غافر
Al-Ghaafir
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
حمٓ
Open ayah 40:1حم: މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. މިބާވަތުގެ އެންމެހައި އަކުރުތަކާމެދު مفسّر ން ދެއްކި ވާހަކައިގެ خلاصة އިން ފާހަގަކުރެވުނު ދެ ފައިދާއެއްގެ ވާހަކަ އަދި ފަހުން ދަންނަވާނަމެވެ.
تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡعَلِيمِ
Open ayah 40:2ފޮތް ބާވައިލެއްވީ / އެބަހީ ކީރިތި قرآن ބާވައިލެއްވީ عزّة ވަންތަ، އަދި ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ގެ حضرة ންނެވެ.
غَافِرِ ٱلذَّنۢبِ وَقَابِلِ ٱلتَّوۡبِ شَدِيدِ ٱلۡعِقَابِ ذِي ٱلطَّوۡلِۖ لَآ إِلَٰهَ إِلَّا هُوَۖ إِلَيۡهِ ٱلۡمَصِيرُ
Open ayah 40:3އެކަލާނގެއީ އަޅުތަކުންގެ ފާފަތައް ފުއްސަވާ، توبة ވާ އަޅުންގެ توبة قبول ކުރައްވާ ކަލާނގެއެވެ. އަދި އެޔާއެކު އެކަލާނގެއަށް ނުކިޔަމަންތެރިވާ އަޅުންނަށް عقوبة ދެއްވުން ގަދަފަދަވެވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއީ فضل ވަންތަކަން ބޮޑުވެގެންވާ، އަދި ގިނަގިނަ إحسان ވަންތަކަން އެކަލާނގެ އަޅުތަކުންނަށް ދެއްވުމުގެ ވެރި ދީލަތިވަންތަ ކަލާނގެއެވެ. އެކަލާނގެ ފިޔަވައި (އަޅުކަންވެވުން حقّ ވެގެންވާ) އެހެން އެއްވެސް إلٰهއަކު ނުވެއެވެ. ހުރިހާ ކަމެއް އެންމެ ފަހުން އެނބުރިދިއުން ވަނީ އެކަލާނގެ حضرة އަށެވެ.
مَا يُجَٰدِلُ فِيٓ ءَايَٰتِ ٱللَّهِ إِلَّا ٱلَّذِينَ كَفَرُواْ فَلَا يَغۡرُرۡكَ تَقَلُّبُهُمۡ فِي ٱلۡبِلَٰدِ
Open ayah 40:4ކާފަރުވެއްޖެ ބަޔަކު މެނުވީ ﷲ ގެ އާޔަތްތަކަށް (ރައްދުކޮށް، ދޮގުކުރުމަށް) جدل ނުކުރާނެއެވެ. ފަހެ ކާފަރުވީ މީސްތަކުން ރަށްރަށުގައި އެ ފުރޮޅޭ ފުރޮޅުންތަކަށް ކަލޭގެފާނު ހެއްލުންތެރިވިޔަ ނުދެއްވާށެވެ! އެބަހީ އެމީހުން ވިޔަފާރިޔާއި، އަދި ترقّى ގެ ގޮތުންނޭ ކިޔައިގެން ކުރަމުން އެގެންދާ ޒާތްޒާތުގެ مشروع ތަކުގެ ސަބަބުން ކަލޭގެފާނު ހެއްލުންތެރިވިޔަ ނުދެއްވާށެވެ! ސީދާ މަގުގައި ކަލޭގެފާނު ހުންނަވައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ! ކާފަރުންގެ ކުރިއެރުމަށް ނުބައްލަވާށެވެ. އެހެނީ އެމީހުންގެ ނިމުމަކީ ހަލާކެވެ. ދެން آخرة ގައި عذاب އެވެ.
كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَٱلۡأَحۡزَابُ مِنۢ بَعۡدِهِمۡۖ وَهَمَّتۡ كُلُّ أُمَّةِۭ بِرَسُولِهِمۡ لِيَأۡخُذُوهُۖ وَجَٰدَلُواْ بِٱلۡبَٰطِلِ لِيُدۡحِضُواْ بِهِ ٱلۡحَقَّ فَأَخَذۡتُهُمۡۖ فَكَيۡفَ كَانَ عِقَابِ
Open ayah 40:5(مكّة ގެ قريش ންގެ) ކުރިން نوح ގެ قوم ގެ މީހުން އެމީހުންގެ رسول އާ ދޮގުކުރިއެވެ. އަދި އެމީހުންގެ ފަހުން ދެން އައި އެންމެހައި أمّة ތައްވެސް އެމީހުންގެ ގާތަށް ވަޑައިގެންނެވި رسول ބޭކަލުން ދޮގުކުރިއެވެ. ކޮންމެ أمّة އެއްވެސް މަސައްކަތްކުރީ އެބައިމީހުންގެ ގާތަށް ފޮނުއްވުނު رسول އާ ހިފައިގަތުމަށެވެ. އެ ބޭކަލަކަށް އަނިޔާކުރުމަށެވެ. އަދި باطل ގޮތްގޮތުން އެ ބޭކަލުންނާ جدل ތައް ކުރިއެވެ. އެއީ حقّ ފުހެލައި، ނެތިކޮށްލުމަށް ޓަކައެވެ. ދެން ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކު ކުރެއްވީމެވެ. އަދި އެމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ عذاب އާއި، عقوبة ވީ ކޮންފަދައަކުން ހެއްޔެވެ؟ (އެކަން ވީ ވަރަށް ގަދަފަދަކޮށެވެ.)
وَكَذَٰلِكَ حَقَّتۡ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ كَفَرُوٓاْ أَنَّهُمۡ أَصۡحَٰبُ ٱلنَّارِ
Open ayah 40:6(އޭ رسول الله އެވެ!) ކާފަރުވީ މީސްތަކުންގެ މައްޗަށް ކަލޭގެފާނުގެ ربّ ގެ وعيد ގެ ބަސްފުޅު حقّ ވީ އެފަދައިންނެވެ. عذاب ގެ كلمة ފުޅު واجب ވީ އެފަދައިންނެވެ. ހަމަކަށަވަރުން އެމީހުން ވީ ނަރަކައިގެ އެކުވެރީން ކަމުގައެވެ.
ٱلَّذِينَ يَحۡمِلُونَ ٱلۡعَرۡشَ وَمَنۡ حَوۡلَهُۥ يُسَبِّحُونَ بِحَمۡدِ رَبِّهِمۡ وَيُؤۡمِنُونَ بِهِۦ وَيَسۡتَغۡفِرُونَ لِلَّذِينَ ءَامَنُواْۖ رَبَّنَا وَسِعۡتَ كُلَّ شَيۡءٖ رَّحۡمَةٗ وَعِلۡمٗا فَٱغۡفِرۡ لِلَّذِينَ تَابُواْ وَٱتَّبَعُواْ سَبِيلَكَ وَقِهِمۡ عَذَابَ ٱلۡجَحِيمِ
Open ayah 40:7عرش އުފުއްލަވާ މަލާއިކަތް ބޭކަލުންނާއި، އަދި عرش ވަށައިގެންވާ މަލާއިކަތް ބޭކަލުން އެބޭކަލުންގެ ربّ އަށް حمد ކުރައްވައި، تسبيح ވިދާޅުވެއެވެ. އަދި އެ ބޭކަލުން އެކަލާނގެއަށް އީމާންވެވަޑައިގަންނަވައެވެ. އަދި އީމާންވެގެންވާ މީސްތަކުން ގެ ފާފަ ފުއްސެވުމަށް (ﷲ ގެ حضرة ގައި ދަންނަވައި) އެދިވަޑައިގަންނަވައެވެ. (އަދި އެބޭކަލުން ވިދާޅުވެއެވެ.) "އޭ އަޅަމެންގެ ވެރި ربّ އެވެ! އިބަ ރަސްކަލާނގެ رحمة އާއި، ދެނެވޮޑިގަތުން އެންމެހައި خلق ތަކުންގެ މައްޗަށް ތަނަވަސްވެގެން ވެއެވެ. ފަހެ (މީސްތަކުން ކުރެ) އިބަރަސްކަލާނގެ حضرة އަށް توبة ވެ رجوع ވި އަދި އިބަރަސްކަލާނގެ މަގާ، (އެބަހީ އިސްލާމްދީނާ) تبع ވި އެންމެންގެ ފާފަ ފުއްސަވާނދޭވެ! އަދި ނަރަކައިގެ عذاب ން އެބައިމީހުން ސަލާމަތްކުރައްވާނދޭވެ!"
رَبَّنَا وَأَدۡخِلۡهُمۡ جَنَّٰتِ عَدۡنٍ ٱلَّتِي وَعَدتَّهُمۡ وَمَن صَلَحَ مِنۡ ءَابَآئِهِمۡ وَأَزۡوَٰجِهِمۡ وَذُرِّيَّٰتِهِمۡۚ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ
Open ayah 40:8"އަދި އޭ އަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ އެބައިމީހުންނަށް وعد ކުރައްވާފައިވާ ސުވަރުގެއަށް އެބައިމީހުން ވައްދަވާދޭވެ! އަދި އެބައިމީހުންގެ ކާބަފައިންގެ ތެރެއިންނާއި، އެބައިމީހުންގެ އަނބީންގެ ތެރެއިންނާއި، އަދި އެބައިމީހުންގެ ދަރިފަސްކޮޅުންވެސް އެ ސުވަރުގެއަށް ވަނުމަށް صلح ވެގެންވާ އެންމެން އެ ސުވަރުގެއަށް ވައްދަވާދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ عزّة ވަންތަ، حكمة ވަންތަ ކަލާނގެއެވެ."
وَقِهِمُ ٱلسَّيِّـَٔاتِۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوۡمَئِذٖ فَقَدۡ رَحِمۡتَهُۥۚ وَذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ
Open ayah 40:9"އަދި ނުބައި ކަންތަކުން - އެބަހީ ނުބައި ކަންތަކުގެ عذاب ން - އެމީހުން ސަލާމަތްކުރައްވާދޭވެ! އަދި އެދުވަހުގެ عذاب ން ސަލާމަތްވެ، ރައްކާތެރިވެއްޖެ މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހަކަށް އިބަރަސްކަލާނގެ رحمة ލައްވައިފިއެވެ. އަދި ބޮޑުވެގެންވާ نصيب އަކީ އެއީއެވެ."
إِنَّ ٱلَّذِينَ كَفَرُواْ يُنَادَوۡنَ لَمَقۡتُ ٱللَّهِ أَكۡبَرُ مِن مَّقۡتِكُمۡ أَنفُسَكُمۡ إِذۡ تُدۡعَوۡنَ إِلَى ٱلۡإِيمَٰنِ فَتَكۡفُرُونَ
Open ayah 40:10ހަމަކަށަވަރުން ކާފަރުވީ މީސްތަކުންނަށް ގޮވޭނެއެވެ. އެބަހީ ނަރަކަވަންތަ ވެރީންނަށް މަލާއިކަތް ބޭކަލުން ގޮވައިލައްވާނެއެވެ. "ކަލޭމެން ކަލޭމެންގެ نفس ތަކަށް ރުޅިއަންނަ ވަރަށްވުރެ މާ ބޮޑަށް ﷲ ގެ ކޯފާ ކަލޭމެންގެ މައްޗަށް ބޮޑެވެގެންވެއެވެ. އެހެން އެވީ (ކަލޭމެން ދުނިޔޭގައި ތިބިހިނދު) ﷲ އަށް إيمان ވުމަށް ކަލޭމެންނަށް ގޮވުނު ހިނދުން ކަލޭމެން ކާފަރުވީ ކަމެވެ." * ދަންނައެވެ. ނަރަކަވަންތަ ވެރީންކުރެ ކޮންމެ މީހަކުވެސް ނަރަކައިގައި ތިބެގެން ރުޅިއައިސްގެން ތިމާގެ نفس އަށް لعنة ދޭނެއެވެ. އޭގެ جواب ގައި މަލާއިކަތް ބޭކަލުން އެ ވިދާޅުވަނީ "ކަލޭމެން ކަލޭމެންގެ نفس ތަކަށް އަންނަ ރުޅިއަށްވުރެ ކަލޭމެންގެ މައްޗަށް ﷲ ގެ ކޯފާ މާ ބޮޑެވެ."
