فصلت

Fussilat

Explained in detail · Surah 41 · Ayahs: 54 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. حم މި އަކުރުތަކަކީ، އަދި މިފަދަ އެހެން އަކުރުތަކެކޭ އެއްފަދައިން އޭގެ ފުރިހަމަ مراد ހަމައެކަނި ﷲ ގެ ދެނެވޮޑިގަތުމުގެ ތެރޭގައިވާ އަކުރުތަކެކެވެ.

  2. تَنزِيلٞ مِّنَ ٱلرَّحۡمَٰنِ ٱلرَّحِيمِ

    Open ayah 41:2

    މި قُرْآن އަކީ رحمن ވަންތަ رحيم ވަންތަ ﷲ ގެ حضرة ން ބާވައިލައްވާ ބާވައިލެއްވުމެކެވެ.

  3. كِتَٰبٞ فُصِّلَتۡ ءَايَٰتُهُۥ قُرۡءَانًا عَرَبِيّٗا لِّقَوۡمٖ يَعۡلَمُونَ

    Open ayah 41:3

    މިއީ އެ ފޮތުގެ آية ތައް تفصيل ވެގެންވާ އަދި حكم ތައް ބަޔާންވެގެންވާ ފޮތެކެވެ. އަދި މިއީ عرب ބަހުން ބާވައިލައްވާފައިވާ قرآن އެކެވެ. މިފޮތް އެގޮތަށް ބާވައިލައްވާފައި މިވަނީ ދަންނަ ބަޔަކަށެވެ. އެބަހީ މި ފޮތަކީ ﷲ ގެ حضرة ން ބާވައިލައްވާފައިވާ ފޮތެއްކަން ރަނގަޅަށް އެމީހުންނަށް އެނގޭނެއެވެ. އެމީހުން ދަންނާނެއެވެ.

  4. بَشِيرٗا وَنَذِيرٗا فَأَعۡرَضَ أَكۡثَرُهُمۡ فَهُمۡ لَا يَسۡمَعُونَ

    Open ayah 41:4

    އެފޮތް ބާވައިލައްވާފައި ވަނީ ﷲ އަށް ކިޔަމަންތެރިވީ މީސްތަކުންނަށް އުފާވެރިކަމުގެ ދެއްވާ حال ގައެވެ. (އެއީ قيامة ދުވަހުން އެމީހުންނަށް ﷲ ގެ ރުއްސެވުމާއި، ސުވަރުގެ ލިބޭނޭ ކަމުގެ އުފާވެރި خبر އެވެ.) އަދި އެ ފޮތް ބާވައިލައްވާފައި ވަނީ ﷲ އަށް ނުކިޔަމަންތެރިވީ މީހުންނަށް إنذار ކުރައްވާ حال ގައެވެ. (އެބަހީ قيامة ދުވަހުން އެމީހުންނަށް ﷲ ގެ ކޯފާއާއި، ނަރަކައިގެ عذاب ހުރިކަމުގެ ބިރުވެރި خبر އެވެ.) [ފަހެ އެމީހުންކުރެ ގިނަ މީހުން އެނބުރި ފުރަގަސްދީފިއެވެ. ފަހެ އެމީހުން ނުއަހާނެއެވެ. / ނުއަހައެވެ.]

  5. وَقَالُواْ قُلُوبُنَا فِيٓ أَكِنَّةٖ مِّمَّا تَدۡعُونَآ إِلَيۡهِ وَفِيٓ ءَاذَانِنَا وَقۡرٞ وَمِنۢ بَيۡنِنَا وَبَيۡنِكَ حِجَابٞ فَٱعۡمَلۡ إِنَّنَا عَٰمِلُونَ

    Open ayah 41:5

    (އަދި އެ ކާފަރުން محمد ގެފާނަށް ދެންނެވިއެވެ.) އޭ محمد ގެފާނެވެ! އަހުރެމެންގެ ހިތްތައް މި ވަނީ ކަލޭގެފާނު ތިޔަ ވިދާޅުވާ އެއްޗެއް ނުވިސްނޭ ގޮތުން މަތިޖެހި ބަންދުވެފައެވެ. އަދި އަހުރެމެންގެ ކަންފަތްތަކުގައި މި ވަނީ (ތިޔަ އަޑު ނުއިވޭނޭ ގޮތުން) ބައްކަމެއް ޖެހިފައެވެ. އަދި އަހުރެމެންނާއި، ކަލޭގެފާނާ ދެމެދު މިވަނީ ފަރުދާއެކެވެ. ހުރަހެކެވެ. (އެއީ معنوى ހުރަހެކެވެ. ދެކޮޅުވެރި ކަމެކެވެ.) އެހެންވީމާ، ކަލޭގެފާނު دين ގައިވާ ގޮތަށް ކަލޭގެފާނު عمل ކުރައްވާށެވެ. އަހުރެމެންވެސް އަހުރެމެންގެ دين ގައިވާ ގޮތަށް عمل ކުރާނަމެވެ.

  6. قُلۡ إِنَّمَآ أَنَا۠ بَشَرٞ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞ فَٱسۡتَقِيمُوٓاْ إِلَيۡهِ وَٱسۡتَغۡفِرُوهُۗ وَوَيۡلٞ لِّلۡمُشۡرِكِينَ

    Open ayah 41:6

    އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ތިޔަބައިމީހުން ކަހަލަ آدم ގެ ދަރިއެކެވެ. އެކަމަކު ތިމަން ކަލޭގެފާނަށް وحي އިއްވެވެއެވެ. - (ތިމަން ކަލޭގެފާނަށް ﷲ ގެ وحي ބާވައިލައްވައެވެ.) އަދި އެ وحي ގެ ތެރޭގައި ވެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ إله އަކީ ހަމަ އެންމެ إله އެކެވެ. އެހެންވެ ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަންކޮށް ސީދާ މަގުގައި ތިބޭށެވެ! އަދި ފާފަފުއްސެވުމަށް އެކަލާނގެ حضرة ގައި އެދޭށެވެ! އަދި ﷲ އަށް شريك ކުރާ މީސްތަކުންނަށް ހުރީ ويل އެވެ. އެއީ ނަރަކައިގެ ވަކި عذاب އެކެވެ. ނުވަތަ ނަރަކައިގެ ގަދަފަދަ عذاب އެވެ.

  7. ٱلَّذِينَ لَا يُؤۡتُونَ ٱلزَّكَوٰةَ وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ

    Open ayah 41:7

    އެ مشرك ންގެ މީހުން ޒަކާތް ނުނެރެއެވެ. އަދި ކަނޑައެޅިގެން އެމީހުން آخرة ދުވަހަށް ހަމަ يقين ންވެސް ކާފަރުވަނީއެވެ.

  8. إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُمۡ أَجۡرٌ غَيۡرُ مَمۡنُونٖ

    Open ayah 41:8

    ހަމަކަށަވަރުން إيمان ވެގެން صالح عمل ކުރި މީހުން (ދަންނައެވެ.) އެމީހުންނަށް آخرة ދުވަހުން ހުރީ ކެނޑިދިއުމެއް ނުވާ ދަރުމަޔާއި، ثواب އެވެ.

  9. ۞قُلۡ أَئِنَّكُمۡ لَتَكۡفُرُونَ بِٱلَّذِي خَلَقَ ٱلۡأَرۡضَ فِي يَوۡمَيۡنِ وَتَجۡعَلُونَ لَهُۥٓ أَندَادٗاۚ ذَٰلِكَ رَبُّ ٱلۡعَٰلَمِينَ

    Open ayah 41:9

    (އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ދެދުވަހުގެ ތެރޭގައި ބިން ހެއްދެވި ކަލާނގެއަށް ތިޔަބައިމީހުން ކާފަރުވަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން އެކަލާނގެއަށް شريك ންތަކެއް - ބައިވެރިންތަކެއް - ލައި ހަމަޖައްސަނީ ހެއްޔެވެ؟ އެކަލާނގެ އެއީ عالم ތައް ހައްދަވައި ބޮޑުކުރައްވާ، އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ. އެ ހުރިހައި ތަކެތީގެ ربّ އެވެ.

  10. وَجَعَلَ فِيهَا رَوَٰسِيَ مِن فَوۡقِهَا وَبَٰرَكَ فِيهَا وَقَدَّرَ فِيهَآ أَقۡوَٰتَهَا فِيٓ أَرۡبَعَةِ أَيَّامٖ سَوَآءٗ لِّلسَّآئِلِينَ 

    Open ayah 41:10

    އަދި އުފުލިފައިވާ ވަރުގަދަ ފަރުބަދަތަކެއް އެކަލާނގެ އެ ބިމުގައި ހަރުކުރެއްވިއެވެ. އަދި އެ ބިމުގައި بركاة ލައްވައި ގިނަގުނަވެގެންވާ خيرات ތައް ލެއްވިއެވެ. އަދި އެ ބިމުގައި އަޅުތަކުންނަށް ޓަކައި މިންވަރުކުރައްވައި رزق ލައްވައި އުޅެވޭނޭ وسيلة ތައް ލެއްވިއެވެ. އެކަން އެގޮތަށް މިންވަރުކުރައްވައި ބަރާބަރު ކުރެއްވީ ކުރީގެ ދެދުވަހާއެކު މުޅިއެކު ހަތަރުދުވަހުގެ ތެރޭގައެވެ. ﷲ އެތަކެތި ހެއްދެވީ ކިތައް ދުވަހުގެ ތެރޭގައިތޯ މީހަކު ސުއާލުކޮށްފިނަމަ އޭގެ جواب އެއްގެ ގޮތުން އާޔަތުގެ ފަހު عبارة ވެއެވެ.

