الأحزاب
Al-Ahzaab
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
يَٰٓأَيُّهَا ٱلنَّبِيُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلۡكَٰفِرِينَ وَٱلۡمُنَٰفِقِينَۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا
Open ayah 33:1އޭނަބިއްޔާއެވެ! ތަޤުވާވެރިވުންމަތީ ކަލޭގެފާނު ދެމިހުންނަވާށެވެ! އަދި ކާފަރުންނާއި މުނާފިޤުންނަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ދެނެވޮޑިގެންވާ އަދި ޙިކުމަތްވަންތަ ކަލަކުކަމުގައެވެ.
وَٱتَّبِعۡ مَا يُوحَىٰٓ إِلَيۡكَ مِن رَّبِّكَۚ إِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا
Open ayah 33:2އަދި ކަލޭގެފާނުންގެ رَبُّ ގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވޭ ވަޙީއަށް ކަލޭގެފާނު ތަބަޢަ ވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކަލޭމެންކުރާ ކަންތަކުގެ ޚަބަރު މޮޅަށްދެނެވޮޑިގެންވާ ކަލަކުކަމުގައެވެ. (އެޚަބަރުތަށް ކަލޭމެންނަށް ޤިޔާމަތްދުވަހުން އެކަލާނގެ ދެއްވާނެއެވެ.)
وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلٗا
Open ayah 33:3އަދި ﷲ އަށް ވަކީލް ކުރައްވާށެވެ! އަދި ﷲ ވަކީލަކުކަމުގައި ފުދިވޮޑިގެންވެއެވެ.
مَّا جَعَلَ ٱللَّهُ لِرَجُلٖ مِّن قَلۡبَيۡنِ فِي جَوۡفِهِۦۚ وَمَا جَعَلَ أَزۡوَٰجَكُمُ ٱلَّٰٓـِٔي تُظَٰهِرُونَ مِنۡهُنَّ أُمَّهَٰتِكُمۡۚ وَمَا جَعَلَ أَدۡعِيَآءَكُمۡ أَبۡنَآءَكُمۡۚ ذَٰلِكُمۡ قَوۡلُكُم بِأَفۡوَٰهِكُمۡۖ وَٱللَّهُ يَقُولُ ٱلۡحَقَّ وَهُوَ يَهۡدِي ٱلسَّبِيلَ
Open ayah 33:4الله تَعَالي އެއްވެސް މީހެއްގެ އެތެރެ ހަށީގައި ދެހިތްނުލައްވައެވެ. އަދި ކަލޭމެން އެކަނބަލުން މައެކޭ ހަމަކުރި ކަލޭމެންގެ އަނބީން އެއީ ކަލޭމެންގެ މައިންކަމުގައި ވެސް އެކަލާނގެ ނުލައްވައެވެ. އަދި އެހެންމީހެއްގެ ދަރިއެއް އެއީތިމާގެ ދަރިއެއް ކަމުގައި ކަލޭމެން އަމިއްލައަށް ހެދިޔަސް އެއީކަލޭމެންގެ އުފަންދަރިއެއް ކަމުގައި ﷲ ނުލައްވައެވެ. މިއިން ކޮންމެ ބަހަކީވެސް ހަމަކަލޭމެންގެ އަނގަތަކުން ނުކުންނަ (އެއްވެސް ޙަޤީޤަތެއްނެތް) ހުސްވާހަކަތަކެކެވެ. އަދި ﷲ އެ ވަޙީ ކުރައްވަނީ ޙައްޤު އެވެ. އަދި ސީދާ ތެދުމަގު ދައްކަވާނީވެސް ހަމަ އެކަލާނގެއެވެ. * ދަންނައެވެ. ހަތަރުވަނަ އާޔަތުގައި އެވާ ފުރަތަމަ ތިން ނުގުތާއަކީ ހަމަ ބާތިލު ތިންވާހަކައެވެ. އެއްވެސް މީހަކަށް ދެހިތެއްނުވެއެވެ. ﷲ އަށް ލޯބިވާ ހިތެއް އޮވެފައި ކާފަރުންނަށް ލޯބިވާ ހިތެއް ނުވަތަ އީމާންކަމަށް ލޯބިވާ ހިތެއްއޮވެފައި ކާފަރު ކަމަށް ލޯބިވާ ހިތެއް އޮތުމަކީ ވާނޭކަމެއް ނޫނެވެ. ހަމައެފަދައިން ތިމާގެ އަނބިމީހާ މަޔެކޭ ހަމަކުރިޔަސް އެހެންވާނީކިހިނެއްހެއްޔެވެ؟ މަންމައަކީ އެމީހެއްބަނޑުން ތިމާނުކުތް މީހާއެވެ. އެއީ އެންމެމީހެކެވެ. އެއީވެސް މުޅިން ދޮގު ބުނުމެކެވެ. ދެންއޮތީ ތިމާގެދަރި ނޫން އެހެން މީހެއްގެ ދަރިއެއް ތިމާގެ ދަރި އަކު ކަމުގައި ހަދައި ވާރުތަވެސް ކޮށްހެދުމެވެ. زَيْد بُن حَارثَة އަށް زَيْد بُن مُحَمَّد އޭ ކިޔައިގެން ދުވަސްގަނޑެއްގައި އުޅުނީވެސް އެގޮތުންނެވެ. އެ ކޮންމެ ވާހަކައަކީ ބާތިލު ވާހަކަ އެއްކަން ﷲ މިއާޔަތުން އެ ވަޙީ ކުރައްވަނީއެވެ. ޖާހިލިއްޔަ ޒަމާނުގައި އެބާވަތުގެ ބައެއް ކަންތަށް ހުރިނަމަވެސް އިސްލާމް ދީނުގައި އެކަންކަމުގެ ޙުކުމްތަށް ބާވައިލެއްވުމަށްފަހު އޭގެ ކުރީގެ ވާހަކަތަށް ބާތިލުވީއެވެ. ދެން ތިމާގެ ދަރިނޫން އެހެން ދަރިއެއްކަމުގައި ހަދައިގެން އުޅުނު މައްސަލާގައި ހަދަންވީގޮތް ﷲ ދެން މިއަންނަ އާޔަތުގައި އެއަންގަވަނީއެވެ.
ٱدۡعُوهُمۡ لِأٓبَآئِهِمۡ هُوَ أَقۡسَطُ عِندَ ٱللَّهِۚ فَإِن لَّمۡ تَعۡلَمُوٓاْ ءَابَآءَهُمۡ فَإِخۡوَٰنُكُمۡ فِي ٱلدِّينِ وَمَوَٰلِيكُمۡۚ وَلَيۡسَ عَلَيۡكُمۡ جُنَاحٞ فِيمَآ أَخۡطَأۡتُم بِهِۦ وَلَٰكِن مَّا تَعَمَّدَتۡ قُلُوبُكُمۡۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمًا
Open ayah 33:5އެފަދަކުދިން - އަދި މީހުންވެސް އެމީހުންގެ އަސްލުބައްޕައަށް ނިސްބަތް ކުރާށެވެ. (ކުއްޖާގެ ފަހަތަށް އަސްލު ބައްޕަގެ ނަންކިޔާށެވެ.) ﷲ ގެ ޙަޞްރަތުގައި ޢަދުލުވެރިކަން ބޮޑީއެގޮތެވެ. އަދި އެކުއްޖެއްގެ އަސްލު ބައްޕަ ނޭނގޭކަމުގައިވެފައި އަދި އެކުއްޖަކީ މުސްލިމެއްކަމުގައިވަންޏާ އެއީ ދީނީގޮތުން ކަލޭމެންގެ އަޚެކެވެ. (އެކުއްޖަކަށް އަޚުގެ ނަމުން ކިޔާށެވެ.) ދެންއެހެންޏާ مَوْلَي އެވެ ކިޔާށެވެ. އަދި ކަލޭމެނަށް ނޭނގިގެން އޮޅުމަކުން ވެފައިހުރި އެބާވަތުގެ ކަންކަމާއިމެދު ކަލޭމެންގެ މައްޗަށް އެކަމުގެ ކުށެއްނެތެވެ. އެކަމަކު ކުށަކަށް ވާނީ ހިތުގެ ޔަޤީން ކަމާއިއެކު ގަސްދުގައި ކުރާކަންތަކުންނެވެ. (އެބަހީ މިސާލަކަށް ކުއްޖާގެ ބައްޕަކަން ރަނގަޅަށް އެނގިހުރުމާއިއެކު ބައްޕަނޫން މީހަކަށް އެކުއްޖާ ނިސްބަތް ކުރުމުންނެވެ.) އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތް ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައެވެ.