قَالُواْ رَبَّنَآ أَمَتَّنَا ٱثۡنَتَيۡنِ وَأَحۡيَيۡتَنَا ٱثۡنَتَيۡنِ فَٱعۡتَرَفۡنَا بِذُنُوبِنَا فَهَلۡ إِلَىٰ خُرُوجٖ مِّن سَبِيلٖ
Open ayah 40:11(އެމީހުން ﷲ އަށް ދަންނަވާނެއެވެ.) "އަޅަމެންގެ ربّ އެވެ! އަޅަމެން ދެފަހަރަށް މަރުއްވަނީތޯއެވެ؟" (މިތާ، ދެމަރުގެ މުރާދަކީ ދުނިޔެއަށް އައުމުގެ ކުރީގެ މަރާއި، ދެން ދުނިޔޭގައި އުޅުމަށްފަހު ވާ މަރެވެ.) އަދި އެމީހުން ދަންނަވާނެއެވެ. "އަޅަމެން ދެފަހަރަށް ދިރުއްވަނީތޯއެވެ؟" (އެއީ ދުނިޔޭގެ حياة ގެ ދިރުމާއި، محشر އަށް ފޮނުއްވުމަށް ދިރޭ ދިރުމާއި، ދެ ދިރުމެވެ.) އެމީހުން ނަރަކައިގައި ތިބެގެން ދަންނަވާނެއެވެ. "އަޅަމެން، އަޅަމެންގެ ފާފަތަކަށް إعتراف ވެއްޖައީމެވެ. ފަހެ މި ނަރަކައިން ނުކުމެވޭނޭ އެއްވެސް މަގެއް އަޅަމެންނަށް ވޭތޯއެވެ؟" (މީގެ جواب އެއް ކަމުގައި ވާނީ "ނުވެއެވެ." މިހެންނެވެ.)
ذَٰلِكُم بِأَنَّهُۥٓ إِذَا دُعِيَ ٱللَّهُ وَحۡدَهُۥ كَفَرۡتُمۡ وَإِن يُشۡرَكۡ بِهِۦ تُؤۡمِنُواْۚ فَٱلۡحُكۡمُ لِلَّهِ ٱلۡعَلِيِّ ٱلۡكَبِيرِ
Open ayah 40:12"ކަލޭމެން ތިޔަ عذاب ގައި ތިބޭން ޖެހުނީ ހަމަކަށަވަރުން އެއްކައުވަންތަ ﷲ އަށް إيمان ވުމަށް ކަލޭމެންނަށް ގޮވިއްޖެއްޔާ ކަލޭމެން (އެކަލާނގެއަށް) ކާފަރުވީ ކަމެވެ. އަދި އެކަލާނގެއަށް شريك ކުރަން ގޮވިއްޖެއްޔާ ކަލޭމެން އެކަމަށް އީމާންވީ ކަމެވެ. އެކަން ތެދުކުރި ކަމެވެ. ފަހެ އެންމެހައި حكم އެއް خاصّ ވެގެންވަނީ ﷲ އަށެވެ. (ކަލޭމެން ނަރަކައިން ނުނެރެ ތިބޭ ގޮތަށް حكم ކުރެއްވީވެސް ހަމަ އެކަލާނގެއެވެ. އެކަލާނގެއީ މަތިވެރިވެވޮޑިގެންވާ كبرياء ވަންތަ ކަލާނގެއެވެ."
هُوَ ٱلَّذِي يُرِيكُمۡ ءَايَٰتِهِۦ وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزۡقٗاۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ
Open ayah 40:13އެކަލާނގެއީ އެކަލާނގެ އެއްކައުވަންތަކަމާއި، ކުޅަދުންވަންތަ ކަމުގެ ހެކިތަކާއި، دليل ތައް ކަލޭމެންނަށް ދެއްކެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ރިޒުގެއްގެ ގޮތުން އުޑުން ފެން ބާވައިލެއްވިއެވެ. މިފަދަ، މިފަދަ ކަންކަމަށް ވިސްނައި، އެއިން نصيحة އާއި، وعظ ލިބިގަންނަނީ ހަމައެކަނި އެކަލާނގެ ކިޔަމަންތެރިކަމަށް رجوع ވެ توبة ވާ މީހެކެވެ.
فَٱدۡعُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ وَلَوۡ كَرِهَ ٱلۡكَٰفِرُونَ
Open ayah 40:14(އޭ މުއުމިނުންނޭވެ!) ފަހެ ކަލޭމެން ﷲ އަށް އަޅުކަން إخلاص ތެރި ކުރާ حال ކަލޭމެން ﷲ އަށް دعاء ކުރާށެވެ! އެކަމާ ކާފަރުން ނުރުހި ތިބިނަމަވެސް މެއެވެ.
رَفِيعُ ٱلدَّرَجَٰتِ ذُو ٱلۡعَرۡشِ يُلۡقِي ٱلرُّوحَ مِنۡ أَمۡرِهِۦ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦ لِيُنذِرَ يَوۡمَ ٱلتَّلَاقِ
Open ayah 40:15އެކަލާނގެއީ (يعني އެކަލާނގެ ކުޅަދުންވަންތަކަމުގެ علامة ތަކާއި، ހެކިތައް ކަލޭމެންނަށް ދައްކަވާ ކަލާނގެއީ) ދަރަޖަފުޅުތައް އުފުލިގެންވާ ކަލާނގެއެވެ. ނުވަތަ އެކަލާނގެއީ ސިފަފުޅުތައް ރިވެތިވެގެންވާ ކަލާނގެއެވެ. އެކަލާނގެއީ އެކަލާނގެ އަޅުތަކުންކުރެ އެދިވޮޑިގަންނަވާ އަޅަކަށް روح ބާވައިލައްވާ ކަލާނގެއެވެ. وحي ބާވައިލައްވާ ކަލާނގެއެވެ. އެއީ އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވާ ދުވަހަށް އިންޒާރުކުރައްވައި، ބިރުގެންނެވުމަށް ޓަކައެވެ. އެއީ قيامة ދުވަހެވެ. • ދަންނައެވެ. وحي އަށް روح އެވެ. ކިޔުނީ ހަށިގަނޑުތައް ފުރާނައިން ދިރޭފަދައިން ކާފަރުކަމުން މަރުވެފައިވާ ހިތްތައް وحي އިން ދިރޭތީއެވެ. • قيامة ދުވަސް އެއީ އެއްބަޔަކު އަނެއް ބަޔަކަށް ބައްދަލުވާ ދުވަސް ކަމުގައި އެވަނީ އެދުވަހުން އުޑުތަކުގައި ވާހައި ބަޔަކާއި، ބިމުގައި ވާ މީހުން ބައްދަލުވެ، އަދި އިސްވެދިޔަ މީސްތަކުންނާއި، ފަހުން އައިހާ ބަޔަކުވެސް އެ ދުވަހުން ބައްދަލުވާތީއެވެ.
يَوۡمَ هُم بَٰرِزُونَۖ لَا يَخۡفَىٰ عَلَى ٱللَّهِ مِنۡهُمۡ شَيۡءٞۚ لِّمَنِ ٱلۡمُلۡكُ ٱلۡيَوۡمَۖ لِلَّهِ ٱلۡوَٰحِدِ ٱلۡقَهَّارِ
Open ayah 40:16އަދި މީސްތަކުން އެދުވަހުން (ކަށްވަޅުތަކުން ނުކުމެ) ފައުޅުވެގެންވާ ހުއްޓެވެ. އަދި އެމީހުން ކުރި عمل ތަކުގެ ތެރެއިން އެކައްޗެއްވެސް ﷲ އަށް ވަންހަނާވެގެން ނުވާނެއެވެ. (އެ އެންމެން حاضر ވެ ނިމުނީމާ) އެ ދުވަހުން އެކަލާނގެ وحي ކުރައްވާ ހުއްޓެވެ. "މިއަދު، ވެރިކަން ވަނީ ކާކަށް ހެއްޔެވެ؟" (އެ ސުއާލަށް އެއްވެސް مخلوق އަކު ޖަވާބު ނުދޭނެއެވެ.) އަލުންވެސް، ﷲ وحي ކުރައްވާ ހުއްޓެވެ. "ވެރިކަން މިއަދު خاصّ ވެގެންވަނީ އެއްކައުވަންތަ، ގަދަފަދަވަންތަ ﷲ އަށެވެ." (އެހެން އެއްވެސް މީހަކަށް މިއަދު ވެރިކަމެއް ނެތެވެ.)
ٱلۡيَوۡمَ تُجۡزَىٰ كُلُّ نَفۡسِۭ بِمَا كَسَبَتۡۚ لَا ظُلۡمَ ٱلۡيَوۡمَۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ
Open ayah 40:17"މިއަދު ކޮންމެ نفس އަކަށްވެސް އެ نفس އެއް ދުނިޔޭގައި ކޮށްފައިވާ ކަންތަކަށް ޖަޒާދެވޭ ހުއްޓެވެ. އެއްވެސް އަނިޔާވެރިކަމެއް މިއަދަކު ނެތެވެ. ހަމަކަށަވަރުން ﷲ އެއީ ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ."
وَأَنذِرۡهُمۡ يَوۡمَ ٱلۡأٓزِفَةِ إِذِ ٱلۡقُلُوبُ لَدَى ٱلۡحَنَاجِرِ كَٰظِمِينَۚ مَا لِلظَّٰلِمِينَ مِنۡ حَمِيمٖ وَلَا شَفِيعٖ يُطَاعُ
Open ayah 40:18(އޭ رسول الله އެވެ!) ގާތްވެގެން މި ވާ قيامة ދުވަހުގެ ހުރި ބިރުވެރިކަމުގެ خبر އެމީހުންނަށް ދެއްވައި، إنذار ކުރައްވާށެވެ! (އެދުވަހުން ބިރުވެރިކަމުންނާއި، ކަންބޮޑުވެގެން) ހިތްތައް ލަގޮނޑިވަޅާ ހަމައަށް ފޯރާނެއެވެ. އެއީ ހިތާމަޔާއި، މޮޅީން ފުރިގެންވާ حال ގައެވެ. އަނިޔާވެރީންނަށް، مشرك ންނަށް އެދުވަހުން އެމީހުން (عذاب ން دفاع ކޮށްދޭނޭ) އެއްވެސް ގާތް މީހަކު، رحمة ތެރިޔަކު ނުވާނެއެވެ. އަދި ކިޔަމަންތެރި ވެވޭނޭ شفاعة ތެރިޔަކުވެސް ނުވާނެއެވެ.
يَعۡلَمُ خَآئِنَةَ ٱلۡأَعۡيُنِ وَمَا تُخۡفِي ٱلصُّدُورُ
Open ayah 40:19(ދުނިޔޭގައި ތިބިއިރު ނަހަމަ ތަންތަނަށް ބެލުމުގައި) ލޯތައް خيانة ކުރި އެންމެހައި ކަމެއްވެސް، އަދި ހިތްތަކުގައި ހިންގަމުން ދިޔަ އެންމެހައި خيال ތަކެއްވެސް އެކަލާނގެ ދެނެވޮޑިގެންނެވިއެވެ.
