الزخرف
Az-Zukhruf
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
حمٓ
Open ayah 43:1حم މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
وَٱلۡكِتَٰبِ ٱلۡمُبِينِ
Open ayah 43:2ބަޔާންވެގެންވާ ކީރިތި قرآن ގަންދެއްވައި ﷲ تعالى ހުވައި وحي ކުރައްވައެވެ. (މި ހުވައިގެ جواب އަކީ ހަމަކަށަވަރުން قرآن އަކީ هداية އެކެވެ. މީސްތަކުންނަށް ވާ ތެދުމަގެކެވެ.)
إِنَّا جَعَلۡنَٰهُ قُرۡءَٰنًا عَرَبِيّٗا لَّعَلَّكُمۡ تَعۡقِلُونَ
Open ayah 43:3ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ قرآن ބާވައިލެއްވީ عرب ބަހުންނެވެ. عرب قرآن އެއް ކަމުގައި އެ قرآن ލެއްވީމެވެ. އެއީ ތިޔަބައިމީހުން ވިސްނައި، فكر ކުރުމަށް ޓަކައެވެ.
وَإِنَّهُۥ فِيٓ أُمِّ ٱلۡكِتَٰبِ لَدَيۡنَا لَعَلِيٌّ حَكِيمٌ
Open ayah 43:4އަދި ހަމަކަށަވަރުން އެ ފޮތް ވަނީ أصل ފޮތުގައި ލިޔެވިގެންނެވެ. އެބަހީ لوح المحفوظ ގައި ތިމަން ރަސްކަލާނގެ حضرة ގައެވެ. އެ ފޮތަކީ އެ ފޮތުގެ قدر އާއި، މިންވަރު މަތިވެރިވެ އުފުލިގެންވާ، އަދި އެ ފޮތުގެ حكم ތައް ގަދަވެގެންވާ ސީދާ ފޮތެވެ.
أَفَنَضۡرِبُ عَنكُمُ ٱلذِّكۡرَ صَفۡحًا أَن كُنتُمۡ قَوۡمٗا مُّسۡرِفِينَ
Open ayah 43:5(އެންމެހައި ކާފަރުންނާއި، مشرك ންނޭވެ!) ތިޔަބައިމީހުންނީ ނުބައި ކަންތަކުގައި ހައްދު ފަހަނަޅައިގެން ގޮސްފައިވާ ބަޔަކު ކަމުގައި ވީހިނދުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އުޅޭނޭ ގޮތަކަށް އުޅުމަށް، މި قرآن ވެސް ބާވައި ނުލައްވައި ހަމަ ބޭކާރުކޮށް ދޫކޮށްލާންވީ ހެއްޔެވެ؟ ދަންނައެވެ. މި އާޔަތުގެ ترجمة އަދި تفسير އެތައް ގޮތަކަށް ލިޔެވިގެން ވެއެވެ. މިތާ ލިޔެފައި މިވަނީ އޭގެ ތެރެއިން އެއް ގޮތެވެ. والله أعلم.
وَكَمۡ أَرۡسَلۡنَا مِن نَّبِيّٖ فِي ٱلۡأَوَّلِينَ
Open ayah 43:6އަދި އިސްވެދިޔަ أمّة ތަކަށް ތިމަން ރަސްކަލާނގެ ކިތައްކިތައް نبي ބޭކަލުން ފޮނުވިން ހެއްޔެވެ؟ އެބަހީ ވަރަށް ގިނަ ބޭކަލުން ފޮނުއްވީމެވެ.
وَمَا يَأۡتِيهِم مِّن نَّبِيٍّ إِلَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ
Open ayah 43:7އަދި އެ މީސްމީހުންގެ ގާތަށް - އެ أمّة ތަކަށް - نبي ބޭކަލަކު ވަޑައިގެންނެވި ކޮންމެ ހިނދެއްގައި އެ ބޭކަލަކަށް މަލާމާތްކޮށް، ފުރައްސާރަކޮށް، ގޮއްވާ ނުހަދާ އެއް ބޭކަލަކުވެސް އެއް أمّة އަކަށްވެސް رسول ކަމާއިގެން ވަޑައި ނުގަންނަވައެވެ. (ހުރިހާ ބޭކަލުންނަށްވެސް އެ أمّة އެއްގެ މީހުން ކަންތައްކުރީ އެފަދައިންނެވެ.)
فَأَهۡلَكۡنَآ أَشَدَّ مِنۡهُم بَطۡشٗا وَمَضَىٰ مَثَلُ ٱلۡأَوَّلِينَ
Open ayah 43:8ފަހެ މިތިބަ قريش ންނަށްވުރެ ބާރުގެ ގޮތުން މާ ގަދަފަދަ (ފުދުންތެރިކަމުގެ ގޮތުން މާ ބޮޑަށް އަރައިތިބި) އެތައް އެތައް قوم އެއްގެ ވާހަކަ މި قرآن ގައިވެސް بيان ވެ ذكر ކުރެވިގެން ހިނގައްޖެއެވެ. އެ އެންމެންވެސް (ނުކިޔަމަންތެރި ވީހިނދުން) ތިމަން ރަސްކަލާނގެ ހަލާކު ކުރައްވައި ބަރުބާދުކުރެއްވީމެވެ. (ވީމާ قريش ންނަށްވެސް ބަސްނޭހީމާ ވާނީ ހަމަ އެގޮތެވެ. ނުވަތަ އެއަށްވުރެވެސް ދަށް، ނިކަމެތި ގޮތެކެވެ.)
وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ خَلَقَهُنَّ ٱلۡعَزِيزُ ٱلۡعَلِيمُ
Open ayah 43:9(އޭ رسول الله އެވެ!) އުޑުތަކާއި ބިން ހެއްދެވީ ކާކުތޯ ކަލޭގެފާނު އެމީހުން ކުރެން އައްސަވައިފިއްޔާއި ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެތަކެތި ހެއްދެވީ عزّة ވަންތަ، އަދި ހުރިހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ مَهۡدٗا وَجَعَلَ لَكُمۡ فِيهَا سُبُلٗا لَّعَلَّكُمۡ تَهۡتَدُونَ
Open ayah 43:10އެކަލާނގެއީ ތިޔަބައިމީހުންނަށް ޓަކައި ތަންމައްޗެއް ކަމުގައި ބިން ލެއްވި ކަލާނގެއެވެ. އަދި އެ ބިމުގައި މަގުތައް ލެއްވި ކަލާނގެއެވެ. އެއީ ތިޔަބައިމީހުން ދުނިޔޭގައި އުޅުމުގައި ހިނގާބިނގާވެ، ތަންތަނަށް ގޮސްއައިސްވުން ފަސޭހަވެ، ލުއިވުމަށް ޓަކައެވެ.
وَٱلَّذِي نَزَّلَ مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٖ فَأَنشَرۡنَا بِهِۦ بَلۡدَةٗ مَّيۡتٗاۚ كَذَٰلِكَ تُخۡرَجُونَ
Open ayah 43:11އަދި އެކަލާނގެއީ ވަކި މިންވަރެއްގެ މަތީން، އުޑުން ވާރޭފެން ބާވައިލެއްވި ކަލާނގެއެވެ. އަދި މަރުވެފައިވާ ރަށް ތިމަން ރަސްކަލާނގެ އެ ފެނުން ދިރުއްވަމެވެ. (އެ ބިމުން ގަސްތައް ނެރުއްވައި، ފެހިކޮށްލައްވަމެވެ.) ތިޔަބައިމީހުން محشر ވުމަށް ޓަކައި ކަށްވަޅުތަކުން (قيامة ދުވަހުން) ނުކުންނާނީ އެފަދައިންނެވެ.
وَٱلَّذِي خَلَقَ ٱلۡأَزۡوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلۡفُلۡكِ وَٱلۡأَنۡعَٰمِ مَا تَرۡكَبُونَ
Open ayah 43:12އަދި އެކަލާނގެއީ ހުރިހައި ވައްތަރެއްގެ ތަކެތީގެ ޖޯޑުޖޯޑު ލެއްވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ޓަކައި ފުރާދުއްވާ އުޅަނދުފަހަރާއި، نعم ސޫފީގެ ތެރެއިން ތިޔަބައިމީހުން ސަވާރުވާނޭ ތަކެތި އެކަލާނގެ ލެއްވިއެވެ.
لِتَسۡتَوُۥاْ عَلَىٰ ظُهُورِهِۦ ثُمَّ تَذۡكُرُواْ نِعۡمَةَ رَبِّكُمۡ إِذَا ٱسۡتَوَيۡتُمۡ عَلَيۡهِ وَتَقُولُواْ سُبۡحَٰنَ ٱلَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُۥ مُقۡرِنِينَ
Open ayah 43:13އެއީ ތިޔަބައިމީހުން އެ ތަކެތީގެ ބުރިކަށިތަކުގެ މައްޗަށް ސަވާރުވުމަށް ޓަކައެވެ. އަދި އެތަކެތީގެ މައްޗަށް ތިޔަބައިމީހުން އަރައި، އިށީނދެއްޖެއްޔާ، ދެން ތިޔަބައިމީހުން ތިޔަބައިމީހުންގެ ربّ ގެ نعمة ހަނދާންކޮށް، އެކަލާނގެއަށް ذكر ކުރުމަށް ޓަކައެވެ. އަދި سُبْحَانَ الَّذِي سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُ مُقْرِنِينَ މާނައީ: މި ސަވާރީ އަޅަމެންނަށް ކިޔަމަން ކޮށްދެއްވި ކަލާނގެ ހުސް طاهر ވަންތައެވެ. އަޅަމެން އަމިއްލައަށް އެ ސަވާރީ ކިޔަމަން ކުރެވޭނޭ ބަޔަކު ކަމުގައި ނުވަމެވެ. (މިފަދައިންކިޔައި އެކަލާނގެ ހުސް طَاهِرُ ވަންތަކުރުމަށެވެ.)
وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ
Open ayah 43:14وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ އަދި އަޅަމެން އެނބުރިދިއުން ވަނީ ހަމަކަށަވަރުން އަޅަމެންގެ ربّ ގެ حضرة އަށެވެ. މިފަދައިން ކިޔުމަށް ޓަކައެވެ. (މިފަދައިންކިޔައި އެކަލާނގެ ހުސް طَاهِرُ ވަންތަކުރުމަށެވެ.)
