ص

Saad

The letter Saad · Surah 38 · Ayahs: 88 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. صٓۚ وَٱلۡقُرۡءَانِ ذِي ٱلذِّكۡرِ

    Open ayah 38:1

    ص: މިއަކުރުގެމާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ذكرގެވެރި ނުވަތަ شرف ވެރި قرآن ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وحي ކުރައްވަމެވެ. (ކަންތައް އޮތީ އެ كافر ން ބުނާގޮތަކަށް ނޫނެވެ.)

  2. بَلِ ٱلَّذِينَ كَفَرُواْ فِي عِزَّةٖ وَشِقَاقٖ

    Open ayah 38:2

    އަދި ކިޔެއްހެއްޔެވެ. ކާފަރު ވެއްޖެ މީސްތަކުން އެވަނީ ވަރަށްބޮޑު كبر ވެރިކަމާއި ބޮޑާކަމެއްގައެވެ. އަދި رسول الله ﷺ އާއި مؤمن ންނާއިމެދު خلاف ވެ عداوة ތެރިވުމެއްކަމުގައެވެ.

  3. كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّن قَرۡنٖ فَنَادَواْ وَّلَاتَ حِينَ مَنَاصٖ

    Open ayah 38:3

    މި مكة މީހުންގެ ކުރިންތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައް أمة ހެއްޔެވެ؟ (އެއީ އެ أمة ތަކުގެ މީހުން އެމީހުންގެ رسول ންނަށް އީމާންނުވެގެންނެވެ.) އަދި އެމީހުންނަށް عذاب އައި ވަގުތު އެމީހުން ސަލާމަތަށްގޮވާ دعاء ކޮށް ހެދިއެވެ. އެކަމަކު އެވަގުތު އެއީ ގޮވިޔަސް ސަލާމަތްވާނެ ވަގުތެއްނޫނެވެ.

  4. وَعَجِبُوٓاْ أَن جَآءَهُم مُّنذِرٞ مِّنۡهُمۡۖ وَقَالَ ٱلۡكَٰفِرُونَ هَٰذَا سَٰحِرٞ كَذَّابٌ

    Open ayah 38:4

    އަދި އެމީހުން يعني مكة ގެ މީހުން އެ عجائب ވީ އެމީހުންގެ ތެރެއަށް އެމީހުންގެ ތެރެއިން إنذار ކުރައްވާނޭ رسول ބޭކަލަކު ވަޑައިގަނެގެންނެވެ. އަދި ކާފަރުން ބުނީ މިއީ سحر ވެރި ދޮގުވެރިއެއް ކަމުގައެވެ.

  5. أَجَعَلَ ٱلۡأٓلِهَةَ إِلَٰهٗا وَٰحِدًاۖ إِنَّ هَٰذَا لَشَيۡءٌ عُجَابٞ

    Open ayah 38:5

    އެކަލޭގެފާނު އެހައްދަވަނީ މިހުރިހާ إله ންގެ ބަދަލުގައި އެންމެ إله އެކެވެ. (މިހުރިހާ ކަމެއް އެންމެ إلَهُ އަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ ނުވާނެއެވެ.) ހަމަކަށަވަރުން މިއީ ވަރަށް عَجَائِبُ ހުރިކަމެކެވެ.

  6. وَٱنطَلَقَ ٱلۡمَلَأُ مِنۡهُمۡ أَنِ ٱمۡشُواْ وَٱصۡبِرُواْ عَلَىٰٓ ءَالِهَتِكُمۡۖ إِنَّ هَٰذَا لَشَيۡءٞ يُرَادُ

    Open ayah 38:6

    އެމީހުންގެތެރެއިން ބޮޑެތިމީހުންގެ ޖަމާޢަތެއް ތެދުވެގެން ހިގައްޖެއެވެ. (އަދި އެމީހުން ދަމުންބުންޏެވެ.) "ކަލޭމެން ކަލޭމެންގެ ދީންމަތީ ސާބިތުވެ ތިބޭށެވެ! (އަދި މި مُحَمَّدُ ގެފާނުން ދައްކަވާ ވާހަކަނުއަހާށެވެ.) އަދި ކަލޭމެންގެ إلَهُ ން ތަކަށް އަޅުކަން ކުރުންމަތީ ޤާއިމުވެ ކެތްތެރިވާށެވެ. ހަމަކަށަކަވަރުން އެކަލޭގެފާނު އެއެދެނީ އަހުރެމެންނަށްވުރެން މަތިވެރިވެ އަހުރެމެންގެމައްޗަށް حُكُم ކުރާށެވެ.

  7. مَا سَمِعۡنَا بِهَٰذَا فِي ٱلۡمِلَّةِ ٱلۡأٓخِرَةِ إِنۡ هَٰذَآ إِلَّا ٱخۡتِلَٰقٌ

    Open ayah 38:7

    އެންމެފަހުން އައި ދީނުގެފަރާތުންވެސް އަހުރެމެން އެފަދަ ވާހަކައެއްނުއަހަމެވެ. އެއީ ހަމަ އެކަލޭގެފާނުން ހަދައިގެންއުޅޭ ދޮގުވާހަކައެއްކަމުގައި މެނުވީ ނުވެއެވެ."

  8. أَءُنزِلَ عَلَيۡهِ ٱلذِّكۡرُ مِنۢ بَيۡنِنَاۚ بَلۡ هُمۡ فِي شَكّٖ مِّن ذِكۡرِيۚ بَل لَّمَّا يَذُوقُواْ عَذَابِ

    Open ayah 38:8

    އަދި އަހުރެމެން މިހެންތިއްބާ އަހުރެމެންގެތެރެއިން އޭނާއަށްވަކިން قرآن ބާވާއިލެއްވީ ހެއްޔެވެ؟ الله وَحِي ކުރެއްވިއެވެ. (އެހެންނަކުންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އެވަނީ ތިމަންރަސްކަލާނގެ ذِكْرُ އާމެދު އެބަހީ قرآن އާއިމެދު ނުވަތަ وَحِي އާއިމެދު ޝައްކެއްގައެވެ. އަދި ކިއެއްހެއްޔެވެ؟ އަދި މިހާތަނަށް ތިމަންރަސްކަލާނގެ عَذَابُ ގެރަހަ އެމީހުންނަށް ނުފެންނަނީއެވެ.

  9. أَمۡ عِندَهُمۡ خَزَآئِنُ رَحۡمَةِ رَبِّكَ ٱلۡعَزِيزِ ٱلۡوَهَّابِ

    Open ayah 38:9

    (އޭ رَسُولُ الله އެވެ.) ކަލޭގެފާނުންގެ عِزَّة ވަންތަ އަދި ގިނަގިނައިންދެއްވާ رَبُّ ގެ رَحْمَة ގެ خَزَانَة ތައް އެމީހުންގެ އަތުގައިވަނީބާވައެވެ؟ (އެމީހުން އެދޭމީހަކަށް ނަބީކަމާއި ރަސޫލުކަން އެމީހުންނަށް ދެވުނީހީ އެހެންނަމަތާއެވެ.)

  10. أَمۡ لَهُم مُّلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَاۖ فَلۡيَرۡتَقُواْ فِي ٱلۡأَسۡبَٰبِ 

    Open ayah 38:10

    ނުވަތަ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތީގެ މިލްކުވެރިކަން އެމީހުންގެ އަތުގައިވަނީ ހެއްޔެވެ؟ (އެމީހުން ބޭނުންމީހަކަށް ބޭނުން އެއްޗެއްދީ އަދިބޭނުންނޫންމީހަކަށް ނުދީ ހިފަހައްޓާނީ އެހެންނަމަތާއެވެ.) ދެން އެމީހުން އެހީކުރާގޮތަށް އުޑާއި ބިމުގެ މިލްކުވާނަމަ އެމީހުން ނިކަން އުޑަށް އަރައިބަލާށެވެ. އަދި مُحَمَّد ގެފާނަށް ބާވައިލައްވާ وَحِي ބަންދުކޮށްބަލާށެވެ.

  11. جُندٞ مَّا هُنَالِكَ مَهۡزُومٞ مِّنَ ٱلۡأَحۡزَابِ

    Open ayah 38:11

    އެމީހުންނަކީ އިސްވެދިޔަ އުއްމަތްތަކުގައި ތިބިކާފަރުން ފަދައިން އެތާ - އެބަހީ ބަދުރުގެ ދުވަހު ނުވަތަ މައްކާ ފަތަޙަވާ ދުވަހުން ބަލިވެގެންދާނޭ ލަޝްކަރެކެވެ.

  12. كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَعَادٞ وَفِرۡعَوۡنُ ذُو ٱلۡأَوۡتَادِ

    Open ayah 38:12

    އެމީހުންގެ ކުރިން އެބަހީ މައްކާގެ އަހުލުވެރިންގެ ކުރިންވެސް نوح قوم ގެމީހުންނާއި عَادُ ބާގައިގެމީހުންނާއި އަދި ކަޑަތަކުގެވެރި فرعون ގެމީހުންނާއި އެ އެންމެންވެސް އެމީހުންގާތަށް ފޮނުވުނު ރަސޫލުން އެމީހުން ދޮގުކުރިއެވެ.

