هود
Hud
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
الٓرۚ كِتَٰبٌ أُحۡكِمَتۡ ءَايَٰتُهُۥ ثُمَّ فُصِّلَتۡ مِن لَّدُنۡ حَكِيمٍ خَبِيرٍ
Open ayah 11:1الر މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ تعالى އެވެ. މިފޮތަކީ މިއީ (އެބަހީ: މި ކީރިތި قرآن މިއީ) މިފޮތުގެ حكم ތައް أمر އާއި نهى ގެގޮތުން ކަނޑައެޅިގެންވާ ފޮތެކެވެ. ދެން ثواب އާއި عذاب ދެއްވުމުގެގޮތުން تفصيل ކުރެވިގެންވެއެވެ. މިފޮތް ބާވައިލެއްވިގެންވަނީ حكمة ވަންތަ އަދި خبر ތައް ދެނެވޮޑިގެންވާ ކަލާނގެ حضرة ންނެވެ.
أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَۚ إِنَّنِي لَكُم مِّنۡهُ نَذِيرٞ وَبَشِيرٞ
Open ayah 11:2(އަދި رسول ﷲ ﷺ حديث ކުރެއްވިއެވެ.) (އެފޮތުގެ حكم ތައް تفصيل ވެގެންވަނީ) ކަލޭމެން ﷲ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށް އެންގެވުމަށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ އެކަލާނގެ حضرة ން ކަލޭމެންގެ ގާތަށް ފޮނުއްވިގެންވާ نَذِيْر އެއްކަމާއި އަދި بَشِيْر އެއްކަންވެސް އެންގެވުމަށެވެ. (އެބަހީ: ނުކިޔަމަންތެރިންނަށް عذاب ހުރިކަމުގެ ބިރުވެރި خبر ދެއްވާ އަދި ކިޔަމަންތެރިންނަށް ދަރުމަޔާއި ثواب ހުރިކަމުގެ އުފާވެރި خبر ދެއްވާ ބޭކަލަކުކަންވެސް އެންގެވުމަށާއިވެސް އެކުގައެވެ.)
وَأَنِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُمَتِّعۡكُم مَّتَٰعًا حَسَنًا إِلَىٰٓ أَجَلٖ مُّسَمّٗى وَيُؤۡتِ كُلَّ ذِي فَضۡلٖ فَضۡلَهُۥۖ وَإِن تَوَلَّوۡاْ فَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ كَبِيرٍ
Open ayah 11:3އަދި ކަލޭމެން ކަލޭމެންގެ رَبّ ގެ حضرة ގައި ފާފަފުއްސެވުމަށް އެދި دعاء ކުރުމަށް އެންގެވުށާއި ދެން އެކަލާނގެ حضرة އަށް رجوع ވެ توبة ވުމަށްވެސް އެންގެވުމަށެވެ. އޭރުން އެކަލާނގެ ކަލޭމެނަށް ކަނޑައެޅިގެންވާ مدّت އަކަށް ކަލޭމެންނަށް އަރާމުކޮޅެއް ދެއްވާނެއެވެ. (އެއީ މަރުވަންދެން ދުނިޔޭގެ ތަކެތީގައި ބޭނުންކޮށް އުޅުމުގެ فرصة ދެއްވުމެވެ.) އަދި ކޮންމެ ހެޔޮކަމެއްގެ ވެރިއަކަށް އޭނާ އެކުރި ހެޔޮކަމަށް އެކަލާނގެ ދަރުމަޔާއި ثواب ދެއްވާނެތެވެ. (އެއީ قيامة ދުވަހުންނެވެ.) އަދި އެމީހުން ކިޔަމަންނުވެ ފުރަގަސްދީފިއްޔާ ކަލޭގެފާނު ވިދާޅުވާށެވެ. (އޭ މީސްތަކުންނޭވެ!) ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަލޭމެންގެ މައްޗަށް އަތުވެދާނޭ ކަމަށް ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ.
إِلَى ٱللَّهِ مَرۡجِعُكُمۡۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ
Open ayah 11:4ކަލޭމެން އެނބުރިދިއުން، އަދި އެނބުރި ދާތަންވަނީ ހަމަ ﷲ ގެ حضرة ގައެވެ. އަދި ކޮންމެކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
أَلَآ إِنَّهُمۡ يَثۡنُونَ صُدُورَهُمۡ لِيَسۡتَخۡفُواْ مِنۡهُۚ أَلَا حِينَ يَسۡتَغۡشُونَ ثِيَابَهُمۡ يَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ
Open ayah 11:5ދަންނާށެވެ! ހަމަކަށަވަރުން އެމީހުން (يعني: مُنافق ންކުރެ ބައެއްމީހުން) އެކަލާނގެއަށް ނިވައިވާންވެގެން، ވަންހަނާވާންވެގެން އެމީހުންގެ މެއިތައް ގުދުކުރެއެވެ. (އެބަހީ: رسول ﷲ ﷺ އެމީހުން ކައިރިން ވަޑައިގަންނަވަންޏާ އެމީހުން މޫނު ނިވައިކޮށް ގުދުވެ ބޮނދައިގެން ތިބެއެވެ. އެމީހުން އެހެން އެހަދަނީ އެކަލޭގެފާނަށް ނުވަތަ ﷲ އަށް ނިވައިވާންކަމަށެވެ.) ދަންނާށެވެ! އެމީހުން އެމީހުންގެ ފޭރާމުން ނިވައިކުރަމުންދާއިރު އެމީހުން ސިއްރުކުރާކަންތަކާއި އަދި އެމީހުން ފައުޅުކުރާކަންތައްވެސް ﷲ ދެނެވޮޑިގެންވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކުގައިވާހާ ތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. (މިހެންވީއިރު ދެން އެކަލާނގެއަށް ނުފެންނާން ބޮނދައި އަދި ފިލަންވީ ކީއްވެހެއްޔެވެ؟)
۞وَمَا مِن دَآبَّةٖ فِي ٱلۡأَرۡضِ إِلَّا عَلَى ٱللَّهِ رِزۡقُهَا وَيَعۡلَمُ مُسۡتَقَرَّهَا وَمُسۡتَوۡدَعَهَاۚ كُلّٞ فِي كِتَٰبٖ مُّبِينٖ
Open ayah 11:6އަދި ބިންމަތީ حركاة ކުރާ އެއްވެސް ދިރޭއެއްޗެއް އެއެއްޗެއްގެ ރިޒުޤު ﷲ حوال ވެގެންވާ މެނުވީ ނުވެއެވެ. (އެބަހީ: ކޮންމެއެއްޗަކަށް ރިޒުޤު ދެއްވުންވަނީ ﷲ އަށް ކަނޑައެޅިފައެވެ. އެއީ އެކަލާނގެ ހިންގަވާނޭ ކަމެކެވެ. އަދި އެ ކޮންމެދިރޭއެއްޗެއް އުޅޭނެތަނަކާއި އެއެއްޗެއް މަރުވުމަށްފަހު ވާނެތަނަކާއި މިކަންކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެއެއްޗަކާއިބެހޭ ހުރިހާކަމެއް، ހުރިހާ معلومات އެއް (އެއެއްޗެއް ހެއްދެވުމުގެ ކުރިން) ފޮތެއްގައި ލިޔެވި ބަޔާންވެގެންވެއެވެ. (ކަނޑުގެ ދިރޭ ތަކެތިވެސް ވަނީ މީގެ ތެރެއިންނެވެ.)
وَهُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ وَكَانَ عَرۡشُهُۥ عَلَى ٱلۡمَآءِ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۗ وَلَئِن قُلۡتَ إِنَّكُم مَّبۡعُوثُونَ مِنۢ بَعۡدِ ٱلۡمَوۡتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ
Open ayah 11:7އަދި އެކަލާނގެ އެއީ ހަދުވަހެއްގެތެރޭގައި އުޑުތަކާއި ބިންހެއްދެވި ކަލާނގެއެވެ. އަދި (އެތަކެތި ހެއްދެވުމުގެކުރިން) އެކަލާނގެ عرش ފުޅުވަނީ ފެނުގެމަތީގައެވެ. (އެކަލާނގެ އުޑުތަކާއި ބިމާއި އެދެމެދުގައިވާހާ ތަކެތި ހެއްދެވީ) ކަލޭމެންކުރެ عمل ކުރުމުގެގޮތުން އެންމެރަނގަޅުމީހާ އެކަލާނގެ ދެނެވޮޑިގެންވާކަން ކަލޭމެން إمتحان ކުރައްވައި ދެއްކެވުމަށެވެ. އަދި (އޭرسول ﷲ އެވެ.) މަރުވުމަށްފަހު ކަލޭމެންނަކީ އަލުން ދިރިގެން ފޮނުއްވޭނޭ ބަޔެކޭ އެމީހުންނާ ދިމާއަށް ކަލޭގެފާނު ވިދާޅުވެއްޖެއްޔާ ކާފަރުވީމީހުން ހަމަކަށަވަރުން ބުނާނެއެވެ. އެކަލޭގެފާނު އެދައްކަވާ ވާހަކަ ހަމަ سِحْر އެއްކަމުގައި މެނުވީ ނުވެއެވެ.
وَلَئِنۡ أَخَّرۡنَا عَنۡهُمُ ٱلۡعَذَابَ إِلَىٰٓ أُمَّةٖ مَّعۡدُودَةٖ لَّيَقُولُنَّ مَا يَحۡبِسُهُۥٓۗ أَلَا يَوۡمَ يَأۡتِيهِمۡ لَيۡسَ مَصۡرُوفًا عَنۡهُمۡ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ
Open ayah 11:8އަދި ކަނޑައެޅި بيان ވެގެންވާ ވަކި مدّت އަކަށް ތިމަންރަސްކަލާނގެ އެމީހުންގެކިބައިން عذاب ލަސްކުރައްވައިފިއްޔާވެސް ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެ عذاب ލަސްވީ ކީއްވެހެއްޔެވެ. عذاب ލަސްކުރީ ކޮންކަމެއްހެއްޔެވެ؟ ދަންނާށެވެ! އެ عذاب އެމީހުންނަށް އަންނަދުވަހުން އެ عذاب އެމީހުނަށް އަޔަނުދީ އަނބުރައިލާނެ އެކަކުވެސް އެއިން دفاع ކޮށްދޭނެ އެކަކުވެސް ނުހުންނާނެއެވެ. އަދި އެމީހުން އެއެއްޗަކާމެދު މަލާމާތްކޮށް ހެދިއެތި (އެ عذاب) އެމީހުން ލާވަށައިލާނެއެވެ.
وَلَئِنۡ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ ثُمَّ نَزَعۡنَٰهَا مِنۡهُ إِنَّهُۥ لَيَـُٔوسٞ كَفُورٞ
Open ayah 11:9އަދި ތިމަންރަސްކަލާނގެ حضرة ން އިންސާނާއަށް رحمة އެއްގެރަހަ ދައްކައިފިއްޔާ. (ރިޒުޤުގެ ތަނަވަސްކަމާއި ދުނިޔޭގެ ފަސޭހަކަން ދެއްވައިފިއްޔާ) އޭނާ ވަރަށް ހިތްހަމަޖެހި މަޖާވާނެއެވެ. ދެން ތިމަންރަސްކަލާނގެ އޭނާގެ ކިބައިން އެކަން ނިގުޅައިގެންފިއްޔާ އޭނާ އަތުން އެ رحمة ނަންގަވައިފިއްޔާ ހަމަކަށަވަރުން އޭނާ މުޅިން مايوس ވެދެއެވެ. އަދި ކާފަރުވުން ބޮޑުމީހަކުކަމުގައިވެއެވެ. ﷲ ގެ نعمة އަށް نَاشكرى ވެދެއެވެ.
وَلَئِنۡ أَذَقۡنَٰهُ نَعۡمَآءَ بَعۡدَ ضَرَّآءَ مَسَّتۡهُ لَيَقُولَنَّ ذَهَبَ ٱلسَّيِّـَٔاتُ عَنِّيٓۚ إِنَّهُۥ لَفَرِحٞ فَخُورٌ
Open ayah 11:10އަދި އޭނާޔަށް ދިމާވި އުދަނގުލާއި ދައްޗަށްފަހު ތިމަންރަސްކަލާނގެ އޭނާއަށް نعمة ގެރަހަ (ދުނިޔޭގެ ދިރިއުޅުމުގެ ފަސޭހަކަން) ދައްކަވައިފިއްޔާ ހަމަކަށަވަރުން އޭނާ ބުނާނެއެވެ. އަހުރެންގެ ކިބައިން ނުބައިތައް ފިލައިގެންދިޔައީއެވެ. ހަމަކަށަވަރުން އޭނާވާނީ އުފާވެ فخر ވެރިވެގެންނެވެ. (އޭނާ ބޮޑާވެ މަތިހަށިނަގާނެއެވެ. ﷲ އަށް شكر ކުރާކަށް ހަނދާނެއް ނުވާނެއެވެ.
إِلَّا ٱلَّذِينَ صَبَرُواْ وَعَمِلُواْ ٱلصَّٰلِحَٰتِ أُوْلَٰٓئِكَ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٞ
Open ayah 11:11ކެތްތެރިވެގެން صالح عمل ކުރިމީހުންމެނުވީއެވެ. އެމީހުންނަށް ހުރީ ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމައެވެ.
فَلَعَلَّكَ تَارِكُۢ بَعۡضَ مَا يُوحَىٰٓ إِلَيۡكَ وَضَآئِقُۢ بِهِۦ صَدۡرُكَ أَن يَقُولُواْ لَوۡلَآ أُنزِلَ عَلَيۡهِ كَنزٌ أَوۡ جَآءَ مَعَهُۥ مَلَكٌۚ إِنَّمَآ أَنتَ نَذِيرٞۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ وَكِيلٌ
Open ayah 11:12(އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ބާވައިލެއްވޭ وحي ގެ ބައެއް ކަލޭގެފާނު ދޫކުރައްވާކަހަލައެވެ. އަދި އެ وحي އާއިމެދު ކަލޭގެފާނުގެ ހިތްޕުޅު ދަތިވެގެންވާކަހަލައެވެ. އެއީ އެމީހުން މިހެން ބުނާތީއެވެ. އެމީހުން ބުނެއެވެ. އެކަލޭގެފާނަށް خزانة އެއް ބާވައިނުލެއްވުނީ ކީއްވެގެންހެއްޔެވެ؟ ނުވަތަ އެކަލޭގެފާނާއިއެކު ملائكة ން ނުވަނީ ކީއްވެގެންހެއްޔެވެ؟ (އޭގެ جواب ގައި ﷲ އެކަލޭގެފާނަށް وحي ކުރެއްވިއެވެ.) ހަމަކަށަވަރުން ކަލޭގެފާނީ نذير އެކެވެ. ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލެކެވެ. އަދި ﷲ ކޮންމެކަމެއް قائم ކުރައްވާ تدبير ކުރައްވައެވެ.
أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ فَأۡتُواْ بِعَشۡرِ سُوَرٖ مِّثۡلِهِۦ مُفۡتَرَيَٰتٖ وَٱدۡعُواْ مَنِ ٱسۡتَطَعۡتُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ
Open ayah 11:13އަދި ކިއެއްހެއްޔެވެ! އެމީހުން ބުނަނީއެވެ. އެކަލޭގެފާނު އަމިއްލަފުޅަށް قرآن އުފެއްދީއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވެއްޖެއްޔާ ހެދެވިގެންވާ ދިހަސޫރަތް ކަލޭމެން ނިކަން ގެނަސްބަލާށެވެ! އަދި ﷲ ފިޔަވައި (އެކަމުގައި އެހީވާން) ކަލޭމެނަށް ކުޅަދާނަވީހާބަޔަކަށް ގޮވާށެވެ! ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން މިހެން ހަދައިބަލާށެވެ! ނުހެދޭނެއެވެ!