وَجَعَلُواْ لَهُۥ مِنۡ عِبَادِهِۦ جُزۡءًاۚ إِنَّ ٱلۡإِنسَٰنَ لَكَفُورٞ مُّبِينٌ
Open ayah 43:15އަދި އެ مشرك ންގެ މީހުން ﷲ ގެ އަޅުތަކުންގެ ތެރެއިން ބައެއް އެކަލާނގެ ރަސްކަންފުޅަށް ލައި، ހަމަޖައްސައިފިއެވެ. (އެބަހީ އެކަލާނގެ އަޅުތަކުން ކުރެ ملائكة ބޭކަލުން އެއީ އެކަލާނގެ އަންހެން ދަރީން ކަމުގައި ހަމަޖައްސައި، އެބޭކަލުންނަށް އަޅުކަން ކުރަން ފަށައިފިއެވެ. ދަރީންނަކީ ބަފައިގެ ބައެކެވެ. މިފަދަ އެންމެހައި އުނި ސިފައިން ﷲ ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.) ހަމަކަށަވަރުން އިންސާނާ ވަނީ ކަނޑައެޅި ބަޔާންވެގެންވާ ކާފަރުކަން ބޮޑު މީހަކު ކަމުގައެވެ. (އެހެނީ ﷲ ގެ نعمة ތަކަށް ދެކޮޅުހަދައި، ކާފަރުވަނީއެވެ.)
أَمِ ٱتَّخَذَ مِمَّا يَخۡلُقُ بَنَاتٖ وَأَصۡفَىٰكُم بِٱلۡبَنِينَ
Open ayah 43:16އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ބުނަނީއެވެ. ﷲ تعالى އެކަލާނގެ ހައްދަވާ ތަކެތީގެ ތެރެއިން އަންހެން ޖިންސު އެކަލާނގެ ރަސްކަންފުޅަށް خاصّ ކޮށް، ފިރިހެން ދަރީން ތިޔަބައިމީހުންނަށް خاصّ ކުރައްވަނީއެވެ. (މިއީ ވަރަށްވެސް އަދަބުކުޑަ، އަދި ނުބައި ބަހެކެވެ.)
وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحۡمَٰنِ مَثَلٗا ظَلَّ وَجۡهُهُۥ مُسۡوَدّٗا وَهُوَ كَظِيمٌ
Open ayah 43:17އަދި އެބައިމީހުން رَحْمن ވަންތަ، މާތް ﷲ އަށް އެ ވައްތަރުކުރާ / އެ خاصّ ކުރާ ތަކެތީން އެމީހުންކުރެ މީހަކަށް އުފާވެރިކަމުގެ خبر ދެވިއްޖެއްޔާއި، (އެބަހީ އެއިން މީހަކަށް އަންހެން ދަރިޔަކު ލިބުނުކަމުގެ خبر ދެވިއްޖެއްޔާއި) އެކަމާ ހިތާމަޔާއި، نفرة ން އޭނާގެ މޫނު ކަޅުވެ، މޫނުގެ منظر ހުތުރުވެދެއެވެ. އަދި އޭނާ ހުންނާނީ އެކަމާ ހިތާމައިންނާއި، ރުޅީން ފުރިގެންވާ حال ގައެވެ.
أَوَمَن يُنَشَّؤُاْ فِي ٱلۡحِلۡيَةِ وَهُوَ فِي ٱلۡخِصَامِ غَيۡرُ مُبِينٖ
Open ayah 43:18(އެމީހުން އެކަލާނގެއަށް خاصّ ކުރަނީ) ގަހަނާޔާއި، ޒީނަތްތެރިކަން (ބޭރުން ގެނަސްގެން) އުފެދި ބޮޑުވާ މީހަކު ހެއްޔެވެ؟ އަދި އޭނާ ޖަދަލުކުރުމާއި، حجّة قائم ކުރުމުގައިވެސް دليل بيان ނުކޮށްދެވޭ މީހަކު ހެއްޔެވެ؟ (އަންހެނުންނަކީ ގިނަ ގަހަނާއާއި، ޒީނަތްތެރިކަން ބޭރުން އިތުރުކުރާ މީހެކެވެ. حقيقة ގައިވެސް އެއީ އުފެދުމުގައި ހުރި އުނިކަމެކެވެ. عامّ ކޮށް حجّة قائم ކުރުމުގައިވެސް އުނިވާނެއެވެ.) އެފަދަ އުނި ފަރާތެއް ﷲ އަށް نسبة ކޮށް، އެކަލާނގެ وحدانيّة އާ خلاف ވާ އަދަބުކުޑަ، ނުބައި ވާހަކަތައް ﷲ އަށް نسبة ކުރާކަށް ކުޑަވެސް ލަދުވެތިކަމެއް، ޖެހިލުމެއް ނުވެއެވެ. تعالى الله عن كلّ ذالك علوّا كبيرا.
وَجَعَلُواْ ٱلۡمَلَٰٓئِكَةَ ٱلَّذِينَ هُمۡ عِبَٰدُ ٱلرَّحۡمَٰنِ إِنَٰثًاۚ أَشَهِدُواْ خَلۡقَهُمۡۚ سَتُكۡتَبُ شَهَٰدَتُهُمۡ وَيُسۡـَٔلُونَ
Open ayah 43:19(އަދި އެ مشرك ންގެ މީހުން) رَحْمن ވަންތަ މާތް ﷲ ގެ އަޅުންތަކެއް ކަމުގައިވާ ملائكة ބޭކަލުންނީ އަންހެނުންތަކެއް ކަމުގައި ހަދައިފިއެވެ. އެމީހުން ފަހެ ﷲ تعالى އެމަލާއިކަތް ބޭކަލުން ހެއްދެވިއިރު އެތަނަށް ގޮސް، އެތާ حاضر ވެ ތިބީ ހެއްޔެވެ؟ (މަލާއިކަތް ބޭކަލުންނީ އަންހެން ބައެއްކަން ނުވަތަ ފިރިހެން ބައެއްކަން އެނގޭނީ އެހެންނަމަ ތާއެވެ؟) ނިކަންހުރެ އެމީހުން އެ ބުނާ ބަސް އެމީހުންގެ عمل ގެ ފަތުގައި ލިޔުއްވާހުށީމެވެ. ދެން އެމީހުންނަށް އެ ނުބައި ބަހާމެދު ސުއާލުވެވޭ ހުއްޓެވެ. އަދި އެކަމުގެ ޖަޒާ ދެވޭހުއްޓެވެ.
وَقَالُواْ لَوۡ شَآءَ ٱلرَّحۡمَٰنُ مَا عَبَدۡنَٰهُمۗ مَّا لَهُم بِذَٰلِكَ مِنۡ عِلۡمٍۖ إِنۡ هُمۡ إِلَّا يَخۡرُصُونَ
Open ayah 43:20(ކާފަރުންގެމީހުންބުނެއެވެ.) رَحْمن ވަންތަ ކަލާނގެ އެދިވޮޑިގެންނެވި ނަމަ އަހުރެމެން ملائكة ބޭކަލުންނަށް އަޅުކަން ނުކުރީހެވެ. (ނުކުރެވުނީހެވެ.) އަހުރެމެންނަށް އަޅުކަން ކުރެވޭކަން އެއީ އެކަލާނގެ އެގޮތަށް އެދިވޮޑިގަންނަވާ ކަމުގެ ދަލީލެކެވެ. ދަންނައެވެ. މިއީ ބޮޑު بهتان ދޮގު عقيدة އެކެވެ. އެހެނީ إيمان ކަމާއި، ކާފަރުކަންވެސް ހެއްދެވީ ހަމަ ﷲ އެވެ. އެކަމަކު އެކަލާނގެ އެކަލާނގެ އަޅުތަކުންނަކަށް ކާފަރުކަމަށް ރުހިވޮޑި ނުގަންނަވައެވެ. އަދި އެމީހުންގެ އެ ވާހަކައިން އެމީހުން އެ އެދެނީ ބުދަށް އަޅުކަންކުރުން ހުއްދަކަން ދައްކާށެވެ. (تعالى الله عن كلّ ذالك علوّا كبيرا) އަދި އެމީހުން އެފަދަ ބަސް ބުނުމުގައި އެމީހުންނަށް އެއްވެސް އެނގުމެއް ނުވެއެވެ. އެމީހުން ހަމައެކަނި ދޮގުހަދާ ކަމުގައި މެނުވީ ނުވެއެވެ.
أَمۡ ءَاتَيۡنَٰهُمۡ كِتَٰبٗا مِّن قَبۡلِهِۦ فَهُم بِهِۦ مُسۡتَمۡسِكُونَ
Open ayah 43:21ނުވަތަ އެ قرآن އެމީހުންގެ ގާތަށް އައުމުގެ ކުރީން އެމީހުން އެ ފޮތެއްގައި ހިފަހައްޓައި، އެ ފޮތުގައި ވާ ގޮތަށް حجّة قائم ކުރާނޭ ފޮތެއް އެމީހުންނަށް ތިމަން ރަސްކަލާނގެ ދެއްވީ ހެއްޔެވެ؟ (އެހެންވެސް ނޫނެވެ.)
بَلۡ قَالُوٓاْ إِنَّا وَجَدۡنَآ ءَابَآءَنَا عَلَىٰٓ أُمَّةٖ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّهۡتَدُونَ
Open ayah 43:22އަދި ކިޔެއް ހެއްޔެވެ؟ އެހެންނަކުން ނޫނެވެ. އެމީހުން ބުނީ - އެބަހީ مشرك ން ބުނީ - އަހުރެމެން ދުށީ އަހުރެމެންގެ ކާބަފައިން ގޮތެއްގެ މަތީގައި ވަނިކޮށެވެ. (ﷲ ފިޔަވައި އެހެން ތަކެއްޗަށް އަޅުކަން ކުރާތީއެވެ.) އަހުރެމެންވެސް، އެމީހުންގެ އެގޮތް މަތީގައި އެމަގުން ހިނގަނީއެވެ.
