الزمر

Az-Zumar

The Groups · Surah 39 · Ayahs: 75 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ

    Open ayah 39:1

    މި قُرْآن ބާވާތްލެއްވުންވަނީ ގަދަކީރިތިވަންތަ حِكْمَة ވަންތަ ﷲ ގެ حَضْرَةُ ންނެވެ. (މިއީ އެކަލާނގެ ބާވައިލެއްވުމެކެވެ.)

  2. إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ

    Open ayah 39:2

    (އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް މި ފޮތް ބާވައިލެއްވީ ހަމަ ޙައްޤު ތެދު ގޮތުގައެވެ. އަދި އެފޮތުގައިވަނީ ހައްތަހާވެސް ޙައްޤު ތެދެވެ. ފަހެ ﷲ އަށް އަޅުކަން ޚާލިސްކޮށްގެންވާ ޙާލު (އެންމެހައި شِرْك އާއި ބިދުޢައިން ހުސްވެގެންވާ ޙާލު) ﷲ އަށް އަޅުކަން ކުރައްވާށެވެ.

  3. أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ

    Open ayah 39:3

    އަދި ދަންނާށެވެ. އިޚްލާސްތެރިވެގެންވާ އަޅުކަން ޚާއްސަ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ﷲ ފިޔަވައި وَلِيُّ ންތައް ހިފައި އިޚްތިޔާރުކުރާ މީހުން- އެބަހީ ބުދުތަކަށް އަޅުކަންކުރާމީހުން ބުނެއެވެ. "ﷲ އަށް ކުއްތަންވުމަށް މެނުވީ އަހުރެމެން މިތަކެއްޗަށް އަޅުކަންނުކުރަމެވެ. (އެތަކެތި އަހުރެމެންނަށް شَفَاعَة ތެރިވާނެއެވެ.) " އަދި އެބައިމީހުންގެ މެދުގައި إِخْتِلاف ވެ ދެބަސްވާ ކަންކަމާއިމެދު قِيَامَة ދުވަހުން ﷲ ޙުކުމްކުރައްވާނެއެވެ. (އެހެނީ ކޮންމެ ދީނެއްގެ ބަޔަކުވެސް ބުނަނީ އެބަޔަކު އެތިބީ ޙައްޤުގައި ކަމަށެވެ. އަދި ދޮގުހަދާ އަދި ކާފަރުވާމީހަކަށް ﷲ ތެދުމަގު ނުދައްކަވާނެކަންކަށަވަރެވެ. (ބުދުތައް ﷲ އަށް ކުއްތަން ކޮށްދޭނެކަމަށް ހީކޮށްގެން ބުދުއެއީ إله ންކަމުގައި ބަލައިފި މީހަކަށް ތެދުމަގުނުދައްކަވާނެއެވެ.

  4. لَّوۡ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَدٗا لَّٱصۡطَفَىٰ مِمَّا يَخۡلُقُ مَا يَشَآءُۚ سُبۡحَٰنَهُۥۖ هُوَ ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ

    Open ayah 39:4

    ދަރިކަލަކު ހިއްޕެވުމަށް ﷲ އެދިވޮޑިގެންނެވިނަމަ އެކަލާނގެ ހައްދަވާ مَخْلُوق ންގެ ތެރެއި އެދިވޮޑިގަންނަވާ مَخْلُوق އަކު ހިއްޕަވައިފީހެވެ. އެކަލާނގެ ހުސް طَاهِرُ ވަންތައެވެ. އެއްގޮތަކަށްވެސް (އެކަލާނގެ ދަރިކަލަކަށް ބޭނުންވެވޮޑިގެންނުވެއެވެ. ﷲ ފިޔަވައި مَخْلُوق އަކުމެނުވީ މައުޖޫދުވެގެންވުމަކީ އެކަށީގެންވާކަމެއްނޫނެވެ. އަދި مَخْلُوق އަކު خَالِقُ ވަންތަ ﷲ ގެދަރިކަލަކަށްވުން صَحَّ ވެގެން ނުވެއެވެ.) އެކަލާނގެއީ އަޅުތަކުންގެމައްޗަށް ގަދަފަދަވަންތަވެ ވޮޑިގެންވާ ﷲ އެވެ.

  5. خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ يُكَوِّرُ ٱلَّيۡلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيۡلِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمًّىۗ أَلَا هُوَ ٱلۡعَزِيزُ ٱلۡغَفَّٰرُ

    Open ayah 39:5

    އުޑުތަކާއިބިން حَقُّ ގޮތުގައި ހެއްދެވީ އެކަލާނގެއެވެ. އަދި ދުވާލުގެ މައްޗަށް ރޭގަޑުވައްދަވައި އަދިރިކުރައްވައި އަދި ރޭގަޑުގެމައްޗަށް ދުވާލު ވައްދަވައި އަލިކުރައްވަނީ ވެސް ހަމައެކަލާނގެއެވެ. އަދި އިރާއި ހަނދު ކިޔަމަންކުރެއްވީވެސް ހަމައެކަލާނގެއެވެ. އެއިންކޮންމެ އެއްޗެއްވެސް އެއަށްކަނޑައެޅިފައިވާ ފަލަކުގައި ކަނޑައެޅި عَيَّن ވެގެންވާ މުއްދަތަކަށް ދައުރުކޮށްކޮށްހުރެއެވެ. (އެއީ ދުނިޔެނިމޭދެނެވެ.) ކަލޭމެންދަންނާށެވެ. عِزَّة ވަންތަވެވޮޑިގެންވާ ގިނަގިނައިން ފާފަ ފުއްސަވާ ކަލަކީ ހަމަ އެއީއެވެ.

  6. خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ ثُمَّ جَعَلَ مِنۡهَا زَوۡجَهَا وَأَنزَلَ لَكُم مِّنَ ٱلۡأَنۡعَٰمِ ثَمَٰنِيَةَ أَزۡوَٰجٖۚ يَخۡلُقُكُمۡ فِي بُطُونِ أُمَّهَٰتِكُمۡ خَلۡقٗا مِّنۢ بَعۡدِ خَلۡقٖ فِي ظُلُمَٰتٖ ثَلَٰثٖۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۖ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُصۡرَفُونَ

    Open ayah 39:6

    އެންމެނަފުސަކުން އެކަލާނގެ ކަލޭމެން ހެއްދެވިއެވެ. (އެއީ އާދަމުގެފާނުންގެ ނަފުސުފުޅުންނެވެ.) ދެން އެނަފުސުގެ އަނބިކަނބަލުންވެސް (حَوَّى ގެފާނުވެސް) އެކަލާނގެ އެނަފުސުން ހެއްދެވިއެވެ. އަދި އެކަލާނގެ ކަލޭމެނަށްޓަކައި نَعَمُ ސޫފީގެތެރެއިން އަށްޖޯޑުހެއްދެވިއެވެ. (އެއީ ޖަމަލުގެ ދެއެތި ގެރީގެދެއެތި ضَأْنُ ބަކަރީގެ ދެއެތި مَعْزُ ބަކަރީގެ ދެއެތި) މީގެވާހަކަ أَنْعَامُ ސޫރަތުގައި ބަޔާންވެގެންވާނެއެވެ. އަދި ކަލޭމެންގެ މައިންގެ ބަނޑުތަކުގައި އެއްހެއްދެވުމަކަށްފަހު އަނެއްހެއްދެވުމަކުން އެކަލާނގެ ކަލޭމެން ހައްދަވައެވެ. (އެއީ ފުރަތަމަ މަނިތިއްކަކުންނެވެ. ދެންގަޑުލެއިކޮޅަކުން ދެން މަސްކޮޅަކުން ދެންކަށިކޮޅަކުން ދެން...) ތިން އަދިރިކަމެއްގައި އެކަލާނގެ ކަލޭމެން ހައްދަވައެވެ. (އެއީ ބަނޑުގެ އަދިރިކަމާއި رَحِمُ ގެއަދިރިކަމާއި އަދި މަހުގެ އަދިރިކަމެވެ.) މިކަންތައްތައް މިގޮތަށް ހައްދަވަމުންމިގެންދަވަނީ ކަލޭމެންގެ رَبُّ ކަމުގައިވާ ﷲ އެވެ. އަދި (ދުނިޔެއާއި آخِرَةُ ގައިވެސް) އެންމެހައިތަކެތި މިލްކުވެ خَاصَّ ވެގެންވަނީ ހަމައެކަލާނގެއަށެވެ. އެކަލާނގެ މެނުވީ އެހެން އެއްވެސް (حَقُّ) އިލާހަކުނުވެއެވެ. ކަލޭމެން (އެކަލާނގެ ފިޔަވައި) އެނބުރިދަނީ ކޮންފަދައަކުން ހެއްޔެވެ؟ އެބަހީ އެކަލާނގެ ނޫންފަރާތަކަށް އަޅުކަންކުރުން ކަލޭމެންނަށް حَقُّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ ކޮންދަލީލެއްގެމައްޗަށްހެއްޔެވެ؟ އެއްވެސްދަލީލެއްނެތެވެ.

  7. إِن تَكۡفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمۡۖ وَلَا يَرۡضَىٰ لِعِبَادِهِ ٱلۡكُفۡرَۖ وَإِن تَشۡكُرُواْ يَرۡضَهُ لَكُمۡۗ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ

    Open ayah 39:7

    ކަލޭމެން ކާފަރުވިޔަސް (އޭގެ އެއްވެސް ގެއްލުމެއް ﷲ އަކަށް ނުލިބޭނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ ކަލާނގެއެވެ. ކަލޭމެންގެ ފަރާތުން އެއްވެސް ކަމެއް ބޭނުންވެވޮޑިގެންނުވެއެވެ. އަދި އެކަމަކު އެކަލާނގެ އަޅުތަކުންނަށްޓަކައި ކާފަރުކަމެއް އެކަލާނގެ ރުހިވޮޑިގެންނުވެއެވެ. އަދި ޝުކުރު ކުރަންޏާ އެކަލާނގެ ކަލޭމެންނަށް ރުހިވޮޑިގެންވެއެވެ. (އެއީ އެކަމުގައި ކަލޭމެންގެ ބާއްޖަވެރިކަންވާތީއެވެ.) އަދި ފާފައިގެބަރު އުފުލާ އެއްވެސް މީހަކު އަނެއްމީހެއްގެ ފާފައިގެބަރު ނުއުފުލާނެއެވެ. (ކޮންމެ މީހަކަށްވެސް އޮންނާނީ އެމީހެއްގެ ބަރެވެ.) ދެންކަލޭމެން މަރުވުމަށްފަހު ކަލޭމެން ރުޖޫޢަވުންވަނީ ﷲ ގެ حضرة އަށެވެ. އެއީ ކަލޭމެންގެ ربّ އެވެ. އަދި ކަލޭމެން ދުނިޔޭގައިތިބެގެން ކުރަމުން ދިޔަކަމުގައި ވީ އެންމެހައި ކަންކަމުގެ ޚަބަރު އެކަލާނގެ ކަލޭމެންނަށް ދެއްވާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކުގެ އަޑީގައިވާ ކަންތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.

