الإسراء
Al-Israa
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
سُبۡحَٰنَ ٱلَّذِيٓ أَسۡرَىٰ بِعَبۡدِهِۦ لَيۡلٗا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِي بَٰرَكۡنَا حَوۡلَهُۥ لِنُرِيَهُۥ مِنۡ ءَايَٰتِنَآۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ
Open ayah 17:1ރޭގަނޑެއްގެ ވަގުތުކޮޅެއްގައި އެކަލާނގެ އަޅާ محمّد ﷺ، مكّة ގައި ހުންނަ مَسْجِدُ اْلحَرَام ން بَيْتُ اْلمَقْدِس ގައި ހުންނަ مَسْجِدُ اْلأَقْصَى އަށް ގެންދެވި ކަލާނގެ ހުސް طاهر ވަންތަކަމާއެވެ! އެ مَسْجِدُ اْلأَقْصَى އަކީ އެތާނގެ ވަށައިގެން ތިމަންރަސްކަލާނގެ بركاة ލައްވާފައިވާ ތަނެކެވެ. (އެއީ މޭވާއާއި ފެނުގެ މުއްސަނދިކަމާއި އަދި نبي ބޭކަލުންނާއި صالح ބޭބޭކަލުން އުޅުއްވި ތަންތަން އެތާވާތަނެކެވެ. ދުނިޔެއާއި آخرة ގެ ހެޔޮއެކުލެވިގެންވާ ތަނެކެވެ.) ދެންފަހެ ތިމަންރަސްކަލާނގެ އަޅާ އެގެންދެވީ ތިމަންރަސްކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ ބައެއް دليل އާއި عجائبات އެކަލޭގެފާނަށް ދެއްކެވުމަށެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
وَءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَجَعَلۡنَٰهُ هُدٗى لِّبَنِيٓ إِسۡرَٰٓءِيلَ أَلَّا تَتَّخِذُواْ مِن دُونِي وَكِيلٗا
Open ayah 17:2އަދި ތިމަންރަސްކަލާނގެ موسى عليه السّلام އަށް توراة ދެއްވީމެވެ. އަދި އެފޮތް އެއީ بني إسرائيل ންނަށްވާ ތެދުމަގެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. (އަދި އެމީހުންނަށް އެންގެވީމެވެ.) ތިމަންރަސްކަލާނގެ ފިޔަވައި ކަލޭމެން شريك އަކު އެބަހީ- ކަންކަމުގައި ބަރޯސާކޮށް حوال ކުރާނެ އެހެންފަރާތެއް إختيار ނުކުރާށެވެ!
ذُرِّيَّةَ مَنۡ حَمَلۡنَا مَعَ نُوحٍۚ إِنَّهُۥ كَانَ عَبۡدٗا شَكُورٗا
Open ayah 17:3އޭ نوح عليه السّلام އާއިއެކު ނައުކޮޅުގައި ތިމަންރަސްކަލާނގެ އުފުއްލެވިމީހުންގެ ދަރިންނޭވެ! (އެބަހީ: އެންމެހައި މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް شكر ކުރާށެވެ!) ހަމަކަށަވަރުން އެކަލޭގެފާނުވެވަޑައިގަންނަވަނީ - އެބަހީ: نوح عليه السّلام ވެވަޑައިގެންނެވީ ގިނަގިނައިން ﷲ އަށް شكر ކުރައްވާ އަޅަކުކަމުގައެވެ.
وَقَضَيۡنَآ إِلَىٰ بَنِيٓ إِسۡرَٰٓءِيلَ فِي ٱلۡكِتَٰبِ لَتُفۡسِدُنَّ فِي ٱلۡأَرۡضِ مَرَّتَيۡنِ وَلَتَعۡلُنَّ عُلُوّٗا كَبِيرٗا
Open ayah 17:4އަދި موسى عليه السّلام އަށް ބާވައިލެއްވި ފޮތުގައި އެބަހީ: توراة ގައި بني إسرائيل ންގެ މީހުން ބިމުގައި يعني: بيت المقدس ގައި ދެފަހަރެއްގެމަތީ ﷲ އަށް އުރެދި فساد ވެރިކަން އުފައްދާނެކަމަށް ނިޔާކުރައްވައި ނިންމަވާފައިވާނެއެވެ. އަދި ވަރަށްބޮޑަށް (މީސްތަކުންގެމައްޗަށް) ބޮޑާވެ كِبْرُ ވެރިވާނެކަމަށް ނިންމެވީމެވެ. (އެމީހުން أشعياء قتل ކޮށް أرْمِيَاء ހައްޔަރުކޮށް ހެދިކަމުގައިވިއެވެ.)
فَإِذَا جَآءَ وَعۡدُ أُولَىٰهُمَا بَعَثۡنَا عَلَيۡكُمۡ عِبَادٗا لَّنَآ أُوْلِي بَأۡسٖ شَدِيدٖ فَجَاسُواْ خِلَٰلَ ٱلدِّيَارِۚ وَكَانَ وَعۡدٗا مَّفۡعُولٗا
Open ayah 17:5ދެންފަހެ އެދެފަހަރުންކުރެ ފުރަތަމަފަހަރު އައިހިނދު (އެބަހީ: ފުރަތަމަފަހަރު އެމީހުން އުރެދި ބިމުގައި ފަސާދަކުރިހިނދުން) އެމީހުންގެމައްޗަށް (އެމީހުން ހަލާކުކުރުމަށް) ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން ވަރަށްގަދަފަދަ ބާރުހުރި އަޅަކު ފޮނުއްވީމެވެ. އެމީހުންގެމައްޗަށް ފާކުރެއްވީމެވެ. (އެމީހަކީ بَابِل ކަރައިގެ بُخْتُنَصْرُ އާއި އޭނާގެ لشكر ކަމުގައި ބުނެވުނެވެ. މިއީ ވަރަށް إختلاف ހުރި ވާހަކަތަކެކެވެ. والله أعلم بالصّواب.) ދެންފަހެ އެމީހުން އަރައިގަނެ ގޯތިގެދޮރުގެތެރެއަށް ވަދެ މީހުންތައް މަރާ ތަންތަން ހަލާކުކުރިކަމުގައިވިއެވެ. އަދި އެކަމަކީ ހަމަ ކޮންމެހެން ހިނގާނެކަމެއްކަމުގައި وعد ވެވިގެންވީ ކަމެކެވެ.
ثُمَّ رَدَدۡنَا لَكُمُ ٱلۡكَرَّةَ عَلَيۡهِمۡ وَأَمۡدَدۡنَٰكُم بِأَمۡوَٰلٖ وَبَنِينَ وَجَعَلۡنَٰكُمۡ أَكۡثَرَ نَفِيرًا
Open ayah 17:6ދެން އަލުންވެސް (އޭ بني إسرائيل ންނޭވެ!) އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ ކަލޭމެން ގަދަކުރައްވައި ވެރިކަމާއި ބާރު ކަލޭމެނަށް ރައްދުކުރެއްވީމެވެ. އަދި މުދަލާއި ދަރީންނުން ތިމަންރަސްކަލާނގެ ކަލޭމެންނަށް مدد ކޮށްދެއްވައި ގަދަކުރެއްވީމެވެ. އަދި ހަނގުރާމައިގެ عدد ގިނަބަޔަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭމެން ލެއްވީމެވެ.
إِنۡ أَحۡسَنتُمۡ أَحۡسَنتُمۡ لِأَنفُسِكُمۡۖ وَإِنۡ أَسَأۡتُمۡ فَلَهَاۚ فَإِذَا جَآءَ وَعۡدُ ٱلۡأٓخِرَةِ لِيَسُـُٔواْ وُجُوهَكُمۡ وَلِيَدۡخُلُواْ ٱلۡمَسۡجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٖ وَلِيُتَبِّرُواْ مَا عَلَوۡاْ تَتۡبِيرًا
Open ayah 17:7ކަލޭމެން (ބަހާއި عمل ގެގޮތުން) ރަނގަޅުކޮށް ހެޔޮކޮށް ކަންތައްތައްކުރަންޏާ އެކަމުގެ ހެޔޮކަމާއި ރަނގަޅުކަން އަދި އޭގެ ދަރުމަޔާއި ثواب ހުންނަހުށީ ހަމަ ކަލޭމެންގެ نفس ތަކަށެވެ. އަދި ކަލޭމެން ނުބައިނުލަފާކޮށް ކަންތައްތައްކުރިއްޔާ އެކަމުގެ ނުބައިކަމާއި ދެރަކަން އޮންނާނީ ހަމަ ކަލޭމެންގެ نفس ތަކަށެވެ. ދެންފަހެ ދެވަނަފަހަރު (بني إسرائيل ންގެމީހުން ބިންމަތި ފަސާދަކޮށް ﷲ ގެ أمر ފުޅުތަކަށް އުރެދުމުގެ وقت އައިހިނދުން އެކަން އައީ (އޭ بني إسرائيل ންނޭވެ!) ކަލޭމެންގެ ބޮޑެތިބޮޑެތި މީހުން ދެރަކޮށް މޫނުތައް ނުބައިކުރުމަށެވެ. އެމީހުންގެ ބޮޑާކަމަށްފަހު ދެރަކޮށް ނިކަމެތި ކުރުމަށެވެ. އަދި އެ عدواة ތެރިން އަރައިގެންއައިސް بَيْتُ المقدس ގައިވާ مَسْجِدُ اْلأَقْصَى ކުރީފަހަރުވެސް އެއައި عدوّ ން ހަލާކުކުރިފަދައިން ހަލާކުކޮށް އެމީހުން އެއެރި ހުރިހާތަނެއް މުޅިން ބަރުބާދުކޮށް ސުންނާފަތިކުރުމަށެވެ. • ދަންނައެވެ. بني إسرائيل ން ދެވަނަފަހަރު ކުރި އެންމެބޮޑު فَسَاد އަކީ يَحْى عليه السّلام قتل ކޮށް توراة ގެ حكم ތަކަށް އުރެދުންކަމުގައިވެއެވެ. އެފަހަރު އެމީހުންގެމައްޗަށް ﷲ ފާކުރެއްވީ مَلِكُ الرُّوم ކަމުގައި ބުނެވުނެވެ. -والله أعلم ކޮންމެއަކަސް މިވާހަކަތަކަކީ ވަރަށް إختلاف ވެވިފައިވާ ވާހަކަތަކެކެވެ.
عَسَىٰ رَبُّكُمۡ أَن يَرۡحَمَكُمۡۚ وَإِنۡ عُدتُّمۡ عُدۡنَاۚ وَجَعَلۡنَا جَهَنَّمَ لِلۡكَٰفِرِينَ حَصِيرًا
Open ayah 17:8(އޭ بني إسرائيل ންނޭވެ!) ކަލޭމެންގެ ربّ ކަލޭމެންނަށް رحمة ލެއްވުން أمّيد ކުރެވެއެވެ. (ކަލޭމެން توبة ވެ ﷲ ގެ މަގަށް رجوع ވުމުން އެކަލާނގެ ކަލޭމެނަށް رحمة ލައްވާނެތެވެ.) އަދި ކަލޭމެން ކަލޭމެންގެ އުރެދުމާއި مَعْصِيَة ގެތެރެއަށް އަލުންވެސް رجوع ވެ އެފަދަ ކަންތައްތައްކުރަންޏާ ތިމަންރަސްކަލާނގެވެސް ކަލޭމެން ނިކަމެތިކުރެއްވުމާއި، قتل ކުރެއްވުމާއި، އަޅުވެތިވުމުގެމައްޗަށް رجوع ވާހުށީމެވެ. (ޖަޒާ، عمل އާއި އެއްގޮތަށެވެ.) އަދި ނަރަކަ އެއީ ކާފަރުވެއްޖެބަޔަކަށްވާ ޖަލެއްކަމުގައި ނުވަތަ އެމީހުން އޮށޯންނަ ކުނަލެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.
إِنَّ هَٰذَا ٱلۡقُرۡءَانَ يَهۡدِي لِلَّتِي هِيَ أَقۡوَمُ وَيُبَشِّرُ ٱلۡمُؤۡمِنِينَ ٱلَّذِينَ يَعۡمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمۡ أَجۡرٗا كَبِيرٗا
Open ayah 17:9ހަމަކަށަވަރުން މި ކީރިތި قرآن މަގުދައްކަނީ ހަމަ އެންމެ ސީދާ ތެދުމަގަށެވެ. އަދި إيمان ވެގެން صالح عمل ކުރާ މީސްތަކުންނަށް ހަމަކަށަވަރުންވެސް ބޮޑުވެގެންވާ ދަރުމަޔާއި ثواب އެއް ހުރިކަމުގެ އުފާވެރިކަމުގެ خبر މި قرآن ދެއްވައެވެ.
وَأَنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ أَعۡتَدۡنَا لَهُمۡ عَذَابًا أَلِيمٗا
Open ayah 17:10އަދި ހަމަކަށަވަރުން آخرة ދުވަހަށް إيمان ނުވާ މީސްތަކުން (ދަންނައެވެ!) ވޭންދެނިވި عذاب އެއް ތިމަންރަސްކަލާނގެ އެމީހުނަށް ތައްޔާރުކުރީމެވެ.
وَيَدۡعُ ٱلۡإِنسَٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلۡخَيۡرِۖ وَكَانَ ٱلۡإِنسَٰنُ عَجُولٗا
Open ayah 17:11އަދި އޭނާއަށް رحمة ލައްވާ ހެޔޮކަންތަކަށް دعاء ކުރާފަދައިން އޭނާގެ މައްޗަށް ނުބައި ކަންތައް ދިމާކުރެއްވުމަށްވެސް އޭނާ دعاء ކުރެއެވެ. (އެއީ ހިތްދަތިވެ ދެރަވާ ކަންތައް ދިމާވީމާ ތިމާގެ نفس އަށް ހަލާކާއި مصيبة އައުމަށް دعاء ކުރުމެވެ.) އަދި އިންސާނާ ވަނީ އަވަސްމީހަކު ކަމުގައެވެ. (ކެތްތެރިކަންކުޑަ މީހަކުކަމުގައެވެ.)
وَجَعَلۡنَا ٱلَّيۡلَ وَٱلنَّهَارَ ءَايَتَيۡنِۖ فَمَحَوۡنَآ ءَايَةَ ٱلَّيۡلِ وَجَعَلۡنَآ ءَايَةَ ٱلنَّهَارِ مُبۡصِرَةٗ لِّتَبۡتَغُواْ فَضۡلٗا مِّن رَّبِّكُمۡ وَلِتَعۡلَمُواْ عَدَدَ ٱلسِّنِينَ وَٱلۡحِسَابَۚ وَكُلَّ شَيۡءٖ فَصَّلۡنَٰهُ تَفۡصِيلٗا
Open ayah 17:12އަދި ރޭގަނޑާއި ދުވާލު އެއީ (ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެ) ދެ علامة ކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ރޭގަނޑުކަމުގައިވާ علامة ތިމަންރަސްކަލާނގެ އަނދިރިކުރެއްވީމެވެ. އަދި ދުވާލުކަމުގައިވާ علامة ތިމަންރަސްކަލާނގެ ލެއްވީ ތަކެތި ފެންނަގޮތަށް އަލިކޮންނެވެ. (އަދި ރޭގަނޑުގެ علامة އެއީ ހަނދުކަމާއި ދުވާލުގެ علامة އެއީ އިރުކަމުގައި ވިދާޅުވާ ބޭކަލުންވެސްވެއެވެ. والله أعلم.) ދެންފަހެ އެކަންތައްތައް އެފަދައިންލެއްވީ ކަލޭމެން ކަލޭމެންގެ ربّ ގެ فضل ވަންތަކަން އެދިގަނެ އެކަންކަން ލިބިގަތުމަށާއި އަދި އަހަރުތަކުގެ عدد ދެނެގަތުމަށާއި މައްސަރުތަކާއި ދުވަސްތަކުގެ ހިސާބު ދެނެގަތުމަށެވެ. އަދި ކޮންމެއެއްޗެއްވެސް އެ އެއްޗެއް تفصيل ކޮށް ތިމަންރަސްކަލާނގެ بيان ކޮށްދެއްވީމެވެ.
وَكُلَّ إِنسَٰنٍ أَلۡزَمۡنَٰهُ طَٰٓئِرَهُۥ فِي عُنُقِهِۦۖ وَنُخۡرِجُ لَهُۥ يَوۡمَ ٱلۡقِيَٰمَةِ كِتَٰبٗا يَلۡقَىٰهُ مَنشُورًا
Open ayah 17:13އަދި ކޮންމެ އިންސާނަކަށްވެސް އޭނާކުރާނެ عمل އެއް އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. (އެއީ އޭނާ ދުނިޔެއަށް ފޮނުއްވިއިރުގައެވެ.) އަދި ފަތުރައިލެވިފައިވާ ފަތެއް قيامة ދުވަހުން ތިމަންރަސްކަލާނގެ އޭނާއަށް ނެރެދެއްވާހުށީމެވެ. (އެއީ އޭނާކުރި عمل ގެފަތެވެ.)