ٱلنَّبِيُّ أَوۡلَىٰ بِٱلۡمُؤۡمِنِينَ مِنۡ أَنفُسِهِمۡۖ وَأَزۡوَٰجُهُۥٓ أُمَّهَٰتُهُمۡۗ وَأُوْلُواْ ٱلۡأَرۡحَامِ بَعۡضُهُمۡ أَوۡلَىٰ بِبَعۡضٖ فِي كِتَٰبِ ٱللَّهِ مِنَ ٱلۡمُؤۡمِنِينَ وَٱلۡمُهَٰجِرِينَ إِلَّآ أَن تَفۡعَلُوٓاْ إِلَىٰٓ أَوۡلِيَآئِكُم مَّعۡرُوفٗاۚ كَانَ ذَٰلِكَ فِي ٱلۡكِتَٰبِ مَسۡطُورٗا
Open ayah 33:6މުއުމިނުންނަށް އެމީހުންގެ ނަފުސުތަކަށްވުރެވެސް ޙައްޤުކަންބޮޑީ މާތްވެގެންވާ ނަބިއްޔާއެވެ. (އެބަހީ ތިމާގެ އަމިއްލަ ނަފުސަށްވުރެވެސް ބޮޑަށް ތިމާ ދިފާއުކުރަންޖެހޭނީ އެކަލޭގެފާނުންގެ ނަފްސުފުޅެވެ. އަދި ތިމާގެ މަސްލަހަތަށްވުރެ ބޮޑަށް އިސްކަންކުރަންޖެހޭނީ އެކަލޭގެފާނުންގެ މަސްލަހަތަށެވެ. އެގޮތް ނެތްނަމަ އީމާންކަން ޞައްޙައެއް ނުވާނެއެވެ. އެގޮތުގެމައްޗަށް ދަލީލުކުރާ އެތަކެއް ޙަދީޘްވެސް ވެއެވެ.) އަދި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނީ މުއުމިނުތަކުންގެ މައިންނެވެ. (އަބަދު تَعْظِيم ކުރުމުގެ ގޮތުން އުފަންމަންމަ ފަދައެވެ. އެކަނބަލުންނާއި ކާވެނިކުރުންވެސް އެހެން މައިންނެކޭއެއްފަދައިން ޙަރާމްވެގެންވެއެވެ.) އަދި ގާތްތިމާގެ މީހުން (މުދާވާރުތަވުމުގެ ގޮތުންވެސް) މާ ޙައްޤުކަންބޮޑެވެ. އެއީ ﷲ ގެ ފޮތުގައި އެކަންކަނޑައެޅިފައިފާގޮތެވެ. (އެއީ لَوْح المَحْفُوظ ގައި ނުވަތަ ޤުރުއާނުގައި ނުވަތަ ވާރުތަމުދާ ބަޔާންކުރެއްވި އާޔަތުގައި ބަޔާންވެގެންވާ ގޮތެވެ.) މުހާޖިރުންނާއި ދެންވެސް އެހެން ދުރު މުއުމިނުން އެއްބަޔަކުއަނެއްބަޔަކު ވާރުތަކުރުމަށްވުރެ ގާތް މީހުންވާރުތަވުން ޙައްޤުކަން ބޮޑެވެ. ނަމަވެސް ޞަދަޤާތް އެއްކުރުން ނުވަތަ ވަޞިއްޔަތުގެ ގޮތުން ދުރުމީހުންނަށް އެހީވެ ހެޔޮފޯރުކުރުން ހުއްދައެވެ. އެކަންތައްތައް لَوْح المَحْفُوظ ގައި ނުވަތަ ކީރިތި ޤުރުއާނުގައި ކަނޑައެޅި ބަޔާންވެގެންވެއެވެ. * ދަންނައެވެ. އިސްލާމްދީނުގެ ކުރީކޮޅުގައި ގާތްތިމާގެ މީހުން ފިޔަވައިވެސް ހިޖުރަ ކުރުމުގެ ގޮތުންނާއި ޢަހުދުގެ ގޮތުން މުދާވާރުތަ ވުމުގެ ޤަވާޢިދެއްއޮތެވެ. ނަމަވެސް ވާރުތަ މުދާބެހުމުގެ ޙުކުމްތަށް ބަޔާންވެގެންވާ އާޔަތްބާވައިލައްވުމުންނާއި އަދި މިފަދަ އާޔަތްތަކުން އެކަން މަންސޫޚުވެގެން ދިޔައީއެވެ. މިހާރުމުދާ ވާރުތަވަނީ ފަހުންބާވައިލެއްވި އާޔަތުގައިވާ ޤަވާޢިދުން ގާތްތިމާގެ މީހުންގެ މެދުގައެވެ. އެހެންނަމަވެސް ހެޔޮކަން ހިންގުމުގެ ގޮތުން ހެޔޮފޯރުކުރުމުގެ ދޮރު ހުޅުވިގެންވެއެވެ. وَالله أَعْلَم...
وَإِذۡ أَخَذۡنَا مِنَ ٱلنَّبِيِّـۧنَ مِيثَٰقَهُمۡ وَمِنكَ وَمِن نُّوحٖ وَإِبۡرَٰهِيمَ وَمُوسَىٰ وَعِيسَى ٱبۡنِ مَرۡيَمَۖ وَأَخَذۡنَا مِنۡهُم مِّيثَٰقًا غَلِيظٗا
Open ayah 33:7އަދި ތިމަން ރަސްކަލާނގެ نبي ބޭކަލުންގެ ކިބައިން عهد ކަށަވަރު ހިތްޕެވިހިނދުމަފުޅުކުރައްވާށެވެ. (އޭ رسول الله އެވެ!) އަދި ކަލޭގެފާނުންގެ ކިބައިންނާއި نوح ގެފާނާއި إبراهيم ގެފާނާއި موسى ގެފާނާއި އަދި مريم ގެ ދަރިކަލުން عيسى ގެފާނާއި (عليهِمُ السلام) މިއެންމެ ބޭކަލުންގެ ކިބައިން ميثاق ހިތްޕެވީމެވެ. އަދި އެބޭކަލުންގެ ކިބައިން ގަދަވެގެންވާ عهد ހިތްޕެވީމެވެ. * އެންމެހައި ނަބީބޭކަލުންގެ ކިބައިން ހިތްޕެވި عهد އަކީ -الله އަށް އަޅުކަން ކުރުމަށާއި- އަދި اللهފިޔަވައި އެހެންފަރާތަކަށް އަޅުކަން ކުރެއްވުން ދޫކުރެއްވުމަށާއި -އޭގެ އެއްބޭކަލަކު އަނެއްބޭކަލަކު ތެދު ކުރެއްވުމަށާއި- އަދި އެބޭކަލުންގެ قوم ތަކަށް نصيحة ދެއްވައި رسالة އިއްވެވުމަށެވެ. އަދި އާޔަތުގައި ނަންގަނެވިގެންވާ ފަސްބޭކަލުން خاص ގޮތެއްގައި ނަންގަނެވިގެން އެވަނީ أُولواْلعَزْمِ ގެ ފަސްބޭކަލުންކަމުގައިވެފައި ބޮޑެތި شريعةތަކުގެ ބޭކަލުން ކަމުގައި ވެފަޔާއި އަދި އެބޭކަލުންނަށްވާ ޝަރަފެއްގެ ގޮތުންނެވެ. އަދި محمد ﷺ އަކީ އެންމެ ފަހުގެ نبي އާކަމުގައި ވެފައި ލިސްޓްގެ އެންމެ ކުރީގައި އެނަންފުޅުވުމަކީ އެކަލޭގެފާނަށްވާ އިތުރު شرف އަކާއި މާތްކަމެކެވެ. والله أعلم - زُبْدَة التَّفْسِيْر.
لِّيَسۡـَٔلَ ٱلصَّٰدِقِينَ عَن صِدۡقِهِمۡۚ وَأَعَدَّ لِلۡكَٰفِرِينَ عَذَابًا أَلِيمٗا
Open ayah 33:8އަދި އެފަދަ عهد ކަށަވަރު ކުރެއްވީ އެބޭކަލުންގެ ތެދުވެރިކަމާއިމެދު އެކަލާނގެ ސުވާލުކުރެއްވުމަށާއި އަދި ކާފަރުންގެ ކިބައިންވެސް އެބޭކަލުންނަށް ދެއްވި ޖަވާބަކާމެދު ސުވާލު ކުރެއްވުމަށެވެ. އަދި ކާފަރުންނަށް އެކަލާނގެ ތައްޔާރު ކުރައްވާފައިވަނީ ވޭންދެނިވި عذاب އެކެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ جَآءَتۡكُمۡ جُنُودٞ فَأَرۡسَلۡنَا عَلَيۡهِمۡ رِيحٗا وَجُنُودٗا لَّمۡ تَرَوۡهَاۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا
Open ayah 33:9އޭ إيمان ވެއްޖެ މީސްތަކުނޭވެ! ކަލޭމެންގެ ގާތަށް (لشكر ތައް އައި ހިނދު) ކަލޭމެންގެ މައްޗަށް ﷲ ލެއްވި އެކަލާނގެ نعمة ކަލޭމެންނިކަން ހަދާންކޮށްބަލާށެވެ! ފަހެ ތިމަންރަސްކަލާނގެ އެބައިމީހުންގެ މައްޗަށް އެބަހީ ކާފަރުންގެ މައްޗަށް ވަޔެއް ފޮނުއްވީމެވެ. އަދި ކަލޭމެންނަށް ނުފެންނަ އެހެން لشكر އެއް ފޮނުއްވީމެވެ. (އެއީ މަލާއިކަތްބޭކަލުންގެ لشكر އެކެވެ. އެބޭކަލުން ކާފަރުންގެ ފޭލިގެތަކުގެ ކަޑަތައް ލުއްސަވައި ފޭލިގޭގެ މެދުގައި ވިއްދާފައިވާ މެދު ތަނބު ވައްޓައިލައްވައި އަލިފާން ނިއްވައި ކަށްކަން އުދާފައިވާ ތެލިތައް ބަންޑުން ޖައްސަވައި އަސްތައް އެއްއަސް އަނެއް އަހަށްޖައްސުވައި ކާފަރުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވައި ހެއްދެވިއެވެ.) އަދި ﷲ ވޮޑިގެންވަނީ ކަލޭމެންކުރާ އެންމެހައި ކަންތައް ދެނެވޮޑިގެންވާ ކަލަކުކަމުގައެވެ.