  8. ۞وَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَا رَبَّهُۥ مُنِيبًا إِلَيۡهِ ثُمَّ إِذَا خَوَّلَهُۥ نِعۡمَةٗ مِّنۡهُ نَسِيَ مَا كَانَ يَدۡعُوٓاْ إِلَيۡهِ مِن قَبۡلُ وَجَعَلَ لِلَّهِ أَندَادٗا لِّيُضِلَّ عَن سَبِيلِهِۦۚ قُلۡ تَمَتَّعۡ بِكُفۡرِكَ قَلِيلًا إِنَّكَ مِنۡ أَصۡحَٰبِ ٱلنَّارِ

    Open ayah 39:8

    އަދި އިންސާނާއަށް (ބަލިކަމުން - ނުވަތަ ފަޤީރުކަމުން - ނުވަތަ ބިރުވެރިކަމުން - އަދި ނުވަތަ އެއްވެސް ގޮތަކުން) އުނދަލެއް، ގެއްލުމެއްދިމާވެއްޖެއްޔާއި އެކަލާނގެ حضرة އަށް تَوْبَة ވެ رُجُوْع ވާ ޙާލު އެކަލާނގެއަށް ދުޢާކޮށް އެކަމެއްފިއްލަވައިތޯ ދަންނަވާނެއެވެ. ދެންފަހެ އެކަލާނގެ حضرة އަށް އޭނާއަށް ނިޢުމަތެއްދެއްވައި ހެވެއް މިލްކު ވެއްޖެއްޔާ އެކަމަކަށްޓަކައި އެކަލާނގެއަށް ދުޢާކޮށް އާދޭސް ކުރިކަންތައް ހަނދާން ނެތިދެއެވެ. އަދި އެކިބާވަތުގެ شَرِيك ންތައް ﷲ އާއި އެއްވަރުކޮށް ހަދާނެއެވެ. އެއީ ﷲ ގެ މަގުން މީސްތަކުން އަނބުރާލައި تَوْحِيد ން އެއްކިބާކޮށް މަގުފުރެއްދުމައްޓަކައެވެ. (އޭ رسول الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭގެކާފަރުކަމުގައި ކުޑަދުވަސްކޮޅެއްވާދެން އަރާމުކޮށްލާށެވެ. ހަމަކަށަވަރުން ކަލެއަކީ ނަރަކައިގެ އެކުވެރިއެކެވެ. (އެބަހީ އެފަދަ ކަންތައްކުރާ މީހުންނަކީ توبة ނުވެ މަރުވެއްޖެނަމަ ނަރަކަވަންތަ ވެރިންނެވެ.)

  9. أَمَّنۡ هُوَ قَٰنِتٌ ءَانَآءَ ٱلَّيۡلِ سَاجِدٗا وَقَآئِمٗا يَحۡذَرُ ٱلۡأٓخِرَةَ وَيَرۡجُواْ رَحۡمَةَ رَبِّهِۦۗ قُلۡ هَلۡ يَسۡتَوِي ٱلَّذِينَ يَعۡلَمُونَ وَٱلَّذِينَ لَا يَعۡلَمُونَۗ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ

    Open ayah 39:9

    (އިސްވެދިޔަފަދަ ކާފަރުމީހާއާއި) ރޭގަޑުގެ ވަގުތު ތަކުގައި آخرة އަށް ބިރުންނާއި އަދި އޭނާ ހައްދަވައި ބޮޑުކުރެއްވި ربّ رحمة އަށް އެދިގެންނާއިއެކު ނަމާދުކޮށް سجدة ކޮށް قيام ގައި ހުންނަމީހާއާއި ދެމީހުން އެއްވަރުވާނޭހެއްޔެވެ؟ ރަނގަޅީ ފަހެ ކާކު ހެއްޔެވެ؟ ދަންނަ މީހުންނާއި އަދި ނުދަންނަމީހުން (عالم ންނާއި جاهلން) އެއްވަރުވާނޭހެއްޔެވެ؟ (ނުވާނެއެވެ.) نصيحة އާއި وعظ ލިބިގަންނަކަން ކަށަވަރީ ބުއްދިވެރި ވިސްނުންތެރިންނެވެ.

  10. قُلۡ يَٰعِبَادِ ٱلَّذِينَ ءَامَنُواْ ٱتَّقُواْ رَبَّكُمۡۚ لِلَّذِينَ أَحۡسَنُواْ فِي هَٰذِهِ ٱلدُّنۡيَا حَسَنَةٞۗ وَأَرۡضُ ٱللَّهِ وَٰسِعَةٌۗ إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجۡرَهُم بِغَيۡرِ حِسَابٖ 

    Open ayah 39:10

    (އޭ رسول الله އެވެ!) އީމާންވީ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! "ކަލޭމެން ކަލޭމެންގެ ربّ އަށް تقوى ވެރިވެ ބިރުވެތިވާށެވެ. (އަދި ތިމަންރަސްކަލާގެ މިއެންގެވުންވެސް އެމީހުންނަށް އަންގަވާށެވެ.) މިދުނިޔޭގައި އަޅުކަމުގައި إحسان ތެރިވެ ރަނގަޅަށް ކިޔަމަންވެގެން އުޅުނު އަޅުންނަށް قيامة ދުވަހުން ހުރީ ސުވަރުގެއެވެ. އަދި ﷲ ގެ ބިންގަނޑު ނުހަނު ތަނަވަހެވެ. (مشرك ންގެ އުދަގުލާހެދި ﷲ އަށް އަޅުކަން ނުކުރެވެންޏާ - إخلاص ތެރިކަމާއިއެކު ﷲ އަށް އަޅުކަން ކުރެވޭތާކަށް ދާހުށިކަމެވެ.) އަދި ހަމަކަށަވަރުން އެއްވެސް حساب އެއްނެތި ކެތްތެރީންނަށް އެކަމުގެ އުޖޫރަޔާއި ދަރުމަ ދެއްވޭ ހުއްޓެވެ."

  11. قُلۡ إِنِّيٓ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ

    Open ayah 39:11

    (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! "ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ (شِرْك އާއި بِدْعَ ނުލައި) ހަމަ إِخْلاَص ތެރިކަމާއިއެކު ﷲ އަށް އަޅުކަންކުރުމަށެވެ. އެކަލާނގެއަށް އަޅުކަން خَالص ކޮށްގެންނެވެ.

  12. وَأُمِرۡتُ لِأَنۡ أَكُونَ أَوَّلَ ٱلۡمُسۡلِمِينَ

    Open ayah 39:12

    އަދި ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ (މިއުންމަތުގެ) އެންމެ ފުރަތަމަ مُسْلِم އަކު ކަމުގައި ވުމަށެވެ. (އެއީ ފުރަތަމަ مُسْلِم އެވެ.) "

  13. قُلۡ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ

    Open ayah 39:13

    (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އަހުރެން ބިރުގަންނަނީ އަހުރެންގެ رَبُّ އަށް އުރެދެވިއްޖެއްޔާ ބޮޑުވެގެންވާ عَذاب އަކަށެވެ. އެއީ قِيَامَة ދުވަހެވެ.

  14. قُلِ ٱللَّهَ أَعۡبُدُ مُخۡلِصٗا لَّهُۥ دِينِي

    Open ayah 39:14

    (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "އަހުރެން އަޅުކަންކުރާނީ ހަމަ ﷲ އަށެވެ. އެއީ އަހުރެންގެ އަޅުކަން އެކަލާނގެއަށް خَالص ކޮށްގެންވާ ޙާލުގައެވެ. އެއްވެސް شِرْك އެއް رِبَا އެއްނުލައެވެ.) "

  15. فَٱعۡبُدُواْ مَا شِئۡتُم مِّن دُونِهِۦۗ قُلۡ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَا ذَٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِينُ

    Open ayah 39:15

    (އޭ كَافِر ންނާއި مُشْرِك ންނޭވެ!) ﷲ ފިޔަވައި ކަލޭމެން އެކައްޗަކަށް އަޅުކަންކުރަންބޭނުމިއްޔާ ކަލޭމެން އެދޭއެއްޗަކަށް އަޅުކަންކޮށްބަލާށެވެ. (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "އެންމެ ބޮޑަށް ގެއްލުމާއި ހަލާކު ވާމީހުންނަކީ قِيَامَة ދުވަހުން ތިމާމެންގެ އަމިއްލަ ނަފުސުތަށް ނަގައިލައި ގެއްލުންކޮށް އަދި ތިމާގެ އަހުލު ވެރިންވެސް ގެއްލުވާ ނަގައިލާ މީހުންނެވެ. ދަންނާށެވެ. ބޮޑުވެގެންވާ ގެއްލި ހަލާކުވުމަކީ އެއީއެވެ."

  16. لَهُم مِّن فَوۡقِهِمۡ ظُلَلٞ مِّنَ ٱلنَّارِ وَمِن تَحۡتِهِمۡ ظُلَلٞۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥۚ يَٰعِبَادِ فَٱتَّقُونِ

    Open ayah 39:16

    އެމީހުންނަށް قِيَامَة ދުވަހުން ހުރީ އެމީހުންގެ ބޯމަތިން ނަރަކައިގެ އަނދިރި ގަނޑެކެވެ. (އެއީ ނަރަކައިގެ މަތީ ފަންގިފިލައިގެ ހިޔަންޏެވެ.) އަދި އެމީހުންގެ ދަށުންވެސް ވަނީ އަނދިރިގަނޑެކެވެ. އެއީ ދަށުގެ ފަންގިފިލާއެކެވެ. (ހައްތަހާވެސް ހޫނާ عَذاب އެވެ.) އެއަނދިރިޔާއި އެ عَذاب އަކީ ﷲ އެކަލާނގެ މުއުމިނު އަޅުތަކުން އެއިން ބިރުގަންނުވާއެއްޗެކެވެ. (އެއީ އެމީހުންގެ ކިޔަމަންތެރިކަމާއި އަޅުކަން ގަދަކުރެއްވުމަށެވެ.) އޭ މުއުމިނު އަޅުތަކުންނޭވެ. ކަލޭމެން ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ.

  17. وَٱلَّذِينَ ٱجۡتَنَبُواْ ٱلطَّٰغُوتَ أَن يَعۡبُدُوهَا وَأَنَابُوٓاْ إِلَى ٱللَّهِ لَهُمُ ٱلۡبُشۡرَىٰۚ فَبَشِّرۡ عِبَادِ

    Open ayah 39:17

    އަދި طَاغُوْت އަށް އަޅުކަންކުރުމުން ދުރުވެގަނެ (އެބަހީ ބުދުތަކާއި ދެންވެސް ﷲ ފިޔަވައި އަޅުކަން ވެވޭ ތަކެއްޗަށް އަޅުކަންކުރުމުން ދުރުވެގަނެ) އަދި ﷲގެ حَضْرَةُ އަށް رُجُوعَ ވެތައުބާވެ إِخْلآص ތެރިކަމާއި އެކު އެކަލާނގެއަށް އަޅުކަންކުރިމީހުންދަންނައެވެ. އުފާވެރިކަންހުރީ އެމީހުންނަށެވެ. އޭ رَسُولُ الله އެވެ! އެފަދަމުއުމިނުންނަށް އުފާވެރިކަންހުރިކަމުގެ ޚަބަރު ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!