ٱقۡرَأۡ كِتَٰبَكَ كَفَىٰ بِنَفۡسِكَ ٱلۡيَوۡمَ عَلَيۡكَ حَسِيبٗا
Open ayah 17:14(قيامة ދުވަހުން އޭނާއަށް އެންގޭނެއެވެ.) ކަލޭ ކަލޭގެ ފަތްކިޔާށެވެ. މިއަދު ކަލޭގެ نفس ގެ މައްޗަށް ހިސާބުކުރާމީހަކުކަމުގައި އެފަތް ފުދޭނެއެވެ.
مَّنِ ٱهۡتَدَىٰ فَإِنَّمَا يَهۡتَدِي لِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۚ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبۡعَثَ رَسُولٗا
Open ayah 17:15ފަހެ ތެދުމަގު ލިބިގެންފިމީހާ (ދަންނައެވެ!) އެކަމުގެ ދަރުމަޔާއި ސަވާބުހުރިކަން ކަށަވަރީ ހަމަ އޭނާގެ އަމިއްލަ نفس އަށެވެ. އަދި މަގުފުރެދިއްޖެމީހާވެސް (ދަންނައެވެ!) ހަމަކަށަވަރުން އެކަމުގެ ގެއްލުމާއި ހަލާކު ހުންނަހުރީ ހަމައެމީހެއްގެ نفس އަށެވެ. އަދި ފާފައިގެ ބުރަ އުފުލާމީހަކު އެހެންމީހެއްގެ ފާފައިގެ ބުރަ ނުއުފުލާނެއެވެ. އަދި ތިމަންރަސްކަލާނގެ رسول އަކު ފޮނުއްވައިފުމަށްދާންދެން ދެން އޭގެފަހުގައި މެނުވީ (މީސްތަކުންނަށް) عذاب ދެއްވާކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންނުވެއެވެ. (އެބަހީ: މީސްތަކުންގެ ގާތަށް رسول ބޭކަލަކު ފޮނުއްވައި އެމީހުން އެބޭކަލަކަށް ނުކިޔަމަންތެރިވުމަށްފަހު މެނުވީ ތިމަންރަސްކަލާނގެ މީސްތަކުންނަށް عذاب ނުދެއްވާހުށީމެވެ.)
وَإِذَآ أَرَدۡنَآ أَن نُّهۡلِكَ قَرۡيَةً أَمَرۡنَا مُتۡرَفِيهَا فَفَسَقُواْ فِيهَا فَحَقَّ عَلَيۡهَا ٱلۡقَوۡلُ فَدَمَّرۡنَٰهَا تَدۡمِيرٗا
Open ayah 17:16އަދި ރަށެއް ހަލާކުކުރެއްވުމަށް ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިއްޔާ އެރަށެއްގައި ތިބި مُتْرَفُ ންނަށް (ﷲ އަށް ކިޔަމަންތެރިވުމަށް) أمر ކުރައްވައެވެ. (مُتْرَفُ ންނަކީ ނުބައި ނުލަފާ جبّار ންނާއި ކަންކަމަށް ވެރިވެފައިވާ ބޮޑެތިމީހުންނާއި އަނިޔާވެރި ރަސްކަލުންނާއި ނުބައި ނުލަފާ މުއްސަނދިންނެވެ. އެމީހުންނަކީ ދުނިޔޭގެ حياة ގައި ގިނަ نعمة ލިބި އެކަމުގައި ތަނަވަސްވެ ބޮޑާވެ އަޗާތަޅާމީހުންނެވެ. جملة ކޮށް ބުނާނަމަ ތަނުގައި ބަސްކިޔާމީހުންކުރެ ތަނަވަސްކަމުގައި އުޅޭ ނުބައިމީހުންނެވެ. والله أعلم.) ދެންފަހެ މިބައިމީހުން އެރަށުގައި ނުބައިކަންތައްތައްކޮށް ރަށް ފާސިދުކޮށްފާނެއެވެ. ދެން އެހައިރުން އެބައިމީހުންގެމައްޗަށް ކޯފާގެ ބަސްފުޅު حقّ ވެދެއެވެ. ދެން އެކީއެކައްޗަކަށް ތިމަންރަސްކަލާނގެ އެރަށެއް ހަލާކުކުރައްވައި ބަރުބާދުކުރައްވަމެވެ.
وَكَمۡ أَهۡلَكۡنَا مِنَ ٱلۡقُرُونِ مِنۢ بَعۡدِ نُوحٖۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِۦ خَبِيرَۢا بَصِيرٗا
Open ayah 17:17އަދި نوح عليه السّلام އަށްފަހު ވަރަށްގިނަ أمّة ތައް ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. (އެއީ އެމީހުން ފާފަވެރިވެ ނުކިޔަމަންތެރިވުމުންނެވެ.) އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ އެކަލާނގެ އަޅުތަކުންގެ ފާފަތައް ދެނެވޮޑިގެންވާ އަދި އެކަމުގެ خبر ކުރައްވާނޭކަލަކުކަމުގައި ފުދިވޮޑިގެންވެއެވެ. އެއްވެސް ކަމެއް އެކަލާނގެއަށް ސިއްރުވެގެން ނުވެއެވެ.
مَّن كَانَ يُرِيدُ ٱلۡعَاجِلَةَ عَجَّلۡنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلۡنَا لَهُۥ جَهَنَّمَ يَصۡلَىٰهَا مَذۡمُومٗا مَّدۡحُورٗا
Open ayah 17:18މިއަވަސްވެގެންވާ ދުނިޔޭގެ حياة ގެ ލާބަޔާއި منفع އަށް އެދޭމީހަކަށްވިއްޔާ ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިވަރަކަށް އެދިވޮޑިގެންނެވި އަޅަކަށް މިދުނިޔެއިން ދެއްވާހުށީމެވެ. ދެން އޭނާއަށް قيامة ދުވަހުން ތިމަންރަސްކަލާނގެ ލައްވާހުށީ ނަރަކައެވެ. ނިކަމެތިވެ މަލާމާތްލިބި ﷲ ގެ رحمة ން ދުރުވެގެންވާ حال އޭނާ އެނަރަކައަށް ވަންނަހުއްޓެވެ.
وَمَنۡ أَرَادَ ٱلۡأٓخِرَةَ وَسَعَىٰ لَهَا سَعۡيَهَا وَهُوَ مُؤۡمِنٞ فَأُوْلَٰٓئِكَ كَانَ سَعۡيُهُم مَّشۡكُورٗا
Open ayah 17:19އެމީހަކު إيمان ވެގެންވާ حال އަދި آخرة ގެ ދަރުމަޔާ ثواب އެދިގެން އެ آخرة އަށްޓަކައި آخرة ގައި كامياب ވާފަދަ عمل ތައް ކޮށްފިމީހާ ދަންނައެވެ! ފަހެ އެފަދަމީހުންގެ عمل ތަކާއި މަސައްކަތްތައް އެއީ شكر ވެރިވެވޭނޭ عمل އެވެ. (ﷲ تعالى އެފަދަމީހުންނަށް ސުވަރުގޭގެ نعمة ތައް ދެއްވާނެތެވެ.)
كُلّٗا نُّمِدُّ هَٰٓؤُلَآءِ وَهَٰٓؤُلَآءِ مِنۡ عَطَآءِ رَبِّكَۚ وَمَا كَانَ عَطَآءُ رَبِّكَ مَحۡظُورًا
Open ayah 17:20އަދި އެމީހުންނަށާއި (އެބަހީ: ދުނިޔެ އެދިގެން މަސައްކަތްކުރިމީހުންނަށާއި) އަދި މިމީހުންނަށް (އެބަހީ: آخرة އެދިގެން آخرة އަށްޓަކައި މަސައްކަތްކުރިމީހުންނަށާއި ދެބައިމީހުންކުރެ ކޮންމެ ބަޔަކަށްވެސް ކަލޭގެފާނުންގެ ربّ ގެ ދެއްވުންތަކުން އެކަލާނގެ مدد ކޮށްދެއްވައެވެ. (ކޮންމެ ބަޔަކަށްވެސް އެބަޔަކު އެދޭގޮތަކަށް ކުރިޔަށް ދިއުމުގެ ތަނަވަސްކަންދެއްވައެވެ.) އަދި ކަލޭގެފާނުންގެ ربّ ގެ އެދެއްވާ ދެއްވުންތައް (ދުނިޔޭގައި) ވަކިމަދުނުކުރައްވައެވެ. (ކާފަރަކަށްވިޔަސް مشرك އަކަށްވިޔަސް ވަކިމަދުނުކުރައްވައެވެ. އިރާދަކުރެއްވި ވަރަކަށް ދެއްވައެވެ.)
ٱنظُرۡ كَيۡفَ فَضَّلۡنَا بَعۡضَهُمۡ عَلَىٰ بَعۡضٖۚ وَلَلۡأٓخِرَةُ أَكۡبَرُ دَرَجَٰتٖ وَأَكۡبَرُ تَفۡضِيلٗا
Open ayah 17:21(އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އޭގެ އެއްބައެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވާ މަތިވެރިކުރައްވާފައިވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ދެކެވަޑައިގެންބައްލަވާށެވެ! އަދި (آخرة އެދޭބަޔަކަށް) ހަމަކަށަވަރުންވެސް آخرة ގެ ދަރަޖަތައް އަދި އެތާނގެ ثواب އާއި ދަރުމަ މާބޮޑުވެގެންވެއެވެ. މާތްކުރެއްވުމާއި މަތިވެރިކުރެއްވުން މާބޮޑުވެގެންވެއެވެ.
لَّا تَجۡعَلۡ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَقۡعُدَ مَذۡمُومٗا مَّخۡذُولٗا
Open ayah 17:22ކަލޭ ﷲ އާއިއެކު އެހެން إله އަކު އެހެން شريك އަކުނުލާށެވެ! إختيار ނުކުރާށެވެ! ފަހެ އެހެން ހަދައިފިނަމަ އެބަހީ: އެހެން إله އެއް إختيار ކޮށްފިނަމަ މަލާމާތް ލިބެވިގެންވާ އަދި ދެރަކުރެވިގެންވާ މީހަކު ކަމުގައި ކަލޭވެދާނެއެވެ. (އެބަހީ: ملائكة ބޭކަލުންނާއި صالح އަޅުންގެ ފަރާތުން މަލާމާތްލިބެވިގެން ﷲ تعالى ގެފަރާތުން ނިކަމެތި ކުރެވި ދެރަކުރެވިގެންވާ މީހަކުކަމުގައި ވެދާނެއެވެ.)
۞وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنًاۚ إِمَّا يَبۡلُغَنَّ عِندَكَ ٱلۡكِبَرَ أَحَدُهُمَآ أَوۡ كِلَاهُمَا فَلَا تَقُل لَّهُمَآ أُفّٖ وَلَا تَنۡهَرۡهُمَا وَقُل لَّهُمَا قَوۡلٗا كَرِيمٗا
Open ayah 17:23(އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ أمر ކުރެއްވީ / ނުވަތަ ނިޔާކުރެއްވީ / ނުވަތަ حكم ކުރެއްވީ ހަމަސީދާ އެކަލާނގެ ނޫން ފަރާތަކަށް ކަލޭމެން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނަށް إحسان ތެރިވުމަށެވެ. ހެޔޮކޮށް ކަންތައްކުރުމަށެވެ. އެދެމީހުންކުރެ އެކަކު ނުވަތަ އެދެމީހުން ކަލޭގެގާތުގައި ވަނިކޮށް (ކަލޭގެ ބެލުމުގެދަށުގައި ވަނިކޮށް) މުސްކުޅިކަމާ ހަމައަށް ފޯރައްޖެއްޔާ (އެބަހީ: އެދެމީހުންކުރެ އެކަކު ނުވަތަ ދެމީހުން މުސްކުޅިވެ ގައިބާރުދެރަވެގެންވާ حال ކަލެއަށް ބަލަންދިމާވެއްޖެއްޔާވެސް އެއިން މީހަކު ކުރާ ކަމަކުން ނުވަތަ ބުނާބަހަކުން ކަލޭ ހިތްހަމަ ނުޖެހުނަސް އެއިން މީހަކަށް ކަލޭ ޗުއްޕުވެސް ނުބުނާށެވެ! އަދި އެދެމީހުންނަށް ނުރުހިގެން އެމީހުންގެ ކުރިމަތީ އަޑުގަދަކޮށް އެމީހުން ސިއްސުވާ ބިރުގަންނަވައި ނުހަދާށެވެ! އަދި އެދެމީހުންނަށް އޯގާތެރި ރަނގަޅުބަސްބުނާށެވެ!
وَٱخۡفِضۡ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحۡمَةِ وَقُل رَّبِّ ٱرۡحَمۡهُمَا كَمَا رَبَّيَانِي صَغِيرٗا
Open ayah 17:24އަދި އޯގާވެރިކަމާއި رحمة ގެގޮތުން ކަލޭ އެދެމީހުންނަށްޓަކައި ނިކަމެތިކަމުގެ ފިޔަ ތިރިކޮށްލާށެވެ! (އެބަހީ: އެދެމީހުންނަށް ބަރާބަރަށް ކިޔަމަންތެރިކަން އަދާކުރާށެވެ.) އަދި ކަލޭ ދަންނަވާށެވެ! އޭ އަޅުގެ ربّ އެވެ! އެދެމީހުން މިއަޅާ ކުޑަކޮށް ހުރިދުވަސްވަރު ބަލާ تربية ކޮށްދެއްވިކަމަށްޓަކައި އެދެމީހުންނަށް رحمة ލައްވާނދޭވެ!
رَّبُّكُمۡ أَعۡلَمُ بِمَا فِي نُفُوسِكُمۡۚ إِن تَكُونُواْ صَٰلِحِينَ فَإِنَّهُۥ كَانَ لِلۡأَوَّٰبِينَ غَفُورٗا
Open ayah 17:25(އޭ މީސްތަކުންނޭވެ!) ކަލޭމެންގެ نفس ތަކުގައިވާކަންތައް ކަލޭމެންގެ ربّ ދެނެވޮޑިގެންވެއެވެ. (އެބަހީ: މައިންބަފައިންނަށް ހެޔޮކޮށްހިތުމާއި ނުބައިކޮށް ހިތުމުގެގޮތުން ކަލޭމެންގެ ހިތުގައިވާހާ އެއްޗެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.) ކަލޭމެންގެ ނިޔަތްތައް ތެދުކޮށް صالح ކޮށްވަންޏާ (އެފަދަ حال ގައި ވެވޭ ކުށަށް عفو ކުރެއްވުން أمّيد ކުރެވެއެވެ.) އެހެނީ ހަމަކަށަވަރުން ތިމާގެ ފާފައިން توبة ވެ ﷲ ގެ حضرة އަށް رجوع ވާމީހުންނަށް ގިނަގިނައިން ފުއްސަވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.
وَءَاتِ ذَا ٱلۡقُرۡبَىٰ حَقَّهُۥ وَٱلۡمِسۡكِينَ وَٱبۡنَ ٱلسَّبِيلِ وَلَا تُبَذِّرۡ تَبۡذِيرًا
Open ayah 17:26އަދި ގާތްތިމާގެ މީހުންނަށް އޭނާގެ حقّ ދޭށެވެ! އަދި مسكينُ ންނަށާއި ދަތުރުވެރިންނަށްވެސް އެމީހުންގެ حقّ އަދާކުރާށެވެ!~ އަދި އެއްވެސް حقّ އަކާއިނުލައި ގިނަ خرد ތައްކޮށް إسراف ކޮށް ނުހަދާށެވެ!
إِنَّ ٱلۡمُبَذِّرِينَ كَانُوٓاْ إِخۡوَٰنَ ٱلشَّيَٰطِينِۖ وَكَانَ ٱلشَّيۡطَٰنُ لِرَبِّهِۦ كَفُورٗا
Open ayah 17:27އެހެނީ ހަމަކަށަވަރުން އެއްވެސް حقّ އެއްނެތި ބޭކާރު خرد ކޮށް إسراف ކުރާމީހުންނަކީ شيطان އާގެ أخ ންނެވެ. އަދި شيطان އާވީ އޭނާގެ ربّ އަށް ކާފަރުވުން ބޮޑުމީހަކުކަމުގައެވެ.
