مريم
Maryam
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
كٓهيعٓصٓ
Open ayah 19:1كهيعص (މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
ذِكۡرُ رَحۡمَتِ رَبِّكَ عَبۡدَهُۥ زَكَرِيَّآ
Open ayah 19:2(އޭ رسول ﷲ އެވެ.) މިއީ ކަލޭގެފާނުންގެ ربّ އެކަލާނގެ އަޅާ زكريا عليه السّلام އަށް ލެއްވި رحمة ގެ ވާހަކަ بيان ކޮށްދެއްވުމުގެ ވާހަކައެވެ.
إِذۡ نَادَىٰ رَبَّهُۥ نِدَآءً خَفِيّٗا
Open ayah 19:3އެކަލޭގެފާނު يعني: زكريا عليه السّلام އެކަލޭގެފާނުންގެ ربّ އަށް ވަންހަނާ ސިއްރުގޮތެއްގައި دعاء ދެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ.)
قَالَ رَبِّ إِنِّي وَهَنَ ٱلۡعَظۡمُ مِنِّي وَٱشۡتَعَلَ ٱلرَّأۡسُ شَيۡبٗا وَلَمۡ أَكُنۢ بِدُعَآئِكَ رَبِّ شَقِيّٗا
Open ayah 19:4އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ ކަށިތައް ބަލިކަށިވެ ضعيف ވެއްޖެއެވެ. (މުސްކުޅިވެގެންގޮސް) މިއަޅާގެ ބޮލުގައި ނުރަޖަހައި ނުރަގިނަވެއްޖެއެވެ. އޭ އަޅުގެ ربّ އެވެ. (މީގެކުރީގައިވެސް) އިބަރަސްކަލާނގެއަށް މިއަޅާ ދަންނަވާ دعاء ގައި އަބާއްޖަވެރި ނާކާމިޔާބު އަޅަކުކަމުގައި މިއަޅާ ނުވެއެވެ.
وَإِنِّي خِفۡتُ ٱلۡمَوَٰلِيَ مِن وَرَآءِي وَكَانَتِ ٱمۡرَأَتِي عَاقِرٗا فَهَبۡ لِي مِن لَّدُنكَ وَلِيّٗا
Open ayah 19:5އަދި ހަމަކަށަވަރުން މިއަޅާ މަރުވުމަށްފަހު މިއަޅާގެ ބޮޑުބޭބެދަރިންނާއި ގާތްމީހުން (دين އަށް ފަރުވާތެރިނުވެ އަދި دين އަށް عمل ނުކޮށްފާނެކަމަށް) މިއަޅާ ބިރުވެތިވެއްޖައީމެވެ. އަދި މިއަޅާގެ އަންހެނުންނަކީ ދަރިން ނުލިބޭ މީހަކުކަމުގައިވިއެވެ. ފަހެ އެހެންވެ މިއަޅާއަށް އިބަރަސްކަލާނގެ حضرة ން ولي އަކު ދެއްވާނދޭވެ. ދަރިކަލަކު ދެއްވާނދޭވެ.
يَرِثُنِي وَيَرِثُ مِنۡ ءَالِ يَعۡقُوبَۖ وَٱجۡعَلۡهُ رَبِّ رَضِيّٗا
Open ayah 19:6އެދަރިކަލުން މިއަޅާގެ މުދާވާރުތަކޮށް އަދި يعقوب عليه السّلام ގެ آل ންގެފަރާތުން نبي ކަން ވާރުތަކުރައްވާ ދަރިކަލަކުކަމުގައި ލައްވާނދޭވެ. އަދި އޭ އަޅުގެ ربّ އެވެ. އަދި އެދަރިކަލުންނަކީ ރުހެވިގެންވާ ދަރިކަލަކުކަމުގައި ލައްވާނދޭވެ. (އެބަހީ: އެދަރިކަލުންނާއިމެދު އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަދި އިބަރަސްކަލާނގެ އަޅުތަކުންވެސް ރުހޭ ދަރިކަލަކު ކަމުގައި ލައްވާނދޭވެ.)
يَٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَٰمٍ ٱسۡمُهُۥ يَحۡيَىٰ لَمۡ نَجۡعَل لَّهُۥ مِن قَبۡلُ سَمِيّٗا
Open ayah 19:7(ﷲ تعالى އެކަލޭގެފާނުންގެ دعاء އިޖާބަކުރައްވައި އެކަލޭގެފާނަށް وحي ކުރެއްވިއެވެ.) އޭ زكريّا (عليه السّلام) އެވެ. ހަމަކަށަވަރުން ކަލޭގެފާނަށް ދަރިކަލަކުދެއްވާނެކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވަމެވެ. އެދަރިކަލުންގެ ނަންފުޅަކީ يحيى އެވެ. އަދި އެނަން މީގެކުރީގައި އެއްވެސްމީހަކަށް ތިމަންރަސްކަލާނގެ ލައްވާފައިނުވާނެއެވެ. ނުވަތަ އެކަލޭގެފާނާ އެއްފަދަ އެކަކުވެސް ތިމަންރަސްކަލާނގެ މީގެކުރީގައި ނުލައްވަމެވެ.
قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَٰمٞ وَكَانَتِ ٱمۡرَأَتِي عَاقِرٗا وَقَدۡ بَلَغۡتُ مِنَ ٱلۡكِبَرِ عِتِيّٗا
Open ayah 19:8އެކަލޭގެފާނު يعني: زكريّا (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. މިއަޅާއަށް ދަރިކަލަކު ވާނީ ކޮންފަދައަކުންތޯއެވެ؟ މިއަޅާގެ އަންހެނުން ދަރިންނުވިހާ މީހަކު ކަމުގައިވިއެވެ. އަދި މިއަޅާ މުސްކުޅިވެ ދުވަސްވެގެންގޮސް ކަށިތައް މުޅިން ބަލިކަށިވެގެންވެއެވެ.
قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٞ وَقَدۡ خَلَقۡتُكَ مِن قَبۡلُ وَلَمۡ تَكُ شَيۡـٔٗا
Open ayah 19:9އެކަލާނގެ وحي ކުރެއްވިއެވެ. (ނުވަތަ މަލާއިކަތާ ވިދާޅުވިއެވެ.) ކަންތައްހުރީ އެފަދައިންނެވެ. ކަލޭގެފާނުންގެ ربّ وحي ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަކަމެކެވެ. އެހެނީ ހަމަކަށަވަރުން މީގެކުރިން ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީ ކަލޭގެފާނުންގެ އެއްވެސް އަސަރެއްނެތިއެވެ.
قَالَ رَبِّ ٱجۡعَل لِّيٓ ءَايَةٗۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَٰثَ لَيَالٖ سَوِيّٗا
Open ayah 19:10އެކަލޭގެފާނުން ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. މިއަޅާއަށް އެކަމުގެ علامة އެއް ލައްވައިދެއްވާންދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. އެކަމުގައި ކަލޭގެފާނަށްވާ علامة އަކީ ރަނގަޅަށް ސާފުކޮށް ތިންރޭވާންދެން މީސްތަކުންނާއި ވާހަކަފުޅު ނުދެއްކެވުމަށެވެ. (ދުލުގައި ދަތިކަމެއްހުރެގެން އިޝާރާތުން މީސްތަކުންނާއި ވާހަކަފުޅުދެއްކެވުމެވެ.)
فَخَرَجَ عَلَىٰ قَوۡمِهِۦ مِنَ ٱلۡمِحۡرَابِ فَأَوۡحَىٰٓ إِلَيۡهِمۡ أَن سَبِّحُواْ بُكۡرَةٗ وَعَشِيّٗا
Open ayah 19:11ދެންފަހެ އެކަލޭގެފާނު مِحْرَاب ން (ނަމާދުކުރައްވާ އަޅުކަންކުރައްވާތަނުން) ނުކުމެވަޑައިގެންފިއެވެ. އަދި ހެނދުނާއި ހަވީރު އެމީހުން تسبيح ކިއުމަށް އެކަލޭގެފާނު އެމީހުންނަށް (އިޝާރަތުން) އެންގެވިއެވެ.
يَٰيَحۡيَىٰ خُذِ ٱلۡكِتَٰبَ بِقُوَّةٖۖ وَءَاتَيۡنَٰهُ ٱلۡحُكۡمَ صَبِيّٗا
Open ayah 19:12(ދެންފަހެ زكريّا عليه السّلام ގެފާނަށް يحيى ގެފާނު ލިބިވަޑައިގެންފިއެވެ.) އެހިނދު ﷲ تعالى އެކަލޭގެފާނަށް وحي ކުރެއްވިއެވެ. އޭ يحيى އެވެ. ކަލޭގެފާނު ފޮތުގައި يعني: توراة ގައި ގަދައަށް ހިފަހައްޓަވާށެވެ! އެބަހީ: އެފޮތުގައިވާގޮތަށް ރަނގަޅަށް عمل ކުރައްވާށެވެ! އަދި އޭ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ އެކަލޭގެފާނު ތުއްޕުޅުއިރު އެކަލޭގެފާނަށް حكم ދެއްވީމެވެ. ފޮތަށް ވިސްނާ فكر ކުރެއްވުމުގެ ބާރުދެއްވީމެވެ.
وَحَنَانٗا مِّن لَّدُنَّا وَزَكَوٰةٗۖ وَكَانَ تَقِيّٗا
Open ayah 19:13އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. ނުވަތަ ތިމަންރަސްކަލާނގެ حضرة ންވާ ލޯބިވެތިކަމާއި މާތްކަމެއްގެގޮތުންނެވެ. އަދި ފާފައިން طاهر ވެވަޑައިގެން صالح عمل ކުރައްވާ ބޭކަލެއްގެ ގޮތުންނެވެ. ފަހެ އެކަލޭގެފާނު ވެވަޑައިގެންނެވީ تقوى ވެރި މާތް ބޭކަލަކު ކަމުގައެވެ.
وَبَرَّۢا بِوَٰلِدَيۡهِ وَلَمۡ يَكُن جَبَّارًا عَصِيّٗا
Open ayah 19:14އަދި އެކަލޭގެފާނުންގެ މައިންބަފައިންނަށް ހެޔޮ އަދި ކިޔަމަންތެރި ބޭކަލަކުކަމުގައި ވިއެވެ. އަދި ބޮޑާ، ނުކިޔަމަންތެރި ބޭކަލަކުކަމުގައި އެކަލޭގެފާނު ވެވަޑައިނުގަންނަވައެވެ.