  13. وَثَمُودُ وَقَوۡمُ لُوطٖ وَأَصۡحَٰبُ لۡـَٔيۡكَةِۚ أُوْلَٰٓئِكَ ٱلۡأَحۡزَابُ

    Open ayah 38:13

    އަދި ثمود ބާގައިގެމީހުންނާއި އަދި لوط قوم ގެމީހުންނާއި އަދި أَيْكَةُ އެކުވެރިންނާއި (އެއީ شُعَيْبُ عَلَيْه السلام ދީނަށް ގޮވައިލެއްވި ބައެކެވެ.) ބޮޑެތި ގަދަ ޖަމާޢަތްތަކަކީ އެއީއެވެ.

  14. إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ

    Open ayah 38:14

    އެހުރިހާމީހުންވެސް އެމީހުންގާތަށް ފޮނުވުނު ރަސޫލުބޭކަލުން ދޮގުކުރިބަޔަކު ކަމުގައިމެނުވީ ނުވެއެވެ. ދެން ފަހެ އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ عُقُوبَة حَقُّ ވެއްޖެއެވެ. (އެމީހުންނަށް ޢަޒާބު އައީއެވެ.)

  15. وَمَا يَنظُرُ هَٰٓؤُلَآءِ إِلَّا صَيۡحَةٗ وَٰحِدَةٗ مَّا لَهَا مِن فَوَاقٖ

    Open ayah 38:15

    އަދި މިއެންމެންވެސް ހަމައެކަނި އެންމެ އަޑުފަށަކަށްމެނުވީ (ތާޅަފިލި ފުންމަވާލެއްވުމަށްމެނުވީ) إنْتِظَارُ ނުކުރެއެވެ. އެއަޑުފަށަށް އެއްވެސް ހުއްޓުމެއްނުވެއެވެ.

  16. وَقَالُواْ رَبَّنَا عَجِّل لَّنَا قِطَّنَا قَبۡلَ يَوۡمِ ٱلۡحِسَابِ

    Open ayah 38:16

    އަދި އެމީހުން އެބަހީ ކާފަރުން ބުންޏެވެ. "އޭއަޅަމެންގެ رَبُّ އެވެ. އަޅަމެންނަށް އޮތް އެއްޗެއްވިއްޔާ (ހެވަސް ނުބަޔަސް) ހިސާބު ބައްލަވާދުވަހުގެކުރިން އަޅަމެންނަށް އަވަސްކޮށްދެއްވާށެވެ." (އެއީ عَذَاب އަކަސް ثَوَاب އަކަސް މެއެވެ.)

  17. ٱصۡبِرۡ عَلَىٰ مَا يَقُولُونَ وَٱذۡكُرۡ عَبۡدَنَا دَاوُۥدَ ذَا ٱلۡأَيۡدِۖ إِنَّهُۥٓ أَوَّابٌ

    Open ayah 38:17

    (އޭ رَسُولُ الله އެވެ!) އެމީހުން އެބުނާއެއްޗެއްސާއި މެދު ކެތްތެރިވެވަޑައިގަންނަވާށެވެ. އަދި ތިމަންރަސްކަލާނގެ އަޅާ دَاوُد ހަނދުމަފުޅު ކުރައްވާށެވެ. އެކަލޭގެފާނަކީ ދީނުގެ ކަންތަކުގައި ގަދައަތެއްވާބޭކަލެކެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ގިނަގިނައިން ﷲ އަށް تَوْبَة ވެ ވަޑައިގަންނަވާ ބޭކަލެކެވެ.

  18. إِنَّا سَخَّرۡنَا ٱلۡجِبَالَ مَعَهُۥ يُسَبِّحۡنَ بِٱلۡعَشِيِّ وَٱلۡإِشۡرَاقِ

    Open ayah 38:18

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފަރުބަދަތައް ކިޔަމަންކުރެއްވީމެވެ. އެތަކެތި އެކަލޭގެފާނާއިއެކު ހަވީރުގެ ވަގުތުގައްޔާއި އަދި ހެދުނުގެ ވަގުތުގައި تسبيح ކިޔައެވެ. ﷲ ހުސްطاهر ވަންތަކުރެއެވެ.

  19. وَٱلطَّيۡرَ مَحۡشُورَةٗۖ كُلّٞ لَّهُۥٓ أَوَّابٞ

    Open ayah 38:19

    އަދި ދޫނިތައް ބައިބަޔަށް ޖައްވުގެތެރޭގައި ޖަމާވެ ހިފެހެއްޓިގެންވެއެވެ. އެހުރިހާތަކެތި އެކަލޭގެފާނަށް ކިޔަމަންތެރިވެގެންވެއެވެ. އެކަލޭގެފާނާއިއެކު ﷲ އަށް تسبيح ކިޔާނެއެވެ.

  20. وَشَدَدۡنَا مُلۡكَهُۥ وَءَاتَيۡنَٰهُ ٱلۡحِكۡمَةَ وَفَصۡلَ ٱلۡخِطَابِ 

    Open ayah 38:20

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ވެރިކަން ގަދަކޮށްދެއްވީމެވެ. (އެއީ عداوة ތެރިންގެ މައްޗަށް އެކަލޭގެފާނަށް نصرދެއްވައި مادّى އަދި روحانى ބާރުތައް ދެއްވައިގެންނެވެ.) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް حكمة ދެއްވީމެވެ. އެއީ نبي ކަމާއި އެކަލޭގެފާނު ކުރައްވާ ކޮންމެ حكم އެއްގެ معرفة ވެރިކަމެވެ. އަދި ނިޔާކުރެއްވުމުގެ ރަނގަޅު ގޮތާއި ރަނގަޅުވިސްނުން ދެއްވީމެވެ. (ވާހަކަ ވަކިކުރުމާއި حكم ވަކިކުރެއްވުމުގެ ހުނަރުވެރިކަން ދެއްވީމެވެ.) * ދަންނައެވެ. فصل الخطاب އަކީ ކޮން އެއްޗެއް ކަމާއިމެދު مفسر ންގެ ބަސް ތަފާތެވެ. މިފޮތުގައި ލިޔެވިފައިވަނީ އޭގެތެރެއިން ދެގޮތެކެވެ. والله أعلم.

  21. ۞وَهَلۡ أَتَىٰكَ نَبَؤُاْ ٱلۡخَصۡمِ إِذۡ تَسَوَّرُواْ ٱلۡمِحۡرَابَ

    Open ayah 38:21

    (އޭ رسول الله އެވެ.) دعوى ކުރާ خصم ންގެ خبر ކަލޭގެފާނުންގެ އަރިހަށް އައިތޯއެވެ؟ محراب ގެ ފާރުމަތިން (داود عليه السّلام އިންނެވި منزل ގެ ފާރުމަތިން އެދެ خصم ން އެރި ހިދުންނެވެ.

  22. إِذۡ دَخَلُواْ عَلَىٰ دَاوُۥدَ فَفَزِعَ مِنۡهُمۡۖ قَالُواْ لَا تَخَفۡۖ خَصۡمَانِ بَغَىٰ بَعۡضُنَا عَلَىٰ بَعۡضٖ فَٱحۡكُم بَيۡنَنَا بِٱلۡحَقِّ وَلَا تُشۡطِطۡ وَٱهۡدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ

    Open ayah 38:22

    އެމީހުން داود عليه السّلام ގެއަރިހަށް އައިހިނދުން އެކަލޭގެފާނުން ސިހިވަޑައިގެންނެވިއެވެ. އެބޭކަލުންދެންނެވިއެވެ. "ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ. އަހުރެމެންދެމީހުންނަކީ ދެ خَصْمُ ންނެވެ. މައްސަލައެއްގައި (قَضِيَّة އެއްގައި) ނިޔާއެއްކޮށްދެއްވުން އެދިގެން އައީއެވެ. (دّعْوَى ކުރާމީހަކާއި دّعْوَى ލިބޭމީހެކެވެ.) އަހުރެމެންދެމީހުން އެކަކު އަނެކަކުގެމައްޗަށް ރުޅިއައިސްގެން ޢަދާވަތްތެރިވީއެވެ. ފަހެ ކަލޭގެފާނުން އަހުރެމެންގެމެދުގައި ހަމަ حَقُّ ގޮތުގައި حُكُم ކޮށްދެއްވާށެވެ. އަދި ކަލޭގެފާނުން حُكُم ގައި އަނިޔާވެރިވެ ވަޑައި ނުގަންނަވާށެވެ! އަދި އަޅުގަޑުމެންނަށް ހަމަސީދާ ތެދުމަގަށް މަގުދައްކަވާ ބައްލަވާށެވެ."