  11. ثُمَّ ٱسۡتَوَىٰٓ إِلَى ٱلسَّمَآءِ وَهِيَ دُخَانٞ فَقَالَ لَهَا وَلِلۡأَرۡضِ ٱئۡتِيَا طَوۡعًا أَوۡ كَرۡهٗا قَالَتَآ أَتَيۡنَا طَآئِعِينَ

    Open ayah 41:11

    ދެން އެކަލާނގެ އިރާދަކުރެއްވީ އުޑަށެވެ. އޭރު އެ އުޑު އޮތީ ދުންގަނޑަކަށެވެ. ދެންފަހެ އެ އުޑަށާއި، އަދި ބިމަށް އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަ ދެއެތި ރުހި ކިޔަމަންވެގެން ނުވަތަ ނުރުހި ނަމަވެސް ތިމަން ރަސްކަލާނގެ حضرة އަށް އަންނާށެވެ. އެ ދޭތި ދެންނެވިއެވެ. ކިޔަމަންތެރިވެގެންވާ حال އަޅަމެން މި އައީއެވެ.

  12. فَقَضَىٰهُنَّ سَبۡعَ سَمَٰوَاتٖ فِي يَوۡمَيۡنِ وَأَوۡحَىٰ فِي كُلِّ سَمَآءٍ أَمۡرَهَاۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنۡيَا بِمَصَٰبِيحَ وَحِفۡظٗاۚ ذَٰلِكَ تَقۡدِيرُ ٱلۡعَزِيزِ ٱلۡعَلِيمِ

    Open ayah 41:12

    ފަހެ އެކަލާނގެ އެ އުޑުތައް ހަތް އުޑަކަށް ނިޔަކުރެއްވިއެވެ. އެއީ ދެދުވަހުގެ ތެރޭގައެވެ. އަދި ކޮންމެ އުޑަކަށް އެ އުޑަކަށް ކަނޑައެޅިފައިވާ ކަންތައްތައް އެންގެވީމެވެ. އަދި ދުނިޔެއާ އެންމެ ގާތް އުޑު ބައްތިތަކަކުން ޒީނަތްތެރި ކުރެއްވީމެވެ. އެބަހީ ތަރިތަކުން ޒީނަތްތެރި ކުރެއްވީމެވެ. އަދި އެ ތަރިތައް އެއީ ރައްކާތެރިކުރައްވާ ތަކެތި ކަމުގައި ލެއްވިއެވެ. (އެއީ އުޑުން ވައްކަންކުރަން ދާ ޖިންނި شيطان ންނާ ދިމާއަށް އުކުމަށެވެ.) އަދި އިސްވެދިޔަ އެންމެހައި ކަންކަމަކީ ގަދަ ކީރިތިވަންތަ، އަދި އެންމެހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެ މިންވަރުކުރައްވާ، ހަމަޖައްސަވާފައިވާ ކަންކަމެވެ.

  13. فَإِنۡ أَعۡرَضُواْ فَقُلۡ أَنذَرۡتُكُمۡ صَٰعِقَةٗ مِّثۡلَ صَٰعِقَةِ عَادٖ وَثَمُودَ

    Open ayah 41:13

    (އޭ رسول الله އެވެ!) ފަހެ އެމީހުން އެބަހީ مشرك ންގެ މީހުން ﷲ އަށް إيمان ނުވެ ﷲ ހެއްދެވި ތަކެއްޗަށް ވިސްނައި فكر ނުކޮށް އެނބުރި ފުރަގަސްދީފިއްޔާ ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ. عاد ބާގައިގެ މީހުންނަށާއި، ثَمُود ބާގައިގެ މީހުންގެ މައްޗަށް އައި ކަހަލަ صاعقة އެއް - އެބަހީ ކުއްލިއަކަށް މަރުވެ ތަންޑާ ވާފަދަ އެތިފަހަރެއް - ތިޔަބައިމީހުންގެ މައްޗަށް އަތުވެދާނޭ ކަމުގެ ބިރުވެރި إنذارތިމަންކަލޭގެފާނު ކުރައްވަމެވެ. އެކަމުގެ خبر ދެއްވަމެވެ.

  14. إِذۡ جَآءَتۡهُمُ ٱلرُّسُلُ مِنۢ بَيۡنِ أَيۡدِيهِمۡ وَمِنۡ خَلۡفِهِمۡ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَۖ قَالُواْ لَوۡ شَآءَ رَبُّنَا لَأَنزَلَ مَلَٰٓئِكَةٗ فَإِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ

    Open ayah 41:14

    އެއީ އެބައިމީހުންގެ ގާތަށް އެމީހުންގެ ކުރީންނާއި، އެމީހުންގެ ފަހަތުން رسول ބޭކަލުން ވަޑައިގެންނެވި ހިނދުގައެވެ. (އެމީހުންގެ ކުރީ ބޭކަލުންގެ مراد އަކީ ކޮންމެ أمّة އެއްގެ ކުރީގައި ވަޑައިގެންނެވި ބޭކަލުންނެވެ. ފަހުގެ ބޭކަލުން ކަމުގައި ބެލެވޭ ބޭކަލުންނަކީ ކޮންމެ أمّة އަކަށާއި، ދެންވެސް އެއަށް ފަހު ވަޑައިގެންނެވި ބޭކަލުންނެވެ.) މި ހުރިހައި ބޭކަލުން ވެސް އެ ބޭކަލެއްގެ أمّة އަށް ގޮވާލައްވާފައި ވަނީ "ތިޔަބައިމީހުން ﷲ އަށް މެނުވީ އަޅުކަން ނުކުރާށެވެ." މިފަދައިންނެވެ. އޭގެ جواب ގައި އެ أمّة ގެ މީހުން ދަންނަވައެވެ. الله އެދިވޮޑިގެންނެވި ނަމަ رسول ބޭކަލަކު ކަމުގައި ملائكة ބޭކަލަކު ފޮނުއްވައިފީހެވެ. ފަހެ އަހުރެމެން މިވަނީ ތިޔަ ބޭކަލުން އެ އެއްޗަކާއިގެން ފޮނުއްވުނު ތަކެއްޗަށް ކާފަރުވެގެންނެވެ." މިއެވެ.

  15. فَأَمَّا عَادٞ فَٱسۡتَكۡبَرُواْ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَقَالُواْ مَنۡ أَشَدُّ مِنَّا قُوَّةًۖ أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ ٱلَّذِي خَلَقَهُمۡ هُوَ أَشَدُّ مِنۡهُمۡ قُوَّةٗۖ وَكَانُواْ بِـَٔايَٰتِنَا يَجۡحَدُونَ

    Open ayah 41:15

    ފަހެ عاد ބާގައިގެ މީހުން ދަންނައެވެ. (އެމީހުން އެއީ هود ގެފާނުންގެ قوم ގެ މީހުންނެވެ.) އެމީހުން އެއްވެސް حقّ އެއް ނެތި ބިންމަތީގައި ކިބުރުވެރިވެ ބޮޑާވެގަތީއެވެ. އަދި އެމީހުން ބުނީ އަހުރެމެންނަށް ވުރެން ބާރުގަދައީ ފަހެ ކޮންބައެއް ހެއްޔެވެ؟ ކާކު ހެއްޔެވެ؟ (އެބަހީ އަހުރެމެންނަށް ވުރެ ބާރުގަދަ އެކަކުވެސް ނުހުންނާނެއެވެ. އޭގެ جواب ގައި ﷲ އަންގަވަނީ) އެމީހުން ހެއްދެވީ ހަމަކަށަވަރުން ﷲ އެވެ. އެމީހުންނަށްވުރެ އެކަލާނގެ ބާރުގެ ގޮތުން މާ ގަދަފަދަވަންތަވެ ވޮޑިގެން ވެއެވެ. އަދި އެމީހުން ވީ ތިމަން ރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ، އަދި އިންކާރުކުރާ ބަޔަކު ކަމުގައެވެ.

  16. فَأَرۡسَلۡنَا عَلَيۡهِمۡ رِيحٗا صَرۡصَرٗا فِيٓ أَيَّامٖ نَّحِسَاتٖ لِّنُذِيقَهُمۡ عَذَابَ ٱلۡخِزۡيِ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَخۡزَىٰۖ وَهُمۡ لَا يُنصَرُونَ

    Open ayah 41:16

    ދެންފަހެ ތިމަން ރަސްކަލާނގެ (އެމީހުން ހަލާކުކުރެއްވުމަށް) އެމީހުންގެ މައްޗަށް ވަރަށް ފިނިގަދަ، އަޑުފަށްހުރި ވަޔެއް ފޮނުއްވީމެވެ. އެއީ އެމީހުންނަށް ސުންޕާ ދުވަސްތަކެކެވެ. (އެއީ ހަތް ރެޔާއި، އަށް ދުވަހެވެ.) އެގޮތަށް އެކަން ހިންގެވީ އެމީހުންނަށް މި ދުނިޔޭގެ حياة ގައިވެސް ދެރަކަމާއި، ނިކަމެތިކަމުގެ عذاب ގެ ރަހަ ދެއްކެވުމަށެވެ. އަދި آخرة ގެ عذاب އެއަށްވުރެ މާ ދެރަވެފައި ނިކަމެތިކަން ބޮޑެވެ. އެމީހުންނަށް އެއްވެސް نصر އެއް އެދުވަހުން ނުލިބޭ ހުއްޓެވެ.

