الكهف
Al-Kahf
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
ٱلۡحَمۡدُ لِلَّهِ ٱلَّذِيٓ أَنزَلَ عَلَىٰ عَبۡدِهِ ٱلۡكِتَٰبَ وَلَمۡ يَجۡعَل لَّهُۥ عِوَجَاۜ
Open ayah 18:1އެންމެހައި حمد އާއި ثناء އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެ އަޅާގެމައްޗަށް (محمّد ﷺ ގެމައްޗަށް) ފޮތް يعني: ކީރިތި قرآن ބާވައިލެއްވި ކަލާނގެއެވެ. އެފޮތުގައި އެކަލާނގެ އެއްވެސް ގުދުކަމެއް ކަތިކަމެއް ނުލައްވައެވެ.
قَيِّمٗا لِّيُنذِرَ بَأۡسٗا شَدِيدٗا مِّن لَّدُنۡهُ وَيُبَشِّرَ ٱلۡمُؤۡمِنِينَ ٱلَّذِينَ يَعۡمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمۡ أَجۡرًا حَسَنٗا
Open ayah 18:2އެއީ ސީދާވެގެންވާ عدل ވެރި ފޮތެއްގެގޮތުގައެވެ. މީސްތަކުންނަށް ﷲ ގެ حضرة ން އަތުވެދާނޭ ގަދަވެގެންވާ އަވަސް عذاب އަކާ މެދު އެކަލޭގެފާނު މީސްތަކުންނަށް إنذار ކުރެއްވުމަށެވެ. ބިރުގެންނެވުމަށެވެ. އަދި صالح عمل ކުރާ مؤمن ންނަށް (قيامة ދުވަހުން) ރަނގަޅުވެގެންވާ މާތް ދަރުމައެއް ހުރިކަމުގެ އުފާވެރި خبر އެމީހުންނަށް ދެއްވުމަށެވެ. އެއީ ފޮތް ބާވައިލެއްވުމުގެ އެއް مقصد އެވެ.
مَّٰكِثِينَ فِيهِ أَبَدٗا
Open ayah 18:3އެމީހުން އެދަރުމައިގައި (އެރަނގަޅު އުޖޫރައިގައި) އަބަދާއަބަދު ދެމިތިބޭ ހުއްޓެވެ. ސުވަރުގޭގައެވެ.
وَيُنذِرَ ٱلَّذِينَ قَالُواْ ٱتَّخَذَ ٱللَّهُ وَلَدٗا
Open ayah 18:4(އަދި އެކަލޭގެފާނަށް އެފޮތް ބާވައިލެއްވީ) ﷲ ދަރިކަލަކު ހިތްޕަވާ إختيار ކުރައްވައިފިޔޭ ބުނާ މީހުންނަށްވެސް އެކަލޭގެފާނު إنذار ކުރައްވައި ބިރުގެންނެވުމަށެވެ.
مَّا لَهُم بِهِۦ مِنۡ عِلۡمٖ وَلَا لِأٓبَآئِهِمۡۚ كَبُرَتۡ كَلِمَةٗ تَخۡرُجُ مِنۡ أَفۡوَٰهِهِمۡۚ إِن يَقُولُونَ إِلَّا كَذِبٗا
Open ayah 18:5އެކަލާނގެއާ މެދު ނުވަތަ އެމީހުން އެހެން ބުނުމާމެދު އެމީހުންނަށްވެސް އެއްވެސް އެނގުމެއްނުވެއެވެ. އަދި އެމީހުންގެ ކާބަފައިންނަށްވެސް އެއްވެސް އެނގުމެއް - علم އެއް ނުވެއެވެ. އެއީ ހަމައެކަނި އެމީހުންގެ އަނގައިން ނުކުންނަ ބޮޑުވެގެންވާ كلمة އެއްކަމުގައި މެނުވީ ނުވެއެވެ. އެމީހުން ބުނަނީ ހަމަ ސީދާދޮގުކަމުގައި މެނުވީ ނުވެއެވެ.
فَلَعَلَّكَ بَٰخِعٞ نَّفۡسَكَ عَلَىٰٓ ءَاثَٰرِهِمۡ إِن لَّمۡ يُؤۡمِنُواْ بِهَٰذَا ٱلۡحَدِيثِ أَسَفًا
Open ayah 18:6(އޭ رسول ﷲ އެވެ!) އެމީހުން يعني: ކަލޭގެފާނުންގެ قوم ގެމީހުން މި ކީރިތި قرآن އަށް إيمان ނުވެ / ތެދުނުކުރުމުގެ ސަބަބުން އެކަމާ ހިތާމަފުޅުން ކަލޭގެފާނު ކަލޭގެފާނުންގެ نفس ފުޅު ހަލާކުކުރައްވާކަހަލައެވެ. އެކަމާ ހިތާމަފުޅު ނުކުރައްވާށެވެ.
إِنَّا جَعَلۡنَا مَا عَلَى ٱلۡأَرۡضِ زِينَةٗ لَّهَا لِنَبۡلُوَهُمۡ أَيُّهُمۡ أَحۡسَنُ عَمَلٗا
Open ayah 18:7ހަމަކަށަވަރުން ބިންމަތީގައިވާހާތަކެތި ތިމަންރަސްކަލާނގެ އެބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. އެއީ އެމީހުން - يعني: ތިމަންރަސްކަލާނގެ އަޅުތަކުން ކުރެ عمل ކުރުމުގެގޮތުން އެންމެ ރަނގަޅުވެގެންވަނީ ކާކުކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ފާޅުކުރެއްވުމަށްޓަކައެވެ. އެކަން تحقيق އަށް ގެންނެވުމަށެވެ. (ތިމަންރަސްކަލާނގެ أمر ފުޅުތަކާއި نهى ތަކަށް ފަރުވާތެރިވެ ކިޔަމަންތެރިވަނީ ކޮންބައެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން އެންގެވުމަށެވެ.)
وَإِنَّا لَجَٰعِلُونَ مَا عَلَيۡهَا صَعِيدٗا جُرُزًا
Open ayah 18:8އަދި ހަމަކަށަވަރުން އެބިންމަތީގައިވާހާތަކެތި ހަލާކުކުރައްވާ އެބިން އެއްވެސްއެއްޗެއް ނުވާ އޮމާން ހުސްބިމަކަށް ތިމަންރަސްކަލާނގެ ހައްދަވާހުށީމެވެ. އެއީ قيامة ދުވަހުންނެވެ.
أَمۡ حَسِبۡتَ أَنَّ أَصۡحَٰبَ ٱلۡكَهۡفِ وَٱلرَّقِيمِ كَانُواْ مِنۡ ءَايَٰتِنَا عَجَبًا
Open ayah 18:9(އޭ رسول ﷲ އެވެ!) ހަމަކަށަވަރުން كَهْفُ ބާގައިގެމީހުންނާއި އަދި އެތާނގައި ލިޔެވިފައިވާ ލިއުމާއި މިކަންކަމަކީ ތިމަންރަސްކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކާއި علامة ތަކުގެތެރެއިން ބޮޑު عجائب ކަމެއްކަމުގައި ކަލޭގެފާނު ހީފުޅުކުރައްވަނީތޯއެވެ؟
إِذۡ أَوَى ٱلۡفِتۡيَةُ إِلَى ٱلۡكَهۡفِ فَقَالُواْ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحۡمَةٗ وَهَيِّئۡ لَنَا مِنۡ أَمۡرِنَا رَشَدٗا
Open ayah 18:10އެޒުވާނުން އެހޮހޮޅަށްގޮސް އެތާ منزل ކުރިހިނދުން އެމީހުން (ﷲ އަށް) ދެންނެވިއެވެ. "އޭ އަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކުގައި (އިބަރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި ކާފަރު قوم އާ ދުރަށް ފިލައިގެން މިއައި ކަންތަކުގައި) އިބަރަސްކަލާނގެ ރުއްސަވާމަގަށް عمل ކުރުމުގައި އަޅަމެނަށް ފަސޭހަކޮށްދެއްވައި ސީދާމަގު ދައްކަވާނދޭވެ!"
فَضَرَبۡنَا عَلَىٰٓ ءَاذَانِهِمۡ فِي ٱلۡكَهۡفِ سِنِينَ عَدَدٗا
Open ayah 18:11ފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ކަންފަތްތަކުގެމަތީގައި (ބޭރުގެއަޑުތައް ނުއިވޭނޭގޮތުން) ގަދަ ނިދިލައްވައި عدد ކަނޑައެޅިގެންވާ އަހަރުތަކަކު އެހޮހޮޅުގައި އެމީހުން ނިންދަވާ ބެއިތިއްބީމެވެ.
ثُمَّ بَعَثۡنَٰهُمۡ لِنَعۡلَمَ أَيُّ ٱلۡحِزۡبَيۡنِ أَحۡصَىٰ لِمَا لَبِثُوٓاْ أَمَدٗا
Open ayah 18:12ދެން އަލުންވެސް ތިމަންރަސްކަލާނގެ އެމީހުން ހޭއަރުވައި (މީހުން އުޅޭ ހިސާބަށް) ފޮނުއްވީމެވެ. އެއީ އެމީހުން އެހޮހޮޅުގައި ނިދާފައި ލަސްވެތިބީ ކިހާދުވަހަކުތޯ ބަލައި ހިމަނައިގަތުން ބޮޑީ ދެ جماعة ންކުރެ ކޮންބައެއްތޯ ދެނެވޮޑިގެންވާކަން ފާޅުކުރައްވައި، އެކަން تحقيق އަށް ގެނައުމަށެވެ. • އެދެ جماعة އެއްކަމުގައި ބުނެވެނީ مؤمن ންނާއި كافر ންކުރެ ދެބައެކެވެ. والله أعلم.
نَّحۡنُ نَقُصُّ عَلَيۡكَ نَبَأَهُم بِٱلۡحَقِّۚ إِنَّهُمۡ فِتۡيَةٌ ءَامَنُواْ بِرَبِّهِمۡ وَزِدۡنَٰهُمۡ هُدٗى
Open ayah 18:13(އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ حقّ ގޮތުގައި ހަމަސީދާ ތެދަށް އެމީހުންގެ خبر ތައް ކަލޭގެފާނަށް މިއަންގަވައިދެއްވަނީއެވެ. ހަމަކަށަވަރުން އެމީހުންނަކީ އެމީހުންގެ ربّ އަށް إيمان ވި ޒުވާން ބައެކެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންގެ އީމާންކަމުގެ މައްޗަށް إيمان ކަމާއި ތެދުމަގު އިތުރުކޮށްދެއްވީމެވެ.
وَرَبَطۡنَا عَلَىٰ قُلُوبِهِمۡ إِذۡ قَامُواْ فَقَالُواْ رَبُّنَا رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَن نَّدۡعُوَاْ مِن دُونِهِۦٓ إِلَٰهٗاۖ لَّقَدۡ قُلۡنَآ إِذٗا شَطَطًا
Open ayah 18:14އަދި އެމީހުން (އެކާފަރު ރާޖާގެ ކުރިމަތީގައި ތެދުވިހިނދު) ތިމަންރަސްކަލާނގެ އެމީހުންގެ ހިތްތައް (އީމާންކަމުގެ نور ން) ބަންނަވައި ހިފެހެއްޓެވީމެވެ. (އެމީހުންނަށް ސާބިތުކަން ދެއްވީމެވެ.) ފަހެ އެމީހުން (އެރާޖާއަށް) ބުންޏެވެ. އަޅަމެންގެ ربّ އަކީ އުޑުތަކާއި ބިމުގެ ވެރި ربّ އެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް إله އަކަށް އަހުރެމެން ގޮވާ دعاء ކޮށް އަޅުކަންކޮށް ނުހަދާނަމެވެ. އަދި އެހެން ފަރާތަކަށް ގޮވާ دعاء ކޮށް ހަދައިފިނަމަ ހަމަކަށަވަރުން ދޮގު އަދި باطل ކަމުން ހައްދުފަހަނަޅާފައިވާ ވާހަކައެއް އަހުރެމެން ބުނިކަމުގައިވާނެކަން ކަށަވަރެވެ. • ދަންނައެވެ! އިސްވެދިޔަ އާޔަތްތަކާއި އަދި ފަހުން މިއަންނަ ބައެއް އާޔަތުން އެ بيان ކުރައްވަނީ مشهور كَهْفُ ބާގައިގެމީހުންގެ ވާހަކައިގެ خلاصة އެވެ. އެމީހުންނާމެދު تفسير طبري ގައި بيان ވެގެންވަނީ އެމީހުންނަކީ عيسى عليه السّلام ގެ دين މަތީގައި އުޅުނު مؤمن ންކަމުގައެވެ. އެއީ إسلام دين އައުމުގެކުރީގައެވެ. އެމީހުންގެ ރަށެއްކަމުގައި بيان ކުރައްވާފައިވަނީ أَفْسُوس ކިޔާ ރަށެއްކަމަށެވެ. އެއީ މިހާރު طَرْسُوْس އެވެ. އެރަށުގެ ރަސްގެފާނަކީ ބުދަށް އަޅުކަންކުރާ ރާޖާއެކެވެ. އެއީ دِقْيَفُوس ކިޔާ މީހެކެވެ. އެ ރާޖާ އެރަށުގެ އެންމެން ބުދަށް އަޅުކަންކުރުން މަޖުބޫރުކުރިހިނދުން މިދެންނެވި ޒުވާނުން އެކަން ބޮޑުވެގެން ﷲ ބާވައިލެއްވި دين ދޫނުކޮށް ﷲ އަށް އަޅުކަންކުރުމަށްޓަކައި އެރާޖާއާ ފިލަންގޮސް އެމީހުންވަނީ އެތާވާ ފަރުބަދައެއްގެ ހޮހޮޅަށެވެ. އެފަރުބަދައަށް ކިޔަނީ بنجلوس އެވެ. އެ ހޮހޮޅަށް އެމީހުންވަދެ ހަމަޖެހުމުން ﷲ تعالى ގަދަ ނިންޖަކުން އެމީހުން ނިންދެވީއެވެ. ދެން އެމީހުން ހޭއެރުއްވީ ތިންސަތޭކަ އެތައްއަހަރަކަށް ފަހުންނެވެ. كَهْفُ ސޫރަތުގެ ނަންވެސް މިވަނީ އެމީހުން ހޮހޮޅުގައި ތިބުމުން އެނަމުންނެވެ. كَهْفُ އެއީ ހޮހޮޅެވެ. ދެން މިއަންނަ އާޔަތްތަކުގައިވެސް އެވަނީ އެމީހުންގެ ވާހަކައެވެ.
هَٰٓؤُلَآءِ قَوۡمُنَا ٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗۖ لَّوۡلَا يَأۡتُونَ عَلَيۡهِم بِسُلۡطَٰنِۭ بَيِّنٖۖ فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗا
Open ayah 18:15(އެޒުވާން مؤمن ން އެމީހުން އެމީހުންނަށް ބުނިކަމުގައި ﷲ އެ އަންގަވަނީ) އަހުރެމެންގެ قوم ގެ މީހުން ﷲ ފިޔަވައި އެހެން إله ންތަކެއް ހިފައި إختيار ކޮށްފިއެވެ. އެމީހުން އެ إله ންތަކަށް އަޅުކަންކުރުން صحّ ވާނެކަމަށް ބަޔާންވެގެންވާ ގަދަ ދަލީލެއް ގެނައިނަމައެވެ. دليل އެއް ނުގެނައީ ކީއްވެގެންހެއްޔެވެ؟ ފަހެ ﷲ އާއިމެދު ބޮޑު ދޮގެއް އުފައްދައިގަތްމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވާނެއެވެ.)
وَإِذِ ٱعۡتَزَلۡتُمُوهُمۡ وَمَا يَعۡبُدُونَ إِلَّا ٱللَّهَ فَأۡوُۥٓاْ إِلَى ٱلۡكَهۡفِ يَنشُرۡ لَكُمۡ رَبُّكُم مِّن رَّحۡمَتِهِۦ وَيُهَيِّئۡ لَكُم مِّنۡ أَمۡرِكُم مِّرۡفَقٗا
Open ayah 18:16(އަދިވެސް އެމީހުން އެމީހުންނަށް ބުންޏެވެ.) އަދި ކަލޭމެން އެމީހުންނާއި - އެބަހީ: قوم ގެ މީހުންނާއި އަދި އެމީހުން ﷲ ފިޔަވައި އަޅުކަންކުރާ ތަކެއްޗާ ވަކިވީހިނދުން ދެން ހޮހޮޅަށް ދަމާހިނގާށެވެ! ކަލޭމެންގެ ربّ އެކަލާނގެ رحمة ކަލޭމެނަށް ތަނަވަސްކުރައްވައި އަދި ކަލޭމެނަށް މިހާރު މިޖެހިފައިވާ ކަންތަކަށް އެކަލާނގެ ފަސޭހަކޮށްދެއްވައި އޯގާވެރި منفع ހުރި ރަނގަޅުގޮތް އެކަލާނގެ ދައްކަވާފާނެއެވެ. (ދެންފަހެ މިބައިމީހުން ހޮހޮޅަށްގޮސް ހޮހޮޅުގައި އޮށޯވެލީހިނދުން ގަދަ ނިދިން ﷲ އެމީހުން ނިންދަވައިފިއެވެ. ދެން ޖެހިގެން މިއަންނަ އާޔަތުގައި މިވަނީ އެމީހުން ނިދާފައިތިބިއިރު ﷲ އެމީހުންނަށް ދެއްވާފައިވާ كرامة އާއި هَيْبَة އާއި މާތްކަމުގެ ބައެއް خبر އެވެ. والله أعلم.)