  18. ٱلَّذِينَ يَسۡتَمِعُونَ ٱلۡقَوۡلَ فَيَتَّبِعُونَ أَحۡسَنَهُۥٓۚ أُوْلَٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُۖ وَأُوْلَٰٓئِكَ هُمۡ أُوْلُواْ ٱلۡأَلۡبَٰبِ

    Open ayah 39:18

    އެމީހުންނަކީ ބުނުންތަކާއި ބަސްތައްއަހައި އޭގެތެރެއިން ރަނގަޅު حَقُّ ބަސް ޤަބޫލުކޮށް އެޔާއި تَبَعَ ވާމީހުންނެވެ. އަދިއެމީހުންނަކީ އެމީހުންނަށް ﷲ ތެދުމަގުދެއްކެވިމީހުންނެވެ. އަދި ބުއްދިވެރި ވިސްނުންތެރިންނަކީ އެއީއެވެ.

  19. أَفَمَنۡ حَقَّ عَلَيۡهِ كَلِمَةُ ٱلۡعَذَابِ أَفَأَنتَ تُنقِذُ مَن فِي ٱلنَّارِ

    Open ayah 39:19

    ﷲ ގެ قَضَا قَدَرُ ގައި އެމީހުންގެމައްޗަށް عَذَابُ ގެ ބަސްފުޅު ކަނޑައެޅިގެންވީމީހަކު ކަލޭގެފާނަށް އެމީހަކު ނަރަކައިން ސަލާމަތްކުރެވޭނެތޯއެވެ؟ (ނުކުރެވޭނެއެވެ.)

  20. لَٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ غُرَفٞ مِّن فَوۡقِهَا غُرَفٞ مَّبۡنِيَّةٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَعۡدَ ٱللَّهِ لَا يُخۡلِفُ ٱللَّهُ ٱلۡمِيعَادَ 

    Open ayah 39:20

    އެހެންނަމަވެސް އެމީހަކު އެމީހެއްގެ رَبُّ އަށް تَقْوَى ވެރިވެ ބިރުވެތިވެއްޖެ މީހާއަށް ޤިޔާމަތްދުވަހުން ހުރީ ސުވަރުގޭގެ ކޮޓަރިތަކެވެ. އަދި އޭގެމަތީގައިވެސްވަނީ ބިނާވެގެންވާކޮޓަރިތަކެވެ. އަދި އެތަންތާގެދަށުން އާރުތައް ހިގަހިގައެވެ. އެއީ ﷲގެ وَعْدُ ފުޅެވެ. އަދި الله تَعَالَى އެކަލާނގެ وَعْدُ ފުޅާއި خِلآفُ ވެވޮޑިނުގަންނަވާނެއެވެ.

  21. أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَسَلَكَهُۥ يَنَٰبِيعَ فِي ٱلۡأَرۡضِ ثُمَّ يُخۡرِجُ بِهِۦ زَرۡعٗا مُّخۡتَلِفًا أَلۡوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَجۡعَلُهُۥ حُطَٰمًاۚ إِنَّ فِي ذَٰلِكَ لَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ

    Open ayah 39:21

    ހަމަކަށަވަރުން ﷲ تَعَالَي އުޑުން ފެން ބާވައި ލައްވާކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަންތޯއެވެ. އެކަމަށް ވިސްނާ ވަޑައިނުގަންނަވަންތޯއެވެ. ދެން ފަހެ އެފެން ބިމުގެ އަޑިޔަށް ވަދެގެންގޮސް ފެންފެންގަނޑަށްވެގެން ބިމުގެ އަޑީގައި ދުވެއެވެ. ދެން އެފެނުގެސަބަބުން އެކިއެކިކުލަކުލައިގެ ގަސްތަކާއި ދަނޑުތައްނުކުމެއެވެ. ދެން (ދުވަސްކޮޅަކުން) އެގަސްތައްހިކި ދޮންވެއެވެ. ދެން ކުދިކުދިވެ ހަލާކުވެފައިވާ އެއްޗެހިތަކަކަށް އެކަލާނގެ އެގަސްތަށް ލައްވައެވެ. ހަމަކަށަވަރުން އެކަންކަމުގައި ބުއްދިވެރި ވިސްނުންތެރިންނަށް وَعْظ نَصِيْحَة ވެއެވެ.

  22. أَفَمَن شَرَحَ ٱللَّهُ صَدۡرَهُۥ لِلۡإِسۡلَٰمِ فَهُوَ عَلَىٰ نُورٖ مِّن رَّبِّهِۦۚ فَوَيۡلٞ لِّلۡقَٰسِيَةِ قُلُوبُهُم مِّن ذِكۡرِ ٱللَّهِۚ أُوْلَٰٓئِكَ فِي ضَلَٰلٖ مُّبِينٍ

    Open ayah 39:22

    އިސްލާމް ދީނަށް ﷲ އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައި އަދި އެމީހާ އެމީހާގެ رَبُّ ގެ حَضْرَة ންވާ ނޫރެއްގެ މަތީގައިވާ މީހާއާއި އެމީހާގެ ހިތް ހަރުކަށިވެ ޖާހިލުކަމާއި މަގުފުރެދުމުގެ އަނދިރީގައި ވާމީހާއާއި ދެމީހުން ފަހެ އެއްވަރުވާނޭހެއްޔެވެ. (އެއްވަރުނުވާނެކަން ކަށަވަރެވެ.) ފަހެ ﷲ ގެ ذِكْر ން މީހާގެ ހިތް ހުސްވެ ހިތްގަދަވެ ގާވެފައިވާ މީހުންދަންނައެވެ. އެމީހުން އެވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގެތެރޭގައެވެ.

  23. ٱللَّهُ نَزَّلَ أَحۡسَنَ ٱلۡحَدِيثِ كِتَٰبٗا مُّتَشَٰبِهٗا مَّثَانِيَ تَقۡشَعِرُّ مِنۡهُ جُلُودُ ٱلَّذِينَ يَخۡشَوۡنَ رَبَّهُمۡ ثُمَّ تَلِينُ جُلُودُهُمۡ وَقُلُوبُهُمۡ إِلَىٰ ذِكۡرِ ٱللَّهِۚ ذَٰلِكَ هُدَى ٱللَّهِ يَهۡدِي بِهِۦ مَن يَشَآءُۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٍ

    Open ayah 39:23

    ﷲ އެންމެ ރަނގަޅު ވާހަކަ ބާވައިލެއްވިއެވެ. އެބަހީ އެންމެ ރަނގަޅު ފޮތް ކީރިތި قرآن ބާވައިލެއްވިއެވެ. އެފޮތުގެ އެއްބައި އަނެއްބަޔާއި އެއްވައްތަރު އަދި އެއްވާހަކައެއް ތަކުރާރު ކުރައްވައި ނުވަތަ އިދިކޮޅު ދެމާނަ ދޭގޮތަށް ބާވައިލެއްވިއެވެ. އަދި އެމީހުންގެ ربّ އަށް ބިރުވެތިވާ މީހުންގެ ހަން އެފޮތް އަހާފައި ތުރުތުރުއަޅުވައިލައި ނުވަތަ ހަމުން ހީބިހި ނަގައިގަނެއެވެ. ދެން އެމީހުންގެ ހަންތަކާއި ހިތްތައް ﷲ ގެ ذكر އަށް މައިތިރިވެމަޑުވެދެއެވެ. އެއީ ﷲ ގެ ތެދުމަގެވެ. އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެއިން ތެދުމަގު ދައްކަވައެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގު ދައްކާނެ އެކަކުވެސް ނުހުންނާނެއެވެ.

  24. أَفَمَن يَتَّقِي بِوَجۡهِهِۦ سُوٓءَ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَقِيلَ لِلظَّٰلِمِينَ ذُوقُواْ مَا كُنتُمۡ تَكۡسِبُونَ

    Open ayah 39:24

    އަޅެފަހެ އެމީހާގެ މޫނާއިގެން عَذاب ގެ ނުބައި ކަމުން ރައްކާތެރިވެ ސަލާމަތްވެގެންފިމީހާ (ނުބައި ނުލަފާ އަދި މަގުފުރެދިފައިވާ މީހާއާއި) އެއްވަރުވާނެ ހެއްޔެވެ؟ (އެއްވަރުނުވާނެއެވެ.) އަދި އަނިޔާވެރިންނަށް ބުނެވޭނެއެވެ. "ކަލޭމެން ދުނިޔޭގައި ކުރަމުންދާ ކަމުގައި ވީކަންތަކުގެ ސަބަބުން ކަލޭމެން عَذاب ގެ ރަހަ ލިބިގަންނާށެވެ."

  25. كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ فَأَتَىٰهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ

    Open ayah 39:25

    އަދި މި (قريش ންގެ ކުރީގައި ތިބި) މީހުންވެސް އެމީހުންގެ ގާތަށް ވަޑައިގެންނެވި نبي ންނާއި رسول ންގެ ބަސްދޮގުކުރިއެވެ. ދެންފަހެ އޭގެ ސަބަބުން އެމީހުންނަށް إحساس ވެސް ނުވެތިއްބާ އެމީހުންގެ މައްޗަށް عَذاب އައެވެ.

  26. فَأَذَاقَهُمُ ٱللَّهُ ٱلۡخِزۡيَ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ

    Open ayah 39:26

    އަދި ދުނިޔޭގެ حياة ގައި ﷲ تعالى އެމީހުންނަށް ދެރަކަމާއި ނިކަމެތިކަމުގެ ރަހަ ދެއްކެވިއެވެ. (މި قُرَيْش ގެމީހުންވެސް ކާފަރުކަންމަތީ ދެމިތިބެއްޖެއްޔާ އެމީހުންނަށްވެސް އައިފަދަ عَذاب އަތުވެދާނެއެވެ. އަދި آخِرَة ދުވަހުގެ عَذاب މާގަދަވެފައި އަސަރުކުރުން ބޮޑުވާނެއެވެ.

  27. وَلَقَدۡ ضَرَبۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖ لَّعَلَّهُمۡ يَتَذَكَّرُونَ

    Open ayah 39:27

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ މީސްތަކުންނަށްޓަކައި މި قُرْآنُ ގައި ހުރިހާވައްތަރެއްގެ މިސާލު ޖައްސަވައިދެއްވީމެވެ. އެއީ އެމީހުން وَعْظُ نَصِيْحَة ލިބި عِبْرَة حَاصِلُ ކުރޭތޯއެވެ.

  28. قُرۡءَانًا عَرَبِيًّا غَيۡرَ ذِي عِوَجٖ لَّعَلَّهُمۡ يَتَّقُونَ

    Open ayah 39:28

    އަދިއެ قُرْآنُ އަކީ އެއްވެސް ގުދުކަމެއްނުވާ އަދި ސީދާ ޢަރަބި ބަހުންވާ ފޮތެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއީ އެމީހުން ތަޤްވާވެރިވެ ބިރުވެތިވޭތޯއެވެ.