فَإِلَّمۡ يَسۡتَجِيبُواْ لَكُمۡ فَٱعۡلَمُوٓاْ أَنَّمَآ أُنزِلَ بِعِلۡمِ ٱللَّهِ وَأَن لَّآ إِلَٰهَ إِلَّا هُوَۖ فَهَلۡ أَنتُم مُّسۡلِمُونَ
Open ayah 11:14ފަހެ އެމީހުން ކަލޭމެނަށް އިޖާބަނުދީފިއްޔާ ދެންދެނެވަޑައިގަ ންނަވާށެވެ! ހަމަކަށަވަރުން އެބާވައިލެއްވިފައި އެވަނީ (އެބަހީ: قرآن ބާވައިލެއްވިފައިއެވަނީ) ﷲ ގެ ދެނެވޮޑިގަތުމުން އެކަލާނގެ إذن ފުޅަށެވެ. (އަދި ކަލޭމެން ދަންނާށެވެ!) ހަމަކަށަވަރުން ﷲ މެނުވީ حقُّ إله އަކު ނުވެއެވެ. ކަލޭމެން ފަހެ ކިޔަމަންވެ ބޯލަނބާނަންހެއްޔެވެ؟
مَن كَانَ يُرِيدُ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا نُوَفِّ إِلَيۡهِمۡ أَعۡمَٰلَهُمۡ فِيهَا وَهُمۡ فِيهَا لَا يُبۡخَسُونَ
Open ayah 11:15ހަމައެކަނި ދުނިޔޭގެ حياة އާއި އެތާނގެ ޒީނަތްތެރިކަން އެދޭމީހާއަށް ތިމަންރަސްކަލާނގެ އެމީހާ އެދުނިޔޭގައި ކުރާ عمل އަށް އެދުނިޔޭގައި ބަރާބަރަށް جزاء ދެއްވައި ހަމަ ކޮށްދޭހުށީމެވެ. އަދި އެމީހުން އެތާ އެކުރި އެއްވެސް عمل އެއްގެ އެއްވެސް މިންވަރެއް މަދުނުކުރެވޭހުއްޓެވެ.
أُوْلَٰٓئِكَ ٱلَّذِينَ لَيۡسَ لَهُمۡ فِي ٱلۡأٓخِرَةِ إِلَّا ٱلنَّارُۖ وَحَبِطَ مَا صَنَعُواْ فِيهَا وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ
Open ayah 11:16އެމީހުންނަކީ آخرة ދުވަހުން އެމީހުނަށް ނަރަކަނޫނީ ނެތްބައެކެވެ. އެބަހީ: އެމީހުންނަށް އެދުވަހުން ހުންނަހުށީ ހަމައެކަނި ނަރަކައެވެ. އެމީހުން އެދުނިޔޭގައި ކުރި عمل ގެ ދަރުމަޔާ ثواب ނެތިވެ باطل ވެގެން ދިޔައީއެވެ. (އެހެންވާންޖެހުނީ އެމީހުން ދުނިޔޭގައި عمل ކުރީ ﷲ ގެ وجه ފުޅު އެދިގެންކަމުގައި ނުވުމެވެ. آخرة ގެ ދަރުމަޔާ ثواب ނުއެދުމުގެ ސަބަބުންނެވެ. ހަމައެކަނި ދުނިޔެއެދުމުގެ ސަބަބުންނެވެ.)
أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ وَيَتۡلُوهُ شَاهِدٞ مِّنۡهُ وَمِن قَبۡلِهِۦ كِتَٰبُ مُوسَىٰٓ إِمَامٗا وَرَحۡمَةًۚ أُوْلَٰٓئِكَ يُؤۡمِنُونَ بِهِۦۚ وَمَن يَكۡفُرۡ بِهِۦ مِنَ ٱلۡأَحۡزَابِ فَٱلنَّارُ مَوۡعِدُهُۥۚ فَلَا تَكُ فِي مِرۡيَةٖ مِّنۡهُۚ إِنَّهُ ٱلۡحَقُّ مِن رَّبِّكَ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ
Open ayah 11:17އަޅެފަހެ އެމީހާގެ رَبّ ގެ حضرة ން ބަޔާންވެގެންވާ دليل އެއްގެމަތީގައިވާމީހާފަދަހެއްޔެވެ؟ (އެބަހީ: މިފަދަމީހާއާއި ހަމައެކަނި ދުނިޔޭގެ ދިރިއުޅުމާއި އެތާނގެ ޒީނަތް އެދިގެން މަސައްކަތްކުރިމީހާޔާ ދެމީހުން ހަމައެއްވަރުހެއްޔެވެ؟ އެއްވަރުނުވާނެކަން ކަށަވަރެވެ.) ދެންފަހެ އެމީހާގެ رَبُّ ގެ حضرة ން ބަޔާންވެގެންވާ دليل ގެމަތީގައިވާ މީހަކީ محمّد ﷺ އެވެ. އަދި އެބަޔާންވެގެންވާ دليل ކިޔަވާ ވިދާޅުވެދެއްވުމަށް އެކަލާނގެ حضرة ންވާ شَاهد އަކު ވެއެވެ. ހެކިވެރިއަކުވެއެވެ. (އެއީ جبريل عليه السّلام އެވެ.) އަދި އޭގެކުރީގައި موسى عليه السّلام އަށް ބާވައިލެއްވި ފޮތްވެއެވެ. އެފޮތްވެސް جبريل عليه السّلام ކިޔަވާ ވިދާޅުދެއްވިއެވެ. އެފޮތް ބާވައިލައްވާފައިވަނީ އޭރުތިބި މީހުންނަށްވާ إمام އެއްކަމުގައްޔާއި رحمة އެއްކަމުގައެވެ. އަދި އެމީހުން އެފޮތަށް إيمان ވެއެވެ. (އެބަހީ: އޭރުތިބި بني إسرائيل ން އެފޮތަށް އީމާންވެއެވެ. އެފޮތުގައި މި ނަބިއްޔާގެ ސިފަފުޅު ބަޔާންވެގެންވެއެވެ. އަދި އެ قرآن އަށް ނުވަތަ محمّد ﷺ އަށް كافِرُ ވެއްޖެއްޔާ ފަހެ އެމީހާގެ ޖާގައަކީ قيامة ދުވަހުން ނަރަކައެވެ. (އޭ رسول ﷲ އެވެ!) ފަހެ ކަލޭގެފާނު އެ قرآن އާމެދު ޝައްކެއްގައިވާމީހަކުކަމުގައި ވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން އެ قرآن އަކީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ حقّ އެވެ. އަދި އެހެންނަމަވެސް ގިނަމީހުން އީމާން ނުވެއެވެ. ތެދުނުކުރެއެވެ. (މިއާޔަތުގެ މާނަ ގިނަގޮތްގޮތަށް ލިޔެވިގެންވެއެވެ. މިއީ އޭގެއެއްގޮތެވެ.)
وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًاۚ أُوْلَٰٓئِكَ يُعۡرَضُونَ عَلَىٰ رَبِّهِمۡ وَيَقُولُ ٱلۡأَشۡهَٰدُ هَٰٓؤُلَآءِ ٱلَّذِينَ كَذَبُواْ عَلَىٰ رَبِّهِمۡۚ أَلَا لَعۡنَةُ ٱللَّهِ عَلَى ٱلظَّٰلِمِينَ
Open ayah 11:18އަދި ﷲ ގެމައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ވަކިން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ (އެބަހީ: އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ.) އެފަދަމީހުން قيامة ދުވަހުން ﷲ تعالى ގެ حضرة އަށް ހުށައެޅޭނެއެވެ. އެމީހުންގެ رَبُّ ގެ حضرة އަށް ހުށައެޅޭނެއެވެ. އަދި ހެކިދެއްވާ ބޭކަލުން (ملائكة ބޭކަލުން ނުވަތަ رسول ބޭކަލުން) ވިދާޅުވާނެއެވެ. މިމީހުންނަކީ އެމީހުންގެ رَبُّ ގެ މައްޗަށް ދޮގުހެދިމީހުންނެވެ. (މިއީ އަނިޔާވެރިންނެވެ.) ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް ﷲ ގެ لعنة ހުއްޓެވެ.
ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجٗا وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ
Open ayah 11:19އެމީހުންނަކީ ﷲ ގެ މަގު ހިފަހައްޓާ ބަންދުކުރިމީހުންނެވެ. އަދި އެމަގު ގުދުކޮށް ބަޅުކުރަން އެދޭމީހުންނެވެ. އަދި ކަނޑައެޅިގެން އެމީހުންވަނީ آخرة އަށް ކާފަރުވެގެންނެވެ.
أُوْلَٰٓئِكَ لَمۡ يَكُونُواْ مُعۡجِزِينَ فِي ٱلۡأَرۡضِ وَمَا كَانَ لَهُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَۘ يُضَٰعَفُ لَهُمُ ٱلۡعَذَابُۚ مَا كَانُواْ يَسۡتَطِيعُونَ ٱلسَّمۡعَ وَمَا كَانُواْ يُبۡصِرُونَ
Open ayah 11:20އެމީހުން (ދަންނައެވެ!) އެމީހުންނަށް ބިންމަތީގައި (ﷲ) ނުކުޅައްދައި ނުލެވޭނެއެވެ. އަދި ﷲ ފިޔަވައި (قيامة ދުވަހުން) އެމީހުންނަށް އެއްވެސް ސަހަރޯވެރިޔަކު ނުވާނެއެވެ. އެމީހުންނަށް عذاب ޑަބަލްކުރެވޭނެއެވެ. އަދި އެމީހުންނަކީ حقّ ބަހެއް އިވުމަށް ކުޅަދާނަވެގެންވާބަޔަކު ކަމުގައި ނުވެއެވެ. އަދި حقّ އެއްޗެއް ފެންނާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.
أُوْلَٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ
Open ayah 11:21އެމީހުންނަކީ އެމީހުންގެ نفس ތައް ނަގައިލިމީހުންނެވެ. ގެއްލުވައިލި މީހުންނެވެ. އަދި އެމީހުން ދޮގުހަދާ ކަމުގައިވީތަކެތި (ބުދުތައް) އެމީހުންގެ ކިބައިން ގެއްލިގެންދާނެއެވެ.
لَا جَرَمَ أَنَّهُمۡ فِي ٱلۡأٓخِرَةِ هُمُ ٱلۡأَخۡسَرُونَ
Open ayah 11:22ހަމަކަށަވަރުން އެމީހުންނަކީ آخرة ގައި އެންމެބޮޑަށް ގެއްލިހަލާކުވި މީހުންކަމުގައިވުމީ عجائب އެއްނޫނެވެ. އެއީ ހަމަ حقّ ކަމެކެވެ.
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَأَخۡبَتُوٓاْ إِلَىٰ رَبِّهِمۡ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ
Open ayah 11:23(އެމީހުންގެތެރެއިންވެސް) އީމާންވެގެން صالح عمل ކޮށް އަދި އެމީހުންގެ رَبّ އަށް توبة ވެ ބިރުވެތިވީމީހުން މެނުވީއެވެ. އެމީހުން އެއީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން ހަމަ އެތާ ދެމިތިބޭނެއެވެ.
۞مَثَلُ ٱلۡفَرِيقَيۡنِ كَٱلۡأَعۡمَىٰ وَٱلۡأَصَمِّ وَٱلۡبَصِيرِ وَٱلسَّمِيعِۚ هَلۡ يَسۡتَوِيَانِ مَثَلًاۚ أَفَلَا تَذَكَّرُونَ
Open ayah 11:24ދެބައިގަނޑުގެ މިސާލަކީ - އެބަހީ: ކާފަރުބައިގަނޑާއި مؤمن ންނާއި ދެބައިމީހުންގެ މިސާލަކީ، ކަނު އަދި ބީރުމީހަކާއި ލޮލަށް ފެންނަ އަދި ކަންފަތަށް އިވޭ މީހަކާ ދެމީހުންގެ މިސާލެވެ. މިދެމީހުން ފަހެ މިސާލުގެގޮތުން ހަމަހަމަވާނެ ހެއްޔެވެ؟ (ހަމަހަމަ ނުވާނެކަން ކަށަވަރެވެ.) ކަލޭމެން ފަހެ نصيحة ލިބިނުގަންނާނޭހެއްޔެވެ.
وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦٓ إِنِّي لَكُمۡ نَذِيرٞ مُّبِينٌ
Open ayah 11:25އަދި ހަމަކަށަވަރުން نُوح (عليه السّلام) رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނުންގެ قوم އަށް ފޮނުއްވީމެވެ. (އެކަލޭގެފާނު قوم އަށް ވިދާޅުވިއެވެ.) ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެނަށްވާ نذير އަކީމެވެ. (ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކީމެވެ.)
أَن لَّا تَعۡبُدُوٓاْ إِلَّا ٱللَّهَۖ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ أَلِيمٖ
Open ayah 11:26އެއީ ﷲ ނޫން ފަރާތަކަށް ކަލޭމެން އަޅުކަން ނުކުރާށޭ (މިފަދައިން އެންގެވުމަށެވެ.) ހަމަކަށަވަރުން ވޭންދެނިވި عذاب އެއް ކަލޭމެންގެ މައްޗަށް އަތުވެދާނޭ ދުވަހަކަށް ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ. ﷲ ނޫން ފަރާތަކަށް އަޅުކަންކޮށްފިއްޔާ މިބުނާ عذاب حقّ ވާނެއެވެ.
فَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ مَا نَرَىٰكَ إِلَّا بَشَرٗا مِّثۡلَنَا وَمَا نَرَىٰكَ ٱتَّبَعَكَ إِلَّا ٱلَّذِينَ هُمۡ أَرَاذِلُنَا بَادِيَ ٱلرَّأۡيِ وَمَا نَرَىٰ لَكُمۡ عَلَيۡنَا مِن فَضۡلِۭ بَلۡ نَظُنُّكُمۡ كَٰذِبِينَ
Open ayah 11:27ފަހެ އެކަލޭގެފާނުންގެ قوم ގެ ބޮޑުންކުރެ ބޮޑެތި ކާފަރުން ބުންޏެވެ. (އޭ نوح އެވެ!) ކަލޭގެފާނީ ހަމަ އަހުރެމެންކަހަލަ آدم ގެ ދަރިއަކުކަމުގައިމެނުވީ އަހުރެމެން ނުދެކެމުއެވެ. އަދި ކަލޭގެފާނަށް تبع ވާ މީހުންނަކީ އަހުރެމެންގެ ތެރޭގައިވާ އެންމެ ދަށް ދެރަ އަދި ބުއްދިޔާ رَأيُ ގެގޮތުން ހަރުދަނާކަމެއް ނެތް ބަޔަކުކަމުގައިމެނުވީ އަހުރެމެން ނުދެކެމުއެވެ. އަދި އަހުރެމެންގެމައްޗަށް ކަލޭގެފާނުންގެ ކިބައިގައި އިތުރު މާތްކަމެއްވާކަމަކަށް އަހުރެމެން ނުދެކެމެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނާމެދު އަހުރެމެންނަށް ހީވަނީ ކަލޭމެންނަކީ ދޮގުވެރިންކަމުގައެވެ.
قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَءَاتَىٰنِي رَحۡمَةٗ مِّنۡ عِندِهِۦ فَعُمِّيَتۡ عَلَيۡكُمۡ أَنُلۡزِمُكُمُوهَا وَأَنتُمۡ لَهَا كَٰرِهُونَ
Open ayah 11:28އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ނިކަން خبر ދީބަލާށެވެ! ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ން علم އާއި مَعْرِفَة ވެރިކަމެއްގެ މަތީގައިވެފައި އަދި ތިމަންކަލޭގެފާނަށް އެކަލާނގެ حضرة ން رحمة އެއް އައިސްފައި يعني: نبي ކަމާއި رسول ކަން އައިސްފައި އަދި އެ رحمة ކަލޭމެންގެމައްޗަށް އަނދިރިވެ ވަންހަނާވެފައިވުމާއި އެކު ކަލޭމެން އެކަމަށް ނުރުހިތިބޭ حال ތިމަންކަލޭގެފާނު ކަލޭމެންގެ މައްޗަށް އެކަން لاَزِمُ ކުރަންވީހެއްޔެވެ؟ (އެކަން އެހެން ނުވާނެއެވެ. އަދި ކިއެއްހެއްޔެވެ؟ ﷲ ނިޔާކުރައްވަންދެން ކަލޭމެންގެ ކަންތައް ﷲ އާއި وكيل ކުރަމެވެ.)
وَيَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ مَالًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۚ وَمَآ أَنَا۠ بِطَارِدِ ٱلَّذِينَ ءَامَنُوٓاْۚ إِنَّهُم مُّلَٰقُواْ رَبِّهِمۡ وَلَٰكِنِّيٓ أَرَىٰكُمۡ قَوۡمٗا تَجۡهَلُونَ
Open ayah 11:29އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ތިމަންކަލޭގެފާނު رسول ކަން ކަލޭމެނަށް އިއްވެވުމުގެ މައްޗަށް އެއްވެސް މުދަލެއް (أجُور އެއް) ކަލޭމެންގެ ކިބައިން ނޭދެމެވެ. ތިމަންކަލޭގެފާނުންގެ އުޖޫރަ ވާކަން ކަށަވަރީ ﷲ ގެ حضرة ގައެވެ. އަދި ތިމަންކަލޭގެފާނީ އީމާންވެގެންތިބި މީހުން ދުރުކޮށް ފައްސައިލާނޭ މީހަކީމެއްނޫނެވެ. އެމީހުންނީ އެމީހުންގެ ربّ އާއި ބައްދަލުކުރާނޭ ބައެކެވެ. އަދި ކިއެއްހެއްޔެވެ؟ އެހެނެއްކަމަކު ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަނީ ކަލޭމެންނީ ހަމަ جاهل ނުދަންނަ ބަޔަކުކަމުގައެވެ.