  17. وَأَمَّا ثَمُودُ فَهَدَيۡنَٰهُمۡ فَٱسۡتَحَبُّواْ ٱلۡعَمَىٰ عَلَى ٱلۡهُدَىٰ فَأَخَذَتۡهُمۡ صَٰعِقَةُ ٱلۡعَذَابِ ٱلۡهُونِ بِمَا كَانُواْ يَكۡسِبُونَ

    Open ayah 41:17

    އަދި ثمود ބާގައިގެ މީހުން ދަންނައެވެ. (އެއީ صالح ގެފާނުންގެ قوم ގެ މީހުންނެވެ.) ފަހެ ތިމަން ރަސްކަލާނގެ އެމީހުންނަށް ތެދުމަގު ބަޔާންކޮށްދެއްވީމެވެ. ފަހެ އެމީހުން إيمان ކަމާއި، ތެދުމަގުގެ މައްޗަށް ކާފަރުކަމުގެ އަނދިރިކަމާއި، ކަނުކަން إختيار ކުރީއެވެ. އެކަމަށް ލޯބި ކުރީއެވެ. ދެންފަހެ ނިކަމެތިކަމާއި، ދެރަކަމުގެ عذاب ގެ އަޑުފަށްގަނޑު އެމީހުންނަށް އައިސް ޖެހުނެވެ. އެ އަޑުފަށުން އެމީހުން ހަލާކުވެގެން ދިޔައީއެވެ. އެއީ އެމީހުން ކުރަމުންދިޔަ ކަންތަކުގެ ސަބަބުންނެވެ.

  18. وَنَجَّيۡنَا ٱلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ

    Open ayah 41:18

    އަދި (شرك އާއި، އުރެދުމުން ރައްކާތެރިވެގެން ތިބި) تقوى ވެރި مؤمن ން ތިމަން ރަސްކަލާނގެ ރައްކާތެރިކުރައްވައި ސަލާމަތްކުރެއްވީމެވެ.

  19. وَيَوۡمَ يُحۡشَرُ أَعۡدَآءُ ٱللَّهِ إِلَى ٱلنَّارِ فَهُمۡ يُوزَعُونَ

    Open ayah 41:19

    އަދި ﷲ ގެ عداوة ތެރީން محشر ކުރެވޭ قيامة ދުވަސް - ނަރަކައަށް جمع ކުރެވޭ ދުވަސް - ހަނދުމަފުޅު ކުރައްވާށެވެ. އެދުވަހުން އެމީހުން ތިބޭނީ އެންމެ ފުރަތަމަ މީހާއިން ފެށިގެން އެންމެ ފަހުގެ މީހާއަށް ދާނދެން ބަނދެވިގެންނެވެ. މަލާއިކަތް ބޭކަލުންގެ ބެލުމުގެ ދަށުގައި جمع ވެގެންނެވެ.

  20. حَتَّىٰٓ إِذَا مَا جَآءُوهَا شَهِدَ عَلَيۡهِمۡ سَمۡعُهُمۡ وَأَبۡصَٰرُهُمۡ وَجُلُودُهُم بِمَا كَانُواْ يَعۡمَلُونَ 

    Open ayah 41:20

    އެބައިމީހުން އެ ނަރަކަޔާ ހަމައަށް ގެނެވުނީމާ އެމީހުންގެ ކަންފަތްތަކާއި (އިވުންތަކާއި)، ފެނުންތަކާއި (ލޯތަކާއި)، އަދި އެމީހުންގެ ހަންތައް އެމީހުންގެ މައްޗަށް އެމީހުންނާ އިދިކޮޅަށް ހެކިދޭނެއެވެ. އެއީ އެމީހުން ދުނިޔޭގައި ތިބެގެން ކުރަމުން ގެންދިޔަ ނުބައި ކަންކަމާމެދުގައެވެ.

  21. وَقَالُواْ لِجُلُودِهِمۡ لِمَ شَهِدتُّمۡ عَلَيۡنَاۖ قَالُوٓاْ أَنطَقَنَا ٱللَّهُ ٱلَّذِيٓ أَنطَقَ كُلَّ شَيۡءٖۚ وَهُوَ خَلَقَكُمۡ أَوَّلَ مَرَّةٖ وَإِلَيۡهِ تُرۡجَعُونَ

    Open ayah 41:21

    އަދި އެމީހުން އެމީހުންގެ ގުނަވަންތަކާ ދިމާއަށް ބުނާނެއެވެ. އަހުރެމެންނާ އިދިކޮޅަށް ތިޔަބައިމީހުން ހެކިދެނީ ކީއްވެގެން ހެއްޔެވެ؟ އެހިނދު އެތަކެތި ޖަވާބުދޭނެއެވެ. ބުނާނެއެވެ. ހުރިހާ އެއްޗަކަށްވެސް ވާހަކަދައްކައި، ބަސްބުނުމުގެ ބާރު ދެއްވި ﷲ އަހުރެމެންނަށްވެސް ވާހަކަދެއްކުމުގެ ބާރު ދެއްވީއެވެ. (ތިޔަބައިމީހުން އެ ނުބައި ކަންތައްތައް ކުރިއިރު އަހުރެމެން حاضر ވެގެން ވީމުއެވެ.) އަދި އެކަލާނގެއީ ތިޔަބައިމީހުން އެންމެ ފުރަތަމަވެސް ހެއްދެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުން رجوع ވުން ވަނީވެސް ހަމަ އެކަލާނގެ حضرة އަށެވެ.

  22. وَمَا كُنتُمۡ تَسۡتَتِرُونَ أَن يَشۡهَدَ عَلَيۡكُمۡ سَمۡعُكُمۡ وَلَآ أَبۡصَٰرُكُمۡ وَلَا جُلُودُكُمۡ وَلَٰكِن ظَنَنتُمۡ أَنَّ ٱللَّهَ لَا يَعۡلَمُ كَثِيرٗا مِّمَّا تَعۡمَلُونَ

    Open ayah 41:22

    އަދި ތިޔަބައިމީހުންގެ އިވުންތަކާއި، އެބަހީ ކަންފަތްތަކާއި، އަދި ތިޔަބައިމީހުންގެ ފެނުންތަކާއި، يعني ލޯތަކާއި، އަދި ތިޔަބައިމީހުންގެ ހަންތައް، އެބަހީ އެންމެހައި ގުނަވަންތައް ތިޔަބައިމީހުންގެ މައްޗަށް ހެކިނުދޭނޭ ގޮތުން ތިޔަބައިމީހުން އެ ނުބައިކަންތައް ކުރަމުން ދިޔައިރު ވަންހަނާކޮށް، ނިވައިކުރި ކަމުގައި ނުވެއެވެ. އަދި ކިޔެއް ހެއްޔެވެ؟ ތިޔަބައިމީހުން ހީކުރީ ތިޔަބައިމީހުން ކުރަމުންދާ ގިނަ ކަންތައްތައް ﷲ ދެނެވޮޑިނުގަންނަވާނޭ ކަމަށެވެ.

  23. وَذَٰلِكُمۡ ظَنُّكُمُ ٱلَّذِي ظَنَنتُم بِرَبِّكُمۡ أَرۡدَىٰكُمۡ فَأَصۡبَحۡتُم مِّنَ ٱلۡخَٰسِرِينَ

    Open ayah 41:23

    ފަހެ ތިޔަބައިމީހުން ގެއްލި ހަލާކުވެގެންވާ މީސްތަކުން ކަމުގައި ތިޔަވީ ތިޔަބައިމީހުންގެ ربّ އާމެދު ތިޔަބައިމީހުން ތިޔަ ކުރި (ނުބައި) ހީއެވެ.

  24. فَإِن يَصۡبِرُواْ فَٱلنَّارُ مَثۡوٗى لَّهُمۡۖ وَإِن يَسۡتَعۡتِبُواْ فَمَا هُم مِّنَ ٱلۡمُعۡتَبِينَ

    Open ayah 41:24

    ދެންފަހެ އެމީހުން ކެތްކުރިޔަސް އަދި ކެތް ނުކުރިޔަސް އެމީހުން ގޮސް ތިބޭނޭ ތަނަކީ ހަމަ ނަރަކައެވެ. އެހެން ގޮތެއް ނެތެވެ. އެތަނުން ނުކުތުމެއް ނެތެވެ. އަދި އެމީހުން އަލުން ދުނިޔެއަށް އައިސް ﷲ ރުހިވޮޑިގަންނަވާ ގޮތަށް އުޅޭން އެދުނަސް عذر ދައްކަން އެދުނަސް އެމީހުންނަކީ އެފަދަ ހުއްދައެއް ލިބޭނޭ ބައެއް ނޫނެވެ.