إِذۡ جَآءُوكُم مِّن فَوۡقِكُمۡ وَمِنۡ أَسۡفَلَ مِنكُمۡ وَإِذۡ زَاغَتِ ٱلۡأَبۡصَٰرُ وَبَلَغَتِ ٱلۡقُلُوبُ ٱلۡحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠
Open ayah 33:10އަދި އެބައިމީހުން - އެބަހީ أحزاب لشكر ތައް ކަލޭމެނެގެ އުސްފަރާތުންނާއި އަދި ތިރިފަރާތުން (އެބަހީ مدينة ގެ مشرق ފަރާތުގެ އުސްތަނުންނާއި އަދި مغرب ފަރާތުގެ ތިރިދިމާއިން) އައި ހިނދު ކަލޭމެން ހަދާންކޮށް ބަލާށެވެ! އެހިނދު مدينة ގެ ބައެއް މީހުން ބިރުން ސިހިގެންގޮސް ލޯތައް އެފުށް މިފުށަށް ލެނބި ހިތްތައް ލަގޮޑި ވަޅާ ހަމައަށް އަރައިގެން ދިޔައެވެ. އަދި ކަލޭމެން ﷲ އާއިމެދު އެތަކެއް ހީ ކުރީމެވެ.
هُنَالِكَ ٱبۡتُلِيَ ٱلۡمُؤۡمِنُونَ وَزُلۡزِلُواْ زِلۡزَالٗا شَدِيدٗا
Open ayah 33:11އަދި އެވަގުތު مؤمن ންގެ އީމާންކަން إمتحان ވެވުނެވެ. (ބިރުވެރިކަމާއި ހަނގުރާމަޔާއި ބަނޑުހައި ހޫނުކަމާއި حصار ވުމާއި ދެންވެސް އެބާވަތުގެ އެތައްކަމަކުން إمتحان ކުރެވުނެވެ. حقيحقى مؤمن ންނާއި منافق ން فرق ކޮށްލެވުނެވެ. އަދި މީސްތަކުންނަށް ގުޑުންއަރާވަރަށް އެމީހުންނަށް ހަމަނުޖެހުންއައެވެ.
وَإِذۡ يَقُولُ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٞ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورٗا
Open ayah 33:12އަދި منافق ންނާއި އެމީހުންގެ ހިތްތަކުގައި (ޝައްކާއި ވަހުމުގެ) ބަލިކަންވާ މީހުން ބުނިހިނދު ހަނދާންކޮށްބަލާށެވެ! (އެމީހުން ބުންޏެވެ.) ﷲ އާއި ރަސޫލާ އަހުރެމެންނަށް ހެއްލުމަކަށް މެނުވީ ވަޢުދު ކުރައްވާފައި ނުވެއެވެ.
وَإِذۡ قَالَت طَّآئِفَةٞ مِّنۡهُمۡ يَٰٓأَهۡلَ يَثۡرِبَ لَا مُقَامَ لَكُمۡ فَٱرۡجِعُواْۚ وَيَسۡتَـٔۡذِنُ فَرِيقٞ مِّنۡهُمُ ٱلنَّبِيَّ يَقُولُونَ إِنَّ بُيُوتَنَا عَوۡرَةٞ وَمَا هِيَ بِعَوۡرَةٍۖ إِن يُرِيدُونَ إِلَّا فِرَارٗا
Open ayah 33:13އަދި އޭގެތެރެއިން އެއް ޖަމާޢަތެއްގެ މީހުން ބުންޏެވެ. އޭމަދީނާގެ އަހުލުވެރިންނޭވެ! ކަލޭމެނަށް އެތާ އެ ޚަންދަޤުގެ ކައިރިން އެއްވެސް ޖާގައެއްނެތެވެ. ކަލޭމެން އަވަހަށް އެނބުރި މަދީނާގެ ކަލޭމެންގެ ގެތަކަށް ދާށެވެ. އަދި އަނެއްބަޔަކު (އެނބުރި ދިއުމަށްޓަކައި) ނަބިއްޔާގެ އަރިހުން އިޒުނަ އެދެނީއެވެ. އެމީހުން ބުނަނީއެވެ. އަހުރެމެންގެ ގެތަކުގައި އެއްވެސް ނިވަޔެއް ނެތި ބަލިކަށިވެގެން ވެއެވެ. (އެތަން ހިމާޔަތްކޮށް ބަލަހައްޓާނެ މީހަކު ނެތެވެ. އެހެންވެ އަހުރެމެން އެތަނަށްދާން ބޭނުންނުވެއެވެ.) އޭގެ ޖަވާބުގައި ﷲ އެއަންގަވަނީ އެމީހުންގެ ގެތަށް ހާވެފައި އެހާބަލިކަށްޓެއްނޫންކަމެވެ. (އެމީހުންގެ އެވާހަކައިން) ހަމަފިލައިގެން ދިއުންނޫނީ ނޭދެއެވެ.
وَلَوۡ دُخِلَتۡ عَلَيۡهِم مِّنۡ أَقۡطَارِهَا ثُمَّ سُئِلُواْ ٱلۡفِتۡنَةَ لَأٓتَوۡهَا وَمَا تَلَبَّثُواْ بِهَآ إِلَّا يَسِيرٗا
Open ayah 33:14އަދި ނުވަތަ މަދީނާގެ ހުރިހާ ފަރާތަކުން މުއުމިނުންގެ ޢަދުއްވުން ވަދެފައި ދެންއެމީހުންގާތު (މުއުމިނުންނާދެކޮޅަށް) ޢަދުއްވުންނަށް މަގުހުޅުވައިދީ ހަދާށޭ ބުނެވުނުނަމަ ނުވަތަ އަލުންވެސް ކާފަރުވެ ކާފަރުންނާ ގުޅޭށޭ ބުނެވުނުނަމަ ލަހެއްފަހެއްނެތި އެމީހުންއެކަމަށް އައީހެވެ.
وَلَقَدۡ كَانُواْ عَٰهَدُواْ ٱللَّهَ مِن قَبۡلُ لَا يُوَلُّونَ ٱلۡأَدۡبَٰرَۚ وَكَانَ عَهۡدُ ٱللَّهِ مَسۡـُٔولٗا
Open ayah 33:15އަދި ހަމަކަށަވަރުން ހަނގުރާމައިގައި ފުރަގަސްދީފައިނުދިއުމަށް އެމީހުންވާނީ ﷲ އާއި ޢަހުދު ކަށަވަރުކޮށްފައެވެ. (އެއީ މި އަޙްޒާބު ހަނގުރާމައިގެ ކުރިން އުޙުދު ހަނގުރާމައިގެ ފަހުންނެވެ.) އަދި ﷲ އާއި މެދު ވެވިފައިވާ ޢަހުދާއި އެގްރިމެންޓު ތަކަކީ ސުވާލުވެވޭނެ އެއްޗެއްސެވެ. ޤިޔާމަތްދުވަހުން އެކަމާ ސުވާލުވެވޭނެއެވެ. އެކަމުގެ ޖަޒާ ލިބޭނެއެވެ.
قُل لَّن يَنفَعَكُمُ ٱلۡفِرَارُ إِن فَرَرۡتُم مِّنَ ٱلۡمَوۡتِ أَوِ ٱلۡقَتۡلِ وَإِذٗا لَّا تُمَتَّعُونَ إِلَّا قَلِيلٗا
Open ayah 33:16(އޭ رسول الله އެވެ!) ކަލޭގެފާނު (އެ منافق ންނަށް) ވިދާޅުވާށެވެ! ކަލޭމެން މަރާ ފިލަން ދިއުމަކުން ނުވަތަ ޤަތުލުވުމުން ފިލަންދިއުމަކުން ކަލޭމެނަށް އެއްވެސް މަންފާއެއްނެތެވެ. ފިލަންގޮސްގެންވެސް ދާދިކުޑަ ދުވަސްކޮޅަކުމެނުވީ ކަލޭމެން ދުނިޔޭގައި މަޖާކޮށް އަރާމުކޮށް ނޫޅޭނެއެވެ. އެއީ ކަލޭމެނަށް ކަޑައެޅިފައިވާ އަޖަލު ހަމަވާންދެނެވެ.