وَيَٰقَوۡمِ مَن يَنصُرُنِي مِنَ ٱللَّهِ إِن طَرَدتُّهُمۡۚ أَفَلَا تَذَكَّرُونَ
Open ayah 11:30އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ތިމަންކަލޭގެފާނު އެމީހުން يعني: إيمان ވީމީހުން ފައްސާ ދުރުކޮށްގެން ﷲ ގެ حضرة ން عقوبة އެއް އަތުވެއްޖެއްޔާ ދެން ތިމަންކަލޭގެފާނަށް نصر ދީ ވާގިދޭނީ ކާކުހެއްޔެވެ؟ ކަލޭމެން ފަހެ އެއްޗެއް ވިސްނާ نصيحة ލިބިނުގަންނާނެހެއްޔެވެ؟
وَلَآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ وَلَآ أَقُولُ إِنِّي مَلَكٞ وَلَآ أَقُولُ لِلَّذِينَ تَزۡدَرِيٓ أَعۡيُنُكُمۡ لَن يُؤۡتِيَهُمُ ٱللَّهُ خَيۡرًاۖ ٱللَّهُ أَعۡلَمُ بِمَا فِيٓ أَنفُسِهِمۡ إِنِّيٓ إِذٗا لَّمِنَ ٱلظَّٰلِمِينَ
Open ayah 11:31އަދި ތިމަންކަލޭގެފާނުގެ އަތުގައި ﷲ ގެ خزانة ވެޔެކޭވެސް ކަލޭމެންގާތު ތިމަންކަލޭގެފާނު ވިދާޅުނުވާނަމެވެ. އަދި ތިމަންކަލޭގެފާނަށް غيب ނޭނގެއެވެ. އަދި ތިމަންކަލޭގެފާނީ ހަމަކަށަވަރުން މަލާއިކަތެކޭވެސް ވިދާޅެއްނުވާނަމެވެ. އަދި ކަލޭމެންގެ ލޯތަކަށް އެމީހުންނަކީ މާދަށް ދެރަބަޔަކުކަމުގައި ދެކޭމީހުންނަށް - އެބަހީ: إيمان ވީމީހުންނަށް - ﷲ އެއްވެސް ހެޔޮކަމެއް ނުދެއްވާނެއެކޭވެސް ތިމަންކަލޭގެފާނު ވިދާޅެއް ނުވާނަމެވެ. އެމީހުންގެ نفس ތަކުގައިވާކަމެއް ދެނެވޮޑިގަތުންބޮޑީ ހަމަ ﷲ އެވެ. އެހެން ހަދައިފިއްޔާ (އެބަހީ: އީމާންވީ މީހުން ދުރުކޮށް ފައްސައިލައިފިއްޔާ އަދި އެމީހުންނަށް އެއްވެސް ހެޔޮކަމެއް ނުދެއްވާނޭ ބުނެފިއްޔާ) ހަމަކަށަވަރުން ތިމަންކަލޭގެފާނުވާހުށީ އަނިޔާވެރިންގެތެރެއިންކަންކަށަވަރެވެ.
قَالُواْ يَٰنُوحُ قَدۡ جَٰدَلۡتَنَا فَأَكۡثَرۡتَ جِدَٰلَنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّٰدِقِينَ
Open ayah 11:32އެމީހުން ދެންނެވިއެވެ. އޭ نوح އެވެ! ކަލޭގެފާނު އަހުރެމެންނާ جدل ކުރައްވައިފީމުއެވެ. އަދި جدل ވަރަށްގިނަވެސް ކުރައްވައިފީމުއެވެ. ދެން އެހެންވީއިރު އަހުރެމެންގެމައްޗަށް އަންނާނެކަމަށް ތިޔަވިދާޅުވާ އަދި وعد ކުރައްވާ އެތި يعني: عذاب އަހުރެމެންގެމައްޗަށް ގެނަސްދެއްވާށެވެ! ކަލޭގެފާނީ ތެދުވެރިޔަކު ކަމުގައިވަންޏާއެވެ.
قَالَ إِنَّمَا يَأۡتِيكُم بِهِ ٱللَّهُ إِن شَآءَ وَمَآ أَنتُم بِمُعۡجِزِينَ
Open ayah 11:33އެކަލޭގެފާނު ވިދާޅުވިއެވެ. އެ عذاب ކަލޭމެންނަށް ގެންނަވާނެކަންކަށަވަރީ ހަމަ ﷲ އެވެ. އެކަލާނގެ އެދިވޮޑިގެންނެވިއްޔާއެވެ. އަދި ކަލޭމެންނަކީ ދެން އޭރުން އެ عذاب دفاع ކޮށް އެކަލާނގެ ނުކުޅައްދައިލެވޭނެ ބަޔަކުނޫނެވެ.
وَلَا يَنفَعُكُمۡ نُصۡحِيٓ إِنۡ أَرَدتُّ أَنۡ أَنصَحَ لَكُمۡ إِن كَانَ ٱللَّهُ يُرِيدُ أَن يُغۡوِيَكُمۡۚ هُوَ رَبُّكُمۡ وَإِلَيۡهِ تُرۡجَعُونَ
Open ayah 11:34އަދި ތިމަންކަލޭގެފާނު ކަލޭމެނަށް نصيحة ދޭން قصد ކުރިނަމަވެސް ﷲ ކަލޭމެން ތެދުމަގުން އެއްފަރާތްކޮށްލާ މަގުފުރައްދައިލުމަށް އެދިވޮޑިގަންނަވަންޏާ ތިމަންކަލޭގެފާނުންގެ نصيحة ން ކަލޭމެނަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެކަލާނގެ އެއީ ހަމަކަލޭމެންގެ ربّ އެވެ. އަދި ކަލޭމެން رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ إِنِ ٱفۡتَرَيۡتُهُۥ فَعَلَيَّ إِجۡرَامِي وَأَنَا۠ بَرِيٓءٞ مِّمَّا تُجۡرِمُونَ
Open ayah 11:35(ﷲ ވަޙީ ކުރެއްވިއެވެ.) ނުވަތަ އެމީހުން يعني: مكّة ގެ مشرك ން އެބުނަނީ އެކަލޭގެފާނު يعني: محمّد ގެފާނު نوح ގެފާނުންގެ ވާހަކަ އޭގައި އެކުލެވިގެން އެވާ އެ قرآن އާއި نُوح (عليه السّلام) ގެވާހަކަ އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވިކަމަށްހެއްޔެވެ؟ (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހަދައި އެފޮތް ﷲ އަށް نسبة ކުރާނަމަ އެކަމުގެ ކުށް އަދި ފާފަ އޮންނާނީ ހަމަ ތިމަންކަލޭގެފާނަށެވެ. އަދި ކަލޭމެން ކުރާ ފާފައިން ތިމަންކަލޭގެފާނު ބަރީއަވެގެންވެއެވެ.
وَأُوحِيَ إِلَىٰ نُوحٍ أَنَّهُۥ لَن يُؤۡمِنَ مِن قَوۡمِكَ إِلَّا مَن قَدۡ ءَامَنَ فَلَا تَبۡتَئِسۡ بِمَا كَانُواْ يَفۡعَلُونَ
Open ayah 11:36އަދި نوح (عليه السّلام) އަށް وحي އިއްވެވުނެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ قوم ގެމީހުންކުރެ މިހާރު އީމާންވެފައިވާމީހުން ފިޔަވައި ދެން އެހެންމީހަކު ކަލޭގެފާނުންގެ قوم ން އީމާންނުވާނެއެވެ. އަދި އެމީހުން އެކުރާ ކަންތަކާމެދު ކަލޭގެފާނު مايوس ވެވަޑައިގެން ހިތާމަފުޅު ނުކުރައްވާށެވެ!
وَٱصۡنَعِ ٱلۡفُلۡكَ بِأَعۡيُنِنَا وَوَحۡيِنَا وَلَا تُخَٰطِبۡنِي فِي ٱلَّذِينَ ظَلَمُوٓاْ إِنَّهُم مُّغۡرَقُونَ
Open ayah 11:37އަދި ތިމަންރަސްކަލާނގެ ބެއްލުމާއި أمر ފުޅާއެއްގޮތަށް ކަލޭގެފާނު ނައުކޮޅު ހައްދަވާށެވެ! އަދި އަނިޔާވެރިވީމީހުންނާއިމެދު (مشرك ންނާއިމެދު) ކަލޭގެފާނު ތިމަންރަސްކަލާނގެއާއި مخاطب ކުރައްވައި ބަސްފުޅު ވިދާޅުނުވާށެވެ! ހަމަކަށަވަރުން އެމީހުންނަކީ غرق ވެގެންދާނޭ ބައެކެވެ.
وَيَصۡنَعُ ٱلۡفُلۡكَ وَكُلَّمَا مَرَّ عَلَيۡهِ مَلَأٞ مِّن قَوۡمِهِۦ سَخِرُواْ مِنۡهُۚ قَالَ إِن تَسۡخَرُواْ مِنَّا فَإِنَّا نَسۡخَرُ مِنكُمۡ كَمَا تَسۡخَرُونَ
Open ayah 11:38އަދި އެކަލޭގެފާނު ނައުކޮޅު ހައްދަވަމުންދެއެވެ. (އެއީ އެއްގަމުގައެވެ. މޫދާ މާދުރުގައެވެ.) އަދި ރަށުގެ ބޮޑެތިމީހުން އެކަލޭގެފާނު (ނައުކޮޅު ހައްދަވާތާ) ކައިރިންލާފައިދަންޏާ އެކަލޭގެފާނަށް މަލާމާތްކުރެއެވެ. (އެމީހުން ބުނާކަމުގައިވެއެވެ. މިހާރު نبي ކަން ދޫކޮށްލައްވާފައި ވަޑާންފެއްޓެވީތޯއެވެ. އަދި ތިޔަ ނައު ތިޔައީ އެއްގަމުގައިދުއްވާ ނަވެއްތޯއެވެ. އެހެންނާފަހެ މޫދުވީ ހިސާބެއް ނޭނގެއެވެ. މިއީ މަލާމާތަށް އެމީހުންބުނާ ބައެއްތަކެތި ކަމުގައިވިއެވެ.) އެކަލޭގެފާނު އެމީހުންނަށް ވިދާޅުވެއެވެ. ކަލޭމެން އަހުރެމެންނަށް މަލާމާތްކުރަންޏާ އަހުރެމެންވެސް ކަލޭމެން ތިޔަ މަލާމާތްކުރާގޮތަށް ކަލޭމެނަށް މަލާމާތްކުރާނަމެވެ.
فَسَوۡفَ تَعۡلَمُونَ مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَيَحِلُّ عَلَيۡهِ عَذَابٞ مُّقِيمٌ
Open ayah 11:39އަދި ނިކަންހުރެ އެމީހަކަށް ދެރަނިކަމެތިވެގެންވާ عذاب އެއް އަންނާނެމީހެއް ކަލޭމެންނަށް އެނގިދާނެއެވެ. އަދި އެމީހަކަށް (آخرة ދުވަހުން) ނަރަކައިގެ دائمي عذاب އެއް އަންނާނެ މީހަކު އެނގިދާނެއެވެ.
حَتَّىٰٓ إِذَا جَآءَ أَمۡرُنَا وَفَارَ ٱلتَّنُّورُ قُلۡنَا ٱحۡمِلۡ فِيهَا مِن كُلّٖ زَوۡجَيۡنِ ٱثۡنَيۡنِ وَأَهۡلَكَ إِلَّا مَن سَبَقَ عَلَيۡهِ ٱلۡقَوۡلُ وَمَنۡ ءَامَنَۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٞ
Open ayah 11:40ދެން ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދުން ކައްކާ އުނދުންތަކުން (އަދި ހަމަ ސީދާ ބިމުން) ފެން އަރަންފަށައިފިއެވެ. ތިމަންރަސްކަލާނގެ (އެކަލޭގެފާނަށް) އެންގެވީމެވެ. ކޮންމެ ދިރޭބާވަތަކުން ޖޯޑުޖޯޑު ވާގޮތަށް ދޭތި އެނަވަށް ލައްވާށެވެ! އަދި އެމީހެއްގެމައްޗަށް (ހަލާކުގެ) ބަސްފުޅު އިސްވެގޮސްފައިވާމީހުން ފިޔަވައި ކަލޭގެފާނުންގެ أهل ވެރިންވެސް ލައްވާށެވެ! އަދި އީމާންވެގެންވާމީހުންވެސް އެނަވަށް ލައްވާށެވެ! އަދި މަދުބަޔަކުމެނުވީ އެކަލޭގެފާނާއެކު އީމާންވެގެން ނުވެއެވެ.
۞وَقَالَ ٱرۡكَبُواْ فِيهَا بِسۡمِ ٱللَّهِ مَجۡر۪ىٰهَا وَمُرۡسَىٰهَآۚ إِنَّ رَبِّي لَغَفُورٞ رَّحِيمٞ
Open ayah 11:41އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އެނަވަށް ކަލޭމެން އަރާށެވެ! އެނަވުގެ ދުވުމާއި އަދި އެނަވުގެ ބަނދަރުކުރުންވަނީ ﷲ ގެ إسم ފުޅުންނެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ އެއީ ކަނޑައެޅިގެން ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުންބޮޑު ކަލާނގެކަން ކަށަވަރެވެ.
وَهِيَ تَجۡرِي بِهِمۡ فِي مَوۡجٖ كَٱلۡجِبَالِ وَنَادَىٰ نُوحٌ ٱبۡنَهُۥ وَكَانَ فِي مَعۡزِلٖ يَٰبُنَيَّ ٱرۡكَب مَّعَنَا وَلَا تَكُن مَّعَ ٱلۡكَٰفِرِينَ
Open ayah 11:42އަދި އެނައުކޮޅު އެމީހުންނާއިގެން ފަރުބަދަތައްވަރުގެ ބޮޑެތި ރާޅުގެތެރޭގައި ދުވަމުންދެއެވެ. އަދި نوح (عليه السّلام) އެކަލޭގެފާނުންގެ ދަރިކަލުންނަށް ވިދާޅުވެ ގޮވައިލެއްވިއެވެ. އޭރު އޭނާ ވަނީ ނަވާ ވަކިން ކަނޑުގައެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިފުޅާއެވެ! އަހުރެމެންނާއެކު ނަވަށް އަރާށެވެ! އަދި ކާފަރުންނާއެކު ނުވާށެވެ!
قَالَ سَـَٔاوِيٓ إِلَىٰ جَبَلٖ يَعۡصِمُنِي مِنَ ٱلۡمَآءِۚ قَالَ لَا عَاصِمَ ٱلۡيَوۡمَ مِنۡ أَمۡرِ ٱللَّهِ إِلَّا مَن رَّحِمَۚ وَحَالَ بَيۡنَهُمَا ٱلۡمَوۡجُ فَكَانَ مِنَ ٱلۡمُغۡرَقِينَ
Open ayah 11:43އެދަރިކަލުން ދެންނެވިއެވެ. އަހުރެން ފަރުބަދައަކަށް އަރާ ހަމަޖެހިދާނަމެވެ. އެފަރުބަދަ އަހުރެން ފެނުން ސަލާމަތްކޮށްދީފާނެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު ސަލާމަތްކޮށްދޭނޭ އެއްވެސް މީހަކު ނުވާނެއެވެ. މިއީ ﷲ ގެ أمر ފުޅުން ހިނގަމުންދާކަމެކެވެ. އެކަލާނގެ رحمة ލެއްވި މީހަކުމެނުވީ ސަލާމަތެއް ނުވާނެއެވެ. (އަދި އެހިސާބަށް ދެބަފައިންގެ ވާހަކަ ދާއިރަށް) އެދެބަފައިކަލުންގެ ދެމެދަށް ރާޅެއް ހުރަސްވެއްޖެއެވެ. (ދެން އެދަރިކަލުން ގެއްލުނީއެވެ.) އަދި އޭނާވީ غرق ވެގެންދިޔަ މީހުންގެތެރެއިންނެވެ.