  25. ۞وَقَيَّضۡنَا لَهُمۡ قُرَنَآءَ فَزَيَّنُواْ لَهُم مَّا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَحَقَّ عَلَيۡهِمُ ٱلۡقَوۡلُ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِهِم مِّنَ ٱلۡجِنِّ وَٱلۡإِنسِۖ إِنَّهُمۡ كَانُواْ خَٰسِرِينَ

    Open ayah 41:25

    އަދި ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް އެކުވެރީންތަކެއް ފާކުރެއްވީމެވެ. (އެބަހީ مكّة ގެ مشرك ންނާއި، ދެންވެސް އެބާވަތުގެ މީސް ތަކުންގެ މައްޗަށް އެކުވެރި رحمة ތެރީންތަކެއް ކަމުގައި ޝައިތާނުންތަކެއް ފާކުރެއްވީމެވެ.) ދެންފަހެ އެ ޝައިތާނުންތައް އެބައިމީހުންނަށް ދުނިޔެއާއި، آخرة ގެ ކަންތައް ޒީނަތްތެރި ކޮށްދެއެވެ. (އެއީ ދުނިޔޭގެ حياة ގައި ﷲ އަށް شرك ކުރުމާއި، އުރެދުންތަކަށް އަރައިގަތުމާއި، فاحش އެންމެހައި ކަމެއް ޒީނަތްތެރިކޮށްދިނުމެވެ. آخرة ޒީނަތްތެރި ކޮށްދިނުމަކީ آخرة ނާންނާނޭ ކަމަށާއި، މަރުވުމަށްފަހު ދެން ނިމުނީ ކަމަށާއި، عمل ތަކަށް ހިސާބުބެއްލެވުމެއް ނެތްކަމަށް وسواس ދީ ހައްލައި ހެދުމެވެ. އޭގެ ސަބަބުން فاحش އެންމެހައި ކަމެއްގައި ގެނބިތިބެ عمر ހުސްކޮށްލުމެވެ.) ޖިންނީންނާއި އިންސާނުންގެ ތެރެއިން އެމީހުންގެ ކުރިން އިސްވެދިޔަ އެބާވަތުގެ މީހުންނަށް ޢަޛާބު ޙައްޤުވީފަދައިން މި މީހުންގެ މައްޗަށްވެސް ޢަޛާބު ޙައްޤުވެއްޖެއެވެ. ހަމަކަށަވަރުން އެމީހުންވީ ގެއްލި ޙަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.

  26. وَقَالَ ٱلَّذِينَ كَفَرُواْ لَا تَسۡمَعُواْ لِهَٰذَا ٱلۡقُرۡءَانِ وَٱلۡغَوۡاْ فِيهِ لَعَلَّكُمۡ تَغۡلِبُونَ

    Open ayah 41:26

    އަދި ކާފަރުންގެ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ބުނެއެވެ. އޭ ކަލޭމެންނޭވެ! މި قُرآن ކިޔަވާ އަޑު ކަލޭމެން ނާހާށެވެ! އަދި އެ ކިޔަވާއިރު ހަޅޭލަވައި، އަޑުގަދަކޮށް، އަތްތިލަބަޑިޖަހައި، ހޯބޯލަވައިހަދާށެވެ! (އެއީ قُرآن ކިޔަވާ އަޑުއަހައިގެން އަސަރުކޮށް ތެދުމަގަށް އަތުވެދާނޭތީއެވެ.) އަދި އޭރުން إسلام دين އަށާއި، محمّد ގެފާނުގެ މައްޗަށް ކަލޭމެން ގަދަވެދާނޭ ކަންނޭނގެއެވެ. ކަލޭމެން ގަދަވުމުގެ أمّيد ގައެވެ.

  27. فَلَنُذِيقَنَّ ٱلَّذِينَ كَفَرُواْ عَذَابٗا شَدِيدٗا وَلَنَجۡزِيَنَّهُمۡ أَسۡوَأَ ٱلَّذِي كَانُواْ يَعۡمَلُونَ

    Open ayah 41:27

    (ﷲ އެފަދަ މީހުންނާމެދު وحي ކުރައްވައެވެ.) ހަމަކަށަވަރުން ކާފަރުވީ މީސްތަކުންނަށް ތިމަން ރަސްކަލާނގެ ގަދަވެގެންވާ عذاب ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން އެމީހުން ދުނިޔޭގައި ތިބެގެން ކުރާ ނުބައި ނުލަފާ ކަންތަކަށް، ތިމަން ރަސްކަލާނގެ ހެޔޮވަރު ޖަޒާ ދެއްވާހުށީމެވެ.

  28. ذَٰلِكَ جَزَآءُ أَعۡدَآءِ ٱللَّهِ ٱلنَّارُۖ لَهُمۡ فِيهَا دَارُ ٱلۡخُلۡدِ جَزَآءَۢ بِمَا كَانُواْ بِـَٔايَٰتِنَا يَجۡحَدُونَ

    Open ayah 41:28

    ﷲ ގެ عدوّ ންގެ އެ ޖަޒާއަކީ ހަމަ ސީދާ ނަރަކައެވެ. އަލިފާނެވެ. އެމީހުން އެތާ އަބަދީ ގޮތެއްގައި ދެމިތިބޭ ހުއްޓެވެ. އެއީ އެމީހުން ދުނިޔޭގައި ތިބެގެން ﷲ ގެ އާޔަތްތަކަށް އިންކާރުކޮށް ދެކޮޅުހެދުމުގެ ޖަޒާއެއްގެ ގޮތުންނެވެ. ދަންނައެވެ. ފަހުގެ މި ތިން އާޔަތުން ސިފަވެގެން މިދާ ކާފަރުންނާއި، އެމީހުންގެ عمل ތަކާއި، މިހާރު މިތިބި تهذيب ކާފަރުންނާއި، ޑުޕްލިކޭޓް إسلام ންނާއި، އަދި މި މީހުންގެ عمل އާ އެއްވެސް ތަފާތެއް އެބަހުރި ބާވައެވެ؟ ބުއްދިވެރީން ވިސްނައިލާން ރަނގަޅު ކަމެކެވެ. އެމީހުން އެ ޒަމާނުގައި އެ އުޅުނީ رسول الله ﷺ قُرآن ކިޔަވާ ވިދާޅުވާ އަޑު މީހަކަށް އިވުނަ ނުދޭން ވެގެންނެވެ. ކިޔަވާ ވިދާޅުވާން ފެށީމާ ހަޅޭލަވައި އަޑުގަދަކޮށް، އަތްތިލަބަޑިޖަހައި ހޯބޯލަވައި މިޒާތުގެ ކަންތައް ކޮށް قُرآن ގެ އަޑު ބަންދުކުރީއެވެ. މިޒަމާނުގައިވެސް قُرآن އާއި، އަދި إسلام دين ގެ تعليم އާ ދުރަށް ގެންދެވޭތޯ قُرآن ގެ އަޑު ނުއިއްވޭތޯ، އަދި ކުއްޖަކުވެސް އެ قُرآن ކިޔަވައިފާނެތީ ނުކިޔަވައި ވާނޭހައި ގޮތެއް ހަދަނީއެވެ. قُرآن އާ ނުބެހޭ تعليم އެއީ އެންމެ މަތީ تعليم ކަމުގައި ހަދައި، ރެޔާއި، ދުވާލު ރެޑިޔޯތަކާއި، ޓީވީތަކުން ޒާތްޒާތުގެ ނަންނަމުގައި ޕްރޮގްރާމްތައް ހިންގައި، ކުޅިވަރުގެ ތަފާތު ވާދަވެރި މުބާރާތްތައް رمضان މަހުގެ ރޭތަކުގައިވެސް ހިނގަމުން ދާއިރު އަދި އެހެން މަސްމަހު ހުންނާނީ ކިހާ ފެންވަރަކަށް ބާވައެވެ. رمضان މަހަކީ قُرآن ގެ މައްސަރުގެ ނަމުން مشهور ވެގެންވާ މައްސަރެވެ. وَالْغَوْ فِيْهِ ވާނޭ ވަރެއް އަދި މީގެ އިތުރަށްވެސް ވޭބާވައެވެ. ތަފާތުވަނީ ޒަމާނާއި މީހުންނެވެ. عمل ގައި ތަފާތު ވާކަމަކަށް ނުފެނުނެވެ. فاعتبروا ياأولي الأبصار.

  29. وَقَالَ ٱلَّذِينَ كَفَرُواْ رَبَّنَآ أَرِنَا ٱلَّذَيۡنِ أَضَلَّانَا مِنَ ٱلۡجِنِّ وَٱلۡإِنسِ نَجۡعَلۡهُمَا تَحۡتَ أَقۡدَامِنَا لِيَكُونَا مِنَ ٱلۡأَسۡفَلِينَ

    Open ayah 41:29

    އަދި ކާފަރުވީ މީސްތަކުން (ނަރަކައިގެ عذاب ލިބެމުންދާ ވަގުތު) ﷲއަށްދަންނަވާނެއެވެ. އޭއަޅަމެންގެربّ އެވެ. ޖިންނީންނާއި، އިންސާނުންގެ ތެރެއިން އަޅަމެން މަގުފުރެއްދިދެމީހުން ނުވަތަ ދެޕާޓީ އަޅަމެންނަށް ދައްކަވާނދޭވެ! އެ ދެފަރާތް އަޅަމެންގެ ފައިތިލަތަކުގެދަށަށް ލާހުށީމެވެ. އެއީ އެ ދެފަރާތް އަޅަމެންގެ އެންމެ ދަށަށް ލުމަށެވެ. (އެއީ އެމީހުންނަށް عذاب ގަދަވުމަށް ޓަކައެވެ.) ދަންނައެވެ. މިއާޔަތުގައި މިވާ މަގުފުރެއްދި ދެމީހުންނާމެދު ބަސް ތަފާތުވެގެން ވެއެވެ. އެއްބައި ބޭކަލުން ވިދާޅުވަނީ އެއީ شيطان ންގެ ތެރެއިން އިންސާނުންނަށް كافر ކަމާއި، شرك ކުރުމާއި، މި ކަންކަމަށް ވަސްވާސްދީ، މީސްތަކުން ލަންބައި، މަގުން ނެއްޓުވި شيطانން ކަމަށެވެ. އަދި އަނެއްބައިބޭކަލުންވިދާޅުވަނީ އެއީ އާދަމުގެ ދަރީންގެ ތެރެއިން އެފަދަ ކަންކަން ޒީނަތްތެރިކޮށްދިން ކާފަރުކަމުގެ ބޮޑެތި ވެރީންކަމަށެވެ.