قُلۡ مَن ذَا ٱلَّذِي يَعۡصِمُكُم مِّنَ ٱللَّهِ إِنۡ أَرَادَ بِكُمۡ سُوٓءًا أَوۡ أَرَادَ بِكُمۡ رَحۡمَةٗۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيّٗا وَلَا نَصِيرٗا
Open ayah 33:17ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! ﷲ ކަލޭމެނަށް ނުބަޔަކަށް އިރާދަކުރައްވައިފިއްޔާ ނުވަތަ ކަލޭމެނަށް ރަޙުމަތަކަށް އިރާދަކުރައްވައިފިއްޔާވެސް ﷲ ގެ ޙަޟްރަތުން އަތުވެދާނެ ނުރައްކަލަކުން ކަލޭމެން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟ އަދި ހަމަ ﷲ ފިޔަވައި ސަހަރޯވެރިއަކުވެސް އަދި ނަޞްރެއްދޭ މީހަކުވެސް އެމީހުން ނުދެކޭނެއެވެ.
۞قَدۡ يَعۡلَمُ ٱللَّهُ ٱلۡمُعَوِّقِينَ مِنكُمۡ وَٱلۡقَآئِلِينَ لِإِخۡوَٰنِهِمۡ هَلُمَّ إِلَيۡنَاۖ وَلَا يَأۡتُونَ ٱلۡبَأۡسَ إِلَّا قَلِيلًا
Open ayah 33:18އަދި ހަމަކަށަވަރުން ކަލޭމެންގެ ތެރެއިން ހަނގުރާމައަށް ނުގޮސް ފަސްޖެހި ބަރުހެލިވެގެންވާ މީހުންނާއި އަދި އެބައިމީހުން އެކަހަލަ އަޚުންނަށް " مُحَمَّد ގެފާނު ދޫކޮށް އަހުރެމެންގެ ތެރެއަށް އައުމަށް އަވަސްވާށޭ" މިހެން ބުނާމީހުން ﷲ ދެނެވޮޑިގެންވެއެވެ. އަދި ދާދި މަދުންމެނުވީ އެމީހުން ހަނގުރާމައަށް ނުދާނެއެވެ.
أَشِحَّةً عَلَيۡكُمۡۖ فَإِذَا جَآءَ ٱلۡخَوۡفُ رَأَيۡتَهُمۡ يَنظُرُونَ إِلَيۡكَ تَدُورُ أَعۡيُنُهُمۡ كَٱلَّذِي يُغۡشَىٰ عَلَيۡهِ مِنَ ٱلۡمَوۡتِۖ فَإِذَا ذَهَبَ ٱلۡخَوۡفُ سَلَقُوكُم بِأَلۡسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلۡخَيۡرِۚ أُوْلَٰٓئِكَ لَمۡ يُؤۡمِنُواْ فَأَحۡبَطَ ٱللَّهُ أَعۡمَٰلَهُمۡۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا
Open ayah 33:19އެއީ ކަލޭމެން މުއުމިނުންނާ އިދިކޮޅަށް ހުންނަ ދަހިވެތިކަމަކުންނެވެ. (ހަންދަޤު ކޮނުންކަހަލަ ހެޔޮކަންކަމުގައި ޚަރަދުކުރުމާމެދު ހުންނަ ދަހިވެތިކަމުންނެވެ.) ދެންފަހެ ހަނގުރާމައިގެ ބިރުވެރިކަން އަތުވެއްޖެއްޔާ އެމީހުންގެ ލޯތަށް މަރަށް ޙާޟިރުވެގެންވާ މީހަކު ހެޔަށްގޮތްވެފައި ވާފަދައިން ކަޅިޖަހައިނުލައި ފަރާތްފަރާތަށް އަނބުރާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ދެން ފަހެ ހަނގުރާމަ ނިމި ބިރުވެރިކަން ފިލައިގެން ހިނގައްޖެއްޔާ އެމީހުންގެ ތޫނު ދޫތަކުން ހުތުރު އެއްޗެތިކިޔައި ކަލޭމެނަށް އުނދަގޫތަށް ކުރާނެއެވެ. އެއީ ހެޔޮކަންތަކަށް ޚަރަދު ކުރުމަށް ބަޚީލްވެ ދަހިވެތިކަމުންނެވެ. ނުވަތަ ޣަނީމާ މުދަލަށް އެމީހުންވާ ދަހިވެތިކަމުންނެވެ. އެމީހުން އެއްގޮތަކަށްވެސް އީމާންނުވެއެވެ. އަދި ﷲ ތަޢާލާ އެމީހުންގެ ހެޔޮޢަމަލުތަށް بَاطِل ކުރެއްވީއެވެ. އަދި އެކަން އެފަދައިން ހެއްދެވުމަކީ ﷲ އަށް ދާދި ފަސޭހަ ކަމެކެވެ.
يَحۡسَبُونَ ٱلۡأَحۡزَابَ لَمۡ يَذۡهَبُواْۖ وَإِن يَأۡتِ ٱلۡأَحۡزَابُ يَوَدُّواْ لَوۡ أَنَّهُم بَادُونَ فِي ٱلۡأَعۡرَابِ يَسۡـَٔلُونَ عَنۡ أَنۢبَآئِكُمۡۖ وَلَوۡ كَانُواْ فِيكُم مَّا قَٰتَلُوٓاْ إِلَّا قَلِيلٗا
Open ayah 33:20އަދި އެމުނާފިގުންގެ މީހުން (އެމީހުންގެ ހުރި ފިނޑިކަމާއި ބިރުވެރިކަމުން) ހީކުރަނީ އަދިވެސް أحزاب ހަނގުރާމައިގެ لشكر ތައް އެނބުރި ނުދާކަމަށެވެ. އަދި ހަނގުރާމައިގެ لشكر ތައް ހަނގުރާމަޔަށް އަތުވެއްޖެއްޔާއި بادية ގައި (މީހުންނާއި ދުރުގައި) ބީރައްޓެހި ހިސާބުގައި أعراب ންނާއިއެކުގައިވުމަށް ހަމަކަށަވަރުން އެމުނާފިގުންގެ މީހުން އެދޭނެއެވެ. ދެން އެ ހިސާބު ދުރުގައި ތިބެގެން ކަލޭމެންގެ خبر ތައް (ހަނގުރާމައިގެ خبر ތައް) މީހުން ކުރެން އަހައި ހަދާނެއެވެ. އަދި މުނާފިގުން ކަލޭމެންނާއިއެކު ކަލޭމެންގެ ތެރޭގައި ތިބިނަމަވެސް ދާދި މަދުން މެނުވީ އެމީހުން ހަނގުރާމަ ނުކުރާނެއެވެ.
لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا
Open ayah 33:21ހަމަކަށަވަރުން رَسُوْلُ الله صَلَّي الله عَلَيْه وَسَلَّم ގެ ބަސްފުޅާއި ޢަމަލުފުޅުގައި އެކަލޭގެފާނުންގެ ސީރަތުގައި ކަލޭމެންނަށް ރަނގަޅުވެގެންވާ ރިވެތި ނަމޫނާ ވެއެވެ. އެއީ ﷲ އާއި އާޚިރަތްދުވަސް އެދޭބަޔަކަށެވެ. އެދުވަހުގެ ޘަވާބަށް އެދޭ ބަޔަކަށެވެ. އަދި އެބައިމީހުން ގިނަގިނައިން ﷲ ހަނދާންކޮށް ذِكْر ކުރާބަޔަކަށެވެ.
وَلَمَّا رَءَا ٱلۡمُؤۡمِنُونَ ٱلۡأَحۡزَابَ قَالُواْ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥۚ وَمَا زَادَهُمۡ إِلَّآ إِيمَٰنٗا وَتَسۡلِيمٗا
Open ayah 33:22އަދި މުއުމިނުންގެ މީހުންނަށް އަޙްޒާބު ހަނގުރާމައިގެ ލަޝްކަރުތައް ފެނުނު ހިންދުން އެމީހުން ބުންޏެވެ. މިއީﷲ އާއި އެކަލާނގެ ރަސޫލާ (صَلَّي الله عَلَيْه وَسَلَّم) އަހުރެމެންނަށް وَعْدُ ކުރެއްވި ކަންތަކެވެ. އަދި ﷲއާއި އެކަލާނގެ ރަސޫލާ ވިދާޅުވީ ހަމަތެދުފުޅެވެ. އަދި އީމާންކަމާއި ކިޔަމަންތެރިކަން މެނުވީ އެމީހުންނަށް އިތުރު ނުވެއެވެ.