وَٱللَّهُ يَقۡضِي بِٱلۡحَقِّۖ وَٱلَّذِينَ يَدۡعُونَ مِن دُونِهِۦ لَا يَقۡضُونَ بِشَيۡءٍۗ إِنَّ ٱللَّهَ هُوَ ٱلسَّمِيعُ ٱلۡبَصِيرُ
Open ayah 40:20(އެ ކަންކަމަށް (ﷲ ނިޔާކުރައްވާނީ ހަމަ حقّ އަށެވެ. އަދި އެކަލާނގެ ފިޔަވައި އެ ފަރާތްތަކަށް ގޮވައި، دعاء ކޮށްހެދި ތަކެތި އެއްވެސް ކަމެއްގެ ނިޔާއެއް ނުކުރާނެއެވެ. (އެހެނީ އެ ތަކެއްޗަކަށް އެއްވެސް އެއްޗެއް ނޭނގެއެވެ.) ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
۞أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ كَانُواْ مِن قَبۡلِهِمۡۚ كَانُواْ هُمۡ أَشَدَّ مِنۡهُمۡ قُوَّةٗ وَءَاثَارٗا فِي ٱلۡأَرۡضِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمۡ وَمَا كَانَ لَهُم مِّنَ ٱللَّهِ مِن وَاقٖ
Open ayah 40:21އެމީހުން يعني مكّة ގެ أهل ވެރީން ފަހެ ބިމުގައި ދަތުރުފަތުރުކޮށް، އެމީހުންގެ ކުރީން އިސްވެދިޔަ އެބާވަތުގެ މީހުންގެ ނިމުން ހުރިގޮތް ބަލައި އެއިން عبرة حاصل ކޮށް ނަހަދާނޭ ބާވައެވެ؟ އިސްވެދިޔަ قوم ތަކުގެ މީހުން ވީ ބާރުގެ ގޮތުން މިމީހުންނަށްވުރެ މާ ގަދަފަދަ ކަމުގައެވެ. ބިމުގައި އެމީހުންގެ އަސަރުތައްވެސް މިމީހުންނަށްވުރެ މާ ގަދަވެފައި ހަރުދަނާއެވެ. (عاد ބާގައިގެ މީހުންނާއި، ثمود ބާގައިގެ މީހުންނާއި، އަދިކިތަންމެ ބައެއްގެ ގޮވަތިގެދޮރުގެވެސް އަސަރު އަދިއަދަށް ދާނދެން ފެންނަން އެ ހުރީ ވިއްޔާއެވެ. ހުނަރުވެރި ކަމާއި، ގަދަފަދަކަމުގައި މި މައްކާގެ މީހުންނަށްވުރެ އެމީހުން މާ މައްޗެވެ. (ނަމަވެސް އެމީހުން ނުކިޔަމަންތެރި ވުމުން) ދެންފަހެ ﷲ އެމީހުން ހިއްޕަވައި، ހަލާކު ކުރެއްވީއެވެ. އެއީ އެމީހުންގެ ފާފަތަކުގެ ސަބަބުންނެވެ. އަދި އެ މީސްމީހުންނަށް ﷲ ގެ عذاب އައި ހިނދުން އެއިން މީހަކު ސަލާމަތްކޮށްދީ ރައްކާތެރި ކޮށްދޭނޭ އެކަކުވެސް ނުވިއެވެ.
ذَٰلِكَ بِأَنَّهُمۡ كَانَت تَّأۡتِيهِمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَكَفَرُواْ فَأَخَذَهُمُ ٱللَّهُۚ إِنَّهُۥ قَوِيّٞ شَدِيدُ ٱلۡعِقَابِ
Open ayah 40:22އެމީހުންނަށް އެހެން ވާން ޖެހުނީ - އެ عذاب އެމީހުންނަށް އައީ ބަޔާންވެގެންވާ دليل ތަކާއިގެން އެމީހުންގެ ގާތަށް رسول ބޭކަލުން ވަޑައިގެންނެވުމުން އެމީހުން إيمان ނުވެ އެކަލޭގެފާނަށް كافر ވީ ކަމަށް ޓަކައެވެ. ދެންފަހެ ﷲ އެމީހުން ހިއްޕަވައި، ހަލާކު ކުރެއްވީއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ، އަދި عقوبة ދެއްވުންވެސް ނުހަނު ގަދަފަދަ ވެގެންވާ ކަލާނގެއެވެ. (މި ކަންކަމުން عبرة حاصل ކުރުން ހުއްޓެވެ.)
وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَا وَسُلۡطَٰنٖ مُّبِينٍ
Open ayah 40:23އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާޔަތްތަކާއި، އަދި ބަޔާންވެގެންވާ حجّة އާއި، دليل އާއެކު ތިމަން ރަސްކަލާނގެ موسى عَليه السلام رسول ކަމާއިގެން ފޮނުއްވީމެވެ. (އެއީ ތިމަން ރަސްކަލާނގެ އެއްކައުވަންތަ ކަމާއި، ކުޅަދުންވަންތަ ކަމާއި، އަދި އެކަލޭގެފާނުގެ رسول ކަން ތެދުކަމުގެ މައްޗަށް دليل ކުރާ ހެކިތަކާއި، دليل ތަކާއިގެނނެވެ. އޭގެ ތެރޭގައި އެކަލޭގެފާނުގެ عصا ކޮޅާއި، އަތްޕުޅު، އަދިވެސް އެތަކެއް معجزة އެވެ. އެކަލޭގެފާނަށް ނުވަ معجزة ވެއެވެ.)
إِلَىٰ فِرۡعَوۡنَ وَهَٰمَٰنَ وَقَٰرُونَ فَقَالُواْ سَٰحِرٞ كَذَّابٞ
Open ayah 40:24އެކަލޭގެފާނު رسول ކަމާއިގެން ފޮނުއްވުނީ فرعون އާއި، އަދި އޭނާގެ وزير هامان އާއި، އަދި އެވަގުތު އެތާ ހުރި އެންމެ މުއްސަނދި މީހާ ކަމުގައި ހިމެނޭ قارون އާއި؛ މި މީސްމީހުންގެ ގާތަށެވެ. ފަހެ އެ މީހުންގެ ގާތަށް موسى عَليه السلام ވަޑައިގަތުމުން އެމީހުން ބުނީ އެއީ ދޮގުވެރި سحر ވެރިއެއް ކަމަށެވެ.
فَلَمَّا جَآءَهُم بِٱلۡحَقِّ مِنۡ عِندِنَا قَالُواْ ٱقۡتُلُوٓاْ أَبۡنَآءَ ٱلَّذِينَ ءَامَنُواْ مَعَهُۥ وَٱسۡتَحۡيُواْ نِسَآءَهُمۡۚ وَمَا كَيۡدُ ٱلۡكَٰفِرِينَ إِلَّا فِي ضَلَٰلٖ
Open ayah 40:25ފަހެ އެމީހުންގެ ގާތަށް موسى عَلَيهِ السلام حقّ އާއިގެން ވަޑައިގެންނެވުމުން (معجزة ތަކާއިގެން ވަޑައިގަތުމުން) އެމީހުން ބުނީ موسى ގެ އަރިހުގައި އީމާންވެގެންވާ މީސްތަކުންގެ ފިރިހެން ދަރީން މެރުމަށެވެ. އަދި އަންހެން ދަރީން ނުމަރައި ދޫކުރުމަށެވެ. އަދި فرعون ގެ ރޭވުން ހަމަ ގެއްލި ހަލާކުވެގެންވާ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ.
وَقَالَ فِرۡعَوۡنُ ذَرُونِيٓ أَقۡتُلۡ مُوسَىٰ وَلۡيَدۡعُ رَبَّهُۥٓۖ إِنِّيٓ أَخَافُ أَن يُبَدِّلَ دِينَكُمۡ أَوۡ أَن يُظۡهِرَ فِي ٱلۡأَرۡضِ ٱلۡفَسَادَ
Open ayah 40:26އަދި فرعون ބުންޏެވެ. "موسى މެރުމަށް ޓަކައި ކަލޭމެން އަހުރެން ދޫކޮށްލާށެވެ! އޭނާ އެ ބުނާ އޭނާގެ ربّ އަށް އެކަން މަނާކުރުމަށް ގޮވައިފާނޭ ތާއެވެ! (އަހުރެންނަށް ހީވާ ގޮތުގައި އޭނާގެ ربّ އެއް ނުވެއެވެ. އެންމެންގެ ربّ އަކީ އަހުރެންނެވެ.) އަހުރެން ބިރުގަންނަނީ އޭނާ ކަލޭމެންގެ دين ބަދަލުކޮށްފާނޭތީ އެވެ. ނުވަތަ ބިންމަތީގައި ބޮޑު ފަސާދައެއް ކޮށްފާނޭތީއެވެ."
وَقَالَ مُوسَىٰٓ إِنِّي عُذۡتُ بِرَبِّي وَرَبِّكُم مِّن كُلِّ مُتَكَبِّرٖ لَّا يُؤۡمِنُ بِيَوۡمِ ٱلۡحِسَابِ
Open ayah 40:27އަދި موسى عَلَيهِ السلام ވިދާޅުވިއެވެ. "(އޭ މީސްތަކުންނޭވެ!) އަހުރެންނާއި، ކަލޭމެންގެ ربّ ގެ حضرة ން ރައްކާތެރިކަމާއި، ސަލާމަތްކަން އަހުރެން މި އެދެނީ ހިސާބު ބައްލަވާ ދުވަހަށް އީމާން ނުވާ (މި فرعون ކަހަލަ) ބޮޑާ كبر ވެރި ކޮންމެ މީހަކުގެ ކިބައިން ސަލާމަތް ވުމަށެވެ."
وَقَالَ رَجُلٞ مُّؤۡمِنٞ مِّنۡ ءَالِ فِرۡعَوۡنَ يَكۡتُمُ إِيمَٰنَهُۥٓ أَتَقۡتُلُونَ رَجُلًا أَن يَقُولَ رَبِّيَ ٱللَّهُ وَقَدۡ جَآءَكُم بِٱلۡبَيِّنَٰتِ مِن رَّبِّكُمۡۖ وَإِن يَكُ كَٰذِبٗا فَعَلَيۡهِ كَذِبُهُۥۖ وَإِن يَكُ صَادِقٗا يُصِبۡكُم بَعۡضُ ٱلَّذِي يَعِدُكُمۡۖ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ مُسۡرِفٞ كَذَّابٞ
Open ayah 40:28(موسى عَلَيهِ السلام މަރާން فرعون ނިންމީމާ) فرعون ގެ ގާތްތިމާގެ މީހުންގެ ތެރެއިން އީމާންވެގެން، އީމާންކަން ވަންހަނާކޮށްގެން ހުރި މީހަކު ބުންޏެވެ. "ތިމަންނާގެ ربّ އަކީ ﷲ އޭ ބުނާތީ ކަލޭމެން އެހެން ބުނާ މީހަކު މަރާންވީ ހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންގެ ربّ ގެ حضرة ން ކަލޭމެންގެ ގާތަށް އޭނާ އެ އައީ بيان ވެގެންވާ حجّة އާއި، دليل އާއިގެންނެވެ. އަދި އޭނާއީ ދޮގުވެރިއެއް ކަމަށް ވަންޏާ، އޭނާ އެ ބުނާ ދޮގުގެ عقوبة އެއް އޮންނާނީ ހަމަ އޭނާއަށެވެ. އަދި އޭނާއީ ތެދުވެރިއެއް ކަމުގައި ވަންޏާ ކަލޭމެންނަށް އަތުވެދާނޭ ކަމަށް އޭނާ އެ وعد ކުރާ ބައެއް عذاب ކަލޭމެންނަށް (ދުނިޔޭގައިވެސް) އަތުވެދާނެއެވެ. ހަމަކަށަވަރުން ކާފަރުކަމާއި، އަނިޔާވެރި ކަމުގައި ހައްދުފަހަނަޅާފައިވާ މީހަކަށް ﷲ ތެދުމަގު ނުދައްކަވާނެއެވެ. (ކަލޭމެން ތިޔަ ބުނަނީ އޭނާ އެއީ ދޮގުވެރި، އަދި އަނިޔާވެރިއެއް ކަމަށެވެ. އެހެންކަމަށް ވެއްޖެއްޔާ އޭނާއަކަށް އެއްވެސް ތެދުމަގެއް ނުލިބޭނެއެވެ.)"
يَٰقَوۡمِ لَكُمُ ٱلۡمُلۡكُ ٱلۡيَوۡمَ ظَٰهِرِينَ فِي ٱلۡأَرۡضِ فَمَن يَنصُرُنَا مِنۢ بَأۡسِ ٱللَّهِ إِن جَآءَنَاۚ قَالَ فِرۡعَوۡنُ مَآ أُرِيكُمۡ إِلَّا مَآ أَرَىٰ وَمَآ أَهۡدِيكُمۡ إِلَّا سَبِيلَ ٱلرَّشَادِ
Open ayah 40:29"އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެންނަށް މިއަދު މި (مصر ގެ) ބިމުގައި ވެރިކަން ލިބި، ކަލޭމެން ގަދަވެގެން ވެއެވެ. އެކަމަކު އަހުރެމެންނަށް ﷲ ގެ عذاب އާއި، ކޯފާ އަތުވެއްޖެއްޔާ ދެން އަހުރެމެންނަށް نصر ދީ، ވާގިވެރި ވެދޭނީ ކާކު ހެއްޔެވެ؟ (އެކަކުވެސް ނުހުންނާނެއެވެ.)" فرعون ބުންޏެވެ. "އަހުރެން ކަލޭމެންނަށް މި އިޝާރަތްކުރަނީ އަހުރެންނަށް ފެންނަ ހަމަ އެންމެ ރަނގަޅު ގޮތެވެ. (އެއީ موسى މެރުމެވެ.) އަދި ހަމަ އެންމެ ސީދާ ތެދުމަގު މެނުވީ އަހުރެން ކަލޭމެންނަށް ނުދައްކަމެވެ."