وَإِمَّا تُعۡرِضَنَّ عَنۡهُمُ ٱبۡتِغَآءَ رَحۡمَةٖ مِّن رَّبِّكَ تَرۡجُوهَا فَقُل لَّهُمۡ قَوۡلٗا مَّيۡسُورٗا
Open ayah 17:28(އަދި އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ حضرة ން رحمة އަކަށް އެދިވަޑައިގެން އެމީހުންގެ ފަރާތުން މޫނުފުޅު އަނބުރުއްވައިލަންޏާވެސް) (އެބަހީ: ކަލޭގެފާނުން އެބަޔަކަށް حقّ އަދާކުރަންވެފައިވާ މީހަކު އައިސް ކަމަކަށް އެދި އެފަދަ ހޭދައެއް ކުރެއްވެންނެތި އެކަމާ ލަދުފުޅުން މޫނުފުޅު އަނބުރުއްވަންޏާވެސް) ފަހެ އެމީހުންނަށް ރަނގަޅު ފަސޭހަބަސްފުޅު ވިދާޅުވާށެވެ!
وَلَا تَجۡعَلۡ يَدَكَ مَغۡلُولَةً إِلَىٰ عُنُقِكَ وَلَا تَبۡسُطۡهَا كُلَّ ٱلۡبَسۡطِ فَتَقۡعُدَ مَلُومٗا مَّحۡسُورًا
Open ayah 17:29އަދި އެއްވެސްއެއްޗެއް ހޭދަނުކުރުމަށްޓަކައި އަތްނަގައި ކަރުގައި އައްސައި ކަސްތަޅުއަޅާފައި ނުބާއްވާށެވެ! އަދި އެއަތް އެކީއެކައްޗަކަށް ފަތުރާލައި ނިއުޅާލައި ނުހަދާށެވެ! (އެބަހީ: ކޮންމެހެން ހޭދަކުރަންވީ އެއްޗެއް ހޭދަނުކޮށް ނުބަހައްޓާށެވެ!) އަދި ހުރިހުރިހާއެއްޗެއް އެކީ ހޭދަނުކުރާށެވެ! ފަހެ އެހެންހަދައިފިއްޔާ މަލާމާތް ލިބެވިގެންވާ އަދި ހިތާމަކުރަނިވި މީހަކުކަމުގައި ކަލޭވެދާނެއެވެ! (އެބަހީ: ކޮންމެހެން ކުރަންޖެހިއްޖެ ހޭދައެއް ނުކޮށްފިނަމަ އެމީހުންގެ މަލާމާތް ލިބޭނެއެވެ. އަދި އެކީއެކަށް އަތްމަތިހުސްކޮށްފިނަމަ ހިތާމަކުރަންޖެހޭނެއެވެ.)
إِنَّ رَبَّكَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرَۢا بَصِيرٗا
Open ayah 17:30(އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ރިޒުގު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު މަދުކުރައްވާ ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެ ވޮޑިގެންވީ އެކަލާނގެ އަޅުތަކުންގެ خبر ތައް ދެނެވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލަކުކަމުގައެވެ.
وَلَا تَقۡتُلُوٓاْ أَوۡلَٰدَكُمۡ خَشۡيَةَ إِمۡلَٰقٖۖ نَّحۡنُ نَرۡزُقُهُمۡ وَإِيَّاكُمۡۚ إِنَّ قَتۡلَهُمۡ كَانَ خِطۡـٔٗا كَبِيرٗا
Open ayah 17:31(އޭ މީސްތަކުންނޭވެ!) އަދި فقير ވެދާނޭކަމަށް ބިރުން ކަލޭމެން ކަލޭމެންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި އަދި ކަލޭމެނަށް ރިޒުގުދެއްވަނީ (އަދި ދެއްވާނީވެސް) ހަމަ ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކުދިން މެރުމަކީ ބޮޑުވެގެންވާ ފާފައެއްކަމުގައިވިއެވެ.
وَلَا تَقۡرَبُواْ ٱلزِّنَىٰٓۖ إِنَّهُۥ كَانَ فَٰحِشَةٗ وَسَآءَ سَبِيلٗا
Open ayah 17:32އަދި ކަލޭމެން ޒިނޭއާއި ގާތްނުވާށެވެ! ހަމަކަށަވަރުން އެކަންތަކަކީ ހުތުރުކަންބޮޑު، އަދި ހައްދުފަހަނަޅައިގަތުމެކެވެ. އަދި އެއީ ނުބައިވެގެންވާ މަގެކެވެ. (އެއީ އެކަމުގެ ވެރިޔާ ނަރަކައަށް واصل ކުރަނިވި މަގެކެވެ.) • ދަންނައެވެ! ﷲ މިވަނީ ޒިނޭ حرام ކުރައްވާފައި އެކަންޏެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެޔާ ގާތްވެސް ނުވާން އަންގަވާފައެވެ! އެއީ އެކަން حرام ކުރެއްވުމުގެ އެންމެމަތީ ދަރަޖައެވެ. والله أعلم.
وَلَا تَقۡتُلُواْ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّۗ وَمَن قُتِلَ مَظۡلُومٗا فَقَدۡ جَعَلۡنَا لِوَلِيِّهِۦ سُلۡطَٰنٗا فَلَا يُسۡرِف فِّي ٱلۡقَتۡلِۖ إِنَّهُۥ كَانَ مَنصُورٗا
Open ayah 17:33އަދި ﷲ تعالى حرمة ތެރިކުރައްވާފައިވާ އެއްވެސް نفس އެއް (މަރަށް މަރުހިފުންކަހަލަ) حقّ އަކާއި ނުލައި ނުމަރާށެވެ! އަދި އަނިޔާވެރިގޮތުގައި (އަނިޔާވެރިވެވިގެން) މަރައިލެވިއްޖެ ކޮންމެ މީހެއްގެ ولي ވެރިޔާއަށް ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. (އެއީ قصاص ގެގޮތުން މަރަށް މަރުހިފުމުގެ ބާރާއި މަރުގެދިޔަ ހިފުމާއި މިފަދަ ބާރެވެ.) ފަހެ قتل ކުރުމުގައި / ) މެރުމުގައި (އިސްރާފުކޮށް ހައްދުފަހަނަޅައިގެން ނުދާށެވެ! އެބަހީ: މަރަށް މަރުހިފުމުގައި قواعد އާއި خلاف އަށް އަނިޔާކޮށް ނުހަދާށެވެ! (މިއަމުރަކީ މިކަމުގެ މަސްއޫލިއްޔަތު އުފުލާ ކޮންމެމީހަކަށް އޮތް އަމުރެކެވެ.) ހަމަކަށަވަރުން މަރާލެވުނުމީހާގެ ولي ވެރިޔާއަކީ نصر ލިބެވިގެންވާ މީހެކެވެ.
وَلَا تَقۡرَبُواْ مَالَ ٱلۡيَتِيمِ إِلَّا بِٱلَّتِي هِيَ أَحۡسَنُ حَتَّىٰ يَبۡلُغَ أَشُدَّهُۥۚ وَأَوۡفُواْ بِٱلۡعَهۡدِۖ إِنَّ ٱلۡعَهۡدَ كَانَ مَسۡـُٔولٗا
Open ayah 17:34އަދި ރަނގަޅު ހެޔޮގޮތުގައި މެނުވީ يتيم ކުއްޖާގެ މުދަލާއި ކަލޭމެން ގާތްނުވާށެވެ! (ރަނގަޅު ހެޔޮގޮތަކީ އެމުދާ ތަރައްޤީކޮށް ބެލެހެއްޓުންފަދަ ކަންކަމުގައި އެކަމަށް حقّ ވާ خرد ކުރުމެވެ.) އެއީ އެކުއްޖާ بالغ ވެ ބުއްދި ހަމަޖެހެންދެންނެވެ. އަދި ކަލޭމެންގެ عهد ތަކާއި އެއްބަސްވުންތައް ކަލޭމެން ބަރާބަރަށް ފުއްދާށެވެ! (އެއީ ﷲ އާއިމެދުވާ عهد ތަކާއި މީސްތަކުންގެ މެދުގައިވާ عهد ތަކެވެ.) ހަމަކަށަވަރުން عهد ތަކަކީ (قيامة ދުވަހުންވެސް) ސުވާލުވެވޭނެ އެއްޗެކެވެ.
وَأَوۡفُواْ ٱلۡكَيۡلَ إِذَا كِلۡتُمۡ وَزِنُواْ بِٱلۡقِسۡطَاسِ ٱلۡمُسۡتَقِيمِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلٗا
Open ayah 17:35އަދި މިނުން ކަލޭމެން ހަމަހަމަކޮށް ފުއްދާށެވެ! އަދި عدل ވެރި ސީދާ މީޒާނުން / ތިލަފަތުން ކަލޭމެން ކިރާ ވަޒަންކުރާށެވެ! (އެބަހީ: ކިރުން ހަމަހަމަކުރާށެވެ.) ثواب އާއި ދަރުމައިގެގޮތުން އެކަން މާހެޔޮވެގެންވެއެވެ.
وَلَا تَقۡفُ مَا لَيۡسَ لَكَ بِهِۦ عِلۡمٌۚ إِنَّ ٱلسَّمۡعَ وَٱلۡبَصَرَ وَٱلۡفُؤَادَ كُلُّ أُوْلَٰٓئِكَ كَانَ عَنۡهُ مَسۡـُٔولٗا
Open ayah 17:36އަދި އެ އެއްޗެއްގައި ކަލެއަށް އެނގުމެއްނެތް އެއްޗެއްގެ ނުވަތަ ކަމެއްގެ ވާހަކަ ކަލޭ ނުދައްކާށެވެ! އެހެނީ ހަމަކަށަވަރުން ކަންފަތާއި ލޮލާއި އަދި ހިތަކީ (މިހުރިހާ އެއްޗަކީ) އޭނަޔާމެދު ސުވާލުވެވޭނެ ތަކެއްޗެވެ. قيامة ދުވަހުންނެވެ.
وَلَا تَمۡشِ فِي ٱلۡأَرۡضِ مَرَحًاۖ إِنَّكَ لَن تَخۡرِقَ ٱلۡأَرۡضَ وَلَن تَبۡلُغَ ٱلۡجِبَالَ طُولٗا
Open ayah 17:37އަދި (އޭ އިންސާނާއެވެ!) ބިމުގައި ބޮޑާވެ فخر ވެރިކަމާއެކު ނުހިނގާށެވެ! އެހެނީ ހަމަކަށަވަރުން (ގުންފައިޖެހިއަސް) ކަލެއަށް ބިންގަނޑު ފަޅައެއް ނުލެވޭނެއެވެ. އަދި (ބޮޑާވެ މަތިހަށިނެގިޔަސް) ފަރުބަދަޔާ އެއްވަރަށް ދިގުވެސް ނުވާނެއެވެ. އުސްނުވާނެއެވެ.
كُلُّ ذَٰلِكَ كَانَ سَيِّئُهُۥ عِندَ رَبِّكَ مَكۡرُوهٗا
Open ayah 17:38އެހުރިހާކަމެއްގެ (އެބަހީ: وَقَضى رَبُّك މިތަނުން ފެށިގެން ވަނަ އާޔަތާއި ހަމައަށް އެވާ އާޔަތްތަކުގައި އެވާ نهى ތަކުގެ) ނުބައިކަން ކަލޭގެފާނުންގެ ربّ ގެ حضرة ގައިވަނީ އެކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްކަމުގައެވެ. އެކަލާނގެ ކޯފާވެ ވޮޑިގަންނަވާ ކަންތައްކަމުގައެވެ.
ذَٰلِكَ مِمَّآ أَوۡحَىٰٓ إِلَيۡكَ رَبُّكَ مِنَ ٱلۡحِكۡمَةِۗ وَلَا تَجۡعَلۡ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتُلۡقَىٰ فِي جَهَنَّمَ مَلُومٗا مَّدۡحُورًا
Open ayah 17:39އެއީ އެބަހީ: އިސްވެދިޔަ أمر އާއި نهى ތަކަކީ ކަލޭގެފާނުންގެ ربّ ގެ حكمة ގެ ތެރެއިން ކަލޭގެފާނަށް ބާވައިލައްވާ وحي ގެ ތެރެއިންވާތަކެއްޗެވެ. އަދި ﷲ އާ އެކު އެހެން إله އަކު ކަލޭ إختيار ނުކުރައްވާށެވެ. شريك އަކު ނުލާށެވެ. ފަހެ އެހެން ހަދައިފިނަމަ އެބަހީ: އެކަލާނގެއާ އެކު شريك އަކު إختيار ކުރައްވައިފިނަމަ އަޅުތަކުންގެ މަލާމާތް ލިބެވި އަދި ﷲ ގެ رحمة ން ދުރުކުރެވިގެންވާ حال ކަލޭ ނަރަކައަށް އެއްލައިލެވިދާނެއެވެ.
أَفَأَصۡفَىٰكُمۡ رَبُّكُم بِٱلۡبَنِينَ وَٱتَّخَذَ مِنَ ٱلۡمَلَٰٓئِكَةِ إِنَٰثًاۚ إِنَّكُمۡ لَتَقُولُونَ قَوۡلًا عَظِيمٗا
Open ayah 17:40(އޭ مشرك ންނޭވެ! މަލާއިކަތުންނަކީ ﷲ ގެ އަންހެންދަރިންނޭ ބުނާމީހުންނޭވެ!) ކަލޭމެންގެ ربّ ކަލޭމެންނަށް ފިރިހެން جِنْسُ خاصّ ކުރައްވައި އަދި އެކަލާނގެ އަމިއްލަ ذات ފުޅަށް އަންހެން جِنْسُ إختيار ކުރެއްވީހެއްޔެވެ؟ އެހެން ކަލޭމެން ބުނާކަމަށްވަންޏާ ހަމަކަށަވަރުންވެސް (ދޮގާއި ބުހުތާނުގެގޮތުން) ކަލޭމެން ތިޔަބުނަނީ ވަރަށްވެސް ބޮޑު ބަހެކެވެ.
وَلَقَدۡ صَرَّفۡنَا فِي هَٰذَا ٱلۡقُرۡءَانِ لِيَذَّكَّرُواْ وَمَا يَزِيدُهُمۡ إِلَّا نُفُورٗا
Open ayah 17:41އަދި ތިމަންރަސްކަލާނގެ މި ކީރިތި قرآن ގައި ތަފާތު ވައްތަރުވައްތަރުގެ دليل އާއި حجّة ތަފާތު عبارة ން ބަޔާންކުރެއްވީމެވެ. އެއީ އެމީހުން ހަނދާންކޮށް عبرة حاصل ކުރުމަށްޓަކައެވެ. އަދި (އެކަމަކު) نفرة ތެރިކަމާއި حقّ އާ ދުރަށްދިއުން މެނުވީ އެމީހުންނަށް އިތުރު ނުވެއެވެ.
قُل لَّوۡ كَانَ مَعَهُۥٓ ءَالِهَةٞ كَمَا يَقُولُونَ إِذٗا لَّٱبۡتَغَوۡاْ إِلَىٰ ذِي ٱلۡعَرۡشِ سَبِيلٗا
Open ayah 17:42(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެމީހުން އެބުނާ ގޮތަށް އެކަލާނގެއާ އެކު އެހެން إله ން ތަކެއް ވާނަމަ عرش ގެވެރި ކަލާނގެ حضرة އަށް ދިއުމަށް (އެކަލާނގެއާ ކުއްތަންވުމަށް) އެ إله ންތައް މަގެއް އެދިގަތީހެވެ. ހޯދީހެވެ.
سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يَقُولُونَ عُلُوّٗا كَبِيرٗا
Open ayah 17:43އެމީހުން يعني: އެ مشرك ންގެ މީހުން އެބުނާ ބަސްތަކުން / އެދޮގުބުހުތާނުތައް ފިޔަވައި ﷲ تعالى މާމަތީ ދަރަޖައަކަށް މަތިވެރިވެވޮޑިގެންވެއެވެ.
تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبۡعُ وَٱلۡأَرۡضُ وَمَن فِيهِنَّۚ وَإِن مِّن شَيۡءٍ إِلَّا يُسَبِّحُ بِحَمۡدِهِۦ وَلَٰكِن لَّا تَفۡقَهُونَ تَسۡبِيحَهُمۡۚ إِنَّهُۥ كَانَ حَلِيمًا غَفُورٗا
Open ayah 17:44ހަތްއުޑާއި ބިމާއި އަދި އެތަންތާނގައިވާހާބަޔަކު އެކަލާނގެއަށް تسبيح ކިޔައެވެ. އެކަލާނގެ ހުސް طاهر ވަންތަކުރެއެވެ. އެކަމަކު އެތަކެތި އެކިޔާ تسبيح ކަލޭމެނަކަށް ނުވިސްނޭނެއެވެ. ހަމަކަށަވަރުން ކޯފާމަޑު (އަދި ކުއްލިއަކަށް عقوبة ނުދެއްވާ) އަދި ގިނަގިނައިން ފާފަފުއްސަވާކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.