مِّنَ ٱلۡمُؤۡمِنِينَ رِجَالٞ صَدَقُواْ مَا عَٰهَدُواْ ٱللَّهَ عَلَيۡهِۖ فَمِنۡهُم مَّن قَضَىٰ نَحۡبَهُۥ وَمِنۡهُم مَّن يَنتَظِرُۖ وَمَا بَدَّلُواْ تَبۡدِيلٗا
Open ayah 33:23އަދި މުއުމިނުންގެ ތެރޭގައި އެމީހުން ﷲ އާއިމެދު ކުރި ވަޢުދާއި ގަތް نَذُر ތެދު އެއްޗެއްކަމުގައި ޢަމަލީ ގޮތުން ދެއްކެވި ބޭކަލުންވެއެވެ. އެމީހުންގެ ތެރޭގައި އެވަޢުދާއި އެއްގޮތަށް ހަނގުރާމަކޮށް ޝަހީދުވި ބޭކަލުންވެއެވެ. އަދި އެބޭކަލުންގެ ތެރޭގައި އެބޭކަލުންކުރެއްވި ހުވަޔާއެއްގޮތަށް ދަނޑިވަޅުނުލިބިގެން އިންތިޒާރު ކުރައްވާ ބޭކަލުންވެއެވެ. އަދި އެބޭކަލުންގެ ޢަހުދު އެއްގޮތަކަށްވެސް (މުނާފިޤުން ބަދަލުކޮށްލި ގޮތަށް) ބަދަލު ނުކޮށްލައެވެ. އެގޮތުގެމަތީގައި ޘާބިތުވެ ތިއްބަވައެވެ.
لِّيَجۡزِيَ ٱللَّهُ ٱلصَّٰدِقِينَ بِصِدۡقِهِمۡ وَيُعَذِّبَ ٱلۡمُنَٰفِقِينَ إِن شَآءَ أَوۡ يَتُوبَ عَلَيۡهِمۡۚ إِنَّ ٱللَّهَ كَانَ غَفُورٗا رَّحِيمٗا
Open ayah 33:24ﷲ ތަޢާލާ އެފަދައިން ކަންތައްހިންގަވަނީ ތެދުވެރިންނަށް އެބައިމީހުންގެ ތެދުވެރިކަމުގެ ޖަޒާދެއްވުމަށެވެ. އަދި ﷲ ތަޢާލާ އެދިވޮޑިގެންފިއްޔާ މުނާފިޤުންނަށް ޢަޒާބުދެއްވުމަށެވެ. ނުވަތަ އެބައިމީހުންގެ މައްޗަށް تَوْبَة ލެއްވުމަށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ އަދި ރަޙުމަތް ލެއްވުން ބޮޑުކަލަކުކަމުގައެވެ.
وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُواْ بِغَيۡظِهِمۡ لَمۡ يَنَالُواْ خَيۡرٗاۚ وَكَفَى ٱللَّهُ ٱلۡمُؤۡمِنِينَ ٱلۡقِتَالَۚ وَكَانَ ٱللَّهُ قَوِيًّا عَزِيزٗا
Open ayah 33:25ކާފަރުވީ މީހުން - އެބަހީ އަޙްޒާބު ހަނގުރާމައަށް އައި ކާފަރުންގެ ލަޝްކަރުތައް - އެބައިމީހުންނަށް އެބައިމީހުން އެދޭ އެއްވެސް ހެޔޮކަމެއް حَاصِل ވިޔަނުދެއްވައި ﷲ تَعَالى އެބައިމީހުން ރުޅިވެރި ކަމާއި ހިތްދަތި ކަމުން ފުރިގެންވުމާއި އެކު އައިކޮޅަށް ރައްދުކުރައްވައިފިއެވެ. އެކޮޅަށް (ބޮޑުގެއްލުމާއެކު) ފޮނުވައިލެއްވިއެވެ. އަދި مُؤمِن ންގެ ފަރާތުން ﷲ تَعَالى ހަނގުރާމަ ފުއްދަވައިދެއްވައިފިއެވެ. (އެއީ އެކަލާނގެ މަލާއިކަތް ބޭކަލުންގެ ލަޝްކަރަކާއި ވައިގެ ލަޝްކަރެއްވެސް ފޮނުއްވައިގެންނެވެ.) އަދި ﷲ تَعَالى ވޮޑިގެންވަނީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ގަދަފަދަވަންތަ ކަލަކު ކަމުގައެވެ.
وَأَنزَلَ ٱلَّذِينَ ظَٰهَرُوهُم مِّنۡ أَهۡلِ ٱلۡكِتَٰبِ مِن صَيَاصِيهِمۡ وَقَذَفَ فِي قُلُوبِهِمُ ٱلرُّعۡبَ فَرِيقٗا تَقۡتُلُونَ وَتَأۡسِرُونَ فَرِيقٗا
Open ayah 33:26އަދި އެކާފަރު ލަޝްކަރު ތަކާއި އެހީވެ ވާގިވެރިވި أَهل كِتَاب ންގެ މީހުން (މަދީނާގައި ތިބި ޔަހޫދީންގެ بَنُو قُريضَة ވަންހައިގެ މީހުން) އެމީހުންގެ ކިއްލާތަކުން އެކަލާނގެ ނެރުއްވައިފިއެވެ. (އެއީ رَسُوْلُ الله صَلَّي الله عَلَيْه وَسَلَّم އާ ދެމެދުއޮތް ޢަހުދު އެމީހުން އުވައިލުމުގެ ސަބަބުންނެވެ.) ފަހެ އެބައިމީހުންގެ ހިތްތަކަށް ނުހަނު ބިރުވެރިކަން ވަދެ އޭގެތެރެއިން އެއްބަޔަކު މަރައި އަނެއްބަޔަކު ހިފައިހައްޔަރު ކޮށް أسيرން ކަމުގައި ކަލޭމެން މުއުމިނުން ހެދީމުއެވެ. (އެމީހުންގެ ތެރޭގައި ތިބި ބޮޑެތި ފިރިހެނުންމަރައި އަންހެނުންނާއި ކުޑަކުދިން أسير ކުރީމުއެވެ. (އެއީ އެމީހުންނާމެދު سَعْدُ بن مُعَاذ ކުރެއްވި ހުކުމެވެ. އެ ޙުކުމަކީ ހަތްވަނަ އުޑުގެ މަތީގެ ޙުކުމެއްކަމުގައި رَسُوْلُ الله صَلَّي الله عَلَيْه وَسَلَّم ޙަދީޘް ކުރެއްވިއެވެ.)
وَأَوۡرَثَكُمۡ أَرۡضَهُمۡ وَدِيَٰرَهُمۡ وَأَمۡوَٰلَهُمۡ وَأَرۡضٗا لَّمۡ تَطَـُٔوهَاۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٗا
Open ayah 33:27އަދި އެބައިމީހުންގެ ގޮވަތި ގެދޮރާއި ބިންތަކާއި އަދި އެމީހުންގެ ދެންހުރި މުދަލެއްވެސް ތިމަންރަސްކަލާނގެ ކަލޭމެންނަށް ވާރުތަ ކޮށްދެއްވީމެވެ. އަދި މިހާތަނަށް ކަލޭމެން ފައިނުއަޅާއެހެން ބިމެއްވެސް ކަލޭމެނަށް ވާރުތަކޮށްދެއްވީމެވެ. (އެއީ އޭރު އަދި ފަތަޙަ ނުވެއޮތް ޚައިބަރުގެ ބިންކަމުގައި ބައެއް މުފައްސިރުން ލިޔުއްވައެވެ. އެތަންވެސް ފަތަޙަވާނެ ވަޢުދު ފުޅެއްކަމުގައި މިއިޝާރަތްވެއެވެ.) والله أعلم. އަދި ﷲ ތަޢާލާ ވޮޑިގެންވަނީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ވެވޮޑިގެންވާކަލަކު ކަމުގައެވެ.
يَٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ إِن كُنتُنَّ تُرِدۡنَ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا فَتَعَالَيۡنَ أُمَتِّعۡكُنَّ وَأُسَرِّحۡكُنَّ سَرَاحٗا جَمِيلٗا
Open ayah 33:28އޭ ނަބިއްޔާއެވެ! (رَسُوَلُ الله صَلَّي الله عَلَيه وَسَلَّم އެވެ!) ކަލޭގެފާނު ކަލޭގެފާނުންގެ އަނބިއަނބި ކަނބަލުން ވިދާޅުވާށެވެ! ތިޔަކަނބަލުން ދުނިޔޭގެ ޙަޔާތާއި އެތާނގެ ޒީނަތްތެރިކަން އެދިވަޑައިގަންނަވަންޏާ ފަހެ ތިޔަކަނބަލުން ވަޑައިގަންނަވާށެވެ! ތިޔަކަނބަލުންނަށް ޙައްޤުވެގެންވާ އެއްޗެއް ދެއްވައިފައި ރިވެތިގޮތުގައި އެއްވެސް އުނދަގުލެއްނެތި ތިޔަކަނބަލުން ވަރިކުރައްވާހުށީމެވެ.