وَسَلَٰمٌ عَلَيۡهِ يَوۡمَ وُلِدَ وَيَوۡمَ يَمُوتُ وَيَوۡمَ يُبۡعَثُ حَيّٗا
Open ayah 19:15އަދި އެކަލޭގެފާނު ރައްކައުވިދުވަހުގައްޔާއި އަދި އަވަހާރަވާދުވަހުގައްޔާއި އަދި އެކަލޭގެފާނު އަލުން ދިރުއްވައި محشر އަށް ފޮނުވޭދުވަހުވެސް އެކަލޭގެފާނުންގެ މައްޗަށް ސަލާމަތްކަމާއި އަމާންކަންހުއްޓެވެ.
وَٱذۡكُرۡ فِي ٱلۡكِتَٰبِ مَرۡيَمَ إِذِ ٱنتَبَذَتۡ مِنۡ أَهۡلِهَا مَكَانٗا شَرۡقِيّٗا
Open ayah 19:16(އޭ رسول ﷲ އެވެ.) މި ކީރިތި قرآن ން مَرْيَم ގެފާނުންގެ ވާހަކަ މީސްތަކުންނަށް ކަލޭގެފާނު ވިދާޅުވެދެއްވާށެވެ! އެކަމަނާ އެކަމަނާގެ أهل ވެރިންނާއި ދުރަށް مِحْرَاب ގެ އިރުމަތި ފަރާތަށް ނުކުމެވަޑައިގެން އެކަނިވެވަޑައިގެންނެވިހިނދުން (ކަންވީގޮތް ހަނދުމަފުޅު ކުރައްވާށެވެ!)
فَٱتَّخَذَتۡ مِن دُونِهِمۡ حِجَابٗا فَأَرۡسَلۡنَآ إِلَيۡهَا رُوحَنَا فَتَمَثَّلَ لَهَا بَشَرٗا سَوِيّٗا
Open ayah 19:17ފަހެ އެކަމަނާ އެމީހުން ފިޔަވައި އެބަހީ: އެކަމަނާގެ أهل ވެރިން ފިޔަވައި އެމީހުންނަށް ނުފެންނާނެގޮތުން ނިވައެއް ހިއްޕެވިއެވެ. އެމީހުންނަށް ނުފެންނަގޮތަށް ނިވަޔަކަށް ވަޑައިގެންނެވިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެކަމަނާގެ އަރިހަށް ތިމަންރަސްކަލާނގެ رُوح ފޮނުއްވީމެވެ. އެބަހީ: جِبريل عليه السّلام ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު އެކަމަނާގެ ކުރިފުޅުމަތީގައި ފުރިހަމަ آدم ގެދަރިއެއްފަދައިން ފައުޅުވެވަޑައިގެންނެވިއެވެ.
قَالَتۡ إِنِّيٓ أَعُوذُ بِٱلرَّحۡمَٰنِ مِنكَ إِن كُنتَ تَقِيّٗا
Open ayah 19:18އެކަމަނާ (އެކަލޭގެފާނަށް) ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެކިބައިން ސަލާމަތްކޮށްދެއްވުންއެދި رحمن ވަންތަ ކަލާނގެ حضرة ން އަހުރެން حماية އާއި ރައްކާތެރިކަން ލިބިގަންނަމެވެ. ކަލެއަކީ تقوى ވެރި މާތްމީހަކުކަމުގައިވަންޏާއެވެ. (އޭރު އެއީ ކާކު ކަމެއް އެކަމަނާއަށް އެގިވަޑައިނުގަންނަވައެވެ.)
قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَٰمٗا زَكِيّٗا
Open ayah 19:19އެކަލޭގެފާނު ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ކަމަނާއަށް طاهر ދަރިކަލަކު ދެއްވުމަށް ކަމަނާގެ ربّ ފޮނުއްވި رسول އަކީމެވެ.
قَالَتۡ أَنَّىٰ يَكُونُ لِي غُلَٰمٞ وَلَمۡ يَمۡسَسۡنِي بَشَرٞ وَلَمۡ أَكُ بَغِيّٗا
Open ayah 19:20އެކަމަނާ ވިދާޅުވިއެވެ. އަހުރެންނަށް ދަރިކަލަކުވާނީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ އަހުރެންގެ ގައިގާ آدم ގެދަރިއަކު ނުބީހެއެވެ. އަދި ޒިނޭކުރާމީހަކުކަމުގައި އަހުރެން ނުވެއެވެ.
قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٞۖ وَلِنَجۡعَلَهُۥٓ ءَايَةٗ لِّلنَّاسِ وَرَحۡمَةٗ مِّنَّاۚ وَكَانَ أَمۡرٗا مَّقۡضِيّٗا
Open ayah 19:21އެކަލޭގެފާނު ވިދާޅުވިއެވެ. ކަންތައްހުރީ ކަމަނާ ތިޔަވިދާޅުވާގޮތަށެވެ. (ކަމަނާގެ ގައިގާ آدم ގެދަރިއަކު ނުބީހެއެވެ. އަދި ކަމަނާއަކީ ޒިނޭކުރާ މީހެއްނޫނެވެ.) ނަމަވެސް ކަމަނާގެ ربّ وحي ކުރެއްވީ އެކަމަކީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެއްކަމަށެވެ. (އެބަހީ: ކަމަނާއަށް ދަރިކަލަކު ދެއްވުމަކީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެއްކަމަށެވެ.) އަދި އެދަރިކަލުން ތިމަންރަސްކަލާނގެ ލައްވާހުށީ މީސްތަކުންނަށްވާ (ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) علامة އެއްކަމުގައެވެ. އަދި ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްކަމުގައެވެ. އަދި އެކަމަކީ ﷲ ގެ علم ފުޅުގައި ނިޔާކުރެވިގެންވާ ކަމެއްކަމުގައިވިއެވެ.
۞فَحَمَلَتۡهُ فَٱنتَبَذَتۡ بِهِۦ مَكَانٗا قَصِيّٗا
Open ayah 19:22ދެންފަހެ އެކަމަނާ އެދަރިކަލުންނާއިގެން އާލާސްވެ އިންނަވައިފިއެވެ. (އެދަރިކަލުންނަކީ عيسى عليه السّلام އެވެ.) އަދި އެކަމަނާ އެކަމަނާގެ ބަނޑުފުޅުގައިވާ އެދަރިކަލުންނާއިގެން ދުރު ހިސާބަކަށް ވަޑައިގެން މީސްތަކުންނާއި ވަކިވެވަޑައިގެންފިއެވެ.
فَأَجَآءَهَا ٱلۡمَخَاضُ إِلَىٰ جِذۡعِ ٱلنَّخۡلَةِ قَالَتۡ يَٰلَيۡتَنِي مِتُّ قَبۡلَ هَٰذَا وَكُنتُ نَسۡيٗا مَّنسِيّٗا
Open ayah 19:23އަދި ކަދުރު ރުކެއްގެގާތުގައި އެކަމަނާ ރައްކާވުމުގެ ވޭންވަރުފުޅުއަތުވެއްޖެއެވެ. އެކަމަނާ ވިދާޅުވިއެވެ. އަހުރެންނަށް މިކަންޖެހުމުގެ ކުރިން އަހުރެން މަރުވެގެންގޮސް (މީސްތަކުންގެ ހިތްތަކުން) އަހުރެން އެކީއެކައްޗަކަށް ހަނދާނެތުނު މީހަކުކަމުގައިވީނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟ (އަދި އެކަމަނާ عيسى عليه السّلام އާއިގެން ރައްކައުވެވަޑައިގެންނެވިއެވެ.)
فَنَادَىٰهَا مِن تَحۡتِهَآ أَلَّا تَحۡزَنِي قَدۡ جَعَلَ رَبُّكِ تَحۡتَكِ سَرِيّٗا
Open ayah 19:24ދެންފަހެ އެކަމަނާގެދަށުން ނުވަތަ އެކަމަނާގެ ތިރިން ނުވަތަ ފަހަތުން އެކަމަނާއަށް ނިދާއިއްވެވުނެވެ. އެކަމަނާއަށް ގޮވާލެއްވުނެވެ. ކަމަނާ ހިތާމަފުޅު ނުކުރައްވާށެވެ! ހަމަކަށަވަރުން ކަމަނާގެ ربّ ކަމަނާގެ ތިރީގައި ތިޔަވަނީ ފެންކޯރެއް ލައްވާފައެވެ.
وَهُزِّيٓ إِلَيۡكِ بِجِذۡعِ ٱلنَّخۡلَةِ تُسَٰقِطۡ عَلَيۡكِ رُطَبٗا جَنِيّٗا
Open ayah 19:25އަދި ކަމަނާ ކަދުރުރުއް ކަމަނާގެގާތަށް ދަންމަވާ ހަލުވާލައްވާށެވެ! އޭރުން ކަމަނާއަށް ފައްކާވެފައިވާ މޮޅު މަޑު ކަދުރު ފައިބާނެއެވެ.
فَكُلِي وَٱشۡرَبِي وَقَرِّي عَيۡنٗاۖ فَإِمَّا تَرَيِنَّ مِنَ ٱلۡبَشَرِ أَحَدٗا فَقُولِيٓ إِنِّي نَذَرۡتُ لِلرَّحۡمَٰنِ صَوۡمٗا فَلَنۡ أُكَلِّمَ ٱلۡيَوۡمَ إِنسِيّٗا
Open ayah 19:26ފަހެ ކަމަނާ ކަދުރު ފަރީކުޅުއްވައި ފެންފޮދު ހިއްޕަވައި ހިތްޕުޅު ހަމަޖައްސަވާށެވެ. އަދި ކަމަނާއަށް އާދަމުގެދަރިއަކު ފެނިވަޑައިގެންފިއްޔާ "އަހުރެން މިހުރީ رحمن ވަންތަ ﷲ އަށް ރޯދައަށޭ މިއަދު އެއްވެސް މީހަކާ އަހުރެން ވާހަކަ ނުދައްކާހުށީމެވެ." މިހެން ވިދާޅުވާށެވެ. • ދަންނައެވެ. އެޒަމާނުގައި ރޯދަވެރިޔާ ރޯދައަށް ހުރެގެން ވާހަކަ ދެއްކުން ނޯންނަކަމުގައި ވެއެވެ. = تفسيرطبري = އަދި މިކަމަނާއަށް މިއިވަޑައިގެންނެވި އަޑުތަކަކީ غَيْبُ ގެގޮތުން ﷲ تعالى جبريل عليه السّلام ފޮނުއްވައިގެން އިއްވެވި ވާހަކަތަކެއްކަމަށާއި އަދި އެއީ ސީދާ عيسى عليه السّلام ވިދާޅުވި ބަސްފުޅުތަކެއްކަމަށާއި މިގޮތްގޮތަށް تفسير ފޮތްފޮތުގައި بيان ވެގެންވެއެވެ. މިދެގޮތުންކުރެ ކޮންމެގޮތަކީވެސް ﷲ تعالى ގެ حضرة އަށް ބޮޑުކަމެއްކަމުގައި ނުވެއެވެ. والله أعلم.