  30. إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَٰمُواْ تَتَنَزَّلُ عَلَيۡهِمُ ٱلۡمَلَٰٓئِكَةُ أَلَّا تَخَافُواْ وَلَا تَحۡزَنُواْ وَأَبۡشِرُواْ بِٱلۡجَنَّةِ ٱلَّتِي كُنتُمۡ تُوعَدُونَ 

    Open ayah 41:30

    ތިމާމެންގެ ربّ އެއީ ﷲ އޭ ބުނެ ދެން އެގޮތުގެ މަތީގައި (شريك އެއް ނުކޮށް توحيد ގެ މަތީ، ކިޔަމަންތެރިކަމާއެކު) قائم ވެ ތިބި މީހުން (މަރަށް حاضر ވާ ވަގުތު، ނުވަތަ ކަށްވަޅުން محشر ގެ ميدان އަށް ނުކުންނަ ވަގުތު) ދަންނައެވެ. އެމީހުންގެ ގާތަށް رحمة ގެ ملائكة ބޭކަލުން ވަޑައިގަންނަވާނެއެވެ. (އަދި އެ ބޭކަލުން ވިދާޅުވާނެއެވެ.) ތިޔަބައިމީހުން ބިރު ނުގަންނާށެވެ. އަދި ހިތާމަވެސް ނުކުރާށެވެ. އަދި ތިޔަބައިމީހުންނަށް ސުވަރުގެ ހުރިކަމުގެ އުފާ ކުރާށެވެ. އެއީ ތިޔަބައިމީހުންނަށް ދެއްވުމަށް وعد ވެވިގެންވާ ތަނެވެ. ﷲ وعد ކުރައްވާފައިވާ ތަނެވެ.

  31. نَحۡنُ أَوۡلِيَآؤُكُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۖ وَلَكُمۡ فِيهَا مَا تَشۡتَهِيٓ أَنفُسُكُمۡ وَلَكُمۡ فِيهَا مَا تَدَّعُونَ

    Open ayah 41:31

    ތިމަންބޭކަލުންނީ ދުނިޔޭގެ حياة ގައިވެސް، އަދި آخرة ގެ حياة ގައިވެސް ތިޔަބައިމީހުން ރައްކާތެރި ކުރައްވާ، އަދި އެހީތެރިކަން ބަހައްޓަވާ ބޭކަލުންނެވެ. އަދި ސުވަރުގޭގައި ތިޔަބައިމީހުން ހިތްއެދޭހައި ކަމެއް نفس ތައް އެކަންކަމަށް ދަހިވެތިވާ އެންމެހައި ކަމެއް ވެއެވެ.

  32. نُزُلٗا مِّنۡ غَفُورٖ رَّحِيمٖ

    Open ayah 41:32

    އެއީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެ އެކަލާނގެ مهمان ންނަށް ތައްޔާރުކޮށްދެއްވާފައިވާ ތަކެއްޗެވެ. މެހްމާންދާރީ ކަމެވެ. (اللهم اجعلنى منهم. آمين)

  33. وَمَنۡ أَحۡسَنُ قَوۡلٗا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحٗا وَقَالَ إِنَّنِي مِنَ ٱلۡمُسۡلِمِينَ

    Open ayah 41:33

    ތިމާ ހެޔޮ عمل ކޮށް (صالح عمل ކޮށް) އަދި މީސްތަކުންނަށް ﷲ ގެ މަގަށް ގޮވައި، އަދި އަހުރެން މިވަނީ مسلم ންގެ ތެރެއިންނޭ ބުނެހެދި މީހަކަށްވުރެ ބަސްބުނުމުގެ ގޮތުން ހެޔޮވެގެންވަނީ ދެން ކާކު ހެއްޔެވެ؟ އެބަހީ އެއަށްވުރެ ހެޔޮ މީހަކު ނުވެއެވެ. ފަހެ ތިމާ مسلم އަކަށްވެ ހުރެ صالح عمل ކޮށް، ދެން ﷲ ގެ މަގަށް އެހެން މީހުންނަށް ގޮވައިލި މީހަކު އެއީ އެންމެހައި ހެވެއް ޖަމާކުރި މީހެކެވެ. އެއަށްވުރެ ހެޔޮ މީހަކު ނުހުންނާނެއެވެ.

  34. وَلَا تَسۡتَوِي ٱلۡحَسَنَةُ وَلَا ٱلسَّيِّئَةُۚ ٱدۡفَعۡ بِٱلَّتِي هِيَ أَحۡسَنُ فَإِذَا ٱلَّذِي بَيۡنَكَ وَبَيۡنَهُۥ عَدَٰوَةٞ كَأَنَّهُۥ وَلِيٌّ حَمِيمٞ

    Open ayah 41:34

    އަދި ހެޔޮކަންތަކާއި، ނުބައި ކަންތަކާ ހަމަހަމަވެގެން ނުވެއެވެ. (އެ ދެކަންތަކުގައި بيان ވެ ފައުޅުވެގެންވާ ތަފާތު ވެއެވެ.) ހެޔޮ ކަންތަކުން ނުބައި ކަންތައް ދުރުކުރާށެވެ! (އެބަހީ ކަލެއަށް ނުބައި ކަމެއް ކުރި މީހަކަށް ކަލޭ إحسان ތެރިވެ، ހެޔޮކަން ކޮށްދޭށެވެ!) އޭރުން ކަލެޔާއި، އެމީހަކާ ދެމެދު عداوة ތެރިކަމެއް ވާ މީހާ ކަލެއަށް ޓަކައި ގާތް رحمة ތެރި، ވަފާތެރި އެކުވެރިޔަކަށް ވެދާނެއެވެ.

  35. وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُواْ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٖ

    Open ayah 41:35

    އަދި ކެތްތެރިވެއްޖެ ބަޔަކަށް މެނުވީ އެފަދަ ކަންތައް حاصل ނުވާނެއެވެ. (އެބަހީ މީހަކު ތިމާއަށް ނުބައިކަމެއް ކުރީމައި، އޭގެ ބަދަލުގައި އެމީހަކަށް إحسان ތެރިވެ، ހެޔޮކޮށް ހިތޭނީ ވަރަށް ބޮޑެތި ކެތްތެރި، މާތް މީހުންނަށެވެ.) ވަރަށް ބޮޑު ނަސީބުގެ ވެރިއަކަށް މެނުވީ އެފަދަ ބޮޑު ثواب އާއި، މާތްކަން حاصل ނުކުރެވޭނެއެވެ.

  36. وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَٰنِ نَزۡغٞ فَٱسۡتَعِذۡ بِٱللَّهِۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ

    Open ayah 41:36

    އަދި شيطان އާގެ ފަރާތުން (އެފަދަ ކަންތައް - އެބަހީ ނުބައި ކަންތައް ކުރި މީހަކަށް إحسان ތެރިވުމަށް ހުރަސްއަޅާ ފަދަ) ވަސްވާސްތެރިކަމެއް އަތުވެއްޖެއްޔާ، އައްސަވާ ވޮޑިގެންވާ، އަދި ދެނެވޮޑިގެންވާ ކަލާނގެ حضرة ން ރައްކާތެރިކަމާއި، ސަލާމަތްކަން އެދޭށެވެ!

  37. وَمِنۡ ءَايَٰتِهِ ٱلَّيۡلُ وَٱلنَّهَارُ وَٱلشَّمۡسُ وَٱلۡقَمَرُۚ لَا تَسۡجُدُواْ لِلشَّمۡسِ وَلَا لِلۡقَمَرِ وَٱسۡجُدُواْۤ لِلَّهِۤ ٱلَّذِي خَلَقَهُنَّ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ

    Open ayah 41:37

    އަދި ރޭގަނޑާއި، ދުވާލާއި، އިރާއި، ހަނދަކީ ﷲ ގެ ކުޅަދުންވަންތަ ކަމާއި، ހައިބަ ބޮޑުކަމުގެ މައްޗަށް ދަލީލުކުރާ ދަލީލުތަކުގެ ތެރެއިން ވާ ދަލީލެވެ. (ފަހެ އެފަދަ ބޮޑެތި مخلوق ން އެހާ ފުރިހަމަކޮށް ހެއްދެވި ކަލަކު ކިހާ ބޮޑުވެފައި ކުޅަދުންވަންތަވެރި ވާނޭ ހެއްޔެވެ؟) ފަހެ ތިޔަބައިމީހުން އިރަށް ވިޔަސް، އަދި ހަނދަށް ވިޔަސް سجدة ނުކުރާށެވެ. އަދި އެތަކެތި ހެއްދެވި ކަލާނގެއަށް سجدة ކުރާށެވެ. (ﷲ އަށް سجدة ކުރާށެވެ.) ތިޔަބައިމީހުން އެކަލާނގެއާ شريك ނުކޮށް އެކަލާނގެއަށް އެކަނި އަޅުކަންކުރާ ކަމުގައި ވަންޏާ ﷲ އަށް އެކަނި سجدة ކުރާށެވެ. އަޅުކަން ކުރާށެވެ.