وَإِذَا قَرَأۡتَ ٱلۡقُرۡءَانَ جَعَلۡنَا بَيۡنَكَ وَبَيۡنَ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ حِجَابٗا مَّسۡتُورٗا
Open ayah 17:45(އޭ رسول ﷲ އެވެ!) ކަލޭގެފާނު قرآن ކިޔަވާ ވިދާޅުވަންޏާ آخرة ދުވަހަށް إيمان ނުވާ އެ މީހުންނާއި ކަލޭގެފާނާ ދެމެދު (ކަލޭގެފާނުންގެ ކިޔަވާވިދާޅުވުމުން އެއްޗެއް ނުވިސްނޭނޭގޮތުން) އެމީހުންގެ ހިތްތަކުގެމަތީގައި ނިވައި ފަރުދާއެއް ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއީ އެޟިހުންގެ ކާފިރުކަމާއި އިންކާރުގެ ސަބަބުންނެވެ.
وَجَعَلۡنَا عَلَىٰ قُلُوبِهِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِيٓ ءَاذَانِهِمۡ وَقۡرٗاۚ وَإِذَا ذَكَرۡتَ رَبَّكَ فِي ٱلۡقُرۡءَانِ وَحۡدَهُۥ وَلَّوۡاْ عَلَىٰٓ أَدۡبَٰرِهِمۡ نُفُورٗا
Open ayah 17:46އަދި އެމީހުންނަށް ނުވިސްނޭނޭގޮތުން އެމީހުންގެ ހިތްތަކުގެމަތީގައި ތިމަންރަސްކަލާނގެ ނިވަލެއް ލެއްވީމެވެ. އަދި އެމީހުންގެ ކަންފަތްތަކުގެމަތީގައި އެބަހީ: އެމީހުންގެ އިވުމުގެމަތީގައި ބައްކަމެއް ލެއްވީމެވެ. އަދި ކަލޭގެފާނު قرآن ކިޔަވާ ވިދާޅުވުމުގައި ކަލޭގެފާނުންގެ ربّ ގެ އެއްކައުވަންތަކަން يعني: لاَ إله إلاّ ﷲ ކިޔަވާ ވިދާޅުވެއްޖެއްޔާ އެބަހީ: އެކަލާނގެ ذِكر ކުރައްވައި ހަނދާންކުރައްވައިފިއްޔާ އެ مشرك ންގެމީހުން ނުރުހި نفرت ވެގެން ފުރަގަސްދީ އެނބުރިދެއެވެ.
نَّحۡنُ أَعۡلَمُ بِمَا يَسۡتَمِعُونَ بِهِۦٓ إِذۡ يَسۡتَمِعُونَ إِلَيۡكَ وَإِذۡ هُمۡ نَجۡوَىٰٓ إِذۡ يَقُولُ ٱلظَّٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلٗا مَّسۡحُورًا
Open ayah 17:47އެމީހުން يعني: އެ مشرك ން ކަލޭގެފާނު قرآن ކިޔަވާ ވިދާޅުވާ އަޑުއަހަންތިބޭއިރު އެމީހުން އެއަހާ އެއްޗެއް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އެހިނދު އެމީހުން އެވަނީ نَجْوى ހަދައިގެންނެވެ. ސިއްރު ޖަލްސާ ހަދައި ސިއްރުވާހަކަ ދެއްކުމުގައެވެ. އަދި އެ އަނިޔާވެރިންގަނޑު ބުނެއެވެ. سِحْرُ ޖެހިފައިވާ މީހަކާމެނުވީ ކަލޭމެން تبع ވާކަމުގައި ނުވެއެވެ.
ٱنظُرۡ كَيۡفَ ضَرَبُواْ لَكَ ٱلۡأَمۡثَالَ فَضَلُّواْ فَلَا يَسۡتَطِيعُونَ سَبِيلٗا
Open ayah 17:48(އޭ رسول ﷲ އެވެ!) ކަލޭގެފާނާ މެދު އެމީހުން مثال ޖަހަނީ ކޮންފަދައަކުންކަން ނިކަން ދެކެވަޑައިގެންބައްލަވާށެވެ! (އެމީހުން ބުނެއެވެ. އެއީ سِحْرُ ޖެހިފައިވާ މީހެކެވެ. އެއީ ޅެންވެރިއެކެވެ. އެއީ މޮޔައެކެވެ... އަދިވެސް އެބާވަތުގެ އެހެންތަކެތިވެސް ކިޔައެވެ.) ފަހެ އެމީހުން އެވަނީ حقّ މަގު ގެއްލި އޮޅިފައެވެ. އަދި ސީދާ ތެދުމަގަށް واصل ވުމަށް އެމީހުންނަށް ކުޅަދާނަ ނުވެއެވެ.
وَقَالُوٓاْ أَءِذَا كُنَّا عِظَٰمٗا وَرُفَٰتًا أَءِنَّا لَمَبۡعُوثُونَ خَلۡقٗا جَدِيدٗا
Open ayah 17:49އަދި އެމީހުން ބުންނެވެ. އަހުރެމެން މަރުވެ ކަށްޓަށްވެ ކަށިތައް ފީވެ ވެއްޔަށްވެ ހިރަފުހަށްވުމަށްފަހު އަލުން ހެއްދެވިގެން ދެވަނަފަހަރަށްވެސް އަހުރެމެން ފޮނުވޭނެހެއްޔެވެ؟ (ނުފޮނުވޭނެއެވެ. އެއީ ވާނޭކަމެއްނޫނެވެ.)
۞قُلۡ كُونُواْ حِجَارَةً أَوۡ حَدِيدًا
Open ayah 17:50(އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! ކަލޭމެން ހިލަޔަށް ނުވަތަ ދަގަނޑަށް ވާށެވެ!
أَوۡ خَلۡقٗا مِّمَّا يَكۡبُرُ فِي صُدُورِكُمۡۚ فَسَيَقُولُونَ مَن يُعِيدُنَاۖ قُلِ ٱلَّذِي فَطَرَكُمۡ أَوَّلَ مَرَّةٖۚ فَسَيُنۡغِضُونَ إِلَيۡكَ رُءُوسَهُمۡ وَيَقُولُونَ مَتَىٰ هُوَۖ قُلۡ عَسَىٰٓ أَن يَكُونَ قَرِيبٗا
Open ayah 17:51ނުވަތަ ކަލޭމެންގެ ހިތުގައިވާ އެންމެބޮޑު އެއްޗަކަށް ކަލޭމެންވާށެވެ. (އެފަދަ ބޮޑުއެއްޗަކަށްވުމަށްފަހު) ދެން ނިކަންހުރެ އެމީހުން ތިމަންމެން ދިރުއްވައިގެން އަލުން ފޮނުއްވާނީ ކާކުތޯ އަހައިފިއްޔާ ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ނެތުމުގެތެރެއިން ފުރަތަމައިންވެސް ކަލޭމެން ހެއްދެވި ކަލާނގެއެވެ. ﷲ އެވެ. ދެން އޭރުން ނިކަންހުރެ ކަލޭގެފާނާ ދިމާލަށް އެމީހުންގެ ބޯތައް ހަލުވަހަލުވާފައި ބުނާނެއެވެ. ތިޔަވިދާޅުވާކަމެއް ދެންވާނީ ކޮންއިރަކުންބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދާދިގާތުގައި ވެދާނެއެވެ.
يَوۡمَ يَدۡعُوكُمۡ فَتَسۡتَجِيبُونَ بِحَمۡدِهِۦ وَتَظُنُّونَ إِن لَّبِثۡتُمۡ إِلَّا قَلِيلٗا
Open ayah 17:52އެއީ ތިމަންރަސްކަލާނގެ ކަލޭމެންނަށް نِدَاء އިއްވަވާނޭ ދުވަހެވެ. (ނުވަތަ ކަލޭމެންނަށް ތިމަންރަސްކަލާނގެ نِدَاء އިއްވަވާދުވަސް ހަނދާންކުރާށެވެ!) ފަހެ (އެދުވަހުން) ކަލޭމެން އެކަލާނގެ އަމުރުފުޅަށް އެކަލާނގެއަށް ކިޔަމަންތެރި ކަމާއެކު ޖަވާބުދޭނެއެވެ. (އަދި އެދުވަހުން) ކަލޭމެން ހީކުރާނީ ދުނިޔޭގައި ދާދި މަދު ހިނދުކޮޅެއްގައިމެނުވީ ކަލޭމެން ނުތިބޭކަމަށެވެ.
وَقُل لِّعِبَادِي يَقُولُواْ ٱلَّتِي هِيَ أَحۡسَنُۚ إِنَّ ٱلشَّيۡطَٰنَ يَنزَغُ بَيۡنَهُمۡۚ إِنَّ ٱلشَّيۡطَٰنَ كَانَ لِلۡإِنسَٰنِ عَدُوّٗا مُّبِينٗا
Open ayah 17:53އަދި (އެއްބަޔަކު އަނެއްބަޔަކަށް) ރަނގަޅު ހެޔޮބަސްބުނާ ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން شيطان އާ އެމީހުންގެމެދުގައި ރުޅިވެރިކަން އުފައްދައި ފަސާދަކުރެއެވެ. ހަމަކަށަވަރުން شيطان އާ އަކީ އިންސާނުންނަށް އޭނާގެ عداوة ތެރިކަން ބަޔާންވެގެންވާ عداوة ތެރިއެކެވެ.
رَّبُّكُمۡ أَعۡلَمُ بِكُمۡۖ إِن يَشَأۡ يَرۡحَمۡكُمۡ أَوۡ إِن يَشَأۡ يُعَذِّبۡكُمۡۚ وَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ وَكِيلٗا
Open ayah 17:54(އޭ مشرك ންނޭވެ!) ކަލޭމެންގެ ربّ ކަލޭމެންގެ އެންމެހައި ކަންތައް ދެނެވޮޑިގެންވެއެވެ. އެކަލާނގެ އެދިވޮޑިގަންނަވަންޏާ ކަލޭމެނަށް އެކަލާނގެ رحمة ލައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވަންޏާ ކަލޭމެނަށް އެކަލާނގެ عذاب ދެއްވައެވެ. އަދި އޭ رسول ﷲ އެވެ! އެމީހުންގެމައްޗަށްވާ ވަކީލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ. (ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ތިމަންރަސްކަލާނގެ رِسَالَة އެމީހުންނަށް އިއްވަވައިދެއްވުމަށެވެ.)
وَرَبُّكَ أَعۡلَمُ بِمَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَلَقَدۡ فَضَّلۡنَا بَعۡضَ ٱلنَّبِيِّـۧنَ عَلَىٰ بَعۡضٖۖ وَءَاتَيۡنَا دَاوُۥدَ زَبُورٗا
Open ayah 17:55އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު ކަލޭގެފާނުންގެ ربّ ދެނެވޮޑިގަތުންބޮޑެވެ. އަދި ހަމަކަށަވަރުން نبي ބޭކަލުން އޭގެ އެއްބައިބޭކަލުންގެމައްޗަށް އަނެއްބައިބޭކަލުން ތިމަންރަސްކަލާނގެ މާތްކުރެއްވީމެވެ. އަދި داؤد عليه السّلام އަށް ތިމަންރަސްކަލާނގެ زَبُوْرُ ދެއްވީމެވެ.
قُلِ ٱدۡعُواْ ٱلَّذِينَ زَعَمۡتُم مِّن دُونِهِۦ فَلَا يَمۡلِكُونَ كَشۡفَ ٱلضُّرِّ عَنكُمۡ وَلَا تَحۡوِيلًا
Open ayah 17:56(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ﷲ ފިޔަވައި إله ންކަމުގައްޔާއި ربُّ ން ކަމުގައި ހަދައިގެން އެފަރާތްތަކަށް އަޅުކަންކުރާ ފަރާތްތަކަށް ގޮވާ دعاء ކޮށްބަލާށެވެ! ފަހެ ކަލޭމެނަށް ޖެހިފައިވާ އުނދަގުލާއި ދަތިކަން ކަލޭމެންގެ ކިބައިން ފިލުވައިލުމުގެ އެއްވެސް ބާރުވެރިކަމެއް އެފަރާތްތަކަށް ލިބިގެން ނުވެއެވެ. އަދި އެ އުނދަގޫ އެހެން ފަރާތަކަށް އަނބުރައިލުންވެސް އެއިންފަރާތަކަށް މިލްކުވެގެންނުވެއެވެ. ކުޅަދާނަވެގެން ނުވެއެވެ. • ދަންނައެވެ. މިއާޔަތުން އިޝާރަތްވެގެން މިވަނީ مشرك ންކުރެ ملائكة ބޭކަލުންނަށާއި عُزَيْرُ ގެފާނަށާއި عيسى ގެފާނަށާއި (عليهم السّلام) މިބޭބޭކަލުންނަށް އަޅުކަންކުރި ބަޔަކަށެވެ. ފަހެ މިއިން އެއްވެސް ބޭކަލަކީ ﷲ ގެ إذْنَ ފުޅަށް މެނުވީ އެއްވެސް ކަމެއްކުރެއްވޭނޭ ބޭކަލުންނެއްނޫނެވެ. އެއިން އެއްވެސް ބޭކަލަކީ إله އަކުކަމުގައި ނުވަތަ ربّ އަކުކަމުގައިވުން އެކަށީގެންވާ ބޭކަލުންނެއްނޫނެވެ. އެއީވެސް ހަމަ ﷲ ގެ އަޅުންނެވެ. ﷲ އަށް ކިޔަމަންތެރިވެވަޑައިގެންވާ މާތްބޭކަލުން ތަކެކެވެ. ކޮންމެ ބޭކަލަކުވެސް ﷲ ގެ حضرة އަށް ގާތްކަމާއި ކުއްތަންވުން އެދިވަޑައިގަންނަވަނީއެވެ. ދެން މިއަންނަ އާޔަތުގައި އެވަނީ އެވާހަކައެވެ. والله أعلم.
أُوْلَٰٓئِكَ ٱلَّذِينَ يَدۡعُونَ يَبۡتَغُونَ إِلَىٰ رَبِّهِمُ ٱلۡوَسِيلَةَ أَيُّهُمۡ أَقۡرَبُ وَيَرۡجُونَ رَحۡمَتَهُۥ وَيَخَافُونَ عَذَابَهُۥٓۚ إِنَّ عَذَابَ رَبِّكَ كَانَ مَحۡذُورٗا
Open ayah 17:57އެބޭކަލުންނީ އެބޭކަލުންގެ ربّ ގެ حضرة އަށް ކުއްތަންވުމަށް އެދިވަޑައިގަންނަވާ ބޭކަލުންނެވެ. އަދި އެކުއްތަންވުމުގައި އެންމެ ކުއްތަންވެ ވަޑައިގެންނެވެނީ ކޮންބޭލަކަށްތޯ ބެއްލެވުމަށް ވާދަކުރައްވާ ބޭކަލުންނެވެ. އަދި އެބޭކަލުން އެކަލާނގެ رحمة އަށް އެދިވަޑައިގަންނަވައި އަދި އެކަލާނގެ عذاب އަށް ބިރުވެތިވެ ވަޑައިގަންނަވައެވެ. ހަމަކަށަވަރުން އެކަލާނގެ عذاب އަކީ ބިރުވެތިވެވިގެންވާ އެއްޗެކެވެ.
وَإِن مِّن قَرۡيَةٍ إِلَّا نَحۡنُ مُهۡلِكُوهَا قَبۡلَ يَوۡمِ ٱلۡقِيَٰمَةِ أَوۡ مُعَذِّبُوهَا عَذَابٗا شَدِيدٗاۚ كَانَ ذَٰلِكَ فِي ٱلۡكِتَٰبِ مَسۡطُورٗا
Open ayah 17:58قيامة ވުމުގެ ކުރިން އެރަށެއް ތިމަންރަސްކަލާނގެ ހަލާކު ނުކުރައްވާނެ ނުވަތަ އެރަށެއްގެ އަހުލުވެރި ބަޔަކަށް ގަދަވެގެންވާ عذاب ތިމަންރަސްކަލާނގެ ނުދެއްވާނެ އެއްވެސް ރަށެއް ނުވާނެއެވެ. (އެބަހީ: ކޮންމެ قَرْيَة އެއްވެސް قيامة ވުމުގެ ކުރިން ތިމަންރަސްކަލާނގެ ހަލާކުކުރައްވާހުށީމެވެ. ނުވަތަ އެރަށެއްގެ ބަޔަކަށް ގަދަވެގެންވާ عذاب ދެއްވާހުށީމެވެ. އެއީ އެބަޔަކު رسول ން ދޮގުކޮށް ﷲ ގެ أمر ފުޅުތަކަށް ނުކިޔަމަންތެރިވެއްޖެހިނދުންނެވެ.) އެކަންވަނީ ފޮތުގައި يعني: لَوْحُ المَحْفوظ ގައި ލިޔެވިގެންނެވެ. ފޮޅުވަތްދެމިގެންނެވެ.