وَكَذَٰلِكَ مَآ أَرۡسَلۡنَا مِن قَبۡلِكَ فِي قَرۡيَةٖ مِّن نَّذِيرٍ إِلَّا قَالَ مُتۡرَفُوهَآ إِنَّا وَجَدۡنَآ ءَابَآءَنَا عَلَىٰٓ أُمَّةٖ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّقۡتَدُونَ
Open ayah 43:23(އޭ رسول الله އެވެ!) ކަންތައް ހުރީ އެފަދައިންނެވެ. ކަލޭގެފާނުންގެ ކުރީ އެއްވެސް ރަށަކަށް އެއްވެސް رسول ބޭކަލަކު ފޮނުއްވައިފިއްޔާ އެ ރަށެއްގައި ތިބޭ مُتْرَفُ ން (نِعْمَة ލިބިގެންވާ މަތީމީހުން) އެފަދައިން އެބޭކަލަކާ ދިމާއަށް ނުބުނާ އެއްވެސް ބޭކަލަކު އެއްވެސް ރަށަކަށް ފޮނުވިފައެއް ނުވެއެވެ. ކޮންމެ ބަޔަކުވެސް ބުނަނީ އަހުރެމެން ދުށީ އަހުރެމެންގެ ކާބަފައިން ގޮތެއްގެ މަތީގައި ވަނިކޮށެވެ. އަހުރެމެންވެސް އެމީހުންގެ އެ ގޮތުގައި ހިފައި، އެމީހުންނަށް تبع ވަނީއެވެ.
۞قَٰلَ أَوَلَوۡ جِئۡتُكُم بِأَهۡدَىٰ مِمَّا وَجَدتُّمۡ عَلَيۡهِ ءَابَآءَكُمۡۖ قَالُوٓاْ إِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ
Open ayah 43:24އެކަލޭގެފާނު އެބަހީ އޭރު ހުންނެވި رسول އާ ވިދާޅުވެއެވެ. ތިޔަބައިމީހުންގެ ކާބަފައިން އެ ގޮތެއްގެ މަތީގައި ވަނިކޮށް ކަލޭމެން ދުށް ގޮތަށްވުރެ މާ ރަނގަޅު، ސީދާ ތެދުމަގާއިގެން އަހުރެން އަތުވެއްޖެއްޔާއިވެސް (ތިޔަބައިމީހުން ތިޔަގޮތް ދޫނުކުރާނޭ ހެއްޔެވެ؟) އެމީހުން ދެންނެވިއެވެ. އަހުރެމެން މި ވަނީ އެ އެއްޗަކާއިގެން ތިޔަބައިމީހުން ފޮނުވި ތަކެއްޗަށް ކާފަރުވެގެންނެވެ.
فَٱنتَقَمۡنَا مِنۡهُمۡۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُكَذِّبِينَ
Open ayah 43:25ފަހެ ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. އެމީހުން ހަލާކު ކުރެއްވީމެވެ. (އެކި قوم ހަލާކު ކުރެއްވީ އެކި ގޮތަށެވެ.) އޭ رسول الله އެވެ! ދޮގުކުރި މީހުންގެ ފަހުކޮޅު ކަންތައް ވެގެން ދިޔައީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ބައްލަވާށެވެ!
وَإِذۡ قَالَ إِبۡرَٰهِيمُ لِأَبِيهِ وَقَوۡمِهِۦٓ إِنَّنِي بَرَآءٞ مِّمَّا تَعۡبُدُونَ
Open ayah 43:26އަދި إبراهيم عَلَيْه السَّلآم އެކަލޭގެފާނުންގެ ބައްޕައަށާއި، އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިއެވެ. (އެކަން ހަނދުމަފުޅު ކުރައްވާށެވެ.) އަހަރެން މި ވަނީ ތިޔަބައިމީހުން ތިޔަ އަޅުކަންކުރާ އެންމެހައި ތަކެތީން ބަރީއަ ވެގެންނެވެ. ދުރުވެ، ވަކިވެގެންނެވެ.
إِلَّا ٱلَّذِي فَطَرَنِي فَإِنَّهُۥ سَيَهۡدِينِ
Open ayah 43:27ހަމައެކަނި ނެތުމުގެ ތެރެއިން އަހުރެން ހެއްދެވި ފަރާތަށް މެނުވީއެވެ. (އެއީ ﷲ އެވެ. އަހުރެން އަޅުކަން ކުރާނީ އެ ފަރާތަށެވެ.) އެހެނީ ހަމަކަށަވަރުން އެކަލާނގެ އަހުރެންނަށް ތެދުމަގު ދައްކަވާނެއެވެ.
وَجَعَلَهَا كَلِمَةَۢ بَاقِيَةٗ فِي عَقِبِهِۦ لَعَلَّهُمۡ يَرۡجِعُونَ
Open ayah 43:28އަދި އެކަލޭގެފާނު އެ ވިދާޅުވި އެكلمة ފުޅު (توحيد ގެ كلمة ފުޅު) އެކަލޭގެފާނުންގެ ދަރިފަސްކޮޅަށް އެކަލާނގެ ލައްވައިފިއެވެ. (ފަހެ قيامة އާ ޖެހޭންދެންވެސް توحيد ގެ كلمة ފުޅު ކިޔާނޭ ބަޔަކު، لاإله إلاّالله ކިޔާނޭ ބަޔަކު އެކަލޭގެފާނުންގެ ދަރިކޮޅުން އަންނާނޭ ކަމުގައި ވެއެވެ. والله أعلم.) އެއީ އެބައިމީހުން ﷲ ގެ މަގަށް رجوع ވޭތޯއެވެ.
بَلۡ مَتَّعۡتُ هَٰٓؤُلَآءِ وَءَابَآءَهُمۡ حَتَّىٰ جَآءَهُمُ ٱلۡحَقُّ وَرَسُولٞ مُّبِينٞ
Open ayah 43:29އަދި ކިޔެއް ހެއްޔެވެ؟ މި މީހުންނަށާއި - (އެބަހީ މި قريش ންނަށާއި،) އަދި އެމީހުންގެ ކާބަފައިންނަށް ތިމަން ރަސްކަލާނގެ مهلة ދެއްވައި، އަރާމުކޮޅެއް ދެއްވީމެވެ. އެއީ އެމީހުން ގާތަށް حقّ ވެގެންވާ މި قرآن އާއި، އަދި ބަޔާންވެގެންވާ رسول: (محمّد ﷺ) ވަޑައިގެންފުމަށް ދާނދެންނެވެ.
وَلَمَّا جَآءَهُمُ ٱلۡحَقُّ قَالُواْ هَٰذَا سِحۡرٞ وَإِنَّا بِهِۦ كَٰفِرُونَ
Open ayah 43:30އަދި އެމީހުން ގާތަށް قرآنއައިހިނދުން އެމީހުން ބުނީ މިއީ سحر އެއް ކަމުގައެވެ. އަދި ހަމަކަށަވަރުން އަހުރެމެން މި ވަނީ އެއަށް كافر ވެގެންނެވެ.
وَقَالُواْ لَوۡلَا نُزِّلَ هَٰذَا ٱلۡقُرۡءَانُ عَلَىٰ رَجُلٖ مِّنَ ٱلۡقَرۡيَتَيۡنِ عَظِيمٍ
Open ayah 43:31(އަދިވެސް އެމީހުން ބުނީ) މި ކީރިތި قرآن ދެރަށުގައި ތިބި ބޮޑު ދެމީހުންކުރެ މީހެއްގެ މައްޗަށް ބާވައިލެއްވިނަމަ ކިހައި ރަނގަޅުވީސް ހެއްޔެވެ؟ (އެއީ مكّة އިން الوليد بن المغيرة އެވެ. ނުވަތަ طائف ން عروة بن مسعودالثقفى އާ ދެމީހުންކުރެ މީހެކެވެ.)
أَهُمۡ يَقۡسِمُونَ رَحۡمَتَ رَبِّكَۚ نَحۡنُ قَسَمۡنَا بَيۡنَهُم مَّعِيشَتَهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَرَفَعۡنَا بَعۡضَهُمۡ فَوۡقَ بَعۡضٖ دَرَجَٰتٖ لِّيَتَّخِذَ بَعۡضُهُم بَعۡضٗا سُخۡرِيّٗاۗ وَرَحۡمَتُ رَبِّكَ خَيۡرٞ مِّمَّا يَجۡمَعُونَ
Open ayah 43:32(އޭ رسول الله އެވެ.) އެމީހުން ފަހެ ކަލޭގެފާނުންގެ ربّ ގެ رحمة (يعني نبي ކަން) ބޭނުން މީހަކަށް ބަހަނީ ހެއްޔެވެ؟ އެމީހުންގެ މެދުގައި އެމީހުންގެ ދުނިޔޭގެ حياة ގެ ދިރިއުޅުމުގެ ކަންތައްވެސް ބެއްސެވީ ހަމަ ތިމަން ރަސްކަލާނގެއެވެ. (އެޔާމެދު ހިތްހަމަ ނުޖެހުމެއް ނެތިފައި، ތިމަން ރަސްކަލާނގެ نبي ކަން ދެއްވި ގޮތާމެދު إعتراض ކުރެވެނީ ކީއްވެގެން ބާވައެވެ؟) އަދި އެމީހުންގެ ދުނިޔޭގެ حياة ގައި ތިމަން ރަސްކަލާނގެ އެމީހުންގެ އެއްބަޔަކުގެ މައްޗަށް އަނެއް ބަޔަކު އުފުލައިހެދީމެވެ. އެއީ އެއްބަޔަކުގެ ފަރާތުން އަނެއް ބަޔަކުގެ ދިރިއުޅުމަށް ވާގިލިބި، އަނެއް ބަޔަކަށް خدمة ލިބިގަތުމަށެވެ. (އަދި آخرة ދުވަހުން ﷲ ގެ އަޅުތަކުންނަށް ތައްޔާރުކުރައްވާފައިވާ) ކަލޭގެފާނުންގެ ربّ ގެ رحمة އެމީހުން ދުނިޔޭގައި އެ جمع ކުރާ ތަކެއްޗަށްވުރެ މާ ހެޔޮވެގެން ވެއެވެ.
وَلَوۡلَآ أَن يَكُونَ ٱلنَّاسُ أُمَّةٗ وَٰحِدَةٗ لَّجَعَلۡنَا لِمَن يَكۡفُرُ بِٱلرَّحۡمَٰنِ لِبُيُوتِهِمۡ سُقُفٗا مِّن فِضَّةٖ وَمَعَارِجَ عَلَيۡهَا يَظۡهَرُونَ
Open ayah 43:33އެންމެހައި މީސްތަކުން އެކީ އެކައްޗަކަށް ކާފަރުވެ، ކާފަރުކަމުގައި އެއް أمّة އަކަށް ނުވާނޭ ނަމަ، رحمٰن ވަންތަ ﷲ އަށް ކާފަރުވާ މީހުންގެ ގެތަކުގެ ފުރާޅުތަކާއި، ފަންގެފިލާތަކާއި، އަދި މަތީބުރިއަށް އަރަން ހުންނަ ސިޑިތައްވެސް ތިމަންރަސްކަލާނގެ ރިހީން، ލެއްވީމުހެވެ.