وَقَالَ ٱلَّذِيٓ ءَامَنَ يَٰقَوۡمِ إِنِّيٓ أَخَافُ عَلَيۡكُم مِّثۡلَ يَوۡمِ ٱلۡأَحۡزَابِ
Open ayah 40:30އަދި إيمان ވީ އެ މީހާ ބުންޏެވެ. "އޭ އަހުރެންގެ قوم ގެ މީހުންނޭވެ. (ރަސޫލު ބޭކަލުން ދޮގުކުރި އިސްވެދިޔަ) أمّة ތަކުގެ މީހުންނަށް އައިފަދަ عذاب އެއް ކަލޭމެންގެ މައްޗަށް އަތުވެދާނޭ ކަމަށް ހަމަކަށަވަރުން އަހުރެން ބިރުގަންނަމެވެ."
مِثۡلَ دَأۡبِ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَٱلَّذِينَ مِنۢ بَعۡدِهِمۡۚ وَمَا ٱللَّهُ يُرِيدُ ظُلۡمٗا لِّلۡعِبَادِ
Open ayah 40:31އެއީ نوح قوم، عاد قوم، ثمود قوم އަދި އޭގެ ފަހުންވެސް އައި އެބާވަތުގެ މީހުންގެ މައްޗަށް އައިފަދަ عذاب އަތުވެދާނޭތީ އެވެ. އަދި އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގަންނަވާކަށް ﷲ އެދިވޮޑި ނުގަންނަވައެވެ. (އެހެންވެ އޭގެ ކުރީން رسول ން ފޮނުއްވައިގެން إنذار ކުރައްވަނީއެވެ.)
وَيَٰقَوۡمِ إِنِّيٓ أَخَافُ عَلَيۡكُمۡ يَوۡمَ ٱلتَّنَادِ
Open ayah 40:32"އޭ އަހުރެންގެ قوم އެވެ. އަހުރެން ތިޔަބައިމީހުންގެ މައްޗަށް ބިރުގަންނަނީ އެއް ބަޔަކު އަނެއް ބަޔަކަށް ގޮވާ، قيامة ދުވަހާމެދުގައެވެ." (ސުވަރުގެވަންތަ ވެރީންނަށް ނަރަކަވަންތަ ވެރީން އެދުވަހުން ގޮވާހުއްޓެވެ. ފެންފޮދެއް ދެއްވައިތޯ ގޮވާނެއެވެ...)
يَوۡمَ تُوَلُّونَ مُدۡبِرِينَ مَا لَكُم مِّنَ ٱللَّهِ مِنۡ عَاصِمٖۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ
Open ayah 40:33އެދުވަހުން ތިޔަބައިމީހުން (محشر ގެ މައިދާނުން ނަރަކަޔާ ދިމާއަށް / ނުވަތަ ނަރަކައިން ސަލާމަތްވެ ފިލާން) ފުރަގަސްދީ ދުވާނެއެވެ. އެދުވަހުން ﷲ ގެ عذاب ން ކަލޭމެން ސަލާމަތްކުރާނޭ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އަދި ﷲ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގު ދައްކާނޭ ހަމަ އެކަކުވެސް ނުވާނެއެވެ.
وَلَقَدۡ جَآءَكُمۡ يُوسُفُ مِن قَبۡلُ بِٱلۡبَيِّنَٰتِ فَمَا زِلۡتُمۡ فِي شَكّٖ مِّمَّا جَآءَكُم بِهِۦۖ حَتَّىٰٓ إِذَا هَلَكَ قُلۡتُمۡ لَن يَبۡعَثَ ٱللَّهُ مِنۢ بَعۡدِهِۦ رَسُولٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَنۡ هُوَ مُسۡرِفٞ مُّرۡتَابٌ
Open ayah 40:34އަދި ހަމަކަށަވަރުން ބަޔާންވެގެންވާ دليل ތަކާއިގެން މީގެ ކުރީން ކަލޭމެންގެ ގާތަށް يوسف عَلَيهِ السلام ވެސް ވަޑައިގެންނެވިއެވެ. ފަހެ އެކަލޭގެފާނު (ﷲ ގެ حضرة ން) ގެންނެވި ތަކެއްޗާމެދު ޝައްކު ކުރުމުން ކަލޭމެން ފިލައިނުގޮސް ތިބީއެވެ. ކަލޭމެން ޝައްކު ކުރީއެވެ. ދެން އެކަލޭގެފާނު އަވަހާރަވުމުން ކަލޭމެން ބުނީ ﷲ ދެން رسول ބޭކަލަކު ނުފޮނުއްވާނެއެވެ. އުރެދުމުގައި ހައްދު ފަހަނަޅައިފި ކޮންމެ މީހަކު، އަދި تَوحيد އާމެދު ޝައްކުވެގެންވާ ކޮންމެ މީހަކު ﷲ މަގުފުރައްދަވަނީ އެފަދައިންނެވެ.
ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِ ٱللَّهِ بِغَيۡرِ سُلۡطَٰنٍ أَتَىٰهُمۡۖ كَبُرَ مَقۡتًا عِندَ ٱللَّهِ وَعِندَ ٱلَّذِينَ ءَامَنُواْۚ كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ كُلِّ قَلۡبِ مُتَكَبِّرٖ جَبَّارٖ
Open ayah 40:35އެމީހުންނަކީ އެމީހުންނަށް އެއްވެސް دليل އެއް حجّة އެއް ނެތި ﷲ ގެ އާތަތްތަކާމެދު އިދިކޮޅަށް جدل ކުރާ މީހުންނެވެ. ﷲ ގެ حضرة ގައްޔާއި، އަދި مؤمن ންގެ ގާތުގައިވެސް އެކަމުގެ ކޯފާ ގަދަވެގެން ވެއެވެ. އަދި ކިބުރުވެރި جبّار، ގަދަފަދަ ކޮންމެ މީހެއްގެ ހިތުގައި ﷲ ސިއްކަ ޖައްސަވަނީ އެފަދައިންނެވެ.
وَقَالَ فِرۡعَوۡنُ يَٰهَٰمَٰنُ ٱبۡنِ لِي صَرۡحٗا لَّعَلِّيٓ أَبۡلُغُ ٱلۡأَسۡبَٰبَ
Open ayah 40:36އަދި فرعون އޭނާގެ وزير هامان އަށް ވިދާޅުވިއެވެ. "އޭ ހާމާނު އެވެ. އަހުރެންނަށް ގަނޑުވަރެއް ހަދައިދީބަލާށެވެ! އަހުރެން ސަބަބުތަކަށް ފޯރުމުގެ أمّيد ކުރެވެއެވެ."
أَسۡبَٰبَ ٱلسَّمَٰوَٰتِ فَأَطَّلِعَ إِلَىٰٓ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُۥ كَٰذِبٗاۚ وَكَذَٰلِكَ زُيِّنَ لِفِرۡعَوۡنَ سُوٓءُ عَمَلِهِۦ وَصُدَّ عَنِ ٱلسَّبِيلِۚ وَمَا كَيۡدُ فِرۡعَوۡنَ إِلَّا فِي تَبَابٖ
Open ayah 40:37"އެއީ އުޑުތަކުގެ ސަބަބުތަކެވެ. އެތާނގެ ދޮރުތަކެވެ. ނުވަތަ އެތާނގެ މަގުތަކެވެ. (އެ ތަންތަނަށް އަހުރެންނަށް ފޯރުމުގެ أمّيد ގައެވެ.) ދެން އޭރުން އަހުރެން موسى ގެ إلٰه އުޅޭތޯ ބަލާނަމެވެ. އަހުރެންނަށް ހީވާގޮތުގައި އޭނާ އެ ހަދަނީ ދޮގެވެ. (އުޑަކު އިލާހެއް ނެތެވެ.)" فرعون އަށް އޭނާގެ ނުބައި عمل (عمل ގެ ނުބައިކަން) ޒީނަތްތެރި ކުރެވުނީ އެފަދައިންނެވެ. އަދި ސީދާ ތެދުމަގު އޭނާއަށް ބަންދުވީ އެފަދައިންނެވެ. އަދި فرعون ގެ ރޭވުމާއި، އޮޅުވައިލުންތައް ވީ ގެއްލި ހަލާކުވެގެންވާ ތަކެތި ކަމުގައެވެ.
وَقَالَ ٱلَّذِيٓ ءَامَنَ يَٰقَوۡمِ ٱتَّبِعُونِ أَهۡدِكُمۡ سَبِيلَ ٱلرَّشَادِ
Open ayah 40:38އަދި إيمان ވީ އެ މީހާ ބުންޏެވެ. "އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން އަހުރެންނާ تبع ވާށެވެ! އޭރުން އަހުރެން ކަލޭމެންނަށް ސީދާ ތެދުމަގު ދައްކައިދޭހުށީމެވެ."
يَٰقَوۡمِ إِنَّمَا هَٰذِهِ ٱلۡحَيَوٰةُ ٱلدُّنۡيَا مَتَٰعٞ وَإِنَّ ٱلۡأٓخِرَةَ هِيَ دَارُ ٱلۡقَرَارِ
Open ayah 40:39"އޭ އަހުރެންގެ قوم ގެ މީހުންނޭވެ. މި ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ދާދި ކުޑަ މުއްދަތަކު ބޭނުންކޮށްލެވޭ ކުޑަ އެތިކޮޅެއް ކަމުގައެވެ. އަދި قرار ވެ، ހަމަޖެހިގެން ތިބެވޭނޭ ތަނަކީ آخرة ގެ ގޮވައްޗެވެ."
مَنۡ عَمِلَ سَيِّئَةٗ فَلَا يُجۡزَىٰٓ إِلَّا مِثۡلَهَاۖ وَمَنۡ عَمِلَ صَٰلِحٗا مِّن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٞ فَأُوْلَٰٓئِكَ يَدۡخُلُونَ ٱلۡجَنَّةَ يُرۡزَقُونَ فِيهَا بِغَيۡرِ حِسَابٖ
Open ayah 40:40ނުބައި عمل އެއް ކޮށްފައިވާ މީހާއަށްވެސް (އެ ދުވަހުން) އެޔާ ބަރާބަރު جزاء އެއް މެނުވީ ނުލިބޭނެއެވެ. އަދި ފިރިހެނުންގެ ތެރެއިން ނަމަވެސް، އަދި އަންހެނުންގެ ތެރެއިން ނަމަވެސް އެމީހަކު އީމާންވެގެންވާ حال صالح عمل ކޮށްފިއްޔާ، އެފަދަ މީހުން ސުވަރުގެ ވަންނަހުއްޓެވެ. އަދި އެމީހުންނަށް އެތާނގައި ހިސާބެއް ނެތި ރިޒުގު ލިބޭ ހުއްޓެވެ. މިންވަރެއް ނެތްހައި ގިނަ نعمة ވެއެވެ. * ދަންނައެވެ. ފިރިހެނުންނާ އަންހެނުން صَالِحُ عَمَلُ ކުރުމުގައިވެސް ތަފާތެވެ. ފިރިހެނުންނަށް صَالِحُ عَمَلُ އަކަށްވާކަންތައް އަންހެނުންނަށް صَالِحُ عَمَلُ ނުވެހިގައިދާނެއެވެ. އަންހެނުންނަށް صَالِحُ عَمَلُ އަކަށްވާ ކަންތައް ފިރިހެނުންނަށް صَالِحُ عَمَلُ އަކަށް ނުވެ ހިނގައިދާނެއެވެ. ވީމާ ކޮންމެބަޔަކަށްވެސް صَالِحُ عَمَلُ އަކަށްވާނީ އެބަޔަކަށް ކަނޑައެޅިފައިވާ އަމުރެއް އެއެންގެވިފަދައިން އެބަޔަކު ކުރުމުންނެވެ. شَرِيْعَةُ ގައި ދެފަރާތަށް ހުރި އަމުރުތަފާތެވެ.