وَإِن كُنتُنَّ تُرِدۡنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلۡأٓخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلۡمُحۡسِنَٰتِ مِنكُنَّ أَجۡرًا عَظِيمٗا
Open ayah 33:29އަދި ތިޔަކަނބަލުން ﷲ އާއި އެކަލާނގެ ރަސޫލާއާއި އަދި ޢާޚިރަތުގެ ގޮވަތި އެދިވަޑައިގަންނަވާކަމުގައި ވަންޏާ (އެކަމަށް އެދިވަޑައިގަންނަވާށެވެ. އިޙްސާންތެރިވެވަޑައިގެން ޞާލިޙު ޢަމަލުކުރައްވާށެވެ!) ހަމަކަށަވަރުން ތިޔަކަނބަލުންކުރެ އިޙްސާންތެރިވެވަޑައިގެންނެވި ބޭކަނބަލުންނަށް ބޮޑުވެގެންވާ ދަރުމަޔާއި ޘަވާބު ﷲ ތައްޔާރުކުރެއްވިއެވެ.
يَٰنِسَآءَ ٱلنَّبِيِّ مَن يَأۡتِ مِنكُنَّ بِفَٰحِشَةٖ مُّبَيِّنَةٖ يُضَٰعَفۡ لَهَا ٱلۡعَذَابُ ضِعۡفَيۡنِۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا
Open ayah 33:30އޭ نبي އާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުންކުރެ ކަނބަލަކު ބަޔާންވެ ފައުޅުވެގެންވާ فاحش ކަމެއް ގެނެސްގެންފި ކަމުގައިވަންޏާ އެކަނބަލަކަށް عذاب އޭގެ ދެގުނައަށް ދެއްވޭނެއެވެ. އަދި އެކަމަކީ ﷲ تعلى އަށް ދާދި ފަސޭހަވެގެންވާ ކަމެއްކަމުގައިވިއެވެ. (ނަމަވެސް އެކަލޭގެފާނުންގެ އެންމެހައި އަނބިއަނބިކަނބަލުން އެންމެހައި ހަޑިހުތުރު ކަންކަމުން ﷲ ރައްކާތެރިކުރައްވައި ބަރީއަކުރައްވައި طاهر ކުރެއްވިއެވެ.)
۞وَمَن يَقۡنُتۡ مِنكُنَّ لِلَّهِ وَرَسُولِهِۦ وَتَعۡمَلۡ صَٰلِحٗا نُّؤۡتِهَآ أَجۡرَهَا مَرَّتَيۡنِ وَأَعۡتَدۡنَا لَهَا رِزۡقٗا كَرِيمٗا
Open ayah 33:31އަދި ތިޔަކަނބަލުންކުރެ ﷲ އަށާއި އެކަލާނގެ رسول އާ އަށް ފުރިހަމައަށް ކިޔަމަންތެރިވެވަޑާއިގެން صالح عمل ކުރެއްވި ކޮންމެ ބޭކަނބަލަކަށް ތިމަންރަސްކަލާނގެ އެކަނބަލަކަށް އުޖޫރައާއި ދަރުމަ ދެގުނަ އަށް ދެއްވާހުށީމެވެ. އަދި އެކަނބަލަކަށް މާތްވެގެންވާ ރިޒުޤު ތިމަންރަސްކަލާނގެ ތައްޔާރު ކުރެއްވީމެވެ.
يَٰنِسَآءَ ٱلنَّبِيِّ لَسۡتُنَّ كَأَحَدٖ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيۡتُنَّۚ فَلَا تَخۡضَعۡنَ بِٱلۡقَوۡلِ فَيَطۡمَعَ ٱلَّذِي فِي قَلۡبِهِۦ مَرَضٞ وَقُلۡنَ قَوۡلٗا مَّعۡرُوفٗا
Open ayah 33:32އޭ نبي އާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުން އެހެނިހެން އާދައިގެ އަންހެނުން ފަދައިން ނުވެއެވެ. ފަހެ ތިޔަކަނބަލުން تقوى ވެރިވެވަޑައިގެންވަންޏާ އާދައިގެ ހިލޭ ފިރިހެނުންނާއި އެއްޗެއް ވިދާޅުވާން ޖެހިއްޖެ ޙާލަތެއްގައި ތިޔަކަނބަލުންގެ ބަސްފުޅު ވިދާޅުވުމުގައި ތޫލިވުން ލޫޅާފަތިވުން (އާތްވުން) ފަދަ ގޮތްތައް ނުބަހައްޓަވާށެވެ! އެފަދައިން ބަސްފުޅު ލޫޅާފަތި ވެއްޖެއްޔާ ހިތުގައި (شهوة ތެރިކަމާއި فاجر ކަމުގެ) ބައްޔެއްވާ މީހުން ދަހިވެތިވެދާނެއެވެ. އަދި ތިޔަކަނބަލުން (ޝައްކާއި ދުރުވެގެންވާ) ހެޔޮރަނގަޅު ބަސްފުޅު ވިދާޅުވާށެވެ.
وَقَرۡنَ فِي بُيُوتِكُنَّ وَلَا تَبَرَّجۡنَ تَبَرُّجَ ٱلۡجَٰهِلِيَّةِ ٱلۡأُولَىٰۖ وَأَقِمۡنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعۡنَ ٱللَّهَ وَرَسُولَهُۥٓۚ إِنَّمَا يُرِيدُ ٱللَّهُ لِيُذۡهِبَ عَنكُمُ ٱلرِّجۡسَ أَهۡلَ ٱلۡبَيۡتِ وَيُطَهِّرَكُمۡ تَطۡهِيرٗا
Open ayah 33:33އަދި ތިޔަކަނބަލުން ތިޔަކަނބަލުންގެ ގެކޮޅުތަކުގައި قرار ވެތިއްބަވާށެވެ! އަދި ކުރީގެ جاهلية ޒަމާނުގައި އަންހެނުން ދައްކައި އުޅުނުގޮތަށް ޒީނަތްތެރިކަމާއި ރީތިކަމާއި ނަލަކަން ނުދައްކަވާށެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރައްވައި ޒަކާތްދެއްވައި ﷲ އާއި އެކަލާނގެ رسول އަށް ކިޔަމަންތެރިވެވަޑައިގަންނަވާށެވެ! ﷲ އެދިވޮޑިގަންނަވާކަންކަށަވަރީ އޭ ނަބިއްޔާގެ أهل بيت ންނޭވެ! ތިޔަބައިމީހުންގެ ކިބައިން ފާފަޔާއި ދެންވެސް ނުބައިކަންތައްތައް ދުރުރުކުރެއްވުމަށެވެ. އަދި ތިޔަބައި މީހުން އެކީއެކައްޗަކަށް طاهر ކުރެއްވުމަށެވެ.
وَٱذۡكُرۡنَ مَا يُتۡلَىٰ فِي بُيُوتِكُنَّ مِنۡ ءَايَٰتِ ٱللَّهِ وَٱلۡحِكۡمَةِۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا
Open ayah 33:34އަދި ތިޔަކަނބަލުން ތިޔަކަނބަލުންގެ ގެކޮޅުތަކުގައި ﷲ ބާވައިލެއްވި އާޔަތްތަކާއި އެބަހީ ކީރިތި ޤުރުއާނާއި އަދި ޙިކުމަތް (އެބަހީ ސުންނަތްވެސް) ކިޔަވާވިދާޅުވެ ހަދުމަފުޅުކުރައްވާށެވެ. ހަމަކަށަވަރުން ނުހަނު އޯގާވަންތައަދި ޚަބަރުތައް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.
