސަލާމަތްކޮށްދެއްވީމެވެ.
وَنَصَرۡنَٰهُمۡ فَكَانُواْ هُمُ ٱلۡغَٰلِبِينَ
Open ayah 37:116އަދި ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ނަޞްރުދެއްވީމެވެ. އެބޭކަލުންވީ ގަދަވީ މީހުންގެ ތެރެއިންނެވެ.
وَءَاتَيۡنَٰهُمَا ٱلۡكِتَٰبَ ٱلۡمُسۡتَبِينَ
Open ayah 37:117އަދި ބަޔާންވެ ފައުޅުވެގެންވާ ފޮތް (تَوْرَات) ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ދެއްވީމެވެ.
وَهَدَيۡنَٰهُمَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ
Open ayah 37:118އަދި ސީދާވެގެންވާ ތެދުމަގު ތިމަންރަސްކަލާނގެ އެދެބޭކަލުންނަށް ދެއްކެވީމެވެ.
وَتَرَكۡنَا عَلَيۡهِمَا فِي ٱلۡأٓخِرِينَ
Open ayah 37:119އަދި ފަހުން އަންނަ މީހުން ކިޔާގޮތަށް އެދެބޭކަލުންނަށްޓަކައި ތިމަންރަސްކަލާނގެ ދޫކުރެއްވީމުއެވެ.
سَلَٰمٌ عَلَىٰ مُوسَىٰ وَهَٰرُونَ
Open ayah 37:120موسى ގެފާނާއި هارون ގެފާނާއި ދެބޭކަލުންގެ މައްޗަށް سلام ހުއްޓެވެ. (އެބަހީ އެބޭކަލުންނަށް موسى عليه السلام ކިޔާގޮތަށާއި هارون عليه السلام ކިޔާގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.)
إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
Open ayah 37:121އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.
إِنَّهُمَا مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ
Open ayah 37:122އަދި ހަމަކަށަވަރުން އެދެބޭކަލުން ވަނީ ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ.
وَإِنَّ إِلۡيَاسَ لَمِنَ ٱلۡمُرۡسَلِينَ
Open ayah 37:123އަދި ހަމަކަށަވަރުން إلياس عليه السلام ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.
إِذۡ قَالَ لِقَوۡمِهِۦٓ أَلَا تَتَّقُونَ
Open ayah 37:124އެކަލޭގެފާނު އެކަލޭގެފާނުންގެ قوم ގެ މީހުންނަށް ވިދާޅުވި ހިނދު ހަދުމަފުޅުކުރައްވާށެވެ. އެކަލޭގެފާނު قوم ގެ މީހުންނަށް ވިދާޅުވިއެވެ. ކަލޭމެން ފަހެ تقوى ވެރި ނުވާނެހެއްޔެވެ؟ (ﷲ އަށް ބިރުވެތި ނުވާނެހެއްޔެވެ؟)
أَتَدۡعُونَ بَعۡلٗا وَتَذَرُونَ أَحۡسَنَ ٱلۡخَٰلِقِينَ
Open ayah 37:125"ކަލޭމެން ހައްދަވާ ސޫރަ ރީތި ކުރެއްވި ކަލާނގެ ދޫކޮށް ކަލޭމެން بعل އެވެ ކިޔާ ބުދަށް އަޅުކަން ކޮށް ގޮވާ ހަދަނީ ހެއްޔެވެ؟
ٱللَّهَ رَبَّكُمۡ وَرَبَّ ءَابَآئِكُمُ ٱلۡأَوَّلِينَ
Open ayah 37:126ﷲ އެއީ ކަލޭމެންނާއި އަދި ކަލޭމެންގެ އިސްވެދިޔަ ކާބަފައިންގެވެސް رب އެވެ."
فَكَذَّبُوهُ فَإِنَّهُمۡ لَمُحۡضَرُونَ
Open ayah 37:127ފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެންފަހެ އެމީހުންވީ عذاب އަށް حاضر ވެވިގެންވާ ބަޔަކުކަމުގައެވެ.
إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ
Open ayah 37:128އޭގެތެރެއިން ﷲ ގެ إخلاصތެރި އަޅުން މެނުވީއެވެ.
