الحج
Al-Hajj
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
يَٰٓأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمۡۚ إِنَّ زَلۡزَلَةَ ٱلسَّاعَةِ شَيۡءٌ عَظِيمٞ
Open ayah 22:1އޭ މީސްތަކުންނޭވެ! ކަލޭމެން ކަލޭމެންގެ ربّ އަށް ބިރުވެތިވާށެވެ! (އެކަލާނގެއަށް تقوى ވެރިވާށެވެ! އެއީ އެކަލާނގެ އެންގެވި واجب ތައް އަދާކޮށްގެންނާއި حرام ކުރެއްވި ކަންތަކުން ދުރުވެގަނެގެންނެވެ.) ހަމަކަށަވަރުން قيامة ވުމުގެ زَلْزَلة އަކީ (ދުނިޔެ ތެޅިގަނެ ގުޑައިގެންދާ ދިއުމަކީ) ބިރުބޮޑުވެގެންވާ ކަމެކެވެ.
يَوۡمَ تَرَوۡنَهَا تَذۡهَلُ كُلُّ مُرۡضِعَةٍ عَمَّآ أَرۡضَعَتۡ وَتَضَعُ كُلُّ ذَاتِ حَمۡلٍ حَمۡلَهَا وَتَرَى ٱلنَّاسَ سُكَٰرَىٰ وَمَا هُم بِسُكَٰرَىٰ وَلَٰكِنَّ عَذَابَ ٱللَّهِ شَدِيدٞ
Open ayah 22:2އެދުވަހުގެ ބިރުވެރިކަން ބޮޑުކަމުން އެދުވަހުން ކޮންމެ ކިރުމަޔަކު ކަލޭގެފާނު ދެކެވަޑައިގަންނަވާނީ އޭނާ ކިރުދޭ ދަރިފުޅުގެ މަތީން ހަނދާންނެތި غافل ވެގެންވާތީއެވެ. (އެއީ އެދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަމުންނެވެ.) އަދި ބަލިވެއިން ކޮންމެ އަންހެނެއްގެ ބަނޑުގައި އޮތްދަރި (ދުވަސް ހަމަނުވަނިސް) ވެއްޓޭނެއެވެ. އަދި އެދުވަހުން ކަލޭގެފާނު މީސްތަކުން ދެކެވަޑައިގަންނަވާނީ މަސްތުވެގެންވާތީއެވެ. އެކަމަކު އެމީހުން އެވަނީ މަސްތުވެގެންނެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ﷲ ގެ عذاب ގެ ގަދަކަމުން އެމީހުންނަށް ވެފައިވާ ގޮތެވެ. (ބުއްދިތައް މުޅިން ހަމައިން ނެއްޓި ގޮތްހުސްވެފައިވާތީ ހީވާގޮތެވެ.)
وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَيَتَّبِعُ كُلَّ شَيۡطَٰنٖ مَّرِيدٖ
Open ayah 22:3އަދި އެބައިމީހުންނަށް އެއްވެސް އެނގުމެއް علمގެ އަލިކަމެއްނެތި ﷲ އާއިމެދު (އެބަހީ: ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމާއިމެދު) جَدَل ކުރާމީހުން މީސްތަކުންގެތެރޭގައިވެއެވެ. އަދި ނުކިޔަމަންތެރި ކޮންމެ شيطان އަކާއި އެފަދަމީހުން تَبَع ވެއެވެ. (އެބަހީ: ޖަދަލު ކުރުމުގައި شيطانއާގެ ވަސްވާސްތަކާއި އޭނާގެ ބުނުންތަކާއި تَبَع ވެއެވެ.)
كُتِبَ عَلَيۡهِ أَنَّهُۥ مَن تَوَلَّاهُ فَأَنَّهُۥ يُضِلُّهُۥ وَيَهۡدِيهِ إِلَىٰ عَذَابِ ٱلسَّعِيرِ
Open ayah 22:4ހަމަކަށަވަރުން އެ شيطان އާ އާއިމެދު ނިޔާކުރެވި ކަނޑައެޅެވިގެންވަނީ ހަމަކަށަވަރުން އެސޮރާ تبع ވެއްޖެ ކޮންމެ މީހަކުވެސް ކަނޑައެޅިގެން އެސޮރު އެމީހަކު މަގުފުރެއްދުމެވެ. އަދި އެސޮރު އެމީހަކަށް މަގުދައްކާނީ ސީދާ އަލިފާނުގެ عذاب އަށް ދިއުމަށެވެ.
يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمۡ فِي رَيۡبٖ مِّنَ ٱلۡبَعۡثِ فَإِنَّا خَلَقۡنَٰكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ مِنۡ عَلَقَةٖ ثُمَّ مِن مُّضۡغَةٖ مُّخَلَّقَةٖ وَغَيۡرِ مُخَلَّقَةٖ لِّنُبَيِّنَ لَكُمۡۚ وَنُقِرُّ فِي ٱلۡأَرۡحَامِ مَا نَشَآءُ إِلَىٰٓ أَجَلٖ مُّسَمّٗى ثُمَّ نُخۡرِجُكُمۡ طِفۡلٗا ثُمَّ لِتَبۡلُغُوٓاْ أَشُدَّكُمۡۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرۡذَلِ ٱلۡعُمُرِ لِكَيۡلَا يَعۡلَمَ مِنۢ بَعۡدِ عِلۡمٖ شَيۡـٔٗاۚ وَتَرَى ٱلۡأَرۡضَ هَامِدَةٗ فَإِذَآ أَنزَلۡنَا عَلَيۡهَا ٱلۡمَآءَ ٱهۡتَزَّتۡ وَرَبَتۡ وَأَنۢبَتَتۡ مِن كُلِّ زَوۡجِۭ بَهِيجٖ
Open ayah 22:5އޭ މީސްތަކުންނޭވެ! محشر އަށް ފޮނުވުމާއިމެދު ކަލޭމެންނަށް ޝައްކެއްވާނަމަ (ކަލޭމެން ނިކަން ކަލޭމެންގެ أصل ހެއްދެވުމަށް ވިސްނާ فكر ކޮށްބަލާށެވެ.) ފަހެ ހަމަކަށަވަރުން ފުރަތަމަ ކަލޭމެންގެ ބައްޕަކަމުގައިވާ آدم عليه السّلام ތިމަންރަސްކަލާނގެ ހެއްދެވީ ވެލީންނެވެ. ދެން ކަލޭމެން ހެއްދެވީ މަނިފޮދުވަރަކުންނެވެ. ދެން އެމަނިފޮދުވަރު (މަންމަގެ رَحِمُ ގައި) ގަނޑުލެއިކޮޅަކަށް ހެއްދެވީމެވެ. ދެން އެގަނޑުލެއިކޮޅު މަސްކޮޅަކަށް ހެއްދެވީމެވެ. އެއީ آدم ގެ ދަރިއެއްގެ صورة ރަނގަޅަށް ފައުޅުވާ ގޮތަށާއި އަދި صورة ފައުޅުނުވާ ގޮތަށެވެ. (އެބަހީ: ބައެއްފަހަރު ފުރިހަމަ އިންސާނަކަށް ނުވެ މައިމީހާގެ رَحِم ން ވެއްޓިދެއެވެ.) އެހުރިހާ ގޮތަކަށް ތިމަންރަސްކަލާނގެ ހައްދަވަނީ ތިމަންރަސްކަލާނގެ قدرة ވަންތަކަމާއި އެއްކައުވަންތަކަން ކަލޭމެންނަށް بيان ކޮށްދެއްވުމަށެވެ. ދެން އެ އިންސާނާ މައިމީހާގެ رَحِمُ ގައި ކަނޑައެޅިގެންވާ މުއްދަތަކަށް ތިމަންރަސްކަލާނގެ قرار ކުރައްވައި ބާއްވަމެވެ. އެއީ ބަލިވެއިނުމުގެ މުއްދަތު ހަމަވާންދެނެވެ. ދެން ކުޑަކުޑަކުއްޖެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ކަލޭމެން ދުނިޔެއަށް ނެރެމެވެ. ދެން ކަލޭމެން ބޮޑުވަމުންގޮސް ކަލޭމެންގެ ގައިބާރުގަދަވެ ބުއްދި ފުރިހަމަވާ عُمر އަށް ތިމަންރަސްކަލާނގެ ކަލޭމެން ފޮނުއްވަމެވެ. އަދި އޭގެ ކުރިން މަރުވެގެންދާ ބަޔަކުވެސް ކަލޭމެންގެތެރެއިންވެއެވެ. އަދި މުސްކުޅިވެ ލޯބޯކޮށިވެ ވާނުވާ ނޭނގެ ވަރަށް - أَرْذَلُ العمر އެވެ ކިޔާހިސާބަށް ދާންދެން މަރުނުވެ ތިބޭމީހުންވެއެވެ. އެހިސާބަށްދާއިރު ރަނގަޅަށް ތަންދޮރު ނޭނގެއެވެ. އެއީ ކުރީގައި ރަނގަޅަށް ތަންދޮރު އެނގި އޮޅުންފިލައި އުޅުމަށްފަހުގައެވެ. އަދި ބިންގަނޑު ހިކިވެ ހަނަފަސްވެފައިވާތަން ކަލޭގެފާނު ދެކެވަޑައި ގަންނަވާނެއެވެ. ދެންފަހެ އެބިންގަނޑަށް ތިމަންރަސްކަލާނގެ ފެން ވެއްސެވުމުން އެބިންގަނޑު ޙަރަކާތްތެރިވެ ބޮޑުވެ އަދި ފަތްޕިލާވެލީގެ ރީތި އަދި ނަލަ ކޮންމެ ބާވަތެއްގެ ޖޯޑުޖޯޑު އެބިންގަނޑުން ފަޅައެވެ. މިއެވެ. (މިބަޔާންވެދިޔަފަދަ ކަންތައްތައް ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި محشر އަށް ފޮނުއްވުން ދަތިނުވާނޭކަން ކޮންމެ ސަލާމަތް ބުއްދިއަކަށް އެނގެންވާނެކަމަށް ފެނެއެވެ. މާތް ﷲ އަޅަމެން މަގުނުފުރައްދަވައި އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަ ކަމަށް ވިސްނާ فكر ކުރުމުގެ ހެޔޮ توفيق އަޅަމެނަށް ދެއްވާންދޭވެ. آمين)
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّهُۥ يُحۡيِ ٱلۡمَوۡتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
Open ayah 22:6އެއީ (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ مثال ތައް ތިމަންރަސްކަލާނގެ ކަލޭމެނަށް ދައްކަވައި އެވާހަކަތައް ހަނދާންކޮށްދެއްވަނީ) ތިމަންރަސްކަލާނގެ އެއީ އަޅުކަން އެފަރާތަށް ވެވުން حقّ ވަންތަ ކަލާނގެކަން ކަލޭމެން ދެނެ އެގޮތުގެމަތީގައި إيمان ވެ ތެދުކުރުމަށެވެ. އަދި ހަމަކަށަވަރުން އެކަލާނގެއީ މަރުވެފައިވާ ތަކެތި ދިރުއްވާ ކަލާނގެކަމާއި އަދި ހަމަކަށަވަރުން ކޮންމެކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވާކަންއެންގެވުމަށެވެ.
وَأَنَّ ٱلسَّاعَةَ ءَاتِيَةٞ لَّا رَيۡبَ فِيهَا وَأَنَّ ٱللَّهَ يَبۡعَثُ مَن فِي ٱلۡقُبُورِ
Open ayah 22:7އަދި ހަމަކަށަވަރުން قيامة ދުވަހަކީ އަންނާނޭ ދުވަހެއްކަން ކަށަވަރެވެ. އެޔާމެދު އެއްވެސް ޝައްކެއްނެތެވެ. އަދި ހަމަކަށަވަރުން قَبْر ތަކުގައިވާ މީސްތަކުން ﷲ تعالى އެމީހުން ދިރުއްވައި مَحْشر އަށް ފޮނުއްވާނެއެވެ. (އަދި عمل ތަކަށް ފުރިހަމަ ޖަޒާދެއްވާނެއެވެ.)
وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَلَا هُدٗى وَلَا كِتَٰبٖ مُّنِيرٖ
Open ayah 22:8އަދި އެއްވެސް علم އެއް އެނގުމެއް، އަދި ތެދުމަގެއްވިޔަސް ނެތި އަދި އޭނާ އެބުނާ އެއްޗެއް ތެދުކަމަށް دليل ކުރާނޭ އެއްވެސް ފޮތެއްގެ އަލިކަމެއް ނެތި ﷲ ގެ ރަސްކަންފުޅާއިމެދު جَدَل ކޮށް ދެކޮޅުހަދާމީހުން މީސްތަކުންގެ ތެރޭގައިވެއެވެ.
ثَانِيَ عِطۡفِهِۦ لِيُضِلَّ عَن سَبِيلِ ٱللَّهِۖ لَهُۥ فِي ٱلدُّنۡيَا خِزۡيٞۖ وَنُذِيقُهُۥ يَوۡمَ ٱلۡقِيَٰمَةِ عَذَابَ ٱلۡحَرِيقِ
Open ayah 22:9އަދި އެފަދަމީހުންނަށް ގޮވާލެވޭ ގޮވައިލުމަށް އެމީހުންގެ ބޮޑާކަމުން ފުރަގަސްދީ ހަދައެވެ. އެއީ ﷲ ގެމަގުން މީސްތަކުން މަގުފުރެއްދުމަށްޓަކައެވެ. އޭނާއަށް ދުނިޔޭގައި ހުރީ ދެރަކަމާއި ނިކަމެތިކަމެވެ. އަދި قيامة ދުވަހުން އަނދައަނދާހުރި އަލިފާނުގެ عذاب ގެ ރަހަ ތިމަންރަސްކަލާނގެ އޭނާއަށް ދައްކަވާހުށީމެވެ.
ذَٰلِكَ بِمَا قَدَّمَتۡ يَدَاكَ وَأَنَّ ٱللَّهَ لَيۡسَ بِظَلَّٰمٖ لِّلۡعَبِيدِ
Open ayah 22:10(އަދި އޭނާއަށް އެންގެވޭނެއެވެ.) އެފަދަ عذاب ކަލެއަށް ލިބެނީ ކަލޭ އިސްކޮށްފައިވާ عمل ތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ.
وَمِنَ ٱلنَّاسِ مَن يَعۡبُدُ ٱللَّهَ عَلَىٰ حَرۡفٖۖ فَإِنۡ أَصَابَهُۥ خَيۡرٌ ٱطۡمَأَنَّ بِهِۦۖ وَإِنۡ أَصَابَتۡهُ فِتۡنَةٌ ٱنقَلَبَ عَلَىٰ وَجۡهِهِۦ خَسِرَ ٱلدُّنۡيَا وَٱلۡأٓخِرَةَۚ ذَٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِينُ
Open ayah 22:11އަދި ޝައްކެއްގައި ހުރެގެން ﷲ އަށް އަޅުކަންކުރާމީހުން މީސްތަކުންގެތެރޭގައި ވެއެވެ. ދެންފަހެ އެމީހުންނަށް ހެޔޮކަމެއް ދިމާވެއްޖެއްޔާ (އެބަހީ: ރިޒުގު ތަނަވަސްވުންފަދަ دنيوى ހަމަޖެހުމެއް ދިމާވެއްޖެއްޔާ) އެ دين މަތީ قائم ވެތިބެއެވެ. ހަމަޖެހިގެން ތިބެއެވެ. އަދި އެމީހުންނަށް فِتْنَة އެއް ދިމާވެއްޖެއްޔާ (އެބަހީ: ތަދުމަޑުވުންފަދަ ދަތި އުނދަގުލެއް ދިމާވެއްޖެއްޔާ އެމީހުން އެމީހުންގެ މޫނު މައްޗަށް ފުރޮޅިދެއެވެ. އެބަހީ: دين ދޫކޮށް މުރުތައްދުވެދެއެވެ. ދުނިޔެއާއި آخرة ނަގައިލައެވެ. بيان ވެގެންވާ ގެއްލުމާއި ހަލާކަކީ އެއީއެވެ.
يَدۡعُواْ مِن دُونِ ٱللَّهِ مَا لَا يَضُرُّهُۥ وَمَا لَا يَنفَعُهُۥۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ
Open ayah 22:12އެފަދަމީހާ ﷲ ފިޔަވައި އޭނާ دعاء ކޮށް އަޅުކަންކޮށް އެހަދަނީ އޭނާއަށް އެއްވެސް ގެއްލުމެއް އަދި އުނދަގުލެއް ނުދެވޭ އަދި އޭނާއަށް އެއްވެސް مَنْفَعَ އެއްވެސް ނުދޭ ތަކެއްޗަށެވެ. ބުދަށެވެ. ދުރުވެގެންވާ މަގުފުރެދުމަކީ އެއީއެވެ.
يَدۡعُواْ لَمَن ضَرُّهُۥٓ أَقۡرَبُ مِن نَّفۡعِهِۦۚ لَبِئۡسَ ٱلۡمَوۡلَىٰ وَلَبِئۡسَ ٱلۡعَشِيرُ
Open ayah 22:13އޭނާ دعاء ކޮށް އަޅުކަން އެކުރަނީ އެއެއްޗެއްގެ مَنْفَعَ އާއި ލާބައަށްވުރެ އެއެއްޗެއްގެ ގެއްލުމާއި ހަލާކު ގާތްވެގެންވާ އެއްޗަކަށް ކަން ކަށަވަރެވެ. ކަނޑައެޅިގެން نَصْر ވެރިޔާ ނުބައި ވެގެންވެއެވެ. އަދި ކަނޑައެޅިގެން އެކުވެރިޔާވެސް ނުބައިވެގެންވެއެވެ. އެބަހީ: ބުދަކީ نصر ވެރިއަކުކަމުގައި ބެލިއްޔާވެސް އެއީ ނުބައިވެގެންވާ نصر ވެރިއެކެވެ. އަދި ނުބައި އެކުވެރިއެކެވެ. (އެއީ އެއަށް އަޅުކަންކުރާމީހާއެވެ.)
إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۚ إِنَّ ٱللَّهَ يَفۡعَلُ مَا يُرِيدُ
Open ayah 22:14إيمان ވެގެން صالح عمل ތައްކުރި މީސްތަކުން (ދަންނައެވެ.) ހަމަކަށަވަރުން ﷲ تعالى އެމީހުން ސުވަރުގެ ވައްދަވާހުއްޓެވެ. އެތަންތާނގެ ދަށުން އާރުތައް ދެމިދެމިއޮންނަ ބަގީޗާތަކަކަށް އެމީހުން ވައްދަވާހުއްޓެވެ. އަދި ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ ކަންތައް ކުރައްވައެވެ.
مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ فَلۡيَمۡدُدۡ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لۡيَقۡطَعۡ فَلۡيَنظُرۡ هَلۡ يُذۡهِبَنَّ كَيۡدُهُۥ مَا يَغِيظُ
Open ayah 22:15ﷲ تعالى - محمّد ﷺ އަށް ދުނިޔެއާއި آخرة ގައިވެސް نَصْرُ ނުދެއްވާނެކަމަށް ހީކުރާމީހާ، (އެކަލޭގެފާނު ދެކެ ރުޅިއައިސް حسد ވެރިވާމީހާ) ފަހެ އޭނާ ގޭގެ ފުރާޅުގައި ވާފަށެއް އައްސައި (ދެން އޭނާ އޭގައި ދަންޖެހުމަށްފަހު) އޭނާ އެވާފަށް ކަނޑައިލާށެވެ. (އެބަހީ: އޭނާ ރުޅިއައިސްގެން ހެދޭނެހާ އެއްޗެއް ހަދައިބަލާށެވެ.) ދެން އޭނާ އެރޭވި ރޭވުމަށް އަދި ހެދި حيلة އަށް ބަލައިބަލާށެވެ. ފަހެ އެކަންތަކުން އޭނާ އައިސްފައިވާ ރުޅިވެރިކަމާއި حسد ވެރިކަން އޭނާގެ ކިބައިން ދުރުވިބާވައެވެ؟ އެކަން އޭނާގެ ކިބައިން ފިލައިދިޔަ ބާވައެވެ؟ (މިއާޔަތުގެ تفسير އަދި މިނޫންގޮތްގޮތަށްވެސް ވެއެވެ.)
وَكَذَٰلِكَ أَنزَلۡنَٰهُ ءَايَٰتِۭ بَيِّنَٰتٖ وَأَنَّ ٱللَّهَ يَهۡدِي مَن يُرِيدُ
Open ayah 22:16އަދި އެފަދައިން (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމާއިމެދު ދެކޮޅުހަދާ މީހުންނަށް ތިމަންރަސްކަލާނގެ حجّة ތަކާއި دليل ތައް بيان ކޮށްދެއްވިފަދައިން) ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެބަހީ: محمّد ﷺ އަށް) بيان ވެގެންވާ دليل ތަކާއި حجّة ތައް ބާވައިލެއްވީމެވެ. ފަހެ ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ތެދުމަގުދައްކަވައެވެ.
إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَادُواْ وَٱلصَّٰبِـِٔينَ وَٱلنَّصَٰرَىٰ وَٱلۡمَجُوسَ وَٱلَّذِينَ أَشۡرَكُوٓاْ إِنَّ ٱللَّهَ يَفۡصِلُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ شَهِيدٌ
Open ayah 22:17ހަމަކަށަވަރުން إيمان ވީ މީސްތަކުންނާއި އަދި يَهُودي ންކަމުގައިވީ މީހުންނާއި އަދި صَابِى އިންނާއި އަދި نَصَارى އިންނާއި مَجُوسِى ންނާއި އަދި شَرِيكُ ކުރި މީހުންނާއި މި އެންމެންގެ މެދުގައި ﷲ تعال قيامة ދުވަހުން فيصلة ކުރައްވައި حكم ކުރައްވާނެއެވެ. ހަމަކަށަވަރުން ﷲ تعالىއީ ކޮންމެ ކަމަކަށްވެސް ހެކިވެވޮޑިގަންނަވާ ކަލާނގެއެވެ. • ދަންނައެވެ. صَابى ންނަކީ سَمَاوِي އެއްވެސް دين އެއް قبول ނުކުރާ ބައެއްކަމުގައި ބުނެވުނެވެ. ނުވަތަ އެއީ ތަރިޔަށް ނުވަތަ މަލާއިކަތުންނަށް އަޅުކަންކުރާ މީހުންކަމުގައިވެސް ބުނެވުނެވެ. والله أعلم.
أَلَمۡ تَرَ أَنَّ ٱللَّهَ يَسۡجُدُۤ لَهُۥۤ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ وَٱلشَّمۡسُ وَٱلۡقَمَرُ وَٱلنُّجُومُ وَٱلۡجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٞ مِّنَ ٱلنَّاسِۖ وَكَثِيرٌ حَقَّ عَلَيۡهِ ٱلۡعَذَابُۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكۡرِمٍۚ إِنَّ ٱللَّهَ يَفۡعَلُ مَا يَشَآءُ۩
Open ayah 22:18(އޭ رسول ﷲ އެވެ.) ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާބަޔަކު ﷲ تعالى އަށް سجدة ކުރައްވާކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެނގިވަޑައިނުގަންނަވައިތޯއެވެ؟ (އުޑުތަކުގައިވާ މީހުންނަކީ ملائكة ބޭކަލުންނެވެ. ބިމުގައިވާ މީހުންނަކީ އިންސާނުންނާއި ޖިންނީންނެވެ. ދެންވެސް އެހެނިހެން خَلق ތަކެވެ.) އަދި އިރާއި ހަނދާއި ތަރިތަކާއި ފަރުބަދަތަކާއި ގަސްގަހާގެއްސާއި އަދި دَابَّة ތަކާއި އަދި މީސްތަކުންގެ ތެރެއިން ގިނަބަޔަކާއި (އެއީ މުއުމިނުންނެވެ.) މިހުރިހާތަކެތިވެސް ﷲ އަށް سجدة ކުރެއެވެ. (މީސްތަކުންގެތެރެއިން سَجِدَة ކުރާބަޔަކީ مؤمن ންނެވެ.) އަދި އެމީހުންގެމައްޗަށް عذاب حقّ ވެގެންވާ އެތައްބަޔަކުވެއެވެ. (އެއީ އެމީހުންގެ ކާފަރުކަމާއި ނުކިޔަމަންތެރިކަމުންނެވެ.) އެކަމަކު އެމީހުންގެ ހިޔަނިތައް ﷲ އަށް سجدة ކުރެއެވެ. އަދި ﷲ އެމީހަކު ދެރަކުރައްވާ إهانة ތެރި ކުރައްވައިފިމީހަކު ދަންނައެވެ. އެމީހަކު މާތްކޮށް ބާއްޖަވެރިކުރާނެ އެކަކުވެސް ނުވެއެވެ. ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ ކަމެއްކުރައްވައެވެ.