وَقِيلَ يَٰٓأَرۡضُ ٱبۡلَعِي مَآءَكِ وَيَٰسَمَآءُ أَقۡلِعِي وَغِيضَ ٱلۡمَآءُ وَقُضِيَ ٱلۡأَمۡرُ وَٱسۡتَوَتۡ عَلَى ٱلۡجُودِيِّۖ وَقِيلَ بُعۡدٗا لِّلۡقَوۡمِ ٱلظَّٰلِمِينَ
Open ayah 11:44އަދި ބުނެވުނެވެ. (އެބަހީ: ﷲ އެންގެވިއެވެ.) އޭ ބިމާއެވެ! ތިބާގެ ފެން ތިބާ ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ! ތިބާގެ ފެން ތިބާ ހިފަހައްޓާށެވެ! އަދި ބިމުގެތެރެއަށް ފެންގަނޑު ގެނބިގެންގޮސް ހިކިއްޖެއެވެ. އަދި ހުރިހާކަމެއްވެ ނިމިއްޖެއެވެ. (އެންމެހައި ކާފަރުން ހަލާކުވެ ދިޔައީއެވެ.) އަދި الجُودِيُّ ކިޔާ ފަރުބަދައިގައި ނައުކޮޅުގޮސް ހަމަޖެހިއްޖެއެވެ. ބަނދަރުކޮށްފިއެވެ. އަދި އެންގެވުނެވެ. އަނިޔާވެރިންނަށް ހުރި ދުރުކަމާއެވެ. ﷲ ގެ رحمة އާއި ދުރުކަމާއެވެ.
وَنَادَىٰ نُوحٞ رَّبَّهُۥ فَقَالَ رَبِّ إِنَّ ٱبۡنِي مِنۡ أَهۡلِي وَإِنَّ وَعۡدَكَ ٱلۡحَقُّ وَأَنتَ أَحۡكَمُ ٱلۡحَٰكِمِينَ
Open ayah 11:45އަދި نوح (عليه السّلام) އެކަލޭގެފާނުންގެ ربّ އަށް مناجا ދެންނެވިއެވެ. دعاء ދެންނެވިއެވެ. ފަހެ އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާގެ ދަރިކަލުންވަނީ މިއަޅާގެ أهل ވެރިންގެތެރެއިންނެވެ. (އޭނާ ވީތަނެއް ނޭނގެއެވެ.) އަދި ހަމަކަށަވަރުން އިބަރަސްކަލާނގެ وعد ފުޅު އެއީ ހަމަ حقّ وعد ފުޅެކެވެ. (އެއީ މިއަޅާގެ أهل ވެރިން ސަލާމަތްކުރައްވާނެކަމުގެ وعد ފުޅެވެ.) އަދި އިބަރަސްކަލާނގެއީ އެންމެމޮޅަށް حكم ކުރައްވާ حاكم އެވެ.
قَالَ يَٰنُوحُ إِنَّهُۥ لَيۡسَ مِنۡ أَهۡلِكَۖ إِنَّهُۥ عَمَلٌ غَيۡرُ صَٰلِحٖۖ فَلَا تَسۡـَٔلۡنِ مَا لَيۡسَ لَكَ بِهِۦ عِلۡمٌۖ إِنِّيٓ أَعِظُكَ أَن تَكُونَ مِنَ ٱلۡجَٰهِلِينَ
Open ayah 11:46އެކަލާނގެ وحي ކުރެއްވިއެވެ. ހަމަކަށަވަރުން އެދަރިކަލުން ކަލޭގެފާނުންގެ أهل ވެރިންގެތެރެއިން ނުވެއެވެ. ހަމަކަށަވަރުން އޭނާގެ عمل صالح عمل ކަމުގައި ނުވެއެވެ. (ބުނެވެނީ އޭނާ شرك ކުރާކަމުގައެވެ. والله أعلم.) ނުވަތަ ކަލޭގެފާނު އެދަރިކަލުންގެ މައްސަލައިގައި ތިމަންރަސްކަލާނގެއަށް ދެންނެވި ދެންނެވުން صالح عمل ގެތެރެއިން ނުވެއެވެ. މިދެ ترجمة ވެއެވެ. طَبرى راجِحُ ކުރައްވަނީ ފަހުން މިދެންނެވި ގޮތެވެ. والله أعلم بالصّواب.) (ﷲ وحي ކުރައްވައެވެ. އޭ نوح އެވެ!) ކަލޭގެފާނަށް އެކަމެއްގެ خبر އެނގިވަޑައިގެންނުވާ ކަންތަކަށް ތިމަންރަސްކަލާނގެއަށް ނުދަންނަވާށެވެ! އަދި ކަލޭގެފާނު جاهل ންގެ ތެރެއިން ވެވަޑައިނުގެންނެވުމަށް ތިމަންރަސްކަލާނގެ ކަލޭގެފާނަށް وعظ ދެމެވެ. نصيحة ދެމެވެ.
قَالَ رَبِّ إِنِّيٓ أَعُوذُ بِكَ أَنۡ أَسۡـَٔلَكَ مَا لَيۡسَ لِي بِهِۦ عِلۡمٞۖ وَإِلَّا تَغۡفِرۡ لِي وَتَرۡحَمۡنِيٓ أَكُن مِّنَ ٱلۡخَٰسِرِينَ
Open ayah 11:47އެކަލޭގެފާނު يعني: نوح (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާއަށް އެނގިގެންނުވާ ކަންކަމާއިމެދު އިބަރަސްކަލާނގެއާ ސުވާލުކޮށް ދެންނެވުމާއިމެދު އިބަރަސްކަލާނގެ حضرة ން ސަލާމަތާއި ރައްކާތެރިކަން ދެއްވުންއެދި މިއަޅާ ދަންނަވަމެވެ! ފަހެ އިބަރަސްކަލާނގެ މިއަޅާއަށް ނުފުއްސެވިއްޔާ އަދި އިބަރަސްކަލާނގެ މިއަޅާއަށް رحمة ނުލެއްވިއްޔާ ހަމަކަށަވަރުން މިއަޅާވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
قِيلَ يَٰنُوحُ ٱهۡبِطۡ بِسَلَٰمٖ مِّنَّا وَبَرَكَٰتٍ عَلَيۡكَ وَعَلَىٰٓ أُمَمٖ مِّمَّن مَّعَكَۚ وَأُمَمٞ سَنُمَتِّعُهُمۡ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٞ
Open ayah 11:48وحي އިއްވެވުނެވެ. އެބަހީ: ﷲ تعالى وحي ކުރެއްވިއެވެ. އޭ نوح އެވެ! ތިމަންރަސްކަލާނގެ حضرة ންވާ ސަލާމަތްތެރިކަމާއިއެކު ފައިބާވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނަށާއި އަދި ކަލޭގެފާނާއި އެކުގައިވާ މީހުންގެ ދަރިކޮޅުން އަންނާނޭ مؤمن ންގެމައްޗަށް ވާ بركاة އާއިއެކުގައެވެ. އަދި އެބަޔަކަށް ދުނިޔޭގެ حياة ގައި ކުޑަ އަރާމުކޮޅެއް ތިމަންރަސްކަލާނގެ ދެއްވާނޭ ބަޔަކުގެމައްޗަށްވެސް މެއެވެ. ދެން ތިމަންރަސްކަލާނގެ حضرة ން އެމީހުންނަށް ޖެހޭނީ ވޭންދެނިވި عذاب އެވެ. (މިމީހުންނަކީ ﷲ ގެ أَزَلِى علم ނިޔާކުރާގޮތުން ނައުކޮޅުގައިވާމީހުންގެ ދަރިކޮޅުން އަންނާނޭ ކާފަރުންނެވެ.)
تِلۡكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهَآ إِلَيۡكَۖ مَا كُنتَ تَعۡلَمُهَآ أَنتَ وَلَا قَوۡمُكَ مِن قَبۡلِ هَٰذَاۖ فَٱصۡبِرۡۖ إِنَّ ٱلۡعَٰقِبَةَ لِلۡمُتَّقِينَ
Open ayah 11:49(އޭ رسول ﷲ އެވެ!) އެ خبر ތަކަކީ يعني: نوح عليه السّلام ގެ خبر ތައް މިއީ - ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެ خبر ތައް وحي ކުރައްވާ غَيْبُ ގެ خبر ތަކެވެ. ކަލޭގެފާނުވެސް އަދި ކަލޭގެފާނުންގެ قوم ގެމީހުންވެސް މީގެކުރީ އެބަހީ: މި وحي ގެކުރީ މި خبر ތައް ދަންނަކަމުގައި ނުވެއެވެ. ފަހެ ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ކަންކަމުގެ ފަހުކޮޅު ރަނގަޅުވުންވަނީ تقوى ވެރިންނަށެވެ.
وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۖ إِنۡ أَنتُمۡ إِلَّا مُفۡتَرُونَ
Open ayah 11:50އަދި عاد ބާގައިގެމީހުންގެގާތަށް އެމީހުންގެ أخ هود عليه السّلام رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި ކަލޭމެންނަކަށް އެހެންއެއްވެސް إله އަކު ނުވެއެވެ. ކަލޭމެންނަކީ ދޮގުވެރިބަޔަކުކަމުގައި މެނުވީ ނުވެއެވެ. (އެބަހީ: ﷲ ފިޔަވައި إله ންކަމުގައި ބުދުތަކަށް އަޅުކަންކުރުމަކީ ދޮގެވެ. އެއްވެސް މާނައެއްގައި އަޅުކަން އެއަށް ވެވުން حقّ އެއްޗެއްނޫނެވެ.)
يَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱلَّذِي فَطَرَنِيٓۚ أَفَلَا تَعۡقِلُونَ
Open ayah 11:51އޭ އަހުރެންގެ قوم އެވެ! ތިމަންކަލޭގެފާނު އެކަމުގެ މައްޗަށް އެބަހީ: رسول ކަން ކަލޭމެނަށް އިއްވުމުގެ މައްޗަށް-ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދޭނަމެވެ. - ތިމަންކަލޭގެފާނުންގެ އުޖޫރަ ތިމަންކަލޭގެފާނު ނެތުމުގެ ތެރެއިން ހެއްދެވި ކަލާނގެ حضرة ން މެނުވީ ނުވެއެވެ. ކަލޭމެން ފަހެ ބުއްދި ނުކުރާނަންހެއްޔެވެ؟
وَيَٰقَوۡمِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُرۡسِلِ ٱلسَّمَآءَ عَلَيۡكُم مِّدۡرَارٗا وَيَزِدۡكُمۡ قُوَّةً إِلَىٰ قُوَّتِكُمۡ وَلَا تَتَوَلَّوۡاْ مُجۡرِمِينَ
Open ayah 11:52އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ގައި ފާފަފުއްސެވުމަށް އެދިދަންނަވާށެވެ! ދެން އެކަލާނގެ حضرة އަށް رجوع ވެ توبة ވާށެވެ! އެކަލާނގެ ކަލޭމެންނަށް ބޯވާރޭ ފޮނުއްވާނެތެވެ. އަދި ކަލޭމެންގެ ބާރުގެތެރެއަށް ބާރު އިތުރުކޮށްދެއްވާނެއެވެ. އަދި ކަލޭމެން އުރެދޭ حال / ނުވަތަ كافر ވާ حال ފުރަގަސްނުދޭށެވެ!
قَالُواْ يَٰهُودُ مَا جِئۡتَنَا بِبَيِّنَةٖ وَمَا نَحۡنُ بِتَارِكِيٓ ءَالِهَتِنَا عَن قَوۡلِكَ وَمَا نَحۡنُ لَكَ بِمُؤۡمِنِينَ
Open ayah 11:53އެމީހުން ދެންނެވިއެވެ. އޭ هود ގެފާނެވެ! ކަލޭގެފާނު އަހުރެމެންގެ ގާތަށް އެއްވެސް حجّة އެއް دليل އެއް (ތިޔަދައްކަވާ ވާހަކަފުޅު ތެދުކަމުގެމައްޗަށް) ނުގެންނަވަމެވެ. އަދި ކަލޭގެފާނު ހަމަ ވިދާޅުވާ ވިދާޅުވުމަކަށް އަހުރެމެން އަހުރެމެންގެ إله ންތަކެއް ނުދޫކުރާނަމެވެ. އަދި އަހުރެމެންނަކީ ކަލޭގެފާނަށް އީމާންވާނެ ބަޔަކުކަމުގައި ނުވެއެވެ.
إِن نَّقُولُ إِلَّا ٱعۡتَرَىٰكَ بَعۡضُ ءَالِهَتِنَا بِسُوٓءٖۗ قَالَ إِنِّيٓ أُشۡهِدُ ٱللَّهَ وَٱشۡهَدُوٓاْ أَنِّي بَرِيٓءٞ مِّمَّا تُشۡرِكُونَ
Open ayah 11:54(އަހުރެމެންގެ إله ންތަކަށް ހުތުރުބަސް ވިދާޅުވުމުގެ ސަބަބުން) އަހުރެމެންގެ ބައެއް إله ންގެފަރާތުން ކަލޭގެފާނަށް ކޮންމެވެސް މޮޔަކަމެއް ޖެހިވަޑައިގެންފައިވާ ކަމުގައި މެނުވީ އަހުރެމެން ނުބުނާނަމެވެ. (އެބަހީ: ކަލޭގެފާނަށް ތިޔަވަނީ އެ إله ންގެފަރާތުން ނުބައި މޮޔަކަމެއް ޖެހިވަޑައިގެންފައެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ﷲ ހެކިކުރުވަމެވެ. އަދި ކަލޭމެންވެސް ހެކިވާށެވެ. ހަމަކަށަވަރުން ކަލޭމެން ތިޔަ شريك ކުރާތަކެތީން އަހުރެންވަނީ ބަރީއަވެގެންނެވެ.
مِن دُونِهِۦۖ فَكِيدُونِي جَمِيعٗا ثُمَّ لَا تُنظِرُونِ
Open ayah 11:55އެކަލާނގެ މެނުވީއެވެ. ފަހެ ކަލޭމެން އެންމެން (ކަލޭމެންނާ އަދި ބުދުތަކާވެގެން) ތިމަންކަލޭގެފާނަށް ނުބައިގޮތެއް ރާވައި ގެއްލުމެއްދޭން ނިންމާލާށެވެ! އަދި ތިމަންކަލޭގެފާނަށް ދަނޑިވަޅެއްވެސް ނުދޭށެވެ!
إِنِّي تَوَكَّلۡتُ عَلَى ٱللَّهِ رَبِّي وَرَبِّكُمۚ مَّا مِن دَآبَّةٍ إِلَّا هُوَ ءَاخِذُۢ بِنَاصِيَتِهَآۚ إِنَّ رَبِّي عَلَىٰ صِرَٰطٖ مُّسۡتَقِيمٖ
Open ayah 11:56ހަމަކަށަވަރުން ތިމަންކަލޭގެފާނު ﷲ އަށް وكيل ކޮށްފީމެވެ. އެކަލާނގެއީ ތިމަންކަލޭގެފާނާއި އަދި ކަލޭމެންގެ ربّ އެވެ. އެއްވެސް ދިރޭއެއްޗެއް އެއެއްޗެއްގެ ނިތްކުރީގެމަތީގައިވާ އިސްތަށިގަނޑުގައި އެކަލާނގެ ހިތްޕަވައިގެންވާމެނުވީ ނުވެއެވެ. (އެބަހީ: ކޮންމެއެއްޗެއްވެސްވަނީ އެކަލާނގެ ބާރުގެދަށުގައެވެ.) ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ ވަނީ حقّ މަގުގައެވެ. عدل إنصاف ގައެވެ. (މިހެނީ ތިމަންކަލޭގެފާނު މިގޮވައިލައްވަނީ އެކަލާނގެ މަގަށެވެ. ކަލޭމެން އެމަގަށް ތަބާނުވެ އަދި އެމަގުބަންދުކުރަނީއެވެ. އެކަލާނގެ ތިމަންކަލޭގެފާނު ގެއްލެނި ނުކުރައްވާނެއެވެ.)
فَإِن تَوَلَّوۡاْ فَقَدۡ أَبۡلَغۡتُكُم مَّآ أُرۡسِلۡتُ بِهِۦٓ إِلَيۡكُمۡۚ وَيَسۡتَخۡلِفُ رَبِّي قَوۡمًا غَيۡرَكُمۡ وَلَا تَضُرُّونَهُۥ شَيۡـًٔاۚ إِنَّ رَبِّي عَلَىٰ كُلِّ شَيۡءٍ حَفِيظٞ
Open ayah 11:57(ﷲ ވަޙީކުރެއްވިއެވެ.) ފަހެ އެމީހުން އެނބުރި ފުރަގަސްދީފިއްޔާ (ވިދާޅުވާށެވެ!) ހަމަކަށަވަރުން ތިމަންކަލޭގެފާނު އެއެއްޗަކާއިގެން ކަލޭމެންގެގާތަށް އެފޮނުވުނު އެތި ހަމަކަށަވަރުން ތިމަންކަލޭގެފާނު ކަލޭމެނަށް އިއްވައިފީމެވެ. (އެބަހީ: رسول ކަން އިއްވައިފީމެވެ.) އަދި ތިމަންކަލޭގެފާނުންގެ ربّ ކަލޭމެން ހަލާކުކުރައްވައި ކަލޭމެން ނޫންބައަކު އޭގެބަދަލުގައި ގެންނަވައިފާނެއެވެ. އަދި އެއްވެސް ގެއްލުމެއް ކަލޭމެންނަށް އެކަލާނގެއަށް ނުދެވޭނެއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ ހުރިހާއެއްޗެއް ރައްކާތެރިކުރައްވައެވެ.
وَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا هُودٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَنَجَّيۡنَٰهُم مِّنۡ عَذَابٍ غَلِيظٖ
Open ayah 11:58އަދި ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދު އެބަހީ: عذاب އައިހިނދުން هُودُ عليه السّلام އާއި އެކަލޭގެފާނާއިއެކު إيمان ވެގެންތިބިމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. އަދި قيامة ދުވަހުގެ ގަދަވެގެންވާ عذاب ން ތިމަންރަސްކަލާނގެ އެމީހުން ސަލާމަތްކުރެއްވީމެވެ.
وَتِلۡكَ عَادٞۖ جَحَدُواْ بِـَٔايَٰتِ رَبِّهِمۡ وَعَصَوۡاْ رُسُلَهُۥ وَٱتَّبَعُوٓاْ أَمۡرَ كُلِّ جَبَّارٍ عَنِيدٖ
Open ayah 11:59އަދި އެއީ އެބަހީ: މި بيان ވެގެން އެދިޔައީ عاد ބާގައިގެމީހުންގެ ވާހަކައެވެ. އެމީހުން އެމީހުންގެ ربّ ގެ އާޔަތްތަކަށް ދެކޮޅުހެދީއެވެ. އަދި އެކަލާނގެ ފޮނުއްވި رسول ބޭކަލުންނަށް އުރެދުނީއެވެ. އަދި حقّ މަގާއި ދުރުވެގެންވާ ބޮޑާ ކޮންމެ މީހެއްގެ أمر އާއި އެމީހުން تبع ވީއެވެ.
وَأُتۡبِعُواْ فِي هَٰذِهِ ٱلدُّنۡيَا لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۗ أَلَآ إِنَّ عَادٗا كَفَرُواْ رَبَّهُمۡۗ أَلَا بُعۡدٗا لِّعَادٖ قَوۡمِ هُودٖ
Open ayah 11:60އެމީހުންނަށް މިދުނިޔޭގައިވެސް އަދި قيامة ދުވަހުންވެސް لعنة، تبع ވެވިގެންވިއެވެ. އެބަހީ: ﷲ ގެ ކޯފާ تبع ވެވިގެންވެއެވެ. ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން عاد ބާގައިގެމީހުން އެމީހުންގެ ربّ އަށް ކާފަރުވީއެވެ. ދަންނާށެވެ! عاد ބާގައިގެމީހުން (ހެޔޮކަމާއި ﷲ ގެ رحمة އާއި) ދުރުވެގެންވެއެވެ. އެއީ هُودُ عليه السّلام ގެ قوم ގެ މީހުންނެވެ.
۞وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ هُوَ أَنشَأَكُم مِّنَ ٱلۡأَرۡضِ وَٱسۡتَعۡمَرَكُمۡ فِيهَا فَٱسۡتَغۡفِرُوهُ ثُمَّ تُوبُوٓاْ إِلَيۡهِۚ إِنَّ رَبِّي قَرِيبٞ مُّجِيبٞ
Open ayah 11:61އަދި ثمود ބާގައިގެމީހުންގެ ގާތަށް رسول ކަމާއިގެން އެމީހުންގެ أخ صالح (عليه السّلام) ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި (حقّ) އެހެން އެއްވެސް إله އެއް ކަލޭމެންނަކަށް ނުވެއެވެ. އެކަލާނގެއީ ބިމުން ކަލޭމެން ހައްދަވަން ފެއްޓެވި ކަލާނގެއެވެ. (އެބަހީ: ކަލޭމެންގެ ބަފައިކަލުން ކަމުގައިވާ آدم عليه عليه السّلام ހެއްދެވީ ބިމުގެ ވެލިންނެވެ.) އަދި އެކަލާނގެ ކަލޭމެން އެބިމުގައި ވަޒަންވެރިކުރުވިއެވެ. ފަހެ ކަލޭމެން އެކަލާނގެ حضرة ގައި ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ! ދެން އެކަލާނގެއަށް ކަލޭމެން رجوع ވެ توبة ވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އެއީ ކުއްތަންވެވޮޑިގެންވާ އަދި دعاء އިޖާބަކުރައްވާ ކަލާނގެއެވެ.
قَالُواْ يَٰصَٰلِحُ قَدۡ كُنتَ فِينَا مَرۡجُوّٗا قَبۡلَ هَٰذَآۖ أَتَنۡهَىٰنَآ أَن نَّعۡبُدَ مَا يَعۡبُدُ ءَابَآؤُنَا وَإِنَّنَا لَفِي شَكّٖ مِّمَّا تَدۡعُونَآ إِلَيۡهِ مُرِيبٖ
Open ayah 11:62އެމީހުން ދެންނެވިއެވެ. އޭ صالح ގެފާނެވެ! ހަމަކަށަވަރުން ކަލޭގެފާނުވީ މީގެކުރީގައި އަހުރެމެންގެ ތެރޭގައި އެދެވިގެންވާ مقبول މީހަކުކަމުގައެވެ. މިހާރު އަހުރެމެންގެ ކާބަފައިން އެއެއްޗަކަށް އަޅުކަންކުރި އެއްޗެއްސަށް އަހުރެމެން އަޅުކަންކުރުން މަނާކުރައްވަނީތޯއެވެ؟ ހަމަކަށަވަރުން އެކަމަކަށް ކަލޭގެފާނު އަހުރެމެންނަށް ތިޔަގޮވާލައްވާ ކަންތަކާމެދު އަހުރެމެން މިވަނީ ކަނޑައެޅިގެން ޝައްކެއްގައެވެ. ޝައްކުކުރާ ބަޔަކު ކަމުގައި ވެގެންނެވެ.
قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَءَاتَىٰنِي مِنۡهُ رَحۡمَةٗ فَمَن يَنصُرُنِي مِنَ ٱللَّهِ إِنۡ عَصَيۡتُهُۥۖ فَمَا تَزِيدُونَنِي غَيۡرَ تَخۡسِيرٖ
Open ayah 11:63އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ނިކަން خبر ދީބަލާށެވެ! ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ން ކަނޑައެޅި بيان ވެގެންވާ دليل އެއްގެމަތީގައިވެފައި އަދި އެކަލާނގެ حضرة ން ތިމަންކަލޭގެފާނަށް رحمة އެއް އަތުވެއްޖެއްޔާ (އެބަހީ: نبي ކަމާއި حكمة އާއި إسلام ދީން އައުމަށްފަހު) ދެން ތިމަންކަލޭގެފާނު އެކަލާނގެއަށް އުރެދިއްޖެއްޔާ ﷲ ގެ حضرة ން ތިމަންކަލޭގެފާނަށް نصر ދޭނީ ކާކުހެއްޔެވެ؟ (އެބަހީ: އެކަލާނގެ ތިމަންކަލޭގެފާނަށް عقوبة އެއް ފޮނުއްވައިފިއްޔާ އެކަން دفاع ކޮށް نصر ދޭނީ ކާކުހެއްޔެވެ؟) އެހެންވެއްޖެއްޔާ ގެއްލުމާ ހަލާކުމެނުވީ ކަލޭމެން ތިމަންކަލޭގެފާނަށް އިތުރު ނުކޮށްދެއެވެ.
وَيَٰقَوۡمِ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٞ قَرِيبٞ
Open ayah 11:64އަދި އޭ ތިމަންކަލޭގެފާނު قوم އެވެ! (ތިމަންކަލޭގެފާނު މިދައްކަވާ ވާހަކަ ތެދުކަމުގެމައްޗަށް) ކަލޭމެނަށްވާ حجّة އެއްކަމުގައި މިއޮތީ ﷲ ގެ ޖަމަލުފުޅެވެ. ފަހެ ބިމުން ކައިބޮއި ހަދަން ކަލޭމެން އޭތި ދޫކޮށްލާށެވެ! އަދި އެއަށް އެއްވެސް ނުބައިކަމެއް ނުކުރާށެވެ! ކަލޭމެން އެއަށް ގޯނާއެއް ނުކުރާށެވެ! އެހެންވެއްޖެކަމަށްވަންޏާ ކަލޭމެނަށް ދާދިގާތުން عذاب އަތުވެދާނެއެވެ.
فَعَقَرُوهَا فَقَالَ تَمَتَّعُواْ فِي دَارِكُمۡ ثَلَٰثَةَ أَيَّامٖۖ ذَٰلِكَ وَعۡدٌ غَيۡرُ مَكۡذُوبٖ
Open ayah 11:65ފަހެ އެމީހުން އޭގެ މޮއްގަނޑުކަނޑައި އޭތި މަރައިފިއެވެ. ދެންފަހެ އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. ކަލޭމެން، ކަލޭމެން ގޯތިތަކުގައި ތިންދުވަސްވާންދެން އަރާމުކޮށް މަޖާނަގާށެވެ! (ދެން އޭގެފަހުގައި ކަލޭމެންގެމައްޗަށް عذاب އަތުވެދާނެއެވެ.) އެއީ ދޮގުވެވިގެން ނުވާ وعد އެކެވެ.
فَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا صَٰلِحٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَمِنۡ خِزۡيِ يَوۡمِئِذٍۚ إِنَّ رَبَّكَ هُوَ ٱلۡقَوِيُّ ٱلۡعَزِيزُ
Open ayah 11:66ދެންފަހެ ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދުން (އެބަހީ: އެ قوم ގެމީހުންނަށް عذاب އައިހިނދުން) ތިމަންރަސްކަލާނގެ صالح (عليه السّلام) ސަލާމަތްކުރެއްވީމެވެ. އަދި އެކަލޭގެފާނުންގެ އަރިހުގައި إيمان ވެގެންތިބި މީހުންވެސް ސަލާމަތްކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެކެވެ. އަދި އެދުވަހުގެ އެނިކަމެތިކަމާއި ދެރަކަމުން ތިމަންރަސްކަލާނގެ އެމީހުން ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ (ދަންނައެވެ!) އެކަލާނގެއީ ގަދަފަދަވަންތަ عزّة ވަންތަ ކަލާނގެއެވެ.
وَأَخَذَ ٱلَّذِينَ ظَلَمُواْ ٱلصَّيۡحَةُ فَأَصۡبَحُواْ فِي دِيَٰرِهِمۡ جَٰثِمِينَ
Open ayah 11:67އަދި ގަދައަޑުފަށްގަނޑެއް އައިސް އެމީހުން ހަލާކުވީއެވެ. (އެބަހީ: އެމީހުންނަށް އައި ގަދައަޑުފަށުގެ ސަބަބުން އެމީހުން މަރުވެއްޖެއެވެ.) އެމީހުންގެ ގޯތިތަކުގައި މަރުވެގެން ބިމަށްވެރިފައިވާ حال އެމީހުން ފަތިސްކޮށްފިއެވެ. އެމީހުން މަރުވެދިޔައީއެވެ.
كَأَن لَّمۡ يَغۡنَوۡاْ فِيهَآۗ أَلَآ إِنَّ ثَمُودَاْ كَفَرُواْ رَبَّهُمۡۗ أَلَا بُعۡدٗا لِّثَمُودَ
Open ayah 11:68އެމީހުން ކޮންފަދަހެއްޔެވެ؟ އެމީހުން އެތާ ދިރިނުއުޅޭފަދައެވެ. ދަންނާށެވެ! ހަމަކަށަވަރުން ثمود ބާގައިގެމީހުން އެމީހުންގެ ربّ އަށް ކާފަރުވީއެވެ. ދަންނާށެވެ! ثمود ބާގައިގެމީހުންނަށް (ﷲ ގެ رحمة) ދުރުވެގެންވެއެވެ.
وَلَقَدۡ جَآءَتۡ رُسُلُنَآ إِبۡرَٰهِيمَ بِٱلۡبُشۡرَىٰ قَالُواْ سَلَٰمٗاۖ قَالَ سَلَٰمٞۖ فَمَا لَبِثَ أَن جَآءَ بِعِجۡلٍ حَنِيذٖ
Open ayah 11:69އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފޮނުއްވި رسول ން އެބަހީ: ملائكة ބޭކަލުން - إبراهيم عليه السّلام ގެ އަރިހަށް އުފާވެރި خبر އާއިގެން ވަޑައިގެންފިއެވެ. އަދި އެބޭކަލުން ކަނޑައެޅިގެންވާ سلام އަކުން ސަލާމް ކުރެއްވިއެވެ. އަދި އެކަލޭގެފާނު އެބޭކަލުންނަށް ސަލާމްކުރެއްވިއެވެ. ދެންފަހެ ލަސްވެވަޑައިނުގަންނަވައި ފިހެފައިވާ ޅަގެރިޔަކާއިގެން إبراهيم (عليه السّلام) ވަޑައިގެންފިއެވެ. (އެކަލޭގެފާނު ހީފުޅުކުރެއްވީ އިންސާނުންގެ ތެރެއިންވާ مهمان ންކަމަށެވެ. އެހެންވެ مهمان ންނަށް ފަރީކޮޅެއް ގެންނެވީއެވެ.)
فَلَمَّا رَءَآ أَيۡدِيَهُمۡ لَا تَصِلُ إِلَيۡهِ نَكِرَهُمۡ وَأَوۡجَسَ مِنۡهُمۡ خِيفَةٗۚ قَالُواْ لَا تَخَفۡ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمِ لُوطٖ
Open ayah 11:70ދެންފަހެ (ފަރީކުޅުއްވާން ދެންނެވުމުން) އެބޭކަލުންގެ އަތްޕުޅު އެފަރީކޮޅާދިމާއަށް واصل ނުވީތީ (އެބަހީ: އެބޭކަލުން ފަރީނުކުޅުއްވީމާ) އެބޭކަލުންނާއިމެދު ރުހިވަޑައި ނުގަންނަވާކަހަލަ ގޮތެއްވެ އެބޭކަލުންގެ ފަރާތުން އެކަލޭގެފާނަށް ބިރުފުޅުގެން ވަޑައިގަތުމެއް إحساس ވެވަޑައިގެންފިއެވެ. (އެހެނީ އަންނަ مهمان އަކަށް ކާބޯއެއްޗެއް ތައްޔާރު ކުރުމުން مهمان އެއިން ނުކައިފިނަމަ ބެލެވެނީ އެ مهمان އެއައީ ކޮންމެވެސް ނުބައެއް قصد ކޮށްގެންނެވެ. އެއިން ކައިބޮއިހަދައިފިނަމަ ބެލެވެނީ އޭނާގެ ކިބައިގައި ނުބައެއް ނެތްކަމަށެވެ.) ދެންފަހެ އެ ملائكة ބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ! ތިމަންބޭކަލުން ފޮނުއްވިގެންވަނީ لوط قوم އަށެވެ. (އެ قوم ހަލާކު ކުރެއްވުމަށެވެ.)
وَٱمۡرَأَتُهُۥ قَآئِمَةٞ فَضَحِكَتۡ فَبَشَّرۡنَٰهَا بِإِسۡحَٰقَ وَمِن وَرَآءِ إِسۡحَٰقَ يَعۡقُوبَ
Open ayah 11:71އަދި އެކަލޭގެފާނުންގެ އަނބިކަނބަލުން ކޮޅަށް ހުންނެވިއެވެ. އަދި ހިނިފުޅުވެޑުވިއެވެ. އަދި إسحاق (عليه السّلام) އެކަމަނާއަށް ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ އެކަމަނާއަށް ދެއްވީމެވެ. އަދި إسحاق ގެފަހުން (މާމަދަރިކަލެއްކަމުގައި) يعقوب (عليه السّلام) ލިބިވަޑައިގަންނަވާނެކަމުގައެވެ.