وَتَرَكۡنَا عَلَيۡهِ فِي ٱلۡأٓخِرِينَ
Open ayah 37:129އަދި ފަހުން އަންނަ މީހުން ކިޔާގޮތަށް އެކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ.
سَلَٰمٌ عَلَىٰٓ إِلۡ يَاسِينَ
Open ayah 37:130إلياس ގެ ފާނުންގެ މައްޗަށް سلام ހުއްޓެވެ. (އެބަހީ ފަހުން އަންނަ މީހުން إلياس عليه السلام ކިޔާ ގޮތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.)
إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
Open ayah 37:131ހަމަކަށަވަރުން إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.
إِنَّهُۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ
Open ayah 37:132އަދި ހަމަކަށަވަރުން އެކަލޭގެފާނު ވަނީ ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ.
وَإِنَّ لُوطٗا لَّمِنَ ٱلۡمُرۡسَلِينَ
Open ayah 37:133އަދި لُوْط عَلَيْهِ السَّلاَم ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.
إِذۡ نَجَّيۡنَٰهُ وَأَهۡلَهُۥٓ أَجۡمَعِينَ
Open ayah 37:134އެއީ އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން عذاب ން ސަލާމަތް ކުރެއްވިހިނދުންނެވެ.
إِلَّا عَجُوزٗا فِي ٱلۡغَٰبِرِينَ
Open ayah 37:135އެންމެ عجوز އެއް މެނުވީއެވެ. އެބަހީ އެންމެ އަންހެނެއް މެނުވީއެވެ. އެއީ لوط ގެފާނުގެ އަނބިކަނބަލުންނެވެ. ފަހެ އެކަމަނާވީ عذاب ގައި ހަލާކުވި މީހުންގެ ތެރެއިންނެވެ.
ثُمَّ دَمَّرۡنَا ٱلۡأٓخَرِينَ
Open ayah 37:136ދެން އީމާންނުވާ އެންމެން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި ބަރުބާދު ކުރެއްވީމެވެ.
وَإِنَّكُمۡ لَتَمُرُّونَ عَلَيۡهِم مُّصۡبِحِينَ
Open ayah 37:137(އޭ عربي ންގެ قريش ންނޭވެ. ކަލޭމެން شام ކަރައަށް ގޮސް އައިސްވާ މަގުމަތީގައި) ކަލޭމެން އެމީހުންގެ ގޯތިގެދޮރުތަކުން ލައިފާ (އެމީހުން އުޅުނު ތަނުން ލައިފައި) ފަތިސްވަގުތުގައްޔާއި.
وَبِٱلَّيۡلِۚ أَفَلَا تَعۡقِلُونَ
Open ayah 37:138އަދި ރޭގަނޑު ވަގުތު ގޮސް އައިސްވަމުއެވެ. ކަލޭމެންފަހެ އެއްޗެއްވިސްނާ ބުއްދިކޮށް عبرة حاصل ނުކުރަމުހެއްޔެވެ؟
وَإِنَّ يُونُسَ لَمِنَ ٱلۡمُرۡسَلِينَ
Open ayah 37:139އަދި ހަމަކަށަވަރުން يونس عليه السلام ވަނީ ފޮނުއްވިގެންވާ رسول ބޭކަލުންގެ ތެރެއިންނެވެ.
إِذۡ أَبَقَ إِلَى ٱلۡفُلۡكِ ٱلۡمَشۡحُونِ
Open ayah 37:140އެކަލޭގެފާނު (އެކަލޭގެފާނުންގެ قوم ގެ މީހުންގެ ކިބައިން) ފިއްލަވައިގެން ވަޑައިގެންނެވި ހިނދުން ބަރާވެފައިވާ ނަވަކަށް އަރާ ވަޑައިގެންނެވިއެވެ.
فَسَاهَمَ فَكَانَ مِنَ ٱلۡمُدۡحَضِينَ
Open ayah 37:141ދެން ފަހެ (ނަވުގައި މީހުން ގިނަވެ ނައު ލުއިކުރަން މީހުން މަދުކުރުމަށް) އެމީހުން ޤުރުއަތު ލިއެވެ. ފަހެ އެކަލޭގެފާނުވީ އެޤުރުއަތުން ދިމާވެގެން މޫދަށް ފުންމައިލި މީހުންގެ ތެރެއިންނެވެ.