وَمَا مَنَعَنَآ أَن نُّرۡسِلَ بِٱلۡأٓيَٰتِ إِلَّآ أَن كَذَّبَ بِهَا ٱلۡأَوَّلُونَۚ وَءَاتَيۡنَا ثَمُودَ ٱلنَّاقَةَ مُبۡصِرَةٗ فَظَلَمُواْ بِهَاۚ وَمَا نُرۡسِلُ بِٱلۡأٓيَٰتِ إِلَّا تَخۡوِيفٗا
Open ayah 17:59އަދި (މި أمّة އަށް) ތިމަންރަސްކަލާނގެ ބޮޑެތިބޮޑެތި معجزة ފޮނުވުމުން މަނާވެވޮޑިގެންނެވީ އިސްވެދިޔަ أمّة ތަކަށް (معجزة ފޮނުއްވުމަށްފަހު) އެ أمّة ތަކުގެ މީހުން ދޮގުކުރުންކަމުގައިވުމެވެ. (އޭރުން އެ أمّة ތައް ހަލާކުވެދިޔަފަދައިން މި أمّة ވެސް ހަލާކުވެއްޖައީހެވެ.) އަދި ثمود ބާގައިގެ މީހުންނަށް دليل އެއްގެގޮތުން - معجزة އެއްގެގޮތުން جمل ދެއްވީމެވެ. ފަހެ އެމީހުން އެއަށް އަނިޔާވެރިވީއެވެ. އަދި މީސްތަކުން ބިރުގެންނެވުމަށްމެނުވީ - ނުވަތަ ކުއްލިއަކަށް ހަލާކެއް ފޮނުއްވުމަށްމެނުވީ ތިމަންރަސްކަލާނގެ އެފަދަ معجزة ފޮނުއްވާނެކަމުގައި ނުވެއެވެ. (އެފަދަ معجزة އެއް ފޮނުއްވުމަށްފަހު ދެން رسول އާ ދޮގުކޮށްފިއްޔާ ހަމަކުއްލިއަކަށް عذاب އަތުވެދާނެއެވެ.)
وَإِذۡ قُلۡنَا لَكَ إِنَّ رَبَّكَ أَحَاطَ بِٱلنَّاسِۚ وَمَا جَعَلۡنَا ٱلرُّءۡيَا ٱلَّتِيٓ أَرَيۡنَٰكَ إِلَّا فِتۡنَةٗ لِّلنَّاسِ وَٱلشَّجَرَةَ ٱلۡمَلۡعُونَةَ فِي ٱلۡقُرۡءَانِۚ وَنُخَوِّفُهُمۡ فَمَا يَزِيدُهُمۡ إِلَّا طُغۡيَٰنٗا كَبِيرٗا
Open ayah 17:60(އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ އެންމެހައި މީސްތަކުން ވަށައިލައްވައިގެން ވެއެވެ. މިފަދައިން ކަލޭގެފާނަށް އެކަލާނގެ وحي ކުރެއްވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލާނގެ قدرة ތެރިކަމާއި ދެނެވޮޑިގަތުމުން ހަމައެކަކަށްވެސް ބޭރު ނުވެވޭނެއެވެ. ކަލޭގެފާނާ އިދިކޮޅުމީހުންގެ ފަރާތުން ތިމަންރަސްކަލާނގެ ކަލޭގެފާނު ސަލާމަތްކުރައްވާހުށީމެވެ. އަދި ކަލޭގެފާނު އެމީހުން ދެކެ ބިރުފުޅުގެން ވަޑައި ނުގަންނަވާ ހުށިކަމެވެ! އަދި ކަލޭގެފާނަށް أمر ކުރެވިފައިވާފަދައަކުން رسول ކަން އިއްވަވާށެވެ!) އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެދެއްކެވި ދެއްކެވުން (އެއީ إسراء އާއި معراج ގެ ރޭގައި އެކަލޭގެފާނަށް އެދެއްކެވުނު އެކިއެކި ތަކެއްޗާއި ތަންތަނުގެ ވާހަކައެވެ.) އެއީ މީސްތަކުންނަށްވާ إمتحان އެއްކަމުގައިމެނުވީ ތިމަންރަސްކަލާނގެ ނުލައްވަމެވެ. (އޭގެ ސަބަބުން އެއްބައެއްގެ އީމާންކަން ގަދަވެ އަނެއްބައެއްގެ ދެކޮޅުވެރިކަން ގަދަވިއެވެ.) އަދި قرآن ގައި އެގަހެއްގެ ވާހަކަ ނަންގަނެވިފައިވާ لعنة ލެއްވިގެން އެވާގަހުގެ ވާހަކަވެސް އެއީ މީސްތަކުންނަށްވާ إمتحان އެކެވެ. (އެގަހަކީ زَقُّومُ ގަސްކަމުގައި ގިނަ مفسّر ން ވިދާޅުވިއެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުން އެބަހީ: مشرك ން (އެކިއެކި ގޮތްގޮތުން) ބިރުގަންނަވަމެވެ. ފަހެ ބޮޑުވެގެންވާ މަގުފުރެދުމާއި حقّ އާ ދުރަށްދިއުންމެނުވީ އެމީހުންނަށް އިތުރުނުވެއެވެ.
وَإِذۡ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ قَالَ ءَأَسۡجُدُ لِمَنۡ خَلَقۡتَ طِينٗا
Open ayah 17:61އަދި آدم عليه السّلام އަށް سجدة ކުރާށޭ ملائكة ބޭކަލުންނަށް ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ. ދެންފަހެ إبليس ނޫން އެހެންހުރިހާ ބޭކަލުން سجدة ކުރެއްވިއެވެ. އަދި އެ إبليس (ﷲ އަށް) ދެންނެވިއެވެ. އިބަރަސްކަލާނގެ މަށިން ހައްދަވާފައިވާ مخلوق އަކަށްތިމަން سجدة ކުރަންވީހެއްޔެވެ؟ (އެބަހީ: سجدة ނުކުރާނަމެވެ.)
قَالَ أَرَءَيۡتَكَ هَٰذَا ٱلَّذِي كَرَّمۡتَ عَلَيَّ لَئِنۡ أَخَّرۡتَنِ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ لَأَحۡتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلٗا
Open ayah 17:62އަދި އެ إبليس ދެންނެވިއެވެ. އިބަރަސްކަލާނގެ މިއަޅާގެ މައްޗަށް މާތްކުރެއްވި مخلوق އާއިމެދު ބައްލަވާށެވެ! އިބަރަސްކަލާނގެ މިއަޅާ قيامة ދުވަހާއިހަމައަށް ފަސްކުރެއްވިއްޔާ ހަމަކަށަވަރުން ހުވައިކޮށްފާ ދަންނަވަމެވެ. މަދުބަޔަކުމެނުވީ އޭނާގެ ދަރިފަސްކޮޅު މަގުފުރައްދާ ވާވައްދާހުށީމެވެ.
قَالَ ٱذۡهَبۡ فَمَن تَبِعَكَ مِنۡهُمۡ فَإِنَّ جَهَنَّمَ جَزَآؤُكُمۡ جَزَآءٗ مَّوۡفُورٗا
Open ayah 17:63ﷲ وحي ކުރެއްވިއެވެ. ކަލޭދާށެވެ! (ކަލޭ ތިޔަހުރީ قيامة އާއި ހަމައަށް ފަސްކުރަށްވާފައެވެ.) ފަހެ އެމީހުންކުރެ ކަލެޔާ تبع ވީ އެންމެންގެ ޖަޒާއަކީ ނަރަކައެވެ. އެއީ ކަލޭމެނަށް ބަރާބަރު ފުރިހަމަ ޖަޒާއެއްގެގޮތުންނެވެ.
وَٱسۡتَفۡزِزۡ مَنِ ٱسۡتَطَعۡتَ مِنۡهُم بِصَوۡتِكَ وَأَجۡلِبۡ عَلَيۡهِم بِخَيۡلِكَ وَرَجِلِكَ وَشَارِكۡهُمۡ فِي ٱلۡأَمۡوَٰلِ وَٱلۡأَوۡلَٰدِ وَعِدۡهُمۡۚ وَمَا يَعِدُهُمُ ٱلشَّيۡطَٰنُ إِلَّا غُرُورًا
Open ayah 17:64އަދި ކަލޭ އަޑުގޮއްވައިގެން އެމީހުންކުރެ ކަލެއަށް ކުޅަދާނަވީ ބަޔަކު ޖާހިލުކުރުވައި ދަށްކުރުވައި ހަދާށެވެ! އަދި އެމީހުންގެމައްޗަށް ކަލޭގެ އަސްވާރުންނާއި ފައިމަގުގެ ލަޝްކަރަށް ގޮވާށެވެ! އަދި ކަލޭ އެމީހުންނަށް މުދަލާއި ދަރީނުންވެސް ބައިވެރިކުރާށެވެ! އަދި އެމީހުންނަށް وعد ތައް ކުރާށެވެ! (قيامة ނާންނާނެކަމަށާއި ސުވަރުގެޔާއި ނަރަކަނުވާކަމަށް އެމީހުންނަށް وعد ކުރާށެވެ. ދުނިޔޭގައި ނެގޭ މަޖަލެއް ނަގަން ބުނާށެވެ.) އަދި شيطان އާގެ وعد ހަމަ ހެއްލުމެއްކަމުގައި މެނުވީ ނުވެއެވެ. • ދަންނައެވެ. شيطان އާގޮއްވާ އަޑުކަމުގައި أبُوجَعْفَر الطّبرى އެކަލޭގެފާނުންގެ تفسير ގައި ލިއުއްވާފައިވަނީ އެއީ ލަވަޔާއި ކުޅިވަރުކަމަށެވެ. އެއީ مُجَاهِد ކިޔާ ބޭކަލެއްގެބަހެވެ. އަދި إبن عبّاس رضى ﷲ عنهما ވިދާޅުވިކަމަށް ލިއުއްވާފައިވަނީ އެއަޑަކީ ﷲ އަށް އުރެދުމަކަށް ގޮވާ ކޮންމެ މީހެއްގެ އަޑެވެ. والله أعلم. • އަދި މުދަލުގައި ބައިވެރިކުރުމަކީ شريعة ގައި حَرَام ކުރައްވާފައިވާގޮތްގޮތަށް މުދާ ހޯދުމެވެ. ރިބާގެ ގޮތުންނަމަވެސް ވައްކަންކޮށްގެންނަމަވެސް އަދި ނުވަތަ ފޭރިގެންނަމަވެސް މެއެވެ. • ދަރީނުން ބައިވެރިކުރުމަކީ ޒިނޭކޮށްގެން ދަރިން ހޯދުމާ ބުދުގެ އަޅުގެނަމުގެ ނަމުން ދަރިންނަށް ނަންކިއުމާއި މިފަދަ ގޮތްގޮތެވެ. والله أعلم.
إِنَّ عِبَادِي لَيۡسَ لَكَ عَلَيۡهِمۡ سُلۡطَٰنٞۚ وَكَفَىٰ بِرَبِّكَ وَكِيلٗا
Open ayah 17:65އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ކިޔަމަންގަތްއަޅުން ދަންނައެވެ! އެމީހުންގެމައްޗަށް އެއްވެސް ބާރެއް އަދި دليل އެއް حجّة އެއް ކަލެއަކަށް ނުވެއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ރައްކާތެރިކުރައްވާ އަދި ކަލޭގެފާނުންގެ ކަންތައް ސީދާކުރައްވާ قائم ކުރައްވާ ކަލަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ.
رَّبُّكُمُ ٱلَّذِي يُزۡجِي لَكُمُ ٱلۡفُلۡكَ فِي ٱلۡبَحۡرِ لِتَبۡتَغُواْ مِن فَضۡلِهِۦٓۚ إِنَّهُۥ كَانَ بِكُمۡ رَحِيمٗا
Open ayah 17:66(އޭ މީސްތަކުންނޭވެ!) ކަލޭމެންނަށްޓަކައި ކަނޑުގައި ނައުފަހަރު ދުއްވަވަނީ ހަމަ ކަލޭމެންގެ ربّ އެވެ. ﷲ އެވެ. އެއީ އެކަލާނގެ فضل ވަންތަކަން (ވިޔަފާރިޔާއި ދެންވެސް އެހެން ބޭނުމުގައި) ކަލޭމެން އެދިގަތުމަށްޓަކައެވެ. ހޯދައިގަތުމަށްޓަކައެވެ. ހަމަކަށަވަރުން އެކަލާނގެ ކަލޭމެންނަށް ނުހަނު އޯގާވަންތަވެވޮޑިގެން رحمة ލެއްވުން ބޮޑުވެގެންވެއެވެ.
وَإِذَا مَسَّكُمُ ٱلضُّرُّ فِي ٱلۡبَحۡرِ ضَلَّ مَن تَدۡعُونَ إِلَّآ إِيَّاهُۖ فَلَمَّا نَجَّىٰكُمۡ إِلَى ٱلۡبَرِّ أَعۡرَضۡتُمۡۚ وَكَانَ ٱلۡإِنسَٰنُ كَفُورًا
Open ayah 17:67އަދި ކަނޑުގައި ކަލޭމެނަށް ދަތިއުނދަގޫ ކަމެއް ދިމާވެއްޖެއްޔާ (غَرَقُ ވުންފަދަ ކަމެއް ދިމާވެއްޖެއްޔާ) ﷲ ފިޔަވައި އެފަރާތްތަކަށް ކަލޭމެން ގޮވާ އަޅުކަންކޮށްއުޅުނު ހުރިހާ ފަރާތްތަކެއް ގެއްލިދެއެވެ. (އެއިން ފަރާތެއްގެ އެހީއެއް މަދަދެއްނުލިބެއެވެ.) ދެންފަހެ ތިމަންރަސްކަލާނގެ ކަލޭމެން އެއްގަމަކަށް ލައްވައި ސަލާމަތްކޮށްދެއްވައިފިއްޔާ ކަލޭމެން އެނބުރިގަނެއެވެ. شريك ނުކޮށް ނުތިބެއެވެ. (ﷲ ގެ ކިޔަމަނުން ނުކުމެ އެނބުރިގަނެއެވެ.) އަދި އިންސާނާވީ (ﷲ ގެ نعمة އަށް) ކާފަރުވުން ބޮޑު މީހަކުކަމުގައެވެ.