۞وَتَرَى ٱلشَّمۡسَ إِذَا طَلَعَت تَّزَٰوَرُ عَن كَهۡفِهِمۡ ذَاتَ ٱلۡيَمِينِ وَإِذَا غَرَبَت تَّقۡرِضُهُمۡ ذَاتَ ٱلشِّمَالِ وَهُمۡ فِي فَجۡوَةٖ مِّنۡهُۚ ذَٰلِكَ مِنۡ ءَايَٰتِ ٱللَّهِۗ مَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِۖ وَمَن يُضۡلِلۡ فَلَن تَجِدَ لَهُۥ وَلِيّٗا مُّرۡشِدٗا
Open ayah 18:17(އޭ رسول ﷲ އެވެ!) އަދި އިރުއަރައިގެން އަންނައިރު އެމީހުންގެ ހޮހޮޅު ފިޔަވައި ކަނާތްފަރާތަށް އިރު ލެނބިގެންދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. އަދި އިރުއޮއްސޭންދާއިރަށް ވާތްފަރާތަށް ލެނބިގެންދާތީ ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވަނީ އެހޮހޮޅުގެ ތަނަވަސް ހުސްތަނެއްގައެވެ. (މި މިކަންކަމަކީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކާއި حجّة ތަކުގެތެރެއިންވާ ކަންކަމެވެ. ﷲ ތެދުމަގު ދައްކަވައިފިއަޅަކު ދަންނައެވެ! ތެދުމަގުގައިވާމީހަކީ އެމީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިއަޅަކު ދަންނައެވެ! އެމީހަކަށް ސީދާ ރާސްތާ ދައްކައިދޭނޭ ސަހަރޯވެރިއަކު ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ.
وَتَحۡسَبُهُمۡ أَيۡقَاظٗا وَهُمۡ رُقُودٞۚ وَنُقَلِّبُهُمۡ ذَاتَ ٱلۡيَمِينِ وَذَاتَ ٱلشِّمَالِۖ وَكَلۡبُهُم بَٰسِطٞ ذِرَاعَيۡهِ بِٱلۡوَصِيدِۚ لَوِ ٱطَّلَعۡتَ عَلَيۡهِمۡ لَوَلَّيۡتَ مِنۡهُمۡ فِرَارٗا وَلَمُلِئۡتَ مِنۡهُمۡ رُعۡبٗا
Open ayah 18:18އަދި އެމީހުން އޮށޯވެ ނިދާފައި ތިބިއިރުވެސް އެމީހުން ހޭލައި ތިބިކަމުގައި ކަލޭގެފާނު ހީފުޅުކުރައްވާނެއެވެ. އަދި ކަނާތްފަރާތަށާއި ވާތްފަރާތަށް ތިމަންރަސްކަލާނގެ އެމީހުން ފުރޮޅުއްވަމެވެ. އެއީ އެއްގޮތަކަށް ތިބުމުން ގެއްލުމެއްވެދާނެތީއެވެ. އަދި އެމީހުންގެ ކުއްތާ އެހޮހޮޅުގެ ދޮރުމަތީ ވެލިގަނޑުމަތީ އޭގެ ދެއަތްފަތުރައިގެން އޮތެވެ. އެމީހުން އެ حال ގައިވަނިކޮށް ކަލޭގެފާނު ދެކެވަޑައިގެންނެވިނަމަ އެމީހުންނާއި ދުރަށް ކަލޭގެފާނު ފިއްލަވަންދުވެވަޑައިގެންފީހެވެ. އަދި އެމީހުންގެ ފަރާތުން އެފެނިވަޑައިގަންނަވާ كرامة އާއި هيبة ގެ ސަބަބުން ކަލޭގެފާނު މުޅިން ބިރުން ފުރިއްޖައީހެވެ. (އެގޮތުގައި އެމީހުން ތިންސަތޭކަ އެތައް އަހަރެއްވަންދެން ތިއްބެވެ. މިއީ ﷲ ގެ قدرة ތެރިކަމަށް ބަލާއިރު ދާދިކުޑަކުޑަ ކަމެކެވެ.)
وَكَذَٰلِكَ بَعَثۡنَٰهُمۡ لِيَتَسَآءَلُواْ بَيۡنَهُمۡۚ قَالَ قَآئِلٞ مِّنۡهُمۡ كَمۡ لَبِثۡتُمۡۖ قَالُواْ لَبِثۡنَا يَوۡمًا أَوۡ بَعۡضَ يَوۡمٖۚ قَالُواْ رَبُّكُمۡ أَعۡلَمُ بِمَا لَبِثۡتُمۡ فَٱبۡعَثُوٓاْ أَحَدَكُم بِوَرِقِكُمۡ هَٰذِهِۦٓ إِلَى ٱلۡمَدِينَةِ فَلۡيَنظُرۡ أَيُّهَآ أَزۡكَىٰ طَعَامٗا فَلۡيَأۡتِكُم بِرِزۡقٖ مِّنۡهُ وَلۡيَتَلَطَّفۡ وَلَا يُشۡعِرَنَّ بِكُمۡ أَحَدًا
Open ayah 18:19އަދި ހަމަ އެފަދައިން (އެބަހީ: އެޒުވާނުން އެހޮހޮޅުގައި ނިންދަވާ ރައްކާތެރިކަމާއިއެކު ތިމަންރަސްކަލާނގެ ބެލެހެއްޓެވިފަދައިން) އެމީހުން ހޭއަރުވައި ފޮނުއްވީމެވެ. އެއީ އެމީހުން އެމީހުންނާ ސުވާލުކޮށްހެދުމަށެވެ. (ދެންފަހެ އެމީހުން ހޭލައިގެން) އޭގެތެރެއިން އެކަކު ބުންޏެވެ. "ކަލޭމެނަށް ނިދިފައި މިހޮހޮޅުގައި ލަސްވެތިބީ ކިހާއިރަކުހެއްޔެވެ؟". އެމީހުން ބުންޏެވެ. "އަހުރެމެން މިތިބީ އެއްދުވަހު ނުވަތަ ދުވަހެއްގެ ބައެއްގައެވެ." އަދި އަނެއްމީހަކު ބުނެފިއެވެ. "ކަލޭމެން ލަސްވެތިބިވަރެއް ކަލޭމެންގެ ربّ ދެނެވޮޑިގަތުންބޮޑެވެ. (އެގޮތެއް އަހުރެމެންނަކަށް ނޭނގެއެވެ.) " ދެންފަހެ ކަލޭމެންކުރެ އެކަކު މި ރިހިފައިސާކޮޅާއިގެން ރަށަށް ދާށެވެ! އަދި އެމީހާ އެރަށުގެ أهل ވެރިންކުރެ ކާނާ އެންމެ حلال ވެފައި طاهر ވެގެންވަނީ ކާކުތޯ ބަލާށެވެ! އަދި އެއިން ކޮންމެވެސް ކާއެތިކޮޅަކާއިގެން އަންނަހުށިކަމެވެ. އަދި އެމީހާ މަޑުމައިތިރިވެ ރަނގަޅަށް ބަލައިގެން އުޅޭހުށިކަމެވެ! އަދި އެކަކަށްވެސް ކަލޭމެންގެ خبر އެއް އެނގި إحساس އެއްވިޔަނުދޭހުށިކަމެވެ!
إِنَّهُمۡ إِن يَظۡهَرُواْ عَلَيۡكُمۡ يَرۡجُمُوكُمۡ أَوۡ يُعِيدُوكُمۡ فِي مِلَّتِهِمۡ وَلَن تُفۡلِحُوٓاْ إِذًا أَبَدٗا
Open ayah 18:20"އެހެނީ، ހަމަކަށަވަރުން އެމީހުން ކަލޭމެންގެމައްޗަށް ފައުޅުވެ ކަލޭމެންގެ خبر އެމީހުންނަށް އެނގިއްޖެއްޔާ ކަލޭމެން رجم ކުރާނެއެވެ. ތަޅާމަރާ ހަދާނެއެވެ. އެހެންނޫނީވިއްޔާ އެމީހުންގެ دين އަށް (ބުދުދީނަށް) އެމީހުން ކަލޭމެން ވައްދާނެއެވެ. އެހެންވެއްޖެއްޔާ ދުވަހަކުވެސް ދެން ކަލޭމެން ކާމިޔާބުނުވާނެއެވެ. ކަލޭމެން ސަލާމަތްނުވާނެއެވެ." (މިމީހުންނަށް މި ހީވީ މިމީހުންނަށް ނިދުނީ عامّ ކޮށް މީހުން ނިދާވަރަށްކަމަށެވެ. ﷲ މީސްތަކުންނަށް معجزة އެއްދައްކަވާ ކަމަކަށް ލަފައެއް ނުކުރެވުނެވެ. ވާނީވެސް އެހެންތާއެވެ.)
وَكَذَٰلِكَ أَعۡثَرۡنَا عَلَيۡهِمۡ لِيَعۡلَمُوٓاْ أَنَّ وَعۡدَ ٱللَّهِ حَقّٞ وَأَنَّ ٱلسَّاعَةَ لَا رَيۡبَ فِيهَآ إِذۡ يَتَنَٰزَعُونَ بَيۡنَهُمۡ أَمۡرَهُمۡۖ فَقَالُواْ ٱبۡنُواْ عَلَيۡهِم بُنۡيَٰنٗاۖ رَّبُّهُمۡ أَعۡلَمُ بِهِمۡۚ قَالَ ٱلَّذِينَ غَلَبُواْ عَلَىٰٓ أَمۡرِهِمۡ لَنَتَّخِذَنَّ عَلَيۡهِم مَّسۡجِدٗا
Open ayah 18:21އަދި ތިމަންރަސްކަލާނގެ (މިހޮހޮޅުގެ އެކުވެރިން) އަނެއްބައިމީހުންގެމައްޗަށް ފައުޅުކުރައްވައި ދެއްކެވީ ހަމައެފަދައިންނެވެ. އެއީ ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ ހަމަ حقّ އެއްޗެއްކަމާއި އަދި ހަމަކަށަވަރުން قيامة ދުވަހަކީ ޝައްކެއްނެތި އަންނާނެ ދުވަހެއްކަން އެމީހުން ދެނެގަތުމަށްޓަކައެވެ. އެއީ އެމީހުންގެ މެދުގައި محشر އަށް ފޮނުއްވުމާމެދު ދެބަސްވެ إختلاف ވީހިނދުންނެވެ. • ދަންނައެވެ! (ހޮހޮޅުގެ އެކުވެރިން އެހޮހޮޅުގައި ނިދިފައިތިބި ދިގުމުއްދަތުގެތެރޭގައި އޭރު އެތާނގެ ވެރިޔަކަށް ހުރި ބުދުދީނުގެ ރާޖާ دِقْيَفُوس މަރުވެގޮސް އަލުން އެހެން إسلام ރަސްކަލެއް (تيذوسيس) ރަސްކަމަށް އަރާ ވަޑައިގެން މީސްތަކުން إسلام ވެ عيسى عليه السّلام ގެ دين ގައި އުޅޭކަމުގައިވިއެވެ. އެހެންގޮސް ޒަމާންދިގުވުމުން މީސްތަކުންގެމެދުގައި އަލުންވެސް މީސްތަކުން މަރުވުމަށްފަހު އަލުން ދިރިގެން قيامة އަށް ފޮނުއްވުމާމެދު ދެބަސްވުން އުފެދި إختلاف ތައް އުފެދިއްޖެއެވެ. އެކަމާ ރަސްގެފާނު ވަރަށް ކަންބޮޑުވެ ވަޑައިގެން محشر އަށް މީސްތަކުން ފޮނުއްވޭނެކަމުގެ دليل އަކަށް (އެފަދަ معجزة އަކަށް) ﷲ ގެ حضرة ން އެދިވަޑައިގެން دعاء ކުރައްވާކަމުގައިވިއެވެ. އެދުވަސްވަރު ހޮހޮޅުގެ އެކުވެރިން ހޭލެވިގެން ކާއެތިކޮޅެއް ހޯދުމަށް އެތަނުން އެކަކު ރަށަށް އަރައިގެން އުޅެނިކޮށް އެމީހާ ގެންގުޅުނު ފައިސާގެ ޒަމާން ދިގުވެފައިވާތީ އޭނާޔާ ބާޒާރުގެ މީހުން ސުވާލުކޮށް ވީނުވީއެއް ނޭނގިގެން ރަސްގެފާނުން އަރިހަށް އޭނާ ގެނައީއެވެ. ދެން ރަސްގެފާނު އޭނާކުރެން خبر ތައް އައްސަވައި ވެގެންއުޅޭގޮތެއް އެނގިވަޑައިނުގެން އޭނާގެންނަވައިގެން އޭނާގެ އެކުވެރިންގެ ގާތަށް ހޮހޮޅަށް ވަޑައިގެންނެވީއެވެ. ހޮހޮޅުގައި ތިބި އޭނާގެ އެހެން އެކުވެރިންނާއި ބަސްފުޅު ވިދާޅުވެ ރަސްގެފާނަށް މައްސަލަ ރަނގަޅަށް ސާފުވެވަޑައިގެން އެއީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ حجّة އެއްކަމާއި އަދި قيامة ވާނެކަމުގެ ފުރިހަމަ دليل އެއްކަން ރަސްގެފާނަށާއި އަރިހުގައިވާމީހުންނަށް ރަނގަޅަށް އެނގިއްޖެއެވެ. އެހެނީ ތިންސަތޭކަ އެތައްއަހަރެއްވާންދެން ބަޔަކު ނިންދަވައި ބޭތިއްބެވުމަށްފަހު އެމީހުންނަށް އެއްވެސް ބަދަލެއްނައިސް އެމީހުންގެ ފޭރާމަކަށްވެސް އެއްވެސް ބާކަމެއް އަޔަނުދެއްވާ ބެލެހެއްޓެވިކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި އެއްކުރެއްވުމަކީ އެއްވެސް އުނދަގޫކަމަކަށް ނުވާނެކަން ސަލާމަތް ބުއްދިއަކަށްވިއްޔާ އެނގޭނެއެވެ. وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ - މިތަނުން އިޝާރަތްވަނީ ހޮހޮޅުގެ އެކުވެރިން އެހާގިނަ ދުވަހު ނިދިފައިތިބުމަށްފަހު ހޭއަރުއްވައި އެވަގުތު އެރަށުގައި އުޅުނުމީހުންނަށް ދެއްކެވި ވާހަކައެވެ. އެ ހޮހޮޅުގެ އެކުވެރިން މިރަށުގެ މީހުންނަށް ދެއްކެވުމަށްފަހު ﷲ تعالى އަލުންވެސް އެމީހުން ގަދަ ނިދިން ނިންދަވައި އެމީހުންގެ ހޮހޮޅު މީސްތަކުންގެ ލޯމަތިން ނިވައިކުރެއްވީއެވެ. މިއީ ވަރަށް ދިގުވާހަކައެވެ. تفصيل އާއިއެކު تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. އަދި ފަހުން މިއަންނަ آية ތަކުންވެސް ބައެއް تفصيل ބަޔާންވެގެންވެއެވެ. والله أعلم.) (ﷲ تعالى وحي ކުރެއްވިއެވެ.) އެމީހުން ބުންޏެވެ. އެބަހީ ރަށުގެ މީހުން ބުންޏެވެ. "އެމީހުންނަށް يعني: ހޮހޮޅުގެ އެކުވެރިންނަށް ކަލޭމެން ބިނާއެއް ހަދާށެވެ! އެމީހުންގެ ربّ އެމީހުންގެ އެންމެހައިކަމެއް ދެނެވޮޑިގަތުންބޮޑެވެ." ދެންފަހެ ހޮހޮޅުގެ އެކުވެރިންގެ ކަންތަކާމެދު އެންމެކުރިޔަށް ބަސްކީމީހުން. "އަހުރެމެން އެމީހުންނަށް ބިނާކުރާނީ މިސްކިތެކެވެ."