فَأَتَتۡ بِهِۦ قَوۡمَهَا تَحۡمِلُهُۥۖ قَالُواْ يَٰمَرۡيَمُ لَقَدۡ جِئۡتِ شَيۡـٔٗا فَرِيّٗا
Open ayah 19:27ދެންފަހެ އެކަމަނާ އެދަރިކަލުންނާއިގެން (ރައްކައުވުމަށްފަހު) އެދަރިކަލުން ހިއްޕަވައިގެން އެކަމަނާގެ قوم ގެ މީހުންގެތެރެއަށް ވަޑައިގެންނެވިއެވެ. އަދި އެމީހުން ދެންނެވިއެވެ. އޭ مَرْيم އެވެ. ކަމަނާ ތިޔަކުރެއްވީ ވަރަށްވެސް ބޮޑުވެގެންވާ ކަމެކެވެ. (ވަރަށް ހަޑިހުތުރު فاحش ކަމެކެވެ.)
يَٰٓأُخۡتَ هَٰرُونَ مَا كَانَ أَبُوكِ ٱمۡرَأَ سَوۡءٖ وَمَا كَانَتۡ أُمُّكِ بَغِيّٗا
Open ayah 19:28އޭ هَارون ގެ أخت އެވެ. ކަމަނާގެ ބައްޕައަކީ ނުބައި ނުލަފާ މީހަކުކަމުގައި ނުވެއެވެ. އަދި ކަމަނާގެ މަންމައަކީ ޒިނޭކުރާމީހަކު ކަމުގައި ނުވެއެވެ. (ކަމަނާގެ ފަރާތުން އެފަދަކަމެއް ފާޅުވީ ކީއްވެގެންތޯއެވެ؟)
فَأَشَارَتۡ إِلَيۡهِۖ قَالُواْ كَيۡفَ نُكَلِّمُ مَن كَانَ فِي ٱلۡمَهۡدِ صَبِيّٗا
Open ayah 19:29ފަހެ އެކަމަނާ އެތުއްޕުޅު ދަރިކަލުންނަށް إشارة ކޮށްލެއްވިއެވެ. (އެކަމަނާގެ إشارة ން މުރާދުކުރެވެނީ ކަލޭމެން އެދަރިކަލުންނާއި ވާހަކަ ދައްކާށެވެ!) އެހިނދު އެމީހުން ދެންނެވިއެވެ. ހަމަދެންމެ ވިހެއި ކުޑަކުއްޖަކާއި އަހުރެމެން ވާހަކަ ދައްކާނީ ކޮންފަދައަކުންތޯއެވެ؟
قَالَ إِنِّي عَبۡدُ ٱللَّهِ ءَاتَىٰنِيَ ٱلۡكِتَٰبَ وَجَعَلَنِي نَبِيّٗا
Open ayah 19:30އެހިނދު އެދަރިކަލުން يعني: عيسى عليه السّلام ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ﷲ ގެ އަޅާއެވެ. އެކަލާނގެ އަހުރެންނަށް ފޮތް ދެއްވައިފިއެވެ. އެބަހީ: ފޮތްދެއްވުމަށް ނިޔާކުރައްވައިފިއެވެ. އަދި އަހުރެންނަކީ نبي އަކުކަމުގައި އެކަލާނގެ ލައްވައިފިއެވެ.
وَجَعَلَنِي مُبَارَكًا أَيۡنَ مَا كُنتُ وَأَوۡصَٰنِي بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمۡتُ حَيّٗا
Open ayah 19:31އަދި އަހުރެންވީ ކޮންމެތަނެއްގައި އަހުރެންނަކީ بركاة ލެއްވިގެންވާ މީހަކުކަމުގައި އެކަލާނގެ ލައްވައިފިއެވެ. މީސްތަކުންނަށް منفع ބޮޑުމީހަކު ކަމުގައި އެކަލާނގެ ލައްވައިފިއެވެ. (އެކަލޭގެފާނުންގެ އެންމެބޮޑު އެއްމަންފާއެއްކަމުގައިވީ ހެޔޮކަންތަކަށް أمر ކުރެއްވުމާއި مُنكَراة ނަހީކުރެއްވުންކަމުގައިވިއެވެ.) އަދި އަހުރެން ދިރިހުރިހާ ހިނދަކު ނަމާދުކުރުމަށާއި زكاة ދިނުމަށް އެކަލާނގެ އަހުރެންނަށް وصيّة ކުރައްވައިފިއެވެ. އަމުރުކުރައްވައިފިއެވެ.
وَبَرَّۢا بِوَٰلِدَتِي وَلَمۡ يَجۡعَلۡنِي جَبَّارٗا شَقِيّٗا
Open ayah 19:32އަދި އަހުރެން އަހުރެންގެ މަންމައަށް ހެޔޮކޮށްހިތައި މާތްކޮށް ހިތުމަށް އެކަލާނގެ އަހުރެންނަށް وصيّة ކުރެއްވިއެވެ. އަދި ބޮޑާ؛ ކިބުރުވެރި އަބާއްޖަވެރިއަކު ކަމުގައި އެކަލާނގެ އަހުރެން ނުލައްވައެވެ.
وَٱلسَّلَٰمُ عَلَيَّ يَوۡمَ وُلِدتُّ وَيَوۡمَ أَمُوتُ وَيَوۡمَ أُبۡعَثُ حَيّٗا
Open ayah 19:33އަދި އަހުރެން ދުނިޔެއަށް އައިދުވަހުގައްޔާއި އަދި އަހުރެން މަރުވާދުވަހުގައްޔާއި އަދި އަހުރެން އަލުން ދިރިގެން محشر އަށް ފޮނުއްވޭދުވަހުވެސް އަހުރެންގެމައްޗަށް شيطان އާ އާއި އޭނާގެ لشكر ގެ ނުރައްކަލުން އަމާންކަމާއި ސަލާމަތްކަން ހުއްޓެވެ.
ذَٰلِكَ عِيسَى ٱبۡنُ مَرۡيَمَۖ قَوۡلَ ٱلۡحَقِّ ٱلَّذِي فِيهِ يَمۡتَرُونَ
Open ayah 19:34(ﷲ تعالى وحي ކުރެއްވިއެވެ.) އެއީ مَرْيَم ގެފާނުންގެ ދަރިކަލުން عيسى އެވެ. އެބަހީ: އިސްވެދިޔަ ވާހަކަތަކަކީ مرْيم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام) ގެ ވާހަކައެވެ. އެއީ حقّ ވާހަކަތަކެކެވެ. އެމީހުން އެވާހަކަތަކާއިމެދު جدل ކޮށް އަރައިރުންވަނީއެވެ.
مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٖۖ سُبۡحَٰنَهُۥٓۚ إِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
Open ayah 19:35އެއްވެސްދަރިކަލަކު ހިއްޕަވައި ދަރިކަލަކު إختيار ކުރުމަކީ އެއްގޮތަކަށްވެސް ﷲ އަށް އޮތް ކަމެއްނޫނެވެ. އެކަށީގެންވާކަމެއްނޫނެވެ. އެކަލާނގެ އެފަދަ އެ އެންމެހައި ކަންތަކުން ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އެކަލާނގެ ކަމަކަށް އިރާދަކުރައްވައި ނިޔާކުރައްވަންޏާ ހަމަކަށަވަރުން އެކަމަކަށް އެކަލާނގެ "ވާށޭ" وحي ކުރައްވައެވެ. ދެން އެހައިރުން އެކަމެއް އެވަނީއެވެ. (عيسى ގެފާނު ހެއްދެވުންވެސް ހަމައެފަދައެވެ.) عيسى عليه السّلام އެއީ ﷲ ގެ ދަރިކަލެއްނޫނެވެ. އެއީ ހަމަ آدم ގެ ދަރިއެކެވެ.
وَإِنَّ ٱللَّهَ رَبِّي وَرَبُّكُمۡ فَٱعۡبُدُوهُۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ
Open ayah 19:36އަދި ހަމަކަށަވަރުން ﷲ އީ އަހުރެންނާއި ކަލޭމެންގެވެސް ربّ އެވެ. ފަހެ އެހެންވެ ކަލޭމެން އެކަލާނގެއަށް އެކަނި އަޅުކަންކުރާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ. (حقّ ސީދާ دين އަކީ އެއީއެވެ.)
فَٱخۡتَلَفَ ٱلۡأَحۡزَابُ مِنۢ بَيۡنِهِمۡۖ فَوَيۡلٞ لِّلَّذِينَ كَفَرُواْ مِن مَّشۡهَدِ يَوۡمٍ عَظِيمٍ
Open ayah 19:37ދެންފަހެ (عيسى عليه السّلام އާއިމެދު) އެމީހުންގެމެދުގައި އެކިއެކި جماعة ތައް إختلاف ވެ ދެބަސްވެއްޖެއެވެ. ފަހެ އެންމެހައި މީސްތަކުން އެއްވާ ބޮޑު جماعة އަށް އެމީހުން حاضر ވާދުވަހު ކާފަރުވީ މީސްތަކުންނަށް ނަރަކައިގެ ގަދަ عذاب ހުއްޓެވެ.