  29. ضَرَبَ ٱللَّهُ مَثَلٗا رَّجُلٗا فِيهِ شُرَكَآءُ مُتَشَٰكِسُونَ وَرَجُلٗا سَلَمٗا لِّرَجُلٍ هَلۡ يَسۡتَوِيَانِ مَثَلًاۚ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ

    Open ayah 39:29

    ﷲ تعالى މިސާލެއްޖެއްސެވިއެވެ. އެއީ އަޅުމީހެއްގެމިސާލެވެ. އެމީހަކީ އެތަކެއް أَخْلآقُ އާއި ތަފާތު އެތައް خِيَال އެއްގެ ބަޔަކު ބައިވެރިވާ އެތައްބައެއްގެ އަޅެކެވެ. (އެއަޅުމީހާގާތު އޭނާގެ ސާހިބުންކުރެ އެކަކު "ކަލޭ ތެދުވާށޭބުނީމާ" އޭނާގެ އަނެއްސާހިބުމީހާ އެވަގުތުއޭނައަށްބުނީ "ކަލޭ އިށީންނާށެވެ". ދެންހުރިސާހިބުމީހާ އެއަޅުމީހާގާތުބުނީ "ކަލޭދާށޭ އަދި ދެންހުރިސާހިބުމީހާ ހަމައެގުތު އޭނާއަށްބުނީ ކަލޭ ހުއްޓޭށެވެ". ދެންމިހުރިހާ އަމުރެއް އެއްފަހަރާ އެކަކަށް ކުރިތިވީމާ ދެންއޭނާހަދާނީކިހިނަކުންހެއްޔެވެ؟ މިމީހާއާއި ސަލާމަތުންވާ އެންމެސާހިބެއްވާ އަޅަކާއިދެމީހުން އެއްވަރުވާނެހެއްޔެވެ؟ (އެއަޅުމީހާއަށް އަމުރުކުރާނޭ ދެވަނަސާހިބަކު ނުވެއެވެ.) އޭނާގެ ސާހިބުމީހާބުނިގޮތަކަށް އެއަޅުމީހައަށް ކަންތައްކުރެވިދާނެއެވެ. ހަމަމިގޮތަށް މިއެންމެހައި އަޅުތަކުންނަށް ކިތައްމެ އިލާހުންނެއްވާނަމަ އެއްއިލާހަކު އެއްއަމުރު އަނެއްއިލާހަކު އޭގެއިދިކޮޅު އަނެއްއަމުރެއް އަދި ދެންހުރިއިލާހަކު ކުރީގެދެއިލާހުންނާއި މުޅިންތަފާތު އަމުރެއް އެއްފަހަރާ އަޅުތަކުންނަށްކޮށްފިނަމަ ދެން އަޅުތަކުން ހަދާނީކިހިނަކުންބާވައެވެ؟ ދުނިޔޭގެ މިއޮއްބޮޑު ކާއިނާތުގައި ﷲ ފިޔަވައި ގިނަ އިލާހުންތަކެއްވާނަމަ ދުނިޔޭގެ نِظَام މުޅިން ފަސާދަވެ އެގޮތްމިގޮތްވެގެން ހިގައިދާނެ އެވެ. ވީމާ މިމިސާލުންވެސް ވަރަށްފުރިހަމަކޮށް އެނގެނީ ﷲ ނޫން އެހެން އިލާހުއަކު ނުވާކަމެވެ. އެންމެހައި حَمْدُ އާއި تِعْرِيْفُ އެއްހުރީ ހަމަﷲ އަށެވެ. ނަމަވެސް މީސްތަކުންކުރެ ގިނަމީހުންނަކަށްނޭގެއެވެ.

  30. إِنَّكَ مَيِّتٞ وَإِنَّهُم مَّيِّتُونَ 

    Open ayah 39:30

    (އޭ رَسُولُ الله އެވެ!). ހަމަކަށަވަރުން ކަލޭގެފާނަކީ އަވަހާރަވާނޭ ބޭކަލެކެވެ. އަދިއެމީހުނވެސް މަރުވާނެއެވެ.

  31. ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ عِندَ رَبِّكُمۡ تَخۡتَصِمُونَ

    Open ayah 39:31

    ދެން ޤިޔާމަތްދުވަހުން ކަލޭމެންގެ رَبُّ ގެ حِضْرَةُ ގައި އަރައިރުންތައްވެ ކަލޭމެން ދެބަސްވާނެއެވެ. دَعْوَى ތައްކުރާނެއެވެ.

  32. ۞فَمَنۡ أَظۡلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدۡقِ إِذۡ جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ

    Open ayah 39:32

    (ﷲ އަށް ޝަރީކަކު ވެޔޭ ކިޔައިގެން) ﷲ ގެ މައްޗަށް ބޮޑު ދޮގެއްހެދި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ (އެބަހީ އެއަށްވުރެ ބޮޑު އަނިޔާވެރިޔަކު ނުވެއެވެ.) އަދި އޭނާގެ ގާތަށް ތެދުއައިހިނދު އެތެދު ދޮގުކޮށް (އެބަހީ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ ގެންނެވި ޚަބަރުތަށް ދޮގުކޮށް) ހެދި މީހަކަށްވުރެން ވަކި ބޮޑު އަނިޔާވެރިޔަކީ ކާކު ހެއްޔެވެ؟ އޭނާ (ބެލެވޭނީ ކާފަރެއްކަމުގައެވެ.) އަދި ޤިޔާމަތަ ދުވަހުން ކާފަރުންނަށް ޖާގައެއްކަމުގައި ނަރަކަ ނުފުދޭހެއްޔެވެ؟ (އެބަހީ ފުދޭވަރު ވާނެއެވެ.)

  33. وَٱلَّذِي جَآءَ بِٱلصِّدۡقِ وَصَدَّقَ بِهِۦٓ أُوْلَٰٓئِكَ هُمُ ٱلۡمُتَّقُونَ

    Open ayah 39:33

    އަދި ތެދާއިގެން ވަޑައިގެންނެވި ކަލޭގެފާނާއި އަދި އެތެދު ތެދުކުރެއްވި ކަލޭގެފާނާއި މިދެބޭކަލުން ދަންނައެވެ. އެއީ ހަމަކަށަވަރުންވެސް تَقْوَى ވެރިންނެވެ. • ދަންނައެވެ. ތެދާއިގެން ވަޑައިގެންނެވީ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ އެވެ. އަދި އެތެދު ތެދުކުރެއްވީ أَبُوْبَكُرُ الصِدِّيق رَضِيَ الله عَنْه އެވެ. ނުވަތަ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ ގެންނެވި އެންމެހައި ޚަބަރުތައް ތެދުކުރި ކޮންމެ މީހެކެވެ. އެކަލޭގެފާނަށް تَبَعَ ވި ކޮންމެ މީހެކެވެ. وَالله أَعْلَم. = ذبدة التفير =

  34. لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ جَزَآءُ ٱلۡمُحۡسِنِينَ

    Open ayah 39:34

    އެބައިމީހުން އެދޭހާކަމެއް އެބައިމީހުންގެ رَبُّ ގެ ޙަޟްރަތުގައި އެމީހުންނަށްވެއެވެ. އަދި إِحْسَان ތެރިންގެ ޖަޒާއަކީ އެއީއެވެ.

  35. لِيُكَفِّرَ ٱللَّهُ عَنۡهُمۡ أَسۡوَأَ ٱلَّذِي عَمِلُواْ وَيَجۡزِيَهُمۡ أَجۡرَهُم بِأَحۡسَنِ ٱلَّذِي كَانُواْ يَعۡمَلُونَ

    Open ayah 39:35

    (ތެދުމަގަށާއި إِحْسَان ތެރިކަމަށް އެމީހުންނަށް މަގުދައްކަވައި ފަސޭހަކޮށްދެއްވީ) އެމީހުންކުރި ނުބައި ޢަމަލުތަށް އެމީހުންގެ ކިބައިން އެކަލާނގެ ފުއްސަވައި عَفُوء ކުރެއްވުމަށެވެ. އަދި އެމީހުން ދުނިޔޭގައި ތިބެގެން ކުރިކަމުގައިވީ ޢަމަލުތަކަށް އެއަށްވުރެ މާހެޔޮ ދަރުމައާއި جَزَاء ދެއްވުމައަށްޓަކައެވެ.

  36. أَلَيۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ

    Open ayah 39:36

    އަދި ﷲ ގެ އަޅާ (رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ) އަށް ފުއްދަވައިދެއްވާ ކަލަކު ކަމުގައި ﷲ ނުފުދޭހެއްޔެވެ؟ (އެބަހީ އެކަލޭގެފާނުންގެ ކަންތައްތަށް ބެއްލެވުމަށް ﷲ ފުދިވޮޑިގެންވެއެވެ. (އޭ رَسُوْلُ الله އެވެ!) އެމީހުން އެބަހީ އެކާފަރުންގެ މީހުން އެމީހުންﷲ ފިޔަވައި އެފަރާތްތަކަށް އެއަޅުކަން ކުރާތަކެތިން (ޔަޢުނީ ބުދުތަކާއިދެންވެސް އެބާވަތުގެ ތަކެތިން) އެމީހުން ކަލޭގެފާނު ބިރުގަންނަވަނީއެވެ. (އެކަމާ ބިރުފުޅުގެންވަޑައިގަންނަވާށެވެ!) ﷲ ތަޢާލާ ކަލޭގެފާނު ހިމާޔަތް ކުރައްވާނެއެވެ. އަދި ބުދުތަކަށް ވެވޭނެ އެއްވެސް ކަމެއްނޯންނާނެއެވެ. އަދި ﷲ މަގުފުރައްދަވައިފި މީހަކު ދަންނަވައެވެ. އޭނާއަށް ތެދުމަގުދައްކާނެ ހަމައެކަކުވެސް ނުވެއެވެ.

  37. وَمَن يَهۡدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّۗ أَلَيۡسَ ٱللَّهُ بِعَزِيزٖ ذِي ٱنتِقَامٖ

    Open ayah 39:37

    އަދި އެމީހަކަށް ﷲ ތެދުމަގު ދައްކަވައިފި މީހަކު މަގުފުރައްދަވައިލެވޭނެ މީހަކުވެސް ނުވެއެވެ. އަދި ކޮންމެ ކަމެއްގެމައްޗަށް އަދި ކޮންއެއްޗެއްގެ މައްޗަށް ގަދަވެވޮޑިގެންވާ ކަލަކުކަމުގައި ﷲ ނުވޭހެއްޔެވެ؟ (އަދި ނުކިޔަމަންތެރި އަނިޔާވެރިންގެ ކިބައިން) ބަދަލު ހިއްޕެވެމުގެ ވެރިކަލަކުކަމުގައި އެކަލާނގެ ނުވޭހެއްޔެވެ؟ އެބަހީ ވެއެވެ.