  38. فَإِنِ ٱسۡتَكۡبَرُواْ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيۡلِ وَٱلنَّهَارِ وَهُمۡ لَا يَسۡـَٔمُونَ۩

    Open ayah 41:38

    އޭ رسول الله އެވެ! ފަހެ އެބައިމީހުން شريك ނުކޮށް ﷲ އަށް އަޅުކަންކުރުމަށް ބޮޑާވެގެންފިއްޔާ ދަންނައެވެ. ކަލޭގެފާނުންގެ ربّ ގެ حضرة ގައިވާ ملائكة ބޭކަލުން ރޭގަނޑާއި، ދުވާލު އެކަލާނގެއަށް تسبيح ވިދާޅުވެއެވެ. އެކަލާނގެ ހުސް طاهر ވަންތަކުރެއެވެ. އަދި އެބޭކަލުން ފޫހިވެވަޑައި ނުގަންނަވައެވެ.

  39. وَمِنۡ ءَايَٰتِهِۦٓ أَنَّكَ تَرَى ٱلۡأَرۡضَ خَٰشِعَةٗ فَإِذَآ أَنزَلۡنَا عَلَيۡهَا ٱلۡمَآءَ ٱهۡتَزَّتۡ وَرَبَتۡۚ إِنَّ ٱلَّذِيٓ أَحۡيَاهَا لَمُحۡيِ ٱلۡمَوۡتَىٰٓۚ إِنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٌ

    Open ayah 41:39

    (ވާރޭ ނުވެހި ގިނަދުވަސް ވުމުގެ ސަބަބުން) މަރުވެ ހަނަފަސްވެފައިވާ ބިންގަނޑު ކަލޭ ދެކޭނެއެވެ. ދެންފަހެ އެ ބިންގަނޑުގެ މައްޗަށް ތިމަން ރަސްކަލާނގެ ވާރޭ ވެއްސެވުމުން ބިންގަނޑު حركاة ތެރިވެ ބޮޑުވެ، ފުފިލައި ދެން ގަސްތައް ފަޅާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެއީ އެކަލާނގެ قدرة ތެރިކަމުގެ علامة ތަކުގެ ތެރެއިން ވާ ކަމެކެވެ. ފަހެ އެ ބިންގަނޑު އެގޮތަށް ދިރުއްވި ކަލާނގެ އެކަލާނގެ އަޅުތަކުން محشر ކުރެއްވުމަށް ޓަކައި މަރުވެފައިވާ މީސްތަކުން ދިރުއްވާ ހުއްޓެވެ. ހަމަކަށަވަރުން ކޮންމެ ކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.

  40. إِنَّ ٱلَّذِينَ يُلۡحِدُونَ فِيٓ ءَايَٰتِنَا لَا يَخۡفَوۡنَ عَلَيۡنَآۗ أَفَمَن يُلۡقَىٰ فِي ٱلنَّارِ خَيۡرٌ أَم مَّن يَأۡتِيٓ ءَامِنٗا يَوۡمَ ٱلۡقِيَٰمَةِۚ ٱعۡمَلُواْ مَا شِئۡتُمۡ إِنَّهُۥ بِمَا تَعۡمَلُونَ بَصِيرٌ 

    Open ayah 41:40

    ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާޔަތްތަކަށް ކާފަރުވާ މީހުން ނުވަތަ އެ އާޔަތްތައް تأويل ކޮށް އެއިން އެދެވޭ މާނަ ފިޔަވައި އެހެނިހެން މާނަތަކަށް ބަދަލުކޮށް އަނބުރަމުންދާ މީސްތަކުން ތިމަން ރަސްކަލާނގެއަށް ވަންހަނާވެގެން ނުވެއެވެ. (އެމީހުންނަށް ނިކަންހުރެ އެމީހުން އެ ކުރާ ނުބައިކަމުގެ ޖަޒާ ދެއްވޭ ހުއްޓެވެ.) އަޅެފަހެ (قيامة ދުވަހުން) ހެޔޮވެގެންވަނީ ނަރަކައަށް އެއްލެވޭ މީހާ ހެއްޔެވެ؟ ނުވަތަ އެދުވަހުން އެއްވެސް ބިރުވެރިކަމެއް ނެތި އަމާންކަމާއެކު އަންނަ މީހާ ހެއްޔެވެ؟ ތިޔަބައިމީހުން އެދޭ ގޮތަކަށް عمل ކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރާހައި ކަމެއް އެކަލާނގެ ދެނެވޮޑިގެން ވެއެވެ. އެކަންކަމަށް ބައްލަވާ ވޮޑިގެން ވެއެވެ.

  41. إِنَّ ٱلَّذِينَ كَفَرُواْ بِٱلذِّكۡرِ لَمَّا جَآءَهُمۡۖ وَإِنَّهُۥ لَكِتَٰبٌ عَزِيزٞ

    Open ayah 41:41

    ހަމަކަށަވަރުން އެބައިމީހުންގެ ގާތަށް ذكر އައިހިނދު - އެބަހީ ކީރިތި قرآن އައިހިނދު - އެއަށް ކާފަރުވީ މީސްތަކުން ދަންނައެވެ. (އެކަމަށް ފުރިހަމަ ޖަޒާ އެމީހުންނަށް ދެއްވޭނެއެވެ.) ހަމަކަށަވަރުން އެފޮތަކީ އެފަދަ ދެވަނައެއް ނެތް عزّة ތެރި ފޮތެކެވެ. (حكم ތައް ގަދަވެގެންވާ ފޮތެކެވެ.)

  42. لَّا يَأۡتِيهِ ٱلۡبَٰطِلُ مِنۢ بَيۡنِ يَدَيۡهِ وَلَا مِنۡ خَلۡفِهِۦۖ تَنزِيلٞ مِّنۡ حَكِيمٍ حَمِيدٖ

    Open ayah 41:42

    އެފޮތްވަނީ އެފޮތުގެ ކުރިމަތީންވެސް އަދި އެފޮތުގެ ފަހަތުން ވިޔަސް އެފޮތަށް باطل ކަމެއް ނާންނާނޭ ފޮތެވެ. އެބަހީ އެ ފޮތުގެ ކުރީ ބާވައިލެއްވުނު ފޮތްތަކުގައިވެސް އެ ފޮތް ދޮގުކުރެވޭނޭ ގޮތެއް ނެތެވެ. އަދި އެފޮތް باطل ކުރާނޭ ފޮތެއް ދެން ނާންނަ ހުއްޓެވެ. އެއީ حكمة ވަންތަ، އަދި އެކަލާނގެ އެންމެހައި ކަންކަމަށް حمد ލިބިވޮޑިގެންވާ ކަލާނގެ حضرة ން ބާވައިލައްވާފައިވާ ބާވައިލެއްވުމެކެވެ.

  43. مَّا يُقَالُ لَكَ إِلَّا مَا قَدۡ قِيلَ لِلرُّسُلِ مِن قَبۡلِكَۚ إِنَّ رَبَّكَ لَذُو مَغۡفِرَةٖ وَذُو عِقَابٍ أَلِيمٖ

    Open ayah 41:43

    އޭ رسول الله އެވެ! އިސްވެދިޔަ أمّة ތަކުގައި އުޅުނު ކާފަރުންވެސް އެމީހުންގެ ގާތަށް ފޮނުއްވުނު رسول ބޭކަލުންނާ ދިމާއަށްވެސް ބުނަމުން ގެންދިޔަ ފަދައިން މެނުވީ ކަލޭގެފާނުންގެ قوم ގެ ކާފަރުންވެސް ކަލޭގެފާނާ ދިމާއަށް ބުނާކަމުގައި ނުވެއެވެ. ބުނަނީ ދާދި އެއްކަހަލަ ގޮތަކަށެވެ. (އެމީހުންވެސް އެމީހުންގެ رسول ބޭބޭކަލުންނަށް ބުނަނީ މޮޔައެއް ކަމަށެވެ. ނުވަތަ سحر ޖެހިފައިވާ މީހަކު ކަމަށެވެ. ނުވަތަ އެނޫންވެސް އެބާވަތުގެ ކޮންމެވެސް ނުބައި އެއްޗެކެވެ. ކަލޭގެފާނާ ދިމާއަށްވެސް ކަލޭގެފާނުންގެ قوم ގެ މީހުން އެ ބުނަނީ ދޮގުވެރިއެކޭ، މޮޔައެކޭ، ނުވަތަ ޅެންވެރިއެކޭ ނުވަތަ سحر ޖެހިފައެވެ. ދެންވެސް މިބާވަތުގެ ނުބައި لفظ އެކެވެ. ވާހަކަ ހަމަ އެއް ވާހަކައެކެވެ. ތަނާއި، މީހުންނާ ތަފާތީއެވެ. އެހެން ވީއިރު އެއީ އާކަމެއް ނޫނެވެ. އެކަމާ ދެރަފުޅުވާނޭ ކަމެއް ނެތެވެ.) ހަމަކަށަވަރުން توبة ވެ، ﷲ އަށް رجوع ވެއްޖެ މީހަކަށް އެކަލާނގެއީ ފާފަ ފުއްސެވުމުގެ ވެރި ކަލާނގެއެވެ. އަދި ނުކިޔަމަންތެރިވެއްޖެ މީހަކަށް ވޭން ގަދަވެގެންވާ عذاب ދެއްވުމުގެ ވެރި ކަލާނގެއެވެ.