أَسۡمِعۡ بِهِمۡ وَأَبۡصِرۡ يَوۡمَ يَأۡتُونَنَا لَٰكِنِ ٱلظَّٰلِمُونَ ٱلۡيَوۡمَ فِي ضَلَٰلٖ مُّبِينٖ
Open ayah 19:38އެ ކާފަރުވީ މީސްތަކުން ތިމަންރަސްކަލާނގެ حضرة އަށް އަންނަދުވަހު އެމީހުންގެ އަޑު އިވުމުގެ ގަދަކަމާއެވެ! އަދި އެމީހުންގެ ފެނުމުގެ ބޮޑުކަމާއެވެ! ނަމަވެސް އަނިޔާވެރިވީ މީސްތަކުން މިއަދު މިދުނިޔޭގައި އެވަނީ (حقّ ފެނުމާމެދު މުޅިން ކަނުވެ އަދި حقّ އިވުމާމެދު) މުޅިން ބީރުވެ بيان ވެގެންވާ މަގުފުރެއްދުމެއްގައެވެ. • ދަންނައެވެ. عيسى عليه السّلام ﷲ އުޑަށް އުފުއްލެވުމުން އެކަލޭގެފާނުންގެ قوم ގެ މީހުން ހަތަރުބަޔަކަށް ބެހިގެން ދިޔައެވެ. އެ أمّة ގެމީހުން ހަތަރު فقه ވެރިން إختيار ކޮށް عيسى عليه السّلام އާއިމެދު މިހަތަރު މީހުން ބުނަނީ ކީކޭތޯ؟ ބެލީއެވެ. • އެތަނުން ފުރަތަމަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭހެއްޔެވެ. ޖަވާބުގައި އެމީހާ يعني: فقه ވެރިޔާ ވިދާޅުވިއެވެ. "އެއީ ﷲ އެވެ. ބިމަށް ވޮޑިގަތީއެވެ. ދެން ހައްދަވަންވީ އެއްޗެއް ހައްދަވައި ދިރުއްވާންވީ އެއްޗެއް ދިރުއްވާ ދެން އުޑަށް ވޮޑިގެންނެވީއެވެ." މިއީ އެ فقه ވެރިޔާގެ ބަހެވެ. އޭނާގެ އެބަހާއި މިސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ اَلْيَعْقُوْبِيَّة ކިޔާ فِرْقَة ކަމުގައެވެ. - ދެން އަނެއް ތިން فقه ވެރިން އޭނާޔާ ދިމާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ދެވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ؟ އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ ﷲ ގެ ދަރިކަލުންނެވެ. އަދި މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ النَّسْطُورِيَّة އެވެ ކިޔާ فِرْقَة ކަމުގައެވެ. ދެންތިބި އަނެއް ދެ فقه ވެރިން އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ތިންވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ. އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ إله އެކެވެ. އަދި އޭނާގެ މަންމައަކީ إله އެކެވެ. އަދި ﷲ އެއީ إله އެކެވެ. މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ إسْرَائِيْلِيَّة އެވެ ކިޔާ فرقة ކަމުގައެވެ. ދެން ހަތަރުވަނައަށް އިންމީހާ އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކުކަމުގައި އަހުރެން ހެކިވަމެވެ. • އަދި ހަތަރުވަނަމީހާ ބުންޏެވެ. އެހެންނަކުން ނޫނެވެ. عيسى (عليه السّلام) އެއީ ﷲ ގެ އަޅާއެވެ. އަދި އެކަލާނގެ رسول އާއެވެ. އެއީ ﷲ ގެ كلمة ފުޅެވެ. އަދި އެކަލާނގެ روح އެވެ. = تفسير الطبري = ދެންފަހެ މިއެންމެފަހުން އެބުނިމީހާ އެބުނީ حقّ ބަހެވެ. قرآن بيان ކޮށްދޭގޮތެވެ. އެނޫން އެހެންގޮތެއް ކަމުނުދާނެ حقّ ތެދުގޮތެވެ.
وَأَنذِرۡهُمۡ يَوۡمَ ٱلۡحَسۡرَةِ إِذۡ قُضِيَ ٱلۡأَمۡرُ وَهُمۡ فِي غَفۡلَةٖ وَهُمۡ لَا يُؤۡمِنُونَ
Open ayah 19:39(ﷲ تعالى وحي ކުރެއްވިއެވެ. އޭ رسول ﷲ އެވެ.) ހިތާމައިގެ ދުވަހުގެ ވާހަކައިން ކަލޭގެފާނު އެމީހުންނަށް إنذار ކުރައްވާށެވެ! ބިރުވެރިކަމުގެ خبر ދެއްވާށެވެ! އެއީ (ހިސާބުބެއްލެވުމުގެ) އެންމެހައި ކަންތައް ނިމެވިގެންދާހިނދުންނެވެ. އެމީހުން އެވަނީ މިދުނިޔޭގައި غافل ވެގެންވާ حال ގައެވެ. (ކަށްވަޅުތަކުން ނުކުމެގެން ﷲ ގެ حضرة އަށް ދިއުމާއި ހިސާބު ބެއްލެވުމާ ޖަޒާދެއްވުމާއި މި މިކަންކަމަށް غافل ވެގެންނެވެ.) އެމީހުން إيمان އެއް ނުވެއެވެ. އެއިން އެއްވެސް ކަމެއް ތެދުނުކުރެއެވެ.
إِنَّا نَحۡنُ نَرِثُ ٱلۡأَرۡضَ وَمَنۡ عَلَيۡهَا وَإِلَيۡنَا يُرۡجَعُونَ
Open ayah 19:40އަދި ހަމަކަށަވަރުން ބިމާއި އަދި ބިމުގެ މަތީގައިވާހާބަޔަކު (ބިމުގައި ވާހާބަޔަކު) ވާރުތަކުރާހުށީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި އެ އެންމެން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.
وَٱذۡكُرۡ فِي ٱلۡكِتَٰبِ إِبۡرَٰهِيمَۚ إِنَّهُۥ كَانَ صِدِّيقٗا نَّبِيًّا
Open ayah 19:41(އޭ رسول ﷲ އެވެ.) އަދި މި ކީރިތި قرآن ން إبراهيم عليه السّلام ގެ ވާހަކަ ކަލޭގެފާނު (އެ مشرك ންނަށް) ކިޔައިދެއްވާށެވެ. ހަމަކަށަވަރުން އެ إبراهيم عليه السّلام ވެވަޑައިގެންނެވީ ތެދުވެރި ބޭކަލަކު ކަމުގައެވެ. އަދި نبي ބޭކަލަކު ކަމުގައެވެ.
إِذۡ قَالَ لِأَبِيهِ يَٰٓأَبَتِ لِمَ تَعۡبُدُ مَا لَا يَسۡمَعُ وَلَا يُبۡصِرُ وَلَا يُغۡنِي عَنكَ شَيۡـٔٗا
Open ayah 19:42އެކަލޭގެފާނު އެކަލޭގެފާނުންގެ ބައްޕައަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ. އެކަލޭގެފާނު (ބައްޕައަށް) ވިދާޅުވިއެވެ. އޭ އަހުރެންގެ ބައްޕާއެވެ. ކަންފަތަށް އަޑުނުއިވޭ އަދި ލޮލަށް ނުފެންނަ ތަކެއްޗަށް އަދި ބައްޕައަށް އެއްވެސްކަމެއް ފުއްދައި ނުދެވޭތަކެއްޗަށް ބައްޕަ އަޅުކަންކުރަނީ ކީއްވެތޯއެވެ؟
يَٰٓأَبَتِ إِنِّي قَدۡ جَآءَنِي مِنَ ٱلۡعِلۡمِ مَا لَمۡ يَأۡتِكَ فَٱتَّبِعۡنِيٓ أَهۡدِكَ صِرَٰطٗا سَوِيّٗا
Open ayah 19:43އޭ އަހުރެންގެ ބައްޕާއެވެ! علم ގެތެރެއިން ބައްޕައަށް އެނގިގެންނުވާ ތަކެތި ހަމަކަށަވަރުން އަހުރެންނަށް އެނގެއެވެ. އެހެންވެ ބައްޕަ އަހުރެންނާއި تبع ވާށެވެ! އޭރުން އަހުރެން ބައްޕައަށް ހަމަ ސީދާ ތެދުމަގުދައްކާހުށީމެވެ.
يَٰٓأَبَتِ لَا تَعۡبُدِ ٱلشَّيۡطَٰنَۖ إِنَّ ٱلشَّيۡطَٰنَ كَانَ لِلرَّحۡمَٰنِ عَصِيّٗا
Open ayah 19:44އޭ އަހުރެންގެ ބައްޕާއެވެ. ބައްޕަ شيطان އާއަށް އަޅުކަން ނުކުރާށެވެ! ހަމަކަށަވަރުން شيطان އާވަނީ رحمن ވަންތަ ކަލާނގެއަށް އުރެދިފައެވެ.
يَٰٓأَبَتِ إِنِّيٓ أَخَافُ أَن يَمَسَّكَ عَذَابٞ مِّنَ ٱلرَّحۡمَٰنِ فَتَكُونَ لِلشَّيۡطَٰنِ وَلِيّٗا
Open ayah 19:45އޭ އަހުރެންގެ ބައްޕާއެވެ. އަހުރެން ބިރުގަންނަނީ رحمن ވަންތަ ކަލާނގެ حضرة ން ބައްޕައަށް عذاب އެއް އައިސް ޖެހިދާނެތީއެވެ. އޭރުން ދެން شيطان އާ ގެ ولي އަކުކަމުގައި އަދި އޭނާއަށް نصر ދޭ މީހަކުކަމުގައި ބައްޕަ ވެދާނެއެވެ. (ދެން އޭނާއާއެކު ނަރަކައިގައި އޮންނާން ޖެހިދާނެއެވެ.)
قَالَ أَرَاغِبٌ أَنتَ عَنۡ ءَالِهَتِي يَٰٓإِبۡرَٰهِيمُۖ لَئِن لَّمۡ تَنتَهِ لَأَرۡجُمَنَّكَۖ وَٱهۡجُرۡنِي مَلِيّٗا
Open ayah 19:46ފަހެ އެކަލޭގެފާނުންގެ ބައްޕަ (އެކަލޭގެފާނަށް) ދެންނެވިއެވެ. އޭ إبراهيم އެވެ. ކަލޭ އަހުރެންގެ إله ންތަކަށް ފުރަގަސްދީ ހުތުރު އެއްޗެތިކިޔަނީހެއްޔެވެ؟ އަދި ކަލޭ އެކަންތަކުން ހުއްޓައިނުލައިފިއްޔާ (ބުދުތަކަށް ހުތުރު އެއްޗެތިކިއުން ދޫކޮށްނުލައިފިއްޔާ) ހަމަކަށަވަރުން އަހުރެން ކަލޭގެ رَجَمُ ކޮށްފާހުށީމެވެ. އަދި ސީދާ އަހުރެންނާއި ކަލޭ ދުރުވެގެންނާށެވެ!