أَفَأَمِنتُمۡ أَن يَخۡسِفَ بِكُمۡ جَانِبَ ٱلۡبَرِّ أَوۡ يُرۡسِلَ عَلَيۡكُمۡ حَاصِبٗا ثُمَّ لَا تَجِدُواْ لَكُمۡ وَكِيلًا
Open ayah 17:68އަޅެފަހެ ކަލޭމެންނާއިގެން ބިމުގެ އެއްފަރާތް އެކަލާނގެ ގަންބަވައިގަތުމާމެދު ކަލޭމެން ތިޔަވަނީ އަމާންވެގެންހެއްޔެވެ؟ ގަންބަވައި ނުގަންނަވާނެކަމަށް ކަލޭމެން ހިތްހަމަޖެހިގެންތިބީހެއްޔެވެ؟ ނުވަތަ އުޑުން ހިލަތަކެއް އެކަލާނގެ ކަލޭމެންގެމައްޗަށް ފޮނުއްވުމާ މެދު ކަލޭމެން އަމާންވެގެންވަނީހެއްޔެވެ؟ ދެން އެކަލާނގެ عذاب ން ކަލޭމެން دفاع ކުރާނެ އެކަކުވެސް ކަލޭމެނަކަށް ނުފެންނާނެއެވެ. • ދަންނައެވެ. ދުނިޔޭގެ އެތަންމިތަނަށް ދިމާވާ އެކިބާވަތުގެ މުސީބާތަކީ މިއާޔަތް މިއިޝާރާތްކުރާ ކަންކަމުގެތެރެއިންވާ ކަންކަމެވެ. ދާދި އިހަށްދުވަހު އެދިޔަ ސުނާމީ އާއި އެޔާ ދާދިގާތުގައި ކިސަޑުއެޅި ނިވައިވާވަރަށް ނަގޫރޯޅިއަރައި ކުދިކުދިވެގެންދާ އެކިތަންތަން ބިންހެލިގެން ހަލާކުވެގެންދާ ތަންތަން ހަނދުމަކުރައްވާށެވެ! ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ ކިތައްކިތައް علامة އުޑުތަކާއި ބިމުގައި ކޮންމެދުވަހަކު އެބަ ހިނގައިދޭހެއްޔެވެ؟ މީސްތަކުން މިވަނީ އެބާވަތުގެ ކަންކަމުން މުޅިން غافل ވެގެންނެވެ. (وَكَأَيِّن مِّنْ ءَايَةٍ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ) سورة يوسف:
أَمۡ أَمِنتُمۡ أَن يُعِيدَكُمۡ فِيهِ تَارَةً أُخۡرَىٰ فَيُرۡسِلَ عَلَيۡكُمۡ قَاصِفٗا مِّنَ ٱلرِّيحِ فَيُغۡرِقَكُم بِمَا كَفَرۡتُمۡ ثُمَّ لَا تَجِدُواْ لَكُمۡ عَلَيۡنَا بِهِۦ تَبِيعٗا
Open ayah 17:69(އޭ މީސްތަކުންނޭވެ!) ނުވަތަ ކަލޭމެން ތިޔަތިބީ އަލުންވެސް އެކަލާނގެ ކަލޭމެން އެ ކަނޑަށް އަނެއްފަހަރު إعاد ނުކުރައްވާނޭކަމަށް (إعاد ކުރެއްވުމާމެދު) އަމާންވެގެންހެއްޔެވެ؟ ދެން އޭރުން (އެބަހީ: އަލުން ކަނޑަށް ކަލޭމެން إعاد ކުރައްވައިފިއްޔާ) އެކަލާނގެ ކަލޭމެންގެ މައްޗަށް (ސާމާނުތައް ހަލާކުކުރާވަރުގެ) ގަދަވައެއް ފޮނުއްވައި ދެން ކަލޭމެން ކާފަރުވުމުގެ ސަބަބުން އެކަލާނގެ ކަލޭމެން ކަނޑަށް غرق ކުރައްވައިފާނެއެވެ. ދެން ކަލޭމެނާމެދު ތިމަންރަސްކަލާނގެ ކަންތައްކުރެއްވިގޮތާދޭތެރޭ އެއްޗެއް ބުނެ އެކަމާމެދު ތިމަންރަސްކަލާނގެއާ تبع ކުރާނޭ އެކަކުވެސް ކަލޭމެން ނުދެކޭނެއެވެ.
۞وَلَقَدۡ كَرَّمۡنَا بَنِيٓ ءَادَمَ وَحَمَلۡنَٰهُمۡ فِي ٱلۡبَرِّ وَٱلۡبَحۡرِ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلۡنَٰهُمۡ عَلَىٰ كَثِيرٖ مِّمَّنۡ خَلَقۡنَا تَفۡضِيلٗا
Open ayah 17:70އަދި ހަމަކަށަވަރުން އާދަމުގެދަރީން (بني آدم) ތިމަންރަސްކަލާނގެ މާތްކުރެއްވީމެވެ. އަދި އެއްގަމާއި ކަނޑުގައި ތިމަންރަސްކަލާނގެ އެމީހުން އުފުއްލެވީމެވެ. އަދި ރަނގަޅު حلال ރިޒުގު އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ خلق ތަކުންކުރެ ގިނަބައެއްގެމައްޗަށް ކަނޑައެޅިގެންވާ މާތްކުރެއްވުމަކުން ތިމަންރަސްކަލާނގެ އެމީހުން މާތްކުރެއްވީމެވެ.
يَوۡمَ نَدۡعُواْ كُلَّ أُنَاسِۭ بِإِمَٰمِهِمۡۖ فَمَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ فَأُوْلَٰٓئِكَ يَقۡرَءُونَ كِتَٰبَهُمۡ وَلَا يُظۡلَمُونَ فَتِيلٗا
Open ayah 17:71ކޮންމެބަޔަކަށްވެސް އެބައެއްގެ إمام ގެނަމުން ގޮވޭދުވަސް ހަނދާންކުރާށެވެ! (އެ إمام އަކީ އެބަޔަކު ދުނިޔޭގައި تبع ވެ إقتداء ވެގެންއުޅުނު މީހާކަމުގައި ބުނެވުނެވެ. / ނުވަތަ އެބަޔަކަށް ބާވައިލެއްވުނު ފޮތްކަމުގައި ބުނެވުނެވެ. والله أعلم.) ދެންފަހެ (އެދުވަހުން) އެމީހެއްގެ عمل ގެފަތް އެމީހެއްގެ ކަނާތަށް ދެވިއްޖެމީހާ ފަހެ އެމީހުން އެމީހުންގެ ފަތްކިޔާނެއެވެ. فَتِيْلاَ އެއްގެ މިންވަރުވެސް އެމީހުންނަށް އަނިޔާނުވެވޭނެއެވެ. (فَتِيْلاَ އަކީ ކަދުރު ނޮޅައިލީމާ އޮށުގެ ފެޅުނުތާނގައިވާ ކަދުރުގެ ހިމަ ފަށްވަރެވެ.)
وَمَن كَانَ فِي هَٰذِهِۦٓ أَعۡمَىٰ فَهُوَ فِي ٱلۡأٓخِرَةِ أَعۡمَىٰ وَأَضَلُّ سَبِيلٗا
Open ayah 17:72އަދި މިދުނިޔޭގައި އުޅުނުއިރު (ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމާއި އެކަލާނގެ ދެއްވާފައިވާ نعمة ތަކާމެދު ނުވިސްނާ އެކަންކަމާމެދު) ހިތް غافل ވެ ކަނުވެގެންވާމީހާ ފަހެ އޭނާ آخرة ގައިވެސް ވާނީ ކަނުވެ އަނދިރިވެގެންވާމީހަކު ކަމުގައެވެ. އަދި މަގުފުރެދުން މާބޮޑުވެގެންވާ މީހަކުކަމުގައެވެ.
وَإِن كَادُواْ لَيَفۡتِنُونَكَ عَنِ ٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ لِتَفۡتَرِيَ عَلَيۡنَا غَيۡرَهُۥۖ وَإِذٗا لَّٱتَّخَذُوكَ خَلِيلٗا
Open ayah 17:73(އޭ رسول ﷲ އެވެ!) އެމީހުން يعني: އެ مشرك ންގެމީހުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ وحيގައި ކަލޭގެފާނު فِتنَة ވެރިކުރުވުން ހަމަކަށަވަރުން ގާތްވެގެންވެއެވެ. އެއީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލެއްވިގޮތްނޫން އެހެން ގޮތަކަށް ކަލޭގެފާނު ހައްދަވައި ތިމަންރަސްކަލާނގެ ރަސްކަންފުޅުގެމައްޗަށް ކަލޭގެފާނު ބޮޑުދޮގެއް އުފައްދައިގަތުމަށެވެ. އަދި އެހެން ކަލޭގެފާނު ހައްދަވައިފިއްޔާ (އެބަހީ: އެމީހުން އެބުނާ ގޮތަކަށް ކަލޭގެފާނު ހައްދަވައިފިއްޔާ) ހަމަކަށަވަރުން އެމީހުންގެ މިތުރަކުކަމުގައި ކަލޭގެފާނު އެމީހުން ހަދާނެއެވެ.
وَلَوۡلَآ أَن ثَبَّتۡنَٰكَ لَقَدۡ كِدتَّ تَرۡكَنُ إِلَيۡهِمۡ شَيۡـٔٗا قَلِيلًا
Open ayah 17:74އަދި ތިމަންރަސްކަލާނގެ ކަލޭގެފާނު ސާބިތުކުރައްވައި ރައްކާތެރި ނުކުރެއްވިނަމަ ހަމަކަށަވަރުން ކަލޭގެފާނު އެމީހުންގެ ފަރާތަށް ކޮންމެވެސް ކުޑަމިންވަރަކަށްނަމަވެސް ލެނބިވަޑައިގެންނެވުން ގާތްވެގެންވެއެވެ.
إِذٗا لَّأَذَقۡنَٰكَ ضِعۡفَ ٱلۡحَيَوٰةِ وَضِعۡفَ ٱلۡمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيۡنَا نَصِيرٗا
Open ayah 17:75އެހެންވެއްޖެއްޔާ - އެބަހީ: އެމީހުން ބުނާގޮތަކަށް ލެނބިވަޑައިގެންނެވުނުނަމަ - ހަމަކަށަވަރުން ދުނިޔޭގެ حياة ގެ عذاب އާއި އަދި މަރުގެ عذاب ގެރަހަ. (އެބަހީ: ދުނިޔެއާއި آخرة ގެ عذاب ގެރަހަ ޑަބަލްކޮށް ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްކެވީމުހެވެ. (ދަންނައެވެ! އެއީ مشرك ންނަށް ދެއްވާ عذاب ގެ ޑަބަލްކަމުގައިވިއެވެ. = زيدة التّفسير = ) ދެން އަދި ތިމަންރަސްކަލާނގެއާ އިދިކޮޅަށް ކަލޭގެފާނަށް نصر ދޭނޭ ހަމައެކަކުވެސް ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ.
وَإِن كَادُواْ لَيَسۡتَفِزُّونَكَ مِنَ ٱلۡأَرۡضِ لِيُخۡرِجُوكَ مِنۡهَاۖ وَإِذٗا لَّا يَلۡبَثُونَ خِلَٰفَكَ إِلَّا قَلِيلٗا
Open ayah 17:76އަދި އެމީހުން يعني: مشرك ން - ކަލޭގެފާނު ހުންނެވި ބިމުން - مكّة ގެ ބިމުން - ނެރެލުމަށްޓަކައި ކަލޭގެފާނު ބިރުގަންނަވާ ސިއްސުވާކަމުގައިވިއެވެ. ފަހެ އެހެންވީނަމަ (އެބަހީ: އެމީހުން ކަލޭގެފާނު އެތަނުން ނެރުނުނަމަ) ކަލޭގެފާނަށްފަހު ދެން އެމީހުން އެތާނގައި ދާދިކުޑަހިނދުކޮޅަކުމެނުވީ ނުތިބީހެވެ. (އެމީހުންގެމައްޗަށް عذاب އެއް ފޮނުއްވައި އެމީހުން ހަލާކުކުރައްވައިފީހެވެ.) • ދަންނައެވެ. މިއާޔަތުގައި އަދި އެހެންގޮތަކަށް މާނަކިޔާފައިވެއެވެ. އެމީހުންގެ އުނދަގޫބޮޑުވެގެން ﷲ ގެ أمر ފުޅަށް އެކަލޭގެފާނު مدينة އަށް هجرة ކުރެއްވުން އެއީ އެމީހުން އެކަލޭގެފާނު އެރަށުން ނެރެލިކަމުގައި މާނަކުރެއްވި ބޭކަލުންވެއެވެ. ދެން އެކަލޭގެފާނު ނުކުމެވަޑައިގަތުމަށްފަހު ކުޑަދުވަސްކޮޅަކު މެނުވީ އެމީހުން ނުތިބެއެވެ. އޭގެތެރެއިން ނަގާކިޔާ އުޅުނު جبّار ބޮޑެތިމީހުން بَدْرُ ހަނގުރާމައިގައި މަރުވެދިޔައީއެވެ. والله أعلم.
سُنَّةَ مَن قَدۡ أَرۡسَلۡنَا قَبۡلَكَ مِن رُّسُلِنَاۖ وَلَا تَجِدُ لِسُنَّتِنَا تَحۡوِيلًا
Open ayah 17:77(އޭ رسول ﷲ އެވެ!) އެއީ ކަލޭގެފާނުންގެ ކުރީގައި ތިމަންރަސްކަލާނގެ ފޮނުއްވި رسول ބޭކަލުންނާ މެދު ކަންތައްވެގެން ދިޔަގޮތެވެ. އެއީ ތިމަންރަސްކަލާނގެ سُنَّة އެވެ. ގޮތެވެ. އަދި އެގޮތަށް އެއްވެސް ބަދަލެއް އަންނާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. • އެބަހީ: ކޮންމެ أمّة އަކަށްވެސް އެ أمّة އަކަށް رسول ން ފޮނުއްވުމަށްފަހު އެމީހުން އެބޭކަލަކަށް އަނިޔާވެރިވެ އެބޭކަލަކު މަރައި ނުވަތަ ރަށުން ނެރެލައިފިނަމަ ދެން ލަހެއްނުވެ އެ أمّة އެއް ތިމަންރަސްކަލާނގެ ހަލާކުކުރައްވަމެވެ. އެއީ ތިމަންރަސްކަލާނގެ سنّة އެވެ. އެއަކަށް ބަދަލެއް ނާންނާނެއެވެ. رسول ﷲ ﷺ مكّة އިން مدينة އަށް هجرة ކުރެއްވީ ﷲ އަންގަވައިގެންނެވެ. އެރަށުން އެކަލޭގެފާނު ނެރެލުމަށް مكّة ގެ مشرك ން قصد ކުރިޔަސް އެމީހުންނަށް އެކަމެއްނުވެއެވެ. އެކަލޭގެފާނު مدينة އަށް ވަޑައިގެންނެވުމަކީ އެ مشرك ންގެ عمل އެއް ނޫނެވެ. އެއީ ﷲ ގެ أمر ފުޅެކެވެ.
أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمۡسِ إِلَىٰ غَسَقِ ٱلَّيۡلِ وَقُرۡءَانَ ٱلۡفَجۡرِۖ إِنَّ قُرۡءَانَ ٱلۡفَجۡرِ كَانَ مَشۡهُودٗا
Open ayah 17:78އިރުމެދުން ލަނބައިލުމުން ރޭގަނޑުގެ އަނދިރިއަށް ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! އަދި ފަތިސްނަމާދުވެސް قائم ކުރައްވާށެވެ! ހަމަކަށަވަރުން ފަތިސްނަމާދަކީ ހެކިވެވިގެންވާ ނުވަތަ حاضر ވެވެނި ނަމާދެއްކަމުގައިވިއެވެ. (އެބަހީ: އިންސާނުންނާއިއެކު ދުވާލު ތިއްބަވާ ملائكة ބޭކަލުންނާއި ރޭގަނޑު ތިއްބަވާ ملائكة ބޭކަލުން ފަތިސްނަމާދަށް حاضر ވެވަޑައިގަންނަވައެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މިއާޔަތުން فَرْضُ ފަސްނަމާދަށް އިޝާރާތްވެގެންވެއެވެ.)
وَمِنَ ٱلَّيۡلِ فَتَهَجَّدۡ بِهِۦ نَافِلَةٗ لَّكَ عَسَىٰٓ أَن يَبۡعَثَكَ رَبُّكَ مَقَامٗا مَّحۡمُودٗا
Open ayah 17:79(އޭ رسول ﷲ އެވެ!) އަދި ރޭގަނޑު ދަންވަރު (އަވަހާރަފުޅުލެއްޕެވުމަށްފަހު ތެދުވެވަޑައިގެން) ނަމާދުފުޅުކުރައްވާށެވެ! އެއީ ކަލޭގެފާނަށް خاصّ ވެގެންވާ ކަމެކެވެ. އެއީ ކަލޭގެފާނުންގެ ربّ ކަލޭގެފާނު حمد ލިބެވިގެންވާ مقام އަކަށް (قيامة ދުވަހުން) ފޮނުއްވުމަށްޓަކައެވެ.
وَقُل رَّبِّ أَدۡخِلۡنِي مُدۡخَلَ صِدۡقٖ وَأَخۡرِجۡنِي مُخۡرَجَ صِدۡقٖ وَٱجۡعَل لِّي مِن لَّدُنكَ سُلۡطَٰنٗا نَّصِيرٗا
Open ayah 17:80(އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! (ދަންނަވާށެވެ!) އޭ އަޅުގެ ربّ އެވެ! މިއަޅާ ތެދުވެރި ތަނަކަށް ވައްދަވާނދޭވެ! އަދި ތެދުވެރިތާކުން މިއަޅާ ނެރުއްވާނދޭވެ! (މިބަސްފުޅުގެ تفسير އެއްކަމުގައި تفسير علم ވެރިންގެ ވަރަށްގިނަ ބޭކަލުން ވިދާޅުވަނީ ވައްދަވާ ތެދުވެރިތަނަކީ المدينة المنوّرة އެވެ. އަދި ނެރުއްވާ ތެދުވެރިތަނަކީ مكّة المكرمة އެވެ.) އަދި އިބަރަސްކަލާނގެ حضرة ން މިއަޅާއަށް نصر ވެރި حجّة އެއް އަދި ގަދަ دليل އެއް ދެއްވާނދޭވެ! އެއީ مدينة ގައި إسلامى دولة އެއް قائم ކޮށްދެއްވުމަށް އެދިވަޑައިގެންނެވުންކަމުގައި ބުނެވުނެވެ.