  23. إِنَّ هَٰذَآ أَخِي لَهُۥ تِسۡعٞ وَتِسۡعُونَ نَعۡجَةٗ وَلِيَ نَعۡجَةٞ وَٰحِدَةٞ فَقَالَ أَكۡفِلۡنِيهَا وَعَزَّنِي فِي ٱلۡخِطَابِ

    Open ayah 38:23

    " އަޅުގަޑުމެންގެ މިމައްސަލައަކީ މިއިނީ ދީނީގޮތުން އަޅުގަނޑުގެ أَخُ އެވެ. އެނާއަށް ނުވަދިހަ ނުވަބަކަރިވެއެވެ. އަދި އަހުރެންނަށްވަނީ އެންމެ ބަކަރިއެކެވެ. ދެންފަހެ އޭނާއެ އެދެނީ އަހުރެންގެ އަތުގައިވާ އެންމެ ބަކަރިވެސް އޭނާއަށް މިލްކުކޮށްދޭށެވެ. އަދި ވާހަކަ ދެއްކުމުގައި ޖަދަލުކުރުމުގެ ގޮތުން އޭނާ އަހުރެންގެ މައްޗަށް ގަދަވެގެންފިއެވެ."

  24. قَالَ لَقَدۡ ظَلَمَكَ بِسُؤَالِ نَعۡجَتِكَ إِلَىٰ نِعَاجِهِۦۖ وَإِنَّ كَثِيرٗا مِّنَ ٱلۡخُلَطَآءِ لَيَبۡغِي بَعۡضُهُمۡ عَلَىٰ بَعۡضٍ إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَقَلِيلٞ مَّا هُمۡۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسۡتَغۡفَرَ رَبَّهُۥ وَخَرَّۤ رَاكِعٗاۤ وَأَنَابَ۩

    Open ayah 38:24

    داود عليه السّلام އަނެއްމީހާގެވާހަކައަށް ބައްލަވައިނުލައްވައި دَعْوَى ކުރާމީހާއާއި ދިމާލަށްވިދާޅުވިއެވެ. "އޭނާގެބަކަރިތަކުގެތެރެއަށް ލުމަށްޓަކައި ކަލޭގެބަކަރިދޭން އެނާ ކަލޭގެކިބައިން އެދުނުކަންއެއީ އޭނާކަލެއަށްކުރި އަނިޔާއެކެވެ. ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުން މެނުވީ (އެއީ މަދުބައެކެވެ.) ވަރަށްގިނަ ބައިވެރިން އޭގެ އެއްބައެއްގެމައްޗަށް އަނެއްބަޔަކު އަނިޔާވެރިވެއެވެ! ދަންނައެވެ. މިހިސާބަށްވާހަކަ ދިޔަތަނާ ސަރިއަތަށް އައިސްތިބިދެމީހުން ގެއްލިއްޖެއެވެ. تَفْسِيْرُ عِلمُ ވެރިންގެތެރޭގައި މަޝްހޫރުވެގެންވަނީ އެއީ داود عليه السّلام إمْتِحَانُ ކުރެއްވުމަށް ﷲ ފޮނުއްވި ދެމަލާއިކަތްބޭކަލުން ކަމަށެވެ. داود عليه السّلام ގެ حُكُم ފުޅުގައި ޢަދުލުވެރިކަމުން ނެއްޓޭފަދަ ގޮތެއްމެދުވެރިވީކަމުގައި عِلمُ ވެރިން ލިއުއްވައެވެ. އެއީ دَعْوَى ކުރިމީހާގެވާހަކަ އެކަނި އައްސަވާފައި އަނެއްމީހާގެވާކަ ނާއްސަވައި حُكُم ކުރެއްވެވިކަމެވެ. ދެންފަހެ އެދެބޭކަލުން އެތަނުން ގެއްލުމުން - غائب ވުމުން ﷲ އެކަލޭގެފާނު إمتحان ކުރެއްވީކަން داود عليه السلام އަށް يقين ފުޅުވެއްޖެއެވެ. ދެންފަހެ އެކަލޭގެފާނުންގެ رب ގެ حضرةގައި އެކަލޭގެފާނުންގެ ފާފަފުއްސެވުމަށް އެދިވަޑައިގެންދެންނެވިއެވެ. އަދި سجدة އަށް ތިރިވެވަޑައިގެންނެވިއެވެ.

  25. فَغَفَرۡنَا لَهُۥ ذَٰلِكَۖ وَإِنَّ لَهُۥ عِندَنَا لَزُلۡفَىٰ وَحُسۡنَ مَـَٔابٖ

    Open ayah 38:25

    ﷲ އެކަލޭގެފާނަށް ފާފަ ފުއްސެވި ކަމުގައި وحي ކުރެއްވިއެވެ. އަދި وحي ކުރެއްވިއެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حضرة ގައި ގާތްކަމާއި އަދި އެނބުރި ދާތަނުގެ ރަނގަޅުކަން ހުއްޓެވެ. ސުވަރުގެ ހުއްޓެވެ. އަދި މި آية ގެ تفسير ލިޔުއްވި ބައެއް ބޭކަލުން ގެންނަވާފައިވާ إسرائيلى ބައެއް ރިވާޔަތްވެއެވެ. އޭގެތެރޭގައި رسول ބޭކަލުންގެ درجة ފުޅާއި އެކަށީގެންނުވާ ވާހަކަވެސްވެއެވެ. އެހެންވެ އެބާވަތުގެވާހަކަ ލިޔާހިތްނުވީއެވެ. والله أعلم.

  26. يَٰدَاوُۥدُ إِنَّا جَعَلۡنَٰكَ خَلِيفَةٗ فِي ٱلۡأَرۡضِ فَٱحۡكُم بَيۡنَ ٱلنَّاسِ بِٱلۡحَقِّ وَلَا تَتَّبِعِ ٱلۡهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمۡ عَذَابٞ شَدِيدُۢ بِمَا نَسُواْ يَوۡمَ ٱلۡحِسَابِ

    Open ayah 38:26

    (ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ.) އޭ داود އެވެ. ހަމަކަށަވަރުން ބިމުގައި خَلِيْفَة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނުލެއްވީމެވެ. އެހެންވެ މީސްތަކުންގެމެދުގައި عَدْلُ ވެރި ހަމަޙައްޤު ގޮތުގައި حُكُم ކުރައްވާށެވެ. [އަދި ކަލޭގެފާނުންގެ ނަފުސުގެ އެދުންތަކާއި ތަބަޢަވެވަޑައި ނުގަންނަވާށެވެ.] ފަހެ އެހެންނޫންނަމަކަލޭގެފާނު الله މަގުން ކަހައިލާ ފުރެދިވަޑައިގެންފާނެއެވެ. (މަގުފުރެދިދާނެއެވެ.) ހަމަކަށަވަރުން ﷲ ގެމަގުން ފުރެދޭމީހުން (ދަންނައެވެ.) އެމީހުންނަށް ހުންނަހުރީ ގަދަވެގެންވާ ޢަޒާބެވެ. އެއީ ހިސާބުބައްލަވާދުވަސް އެމީހުން ހަދާންނެތުމުގެ ސަބަބުންނެވެ.

  27. وَمَا خَلَقۡنَا ٱلسَّمَآءَ وَٱلۡأَرۡضَ وَمَا بَيۡنَهُمَا بَٰطِلٗاۚ ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُواْۚ فَوَيۡلٞ لِّلَّذِينَ كَفَرُواْ مِنَ ٱلنَّارِ

    Open ayah 38:27

    އަދި އުޑާއިބިން ތިމަންރަސްކަލާނގެ بَاطِلُ ގޮތެއްގައި ނުހައްދަވަމެވެ. އެއީ ކާފަރުން ހީކުރާގޮތެވެ (އެބަހީ އުޑާއިބިން ހައްދަވާފައިވަނީ بَاطِلُ ގޮތެއްގައި ކަމުގައިހީކުރާނީ ކާފަރުންނެވެ.) ފަހެ ކާފަރުންނަށް ނަރަކައިގެ ގަދަޢަޒާބު ހުއްޓެވެ.

  28. أَمۡ نَجۡعَلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ كَٱلۡمُفۡسِدِينَ فِي ٱلۡأَرۡضِ أَمۡ نَجۡعَلُ ٱلۡمُتَّقِينَ كَٱلۡفُجَّارِ

    Open ayah 38:28

    އަދިކިއެއްހެއްޔެވެ؟ އީމާންވެގެން صَالِحُ عَمَلُ ކުރިމީހުން ބިންމަތީގައި ފަސާދަކުރާމީހުންފަދައިން ތިމަންރަސްކަލާނގެ ލައްވާނެހެއްޔެވެ؟ ނުވަތަ تَقْوَى ވެރިން ނުބައި ނުލަފާމީހުންފަދައިން ތިމަންރަސްކަލާނގެ ލައްވާނެހެއްޔެވެ؟ (އެހެން ނުހައްދަވާނެކަން ކަށަވަރެވެ.) ނުބައިނުލަފާމީހުންނަށް ޤިޔާމަތްދުވަހުން ހުންނާނީ ނަރަކައެވެ. އަދިއެތާގެ ޢަޒާބެވެ. އަދި މުއުމިނު تَقْوَى ވެރިން ނަށް ހުންނަހުށީ ސުވަރުގެއެވެ. އަދިއެތާގެ نِعْمَة އެވެ.