  38. وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ ٱللَّهُۚ قُلۡ أَفَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ إِنۡ أَرَادَنِيَ ٱللَّهُ بِضُرٍّ هَلۡ هُنَّ كَٰشِفَٰتُ ضُرِّهِۦٓ أَوۡ أَرَادَنِي بِرَحۡمَةٍ هَلۡ هُنَّ مُمۡسِكَٰتُ رَحۡمَتِهِۦۚ قُلۡ حَسۡبِيَ ٱللَّهُۖ عَلَيۡهِ يَتَوَكَّلُ ٱلۡمُتَوَكِّلُونَ

    Open ayah 39:38

    (އޭ رَسُوْلُ الله އެވެ!) އުޑުތަކާއި ބިން ހެއްދެވީ ކާކުތޯ ކަލޭގެފާނު އެމީހުންކުރެ އައްސަވައިފިއްޔާ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީﷲ އެވެ. އަދި ކަލޭގެފާނު އެމީހުންނަށްވިދާޅުވެ ބައްލަވާށެވެ! ﷲފިޔަވައި ކަލޭމެން ތިޔަ دعاء ކޮށް އަޅުކަން ކުރާ ބުދުތަކާއިމެދު ކަލޭމެން ނިކަން ތިމަންކަލޭގެފާނަށް خبر ދީބަލާށެވެ! އަޅެފަހެ ﷲ ތިމަންކަލޭގެފާނަށް ދައްޗެއް ނުވަތަ އުނދަގުލެއް ޖައްސައިފިއްޔާ އެބުދުތަކަށް އެއުނދަގޫ ފިލުވައިލެވިދާނެހެއްޔެވެ؟ ނުވަތަ ތިމަންކަލޭގެފާނަށް އެކަލާނގެ رحمة އެއް ނުވަތަ ހެވެއް އިރާދަކުރައްވައިފިއްޔާ އެ رحمة އެއް އަދިއެހެވެއް ތިމަންކަލޭގެފާނަށް އަޔަނުދީ އެބުދުތަކަށް ހިފެހެއްޓިދާނެހެއްޔެވެ؟ ނުވެސް ހިފެހެއްޓޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނަށް ﷲ ފުދެއެވެ. އަދި وكيل ކޮށްއިތުބާރު ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކޮށްއިތުބާރު ކުރާހުށިކަމެވެ!

  39. قُلۡ يَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ فَسَوۡفَ تَعۡلَمُونَ

    Open ayah 39:39

    (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ތިޔަ ތިބިގޮތްމަތީގައި (شرك ކުރާ حال) ކަލޭމެން عمل ކުރަމުން ގެންގޮސް ބަލާށެވެ! އަދި އަހުރެންވެސް އަހުރެންގެ ގޮތުގައި عمل ކުރަމުން ގެންދާހުށީމެވެ.

  40. مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَيَحِلُّ عَلَيۡهِ عَذَابٞ مُّقِيمٌ 

    Open ayah 39:40

    ފަހެ އެމީހެއްގެ މައްޗަށް ދުނިޔޭގައި ނިކަމެތި އަދި އިހާނެތި عذاب އަންނާނީ ކާކަށްކަން ނިކަންހުރެ ކަލޭމެންނަށް އެގިދާނެއެވެ. އަދި آخرة ގައި މެދުކެޑުމެއް ނެތް ދާއިމީ عذاب އެއް އަންނާނީ ކާކަށްކަންވެސް ކަލޭމެންނަށް އެގިދާނެއެވެ.

  41. إِنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ لِلنَّاسِ بِٱلۡحَقِّۖ فَمَنِ ٱهۡتَدَىٰ فَلِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۖ وَمَآ أَنتَ عَلَيۡهِم بِوَكِيلٍ

    Open ayah 39:41

    ހަމަކަށަވަރުން މީސްތަކުންގެ ތެދުމަގަށްޓަކައި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މައްޗަށް ކީރިތި قرآن މިބާވައިލައްވަނީ ހަމަ حق ތެދު ގޮތުގައެވެ. ފަހެ ތެދުމަގު ލިބިގެންފިމީހާ އެތެދުމަގު ލިބިގަންނަނީ އޭނާގެ نفس އަށެވެ. އެބަހީ އެކަމުގެ ފައިދާއާއި ލާބަހުންނާނީ ހަމަ އެމީހަކަށެވެ. އަދި މަގުފުރެދުނު މީހާވެސް ދަންނައެވެ. އޭނާގެ އެމަގުފުރެދުން އޮންނާނީ އޭނާގެ نفس ގެ މައްޗަށެވެ. އެބަހީ އެކަމުގެ ގެއްލުމާއި ހަލާކު ހުންނާނީ ހަމަ އޭނާގެ نفس ގެ މައްޗަށެވެ. އަދި ކަލޭގެފާނު އެމީހުންނަށް ތެދުމަގު ފޯރުކޮށްދިނުމަށް مسئول ވެގެންނުވެއެވެ.

  42. ٱللَّهُ يَتَوَفَّى ٱلۡأَنفُسَ حِينَ مَوۡتِهَا وَٱلَّتِي لَمۡ تَمُتۡ فِي مَنَامِهَاۖ فَيُمۡسِكُ ٱلَّتِي قَضَىٰ عَلَيۡهَا ٱلۡمَوۡتَ وَيُرۡسِلُ ٱلۡأُخۡرَىٰٓ إِلَىٰٓ أَجَلٖ مُّسَمًّىۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ

    Open ayah 39:42

    މަރުވާހިނދު ﷲ އެކަލާނގެ އަޅުތަކުންގެ ނަފުސުތަށް ނުވަތަ ފުރާނަތަށް ހިފަހައްޓަވައެވެ. (އޭގެ ވެރިއަކަށް ނުދޫކުރައްވައެވެ.) އަދި މަރުގެ އަޖަލު ކަނޑައެޅިގެންނުވާ ފުރާނަތަށްވެސް ނިދާވަގުތު ހިފަހައްޓަވައެވެ. އަދި ނިދީގެ ތެރޭގައި މަރުވުމަށް ކަނޑައެޅިފައިވާ ފުރާނަތަށް އެކަލާނގެ ދެން ދޫނުކުރައްވައި ހިފަހައްޓަވައެވެ. (އެމީހަކު އޮންނާނީ ނިދީގެތެރޭ މަރުވެފައެވެ.) ދެން އަނެއްބައި ފުރާނަތަށް (މަރުވުމަށް ކަނޑަނޭޅޭ ފުރާނަތަށް އެކަލާނގެ އޭގެ ވެރިންނަށް ދޫކުރައްވައެވެ. (އޭރުން ދެން އޭނާ ނިދިހަމެވެގެން ހޭލާނެއެވެ.) އެއީ އޭނާގެ އަޖަލު ހަމަވާންދެނެވެ. ހަމަކަށަވަރުން އެކަންކަމުގައި (ﷲގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެ) ދަލީލުތަށްވާކަންކަށަވަރެވެ. ނަމަވެސް އެއީ ވިސްނާ ފިކުރުކުރާ ބަޔަކަށެވެ.

  43. أَمِ ٱتَّخَذُواْ مِن دُونِ ٱللَّهِ شُفَعَآءَۚ قُلۡ أَوَلَوۡ كَانُواْ لَا يَمۡلِكُونَ شَيۡـٔٗا وَلَا يَعۡقِلُونَ

    Open ayah 39:43

    އަދިކިޔެއް ހެއްޔެވެ؟ އެމީހުން އެބަހީ މުޝްރިކުން ﷲ ފިޔަވައި ޝަރީކުންތަކެއް ހިފައި އިޚްތިޔާރުކުރީއެވެ. (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެތަކެއްޗަށް އެއްވެސް އެއްޗެއް މިލްކުވެގެންނުވިޔަސް އަދި އެއްވެސް އެއްޗެއް ވިސްނާ ފިކުރު ކުރުމެއްނެތަސް (އެމީހުން އެތަކެތި އިލާހުންކަމުގައި ހިފައި އިޚްތިޔާރުކުރަންވީ ހެއްޔެވެ؟)

  44. قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعٗاۖ لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ ثُمَّ إِلَيۡهِ تُرۡجَعُونَ

    Open ayah 39:44

    (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެންމެހައި شَفَاعَة އެއް خَاصَّ ވެ މިލްކުވެގެންވަނީ ހަމަ الله އަށެވެ. އަދި އުޑުތަކާއި ބިމުގައިވާހާތަކެތި މިލްކުވެގެންވަނީ ހަމައެކަލާނގެއަށެވެ. ދެން އަދިކަލޭމެން މަރުވުމަށްފަހު އެނބުރި ރުޖޫޢަވާނީވެސް ހަމައެކަލާނގެ حَضْرَة އަށެވެ.

  45. وَإِذَا ذُكِرَ ٱللَّهُ وَحۡدَهُ ٱشۡمَأَزَّتۡ قُلُوبُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ

    Open ayah 39:45

    އަދި آخِرَةُ އަށް އީމާން ނުވާމީހުންގެ ގާތުގައި الله ޒިކުރު ކުރެވިއްޖެއްޔާ އެކަލާނގެ ހަނދާންކުރެވިޖެއްޔާ އެމީހުންގެ ހިތްތައްބޮޑާވެ ނުރުހިދެއެވެ. ނަފުރަތުވެއެވެ. އަދި އެކަލާނގެ ނޫންތަކެތި (لاَتَ عُزَّى ފަދަބުދު) ޡިކުރު ކުރެވިއްޖެއްޔާ / ނަންގަނެވިއްޖެއްޔާ ދެންއެމީހުން އުފާވެ މަޖާވެއެވެ.

  46. قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ عَٰلِمَ ٱلۡغَيۡبِ وَٱلشَّهَٰدَةِ أَنتَ تَحۡكُمُ بَيۡنَ عِبَادِكَ فِي مَا كَانُواْ فِيهِ يَخۡتَلِفُونَ

    Open ayah 39:46

    އޭ رَسُوْلُ الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އޭ މަތިވެރި ﷲ އެވެ! އޭ އުޑުތަކާއި ބިން ނެތުމުގެތެރެއިން ހެއްދެވިކަލާކޮ. އަދި ޣައިބުގައި ފޮރުވެގެންވާ ތަކެއްޗާއި އަދި ފާޅުވެ ހާމަވެގެންވާ ތަކެތިވެސް ދެނެވޮޑިގެންވާ ކަލާކޮ. އިބަރަސްކަލާނގެ އިބަރަސްކަލާނގެ އަޅުތަކުންގެމެދު އިޚްތިލާފުވެ ދެބަސްވަމުންދާ ކަންކަމުގައި އެމީހުންގެ މެދުގައި ޙުކުމު ކުރައްވަމުއެވެ.