وَلِبُيُوتِهِمۡ أَبۡوَٰبٗا وَسُرُرًا عَلَيۡهَا يَتَّكِـُٔونَ
Open ayah 43:34އަދި އެމީހުންގެ ގޯތި ގެދޮރުތަކަށް ރިހީންވާ ދޮރުތަކާއި، އަދި އޭގައި އެމީހުން ލެނގިލައިގެން ތިބޭނޭ ސޯފާތަކާއި، އެނދުތައްވެސް ތިމަން ރަސްކަލާނގެ ރިހީންނާއި، ރަނުން ލައްވައި ކުރެހުން އަޅައި، ޒީނަތްތެރި ކޮށްލާފައި ބެހެއްޓީމުހެވެ.
وَزُخۡرُفٗاۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَٱلۡأٓخِرَةُ عِندَ رَبِّكَ لِلۡمُتَّقِينَ
Open ayah 43:35އަދި އެ ހުރިހައި އެއްޗަކީ ހަމަ ދުނިޔޭގައި ކުޑަ މުއްދަތަކަށް ބޭނުންކޮށްލެވޭ، އަދި އަވަހަށް ނެތިވެ ހިނގައިދާނޭ ތަކެތި ކަމުގައި މެނުވީ ނުވެއެވެ. (އޭ رسول الله އެވެ.) تقوٰى ވެރި މާތް މީހުންނަށް آخرة ދުވަހުން ކަލޭގެފާނުންގެ ربّ ގެ حضرة ގައި ތައްޔާރުކުރައްވާފައިވާ ތަކެތި މާ ހެޔޮވެގެން ވެއެވެ. آخرة ދުވަހުގެ އެންމެހައި އަރާމާއި، މަޖާ ވަނީ ހަމަ އެމީހުންނަށެވެ.
وَمَن يَعۡشُ عَن ذِكۡرِ ٱلرَّحۡمَٰنِ نُقَيِّضۡ لَهُۥ شَيۡطَٰنٗا فَهُوَ لَهُۥ قَرِينٞ
Open ayah 43:36(ދުނިޔޭގައި އުޅޭއިރު) ﷲ އަށް ذكر ނުކޮށް ﷲ މަތިން غافل ވެ ހިތުގެ ލޯ އަނދިރިވެއްޖެ މީހާ ދަންނައެވެ. ތިމަން ރަސްކަލާނގެ އޭނާއަށް شيطان ންގެ ތެރެއިން އެކުވެރިއެއް ތައްޔާރުކޮށް، ފާކުރައްވާ ހުށީމެވެ. ދެން އެ شيطان ވާނީ އެ އިންސާނާގެ ކައިރިން ފިލައިގެން ނުގޮސް، އަބަދު އެކުއުޅޭ އެކުވެރިއަކަށެވެ.
وَإِنَّهُمۡ لَيَصُدُّونَهُمۡ عَنِ ٱلسَّبِيلِ وَيَحۡسَبُونَ أَنَّهُم مُّهۡتَدُونَ
Open ayah 43:37ދެން އެފަދަ شيطان ންތައް އެފަދަ އިންސާނުންނަށް ވަސްވާސްދީ، މަގުފުރައްދައި، ސީދާ حقّ މަގު منع ކޮށް ބަންދުކުރާނެއެވެ. އަދި އެ އިންސާނުން ހީކުރާނީ ހަމަކަށަވަރުން އެމީހުން އެވަނީ ތެދުމަގު ލިބިގެންވާ މީހުން ކަމުގައެވެ.
حَتَّىٰٓ إِذَا جَآءَنَا قَالَ يَٰلَيۡتَ بَيۡنِي وَبَيۡنَكَ بُعۡدَ ٱلۡمَشۡرِقَيۡنِ فَبِئۡسَ ٱلۡقَرِينُ
Open ayah 43:38ދެންފަހެ قيامة ދުވަހުން އެ ދެމީހުން (އެ شيطان އާ އާއި، އެ إنسان އާ) ދެމީހުން ތިމަން ރަސްކަލާނގެ حضرة އަށް އަތުވެއްޖެއްޔާއި، شيطان އާ އާ ދިމާއަށް އެ އިންސާނާ ބުނާނެއެވެ. ކަލެޔާއި، އަހުރެންނާ ދެމެދު مشرق އާއި، مغرب އާ ދެމެދުގެ ދުރުމިން ވާނޭ ނަމައެވެ. ކަލެއަކީ ނުބައިވެގެންވާ އެކުވެރިއެކެވެ. (شيطان އާ އީ އިންސާނާގެ އެންމެ ނުބައި އެކުވެރިޔާއެވެ.)
وَلَن يَنفَعَكُمُ ٱلۡيَوۡمَ إِذ ظَّلَمۡتُمۡ أَنَّكُمۡ فِي ٱلۡعَذَابِ مُشۡتَرِكُونَ
Open ayah 43:39(ﷲ އެމީހުންނަށް އަންގަވާނެއެވެ.) ދެމީހުން މިއަދު ކިތަންމެ ދުރެއް ވިޔަސް ކަލޭމެންނަކަށް އޭގެ ފައިދާއެއް މިއަދަކު ނެތެވެ. އެއީ ދުނިޔޭގައި ތިބެގެން ކަލޭމެން ވަނީ ކަލޭމެންގެ نفس ތަކަށް އަނިޔާވެރި ވެފައެވެ. ހަމަކަށަވަރުން، މިއަދު ކަލޭމެން ވާނީ عذاب ގައި ބައިވެރިވެ، މައްސުނި ވެފައެވެ.
أَفَأَنتَ تُسۡمِعُ ٱلصُّمَّ أَوۡ تَهۡدِي ٱلۡعُمۡيَ وَمَن كَانَ فِي ضَلَٰلٖ مُّبِينٖ
Open ayah 43:40(އޭ رسول الله އެވެ!) ފަހެ ކަލޭގެފާނު، ބީރު މީހަކަށް ﷲ ގެ އިރާދަޔާ ނުލައި އިއްވައިދެއްވާފާނުތޯއެވެ؟ ނުވަތަ ލޯ އަނދިރި މީހަކަށް ވިޔަސް (އެކަލާނގެ އިރާދަފުޅާ ނުލައި) ކަލޭގެފާނު ތެދުމަގު ދައްކަވައިފާނުތޯއެވެ؟ އަދި ބަޔާންވެގެންވާ މަގުފުރެދުމެއްގައިވާ މީހާއަށް هداية ދައްކަވައިފާނުތޯއެވެ؟ (މިއިން އެއްވެސް ކަމެއް ﷲ ގެ އިރާދަފުޅާ ލައިގެން މެނުވީ ނުވާނެއެވެ. ކަލޭގެފާނަށް އޮތީ ހަމަ رسول ކަން އިއްވައިދެއްވުމެވެ.)
فَإِمَّا نَذۡهَبَنَّ بِكَ فَإِنَّا مِنۡهُم مُّنتَقِمُونَ
Open ayah 43:41ފަހެ ތިމަން ރަސްކަލަނގެ އެމީހުންގެ ތެރެއިން ކަލޭގެފާނު ނެރުއްވައި، ގެންނެވިޔަސް - އަދި ނުވަތަ ކެލޭގެފާނު މަރުގެންނެވި ނަމަވެސް - ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕަވައި، އެމީހުން ހަލާކު ކުރައްވާ ހުށީމެވެ.
أَوۡ نُرِيَنَّكَ ٱلَّذِي وَعَدۡنَٰهُمۡ فَإِنَّا عَلَيۡهِم مُّقۡتَدِرُونَ
Open ayah 43:42ނުވަތަ އެމީހުންނަށް وعد ކުރެވުނު ކަންތައް، އެބަހީ: عذاب ކަލޭގެފާނަށް ތިމަން ރަސްކަލާނގެ ދައްކަވާފައި ހުށީމެވެ. ނުވަތަ އެމީހުންގެ މައްޗަށް ކަލޭގެފާނަށް نصر ލިބި، އެމީހުންގެ މައްޗަށް ގަދަވެވަޑައިގަންނަވާ ތަންވެސް ދައްކަވާފައި ހުށީމެވެ. ހަމަކަށަވަރުން، އެކަމަށްވެސް ތިމަން ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.
فَٱسۡتَمۡسِكۡ بِٱلَّذِيٓ أُوحِيَ إِلَيۡكَۖ إِنَّكَ عَلَىٰ صِرَٰطٖ مُّسۡتَقِيمٖ
Open ayah 43:43ފަހެ ކަލޭގެފާނަށް އިއްވެވޭ وحي ގައި ވާ އެއްޗެއްގައި ހިފަހައްޓަވާށެވެ. އެއަށް عمل ފުޅު ކުރައްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނު ވަނީ ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ.
وَإِنَّهُۥ لَذِكۡرٞ لَّكَ وَلِقَوۡمِكَۖ وَسَوۡفَ تُسۡـَٔلُونَ
Open ayah 43:44އަދި ހަމަކަށަވަރުން، އެއީ، އެބަހީ އެ قرآن އަކީ ކަލޭގެފާނަށާއި، ކަލޭގެފާނުގެ قوم އަށް ވާ شرف އެކެވެ. އަދި ތިޔަބައިމީހުން އެ قرآن ގައި ވާގޮތަށް عمل ކުރީމުތޯ ނުވަތަ ނުކުރަމުތޯ، މި ކަންކަމާމެދު قيامة ދުވަހުން ތިޔަބައިމީހުންނާ ސުއާލު ކުރެވޭނެއެވެ.
وَسۡـَٔلۡ مَنۡ أَرۡسَلۡنَا مِن قَبۡلِكَ مِن رُّسُلِنَآ أَجَعَلۡنَا مِن دُونِ ٱلرَّحۡمَٰنِ ءَالِهَةٗ يُعۡبَدُونَ
Open ayah 43:45އަދި رحمٰن ވަންތަ ކަލާނގެ މެނުވީ އަޅުކަން ވެވޭނޭ إلٰه އަކު ތިމަން ރަސްކަލާނގެ ލެއްވީންތޯ ކަލޭގެފާނުންގެ ކުރީން، އިސްވެދިޔަ رسول ބޭކަލުން ކުރެންވެސް ނިކަން އައްސަވައިބައްލަވާށެވެ. ނުވަތަ أهل كتاب ންގެ مؤمن ން ކުރެން އައްސަވައިބައްލަވާށެވެ. ﷲ تعالى އެކަލާނގެ ފިޔަވައި އަޅުކަން ވެވޭނޭ އެހެން إلٰه އަކު އެކަލާނގެ ލެއްވިތޯ؟ މީގެ جواب އަކަށް ވާނީ އެއީ އެއްގޮތަކަށްވެސް إذن އޮތްކަމެއް ނޫނެވެ. މިއެވެ. މި ދެގޮތަށް މިއާޔަތުގެ މާނަ ލިޔެވިގެން ވެއެވެ. والله أعلم.
وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَقَالَ إِنِّي رَسُولُ رَبِّ ٱلۡعَٰلَمِينَ
Open ayah 43:46فرعون އާއި، އޭނާގެ ބޮޑުންގެ ގާތަށް ހަމަކަށަވަރުން ތިމަން ރަސްކަލާނގެ رسول ކަމާއިގެން موسى عَلَيْه السَّلآم ފޮނުއްވީމެވެ. ފަހެ موسى عَلَيْه السَّلآم އެމީހުންގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ عالم ތަކުގެ ވެރި ربّ ގެ رسول އަކީމެވެ. ދަންނައެވެ. موسى عَلَيْه السَّلآم އެމީހުންނަށް دين އަށް ގޮވައިލައްވައި، ﷲ އަށް އެކަނި އަޅުކަން ކުރުމަށާއި، އެކަލާނގެ ނޫން ފަރާތަކަށް އަޅުކަން ނުކުޅައުމަށާއި، بني إسرائيل ގެ މީހުން އެކަލޭގެފާނުގެ އަރިހުގައި ފޮނުވުމަށާއި، މި ކަންކަމަށް ގޮވައިލެއްވުމުން އެމީހުން އެކަލޭގެފާނުގެ އަރިހުން އެދުނީ އެކަލޭގެފާނުގެ رسول ކަން ތެދުކަމުގެ މައްޗަށް معجزة އާއި، دليل ގެނައުމަށެވެ.
فَلَمَّا جَآءَهُم بِـَٔايَٰتِنَآ إِذَا هُم مِّنۡهَا يَضۡحَكُونَ
Open ayah 43:47ފަހެ އެކަލޭގެފާނު ތިމަން ރަސްކަލާނގެ އާޔަތްތަކާއިގެން، (معجزة ތަކާއިގެން) އެމީހުންގެ ގާތަށް ވަޑައިގެންނެވި ހިނދުން، އެހިނދުން އެމީހުން ފެށީ އެއަށް މަލާމާތްކޮށް، ހޭށެވެ.
وَمَا نُرِيهِم مِّنۡ ءَايَةٍ إِلَّا هِيَ أَكۡبَرُ مِنۡ أُخۡتِهَاۖ وَأَخَذۡنَٰهُم بِٱلۡعَذَابِ لَعَلَّهُمۡ يَرۡجِعُونَ
Open ayah 43:48އެއް معجزة އަކަށްފަހު އެއަށްވުރެ ބޮޑު އަނެއް معجزة އެއް މެނުވީ އެމީހުންނަށް ނުދެއްކެއެވެ. (އެބަހީ ކޮންމެ معجزة އެއް، ކުރީން ފެނުނު معجزة އަށްވުރެ ބޮޑުވެފައި އަސަރުގަދައެވެ. އެމީހުންނަށް ﷲ ފޮނުއްވި معجزة ތަކުގެ ތެރޭގައި طوفان އާއި، ގޮއްފުޅަނތްގާއި، އުކުނާއި، ބޮކާއި، އަދި ލެޔާއި، މިތަކެތި ވެއެވެ. މިއިން ކޮންމެ ކަމެއްވެސް ވީ އެމީހުންގެ މައްޗަށް ބޮޑު عذاب އަކަށެވެ.) ދެންފަހެ عذاب ދައްކަވައި ހެއްދެވީމެވެ. އެއީ ހެޔޮމަގަށް އެމީހުން رجوع ވޭތޯއެވެ.
وَقَالُواْ يَٰٓأَيُّهَ ٱلسَّاحِرُ ٱدۡعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهۡتَدُونَ
Open ayah 43:49އަދި موسى عَلَيْه السَّلآم އަށް ދަންނަވައެވެ. އޭ علم ވެރިޔާއެވެ. (އެޒަމާނުގައި سحر ވެރީން ވަނީ علم ވެރީންނަށެވެ.) يعني އެމީހުންނަށް އޭގެ ތެރެއިން ކޮންމެވެސް މުސީބަތެއް ޖެހުނީމާވެސް އެމީހުން موسى عَلَيْه السَّلآم އަށް ދަންނަވައެވެ. ކަލޭގެފާނަށް ވާ عهد ގެ މަތީން އަޅަމެންނަށް ޓަކައި މިކަން ފިއްލަވައިދެއްވާތޯ ކަލޭގެފާނުންގެ ربّ އަށް دعاء ކޮށްދެއްވާބައްލަވާށެވެ. (އެ عهد އަކީ އެކަން ފިއްލަވައިފިއްޔާ އެމީހުން إيمان ވުމާއި، بني إسرائيل ން އެކަލޭގެފާނާއެކު ފޮނުއްވުމެވެ.) އަދި އެމީހުން ބުނެއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި ވާހުށީމެވެ.
فَلَمَّا كَشَفۡنَا عَنۡهُمُ ٱلۡعَذَابَ إِذَا هُمۡ يَنكُثُونَ
Open ayah 43:50ދެންފަހެ އެމީހުންގެ ކިބައިން ތިމަން ރަސްކަލާނގެ އެ عذاب އެ އުނދަގޫ - ފިއްލަވައި كشف ކުރައްވައިފިއްޔާ ދެން އަދި އަލުންވެސް އެމީހުން އެމީހުންގެ عهد އުވައިލައެވެ. އީމާނެއް ނުވެއެވެ.
وَنَادَىٰ فِرۡعَوۡنُ فِي قَوۡمِهِۦ قَالَ يَٰقَوۡمِ أَلَيۡسَ لِي مُلۡكُ مِصۡرَ وَهَٰذِهِ ٱلۡأَنۡهَٰرُ تَجۡرِي مِن تَحۡتِيٓۚ أَفَلَا تُبۡصِرُونَ
Open ayah 43:51އަދި فرعون އޭނާގެ قوم ގައި ގޮވައިލިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. އަޅެފަހެ މި مصر ގެ ވެރިކަން އަހުރެންނަކަށް ނުވޭ ހެއްޔެވެ؟ މި ކޯރުތައް يعني نيل ކޯރާއި އެކޯރުން ކަފިވެގެން މި ދެމޭ ކޯރުތައް މި ދެމެނީ އަހުރެންގެ ދަށުންނެވެ. އަހުރެންގެ ބާރުގެ ދަށުންނެވެ. (ނުވަތަ އަހުރެންގެ ގަނޑުވަރުގެ ދަށުންނެވެ.) ތިޔަބައިމީހުންނަށް ފަހެ މިތަން ނުފެނޭ ހެއްޔެވެ؟
أَمۡ أَنَا۠ خَيۡرٞ مِّنۡ هَٰذَا ٱلَّذِي هُوَ مَهِينٞ وَلَا يَكَادُ يُبِينُ
Open ayah 43:52މިހިރަ ނިކަމެތި، އަދި ވާހަކަދެއްކުމުގައި بيان ކޮށް ނުދެވޭ ދެރަ މީހާޔާއި، (موسى ގެފާނާއި) އަހުރެންނާ ދެމީހުންކުރެ ހެޔޮވެގެންވަނީ އޭނާ ހެއްޔެވެ؟ ނުވަތަ އަހުރެން ހެއްޔެވެ؟
فَلَوۡلَآ أُلۡقِيَ عَلَيۡهِ أَسۡوِرَةٞ مِّن ذَهَبٍ أَوۡ جَآءَ مَعَهُ ٱلۡمَلَٰٓئِكَةُ مُقۡتَرِنِينَ
Open ayah 43:53އޭނާޔަކީ ބޮޑު، އަދި މޮޅު މީހެއް ނަމަ ރަނުގެ އުޅާތަކެއް އަޅާނޭ ނަމަވެސް ރަނގަޅު ނޫންހެއްޔެވެ؟ ނުވަތަ އޭނާއަކީ نبي ބޭކަލަކު ކަމުގައި ވާނަމަ އޭނާގެ نبي ކަން ތެދުކުރެއްވުމަށް ملائكة ބޭކަލަކު އޭނާޔާ އެކީ އަބަދުވެސް ހުންނެވިނަމައެވެ. ނުހުންނެވީ ކީއްވެގެން ހެއްޔެވެ؟
فَٱسۡتَخَفَّ قَوۡمَهُۥ فَأَطَاعُوهُۚ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ
Open ayah 43:54ފަހެ فرعون އޭނާގެ قوم ގެ މީހުންނަކީ ދެރަ، ނިކަމެތި ބަޔަކަށް ހަދާލައި، އެމީހުން މުޅީން ދަށްކޮށްލައިފިއެވެ. (އެއީ އޭނާގެ ވާހަކަޔާއި، ރޭވުމުންނެވެ.) ދެން އެމީހުން އޭނާޔަށް ކިޔަމަންތެރި ވެއްޖެއެވެ. ހަމަކަށަވަރުން އެމީހުން ވީ فاسق ބަޔަކު ކަމުގައެވެ. ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބަޔަކު ކަމުގައެވެ.
فَلَمَّآ ءَاسَفُونَا ٱنتَقَمۡنَا مِنۡهُمۡ فَأَغۡرَقۡنَٰهُمۡ أَجۡمَعِينَ
Open ayah 43:55ދެންފަހެ އެމީހުން ތިމަން ރަސްކަލާނގެއަށް ނުކިޔަމަންތެރިވެ، ބޮޑާވެ، ތިމަން ރަސްކަލާނގެ ކޯފާގެ ނަތީޖާއެއްގެ ގޮތުން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. ދެން ތިމަން ރަސްކަލާނގެ އެމީހުން އެންމެން غرق ކުރެއްވީމެވެ.