فَٱلۡتَقَمَهُ ٱلۡحُوتُ وَهُوَ مُلِيمٞ
Open ayah 37:142ފަހެ (އެކަލޭގެފާނު ފުންމައިލެއްވުމުން) މަސް އައިސް އެކަލޭގެފާނު ދިރުވައިލައިފިއެވެ. އެއީ އެކަލޭގެފާނަށް މަލާމަތްލިބިވަޑައިގަންނަވާ ޙާލުކޮޅުގައެވެ. (ދެން އެކަލޭގެފާނު އެމަހުގެ ބަނޑުގައި އޮންނަވައިގެން تَسْبِيح ވިދާޅުވިއެވެ. ދުޢާކުރެއްވިއެވެ.)
فَلَوۡلَآ أَنَّهُۥ كَانَ مِنَ ٱلۡمُسَبِّحِينَ
Open ayah 37:143، ފަހެ އެކަލޭގެފާނު تَسْبِيح ކީ މީހުންގެ ތެރެއިން / ނުވަތަ ذِكْر ކޮށް ދުޢާ ކުރެއްވި ބޭކަލުންގެ ތެރެއިން ނުވިނަމަ ޤިޔާމަތްދުވަހަށް ދާންދެން އެމަހުގެ ބަނޑުގައި އޮންނަވައިފީހެވެ.
لَلَبِثَ فِي بَطۡنِهِۦٓ إِلَىٰ يَوۡمِ يُبۡعَثُونَ
Open ayah 37:144، ފަހެ އެކަލޭގެފާނު تَسْبِيح ކީ މީހުންގެ ތެރެއިން / ނުވަތަ ذِكْر ކޮށް ދުޢާ ކުރެއްވި ބޭކަލުންގެ ތެރެއިން ނުވިނަމަ ޤިޔާމަތްދުވަހަށް ދާންދެން އެމަހުގެ ބަނޑުގައި އޮންނަވައިފީހެވެ.
۞فَنَبَذۡنَٰهُ بِٱلۡعَرَآءِ وَهُوَ سَقِيمٞ
Open ayah 37:145ދެން ތިމަންރަސްކަލާނގެ (މަހު ބަނޑުން ނެރުއްވައި) ހުސްބިމަކަށް އެކަލޭގެފާނު ލެއްވީމެވެ. އޭރު އެކަލޭގެފާނު ވަނީ އާލާސްކަންފުޅާއެވެ. (މަސްގަނޑާ ހަންގަނޑަށް ގެއްލުންވެވަޑައިގެންފައެވެ.)
وَأَنۢبَتۡنَا عَلَيۡهِ شَجَرَةٗ مِّن يَقۡطِينٖ
Open ayah 37:146އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ يَقْطِيْن ގަހެއް ފަޅުއްވައި ދެއްވީމެވެ. (އެއީ ބަރަބޮލެވެ. ނުވަތަ ފުފުލެވެ. ނުވަތަ އެބާވަތުގެ ކޮންމެވެސް އެއްޗެކެވެ. އެއީ އެގަހުގެ ހިޔަލުގައި އޮންނެވުމަށާއި ފަރީއްކުޅުވުމަށެވެ.)
وَأَرۡسَلۡنَٰهُ إِلَىٰ مِاْئَةِ أَلۡفٍ أَوۡ يَزِيدُونَ
Open ayah 37:147ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނު، ސަތޭކަހާހަށް ވުރެ ކުޑަކޮށް ގިނަ ޢަދަދަކަށް މީހުން ތިބިރަށަކަށް رَسُول ކަމާއިގެން ފޮނުއްވީމެވެ. (އެރަށަކީ އެކަލޭގެފާނު ކުރިންވެސް ދީނަށް ގޮވައިލެއްވެވި نَيْنَوَى ކަމުގައި ބުނެވުނެވެ. ނުވަތަ އެހެންރަށެއް ކަމުގައިވެސް ބުނެވުނެވެ. وَالله أَعْلَم.)