  44. وَلَوۡ جَعَلۡنَٰهُ قُرۡءَانًا أَعۡجَمِيّٗا لَّقَالُواْ لَوۡلَا فُصِّلَتۡ ءَايَٰتُهُۥٓۖ ءَا۬عۡجَمِيّٞ وَعَرَبِيّٞۗ قُلۡ هُوَ لِلَّذِينَ ءَامَنُواْ هُدٗى وَشِفَآءٞۚ وَٱلَّذِينَ لَا يُؤۡمِنُونَ فِيٓ ءَاذَانِهِمۡ وَقۡرٞ وَهُوَ عَلَيۡهِمۡ عَمًىۚ أُوْلَٰٓئِكَ يُنَادَوۡنَ مِن مَّكَانِۭ بَعِيدٖ

    Open ayah 41:44

    އަދި عرب ބަސް ނޫން އެހެން ބަހަކުން ތިމަން ރަސްކަލާނގެ އެ قرآن ބާވައިލެއްވިނަމަ ހަމަކަށަވަރުން އެ ކާފަރުން ބުނީހެވެ. މި ފޮތުގެ އާޔަތްތައް تفصيل ކޮށް އޮޅުންފިލާ ގޮތަށް (عرب ބަހުން) ވާނޭނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ މިހާރު މި ހުރީ عرب ބަހުން ވާހަކަދައްކާ رسول ބޭކަލަކާއި، عجمى ބަހުން (عرب ބަސް ނޫން ބަހަކުން) ވާ ފޮތެކެވެ. (މިއީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫނެވެ. އަހުރެމެން ވެސް މި ވާހަކަދައްކަނީ عرب ބަހުންނެވެ. ފޮތް ތިޔަ ވަނީ އެހެން ބަހަކުންނެވެ. މި ބާވަތުގެ ބަހަނާތަކެއް ދެއްކީހެވެ.) އޭ رسول الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ. އެއީ މީސްތަކުންނަށް ވާ ތެދުމަގެކެވެ. އަދި އެކިއެކި ބަލިތަކަށް ވާ شفاء އެކެވެ. ބަލި ފަސޭހަކޮށްދޭ ފަރުވާއެކެވެ. އެހެންނަމަވެސް އީމާންނުވާ މިސްތަކުންގެ ކަންފަތްތަކުގައި އެވަނީ (حقّ ބަހެއް ނުވަންނާނޭ ގޮތުން) ހުރަހެއް އެޅި ބަންދުވެފައެވެ. އަދި އެމީހުންގެ ލޯތައް އެ ވަނީ (ހުޅުވިފައި ހުރުމާއެކުވެސް) އެ قرآن ގެ حقّ އާއި، އަލިކަން ނުފެންނާނޭ ގޮތުން އަނދިރިވެފައެވެ. ބަޔަކަށް ދުރުން ގޮވާ މީހަކު ފަދައިން އަޑު އިވުނަސް ގޮވާ އެއްޗެއް އޮޅުން ނުފިލާ ބަޔަކަށް ވެފައެވެ. އެގޮތަށް އެމީހުންނަށްވެސް ދުރުން ގޮވެނީއެވެ. ގޮވޭ އެއްޗެއް ނޭނގެއެވެ.

  45. وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَٱخۡتُلِفَ فِيهِۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡۚ وَإِنَّهُمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ

    Open ayah 41:45

    އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. توراة ދެއްވީމެވެ. ފަހެ އެ ފޮތާމެދުވެސް إختلاف ވެވުނެވެ. (އެމީހުންގެ ތެރޭގައިވެސް ތިބީ އެ ފޮތް ތެދުކުރި މީހުންނާއި، އެ ފޮތް ދޮގުކުރި މީހުންނެވެ. އެ ފޮތަށް عمل ކުރި މީހުންނާއި، ނުކުރާ މީހުންނެވެ.) ފަހެ ކަލޭގެފާނުންގެ ربّ ގެ حضرة ން ބަސްފުޅެއް އިސްވެ ގޮސްފައި ނުވާނަމަ އެބަހީ އެބައިމީހުންނަށް ނިޔާކޮށް جزاء ދެއްވުން ފަސްކުރެއްވުމަށް ބަސްފުޅު ނުވާނަމަ) މި ދުނިޔޭގައި އެމީހުންގެ މެދުގައި ނިޔާކުރެވި فيصلة ކުރެވި ނިމިއްޖައީހެވެ. އަދި އެމީހުން އެ ވަނީ މި قرآن އާމެދު شكّ އެއްގައެވެ.

  46. مَّنۡ عَمِلَ صَٰلِحٗا فَلِنَفۡسِهِۦۖ وَمَنۡ أَسَآءَ فَعَلَيۡهَاۗ وَمَا رَبُّكَ بِظَلَّٰمٖ لِّلۡعَبِيدِ

    Open ayah 41:46

    އަދި إيمان ވެ صَالِحُ عَمَلُ ކޮށްފި މީހާ ދަންނައެވެ. އެމީހާ އެ ކުރި ހެޔޮކަމެއްގެ ދަރުމަ އޮންނާނީ ހަމަ އެމީހަކަށެވެ. އޭގެ ފައިދާ އޭނާއަށް ކުރާނެއެވެ. އަދި ނަފުސަށް ނުބައިކުރި މީހާގެ ނުބައިކަން ހުންނާނީވެސް ހަމަ އޭނާއަށެވެ. އޭގެ ބުރަ އޭނާ އުފުލާނެއެވެ. އަދި އަޅުތަކުންނަށް އަނިޔާވެރިވެ ވޮޑިގެންވާ (އަނިޔާ ކުރައްވާ) ކަލަކު ކަމުގައި ކަލޭގެފާނުންގެ رَبُّ ނުވެއެވެ.

  47. ۞إِلَيۡهِ يُرَدُّ عِلۡمُ ٱلسَّاعَةِۚ وَمَا تَخۡرُجُ مِن ثَمَرَٰتٖ مِّنۡ أَكۡمَامِهَا وَمَا تَحۡمِلُ مِنۡ أُنثَىٰ وَلَا تَضَعُ إِلَّا بِعِلۡمِهِۦۚ وَيَوۡمَ يُنَادِيهِمۡ أَيۡنَ شُرَكَآءِي قَالُوٓاْ ءَاذَنَّٰكَ مَا مِنَّا مِن شَهِيدٖ

    Open ayah 41:47

    قيامة ދުވަހާ ބެހޭ އެންމެހައި އެނގުމެއް ރައްދުވެގެން ވަނީ ހަމައެކަނި އެކަލާނގެ حضرة އަށެވެ. އެކަމާ ބެހޭ އެއްވެސް އެނގުމެއް އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެއީ علم الغيب ގެ ތެރޭ ހިމެނޭ ކަންކަމުގެ ތެރެއިން އެއް ކަމެވެ. އަދި ގަސްގަހުގެ މޭވާ ގޮފިގަނޑުގެ ތެރެއިން / ފުޅަފީގެ ނުވަތަ އެތުގެ ތެރެއިން މޭވާއެއް ވިޔަސް އަދި މާބަނޑު ތަކެތީގެ ބަނޑުގައިވާ ދަރިއެއް ވިޔަސް އަދި ދަރިޔަކު ވިހެޔަސް މިއިން އެއްވެސް ކަމެއް ﷲ ގެ ދެނެވޮޑިގަތުމާއެކު މެނުވީ ނުހިނގައެވެ. ފަހެ މި ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ މަތިވެރި ކަލާނގެއާއި، އެހެން ތަކެއްޗާ ޝަރީކު ކުރާ މީހުންނަށް ގޮވޭނޭ ދުވަސް ހަނދާންކުރާށެވެ. އެމީހުންނާ مخاطب ކުރައްވައި ﷲ އަންގަވާނެއެވެ. ދުނިޔޭގައި ތިޔަބައިމީހުން ތިމަން ރަސްކަލާނގެއާ شريك ކޮށް އުޅުނު شريك ންތައް ފަހެ ކޮބައިހެއްޔެވެ؟ އޭގެ جواب ގައި އެމީހުން ދަންނަވާނެއެވެ. އިބަރަސްކަލާނގެއަށް شريك އަކު ވާކަމުގައި ހެކިދޭނޭ އެކަކުވެސް ނުވާ ކަމަށް އަޅަމެން އިބަރަސްކަލާނގެއަށް إعلان ކޮށް ދަންނަވަމެވެ.

  48. وَضَلَّ عَنۡهُم مَّا كَانُواْ يَدۡعُونَ مِن قَبۡلُۖ وَظَنُّواْ مَا لَهُم مِّن مَّحِيصٖ

    Open ayah 41:48

    އަދި މީގެ ކުރީ، އެބަހީ އެބައިމީހުން ދުނިޔޭގައި އުޅުނުއިރު (ﷲ ފިޔަވައި) ގޮވައި، دعاء ކޮށް އުޅުނު އެންމެހައި ތަކެތި އެމީހުންގެ ކިބައިން ގެއްލިގެން ދިޔައީއެވެ. (އެދުވަހުން އެތަކެތި ނުފެންނާނެއެވެ.) އަދި އެހިނދުން ﷲ ގެ عذاب އާއި، ކޯފާއިން ފިލައިގެން ސަލާމަތްވާން ދާނޭ އެއްވެސް ތަނެއް ނެތްކަން އެމީހުންނަށް ރަނގަޅަށް يقين ވެދާނެއެވެ.