  29. كِتَٰبٌ أَنزَلۡنَٰهُ إِلَيۡكَ مُبَٰرَكٞ لِّيَدَّبَّرُوٓاْ ءَايَٰتِهِۦ وَلِيَتَذَكَّرَ أُوْلُواْ ٱلۡأَلۡبَٰبِ

    Open ayah 38:29

    ކީރިތި قُرْآن އަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށްބާވައިލެއްވި ފޮތެކެވެ. އޭގައި ގިނަ ހެޔޮތަކާއި ބަރަކާތްތައް އެކުލެވިގެންވާ މުބާރަކު ފޮތެކެވެ. އެފޮތްބާވާތްލެއްވީ އެފޮތުގެއާޔަތް ތަކަށްވިސްނާ ފިކުރު ކުރުމަށްޓަކައެވެ. (އަދި އޭގައިވާ ފަދައަކުން ޢަމަލުކުރުމަށްޓަކައެވެ. ހަމައެކަނި ކިޔަވައިލުމަށްޓަކައެއްނޫނެވެ.) ފަހެ ބުއްދިވެރި ވިސްނުންތެރިން އެފޮތުން نَصِيْحَة އާއި وَعْظُ ލިބިގަންނަހުށިކަމެވެ.

  30. وَوَهَبۡنَا لِدَاوُۥدَ سُلَيۡمَٰنَۚ نِعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٌ 

    Open ayah 38:30

    އަދިތިމަންރަސްކަލާނގެ داود ގެފާނަށް سُلَيْمَانُ ގެފާނުން ދެއްވީމެވެ. (عَلَيْهِمَا السلام) އެއީ އެބަހީ سُلَيْمَانُ ގެފާނުންނަކީ ނިޢުމަތް ލިބެވިގެންވާ ރަނގަޅު އަޅާއެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ގިނަގިނައިން ތައުބާވެވަޑައިގަންނަވާ އަޅެކެވެ.

  31. إِذۡ عُرِضَ عَلَيۡهِ بِٱلۡعَشِيِّ ٱلصَّٰفِنَٰتُ ٱلۡجِيَادُ

    Open ayah 38:31

    އެއްމޮއްގަޑު އުފުލައިގެންއޮންނަ ބާރަށްދުވާއަސް ހަވީރުގެވަގުތު އެކަލޭގެފާގެ އެބަހީ سُلَيْمَانُ ގެފާނުންގެ އަރިހަށް ގެނެވި ހުށައެޅުނުހަދާން ކުރައްވާ ބައްލަވާށެވެ!

  32. فَقَالَ إِنِّيٓ أَحۡبَبۡتُ حُبَّ ٱلۡخَيۡرِ عَن ذِكۡرِ رَبِّي حَتَّىٰ تَوَارَتۡ بِٱلۡحِجَابِ

    Open ayah 38:32

    އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން އަހުރެންގެ އަހަށްވާލޯބި އަހުރެންގެ رَبُّ އަށްވާލޯތްބަށްވުރެ އިސްކުރެވިއްޖެއެވެ. (عَصْرُ ނަމާދުވެސް އެއަހާއިހެދި ފާއިތުވީއެވެ.) އިރުއޮއްސެދެން އެއަހާއިގެން مَشْغُولُ ވެވުނީއެވެ.

  33. رُدُّوهَا عَلَيَّۖ فَطَفِقَ مَسۡحَۢا بِٱلسُّوقِ وَٱلۡأَعۡنَاقِ

    Open ayah 38:33

    އެކަލެގެފާނުން ވިދާޅުވިއެވެ. އެއަސް އަހުރެންނައި ހަމައަށް ގެންނާށެވެ. އަސްގެނެވުމުން އޭގެފައިދަޑީގައްޔާއި އޭގެކަރުގައި އަތްޕުޅު ކާއްތަވަންފެއްޓެވިއެވެ. * އަދި ބައެއްރިވާޔަތުގައިވާގޮތުން އޭތިކަތިލައި އޭގެކަރާއި އަތްފައިކެޑުއްވީއެވެ. (އެއީ އޭގެސަބަބުން ﷲގެ ذِكْرُ ން އެކަލޭގެފާނުން ހަދުމަނެތިނުވުމަށްޓަކައެވެ. والله أعلم.)

  34. وَلَقَدۡ فَتَنَّا سُلَيۡمَٰنَ وَأَلۡقَيۡنَا عَلَىٰ كُرۡسِيِّهِۦ جَسَدٗا ثُمَّ أَنَابَ

    Open ayah 38:34

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ سُلَيْمَانُ ގެފާނު إمْتِحَانُ ކުރެއްވީމެވެ. އަދި އެކަލޭގެފާނުގެ ގޮޑިކޮޅުގައި ތިމަންރަސްކަލާނގެ ހަށިގަޑެއް ނުވަތަ (ދެބައިކުޅައެއްބައިގެ އިންސާނެއް) ނުވަތަ ވާވެފައިވާ އިންސާނެއް ބެއިންދީމެވެ. ދެން އެކަލޭގެފާނުންތައުބާވެވަޑައިގެންނެވިއެވެ. ﷲ ގެ حَضْرَةُ އަށް رُجُوعَ ވެވަޑައިގެންނެވިއެވެ. * ދަންނައެވެ. صَحِيْحُ ގައި ރިވާވެގެންވާފަދައިން އެއްދުވަހަކު سُلَيْمَانُ ގެފާނުވިދާޅުވިއެވެ. މިރޭއަހުރެން ސަތޭކަޖާރިޔާއިންނާއި (އަދި އެހެން ރިވާޔަތެއްގައިވަނީ ނުވަދިހަ އަންހެނުންނާއި) جِمَاعُ ވާހުށީމެވެ. ދެން އޭރުން އެއިންކޮންމެ އަންހެނަކު ފިރިހެންކުއްޖަކު ވިހާނެއެވެ. ދެންއެކުއްޖާ ހަނގުރާމައިގެ ފަހުލަވާނަކަށްވެގެން ﷲ ގެމަގުގައި جِهَادُ ކުރާނެއެވެ. އެކަލޭގެފާނު އެހެންވިދާޅުވިހިދު إنْشَاء الله އެކޭވިދާޅެއްނުވެވުނެވެ. ދެން އެކަލޭގެފާނުން އަންހެނުންތަކާއި جِمَاعُ ވިއެވެ. އެހެންނަމަވެސް އެއިން އެންމެ އަންހެނެއްމެނުވީ ނުވިހައެވެ. އަދި ވިހެއިމީހާ ވިހެއީވެސް މީހެއްގެ އެއްބުރިއެވެ. ނުވަތަ އެއްބައި ވާވެފައިވާކުއްޖެކެވެ. އެކުއްޖާ ވިހެއިހިދުން سُلَيْمَانُ ގެފާނު ގެއަރިހަށް ގެނެވުނެވެ. އަދި އެކަލޭގެފާނުންގެ ރަސްމީ ގޮޑިކޮޅުގައި ބޭންދެވިއެވެ. މިއެވެ. ދެން އެކަލޭގެފާނު ތައުބާވެވަޑައިގެންނެވިއެވެ.

  35. قَالَ رَبِّ ٱغۡفِرۡ لِي وَهَبۡ لِي مُلۡكٗا لَّا يَنۢبَغِي لِأَحَدٖ مِّنۢ بَعۡدِيٓۖ إِنَّكَ أَنتَ ٱلۡوَهَّابُ

    Open ayah 38:35

    އެކަލޭގެފާނުން الله އަށް ދެންނެވިއެވެ. " އޭއަޅުގެ رَبُّ އެވެ! މިއަޅާގެފަހުން އެއްވެސްމީހަކަށް އެކަށީގެންނުވާވަރުގެ ވެރިކަމެއް މިއަޅާއަށް ދެއްވާދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ދެއްވާކަލާނގެއެވެ".

  36. فَسَخَّرۡنَا لَهُ ٱلرِّيحَ تَجۡرِي بِأَمۡرِهِۦ رُخَآءً حَيۡثُ أَصَابَ

    Open ayah 38:36

    ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި ވައި ކިޔަމަންކުރެއްވީމެވެ. އެކަލޭގެފާނުން ވިދާޅުވިތާކަށް އެލޭގެފާނުން ގޮވައިގެން ދަތުރުކުރެއެވެ. (މިވާހަކަ سَبَأَ ސޫރަތުގައިވެސް ބަޔާންވެގެންވެއެވެ.)