فَـَٔامَنُواْ فَمَتَّعۡنَٰهُمۡ إِلَىٰ حِينٖ
Open ayah 37:148ދެންފަހެ އެބައިމީހުން އީމާންވިއެވެ. އަދި އެމީހުންގެ މަރުގެ އަޖަލު ހަމަވަންދެން ތިމަންރަސްކަލާނގެ އެމީހުންނަށް مُهلة. ދެއްވީމެވެ. ދުނިޔޭގައި މަޖާކޮށް އަރާމުކޮށް އުޅުމުގެ ފުރުސަތު ދެއްވީމެވެ.
فَٱسۡتَفۡتِهِمۡ أَلِرَبِّكَ ٱلۡبَنَاتُ وَلَهُمُ ٱلۡبَنُونَ
Open ayah 37:149(އޭ رَسُوْلُ الله އެވެ!) އެމީހުންކުރެ - އެބަހީ ކާފިރުންކުރެން ނިކަން ފަތުވާ އައްސަވައިބަލާށެވެ! ކަލޭގެފާނުންގެ رَبُّ އަށް (ދެރަ އަދި ނިކަމެތި ޖިންސުކަމުގައިވާ) އަންހެން ދަރިންހެއްޔެވެ؟ އަދި އެމީހުންނަށް (ރަނގަޅު އަދި މަތިވެރި ޖިންސުކަމުގައިވާ) ފިރިހެން ޖިންސުހެއްޔެވެ؟ (އެއީ ކިހާ ނުބައި ބެހުމެއްހެއްޔެވެ؟ އަދި މިއީ ހައްތަހާވެސް ބޭކާރު ވާހަކަތަކެކެވެ. ﷲ އަށް ދަރިން ނިސްބަތްކުރުމަކީ ހެޔޮނުވާނެކަމެކެވެ. އެފަދަކަންކަމުން އެކަލާނގެ ހުސް طَاهِر ވަންތަވެވޮޑިގެންވިއެވެ.)
أَمۡ خَلَقۡنَا ٱلۡمَلَٰٓئِكَةَ إِنَٰثٗا وَهُمۡ شَٰهِدُونَ
Open ayah 37:150ނުވަތަ ތިމަންރަސްކަލާނގެ މަލާއިކަތްބޭކަލުން ހެއްދެވީ އަންހެން ޖިންސުންކަމުގައި ބުނަނީ ފަހެ މަލާއިކަތް ބޭކަލުން ހެއްދެވިތާ އެމީހުންއެތާ ތިބީހެއްޔެވެ؟ (އެހެންވެސް ވީއެއްނޫނެވެ.)
أَلَآ إِنَّهُم مِّنۡ إِفۡكِهِمۡ لَيَقُولُونَ
Open ayah 37:151ދަންނާށެވެ. އެމީހުން ބޮޑުދޮގުހަދައިގެން ހަމަކަށަވަރުން އެމީހުން އެބުނަނީ.
وَلَدَ ٱللَّهُ وَإِنَّهُمۡ لَكَٰذِبُونَ
Open ayah 37:152ﷲ ދަރިކަލަކު އިޚްތިޔާރުކުރެއްވިކަމުގައެވެ. އަދި ހަމަކަށަވަރުން އެމީހުންއެއީ ދޮގުވެރިންނެވެ.