سَيَقُولُونَ ثَلَٰثَةٞ رَّابِعُهُمۡ كَلۡبُهُمۡ وَيَقُولُونَ خَمۡسَةٞ سَادِسُهُمۡ كَلۡبُهُمۡ رَجۡمَۢا بِٱلۡغَيۡبِۖ وَيَقُولُونَ سَبۡعَةٞ وَثَامِنُهُمۡ كَلۡبُهُمۡۚ قُل رَّبِّيٓ أَعۡلَمُ بِعِدَّتِهِم مَّا يَعۡلَمُهُمۡ إِلَّا قَلِيلٞۗ فَلَا تُمَارِ فِيهِمۡ إِلَّا مِرَآءٗ ظَٰهِرٗا وَلَا تَسۡتَفۡتِ فِيهِم مِّنۡهُمۡ أَحَدٗا
Open ayah 18:22(އަދި ހޮހޮޅުގެ އެކުވެރިންގެ ކަންތަކާއިމެދު ވާހަކަދެއްކިމީހުން) އެމީހުން ނިކަންހުރެ ބުނާނެއެވެ. "މިއީ رسول ﷲ ﷺ ގެ ޒަމާނުގައި އެމީހުންގެ عدد އާއިމެދު ވާހަކަދެއްކި މީހުންގެވާހަކައެވެ." އެމީހުންބުނެއެވެ. "އެއީ ތިންމީހުންނެވެ. އެމީހުންގެ ހަތަރުވަނައަކީ އެމީހުންގެ ކުއްތާއެވެ." އަދި އެމީހުން ބުނެއެވެ. "އެއީ ފަސްމީހެކެވެ. އެމީހުންގެ ހަވަނަޔަކީ އެމީހުންގެ ކުއްތާއެވެ. އެއީ غيب އަށް ހިލައުކުމެވެ. (އެބަހީ: ނޭނގި ހީވާގޮތަށް ބުނާބުނުމެކެވެ.) " އަދި އެމީހުން ބުނެއެވެ. "އެއީ ހަތްމީހެކެވެ. އަދި އެމީހުންގެ އަށްވަނައަކީ އެމީހުންގެ ކުއްތާއެވެ." (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "އެމީހުންގެ عدد އެއް ތިމަންކަލޭގެފާނުންގެ ربّ ދެނެވޮޑިގަތުންބޮޑެވެ. މަދުމީހަކަށްމެނުވީ އެމީހުންގެ عدد ނޭނގެއެވެ. އަދި ފައުޅުވެގެންވާ حجّة އާއި بيان އަކަށްފަހުގައި މެނުވީ އެމީހުންނާމެދު (أهل كتاب ންނާއި) جدل ނުކުރާށެވެ! އަދި ހޮހޮޅުގެ އެކުވެރިންނާއިމެދު އެމީހުންކުރެ އެބަހީ: (أهل كتاب ންކުރެ) އެކަކުގެ ކިބައިންވެސް فتوى ނާއްސަވާށެވެ!"
وَلَا تَقُولَنَّ لِشَاْيۡءٍ إِنِّي فَاعِلٞ ذَٰلِكَ غَدًا
Open ayah 18:23އަދި (އޭ رسول ﷲ އެވެ!) ﷲ އިރާދަކުރެއްވިއްޔާއޭ (މިހެން ވިދާޅުވެފައިމެނުވީ) ހަމަކަށަވަރުން.
إِلَّآ أَن يَشَآءَ ٱللَّهُۚ وَٱذۡكُر رَّبَّكَ إِذَا نَسِيتَ وَقُلۡ عَسَىٰٓ أَن يَهۡدِيَنِ رَبِّي لِأَقۡرَبَ مِنۡ هَٰذَا رَشَدٗا
Open ayah 18:24މާދަމާ އަހުރެންކުރާނަމޭ އެއްވެސްކަމަކާއިމެދު ވިދާޅުނުވާހުށިކަމެވެ! އަދި ކަލޭގެފާނުގެ ކަލޭގެފާނުގެ ربّ މަތިން ހަނދުމަފުޅުނެތިއްޖެއްޔާ ކަލޭގެފާނު އެކަލާނގެ ހަނދުމަފުޅުކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންގެ ربّ އަދި މިއަށްވުރެވެސް ތެދުމަގާއި މާތްގޮތަކަށް އަހުރެންނަށް މަގުދައްކަވާފާނެކަމުގެ أمّيد ކުރެވެއެވެ.
وَلَبِثُواْ فِي كَهۡفِهِمۡ ثَلَٰثَ مِاْئَةٖ سِنِينَ وَٱزۡدَادُواْ تِسۡعٗا
Open ayah 18:25އެމީހުން އެބަހީ: ހޮހޮޅުގެ އެކުވެރިން (އެހެންމީހުންނަށް އެމީހުން ފައުޅުވުމުގެކުރިން) އެމީހުންގެ ހޮހޮޅުގައި ތިންސަތޭކައަހަރު (ނިދާފައި) ތިއްބެވެ. އަދި އޭގެތެރެއަށް ނުވައަހަރު އެމީހުން އިތުރުކުރިއެވެ. އެހެންވީމާ މުޅިއެކު ތިންސަތޭކަ ނުވައަހަރު އެމީހުން ހޮހޮޅުގައި ނިދާފައި ތިއްބެވެ. އެއީ މީލާދީ އަހަރާއި ހިޖްރީއަހަރާ ދެއަހަރުގެ ތަފާތުކަމުގައި ވެދާނެއެވެ.
قُلِ ٱللَّهُ أَعۡلَمُ بِمَا لَبِثُواْۖ لَهُۥ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ أَبۡصِرۡ بِهِۦ وَأَسۡمِعۡۚ مَا لَهُم مِّن دُونِهِۦ مِن وَلِيّٖ وَلَا يُشۡرِكُ فِي حُكۡمِهِۦٓ أَحَدٗا
Open ayah 18:26(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! "އެމީހުން އެހޮހޮޅުގައި ލަސްވެތިބިވަރެއް ﷲ ދެނެވޮޑިގަތުންބޮޑެވެ. އުޑުތަކާއި ބިމުގެ غيب އެކަލާނގެއަށް خاصّ ވެގެންވެއެވެ. އެކަލާނގެ ދެނެވޮޑިގަތުމުގެ ބޮޑުކަމާއެވެ! އަދި އެކަލާނގެ އައްސަވާވޮޑިގަތުމުގެ ބޮޑުކަމާއެވެ!" އަދި އެކަލާނގެ ފިޔަވައި އެމީހުންނަށް އެހެންއެއްވެސް ސަހަރޯވެރިއަކުނުވެއެވެ. އަދި އެކަލާނގެ حكم ގައި ހަމައެކަކުވެސް ކަލޭގެފާނު ބައިވެރިނުކުރާހުށިކަމެވެ! [ނޯޓު: ނުކުރައްވައޭގެ ބަދަލުގައި ނުކުރާށޭ، މިއީވެސް އެހެން ޤިރާއަތްތަކުގައި ވާރިދުވެގެންވާ ގޮތެކެވެ.] (ﷲ ބާވައިލެއްވި حكم އާއި خلاف އަށް އެހެންމީހަކު ބުނާބަހަކަށް އަދި قانون އަކަށް އަދި قواعد އަކަށް ކިޔަމަންވުމަކީ އެކަލާނގެ حكم ގައި އެހެންމީހަކު ބައިވެރިކުރުމެވެ. އެއީ އެކަލާނގެއާ شريك ކުރުމުގެ މަތީވަނައެކެވެ. އެއީ إلهيّة ގައި شريك ކުރުމެވެ. އަދި މިހިސާބުން كَهْفُ ބާގައިގެމީހުންގެ ވާހަކަ މިނިމުނީއެވެ. والله أعلم.)
وَٱتۡلُ مَآ أُوحِيَ إِلَيۡكَ مِن كِتَابِ رَبِّكَۖ لَا مُبَدِّلَ لِكَلِمَٰتِهِۦ وَلَن تَجِدَ مِن دُونِهِۦ مُلۡتَحَدٗا
Open ayah 18:27އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ ފޮތުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ وحي ކިޔަވާ ވިދާޅުވާށެވެ! ނުވަތަ އެ وحي އާއި تبع ވެވަޑައިގަންނަވާށެވެ! އެކަލާނގެ كلمة ފުޅު ބަދަލުކުރާނޭ އެކަކުވެސް ނުވެއެވެ. ނުވަތަ އެ كلمة ފުޅުތަކަށް ބަދަލުވުމެއް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވާންދާނެތަނެއް ނުވަތަ އެފަރާތަކަށް ބުރަވެލާނޭ އެހެންއެއްވެސް ފަރާތެއް ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ.
وَٱصۡبِرۡ نَفۡسَكَ مَعَ ٱلَّذِينَ يَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِيِّ يُرِيدُونَ وَجۡهَهُۥۖ وَلَا تَعۡدُ عَيۡنَاكَ عَنۡهُمۡ تُرِيدُ زِينَةَ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَا تُطِعۡ مَنۡ أَغۡفَلۡنَا قَلۡبَهُۥ عَن ذِكۡرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمۡرُهُۥ فُرُطٗا
Open ayah 18:28އަދި އެބައިމީހުން އެބައިމީހުންގެ ربّ ގެ وجه ފުޅު އެދިގެން / އެކަލާނގެ ރުހިވޮޑިގަތުން އެދިގެން ހެނދުނާއި ހަވީރު (ނުވަތަ ދުވާލާއި ރޭގަނޑު) އެކަލާނގެއަށް دعاء ކުރާމީހުންނާ އެކު ކަލޭގެފާނުންގެ نفس ފުޅު ކެތްކުރައްވާށެވެ! އެމީހުންނާ އެކު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި ދުނިޔޭގެ حياة ގެ ޒީނަތްތެރިކަން އެދިވަޑައިގެން، އެމީހުން ފިޔަވައި ކަލޭގެފާނުގެ ދެލޯފުޅު އަނބުރުއްވައި ނުލައްވާށެވެ! (އެމީހުންނާ ދުރުވެ ވަކިވެވަޑައިނުގަންނަވާށެވެ!) އަދި ތިމަންރަސްކަލާނގެ އެމީހެއްގެ ހިތް ތިމަންރަސްކަލާނގެ ހަނދާންކުރުމާއި ذِكر ކުރުމުން މުޅިން غافل ކުރައްވާފައިވާ، އަދި އެމީހަކު އެމީހެއްގެ هوى نفس އާ تبع ވެގެންވާ މީހަކަށް ކިޔަމަންތެރިވެވަޑައިނުގަންނަވާށެވެ! އަދި އެފަދަމީހާގެ ކަންތައްވަނީ މުޅިން ގެއްލި ހަލާކުވެގެންނެވެ. ނުވަތަ حقّ އާއި خلاف ވެ ހިތާމަޔަކަށްވެފައެވެ.
وَقُلِ ٱلۡحَقُّ مِن رَّبِّكُمۡۖ فَمَن شَآءَ فَلۡيُؤۡمِن وَمَن شَآءَ فَلۡيَكۡفُرۡۚ إِنَّآ أَعۡتَدۡنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمۡ سُرَادِقُهَاۚ وَإِن يَسۡتَغِيثُواْ يُغَاثُواْ بِمَآءٖ كَٱلۡمُهۡلِ يَشۡوِي ٱلۡوُجُوهَۚ بِئۡسَ ٱلشَّرَابُ وَسَآءَتۡ مُرۡتَفَقًا
Open ayah 18:29(އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! "حقّ އެވަނީ ކަލޭމެންގެ ربّ ގެ حضرة ންނެވެ. (هداية ދެއްކެވުމާއި މަގުފުރެއްދެވުން ވަނީ ހަމަ އެކަލާނގެ حضرة ގައެވެ. ތިމަންކަލޭގެފާނަކަށް ނޫނެވެ.) ފަހެ އީމާންވާން އެދޭމީހަކު އެމީހަކު إيمان ވާށެވެ! އަދި ކާފަރުވާން އެދޭމީހަކު ފަހެ އެމީހަކު ކާފަރުވާށެވެ! (އެމީހަކު އެދޭގޮތެކެވެ.) " ހަމަކަށަވަރުން އަނިޔާވެރިންނަށް (مشرك ންވެސް ވަނީ ހަމަ އޭގެތެރޭންނެވެ.) ތިމަންރަސްކަލާނގެ އަލިފާނެއް ތައްޔާރުކުރެއްވީމެވެ. އެއީ ނަރަކައެވެ. އެ އަލިފާނުގެ ފޭލިގެތައް އަލިފާނާއި ދުމުގެ ފަރުދާތައް އެމީހުން ވަށައިގެން ވާނެއެވެ. އަދި އެމީހުން ފެނަށް އެދި އާދޭސްކުރުމުން ވިރިފައިވާ مَعْدَن ގެ ނުވަތަ ދޮހާއި ކަޅުލެއިގެ ފެނުން އެމީހުންނަށް ފެންދެވޭނެއެވެ. އޭގެސަބަބުން އެމީހުންގެ މޫނުތައް ފިހި އަނދައިގެންދާނެއެވެ. އެބުއިން އެއީވާ ނުބައިވެގެންވާ ބުއިމެކެވެ! އަދި އެތަނަކީ ގޮސްތިބެ ޖަމާވާން ނުބައިވެގެންވާ ތަނެކެވެ.
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ إِنَّا لَا نُضِيعُ أَجۡرَ مَنۡ أَحۡسَنَ عَمَلًا
Open ayah 18:30ހަމަކަށަވަރުން إيمان ވެގެން صالح عمل ތައްކުރިމީހުން ދަންނައެވެ! ހަމަކަށަވަރުން ރަނގަޅު ހެޔޮ عمل ން عمل ކުރިމީހުންގެ ދަރުމަ ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ.
أُوْلَٰٓئِكَ لَهُمۡ جَنَّٰتُ عَدۡنٖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُ يُحَلَّوۡنَ فِيهَا مِنۡ أَسَاوِرَ مِن ذَهَبٖ وَيَلۡبَسُونَ ثِيَابًا خُضۡرٗا مِّن سُندُسٖ وَإِسۡتَبۡرَقٖ مُّتَّكِـِٔينَ فِيهَا عَلَى ٱلۡأَرَآئِكِۚ نِعۡمَ ٱلثَّوَابُ وَحَسُنَتۡ مُرۡتَفَقٗا
Open ayah 18:31އެތަންތާގެ ދަށުން އާރުތައް ދެމިދެމިހުންނަ، ގާއިމުވެތިބޭ ސުވަރުގެތައް އެމީހުންނަށް ހުންނަ ހުއްޓެވެ. އެމީހުން އެތާނގައި ރަނުންވާ އުޅާތައް އަޅާނެއެވެ. އަދި ފަށުވީގެ ތުނި އޮމާން ފޮއްޗާއި އަދި އޭގެ ބޯފަށުވީގެ ފެހިކުލައިގެ ހެދުންތައް ލާނެއެވެ. އަދި އެމީހުން އެސުވަރުގޭގައިވާ ސޯފާތަކުގައި ލެނގިގެން ތިބޭނެއެވެ. އެސުވަރުގެ އެއީ ثواب އާއި نعمة އެވެ. ރަނގަޅުވެގެންވާ نعمة އެވެ. އަދި އެއީ ގޮސްތިބެ އަރާމުކުރުމަށް ރަނގަޅުވެގެންވާ ތަނެވެ.
۞وَٱضۡرِبۡ لَهُم مَّثَلٗا رَّجُلَيۡنِ جَعَلۡنَا لِأَحَدِهِمَا جَنَّتَيۡنِ مِنۡ أَعۡنَٰبٖ وَحَفَفۡنَٰهُمَا بِنَخۡلٖ وَجَعَلۡنَا بَيۡنَهُمَا زَرۡعٗا
Open ayah 18:32(އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް - يعني: އެ مشرك ންނަށް - ދެފިރިހެނެއްގެ مثال ޖައްސަވައިދެއްވާށެވެ! އެތަނުން އެކަކަށް (މުއްސަނދިމީހާއަށް) ތިމަންރަސްކަލާނގެ މޭބިސްކަދުރުގެ ދެބަގީޗާ ދެއްވީމެވެ. އަދި އެދެބަގީޗާގެ (މޭބިސްކަދުރުވެޔޮތައް) ވަށައިގެން ތިމަންރަސްކަލާނގެ ކަދުރުރުއް ލެއްވީމެވެ. އަދި އެދެބަގީޗާގެ ދެމެދުގައި ދަނޑުބިމެއް ލެއްވީމެވެ.
كِلۡتَا ٱلۡجَنَّتَيۡنِ ءَاتَتۡ أُكُلَهَا وَلَمۡ تَظۡلِم مِّنۡهُ شَيۡـٔٗاۚ وَفَجَّرۡنَا خِلَٰلَهُمَا نَهَرٗا
Open ayah 18:33ދެބަގީޗާގެ ގަސްތަކުގައި މޭވާއައިސް ފައްކާވެފައިވެއެވެ. އޭގެ މޭވާއާއި نتيجة ގެތެރެއިން ކުޑަމިންވަރެއްވެސް މަދުވެ އުނިވެގެންނުވެއެވެ. އަދި އެދެބަގީޗާގެދެމެދުގައި (ގަސްތަކުގެތެރޭގައި) ތިމަންރަސްކަލާނގެ ފެންއާރެއް ފަޅުއްވައި ހިންގެވީމެވެ. (ހުރިހާ ގޮތަކުންވެސް ކަންތައްތައް އޭނާއަށް ބަރާބަރުވެގެންވެއެވެ.)
وَكَانَ لَهُۥ ثَمَرٞ فَقَالَ لِصَٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكۡثَرُ مِنكَ مَالٗا وَأَعَزُّ نَفَرٗا
Open ayah 18:34އަދި އޭނާއަށް ގިނަވެގެންވާ މޭވާވެއެވެ. (އަދި ރަނާއި ރިހި އަދި ގިނަމުދާވެއެވެ.) ދެންފަހެ އޭނާ އޭނާގެ އެކުވެރިޔާއާއި (فقير މީހާއާ) ވާހަކަދެއްކުމުގެތެރޭގައި ބުންޏެވެ. "ކަލެއަށްވުރެ އަހުރެން މުދާގިނަވެފައި އަދި މީހުން ގިނަވުމުގެގޮތުން މާ عزّة ތެރިއެވެ."
وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٞ لِّنَفۡسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَٰذِهِۦٓ أَبَدٗا
Open ayah 18:35އަދި އޭނާ އޭނާގެ ބަގީޗާއަށްވަނީ އޭނާގެ އަމިއްލަ نفس އަށް އަނިޔާވެރިވެގެންވާ حال ގައެވެ. (އެއީ محشر އަށް ފޮނުއްވުމާއިމެދު كافر ވުމާއި قيامة ވުމާ މެދު ޝައްކުވުމާއި މިބާވަތުގެ ކަންތަކުގެ ސަބަބުންނެވެ.) އޭނާ ބުންޏެވެ. އަހުރެން ހީކުރާގޮތުގައި އަހުރެންގެ މިމުދާ ދުވަހަކުވެސް ހަލާކުވެގެން ނުދާނެއެވެ.
وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةٗ وَلَئِن رُّدِدتُّ إِلَىٰ رَبِّي لَأَجِدَنَّ خَيۡرٗا مِّنۡهَا مُنقَلَبٗا
Open ayah 18:36އަދި (އޭނާ ބުންޏެވެ.) "އަހުރެން ހީކުރާގޮތުގައި ތިޔަބުނާ قيامة ދުވަހެއް ނާންނާނެއެވެ. (އަދި ކަލޭ ތިޔަބުނާގޮތަށް قيامة قائم ވެގެން) އަހުރެން އަހުރެންގެ ربّ ގެ حضرة އަށް ދެވުނުނަމަވެސް އަހުރެންގެ މިބަގީޗާއަށްވުރެ މާހެޔޮ ރަނގަޅުތަކެތި އަހުރެންނަށް އެނބުރި ދެވޭތަނުގެ ގޮތުން ލިބޭނެއެވެ."
قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرۡتَ بِٱلَّذِي خَلَقَكَ مِن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ سَوَّىٰكَ رَجُلٗا
Open ayah 18:37އޭނާގެ (فقير) އެކުވެރިޔާ އޭނާއަށް ވާހަކަދައްކާ حال ބުންޏެވެ. "ކަލޭ ކަލޭހެއްދެވި ކަލާނގެއަށް ކާފަރުވެއްޖައީމުއެވެ. އެކަލާނގެއީ ކަލޭގެ ބައްޕަ (آدم عليه السّلام) ވެލިން ހައްދަވައި އަދި ކަލޭ މަނިފޮދުވަރަކުން ހައްދަވައި ދެން ފުރިހަމަ ބަރާބަރު ފިރިހެނަކަށް ހެއްދެވި ކަލާނގެއެވެ."
لَّٰكِنَّا۠ هُوَ ٱللَّهُ رَبِّي وَلَآ أُشۡرِكُ بِرَبِّيٓ أَحَدٗا
Open ayah 18:38އެހެނެއްކަމަކު އަހުރެން (އެކަލާނގެއަށް ކާފަރުނުވާހުށީމެވެ.) ﷲ އެއީ ކަނޑައެޅިގެން އަހުރެންގެ ربّ އެވެ. އަހުރެން އަހުރެންގެ ربّ އާއި ހަމައެކަކާއިވެސް شريك ނުކުރާހުރީމެވެ. ބައިވެރި ނުކުރާހުރީމެވެ.
وَلَوۡلَآ إِذۡ دَخَلۡتَ جَنَّتَكَ قُلۡتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالٗا وَوَلَدٗا
Open ayah 18:39ކަލޭ ކަލޭގެ ބަގީޗާއަށް ވަތްއިރު "ﷲ އިރާދަކުރެއްވިގޮތެވެ. ﷲ ގެ حضرة ންމެނުވީ ބާރެއް ލިބުމެއް ނުވެއެވެ." މިފަދައިން ބުނިނަމައެވެ. (އެފަދައިން ނުބުނީ ކީއްވެހެއްޔެވެ؟) ކަލެއަށްވުރެ އަހުރެން މުދަލާއި ދަރިން މަދުކަމުގައި ކަލޭ ދުއްނަމަވެސްމެއެވެ.
فَعَسَىٰ رَبِّيٓ أَن يُؤۡتِيَنِ خَيۡرٗا مِّن جَنَّتِكَ وَيُرۡسِلَ عَلَيۡهَا حُسۡبَانٗا مِّنَ ٱلسَّمَآءِ فَتُصۡبِحَ صَعِيدٗا زَلَقًا
Open ayah 18:40"އަހުރެންގެ ربّ އަހުރެންނަށް ކަލޭގެ ބަގީޗާއަށްވުރެ މާހެޔޮއެއްޗެތި ދެއްވުން أمّيد ކުރެވެއެވެ. އަދި ކަލޭގެ ބަގީޗާއަށް އެކަލާނގެ އުޑުން عذاب އެއް ފޮނުއްވައި އެތަނަކީ އެއްވެސް އެއްޗެއްނުވާ ފައިކައްސާލާކަހަލަ އޮމާން ހުސްބިމަކަށް ހައްދަވައިފާނެއެވެ.
أَوۡ يُصۡبِحَ مَآؤُهَا غَوۡرٗا فَلَن تَسۡتَطِيعَ لَهُۥ طَلَبٗا
Open ayah 18:41ނުވަތަ އެތަނަކީ އެތާނގެ ފެން އެތާނގެ ބިމުގެ އަޑިއަށް އެކަށްވަދެގެންގޮސް ފެންފޮދެއް ނެތްތަނަކަށް ވެދާނެއެވެ. ދެން އޭރުން އެފެން ހޯދުމަށް ކަލެއަށް ކުޅަދާނަވެގެން ނުވާނެއެވެ." • ދަންނައެވެ! ކަންވީގޮތަކީވެސް އެއީއެވެ. ދެބަގީޗާގެވެރިޔާ ބަގީޗާއަށް ދިޔައިރު އެތަންއޮތީ އެކަށް ހަލާކުވެފައެވެ! ކޮންމެވެސް ބަލާއެއް ފޮނުއްވައި އެތަން މުޅިން ސުންނާފަތިވެ ހަލާކުވީއެވެ. އޭނާ އެތަންތަނަށް ކުރި خرد އާއި ހޭދައިގެ ބަދަލުގައި އެއްވެސް منفع އެއް ލިބެންނެތި ގަސްތައްވެރި ބަރުބާދުވެފައެވެ. ދެން މިލިޔާ ދެތިން އާޔަތުގައި އެވަނީ އެޔާބެހޭ ވާހަކައިގެ خلاصة އެވެ.
وَأُحِيطَ بِثَمَرِهِۦ فَأَصۡبَحَ يُقَلِّبُ كَفَّيۡهِ عَلَىٰ مَآ أَنفَقَ فِيهَا وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَٰلَيۡتَنِي لَمۡ أُشۡرِكۡ بِرَبِّيٓ أَحَدٗا
Open ayah 18:42އަދި އޭނާގެ މޭވާތައް (އޭނާގެ މުދާތައް) ވަށައިލެވިއްޖެއެވެ. އެބަހީ: އޭނާގެ މުދާތަކަށް ކޮންމެވެސް އާފާތެއް ﷲ ފޮނުއްވައި އެތަކެތި ހަލާކުކުރައްވައިފިއެވެ. ދެންފަހެ އޭނާ އެބަގީޗާއަށްކުރި خرد އާއި އަދި އެޔަށްޖެހިފައިވާ مصيبة ގެ ސަބަބުން އެކަމާ ހިތާމައިން އޭނާގެ ދެއަތްތިލަ ފުރޮޅާކަމުގައިވިއެވެ. އަދި އޭނާ ބުނެއެވެ. "އަހުރެން އަހުރެންގެ ربّ އާއި އެކައްޗަކާވެސް شريك ނުކުރެވުނުނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟"
وَلَمۡ تَكُن لَّهُۥ فِئَةٞ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا
Open ayah 18:43އަދި އޭނާއަށް نصر ދީ އެހީތެރިވާނޭ އެއްވެސް جماعة އެއް ﷲ ފިޔަވައި އޭނާއަކަށް ނުވިއެވެ. އަދި (ﷲ ގެ عذاب) مَنَعَ ކުރެވޭނެމީހަކުކަމުގައި އޭނާ ނުވިއެވެ.
هُنَالِكَ ٱلۡوَلَٰيَةُ لِلَّهِ ٱلۡحَقِّۚ هُوَ خَيۡرٞ ثَوَابٗا وَخَيۡرٌ عُقۡبٗا
Open ayah 18:44(قيامة ދުވަހުން) ވެރިކަމާއި مِلْكُ ވަނީ ހަމައެކަނި حقّ ވަންތަ ﷲ އަށެވެ. އެކަލާނގެއީ ثواب ދެއްވުމުގެގޮތުންނާއި އަދި ފަހުކޮޅުގެ ދަރުމަޔާއި جزاء ދެއްވުމުގެގޮތުން ހެޔޮވެގެންވާ ކަލާނގެއެވެ.
وَٱضۡرِبۡ لَهُم مَّثَلَ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ فَأَصۡبَحَ هَشِيمٗا تَذۡرُوهُ ٱلرِّيَٰحُۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ مُّقۡتَدِرًا
Open ayah 18:45(އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު އެމީހުންނަށް ދުނިޔޭގެ حياة ގެ މިސާލު ޖައްސަވައިދެއްވާށެވެ! އެއީ އުޑުން ތިމަންރަސްކަލާނގެ ބާވައިލެއްވި ފެނެއްގެ މިސާލެވެ. ވާރޭގަނޑެއްގެ މިސާލެވެ. ދެން އެވާރޭފެން ވެހި، އެފެނާއި ބިމުގެ ފަތްޕިލާވެލި އެކުވެ (ގަސްތައް ރަގަނޅުވެ ފައްކާވުމަށްފަހު) ދެން ގަސްތައްހިކި ކުދިކުދިވެ ވަޔަށް ބުރައިގެންދާފަދަ ކުނޑިތަކަކަށްވީއެވެ. އަދި ﷲ تعالى ކޮންމެކަމަކަށް ކުޅަދުންވަންތަ ކަލަކުކަމުގައި ވޮޑިގެންވިއެވެ. • ދަންނައެވެ. ﷲ تعالى ދުނިޔޭގެ حياة ގެ މިސާލު ފެނެއްގެ މިސާލުގައި މިޖެއްސެވީ ފެނަކީ އެއްތަނެއްގައި قائم ވެ އޮންނައެއްޗެއްނޫނެވެ. އެފަދައިން ދުނިޔެވެސް އެއް حالة އެއްގައި ނުއޮންނާނެއެވެ. ހަމައެފަދައިން ފެނަކީ އަބަދު އޮންނަ އެއްޗެއްނޫނެވެ. ދުނިޔެވެސް އެފަދައިން ދެމިނުއޮންނާނެއެވެ. ހަމައެފަދައިން ވަކިމިންވަރަކަށް ފެންހުރެއްޖެނަމަ منفع ކުރާނެއެވެ. ގިނަވެއްޖެއްޔާ ގެއްލުން ދީފާނެއެވެ. ދުނިޔެވެސް އެފަދައެވެ. ދުނިޔެއިން ފުދޭ ވަކިމިންވަރެއް ފައިދާކުރާނެއެވެ. ގިނބައިވަރުތަކުން ގެއްލުންކުރާނެއެވެ. - والله أعلم މިއީ حكمة ތެރިންގެ ބައެއްބަހެވެ.
ٱلۡمَالُ وَٱلۡبَنُونَ زِينَةُ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَٱلۡبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيۡرٌ عِندَ رَبِّكَ ثَوَابٗا وَخَيۡرٌ أَمَلٗا
Open ayah 18:46މުދަލާއި ދަރިންނަކީ ދުނިޔޭގެ حياة ގެ ޒީނަތެކެވެ. އަދި بَاقِيَاتُ الصَّالِحَات އަކީ ކަލޭގެފާނުންގެ ربّ ގެ حضرة ގައި މާހެޔޮވެގެންވާ އެއްޗެކެވެ. ثواب ގެގޮތުންނާއި ފަހުކޮޅު ދަރުމަދެއްވުމުގެ މާހެޔޮވެގެންވެއެވެ. • ދަންނައެވެ. بَاقِيَاتُ الصَّالِحَات އަކާއިމެދު ދަންނަބޭކަލުންގެ މެދުގައި ބަސްތަފާތެވެ. ވަރަށްގިނަ ބޭކަލުން ވިދާޅުވަނީ އެއީ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ اْلعَظِيْم މިބަސްތައްކަމަށެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ فرض ފަސްނަމާދު ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ آخرة އަށްޓަކައި ކުރެވޭ ކޮންމެ صالح عمل އެއް ކަމަށެވެ. އެއީ ބުނާބަހެއްނަމަވެސް ކުރާ عمل އެއްނަމަވެސް ހަމަހަމައެވެ. އަދި މިނޫންގޮތްގޮތަށްވެސް ބުނެވެއެވެ. والله أعلم.
وَيَوۡمَ نُسَيِّرُ ٱلۡجِبَالَ وَتَرَى ٱلۡأَرۡضَ بَارِزَةٗ وَحَشَرۡنَٰهُمۡ فَلَمۡ نُغَادِرۡ مِنۡهُمۡ أَحَدٗا
Open ayah 18:47އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ދުއްވައިލާ ވިއްސިވިހާލިކޮށްލައްވާ ދުވަސް (ހަނދުމަފުޅުކުރައްވާށެވެ!) އަދި ބިންގަނޑު އެއްވެސްއެއްޗެއްނެތި ހަމަ ހާމަޔަށް ވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. (ނުވަތަ އެބިމުގައި ވަޅުލެވިފައިވާހާ މީހުންނާއި ތަކެތި ނެރެ ފައުޅުވެގެން ވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.) އަދި އޭގެތެރެއިން އެކަކުވެސް ދޫނުކުރައްވައި ތިމަންރަސްކަލާނގެ އެމީހުން محشر ކުރައްވާހުށީމެވެ. އެއްކުރައްވާހުށީމެވެ.
وَعُرِضُواْ عَلَىٰ رَبِّكَ صَفّٗا لَّقَدۡ جِئۡتُمُونَا كَمَا خَلَقۡنَٰكُمۡ أَوَّلَ مَرَّةِۭۚ بَلۡ زَعَمۡتُمۡ أَلَّن نَّجۡعَلَ لَكُم مَّوۡعِدٗا
Open ayah 18:48އަދި އެމީހުން ކަލޭގެފާނުންގެ ربّ ގެ حضرة އަށް ސަފަކަށް ހުށަހެޅޭނެއެވެ. (އަދި އެމީހުންނަށް އެންގޭނެއެވެ.) "ހަމަކަށަވަރުން ފުރަތަމަފަހަރު ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވިފަދައިން ތިމަންރަސްކަލާނގެ حضرة އަށް ކަލޭމެން ގެނެވުނީއެވެ. އަދި ކިއެއްހެއްޔެވެ. ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ހީކުރީ ތިމަންރަސްކަލާނގެ ކަލޭމެނަށް ކަނޑައެޅިގެންވާ ވަކިވަގުތެއް (އެބަހީ: ހިސާބުބައްލަވާ عمل ތަކަށް جزاء ދެއްވުމަށް) ވަކިވަގުތެއް ނުލައްވާނެކަމަށެވެ." (މިއީ قيامة ދޮގުކުރިމީހުންނަށް އެންގެވޭ އެންގެވުމެކެވެ.)
وَوُضِعَ ٱلۡكِتَٰبُ فَتَرَى ٱلۡمُجۡرِمِينَ مُشۡفِقِينَ مِمَّا فِيهِ وَيَقُولُونَ يَٰوَيۡلَتَنَا مَالِ هَٰذَا ٱلۡكِتَٰبِ لَا يُغَادِرُ صَغِيرَةٗ وَلَا كَبِيرَةً إِلَّآ أَحۡصَىٰهَاۚ وَوَجَدُواْ مَا عَمِلُواْ حَاضِرٗاۗ وَلَا يَظۡلِمُ رَبُّكَ أَحَدٗا
Open ayah 18:49އަދި عمل ގެ ފަތް ބޭއްވެވިދެއެވެ. (އެބަހީ: عمل ގެ ފަތް ކޮންމެމީހެއްގެ އަތުގައި ބޭއްވިދެއެވެ.) ފަހެ مجرم ން -އެބަހީ: ނުބައިނުލަފާމީހުން - އެމީހުންގެ ފަތުގައިވާތަކެތި ދެކެފައި ބިރުން ސިހިގެންދާނެއެވެ. (ހިތާމަކޮށް ރޮއިހަދާނެއެވެ.) އަދި ބުނާނެއެވެ. "އަހުރެމެންގެމައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މިއީ ކޮންކަހަލަ ފަތެއްހެއްޔެވެ. ކިތައްމެ ކުޑަފާފައެއްވިޔަސް އަދި ބޮޑުފާފައެއްވިޔަސް އޭގައި ނުހިމަނާ ނުވެއެވެ. (ހުރިހާ އެއްޗެއް އެބަހުއްޓެވެ.) " އަދި އެމީހުން ދުނިޔޭގައި ކުރިނަމަކުރި عمل އެއް حاضر ވެގެންވާތީ އެމީހުން ދެކޭނެއެވެ.