۞وَيَٰقَوۡمِ مَا لِيٓ أَدۡعُوكُمۡ إِلَى ٱلنَّجَوٰةِ وَتَدۡعُونَنِيٓ إِلَى ٱلنَّارِ
Open ayah 40:41"އަދި އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ނިކަން ބުނެބަލާށެވެ! ކަލޭމެން ސަލާމަތްވެ، ރައްކާތެރިވާނޭ މަގަށް އަހުރެން ކަލޭމެންނަށް މި ގޮވަނީ ކީއްވެގެން ހެއްޔެވެ؟ އަދި ކަލޭމެން އަހުރެންނަށް ތިޔަ ގޮވަނީ ނަރަކައަށެވެ. ނަރަކަވަންތަ ވެރީންގެ عمل ކުރުމަށެވެ. شرك ކޮށް، ﷲ އަށް އުރެދުމަށެވެ."
تَدۡعُونَنِي لِأَكۡفُرَ بِٱللَّهِ وَأُشۡرِكَ بِهِۦ مَا لَيۡسَ لِي بِهِۦ عِلۡمٞ وَأَنَا۠ أَدۡعُوكُمۡ إِلَى ٱلۡعَزِيزِ ٱلۡغَفَّٰرِ
Open ayah 40:42"ކަލޭމެން އަހުރެންނަށް ތިޔަ ގޮވަނީ ﷲ އަށް ކާފަރުވެ، އަދި އެއްގޮތަކަށްވެސް އެޔާމެދު އަހުރެންނަށް އެއްވެސް އެއްޗެއް ނޭނގޭ ފަރާތަކާއި، އެކަލާނގެއާ شريك ކުރުމަށެވެ. އަދި އަހުރެން ކަލޭމެންނަށް މި ގޮވަނީ عزّة ވަންތަ އަދި ގިނައިން ފާފަ ފުއްސަވާ ﷲ އަށް إيمان ވުމަށެވެ."
لَا جَرَمَ أَنَّمَا تَدۡعُونَنِيٓ إِلَيۡهِ لَيۡسَ لَهُۥ دَعۡوَةٞ فِي ٱلدُّنۡيَا وَلَا فِي ٱلۡأٓخِرَةِ وَأَنَّ مَرَدَّنَآ إِلَى ٱللَّهِ وَأَنَّ ٱلۡمُسۡرِفِينَ هُمۡ أَصۡحَٰبُ ٱلنَّارِ
Open ayah 40:43"حقّ ތެދެކެވެ. އެ ފަރާތަކަށް އަޅުކަން ކުރުމަށް އަހުރެންނަށް ކަލޭމެން ތިޔަ ގޮވާ ފަރާތަށް އަޅުކަން ކުރުމަށް އެއްވެސް دعوة އެއް ނެތެވެ. އެފަރާތުން އެއްވެސް إجابة އެއް ނުދޭނެއެވެ. އަދި އެ ފަރާތަށް އަޅުކަން ކުރުން واجب ކަމަށް ދުނިޔޭގައިވެސް، އަދި آخرة ގައިވެސް އެއްވެސް دعوة އެއް ނެތެވެ. دليل އެއް ނެތެވެ. އަދި އަހުރެމެން رجوع ވުން ވަނީ ހަމަ ﷲ ގެ حضرة އަށެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅާ މީހުން ދަންނައެވެ. އެއީ ހަމަ ނަރަކައިގެ އެކުވެރީންނެވެ."
فَسَتَذۡكُرُونَ مَآ أَقُولُ لَكُمۡۚ وَأُفَوِّضُ أَمۡرِيٓ إِلَى ٱللَّهِۚ إِنَّ ٱللَّهَ بَصِيرُۢ بِٱلۡعِبَادِ
Open ayah 40:44"އަދި (ﷲ ގެ عذاب އާއި، ކޯފާ އަންނަ ހިނދުން) ނިކަންހުރެ އަހުރެން ކަލޭމެންނަށް މި ބުނާ ތަކެތި ކަލޭމެން ހަނދާންކުރާނެއެވެ. އަދި އަހުރެންގެ ކަންތައް އަހުރެން ﷲ އާ حوال ކޮށް، وكيل ކޮށްފީމެވެ. ހަމަކަށަވަރުން އަޅުތަކުންނަށް ﷲ ބައްލަވާވޮޑިގެން ވެއެވެ."
فَوَقَىٰهُ ٱللَّهُ سَيِّـَٔاتِ مَا مَكَرُواْۖ وَحَاقَ بِـَٔالِ فِرۡعَوۡنَ سُوٓءُ ٱلۡعَذَابِ
Open ayah 40:45ދެންފަހެ އެމީހާއާމެދު އެކާފަރުން ރޭވި ރޭވުމުގެ ނުބައިކަމުން ﷲ އެމީހާ ސަލާމަތްކުރައްވައިފިއެވެ. އަދި فرعون ގެ آل ން - (އޭނާގެ جماعة) - ޢަޒާބުގެ ނުބައިކަން ލާވަށައިލައިފިއެވެ. (އެންމެން ކަނޑުގައި غرق ވެ ނިމުނީއެވެ.)
ٱلنَّارُ يُعۡرَضُونَ عَلَيۡهَا غُدُوّٗا وَعَشِيّٗاۚ وَيَوۡمَ تَقُومُ ٱلسَّاعَةُ أَدۡخِلُوٓاْ ءَالَ فِرۡعَوۡنَ أَشَدَّ ٱلۡعَذَابِ
Open ayah 40:46فرعون ގެ آل ން برزخ ގެ عالم ގައި - އެބަހީ މަރުވުމަށްފަހު قيامة قائم ވުމުގެ ކުރީ ކައްވަޅުގެ ދުވަސްތަކުގައި - ހެނދުނާއި، ހަވީރު އަލިފާނަށް ހުށައެޅޭނެއެވެ. އަދި قيامة ދުވަހުން (ނަރަކަ ބަލަހައްޓަވާ މަލާއިކަތް ބޭކަލުންނަށް އެންގެވޭނެއެވެ.) "ތިޔަ ބޭކަލުން فرعون ގެ އާލުން އެންމެ ގަދަ عذاب އަށް ވައްދާށެވެ." • ދަންނައެވެ. ހެނދުނާއި، ހަވީރު އެމީހުން ނަރަކައަށް ހުށައެޅޭނޭ ވާހަކައާމެދު تفسير علم ވެރީން ދައްކަވާފައި ވާ ވާހަކަފުޅުތަކުގެ އެއް خلاصة އަކީ: އެމީހުންގެ ފުރާނަތައް ކަޅުކުލައިގެ ދޫނިތަކެއްގެ ކޭކުއްޔަށް ލެވެނީއެވެ. ދެން އެސޮރުމެން ހެނދުނާއި، ހަވީރު ނަރަކަޔަށް ގޮސްއައިސް ވަނީއެވެ. والله أعلم.
وَإِذۡ يَتَحَآجُّونَ فِي ٱلنَّارِ فَيَقُولُ ٱلضُّعَفَٰٓؤُاْ لِلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا كُنَّا لَكُمۡ تَبَعٗا فَهَلۡ أَنتُم مُّغۡنُونَ عَنَّا نَصِيبٗا مِّنَ ٱلنَّارِ
Open ayah 40:47އަދި ނަރަކަވަންތަ ވެރީން ނަރަކައިގައި ތިބެގެން އެއްބަޔަކު އަނެއް ބަޔަކާ ޒުވާބުކޮށް، حجّة قائم ކުރާ ވަގުތު (ދުނިޔޭގެ حياة ގައި) ދެރަކޮށް އުޅުނު ދެރަމީހުން، ބޮޑެތި ކިބުރުވެރި، ބޮޑާ މީހުންނަށް ބުނާނެއެވެ. "(ދުނިޔޭގައި) އަހުރެމެން ވީ ހަމަކަށަވަރުން ކަލޭމެންނާ تبع ވެގެންނެވެ. ފަހެ ކަލޭމެން އަހުރެމެންގެ ކިބައިން އަލިފާނުގެ ކުޑަ މިންވަރެއް ނަމަވެސް تحمّل ކޮށް دفاع ކޮށްދީފާނު ހެއްޔެވެ؟"
قَالَ ٱلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا كُلّٞ فِيهَآ إِنَّ ٱللَّهَ قَدۡ حَكَمَ بَيۡنَ ٱلۡعِبَادِ
Open ayah 40:48މަތިހަށި ނަގައިގެން އުޅުނު ބޮޑާ ކިބުރުވެރީން ބުނާނެއެވެ. ހަމަކަށަވަރުން އަހުރެމެން އެންމެން މިވަނީ އަލިފާނުގައެވެ. އަދި ހަމަކަށަވަރުން، އަޅުތަކުންގެ މެދުގައި الله މިވަނީ ނިޔާކުރައްވައި، ނިންމަވާފައެވެ.
وَقَالَ ٱلَّذِينَ فِي ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدۡعُواْ رَبَّكُمۡ يُخَفِّفۡ عَنَّا يَوۡمٗا مِّنَ ٱلۡعَذَابِ
Open ayah 40:49އަދި ނަރަކައިގައި ތިބި މީހުން، ނަރަކަ ބެލެހެއްޓެވުމާ حوال ކުރައްވާފައިވާ ملائكة ބޭކަލުންނަށް ދަންނަވާނެއެވެ. "އެންމެ ދުވަހަކު ނަމަވެސް އަހުރެމެންގެ ކިބައިން عذاب ލުއިކޮށްދެއްވުމަށް ތިޔަ ބޭކަލުންގެ ربّ އަށް دعاء ކޮށްދެއްވާ ބައްލަވާށެވެ."
قَالُوٓاْ أَوَلَمۡ تَكُ تَأۡتِيكُمۡ رُسُلُكُم بِٱلۡبَيِّنَٰتِۖ قَالُواْ بَلَىٰۚ قَالُواْ فَٱدۡعُواْۗ وَمَا دُعَٰٓؤُاْ ٱلۡكَٰفِرِينَ إِلَّا فِي ضَلَٰلٍ
Open ayah 40:50އެބޭކަލުން ވިދާޅުވާނެއެވެ. "(ދުނިޔޭގައި އުޅުނުއިރު) بيان ވެގެންވާ دليل ތަކާއިގެން ކަލޭމެންގެ رسول ބޭކަލުން ކަލޭމެންގެ ގާތަށް ވަޑައިގަންނަވާ ކަމުގައި ނުވޭ ހެއްޔެވެ؟ (މި خبر ތައް ދެއްވިނޫން ހެއްޔެވެ؟)" އެމީހުން ދަންނަވާނެއެވެ. "އާއެކެވެ. ވަޑައިގެންނެވިއެވެ. (އެކަމަކު އަހުރެމެން އެއަށް ކާފަރުވީއެވެ.)" އެބޭކަލުން ވިދާޅުވާނެއެވެ. "ކަލޭމެން ގޮވައި دعاء ކޮށް ހަދާށެވެ." ކާފަރުން ކުރާ دعاء އެއީ ގެއްލިގެންވާ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ.
إِنَّا لَنَنصُرُ رُسُلَنَا وَٱلَّذِينَ ءَامَنُواْ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَيَوۡمَ يَقُومُ ٱلۡأَشۡهَٰدُ
Open ayah 40:51ދުނިޔޭގެ حياة ގައިވެސް، އަދި ހެކިދެއްވާ ބޭކަލުން (މަލާއިކަތް ބޭކަލުން) قائم ވެވަޑައިގަންނަވާ قيامة ދުވަހުންވެސް، ތިމަން ރަސްކަލާނގެ نصر ދެއްވަނީ ތިމަން ރަސްކަލާނގެ رسول ންނަށާއި، އަދި إيمان ވީ މީހުންނަށެވެ.