فَجَعَلۡنَٰهُمۡ سَلَفٗا وَمَثَلٗا لِّلۡأٓخِرِينَ
Open ayah 43:56އަދި ތިމަން ރަސްކަލާނގެ އެމީހުން ލެއްވީ - އެބަހީ އެމީހުންގެ خبر ތަކާއި، واقعة ލެއްވީ - އެފަދަ ނުބައި عمل ކުރާ މީހުންނަށް ނަމޫނާއެއް ކަމަށެވެ. އަދި ފަހުން އަންނަ މީސްތަކުންނަށް ރަނގަޅު މިސާލެއް ކަމުގައެވެ. عبرة ތެރި ފިލާވަޅެއް ކަމުގައެވެ.
۞وَلَمَّا ضُرِبَ ٱبۡنُ مَرۡيَمَ مَثَلًا إِذَا قَوۡمُكَ مِنۡهُ يَصِدُّونَ
Open ayah 43:57އަދި مريم ގެފާނުންގެ ދަރިކަލުން عيسى ގެފާނުގެ މިސާލު ޖެހެވުނު ހިނދުން ކަލޭގެފާނުންގެ قوم ގެ މީހުން އެކަމާމެދު ހަޅޭލަވައި، އަޑުގަދަކޮށް، ހީހެދީއެވެ. ދަންނައެވެ. މި އާޔަތުން މި އިޝާރާތްވަނީ رسول الله ﷺ އާއި، إبن ازبعرى ކިޔާ މީހަކާމެދު ހިނގި ޖަދަލުވެރި ދިމާކުރުމަކާއެވެ. އެކަން ވީގޮތަކީ (إنَّكُمْ وَمَا تَعْبُدُونَ مِنْ دُونِ اللهِ حَصَبُ جَهَنَّمَ...) މާނައީ (އޭ مشرك ންނޭވެ.) ތިޔަބައިމީހުންނާއި، ތިޔަބައިމީހުން އެ ތަކެއްޗަށް އަޅުކަންކުރި އެންމެހައި ތަކެއްޗަކީ ނަރަކައިގެ ދަރެވެ...) މި އާޔަތް ބާވައިލެއްވުމުން إبن ازبعرى ދެންނެވިއެވެ. نصارى އިން عيسى عَلَيْه السَّلآم އަށް އަޅުކަން ނުކުރޭތޯއެވެ. އަދި يهودي ން عزير ގެފާނަށް އަޅުކަން ނުކުރޭތޯއެވެ؟ އަދި بنو مليح ގެ މީހުން ملائكة ބޭކަލުންނަށް އަޅުކަން ނުކުރޭތޯއެވެ؟ މި ބޭބޭކަލުން އަހުރެމެންނާއެކު ނަރަކައިގާ ތިބޭކަމަށް ވަންޏާ އަހުރެމެން ރުހިއްޖައީމެވެ. އެކަމާ އެމީހުން ވަރަށް އުފާކޮށް، މަޖާނެގިއެވެ. ހަޅޭލަވައިވެސް ހެދިއެވެ. މިވާހަކަޔާ ގުޅިގެން (إنَّ الَّذِينَ سَبَقَتْ لَهُمْ مِّنَّاالْحُسْنٰى أُولٰئِكَ عَنْهَا مُبْعَدُونَ) އެބަހީ: ހަމަކަށަވަރުން އެބައިމީހުންނަށް ތިމަން ރަސްކަލާނގެ حضرة ން ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން އެ ނަރަކަޔާ ދުރުކުރެވޭނެއެވެ. (އެބަހީ އެ نبي ބޭކަލުންނާއި، މަލާއިކަތް ބޭކަލުންނަކީ ބާއްޖަވެރީންނެވެ. އެބޭކަލުން ނަރަކައަށް ނުވަންނަ ހުއްޓެވެ.)
وَقَالُوٓاْ ءَأَٰلِهَتُنَا خَيۡرٌ أَمۡ هُوَۚ مَا ضَرَبُوهُ لَكَ إِلَّا جَدَلَۢاۚ بَلۡ هُمۡ قَوۡمٌ خَصِمُونَ
Open ayah 43:58އަދި އެމީހުން ބުންޏެވެ. ހެޔޮވެގެންވަނީ އަހުރެމެންގެ إلٰه ންތައް ހެއްޔެވެ؟ ނުވަތަ އެކަލޭގެފާނު ހެއްޔެވެ؟ يعني عيسى عَلَيْه السَّلآم ހެއްޔެވެ؟ (އޭ رسول الله އެވެ.) އެމީހުން ކަލޭގެފާނަށް އެކަލޭގެފާނުންގެ މިސާލު، يعني عيسى عَلَيْه السَّلآم ގެ މިސާލު ހަމަ ޖަދަލުކޮށް، ކަލޭގެފާނާ ދެކޮޅުހެދުމަށް މެނުވީ ނުޖަހައެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުންނަކީ ހަމަ ދެކޮޅުވެރި، އަދި ޖަދަލުކުރުންބޮޑު ބައެކެވެ.
إِنۡ هُوَ إِلَّا عَبۡدٌ أَنۡعَمۡنَا عَلَيۡهِ وَجَعَلۡنَٰهُ مَثَلٗا لِّبَنِيٓ إِسۡرَٰٓءِيلَ
Open ayah 43:59އަދި އެކަލޭގެފާނަކީ، އެބަހީ عيسى عَلَيْه السَّلآم އަކީ، ތިމަން ރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް نعمة ލައްވައި، رحمة ލައްވާފައިވާ އަޅަކު ކަމުގައި މެނުވީ ނުވެއެވެ. (އެއީ ހަމަ އަޅެކެވެ. إلٰه އެއް ނޫނެވެ.) އަދި އެކަލޭގެފާނު ތިމަން ރަސްކަލާނގެ ލެއްވި بني إسرائيل ންނަށް ވާ مثال އެއް ކަމުގައެވެ. އެބަހީ ތިމަން ރަސްކަލާނގެ قدرة ތެރިކަމުގެ މިސާލެއް ކަމުގައެވެ. (ބަފަޔަކާ ނުލައިވެސް ތިމަން ރަސްކަލާނގެ އެދިވޮޑިގެންފިއްޔާ އިންސާނުން އުފައްދަވާނޭ ކަމުގެ دليل އެއްގެ ގޮތުންނެވެ.) އެގޮތުން ءادم ގެފާނަކީ ބަފަޔަކު، އަދި މަޔަކުނެތި އުފެއްދެވި އަޅެކެވެ. حوّٰى ގެފާނަކީ މަޔަކުނެތި ހެއްދެވި އަޅެކެވެ. عيسى ގެފާނަކީ ބަފަޔަކުނެތި ހެއްދެވި އަޅެކެވެ. މި ހުރިހާ ގޮތަކަށްވެސް ތިމަން ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.
وَلَوۡ نَشَآءُ لَجَعَلۡنَا مِنكُم مَّلَٰٓئِكَةٗ فِي ٱلۡأَرۡضِ يَخۡلُفُونَ
Open ayah 43:60އަދި ތިމަން ރަސްކަލާނގެ އެދިވޮޑިގެންފިއްޔާ ކަލޭމެން އިންސާނުންގެ ބަދަލުގައި ބިންމަތީގައި ދިރިއުޅޭ ބަޔަކު ކަމުގައި މަލާއިކަތް ބޭކަލުން ލައްވައިފީހެވެ.
وَإِنَّهُۥ لَعِلۡمٞ لِّلسَّاعَةِ فَلَا تَمۡتَرُنَّ بِهَا وَٱتَّبِعُونِۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ
Open ayah 43:61އަދި ހަމަކަށަވަރުން އެކަލޭގެފާނަކީ قيامة އަށް ވާ علامة އެކެވެ. (އެބަހީ عيسى ގެފާނު ފަހުޒަމާނުގައި ދުނިޔެއަށް ދެވަނަ ފަހަރަށް ވަޑައިގަތުމަކީ (قيامة ވުން ތައްޔާރުވީ ކަމުގެ علامة އެކެވެ. އެކަމަށް ކަލޭގެފާނު އެއްގޮތަކަށްވެސް ޝައްކު ނުކުރާށެވެ. އަދި ތިމަން ރަސްކަލާނގެ وحي ގެ ذريعة އިން ކަލޭގެފާނަށް މި އަންގަވާ އެއްޗާ تبع ވެވަޑައިގަންނަވާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ.
وَلَا يَصُدَّنَّكُمُ ٱلشَّيۡطَٰنُۖ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ
Open ayah 43:62އަދި شيطان އާ، ތިޔަބައިމީހުން ތެދުމަގާ ދުރުކޮށް، ހުއްޓުވިޔަ ނުދޭށެވެ. ހަމަކަށަވަރުން އެ ސައިތާނާއަކީ ކަލޭމެންނަށް ޓަކައި بيان ވެގެންވާ عداوة ތެރިއެކެވެ.
وَلَمَّا جَآءَ عِيسَىٰ بِٱلۡبَيِّنَٰتِ قَالَ قَدۡ جِئۡتُكُم بِٱلۡحِكۡمَةِ وَلِأُبَيِّنَ لَكُم بَعۡضَ ٱلَّذِي تَخۡتَلِفُونَ فِيهِۖ فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Open ayah 43:63އަދި ބަޔާންވެގެންވާ ދަލީލުތަކާއިގެން عيسى عَلَيْه السَّلآم ވަޑައިގެންނެވި ހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން ކަލޭމެންގެ ގާތަށް މިއައީ حكمة އާއިގެންނެވެ. ނަބީކަމާއިގެންނެވެ. އަދި އެކަންކަމާމެދު ކަލޭމެން إختلاف ވެ، ދެބަސްވާ ބައެއް ކަންތައް ކަލޭމެންނަށް އަންގައިދޭށެވެ. ބަޔާންކޮށްދޭށެވެ. ފަހެ ކަލޭމެން ﷲ އަށް تقوٰى ވެރިވާށެވެ. އެކަލާނގެއަށް ބިރުވެތި ވާށެވެ. އަދި ތިމަން ކަލޭގެފާނަށް ކިޔަމަންތެރި ވާށެވެ.
إِنَّ ٱللَّهَ هُوَ رَبِّي وَرَبُّكُمۡ فَٱعۡبُدُوهُۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ
Open ayah 43:64ހަމަކަށަވަރުން ﷲ އެއީ އަހުރެންނާއި، އަދި ކަލޭމެންގެވެސް ربّ އެވެ. ފަހެ އެހެންވެ، ކަލޭމެން އެކަލާނގެއަށް އަޅުކަން ކުރާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ.