وَإِذۡ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ كَانَ مِنَ ٱلۡجِنِّ فَفَسَقَ عَنۡ أَمۡرِ رَبِّهِۦٓۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوۡلِيَآءَ مِن دُونِي وَهُمۡ لَكُمۡ عَدُوُّۢۚ بِئۡسَ لِلظَّٰلِمِينَ بَدَلٗا
Open ayah 18:50އަދި آدم (عليه السّلام) އަށް سجدة ކުރުމަށް ملائكة ބޭކަލުންނަށް ތިމަންރަސްކަލާނގެ އެންގެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) ފަހެ إبليس މެނުވީ އެންމެހައި ملائكة ބޭކަލުން سجدة ކުރެއްވިއެވެ. އޭނާވީ جِنِّ ންގެތެރެއިންނެވެ. ފަހެ އޭނާ އޭނާގެ ربّ ގެ أمر ފުޅު ރައްދުކޮށް އެކަލާނގެ ކިޔަމަނުން ނުކުމެއްޖެއެވެ. آدم عليه السّلام އަށް سجدة ނުކުރިއެވެ. (އޭ آدم ގެދަރިންނޭވެ!) އެ إبليس އާއި އޭނާގެ ދަރިފަސްކޮޅު ކަލޭމެންގެ عدوّ ންކަމުގައިވާ حال ވެސް ކަލޭމެން ތިމަންރަސްކަލާނގެ ފިޔަވައި އެއީސަހަރޯވެރިންކަމުގައި ބަލައި إختيار ކުރަނީހެއްޔެވެ؟ ކާފަރު އަދި އަނިޔާވެރިންގެ ބަދަލަކީ ނުބައިވެގެންވާ ބަދަލެކެވެ. (އެއީ ﷲ އަށް ކިޔަމަންވުމުގެ ބަދަލުގައި إبليس އަށް ކިޔަމަންވުމެވެ.)
۞مَّآ أَشۡهَدتُّهُمۡ خَلۡقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَا خَلۡقَ أَنفُسِهِمۡ وَمَا كُنتُ مُتَّخِذَ ٱلۡمُضِلِّينَ عَضُدٗا
Open ayah 18:51އަދި ތިމަންރަސްކަލާނގެ އުޑުތަކާއި ބިންހެއްދެވުމުގައި (އެހީތެރިވާން) إبليس އާއި އޭނާގެ ދަރިފަސްކޮޅު حاضر ނުކުރުވަމެވެ. އަދި އެމީހުން (އެއްބަޔަކު ހެއްދެވިއިރު އަނެއްބަޔަކުވެސް) حاضر ނުކުރުވަމެވެ. އަދި ވާގިވެރިންކަމުގައި މީސްތަކުން މަގުފުރައްދާ ބަޔަކު ހިއްޕަވާނޭކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ. (އަދި ކިއެއްހެއްޔެވެ. އެހުރިހާ ތަކެތި ހެއްދެވީ އެއްވެސް އެހީތެރި ވާގިވެރިއަކާނުލައި ހަމަ ތިމަންރަސްކަލާނގެ އެކަންޏެވެ.)
وَيَوۡمَ يَقُولُ نَادُواْ شُرَكَآءِيَ ٱلَّذِينَ زَعَمۡتُمۡ فَدَعَوۡهُمۡ فَلَمۡ يَسۡتَجِيبُواْ لَهُمۡ وَجَعَلۡنَا بَيۡنَهُم مَّوۡبِقٗا
Open ayah 18:52(އަދި އެ مشرك ންނަށް) އެކަލާނގެ އަންގަވާދުވަސް (ހަނދުމަފުޅުކުރައްވާށެވެ!) (އެކަލާނގެ އަންގަވާނެއެވެ.) ތިމަންރަސްކަލާނގެއަށްވާ شريك ންކަމުގައި ކަލޭމެން ހީކުރި ފަރާތްތަކަށް ކަލޭމެން ގޮވާށެވެ! (އެއީ އެތަކެތި ކަލޭމެނަށް نصر ދީ ތިމަންރަސްކަލާނގެ عذاب مَنَعَ ކުރާށެވެ.) ދެންފަހެ އެމީހުން އެތަކެއްޗަށް ގޮވާނެއެވެ. އަދި އެތަކެތި އެމީހުންނަށް އެއްވެސް جواب އެއް ނުދޭނެއެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނާއި އެމީހުން އެހީކުރި شريك ންތަކާ ދެމެދު عداوة ތެރިކަމެއް ލެއްވީމެވެ. / ނުވަތަ ނަރަކައިގެ ވާދީއެއް ލެއްވީމެވެ. / ނުވަތަ ހަލާކުވާނެތަނެއް ލެއްވީމެވެ.
وَرَءَا ٱلۡمُجۡرِمُونَ ٱلنَّارَ فَظَنُّوٓاْ أَنَّهُم مُّوَاقِعُوهَا وَلَمۡ يَجِدُواْ عَنۡهَا مَصۡرِفٗا
Open ayah 18:53އަދި ނުބައި ނުލަފާމީހުން (مجرم ން) ނަރަކަ ދެކޭނެއެވެ. އަދި އެމީހުން އެތަނަށް ވަންނާނެކަން އެމީހުންނަށް އެނގޭނެއެވެ. އަދި އެތަނާ ދުރަށް (އެއިން ބަޗައިގަންނާނެގޮތެއް) ދާނެ އެއްވެސްގޮތެއް އެމީހުންނަކަށް ނުފެންނާނެއެވެ.
وَلَقَدۡ صَرَّفۡنَا فِي هَٰذَا ٱلۡقُرۡءَانِ لِلنَّاسِ مِن كُلِّ مَثَلٖۚ وَكَانَ ٱلۡإِنسَٰنُ أَكۡثَرَ شَيۡءٖ جَدَلٗا
Open ayah 18:54އަދި ހަމަކަށަވަރުން ހުރިހާ ވައްތަރެއްގެ މިސާލެއް މީސްތަކުންނަށްޓަކައި މި قرآن ގައި ތިމަންރަސްކަލާނގެ ޖައްސަވާހެއްދެވީމެވެ. އަދި އިންސާނާ ވަނީ جدل ކުރުންބޮޑު، އިދިކޮޅުހެދުން ގަދަ މީހަކުކަމުގައެވެ.
وَمَا مَنَعَ ٱلنَّاسَ أَن يُؤۡمِنُوٓاْ إِذۡ جَآءَهُمُ ٱلۡهُدَىٰ وَيَسۡتَغۡفِرُواْ رَبَّهُمۡ إِلَّآ أَن تَأۡتِيَهُمۡ سُنَّةُ ٱلۡأَوَّلِينَ أَوۡ يَأۡتِيَهُمُ ٱلۡعَذَابُ قُبُلٗا
Open ayah 18:55އަދި މީސްތަކުންގެގާތަށް ތެދުމަގު އައުމަށްފަހު އެމީހުން إيمان ވުމުން މަނާވެ އެމީހުން ގެ ربّ ގެ حضرة ގައި ފާފަފުއްސެވުމަށް ދެންނެވުން މަނާވީކަމެއްކަމުގައި އިހުޒަމާނުގެ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ އެގެންދެވި أصول އަދި އެގޮތް އެމީހުންނަށްވެސް އައުން ކަމުގައިމެނުވީ ނުވެއެވެ. އެއީ عذاب އަންނަންދެން އީމާންނުވެ ތިބުމެވެ. ނުވަތަ ކުއްލިއަކަށް ނުވަތަ ހަމަފައުޅުގައި އެމީހުންނަށް عذاب އައުންކަމުގައިމެނުވީ ނުވެއެވެ.
وَمَا نُرۡسِلُ ٱلۡمُرۡسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَۚ وَيُجَٰدِلُ ٱلَّذِينَ كَفَرُواْ بِٱلۡبَٰطِلِ لِيُدۡحِضُواْ بِهِ ٱلۡحَقَّۖ وَٱتَّخَذُوٓاْ ءَايَٰتِي وَمَآ أُنذِرُواْ هُزُوٗا
Open ayah 18:56އަދި އުފާވެރިކަމުގެ خبر ދެއްވާ ބޭކަލުންކަމުގައްޔާއި އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލުންކަމުގައި މެނުވީ ތިމަންރަސްކަލާނގެ رسول ބޭކަލުން ނުފޮނުއްވަމެވެ. (އެބަހީ: ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީ ތިމަންރަސްކަލާނގެއަށް ކިޔަމަންވާ އަޅުންނަށް قيامة ދުވަހުން ސުވަރުގެޔާއި އެތާނގެ ތަފާތު نعمة ތައް ހުރިކަމުގެ އުފާވެރިކަމުގެ خبر ދެއްވުމަށާއި އަދި ތިމަންރަސްކަލާނގެއަށް ނުކިޔަމަންތެރިވީ އަޅުންނަށް قيامة ދުވަހުން ނަރަކައާއި އެތާނގެ ތަފާތު عذاب ހުރިކަމުގެ ބިރުވެރި خبر ދެއްވުމަށެވެ.) އަދި ކާފަރުވެއްޖެ މީސްތަކުން باطل އަދި ތާކުންތާކުނުޖެހޭ دليل ތަކުން جدل ކޮށްހަދައެވެ. އެއީ حقّ ނެތިކޮށްލައި حقّ ފިލުވައިލުމަށެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތަކާއި އެމީހުންނަށް إنذار ކުރެވުނު އަދި ބިރުގެންނެވުނުތަކެތި އެއީ މަލާމާތާއި ފުރައްސާރަޔަކަށް ހަދައިލިއެވެ. • ދަންނައެވެ! މިއާޔަތުގައިއެވާ آيَاتِي އޭ އޮތްބަސްފުޅުގެ މުރާދުކުރައްވަނީ ކީރިތި قرآن އާއި ދެންވެސް ބާވައިލެއްވި وحي އެވެ. އަދި އެމީހުންނަށް إنذار ވެވުނުތަކެތީގެ މުރާދަކީ رسول ބޭކަލުންނަށް ދެއްވުނު معجزة ތަކާއި عَادَ ފޫވައްޓަވައިފަނިވި ކަންތައްތަކެވެ. މިހުރިހާ ތަކެއްޗަކީ މަލާމާތްކުރެވޭ، باطل އަދި ކުޅިވަރުކަމުގައި ކާފަރުންތައް ހަދައިލިއެވެ.
وَمَنۡ أَظۡلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ فَأَعۡرَضَ عَنۡهَا وَنَسِيَ مَا قَدَّمَتۡ يَدَاهُۚ إِنَّا جَعَلۡنَا عَلَىٰ قُلُوبِهِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِيٓ ءَاذَانِهِمۡ وَقۡرٗاۖ وَإِن تَدۡعُهُمۡ إِلَى ٱلۡهُدَىٰ فَلَن يَهۡتَدُوٓاْ إِذًا أَبَدٗا
Open ayah 18:57އަދި އެމީހެއްގެ ގާތުގައި އެމީހެއްގެ ربّ ގެ އާޔަތްތައް ހަނދާންކޮށްދެވުމަށްފަހު ދެން އެ آية ތަކުން އޭނާ މޫނު އަނބުރައިލާ އަދި އޭނާކޮށްފައިވާ ފާފަތައް ހަނދާންނައްތާލި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުހުންނާނެއެވެ.) ހަމަކަށަވަރުން އެމީހުންގެ ހިތްތަކުގެމަތީގައި އެމީހުންނަށް ނުވިސްނޭނޭގޮތުން ތިމަންރަސްކަލާނގެ މައްޗެއް ނުވަތަ ހުރަހެއް ލެއްވީމެވެ. އަދި އެމީހުންގެ ކަންފަތްތަކުގެމަތީގައި ބައްކަމެއް (ބަރުކަމެއް) ލެއްވީމެވެ. ފަހެ ކަލޭގެފާނު އެމީހުންނަށް ތެދުމަގަށް ކިތަންމެވަރަކަށް ގޮވާލެއްވިޔަސް ހަމަހިލާދުވަހަކުވެސް އެމީހުންނަކަށް ތެދުމަގެއް ނުލިބޭނެއެވެ.
وَرَبُّكَ ٱلۡغَفُورُ ذُو ٱلرَّحۡمَةِۖ لَوۡ يُؤَاخِذُهُم بِمَا كَسَبُواْ لَعَجَّلَ لَهُمُ ٱلۡعَذَابَۚ بَل لَّهُم مَّوۡعِدٞ لَّن يَجِدُواْ مِن دُونِهِۦ مَوۡئِلٗا
Open ayah 18:58(އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނުންގެ ربّ އެއީ ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ. އަދި އެއީ رحمة ގެވެރިކަލާނގެއެވެ. އަދި އެމީސްތަކުންކުރާ ފާފަޔާއި ނުލަފާ ކަންތަކުގެ ސަބަބުން އެމީހުން ހިއްޕަވާނެނަމަ ހަމަކަށަވަރުން އެމީހުންނަށް عذاب އަވަސްކުރައްވައިފީހެވެ. އަދި އެހެންނަމަވެސް އެމީހުންނަށް (عذاب ދެއްވުމުގެ) ވަކިވަގުތެއް ކަނޑައެޅިގެން ވެއެވެ. (އެއީ قيامة ދުވަހެވެ.) އަދި އެކަލާނގެ ފިޔަވައި އެމީހުން ސަލާމަތްވާންދާނެތަނެއް އަދި ސަލާމަތްކޮށްދޭނެމީހަކު އެމީހުންނަކަށް ނުވާނެއެވެ.
وَتِلۡكَ ٱلۡقُرَىٰٓ أَهۡلَكۡنَٰهُمۡ لَمَّا ظَلَمُواْ وَجَعَلۡنَا لِمَهۡلِكِهِم مَّوۡعِدٗا
Open ayah 18:59އަދި ތިމަންރަސްކަލާނގެ އެހަލާކުކުރެއްވި ހުރިހާ ރަށްރަށެއް އެރަށްރަށުގެ أهل ވެރިން އަނިޔާވެރިވީހިނދުން އެރަށްރަށް ހަލާކުކުރެއްވުމަށް ތިމަންރަސްކަލާނގެ ވަކިވަގުތެއް ކަނޑައެޅުއްވީމެވެ. (އެކަނޑައެޅުއްވި ވަގުތު އެރަށްރަށް ހަލާކުވެގެންދިޔައީއެވެ. އެކަންކަމުން މި مكّة ގެ أهل ވެރިން عبرة حاصل ކުރުންހުއްޓެވެ.)
وَإِذۡ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبۡرَحُ حَتَّىٰٓ أَبۡلُغَ مَجۡمَعَ ٱلۡبَحۡرَيۡنِ أَوۡ أَمۡضِيَ حُقُبٗا
Open ayah 18:60އަދި موسى (عليه السّلام) އެކަލޭގެފާނުންގެ އަރިހުގައިވާ ޒުވާނާއަށް (يُوْشَعُ بنُ نُون އަށް) ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. "مَجْمَعَ الْبَحْرَيْنِ އެވެ ކިޔާތަނަށް (ދެކަނޑު އެއްވާތަނަށް - ދެކަނޑުގުޅޭތަނަށް) ދެވިއްޖައުމަށްދާންދެން ނުވަތަ އެތަކެއްދުވަސްތަކެއް ނުވަތަ އަހަރުތަކެއްވަންދެން އަހުރެމެންގެ މިދަތުރު ހުއްޓައިނުލާ ކުރިޔަށްދާހުށީމެވެ."
فَلَمَّا بَلَغَا مَجۡمَعَ بَيۡنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُۥ فِي ٱلۡبَحۡرِ سَرَبٗا
Open ayah 18:61ދެންފަހެ އޭގެ ދެބޭކަލުން އެހިސާބަށް ވަޑައިގެންނެވުނުހިނދުން (އެބަހީ: އެދެކަނޑުގުޅޭ ހިސާބަށް) ވަޑައިގެންނެވުނުހިނދުން އެދެބޭކަލުން (ގެންގޮސްފައިވާ) މަހުގެ މަތިން އެދެބޭކަލުން ހަނދުމަފުޅު ނެތިއްޖެއެވެ. އަދި އެމަސް އޭތިދިޔަގޮތް އެނގޭގޮތަށް ކަނޑުގައި މަގެއް ހަދައިފާ އޭތި ހިނގައްޖެއެވެ. (އެއީ ހޮރެއްގޮތަށް ހެދިފައިވާ މަގެކެވެ.)
فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدۡ لَقِينَا مِن سَفَرِنَا هَٰذَا نَصَبٗا
Open ayah 18:62ދެންފަހެ އޭގެ ދެބޭކަލުން އެތަން ފަހަނަޅައިކުރިޔަށް ވަޑައިގެންނެވުނުހިނދުން موسى (عليه السّلام) އެކަލޭގެފާނުންގެ ޒުވާނާއަށް ވިދާޅުވިއެވެ. "އަހުރެމެންގެ މެންދުރުގެ ކާނާގެންނާށެވެ! ހަމަކަށަވަރުން އަހުރެމެންގެ މިދަތުރުގައި އަހުރެމެންނަށް އުނދަގުލާއި ވަރުބަލިކަން ޖެހިއްޖެއެވެ."