  47. وَلَوۡ أَنَّ لِلَّذِينَ ظَلَمُواْ مَا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦ مِن سُوٓءِ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمۡ يَكُونُواْ يَحۡتَسِبُونَ

    Open ayah 39:47

    އަދި އަނިޔާވެރިވި މީސްތަކުންނަށް ދުނިޔޭގައިވާ އެންމެހާ ތަކެއްޗާއި އަދި އެޔާއެކު އަދި އެހާތަކެތި އިތުރަށް އެމީހުން عَذَاب ގެ ނުބައިކަމުން ސަލާމަތްވުމަށްޓަކައި ޤިޔާމަތް ދުވަހުން فِدْيَة ދޭން އެމީހުންނަށް ދިންނަމަވެސް (އެމީހުން އެކަމުން ސަލާމަތްނުވާނެއެވެ.) އެމީހުންނަށް ﷲ ގެ ޙަޟްރަތުން ފައުޅުވާނީ (ﷲ ގެ ކޯފާއާއި عَذَاب ގެ ތެރެއިން) އެމީހުން ހީވެސްނުކުރާ ކަންކަމެވެ.

  48. وَبَدَا لَهُمۡ سَيِّـَٔاتُ مَا كَسَبُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ

    Open ayah 39:48

    އެމީހުންނަށް ފާޅުވާނީ އެމީހުން ކުރި ޢަމަލުތަކުގެ ނުބައިކަމެވެ. އަދި އެކަމާއިމެދު (ދުނިޔޭގައި) މަލާމާތްކޮށް ފުރައްސާރަކުރާކަމުގައި ވީކަންތައް އެމީހުން ވަށައިލާނެއެވެ. (އެއީ ނަރަކައިގެ عَذَاب އެވެ.)

  49. فَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَانَا ثُمَّ إِذَا خَوَّلۡنَٰهُ نِعۡمَةٗ مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمِۭۚ بَلۡ هِيَ فِتۡنَةٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

    Open ayah 39:49

    ފަހެ އިންސާނާއަށް އުނދަގުލެއް - ނުވަތަ ފަޤީރުކަމެއް - ނުވަތަ ދެންވެސް އެބާވަތުގެ ކަމެއްދިމާވެއްޖެއްޔާ އޭނާ ތިމަންރަސްކަލާނގެއަށް ގޮވާ ދުޢާ ކޮށް ހަދައެވެ. ދެން ތިމަންރަސްކަލާނގެ ޙަޟްރަތުން އޭނާއަށް ކޮންމެވެސް ނިޢުމަތެއް ދެއްވައިފިއްޔާ އޭނާ ބުނާނެއެވެ. މިއީ އަހުރެން މިކަންދަންނަކަމުގެ ސަބަބުން ލިބުނު މުދަލެވެ. ނުވަތަ އަހަރެންގައިވާ ހެޔޮކަމަށްޓަކައި ލިބުނުމުދަލެވެ. (ﷲ އެޔަށް ޖަވާބު އެދެއްވަނީ) އެހެންނަކުންނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެއީ فِتْنَة އެކެވެ. އިމްތިހާނެކެވެ. (އޭނާ އެ ނިޢުމަތަށް ޝުކުރު ކުރޭތޯ ނުވަތަ ނިޢުމަތަކަށް ކާފަރުވޭތޯއެވެ.) އެކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ.

  50. قَدۡ قَالَهَا ٱلَّذِينَ مِن قَبۡلِهِمۡ فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ 

    Open ayah 39:50

    އެމީހުންގެ ކުރީމީހުން އެބަހީ އިސްވެދިޔަ އުންމަތްތަކުގައި އުޅުނު މީހުންވެސް އެފަދަ ބަސްބުންޏެވެ. އެކަމަކު ދުނިޔޭގައިއެމީހުން އެހޯދި އެކެއްޗަކުންވެސް އެމީހުންނަކަށް އެއްވެސް ކަމެއް ފުއްދައެއްނުދިނެވެ.

  51. فَأَصَابَهُمۡ سَيِّـَٔاتُ مَا كَسَبُواْۚ وَٱلَّذِينَ ظَلَمُواْ مِنۡ هَٰٓؤُلَآءِ سَيُصِيبُهُمۡ سَيِّـَٔاتُ مَا كَسَبُواْ وَمَا هُم بِمُعۡجِزِينَ

    Open ayah 39:51

    ފަހެ އެމީހުން ކުރި ކަންތަކުގެ ނުބައިކަން އެމީހުންނަށް ޖެހުނެވެ. (ބަނޑުހައިހޫނު ކަމާއި- ހައްޔަރުވުމާއި- ބަލިވެގެން ހައްޔަރުވުމާއި) މިބާވަތުގެ ކަންކަން ދިމާވިއެވެ. އަދި މިމީހުންގެ ތެރެއިންވެސް- އެބަހީ مكة ގެ مشرك ގެ ތެރެއިންވެސް އަނިޔާވެރިންނަށް ނިކަންހުރެ އެމީހުން ކުރާ ކަންތަކުގެ ނުބައިކަން ދިމާވާނެއެވެ. އެއީ ކާފަރު ކަންމަތީ ދެމިތިބިއްޔާއެވެ. އަދި ﷲ ނުކުޅައްދަވައިލެވޭނެ ބަޔަކު ކަމުގައި އެމީހުން ނުވެއެވެ. (ﷲ ބޭނުންވެވޮޑިގަންނަވާ ގޮތަކަށް އެމީހުންނާމެދު عمل ކުރައްވާނެއެވެ.)

  52. أَوَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ

    Open ayah 39:52

    ހަމަކަށަވަރުން ﷲ އެދިވޮޑިގަންނަވާ އަޅަކަށް ރިޒްގު ތަނަވަސް ކުރައްވައި އަދި އެދިވޮޑިގަންނަވާ އަޅަކަށް ރިޒުގު ދަތިކުރައްވާކަން އެމީހުންނަށް ފަހެ ނޭގޭބާވައެވެ؟ އަދި ހަމަކަށަވަރުން އެކަންކަމުގައި ﷲ ގެ ގުދުރަތްތެރިކަމާއި އެއްކައުވަންތަކަމަށް ދަލީލުކުރާ دليل ތަކާއި ހެކިތައް ﷲ އަށް إيمان ވާ ބަޔަކަށްވެއެވެ.

  53. ۞قُلۡ يَٰعِبَادِيَ ٱلَّذِينَ أَسۡرَفُواْ عَلَىٰٓ أَنفُسِهِمۡ لَا تَقۡنَطُواْ مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ يَغۡفِرُ ٱلذُّنُوبَ جَمِيعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ

    Open ayah 39:53

    (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ! (ﷲ تَعَالى وَحِي ކުރެއްވިއެވެ.) އޭ ތިމަންރަސްކަލާނގެ އަޅުތަކުންކުރެ ފާފަކުރުމާއި އުރެދުންތެރިކަމުގައި އިސްރާފުކޮށްފައިވާ އަޅުންނޭވެ. ﷲ ގެ ރަޙުމަތުން ކަލޭމެން އުންމީދުކަނޑައިނުލާށެވެ. އެހެނީ ހަމަކަށަރުން ﷲ تَعَالى އެންމެހައި ފާފަ ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތް ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  54. وَأَنِيبُوٓاْ إِلَىٰ رَبِّكُمۡ وَأَسۡلِمُواْ لَهُۥ مِن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ ثُمَّ لَا تُنصَرُونَ

    Open ayah 39:54

    އަދި ކަލޭމެން ކަލޭމެންގެ رَبُّ އަށް ތައުބާވެ ރުޖޫޢަވާށެވެ. (އެއީ ގިނަހެޔޮކަންތަށްކޮށްގެންނާއި ނަޙީތަކުން ދުރުވެގެންނާއި އެކަލާނގެ ޙުކުމުފުޅަށް ބޯލަނބައިގެންނެވެ.) އަދި އެކަލާނގެއަށް ކަލޭމެން ބޯލަނބައި ކިޔަމަންތެރިވާށެވެ. އެއީ ކަލޭމެންގެ މައްޗަށް ޢަޛާބު އައުމުގެ ކުރިންނެވެ. (ތައުބާ ނުވެތިއްބާ ޢަޛާބު އަތުވެއްޖެއްޔާ) ދެން ކަލޭމެންނަށް نَصْر ނުލިބެވޭނެއެވެ. نَصْر ދޭނެމީހަކު ނުވާނެއެވެ.

  55. وَٱتَّبِعُوٓاْ أَحۡسَنَ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُم مِّن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ بَغۡتَةٗ وَأَنتُمۡ لَا تَشۡعُرُونَ

    Open ayah 39:55

    އަދި ހަމަ ކުއްލިއަކަށް ކަލޭމެންނަށް އިހްސާސްވެސް ނުވާގޮތަކަށް عَذَاب އައުމުގެ ކުރިން ކަލޭމެންގެ رَبُّ ގެ ޙަޟްރަތުން ކަލޭމެންނަށް ބާވައިލައްވާފައިވާ ރަނގަޅުތަކެއްޗާއި ކަލޭމެން ތަބަޢަވާށެވެ! އެބަހީ ކީރިތި قُرْآن އާއި ތަބަޢަވާށެވެ!

  56. أَن تَقُولَ نَفۡسٞ يَٰحَسۡرَتَىٰ عَلَىٰ مَا فَرَّطتُ فِي جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّٰخِرِينَ

    Open ayah 39:56

    އަދި އެއްވެސް ނަފްސެއް ތިމާ ﷲ އާއި މެދު - ﷲ ގެ ކިޔަމަންތެރިކަމާއިމެދު ފަރުވާ ކުޑަކުރިކަމައްޓަކައި އޭ އަހުރެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ! އަދި އަހުރެންވީ މަލާމާތްކޮށް ފުރައްސާރަކުރި މީހުންގެ ތެރެއިންކަން ކަށަވަރެވެ. މިފަދަބަސްތައް ބުނަންދިމާވުމުގެ ކުރިންނެވެ.

  57. أَوۡ تَقُولَ لَوۡ أَنَّ ٱللَّهَ هَدَىٰنِي لَكُنتُ مِنَ ٱلۡمُتَّقِينَ

    Open ayah 39:57

    ނުވަތަ ﷲ އަހުރެންނަށް ތެދުމަގު ދެއްކެވިނަމަ އަހުރެންވީހީ ތަޤުވާވެރިންގެ ތެރެއިންނެވެ. މިހެން އެއްވެސް ނަފްސެއް ބުނުމުގެ ކުރިންނެވެ.

  58. أَوۡ تَقُولَ حِينَ تَرَى ٱلۡعَذَابَ لَوۡ أَنَّ لِي كَرَّةٗ فَأَكُونَ مِنَ ٱلۡمُحۡسِنِينَ

    Open ayah 39:58

    ނުވަތަ عَذَاب ފެންނަހިނދު އަހުރެން އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވާނެނަމައެވެ. އޭރުން އިޙްސާންތެރިންގެ ތެރެއިން އަހުރެންވާހުށީމެވެ. މިހެން އެއްވެސް ނަފްސެއްބުނުމުގެ ކުރިންނެވެ. (އޭގެ ކުރިން ތައުބާވެ އެކަލާނގެ ޙަޟްރަތުއަށް ރުޖޫޢަވާށެވެ!)