۞هَٰذَانِ خَصۡمَانِ ٱخۡتَصَمُواْ فِي رَبِّهِمۡۖ فَٱلَّذِينَ كَفَرُواْ قُطِّعَتۡ لَهُمۡ ثِيَابٞ مِّن نَّارٖ يُصَبُّ مِن فَوۡقِ رُءُوسِهِمُ ٱلۡحَمِيمُ
Open ayah 22:19މިއީ ދެ خَصْمُ ންނެވެ. (އެކަކު އަނެކަކުގެމައްޗަށް حُجّة قائم ކޮށް ދެކޮޅުހަދާ ދެމީހުންނެވެ. މި ދެ خَصْمُ ންނަކީ ކޮންބައެއްކަމާމެދު مفسّر ންގެމެދުގައި ވަރަށް خيال ތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ: بَدر ހަނގުރާމަދުވަހު ދެފަރާތުން مُبَارَزَة އަށް ނުކުތް مؤمن ންނާއި ކާފަރުންކަމުގައެވެ. އަނެއްބަޔަކު ވިދާޅުވަނީ އެއީ مؤمن ންނާއި أهل كتاب ންކަމުގައެވެ. އަދި މިނޫންގޮތްގޮތަށްވެސް ކިއިފައިވެއެވެ.) والله أعلم بالصّواب.
يُصۡهَرُ بِهِۦ مَا فِي بُطُونِهِمۡ وَٱلۡجُلُودُ
Open ayah 22:20އޭގެ ސަބަބުން (އެފެން ބޮލުގެ ނާށިގަނޑު ފޫއަޅުވާލައިފައިގޮސް) ބަނޑުގެތެރޭގައިވާ އެންމެހައިތަކެތިކުދިކުދިކޮށްލައި ވިރުވައިލައެވެ. އަދި ވިރިގެން އޮހިދެއެވެ. އަދި އެމީހުންގެ ހަންތައްވެސް އޮހިދެއެވެ.
وَلَهُم مَّقَٰمِعُ مِنۡ حَدِيدٖ
Open ayah 22:21އަދި (އެމީހުންގެ ގައިގާތެޅުމަށް) އެމީހުންނަށް ދަގަނޑު ހަންމުށިތަކެއްވެއެވެ.
كُلَّمَآ أَرَادُوٓاْ أَن يَخۡرُجُواْ مِنۡهَا مِنۡ غَمٍّ أُعِيدُواْ فِيهَا وَذُوقُواْ عَذَابَ ٱلۡحَرِيقِ
Open ayah 22:22އަދި އެމީހުން އެނަރަކައިގެ ގަދަ عذاب ގެ ވޭނާ ހިތާމައިގެ ސަބަބުން އެތަނުން ނުކުންނަން ހީކުރާ ކޮންމެ ފަހަރަކު އެމީހުން އެތަނަށް ރައްދުކުރެވޭނެއެވެ. (ނަރަކައިގެ زبَانِىَّ މަލާއިކަތް ބޭކަލުން އެހަންމުށިތަކުން އެމީހުންގެ ބޮލުގައި ތަޅާ އެތަނަށް އަލުންވެސް ފޮނުއްވާނެއެވެ.) އަދި އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން އަލިފާނުގެ عذاب ގެ ރަހަލިބިގަންނާށެވެ!
إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ يُحَلَّوۡنَ فِيهَا مِنۡ أَسَاوِرَ مِن ذَهَبٖ وَلُؤۡلُؤٗاۖ وَلِبَاسُهُمۡ فِيهَا حَرِيرٞ
Open ayah 22:23إيمان ވެގެން صَالح عمل ތައް ކުރިމީހުން (قيامة ދުވަހުން) އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގާ އޮންނަ ބަގީޗާތަކަކަށް އެބަހީ: ސުވަރުގެތަކަށް ހަމަކަށަވަރުން ﷲ تعالى އެމީހުން ވައްދަވާހުއްޓެވެ. އަދި ރަނާއި ރަންމުތުގެ އުޅާތައް އެމީހުންނަށް އެސުވަރުގޭގައި އެޅުވޭނެއެވެ. އަދި އެސުވަރުގޭގައި އެމީހުންގެ ލިބާހަކީ ފަށުވި ފޭރާމެވެ.
وَهُدُوٓاْ إِلَى ٱلطَّيِّبِ مِنَ ٱلۡقَوۡلِ وَهُدُوٓاْ إِلَىٰ صِرَٰطِ ٱلۡحَمِيدِ
Open ayah 22:24އެމީހުންނަކީ (ދުނިޔޭގައި އުޅުނުއިރު) އެމީހުންނަށް ރަނގަޅުވެގެންވާ ބަހަށް އެބަހީ: لاَ اِلَهَ إِلاَّ ﷲُ ގެ ފަރާތަށް މަގުދެއްކެވުނު މީހުންނެވެ. (އެބަހީ: كلمة ފުޅު ނިޔާކުރާގޮތުގެމަތީން عمل ކުރުމުގެ توفيق ލިބެވުނު މީހުންނެވެ.) އަދި އެއީ حمد އާއި تعريف ލިބިވޮޑިގެންވާ ﷲ ގެމަގަށް (އިސްލާމު ދީނަށް). މަގުލިބެވުނު މީހުންނެވެ.
إِنَّ ٱلَّذِينَ كَفَرُواْ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلۡمَسۡجِدِ ٱلۡحَرَامِ ٱلَّذِي جَعَلۡنَٰهُ لِلنَّاسِ سَوَآءً ٱلۡعَٰكِفُ فِيهِ وَٱلۡبَادِۚ وَمَن يُرِدۡ فِيهِ بِإِلۡحَادِۭ بِظُلۡمٖ نُّذِقۡهُ مِنۡ عَذَابٍ أَلِيمٖ
Open ayah 22:25ހަމަކަށަވަރުން ކާފަރުވީ މީސްތަކުން (އަދި އެމީހުން މީސްތަކުންނަށް ﷲ ގެ މަގު ބަންދުކުރި އަދި مَسْجِدُ الْحَرَام އަށް މީސްތަކުން އަޔަނުދީ ބަންދުކުރި މީހުން (ދަންނައެވެ. އެމީހުން އެގޮތުގައި މަރުވެގެން ހިނގައްޖެނަމަ ގެއްލި ހަލާކުވީއެވެ.) އެ مسحد الحرام އަކީ އެތާނގައި قائم ވެތިބޭ އެރަށުގެ މީހުންނާއި އަދި އެހެން ރަށްރަށުން އަންނަ މީހުންނާއި އެންމެން ހަމަހަމަވެގެންވާ ތަނެކެވެ. އެއީ އެންމެހައި مسلم ން ހަމަހަމަ ތަނެކެވެ. އަދި އެތާނގައި އަނިޔާވެރިވުމުގެ ގޮތުން حقّ އާއި ދުރަށް ލެނބުމަށް قصد ކޮށް ހީކޮށްފި މީހާއަށްވެސް ތިމަންރަސްކަލާނގެ ވޭންދެނިވި عذاب ގެ ރަހަ ދައްކަވާހުށީމެވެ. (އެބަހީ: އެތާނގައި އަނިޔާވެރިވުމަށް މީހަކު ހީކުރިނަމަވެސް އެމީހަކަށް ތިމަންރަސްކަލާނގެ ވޭންދެނިވި عذاب ގެ ރަހަދައްކަވާހުށީމެވެ. އަދި އެތާ އަނިޔާވެރިކަމެއް ހިންގައިފިނަމަ ކިހާވަރެއްވާނެއްހެއްޔެވެ؟)
وَإِذۡ بَوَّأۡنَا لِإِبۡرَٰهِيمَ مَكَانَ ٱلۡبَيۡتِ أَن لَّا تُشۡرِكۡ بِي شَيۡـٔٗا وَطَهِّرۡ بَيۡتِيَ لِلطَّآئِفِينَ وَٱلۡقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ
Open ayah 22:26އަދި إبراهيم عليه السّلام އަށް ތިމަންރަސްކަލާނގެ ގެފުޅު ހުރިތަން ދެއްކެވިހިނދު ހަނދުމަފުޅު ކުރައްވާށެވެ. (އެކަލޭގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެއާއި އެކައްޗަކާވެސް شريك ނުކުރާށެވެ. ބައިވެރިނުކުރާށެވެ. އަދި طواف ކުރާމީހުންނަށާއި ނަމާދުގައި قائم ވެތިބޭ މީހުންނަށާއި رُكُوع ކޮށް سَجِدَة ކުރާ މީހުންނަށް އެބަހީ: އަޅުކަންކުރާ މީހުންނަށް ތިމަންރަސްކަލާނގެ ގެފުޅު طاهر ކުރައްވާށެވެ. (شرك އާއި بدعة އާއި އެންމެހައި ހަޑިހުތުރު ކަންކަމުން كَعْبَةُ ﷲ طاهر ކުރައްވާށެވެ.)
وَأَذِّن فِي ٱلنَّاسِ بِٱلۡحَجِّ يَأۡتُوكَ رِجَالٗا وَعَلَىٰ كُلِّ ضَامِرٖ يَأۡتِينَ مِن كُلِّ فَجٍّ عَمِيقٖ
Open ayah 22:27(އޭ إبراهيم عليه السّلام އެވެ.) حجّ އަށް އައުމަށް ކަލޭގެފާނު މީސްތަކުންނަށް ގޮވާލައްވާ إعلان ކުރައްވާށެވެ. (حجّ އަށް އައުމަކީ އަޅުކަންކުރުމަށްޓަކައި كَعْبَة ﷲ (ގެފުޅު) قصد ކޮށްގެން އައުމެވެ.) ދެން އޭރުން މީސްތަކުން އެމީހުންގެ ފައިމަގުގައްޔާއި އަނަރޫފަ ޖަމަލުމަތީގައި (އެބަހީ: ސަވާރުވެގެންނާއި) ކަލޭގެފާނުންގެ އަރިހަށް (ގެފުޅު قصد ކޮށްގެން ދުރު ހިސާބުން އަންނަ ހުއްޓެވެ.)
لِّيَشۡهَدُواْ مَنَٰفِعَ لَهُمۡ وَيَذۡكُرُواْ ٱسۡمَ ٱللَّهِ فِيٓ أَيَّامٖ مَّعۡلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلۡأَنۡعَٰمِۖ فَكُلُواْ مِنۡهَا وَأَطۡعِمُواْ ٱلۡبَآئِسَ ٱلۡفَقِيرَ
Open ayah 22:28އެއީ އެމީހުންނަށްވާ ދުނިޔެއާއި آخرة ގެ مَنفع ތައް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި عَيَّن ވެގެންވާ ދުވަސްތަކެއްގައި (يعني: أَيَّامُ التَّشْرِيق ގެ ދުވަސްތަކުގައި) އެމީހުން ﷲ އަށް ذِكر ކޮށް އެކަލާނގެ ހަނދުމަކުރުމަށްޓަކައެވެ. އެކަލާނގެ އެމީހުންނަށް ދެއްވި نَعَمْ ސޫފީގެ ރިޒުގުގެ ސަބަބުންނެވެ. (ފަހެ އެކަލާނގެ އެމީހުންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން އެތަކެތީން ކައިހަދާށެވެ. އަދި ގޮތްހުސްވެ ބޭނުންޖެހިފައިވާ فقير ންނަށް އެއިން ކާންދޭށެވެ.