قَالَ أَرَءَيۡتَ إِذۡ أَوَيۡنَآ إِلَى ٱلصَّخۡرَةِ فَإِنِّي نَسِيتُ ٱلۡحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيۡطَٰنُ أَنۡ أَذۡكُرَهُۥۚ وَٱتَّخَذَ سَبِيلَهُۥ فِي ٱلۡبَحۡرِ عَجَبٗا
Open ayah 18:63އެޒުވަނާ ދެންނެވިއެވެ. "ކަލޭގެފާނު ނިކަން ބައްލަވާށެވެ! އަހުރެމެން އެހިލަގަނޑުގެ ކައިރީގައި އަރާމުކޮށްލުމަށް ތިބިހިނދު އެމަހުގެމަތީން އަހުރެން ހަނދާންނެތިއްޖެއެވެ. އަދި އަހުރެން އެމަސްމަތިން ހަނދާންނައްތުވައިލީ شيطان އާކަމުގައިމެނުވީ ނުވެއެވެ."
قَالَ ذَٰلِكَ مَا كُنَّا نَبۡغِۚ فَٱرۡتَدَّا عَلَىٰٓ ءَاثَارِهِمَا قَصَصٗا
Open ayah 18:64އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. "އަހުރެން އެދޭތަނަކީ އެއީއެވެ." ދެންފަހެ އެދެބޭކަލުން އެދެބޭކަލުން ވަޑައިގެންނެވިމަގުގެ އަސަރާ تبع ވެގެން އައިކޮޅަށް رجوع ވެވަޑައިގެންފިއެވެ. (އެމަސް ދިރިގެން ދިޔަ ހިސާބަށް ވަޑައިގެންފިއެވެ.)
فَوَجَدَا عَبۡدٗا مِّنۡ عِبَادِنَآ ءَاتَيۡنَٰهُ رَحۡمَةٗ مِّنۡ عِندِنَا وَعَلَّمۡنَٰهُ مِن لَّدُنَّا عِلۡمٗا
Open ayah 18:65ދެންފަހެ އެތަނުން އޭގެދެބޭކަލުން، ތިމަންރަސްކަލާނގެ އަޅުންކުރެ އަޅަކު ދެކެވަޑައިގެންފިއެވެ. އެއަޅަކީ ތިމަންރަސްކަލާނގެ حضرة ން އެއަޅާއަށް رحمة އެއް (خاصّ رحمة އެއް) ދެއްވާފައިވާ އަޅެކެވެ. އަދި އެއަޅާއަށް ތިމަންރަސްކަލާނގެ (خاصّ) علم އެއް އުގަންނަވައިދެއްވީމެވެ. އެއީ (خَضِرُ عليه السّلام ކަމުގައި مفسّر ން ވިދާޅުވިއެވެ.)
قَالَ لَهُۥ مُوسَىٰ هَلۡ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمۡتَ رُشۡدٗا
Open ayah 18:66موسى عليه السّلام އެބޭކަލަކަށް ވިދާޅުވިއެވެ. "ތެދުމަގާއި حقّ ގެތެރެއިން ކަލޭގެފާނަށް އުގަންނަވައިދެއްވިފައިވާ ތަކެތީގެތެރެއިން އަހުރެންނަށް ކަލޭގެފާނު އުގަންނަވައިދެއްވުމުގެ މައްޗަށް ކަލޭގެފާނާ އަހުރެން تبع ވަންތޯއެވެ؟ (ކަލޭގެފާނުންގެ އަރިހުގައި އަހުރެން ގެންދަވާނުތޯއެވެ؟) "
قَالَ إِنَّكَ لَن تَسۡتَطِيعَ مَعِيَ صَبۡرٗا
Open ayah 18:67އެބޭކަލަކު ވިދާޅުވިއެވެ. "ހަމަކަށަވަރުން ކަލޭގެފާނަށް އަހުރެންނާ އެކު ކެތްތެރިވެވަޑައިގެން ހުންނެވުމަކަށް ކުޅަދާނަފުޅު ނުވާނެއެވެ.
وَكَيۡفَ تَصۡبِرُ عَلَىٰ مَا لَمۡ تُحِطۡ بِهِۦ خُبۡرٗا
Open ayah 18:68އެކަމެއްގެ އެއްވެސް އެނގުމެއް އަދި خبر އެއް ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވާކަމެއްގެމައްޗަށް ކަލޭގެފާނު ކެތްކުރައްވާނީ ކޮންފަދައަކުންތޯއެވެ؟"
قَالَ سَتَجِدُنِيٓ إِن شَآءَ ٱللَّهُ صَابِرٗا وَلَآ أَعۡصِي لَكَ أَمۡرٗا
Open ayah 18:69އެކަލޭގެފާނު يعني: موسى (عليه السّلام) ވިދާޅުވިއެވެ. "ﷲ އިރާދަކުރެއްވިއްޔާ ކަލޭގެފާނު އަހުރެން ދެކެވަޑައިގަންނަވާނީ ކެތްތެރިއަކު ކަމުގައެވެ. އަދި ކަލޭގެފާނުންގެ އަމުރުފުޅަކަށް އަހުރެން ނުއުރެދޭހުށީމެވެ."
قَالَ فَإِنِ ٱتَّبَعۡتَنِي فَلَا تَسۡـَٔلۡنِي عَن شَيۡءٍ حَتَّىٰٓ أُحۡدِثَ لَكَ مِنۡهُ ذِكۡرٗا
Open ayah 18:70އެބޭކަލަކު ވިދާޅުވިއެވެ. "ކަލޭގެފާނު އަހުރެންނާ تبع ވެވަޑައިގަންނަވަންޏާ (އަހުރެންނާއެކު ވަޑައިގަންނަވަންޏާ) އެއްވެސްއެއްޗަކާ މެދު އަދި އެއްވެސްކަމަކާ މެދު އަހުރެން އެކަމެއް بيان ކޮށްދެއްވުމުގެގޮތުން ކަލޭގެފާނާ ފަށައިގެން ވާހަކަދައްކަވައިފުމަށްދާންދެން އެއްވެސްކަމަކާ މެދު އަހުރެންނާ ސުވާލު ނުކުރައްވާށެވެ!"
فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِي ٱلسَّفِينَةِ خَرَقَهَاۖ قَالَ أَخَرَقۡتَهَا لِتُغۡرِقَ أَهۡلَهَا لَقَدۡ جِئۡتَ شَيۡـًٔا إِمۡرٗا
Open ayah 18:71ދެންފަހެ އެދެބޭކަލުން - އެބަހީ: موسى عليه السّلام އާ خَضِرُ عليه السّلام އާއި ދެބޭކަލުން (އެކުއެކުގައި) ވަޑައިގެންފިއެވެ. އެއީ އެދެބޭކަލުން ނަވަކަށް އަރާވަޑައިގެންފުމަށްދާންދެނެވެ. (ދެން އެދެބޭކަލުން ނަވަށް އަރާވަޑައިގެން ހަމަޖެހިވަޑައިގަތުމަށްފަހު) خَضِرُ عليه السّلام އެނައުގެ (ފިލައެއް ނައްޓުވާލައްވާ) ނައު ފޫވައްޓަވާލައްވައިފިއެވެ. موسى عليه السّلام ވިދާޅުވިއެވެ. "ކަލޭގެފާނު އެނަވުގެ أهل ވެރިން غرق ކޮށްލެއްވުމަށްޓަކައި އެނައު ފޫވައްޓާލެއްވީތޯއެވެ؟ ހަމަކަށަވަރުން ތިޔަކުރެއްވީ ބޮޑުވެގެންވާ منكراة އެކެވެ."
قَالَ أَلَمۡ أَقُلۡ إِنَّكَ لَن تَسۡتَطِيعَ مَعِيَ صَبۡرٗا
Open ayah 18:72خَضِرُ عليه السّلام ވިދާޅުވިއެވެ. "ކަލޭގެފާނަށް އަހުރެންނާއެކު ކެތްތެރިވެވަޑައިގެން ނުހުންނެވޭނެ ވާހަކަ އަހުރެން ނުދަންނަވަންތޯއެވެ." (އެބަހީ: ދެންނެވީމެވެ.)
قَالَ لَا تُؤَاخِذۡنِي بِمَا نَسِيتُ وَلَا تُرۡهِقۡنِي مِنۡ أَمۡرِي عُسۡرٗا
Open ayah 18:73موسى عليه السّلام ވިދާޅުވިއެވެ. "އަހުރެންނަށް ހަނދާންނެތުނުކަމަކާ މެދު ކަލޭގެފާނު އަހުރެން ކުށެއްކުރިކަމުގައި ނުބައްލަވާށެވެ. އަދި އަހުރެންގެ ކަންތަކުގައި އަހުރެންނަށް ކަލޭގެފާނު ދަތި އުނދަގޫ ނުޖައްސަވާށެވެ."
فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمٗا فَقَتَلَهُۥ قَالَ أَقَتَلۡتَ نَفۡسٗا زَكِيَّةَۢ بِغَيۡرِ نَفۡسٖ لَّقَدۡ جِئۡتَ شَيۡـٔٗا نُّكۡرٗا
Open ayah 18:74ދެންފަހެ އޭގެދެބޭކަލުން އެވަޑައިގަންނަވާމަގުން ވަޑައިގެންފިއެވެ. އެއީ އެދެބޭކަލުން ކުޑަކުއްޖަކާ ބައްދަލުވެވަޑައިގެންފުމަށްދާންދެންނެވެ. ދެންފަހެ خَضِرُ عليه السّلام އެކުއްޖާ މަރުއްވާލައްވައިފިއެވެ. موسى عليه السّلام ވިދާޅުވިއެވެ. "އެއްވެސްމީހެއްގެ މަރުގެ ބަދަލަކާ ނުލައި ހަމަ طاهر نفس އެއް ކަލޭގެފާނު ތިޔަ މަރުއްވާލެއްވީތޯއެވެ؟ ހަމަކަށަވަރުން ތިޔަކުރެއްވީ ވަރަށްވެސް ބޮޑުވެގެންވާ منكراة އެކެވެ."
۞قَالَ أَلَمۡ أَقُل لَّكَ إِنَّكَ لَن تَسۡتَطِيعَ مَعِيَ صَبۡرٗا
Open ayah 18:75خَضِرُ عليه السّلام ވިދާޅުވިއެވެ. ކަލޭގެފާނަށް އަހުރެންނާއެކު ކެތްތެރިވެވަޑައިނުގެންނެވޭނެވާހަކަ ކަލޭގެފާނަށް އަހުރެން ނުދަންނަވަންތޯއެވެ؟ އެބަހީ: ދެންނެވީމެވެ.
قَالَ إِن سَأَلۡتُكَ عَن شَيۡءِۭ بَعۡدَهَا فَلَا تُصَٰحِبۡنِيۖ قَدۡ بَلَغۡتَ مِن لَّدُنِّي عُذۡرٗا
Open ayah 18:76موسى عليه السّلام ވިދާޅުވިއެވެ. މިފަހަރަށްފަހު ދެން އަހުރެން ކަލޭގެފާނާއި ސުވާލުކޮށްފިއްޔާ ދެން ކަލޭގެފާނު އަހުރެންނާއެކު ނުއުޅުއްވާނީއެވެ. އޭރުން ހަމަކަށަވަރުން (ކަލޭގެފާނު އަހުރެންނާ ވަކިވެވަޑައިގެންނެވުމަށް) އަހުރެންގެފަރާތުން عُذُرُ އެއް ކަލޭގެފާނަށް ލިބިވަޑައިގެންފިނޫންތޯއެވެ؟
فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهۡلَ قَرۡيَةٍ ٱسۡتَطۡعَمَآ أَهۡلَهَا فَأَبَوۡاْ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارٗا يُرِيدُ أَن يَنقَضَّ فَأَقَامَهُۥۖ قَالَ لَوۡ شِئۡتَ لَتَّخَذۡتَ عَلَيۡهِ أَجۡرٗا
Open ayah 18:77ދެންފަހެ އޭގެދެބޭކަލުން (އަލުންވެސް) އެވަޑައިގަންނަވާގޮތަށް ވަޑައިގެންފިއެވެ. އެއީ އެދެބޭކަލުން ރަށެއްގެ أَهل ވެރިންތަކަކާއި ހަމައަށް ވަޑައިގެންފުމަށްދާންދެނެވެ. އަދި އެދެބޭކަލުން އެރަށުގެ أهلވެރިންގެ ކިބައިން ކާއެތިކޮޅަކަށް އެދިވަޑައިގެންނެވިއެވެ. އަދި އެބައިމީހުން އެދެބޭކަލުންނަށް ކާއެތިކޮޅު ދިނުމުން (މެހްމާންދާރީ އަދާކުރުމުން) މަނާވެގެންފިއެވެ. (ކާއެތިކޮޅު ނުދެއްވިއެވެ. ދެން އެދެބޭކަލުން އެތަނުން ވަޑައިގެންނެވީއެވެ.) އަދި ވެއްޓޭން ގާތްވެފައިވާ ފާރެއް އެދެބޭކަލުން އެރަށުން ދެކެވަޑައިގެންނެވިއެވެ. ދެން خَضِرُ عليه السّلام އެފާރު ތެދުކުރައްވާ ރަނގަޅަށް قائم ކުރެއްވިއެވެ. موسى عليه السّلام ވިދާޅުވިއެވެ. ކަލޭގެފާނު އެދިވަޑައިގެންފިއްޔާ ތިޔަކުރެއްވި ކަންތަކުގެމައްޗަށް އުޖޫރައެއް ހިތްޕެވިދާނެއެވެ.
قَالَ هَٰذَا فِرَاقُ بَيۡنِي وَبَيۡنِكَۚ سَأُنَبِّئُكَ بِتَأۡوِيلِ مَا لَمۡ تَسۡتَطِع عَّلَيۡهِ صَبۡرًا
Open ayah 18:78އެކަލޭގެފާނު يعني: (خَضِر عليه السّلام) ވިދާޅުވިއެވެ. މިފަހަރު ދެން މިއީ އަހުރެންނާއި ކަލޭގެފާނާއި ދެމެދު ވަކިވާ ފަހަރެވެ. އަދި ކަލޭގެފާނު އެކަންކަމުގެ މައްޗަށް ކެތްތެރިވެވަޑައިގެންނެވުމަށް ކުޅަދާނަ ފުޅުވެވަޑައިނުގެންނެވުނު ކަންކަމުގެ خبر ނިކަންހުރެ އަހުރެން ކަލޭގެފާނަށް ދަންނަވާ بيان ކޮށްދެއްވާހުށީމެވެ.
أَمَّا ٱلسَّفِينَةُ فَكَانَتۡ لِمَسَٰكِينَ يَعۡمَلُونَ فِي ٱلۡبَحۡرِ فَأَرَدتُّ أَنۡ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٞ يَأۡخُذُ كُلَّ سَفِينَةٍ غَصۡبٗا
Open ayah 18:79އެނައު ދަންނައެވެ. އެނައު އެއީ ނިކަމެތި މިސްކީނުބަޔަކުގެ އެއްޗެކެވެ. އެމީހުން ކުއްޔަށް މީހުން އުފުލުމަށް ކަނޑުގައި ދަތުރުކުރަނީއެވެ. ދެންފަހެ އަހުރެން قصد ކުރީ އެނައު އައިބު ކޮށްލާށެވެ. އެހެނީ އެމީހުން އެދާދިމާލުގައި (އަނިޔާވެރި) ރަސްކަލެއްވެއެވެ. އެރަސްގެފާނު އެގޮތަށް ސަލާމަތުން އައިބެއް ނެތިވާ ކޮންމެ ނަވެއް غَصْبُ ން އަތުލައިގަނެއެވެ. (އެހެންވެ އެނައު އައިބު ކޮށްލީއެވެ. ބުނެވެނީ ދެން އެނައު އައިކޮޅަށް އަނބުރާފައިގޮސް ރަސްގެފާނުންގެ އަތުން ސަލާމަތްވީކަމަށެވެ.)
وَأَمَّا ٱلۡغُلَٰمُ فَكَانَ أَبَوَاهُ مُؤۡمِنَيۡنِ فَخَشِينَآ أَن يُرۡهِقَهُمَا طُغۡيَٰنٗا وَكُفۡرٗا
Open ayah 18:80އަދި އެކުޑަކުއްޖާ ދަންނައެވެ. އެކުއްޖާގެ މައިންބަފައިންނަކީ ދެ مؤمن ންކަމުގައިވިއެވެ. (އަދި އެކުއްޖާއަކީ ނުބައި ނުލަފާ ކުއްޖަކުކަމުގައިވިއެވެ. އަދި އެއްރިވާޔަތެއްގައިވަނީ އެއީ ކާފަރުވާނެ ކުއްޖެއްކަމަށެވެ.) ދެންފަހެ އެކުއްޖާ ބޮޑުވެގެން އެކުއްޖާގެ މައިންބަފައިންނަށް ނުކިޔަމަންތެރިކަމާއި ކާފަރުކަން ޖައްސައިފާނެކަމަށް އަހުރެން ބިރުގަތީއެވެ. (އެހެންވެ އެކުއްޖާ މެރީއެވެ.)
فَأَرَدۡنَآ أَن يُبۡدِلَهُمَا رَبُّهُمَا خَيۡرٗا مِّنۡهُ زَكَوٰةٗ وَأَقۡرَبَ رُحۡمٗا
Open ayah 18:81އަދި އަހުރެން އެދުނީ އެކުއްޖާގެ ބަދަލުގައި އެދެމީހުންނަށް ދީންވެރިކަމާއި طاهر ކަމާއި އަދި رَحم އާއި އޯގާވެރިކަމުގެގޮތުން މާހެޔޮ ރަނގަޅު ދަރިއަކު ދެއްވުމަށެވެ.