أَصۡطَفَى ٱلۡبَنَاتِ عَلَى ٱلۡبَنِينَ
Open ayah 37:153އެކަލާނގެ ފަހެ ފިރިހެން ދަރިންގެ މައްޗަށް އަންހެން ދަރިން މާތްކުރައްވައި ޚާއްޞަކުރެއްވީހެއްޔެވެ؟
مَا لَكُمۡ كَيۡفَ تَحۡكُمُونَ
Open ayah 37:154ކަލޭމެނަށް ފަހެ ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ކަލޭމެން ތިޔަކުރަނީ ކޮންކަހަލަ ޙުކުމެއްހެއްޔެވެ؟
أَفَلَا تَذَكَّرُونَ
Open ayah 37:155ކަލޭމެން ފަހެ އެއްވެސް އެއްޗެއް ވިސްނައި ނަޞީޙަތެއް ޢިބްރަތެއް ލިބިނުގަންނާނެހެއްޔެވެ؟
أَمۡ لَكُمۡ سُلۡطَٰنٞ مُّبِينٞ
Open ayah 37:156ނުވަތަކަލޭމެނަށް (އެހެންބުނަން ޙައްޤު ވާފަދަ) ސާފުސާފު އަދި ބަޔާން ވެގެންވާ ދަލީލާއި ޙުއްޖަތްވަނީ ހެއްޔެވެ؟
فَأۡتُواْ بِكِتَٰبِكُمۡ إِن كُنتُمۡ صَٰدِقِينَ
Open ayah 37:157އަދި ކަލޭމެންގެ ބަހުގައި ކަލޭމެނަކީ ތެދުވެރިންކަމުގައި ވަންޏާ އެފަދަ ވާހަކައެއްއޮތް ފޮތެއްއޮތިއްޔާ ނިކަން ގެނެސްދީބަލާށެވެ.
وَجَعَلُواْ بَيۡنَهُۥ وَبَيۡنَ ٱلۡجِنَّةِ نَسَبٗاۚ وَلَقَدۡ عَلِمَتِ ٱلۡجِنَّةُ إِنَّهُمۡ لَمُحۡضَرُونَ
Open ayah 37:158އަދި އެމީހުން (އެބަހީ އެނުބައި ޔަހޫދީން ނުވަތަ މައްކާގެ ކާފިރުން) ﷲ އާއި ޖިންނީންނާދެމެދު ނަސަބުގެ ގުޅުންވާކަމުގައި ބުނެހަދައިލިއެވެ. އެފަދަ ހުރިހާ ކަމަކުން ﷲ ހުސް طَاهِر ވަންތަވެވޮޑިގެންވެއެވެ.) އަދި ޖިންނީންނަކީވެސް ޤިޔާމަތްދުވަހުން ޢަޛާބަށް ޙާޟިރު ކުރެވޭނެ ބައެއްކަން ހަމަކަށަވަރުން ޖިންނީން ދަނެއެވެ. އަދި ދަންނައެވެ. މިއާޔަތުގެ ތަރުޖަމާ އަދި އެހެންގޮތްގޮތަށް ވެސްވެއެވެ. އެހެންވެ އެވާހަކަ ހަނދާންކޮށްލަމެވެ.
سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ
Open ayah 37:159އެމީހުން އެސިފަކުރާ ކަންކަމުން އެކަލާނގެ ހުސް طَاهِر ވަންތަވެވޮޑިގެންވެއެވެ.
إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ
Open ayah 37:160އެމީހުން އެ ސިފަކުރާ ސިފަކުރުންތަކުން އަދި އެކަންކަމުން ﷲ ގެ އިޚްލާޞްތެރި އަޅުން ބަރީއަވެގެންވެއެވެ.
فَإِنَّكُمۡ وَمَا تَعۡبُدُونَ
Open ayah 37:161، އަދި ހަމަކަށަވަރުން ކަލޭމެންނާއި އަދި ކަލޭމެން އަޅުކަންކުރާ ތަކެއްޗަށްވެސް، އެމީހަކު ނަރަކައަށް ވަނުމަށް ﷲ ނިޔާ ކުރައްވާމިންވަރު ކުރައްވާފައިވާ އަޅަކުމެނުވީ މަގުފުރައްދައި ނުލެވޭނެއެވެ.
مَآ أَنتُمۡ عَلَيۡهِ بِفَٰتِنِينَ
Open ayah 37:162، އަދި ހަމަކަށަވަރުން ކަލޭމެންނާއި އަދި ކަލޭމެން އަޅުކަންކުރާ ތަކެއްޗަށްވެސް، އެމީހަކު ނަރަކައަށް ވަނުމަށް ﷲ ނިޔާ ކުރައްވާމިންވަރު ކުރައްވާފައިވާ އަޅަކުމެނުވީ މަގުފުރައްދައި ނުލެވޭނެއެވެ.