قَالَ سَلَٰمٌ عَلَيۡكَۖ سَأَسۡتَغۡفِرُ لَكَ رَبِّيٓۖ إِنَّهُۥ كَانَ بِي حَفِيّٗا
Open ayah 19:47އެކަލޭގެފާނު يعني: إبراهيم عليه السّلام ވިދާޅުވިއެވެ. ބައްޕައަށް سلام އެވެ. ނިކަންހުރެ އަހުރެން ބައްޕައަށް ފާފަފުއްސެވުން އެދި އަހުރެންގެ ربّ ގެ حضرة ގައިދަންނަވާހުށީމެވެ. ހަމަކަށަވަރުން އެކަލާނގެ އަހުރެންނަށް ނުހަނު އޯގާވަންތަވެވޮޑިގެންވިއެވެ.
وَأَعۡتَزِلُكُمۡ وَمَا تَدۡعُونَ مِن دُونِ ٱللَّهِ وَأَدۡعُواْ رَبِّي عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّي شَقِيّٗا
Open ayah 19:48އަދި ކަލޭމެންނާއި ކަލޭމެން ﷲ ފިޔަވައި ތިޔަ އަޅުކަންކުރާތަކެތީންވެސް އަހުރެން ވަކިވާހުށީމެވެ. އަދި އަހުރެން އަހުރެންގެ ربّ އަށް دعاء ކޮށް އަޅުކަންކުރާހުށީމެވެ. އަދި އަހުރެން އަހުރެންގެ ربّ އަށް ކުރާ دعاء އާއި އަޅުކަން އަހުރެން އަބާއްޖަވެރިއަކުކަމުގައި ނުލެއްވުން أمّيد ކުރެވެއެވެ.
فَلَمَّا ٱعۡتَزَلَهُمۡ وَمَا يَعۡبُدُونَ مِن دُونِ ٱللَّهِ وَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَۖ وَكُلّٗا جَعَلۡنَا نَبِيّٗا
Open ayah 19:49ދެންފަހެ އެކަލޭގެފާނުން އެމީހުންގެ ކިބައިންނާއި އަދި ﷲ ފިޔަވައި އެމީހުން އެއަޅުކަންކުރާ ތަކެތީން (އެބުދުތަކުން) ދުރުވެ ވަކިވީހިނދުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إسحق ގެފާނު ދެއްވީމެވެ. އަދި يعقوب ގެފާނު (ކާފަދަރިކަލެއްގެގޮތުން) ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކުވެސް نبي ބޭކަލަކުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.
وَوَهَبۡنَا لَهُم مِّن رَّحۡمَتِنَا وَجَعَلۡنَا لَهُمۡ لِسَانَ صِدۡقٍ عَلِيّٗا
Open ayah 19:50އަދި ތިމަންރަސްކަލާނގެ رحمة ން އެބޭކަލުންނަށް ތަނަވަސްކަން ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި އެބޭކަލުންނަށް މަތިވެރިވެގެންވާ ތެދުވެރި ثناء އާއި تعريف ދެއްވީމެވެ. (ހުރިހާ أمّة އެއްގައިވެސް އެބޭކަލުންނަށް تعريف އާއި ثناء ވެއެވެ.) والله أعلم.
وَٱذۡكُرۡ فِي ٱلۡكِتَٰبِ مُوسَىٰٓۚ إِنَّهُۥ كَانَ مُخۡلَصٗا وَكَانَ رَسُولٗا نَّبِيّٗا
Open ayah 19:51އަދި އޭ رسول ﷲ އެވެ. ކަލޭގެފާނު މި ކީރިތި قرآن ން މީސްތަކުންނަށް موسى عليه السّلام ގެ ވާހަކަ ކިޔައިދޭށެވެ. ވިދާޅުވެދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނު ވެވަޑައިގެންނެވީ إختيار ކުރެއްވިގެންވާ ބޭކަލަކުކަމުގައެވެ. (رسول ކަމަށާއި ﷲ ގެ ބަސްފުޅު وحي ކުރެއްވުމަށް إختيار ކުރެއްވިގެންވާ ބޭކަލަކުކަމުގައެވެ.) އަދި އެކަލޭގެފާނު ވެވަޑައިގަންނަވަނީ رسول ބޭކަލަކުކަމުގައެވެ. އަދި نبي ބޭކަލަކުކަމުގައެވެ.
وَنَٰدَيۡنَٰهُ مِن جَانِبِ ٱلطُّورِ ٱلۡأَيۡمَنِ وَقَرَّبۡنَٰهُ نَجِيّٗا
Open ayah 19:52އަދި ތިމަންރަސްކަލާނގެ طور ފަރުބަދައިގެ ކައިރިން އެކަލޭގެފާނުން ކަނައަތްޕުޅު ފަރާތުން އެކަލޭގެފާނަށް نِدَاء އިއްވެވީމެވެ. (ގޮވައިލެއްވީމެވެ.) އަދި مُنَاجاه ދެންނެވުމުގެގޮތުން ތިމަންރަސްކަލާނގެ އެކަލޭގެފާނު ގާތްކުރެއްވީމެވެ.
وَوَهَبۡنَا لَهُۥ مِن رَّحۡمَتِنَآ أَخَاهُ هَٰرُونَ نَبِيّٗا
Open ayah 19:53އަދި ތިމަންރަސްކަލާނގެ رحمة ން އެކަލޭގެފާނުންގެ أخ هارون (عليه السّلام) نبي އަކުކަމުގައި ހައްދަވައި އެކަލޭގެފާނަށް ތާއީދުކުރެއްވުމަށް ފޮނުއްވީމެވެ.
وَٱذۡكُرۡ فِي ٱلۡكِتَٰبِ إِسۡمَٰعِيلَۚ إِنَّهُۥ كَانَ صَادِقَ ٱلۡوَعۡدِ وَكَانَ رَسُولٗا نَّبِيّٗا
Open ayah 19:54އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނު މި ކީރިތި قرآن ން މީސްތަކުންނަށް إسماعيل (عليه السّلام) ގެ ވާހަކަ ވިދާޅުވެދެއްވާށެވެ. ހަމަކަށަވަރުން وعد ފުޅު ތެދު (އިތުރުފުޅު ނުހައްދަވާ) ބޭކަލަކުކަމުގައި އަދި رسول ބޭކަލަކުކަމުގައްޔާއި نبي ބޭކަލަކުކަމުގައި އެކަލޭގެފާނު ވެވަޑައިގެންނެވިއެވެ.
وَكَانَ يَأۡمُرُ أَهۡلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرۡضِيّٗا
Open ayah 19:55އަދި އެކަލޭގެފާނު އެކަލޭގެފާނުންގެ أهل ވެރިންނަށް ނަމާދުކުރުމަށާއި زكاة ދިނުމަށް އަމުރުކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުންގެ ربّ ގެ حضرة ގައި ރުހެވިގެންވާ ބޭކަލަކުކަމުގައި އެކަލޭގެފާނުން ވެވަޑައިގެންނެވިއެވެ.
وَٱذۡكُرۡ فِي ٱلۡكِتَٰبِ إِدۡرِيسَۚ إِنَّهُۥ كَانَ صِدِّيقٗا نَّبِيّٗا
Open ayah 19:56އަދި ކަލޭގެފާނު ކީރިތި قرآن ން މީސްތަކުންނަށް إدريس (عليه السّلام) ގެ ވާހަކަ ވިދާޅުވެދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނު ވެވަޑައިގެންނެވީ (އިތުރުފުޅު ނުހައްދަވާ) ތެދުވެރި ބޭކަލަކުކަމުގައެވެ. އަދި نبي ބޭކަލަކުކަމުގައެވެ.
وَرَفَعۡنَٰهُ مَكَانًا عَلِيًّا
Open ayah 19:57އަދި މަތިވެރި ދަރަޖައަކަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ.
أُوْلَٰٓئِكَ ٱلَّذِينَ أَنۡعَمَ ٱللَّهُ عَلَيۡهِم مِّنَ ٱلنَّبِيِّـۧنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنۡ حَمَلۡنَا مَعَ نُوحٖ وَمِن ذُرِّيَّةِ إِبۡرَٰهِيمَ وَإِسۡرَٰٓءِيلَ وَمِمَّنۡ هَدَيۡنَا وَٱجۡتَبَيۡنَآۚ إِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُ ٱلرَّحۡمَٰنِ خَرُّواْۤ سُجَّدٗاۤ وَبُكِيّٗا۩
Open ayah 19:58އެބޭބޭކަލުންނަކީ (އެބަހީ: އިސްވެދިޔަ އާޔަތްތަކުގައި ނަންގަނެވިގެންވާ رسول ންނާއި نبي އިންނަކީ) نبي ބޭކަލުންކުރެން އެބޭކަލުންގެމައްޗަށް ތިމަންރަސްކަލާނގެ نعمة ލެއްވި (خاصّ) ބޭބޭކަލުންނެވެ. އެއީ آدم (عليه السّلام) ގެ ދަރިކޮޅުންނާއި އަދި نُوحُ عليه السّلام އާއިއެކު ތިމަންރަސްކަލާނގެ އުފުއްލެވި ބޭކަލުންގެ ދަރިކޮޅުންނާއި އަދި إبراهيم عليه السّلام އާއި يعقوب عليه السّلام ގެ ދަރިކޮޅުންނާއި އަދި ތިމަންރަސްކަލާނގެ ތެދުމަގުދައްކަވައި إختيار ކުރެއްވި ބޭބޭކަލުންނެވެ. އެބޭކަލުންގެމައްޗަށް رحمن ވަންތަ ކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ އެބޭކަލުން ކީރިތިކުރައްވާ حال سجدة އަށް ތިރިވެވަޑައިގަންނަވައެވެ.
۞فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٌ أَضَاعُواْ ٱلصَّلَوٰةَ وَٱتَّبَعُواْ ٱلشَّهَوَٰتِۖ فَسَوۡفَ يَلۡقَوۡنَ غَيًّا
Open ayah 19:59ދެންފަހެ މި ބޭބޭކަލުންގެފަހުން އެހެން ބައިގަނޑެއް އައެވެ. އެބައިމީހުން ނަމާދު ނަގައިލާ އަދި شهوة ތަކާއި (شَهْوَانى އެދުންތަކާއި) ތަބާވިއެވެ. (އެފަދަ މީހުން ފަހުން އަންނާނެއެވެ.) އެފަދަ މީހުންނާއި ނިކަންހުރެ غَيُّ އާއި ބައްދަލުވާހުއްޓެވެ. (ނަރަކައިގެ عذاب ގަދަވެގެންވާ وَادى އެއްކަމުގައިވާތަނަށް ލެވޭނެއެވެ.)
إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا فَأُوْلَٰٓئِكَ يَدۡخُلُونَ ٱلۡجَنَّةَ وَلَا يُظۡلَمُونَ شَيۡـٔٗا
Open ayah 19:60އޭގެތެރެއިން (ދުނިޔޭގައިތިބެ) توبة ވެ صالح عمل ކުރިމީހުން މެނުވީއެވެ. ފަހެ އެފަދަމީހުން ސުވަރުގެ ވަންނަހުއްޓެވެ. އަދި އެއްވެސް ބާވަތެއްގެ އަނިޔާއެއް އެމީހުންނަށް ނުވެވޭނެއެވެ.
جَنَّٰتِ عَدۡنٍ ٱلَّتِي وَعَدَ ٱلرَّحۡمَٰنُ عِبَادَهُۥ بِٱلۡغَيۡبِۚ إِنَّهُۥ كَانَ وَعۡدُهُۥ مَأۡتِيّٗا
Open ayah 19:61އެމީހުން އެދުވަހުން ވަންނާނެ ސުވަރުގެއަކީ قائم ވެތިބޭ ބަގީޗާތަކެކެވެ. އެއީ رحمن ވަންތަ ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވުމަށް غَيْبُ ގައި (އެބަހީ: ނުފެނި) އެކަލާނގެ وَعْدُ ކުރައްވާފައިވާ ބަގީޗާތަކެވެ. ހަމަކަށަވަރުން އެކަލާނގެ وعد ފުޅު އެއީ ކަނޑައެޅިގެން އޮންނާނެކަމެކެވެ. ހިނގާނެ ކަމެކެވެ.
لَّا يَسۡمَعُونَ فِيهَا لَغۡوًا إِلَّا سَلَٰمٗاۖ وَلَهُمۡ رِزۡقُهُمۡ فِيهَا بُكۡرَةٗ وَعَشِيّٗا
Open ayah 19:62އެމީހުން އެސުވަރުގޭގައިތިބޭއިރު އެއްވެސް ބާވަތެއްގެ باطل އަދި ބޭކާރު ވާހަކައެއް ނުއަހާނެއެވެ. މަލާއިކަތް ބޭކަލުންގެ ސަލާމްމެނުވީ ނުއަހާނެއެވެ. (ملائكة ބޭކަލުން ސަލާމްކުރައްވާނެއެވެ.) އަދި އެތާނގައި އެމީހުންގެ ރިޒުގު ހެނދުނާއި ހަވީރު އެމީހުންނަށް ލިބިލިބިހުންނާނެއެވެ. (މިހެނދުނާއި ހަވީރުގެ ނިސްބަތް މިއީ ދުނިޔޭގެ ނިސްބަތުގައެވެ. އެހެނީ قيامة ދުވަހުން ހެނދުނާއި ހަވީރެއް ނުވެއެވެ.)
تِلۡكَ ٱلۡجَنَّةُ ٱلَّتِي نُورِثُ مِنۡ عِبَادِنَا مَن كَانَ تَقِيّٗا
Open ayah 19:63އެސުވަރުގެއަކީ ތިމަންރަސްކަލާނގެއަށް تقوى ވެރިވީ އަޅުތަކުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށް ދެއްވާނެ ސުވަރުގެއެވެ.
وَمَا نَتَنَزَّلُ إِلَّا بِأَمۡرِ رَبِّكَۖ لَهُۥ مَا بَيۡنَ أَيۡدِينَا وَمَا خَلۡفَنَا وَمَا بَيۡنَ ذَٰلِكَۚ وَمَا كَانَ رَبُّكَ نَسِيّٗا
Open ayah 19:64جبريل عليه السّلام ވިދާޅުވިއެވެ. (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ربّ ގެ އަމުރުފުޅަށްމެނުވީ ތިމަންކަލޭގެފާނު ފައިބާވަޑައި ނުގަންނަވާހުށީމެވެ. (ކަލޭގެފާނުންގެ އަރިހަށް ވަޑައިނުގަންނަވާހުށީމެވެ.) އަހުރެމެންގެ ކުރިމަތީގައި އަންނަންއޮތް آخرة ދުވަހާއި އަދި އަހުރެމެންގެ ފަހަތަށް ދޫކޮށްފައިވާ މިދާ ދުނިޔެއާއި އަދި އެދެމެދުގައި ވާހާ ކަމަކާއި މިހުރިހާކަމެއް މިލްކުވެ خاصّ ވެގެންވަނީ ކަލޭގެފާނުންގެ ربّ އަށެވެ. އަދި އެއިން އެއްވެސް ކަމެއް ކަލޭގެފާނުންގެ ربّ ހަނދުމަނެތިވެވޮޑިގެން ނުވެއެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވި ސަބަބެއްކަމުގައި تفسير ފޮތްތަކުގައި ބަޔާންވެގެންވެއެވެ. رسول ﷲ ﷺ جبريل عليه السّلام އަށް ދެންނެވިއެވެ. ކަލޭގެފާނު މިހާރު ތިޔަވަޑައިގަންނަވާ ވަރަށްވުރެ ގިނައިން ވަޑައިނުގަންނަވަނީ ކީއްވެތޯއެވެ؟ މިސުވާލާއި ގުޅިގެން އިސްވެދިޔަ އާޔަތް ބާވައިލެއްވިކަމުގައިވިއެވެ. والله أعلم.
رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا فَٱعۡبُدۡهُ وَٱصۡطَبِرۡ لِعِبَٰدَتِهِۦۚ هَلۡ تَعۡلَمُ لَهُۥ سَمِيّٗا
Open ayah 19:65އެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާތަކެތީގެވެރި ربّ އެވެ. ފަހެ އެހެންވެ ކަލޭގެފާނު އެކަލާނގެއަށް ހަމައެކަނި އަޅުކަންކުރައްވާށެވެ. އަދި އެކަލާނގެއަށް އަޅުކަންކުރެއްވުމުގައި ކެތްތެރިވެވަޑައިގަންނަވާށެވެ. އެކަލާނގެއާއި އެއްފަދަ އެހެން އެއްވެސް إله އަކު ކަލޭގެފާނަށް އެނގިވަޑައިގަންނަވައިތޯއެވެ؟
وَيَقُولُ ٱلۡإِنسَٰنُ أَءِذَا مَا مِتُّ لَسَوۡفَ أُخۡرَجُ حَيًّا
Open ayah 19:66އަދި (آخرة ދުވަސް قبول ނުކުރާ) އިންސާނާ ބުނެއެވެ. އަހުރެން މަރުވެދިއުމަށްފަހު ދިރިގެން އަލުންވެސް ކައްވަޅުތަކުން ނެރެވިގެން (محشر އަށް) ފޮނުއްވޭނޭހެއްޔެވެ؟
أَوَلَا يَذۡكُرُ ٱلۡإِنسَٰنُ أَنَّا خَلَقۡنَٰهُ مِن قَبۡلُ وَلَمۡ يَكُ شَيۡـٔٗا
Open ayah 19:67ފަހެ އެ އިންސާނާގެ އެއްވެސް އަސަރެއްވެސް ހިލަމެއްވެސް ނެތިސް ތިމަންރަސްކަލާނގެ އެއިންސާނާ ހެއްދެވިކަން އޭނާ ފަހެ ހަނދާން ނުކުރާނޭބާވައެވެ؟ (އޭނާ އެކަން ހަނދާންކުރާނެނަމަ، އެފަދަ ބަހެއް އޭނާ ބުނާނީ ކޮންފަދައަކުންހެއްޔެވެ؟)
فَوَرَبِّكَ لَنَحۡشُرَنَّهُمۡ وَٱلشَّيَٰطِينَ ثُمَّ لَنُحۡضِرَنَّهُمۡ حَوۡلَ جَهَنَّمَ جِثِيّٗا
Open ayah 19:68ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ހަމަކަށަވަރުން އެމީހުންނާއި (އެބަހީ: آخرة قبول ނުކުރާ މީހުންނާއި) އަދި ޝައިތާނުންތައް ތިމަންރަސްކަލާނގެ محشر ގެ ميدان އަށް އެއްކުރައްވާހުށީމެވެ. އަދި ނަރަކައިގެ ވަށައިގެން ކަކޫމައްޗަށް ތިރިކުރައްވާފައި ތިމަންރަސްކަލާނގެ އެމީހުން حاضر ކުރާހުށީމެވެ. • ދަންނައެވެ. މިއާޔަތުގެتفسير ގައި مفسّر ންގެ ވާހަކަ ތަފާތުވެގެންވެއެވެ. މިތާ މިވަނީ ހަމައެކަނި ބޭރުފުށުން މާނަ އެކަނި ލިޔެލެވިފައެވެ.
ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمۡ أَشَدُّ عَلَى ٱلرَّحۡمَٰنِ عِتِيّٗا
Open ayah 19:69ދެން، رحمن ވަންތަ ރަސްކަލާނގެ حضرة އަށް އެންމެ ނުކިޔަމަންތެރިކަންގަދަމީހުން އެ ކޮންމެ جماعة އަކުންވެސް ތިމަންރަސްކަލާނގެ ނެރުއްވާހުށީމެވެ.
ثُمَّ لَنَحۡنُ أَعۡلَمُ بِٱلَّذِينَ هُمۡ أَوۡلَىٰ بِهَا صِلِيّٗا
Open ayah 19:70ދެން އަދި އެމީހުންގެތެރެއިން އެންމެ ގަދަ عذاب ގައި ތިބެންވާނީ ކޮންބައެއްކަންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަންކަށަވަރެވެ.
وَإِن مِّنكُمۡ إِلَّا وَارِدُهَاۚ كَانَ عَلَىٰ رَبِّكَ حَتۡمٗا مَّقۡضِيّٗا
Open ayah 19:71އަދި އެނަރަކައިގެމަތީން ދާންނުޖެހޭނެ އެކަކުވެސް ކަލޭމެންގެތެރެއިން ނުވެއެވެ. • (އެކަންވާގޮތެއްކަމުގައި ބުނެވިގެންވަނީ: صِرِاطَ الْمُسْتَقِيْم އެވެ ކިއުނު މަގުވަނީ ނަރަކައިގެ މަތިން ދެމިފައެވެ. އެންމެންވެސް އެމަގުން ދާންޖެހެއެވެ. އެމީހެއްގެ عمل ގައި ހުރި ހެޔޮނުބައިކަމަކުން އެމަގުން ދިއުމުގެ އުނދަގޫކަމާއި ފަސޭހަކަންވެއެވެ. ވިދާލި ވިދުވަރެއްހެން ދާމީހުންވެއެވެ. ފިރުކެމުން ދެމެމުންދާ މީހުންވެއެވެ. ނުބައިނުލަފާމީހުން މަގުންކަހައިލައިގެން ނަރަކައަށް ވެއްޓޭކަމުގައިވެއެވެ. والله أعلم.) ފަހެ އެންމެންވެސް އެމަގުން ދިއުމަކީ ކަލޭގެފާނުންގެ ربّ ކަނޑައަޅުއްވާ ނިންމަވާފައިވާ ކަމެކެވެ.