إِنَّ ٱلۡمُسۡلِمِينَ وَٱلۡمُسۡلِمَٰتِ وَٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ وَٱلۡقَٰنِتِينَ وَٱلۡقَٰنِتَٰتِ وَٱلصَّٰدِقِينَ وَٱلصَّٰدِقَٰتِ وَٱلصَّٰبِرِينَ وَٱلصَّٰبِرَٰتِ وَٱلۡخَٰشِعِينَ وَٱلۡخَٰشِعَٰتِ وَٱلۡمُتَصَدِّقِينَ وَٱلۡمُتَصَدِّقَٰتِ وَٱلصَّٰٓئِمِينَ وَٱلصَّٰٓئِمَٰتِ وَٱلۡحَٰفِظِينَ فُرُوجَهُمۡ وَٱلۡحَٰفِظَٰتِ وَٱلذَّٰكِرِينَ ٱللَّهَ كَثِيرٗا وَٱلذَّٰكِرَٰتِ أَعَدَّ ٱللَّهُ لَهُم مَّغۡفِرَةٗ وَأَجۡرًا عَظِيمٗا
Open ayah 33:35ހަމަކަށަވަރުން مُسْلِم ފިރިހެނުންނާއި مُسْلِم އަންހެނުން، مُؤمن ފިރިހެނުންނާއި مُؤمن އަންހެނުން، އަދި ކިޔަމަންތެރި ފިރިހެނުންނާއި ކިޔަމަންތެރި އަންހެނުން، އަދި ތެދުވެރި ފިރިހެނުންނާއި ތެދުވެރި އަންހެނުން، އަދި ކެތްތެރި ފިރިހެނުންނާއި ކެތްތެރި އަންހެނުން، އަދި ބިރުވެތި تَوَاضُع ވެރިވާ ފިރިހެނުންނާއި ބިރުވެތި تَوَاضُع ވެރިވާ އަންހެނުން، އަދި صَدَقَاة ދީ زَكَاة ދޭ ފިރިހެނުންނާއި صَدَقَاة ދީ زَكَاة ދޭ އަންހެނުން، އަދި ރޯދަހިފާ ފިރިހެނުންނާއި ރޯދަހިފާ އަންހެނުން، އަދި ތިމާމެންގެ ލަދުގުނަވަންތަކަށް ރައްކާތެރިވާ ފިރިހެނުންނާއި ރައްކާތެރިވާ އަންހެނުން، އަދި ގިނަގިނައިން ﷲ ހަނދާންކޮށް ذكر ކުރާ ފިރިހެނުންނާއި އަދި ގިނަގިނައިން ﷲ ހަނދާންކޮށް ذكر ކުރާ އަންހެނުން، މި މީސްމީހުން ދަންނައެވެ. ހަމަކަށަވަރުން ﷲ އެމީހުންނަށް ފާފަފުއްސެވުމާއި އަދި ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކޮށްދެއްވިއެވެ.
وَمَا كَانَ لِمُؤۡمِنٖ وَلَا مُؤۡمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمۡرًا أَن يَكُونَ لَهُمُ ٱلۡخِيَرَةُ مِنۡ أَمۡرِهِمۡۗ وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَقَدۡ ضَلَّ ضَلَٰلٗا مُّبِينٗا
Open ayah 33:36އަދި مُؤمن ފިރިހެނަކަށްވިޔަސް އަދި مُؤمن އަންހެނަކަށްވިޔަސް ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާއާ އެބައިމީހުންގެ ކަމާއިމެދު ގޮތެއް ނިޔާކުރައްވައި ހަމަޖައްސަވައިފިއްޔާ ދެން އެބައިމީހުން އެކަމުގައި ގޮތްކިޔުމަކީ އެއްގޮތަކަށްވެސް އެމީހުންނަށް އިޚްތިޔާރެއް އޮތްކަމެއްނޫނެވެ. ހުއްދަކަމެއްނޫނެވެ. (ގޮތް ކިޔުމަކީ އެއީ ﷲ ތަޢާލާ އާއި ރަސޫލާއަށް އުރެދުމެކެވެ.) އަދި ﷲ ތަޢާލާ އާއި ރަސޫލާއަށް އުރެދޭ މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހާ ބަޔާންވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެއެވެ.
وَإِذۡ تَقُولُ لِلَّذِيٓ أَنۡعَمَ ٱللَّهُ عَلَيۡهِ وَأَنۡعَمۡتَ عَلَيۡهِ أَمۡسِكۡ عَلَيۡكَ زَوۡجَكَ وَٱتَّقِ ٱللَّهَ وَتُخۡفِي فِي نَفۡسِكَ مَا ٱللَّهُ مُبۡدِيهِ وَتَخۡشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخۡشَىٰهُۖ فَلَمَّا قَضَىٰ زَيۡدٞ مِّنۡهَا وَطَرٗا زَوَّجۡنَٰكَهَا لِكَيۡ لَا يَكُونَ عَلَى ٱلۡمُؤۡمِنِينَ حَرَجٞ فِيٓ أَزۡوَٰجِ أَدۡعِيَآئِهِمۡ إِذَا قَضَوۡاْ مِنۡهُنَّ وَطَرٗاۚ وَكَانَ أَمۡرُ ٱللَّهِ مَفۡعُولٗا
Open ayah 33:37(އޭ رسول الله އެވެ!) ﷲ އެމީހަކަށް نعمة ލެއްވި އަދި ކަލޭގެފާނުވެސް އެމީހަކަށް نعمة ލެއްވި މީހާއަށް "ކަލޭ ކަލޭގެ އަންހެނުން (ވަރިނުކޮށް) ހިފަހައްޓާށޭ" މިހެން ވިދާޅުވި ހިނދު ހަނދުމަފުޅުކުރައްވާށެވެ! (މިމީހަކީ زيد بن حارثة އެވެ. އެއީ إسلام دين އައުމުގެ ކުރިން رسول لله ﷺ ގެންގުޅުއްވާ އަޅެކެވެ. ފަހުން އެކަލޭގެފާނުންގެ ދަރިއަކަށް ހައްދަވައިގެން ގެންގުޅުވީއެވެ. ކުރީ އޮތް قواعد ން ވިއްޔާ އެގޮތަށް ދަރިއަކަށް ހެއްދެވީމާ އުފަންދަރިއެކޭ އެއްގޮތަށް ވާރުތަވެސްވާނެއެވެ. ދެން މިއާޔަތުގައި ﷲ އެމީހަކަށް نعمة ލެއްވިމީހާ އޮތީ އިސްލާމްދީންގެ هداية ﷲ އޭނާއަށް ދެއްވިވާހަކައެވެ. އަދި رسول الله ﷺ نعمة ލެއްވިކަމަށް އޮތް ބަސްފުޅުގެ މުރާދަކީ އެކަލޭގެފާނު އެ زيد މިނިވަން ކުރެއްވި ވާހަކައެވެ. ދެން މިއާޔަތުން ﷲ އެދިވޮޑިގެންފައިވަނީ އެގޮތަށް އެހެން މީހެއްގެ ދަރިއެއް ތިމާގެ ދަރިއެއްކަމުގައި ހަދައި ތިމާގެނަމަށް ނިސްބަތްކުރުމުގެ މައްސަލަ باطل ކުރެއްވުމެވެ. އެހެންވެ زيد ގެފާނު ކައިވެނި ބައްލަވައި ގެންނެވި زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީއެވެ. އިސްލާލު ދީނުގައި ތިމާގެ އުފަންދަރިއަކު ކައިވެނިކުރި އަންހެނަކާ ބައްޕަ އިނުން ހުއްދައެއްނުވާނެއެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީމާ އެގޮތަށް ކުރާ ދަރިވަންތަކަން ކެންސަލްވީއެވެ. އަދި އެޔާބެހޭ ވާހަކަ އާޔަތުގެ ފަހުބައިގައިވެސް އެބައާދެއެވެ. والله أعلم.) زيد ގެފާނު އެކަމަނާ ވަރިކުރެއްވުމުގެ ކުރިން ﷲ ވަނީ رسول الله ﷺ އަށް އެކަން އަންގަވައިދެއްވަފައެވެ. زيد އެކަމަނާ ވަރިކުރެއްވީމާ އެކަމަނާ ކަލޭގެފާނާ ދެވާނެކަން އަންގަވައިދެއްވިއެވެ. އެހެންވެ زيد ގެފާނު އެކަމަނާ ވަރިކުރައްވާނެ ވާހަކަ رسول الله ﷺ އަށް ދެންނެވީމާ زيد ގެފާނާ ދިމާއަށް އެކަމަނާ ވަރިނުކުރައްވައި ހިފަހައްޓަވާށޭ ވިދާޅުވިއެވެ. زيد ގެފާނު ވަރިކުރެއްވީމާ އެކަމަނާއާއި رسول الله ﷺ އާއި ކާވެނި ވާނެކަން އޮތީ وحي ذريعة އިން އެނގިވަޑައިގެންފައެވެ. އެހެންވެ محمد ގެފާނު އެކަލޭގެފާނުންގެ ދަރިއަކު އިދެވަރިކުރި މީހަކާއި އިދެފިއޭ ކިޔައި މީހުން ވާހަކަ ދައްކާނެތީ زيد ގެފާނަށް ވަރިނުކުރައްވާން އެންގެވިކަމުގައިވެއެވެ. އެހުރިހާ ކަމެއް ﷲ ފައުޅުކުރައްވައި وحي ކުރައްވަނީއެވެ. ކަލޭގެފާނުންގެ ހިތްޕުޅުގައި ފޮރުވާފައިވާކަންތައް ﷲ ފައުޅުކުރައްވާނެއެވެ. އަދި ކަލޭގެފާނު މީސްތަކުންނަށް ބިރުފުޅުގެން ވަޑައިގަންނަވަނީއެވެ. ނަމަވެސް ﷲ އަށް ބިރުވެތިވުން މާ حق ކަން ބޮޑެވެ. ދެންފަހެ زيد ގެފާނުން އެކަމަނާގެ ފަރާތްޕުޅުން ބޭނުންފުޅު ނިމުމުން ތިމަންރަސްކަލާނގެ އެކަމަނާއާއި ކަލޭގެފާނާއި ކައިވެނިކޮށްދެއްވީމެވެ. (އެއީ ކައިވެނި ރަނެއް ولي ވެރި ހެކިންނެއް ނެތި ހަމައެކަނި ﷲ ކޮށްދެއްވި ކައިވެންޏެކެވެ.) އެކަންއެގޮތަށް ތިމަންރަސްކަލާނގެ ހެއްދެވީ مؤمن ން އެބައިމީހުން އެގޮތަށް ތިބި ދަރިންގެ އަނބީންގެ ފަރާތުން އެދަރިން ބޭނުންފުއްދައި ނިމުމަށްފަހު ވަރިކުރީމާ އެއަންހެނުނާ އެފިރިހެންކުދިންގެ ބަފައެއްކަމުގައި ބަލައިގެންއުޅުނު ފިރިހެން މީހާ އިނުމާމެދު އެއްވެސް ކުށެއް އަދި ދަތިކަމެއް ނުބޭއްވުމަށްޓަކައެވެ. ފަހެ އެއީ حلال ހުއްދަކަމެކެވެ. އަދި ﷲ ގެ އެބާވަތުގެ امر ފުޅުތަކަކީ تنفيذ ވެވޭނެކަމެކެވެ.