إِلَّا مَنۡ هُوَ صَالِ ٱلۡجَحِيمِ
Open ayah 37:163[ނަރަކައަށް ވަނުމަށް (ﷲ ގެ ނިޔާގައި) ނިމިފައިވާ މީހަކު މެނުވީ.]
وَمَا مِنَّآ إِلَّا لَهُۥ مَقَامٞ مَّعۡلُومٞ
Open ayah 37:164(މަލާއިކަތްބޭކަލުން ވިދާޅުވާކަމަށް ﷲ އަންގަވައެވެ.) އެބޭކަލުން އަޅުކަން ކުރެއްވުމަށް އުޑުން ވަކިތަނެއް ކަނޑައެޅި عين ވެގެންނުވާ އެއްވެސް ބޭކަލެއް ތިމަންބޭކަލުން ތެރޭ ނުވެއެވެ. (އެބަހީ ކޮންމެ ބޭކަލަކަށްވެސް ތަނެއްކަނޑައެޅިގެންވެއެވެ.)
وَإِنَّا لَنَحۡنُ ٱلصَّآفُّونَ
Open ayah 37:165އަދި ހަމަކަށަވަރުން ތިމަން ބޭކަލުންނީ (ކިޔަމަންތެރިކަމާއި އަޅުވެތިކަމުގައި) ސަފުތައް ހައްދަވައިގެންވާ ބޭކަލުންނެވެ.
وَإِنَّا لَنَحۡنُ ٱلۡمُسَبِّحُونَ
Open ayah 37:166"އަދި ހަމަކަށަވަރުން ތިމަން ބޭކަލުންނީ (ﷲ އާއި އެކަށީގެންނުވާ ކޮންމެ އުނިސިފައަކުން) އެކަލާނގެ ހުސް طاهر ވަންތަ ކޮށް تقديس ކުރާ ބޭކަލުންނީމުއެވެ. تسبيح ކިޔާ ބޭކަލުންނީމުއެވެ."
وَإِن كَانُواْ لَيَقُولُونَ
Open ayah 37:167އަދި އެމީހުން- އެބަހީ مكة ގެ ކާފަރުން ބުނާކަމުގައި ވިޔަސްމެއެވެ. (އެމީހުން ބުނެއެވެ.)
لَوۡ أَنَّ عِندَنَا ذِكۡرٗا مِّنَ ٱلۡأَوَّلِينَ
Open ayah 37:168އިސްވެދިޔަ ފޮތްތައްފަދަ ފޮތެއް (توراة ފަދަ إنجيل ފަދަ ފޮތެއް) އަހުރެމެންގެ އަތުގައިވީނަމަ،
لَكُنَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ
Open ayah 37:169"ހަމަކަށަވަރުން އަހަރެމެންވެސް ﷲ އަށް إخلاص ތެރި އަޅުންކަމުގައިވީހެވެ." (ނަމަވެސް އެމީހުންގާތަށް ﷲ ފޮތް ކީރިތި قرآن އައި ހިނދު އެއަށް އެމީހުންވީ ކާފަރެވެ. އެހެންވެ ﷲ އެއަންގަވަނީ މިފަދައިންނެވެ.
فَكَفَرُواْ بِهِۦۖ فَسَوۡفَ يَعۡلَمُونَ
Open ayah 37:170ފަހެ އެމީހުން އެފޮތަށް ކާފަރުވީއެވެ. އަދި ނިކަންހުރެ (އެމީހުންގެ އެކާފަރުކަމުގެ ފަހުކޮޅު އެކަމުގެ ނަތީޖާ) އެމީހުން ދެކޭނެއެވެ.
وَلَقَدۡ سَبَقَتۡ كَلِمَتُنَا لِعِبَادِنَا ٱلۡمُرۡسَلِينَ
Open ayah 37:171އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލިމަ ފުޅު ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިންވާ ރަސޫލު ބޭކަލުންނަށް އިސްވެގޮސްފައިވެއެވެ. (އެކަލިމަ ފުޅަކީ لأغْلِبَنَّ أَنَ وَرُسُلِى، މި ކަލިމަފުޅެވެ. އޭގެ މާނައަކީ ހަމަކަށަވަރުން ގަދަވެގަތުންވަނީ ތިމަންރަސްކަލާނގެއަށާއި އަދި ތިމަންރަސްކަލާނގެ ރަސޫލުންނަށެވެ. މިއެވެ.)