  37. وَٱلشَّيَٰطِينَ كُلَّ بَنَّآءٖ وَغَوَّاصٖ

    Open ayah 38:37

    އަދި ޢިމާރާތްތަކާއި އެކިއެކިތަންތަން ބިނާކުރާ ކޮންމެ شَيْطَانُ އަކާއި އަދި ކަނޑުގެ އަޑިއަށްފީނާ ކޮންމެ شَيْطَانُ އަކާއި ވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ކިޔަމަންކޮށްދެއްވީމެވެ. (އެސޮރުމެން ކަނޑުގެ އަޑިން ރަންމުތާއި ޖަވާހިރު ނަގައެވެ.)

  38. وَءَاخَرِينَ مُقَرَّنِينَ فِي ٱلۡأَصۡفَادِ

    Open ayah 38:38

    އަދި އަނެއްބައި شَيْطَانُ ން ދަގަޑުގެ ޤައިދުތަކުގައި / ދަގަޑު ޗޭނުގައި ބަދެވިގެންވެއެވެ.

  39. هَٰذَا عَطَآؤُنَا فَٱمۡنُنۡ أَوۡ أَمۡسِكۡ بِغَيۡرِ حِسَابٖ

    Open ayah 38:39

    އަދި (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) މިއީ ހައްތާވެސް ތިމަންރަސްކަލާނގެ ދެއްވާ ދެއްވުމެވެ. އެއިން ކަލޭގެފާނުންދެއްވާނެމީހަކަށް ދެއްވާނެވަރަކަށް ދެއްވާށެވެ! ނުވަތަ ނުދެއްވަންޏާ ނުދެއްވާށެވެ! ހިފަހައްޓަވާށެވެ. އޭގެ އެއްވެސް ހިސާބެއްނެތެވެ.

  40. وَإِنَّ لَهُۥ عِندَنَا لَزُلۡفَىٰ وَحُسۡنَ مَـَٔابٖ 

    Open ayah 38:40

    ހަމަކަށަވަރުން އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حَضْرَةُ ގައި ގާތްކަމާއި ކުއްތަންވުން ވެއެވެ. އަދި އެނބުރިދާ ރަނގަޅުތަންވެއެވެ. އެއީސުވަރުގެއެވެ.

  41. وَٱذۡكُرۡ عَبۡدَنَآ أَيُّوبَ إِذۡ نَادَىٰ رَبَّهُۥٓ أَنِّي مَسَّنِيَ ٱلشَّيۡطَٰنُ بِنُصۡبٖ وَعَذَابٍ

    Open ayah 38:41

    (އޭ رَسُولُ الله އެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅު أَيُّوب عَلَيْه السّلآم ހަނދުމަފުޅު ކުރައްވާށެވެ އެކަލޭގެފާނު އެކަލޭގެފާނުންގެ رَبُّ އަށް ދުޢާދެންނެވި ހިނދުއެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) "ހަމަކަށަވަރުން މިއަޅާ ގައި شَيْطَانُ ބީހިއްޖެއެވެ. (ނުވަތަ شَيْطَانُ ޖަހައިފިއެވެ.) އޭނާގެފަރާތުން އުދަގުލާއި ގަދަރިހުމާ ވެއެވެ."

  42. ٱرۡكُضۡ بِرِجۡلِكَۖ هَٰذَا مُغۡتَسَلُۢ بَارِدٞ وَشَرَابٞ

    Open ayah 38:42

    (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) "ކަލޭގެފާނުންގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ." (ދެން އެކަލޭގެފާނު ފައިންޕުޅުން ޖެއްސެވިއެވެ. އަދި ޖެއްސެވުމުން އެތަނުންފެން އާރެއް އުފެދިއްޖެއެވެ. ދެން الله އެންގެވިއެވެ.) ތިޔަހުރީ ފެންވަރުއްވާނޭ ފިނިފެނެވެ. އަދި ހިއްޕަވާނޭ ފިނިހިއްޕެވުމެވެ. (ދެން އެކަލޭގެފާނުން އެފެނުން ފެންވަރުއްވައި ފެންފޮދު ހިއްޕެވުމުން އާލާސްކަންފުޅު މުޅިންފިލައްޖެއެވެ.)

  43. وَوَهَبۡنَا لَهُۥٓ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةٗ مِّنَّا وَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ

    Open ayah 38:43

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލެގެފާނުންގެ އަހުލުވެރިންނާއި އެމީހުންނާ އެކު އަދިއިތުރު އެހާވަރުދެއްވީމެވެ. (އެބަހީ އަހުލުވެރިން ޑަބަލްކޮށް ދެއްވީމެވެ.) އެއީ ތިމަންރަސްކަލާނގެ حَضْرَةُ ންވާ رَحْمَة އެއްގެ ގޮތުންނެވެ. އަދިބުއްދިވެރި ވިސްނުންތެރިންނަށް ވާ وَعْظُ نَصِيْحَةُ އެއްގެ ގޮތުންނެވެ. * ދަންނައެވެ. أَيُّوب عَلَيْه السّلآم އަކީ ދަރިންގިނަ މުދާގިނަ ބޭކަލަކު ކަމުގައިވިއެވެ. އާލާސްކަންފުޅު ޖެހުމާއެކީ އެހުރިހާކުދިން މަރުވެ އަދި މުދާވެސް ގެއްލިގެންދިޔައީއެވެ. ދެން އާލާސްކަންފުޅުގައި ﷲ އިރާދަކުރެއްވި ދުވަހަކު އޮންނެވުމަށްފަހު އެކަން ރަނގަޅުވުމުން އަލުންވެސް އެކުދިން ދިރުއްވައި އަދިއެޔާއެކު އޭގެއިތުރަށް އަދި އެހާކުދިން ދެއްވިކަމުގައި ވިއެވެ. އަދި މުދާވެސް އެހާގިނައިން ދެއްވިކަމުގައިވިއެވެ. = زُبْدَةُ التَّفْسِيْر އަދި أيْسَرُ التَّفَاسِيْر =

  44. وَخُذۡ بِيَدِكَ ضِغۡثٗا فَٱضۡرِب بِّهِۦ وَلَا تَحۡنَثۡۗ إِنَّا وَجَدۡنَٰهُ صَابِرٗاۚ نِّعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٞ

    Open ayah 38:44

    އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެނގެވީމެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅުން ހިކިދަޑި ބޮޑިއެއް ނުވަތަ އިހާގޮޑިއެއް ހިއްޕަވާށެވެ. އަދި އެއިން (އަނބިކަނބަލުން ގައިކޮޅުގައި) ޖައްސަވާށެވެ. އަދި ކަލޭގެފާނުންގެ ހުވައި އުވައި ނުލައްވާށެވެ. އެޔާއި خِلآفُ ވެވަޑައި ނުގަންނަވާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަލޭގެފާނު ދެކެވޮޑަގަންނަވަނީ ކެތްތެރި ބޭކަލަކު ކަމުގައެވެ. އަދި أَيُّوب عَلَيْه السّلآم އަކީ نِعْمَة ލިބިވަޑައިގެންވާ މާތްބޭކަލެކެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނު ގިނަގިނައިން الله އަށް ތައުބާވެވަޑައިގެން ރުޖޫޢަވެވަޑައި ގަންނަވައެވެ. * ދަންނައެވެ. أَيُّوب عَلَيْه السّلآم ގެ އެދިގުއާލަސްކަންފުޅުގައި އެންމެހައި އެކުވެރިންނާއި ރައްޓެހިންވެސް އެކަލޭގެފާނުދެކެ ބިރުންނާއި އަދިފޫހިވެގެން އެކަލޭގެފާނު ދޫކޮށްދިޔައީއެވެ. އަރިހުގައި އުޅުއްވީ ހަމައެކަނި އަނބި ކަނބަލުންނެވެ. އެދުވަސްވަރު އެކަމަނާގެ ފަރާތްޕުޅުން ހިގާދިޔަކޮންމެވެސް ކަމެއްގައި أَيُّوب عَلَيْه السّلآم ވިދާޅުވެފައިވަނީ އެކަމަނާގެ ގައިކޮޅުގައި ސަތޭކަ އެތިފަހަރު ޖެއްސެވުމަށެވެ. އެއީ ވަޢުދުއެއްގެ ގޮތުންނެވެ. އެހެންވެ އެވަޢުދު އެކަލޭގެފާނުންގެ ފަރާތްޕުޅުން ފުއްދެވުމަށްޓަކައި الله އެކަމަނާއަށް ލުއިކޮށްދެއްވުމަށް އެކަލޭގެފާނަށް އެންގެވީ ކުދި ދަޑީގެ ސަތޭކަ އެތިކޮޅުވާ ބޮޑިއަކުން ނުވަތަ ސަތޭކަ އެތިކޮޅުވާ އިހާގޮޑިއަކުން އެއްފަހަރު ޖެއްސެވުމަށެވެ. އޭރުން އެކުރެއްވި ހުވައިގެ ކަންތައްނިމުނީއެވެ. އެއީ އެކަމަނާއަށް الله ލެއްވި ބޮޑު رَحْمَة އެކެވެ.