ثُمَّ لۡيَقۡضُواْ تَفَثَهُمۡ وَلۡيُوفُواْ نُذُورَهُمۡ وَلۡيَطَّوَّفُواْ بِٱلۡبَيۡتِ ٱلۡعَتِيقِ
Open ayah 22:29ދެން އެމީހުން އެމީހުންގެ ހަޑިތައް ސާފުކުރާހުށިކަމެވެ! (އެއީ ބޯބޭލުމާއި މަތިމަސްކޮށުމާއި ކިހިލިފަތި އިސްތަށި ލުއްސުމާއި ފޫޅުން ތިރި އިސްތަށި ބޭލުމާއި ނިޔަފަތިކެނޑުމާއި މިބާވަތުގެ ކަންކަން ކުރާށެވެ.) އަދި އެމީހުން އެމީހުންގެ ނަދުރުތައް ފުއްދާށެވެ! އެބަހީ: ގެފުޅަށްޓަކައި ކަތިލަންޖެހޭ ކަތިލުންތައް ކަތިލާށެވެ! قربان ކުރާށެވެ. އަދި ބޮޑެތި ޖައްބާރު ނުލަފާމީހުންގެ ކިބައިން ﷲ ރައްކާތެރިކުރައްވާފައިވާ ދުވަސްވީ قَدِيْم ގެފުޅުގައި އެމީހުން طَوَافُ ކުރާހުށިކަމެވެ! އެއީ طَوَاف اْلإِفَاضَة އެވެ. މިއާޔަތްތަކުގައި މިވަނީ حجّ ގެ ބައެއް حكم ތަކުގެ އިޝާރާތްތަކެކެވެ. މިކަމުގެ تفصيل حديث ފޮތްތަކާއި فقه ފޮތްތަކުގައިވެއެވެ.
ذَٰلِكَۖ وَمَن يُعَظِّمۡ حُرُمَٰتِ ٱللَّهِ فَهُوَ خَيۡرٞ لَّهُۥ عِندَ رَبِّهِۦۗ وَأُحِلَّتۡ لَكُمُ ٱلۡأَنۡعَٰمُ إِلَّا مَا يُتۡلَىٰ عَلَيۡكُمۡۖ فَٱجۡتَنِبُواْ ٱلرِّجۡسَ مِنَ ٱلۡأَوۡثَٰنِ وَٱجۡتَنِبُواْ قَوۡلَ ٱلزُّورِ
Open ayah 22:30އިސްވެދިޔަ ކަންތައްތަކަކީ، (އެބަހީ: ބޯބޭލުމާއި މަތިމަސްކޮށުމާއި - ކަތިލުމާއި - طواف ކުރުމާއި މިކަންކަމަކީ حجّ ގެ واجب ތަކުގެތެރެއިންވާ ކަންކަމެވެ. ގެފުޅަށް މާތްކޮށް ހިތުމާއި حُرمَة ތެރިވުމުގެ ގޮތުން ކުރާ ކަންކަމެވެ.) އަދި ﷲ ގެ حرمة ތަކަށް މާތްކޮށްހިތާ قَدَر ކޮށްފިމީހާ ދަންނައެވެ. ފަހެ އެއީ އޭނާއަށް އޭނާގެ ربّ ގެ حضرة ގައިވާ ހެވެވެ. (ﷲ ގެ حُرمَة އަކީ مكَة އާއި حجّ عمرَة ގެ ކަންކަމާއި އެކަލާނގެ ނަހީކުރައްވާފައިވާ އުރެދުންތަކާއި މިފަދަ މިފަދަ ކަންކަމެވެ.) އަދި ކަލޭމެންގެމައްޗަށް މަނާވެގެންވާ ތަކެތި ކަމުގައި ﷲ އަންގަވާފައިވާ ތަކެތި ފިޔަވައި نَعَم ސޫފީގެ ބާވަތްތައް ކަލޭމެންނަށް حلال ވެވިއްޖެއެވެ. އެބަހީ: އެކަލާނގެ حلال ކޮށްދެއްވައިފިއެވެ. (މަނާތަކެތި ކަމުގައި ބެލެވެނީ مائدة ސޫރަތުގައި بيان ކުރައްވާފައި އެވާ ތަކެއްޗެވެ.) ފަހެ ބުދަށް އަޅުކަންކުރުމުން ކަލޭމެން ދުރުވެގަންނާށެވެ. އަދި ދޮގު ބަސްތައް ބުނުމުން ދުރުވެގަންނާށެވެ. (އެބަހީ: ﷲ ގެ މައްޗަށް ދޮގުބަސްތައް ބުނުމުން ދުރުވެގަންނާށެވެ. އަދި އެހެނިހެން މީސްމީހުނަށްވެސް ދޮގު ނުހަދާށެވެ.)
حُنَفَآءَ لِلَّهِ غَيۡرَ مُشۡرِكِينَ بِهِۦۚ وَمَن يُشۡرِكۡ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخۡطَفُهُ ٱلطَّيۡرُ أَوۡ تَهۡوِي بِهِ ٱلرِّيحُ فِي مَكَانٖ سَحِيقٖ
Open ayah 22:31އެއީ އެކަލާނގެއަށް شريك ކުރާމީހުންކަމުގައި ނުވެތިބެ ﷲ އަށް توحيد ސީދާކޮށްގެންވާ حال ގައެވެ. އަދި ﷲ އަށް شريك ކުރި މީހާ ކޮންފަދަހެއްޔެވެ؟ އޭނާ މަތިން ވެއްޓިވެއްޓިއޮއްވާ ދޫނިޖަހައިގަތް މީހާ ފަދައެވެ. ނުވަތަ ދުރުހިސާބަކަށް ވަޔާ ބުރުއްސައިގެންދިޔަ މީހަކު ފަދައެވެ. (ތެދުމަގާ އެހާވެސް ދުރެވެ.)
ذَٰلِكَۖ وَمَن يُعَظِّمۡ شَعَٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقۡوَى ٱلۡقُلُوبِ
Open ayah 22:32މިއާޔަތްތަކުގައި بيان ވެގެން އެވަނީ ﷲ ގެ أمر އާއި نهى އެވެ. އެއީ އެކަލާނގެ شَعِيرَة އެވެ. އަދި ﷲ ގެ شَعِيرَة ތަކަށް މާތްކޮށް ހިތާ قدر ކުރުން އެއީ ﷲ تعالى އަށް ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ ތެރެއިންވާ ކަމެކެވެ. (މިދެންނެވި شَعِيرَة ތަކުގެތެރޭގައި ގެފުޅަށް ހަދިޔާކުރެވޭ جمل އާއި ގެރިބަކަރިވެއެވެ. އަދި އެތަކެތި ބަލަހައްޓާ ރަނގަޅަށް ކާންދީ ރަނގަޅުކުރުންވެސްވަނީ އެ شَعِيرَة ތަކަށް إحترام ކޮށް قدر ކުރުމުގެ ތެރެއިންނެވެ.)
لَكُمۡ فِيهَا مَنَٰفِعُ إِلَىٰٓ أَجَلٖ مُّسَمّٗى ثُمَّ مَحِلُّهَآ إِلَى ٱلۡبَيۡتِ ٱلۡعَتِيقِ
Open ayah 22:33އަދި އެތަކެތީގައި ތިޔަބައިމީހުންނަށް مَنْفَعَ ތަކެއްވެއެވެ. ވަކި مدّة އަކަށެވެ. (އެވަގުތުތަކުގައި އޭގެ ކިރުގެ ބޭނުން ކުރުމާއި އޭގެ ބުރިކަށިމައްޗަށް ސަވާރުވުމާއި އޭގެ ޅަދަރީގެ ބޭނުންކުރުމާއި މިފަދަ މިފަދަ مَنْفع ތައްވެއެވެ.) ދެން އޭގެ مَحَلّ އަކީ ގެނެވޭނެ ތަނަކީ ގެފުޅެވެ. بَيْتُ العَتِيْق އެވެ.
وَلِكُلِّ أُمَّةٖ جَعَلۡنَا مَنسَكٗا لِّيَذۡكُرُواْ ٱسۡمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلۡأَنۡعَٰمِۗ فَإِلَٰهُكُمۡ إِلَٰهٞ وَٰحِدٞ فَلَهُۥٓ أَسۡلِمُواْۗ وَبَشِّرِ ٱلۡمُخۡبِتِينَ
Open ayah 22:34އަދި ކޮންމެ أمّة އަކަށްވެސް قُرْبَان ކުރާނެ ތަނަކާއި ވަގުތެއް - دِيْنِى ކަތިލުމެއް ނުވަތަ عيد އެއް ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއީ އެބައިމީހުންނަށް ދެއްވި نَعَم ސޫފީގެ ރިޒުޤުގެ نعمة ގެ މައްޗަށް އެމީހުން ﷲ ހަނދުމަކޮށް އެކަލާނގެއަށް ذِكر ކުރުމަށްޓަކައެވެ. ފަހެ ކަލޭމެންގެ إله އަކީ ހަމަ އެއްކައުވަންތަ އެއްإله އެވެ. (އެއީ ﷲ އެވެ.) ފަހެ އެހެންވެ ކަލޭމެން އެކަލާނގެއަށް ކިޔަމަންވެ ބޯލަނބާށެވެ! އަދި ﷲ އަށް ކިޔަމަންތެރިވެ ބޯލަނބާ އަޅުންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ!
ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتۡ قُلُوبُهُمۡ وَٱلصَّٰبِرِينَ عَلَىٰ مَآ أَصَابَهُمۡ وَٱلۡمُقِيمِي ٱلصَّلَوٰةِ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ
Open ayah 22:35އެމީހުންނަކީ (އެމީހުންގެ ގާތުގައި) ﷲ ހަނދާންކުރެވިއްޖެއްޔާ އެމީހުންގެ ހިތްތަކަށް ބިރުވެތިކަން ވަންނަ މީހުންނެވެ. އަދި އެމީހުންނަކީ އެމީހުންނަށް ދިމާވާ مصيبة ތަކަށް ކެތްތެރިވާ މީހުންނެވެ. އަދި އެމީހުންނަކީ ނަމާދު قائم ކުރާ މީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ރިޒުޤުން އެމީހުން ހޭދަކުރާމީހުންނެވެ. (ޒަކާތްދީ صدقاة ދީ ހަދާމީހުންނެވެ.)
وَٱلۡبُدۡنَ جَعَلۡنَٰهَا لَكُم مِّن شَعَٰٓئِرِ ٱللَّهِ لَكُمۡ فِيهَا خَيۡرٞۖ فَٱذۡكُرُواْ ٱسۡمَ ٱللَّهِ عَلَيۡهَا صَوَآفَّۖ فَإِذَا وَجَبَتۡ جُنُوبُهَا فَكُلُواْ مِنۡهَا وَأَطۡعِمُواْ ٱلۡقَانِعَ وَٱلۡمُعۡتَرَّۚ كَذَٰلِكَ سَخَّرۡنَٰهَا لَكُمۡ لَعَلَّكُمۡ تَشۡكُرُونَ
Open ayah 22:36އަދި بَدَنَة (އެބަހީ: އަންހެންޖަމަލާއި އަންހެން ގެރި) ތިމަންރަސްކަލާނގެ ކަލޭމެނަށްޓަކައި ލައްވާފައިވަނީ ﷲ ގެ علامة ތަކުގެތެރެއިންނެވެ. އެތަކެތީގައި ކަލޭމެނަށްޓަކައި ހެޔޮވެއެވެ. އެތަކެއް ފައިދާވެއެވެ. (އަންހެންޖަމަލާއި އަންހެން ގެރީގެ ވާހަކަ ބުނެވިފައިއޮތަސް އެއިން އެމުރާދުކުރެވެނީ އޭގެ ޖިންސު އެކަށެވެ.) ދެންފަހެ އެތަކެތި ކަތިލުމަށްޓަކައި އެއްފައި ބަނދެވި އަނެއްތިން މޮއްގަނޑުގެ މަތީގައި އޮވެ (އެތަކެތި ކަތިލާ ވަގުތު) އޭގެމައްޗަށް ﷲ ގެ ނަންފުޅު ކިޔާށެވެ. އެބަހީ: بسم ކިޔައި دعاء ކިޔާފައި ކަތިލާށެވެ! ދެން އޭގެ އަރިކަށި ބިމުގައި ޖެހިއްޖެއްޔާއި އެބަހީ: މަރުވެގެން ތިރިވެއްޖެއްޔާ ދެން ކަލޭމެން (ކައްކާ ރޯފިލުވައިގެން) އެއިން ކާށެވެ! އަދި ތިމާގެ އަތުގައިވާ އެއްޗަކުން ކިރިޔަކިރިޔާ ފުއްދައިލައިގެން ސަލާމްނުޖަހައި ހުންނަ فقير މީހާއަށްވެސް އެއިން ކާންދޭށެވެ! އަދި މަސްކޮޅެއް ލިބޭތޯ ތިމާގެ ގާތަށް އައިސްއުޅޭ މީހާއަށްވެސް އެއިން ކާންދޭށެވެ. ތިމަންރަސްކަލާނގެ އެތަކެތި އެބަހީ: نَعَم ސޫފި ކަލޭމެނަށް ކިޔަމަންކޮށްދެއްވީ އެފަދައިންނެވެ. އެކަމުން ކަލޭމެން شكر ވެރިވޭތޯއެވެ.
لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَٰكِن يَنَالُهُ ٱلتَّقۡوَىٰ مِنكُمۡۚ كَذَٰلِكَ سَخَّرَهَا لَكُمۡ لِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَىٰكُمۡۗ وَبَشِّرِ ٱلۡمُحۡسِنِينَ
Open ayah 22:37އެތަކެތީގެ މަހެއްވެސް އަދި އެތަކެތީގެ ލެއިވިޔަސް ﷲ ގެ حضرة އަށް واصل ނުވާނެއެވެ. (އެބަހީ: އެތަކެއްޗަށް އެކަލާނގެ ބޭނުންވެވޮޑި ނުގަންނަވައެވެ.) އަދި އެހެންނަމަވެސް އެކަލާނގެ حضرة އަށް واصل ވާނީ އަދި އެކަލާނގެ އެދިވޮޑިގަންނަވަނީ ކަލޭމެންގެ ކިބައިން تقوى އެވެ. އެތަކެތި ކަތިލުމުގައި ކަލޭމެންގެ ހުރި إخلاص ތެރިކަމެކެވެ. އަދި އެކަލާނގެ ކަލޭމެނަށްޓަކައި އެތަކެތި ކިޔަމަންތެރިކޮށްދެއްވީ އެފަދައިންނެވެ. (އެބަހީ: ކޮންމެ ކަމެއްގެ ބާރުވަނީ ﷲ ގެ حضرة ގައިކަން އެކަލާނގެ އަޅާ ދެނެގަތުމަށެވެ.) އަދި ކަލޭމެން ﷲ އަށް تَكْبِيْر ކިއުމަށްޓަކައެވެ. އެބަހީ: ކަތިލާ ވަގުތު ﷲ أكْبَرُ ކިއުމަށެވެ. ﷲ އަށް މާތްކޮށް ހިތައި އެކަލާނގެއަށް قدر ކުރުމަށްޓަކައެވެ. އެއީ އެކަލާނގެ ކަލޭމެނަށް ތެދުމަގުދެއްކެވިކަމަށްޓަކައެވެ. އަދި إحسان ތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!
۞إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓاْۗ إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٖ كَفُورٍ
Open ayah 22:38ހަމަކަށަވަރުން ﷲ تعالى (އެކަލާނގެއަށް) إيمان ވީމީހުންގެ ފަރާތުން دِفَاع ކުރައްވައެވެ. އަދި ގިނަގިނައިން خيانة ތެރިވާ ކާފަރުކަންބޮޑު އެކަކަށްވެސް ހަމަކަށަވަރުން ﷲ ލޯބިވެވޮޑި ނުގަންނަވައެވެ.
أُذِنَ لِلَّذِينَ يُقَٰتَلُونَ بِأَنَّهُمۡ ظُلِمُواْۚ وَإِنَّ ٱللَّهَ عَلَىٰ نَصۡرِهِمۡ لَقَدِيرٌ
Open ayah 22:39ހަނގުރާމަވެވޭ މީހުންނަށް (ހަނގުރާމަކުރުމުގެ) އިޒުނަދެވިއްޖެއެވެ. އެހެނީ ހަމަކަށަވަރުން އެމީހުންނަކީ އަނިޔާލިބެވުނު މީހުންނެވެ. (މިއީ مشرك ންގެ އުނދަގޫތައް دفاع ކުރުމަށްޓަކައި مؤمن ން އެ مشرك ންނާއި ހަނގުރާމަކުރުމަށް ދެވުނު ފުރަތަމަ ހުއްދައެވެ. އެއީ رسول ﷲ ﷺ هجرة އަށް ވަޑައިގަތުމުގެ ފަހުގައެވެ.) އަދި ހަމަކަށަވަރުން އެމީހުންނަށް نصر ދެއްވުމަށް ﷲ تعالى ކުޅަދުންވަންތަވެވޮޑިގެންވާކަން ކަށަވަރެވެ.
ٱلَّذِينَ أُخۡرِجُواْ مِن دِيَٰرِهِم بِغَيۡرِ حَقٍّ إِلَّآ أَن يَقُولُواْ رَبُّنَا ٱللَّهُۗ وَلَوۡلَا دَفۡعُ ٱللَّهِ ٱلنَّاسَ بَعۡضَهُم بِبَعۡضٖ لَّهُدِّمَتۡ صَوَٰمِعُ وَبِيَعٞ وَصَلَوَٰتٞ وَمَسَٰجِدُ يُذۡكَرُ فِيهَا ٱسۡمُ ٱللَّهِ كَثِيرٗاۗ وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓۚ إِنَّ ٱللَّهَ لَقَوِيٌّ عَزِيزٌ
Open ayah 22:40އެމީހުންނަކީ އެބަހީ: އަނިޔާ ލިބެވުނު މީހުންނަކީ، ތިމަންމެންގެ ربّ އަކީ ހަމައެކަނި ﷲ އޭ ބުނުން ނޫން އެހެންއެއްވެސް ސަބަބެއްނެތި އެއްވެސް حقّ އަކާއި ނުލައި އެމީހުންގެ ގޮވަތިގެދޮރުން ނެރެވުނު މީހުންނެވެ. (މިއީ رسول ﷲ ﷺ دين އަށް ގޮވައިލެއްވުމުން ﷲ އަށް إيمان ވެ އެކަލޭގެފާނާ تبع ވި مكّة ގެ أهل ވެރިންނެވެ. مشرك ންގެފަރާތުން އެމީހުންނަށް އަނިޔާތައް ލިބެވުނު މީހުންނެވެ.) އަދި މީސްތަކުން އެއްބަޔަކުގެ ކިބައިން އަނެއްބަޔަކު دِفَاع ވެވޭނެގޮތް ﷲ ލައްވާފައި ނުވާނަމަ رَاهِب ން އަޅުކަންކުރާ އެންމެހައި ފައްޅިތަކާއި نَصَارى އިން އަޅުކަންކުރާ ތަންތަނާއި يهودي ންގެ ފައްޅިތަކާއި އަދި އެތަންތާނގައި ގިނަގިނައިން ﷲ ހަނދާންކުރެވޭ އެކަލާނގެއަށް ذِكر ކުރެވޭ مسلم ންގެ މިސްކިތްތަކާއި މިއެންމެހައި ތަންތަން ހަލާކުވެ ނެތިވެ ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން ﷲ ގެ دين އަށް نصر ދިން މީހަކަށް ﷲ އެމީހަކަށް نصر ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ عزّة ވަންތަ ކަލާނގެއެވެ.
ٱلَّذِينَ إِن مَّكَّنَّٰهُمۡ فِي ٱلۡأَرۡضِ أَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ وَأَمَرُواْ بِٱلۡمَعۡرُوفِ وَنَهَوۡاْ عَنِ ٱلۡمُنكَرِۗ وَلِلَّهِ عَٰقِبَةُ ٱلۡأُمُورِ
Open ayah 22:41އެމީހުންނަށް އެބަހީ: އީމާންވީމީހުންނަށް ތިމަންރަސްކަލާނގެ ބިމުގައި ބާރުދެއްވައި تَمْكِين ކޮށްދެއްވައި ހަމަޖައްސަވައިދެއްވައިފިއްޔާ އެމީހުން ނަމާދު قائم ކުރާނެއެވެ. އަދި ޒަކާތްދޭނެއެވެ. އަދި އެމީހުން ހެޔޮކަންތަކަށް އަމުރުކުރާނެއެވެ. އަދި منكراة ނަހީކުރާނެއެވެ. (މީގެމާނައީ އެފަދަމީހުންގައި މިސިފަތައް ހުންނަންވާނެއެވެ.) އަދި ހުރިހާކަމެއްގެ ފަހުކޮޅު خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. (ކަންކަމަށް جزاء ދެއްވުން އޮންނާނީ ހަމަ ﷲ އަށެވެ.)
وَإِن يُكَذِّبُوكَ فَقَدۡ كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَعَادٞ وَثَمُودُ
Open ayah 22:42(އޭ رسول ﷲ އެވެ!) އަދި އެމީހުން - يعني: مكّة ގެ مشرك ން - ކަލޭގެފާނު ދޮގުކުރިޔަސް (އެޔަކީ އަދި އާކަމެއްނޫނެވެ.) ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރިން نوح عليه السّلام ގެ قوم ގެ މީހުންނާއި އަދި عَاد ބާގައިގެމީހުންނާއި ثَمُود ބާގައިގެ މީހުންވެސް (އެމީހުންގެ ގާތަށް ވަޑައިގެންނެވި رَسُول ބޭކަލުން) ދޮގުކުރިއެވެ.
وَقَوۡمُ إِبۡرَٰهِيمَ وَقَوۡمُ لُوطٖ
Open ayah 22:43އަދި إبراهيم عليه السّلام ގެ قوم ގެ މީހުންނާއި لوط عليه السّلام ގެ قوم ގެ މީހުންވެސް (އެމީހުންގެ ގާތަށް ވަޑައިގެންނެވި رسول ން) ދޮގުކުރިއެވެ.
وَأَصۡحَٰبُ مَدۡيَنَۖ وَكُذِّبَ مُوسَىٰۖ فَأَمۡلَيۡتُ لِلۡكَٰفِرِينَ ثُمَّ أَخَذۡتُهُمۡۖ فَكَيۡفَ كَانَ نَكِيرِ
Open ayah 22:44އަދި مَدْيَنُ ގެ أهل ވެރިންވެސް (އެމީހުންގެ رسول ން ދޮގުކުރިއެވެ.) އަދި موسى عليه السّلام ދޮގުކުރެވުނެވެ. އެބަހީ: އެކަލޭގެފާނުންގެ قوم ގެ މީހުންވެސް އެކަލޭގެފާނު ދޮގުކުރިއެވެ.) ދެންފަހެ މިއެންމެހައި أمّة ތަކުގެ ކާފަރުންނަށް ތިމަންރަސްކަލާނގެ އެމީހުންނަށް މުހުލަތު ދެއްވާފައި ދެން ހިތްޕެވީމެވެ. އެމީހުން ހަލާކުކުރެއްވީމެވެ. ފަހެ އެމީހުންގެ މައްޗަށް އޮތް ތިމަންރަސްކަލާނގެ إنكار އާއި ކޯފާވީ ކޮންފަދައަކުންކަން ނިކަން ބައްލަވާށެވެ! (ކަލޭގެފާނުންގެ أمّة ގެ މީހުންނަށްވެސް ވާނީ ހަމަ އެފަދައިންނެވެ. އެބަހީ: އެ أمّة ތަކުގެ ކާފަރުން ކަންތައް ކުރިގޮތަށް رسول އާއިމެދު ކަންތައް ކޮށް رسول ދޮގުކޮށްފިނަމަ ވާނީ ހަމަ އެ أمّة ތަކުގެ މީހުންނަށްވެސް ހަމަ ވީގޮތަށެވެ.)