يَوۡمَ لَا يَنفَعُ ٱلظَّٰلِمِينَ مَعۡذِرَتُهُمۡۖ وَلَهُمُ ٱللَّعۡنَةُ وَلَهُمۡ سُوٓءُ ٱلدَّارِ
Open ayah 40:52އެދުވަހަކީ - (قيامة ދުވަހަކީ) - އަނިޔާވެރީންނަށް އެބަހީ مشرك ންނަށް، އެމީހުން ދައްކާ عذر ތަކާއި، ބަހަނާތަކުން منفع އެއް ނުކުރާނޭ ދުވަހެވެ. އެމީހުންނަށް ހުންނަހުށީ ހަމަ لعنة އެވެ. ﷲ ގެ رحمة އާ ދުރުވުމެވެ. އަދި އެމީހުންނަށް ހުންނާނީ ހަމަ ނުބައިކަމުގެ ގޮވައްޗެވެ. ނަރަކައެވެ.
وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡهُدَىٰ وَأَوۡرَثۡنَا بَنِيٓ إِسۡرَٰٓءِيلَ ٱلۡكِتَٰبَ
Open ayah 40:53އަދި ހަމަކަށަވަރުން موسى عليه السلام އަށް ތިމަން ރަސްކަލާނގެ ތެދުމަގު ދެއްވީމެވެ. (އެއީ نبي ކަމާއި، توراة އެވެ.) އަދި بني إسرائيل ންނަށް ތިމަން ރަސްކަލާނގެ ފޮތް ވާރުތަކޮށްދެއްވީމެވެ. (موسى عليه السلام) އަވަހާރަވުމަށްފަހުވެސް بني إسرائيل ންގެ ތެރޭގައި توراة އަށް عمل ކުރެވެމުން ދިޔައެވެ.)
هُدٗى وَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ
Open ayah 40:54އެއީ ތެދުމަގެއްގެ ގޮތުންނާއި، އަދި ބުއްދިވެރީންނަށް ذكرٰىއެއްގެ ގޮތުންނެވެ. وعظ އާއި، نصيحة އެއްގެ ގޮތުންނެވެ.
فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقّٞ وَٱسۡتَغۡفِرۡ لِذَنۢبِكَ وَسَبِّحۡ بِحَمۡدِ رَبِّكَ بِٱلۡعَشِيِّ وَٱلۡإِبۡكَٰرِ
Open ayah 40:55(އޭ رسول الله އެވެ!) ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ އެއްޗެކެވެ. (އެކަލާނގެ رسول ންނަށް نصر ދެއްވުމުގެ وعد ފުޅު އެއީ حقّ وعد ފުޅެކެވެ.) އަދި ثواب ގިނަކުރެއްވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! އަދި ހެނދުނާއި، ހަވީރު ކަލޭގެފާނުގެ ربّ އަށް حمد ކުރުމާއެކު تسبيح ވިދާޅުވާށެވެ.
إِنَّ ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِ ٱللَّهِ بِغَيۡرِ سُلۡطَٰنٍ أَتَىٰهُمۡ إِن فِي صُدُورِهِمۡ إِلَّا كِبۡرٞ مَّا هُم بِبَٰلِغِيهِۚ فَٱسۡتَعِذۡ بِٱللَّهِۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ
Open ayah 40:56އަދި އެބައިމީހުންނަށް ﷲ ގެ حضرة ން އެއްވެސް دليل އެއް ނެތި ﷲ ގެ آية ތަކަށް جدل ކޮށް ދެކޮޅުހަދާ މީހުން ދަންނައެވެ. އެމީހުންގެ ހިތްތަކުގައި ބޮޑާކަމާއި، كبر ވެރިކަން މެނުވީ ނުވެއެވެ. (محمّد ގެފާނުންގެ މައްޗަށް އޮންނަ އެމީހުންގެ ބޮޑާކަމާއި، އެކަލޭގެފާނުގެ މައްޗަށް ގަދަވެގަތުމުގެ ގަދަ އެދުމެވެ.) އެއީ އެމީހުންނަށް ދުވަހަކުވެސް ވާނޭ ކަމެއް ނޫނެވެ. ފަހެ ކަލޭގެފާނު އެމީހުންގެ ނުބައިން ސަލާމަތްވެ، ރައްކާތެރި ވެވަޑައިގެންނެވުމަށް ﷲ ގެ حضرة ން ސަލާމަތްކަމާއި، ރައްކާތެރިކަން އެދިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ، އަދި ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
لَخَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ أَكۡبَرُ مِنۡ خَلۡقِ ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ
Open ayah 40:57ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވުން، މީސްތަކުން ހެއްދެވުމަށްވުރެ މާ ބޮޑެވެ. އެކަމަކު ގިނަ މީހުންނަކަށް އެކަމެއް ނޭނގެއެވެ. * ދަންނައެވެ. (އެކަމަށް إيمان ވެ ތެދުކުރާނަމަ މަރުވުމަށްފަހު އަލުން ދިރުއްވައި حساب ބައްލަވައި، جزاء ދެއްވުމަށް އިންކާރު ނުކުރީހެވެ. އެހެނީ އުޑުތައް އެހާ ގަދަފަދަކޮށް، އެއްވެސް ތަނބަކާ ނުލައި ހައްދަވައި، ތަރިތަކުން ޒީނަތްތެރިކުރައްވައި، އިރު-ހަނދާއި، ތަރިތައް دور ކުރާނޭ فلك ތައް ލައްވައި، ބިންގަނޑު މިހާ ފުރިހަމަކޮށް ހައްދަވައި ގަސްގަހާގެހީން ޒީނަތްތެރިކުރައްވައި ފަރުބަދަތަކުން ގަދަކުރައްވައި، خلق ތަކުން ކައިބޮއިހެދުމަށް ފެނާއި، ކާނާ ލައްވައި، މިފަދަ ފުރިހަމަ نظام އަކުން ހެއްދެވި ކަލަކަށް މީސްތަކުން ދެވަނަ ފަހަރަށް ދިރުއްވައި محشر ކުރެއްވުން ދަތި ނުވާނޭކަން ސަލާމަތް ބުއްދިހުރި އެއްވެސް ސިކުނޑިއަކަށް ނުއޮޅޭނެއެވެ. رَبَّنا لا تُزِغْ قُلُوبَنا بَعْدَ إذْ هَدَيْتَنا وَهَبْ لَنا مِن لَدُنْكَ رَحْمَةً إنَّكَ أَنْتَ الْوَهَّاب - آمين)
وَمَا يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَلَا ٱلۡمُسِيٓءُۚ قَلِيلٗا مَّا تَتَذَكَّرُونَ
Open ayah 40:58އަދި ލޯއަނދިރި މީހަކާއި، ލޮލަށް ފެންނަ މީހަކާ އެއްވަރު ނުވާނެއެވެ. ހަމައެފަދައިން إيمان ވެގެން صالح عمل ކުރި މީހަކާއި، كافر ވެ އުރެދުނު މީހަކާވެސް އެއްވަރު ނުވާނެއެވެ. ކަލޭމެން نصيحة އާއި، وعظ އާއި، عبرة ލިބިގަންނަނީ ހާދަހާވެސް މަދުންނެވެ.
إِنَّ ٱلسَّاعَةَ لَأٓتِيَةٞ لَّا رَيۡبَ فِيهَا وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ
Open ayah 40:59قيامة ދުވަހަކީ ހަމަކަށަވަރުން ޝައްކެއް ނެތި އަންނާނޭ ދުވަހެކެވެ. އެހެންނަމަވެސް ގިނަ މީސްތަކުން އެކަން ތެދުކޮށް، އެކަމަށް إيمان ނުވެއެވެ.
وَقَالَ رَبُّكُمُ ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِي سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ
Open ayah 40:60(އޭ މީސްތަކުންނޭވެ!) ކަލޭމެންގެ ربّ وحي ކުރައްވައެވެ. ކަލޭމެން ތިމަން ރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަން ރަސްކަލާނގެ ކަލޭމެންނަށް دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއަށް دعاء ނުކޮށް، ބޮޑާވެގަންނަ މީހުން ދަންނައެވެ. ނިކަންހުރެ ނިކަމެތިވެގެންވާ حال އެމީހުން ނަރަކައަށް ވަންނަހުއްޓެވެ.
ٱللَّهُ ٱلَّذِي جَعَلَ لَكُمُ ٱلَّيۡلَ لِتَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ
Open ayah 40:61އަދި ﷲ އެއީ ކަލޭމެންނަށް ޓަކައި އަރާމުކޮށް، ހަނުހިމޭންވާ ތަނެއް ކަމުގައި ރޭގަނޑު ލެއްވި ކަލާނގެއެވެ. އަދި އަލިވާ ވަގުތެއް ކަމުގައި ދުވާލުވެސް ލެއްވީ ހަމަ އެކަލާނގެއެވެ. ހަމަކަށަވަރުން ﷲ އީ މިސްތަކުންގެ މައްޗަށް ނުހަނު އޯގާވަންތަކަމާއި، فضل ވަންތަކަމުގެ ވެރި ކަލާނގެއެވެ. އެކަމަކު މީސްތަކުން ކުރެ ގިނަ މީހުން އެކަލާނގެއަށް شكر ނުކުރެއެވެ.
ذَٰلِكُمُ ٱللَّهُ رَبُّكُمۡ خَٰلِقُ كُلِّ شَيۡءٖ لَّآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُؤۡفَكُونَ
Open ayah 40:62އެކަލާނގެއީ ހުރިހާ ތަކެތި ހެއްދެވި، ކަލޭމެންގެ ربّ ކަމުގައިވާ ﷲ އެވެ. އެކަލާނގެ މެނުވީ حقّ إلٰهއަކު ނުވެއެވެ. ކަލޭމެން އެކަލާނގެ ދޮގުކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ (އެކަލާނގެއަށް އަޅުކަން ނުކޮށް، އެކަލާނގެ އެއްކައުވަންތަ ނުކޮށް ވާނީ ކޮންފަދައަކުން ހެއްޔެވެ؟)
كَذَٰلِكَ يُؤۡفَكُ ٱلَّذِينَ كَانُواْ بِـَٔايَٰتِ ٱللَّهِ يَجۡحَدُونَ
Open ayah 40:63ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދައި، إنكار ކުރާ މީހުން، ދޮގުހަދައި ދެކޮޅުހަދަނީ އެފަދައިންނެވެ. އެއްވެސް ދަލީލެއް ނެތިއެވެ.
ٱللَّهُ ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ قَرَارٗا وَٱلسَّمَآءَ بِنَآءٗ وَصَوَّرَكُمۡ فَأَحۡسَنَ صُوَرَكُمۡ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡۖ فَتَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ
Open ayah 40:64ﷲ އެއީ ކަލޭމެންނަށް ޓަކައި قرار ވެ، ހަމަޖެހިގެން ތިބެވޭ ތަނެއް ކަމުގައި ބިންގަނޑު ލެއްވި ކަލާނގެއެވެ. އަދި ބިނާއެއް ކަމުގައި - ހިޔާވާ ފުރާޅެއް ކަމުގައި - އުޑު ލެއްވި ކަލާނގެއެވެ. އަދި ކަލޭމެން صورة ކުރައްވައި، އެކަލާނގެ ކަލޭމެންގެ ސޫރަތައް ރީތިކުރެއްވިއެވެ. އަދި ރަނގަޅު حلال ކާނާ - ރިޒުގު - އެކަލާނގެ ކަލޭމެންނަށް ދެއްވިއެވެ. އެއީ ﷲ އެވެ. އަދި އެއީ ކަލޭމެންގެ ربّ އެވެ. ﷲ ބަރަކާތް ވަންތަވެ ވޮޑިގެން ވެއެވެ. އަޅުތަކުންގެ މައްޗަށް އެކަލާނގެ ހެޔޮތަކާއި، فضل ވަންތަކަން ގިނަވެގެން ވެއެވެ. އެކަލާނގެއީ عالم ތައް ހައްދަވައި، تربيّة ކުރައްވާ، އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ.
هُوَ ٱلۡحَيُّ لَآ إِلَٰهَ إِلَّا هُوَ فَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۗ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ
Open ayah 40:65އެކަލާނގެއީ ދިރިދެމިވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ ފިޔަވައި حقّ އެއްވެސް އެހެން إلٰهއަކު ނުވެއެވެ. ފަހެ ކަލޭމެން إخلاص ތެރިވެގެންވާ حال އެކަލާނގެއަށް دعاء ކުރާށެވެ. އަޅުކަން ކުރާށެވެ. އެންމެހައި حمد އާއި، تعريف އާއި ثناء އެއް حقّ ވެގެންވަނީ ﷲ އަށެވެ. އެއީ عالم ތަކުގެ ވެރި ربّ އެވެ.