  59. بَلَىٰ قَدۡ جَآءَتۡكَ ءَايَٰتِي فَكَذَّبۡتَ بِهَا وَٱسۡتَكۡبَرۡتَ وَكُنتَ مِنَ ٱلۡكَٰفِرِينَ

    Open ayah 39:59

    އެހެން އެއްގޮތަކަށްވެސް ނުވާނެއެވެ. (އެބަހީ ދެވަނަފަހަރަށް ފޮނުއްވުމެއްނުވެއެވެ.) އަދި ޤިޔާމަތްދުވަހުން އޭނާއަށް އެންގޭނެއެވެ. ހަމަކަށަވަރުން ކަލޭގެގާތަށް ތިމަންރަސްކަލާނގެ އާޔަތްތަށް އައެވެ. ދެންކަލޭ އެއާޔަތްތަށް ދޮގުކޮށް އަދި ބޮޑާވެ ކިބުރުވެރިވިގަތީއެވެ. އަދި ކަލޭވީ ކާފަރުންގެ ތެރެއިންނެވެ. (މިފަދަ މިފަދަ ނަމަތަށް ކިއުމުގެ ކުރިން ކަލޭމެން ﷲ ބާވައިލެއްވި ކީރިތި قُرْآن އާއި ތަބަޢަވެ އެކަލާނގެއަށް ކިޔަމަންތެރިވާށެވެ.) * ދަންނައެވެ. މި آ ية: (قل يا عبادى الّذين أسرفو على أنفسهم.) މިއާޔަތަކީ ކީރިތި قُرْآن ގައި އަޅުތަކުންނަށްޓަކައިވާ އެންމެ އުފާވެރި بشارة ކަމުގައިވާނެއެވެ. ﷲ ގެ އަޅުތަކުންގެ މައްޗަށް އެކަލާނގެ حضرة ންވާ އޯގާވަންތަކަމާއި رحمة އަކީ ފުންމިން ނޭގޭ ކަނޑެކެވެ. * އެންމެ ފުރަތަމަ އެކަލާނގެ ރަސްކަންފުޅާއި އަޅުތަކުން ނިސްބަތްކުރައްވާ ގުޅުވާފައިވުމަކީ އަޅުތަކުންނަށްވާ މާތްކަމާއި شرف އެކެވެ. އަދި އުފާވެރިކަމުގެ ދަލީލެކެވެ. * ދެވަނައަށް އެވަނީ އެބައިމީހުން ފާފަޔާއި އުރެދުމުގައި ގިނަކޮށް إسراف ކުރިކަން بيان ކުރައްވާފައެވެ. * ތިންވަނައަށް އެޔާވިދިގެން އެއަންގަވަނީ އެފަދަ ގިނަ ފާފައިގެ އަޅުންވެސް އެކަލާނގެ رحمة ން أميد ކަނޑައިނުލެއްވުމަށެވެ. އެފަދަ ގިނަ ފާފައިގެ އަޅުންނަށް رحمة ން أميد ކަނޑައިނުލުމަށް އެންގެވީމާ އެތަނުގެ مفهوم ން ސާބިތުވަނީ މަދު ފާފައިގެ أهل ވެރިންނަށް އެކަލާނގެ ފުއްސެވުން މާ أولي ވެގެންވާކަމެވެ. * ދެން އެޔާއެކު ހުރިހާ ޝައްކުން ފިލާވަރު ބަސްފުޅު އެވަނީއެވެ. (إنّ الله يغفر الذ نوب جميعا) يعني ހަމަކަށަވަރުން ﷲ އެންމެހައި ފާފައެއްފުއްސަވައެވެ. މިފަދަ ބަސްފުޅުތަކުން އަޅުތަކުންނަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ! ﷲ ގެ رحمة ގެ ބޮޑުކަމާއެވެ! ނަމަވެސް އެޔާވިދިގެންވާ އާޔަތުގައި އެއަންގަވަނީ އެކަލާނގެއަށް توبة ވެ رجوع ވެ އެކަލާނގެއަށް ކިޔަމަންވުމަށެވެ. މިއިން މިއެނގެނީ އެފަދަ ބޮޑު رحمة އާއި އޯގާވަންތަކަން ﷲ ގެ حضرة ގައިވާއިރު އަޅުތަކުން އެކަމަށް އެދި އެކަލާނގެ حضرة އަށް رجوع ވެ توبة ވުން އަވަސްކުރަންވީކަމެވެ. والله أعلم.

  60. وَيَوۡمَ ٱلۡقِيَٰمَةِ تَرَى ٱلَّذِينَ كَذَبُواْ عَلَى ٱللَّهِ وُجُوهُهُم مُّسۡوَدَّةٌۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡمُتَكَبِّرِينَ 

    Open ayah 39:60

    އަދި ﷲ އަށް ދޮގުތަކެއްހެދި މީހުންގެ މޫނުތައް ޤިޔާމަތްދުވަހުން ކަޅުވެގެންވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ކިބުރުވެރި ބޮޑާވިމީހުންގެ ޖާގައެއްކަމުގައި ނަރަކަ ނުވޭހެއްޔެވެ؟ (އެބަހީ އެމީހުންގެ ޖާގައެއްކަމުގައި ނަރަކަފުދޭނެއެވެ.)

  61. وَيُنَجِّي ٱللَّهُ ٱلَّذِينَ ٱتَّقَوۡاْ بِمَفَازَتِهِمۡ لَا يَمَسُّهُمُ ٱلسُّوٓءُ وَلَا هُمۡ يَحۡزَنُونَ

    Open ayah 39:61

    އަދި ތަޤުވާވެރިވި މީސްތަކުން އެބައިމީހުންގެ ނަސީބާއި ކާމިޔާބުގެ ސަބަބުން ﷲ އެމީހުން (އެދުވަހުގެ ނުރައްކަލުން) ސަލާމަތްކުރައްވާނެއެވެ. އެމީހުންގައި އެއްވެސް ނުބައެއްނުބީހޭނެއެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި ކަމުގައިވެސްއެމީހުންނުވެއެވެ.

  62. ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ

    Open ayah 39:62

    ﷲ އެއީ އެންމެހައިތަކެތި ހައްދަވާ ކަލާނގެއެވެ. އަދި ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި ބެލެހެއްޓުމުގައި އެކަލާނގެ ޤާއިމުވެވޮޑިގެންވެއެވެ.

  63. لَّهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ أُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ

    Open ayah 39:63

    އަދި އުޑުތަކާއި ބިމުގެ مَقَالِيد ވަނީ އެކަލާނގެއަށް އެކަނި ހާއްސަވެގެންނެވެ. (مَقَالِيد އެވެ ބުނިބަހުން މުރާދުކުރެވެނީ އެދެތާނގެ ކަންތަކާމެދު ތަދުބީރުކުރެއްވުމާއި ބޭނުންވެވޮޑިގެންވާގޮތަކަށް އެތަންތާނގެ ކަންތައްތަށް ހިންގެވުމެވެ.) އަދި ﷲގެ އާޔަތްތަކަށް ކާފަރުވާ މީސްތަކުން ދަންނައެވެ. ގެއްލިހަލާކުވެގެންވާ މީހުންނަކީ ހަމައެއީއެވެ.

  64. قُلۡ أَفَغَيۡرَ ٱللَّهِ تَأۡمُرُوٓنِّيٓ أَعۡبُدُ أَيُّهَا ٱلۡجَٰهِلُونَ

    Open ayah 39:64

    (އޭ رَسُوْل الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭމިތިބަ ޖާހިލުންނޭވެ. ކަލޭމެން އަހުރެންނަށް ތިޔަ އަމުރުކުރަނީ ﷲ ނޫން ފަރާތަކަށް އަހަރެން އަޅުކަންކުރަން ހެއްޔެވެ؟

  65. وَلَقَدۡ أُوحِيَ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَٰسِرِينَ

    Open ayah 39:65

    (الله وحي ކުރެއްވިއެވެ.) އަދި ހަމަކަށަވަރުން ކަލޭގެފާނަށް وحي ކުރެއްވިގެންވަނީ އަދި ކަލޭގެފާނުންގެ ކުރީގެ رَسُوْل ބޭކަލުންނަށްވެސް وحي އިއްވެވިގެން ވާނީ (އެބޭކަލުންވެސް) އަދި ކަލޭގެފާނުވެސް شرك ކޮށްފިއްޔާ ހަމަކަށަވަރުން ކަލޭގެފާނު ކުރެއްވި އެންމެހައި ހެޔޮ عمل باطل ކުރައްވާނެކަމަށެވެ. އަދި ހަމަކަށަވަރުން އޭރުން ކަލޭގެފާނުވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.

  66. بَلِ ٱللَّهَ فَٱعۡبُدۡ وَكُن مِّنَ ٱلشَّٰكِرِينَ

    Open ayah 39:66

    އަދި ކިޔެއްހެއްޔެވެ؟ ހަމައެކަނި ﷲ އަށް އަޅުކަން ކުރައްވާށެވެ. އަދި شكرކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ. މިއެވެ.

  67. وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦ وَٱلۡأَرۡضُ جَمِيعٗا قَبۡضَتُهُۥ يَوۡمَ ٱلۡقِيَٰمَةِ وَٱلسَّمَٰوَٰتُ مَطۡوِيَّٰتُۢ بِيَمِينِهِۦۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ

    Open ayah 39:67

    އަދި ހަމަކަށަވަރުން އެމީހުން - އެބަހީ مشرك ން -ﷲ އަށް قدرކޮށް إحترام ކުރުން حق ވެގެންވާވަރަކަށް އެމީހުން އެކަލާނގެއަށް قدر ކޮށް إحترام ކޮށްނުހަދައެވެ. قيامة ދުވަހުން މުޅި ބިނަގަޑުވާނީ އެކަލާނގެ މުށްޕުޅުގައެވެ. އަދި އުޑުތައް ފަށްފަށް ޖައްސަވާލައްވާފައިވާނީ އެކަލާނގެ ކަނައަތްޕުޅުގައެވެ. އަދި އެބައިމީހުން އެ شرك ކުރާ ކަންތަކުން އެކަލާނގެ ހުސް طاهر ވަންތަވެ މަތިވެރިވެ ވޮޑިގެންވެއެވެ.

  68. وَنُفِخَ فِي ٱلصُّورِ فَصَعِقَ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ إِلَّا مَن شَآءَ ٱللَّهُۖ ثُمَّ نُفِخَ فِيهِ أُخۡرَىٰ فَإِذَا هُمۡ قِيَامٞ يَنظُرُونَ

    Open ayah 39:68

    ފަހެ (ފުރަތަމަ ފަހަރަށް) ތާޅަފިލި ފުންމަވައިލެވިއްޖެއްޔާ ﷲ އިރާދަކުރެއްވި ފަރާތެއް މެނުވީ އުޑުތަކާއި ބިމުގައިވާހާ ބަޔަކު ބިރުން ސިހިގެންގޮސް މަރުވެދެއެވެ. ދެން ދެވަނަ ފަހަރަށް އަލުންވެސް ތާޅަފިލި ފުންމަވައިލެއްވޭނެއެވެ. ދެން އޭރުން މީސްތަކުން (ކަށްވަޅުތަކުން ނުކުމެގެން) ތެދުވެ ބަލަން ތިބޭނެއެވެ.