فَٱخۡتَلَفَ ٱلۡأَحۡزَابُ مِنۢ بَيۡنِهِمۡۖ فَوَيۡلٞ لِّلَّذِينَ ظَلَمُواْ مِنۡ عَذَابِ يَوۡمٍ أَلِيمٍ
Open ayah 43:65ފަހެ އެމީހުންގެ މެދުގައި - އެބަހީ يهودي ންނާއި، نصارى އިންގެ މެދުގައި - جماعة ތައް، يعني އެކިއެކި فرقة ތައް (عيسى عَلَيْه السَّلآم އާމެދު) ބަސް ތަފާތުވެ إختلاف ވެއްޖެއެވެ. ދެންފަހެ އަނިޔާވެރީންނަށް ހުރީ - (مشرك ންނަށް ހުރީ) - ދުވަހެއްގެ، ވޭންދެނިވި عذاب އެވެ. އެއީ قيامة ދުވަހެވެ. ދަންނައެވެ. عيسى عَلَيْه السَّلآم އާމެދު يهودي ންނާއި، نصارى އިން ތަފާތު ބަސްތައް ކިޔައެވެ. ބައެއް يهودي ން ބުނަނީ އެއީ ޒިނޭގެ ދަރިއެއް ކަމަށެވެ. - نعوذ بالله - އަދި ساحر އެކޭވެސް އެމީހުން ބުންޏެވެ. އަދި نصارى ންގެ ބައެއް މީހުން ބުންޏެވެ. އެއީ ﷲ އެވެ. އަދި نصارى އިންގެ އަނެއް ބަޔަކު ބުނީ އެއީ ﷲ ގެ ދަރިކަލުންނެވެ. އަދި މިނޫން ގޮތަގޮތަށްވެސް ބުންޏެވެ. އެ ހުރިހައި ބަސްތަކުން ﷲ تعالى ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.
هَلۡ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأۡتِيَهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ
Open ayah 43:66އެކާފަރުންނާއި، مشرك ންގެ މީހުން އެމީހުންނަށް إحساس ވެސް ނުވެ ތިއްބައި އެމީހުންނަށް قيامة قائم ވުމަށް މެނުވީ އެމީހުން إنْتِظَارُ އެބަ ކުރޭހެއްޔެވެ؟ އެބަހީ އެމީހުން އެ إنتظار ކުރަނީ އެކަމަށެވެ.
ٱلۡأَخِلَّآءُ يَوۡمَئِذِۭ بَعۡضُهُمۡ لِبَعۡضٍ عَدُوٌّ إِلَّا ٱلۡمُتَّقِينَ
Open ayah 43:67ދުނިޔޭގައި رحمة ތެރިކަމާއި، ލޯބިވެތިކަމާއިގެން އުޅުނު އެންމެންނީވެސް قيامة ދުވަހުން تقوى ވެރި، މާތް މީހުން މެނުވީ އެއްބަޔަކު އަނެއް ބަޔަކަށް އެއީ عدوّ ންނެވެ.
يَٰعِبَادِ لَا خَوۡفٌ عَلَيۡكُمُ ٱلۡيَوۡمَ وَلَآ أَنتُمۡ تَحۡزَنُونَ
Open ayah 43:68(تقوى ވެރި މާތް މީހުންނަށް قيامة ދުވަހުން ﷲ އަންގަވާނެއެވެ.) އޭ ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ މައްޗަށް މިއަދު އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި ތިޔަބައިމީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވެއެވެ.
ٱلَّذِينَ ءَامَنُواْ بِـَٔايَٰتِنَا وَكَانُواْ مُسۡلِمِينَ
Open ayah 43:69އެމީހުންނީ ތިމަން ރަސްކަލާނގެ އާޔަތްތަކަށް إيمان ވެގެންވާ މީހުންނެވެ. އަދި އެއީ ތިމަން ރަސްކަލާނގެއަށް ކިޔަމަންތެރިވެގެންވާ މީހުންނެވެ.
ٱدۡخُلُواْ ٱلۡجَنَّةَ أَنتُمۡ وَأَزۡوَٰجُكُمۡ تُحۡبَرُونَ
Open ayah 43:70އަދި قيامة ދުވަހުން އެމީހުންނަށް وحي އިއްވޭނެއެވެ. ތިޔަބައިމީހުންނާއި، އަދި ތިޔަބައިމީހުންގެ ކިޔަމަންތެރި އަނބީންތަކާ ސުވަރުގެއަށް ވަންނާށެވެ. ތިޔަބައިމީހުންނަށް މާތްކޮށް ހިތެވޭނެއެވެ. نعمة އާއި، كرامة ލިބޭ ހުއްޓެވެ.
يُطَافُ عَلَيۡهِم بِصِحَافٖ مِّن ذَهَبٖ وَأَكۡوَابٖۖ وَفِيهَا مَا تَشۡتَهِيهِ ٱلۡأَنفُسُ وَتَلَذُّ ٱلۡأَعۡيُنُۖ وَأَنتُمۡ فِيهَا خَٰلِدُونَ
Open ayah 43:71އަދި ސުވަރުގޭގައި ރަނުން ވާ ބޮޑެތި ތަށިތަކާއި، ރަނުން ވާ ބިއްލޫރި ތަށިތައް، ކާބޯތަކެތި އެޅެވިގެންވާ حال، އެމީހުންގެ މެދުގައި ދައުރުކުރެވޭނެއެވެ. އިންސާނާގެ نفس، އެ އެއްޗަކަށް އެދޭ، ކާހިތްވާ، އަދި ލޯތަކަށް ފިނިކަމާއި، އަރާމު ލިއްބައިދޭ ކޮންމެ ކާބޯ އެއްޗެއް އެ ތަށިތަކުގައި ވާ ހުއްޓެވެ. އަދި އެމީހުންނަށް ނިދާ އިއްވޭނެއެވެ. ތިޔަބައިމީހުން ތިޔަ ސުވަރުގޭގައި ދެމިތިބޭ ހުއްޓެވެ.
وَتِلۡكَ ٱلۡجَنَّةُ ٱلَّتِيٓ أُورِثۡتُمُوهَا بِمَا كُنتُمۡ تَعۡمَلُونَ
Open ayah 43:72އަދި ތިޔަ ސުވަރުގެއަކީ ދުނިޔޭގައި ތިޔަބައިމީހުން ކުރި މަސައްކަތުގެ ސަބަބުން (ކިޔަމަންތެރިކަމާއި، تقوى ގެ ސަބަބުން) ތިޔަބައިމީހުން ވާރުތަކުރި ސުވަރުގެއެވެ.
لَكُمۡ فِيهَا فَٰكِهَةٞ كَثِيرَةٞ مِّنۡهَا تَأۡكُلُونَ
Open ayah 43:73އެ ސުވަރުގޭގައި ތިޔަބައިމީހުންނަށް ޓަކައި ގިނަވެގެންވާ މޭވާތައް ވެއެވެ. އެއިން ތިޔަބައިމީހުން ކާށެވެ.
إِنَّ ٱلۡمُجۡرِمِينَ فِي عَذَابِ جَهَنَّمَ خَٰلِدُونَ
Open ayah 43:74(شرك ކުރުން / ކާފަރުވުން ފަދަ) ބޮޑެތި ކުށްކުށުގެ ވެރީން ހަމަކަށަވަރުން ނަރަކައިގެ عذاب ގައި قيامة ދުވަހުން ދެމިތިބޭ ހުއްޓެވެ.
لَا يُفَتَّرُ عَنۡهُمۡ وَهُمۡ فِيهِ مُبۡلِسُونَ
Open ayah 43:75ކުޑަކުޑަ ހިނދުކޮޅަކަށްވެސް އެމީހުންގެ ކިބައިން އެ عذاب ލުއި ނުވާހުއްޓެވެ. (ސަލާމަތްވުމުގެ އެއްވެސް أمّيد އެއް ނެތި) އެމީހުން عذاب ގައި ދެމިތިބޭ ހުއްޓެވެ.
وَمَا ظَلَمۡنَٰهُمۡ وَلَٰكِن كَانُواْ هُمُ ٱلظَّٰلِمِينَ
Open ayah 43:76އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް އަނިޔާވެރި ވީއެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ؟ އެމީހުން ވީ އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާކުރި ބަޔަކު ކަމުގައެވެ.
وَنَادَوۡاْ يَٰمَٰلِكُ لِيَقۡضِ عَلَيۡنَا رَبُّكَۖ قَالَ إِنَّكُم مَّٰكِثُونَ
Open ayah 43:77(ނަރަކަ ބެލެހެއްޓުމާ حوال ކުރައްވާފައިވާ ملائكة އާ ކަމުގައި ވާ مالك އަށް) އެމީހުން ނަރަކައިގައި ތިބެގެން ގޮވާ ނަގާނެއެވެ. އެމީހުން ދަންނަވާނެއެވެ. އޭ مالك އެވެ. އަހަރެމެންނަށް މަރުވުމުގެ ނިޔާ ކޮށްދެއްވައިތޯ ކަލޭގެފާނުންގެ ربّ އަށް ދަންނަވައިދެއްވާށެވެ. އޭގެ جواب ގައި (އެހެން ގޮވާތާ އެއްހާސް އަހަރު ފަހުން) އެކަލޭގެފާނު ވިދާޅުވާނެއެވެ. ހަމަކަށަވަރުން ކަލޭމެންނަކީ ތިޔަ عذاب ގައި (ތިޔަ ވޭނުގައި / ތިޔަ ނަރަކައިގައި) ދެމިތިބޭނޭ ބައެކެވެ.
لَقَدۡ جِئۡنَٰكُم بِٱلۡحَقِّ وَلَٰكِنَّ أَكۡثَرَكُمۡ لِلۡحَقِّ كَٰرِهُونَ
Open ayah 43:78(ﷲ އެމީހުންނަށް އަންގަވާނެއެވެ.) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭމެންގެ ގާތަށް حقّ ފޮނުވީމެވެ. (އެބަހީ رسول ބޭކަލަކު ފޮނުވައި، ފޮތް ބާވައިލައްވައި، توحيد ގެ حقّ މަގަށް އެބޭކަލުން ގޮވައިލެއްވިއެވެ.) އެހެނެއް ކަމަކު ކަލޭމެން ކުރެ ގިނަ މީހުން އެ حقّ އަށް تبع ވެ إيمان އެއް ނުވިއެވެ. އެ حقّ އަށް ނުރުހި، ފުރަގަސްދިނީއެވެ.