إِنَّهُمۡ لَهُمُ ٱلۡمَنصُورُونَ
Open ayah 37:172ހަމަކަށަވަރުން އެބޭކަލުންއެއީ ކަނޑައެޅިގެން ނަޞްރު ލިބިގެންވާނޭ ބޭކަލުންނެވެ.
وَإِنَّ جُندَنَا لَهُمُ ٱلۡغَٰلِبُونَ
Open ayah 37:173އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ލަޝްކަރު (އެއީ رَسُوْلُ ބޭކަލުންނާއި އެބޭކަލުންނާއި ތަބަޢަވީމީހުންނެވެ.) އެއީ ގަދަވާނޭ މީހުންނެވެ.
فَتَوَلَّ عَنۡهُمۡ حَتَّىٰ حِينٖ
Open ayah 37:174(އޭ ރަސޫލު ﷲ އެވެ!) އެމީހުން ފިޔަވައި ކަލޭގެފާނު އެނބުރިވަޑައިގަންނަވާށެވެ. އެމީހުންނާ ދިމާނުކުރައްވާށެވެ. ވަކިމުއްދަތެއް އަތުވެއްޖެއުމަށް ދާންދެނެވެ. (އެއީ ހަނގުރާމަ ކުރެއްވުމުގެ އަމުރުފުޅު އަންނަންދެނެވެ.)
وَأَبۡصِرۡهُمۡ فَسَوۡفَ يُبۡصِرُونَ
Open ayah 37:175އަދި (އެމީހުންނަށް عذاب އައިމާ) ކަލޭގެފާނު އެމީހުންނަށް ބައްލަވާށެވެ. ފަހެ ނިކަންހުރެ އެމީހުން ދެކޭނެއެވެ.
أَفَبِعَذَابِنَا يَسۡتَعۡجِلُونَ
Open ayah 37:176އެމީހުން ފަހެ އެއެދެނީ ތިމަންރަސްކަލާނގެ عذاب އަވަސް ވުމަށް ހެއްޔެވެ؟
فَإِذَا نَزَلَ بِسَاحَتِهِمۡ فَسَآءَ صَبَاحُ ٱلۡمُنذَرِينَ
Open ayah 37:177ފަހެ އެމީހުންގެ ގޯތިގެދޮރަށް عذاب އަތުވެއްޖެއްޔާ ނުވަތަ رسول الله ﷺ، مكة فتح ކުރެއްވުމަށް ވަޑައިގަތީމާ ދެން އޭރުން إنذار ކުރެވުނު މީހުންގެ ފަތިސް ނުބައިވެގެންވެއެވެ.
وَتَوَلَّ عَنۡهُمۡ حَتَّىٰ حِينٖ
Open ayah 37:178ފަހެ ކަލޭގެފާނު އެމީހުން ފިޔަވައި މުއްދަތަކަށް އެނބުރިވަޑައިގަންނަވާށެވެ.
وَأَبۡصِرۡ فَسَوۡفَ يُبۡصِرُونَ
Open ayah 37:179އަދި ކަލޭގެފާނު އެމީހުންނަށް ބައްލަވާށެވެ. ނިކަންހުރެ އެމީހުންވެސް ދެކޭނެއެވެ.
سُبۡحَٰنَ رَبِّكَ رَبِّ ٱلۡعِزَّةِ عَمَّا يَصِفُونَ
Open ayah 37:180ކަލޭގެފާނުގެ رَب އެއީ عزة ވަންތަ رَب އެވެ. އެމީހުން އެސިފަކުރާ ސިފަކުރުން ތަކުން އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ.
وَسَلَٰمٌ عَلَى ٱلۡمُرۡسَلِينَ
Open ayah 37:181އަދި ސަލާމާއި އަމާންކަން ހުރީ رسول ބޭކަލުންނަށެވެ.
وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ
Open ayah 37:182އަދި އެންމެހައި حمد އާއި تعريف އެއްހުރީ عالم ތަކުގެވެރި رب، ﷲ އަށެވެ.