  69. وَأَشۡرَقَتِ ٱلۡأَرۡضُ بِنُورِ رَبِّهَا وَوُضِعَ ٱلۡكِتَٰبُ وَجِاْيٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِيَ بَيۡنَهُم بِٱلۡحَقِّ وَهُمۡ لَا يُظۡلَمُونَ

    Open ayah 39:69

    އަދި ބިންގަނޑު އެބިންގަނޑުގެ ވެރި رب ގެ نور ން މުޅިން އަލިވެ އުޖާލާވެދެއެވެ. ދެން މީސްތަކުން ދުނިޔޭގައި ކުރި عمل ތަކުގެ ފަތްތައް حساب ބެއްލެވުމަށްޓަކައި ގެނަސްބެހެއްޓިދާނެއެވެ. އަދި نبي ބޭކަލުންނާއި ހެކިވެރިން ގެންނަވައި އެމީހުންގެ މެދުގައި ސީދާ حق ގޮތުގައި ނިޔާ ކަނޑައެޅިދާނެއެވެ. އަދި އެއްވެސް އަނިޔާއެއް އެދުވަހުން އެމީހުންނަށް ނުވެވޭނެއެވެ. * ދަންނައެވެ. އެކިއެކި أمة ތަކުގެ رسول ބޭކަލުން އެބޭކަލުންގެ أمة އަށް رسول ކަން އިއްވަވައިދެއްވި ކަމަށް ހެކި ދެއްވުމަށް ގެނެވޭ ހެކިވެރިންނަކީ محمد ﷺ ގެ أمة ގެ މީހުންނެވެ. އެވާހަކަ بقرة ސޫރަތުގައި بيان ވެގެން އެވަނީއެވެ. (وَكذَالِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُوْنُوْا شُهَدَاء عَلَى النَّاسِ وَيَكُون الرسول عليكم شهيدًا...) މާނައީ ތިމަންރަސްކަލާނގެ ކަލޭމެން خاص ވެގެންވާ عدل ވެރި أمة އެއްކަމުގައި ލެއްވީ އެފަދައިންނެވެ. އެއީ މީސްތަކުންގެ މައްޗަށް ހެކިދޭ ހެކިވެރިން ކަމުގައި ކަލޭމެންވުމަށްޓަކައެވެ. އަދި ކަލޭމެން މައްޗަށް ހެކިދެއްވާ ބޭކަލަކުކަމުގައި رسول އާ ވުމަށްޓަކައެވެ...) މިއެވެ.

  70. وَوُفِّيَتۡ كُلُّ نَفۡسٖ مَّا عَمِلَتۡ وَهُوَ أَعۡلَمُ بِمَا يَفۡعَلُونَ 

    Open ayah 39:70

    ދެންފަހެ (قيامة ދުވަހުން) ކޮންމެ نفس އަކަށްމެ އެ نفس އެއް ކޮށްފައިވާ عمل ގެ ޖަޒާ ބަރާބަރަށް ލިބޭނެއެވެ. (ހެޔޮ عمل ވިއްޔާ ހެޔޮ ޖަޒާއެވެ. ނުބައި عمل ވިއްޔާ ނުބައި ޖަޒާއެވެ.) އަދި އެ عمل ތައް ކުރަމުން ދިޔައިރު އެހުރިހާކަމެއް ﷲ ދެނެވޮޑިގެންވެއެވެ. (ނަމަވެސް މަލާއިކަތްބޭކަލުން ލިޔުއްވި ފަތާއި ހެކިވެރިންނާއި ގުނަވަންތައް އެހެކިދެނީ އެއްވެސް ކަހަލަ حجة އެއް އަދި عذر އެއް ނުއޮތުމަށްޓަކައެވެ.)

  71. وَسِيقَ ٱلَّذِينَ كَفَرُوٓاْ إِلَىٰ جَهَنَّمَ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَآ أَلَمۡ يَأۡتِكُمۡ رُسُلٞ مِّنكُمۡ يَتۡلُونَ عَلَيۡكُمۡ ءَايَٰتِ رَبِّكُمۡ وَيُنذِرُونَكُمۡ لِقَآءَ يَوۡمِكُمۡ هَٰذَاۚ قَالُواْ بَلَىٰ وَلَٰكِنۡ حَقَّتۡ كَلِمَةُ ٱلۡعَذَابِ عَلَى ٱلۡكَٰفِرِينَ

    Open ayah 39:71

    އަދި ކާފަރުވީ މީސްތަކުން ދަމާފައި ނަރަކައަށް ގެނެވޭނެއެވެ. އެއީ جماعة جماعة އަށެވެ. ބައިބަޔަށެވެ. (ކޮންމެ ބާވަތެއްގެ ކުށްވެރިންގެ ތެރެއިންވެސް އިސްމީހުން ކުރިއަށެވެ.) ދެން އެމީހުން ނަރަކައާއި ހަމައަށް ގެންދެވިއްޖެއްޔާ ނަރަކައިގެ ދޮރުތައް ހުޅުވިދާނެއެވެ. އަދި އެތަން ބެލެހެއްޓެވުމަށް ލައްވާފައިވާ މަލާއިކަތްބޭކަލުން އެމީހުންނާއި ސުވާލުކުރައްވާނެއެވެ. ވިދާޅުވާނެއެވެ. ކަލޭމެންގެ رَبُّ އާޔަތްތައް ކިޔަވައިދެއްވައި އަދި މިދުވަހާއި ކަލޭމެން ބައްދަލުވާންޖެހިދާނެކަމުގެ އިންޒާރުދެއްވައި ބިރުގެންނެވުމަށް ކަލޭމެންގާތަށްފަހެ ރަސޫލުބޭކަލުން ވަޑައިނުގަންނަވައިހެއްޔެވެ؟ އެމީހުންދަންނަވާނެއެވެ. ނޫނެކެވެ. ވަޑައިގެންނެވިއެވެ. އަދި ތިޔައިންޒާރުވެސް ކުރެއްވިއެވެ. ނަމަވެސް عَذَابُ ގެ ކަލިމަފުޅު ކާފަރުންގެމައްޗަށް حَقُّ ވީއެވެ.

  72. قِيلَ ٱدۡخُلُوٓاْ أَبۡوَٰبَ جَهَنَّمَ خَٰلِدِينَ فِيهَاۖ فَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ

    Open ayah 39:72

    ދެން އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ. އެތާދެމިތިބޭ ގޮތަށެވެ. ފަހެ ބޮޑާވެ ކިބުރުވެރިވިމީހުންގެ ޖާގައެއްކަމުގައި قِيَامَة ދުވަހުން ހަމަޖެހިފައިވާތަން ނުބައިވެގެންވެއެވެ. އެއީ ނަރަކައެވެ.

  73. وَسِيقَ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ إِلَى ٱلۡجَنَّةِ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَا سَلَٰمٌ عَلَيۡكُمۡ طِبۡتُمۡ فَٱدۡخُلُوهَا خَٰلِدِينَ

    Open ayah 39:73

    އަދި އެބައިމީހުން އެބައިމީހުންގެ رَبُّ އަށް تَقْوَى ވެރިވީމީހުން جماعة جماعة އަށް ސުވަރުގެއަށް ގެންދެވޭނެއެވެ. އަދި އެމީހުންނަށް އެތަނަށް ދެވިއްޖެއްޔާ އެތާގެ ދޮރުތައް ހުޅުވިދާނެއެވެ. އަދި އެތަންބަލަހައްޓަވަން ތިއްބަވާ މަލާއިކަތްބޭކަލުން ވިދާޅުވާނެއެވެ. ކަލޭމެންގެ މައްޗަށް ސަލާމު ހުއްޓެވެ. ކަލޭމެންގެ ކަންތައް ރަނގަޅުވެގެންވެއެވެ. (ކަލޭމެން ދުނިޔޭގައި ކުރިޢަމަލުން ފުރާނަތައް ރަނގަޅުވެ ފައްކާވެގެންވެއެވެ.) އަދިކަލޭމެން ތިބުމަށް ރަނގަޅުތަންވެއެވެ. ފަހެ ކަލޭމެން ދެމިތިބޭގޮތަށް ކަލޭމެން ސުވަރުގެއަށް ވަންނާށެވެ.

  74. وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي صَدَقَنَا وَعۡدَهُۥ وَأَوۡرَثَنَا ٱلۡأَرۡضَ نَتَبَوَّأُ مِنَ ٱلۡجَنَّةِ حَيۡثُ نَشَآءُۖ فَنِعۡمَ أَجۡرُ ٱلۡعَٰمِلِينَ

    Open ayah 39:74

    އަދި އެމީހުން ދަންނަވާނެއެވެ. އެންމެހައި ތާރީފާއި ސަނާއެއްހުރީ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެ އަޅަމެންނާއިމެދު ކުރައްވާފައިވާ وَعْدُ ފުޅު ތެދުކުރެއްވި ކަލާނގެއެވެ. ސުވަރުގޭގެ ބިން އެކަލާނގެ އަޅަމެންނަށް ވާރުތަކޮށް ދެއްވިއެވެ. (އެއީ އަހުރެމެންގެ ބައްޕައާއި މަންމަ ފުރަތަމައުޅުއްވި ތަނެވެ.) ސުވަރުގޭގައި އަހުރެމެން ބޭނުންގޮތަކަށް އުޅޭނީއެވެ. ފަހެ ދުނިޔޭގައި ހެޔޮ ޢަމަލު ކުރިމީހުންގެ ދަރުމަ މާތްވެގެންވެއެވެ.

  75. وَتَرَى ٱلۡمَلَٰٓئِكَةَ حَآفِّينَ مِنۡ حَوۡلِ ٱلۡعَرۡشِ يُسَبِّحُونَ بِحَمۡدِ رَبِّهِمۡۚ وَقُضِيَ بَيۡنَهُم بِٱلۡحَقِّۚ وَقِيلَ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ

    Open ayah 39:75

    އަދި މަލާއިކަތްބޭކަލުން ﷲ ގެ عَرْشِ ފުޅު ވަށައިގެންވާތީ ކަލޭގެފާނު ދެކެވަޑައި ގަންނަވާނެއެވެ. އަދި އެބޭކަލުން އެބޭކަލުންގެ رَبُّ ގެ حَضْرَة އަށް حَمْد ކުރައްވައި تَسْبِيْح ވިދާޅުވާނެއެވެ. އަދި އެންމެހައި خَلْقُ ތަކުންގެމެދުގައި حَقُّ އަށް ނިޔާކުރެވިނިމޭނެއެވެ. އަދިބުނެވޭނެއެވެ. އެންމެހައި حَمْد އާއި تَعْرِيْفُ އެއްހުރީ ޢާލަމުތައް ހައްދަވާބޮޑުކުރެއްވި އެތަކެތީގެވެރި رَبُّ އަށެވެ. (މިއީ މުއުމިނުންގެ ބަހެވެ.)