  45. وَٱذۡكُرۡ عِبَٰدَنَآ إِبۡرَٰهِيمَ وَإِسۡحَٰقَ وَيَعۡقُوبَ أُوْلِي ٱلۡأَيۡدِي وَٱلۡأَبۡصَٰرِ

    Open ayah 38:45

    (އޭ رَسُولُ الله އެވެ!) އަދި ތިމަންރަސްކަލާނގެ މާތްއަޅުންކަމުގައިވާ ބޭކަލުން ހަނދުމަފުޅު ކުރައްވާށެވެ. (އެބޭކަލުންގެ ކެތްތެރިކަން ހަނދުމަފުޅު ކުރައްވާށެވެ.) އެއީ إِبْرَاهِيم އާއި إِسْحَاق އާއި އަދި يَعْقُوب (عَلَيْهِمُ السَّلآم) އެވެ. އެއީ އަޅުކަމަށް ބާރުފުޅުގަދަ އަދި މީސްތަކުންނަށް إحْسَان ތެރި އަދި ދީނުގެ ޢިލްމުގައި ވިސްނުންފުޅުގަދަ މާތްބޭކަލުންނެވެ.

  46. إِنَّآ أَخۡلَصۡنَٰهُم بِخَالِصَةٖ ذِكۡرَى ٱلدَّارِ

    Open ayah 38:46

    ހަމަކަށަވަރުން آخِرَة ދުވަސް ހަދާން ކުރެއްވުމުންނާއި އީމާންވުމުގެ ގޮތުން ކަނޑައެޅިގެން ތިމަންރަސްކަލާނގެ އެބޭކަލުން خَاصَّ ކުރެއްވީމެވެ.

  47. وَإِنَّهُمۡ عِندَنَا لَمِنَ ٱلۡمُصۡطَفَيۡنَ ٱلۡأَخۡيَارِ

    Open ayah 38:47

    އަދި ހަމަކަށަވަރުން އެބޭކަލުން ތިމަންރަސްކަލާނގެ حَضْرَةُ ގައިވަނީ خَاصَّ ކުރެވި إخْتِيَارُ ކުރެވިގެންވާ ބޭކަލުންގެ ތެރެއިންވާ ބޭކަލުންކަމުގައެވެ.

  48. وَٱذۡكُرۡ إِسۡمَٰعِيلَ وَٱلۡيَسَعَ وَذَا ٱلۡكِفۡلِۖ وَكُلّٞ مِّنَ ٱلۡأَخۡيَارِ

    Open ayah 38:48

    އަދި إسمَا عِيْل ގެފާނާއި اليَسَعُ ގެފާނާއި އަދި ذُو الكِفْلِ ގެފާނާއި (عَلَيْهِمُ السَّلآم) މިބޭބޭކަލުން ހަނދުމަފުޅުކުރައްވާށެވެ. މިހުރިހާބޭކަލުންވަނީ. خِيَارُ ކުރެވިގެންވާ ބޭކަލުންގެ ތެރެއިންނެވެ.

  49. هَٰذَا ذِكۡرٞۚ وَإِنَّ لِلۡمُتَّقِينَ لَحُسۡنَ مَـَٔابٖ

    Open ayah 38:49

    މިއީ (ދުނިޔޭގައި) އެބޭކަލުންނަށްވާ ރިވެތިވެގެންވާ ޒިކުރެވެ. ހަނދާންކޮށްދިނުމެވެ. އަދި ހަމަކަށަވަރުން تَقْوَىވެރިންނަށް އެނބުރިދާރަނގަޅުތަން ވެއެވެ.

  50. جَنَّٰتِ عَدۡنٖ مُّفَتَّحَةٗ لَّهُمُ ٱلۡأَبۡوَٰبُ 

    Open ayah 38:50

    އެއީ ޤާއިމުވެތިބޭ ބަގީޗާތަކެވެ. ސުވަރުގެ ތަކެވެ. އެބޭކަލުންނަށްޓަކައި އެތާގެ ދޮރުތައް ހުޅުވިގެންވެއެވެ. ނުވަތަ މަލާއިކަތްބޭކަލުން ހުޅުވައިދެއްވާނެއެވެ.

  51. مُتَّكِـِٔينَ فِيهَا يَدۡعُونَ فِيهَا بِفَٰكِهَةٖ كَثِيرَةٖ وَشَرَابٖ

    Open ayah 38:51

    އަދި އެބޭކަލުން އެތާގެ ސޯފާތަކުގައި ލެގިލައިގެން ތިއްބަވާނެއެވެ. އެތާތިއްބަވައިގެން އެކިބާވަތުގެ ގިނަމޭވާތަކަށާއި ގިނަ ބުއިންތަކަށް ވިދާޅުވާނެއެވެ.

  52. ۞وَعِندَهُمۡ قَٰصِرَٰتُ ٱلطَّرۡفِ أَتۡرَابٌ

    Open ayah 38:52

    އަދި އެބޭކަލުންގެއަރިހުގައި ފިރިންނާއި ދިމާއަށް ކަޅިހުއްޓުވައިގެންތިބޭ އެއް ޢުމުރެއްގެ ނުވަތަ ރީތިކަމުގެގޮތުން އެއްފެންވަރެއްގެ ޗާލު حُورَ العِيْن އަނބީން ތިއްބަވާނެއެވެ.

  53. هَٰذَا مَا تُوعَدُونَ لِيَوۡمِ ٱلۡحِسَابِ

    Open ayah 38:53

    ، އަދި އެދުވަހުން އެމީހުންނަށް ނިދާ އިއްވެވޭނެއެވެ. ހަމަކަށަވަރުން މިނިއުމަތަކީ ހިސާބު ބައްލަވާދުވަހު ތިޔަބައިމީހުންނަށްދެއުމަށް ވަޢުދުކުރެވިގެންވާ ތިމަންރަސްކަލާނގެ ނިޢުމަތެވެ. ރިޒުޤެއެވެ. އެޔަށްހުސްވުމެއް ނުވެއެވެ. / ނިމުމެއްނެތެވެ.

  54. إِنَّ هَٰذَا لَرِزۡقُنَا مَا لَهُۥ مِن نَّفَادٍ

    Open ayah 38:54

    ، އަދި އެދުވަހުން އެމީހުންނަށް ނިދާ އިއްވެވޭނެއެވެ. ހަމަކަށަވަރުން މިނިއުމަތަކީ ހިސާބު ބައްލަވާދުވަހު ތިޔަބައިމީހުންނަށްދެއުމަށް ވަޢުދުކުރެވިގެންވާ ތިމަންރަސްކަލާނގެ ނިޢުމަތެވެ. ރިޒުޤެއެވެ. އެޔަށްހުސްވުމެއް ނުވެއެވެ. / ނިމުމެއްނެތެވެ.

  55. هَٰذَاۚ وَإِنَّ لِلطَّٰغِينَ لَشَرَّ مَـَٔابٖ

    Open ayah 38:55

    تَقْوَىވެރިންނާ މެދުކަންތައްހުރީ އެފަދައިންނެވެ. އިސްވެދިޔަފަދައިންނެވެ. އަދި ހަމަކަށަވަރުން ނުކިޔަމަންތެރިންނަށް ހުރީ އެނބުރިދިއުމަށް އެންމެނުބައިތަނެވެ.

  56. جَهَنَّمَ يَصۡلَوۡنَهَا فَبِئۡسَ ٱلۡمِهَادُ

    Open ayah 38:56

    އެއީ ނަރަކައެވެ. އެމީހުން އެތާއަދާނެއެވެ. / ފިހެވޭނެއެވެ. އެއީވާ ނުބައި ތަންމައްޗެކެވެ.

  57. هَٰذَا فَلۡيَذُوقُوهُ حَمِيمٞ وَغَسَّاقٞ

    Open ayah 38:57

    މި عَذَابُ ފަހެ އެމީހުންއޭގެރަހަ ލިބިގަންނާށެވެ. އެއީ ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެނާއި ނަރަކަވަންތަވެރިންގެ ގައިންފައިބާ ލެޔާއި ދޮހާއި އަދިފާދިޔައެވެ.

  58. وَءَاخَرُ مِن شَكۡلِهِۦٓ أَزۡوَٰجٌ

    Open ayah 38:58

    އަދި އެބާވަތުގެ އެހެނިހެން ޢަޒާބުތަކެވެ. އެއީ އެތައްބާވަތެކެވެ.

  59. هَٰذَا فَوۡجٞ مُّقۡتَحِمٞ مَّعَكُمۡ لَا مَرۡحَبَۢا بِهِمۡۚ إِنَّهُمۡ صَالُواْ ٱلنَّارِ

    Open ayah 38:59

    (ނަރަކަވަންތަވެރީންގެ ބަޔަކު ނަރަކައަށް އަޅައިލެވިއްޖެއްޔާ ނަރަކައިގެ ޒަބާނިއްޔަ މަލާއިކަތްބޭކަލުން ކުށްވެރިންގެ ބޮޑެތިމީހުންނަށް ވިދާޅުވާނެއެވެ.) މިއަލަށް ގެނެވުނުމީހުންމިއީ ކަލޭމެންނާއިއެކު ނަރަކައިގާވާނޭބައެކެވެ. އެމީހުންނަކަށް އެއްވެސް އުފާވެރިކަމެއްނެތެވެ. މަރުޙަބާއެއްނެތެވެ. ހަމަކަށަވަރުން އެމީހުން ނަރަކައަށް ވަންނާނެއެވެ. އެތާއަދާނެއެވެ.