قَالَتۡ يَٰوَيۡلَتَىٰٓ ءَأَلِدُ وَأَنَا۠ عَجُوزٞ وَهَٰذَا بَعۡلِي شَيۡخًاۖ إِنَّ هَٰذَا لَشَيۡءٌ عَجِيبٞ
Open ayah 11:72އެކަމަނާ ވިދާޅުވިއެވެ. އޭހުރި عجائب އެއްގެ ބޮޑުކަމާއެވެ! ތިމަންކަމަނާ މިއިނީ މުސްކުޅިވެ عجوز ވެފައެވެ. ތިމަންކަމަނާ ދެން ވިހާނެހެއްޔެވެ؟ އަދި މިއިންނެވީ ތިމަންކަމަނާގެ ފިރިކަލުންނެވެ. އެއީވެސް މުސްކުޅި ބޭކަލެކެވެ. (ބުނެވެނީ އޭރު އެކަމަނާގެ عمر ފުޅު އަހަރުކަމުގައެވެ. އަދި إبراهيم (عليه السّلام) ގެ عمر ފުޅު އަހަރުކަމުގައެވެ. = تفسير الطبري = ) އެކަމަނާ ވިދާޅުވިއެވެ. ތިޔަކަމަކީ عجائب ކަމެކެވެ.
قَالُوٓاْ أَتَعۡجَبِينَ مِنۡ أَمۡرِ ٱللَّهِۖ رَحۡمَتُ ٱللَّهِ وَبَرَكَٰتُهُۥ عَلَيۡكُمۡ أَهۡلَ ٱلۡبَيۡتِۚ إِنَّهُۥ حَمِيدٞ مَّجِيدٞ
Open ayah 11:73އެބޭކަލުން يعني: މަލާއިކަތްބޭކަލުން ވިދާޅުވިއެވެ. ﷲ ގެ ނިޔާފުޅާމެދު ކަމަނާ عجائب ވެވަޑައިގަންނަވަނީތޯއެވެ؟ އޭ (إبراهيم ގެފާނުގެ) ގޭގެ أهل ވެރިންނޭވެ. އެއީ ތިޔަބޭފުޅު ންގެ މައްޗަށްވާ ﷲ ގެرحمة އާއި އެކަލާނގެ بركاة އެވެ. ހަމަކަށަވަރުން އެކަލާނގެއީ حمد ލިބިވޮޑިގެންވާ އަދި مدح އާއި ثناء އާއި މާތްކަމުގެ ވެރި ކަލާނގެއެވެ.
فَلَمَّا ذَهَبَ عَنۡ إِبۡرَٰهِيمَ ٱلرَّوۡعُ وَجَآءَتۡهُ ٱلۡبُشۡرَىٰ يُجَٰدِلُنَا فِي قَوۡمِ لُوطٍ
Open ayah 11:74ދެންފަހެ إبراهيم عليه السّلام ގެ ކިބަފުޅުން ބިރުފުޅު ފިލައިގެންދިޔަހިނދުން އަދި އެކަލޭގެފާނަށް إسحاق (عليه السّلام) ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ލިބިވަޑައިގަތުމަށްފަހު ދެން އެކަލޭގެފާނު لوط عليه السّلام ގެ قوم ގެ دفاع ގައި އެބޭކަލުންނާ ވާހަކަފުޅުދައްކަވައި جدل ކުރެއްވިއެވެ.
إِنَّ إِبۡرَٰهِيمَ لَحَلِيمٌ أَوَّٰهٞ مُّنِيبٞ
Open ayah 11:75ހަމަކަށަވަރުން إبراهيم عليه السّلام އަކީ ކޯފާމަޑު ﷲ އަށް ކިޔަމަންތެރި އަދި ﷲ އަށް توبة ވެވަޑައިގަންނަވާ ބޭކަލެކެވެ.
يَٰٓإِبۡرَٰهِيمُ أَعۡرِضۡ عَنۡ هَٰذَآۖ إِنَّهُۥ قَدۡ جَآءَ أَمۡرُ رَبِّكَۖ وَإِنَّهُمۡ ءَاتِيهِمۡ عَذَابٌ غَيۡرُ مَرۡدُودٖ
Open ayah 11:76(މަލާއިކަތްބޭކަލުން ވިދާޅުވިއެވެ.) އޭ إبراهيم (عليه السّلام) އެވެ. ކަލޭގެފާނު މިކަންތަކުން ދުރުވެވަޑައި ގަންނަވާށެވެ! (އެބަހީ: لُوْطُ قَوم دِفاَعُ ކުރެއްވުމަށް ނުއުޅުއްވާށެވެ!) ހަމަކަށަވަރުން ކަލޭގެފާނުން ربّ ގެ أمر ފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން دفاع ނުކުރެވޭނޭ عذاب އެއް އެމީހުންނަށް އަންނަހުއްޓެވެ.
وَلَمَّا جَآءَتۡ رُسُلُنَا لُوطٗا سِيٓءَ بِهِمۡ وَضَاقَ بِهِمۡ ذَرۡعٗا وَقَالَ هَٰذَا يَوۡمٌ عَصِيبٞ
Open ayah 11:77އަދި ތިމަންރަސްކަލާނގެ ފޮނުއްވި މަލާއިކަތްބޭކަލުން لُوط (عليه السّلام) ގެ އަރިހަށް ވަޑައިގެންނެވިހިނދުން އެބޭކަލުންނާމެދު އެކަލޭގެފާނު (މޫޑު) ނުބައިވެއްޖެއެވެ. އަދި އެބޭކަލުންނާމެދު ހިތާމަފުޅުން އެކަލޭގެފާނުންގެ ހިތްޕުޅު ދަތިވެއްޖެއެވެ. (އެބޭކަލުން ރީތި ފިރިހެނުންގެ ސިފައިގައި ތިއްބެވުމާއި އަދި އެކަލޭގެފާނުންގެ قوم ގެމީހުންގެ ކިބައިގައިވާ ފިރިހެނުންނާއެޅުމުގެ ވަބާގެ ސަބަބުންނެވެ. އަދި އެއީ މަލާއިކަތްބޭކަލުންކަން އަދި އޭރު އެނގިވަޑައިނުގަންނަވައެވެ.) އަދި އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދަކީ އުދަނގުލާ مصيبة ބޮޑުދުވަހެކެވެ. ނުބައިކަންބޮޑު ދުވަހެކެވެ.
وَجَآءَهُۥ قَوۡمُهُۥ يُهۡرَعُونَ إِلَيۡهِ وَمِن قَبۡلُ كَانُواْ يَعۡمَلُونَ ٱلسَّيِّـَٔاتِۚ قَالَ يَٰقَوۡمِ هَٰٓؤُلَآءِ بَنَاتِي هُنَّ أَطۡهَرُ لَكُمۡۖ فَٱتَّقُواْ ٱللَّهَ وَلَا تُخۡزُونِ فِي ضَيۡفِيٓۖ أَلَيۡسَ مِنكُمۡ رَجُلٞ رَّشِيدٞ
Open ayah 11:78އަދި އެކަލޭގެފާނުންގެ قوم ގެ މީހުން ހަރުގަންނަވާފައި އެކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ. (އެއީ އެކަލޭގެފާނުންގެ އަރިހުގައިތިބި މެހްމާނުންނަކީ ރީތި ފިރިހެނުންތަކެއްކަމަށް ހީކޮށެވެ.) އަދި މިއަދުގެ ކުރިންވެސް އެމީހުންވީ އެނުލަފާކަންތައް يعني: لِوَاطُ ކުރުން ހިންގާބަޔަކު ކަމުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! މިތިބީ ތިމަންގެ އަންހެން ދަރިންނެވެ. އެކުދިން ކަލޭމެންނަށް މާ طاهر ވާނެއެވެ. (قواعد ން އެކުދިންގެ ބޭނުންކުރާށެވެ!) ފަހެ ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އަދި ތިމަންކަލޭގެފާނުންގެ މެހުމާނުންނާއިމެދު ތިމަންކަލޭގެފާނު ދެރަކޮށް ނިކަމެތި ނުކޮށްލާށެވެ! ފަހެ ކަލޭމެންގެތެރޭގައި حقّ ދަންނަ ރަނގަޅަށް ތެދުމަގުގައިވާ އެކަކުވެސް ނެތީހެއްޔެވެ؟
قَالُواْ لَقَدۡ عَلِمۡتَ مَا لَنَا فِي بَنَاتِكَ مِنۡ حَقّٖ وَإِنَّكَ لَتَعۡلَمُ مَا نُرِيدُ
Open ayah 11:79އެމީހުން ދެންނެވިއެވެ. ކަލޭގެފާނުންގެ އަންހެންދަރިންނާމެދު އަހުރެމެންނަކަށް އެއްވެސް حقّ އެއް ނުވެއެވެ. އަދި ހަމަކަށަވަރުން އަހުރެމެން މިއެދޭ އެއްޗެއް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. (އަހުރެމެން އެދެނީ ފިރިހެނުންނެވެ.)
قَالَ لَوۡ أَنَّ لِي بِكُمۡ قُوَّةً أَوۡ ءَاوِيٓ إِلَىٰ رُكۡنٖ شَدِيدٖ
Open ayah 11:80އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެމައްޗަށް ތިމަންކަލޭގެފާނަށް ބާރެއްދޭނޭ ބަޔަކުވާނޭނަމައެވެ. ނުވަތަ އެފަރާތަކުން ބާރުލިބިގަންނަން ދާނޭ ގާތްތިމާގެ ބަޔަކު ތިމަންކަލޭގެފާނަށް ވާނޭނަމައެވެ.
قَالُواْ يَٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓاْ إِلَيۡكَۖ فَأَسۡرِ بِأَهۡلِكَ بِقِطۡعٖ مِّنَ ٱلَّيۡلِ وَلَا يَلۡتَفِتۡ مِنكُمۡ أَحَدٌ إِلَّا ٱمۡرَأَتَكَۖ إِنَّهُۥ مُصِيبُهَا مَآ أَصَابَهُمۡۚ إِنَّ مَوۡعِدَهُمُ ٱلصُّبۡحُۚ أَلَيۡسَ ٱلصُّبۡحُ بِقَرِيبٖ
Open ayah 11:81އެބޭކަލުން يعني: މަލާއިކަތްބޭކަލުން ވިދާޅުވިއެވެ. އޭ لوط (عليه السّلام) އެވެ! ތިމަންބޭކަލުންނީ ކަލޭގެފާނުންގެ ربّ ފޮނުއްވާފައިވާ (މަލާއިކަތް) ބޭކަލުންނީމުއެވެ. އެމީހުންނަށް ކަލޭގެފާނާ ހަމައަކަށް ނުފޯރާނެއެވެ. އެބަހީ: ކަލޭގެފާނަށް އުނދަގޫ ނުކުރެވޭނެއެވެ. ފަހެ ކަލޭގެފާނު ކަލޭގެފާނުންގެ أهل ވެރިންނާއިގެން ރޭގަނޑުގެ ވަގުތެއްގައި ހިންގަވާފައި (މިރަށުން) ނުކުމެވަޑައިގަންނަވާށެވެ! އަދި ތިޔައިން އެކަކުވެސް އެނބުރި ފަހަތް ނުބަލާށެވެ! ކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. ހަމަކަށަވަރުން އެމީހުންނަށް އެޖެހޭ عذاب އެއް އެކަމަނާއަށްވެސް ޖެހޭނެއެވެ. އެމީހުން ހަލާކުކުރެއްވުމަށް ކަނޑައެޅިގެންވާ ވަގުތަކީ ފަތިހެވެ. ފަތިސްގާތްކަމުގައި ނުވޭތޯއެވެ؟
فَلَمَّا جَآءَ أَمۡرُنَا جَعَلۡنَا عَٰلِيَهَا سَافِلَهَا وَأَمۡطَرۡنَا عَلَيۡهَا حِجَارَةٗ مِّن سِجِّيلٖ مَّنضُودٖ
Open ayah 11:82ދެން ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދުން އެބަހީ: އެމީހުންނަށް عذاب އައުމަށް ކަނޑައެޅިގެންވާ ވަގުތު އައުމުން ތިމަންރަސްކަލާނގެ އެރަށުގެ މަތީފުށް ދަށަށް ލެއްވީމެވެ. (ބަންޑުން ޖެއްސެވީމެވެ.) އަދި އެއްވަނަ އުޑުން ވެއްސެވި ހޫނުހިލަ ވާރޭ އެރަށުގެ މައްޗަށް ވެއްސެވީމެވެ. އެއްހިލަކޮޅަށްފަހު އަނެއްހިލަކޮޅެއް ވެއްޓޭގޮތަށެވެ. މަތިމައްޗަށްވެހޭ ގޮތަށެވެ.
مُّسَوَّمَةً عِندَ رَبِّكَۖ وَمَا هِيَ مِنَ ٱلظَّٰلِمِينَ بِبَعِيدٖ
Open ayah 11:83(އެހިލަކޮޅުތައްވަނީ) ކަލޭގެފާނުންގެ ربّ ގެ حضرة ގައި ފާހަގަލެވި ސިއްކަޖެހިގެންނެވެ. (އެއިން ކޮންމެ ހިލަޔަކުން ޖެހެވެންވީ މީހަކު ފާހަގަކުރެވިގެންނެވެ.) އަދި އެރަށް މިމުޝްރިކުންނާއި (އެބަހީ: مكّة ގެ أهل ވެރިންނާއި) ދުރުވެގެންވާ ރަށެއްކަމުގައި ނުވެއެވެ.
۞وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ وَلَا تَنقُصُواْ ٱلۡمِكۡيَالَ وَٱلۡمِيزَانَۖ إِنِّيٓ أَرَىٰكُم بِخَيۡرٖ وَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ مُّحِيطٖ
Open ayah 11:84އަދި مدين ގެ أهل ވެރިންގެގާތަށް އެމީހުންގެ أخ شعيب (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ނޫން (حقّ) އެހެންއެއްވެސް إله އެއް ކަލޭމެނަކަށް ނުވެއެވެ. ކަލޭމެން މިނެކިރުން އުނި ނުކުރާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވާގޮތުގައި ކަލޭމެންވަނީ ހަމަ ހެވެއްގައެވެ. އެބަހީ: ތަނަވަސްކަމާއި މުއްސަނދިކަމުގައެވެ. އަދި ކަލޭމެންގެމައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަނީ عذاب ވަށައިލެވިގެންވާ ދުވަހެއްގެ عذاب އަށެވެ.
وَيَٰقَوۡمِ أَوۡفُواْ ٱلۡمِكۡيَالَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ
Open ayah 11:85އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން މިނެކިރުން ހަމަހަމަކޮށް عدل إنصاف ކުރާށެވެ. އަދި (މިނެކިރާފައި) މީހުންނަށްދޭ އެމީހުންގެ ތަކެތި މަދުނުކުރާށެވެ! އަދި ބިމުގައި ފަސާދަކުރާ حال ބިމުގައި އުރެދެމުން ނުހިނގާށެވެ!
بَقِيَّتُ ٱللَّهِ خَيۡرٞ لَّكُمۡ إِن كُنتُم مُّؤۡمِنِينَۚ وَمَآ أَنَا۠ عَلَيۡكُم بِحَفِيظٖ
Open ayah 11:86ﷲ ކަލޭމެނަށް ބާކީކޮށްދެއްވި އެއްޗަށް (އެބަހީ: މީހުންގެ حقّ މަދުނުކޮށް ދިނީމާ ދެންހުރި އެއްޗެއް) ކަލޭމެނަށް ހެޔޮވެގެންވެއެވެ. ކަލޭމެނަކީ مؤمن ންކަމުގައިވަންޏާ އެގޮތް މާރަނގަޅެވެ. އަދި ކަލޭމެންގެމައްޗަށް ފާރަލާ މީހަކުކަމުގައި ތިމަންކަލޭގެފާނު ނުވަމުއެވެ.
قَالُواْ يَٰشُعَيۡبُ أَصَلَوٰتُكَ تَأۡمُرُكَ أَن نَّتۡرُكَ مَا يَعۡبُدُ ءَابَآؤُنَآ أَوۡ أَن نَّفۡعَلَ فِيٓ أَمۡوَٰلِنَا مَا نَشَٰٓؤُاْۖ إِنَّكَ لَأَنتَ ٱلۡحَلِيمُ ٱلرَّشِيدُ
Open ayah 11:87އެމީހުން ދެންނެވިއެވެ. އޭ شُعَيْبُ އެވެ! އަހުރެމެން އަހުރެމެންގެ ކާބަފައިން އަޅުކަންކުރި ތަކެއްޗަށް އަޅުކަންކުރުން ދޫރުކުމަށާއި އަހުރެމެންގެ މުދަލުގައި އަހުރެމެން ބޭނުންގޮތެއް ހެދުން ދޫކޮށްލުމަށް ކަލޭގެފާނުންގެ ނަމާދު ކަލޭގެފާނަށް أمر ކުރައްވަނީތޯއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ ކޯފާ މަޑު އަދި ތެދުމަގުގައިވާ ބޭކަލަކުކަން يقين އެވެ. (މިއީ އެމީހުން އެކަލޭގެފާނަށް މަލާމާތްކުރުމުގެގޮތުން ބުނާ ބުނުމެކެވެ.)
قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَرَزَقَنِي مِنۡهُ رِزۡقًا حَسَنٗاۚ وَمَآ أُرِيدُ أَنۡ أُخَالِفَكُمۡ إِلَىٰ مَآ أَنۡهَىٰكُمۡ عَنۡهُۚ إِنۡ أُرِيدُ إِلَّا ٱلۡإِصۡلَٰحَ مَا ٱسۡتَطَعۡتُۚ وَمَا تَوۡفِيقِيٓ إِلَّا بِٱللَّهِۚ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ
Open ayah 11:88އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ކަލޭމެން ނިކަން ބުނެބަލާށެވެ! ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ން ތިމަންކަލޭގެފާނު بيان އާއި حجّة ގެމަތީގައި ވެފައި އަދި އެކަލާނގެ ތިމަންކަލޭގެފާނަށް ރަނގަޅު ރިޒުގުދެއްވިކަމުގައިވަންޏާވެސް (ކަލޭމެން ބުނާނީ ތިޔަހެންހެއްޔެވެ؟) އަދި ތިމަންކަލޭގެފާނު އެކަންކަމުން ކަލޭމެނަށް މަނާކޮށް ނަހީކުރެއްވި ކަންތަކާއި ތިމަންކަލޭގެފާނު ކަލޭމެންނާއި خلاف ނުވާނަމެވެ. خلاف ވާކަށް ނޭދެމެވެ. ކަލޭމެން إصلاح ކުރުމަށްމެނުވީ ތިމަންކަލޭގެފާނުން އެދިވަޑައި ނުގަންނަވަމުއެވެ. އެއީ ތިމަންކަލޭގެފާނަށް ކުޅަދާނަވީހާ ވަރަކަށެވެ. އަދި ތިމަންކަލޭގެފާނަށް توفيق ލިބުން ހަމަ ﷲ ގެ حضرة ންމެނުވީ ނުވެއެވެ. ތިމަންކަލޭގެފާނު وكيل ކުރަނީ ހަމަ ﷲ އަށެވެ. އަދި ތިމަންކަލޭގެފާނު رجوع ވެ توبة ވަނީ ހަމައެކަލާނގެ حضرة އަށެވެ.
وَيَٰقَوۡمِ لَا يَجۡرِمَنَّكُمۡ شِقَاقِيٓ أَن يُصِيبَكُم مِّثۡلُ مَآ أَصَابَ قَوۡمَ نُوحٍ أَوۡ قَوۡمَ هُودٍ أَوۡ قَوۡمَ صَٰلِحٖۚ وَمَا قَوۡمُ لُوطٖ مِّنكُم بِبَعِيدٖ
Open ayah 11:89އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ތިމަންކަލޭގެފާނުންގެމައްޗަށް ކަލޭމެންގެ ކިބައިގައިވާ ދެކޮޅުވެރިކަން އެއީ نوح عليه السّلام ގެ قوم އަށް ނުވަތަ هود عليه السّلام ގެ قوم އަށް ނުވަތަ صالح عليه السّلام ގެ قوم އަށް ދިމާވިފަދަ ކަންތައް (އެފަދަ عذاب) ކަލޭމެނަށް ޖެހިދާނޭ ސަބަބަކަށް ކަލޭމެން ނުހަދާށެވެ! އަދި لوط عليه السّلام ގެ قوم (އެބަހީ: އެ قوم ގެ تاريخ) އަދި ކަލޭމެނާ ދުރުވެގެންނުވެއެވެ.
وَٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِۚ إِنَّ رَبِّي رَحِيمٞ وَدُودٞ
Open ayah 11:90އަދި ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ގައި ފާފަފުއްސެވުމަށް އެދިދަންނަވާށެވެ! ދެން އެކަލާނގެ حضرة އަށް توبة ވެ رجوع ވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އެއީ رحمة ލެއްވުންބޮޑު އަދި توبة ވާ އަޅުންނަށް ނުހަނު ލޯބިވެވޮޑިގަންނަވާ ކަލާނގެއެވެ.
قَالُواْ يَٰشُعَيۡبُ مَا نَفۡقَهُ كَثِيرٗا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفٗاۖ وَلَوۡلَا رَهۡطُكَ لَرَجَمۡنَٰكَۖ وَمَآ أَنتَ عَلَيۡنَا بِعَزِيزٖ
Open ayah 11:91އެމީހުން ދެންނެވިއެވެ. އޭ شُعَيْبُ އެވެ! ކަލޭގެފާނު ވިދާޅުވާ ގިނަތަކެތި އަހުރެމެންނަށް ނުވިސްނެއެވެ. (އޭގެ حقيقة އެއް ނޭނގެއެވެ.) އަދި އަހުރެމެން ދެކެނީ ކަލޭގެފާނަކީ އަހުރެމެންގެތެރޭގައި ضعيف ބޭކަލަކު ކަމުގައެވެ. ދެރަނިކަމެތި މީހަކުކަމުގައެވެ. އަދި ކަލޭގެފާނުންގެ جماعة ނުވާނަމަ (ނުވަތަ ގާތްތިމާގެމީހުން ނުވާނަމަ) އަހުރެމެން ކަލޭގެފާނު رَجَم ކޮށްފީމުހެވެ. ގަލުން ތަޅާމަރައިފީމުހެވެ. އަދި ކަލޭގެފާނީ އަހުރެމެންނަށް عزّة ތެރި ބޭކަލަކުކަމުގައި ނުވެއެވެ. ބާރުހުރި ބޭކަލަކު ކަމުގައި ނުވެއެވެ.
قَالَ يَٰقَوۡمِ أَرَهۡطِيٓ أَعَزُّ عَلَيۡكُم مِّنَ ٱللَّهِ وَٱتَّخَذۡتُمُوهُ وَرَآءَكُمۡ ظِهۡرِيًّاۖ إِنَّ رَبِّي بِمَا تَعۡمَلُونَ مُحِيطٞ
Open ayah 11:92އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ތިމަންކަލޭގެފާނުންގެ ގާތްމީހުން (ނުވަތަ جماعة) ކަލޭމެންގެގާތުގައި ﷲ އަށްވުރެ عزّة ތެރިވެފައި ބާރުގަދައީހެއްޔެވެ؟ އަދި އެކަލާނގެ ކަލޭމެންގެ ފުރަގަހަށްލީހެއްޔެވެ؟ ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ ކަލޭމެން ކުރާހާކަމެއްގެ ވަށައިގެންވެއެވެ. އެބަހީ: އެކަލާނގެ ހުރިހާކަމެއް ދެނެވޮޑިގެންވެއެވެ.
وَيَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ سَوۡفَ تَعۡلَمُونَ مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَمَنۡ هُوَ كَٰذِبٞۖ وَٱرۡتَقِبُوٓاْ إِنِّي مَعَكُمۡ رَقِيبٞ
Open ayah 11:93އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ކަލޭމެނަށް ކުރެވޭކަމެއް ކަލޭމެންގެ ގޮތުގައި ތިބެގެން ކުރާށެވެ! އަދި ތިމަންކަލޭގެފާނުވެސް عمل ކުރާހުރީމެވެ. ފަހެ އެމީހަކަށް އެމީހަކު ދެރަކޮށް ނިކަމެތިކޮށްލާފަދަ عذاب އެއް އަންނަހުރީ އެއީ ކާކަށްކަން ނިކަންހުރެ ކަލޭމެނަށް އެނގިދާނެއެވެ. އަދި ދޮގުވެރިޔަކީ ކާކުކަންވެސް އެނގިދާނެއެވެ. ފަހެ ކަލޭމެން إنتظار ކުރާށެވެ! ތިމަންކަލޭގެފާނަކީވެސް ކަލޭމެނާއެކު إنتظار ކޮށް ބަލާމީހަކީމެވެ.
وَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا شُعَيۡبٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُواْ ٱلصَّيۡحَةُ فَأَصۡبَحُواْ فِي دِيَٰرِهِمۡ جَٰثِمِينَ
Open ayah 11:94އަދި ތިމަންރަސްކަލާނގެ أمر ފުޅުއައިހިނދުން (އެބަހީ: އެ قوم ހަލާކުކުރެއްވުމުގެ ނިޔާފުޅުއައިހިނދުން ތިމަންރަސްކަލާނގެ شعيب عليه السّلام އާއި އަދި އެކަލޭގެފާނުންގެ އަރިހުގައި إيمان ވެގެންވާމީހުން ސަލާމަތްކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ خاصّ رحمة އެކެވެ. އަދި އަނިޔާވެރިވީ މީސްތަކުންނަށް - (مشرك ންނަށް) ގަދަ އަޑުފަށް އައިސްޖެހިއްޖެއެވެ. ދެންފަހެ އެމީހުން އެމީހުންގެ ގޯތިގެދޮރުގައި މަރުވެ ތަންޑާވެގެންވާ ބަޔަކުކަމުގައިވެއްޖެއެވެ.
كَأَن لَّمۡ يَغۡنَوۡاْ فِيهَآۗ أَلَا بُعۡدٗا لِّمَدۡيَنَ كَمَا بَعِدَتۡ ثَمُودُ
Open ayah 11:95އެމީހުން ކޮންފަދަހެއްޔެވެ؟ އެމީހުން އެރަށުގައި ދިރިނުއުޅޭބަޔަކުފަދައެވެ. ދަންނާށެވެ! ثمود ބާގައިގެ މީހުންނަށް ﷲ ގެ رحمة ދުރުވެގެންވީފަދައިން مَدْيَن ގެ أهل ވެރިންނަށްވެސް ﷲ ގެ رحمة ދުރުވެގެންވެއެވެ.
وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَا وَسُلۡطَٰنٖ مُّبِينٍ
Open ayah 11:96އަދި موسى عليه السّلام ތިމަންރަސްކަލާނގެ އާޔަތްތަކާއި އަދި (ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމަށް دليل ކުރާ) حجّة ތަކާއި دليل ތަކާއިއެކު ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ.
إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَٱتَّبَعُوٓاْ أَمۡرَ فِرۡعَوۡنَۖ وَمَآ أَمۡرُ فِرۡعَوۡنَ بِرَشِيدٖ
Open ayah 11:97އެއީ فرعون އާއި އޭނާގެ ބޮޑުންގެގާތަށެވެ. ފަހެ އެމީހުން تبع ވީ فرعون ގެ أمر އާއިއެވެ. (فرعون ވަނީ ﷲ އާއި موسى عليه السّلام ދޮގުކޮށްފައެވެ.) އަދި فرعون ގެ ކަންތައް ތެދުމަގާއި ހެޔޮކަމުގެތެރޭގައި ނުވެއެވެ.
يَقۡدُمُ قَوۡمَهُۥ يَوۡمَ ٱلۡقِيَٰمَةِ فَأَوۡرَدَهُمُ ٱلنَّارَۖ وَبِئۡسَ ٱلۡوِرۡدُ ٱلۡمَوۡرُودُ
Open ayah 11:98އޭނާ އެބަހީ: فرعون އޭނާގެ قوم ގެ ކުރީގައި ހުރެ يعني: އިސްމީހަކަށްހުރެ އެމީހުން ނަރަކައަށް ވައްދާނެއެވެ. ފަހެ އޭނާ އެމީހުން އެވައްދާތަން ނުބައިވެގެންވެއެވެ.
وَأُتۡبِعُواْ فِي هَٰذِهِۦ لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۚ بِئۡسَ ٱلرِّفۡدُ ٱلۡمَرۡفُودُ
Open ayah 11:99އަދި މިދުނިޔޭގައިވެސް އެމީހުންނަށް لعنة تبع ވެގެންވެއެވެ. އަދި آخرة ގައިވެސް އެމީހުންނަށް لعنة ވެއެވެ. އެއް އެހީއަށްފަހު ވެވުނު އަނެއް އެހީނުބައިވެގެންވެއެވެ. (އެއީ ދުނިޔޭގެ لعنة އަށްފަހު آخرة ގެ لعنة ގެ ވާހަކައެވެ. އެއީ فرعونއެމީހުންނަށް ވެދިން އެހީއެވެ.)
ذَٰلِكَ مِنۡ أَنۢبَآءِ ٱلۡقُرَىٰ نَقُصُّهُۥ عَلَيۡكَۖ مِنۡهَا قَآئِمٞ وَحَصِيدٞ
Open ayah 11:100(އޭ رسول ﷲ އެވެ!) އިސްވެދިޔަ ވާހަކަތަކަކީ ވޭތިވެދިޔަ އެކިރަށްރަށުގެ خبر ތަކުގެތެރެއިން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދޭ خبر ތަކެވެ. އަދި އެރަށްތަކުގެތެރޭގައި ހަލާކުނުވެ އަދިއަދަށްދާންދެން ހުރި ރަށްރަށްވެއެވެ. އަދި އޭގެތެރޭގައި ހަލާކުވެ ބަރުބާދުވެފައިވާ ރަށްރަށްވެއެވެ.
وَمَا ظَلَمۡنَٰهُمۡ وَلَٰكِن ظَلَمُوٓاْ أَنفُسَهُمۡۖ فَمَآ أَغۡنَتۡ عَنۡهُمۡ ءَالِهَتُهُمُ ٱلَّتِي يَدۡعُونَ مِن دُونِ ٱللَّهِ مِن شَيۡءٖ لَّمَّا جَآءَ أَمۡرُ رَبِّكَۖ وَمَا زَادُوهُمۡ غَيۡرَ تَتۡبِيبٖ
Open ayah 11:101އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އަނިޔާވެރިވެވޮޑިނުގަންނަވަމެވެ. އަދި އެހެނެއްކަމަކު އެމީހުން އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީއެވެ. އަދި ކަލޭގެފާނުންގެ ربّ ގެ أمر ފުޅު އައިހިނދުން - އެބަހީ: އެބަޔަކު ހަލާކު ކުރެއްވުމުގެ أمر ފުޅުއައިހިނދުން ތިމަންރަސްކަލާނގެ ފިޔަވައި އެމީހުން އެގޮވާ دعاء ކުރިތަކެތި يعني: އެމީހުންގެ އެބުނާ إله ންތައް އެމީހުންނަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އިތުރު ގެއްލުމަކާއި ހަލާކެއްމެނުވީ އެބުދުތައް އެމީހުންނަށް އިތުރު ނުކުރެއެވެ.
وَكَذَٰلِكَ أَخۡذُ رَبِّكَ إِذَآ أَخَذَ ٱلۡقُرَىٰ وَهِيَ ظَٰلِمَةٌۚ إِنَّ أَخۡذَهُۥٓ أَلِيمٞ شَدِيدٌ
Open ayah 11:102ކަލޭގެފާނުންގެ ربّ އެރަށެއްގެ ބަޔަކު އަނިޔާވެރިވެގެންވާ حال އެރަށެއް ހިތްޕަވާ ހަލާކުކުރައްވަންޏާ އެކަލާނގެ އެރަށެއް ހިތްޕަވަނީ ހަމަ އެފަދައިންނެވެ. ހަމަކަށަވަރުން އެކަލާނގެ ހިތްޕެވުމަކީ ވޭންހުރި ގަދަފަދަ ހިތްޕެވުމެކެވެ.
إِنَّ فِي ذَٰلِكَ لَأٓيَةٗ لِّمَنۡ خَافَ عَذَابَ ٱلۡأٓخِرَةِۚ ذَٰلِكَ يَوۡمٞ مَّجۡمُوعٞ لَّهُ ٱلنَّاسُ وَذَٰلِكَ يَوۡمٞ مَّشۡهُودٞ
Open ayah 11:103ހަމަކަށަވަރުން އެކަންތަކުގައި - އެބަހީ: ތިމަންރަސްކަލާނގެ އެހަލާކުކުރެއްވި ރަށްރަށް ހަލާކުކުރެއްވުމުގައި آخرة ދުވަހުގެ عذاب އަށް ބިރުވެތިވާ މީހަކަށް ކަނޑައެޅި بيان ވެގެންވާ عبرة ވެއެވެ. وعظ ވެއެވެ. އެދުވަހަކީ އެދުވަހަކަށް މީސްތަކުން (ކަށްވަޅުތަކުން ނުކުމެގެން) ޖަމާވާނޭ ދުވަހެވެ. އަދި އެދުވަހަކީ އެއީ ހެކިވެވޭނޭ ދުވަހެވެ. ނުވަތަ حاضر ވާނޭ ދުވަހެވެ.
وَمَا نُؤَخِّرُهُۥٓ إِلَّا لِأَجَلٖ مَّعۡدُودٖ
Open ayah 11:104އަދި ކަނޑައެޅި عدد ވެގެންވާ مدّة އަކަށްމެނުވީ ތިމަންރަސްކަލާނގެ ދުވަސް ލަސްނުކުރައްވަމެވެ.