وَأَمَّا ٱلۡجِدَارُ فَكَانَ لِغُلَٰمَيۡنِ يَتِيمَيۡنِ فِي ٱلۡمَدِينَةِ وَكَانَ تَحۡتَهُۥ كَنزٞ لَّهُمَا وَكَانَ أَبُوهُمَا صَٰلِحٗا فَأَرَادَ رَبُّكَ أَن يَبۡلُغَآ أَشُدَّهُمَا وَيَسۡتَخۡرِجَا كَنزَهُمَا رَحۡمَةٗ مِّن رَّبِّكَۚ وَمَا فَعَلۡتُهُۥ عَنۡ أَمۡرِيۚ ذَٰلِكَ تَأۡوِيلُ مَا لَمۡ تَسۡطِع عَّلَيۡهِ صَبۡرٗا
Open ayah 18:82އަދި އެފާރު ދަންނައެވެ. އެއީ އެރަށުގައިވާ يتيم ދެކުދިންގެ ފާރެއްކަމުގައިވިއެވެ. އަދި އެތާނގެ ދަށުގައި އެދެކުދިންނަށްވާ خزانة އެއްވެއެވެ. އަދި އެދެކުދިންގެ ބައްޕައަކީ صالح މާތްމީހަކުކަމުގައިވިއެވެ. ދެންފަހެ ކަލޭގެފާނުންގެ ربّ އެދިވޮޑިގެންނެވީ އެދެކުދީން ބޮޑުވެ تصرّف ފުދުމަށްފަހު އެދެކުދިންނަށް އެދެކުދިންގެ خزانة ނެރެދެއްވުމަށެވެ. އެއީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. އަދި އަހުރެން އެކަންކަން ކުރީ އަހުރެންގެ އަމިއްލަ رَأى އާއި ވިސްނުމަކަށްނޫނެވެ. (އެންގެވުމެއްގެމަތީންނެވެ.) ކަލޭގެފާނަށް އެކަންކަމުގެމައްޗަށް ކެތްތެރިވެ ވަޑައިނުގެންނެވުނު ކަންކަމުގެ تفسير އަކީ އަދި ބަޔާނަކީ އެއީއެވެ.
وَيَسۡـَٔلُونَكَ عَن ذِي ٱلۡقَرۡنَيۡنِۖ قُلۡ سَأَتۡلُواْ عَلَيۡكُم مِّنۡهُ ذِكۡرًا
Open ayah 18:83(އޭ رسول ﷲ އެވެ.) އެމީހުން - (يعني: يهودي ންބުނެގެން مشرك ން ބުނެއެވެ.) ذُوْالْقَرْنَيْنِ އާއި ބެހޭގޮތުން ކަލޭގެފާނާއި ސުވާލުކުރާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ނިކަންހުރެ ކަލޭމެނަށް އަހުރެން އެކަލޭގެފާނުންގެ خبر (وحي ގެ ذريعة އިން) ކިޔައިދޭހުރީމެވެ. • ދަންނައެވެ. ذُوْالْقَرْنَيْنِ އަކީ ކޮން ބޭކަލެއްކަމާމެދު تفسير علم ވެރިންގެ ފޮތްތަކާއި تاريخ ފޮތްތަކުގައި إختلاف ތަކެއްވެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. أبوجعفر الطبري ގެ تفسير ގައި ބުނެވިގެންވެއެވެ. އެއީ رُوم ކަރައިގެ ޒުވާނެކެވެ. އަދި ހަމަ އެފޮތުގައި وَهب بن مُنَبّة ގެ އަރިހުން ރިވާވެގެންވަނީ އެއީ ملائكة ބޭކަލެއްކަމަށެވެ. އަދި زبدة التّفسير ގައިވަނީ އޭނާއަކީ الإسْكَنْدَر بن فيليبوس ކަމަށެވެ. އަދި މިނޫންވެސް ވަރަށްގިނަ ގޮތްގޮތަށް ކިޔާފައިވެއެވެ. ކޮންމެޔަކަސް އެއީ ﷲ އެބޭކަލަކަށް ވަރަށްގިނަ وَسِيْلة ތަކެއް ދެއްވާފައިވާ ބޭކަލެކެވެ. އެ ވަސީލަތްތަކުގެ ބާރުގައި އެކަލޭގެފާނު ވަރަށްގިނަ ކަންތައްތައް ކުރެއްވިކަމުގައި قرآن ގައި މިވަނީ ﷲ އަހުރެމެންނަށް އަންގަވާފައެވެ. އެގޮތަށް އަހުރެމެން إيمان ވާންޖެހޭނެއެވެ. والله أعلم.
إِنَّا مَكَّنَّا لَهُۥ فِي ٱلۡأَرۡضِ وَءَاتَيۡنَٰهُ مِن كُلِّ شَيۡءٖ سَبَبٗا
Open ayah 18:84(ﷲ وحي ކުރެއްވިއެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ބިމުގައި تَمْكِيْنُ ކޮށް ދެއްވީމެވެ. އެބަހީ: ކަންތައްތައް ކުރެވޭނެގޮތް ހަމަޖައްސައިދެއްވީމެވެ. އަދި ކޮންމެ ކަމެއްގެ علم އާއި އެކަންވެވޭނެމަގު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.
فَأَتۡبَعَ سَبَبًا
Open ayah 18:85- ދެންފަހެ އެކަލޭގެފާނު އެ علم އާއި وسيلة ތަކާއި تبع ވެވަޑައިގެން ދަތުރުފަތުރުކުރައްވާ އިރުއޮއްސޭ ހިސާބަށް ވަޑައިގެންނެވިއެވެ. (އެތަން تفسير ކުރެއްވި ބައެއްބޭކަލުން ވިދާޅުވަނީ އެއީ مغرب ފަރާތުގެ بَرُّ ނިމެންދެން ވަޑައިގެންނެވިކަމަށެވެ. ދެން ކުރިމަތީގައި އޮތީ ކަނޑެވެ. އެއީ مُحِيْطُ الهَادِى އެވެ. ޕެސިފިކް އޯޝަންއެވެ.) އަދި ކަޅުމަށި ފެންގަނޑަކަށް އިރު އޮއްސޭތީ އެކަލޭގެފާނުދެކެވަޑައިގެންނެވިއެވެ. (އެއީ ބަލާބެލުމަށް ފެންނަގޮތްކަމުގައި تفسير علم ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެއެވެ. والله أعلم.) އަދި އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. (އެއީ ކާފަރުބަޔަކުކަމުގައިވިއެވެ.) (ﷲ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އެންގެވީމެވެ.) އޭ ذُوْالْقَرْنَيْنِ އެވެ. އެހެންޏާ ކަލޭގެފާނު އެމީހުންނަށް عذاب ދެއްވުމެވެ. (އެބަހީ: އެމީހުން ﷲ ގެ އެއްކައުވަންތަކަން قبول ނުކޮށް އަދި ކަލޭގެފާނަށް ކިޔަމަންނުވެއްޖެއްޔާ އެމީހުން މެރުމެވެ.) އެހެންޏާ އެމީހުން ހައްޔަރުކޮށް އެމީހުންނަށް ތެދުމަގުދައްކަވާށެވެ. دعوة ދެއްވާށެވެ!
حَتَّىٰٓ إِذَا بَلَغَ مَغۡرِبَ ٱلشَّمۡسِ وَجَدَهَا تَغۡرُبُ فِي عَيۡنٍ حَمِئَةٖ وَوَجَدَ عِندَهَا قَوۡمٗاۖ قُلۡنَا يَٰذَا ٱلۡقَرۡنَيۡنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمۡ حُسۡنٗا
Open ayah 18:86- ދެންފަހެ އެކަލޭގެފާނު އެ علم އާއި وسيلة ތަކާއި تبع ވެވަޑައިގެން ދަތުރުފަތުރުކުރައްވާ އިރުއޮއްސޭ ހިސާބަށް ވަޑައިގެންނެވިއެވެ. (އެތަން تفسير ކުރެއްވި ބައެއްބޭކަލުން ވިދާޅުވަނީ އެއީ مغرب ފަރާތުގެ بَرُّ ނިމެންދެން ވަޑައިގެންނެވިކަމަށެވެ. ދެން ކުރިމަތީގައި އޮތީ ކަނޑެވެ. އެއީ مُحِيْطُ الهَادِى އެވެ. ޕެސިފިކް އޯޝަންއެވެ.) އަދި ކަޅުމަށި ފެންގަނޑަކަށް އިރު އޮއްސޭތީ އެކަލޭގެފާނުދެކެވަޑައިގެންނެވިއެވެ. (އެއީ ބަލާބެލުމަށް ފެންނަގޮތްކަމުގައި تفسير علم ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެއެވެ. والله أعلم.) އަދި އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. (އެއީ ކާފަރުބަޔަކުކަމުގައިވިއެވެ.) (ﷲ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އެންގެވީމެވެ.) އޭ ذُوْالْقَرْنَيْنِ އެވެ. އެހެންޏާ ކަލޭގެފާނު އެމީހުންނަށް عذاب ދެއްވުމެވެ. (އެބަހީ: އެމީހުން ﷲ ގެ އެއްކައުވަންތަކަން قبول ނުކޮށް އަދި ކަލޭގެފާނަށް ކިޔަމަންނުވެއްޖެއްޔާ އެމީހުން މެރުމެވެ.) އެހެންޏާ އެމީހުން ހައްޔަރުކޮށް އެމީހުންނަށް ތެދުމަގުދައްކަވާށެވެ. دعوة ދެއްވާށެވެ!
قَالَ أَمَّا مَن ظَلَمَ فَسَوۡفَ نُعَذِّبُهُۥ ثُمَّ يُرَدُّ إِلَىٰ رَبِّهِۦ فَيُعَذِّبُهُۥ عَذَابٗا نُّكۡرٗا
Open ayah 18:87އެކަލޭގެފާނު ދެންނެވިއެވެ. އަނިޔާވެރިވެއްޖެމީހާ - އެބަހީ: شرْكُ މަތީ ދެމިހުރެއްޖެމީހާ - ދަންނައެވެ. ފަހެ ނިކަންހުރެ އެމީހަކަށް އަހުރެން عذاب ދައްކާހުށީމެވެ. މަރާހުށީމެވެ. ދެން އެމީހަކު އެމީހަކުގެ ربّ ގެ حضرة އަށް ފޮނުވާހުށީމެވެ. ދެން އެކަލާނގެ އެމީހަކަށް ގަދަވެގެންވާ عذاب (قيامة ދުވަހުން) ދެއްވާހުއްޓެވެ.
وَأَمَّا مَنۡ ءَامَنَ وَعَمِلَ صَٰلِحٗا فَلَهُۥ جَزَآءً ٱلۡحُسۡنَىٰۖ وَسَنَقُولُ لَهُۥ مِنۡ أَمۡرِنَا يُسۡرٗا
Open ayah 18:88އަދި އީމާންވެގެން صالح عمل ކުރިމީހާ ދަންނައެވެ. ފަހެ އެމީހަކަށް ރަނގަޅު جزاء ހުއްޓެވެ. އެއީ ސުވަރުގެއެވެ. އަދި އެމީހަކަށް ފަސޭހަ ލުއިގޮތަކަށް އަހުރެން عمل ކުރާހުށީމެވެ. އެއީ ﷲ އާއި ކުއްތަންވެވޭފަދަ عمل ކުރެވޭނެފަދަގޮތަކަށް މަގުދައްކާ معاملة ކުރާހުށީމެވެ.
ثُمَّ أَتۡبَعَ سَبَبًا
Open ayah 18:89ދެން އެކަލޭގެފާނު އެކަލޭގެފާނުންގެ މަގާއި تبع ވެވަޑައިގެން (އަލުންވެސް ކުރިޔަށް) ވަޑައިގެންފިއެވެ.
حَتَّىٰٓ إِذَا بَلَغَ مَطۡلِعَ ٱلشَّمۡسِ وَجَدَهَا تَطۡلُعُ عَلَىٰ قَوۡمٖ لَّمۡ نَجۡعَل لَّهُم مِّن دُونِهَا سِتۡرٗا
Open ayah 18:90އެއީ އިރުއަރާތަނާއި ހަމައަށް ވަޑައިގެންފުމަށްދާންދެނެވެ. އެކަލޭގެފާނު ދެކެވަޑައިގެންނެވީ ބަޔަކުމީހުންގެމައްޗަށް އެ އިރުއަރާތީއެވެ. އެމީހުންނާއި އެއިރާއިދެމެދު އެއްވެސް ހުރަހެއް ނިވަލެއް ނުވެއެވެ. (ބުނެވެނީ އެމީހުން އެއުޅޭތަނަކީ އެއްވެސް ފަރުބަދައެއްނެތް އަދި ބިނާއެއް ކުރުމަށް އެކަށީގެންނުވާ ބިމެއްކަމަށެވެ. އިރުއަރާ ހޫނުވީމާ ހަރުހަރުހަދައި އެތަންތަނަށް ވަންނަކަމުގައި ވިއެވެ. ނުވަތަ ފެންފެންގަނޑަށް ގެނބޭކަމުގައިވިއެވެ.)
كَذَٰلِكَۖ وَقَدۡ أَحَطۡنَا بِمَا لَدَيۡهِ خُبۡرٗا
Open ayah 18:91އަދި ހަމަކަށަވަރުން އެރަސްގެފާނުންގެ ކިބައިގައިވާ علم އާއި تجربة ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (زبدة التفسير) ނުވަތަ އިރުއަރާތާނގައިވާ އެންމެހައި ތަކެތި ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އެތާނގައިވާ އެންމެހައި خلق ތަކުންވެސް ތިމަންރަސްކަލާނގެއަށް ވަންހަނާވެގެން ނުވެއެވެ. = تفسير الطبري =
ثُمَّ أَتۡبَعَ سَبَبًا
Open ayah 18:92ދެން އަލުންވެސް އެކަލޭގެފާނު އެކަލޭގެފާނުންގެ މަގާއި تبع ވެވަޑައިގެން (ސަބަބުތަކުގައި ހިއްޕަވައިގެން) ވަޑައިގެންނެވިއެވެ.
حَتَّىٰٓ إِذَا بَلَغَ بَيۡنَ ٱلسَّدَّيۡنِ وَجَدَ مِن دُونِهِمَا قَوۡمٗا لَّا يَكَادُونَ يَفۡقَهُونَ قَوۡلٗا
Open ayah 18:93އެއީ ދެފަރުބަދައިގެ ދެމެދަށް ވަޑައިގެންފުމަށްދާންދެނެވެ. އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. މީހުން ދައްކާވާހަކަ فَهْمُ ކުރުމަށް ވިސްނައިގަތުމަށް އެމީހުން ގާތްވެސް ނުވެއެވެ.
قَالُواْ يَٰذَا ٱلۡقَرۡنَيۡنِ إِنَّ يَأۡجُوجَ وَمَأۡجُوجَ مُفۡسِدُونَ فِي ٱلۡأَرۡضِ فَهَلۡ نَجۡعَلُ لَكَ خَرۡجًا عَلَىٰٓ أَن تَجۡعَلَ بَيۡنَنَا وَبَيۡنَهُمۡ سَدّٗا
Open ayah 18:94އެމީހުން ދެންނެވިއެވެ. އޭ ذوالْقَرْنَيْنِ އެވެ. ހަމަކަށަވަރުން يَأْجُوْجُ وَمَأْجُوْج ގެ މީހުންނަކީ ބިމުގައި ފަސާދަކުރާ ބައެކެވެ. އެހެންވެ ކަލޭގެފާނު އަހުރެމެންއަތުން ޖިޒީއެއް (ޓެކްހެއް) ނަންގަވާށެވެ. އެއީ އަހުރެމެންނާއި އެބައިމީހުންނާއިދެމެދު ކަލޭގެފާނު ހުރަހެއް ލައިދެއްވުމުގެ މައްޗަށެވެ.
قَالَ مَا مَكَّنِّي فِيهِ رَبِّي خَيۡرٞ فَأَعِينُونِي بِقُوَّةٍ أَجۡعَلۡ بَيۡنَكُمۡ وَبَيۡنَهُمۡ رَدۡمًا
Open ayah 18:95އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް އަހުރެންގެ ربّ ދެއްވާފައިވާ ބާރާއި ސާމާނު (ކަލޭމެންގެ ޖިޒީއާއި ޓެކްހަށްވުރެ) މާހެޔޮވެގެންވެއެވެ. ކަލޭމެން ބާރުގެގޮތުން އެބަހީ: މަސައްކަތް ހިންގާނެމީހުންގެގޮތުން އަހުރެންނަށް އެހީވެދޭށެވެ. ބޭނުންވަނީ މަސައްކަތް ހިންގާނެމީހުންނެވެ. އޭރުން ކަލޭމެންނާއި އެމީހުންނާއި ދެމެދު އަހުރެން ހުރަހެއް - (ފާރެއް) ލައިދޭނަމެވެ.