  49. لَّا يَسۡـَٔمُ ٱلۡإِنسَٰنُ مِن دُعَآءِ ٱلۡخَيۡرِ وَإِن مَّسَّهُ ٱلشَّرُّ فَيَـُٔوسٞ قَنُوطٞ

    Open ayah 41:49

    ހެޔޮ ކަންތަކަށް އެދި دعاء ކުރުމުގައި އިންސާނާ ފޫހި ނުވެއެވެ. (އެބަހީ މުދަލާއި، صحّة އާއި، ވެރިކަމާއި، އަދި މަތިވެރި ދަރަޖަދެއްވުން އެދި دعاء ކުރުމުގައި ފޫހި ނުވެއެވެ. ފޫހި ނުވެސްވާނެއެވެ.) އަދި އޭނާއަށް އުނދަގުލެއް / ނުވަތަ ނުބައިކަމެއް ދިމާވެއްޖެއްޔާއި، އޭނާ ނާއުއްމީދުވެ ﷲ ގެ رحمة ން މުޅީން މާޔޫސް ވެދެއެވެ. (އެބަހީ އޭނާއަށް فقير ކަމެއް / ބަލިމަޑުކަމެއް / އަދި ދެރަކަމެއް ދިމާވެއްޖެއްޔާއި، އޭނާ މުޅީން މާޔޫސްވެ ނާއުއްމީދު ވެދެއެވެ.) މިއީ عامّ ކޮށް އިންސާނުންގެ حال ހުންނަ ގޮތެވެ.

  50. وَلَئِنۡ أَذَقۡنَٰهُ رَحۡمَةٗ مِّنَّا مِنۢ بَعۡدِ ضَرَّآءَ مَسَّتۡهُ لَيَقُولَنَّ هَٰذَا لِي وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةٗ وَلَئِن رُّجِعۡتُ إِلَىٰ رَبِّيٓ إِنَّ لِي عِندَهُۥ لَلۡحُسۡنَىٰۚ فَلَنُنَبِّئَنَّ ٱلَّذِينَ كَفَرُواْ بِمَا عَمِلُواْ وَلَنُذِيقَنَّهُم مِّنۡ عَذَابٍ غَلِيظٖ 

    Open ayah 41:50

    އަދި އެ އިންސަނާއަށް ޖެހުނު ކޮންމެވެސް مصيبة އަކާއި، ދެރައަކަށްފަހު ތިމަން ރަސްކަލާނގެ حضرة ން رحمة އެއްގެ ރަހަ އޭނާއަށް ދައްކަވައިފިއްޔާ އޭނާ ބުނާނެއެވެ. މިއީ އަހުރެން ކުރި عمل ގެ ސަބަބުން އަހުރެންނަށް މި ލިބެން حقّ ކަމުގައި ވާތީ އަހުރެންނަށް ލިބުނު އެއްޗެކެވެ. އަހުރެން ހީކުރާ ގޮތުގައި / يقين ކުރާ ގޮތުގައި ތިޔަބުނާ قيامة އެއް ނާންނާނެއެވެ. އަދި ތިޔަ ބުނާގޮތަށް ދެން قيامة ދުވަސް އަޔަސް، އެތާނގައިވެސް އަހުރެންގެ ربّ ގެ حضرة ން އަހުރެންނަށް މާތްކަމާއި، كرامة އާއި، އަދި ސުވަރުގެ ހުންނާނެއެވެ. ފަހެ ކާފަރުވީ މީސްތަކުންނަށް އެބައިމީހުން ކުރި ކަންތަކުގެ خبر އެމީހުންނަށް ތިމަން ރަސްކަލާނގެ އަންގަވާ ހުށީމެވެ. އަދި އެމީހުންނަށް ވަރަށް ގަދަވެގެންވާ عذاب ތިމަން ރަސްކަލާނގެ ދެއްވާ ހުށީމެވެ.

  51. وَإِذَآ أَنۡعَمۡنَا عَلَى ٱلۡإِنسَٰنِ أَعۡرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَآءٍ عَرِيضٖ

    Open ayah 41:51

    އަދި عامّ ކޮށް އިންސާނާގެ قواعد އަކީ ތިމަން ރަސްކަލާނގެ އޭނާއަށް نعمة އެއް ދެއްވައި، ތަނަވަސްކަމެއް ދެއްވައިފިއްޔާ އެނބުރި ފުރަގަސް ދިނުމެވެ. އެބަހީ ތިމަން ރަސްކަލާނގެއަށް شكر ކުރުން ފިޔަވައި އެނބުރި ނުކިޔަމަންތެރިވެގަނެއެވެ. އަދި ތިމާ އަމިއްލައަށް ބޮޑާވެ كبر ވެރިވެ މަތިހަށިނަގައެވެ. އެހެން އުޅެނިކޮށްވެސް އޭނާއަށް ނުބައެއް އަދި ދެރަކަމެއް ދިމާވެއްޖެއްޔާ ދެން އޭނާ ވަރަށް ފުޅާކޮށް، ދިގުކޮށް، ތަނަވަސްކޮށް دعاء ކޮށް ހަދައެވެ.

  52. قُلۡ أَرَءَيۡتُمۡ إِن كَانَ مِنۡ عِندِ ٱللَّهِ ثُمَّ كَفَرۡتُم بِهِۦ مَنۡ أَضَلُّ مِمَّنۡ هُوَ فِي شِقَاقِۭ بَعِيدٖ

    Open ayah 41:52

    އޭ رسول الله އެވެ! ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ. ތިމަން ކަލޭގެފާނަށް خبر ދީބަލާށެވެ! އެ قرآن ބާވައިލައްވާފައި ވަނީ ﷲ ގެ حضرة ން ކަމުގައި ވެފައި ދެން ތިޔަބައިމީހުން އެ ފޮތަށް ކާފަރުވެއްޖެއްޔާއި، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ (އެފަދަމީހާ ވާނީ އެންމެ ބޮޑަށް މަގުފުރެދިގެންވާ މީހަކު ކަމުގައެވެ.) ނުހަނު ބޮޑަށް ދެކޮޅުވެރިވެ عداوة ތެރި ވެގެންވާ މީހަކަށްވުރެ ބޮޑަށް މަގުފުރެދިގެން ވަނީ ކާކު ހެއްޔެވެ؟ އެބަހީ އޭނާއަކީ އެވަރަށް މަގުފުރެދިގެންވާ މީހެކެވެ.

  53. سَنُرِيهِمۡ ءَايَٰتِنَا فِي ٱلۡأٓفَاقِ وَفِيٓ أَنفُسِهِمۡ حَتَّىٰ يَتَبَيَّنَ لَهُمۡ أَنَّهُ ٱلۡحَقُّۗ أَوَلَمۡ يَكۡفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَيۡءٖ شَهِيدٌ

    Open ayah 41:53

    قرآن އަކީ حقّ ތެދު ކަމާއި، އެފޮތް ބާވައިލައްވާފައިވަނީ ﷲ ކަމާއި، އަދި އެ ފޮތާއިގެން ވަޑައިގެންނެވީ محمّد ﷺ ކަން ރަނގަޅަށް އެނގި، ބަޔާން ވާނދެން މުޅި أفق ތަކުގައި، އެބަހީ އުޑާއި، ބިމުގެ ކަންކޮޅުތަކުގައި ތިމަން ރަސްކަލާނގެ އެކިއެކި ދަލީލު، މީސްތަކުންނަށް ދައްކަވާ ހުށީމެވެ. އަދި ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ އެއީ ހެކި ދެއްވާ ފަރާތެއް ކަމުގައި ފަހެ ނުފުދޭ ހެއްޔެވެ؟ (އެބަހީ ކާފަރުން ކުރަމުން ގެންދާ ނުބައި عمل ތަކަށާއި، އަދި قرآن ބާވައިލައްވާފައި ވަނީ ﷲ ގެ حضرة ން ކަމުގެ މައްޗަށާއި މިކަންކަމަށް ހެކި ދެއްވާ ފަރާތެއް ކަމުގައި ﷲ ނުފުދޭ ހެއްޔެވެ؟

  54. أَلَآ إِنَّهُمۡ فِي مِرۡيَةٖ مِّن لِّقَآءِ رَبِّهِمۡۗ أَلَآ إِنَّهُۥ بِكُلِّ شَيۡءٖ مُّحِيطُۢ

    Open ayah 41:54

    ދަންނައެވެ. އެމީހުން އެވަނީ ހަމަކަށަވަރުންވެސް އެމީހުންގެ ربّ އާ ބައްދަލުވުމާމެދު ޝައްކެއްގައެވެ. (محشر އަށް ފޮނުއްވުމާއި، حساب ބެއްލެވުމާއި، ثواب އާއި، عذاب ދެއްވުމާމެދު ޝައްކެއްގައެވެ.) ދަންނާށެވެ. ހަމަކަށަވަރުން އެކަލާނގެ ދެނެވޮޑިގަތުމާއި، ކުޅަދުންވަންތަކަން އެންމެހައި ތަކެތީގެ ވަށައިގެން ވެއެވެ.