فَكَأَيِّن مِّن قَرۡيَةٍ أَهۡلَكۡنَٰهَا وَهِيَ ظَالِمَةٞ فَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئۡرٖ مُّعَطَّلَةٖ وَقَصۡرٖ مَّشِيدٍ
Open ayah 22:45އަދި އެރަށްރަށް އަނިޔާވެރިވެގެންވާ حال (އެބަހީ: އެރަށްރަށުގެ أهل ވެރިން އަނިޔާވެރިވެގެންވާ حال) ކިތައްކިތައް ރަށް ތިމަންރަސްކަލާނގެ ހަލާކުކުރެއްވިންހެއްޔެވެ؟ (އެބަހީ: ވަރަށްގިނަ ރަށްރަށް ހަލާކު ކުރެއްވީމެވެ.) އެރަށްރަށްވަނީ އެރަށްރަށުގެ ބިނާތަކުގެ މައްޗަށް ފާރުތައްވެރި ހަލާކުވެ މުޅިން ބަރުބާދުވެފައެވެ. އަދި أهل ވެރިޔަކު ނެތި ބަންދުވެ ދޫކޮށްލެވިގެންވާ ކިތައްކިތައް ވަޅާއި ގަދަކޮށް ވަރުގަދަކޮށް ހެދިފައިވާ ކިތައްކިތައް ގަނޑުވަރު (މީހަކުނެތި) ދޫކޮށްލެވިފައިވޭހެއްޔެވެ؟ (އެބަހީ: އެފަދަ ވަރަށްގިނަ ތަންތަން ވެއެވެ. މިކަންކަމުން ދެންތިބިމީހުން عبرة حاصل ކުރާހުށިކަމެވެ.)
أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَتَكُونَ لَهُمۡ قُلُوبٞ يَعۡقِلُونَ بِهَآ أَوۡ ءَاذَانٞ يَسۡمَعُونَ بِهَاۖ فَإِنَّهَا لَا تَعۡمَى ٱلۡأَبۡصَٰرُ وَلَٰكِن تَعۡمَى ٱلۡقُلُوبُ ٱلَّتِي فِي ٱلصُّدُورِ
Open ayah 22:46އެމީހުން ފަހެ ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ނުހަދަނީބާވައެވެ. (އެބަހީ: رسول ބޭކަލުން ދޮގުކުރި އިސްވެދިޔަ أمّة ތަކަށްވީގޮތް ދެކެ عِبْرة حَاصِل ކުރުމަށްޓަކައި ބިމުގައި ހިނގާ ދަތުރުފަތުރުކޮށް ނަހަދަނީބާވައެވެ.) އަދި ހިނގާބިނގާ ދަތުރުފަތުރުކޮށް ހަދަންވީ އެކަންކަމަށް ވިސްނާ فكر ކުރާނެ ހިތްތަކެއް އެމީހުންނަށް ވުމަށްޓަކައެވެ. ނުވަތަ ހެޔޮބަސް އަހާނެ ކަންފަތްތަކެއް ވުމަށްޓަކައެވެ. ފަހެ ހަމަކަށަވަރުން ލޯތައް ކަނުވެ އަނދިރިވީއެއްނޫނެވެ. އަދި އެހެންނަމަވެސް މޭމަތީގެ ދަށުގައިވާ ހިތްތައް ކަނުވެ އަނދިރިވެގެންވަނީއެވެ.
وَيَسۡتَعۡجِلُونَكَ بِٱلۡعَذَابِ وَلَن يُخۡلِفَ ٱللَّهُ وَعۡدَهُۥۚ وَإِنَّ يَوۡمًا عِندَ رَبِّكَ كَأَلۡفِ سَنَةٖ مِّمَّا تَعُدُّونَ
Open ayah 22:47އަދި (އޭ رسول ﷲ އެވެ.) އެ مشرك ން عذاب އަވަސްވުމަށް ކަލޭގެފާނުންގެ އަރިހުން އެދެއެވެ. (ނަމަވެސް ﷲ އެކަމަށްوعد ކުރައްވާފައިވާ ވަގުތެއްވެއެވެ.) ﷲ تعالى އެކަލާނގެ وعد ފުޅާއި خلاف ވެވޮޑިނުގަންނަވާނެއެވެ. (އެކަލާނގެ އެ وعد ފުޅުކުރެއްވިގޮތަކަށް އެވަގުތަކުން އެކަމެއް ހިންގަވާނެއެވެ.) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ ގެ حضرة ގައި އެންމެ ދުވަހަކީ ކަލޭމެން ދުނިޔޭގައި عَدَد ކުރާ އަހަރުގެ އެއްހާސް އަހަރެވެ.
وَكَأَيِّن مِّن قَرۡيَةٍ أَمۡلَيۡتُ لَهَا وَهِيَ ظَالِمَةٞ ثُمَّ أَخَذۡتُهَا وَإِلَيَّ ٱلۡمَصِيرُ
Open ayah 22:48އަދި އަނިޔާވެރިވެގެންވާ حال ތިމަންރަސްކަލާނގެ مُهْلَة ދީ ވަގުތުދިނީ ކިތައްކިތައް ރަށަށްހެއްޔެވެ؟ (އެބަހީ: އެރަށްރަށުގެ أهل ވެރިން އަނިޔާވެރިވެގެންވުމާއިއެކުވެސް އެމީހުންނަށް عذاب އަވަސް ނުކުރައްވައި ވަރަށްގިނަ ރަށްރަށް ވެއެވެ.) ދެން مُهْلَة ދެއްވުމަށްފަހު ތިމަންރަސްކަލާނގެ އެމީހުން ހިތްޕަވައި ހަލާކު ކުރެއްވީމެވެ. އަދި އެމީހުން އެނބުރި އައުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ.
قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمۡ نَذِيرٞ مُّبِينٞ
Open ayah 22:49(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ކަލޭމެންގެ ނިސްބަތުގައި ތިމަންކަލޭގެފާނު ވާކަން ކަށަވަރީ نَذِير އަކު ކަމުގައެވެ. (شرك ން ދުރުނުވެ ނުކިޔަމަންކަންމަތީ ދެމިތިބޭނަމަ عذاب އަތުވެދާނެކަމުގެ ބިރުވެރި خبر ދެއްވާ ބޭކަލަކު ކަމުގައެވެ.)
فَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ
Open ayah 22:50ފަހެ إيمان ވެގެން صالح عمل ކުރި މީސްތަކުން ދަންނައެވެ. އެމީހުންނަށް ފާފަފުއްސެވުމާއި އަދި މާތްވެގެންވާ ރިޒުގު (قيامة ދުވަހުން) ހުންނަހުއްޓެވެ.
وَٱلَّذِينَ سَعَوۡاْ فِيٓ ءَايَٰتِنَا مُعَٰجِزِينَ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَحِيمِ
Open ayah 22:51އަދި ތިމަންރަސްކަލާނގެ އާޔަތްތައް باطل ކޮށް ނުކުޅައްދައިލުމަށް މަސައްކަތްކުރާ މީހުން ދަންނައެވެ. އެމީހުން އެއީ ކަނޑައެޅިގެން ނަރަކައިގެ އެކުވެރިންނެވެ.
وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٖ وَلَا نَبِيٍّ إِلَّآ إِذَا تَمَنَّىٰٓ أَلۡقَى ٱلشَّيۡطَٰنُ فِيٓ أُمۡنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلۡقِي ٱلشَّيۡطَٰنُ ثُمَّ يُحۡكِمُ ٱللَّهُ ءَايَٰتِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ
Open ayah 22:52(އޭ رسول ﷲ އެވެ.) އެބޭކަލަކު ކިޔަވާ ވިދާޅުވާއިރު އެކިޔަވާ ވިދާޅުވުމުގެ ތެރެއަށް شيطان އޭނާގެ باطل ވާހަކަތައް ނުވައްދާ އެއްވެސް رَسول ބޭކަލަކުވިޔަސް އަދި نبي ބޭކަލަކުވިޔަސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. (އެބަހީ: ކޮންމެ ބޭކަލެއްގެ ކިޔަވާވިދާޅުވުމުގެ ތެރެއަށްވެސް شيطان އޭނާގެ باطل ވާހަކަތައް ވައްދަވައެވެ.) ދެންފަހެ - ﷲ تعالى އެ شيطان އެ އިތުރުކުރި އެއްޗެއް - ނެތިކުރައްވައި باطل ކުރައްވައެވެ. އަދި އޭގެފަހުގައި ﷲ تعالى އެކަލާނގެ آية ތައް خلاص ކުރައްވައި ރަނގަޅަށް ސާބިތުކުރައްވައެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.
لِّيَجۡعَلَ مَا يُلۡقِي ٱلشَّيۡطَٰنُ فِتۡنَةٗ لِّلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡقَاسِيَةِ قُلُوبُهُمۡۗ وَإِنَّ ٱلظَّٰلِمِينَ لَفِي شِقَاقِۭ بَعِيدٖ
Open ayah 22:53އެއީ شيطان އާ އެބޭކަލުންގެ ކިޔަވާ ވިދާޅުވުމުގެ ތެރެއަށް އެވެއްދެވި އެއްޗެއް އެބައިމީހުންގެ ހިތްތަކުގައި ޝައްކާއި نِفَاقُ ގެ ބަލިކަންވާ މީހުންގެ ހިތްތަކަށާއި އަދި އެމީހުންގެ ހިތްތައް ހަރުވެ ގަދަވެފައިވާ މީހުންގެ ހިތްތަކަށްވާ فِتْنَة އެއްކަމުގައި އެބަހީ މަގުފުރެދުމެއްކަމުގައި އެކަލާނގެ ލެއްވުމަށެވެ. އަދި ހަމަކަށަވަރުން އަނިޔާވެރިން (مشرك ން) ވަނީ ހަމަކަށަވަރުންވެސް ދުރުވެގެންވާ ދެކޮޅުވެރިކަމެއްގައެވެ. (ﷲ ގެ أمر ފުޅާއި خلاف ވެ حقّ އާއި ވަރަށް ދުރުގައެވެ.)
وَلِيَعۡلَمَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ أَنَّهُ ٱلۡحَقُّ مِن رَّبِّكَ فَيُؤۡمِنُواْ بِهِۦ فَتُخۡبِتَ لَهُۥ قُلُوبُهُمۡۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓاْ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ
Open ayah 22:54އަދި އެކަލާނގެ އެކަން ލެއްވީ - (އެބަހީ: شيطان އެވެއްދެވި އެއްޗެއް ނެތިކުރައްވައި باطل ކުރައްވައި އެކަލާނގެ އާޔަތްތައް خلاص ކުރައްވައި ސާބިތުކުރެއްވީ) علم ގެ أهل ވެރިންނަށް އެ قرآن ގައިވާ آية ތައް އެއީ ހަމަ حقّ ކަން ދެނެގަނެ ދެން އެއާޔަތްތަކަށް إيمان ވެ ތެދުކޮށް އަދި އެމީހުންގެ ހިތްތައް އެ قرآن އަށް މަޑުމޮޅިވެ ކިޔަމަންވެ ބިރުވެތިވުމަށެވެ. ހަމަކަށަވަރުން ﷲ تعالى އީ އީމާންވީ މީސްތަކުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާ އަދި ދައްކަވާނެ ކަލާނގެކަން ކަށަވަރެވެ.
وَلَا يَزَالُ ٱلَّذِينَ كَفَرُواْ فِي مِرۡيَةٖ مِّنۡهُ حَتَّىٰ تَأۡتِيَهُمُ ٱلسَّاعَةُ بَغۡتَةً أَوۡ يَأۡتِيَهُمۡ عَذَابُ يَوۡمٍ عَقِيمٍ
Open ayah 22:55އަދި كَافرވީ މީސްތަކުން އެ قرآن އާއިމެދު ޝައްކެއްގައި ވުމުން ފިލައިނުދެއެވެ. އެއީ ހަމަކަށަވަރުން އެމީހުންނަށް قيامة قائم ވެއްޖައުމަށް ދާންދެންނެވެ. ނުވަތަ (އެކާފަރުންނަށް) އެއްވެސް رحمة އެއްނެތް ދުވަހެއްގެ عذاب އަތުވެއްޖައުމަށްދާންދެނެވެ. (އެދުވަހަކީ قيامة ދުވަހެވެ. / ނުވަތަ بَدر ގެ ދުވަހެވެ.) والله أعلم.