  60. قَالُواْ بَلۡ أَنتُمۡ لَا مَرۡحَبَۢا بِكُمۡۖ أَنتُمۡ قَدَّمۡتُمُوهُ لَنَاۖ فَبِئۡسَ ٱلۡقَرَارُ 

    Open ayah 38:60

    އެމީހުން އެބަހީ (ފަހުން ގެންދެވުނު ދެރަމީހުން ބޮޑަތިމީހުންނަށް) ބުނާނެއެވެ. "އަދި ކިއެއްހެއްޔެ؟ ކަލޭމެންނަކަށް އެއްވެސް މަރުޙަބާއެއް އަދި އުފާވެރިކަމެއްނެތެވެ. އަހުރެމެން މިތަނަށްވެއްދީ ކަލޭމެންނެވެ. އަހުރެމެން މިތަނަށް ވަންނަންޖެހުނީ ކަލޭމެންގެ ސަބަބުންނެވެ." އެއީ ޤަރާރުވެތިބުން ނުބައިވެގެންވާތަނެކެވެ.

  61. قَالُواْ رَبَّنَا مَن قَدَّمَ لَنَا هَٰذَا فَزِدۡهُ عَذَابٗا ضِعۡفٗا فِي ٱلنَّارِ

    Open ayah 38:61

    އެމީހުން (އެބަހީ ނަރަކައަށްވަތް ދަށުފަންތީގެމީހުން) ދަންނަވާނެއެވެ. "އޭ އަޅަމެންގެ رَبُّ އެވެ! އަޅަމެން މިތަނަށްވެއްދިމީހާ ދަންނައެވެ. ފަހެ އޭނާއަށް ނަރަކައިގާ އެތައްގުނައެއްގެ عَذَابُ ގިނަ ކޮށްދެއްވާށެވެ!"

  62. وَقَالُواْ مَا لَنَا لَا نَرَىٰ رِجَالٗا كُنَّا نَعُدُّهُم مِّنَ ٱلۡأَشۡرَارِ

    Open ayah 38:62

    އަދިއެމީހުން ބުނާނެއެވެ. (އެބަހީ ނަރަކަވަންތަވެރިންގެ ބޮޑެތިމީހުން ބުނާނެއެވެ.) "އަހުރެމެން އެމީހުންނަކީ ނުބައިމީހުން ކަމުގައި ހިމަނައި އުޅުނުމީހުން އަހުރެމެންނަށް ނުފެންނަނީ ކީއްވެގެންބާވައެވެ؟ (އެމީހުންގެ މިބަހުން ގަސްދުކުރެވެނީ މުއުމިނުންކުރެ ދެރަ ފަޤީރުންނެވެ.)

  63. أَتَّخَذۡنَٰهُمۡ سِخۡرِيًّا أَمۡ زَاغَتۡ عَنۡهُمُ ٱلۡأَبۡصَٰرُ

    Open ayah 38:63

    (ދުނިޔޭގައި) އަހުރެމެން އެމީހުންނަށް މަލާމާތްކޮށް ހެދީމެވެ. ނުވަތަ އެމީހުންގެފަރާތުން ކަހައިލައިގެން (އަހުރެމެންގެ) ލޯތައް ދިޔާހެއްޔެވެ؟

  64. إِنَّ ذَٰلِكَ لَحَقّٞ تَخَاصُمُ أَهۡلِ ٱلنَّارِ

    Open ayah 38:64

    ހަމަކަށަވަރުން އިސްވެދިޔަފަދައިން (ނަރަކަވަންތަވެރިންގެ މެދުގައިވާ) ނަރަކައިގެ އަހުލުވެރިންގެ އަރައިރުންތަކާއި ވާހަކަތައްއެއީ حَقُّ ވާހަކަތަކެކެވެ.

  65. قُلۡ إِنَّمَآ أَنَا۠ مُنذِرٞۖ وَمَا مِنۡ إِلَٰهٍ إِلَّا ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ

    Open ayah 38:65

    (އޭ رَسُولُ الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުވާކަން ކަށަވަރީ އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައެވެ. (އެއީ ނުކިޔަމަންތެރިންނަށް ﷲ ގެ عَذَابُ އާއި ކޯފާހުރިކަމުގެ އިންޒާރެވެ. އެކަމާ މެދު ބިރުގެންނެވުމެވެ.) އަދި ﷲ މެނުވީ އަޅުކަން އެފަރާތަކަށް ވެވުން حَقُّ އެއްވެސް إلَه އަކުނުވެއެވެ. އެކަލާނގެއީ އެއްކައުވަންތަ ގަދަފަދަވަންތަ ކަލާނގެއެވެ.

  66. رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلۡعَزِيزُ ٱلۡغَفَّٰرُ

    Open ayah 38:66

    އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތި ހައްދަވައި ބަލަހައްޓަވާ އެތަކެތީގެ رَبُّ އެވެ. އެއީ ގަދަފަދަ ވަންތަ އަދި ގިނަގިނައިން ފާފަ ފުއްސަވާ ކަލާނގެއެވެ.

  67. قُلۡ هُوَ نَبَؤٌاْ عَظِيمٌ

    Open ayah 38:67

    (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު މިއަންގަވާ عَذَابُ ގެ ވާހަކައާއި تَوْحِيْد ގެ خَبَرُ ތަކަކީ ބޮޑުވެގެންވާ خَبَرُ ތަކެކެވެ. އެއީކުޑައެއްޗެއްކަމުގައި ނުބަލާށެވެ.

  68. أَنتُمۡ عَنۡهُ مُعۡرِضُونَ

    Open ayah 38:68

    އެ خَبَرُ ތަކާމެދު ކަނޑައެޅިގެން ކަލޭމެން ތިޔަވަނީ ޤަބޫލުނުކޮށް ފުރަގަސްދީގެންނެވެ.

  69. مَا كَانَ لِيَ مِنۡ عِلۡمِۭ بِٱلۡمَلَإِ ٱلۡأَعۡلَىٰٓ إِذۡ يَخۡتَصِمُونَ

    Open ayah 38:69

    އަދި މާތްވެގެންވާ مَلإ الأَعْلَى ގައި މަލާއިކަތްބޭކަލުން (އާދަމުގެ ފާނުންގެ ކަންތަކާއިމެދު) ބަސްފުޅު ތަފާތު ވީހިނދު (ތިމަންކަލޭގެފާނަށް وَحِي ބާވާތްލެއްވުމުގެކުރިން) އެއްވެސް خَبَرُ އެއް ތިމަންކަލޭގެފާނަށް އެގިވަޑައިނުގަންނަވައެވެ.

  70. إِن يُوحَىٰٓ إِلَيَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٞ مُّبِينٌ 

    Open ayah 38:70

    ތިމަންކަލޭގެފާނީ ކަނޑައެޅި ބަޔާންވެގެންވާ ނަޒީރަކު ކަމުގައިމެނުވީ ނުވެއެވެ. ތިމަންކަލޭގެފާނަށް وَحِي އިއްވެވިގެންވަނީ އެފަދައިންނެވެ.

  71. إِذۡ قَالَ رَبُّكَ لِلۡمَلَٰٓئِكَةِ إِنِّي خَٰلِقُۢ بَشَرٗا مِّن طِينٖ

    Open ayah 38:71

    (އޭ رَسُولُ الله އެވެ!) = މަލާއިކަތްބޭކަލުންނަށް ކަލޭގެފާނުންގެ ربَ وَحِي ކުރެއްވި ހިނދު ހަނދުމަފުޅު ކުރައްވާށެވެ. އެކަލާނގެ وَحِي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ މަށީން އާދަމުގެ ދަރިއަކު ހައްދަވާނެ ކަލަކީމެވެ.

  72. فَإِذَا سَوَّيۡتُهُۥ وَنَفَخۡتُ فِيهِ مِن رُّوحِي فَقَعُواْ لَهُۥ سَٰجِدِينَ

    Open ayah 38:72

    ފަހެ ތިމަންރަސްކަލާނގެ އެހެއްދެވުން ފުރިހަމަކުރައްވައި ބަރާބަރު ކުރައްވައިފިއްޔާ އަދިއެހަށިކޮޅަށް ތިމަންރަސްކަލާނގެ ތިމަންރަސްކަލާނގެ رُوْحُ ން ފުމެލައްވައިފިއްޔާ ތިޔަބޭކަލުން އެކަލޭގެފާނަށްޓަކައި (ސަލާލުގެ) ސަޖިދަކުރައްވާ ޙާލު ތިރިވެވަޑައި ގަންނަވާށެވެ. ސަޖިދަ ކުރައްވާށެވެ.