ءَاتُونِي زُبَرَ ٱلۡحَدِيدِۖ حَتَّىٰٓ إِذَا سَاوَىٰ بَيۡنَ ٱلصَّدَفَيۡنِ قَالَ ٱنفُخُواْۖ حَتَّىٰٓ إِذَا جَعَلَهُۥ نَارٗا قَالَ ءَاتُونِيٓ أُفۡرِغۡ عَلَيۡهِ قِطۡرٗا
Open ayah 18:96ކަލޭމެން އަހުރެންގެގާތަށް ދަގަނޑު ބުރިބުރި (ދަގަނޑުގެ ބައިވަރުތައް) ގެންނާށެވެ. އެއީ ދެފަރުބަދައިގެ ކޮޅާއި ހަމަވާންދެންނެވެ. (ދެން އެމީހުން އެކަންތައް އެގޮތަށް ކުރީމާ ވިދާޅުވިއެވެ.) ދެން ކަލޭމެން އެތަނަށް އަލިފާންލައި ރޯކޮށް ފުމެހަދާށެވެ. އެއީ އެހުރިހާ ދަގަނޑު އަލިފާނަށްވާންދެންނެވެ. ވިރޭންދެންނެވެ. ދެން ވިރުނީމާ ކަލޭމެން އަހުރެންގެގާތަށް އެތަކެތި ގެންނާށެވެ. އަހުރެން އެތަކެތި އެތަނަށް އޮއްސާހުށީމެވެ. (ދެން އެކަލޭގެފާނު އެމީހުންގެ އެހީއާއިއެކު ވަރުގަދަ ބޮޑުފާރެއް ލެއްވީއެވެ. އެމީހުންވަނީ އެފާރުގެ އަނެއްފަރާތުގައެވެ. والله أعلم.) • ދަންނައެވެ. މިއާޔަތްތަކުގައި بيان ވެގެންވާ يَأجوج ومأجوج މީހުންގެ ވާހަކައާއި އަދި އެމީހުން އެހެންމީހުންގެތެރެއަށް އަޔަނުދިނުމަށް ذوالقرنين ލެއްވި ބޮޑުފާރުގެ ވާހަކަ تفسير ފޮތްތަކާއި تاريخ ފޮތްތަކުގައި އެކި عبارة ން ބަޔާންވެގެންވެއެވެ. އެއީ ދިގު ރިވާޔަތްތަކެކެވެ. އެވާހަކަތައް އަދި އެހެން فرصة އެއްގައި بيان ކުރެވޭތޯ ބަލާނީއެވެ. ކޮންމެއަކަސް މި يَأجوج ومأجوج މީހުން އަދި قيامة قائم ވުމާއި ގާތުގައި ދުނިޔެއަށް އަންނާނެ ވާހަކައާއި އެއީ عمر ދިގު އަދި މީހުން ގިނަ ބައެއްކަމާއި އެމީހުންނަކީ ގިނަބާވަތުގެ އެއްޗެތި ކައިބޮއިހަދާ ބައެއްކަމާއި މިވާހަކަތައްވެސް އެފޮތްތަކުގައި بيان ވެގެންވެއެވެ. މިއާޔަތްތަކުގައި އެވަނީ އޭގެ إشارة ތަކެކެވެ. والله أعلم.
فَمَا ٱسۡطَٰعُوٓاْ أَن يَظۡهَرُوهُ وَمَا ٱسۡتَطَٰعُواْ لَهُۥ نَقۡبٗا
Open ayah 18:97(ذُوا الْقَرْنَيْنِ އެފާރުލައްވާ ނިންމެވީމާ ދެން يَأجوج ومأجوج ގެ މީހުންނަށް އެއްގޮތަކަށްވެސް މީސްތަކުންގެތެރެއަށް އަންނާކަށް ކުޅަދާނައެއް ނުވިއެވެ. އެވާހަކަ ﷲ تعالى وحي ކުރައްވާފައި މިވަނީއެވެ.) އެމީހުންނަށް އެފާރުގެމައްޗަށް އަރާކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެފާރު ފޫވައްޓައިލާކަށްވެސް ކުޅަދާނަ ނުވިއެވެ.
قَالَ هَٰذَا رَحۡمَةٞ مِّن رَّبِّيۖ فَإِذَا جَآءَ وَعۡدُ رَبِّي جَعَلَهُۥ دَكَّآءَۖ وَكَانَ وَعۡدُ رَبِّي حَقّٗا
Open ayah 18:98(އެރަސްގެފާނު) ވިދާޅުވިއެވެ. މިއީ ތިމަންކަލޭގެފާނުގެ ربّ ގެ رحمة އެކެވެ. ދެންފަހެ އެބައިމީހުން ނުކުތުމަށް ތިމަންކަލޭގެފާނުންގެ ربّ ގެ وعد ފުޅާއި أمر ފުޅުގެ ވަގުތު އައުމުން އެކަލާނގެ އެފާރު ހަލާކުކުރައްވައި ބިމާ ހަމަހަމަކުރައްވާނެތެވެ. އަދި އަހުރެންގެ ربّ ގެ وعد ފުޅު އެއީ حقّ ވެގެންވާ އެއްޗެއްކަމުގައިވިއެވެ. (އެބަހީ: يقين ންވެސް އެކަންވާނެއެވެ. އެމީހުން އެފާރު ހަލާކުކޮށް ނިކުންނާނީ قيامة ވުމާއި ގާތްކޮށެވެ. އެއީ دَجَّالُ ގެފަހުންނެވެ. تفسير ފޮތްތަކުގައި އެވާހަކަ އެގޮތަށްވެއެވެ. والله أعلم.)
۞وَتَرَكۡنَا بَعۡضَهُمۡ يَوۡمَئِذٖ يَمُوجُ فِي بَعۡضٖۖ وَنُفِخَ فِي ٱلصُّورِ فَجَمَعۡنَٰهُمۡ جَمۡعٗا
Open ayah 18:99އަދި ތިމަންރަސްކަލާނގެ އެދުވަހުން (يَأجوج ومأجوج ގެ މީހުން އެފާރު ފޫވައްޓާލާފައި ނުކުންނަ ދުވަހުން ނުވަތަ / قيامة ދުވަހުން) އެއްބަޔަކު އަނެއްބަޔަކާ މައްސުނިވެ އެކުވާގޮތަށް އެމީހުން ދޫކޮށްލާހުށީމެވެ. ޖިންނީންނާއި އިންސާނުންވެސް އެކުވެ އެއްތަނެއްގައިވާނެއެވެ. އަދި (قيامة ދުވަހުން) ތާޅަފިލި ފުންމަވާލެވިއްޖެއްޔާ ދެން ތިމަންރަސްކަލާނގެ އެ އެންމެންއެކީ އެކައްޗަކަށް ޖަމާކުރައްވާހުށީމެވެ.
وَعَرَضۡنَا جَهَنَّمَ يَوۡمَئِذٖ لِّلۡكَٰفِرِينَ عَرۡضًا
Open ayah 18:100އަދި އެ قيامة ދުވަހުން ކާފަރުންނަށްޓަކައި ތިމަންރަސްކަލާނގެ ނަރަކަ ހުށަހަޅުއްވާހުށީމެވެ. ހާމަކުރައްވާ ފާޅުކުރައްވާހުށީމެވެ.
ٱلَّذِينَ كَانَتۡ أَعۡيُنُهُمۡ فِي غِطَآءٍ عَن ذِكۡرِي وَكَانُواْ لَا يَسۡتَطِيعُونَ سَمۡعًا
Open ayah 18:101އެމީހުންނަކީ އެމީހުންގެ (ހިތުގެ) ލޯތައް ތިމަންރަސްކަލާނގެއަށް ذِكْرُ ކުރުމާއި حقّ ބަސް قبول ކުރުމުން މުޅިން ނިވައިވެ އަނދިރިވެގެންވާ މީހުންނެވެ. އަދި އެއްވެސް حقّ ބަހެއް އަދި دليل އެހުމަށް ކުޅަދާނަވެގެންނުވާ ބަޔަކުކަމުގައި އެމީހުންވިއެވެ.
أَفَحَسِبَ ٱلَّذِينَ كَفَرُوٓاْ أَن يَتَّخِذُواْ عِبَادِي مِن دُونِيٓ أَوۡلِيَآءَۚ إِنَّآ أَعۡتَدۡنَا جَهَنَّمَ لِلۡكَٰفِرِينَ نُزُلٗا
Open ayah 18:102އަދި ތިމަންރަސްކަލާނގެ صالح އަޅުން (ملائكة ބޭކަލުންނާ عيسى عليه السّلام ފަދަ صالح އަޅުން) ތިމަންރަސްކަލާނގެ ފިޔަވައި އެމީހުންގެ وَلِيُّ ންކަމުގައި ހިފައި إختيار ކުރުމަށް ކާފަރުންގެ މީހުން ހީކުރަނީހެއްޔެވެ؟ (އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެބޭކަލުންނަކީ އެކާފަރުންގެ عداوة ތެރިންނެވެ.) އަދި ކާފަރުވީ މީސްތަކުން قيامة ދުވަހުން ފައިބައިތިބޭ މެހްމާންޚާނާއެއްކަމުގައި ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރީމެވެ.
قُلۡ هَلۡ نُنَبِّئُكُم بِٱلۡأَخۡسَرِينَ أَعۡمَٰلًا
Open ayah 18:103(އޭ رسول ﷲ އެވެ.) عمل ގައި އެންމެ ގެއްލުންބޮޑުވެގެންވާ ބައެއްގެ خبر ކަލޭމެންނަށް ތިމަންކަލޭގެފާނު ދެއްވަންތޯއެވެ؟ މިހެން ވިދާޅުވާށެވެ.
ٱلَّذِينَ ضَلَّ سَعۡيُهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَهُمۡ يَحۡسَبُونَ أَنَّهُمۡ يُحۡسِنُونَ صُنۡعًا
Open ayah 18:104އެމީހުންނަކީ ދުނިޔޭގެ حياة ގައި އެއްވެސް ތެދުމަގެއްނެތި މަގުފުރެދުމުގައި عمل ކުރި މީހުންނެވެ. އަދި އެމީހުން ހީކުރަނީ ހަމަކަށަވަރުން އެމީހުން އެކުރަނީ ހަމަ ހެޔޮކަންތައްކަމަށެވެ.
أُوْلَٰٓئِكَ ٱلَّذِينَ كَفَرُواْ بِـَٔايَٰتِ رَبِّهِمۡ وَلِقَآئِهِۦ فَحَبِطَتۡ أَعۡمَٰلُهُمۡ فَلَا نُقِيمُ لَهُمۡ يَوۡمَ ٱلۡقِيَٰمَةِ وَزۡنٗا
Open ayah 18:105އެމީހުންނަކީ އެމީހުންގެ ربّ ގެ އާޔަތްތަކަށާއި އަދި އެކަލާނގެއާއި ބައްދަލުވާނޭކަމާމެދު އެބަހީ: آخرة ދުވަސް އަންނާނެކަމާމެދު ކާފަރުވެގެންވާ މީހުންނެވެ. ދެންފަހެ އެމީހުން ކުރި އެންމެހައި ހެޔޮ عمل باطل ވެގެންވެއެވެ. އަދި قيامة ދުވަހުން އެމީހުންގެ ހެޔޮ عمل ގެ އެއްވެސް ثواب އެއް ތިމަންރަސްކަލާނގެ ބަރުނުކުރައްވާހުށީމެވެ.
ذَٰلِكَ جَزَآؤُهُمۡ جَهَنَّمُ بِمَا كَفَرُواْ وَٱتَّخَذُوٓاْ ءَايَٰتِي وَرُسُلِي هُزُوًا
Open ayah 18:106އެމީހުން އެގޮތަށް ކަންތައްކުރުމުން އެމީހުންގެ جزاء އަކީ ނަރަކައެވެ. އެއީ އެމީހުން ކާފަރުވުމުގެ ސަބަބުންނެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތަކާއި ތިމަންރަސްކަލާނގެ رسول ން އެއީ މަލާމާތްކުރެވޭ ފުރައްސާރަކުރެވޭ އެއްޗަކަށް އެމީހުން ހަދައިލުމުގެ ސަބަބުންނެވެ.
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ كَانَتۡ لَهُمۡ جَنَّٰتُ ٱلۡفِرۡدَوۡسِ نُزُلًا
Open ayah 18:107ހަމަކަށަވަރުން إيمان ވެގެން صالح عمل ކުރިމީހުން (ދަންނައެވެ.) އެމީހުން قيامة ދުވަހުން ފައިބައިތިބޭ މެހްމާން ޚާނާއަކީ (ގެސްޓް ހައުސް އަކީ) فردوس އެވެކިއުނު ސުވަރުގެކަމުގައިވިއެވެ. (فردوس ގެ މާނައަކީ ބަހުގެ މާނައަށް ބަލާއިރު ގަސްތަކުގެ ގޮފިތައް ގައިގޯޅިވެގެންވާ ގަސްތަކެވެ. މައިގަނޑު އެއްޗަކަށް ހުންނާނީ މޭބިސްކަދުރެވެ. އެއީ رُومى ބަހުން ބަގީޗާއެވެ. زيدة التفسير = فردوس އެއީ ސުވަރުގޭގެ ދަރަޖަތަކުން އެންމެ މަތީ ދަރަޖައެވެ. އެއީ ސުވަރުގޭގެ މެދުގައިވާތަނެކެވެ. رحمن ވަންތަ ﷲ ގެ عرش ފުޅުވަނީ އެދިމާ މަތީގައެވެ. ސުވަރުގޭގެ އާރުތައް ފެށިގެން އަންނަނީ އެތަނުންނެވެ. = طبري = )
خَٰلِدِينَ فِيهَا لَا يَبۡغُونَ عَنۡهَا حِوَلٗا
Open ayah 18:108ދެންފަހެ މިސުވަރުގޭގައިވާމީހުން އެތާ ދެމިތިބޭހުއްޓެވެ. އެމީހުން އެތަނުން އެހެންތާކަށް ދާކަށް ނޭދޭނެއެވެ.
قُل لَّوۡ كَانَ ٱلۡبَحۡرُ مِدَادٗا لِّكَلِمَٰتِ رَبِّي لَنَفِدَ ٱلۡبَحۡرُ قَبۡلَ أَن تَنفَدَ كَلِمَٰتُ رَبِّي وَلَوۡ جِئۡنَا بِمِثۡلِهِۦ مَدَدٗا
Open ayah 18:109(އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ ربّ ގެ كلمة ފުޅުތައް ލިއުމަށް ދެއްޔެއްކަމުގައި ކަނޑުވެފައި އަދި އެކަނޑުހާދެލި އަދި އިތުރަށް ގެނަޔަސް އަހުރެންގެ ربّ ގެ كلمة ފުޅުތައްލިޔެ ހުސްވުމުގެކުރިން އެކަނޑުތަކާއި ދެލިހުސްވާނެކަން ކަށަވަރެވެ. (كلمة ފުޅު އެހާގިނަވާނެއެވެ.)
قُلۡ إِنَّمَآ أَنَا۠ بَشَرٞ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ فَمَن كَانَ يَرۡجُواْ لِقَآءَ رَبِّهِۦ فَلۡيَعۡمَلۡ عَمَلٗا صَٰلِحٗا وَلَا يُشۡرِكۡ بِعِبَادَةِ رَبِّهِۦٓ أَحَدَۢا
Open ayah 18:110ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުވާކަން ކަށަވަރީ ހަމަ ކަލޭމެންކަހަލަ آدم ގެދަރިއަކުކަމުގައެވެ. (އެކަމަކު) ތިމަންކަލޭގެފާނަށް وحي އިއްވެވެއެވެ. (އެ وحي ގައިވެއެވެ.) ހަމަކަށަވަރުން ކަލޭމެންގެ إله ވާކަން ކަށަވަރީ އެންމެ إله އަކުކަމުގައެވެ. ފަހެ އެމީހަކު އެމީހަކުގެ ربّ އާއި ބައްދަލުވުމަށް އެދޭމީހާ ނުވަތަ އެކަމަށް ބިރުވެތިވާމީހާ ފަހެ އެމީހާ صالح عمل ކުރާހުށިކަމެވެ. އަދި އޭނާ އޭނާގެ ربّ ގެ އަޅުކަމުގައި އެބަހީ: އޭނާގެ ربّ އަށްކުރާ އަޅުކަމުގައި ހަމައެކަކުވެސް، އެކައްޗެއްވެސް ބައިވެރިނުކުރާށެވެ. އެކަލާނގެއަށް شريك ނުކުރާށެވެ! [ނޯޓު: ނުކުރައްވައޭގެ ބަދަލުގައި ނުކުރާށޭ، މިއީވެސް އެހެން ޤިރާއަތްތަކުގައި ވާރިދުވެގެންވާ ގޮތެކެވެ.] • ދަންނައެވެ. صالح عمل އަކީ: އެ عمل އެއްގައި ތިން شرط އެއް ފުރިހަމަވެގެންވާ عمل އެވެ. އެއީ ﷲ އަށް إخلاص ތެރިކަމާއިއެކު އެއްވެސް شِرْك އެއް ބައިވެރިވެގެންނުވާ عمل އަކަށްވުން. رسول ﷲ ﷺ ގެ سنّة ގައިވާގޮތަށް އުނިއިތުރު ނުކޮށް އެ عمل އެއް އޮތުން. އެ عمل އަކީ مسلم އަކުކުރި عمل އަކަށްވުން މިއެވެ. މިތިން شرط ންކުރެ شرط އެއް އުނިވެއްޖެނަމަ އެ عمل އަކީ صالح عمل އެއްނޫނެވެ.