يَوۡمَ يَأۡتِ لَا تَكَلَّمُ نَفۡسٌ إِلَّا بِإِذۡنِهِۦۚ فَمِنۡهُمۡ شَقِيّٞ وَسَعِيدٞ
Open ayah 11:105އަދި އެދުވަސް އައުމުން އެކަލާނގެ އިޒުނަފުޅަށްމެނުވީ ހަމައެއްވެސް نفس އެއް ވާހަކަ ނުދައްކާނެއެވެ. ފަހެ އެމީހުންގެތެރޭގައި ވަނީ އަބާއްޖަވެރިންނާއި ބާއްޖަވެރިންނެވެ.
فَأَمَّا ٱلَّذِينَ شَقُواْ فَفِي ٱلنَّارِ لَهُمۡ فِيهَا زَفِيرٞ وَشَهِيقٌ
Open ayah 11:106ފަހެ އަބާއްޖަވެރިން ދަންނައެވެ! އެމީހުން (އެދުވަހުން) ނަރަކައިގައެވެ. އެމީހުންނަށް އެތާނގައި އިވޭނީ އެނަރަކަ ބޭރަށް ނޭވައިލާ އަޑާއި އަދި އޭތި އެތެރެއަށް ނޭވައި ހިފަހައްޓާ އަޑެވެ.
خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ إِلَّا مَا شَآءَ رَبُّكَۚ إِنَّ رَبَّكَ فَعَّالٞ لِّمَا يُرِيدُ
Open ayah 11:107އަދި ކަލޭގެފާނުންގެ ربّ އިރާދަކުރެއްވި މިންވަރެއްމެނުވީ އަބަދާއަބަދު އެމީހުން އެތާ ދެމިތިބޭނެއެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ އެކަލާނގެ އެދިވޮޑިގަންނަވާކަމެއްވިއްޔާ ހަމަ ކޮންމެހެން ކުރައްވާ ކަލާނގެއެވެ.
۞وَأَمَّا ٱلَّذِينَ سُعِدُواْ فَفِي ٱلۡجَنَّةِ خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ إِلَّا مَا شَآءَ رَبُّكَۖ عَطَآءً غَيۡرَ مَجۡذُوذٖ
Open ayah 11:108އަދި ބާއްޖަވެރިވީމީހުން ދަންނައެވެ! ފަހެ އެމީހުންވަނީ ސުވަރުގޭގައެވެ. ކަލޭގެފާނުންގެ ربّ އިރާދަކުރެއްވި މިންވަރެއްމެނުވީ އެމީހުން އެތާ ދާއިމީގޮތެއްގައި ދެމިތިބޭހުއްޓެވެ. އެއީ ކެނޑިދިއުމެއްނުވާ ދެއްވުމެއްގެގޮތުގައެވެ. (ދެމިހުންނަ نعمة އެއްގެގޮތުންނެވެ.)
فَلَا تَكُ فِي مِرۡيَةٖ مِّمَّا يَعۡبُدُ هَٰٓؤُلَآءِۚ مَا يَعۡبُدُونَ إِلَّا كَمَا يَعۡبُدُ ءَابَآؤُهُم مِّن قَبۡلُۚ وَإِنَّا لَمُوَفُّوهُمۡ نَصِيبَهُمۡ غَيۡرَ مَنقُوصٖ
Open ayah 11:109(އޭ رسول ﷲ އެވެ!) ފަހެ މިބައިމީހުން އެބަހީ: ކަލޭގެފާނުންގެ قوم ގެ مشرك ން - އެއަޅުކަންކުރާ ތަކެއްޗާއިމެދު ކަލޭގެފާނު ޝައްކު ނުކުރައްވާ ހުށިކަމެވެ. އެމީހުންގެ ކާބަފައިން މީގެކުރިން އަޅުކަންކުރާފަދައިންމެނުވީ މިމީހުންވެސް އަޅުކަންކުރާކަމުގައި ނުވެއެވެ. (މިމީހުން ބުދަށް މިއަޅުކަންކުރަނީ ކާބަފައިންނަށް تبع ވުމަށެވެ.) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ حقّ (ހެވަސް ނުބަޔަސް) ހަމަ މަދުކުރުމަކާއި ނުލައި ބަރާބަރުކޮށްދޭހުށީމެވެ.
وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَٱخۡتُلِفَ فِيهِۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡۚ وَإِنَّهُمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ
Open ayah 11:110އަދި ހަމަކަށަވަރުން موسى عليه السّلام އަށް ތިމަންރަސްކަލާނގެ ފޮތްދެއްވީމެވެ. توراة ދެއްވީމެވެ. ފަހެ އެފޮތާއިމެދު إختلاف ވެވުނެވެ. (އެއްބަޔަކު އެފޮތް ތެދުކޮށް އަނެއްބަޔަކު އެފޮތް ދޮގުކުރިއެވެ.) އަދި ކަލޭގެފާނުންގެ ربّ ގެ حضرة ން كلمة އެއް އިސްވެގޮސްފައިނުވާނަމަ ހަމަކަށަވަރުން އެމީހުންގެ މެދުގައި ނިޔާކުރެވިއްޖައީހެވެ. (އެކަލާނގެ حضرة ން އިސްވެގޮސްފައިވާ كلمة އަކީ عذاب ލަސްކުރެއްވުމުގެ كلمة އެވެ.) އަދި ހަމަކަށަވަރުން އެމީހުން އެވަނީ އެފޮތާއިމެދު ޝައްކުކުރާ ބަޔަކުކަމުގައެވެ. (އެއީ حقّ ތޯ ނުވަތަ باطل ތޯ މިކަމާމެދުއެވެ.)
وَإِنَّ كُلّٗا لَّمَّا لَيُوَفِّيَنَّهُمۡ رَبُّكَ أَعۡمَٰلَهُمۡۚ إِنَّهُۥ بِمَا يَعۡمَلُونَ خَبِيرٞ
Open ayah 11:111އަދި އިސްވެދިޔަ މީހުންކުރެ ކޮންމެމީހަކަށްމެ ކަލޭގެފާނުންގެ ربّ އެމީހަކު ކުރި عمل ތަކަށް އެމީހަކަށް ފުރިހަމަ ޖަޒާދެއްވާ ބަރާބަރު ކުރައްވާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ އެމީހުންކުރާ عمل ތަކުގެ خبر މޮޅަށް ދެނެވޮޑިގަންނަވާ ކަލާނގެއެވެ.
فَٱسۡتَقِمۡ كَمَآ أُمِرۡتَ وَمَن تَابَ مَعَكَ وَلَا تَطۡغَوۡاْۚ إِنَّهُۥ بِمَا تَعۡمَلُونَ بَصِيرٞ
Open ayah 11:112(އޭ رسول ﷲ އެވެ!) ކަލޭގެފާނަށް أمر ވެވުނުފަދައަކުން ކަލޭގެފާނު ސީދާވެވަޑައިގެން ހުންނަވާށެވެ! އަދި ކަލޭގެފާނުންގެ އަރިހުގައި توبة ވެވަޑައިގެން ތިއްބެވި ބޭކަލުންވެސް (ސީދާކަންމަތީ قائم ވެ ތިއްބަވާށެވެ!) އަދި (އުރެދުމުގައި) ހައްދުފަހަނަޅައިނުދާށެވެ! ހަމަކަށަވަރުން އެކަލާނގެއީ ކަލޭމެން ކުރާހާ ކަމަކަށް ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
وَلَا تَرۡكَنُوٓاْ إِلَى ٱلَّذِينَ ظَلَمُواْ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَ ثُمَّ لَا تُنصَرُونَ
Open ayah 11:113އޭ މީސްތަކުންނޭވެ! އަނިޔާވެރިވީމީހުންނަށް ކަލޭމެން ބުރަވެ އެމީހުންގެ ފަރާތަށް ނުލެނބޭށެވެ! ފަހެ އެހެން ހަދައިފިއްޔާ ކަލޭމެންގެ ގައިގާ އަލިފާން ބީހިދާނެއެވެ. (ކަލޭމެން ނަރަކައަށް ވަންނަން ޖެހިދާނެއެވެ.) އަދި ﷲ ފިޔަވައި ކަލޭމެންނަށް އެއްވެސް ސަހަރޯވެރިޔަކު ނުވެއެވެ. ދެން ކަލޭމެނަށް نصر ނުލިބެވޭނެއެވެ.
وَأَقِمِ ٱلصَّلَوٰةَ طَرَفَيِ ٱلنَّهَارِ وَزُلَفٗا مِّنَ ٱلَّيۡلِۚ إِنَّ ٱلۡحَسَنَٰتِ يُذۡهِبۡنَ ٱلسَّيِّـَٔاتِۚ ذَٰلِكَ ذِكۡرَىٰ لِلذَّٰكِرِينَ
Open ayah 11:114އަދި ދުވާލުގެ ދެކޮޅުގައްޔާ އަދި ރޭގަނޑުގެ ގަޑިތަކެއްގައި (ވަގުތުތަކެއްގައި) ކަލޭގެފާނު ނަމާދުފުޅުقَائِمُ ކުރައްވާށެވެ! (މިއީ فرض ފަސްނަމާދުގެ ވަގުތަކަށް ކުރައްވާފައި އިޝާރަތެއްކަމަށް مُفسّر ން ވިދާޅުވެއެވެ.) ހަމަކަށަވަރުން ހެޔޮކަންތައް ނުބައިކަންތައް ގެންދެއެވެ. ފިލުވައިލައެވެ. (އެބަހީ ހެޔޮކަންތައްކުރުމުން ނުބައިކަންތައް ފުހެވެއެވެ.) އަދި މިވާހަކަތަކަކީ وعظ އާއި نصيحة ލިބިގަންނަބަޔަކަށް (ذِكْر ކުރާބަޔަކަށް) ވާ نصيحة ތަކެކެވެ. وعظ ތަކެކެވެ.
وَٱصۡبِرۡ فَإِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ
Open ayah 11:115އަދި ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ފަހެ ހަމަކަށަވަރުން إحسان ތެރިންގެ ދަރުމަ ﷲ تعالى ގެއްލެނި ނުކުރައްވާނެއެވެ.
فَلَوۡلَا كَانَ مِنَ ٱلۡقُرُونِ مِن قَبۡلِكُمۡ أُوْلُواْ بَقِيَّةٖ يَنۡهَوۡنَ عَنِ ٱلۡفَسَادِ فِي ٱلۡأَرۡضِ إِلَّا قَلِيلٗا مِّمَّنۡ أَنجَيۡنَا مِنۡهُمۡۗ وَٱتَّبَعَ ٱلَّذِينَ ظَلَمُواْ مَآ أُتۡرِفُواْ فِيهِ وَكَانُواْ مُجۡرِمِينَ
Open ayah 11:116ކަލޭމެންގެކުރީ އިސްވެދިޔަ أمّة ތަކުގެތެރޭގައި ތިބި ބުއްދިޔާއި ދީނުގެގޮތުން ރަނގަޅަށްތިބި މީހުން ބިމުގައި ކުރާ ފަސާދައިން މީސްތަކުންނަށް ނަހީކޮށް މަނާކޮށްހެދިނަމައެވެ! އެމީހުންގެމަދުމީހުން ބިމުގައިވާ ފަސާދަ ނަހީކޮށް މަނާކުރިއެވެ. އެމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި އަނިޔާވެރިވީ މީސްތަކުން ތަބާވީ އެމީހުން އެއެއްޗެއްގައި މަޖާނަގަމުންދިޔަ ދުނިޔޭގެ މަޖަލާއި لَذّة އާއެވެ. އެމީހުންވީ ނުބައިނުލަފާ މީހުންކަމުގައެވެ. مجرم ންކަމުގައެވެ.
وَمَا كَانَ رَبُّكَ لِيُهۡلِكَ ٱلۡقُرَىٰ بِظُلۡمٖ وَأَهۡلُهَا مُصۡلِحُونَ
Open ayah 11:117އަދި ކަލޭގެފާނުންގެ ربّ އެރަށެއްގެ أهل ވެރިން مصلح ންކަމުގައިވާ حال ހަމަ (ރަނގަޅުމީހުން ކަމުގައިވާޙާލު) އަނިޔާވެރިގޮތެއްގައި ރަށްރަށް ހަލާކުކުރައްވާ ކަލަކުކަމުގައި ނުވެއެވެ.
وَلَوۡ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةٗ وَٰحِدَةٗۖ وَلَا يَزَالُونَ مُخۡتَلِفِينَ
Open ayah 11:118އަދި ކަލޭގެފާނުންގެ ربّ އެދިވޮޑިގެންނެވިނަމަ ހަމަކަށަވަރުން އެންމެހައި މީސްތަކުން އެއް أمّة އަކަށް ލައްވައިފީހެވެ. (ހަމަ ސީދާ مسلم ންކަމުގައި ލައްވައިފީހެވެ.) އަދި އެމީހުން إختلاف ވެ ދެބަސްވުމުން ފިލާނުދެއެވެ. (އެއީ دين ނުވަތަ مذهب އާއިމެދުވާ إختلاف އެވެ.)
إِلَّا مَن رَّحِمَ رَبُّكَۚ وَلِذَٰلِكَ خَلَقَهُمۡۗ وَتَمَّتۡ كَلِمَةُ رَبِّكَ لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ
Open ayah 11:119ކަލޭގެފާނުންގެ ربّ رحمة ލެއްވި އަޅަކު މެނުވީއެވެ. އެމީހުން ހެއްދެވުނީ އެގޮތުގެމަތީގައެވެ. (އެބަހީ: رحمة އަށްޓަކައެވެ. ނުވަތަ إختلاف ވާގޮތަށެވެ. އަދި ކަލޭގެފާނުންގެ ربّ ގެ كلمة ފުޅު ފުރިހަމަވެގެންވެއެވެ. އެއީ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނަރަކަ ފުރައިލާހުރީ ޖިންނީންގެތެރެއިންނާއި މީސްތަކުންގެތެރެއިން އަޅައިގެންނެވެ. (އޭގައިވާ އެންމެންނަކީވެސް އެދެ جِنْس އެވެ. والله أعلم.)
وَكُلّٗا نَّقُصُّ عَلَيۡكَ مِنۡ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَۚ وَجَآءَكَ فِي هَٰذِهِ ٱلۡحَقُّ وَمَوۡعِظَةٞ وَذِكۡرَىٰ لِلۡمُؤۡمِنِينَ
Open ayah 11:120رسول ބޭކަލުންގެ خبر ތަކުގެތެރެއިން ތިމަންރަސްކަލާނގެ ކަލޭގެފާނަށް މިކިޔަވައިދެއްވާ ވާހަކަތަކުގައި އެއިން ކަލޭގެފާނުންގެ ހިތްޕުޅު ތިމަންރަސްކަލާނގެ ސާބިތުކޮށްދެއްވާ ތަކެތިވެއެވެ. އަދި ހަމަކަށަވަރުން މިސޫރަތުގައި مؤمن ންނަށް حقّ އާއި وعظ އާއި އަދި ذِكر އާއި نصيحة ހުރިތަކެތި ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ.
وَقُل لِّلَّذِينَ لَا يُؤۡمِنُونَ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنَّا عَٰمِلُونَ
Open ayah 11:121އަދި އީމާންނުވާމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކަލޭގެ ތަނުގައި ތިބެ ކަލޭމެންގެ ގޮތުގައި عمل ކުރާށެވެ! ތިމަންކަލޭގެފާނުވެސް عمل ކުރާހުށީމެވެ.
وَٱنتَظِرُوٓاْ إِنَّا مُنتَظِرُونَ
Open ayah 11:122އަދި (ކަލޭމެންނަށް شيطان وعد ކުރި ކަންތަކަށް) ކަލޭމެން إنتظار ކުރާށެވެ! ތިމަންކަލޭގެފާނު (ތިމަންކަލޭގެފާނަށް ﷲ وعد ކުރެއްވި ކަންތަކަށް) إنتظار ކުރާހުރީމެވެ.
وَلِلَّهِ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَإِلَيۡهِ يُرۡجَعُ ٱلۡأَمۡرُ كُلُّهُۥ فَٱعۡبُدۡهُ وَتَوَكَّلۡ عَلَيۡهِۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعۡمَلُونَ
Open ayah 11:123އަދި އުޑުތަކާއި ބިމުގައިވާ غيب خاصّ ވެ ملك ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ހުރިހާ ކަމެއް - ހުރިހާ އެއްޗެއް رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. ފަހެ އެކަލާނގެއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި އެކަލާނގެ حضرة އަށް وكيل ކުރައްވާށެވެ! އަދި ކަލޭމެންކުރާ ކަންތައްތަކަށް ކަލޭގެފާނުގެ ربّ غافل ވެވޮޑިގެން ނުވެއެވެ.