۞قُلۡ إِنِّي نُهِيتُ أَنۡ أَعۡبُدَ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَمَّا جَآءَنِيَ ٱلۡبَيِّنَٰتُ مِن رَّبِّي وَأُمِرۡتُ أَنۡ أُسۡلِمَ لِرَبِّ ٱلۡعَٰلَمِينَ
Open ayah 40:66(އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "ﷲ ފިޔަވައި އެ ތަކެއްޗަށް ކަލޭމެން ގޮވައި، دعاء ކުރާ ތަކެއްޗަށް އަޅުކަން ކުރުން އަހުރެންނަށް މަނާކުރެވިގެން ވެއެވެ. އެއީ އަހުރެންގެ ربّ ގެ حضرة ން بيان ވެގެން دليل އައުމަށް ފަހުގައެވެ. (އެކަލާނގެއީ حقّ معبود ކަމާއި، އެއްކައުވަންތަ إلٰه ކަމުގެ ފުރިހަމަ دليل ބަޔާންވެ، އެނގުމަށްފަހުގައެވެ.) އަދި އަހުރެންނަށް އަމުރުވެވިގެން ވަނީ عالم ތަކުގެ ވެރި ربّ އަށް ކިޔަމަންތެރިވެ، ބޯލެނބުމަށެވެ. (އެފަރާތަށް އެކަނި އަޅުކަން ކުރުމަށެވެ.)"
هُوَ ٱلَّذِي خَلَقَكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ مِنۡ عَلَقَةٖ ثُمَّ يُخۡرِجُكُمۡ طِفۡلٗا ثُمَّ لِتَبۡلُغُوٓاْ أَشُدَّكُمۡ ثُمَّ لِتَكُونُواْ شُيُوخٗاۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبۡلُۖ وَلِتَبۡلُغُوٓاْ أَجَلٗا مُّسَمّٗى وَلَعَلَّكُمۡ تَعۡقِلُونَ
Open ayah 40:67އެކަލާނގެއީ ކަލޭމެންގެ ބައްޕަ آدم ގެފާނު ވެލީންހެއްދެވި ކަލާނގެއެވެ. ދެން ކަލޭމެން މަނިފޮދުވަރަކުން، ދެން ގަނޑުލެއިކޮޅަކުން ހައްދަވައި، ދެން މައިންގެ ބަނޑުން ކުޑަކުޑަ ކުއްޖެއްގެ ސިފައިގައި ނެރުއްވާ ކަލާނގެއެވެ. ދެން ކަލޭމެންގެ ހަށިގަނޑު ގަދަވެއްޖައުމަށް ދާނދެންނެވެ. ދެން މުސްކުޅިވެއްޖައުމަށް ދާނދެން - އެއީ ސާޅީސް އަހަރުގެ މައްޗަށް - ކަލޭމެން ފޯރުކުރައްވައެވެ. އަދި ކަލޭމެންގެ ތެރޭގައި އޭގެ ކުރީން މަރުވާ މީހުން ވެއެވެ. އަދި އެއަށްވުރެމައްޗަށް عمر ގައި ކަނޑައެޅިފައިވާމީހުންވެއެވެ. މި ހުރިހާ ވަރުވަރަކަށް މީސްތަކުންގެ عمر ތައް ލައްވާފައި މިވަނީ މިކަންކަމާމެދު ވެސް ކަލޭމެން ވިސްނައި، ބުއްދިކޮށް އެއިން عبرة އެއް حاصل ކުރުމުގެ مقصد ގައެވެ.
هُوَ ٱلَّذِي يُحۡيِۦ وَيُمِيتُۖ فَإِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
Open ayah 40:68އެކަލާނގެއީ ތަކެތި ދިރުއްވާ އަދި މަރުއްވާ ކަލާނގެއެވެ. އަދި އެކަލާނގެ ކަމެއް އިރާދަކުރައްވައި، ނިންމެވުމަށް މިންވަރުކުރައްވައިފިއްޔާ، އެކަމަކަށް "ވާށޭ" މިހެން وحي ކުރައްވައެވެ. އެހިނދުން އެކަމެއް ވެ ނިމުނީއެވެ. (ލަހެއް ފަހެއް ނުވެއެވެ. އެންގެވި ގޮތާ ތަފާތެއް ނުވެއެވެ.)
أَلَمۡ تَرَ إِلَى ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِ ٱللَّهِ أَنَّىٰ يُصۡرَفُونَ
Open ayah 40:69(އެއްވެސް حجّة އެއް دليل އެއް ނެތި) ﷲ ގެ އާޔަތްތަކާމެދު އިދިކޮޅަށް ޖަދަލުކުރާ މީސްތަކުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެއީ مشرك ންނެވެ. އެފަދަ މީހުންނަށް ރަނގަޅަށް بيان ވެ އެނގުމަށްފަހުވެސް އެ އާޔަތްތަކަށް إيمان ނުވެ، އެމީހުން އެނބުރިގެން އެ ދަނީ ކޮންފަދައަކުން ހެއްޔެވެ؟
ٱلَّذِينَ كَذَّبُواْ بِٱلۡكِتَٰبِ وَبِمَآ أَرۡسَلۡنَا بِهِۦ رُسُلَنَاۖ فَسَوۡفَ يَعۡلَمُونَ
Open ayah 40:70ކީރިތި قُرْآن - ނުވަތަ އެންމެހައި سماوى ފޮތްތައް - ދޮގުކޮށް، އަދި އެ އެއްޗަކާއިގެން ތިމަން ރަސްކަލާނގެ رسول ން ފޮނުވި ތަކެތި ދޮގުކުރާ މީސްތަކުން ދަންނައެވެ. އެމީހުންގެ އެ عمل ގެ ނުބައިކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ. (އެއީ قيامة ދުވަހުންނެވެ.)
إِذِ ٱلۡأَغۡلَٰلُ فِيٓ أَعۡنَٰقِهِمۡ وَٱلسَّلَٰسِلُ يُسۡحَبُونَ
Open ayah 40:71އެމީހުންގެ ކަނދުރާތަކާއި، ކަރުތަކުގައި ކަސްތަޅުތަކާއި، ޗޭނުތައް އެޅެވި، ނަރަކައަށް ދަމާފައި ގެނެވޭހިނދުއެވެ.
فِي ٱلۡحَمِيمِ ثُمَّ فِي ٱلنَّارِ يُسۡجَرُونَ
Open ayah 40:72ދެން، ހޫނުކަން ނިހާޔަތަށް ގޮސްފައިވާ "حميم" އެވެ. ކިޔާ ހޫނު ފެނުގައި ދެމެވޭ ދުވަހުންނެވެ. ދެން ނަރަކައިގެ ގަދަ އަލިފާނުގައި އެންދޭ ދުވަހުންނެވެ. (އެދުވަހުން އެމީހުންނަށް އެ ހަދާ ދޮގު ނުބައިކަން އެނގޭނެއެވެ.) (އަދި އެ ވަގުތު އެމީހުން ދެރަކޮށް، ނިކަމެތިކޮށްލުމުގެ ގޮތުން ملائكة ބޭކަލުން ވިދާޅުވާނެއެވެ.) "ކަލޭމެން ދުނިޔޭގައި شريك ކުރި ތަކެތި ކޮބައިހެއްޔެވެ؟"
ثُمَّ قِيلَ لَهُمۡ أَيۡنَ مَا كُنتُمۡ تُشۡرِكُونَ
Open ayah 40:73، "ﷲ ފިޔަވައި (އެ ތަކެއްޗަށް އަޅުކަންކުރި ބުދުތައް ފަހެ މިހާރު ކޮބައިހެއްޔެވެ؟)" އެވަގުތު އެމީހުން ދަންނަވާނެއެވެ. "އެތަކެތި އަހުރެމެންގެ ކިބައިން ގެއްލިގެން ހިނގައްޖެއެވެ. އަހުރެމެންނަށް އެތަކެތި ނުފެނެއެވެ. އަދި ކިޔެއް ހެއްޔެވެ؟ މީގެ ކުރީގައި އަހުރެމެން އެއްވެސް އެއްޗަކަށް دعاء ކޮށް، އަޅުކަންކޮށް އުޅުނު ކަމުގައި ނުވެއެވެ." (އެހިސާބަށް ދިޔައީމާ އެމީހުން އެ އަޅުކަން ކުރި ބުދުތަކަކީ އަދި ﷲ ފިޔަވައި އަޅުކަންކުރި އެންމެހައި ތަކެއްޗަކީ باطل އެއްޗެތިކަން އެގިދާނެއެވެ. އެކަމަކު ދެން ކުރާނީ ކިޔެއް ހެއްޔެވެ؟) ފަހެ ﷲ އަށްكافر ވެއްޖެ މީސްތަކުން އެކަލާނގެ މަގުފުރައްދަވަނީ އެފަދައިންނެވެ.
مِن دُونِ ٱللَّهِۖ قَالُواْ ضَلُّواْ عَنَّا بَل لَّمۡ نَكُن نَّدۡعُواْ مِن قَبۡلُ شَيۡـٔٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ ٱلۡكَٰفِرِينَ
Open ayah 40:74، "ﷲ ފިޔަވައި (އެ ތަކެއްޗަށް އަޅުކަންކުރި ބުދުތައް ފަހެ މިހާރު ކޮބައިހެއްޔެވެ؟)" އެވަގުތު އެމީހުން ދަންނަވާނެއެވެ. "އެތަކެތި އަހުރެމެންގެ ކިބައިން ގެއްލިގެން ހިނގައްޖެއެވެ. އަހުރެމެންނަށް އެތަކެތި ނުފެނެއެވެ. އަދި ކިޔެއް ހެއްޔެވެ؟ މީގެ ކުރީގައި އަހުރެމެން އެއްވެސް އެއްޗަކަށް دعاء ކޮށް، އަޅުކަންކޮށް އުޅުނު ކަމުގައި ނުވެއެވެ." (އެހިސާބަށް ދިޔައީމާ އެމީހުން އެ އަޅުކަން ކުރި ބުދުތަކަކީ އަދި ﷲ ފިޔަވައި އަޅުކަންކުރި އެންމެހައި ތަކެއްޗަކީ باطل އެއްޗެތިކަން އެގިދާނެއެވެ. އެކަމަކު ދެން ކުރާނީ ކިޔެއް ހެއްޔެވެ؟) ފަހެ ﷲ އަށްكافر ވެއްޖެ މީސްތަކުން އެކަލާނގެ މަގުފުރައްދަވަނީ އެފަދައިންނެވެ.
ذَٰلِكُم بِمَا كُنتُمۡ تَفۡرَحُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَبِمَا كُنتُمۡ تَمۡرَحُونَ
Open ayah 40:75(އެމީހުންނަށް އެންގެވޭނެއެވެ.) "ކަލޭމެންނަށް ތިޔަ عذاب حقّ ވީ ކަލޭމެން ދުނިޔޭގައި އުޅުނުއިރު (ﷲ އަށް) އުރެދި އެކަމުގައި އުފާކޮށް، އަދި ބިމުގައި ބޮޑާވެ، ކިބުރުވެރިވެ އުޅުމުގެ ސަބަބުންނެވެ."
ٱدۡخُلُوٓاْ أَبۡوَٰبَ جَهَنَّمَ خَٰلِدِينَ فِيهَاۖ فَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ
Open ayah 40:76(އެމީހުން ދެރަކޮށްލުމުގެ ގޮތުން - އަދި عذاب ން ސަލާމަތްވުމަށް ދޭނޭ فِدْية އެއް ނެތްކަން އެނގި މާޔޫސް ވުމުން - އެމީހުންނަށް އެންގޭނެއެވެ.) "ކަލޭމެން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ. އެތާ ދެމިތިބޭނޭ ބަޔަކުގެ ގޮތުގައެވެ. حقّ ބަސް قبول ނުކުރި، ބޮޑާ، ކިބުރުވެރީން ގޮސް ތިބޭ ތަނަކީވާ ނުބައި ތަނެކެވެ."
فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقّٞۚ فَإِمَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِلَيۡنَا يُرۡجَعُونَ
Open ayah 40:77(އޭ رسول الله އެވެ!) ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ އެއްޗެކެވެ. (رسول ންނަށް އެކަލާނގެ نصر ދެއްވާނެއެވެ. ނުކިޔަމަންތެރީން ހަލާކު ކުރައްވާނެއެވެ.) އެހެންޏާ ތިމަން ރަސްކަލާނގެ އެ ކާފަރުންނަށް وعد ކުރައްވާފައިވާ ބައެއް ކަންތައް ދުނިޔޭގައި ކަލޭގެފާނަށް ދައްކަވާހުށީމެވެ. (އެއީ އެމީހުން قتل ވުމާއި، ހައްޔަރުވުމާއި، އެމީހުން ދެރަވުމާއި، މި ކަންކަމެވެ.) ނުވަތަ އެމީހުންނަށް عذاب އައުމުގެ ކުރީން ތިމަން ރަސްކަލާނގެ ކަލޭގެފާނު މަރުގަންނަވާހުށީމެވެ. ދެން قيامة ދުވަހުން އެމީހުން އެނބުރި رجوع ވުން ހުރީ ހަމަ ތިމަން ރަސްކަލާނގެ حضرة އަށެވެ. ދެން އޭރުން އެމީހުންނަށް عذاب ދެއްވާހުށީމެވެ.
وَلَقَدۡ أَرۡسَلۡنَا رُسُلٗا مِّن قَبۡلِكَ مِنۡهُم مَّن قَصَصۡنَا عَلَيۡكَ وَمِنۡهُم مَّن لَّمۡ نَقۡصُصۡ عَلَيۡكَۗ وَمَا كَانَ لِرَسُولٍ أَن يَأۡتِيَ بِـَٔايَةٍ إِلَّا بِإِذۡنِ ٱللَّهِۚ فَإِذَا جَآءَ أَمۡرُ ٱللَّهِ قُضِيَ بِٱلۡحَقِّ وَخَسِرَ هُنَالِكَ ٱلۡمُبۡطِلُونَ
Open ayah 40:78އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭގެފާނުގެ ކުރީންވެސް رسول ބޭބޭކަލުން ފޮނުއްވީމެވެ. އޭގެތެރޭގައި އެބޭކަލުންގެ خبر ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވި ބޭކަލުން ވެއެވެ. އަދި އޭގެތެރޭގައި އެބޭކަލުންގެ خبر ކަލޭގެފާނަށް ކިޔައިނުދެއްވާ ބޭކަލުން ވެއެވެ. އަދި އެއިން އެއްވެސް ބޭކަލަކަށް ﷲ ގެ إذن ފުޅަށް މެނުވީ އެއްވެސް معجزة އެއް ގެންނެވުމަކީ ވާނޭކަމެއް ނޫނެވެ. ދެންފަހެ އެބައެއްގެ މައްޗަށް عذاب އައުމުގެ وقت އައިސް ޖެހި، ﷲ ގެ أمر ފުޅު އައުމުން حقّ ގޮތުގައި ނިޔާކުރެވި ނިމިދެއެވެ. (حقّ އަށް نصر ލިބި، باطل ހަލާކުވެ ދެއެވެ.) އެހިނދުން، باطل ގެ أهل ވެރީން ގެއްލި ހަލާކުވެދެއެވެ. (އެހިސާބަށް ދާނދެން ކަލޭގެފާނުވެސް ކެތްތެރިވެވަޑައިގަންނަވާށެވެ! އިސްވެދިޔަ رسول ބޭކަލުންނާ إقتداء ވެވަޑައިގަންނަވާށެވެ!)
ٱللَّهُ ٱلَّذِي جَعَلَ لَكُمُ ٱلۡأَنۡعَٰمَ لِتَرۡكَبُواْ مِنۡهَا وَمِنۡهَا تَأۡكُلُونَ
Open ayah 40:79ﷲ އީ ކަލޭމެންނަށް ޓަކައި نعم ސޫފީގެ ވައްތަރުތައް ލެއްވި ކަލާނގެއެވެ. އެއީ އޭގެ ބައެއް ތަކެއްޗަށް ކަލޭމެން ސަވާރުވުމަށާއި، އަދި އޭގެ ބައެއް ތަކެތީން ކަލޭމެން ކެއުމަށް ޓަކައެވެ.
وَلَكُمۡ فِيهَا مَنَٰفِعُ وَلِتَبۡلُغُواْ عَلَيۡهَا حَاجَةٗ فِي صُدُورِكُمۡ وَعَلَيۡهَا وَعَلَى ٱلۡفُلۡكِ تُحۡمَلُونَ
Open ayah 40:80އެ ތަކެތީގައި ކަލޭމެންނަށް ޓަކައި ގިނަގުނަ منفع ތައް ވެއެވެ. އަދި އެ ތަކެތީގެ މަތީގައްޔާއި، އަދި މޫދުގައި ދުވާ އުޅަނދުތަކުގައި ކަލޭމެން އެދޭ ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލައި، ބޭނުންތައް ފުއްދައި ހަދަމުއެވެ. އަދި ކަލޭމެންވެސް އޭގެ ބައެއް نعم ސޫފީގެ މައްޗަށް ސަވާރުވެ، ދަތުރުކުރަމުއެވެ.
وَيُرِيكُمۡ ءَايَٰتِهِۦ فَأَيَّ ءَايَٰتِ ٱللَّهِ تُنكِرُونَ
Open ayah 40:81އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެކަލާނގެ قدرة ތެރިކަމުގެ دليل ތައް އެކި ގޮތްގޮތުން ދައްކަވައެވެ. ފަހެ ﷲ تَعَالى ގެ دليل ތަކުގެ ތެރެއިން ކަލޭމެންނަށް އިންކާރުކޮށް، ދެކޮޅުހެދޭނީ ކޮން دليل އަކަށް ހެއްޔެވެ؟
أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۚ كَانُوٓاْ أَكۡثَرَ مِنۡهُمۡ وَأَشَدَّ قُوَّةٗ وَءَاثَارٗا فِي ٱلۡأَرۡضِ فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ
Open ayah 40:82އެމީހުން - يعني مكّة ގެ قريش ން - جزيرةالعرب ގެ ބިމުގެ އެތަންމިތާ ހިނގާބިނގާވެ، ދަތުރުފަތުރުކޮށް ނަހަދަނީ ބާވައެވެ؟! (އެތާނގެ އުތުރުން صالح ގެފާނުންގެ قوم، ثمود ބާގައިގެ މީހުންގެ އަސަރުތައް އެ ހުރީއެވެ. ދެކުނުގައި عاد ބާގައިގެ މީހުންގެ އަސަރުތައް ވެއެވެ. ހުޅަނގު ފަރާތުގައި شعيب ގެފާނުގެ قوم ގެ އަސަރުތަކެވެ. އަދި لوط قوم ގެ އަސަރެވެ.) އެމީހުން އެތަންތަން ބަލައި عبرة حاصل ނުކުރަނީ ބާވައެވެ؟! އިސްވެދިޔަ قوم ތަކުގެ ތެރެއިން رسول ބޭކަލުން ދޮގުކުރި قوم ތަކުގެ ފަހުކޮޅު އެމީހުންގެ ނިމުން ވީ ކޮން ފަދައަކުންކަން އެނގޭވަރު ވާނެއެވެ. އެ أمّة ތަކުގެ މީހުން عدد ގެ ގޮތުން މި މީހުންނަށްވުރެ މާ ގިނައެވެ. ބާރުގެ ގޮތުން މާ ވަރުގަދައެވެ. عمارة ކުރުމާއި، فنّانى ގޮތުން ބިމުގައި އެމީހުންގެ އަސަރު މާ ގަދައެވެ. ނަމަވެސް ﷲ ގެ ކޯފާ އައިހިނދުން - ނުކިޔަމަންތެރީންގެ މައްޗަށް عذاب އައިހިނދުން - އެމީހުން ކުރި ކަމަކުން، އަދި އެމީހުން ހޯދި އެއްޗަކުން އެމީހުންނަކަށް އެއްވެސް ފައިދާއެއް ނުކުރިއެވެ. ބަރުބާދުވެގެން ދިޔައީއެވެ.
فَلَمَّا جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَرِحُواْ بِمَا عِندَهُم مِّنَ ٱلۡعِلۡمِ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ
Open ayah 40:83ފަހެ އެމީހުންގެ ގާތަށް بيان ވެގެންވާ دليل އާއި، معجزة އާއިގެން އެމީހުންގެ رسول ބޭކަލުން ވަޑައިގަތީމައި، އެމީހުން އުފާކުރީ އެމީހުންގެ އަތުގައިވާ އެމީހުން علم އެވެ ކިޔާ ތަކެއްޗަށެވެ. (އެއީ ދުނިޔޭގެ حياة ގެ ބޭރުފުށާބެހޭ ކުޑަ އެނގުންކޮޅެކެވެ. / ނުވަތަ ޝައްކާއި، وهم އާއި، خيال ތަކެކެވެ. އެއަށް جاهل ން ކިޔަނީ علم އެވެ. މިހާރަކަށް އައިސް މިއުޅޭ މީސްތަކުންވެސް إسلام دين އާ ނުބެހޭ ކުޑަ معلومات ކޮޅެއް ކުޑަކުދީންގެ ޅަފަތުގައި ދަސްކޮށްދީ، تعليم، تعليم ކިޔަމުން މިދާ ދިއުމާ އެއްވެސް ތަފާތެއް ވޭބާވައެވެ؟!) ދެންފަހެ އެކަމަށް އެމީހުން މަލާމާތްކުރި ކަންތައް - އެބަހީ ﷲ ގެ عذاب - އެމީހުން ވަށައިލީއެވެ.
فَلَمَّا رَأَوۡاْ بَأۡسَنَا قَالُوٓاْ ءَامَنَّا بِٱللَّهِ وَحۡدَهُۥ وَكَفَرۡنَا بِمَا كُنَّا بِهِۦ مُشۡرِكِينَ
Open ayah 40:84ފަހެ ތިމަން ރަސްކަލާނގެ عذاب ފެނުނުހިނދުން އެކާފަރުން ބުނެއެވެ. "އެއްކައުވަންތަ ﷲ އަށް އަހުރެމެން އީމާންވެއްޖައީމެވެ. އަދި މީގެ ކުރީން އަހުރެމެން އެ ތަކެއްޗަށް އަޅުކަންކޮށް ﷲ އާއި އެތަކެއްޗާ شريك ކުރި އެންމެހައި ތަކެއްޗަށް އަހުރެމެން ކާފަރުވެއްޖައީމެވެ. އެތަކެތި ދޫކޮށްލައިފީމެވެ." މިބާވަތުގެ އީމާންކަމަކީ އެއީ صلاح الدّين ވިދާޅުވިގޮތަށް "ވަޅިނެރޭތަން ދެކެފާ ހާކުޅައޭ أستغفار - މަޅިފަތީގާ ޖެހުމުން ކުކުޅު ޙަރާމްކުޅައެ ބާޒު" މިކަހަލަ އީމާންކަމެކެވެ. މައްސަލަޖެހިތާށިވީމާ ދެންވާތައުބާގެ ފައިދާނުކުރާގޮތަށެވެ.
فَلَمۡ يَكُ يَنفَعُهُمۡ إِيمَٰنُهُمۡ لَمَّا رَأَوۡاْ بَأۡسَنَاۖ سُنَّتَ ٱللَّهِ ٱلَّتِي قَدۡ خَلَتۡ فِي عِبَادِهِۦۖ وَخَسِرَ هُنَالِكَ ٱلۡكَٰفِرُونَ
Open ayah 40:85ފަހެ ތިމަން ރަސްކަލާނގެ عذاب އެމީހުންނަށް ފެނުނުހިނދުން ދެން އެމީހުން އެ ވީ އީމާންކަމަކުން އެމީހުންނަކަށް އެއްވެސް منفع އެއް ނުކުރިއެވެ. ނުވެސް ކުރާނެއެވެ. އެއީ އިސްވެދިޔަ އެކަލާނގެ އަޅުތަކުންނާމެދު ވެސް އެކަލާނގެ ކަންތައް ގެންދަވާ ގޮތެވެ. އެކަލާނގެ سنّة އެވެ. ދެން އަދި عذاب އައިސް ޖެހުމުން ދެން އެހިނދުން އެންމެހައި ކާފަރުން ގެއްލި ހަލާކުވީއެވެ. والله أعلم.