ٱلۡمُلۡكُ يَوۡمَئِذٖ لِّلَّهِ يَحۡكُمُ بَيۡنَهُمۡۚ فَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فِي جَنَّٰتِ ٱلنَّعِيمِ
Open ayah 22:56އަދި އެދުވަހުން އެންމެހައި ވެރިކަމަކާއި ބާރެއްވަނީ ހަމަ ﷲ އަށްخاصّ ވެގެންނެވެ. ފަހެ އެކަލާނގެ އެމީހުންގެ މެދުގައި حكم ކުރައްވާހުއްޓެވެ. ފަހެ إيمان ވެގެން صالح عمل ތައް ކުރި މީހުންވާނީ نعمة ތަކުގެވެރި ސުވަރުގެތަކުގައެވެ.
وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَا فَأُوْلَٰٓئِكَ لَهُمۡ عَذَابٞ مُّهِينٞ
Open ayah 22:57އަދި كافر ވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީސްތަކުން (ދަންނައެވެ.) އެމީހުންނަށް ހުރީ ހަމަ އިހާނާތްތެރިވެގެންވާ عذاب އެވެ.
وَٱلَّذِينَ هَاجَرُواْ فِي سَبِيلِ ٱللَّهِ ثُمَّ قُتِلُوٓاْ أَوۡ مَاتُواْ لَيَرۡزُقَنَّهُمُ ٱللَّهُ رِزۡقًا حَسَنٗاۚ وَإِنَّ ٱللَّهَ لَهُوَ خَيۡرُ ٱلرَّٰزِقِينَ
Open ayah 22:58އަދި ﷲ ގެ މަގުގައި هجرة އަށްދިޔަ މީސްތަކުން ދެން އެމީހުން (އެކަމުގައި) قَتل ވެދިޔަ ނުވަތަ މަރުވެދިޔަ މީސްމީހުން (ދަންނައެވެ.) ހަމަކަށަވަރުން ﷲ تعالى އެމީހުންނަށް ރަނގަޅުވެގެންވާ ރިޒުގެއް ދެއްވާހުއްޓެވެ. (އެއީ ގިނަވެގެންވާ ثواب އާއި ދަރުމައެވެ.) އަދި ހަމަކަށަވަރުން ﷲ تعالى އީ އެންމެ ހެޔޮކޮށް ރިޒުގުދެއްވާ ކަލާނގެއެވެ.
لَيُدۡخِلَنَّهُم مُّدۡخَلٗا يَرۡضَوۡنَهُۥۚ وَإِنَّ ٱللَّهَ لَعَلِيمٌ حَلِيمٞ
Open ayah 22:59ހަމަކަށަވަރުން އެމީހުން (އެބަހީ: هجرة ކުރުމުގައި قتل ވެ މަރުވެގެންދިޔަމީހުން) ރުހޭނެތާކަށް އެކަލާނގެ އެމީހުން ވައްދަވާހުއްޓެވެ. (އެއީ މާތްވެގެންވާ ސުވަރުގެއެވެ.) އަދި ހަމަކަށަވަރުން ﷲ تعالى އީ ދެނެވޮޑިގެންވާ އަދި ކުއްލިއަކަށް عقوبة ނުދެއްވާ ކޯފާމަޑު ކަލާނގެއެވެ.
۞ذَٰلِكَۖ وَمَنۡ عَاقَبَ بِمِثۡلِ مَا عُوقِبَ بِهِۦ ثُمَّ بُغِيَ عَلَيۡهِ لَيَنصُرَنَّهُ ٱللَّهُۚ إِنَّ ٱللَّهَ لَعَفُوٌّ غَفُورٞ
Open ayah 22:60އެހެނީ މިކަމަށްޓަކައި މީހަކަށް ނުވަތަ ބަޔަކަށް އަނިޔާއެއްކޮށް بغاوة ކުރި މީހާއަށް އޭނާ އެކުރި ކަންތަކާއެއްވަރުގެ އަނިޔާއާއި عقوبة ދެވުމަށްފަހު ދެން އަލުން އޭނާއަށް އަދަބުދެވި އަނިޔާވެރިވެވި عقوبة ދެވިއްޖެއްޔާ ހަމަކަށަވަރުން (އޭނާއަށް އެއަނިޔާކުރި މީހާގެމައްޗަށް) ﷲ تعالى އޭނާއަށް نَصْرُ ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ تعالى އީ عفوء ކުރެއްވުން ބޮޑު އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.
ذَٰلِكَ بِأَنَّ ٱللَّهَ يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِ وَأَنَّ ٱللَّهَ سَمِيعُۢ بَصِيرٞ
Open ayah 22:61އެއީ - (އެބަހީ: އެދެއްވާ نصر އަކީ އެކަލާނގެ ކުޅަދުންވަންތަ ކަމުން ދެއްވާ نصر އެވެ.) އެހެނީ ﷲ تعالى ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވައެވެ. އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވައެވެ. އެބަހީ: އެކަލާނގެ ރޭދުވާ ތަކުރާރުކުރައްވައެވެ. އެއީވެސް އެކަލާނގެ ކުޅަދުން ވަންތަކަމުގެތެރެއިންވާކަމެކެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ ބައްލަވާ ކަލާނގެއެވެ.
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ
Open ayah 22:62އެއީ - އެބަހީ: ރޭދުވާ އެކަލާނގެ ތަކުރާރުކުރައްވަނީ ހަމަކަށަވަރުން ﷲ تعالى އެއީ حقُّ ވަންތަ إله ކަމުގައި ވީކަމެވެ. އަދި އެ مشرك ންގެމީހުން އެކަލާނގެ ފިޔަވައި އެތަކެއްޗަށް (އެބުދުތަކަށް) ގޮވާ دعاء ކުރާ އެންމެހައިތަކެއްޗަކީ ހަމަ ސީދާ باطل ތަކެއްޗެވެ. އެއްވެސް މާނައެއްގައި إله އެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ މަތިވެރިވެވޮޑިގެންވާ ހައިބަބޮޑުވެގެންވާ ކަލާނގެއެވެ.
أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَتُصۡبِحُ ٱلۡأَرۡضُ مُخۡضَرَّةًۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٞ
Open ayah 22:63(އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ﷲ تعالى އުޑުން ފެންބާވައިލައްވާކަން ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ އެބަހީ އެނގިވަޑައިގަންނަވާނެއެވެ. ދެން ބިންގަނޑު ފެހިއެއްޗަކަށް ވެދެއެވެ. އެބަހީ: ގަސްތައްފަޅައި ފެހިވެދެއެވެ. ހަމަކަށަވަރުން ﷲ تعالى އީ އެންމެހައި ކުދިކުދި އެއްޗެއްސަށްދާންދެން ދެނެވޮޑިގެންވާ އަދި خبر ކުރައްވާ ކަލާނގެއެވެ.
لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَإِنَّ ٱللَّهَ لَهُوَ ٱلۡغَنِيُّ ٱلۡحَمِيدُ
Open ayah 22:64އުޑުތަކާއި އަދި ބިމުގައިވާހާތަކެތި މިލްކުވެ خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ހަމަކަށަވަރުން ﷲ تعالى އީ އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ އަދި حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެކަން يقين އެވެ.
أَلَمۡ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلۡأَرۡضِ وَٱلۡفُلۡكَ تَجۡرِي فِي ٱلۡبَحۡرِ بِأَمۡرِهِۦ وَيُمۡسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلۡأَرۡضِ إِلَّا بِإِذۡنِهِۦٓۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٞ رَّحِيمٞ
Open ayah 22:65(އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ބިމުގައިވާހާ އެއްޗެއް ކަލޭމެނަށް (އިންސާނުންނަށް) ޓަކައި ﷲ تعالى ކިޔަމަންކޮށްދެއްވިއެވެ. އަދި ނައުދޯގުފަހަރު އެކަލާނގެ أمر ފުޅަށް ކަނޑުގައި ދުވެއެވެ. މިކަންކަން ދެނެވަޑައިނުގަންނަވައިތޯއެވެ؟ އެބަހީ: ދެނެވަޑައިގަންނަވާނެއެވެ. އަދި އެކަލާނގެ އިޒުނަފުޅަށް މެނުވީ ބިމުގެ މައްޗަށް އުޑުވެއްޓުނަ ނުދެއްވައި އެކަލާނގެ ހިފަހައްޓަވައެވެ. ހަމަކަށަވަރުން ﷲ تعالى އީ މީސްތަކުންނަށް ނުހަނު އޯގާވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
وَهُوَ ٱلَّذِيٓ أَحۡيَاكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡۗ إِنَّ ٱلۡإِنسَٰنَ لَكَفُورٞ
Open ayah 22:66(އޭ މީސްތަކުންނޭވެ.) ކަލޭމެން ހެއްދެވީ ހަމަ އެކަލާނގެއެވެ. ދެން އެކަލާނގެ ކަލޭމެން މަރުއްވައެވެ. ދެން (އަލުން محشر ކުރެއްވުމަށް) ކަލޭމެން ދިރުއްވާނީވެސް ހަމަ އެކަލާނގެއެވެ. ހަމަކަށަވަރުން އިންސާނާއީ (ﷲ ގެ نعمة އަށް) ކާފަރުވުން ބޮޑުމީހެއްކަން ކަށަވަރެވެ.
لِّكُلِّ أُمَّةٖ جَعَلۡنَا مَنسَكًا هُمۡ نَاسِكُوهُۖ فَلَا يُنَٰزِعُنَّكَ فِي ٱلۡأَمۡرِۚ وَٱدۡعُ إِلَىٰ رَبِّكَۖ إِنَّكَ لَعَلَىٰ هُدٗى مُّسۡتَقِيمٖ
Open ayah 22:67ކޮންމެ أمّة އަކަށްވެސް ތިމަންރަސްކަލާނގެ مَنْسَكُ އެއް ލެއްވީމެވެ. (އެއީ قُرْبَان ކޮށް ލެއިއޮހޮރުވާ عيد ކޮށް ހަދާނެތަނަކާއި ވަގުތެކެވެ.) އެތަންތާނގައި އެބަޔަކު قربان ކޮށް عيد ކޮށް ހަދައެވެ. އެއީ އެމީހުންގެ ތަނެވެ. ފަހެ ކަލޭގެފާނުންގެ قربان ކުރުމާ عيد ކުރުމުގެ ކަންތަކުގައި އެމީހުން ދެބަސްވެ جَدَلُ ނުކުރާހުށިކަމެވެ. އަދި ކަލޭގެފާނު ކަލޭގެފާނުންގެ ربّ އަށް دعاء ކުރައްވައި ހައްދަވާ ށެވެ. ހަމަކަށަވަރުން ކަލޭގެފާނު ވަނީ ހަމަ ސީދާވެގެންވާ ތެދުމަގެއްގައެވެ.
وَإِن جَٰدَلُوكَ فَقُلِ ٱللَّهُ أَعۡلَمُ بِمَا تَعۡمَلُونَ
Open ayah 22:68އަދި އެ مشرك ންގެމީހުން ކަލޭގެފާނާ جَدَل ކޮށްހަދަންޏާ ފަހެ ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކުރާ ކަންތައްތައް ﷲ ދެނެވޮޑިގަތުންބޮޑެވެ.
ٱللَّهُ يَحۡكُمُ بَيۡنَكُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كُنتُمۡ فِيهِ تَخۡتَلِفُونَ
Open ayah 22:69އަދި އެކަމަކާމެދު ކަލޭމެން ދެބަސްވެ إختلاف ވާކަމުގައިވީ ކަންތަކާމެދު ކަލޭމެންގެ މެދުގައި ﷲ حكم ކުރައްވާހުއްޓެވެ. އެއީ قيامة ދުވަހުންނެވެ.
أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَآءِ وَٱلۡأَرۡضِۚ إِنَّ ذَٰلِكَ فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ
Open ayah 22:70އަދި (އޭ رسول ﷲ އެވެ.) އުޑާއި ބިމުގައިވާހާ އެއްޗެއް (އަދި ވާހާކަމެއް) ﷲ ދެނެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ (އެކަން އެނގިވަޑައިގަންނަވާނެއެވެ.) ހަމަކަށަވަރުން އެދެނެވޮޑިގަތުމަކީ އެއީ ފޮތެއްގައި ލިޔެވިގެންވާ އެއްޗެކެވެ. (އެއީ قيامة އާއި ޖެހެންދެން ވާނެ ހުރިހާކަމެއް ﷲ ލިއުއްވާފައިވާ ފޮތެވެ. أمّ الكتَاب އެވެ.) އަދި ހަމަކަށަވަރުން އެލިއުއްވުން ނުވަތަ خَلْقُ ތަކުންގެ މެދުގައި حكم ކުރެއްވުން އެއީ ﷲ تعالى ގެ حضرة އަށް ދާދި ލުއިފަސޭހަކަމެކެވެ.
وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗا وَمَا لَيۡسَ لَهُم بِهِۦ عِلۡمٞۗ وَمَا لِلظَّٰلِمِينَ مِن نَّصِيرٖ
Open ayah 22:71އަދި އެ مشرك ންގެމީހުން ﷲ ފިޔަވައި އެއަޅުކަންކުރަނީ އެތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ މައްޗަށް އެއްވެސް دليل އެއް حجّة އެއް ބާވައިލައްވާފައިނުވާ އެއްޗެހި ތަކަކަށެވެ. (އެއީ ބުދުތަކާއި އެމާނާގައިވާ ކޮންމެ އެއްޗެކެވެ.) އަދި އެތަކެތި އެއީ إله ންކަމުގެ އެއްވެސް އެނގުމެއް އެމީހުންނަށްވެސް ނުވާ ތަކެއްޗަށެވެ. އަދި އެއަނިޔާވެރިންނަށް - مشرك ންނަށް نصر ދޭނޭ އެކަކުވެސް قيامة ދުވަހުން ނުވާނެއެވެ.
وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ تَعۡرِفُ فِي وُجُوهِ ٱلَّذِينَ كَفَرُواْ ٱلۡمُنكَرَۖ يَكَادُونَ يَسۡطُونَ بِٱلَّذِينَ يَتۡلُونَ عَلَيۡهِمۡ ءَايَٰتِنَاۗ قُلۡ أَفَأُنَبِّئُكُم بِشَرّٖ مِّن ذَٰلِكُمُۚ ٱلنَّارُ وَعَدَهَا ٱللَّهُ ٱلَّذِينَ كَفَرُواْۖ وَبِئۡسَ ٱلۡمَصِيرُ
Open ayah 22:72އަދި بيان ވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެ މައްޗަށް ކިޔެވިއްޖެއްޔާ (އެމީހުންނަށް ކިޔަވައިދެވިއްޖެއްޔާ ކާފަރުންގެ މޫނުތަކުގެ މަތީ ނުރުހުމާ ރުޅިވެރިކަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެކަން އެނގިވަޑައިގަންނަވާނެއެވެ. އަދި ތިމަންރަސްކަލާނގެ أية ތައް އެމީހުންނަށް ކިޔަވައިދޭ މީހުންގެ ގަޔަށް އެމީހުން އަރައިގަނެ ތަޅާފޮޅައިގަތުން ގާތްވެގެންވެއެވެ. (އޭ رسول ﷲ އެވެ.) ކަލޭގެފާނު (އެ مشرك ންނަށް) ވިދާޅުވާށެވެ! ކަލޭމެނަށް އެއަށްވުރެ މާނުބައިކަމެއްގެ خبر އަހުރެން ކަލޭމެނަށް ދެންހެއްޔެވެ؟ އެއީ ކާފަރުންނަށް ﷲ وعد ކުރައްވާފައިވާ ނަރަކައެވެ. އަލިފާނެއެވެ. އެއީ އެނބުރިގޮސް ހުރުން ނުބައިވެގެންވާ ތަނެކެވެ.
يَٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٞ فَٱسۡتَمِعُواْ لَهُۥٓۚ إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَن يَخۡلُقُواْ ذُبَابٗا وَلَوِ ٱجۡتَمَعُواْ لَهُۥۖ وَإِن يَسۡلُبۡهُمُ ٱلذُّبَابُ شَيۡـٔٗا لَّا يَسۡتَنقِذُوهُ مِنۡهُۚ ضَعُفَ ٱلطَّالِبُ وَٱلۡمَطۡلُوبُ
Open ayah 22:73އޭ މީސްތަކުންނޭވެ. (ކަލޭމެންނަށް) مِثَال އެއް ޖެހެވިއްޖެއެވެ. ކަލޭމެން އެޔަށް ކަނުލައި އަހާށެވެ. ހަމަކަށަވަރުން ﷲ ފިޔަވައި އެތަކެއްޗަށް ކަލޭމެން ތިޔަ ގޮވާތަކެއްޗަށް (ބުދުތަކާއި އެމާނާގައިވާ ތަކެއްޗަށް) އެންމެ މެއްސެއްވެސް ނުހެއްދެވޭނެއެވެ. އެކަމާމެދު އެހުރިހާތަކެތި ޖަމާވިޔަސް ނުވާނެއެވެ. އަދި ބުދުތަކަށް ބަހައްޓާފައިވާ ތަކެތީގެ ތެރެއިން (ކާނާޔާ އެބާވަތުގެ ތަކެތީގެތެރެއިން) އެއްޗެއް މެހި ޖަހައިގަނެ އަތުލައިގަނެގެން ދިޔަޔަސް އެމެހީގެއަތުން އެއެތިކޮޅު އަތުލައިގަނެ ސަލާމަތް ކުރުމަކަށްވެސް އެބުދުތަކަށް ކުޅަދާނަވެގެން ނުވެއެވެ. އެދޭއެތި يعني: ބުދު ނިކަމެތިވެގެންވެއެވެ. އަދި އެދެވޭ އެތި يعني: މެހި ނިކަމެތިވެގެންވެއެވެ. (ނުވަތަ އެބުދުގެ ކިބައިން ކަންކަމަށް އެދޭ آدم ގެ ދަރިޔާ ނިކަމެތިވެގެންވެއެވެ. އަދި އޭގެ ކިބައިން ކަންކަމަށް އެދެވޭ ބުދު ނިކަމެތިވެގެންވެއެވެ. މިދެގޮތަށްވެސް ތަރުޖަމާކުރެވެއެވެ. والله أعلم.)
مَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦٓۚ إِنَّ ٱللَّهَ لَقَوِيٌّ عَزِيزٌ
Open ayah 22:74އެމީހުން އެބަހީ: مشرك ން ﷲ އަށް قدر ކޮށް إحترام ކުރުން حقّ ވެގެންވާ ވަރަށް قدر ކޮށް إحترام ނުކުރެއެވެ. ހަމަކަށަވަރުން ﷲ تعالى އީ ކަށަވަރުންވެސް ގަދަފަދަވަންތަ عزّة ވަންތަ ކަލާނގެއެވެ.
ٱللَّهُ يَصۡطَفِي مِنَ ٱلۡمَلَٰٓئِكَةِ رُسُلٗا وَمِنَ ٱلنَّاسِۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٞ
Open ayah 22:75ﷲ تعالى މަލާއިކަތްބޭކަލުންގެ ތެރެއިން رسول ން إختيار ކުރައްވައި خاصّ ކުރައްވައެވެ. (އެއީ جبريل ފަދަ مِيكائيل ފަދަ... ބޭބޭކަލުންނެވެ.) އަދި މީސްތަކުންގެތެރެއިންވެސް އެކަލާނގެ رسول ން إختيار ކުރައްވައި خاصّ ކުރައްވައެވެ. ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ
Open ayah 22:76އެބޭކަލުންގެ ކުރިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. (އެބަހީ: އެބޭކަލުން ހެއްދެވުމުގެ ކުރިންވެސް އެބޭކަލުންގެ ކަންތައް ދެނެވޮޑިގެންވެއެވެ.) އަދި އެބޭކަލުންގެ ފަސްވެސް ދެނެވޮޑިގެންވެއެވެ. (އެބަހީ: އެބޭކަލުން ފަނާވެދިއުމަށްފަހު ދެންވާނެގޮތްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ކަންތައްތައް ގޮސް ނިމުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱرۡكَعُواْ وَٱسۡجُدُواْۤ وَٱعۡبُدُواْ رَبَّكُمۡ وَٱفۡعَلُواْ ٱلۡخَيۡرَ لَعَلَّكُمۡ تُفۡلِحُونَ۩
Open ayah 22:77އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ކަލޭމެންގެ رَبّ އަށް رُكُوع ކުރާށެވެ! އަދި ކަލޭމެން އެކަލާނގެއަށް سَجِدَة ކުރާށެވެ! އަދި އެކަލާނގެއަށް އަޅުކަންކުރާށެވެ! އަދި ކަލޭމެން ހެޔޮކަންތައްތައް ކުރާށެވެ. އެއީ ކަލޭމެން ކާމިޔާބުވުމުގެ أمّيد ގައެވެ. ނަސީބުލިބޭތޯއެވެ.
وَجَٰهِدُواْ فِي ٱللَّهِ حَقَّ جِهَادِهِۦۚ هُوَ ٱجۡتَبَىٰكُمۡ وَمَا جَعَلَ عَلَيۡكُمۡ فِي ٱلدِّينِ مِنۡ حَرَجٖۚ مِّلَّةَ أَبِيكُمۡ إِبۡرَٰهِيمَۚ هُوَ سَمَّىٰكُمُ ٱلۡمُسۡلِمِينَ مِن قَبۡلُ وَفِي هَٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيۡكُمۡ وَتَكُونُواْ شُهَدَآءَ عَلَى ٱلنَّاسِۚ فَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَٱعۡتَصِمُواْ بِٱللَّهِ هُوَ مَوۡلَىٰكُمۡۖ فَنِعۡمَ ٱلۡمَوۡلَىٰ وَنِعۡمَ ٱلنَّصِيرُ
Open ayah 22:78އަދި ކަލޭމެން ﷲ ގެމަގުގައި جِهاد ކޮށް ގަދައަޅާ މަސައްކަތްކުރުން حقّ ވާ ވަރަށް އެކަލާނގެ މަގުގައި جِهاد ކޮށް ގަދައަޅާށެވެ. އަދި ކަލޭމެންގެމައްޗަށް دين ގައި އެކަލާނގެ އެއްވެސް ބުރައެއް އުނދަގުލެއް (ނުއުފުލޭވަރަކަށް) ނުލައްވައެވެ. އަދި ކަލޭމެންގެ ބަފައިކަލުން ކަމުގައިވާ إبراهيم عليه السّلام ގެ دين ގައި ކަލޭމެން ހިފަހައްޓާށެވެ! އިސްވެދިޔަ ފޮތްތަކާއި شريعة ތަކުގައިވެސް ކަލޭމެންނަށް مسلم ންގެ ނަމުން ނަންދެއްވީ ހަމަ އެކަލާނގެއެވެ. އަދި މިކީރިތި قرآن ގައިވެސް އެނަން ކަލޭމެނަށް ދެއްވީ ހަމަ އެކަލާނގެއެވެ. އެކަން އެހެން އެހެއްދެވީ رسول (ﷺ) ކަލޭމެންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ހައްދަވައި އަދި ކަލޭމެންނީ އެންމެހައި މީސްތަކުންގެމައްޗަށް (قيامة ދުވަހުން) ހެކިވެރިންކަމުގައި ވުމަށްޓަކައެވެ. ފަހެ އެހެންވެ ކަލޭމެން ނަމާދު قائم ކުރާށެވެ! އަދި ކަލޭމެން ޒަކާތްދޭށެވެ! އަދި ﷲ ގެ حضرة ން ކަލޭމެން ރައްކާތެރިކަން ލިބިގަންނާށެވެ! އެކަލާނގެއަށް އިތުބާރުކޮށް وكيل ކުރާށެވެ! ކަލޭމެންގެ ސަހަރޯވެރި ވެރިޔަކީ ހަމަ އެކަލާނގެއެވެ. އެކަލާނގެ އެއީ (އެފަދަ އެހެން ސަހަރޯވެރިއަކު ނުވާފަދަ) ރަނގަޅު ސަހަރޯވެރިޔާއެވެ. އަދި (އެފަދަ އެހެން نصر ވެރިޔަކު ނުވާ) ރަނގަޅު نصر ވެރިޔާށެވެ.