ثُمَّ نُنَجِّي ٱلَّذِينَ ٱتَّقَواْ وَّنَذَرُ ٱلظَّٰلِمِينَ فِيهَا جِثِيّٗا
Open ayah 19:72ދެންފަހެ تقوى ވެރި މާތްމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރައްވާ މިންޖުކުރައްވަމެވެ. އަދި އަނިޔާވެރިން - (مشرك ން) އެނަރަކައިގެތެރެއަށް އެމީހުންގެ ކަކޫތަކުގެމައްޗަށް ދޫކޮށްލަމެވެ.
وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُوٓاْ أَيُّ ٱلۡفَرِيقَيۡنِ خَيۡرٞ مَّقَامٗا وَأَحۡسَنُ نَدِيّٗا
Open ayah 19:73އަދި بيان ވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެމައްޗަށް (އެމީހުންދުނިޔޭގައި ތިބިއިރު) ކިޔެވިއްޖެއްޔާ إيمان ވީ މީހުންނާއި ދިމާއަށް ކާފަރުން ބުނާނެއެވެ. އަހުރެމެން ދެބައިމީހުންކުރެން (އެބަހީ: އީމާންވީމީހުންނާ ކާފަރުންނާއި ދެބައިމީހުންކުރެން) ތިބޭތަނުގެގޮތުންނާއި މަޖްލިސްކުރާ ނާދީގެގޮތުން ރަނގަޅުވެފައި ހެޔޮވެގެންވަނީ ކޮންބައެއްހެއްޔެވެ؟ (އަހުރެމެން ނޫންހެއްޔެވެ؟)
وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هُمۡ أَحۡسَنُ أَثَٰثٗا وَرِءۡيٗا
Open ayah 19:74މި مكّة ގެ ކާފަރުންގެކުރިން ކިތައްކިތައް قَرْن ގެމީހުން - ކިތައްކިތައް أمّة ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމުހެއްޔެވެ؟ (އެބަހީ: ވަރަށްގިނަ أمّة ހަލާކުކުރެއްވީމެވެ.) އަދި އެމީސްމީހުން (މި مكّة ގެ أهل ވެރިންނަށްވުރެ) ގެވެހި ކަންވާރުގެގޮތުންނާއި އަދި ރިވެތިކަމާއި منظر ގެގޮތުން މާރީތިވެފައި ރަނގަޅެވެ.
قُلۡ مَن كَانَ فِي ٱلضَّلَٰلَةِ فَلۡيَمۡدُدۡ لَهُ ٱلرَّحۡمَٰنُ مَدًّاۚ حَتَّىٰٓ إِذَا رَأَوۡاْ مَا يُوعَدُونَ إِمَّا ٱلۡعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعۡلَمُونَ مَنۡ هُوَ شَرّٞ مَّكَانٗا وَأَضۡعَفُ جُندٗا
Open ayah 19:75އޭ رسول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! މަގުފުރެދުމުގެތެރޭގައިވާ މީހާ ދަންނައެވެ. رحمن ވަންތަ މާތްރަސްކަލާނގެ އޭނާ އެމަގުފުރެދުމުގެތެރޭގައި ދަމަހައްޓަވާށިއެވެ! ދެންފަހެ އެފަދަމީހުންނަށް وعد ވެވިގެންވާ ކަންތައް އެމީހުންނަށް ފެނިއްޖައުމަށްދާންދެންނެވެ. އެއެއްޗަކީ އެހެންޏާ (ދުނިޔޭގައި) އެމީހުންނަށް عذاب އައުމެވެ. ނުވަތަ قيامة ދުވަހުގެ عذاب އެވެ. އޭރުން ދެން ތަނުގެގޮތުން ނުބައިވެގެންވަނީ ކޮންބައެއްކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ. އަދި لشكر ގެގޮތުން ނިކަމެތިވެގެންވަނީ ކޮންބައެއްކަންވެސް ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ.
وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهۡتَدَوۡاْ هُدٗىۗ وَٱلۡبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيۡرٌ عِندَ رَبِّكَ ثَوَابٗا وَخَيۡرٞ مَّرَدًّا
Open ayah 19:76އަދި އީމާންވެ ތެދުމަގު ލިބިގަތްމީހުންނަށް ﷲ ތެދުމަގު އިތުރުކޮށްދެއްވައެވެ. (އެއީ އެކަލާނގެ أمر ތަކަށް ކިޔަމަންވުމާއި އެކަލާނގެ ނަހީތަކުން ދުރުވެގަތުމުގެ توفيق އެމީހުންނަށް އެކަލާނގެ ދެއްވުމެވެ. އޭރުން އީމާންކަން އަބަދުވެސް އިތުރުވޭވެ ހުންނާނެއެވެ.) އަދި (އޭ رسول ﷲ އެވެ.) بَاقِيَات الصَّالِحَات - ثواب ގެ ގޮތުންނާއި رجوع ވާތަނާއި ފަހުކޮޅުގެ ގޮތުން ކަލޭގެފާނުންގެ ربّ ގެ حضرة ގައި މާހެޔޮވެގެންވެއެވެ. • ދަންނައެވެ. بَاقِيَات الصَّالِحَات އާއިމެދު - كَهْفُ ސޫރަތުގެ ވަނަ އާޔަތުގައި ކޮންމެވެސް ވާހަކަ ދެކެވިފައިވާނެއެވެ. އެތަނުން ބައްލަވައިލެއްވުން އެދެވެއެވެ.
أَفَرَءَيۡتَ ٱلَّذِي كَفَرَ بِـَٔايَٰتِنَا وَقَالَ لَأُوتَيَنَّ مَالٗا وَوَلَدًا
Open ayah 19:77ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފަރުވީމީހާ ކަލޭގެފާނު ދެކެވަޑައިގެންނެވީމުތޯއެވެ. އޭނާޔާ ބެހޭގޮތުން ނިކަން خبر ދީބަލާށެވެ. އަދި އޭނާ ބުންޏެވެ. އަހުރެންނަށް ހަމަކަށަވަރުން މުދަލާއި ދަރިން ދެއްވޭނެއެވެ. އެބަހީ: قيامة ދުވަހުންވެސް މުދަލާއި ދަރިންދެއްވޭނެއެވެ. • ދަންނައެވެ. މިއާޔަތުގައި މިނަންގަނެވޭ މީހަކީ العَاصُ بنُ اْلوَائِلُ السَّهْمِى ކަމުގައި ބުނެވުނެވެ. رسول ﷲ ﷺ ގެ أصحاب ބޭކަލުންގެ ބަޔަކަށް އޭނާ އަދާކުރަންވެފައިވާ ދަރަންޏެއް އޮތްކަމުގައިވިއެވެ. އޭނާގެ އަތުން އެތަކެތި ލިބިގަތުމަށް އެބޭކަލުން ވަޑައިގަތުމުން އޭނާ ބުންޏެވެ. ސުވަރުގޭގައި ރަނާއި ރިއްސާއި ފަށުވި ފޭރާމާ އަދި ހުރިހާ ވައްތަރެއްގެ މޭވާ ހުންނަކަމުގައި ކަލޭމެން ހީކުރަމުނޫންހެއްޔެވެ؟ އެބޭކަލުން ވިދާޅުވިއެވެ. އެއީ ތެދެކެވެ. ދެން އޭނާ ބުނެފިއެވެ. ކަލޭމެންގެ ތިޔަކަމުގެ ވަގުތުއޮތީ ތިޔަބުނާ آخرة ދުވަހުންނެވެ. އަދި ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެންނަށް މުދަލާއި ދަރިންދެއްވޭނެއެވެ. އަދި ކަލޭމެންނަށް ތިޔަވާ ފޮތްކަހަލަ ފޮތެއްވެސް ދެއްވޭނެއެވެ. ދެންފަހެ އޭނާގެ މިސާލު އޭނާގެ ވާހަކަ قرآن ގައި بيان ކުރެއްވިއެވެ. އަދި އެހެނިހެން ރިވާޔަތްވެސް އެބަހުއްޓެވެ. = تفسير الطبري =
أَطَّلَعَ ٱلۡغَيۡبَ أَمِ ٱتَّخَذَ عِندَ ٱلرَّحۡمَٰنِ عَهۡدٗا
Open ayah 19:78އޭނާ ފަހެ އެހެން އެބުނީ އޭނާއަށް غيب އެނގިގެންހެއްޔެވެ؟ ނުވަތަ رحمن ވަންތަ ﷲ ގެ حضرة ން އޭނާ عهد އެއް ހިފީހެއްޔެވެ؟ (އެބަހީ: އޭނާ ﷲ އަށް އީމާންވެ صالح عمل ކުރީހެއްޔެވެ. އެހެންވެސް ނޫނެވެ. ހަމަ ބުނާ ހުސް ބުނުމެކެވެ.)
كَلَّاۚ سَنَكۡتُبُ مَا يَقُولُ وَنَمُدُّ لَهُۥ مِنَ ٱلۡعَذَابِ مَدّٗا
Open ayah 19:79އެއްގޮތަކަށްވެސް އޭނާ އެބުނާގޮތެއް ނުވާނެއެވެ. އޭނާ އެބުނާ އެއްޗެއް ނިކަންހުރެ ތިމަންރަސްކަލާނގެ ލިއުއްވާހުށީމެވެ. އެއީ އޭނާގެ މުދަލާއި ދަރިންނެވެ. އަދި عذاب ގެތެރޭގައި ތިމަންރަސްކަލާނގެ އޭނާ ދަމަހައްޓަވާހުށީމެވެ.
وَنَرِثُهُۥ مَا يَقُولُ وَيَأۡتِينَا فَرۡدٗا
Open ayah 19:80އަދި އޭނާ އެބުނާތަކެތި އެބަހީ: ދަރިންނާއި މުދާ ތިމަންރަސްކަލާނގެ ވާރުތަކުރާހުށީމެވެ. އަދި قيامة ދުވަހުން އޭނާ ތިމަންރަސްކަލާނގެ حضرة އަށް އަންނާނީ ހަމައެކަންޏެވެ.