وَقُلۡ جَآءَ ٱلۡحَقُّ وَزَهَقَ ٱلۡبَٰطِلُۚ إِنَّ ٱلۡبَٰطِلَ كَانَ زَهُوقٗا
Open ayah 17:81އަދި ކަލޭގެފާނު ވިދާޅުވާށެވެ! حقّ އަތުވެއްޖެއެވެ. باطل ހަލާކުވެ ނެތިވެހިނގައްޖެއެވެ. ހަމަކަށަވަރުން باطل އެއީ ނެތިވެދާނޭ އެއްޗެކެވެ. • ދަންނައެވެ. މިއާޔަތުގައި އެވާ حقّ އާއި باطل އާއިމެދު ބަސްތަފާތެވެ. ބައެއްބޭކަލުން ވިދާޅުވަނީ حقّ ގެ މުރާދަކީ ކީރިތި قرآن އެވެ. باطل އަކީ شيطان އާއެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ حقّ އަކީ مشرك ންނާ جهاد ކުރުމެވެ. باطل އަކީ شرك އެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ حقّ އަކީ އެކަމެއްގައި ﷲ ގެ ރުހިވޮޑިގަތުމާއި އެކަލާނގެއަށް ކިޔަމަންތެރިކަންވާ ކޮންމެ ކަމެކެވެ. އަދި باطل އަކީ އޭގެ އިދިކޮޅެވެ. = والله أعلم =
وَنُنَزِّلُ مِنَ ٱلۡقُرۡءَانِ مَا هُوَ شِفَآءٞ وَرَحۡمَةٞ لِّلۡمُؤۡمِنِينَ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارٗا
Open ayah 17:82އަދި މި ކީރިތި قرآن ގައި مؤمن ންނަށްޓަކައިވާ ބަލިބަލީގެ شفاء (ފަރުވާ) އާއި އަދި رحمة ވެއެވެ. އަދި އަނިޔާވެރިންނަށް ކީރިތި قرآن ން ގެއްލުމާއި ހަލާކުމެނުވީ އިތުރު ނުވެއެވެ.
وَإِذَآ أَنۡعَمۡنَا عَلَى ٱلۡإِنسَٰنِ أَعۡرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ كَانَ يَـُٔوسٗا
Open ayah 17:83އަދި އިންސާނާއަށް ޖެހިފައިވާ އުނދަގުލާއި مصيبة ފިއްލަވައި ތިމަންރަސްކަލާނގެ އޭނާއަށް نعمة ދެއްވާ ތަނަވަސްކޮށްދެއްވައިފިއްޔާ ތިމަންރަސްކަލާނގެއަށް ذِكر ކޮށް شكر ކުރުމުން އޭނާ އެނބުރި ފުރަގަސްދެއެވެ. އެކަންކަން ނުކުރެއެވެ. އަދި އޭނާއަށް ނުބަޔާއި އުނދަގޫ ޖެހިއްޖެއްޔާ އޭނާއަކީ މުޅިން ނާއުއްމީދުވެ މާޔޫސްވެގެންވާ މީހަކުކަމުގައި ވެދެއެވެ.
قُلۡ كُلّٞ يَعۡمَلُ عَلَىٰ شَاكِلَتِهِۦ فَرَبُّكُمۡ أَعۡلَمُ بِمَنۡ هُوَ أَهۡدَىٰ سَبِيلٗا
Open ayah 17:84(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެ މީހަކުވެސް އޭނާގެ ގޮތަށް ނުވަތަ އޭނާއަށް ފެންނަގޮތަކަށް عمل ކުރަމުންދެއެވެ. އަދި އޭގެތެރެއިން އެންމެ ތެދުމަގުގައި ވަނީ ކާކުކަން ކަލޭގެފާނުންގެ ربّ ދެނެވޮޑިގެންވެއެވެ.
وَيَسۡـَٔلُونَكَ عَنِ ٱلرُّوحِۖ قُلِ ٱلرُّوحُ مِنۡ أَمۡرِ رَبِّي وَمَآ أُوتِيتُم مِّنَ ٱلۡعِلۡمِ إِلَّا قَلِيلٗا
Open ayah 17:85އަދި (އޭ رسول ﷲ އެވެ!) رُوح އާއިމެދު އެބަހީ: ފުރާނަޔާމެދު އެމީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! رُوح އެއީ އެކަލާނގެ ދެނެވޮޑިގަތުމަށް خاصّ ވެގެންވާ ކަންކަމުގެތެރެއިންވާ ކަމެކެވެ. (އެކަން ކަލޭމެންނަކަށް ނޭނގޭނެއެވެ.) އަދި علم ގެތެރެއިން ދާދި މަދުމިންވަރެއް މެނުވީ ކަލޭމެންނަށް ދެވިގެންނުވެއެވެ.
وَلَئِن شِئۡنَا لَنَذۡهَبَنَّ بِٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ ثُمَّ لَا تَجِدُ لَكَ بِهِۦ عَلَيۡنَا وَكِيلًا
Open ayah 17:86އަދި (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އެދިވޮޑިގެންފިއްޔާ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ وحي ހަމަކަށަވަރުން ތިމަންރަސްކަލާނގެ ގެންދަވައިފީހެވެ. (قرآن ގެ އެންމެހައި علم އެއް ގެންދަވައިފީހެވެ.) ދެން އެކަމާމެދު ތިމަންރަސްކަލާނގެއާ އިދިކޮޅަށް ކަލޭގެފާނަށް نصر ދީ وَكالة ކުރާނޭ وكيل އަކު ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ.
إِلَّا رَحۡمَةٗ مِّن رَّبِّكَۚ إِنَّ فَضۡلَهُۥ كَانَ عَلَيۡكَ كَبِيرٗا
Open ayah 17:87ހަމައެކަނި ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްމެނުވީއެވެ. (އެބަހީ: ކަލޭގެފާނަށް ބާވައިލެއްވި وحي އެކަލާނގެ ނުގެންދަވައި ކަލޭގެފާނުންގެ ހިތްޕުޅުގައި ثابت ކުރައްވާފައި އެވަނީ ހަމައެކަލާނގެ رحمة އާއި فضل ވަންތަކަމެވެ.) ހަމަކަށަވަރުން އެކަލާނގެ فضل ވަންތަކަން ކަލޭގެފާނުންގެމައްޗަށް ބޮޑުވެގެންވެއެވެ.
قُل لَّئِنِ ٱجۡتَمَعَتِ ٱلۡإِنسُ وَٱلۡجِنُّ عَلَىٰٓ أَن يَأۡتُواْ بِمِثۡلِ هَٰذَا ٱلۡقُرۡءَانِ لَا يَأۡتُونَ بِمِثۡلِهِۦ وَلَوۡ كَانَ بَعۡضُهُمۡ لِبَعۡضٖ ظَهِيرٗا
Open ayah 17:88ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އިންސީންނާއި ޖިންނީން ޖަމާވެގެން އެފަދަ قرآن އެއް ގެނައުމަށް މަސައްކަތްކުރިޔަސް އެފަދަ قرآن އެއް ނުގެނެވޭނެއެވެ. އަދި އޭގެ އެއްބަޔަކު އަނެއްބަޔަކާއި ވާގިވެރިވެ އެހީތެރިވިޔަސް އެކަމެއް ނުވާނެއެވެ.
وَلَقَدۡ صَرَّفۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖ فَأَبَىٰٓ أَكۡثَرُ ٱلنَّاسِ إِلَّا كُفُورٗا
Open ayah 17:89އަދި މި قرآن ގައި މީސްތަކުންނަށްޓަކައި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކޮންމެ ވައްތަރަކުންވެސް مثال ތައް بيان ކޮށްދީފީމެވެ. ފަހެ މީސްތަކުންކުރެ ގިނަމީހުން (حقّ އާއި އިދިކޮޅުހަދައި) كافر ވުންމެނުވީ إختيار ނުކުރިއެވެ. (އެކަލާނގެ حجّة ތަކާއި دليل ތައް قبول ކުރުމުން މަނާވެގަތީއެވެ.)
وَقَالُواْ لَن نُّؤۡمِنَ لَكَ حَتَّىٰ تَفۡجُرَ لَنَا مِنَ ٱلۡأَرۡضِ يَنۢبُوعًا
Open ayah 17:90(އޭ رسول ﷲ އެވެ!) އަދި އެ مشرك ން ކަލޭގެފާނަށް ދެންނެވިއެވެ. (މިރަށުގެ) ބިމުން ފެންއާރެއް ފަޅުއްވައިގެން ގެންނަވައިފުމަށްދާންދެން އަހުރެމެން ކަލޭގެފާނަށް إيمان ނުވާހުށީމެވެ.
أَوۡ تَكُونَ لَكَ جَنَّةٞ مِّن نَّخِيلٖ وَعِنَبٖ فَتُفَجِّرَ ٱلۡأَنۡهَٰرَ خِلَٰلَهَا تَفۡجِيرًا
Open ayah 17:91ނުވަތަ ކަދުރު ރުކާއި މޭބިސްކަދުރު ގެ ބަގީޗާއެއް ކަލޭގެފާނަށް އޮވެފައި އެގަސްތަކުގެ ތެރޭގައި ފެންއާރެއް ފެޅިގެން ދެމެވިއްޖައުމަށްދާންދެން (އަހުރެމެން ކަލޭގެފާނަށް އީމާންނުވާހުށީމެވެ.)
أَوۡ تُسۡقِطَ ٱلسَّمَآءَ كَمَا زَعَمۡتَ عَلَيۡنَا كِسَفًا أَوۡ تَأۡتِيَ بِٱللَّهِ وَٱلۡمَلَٰٓئِكَةِ قَبِيلًا
Open ayah 17:92ނުވަތަ ކަލޭގެފާނު ތިޔަހީފުޅުކުރައްވާފަދައިން އުޑު ކުދިކުދިވެގެން އޭގެ އެތިގަނޑުގަނޑު އަހުރެމެންގެމައްޗަށް ވެރިއްޖައުމަށްދާންދެން ނުވަތަ އަހުރެމެންގެ ކޮންމެ قبيلة އަކަށްވެސް ފެންނާނޭގޮތަށް ކަލޭގެފާނު އަހުރެމެންގެގާތަށް ﷲ އާއި ملائكة ބޭކަލުން ގެންނަވައިފުމަށްދާންދެން (އަހުރެމެން ކަލޭގެފާނަށް إيمان ނުވާހުށީމެވެ.) ނުވަތަ ހަމަ ފައުޅުގައި އަހުރެމެންނަށް ﷲ އާއި ملائكة ބޭކަލުން ފެންނަފަށަށް ގެންނަވައިފުމަށްދާންދެން އަހުރެމެން އީމާނެއްނުވާނަމެވެ.
أَوۡ يَكُونَ لَكَ بَيۡتٞ مِّن زُخۡرُفٍ أَوۡ تَرۡقَىٰ فِي ٱلسَّمَآءِ وَلَن نُّؤۡمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيۡنَا كِتَٰبٗا نَّقۡرَؤُهُۥۗ قُلۡ سُبۡحَانَ رَبِّي هَلۡ كُنتُ إِلَّا بَشَرٗا رَّسُولٗا
Open ayah 17:93ނުވަތަ ރަނުން ޒީނަތްތެރިވެގެންވާ ގެއެއް ކަލޭގެފާނަށް ހުރެއްޖައުމަށްދާންދެން (އަހުރެމެން ކަލޭގެފާނަށް إيمان ނުވާހުށީމެވެ.) ނުވަތަ ސިޑިޔަކުން ކަލޭގެފާނު އުޑަށް އަރާވަޑައިގެންފުމަށްދާންދެންނެވެ. އަދި ކަލޭގެފާނަށް تبع ވުމަށް بيان ވެގެންވާ ފޮތެއް އަހުރެމެން ކިޔެވުމަށް ކަލޭގެފާނުން ގެންނެވިއްޔާމެނުވީ ކަލޭގެފާނު އުޑަށް އަރާވަޑައިގެންނެވިކަމަށް އަހުރެމެން ތެދެއް ނުކުރާނަމެވެ. (އޭ رسول ﷲ އެވެ! މިހުރިހާކަމެއްގެ ޖަވާބުގައި) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ ربّ ހުސް طاهر ވަންތައެވެ. ފަހެ رسول ކަމާއިގެން ފޮނުއްވިފައިވާ آدم ގެދަރިއަކުކަމުގައި މެނުވީ އަހުރެން އެބަވޭހެއްޔެވެ؟ (އެބަހީ: އަހުރެންނަކީހަމަ ފޮނުއްވިގެންވާ رسولއަކީމެވެ. އެކަލާނގެ އަހުރެންނާމެދު އިރާދަކުރެއްވިކަމެއްމެނުވީއަހުރެންނަކަށް ނުވާނެއެވެ.)
وَمَا مَنَعَ ٱلنَّاسَ أَن يُؤۡمِنُوٓاْ إِذۡ جَآءَهُمُ ٱلۡهُدَىٰٓ إِلَّآ أَن قَالُوٓاْ أَبَعَثَ ٱللَّهُ بَشَرٗا رَّسُولٗا
Open ayah 17:94އަދި މީސްތަކުންގެގާތަށް ތެދުމަގު އައިހިނދުން އެމީހުން إيمان ނުވުމުގެ ސަބަބެއްކަމުގައި " ﷲ تعالى آدم ގެދަރިއަކު رسول ކަމާއިގެން ފޮނުއްވީހެއްޔެވެ؟" މިހެން އެމީހުން ބުނުންކަމުގައިމެނުވީ ނުވެއެވެ.
قُل لَّوۡ كَانَ فِي ٱلۡأَرۡضِ مَلَٰٓئِكَةٞ يَمۡشُونَ مُطۡمَئِنِّينَ لَنَزَّلۡنَا عَلَيۡهِم مِّنَ ٱلسَّمَآءِ مَلَكٗا رَّسُولٗا
Open ayah 17:95(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ބިންމަތީގައި ހިންގަވާ ހައްދަވައި ހަމަޖެހިވަޑައިގެން މަލާއިކަތްބޭކަލުން އުޅުއްވާނަމަ އެބޭކަލުންގެގާތަށް رسول ބޭކަލަކުކަމުގައި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އުޑުން މަލާއިކަތްބޭކަލަކު ފޮނުއްވީމުހެވެ.
قُلۡ كَفَىٰ بِٱللَّهِ شَهِيدَۢا بَيۡنِي وَبَيۡنَكُمۡۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرَۢا بَصِيرٗا
Open ayah 17:96ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނާއި ތިމަންކަލޭގެފާނާ ދެމެދުގައިވާ ހެކިވެރިއަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. ހަމަކަށަވަރުން އެކަލާނގެ އަޅުތަކުންގެ خبر ތައް ދެނެވޮޑިގެންވާ އަދި ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.
وَمَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِۖ وَمَن يُضۡلِلۡ فَلَن تَجِدَ لَهُمۡ أَوۡلِيَآءَ مِن دُونِهِۦۖ وَنَحۡشُرُهُمۡ يَوۡمَ ٱلۡقِيَٰمَةِ عَلَىٰ وُجُوهِهِمۡ عُمۡيٗا وَبُكۡمٗا وَصُمّٗاۖ مَّأۡوَىٰهُمۡ جَهَنَّمُۖ كُلَّمَا خَبَتۡ زِدۡنَٰهُمۡ سَعِيرٗا
Open ayah 17:97އަދި ﷲ އެމީހަކަށް ތެދުމަގު ދައްކަވާމީހަކު (ދަންނައެވެ!) ތެދުމަގުގައިވާ މީހަކީ އެމީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވާމީހާ (ދަންނައެވެ!) ފަހެ އެފަދަ މީހުންނަށް އެކަލާނގެ ފިޔަވައި نصر ދީ ވާގިވެރިވާނޭ އެހެން نصر ވެރިންނެއް ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ. އަދި قيامة ދުވަހުން ތިމަންރަސްކަލާނގެ އެމީހުން محشر ކުރައްވާހުށީ އެމީހުންގެ މޫނުވަތަށެވެ. ކަނު މަންމަން އަދި ބީރުބަޔަކުކަމުގައިވާ ހާލުގައެވެ. އަދި އެމީހުންގެ ޓިކާނާއަކީ ޖާގަޔަކީ ނަރަކައެވެ. އެނަރަކައިގެ އެނދުމާއި ތެޅުން މަޑުވެލާ ކޮންމެހިނދެއްގައި ތިމަންރަސްކަލާނގެ އެމީހުންނަށް އެނދުމާއި އަލިފާން އިތުރުކުރައްވާހުށީމެވެ.