  73. فَسَجَدَ ٱلۡمَلَٰٓئِكَةُ كُلُّهُمۡ أَجۡمَعُونَ

    Open ayah 38:73

    (ދެން ފަހެ އެކަލާނގެ އެކަލޭގެފާނު ހައްދަވައި ފުރިހަމަކުރެއްވުމަށްފަހު) އިބުލީސުމެނުވީ އެއެންމެހައި މަލާއިކަތް ބޭކަލުން ސަޖިދަކުރައްވައިފިއެވެ.

  74. إِلَّآ إِبۡلِيسَ ٱسۡتَكۡبَرَ وَكَانَ مِنَ ٱلۡكَٰفِرِينَ

    Open ayah 38:74

    އެއިބުލީސު ސަޖިދަނުކުރިއެވެ. އޭނާބޮޑާވެގެންފިއެވެ. އަދި އޭނާވީ ކާފަރުންގެ ތެރެއިންނެވެ.

  75. قَالَ يَٰٓإِبۡلِيسُ مَا مَنَعَكَ أَن تَسۡجُدَ لِمَا خَلَقۡتُ بِيَدَيَّۖ أَسۡتَكۡبَرۡتَ أَمۡ كُنتَ مِنَ ٱلۡعَالِينَ

    Open ayah 38:75

    الله تَعَالَى އޭނާއަށް وَحِي ކުރެއްވިއެވެ. "އޭ އިބުލީސުއެވެ. ތިމަންރަސްކަލާނގެ ދެއަތްޕުޅުން ހެއްދެވި مَخْلُوقُ އަކަށް ސަޖިދަ ކުރަން އެންގީމާ (آدَم عَلَيْهِ السلام އަށްސަޖިދަކުރަންއެންގީމާ) ކަލޭއެސަޖިދަކުރުމުން މަނާކުރީ ކޮން ކަމެއްހެއްޔެވެ؟ ސަޖިދަ ނުކުރީ ކީއްވެހެއްޔެވެ؟ ކަލޭ ބޮޑާވެ ކިބުރުވެރިވީހެއްޔެވެ؟ ކަލެއަކީ މާމަތީމީހުންގެތެރެއިންވާ މީހަކަށްވީހެއްޔެވެ؟ (ނުވަތަމީގެކުރީގައި ކަލޭވީ ބޮޑާމީހަކު ކަމުގައި ހެއްޔެވެ؟"

  76. قَالَ أَنَا۠ خَيۡرٞ مِّنۡهُ خَلَقۡتَنِي مِن نَّارٖ وَخَلَقۡتَهُۥ مِن طِينٖ

    Open ayah 38:76

    އެސޮރުދެންނެވިއެވެ."މިއަޅާއޭނައަށްވުރެ (އާދަމުގެފާނަށްވުރެ) މާހެޔޮވެގެންވެއެވެ. އިބަރަސްކަލާނގެ މިއަޅާ ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އޭނާ ހެއްދެވީ މަށީންނެވެ. (آدَم عَلَيْهِ السلام) ހެއްދެވީ މަށިންނެވެ."

  77. قَالَ فَٱخۡرُجۡ مِنۡهَا فَإِنَّكَ رَجِيمٞ

    Open ayah 38:77

    الله تَعَالَى އޭނާއަށް وَحِي ކުރެއްވިއެވެ. އޭ އިބުލީސުއެވެ. ފަހެކަލޭ އެތަނުން ނުކުންނާށެވެ. ސުވަރުގެއިން ނުކުންނާށެވެ. ހަމަކަށަވަރުން ކަލެއަކީ ރަޖީމެވެ. އެބަހީ ހެޔޮކަމުން ދުރުވެގެންވާމީހެކެވެ. ނުވަތަ ތަރިންޖެހެވި ރަޖަމު ކުރެވޭނެމީހެކެވެ.

  78. وَإِنَّ عَلَيۡكَ لَعۡنَتِيٓ إِلَىٰ يَوۡمِ ٱلدِّينِ

    Open ayah 38:78

    އަދި ހަމަކަށަވަރުން ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭގެމައްޗަށް ތިމަންރަސްކަލާނގެ لَعْنَة ހުއްޓެވެ.

  79. قَالَ رَبِّ فَأَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ

    Open ayah 38:79

    އެސޮރުދެންނެވިއެވެ. "އޭއަޅުގެ رَبّ އެވެ. (مَحْشَرُ އަށް) ފޮނުވޭދުވަހާއި ހަމައަށް މިއަޅާއަށް ތަންވަޅު ދެއްވާދެވެ. މުހުލަތު ދެއްވާދޭވެ. ނުމަރުއްވާދޭވެ".

  80. قَالَ فَإِنَّكَ مِنَ ٱلۡمُنظَرِينَ 

    Open ayah 38:80

    ، އެކަލާނގެ وَحِي ކުރެއްވިއެވެ. "ހަމަކަށަވަރުން ކަނޑައެޅި އެގިގެންވާ ދުވަހާއި ހަމައަށް ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭވަނީ މުހުލަތު ދެވިގެންވާމީހުންގެތެރެއިންނެވެ".

  81. إِلَىٰ يَوۡمِ ٱلۡوَقۡتِ ٱلۡمَعۡلُومِ

    Open ayah 38:81

    ، އެކަލާނގެ وَحِي ކުރެއްވިއެވެ. "ހަމަކަށަވަރުން ކަނޑައެޅި އެގިގެންވާ ދުވަހާއި ހަމައަށް ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭވަނީ މުހުލަތު ދެވިގެންވާމީހުންގެތެރެއިންނެވެ".

  82. قَالَ فَبِعِزَّتِكَ لَأُغۡوِيَنَّهُمۡ أَجۡمَعِينَ

    Open ayah 38:82

    އެސޮރުދެންނެވިއެވެ." އޭއަޅުގެ رَبُّ އެވެ. އިބަރަސްކަލާނގެ عِزَّة ވަންތަކަން ގަންދީ ދަންނަވަމެވެ. ހަމަކަށަވަރުން އެ އެހުރިހާ މީހުން މަގުފުރައްދާ ހުށީމެވެ.

  83. إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِينَ

    Open ayah 38:83

    އެމީހުންކުރެ އިބަރަސްކަލާނގެ إخْلآص ތެރި އަޅުންމެނުވީ އެވެ".

  84. قَالَ فَٱلۡحَقُّ وَٱلۡحَقَّ أَقُولُ

    Open ayah 38:84

    އެކަލާނގެ وَحِي ކުރެއްވިއެވެ. "ފަހެ ތިމަންރަސްކަލާނގެ حَضْرَةُ ންވާ حَقُّ އެކެވެ. = އަދި ތިމަންރަސްކަލާނގެ މި وَحِي ކުރައްވަނީ حَقُّ ބަސްފުޅެވެ.

  85. لَأَمۡلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنۡهُمۡ أَجۡمَعِينَ

    Open ayah 38:85

    ހަމަކަށަވަރުން ނަރަކަ ފުރައިލާހުށީ ކަލޭގެ ކިބައިންނާއި އަދި އެމީހުންގެތެރެއިން ކަލެއާއި ތަބާވީބަޔަކު އަޅައިގެންނެވެ. (މިއީ حَقُّ ބަސްފުޅެވެ.) "

  86. قُلۡ مَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٖ وَمَآ أَنَا۠ مِنَ ٱلۡمُتَكَلِّفِينَ

    Open ayah 38:86

    (އޭ رَسُولُ الله އެވެ!) ކަލޭގެފާ ވިދާޅުވާށެވެ. ކަލޭމެންގެ ކިބައިން އެކަމުގެމައްޗަށް (އެބަހީ ރަސޫލުކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ނޭދެމެވެ. އަދި އަމިއްލައަށް ބަސްއުފައްދާ ދޮގުތައްހަދާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. (އަދި قُرْآن އެއީ އަހުރެން އުފައްދައިގަތް އެއްޗެއްނޫނެވެ.)

  87. إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ

    Open ayah 38:87

    އެ قُرْآن އެއީ عَالَم ތަކަށްވާ وَعْظُ نَصِيْحَة އެއްކަމުގައިމެނުވީ ނުވެއެވެ.

  88. وَلَتَعۡلَمُنَّ نَبَأَهُۥ بَعۡدَ حِينِۭ

    Open ayah 38:88

    (އޭ އެންމެހައި މީސްތަކުންނޭވެ.) އަދިހަމަކަށަވަރުން ކުޑަ މުއްދަތަކަށްފަހު އެ قُرْآن ގެ خَبَرُ - ކަލޭމެންނަށް އެގިދާނެއެވެ. (އެއީ އިސްލާދީން ކުރިއަރައި رَسُولُ الله ﷺ ގެ ކަންތައްމަތިވެރިވެކާމިޔާބު ވުމުންނެވެ. ނުވަތަ ކަލޭމެންމަރުވުމުންނެވެ. وَالله أعلم.