وَٱتَّخَذُواْ مِن دُونِ ٱللَّهِ ءَالِهَةٗ لِّيَكُونُواْ لَهُمۡ عِزّٗا
Open ayah 19:81އަދި އެމީހުން އެބަހީ: އެ مشرك ން ﷲ ފިޔައި إله ންތަކެއް ހިފައި إختيار ކުރީއެވެ. އެއީ އެމީހުންނަށް އެތަކެތީގެފަރާތުން عزّة އާއި ބާރުލިބޭނެކަމަށެވެ. ނުވަތަ عذاب ން ސަލާމަތްކުރާނެ ކަމަށެވެ. شفاعة ތެރިވާނޭކަމަށެވެ.
كَلَّاۚ سَيَكۡفُرُونَ بِعِبَادَتِهِمۡ وَيَكُونُونَ عَلَيۡهِمۡ ضِدًّا
Open ayah 19:82އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެމީހުން އެތަކެއްޗަށް އެކުރާ އަޅުކަމާމެދު (قيامة ދުވަހުން) އެތަކެތި އެމީހުންނާ އިދިކޮޅުހަދާނެއެވެ. އަދި އެތަކެތި ވާނީ ދިމާ އެމީހުންގެ އިދިކޮޅަށެވެ.
أَلَمۡ تَرَ أَنَّآ أَرۡسَلۡنَا ٱلشَّيَٰطِينَ عَلَى ٱلۡكَٰفِرِينَ تَؤُزُّهُمۡ أَزّٗا
Open ayah 19:83(އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކާފަރުންގެމައްޗަށް ޝައިތާނުން ފޮނުއްވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވައިތޯއެވެ؟ އެސޮރުމެން އެކާފަރުންގެ މީހުން މަގުފުރެއްދުމާއި އޮޅުވައިލުމުގައި ގަދަޔަށް حركاة ތެރިވެ މަސައްކަތްކުރެއެވެ. އުރެދުމުގެތެރެއަށް ވައްޓާލައެވެ.
فَلَا تَعۡجَلۡ عَلَيۡهِمۡۖ إِنَّمَا نَعُدُّ لَهُمۡ عَدّٗا
Open ayah 19:84ފަހެ ކަލޭގެފާނު އެމީހުންނަށް عذاب އައުމަށް އަވަސްވެވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ عمل ތަކާއި އަދި އެމީހުންގެ ނޭވާތައް عدد ކުރައްވައި ބައްލަވަމެވެ. ހިސާބުކުރައްވަމެވެ.
يَوۡمَ نَحۡشُرُ ٱلۡمُتَّقِينَ إِلَى ٱلرَّحۡمَٰنِ وَفۡدٗا
Open ayah 19:85تقوى ވެރި މާތްމީހުން ތިމަންރަސްކަލާނގެ محشر ކުރައްވައި އެއްކުރައްވާދުވަސް (ހަނދުމަފުޅުކުރައްވާށެވެ.) އެދުވަހުން އެމީހުން جماعة جماعة އަށް ބައިބަޔަށް رحمن ވަންތަ حضرة އަށް އަންނާނެއެވެ.
وَنَسُوقُ ٱلۡمُجۡرِمِينَ إِلَىٰ جَهَنَّمَ وِرۡدٗا
Open ayah 19:86އަދި ނުބައިމީހުން - مجرم ން - ފެންބޮވައި ކަރުހިތްކައިގެންވާ حال ތިމަންރަސްކަލާނގެ އެމީހުން ނަރަކައަށް ދަމާގެންދާހުށީމެވެ.
لَّا يَمۡلِكُونَ ٱلشَّفَٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحۡمَٰنِ عَهۡدٗا
Open ayah 19:87(مؤمن ން އެއްބަޔަކު އަނެއްބަޔަކަށް شفاعة ތެރިވަމުންދާއިރު) މިކާފަރުންނަށް އެއްވެސް شفاعة އެއް މިލްކުވެގެން ނުވާނެއެވެ. ހަމައެކަނި رحمن ވަންތަ ރަސްކަލާނގެ حضرة ން عهد އެއް ހިފައިފައިވާ މީހަކުމެނުވީއެވެ. (އެބަހީ: އެކަލާނގެ حضرة އަށް إيمان ވެ صالح عمل ކޮށް رسول އަށް إيمان ވެ ނަހީކުރެއްވި ކަންތަކުން ދުރުވެގަތްމީހަކުމެނުވީއެވެ. އެފަދަމީހުންނަށް شفاعة ވެއެވެ.
وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗا
Open ayah 19:88އަދި އެމީހުން ބުންޏެވެ. رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕަވައިފިއެވެ. ދަރިކަލަކު إختيار ކުރައްވައިފިއެވެ.
لَّقَدۡ جِئۡتُمۡ شَيۡـًٔا إِدّٗا
Open ayah 19:89(އޭ މިތިބަ ކާފަރުންނޭވެ!) ކަލޭމެން އެހެން ބުނެފިއްޔާ އެބުނީ ހަމަ ވަރަށްބޮޑުވެގެންވާ ބަހެކެވެ.
تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِنۡهُ وَتَنشَقُّ ٱلۡأَرۡضُ وَتَخِرُّ ٱلۡجِبَالُ هَدًّا
Open ayah 19:90އޭގެސަބަބުން އުޑުތައް ފަޅަފަޅައިގެންދިއުން ގާތްވެގެންވެއެވެ. އަދި ބިންގަނޑު ކަނޑަކަނޑައިގެންގޮސް އަދި ފަރުބަދަތައް ހަލާކުވެ ކުދިކުދިވެ ތިރިވުން ގާތްވެގެންވާ ވަރުގެ ވާހަކައެކެވެ.
أَن دَعَوۡاْ لِلرَّحۡمَٰنِ وَلَدٗا
Open ayah 19:91رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމުގައި ބުނުމަކީ އެފަދަ ބޮޑުކުށެކެވެ.
وَمَا يَنۢبَغِي لِلرَّحۡمَٰنِ أَن يَتَّخِذَ وَلَدًا
Open ayah 19:92رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕެވުމަކީ، ދަރިކަލަކު إختيار ކުރެއްވުމަކީ އެއްގޮތަކަށްވެސް އެކަލާނގެއަށް އެކަށީގެންވާ ކަމެއްނޫނެވެ. ބޭނުންވެވޮޑިގެންވާކަމެއްނޫނެވެ. އެކަލާނގެ އަމިއްލަޒާތުފުޅާއިގެން ފުދިވޮޑިގެންވެއެވެ.
إِن كُلُّ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ إِلَّآ ءَاتِي ٱلرَّحۡمَٰنِ عَبۡدٗا
Open ayah 19:93رحمن ވަންތަ ﷲ އަށް އަޅެއްގެގޮތުގައި އަންނާނެ مخلوق އެއްމެނުވީ އުޑުތަކާއި ބިމުގައި ނުވެއެވެ. (އެބަހީ: ކޮންމެ مخلوق އެއްވެސް قيامة ދުވަހުން ﷲ ގެ އަޅެއްގެގޮތުގައި އެކަލާނގެ حضرة އަށް އަންނާނެއެވެ.)
لَّقَدۡ أَحۡصَىٰهُمۡ وَعَدَّهُمۡ عَدّٗا
Open ayah 19:94ހަމަކަށަވަރުން މާތްރަސްކަލާނގެ އެމީހުންގެ عدد ތައް ބައްލަވާ ހިމަނުއްވައެވެ. (އެއްވެސް مخلوق އެއް ގެއްލި އުނިވެ ވީނުވީ ނޭނގި ނުދާނެއެވެ.)
وَكُلُّهُمۡ ءَاتِيهِ يَوۡمَ ٱلۡقِيَٰمَةِ فَرۡدًا
Open ayah 19:95އަދި އެހުރިހާ މީހުން قيامة ދުވަހުން އެކަނި އެކަނިން އެކަލާނގެ حضرة އަށް އަންނަހުއްޓެވެ.
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ سَيَجۡعَلُ لَهُمُ ٱلرَّحۡمَٰنُ وُدّٗا
Open ayah 19:96ހަމަކަށަވަރުން އީމާންވެގެން صالح عمل ކުރި މީސްތަކުން (ދަންނައެވެ.) رَحمن ވަންތަ ކަލާނގެ ނިކަންހުރެ އެމީހުންނަށް ލޯބިވެތިކަން މީސްތަކުންގެ ހިތްތަކުގައި ލައްވާހުއްޓެވެ.
فَإِنَّمَا يَسَّرۡنَٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلۡمُتَّقِينَ وَتُنذِرَ بِهِۦ قَوۡمٗا لُّدّٗا
Open ayah 19:97(އޭ رسول ﷲ އެވެ.) ދެންފަހެ ކަލޭގެފާނުންގެ ދޫފުޅަށް ތިމަންރަސްކަލާނގެ މި قرآن ފަސޭހަކޮށްދެއްވީމެވެ. އެއީ تقوى ވެރިންނަށް އެ قرآن ން ކަލޭގެފާނުން އުފާވެރިކަމުގެ خبر ދެއްވުމަށެވެ. އަދި ދެކޮޅުވެރިކަން ގަދަވެގެންވާ ބަޔަކަށް (مكّة ގެ قريش ންނަށް) އެ قرآن ން ކަލޭގެފާނު إنذار ކުރެއްވުމަށެވެ. ބިރުވެރިކަމުގެ خبر ދެއްވުމަށެވެ.
وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هَلۡ تُحِسُّ مِنۡهُم مِّنۡ أَحَدٍ أَوۡ تَسۡمَعُ لَهُمۡ رِكۡزَۢا
Open ayah 19:98އަދި އެ قريش ންގެކުރިން ކިތައްކިތައް أمّة ތިމަންރަސްކަލާނގެ ހަލާކުކުރެއްވިން ހެއްޔެވެ؟ އެބަހީ: ވަރަށްގިނަމީހުން (އެމީހުން ނުކިޔަމަންތެރިވުމުން) ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. ފަހެ އެމީހުންކުރެ އެކެއްގެ إحساس އެއްވެސް ހިލަމެއްވެސް ކަލޭގެފާނަށްވޭތޯއެވެ؟ ނުވަތަ އެއިން މީހެއްގެ އަޑެއްވިޔަސް ހިރުމެއްވިޔަސް ކަލޭގެފާނަށް އިވިވަޑައިގަންނަވައިތޯއެވެ؟ (މިއިން އެއްވެސްކަމެއް ނެތެވެ.)