ذَٰلِكَ جَزَآؤُهُم بِأَنَّهُمۡ كَفَرُواْ بِـَٔايَٰتِنَا وَقَالُوٓاْ أَءِذَا كُنَّا عِظَٰمٗا وَرُفَٰتًا أَءِنَّا لَمَبۡعُوثُونَ خَلۡقٗا جَدِيدًا
Open ayah 17:98އެމީހުންނަށް އެޖަޒާ އެދެއްވެނީ ހަމަކަށަވަރުން އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރިކަމަށްޓަކައެވެ. އަދި އެމީހުން ދުނިޔޭގައިތިބިއިރު އެމީހުން ބުންޏެވެ. (އެއީ އިންކާރުކުރުމުގެގޮތުން ބުނިބުނުމެކެވެ.) އަހުރެމެން ފަހެ މަރުވެ ކަށްޓަށްވެ ކަށިތައް ފީވެ ވެއްޔަށްވުމުން އަލުން އާހެއްދެވުމަކުން އަހުރެމެން ހެއްދެވޭނޭހެއްޔެވެ؟ (އެއީ ވާނޭކަމެއްނޫނެވެ.)
۞أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ قَادِرٌ عَلَىٰٓ أَن يَخۡلُقَ مِثۡلَهُمۡ وَجَعَلَ لَهُمۡ أَجَلٗا لَّا رَيۡبَ فِيهِ فَأَبَى ٱلظَّٰلِمُونَ إِلَّا كُفُورٗا
Open ayah 17:99(އޭގެ ޖަވާބުގައި ﷲ وحي ކުރެއްވިއެވެ.) ހަމަކަށަވަރުން ﷲ އުޑުތަކާއި ބިން ހެއްދެވިކަން އެމީހުންނަށް ފަހެ ނޭނގެނީހެއްޔެވެ؟ (އެމީހުންނަށް އެކަން އެނގޭނެއެވެ.) އެފަދަ ކަންކަމަށް ކުޅަދުންވަންތަވިކަލަކަށް އެމީހުން މަރުވުމަށްފަހު އެމީހުންގެ ސިފަޔަށް އެމީހުން އަލުން ހެއްދެވުމަށް ކުޅަދުންވަންތަވެވޮޑިގެންވާނެކަން ކަށަވަރެވެ. ފަހެ އަނިޔާވެރިން (مشرك ން) ކާފަރުކަމާއި ދެކޮޅުވެރިކަން މެނުވީ އިތުރު ނުކުރެއެވެ. (އެބަހީ: އެމީހުންގެ ގޮތަކަށްވީ ކާފަރުކަމާއި ދެކޮޅުވެރިކަމެވެ.)
قُل لَّوۡ أَنتُمۡ تَمۡلِكُونَ خَزَآئِنَ رَحۡمَةِ رَبِّيٓ إِذٗا لَّأَمۡسَكۡتُمۡ خَشۡيَةَ ٱلۡإِنفَاقِۚ وَكَانَ ٱلۡإِنسَٰنُ قَتُورٗا
Open ayah 17:100(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ ربّ ގެ رحمة ގެ خزانة ތައް އެބަހީ: މުދަލުގެ خزانة ތައް ކަލޭމެންނަށް ملك ވީނަމަވެސް فقير ވެދާނޭކަމަށް ބިރުން ކަލޭމެން އެއިން خرد ނުކޮށް މީހަކަށް އެއްޗެއް ނުދީ ހިފެހެއްޓީހެވެ. އަދި އިންސާނާވީ بخيل މީހަކުކަމުގައެވެ.
وَلَقَدۡ ءَاتَيۡنَا مُوسَىٰ تِسۡعَ ءَايَٰتِۭ بَيِّنَٰتٖۖ فَسۡـَٔلۡ بَنِيٓ إِسۡرَٰٓءِيلَ إِذۡ جَآءَهُمۡ فَقَالَ لَهُۥ فِرۡعَوۡنُ إِنِّي لَأَظُنُّكَ يَٰمُوسَىٰ مَسۡحُورٗا
Open ayah 17:101އަދި ހަމަކަށަވަރުން موسى (عليه السّلام) އަށް ތިމަންރަސްކަލާނގެ ބަޔާންވެ ފައުޅުވެގެންވާ ނުވަ دليل އެބަހީ: ނުވަ معجزة ދެއްވީމެވެ. (އެ ނުވަ معجزة އަކީ، އެކަލޭގެފާނުންގެ عصاء ކޮޅު، އެކަލޭގެފާނުންގެ އަތްޕުޅުގެ معجزة -، طوفان، ގޮއްފުޅަނގި، އުކުނު-، ބޮއް، ލެއި، ތަދުމަޑު އަހަރުތައް-، މޭވާ މަދުކުރެއްވުން، މިއެވެ. (މީގެ ބައެއް معجزة ގައި إختلاف ހުރިނަމަވެސް މި معجزة ތަކަކީ އެންމެން ދަންނަ مشهور معجزة ތަކެވެ. والله أعلم.) (އޭ رسو ﷲ އެވެ!) ކަލޭގެފާނު އެމީހުންނާއި އެބަހީ: بني إسرائيل ންނާ ސުވާލުކުރައްވާ ބައްލަވާށެވެ! އެމީހުންގެގާތަށް އެކަލޭގެފާނު - يعني: موسى عليه السّلام މިއާޔަތްތަކާއިގެން ވަޑައިގެންނެވިހިނދުން ފަހެ فرعون އެކަލޭގެފާނަށް ދެންނެވިއެވެ. އޭ موسى އެވެ! އަހުރެންނަށް ކަލެޔާމެދު ހީވަނީ ކަލެއަކީ سِحْرُ ޖެހިފައިވާ މީހަކުކަމަށެވެ. (ނުވަތަ سحر ވެރިޔަކުކަމުގައެވެ.)
قَالَ لَقَدۡ عَلِمۡتَ مَآ أَنزَلَ هَٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ بَصَآئِرَ وَإِنِّي لَأَظُنُّكَ يَٰفِرۡعَوۡنُ مَثۡبُورٗا
Open ayah 17:102އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. (އޭ فرعون އެވެ!) ހަމަކަށަވަރުން މިއާޔަތްތައް ބާވައިލެއްވީ އުޑުތަކާއި ބިމުގެ ވެރި ربّ ކަމުގައި މެނުވީ ނުވާކަން ކަލެއަށް ރަނގަޅަށް އެނގޭނެއެވެ. އެއީ ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން بيان ކޮށްދޭ، އަދި އަހުރެންގެ رسول ކަން ތެދުކަމުގެ މައްޗަށް دليل ކުރާ عبرة ން ފުރިގެންވާ دليل ތަކެކެވެ. އޭ فرعون އެވެ! އަހުރެންނަށް ހީވާގޮތުގައި (ނުވަތަ يقين ކުރާގޮތުގައި) ކަލެއަކީ ހުރިހާ ހެވަކުން ހުސްވެގެންވާ މީހެކެވެ. ގެއްލި ހަލާކުވެގެންވާ މީހެކެވެ.
فَأَرَادَ أَن يَسۡتَفِزَّهُم مِّنَ ٱلۡأَرۡضِ فَأَغۡرَقۡنَٰهُ وَمَن مَّعَهُۥ جَمِيعٗا
Open ayah 17:103އަދި އެބަނީއިސްރާއީލުން (مصر ގެ) ބިމުން ނެރެލައި ސިއްސުވައިލުމަށް އެ فرعون قصد ކުރިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އޭނާޔާއި އަދި އޭނާޔާއެކުގައިވާ މީސްތަކުން އެ އެންމެން ކަނޑުގައި غرق ކޮށްލީއެވެ.
وَقُلۡنَا مِنۢ بَعۡدِهِۦ لِبَنِيٓ إِسۡرَٰٓءِيلَ ٱسۡكُنُواْ ٱلۡأَرۡضَ فَإِذَا جَآءَ وَعۡدُ ٱلۡأٓخِرَةِ جِئۡنَا بِكُمۡ لَفِيفٗا
Open ayah 17:104އަދި އޭގެފަހުގައި بني إسرائيل ންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. ކަލޭމެން (بيت المقدس ގެ) ބިމުގައި ވަޒަންވެރިވާށެވެ! ދެންފަހެ آخرة ވުމުގެ وعد ފުޅުއަތުވެއްޖެއްޔާ ތިމަންރަސްކަލާނގެ ކަލޭމެން އެންމެން (ކައްވަޅުތަކުންނެރުއްވައި) މައްސުނިކޮށް އެއްކޮށްލައްވާހުށީމެވެ.
وَبِٱلۡحَقِّ أَنزَلۡنَٰهُ وَبِٱلۡحَقِّ نَزَلَۗ وَمَآ أَرۡسَلۡنَٰكَ إِلَّا مُبَشِّرٗا وَنَذِيرٗا
Open ayah 17:105އަދި ތިމަންރަސްކަލާގެ އެ قرآن ބާވައިލެއްވީ حقّ އާއިގެންނެވެ. (އެއީ ﷲ ގެ أمر ފުޅުތަކާއި نهى ތަކާއި حكم ތަކާއި عدل إنصاف އާއި أخلاق އާއި ދެންވެސް އެބާވަތުގެ އެންމެހައި حقّ އަކާއިގެންނެވެ. އަދި محمّد ﷺ އާ ހަމައަށް އެ قرآن واصل ވީވެސް ހަމަ حقّ ގޮތުގައެވެ. (އަދި އޭ رسول ﷲ އެވެ!) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމާއިގެން ނުފޮނުއްވަމެވެ.
وَقُرۡءَانٗا فَرَقۡنَٰهُ لِتَقۡرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكۡثٖ وَنَزَّلۡنَٰهُ تَنزِيلٗا
Open ayah 17:106އަދި ތިމަންރަސްކަލާނގެ އެ قرآن بيان ކޮށްދެއްވައި حقّ އާއި باطل ވަކިކޮށްދެއްވީމެވެ. އެއީ ކަލޭގެފާނު އެ قرآن މީސްތަކުންނަށް ލަސްލަހުން تَرْتِيْلُ ކޮށް ރީތިކޮށް ކިޔަވާ ވިދާޅުވެދެއްވުމަށެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن ކަނޑައެޅިގެން އެކިފަހަރުފަހަރުމަތިން ބާވައިލެއްވީމެވެ.
قُلۡ ءَامِنُواْ بِهِۦٓ أَوۡ لَا تُؤۡمِنُوٓاْۚ إِنَّ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ مِن قَبۡلِهِۦٓ إِذَا يُتۡلَىٰ عَلَيۡهِمۡ يَخِرُّونَۤ لِلۡأَذۡقَانِۤ سُجَّدٗاۤ
Open ayah 17:107(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އެ قرآن އަށް إيمان ވާށެވެ! ނުވަތަ ކަލޭމެން إيمان ނުވާށެވެ! (އެކަމުން ﷲ ގެ رحمة ގެ خزانة އަށް އުނިއިތުރު ނުވާނެއެވެ.) ހަމަކަށަވަރުން އެ قرآن ބާވައިލެއްވުމުގެކުރީގައި علم ދެއްވުނުމީހުންގެމައްޗަށް އެ قرآن ކިޔެވިއްޖެއްޔާ އެމީހުންގެ މޫނުތައް (ﷲ އަށް) سجدة ކުރާ حال ތިރިކުރެއެވެ.
وَيَقُولُونَ سُبۡحَٰنَ رَبِّنَآ إِن كَانَ وَعۡدُ رَبِّنَا لَمَفۡعُولٗا
Open ayah 17:108އަދި އެމީހުން ދަންނަވައެވެ. އަޅަމެންގެ ربّ ހުސް طاهر ވަންތައެވެ! ހަމަކަށަވަރުން އަޅަމެންގެ ربّ ގެ وعد އެއީ ކަނޑައެޅިގެން ވާނޭކަމެކެވެ. އެއީ ޝައްކެއްނެތްކަމެކެވެ.
وَيَخِرُّونَ لِلۡأَذۡقَانِ يَبۡكُونَ وَيَزِيدُهُمۡ خُشُوعٗا۩
Open ayah 17:109އަދި އެމީހުން (އެ قرآن ގައިވާ وعظ އާއި نصيحة އާއި عبرة ގެ ސަބަބުން) ރޯ حال އެމީހުންގެ މޫނުތައް ﷲ އަށް سجدة އަށް ތިރިކުރެއެވެ. އަދި އެ قرآن އެމީހުންނަށް މަޑުމޮޅިކަމާއި ބިރުވެރިކަން އިތުރުކޮށްދެއެވެ. (މިއީ يهودي ންނާއި نصارى އިންގެތެރޭގައި ތިބި ރަނގަޅު مؤمن ންގެ خبر އެކެވެ.)
قُلِ ٱدۡعُواْ ٱللَّهَ أَوِ ٱدۡعُواْ ٱلرَّحۡمَٰنَۖ أَيّٗا مَّا تَدۡعُواْ فَلَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰۚ وَلَا تَجۡهَرۡ بِصَلَاتِكَ وَلَا تُخَافِتۡ بِهَا وَٱبۡتَغِ بَيۡنَ ذَٰلِكَ سَبِيلٗا
Open ayah 17:110(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ مشرك ންނޭވެ!) ކަލޭމެން ﷲ އަށް دعاء ކުރާށެވެ! ގޮވާށެވެ! ނުވަތަ ކަލޭމެން رحمن އަށް دعاء ކުރާށެވެ! ގޮވާށެވެ! އެތަނުން ކޮންމެފަރާތަކަށް ގޮވިޔަސް މައްސަލައެއްނެތެވެ. (އެއީ ދެ إله އެއްނޫނެވެ. އެއީ ހަމަ އެއްކައުވަންތަ އެއް إله އެކެވެ. އެއީ ﷲ އެވެ.) ފަހެ އެކަލާނގެއަށް އެންމެ ރިވެތިވެގެންވާ އެންމެ ފުރިހަމަ އެންމެ ކީރިތި ނަންފުޅުތައްވެއެވެ. އެންމެ ފުރިހަމަ ސިފަފުޅުތައްވެއެވެ. އޭ رسول ﷲ އެވެ! ކަލޭގެފާނު ނަމާދުފުޅުކުރައްވާއިރު މާބޮޑަށް އަޑުހަރު ނުކުރައްވާށެވެ! ނުވަތަ دعاء ކުރައްވާއިރު މާބޮޑަށް އަޑުފުޅު މަޑުވެސް ނުކުރައްވާށެވެ! މާބޮޑަށް ވަންހަނާ ނުކުރައްވާށެވެ! އަދި އެދެމެދުގެ ވަރެއް إختيارކުރައްވާށެވެ! • ދަންނައެވެ. މިއާޔަތް ބާވައިލެއްވުނު ސަބަބަކާއި އަދި މިއާޔަތުން މުރާދުވާ މާނަޔަކާ މެދު ވަރަށްބޮޑު إختلاف އެބަހުއްޓެވެ. އެވާހަކަތައް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. މިހެންވެ މިވާހަކަ ހަނދާންކޮށްދިނީމެވެ.
وَقُلِ ٱلۡحَمۡدُ لِلَّهِ ٱلَّذِي لَمۡ يَتَّخِذۡ وَلَدٗا وَلَمۡ يَكُن لَّهُۥ شَرِيكٞ فِي ٱلۡمُلۡكِ وَلَمۡ يَكُن لَّهُۥ وَلِيّٞ مِّنَ ٱلذُّلِّۖ وَكَبِّرۡهُ تَكۡبِيرَۢا
Open ayah 17:111(އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! އެންމެހައި تعريف އާއި ثناء އެއް خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެއަށް އެއްވެސް ދަރިކަލަކުނުވާ ކަލާނގެއެވެ. އަދި އެކަލާނގެ ވެރިކަމާއި މިލްކުގައި ބައިވެރިވާނޭ އެކަކުވެސް ނުވެއެވެ. އަދި (ދެރަމީހުންނަށް نصر ވެރިންނާއި އެހީތެރިން ބޭނުންވާގޮތަށް) އެކަލާނގެއަށް އެއްވެސް نصر ވެރިއަކު ވާގިވެރިއަކު ބޭނުންވެވޮޑިގެން ނުވެއެވެ. (އެކަލާނގެ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވެއެވެ.) އަދި ކަލޭގެފާނުންގެ عمل ފުޅާއި ބަސްފުޅުން އެކަލާނގެ عزّة ވަންތަކުރައްވައި މާތްކުރައްވާށެވެ. (އެކަލާނގެ ހައިބަވަންތަކުރައްވައި ބޮޑުކުރައްވާށެވެ.)