أَمۡ أَبۡرَمُوٓاْ أَمۡرٗا فَإِنَّا مُبۡرِمُونَ
Open ayah 43:79އަދި ކިޔެއް ހެއްޔެވެ؟ (رسول އާ އިދިކޮޅަށް) އެމީހުން މަކަރުތަކާއި، ގޮތްތައް ރާވައި، ވަރުގަދަކުރީއެވެ. ތިމަން ރަސްކަލާނގެވެސް އެމީހުންނާ އިދިކޮޅަށް (އެމީހުންގެ ހަލާކުގައި) ގޮތްތައް ރާވައި ވަރުގަދަކުރީއެވެ.
أَمۡ يَحۡسَبُونَ أَنَّا لَا نَسۡمَعُ سِرَّهُمۡ وَنَجۡوَىٰهُمۚ بَلَىٰ وَرُسُلُنَا لَدَيۡهِمۡ يَكۡتُبُونَ
Open ayah 43:80އަދި ނުވަތަ އެމީހުން ހީކުރީ (އެ ގޮތްތައް ރާވާހެދިއިރު) އެމީހުންގެ ސިއްރު ވާހަކަތަކާއި، ސިއްރު ޖަލްސާތައް ތިމަން ރަސްކަލާނގެ ނުއައްސަވާ ކަމަށެވެ. އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އެމީހުން ގާތު (އެ ސިއްރު ޖަލްސާތަކުގައިވެސް) ތިމަން ރަސްކަލާނގެ ފޮނުއްވި رسول ބޭކަލުން، يعني މަލާއިކަތް ބޭކަލުން ތިއްބަވައިގެން (އެމީހުން ދައްކާހައި ވާހަކައަކާއި، ރޭވުމެއް) ލިޔުއްވަނީއެވެ.
قُلۡ إِن كَانَ لِلرَّحۡمَٰنِ وَلَدٞ فَأَنَا۠ أَوَّلُ ٱلۡعَٰبِدِينَ
Open ayah 43:81(އޭ رسول الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. رحمن ވަންތަ ﷲ އަށް ދަރިކަލަކު ވާނަމަ އެ ދަރިކަލުންނަށް އަޅުކަންކުރާ މީހުންގެ ތެރެއިން އެންމެ ފުރަތަމަ މީހާ ކަމުގައި ތިމަންކަލޭގެފާނު ވީމުހެވެ. (އެހެން ނަމަވެސް ދަރިކަލަކު إختيار ކުރެއްވުންފަދަ އުނި ސިފަތަކުން އެކަލާނގެ ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.)
سُبۡحَٰنَ رَبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبِّ ٱلۡعَرۡشِ عَمَّا يَصِفُونَ
Open ayah 43:82އުޑުތަކާއި، ބިންތައް ހެއްދެވި ކަލާނގެ އެއީ عرش ގެ ވެރި ربّ އެވެ. އެ ކާފަރުންނާއި، مشرك ން އެ ސިފަކުރާ އެންމެހައި އުނިކަމަކުން އެކަލާނގެ ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.
فَذَرۡهُمۡ يَخُوضُواْ وَيَلۡعَبُواْ حَتَّىٰ يُلَٰقُواْ يَوۡمَهُمُ ٱلَّذِي يُوعَدُونَ
Open ayah 43:83އޭ رسول الله އެވެ. އެމީހުންނަށް وعد ވެވިގެންވާ ދުވަސް - قيامة ދުވަސް - އަތުވެއްޖައުމަށް ދާނދެން އެމީހުންގެ باطل عقيدة އާއި، ބޭކާރު ވާހަކައިގެ ތެރޭގައި ފީނައި، ކުޅެހެދުމަށް އެމީހުން ދޫކޮށްލައްވާށެވެ. (އަދި އެ قيامة ދުވަހަކީ އެމީހުންނަށް ކަނޑައެޅިގެންވާ عذاب އެމީހުންނާ ބައްދަލުވާ ދުވަހެވެ.)
وَهُوَ ٱلَّذِي فِي ٱلسَّمَآءِ إِلَٰهٞ وَفِي ٱلۡأَرۡضِ إِلَٰهٞۚ وَهُوَ ٱلۡحَكِيمُ ٱلۡعَلِيمُ
Open ayah 43:84އަދި އެކަލާނގެއީ އެބަހީ ﷲ އީ އުޑުގައިވެސް އަޅުކަންވެވޭ ފަރާތެވެ. އުޑުގެވެސް معبود އެވެ. އަދި ބިމުގައިވެސް އަޅުކަންވެވޭ ފަރާތެވެ. ބިމުގެވެސް معبود އެވެ. (އެބަހީ އެ ދެތާވެސް އަޅުކަންވެވުން حقّ إله އަކީ، حقّ معبود އަކީ ﷲ އެވެ. އެހެން އެއްވެސް إله އަކަށް އަޅުކަންވެވުން ހުއްދަވެގެން ނުވެއެވެ.) އަދި އެކަލާނގެއީ حكمة ގަދަވެގެންވާ، އަދި ދެނެވޮޑިގަތުން ބޮޑުވެގެންވާ ކަލާނގެއެވެ.
وَتَبَارَكَ ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا وَعِندَهُۥ عِلۡمُ ٱلسَّاعَةِ وَإِلَيۡهِ تُرۡجَعُونَ
Open ayah 43:85އަދި އުޑުތަކާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެތީގެ ވެރިކަން އެފަރާތަކަށް ملك ވެ، خالص ވެގެންވާ ފަރާތުގެ بركاة ވަންތަ ކަމާއެވެ. އެކަލާނގެ ހެޔޮތައް ގިނަވެގެން ވެއެވެ. އަދި قيامة ދުވަހާބެހޭ އެންމެހައި علم އެއް - އެންމެހައި އެނގުމެއް - ވަނީ ހަމަ އެކަލާނގެއަށެވެ. (އެހެން އެއްވެސް މީހަކަށް އެކަމާބެހޭ އެއްވެސް އެއްޗެއް އެކަލާނގެ އެންގެވި މިންވަރަކަށް މެނުވީ ނުވެއެވެ.) އަދި ތިޔަބައިމީހުން އެނބުރި ދިއުން ވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
وَلَا يَمۡلِكُ ٱلَّذِينَ يَدۡعُونَ مِن دُونِهِ ٱلشَّفَٰعَةَ إِلَّا مَن شَهِدَ بِٱلۡحَقِّ وَهُمۡ يَعۡلَمُونَ
Open ayah 43:86އަދި ﷲ ފިޔަވައި ބައެއް މީހުން އަޅުކަން ކުރަމުން އެދާ އެއްވެސް ފަރާތަކަށް قيامة ދުވަހުން شفاعة އެއް ملك ވެގެން ނުވެއެވެ. ލިބިގެނެއް ނުވެއެވެ. ملائكة ބޭކަލުންނާއި، نبي ބޭކަލުންނަށް އަޅުކަންކުރި މީހުންނަކަށްވެސް އެ ބޭބޭކަލުން شفاعة ތެރި ނުވާނެއެވެ. شفاعة ގެ އެއްވެސް ފައިދާއެއް ކުރާނީ ހަމައެކަނި حقّ އަށް ހެކިވީ ބަޔަކަށެވެ. توحيد އަށް ހެކިވީ ބަޔަކަށެވެ. ﷲ އެއީ އެއްކައުވަންތަ إله ކަން ދެނެތިބެ، އެކަމަށް ހެކިވީ ބަޔަކަށެވެ. (އެހެންވީއިރު، ﷲ ފިޔަވައި އެކި ފަރާތްތަކަށް އަޅުކަންކުރި މީހުންނަށް شفاعة ގެ އެއްވެސް منفع އެއް ނެތެވެ. އެއީ توحيد އަށް ހެކިވީ ބައެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެއީ އެޔާ އިދިކޮޅު ބައެކެވެ. مشرك ންނެވެ.
وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُۖ فَأَنَّىٰ يُؤۡفَكُونَ
Open ayah 43:87އޭ رسول الله އެވެ. ކަލޭގެފާނު އެމީހުން ކުރެން يعني އެ مشرك ން ކުރެން އެމީހުން ހެއްދެވީ ކާކުތޯ އަހައިފިއްޔާ، ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. އެހެންވީއިރު އެމީހުން ﷲ އަށް އަޅުކަން خلاص ނުކޮށް، އެހެން ފަރާތްފަރާތަށް އަޅުކަން ކުރުން އެމީހުންނަށް حقّ ވާނީ ކޮންފަދައަކުން ހެއްޔެވެ؟ އެއީ އެމީހުން ހަދާ ބޮޑު ދޮގެކެވެ.
وَقِيلِهِۦ يَٰرَبِّ إِنَّ هَٰٓؤُلَآءِ قَوۡمٞ لَّا يُؤۡمِنُونَ
Open ayah 43:88އަދި ކަލޭގެފާނުންގެ ބަސްފުޅު - يعني رسول الله ﷺ ގެ ބަސްފުޅު "އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މި މީހުން إيمان އެއް ނުވެއެވެ." އެ ބަސްފުޅު ﷲ تعالى ދެނެވޮޑިގެން ވެއެވެ. އެ شكوى ގެ އަޑުފުޅު އެކަލާނގެ އައްސަވާ ވޮޑިގެން ވެއެވެ. (އޭގެ جواب ގައި އެކަލާނގެ وحي ކުރެއްވިއެވެ.)
فَٱصۡفَحۡ عَنۡهُمۡ وَقُلۡ سَلَٰمٞۚ فَسَوۡفَ يَعۡلَمُونَ
Open ayah 43:89އޭ رسول الله އެވެ. އެމީހުންގެ ފަރާތުން އެނބުރި ހުށަހޮޅިވަޑައިގަންނަވާށެވެ. އަޅައިނުލައްވާށެވެ. އަދި އެމީހުންނަށް ވިދާޅުވާށެވެ. سلام އެވެ. (އެއީ سلام ކުރުމުގެ މާނައިގައި ވާ سلام އެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ؟ އެއީ އެމީހުންގެ ފަރާތުން އަތްދޫކޮށްލުމޭ ބުނާ މާނައިގައި ވާ سلام އެކެވެ.) قيامة ދުވަހުން ނިކަންހުރެ (އެއީ އިދިކޮޅު ކަމުގެ ނަތީޖާ / ވޭންދެނިވި عذاب) އެމީހުންނަށް އެނގިދާނެއެވެ. އެކަމުގެ ރަހަ ދެކޭނެއެވެ.