مَّا كَانَ عَلَى ٱلنَّبِيِّ مِنۡ حَرَجٖ فِيمَا فَرَضَ ٱللَّهُ لَهُۥۖ سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوۡاْ مِن قَبۡلُۚ وَكَانَ أَمۡرُ ٱللَّهِ قَدَرٗا مَّقۡدُورًا
Open ayah 33:38އަދި نبي އާ އަށްޓަކައި ﷲ އެކަމެއް فرض ކުރައްވައި ނިޔާކުރެއްވިކަމެއް ކުރުމަކީ نبي الله ﷺ ގެ މައްޗަށް ކުށެއް އަދި مسألة އެއް އޮތްކަމެއްނޫނެވެ. އެބާވަތުގެ ކަންކަމަކީ نبي ބޭކަލުންނާއިމެދު ﷲ ކަންތައް ގެންދަވާ قواعد އެވެ. އެއީ އެކަލާނގެ سنة އެވެ. އަދި ﷲ ގެ أمر ފުޅުތަކަކީ لوح المحفوظ ގައި މިންވަރު ކުރެވި ލިޔެވި ނިމިގެންވާ ކަންތައްކަމުގައިވިއެވެ.
ٱلَّذِينَ يُبَلِّغُونَ رِسَٰلَٰتِ ٱللَّهِ وَيَخۡشَوۡنَهُۥ وَلَا يَخۡشَوۡنَ أَحَدًا إِلَّا ٱللَّهَۗ وَكَفَىٰ بِٱللَّهِ حَسِيبٗا
Open ayah 33:39ﷲ رسول ކަމާއިގެން ފޮނުއްވި މާތް رسول ބޭކަލުން ބިރުފުޅުގެންވަޑައިގަންނަވަނީ ހަމައެކަނި ﷲ އަށެވެ. އެކަލާނގެ ފިޔަވައި ހަމައެކަކަށްވެސް އެބޭކަލުން ބިރުފުޅުގެން ވަޑައިނުގަންނަވައެވެ. (އޭ رسول ﷲ އެވެ. ކަލޭގެފާނީވެސް އެފަދަ ބޭކަލެކެވެ. މީސްތަކުން ކިޔައިފާނޭ އެއްޗަކަށް ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމައެކަނި ﷲ އަށް ބިރުފުޅުގެ ވަޑައިގަންނަވާށެވެ.) އަދި ކަންތައްތައް ބަލަހައްޓަވާ ހިސާބުކުރައްވާ ފަރާތެއްކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. * ދަންނައެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ ކައިވެނި ކުރެއްވީމާ ބައެއް މީހުން ކިޔަންފެށީ محمد ގެ ފާނު އެކަލޭގެފާނުންގެ ދަރިއަކު އިން މީހަކާއި އިނދެފިއެވެ. މިކަމާގުޅިގެން މީގެ ފަހުގެ آية ބާވައިލެއްވިއެވެ. އެއާޔަތުގެ މާނައީ:
مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَۗ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا
Open ayah 33:40محمد ގެފާނީ ކަލޭމެން ބޮޑެތި ފިރިހެނުންކުރެ އެކެއްގެ ބައްޕަކަމުގައިވެސް ނުވެއެވެ. އަދި އެހެނެއްކަމަކު އެއީ ﷲ ގެ رسول އާއެވެ. އަދި نبي ކަން حتم ކުރެއްވިމާތް ކަލޭގެފާނެވެ. އަދި ހުރިހާއެޗެއް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ ٱللَّهَ ذِكۡرٗا كَثِيرٗا
Open ayah 33:41އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް ގިނަގިނައިން ذِكْر ކުރާށެވެ! ގިނަގިނައިން ކަލޭމެން ﷲ މަތިން ހަނދާންކުރާށެވެ!
وَسَبِّحُوهُ بُكۡرَةٗ وَأَصِيلًا
Open ayah 33:42އަދި ހެނދުނާއި ހަވީރު އެކަލާނގެ ޙަޟްރަތަށް تَسْبِح ކިޔާށެވެ. އެކަލާނގެ ހުސްޠާހިރުވަންތަކުރާށެވެ!
هُوَ ٱلَّذِي يُصَلِّي عَلَيۡكُمۡ وَمَلَٰٓئِكَتُهُۥ لِيُخۡرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَكَانَ بِٱلۡمُؤۡمِنِينَ رَحِيمٗا
Open ayah 33:43އަދި ކަލޭމެންގެ މައްޗަށް ރަޙުމަތްލައްވާނީ ހަމަ އެކަލާނގެއެވެ. އަދި އެކަލާނގެ މަލާއިކަތްބޭކަލުން ކަލޭމެންގެ ފާފަފުއްސެވުމަށާއި ރަޙުމަތްލެއްވުމަށް ދުޢާ ކުރައްވައެވެ. އެއީ އުރެދުމާއި ޖާހިލުކަމުގެ އަނދިރީން ކަލޭމެންނެރެ ކިޔަމަންތެރިކަމާއި ތެދުމަގުގެ އަލިކަމުގެ ތެރެއަށް ކަލޭމެންވެއްދުމަށްޓަކައެވެ. އަދި މުއުމިނުންނާއި މެދު ﷲ ވޮޑިގެންވަނީ ރަޙުމަތްލައްވާ އޯގާވަންތަ ކަލަކުކަމުގައެވެ.
تَحِيَّتُهُمۡ يَوۡمَ يَلۡقَوۡنَهُۥ سَلَٰمٞۚ وَأَعَدَّ لَهُمۡ أَجۡرٗا كَرِيمٗا
Open ayah 33:44އަދި އެމީހުން - އެބަހީ مُؤمِنން އެކަލާނގެއާއި ބައްދަލުވާ ދުވަހުގެ تَحِيَّة އަކީ سلام އެވެ. (ﷲ تَعَا لى އެންމެހައި مُؤمِنންނަށް سلام وَحِي ކުރައްވައި އެންމެހައި ބިރުތަކުން ސަލާމަތް ވެގެންވާކަމުގެ خَبَرُ ދެއްވާނެކަމުގައިވެއެވެ. والله أعلم.) އަދި އެކަލާނގެ އެމީހުންޓަކައި މާތްވެގެންވާ ދަރުމައެއް ތައްޔާރުކުރެއްވިއެވެ. (އެއީ ސުވަރުގެއާއި އެތާނގެ نعمة ތަކެވެ.
يَٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَرۡسَلۡنَٰكَ شَٰهِدٗا وَمُبَشِّرٗا وَنَذِيرٗا
Open ayah 33:45އޭ نبيއާއެވެ! (ﷺ) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމައިގެން މިފޮނުއްވީ ހެކިވެވަޑައި ގަންނަވާ ބޭކަލަކުކަމުގައްޔާއި އަދި އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. (އެކަލޭގެފާނު ހެކި ދެއްވާނީ އެކަލޭގެފާނުންގެ أمة ގެ ތެރެއިން އެކަލޭގެފާނު ތެދުކޮށް އެކަލޭގެފާނަށް إيمان ވި ކޮންމެ މީހަކަށެވެ. އަދި އެކަލޭގެފާނު ދޮގުކޮށް އެކަލޭގެފާނަށް ކާފަރުވި ކޮންމެ މީހެއްގެ މައްޗަށެވެ. އެބަހީ އެމީހަކާއި އިދިކޮޅަށެވެ.)
وَدَاعِيًا إِلَى ٱللَّهِ بِإِذۡنِهِۦ وَسِرَاجٗا مُّنِيرٗا
Open ayah 33:46އަދި ކަލޭގެފާނު ފޮނުއްވިގެންވަނީ ﷲ ގެ އަޅުތަކުންނަށް توحيد ގެ މަގަށާއި إيمان ކަމާއި ދެންވެސް دين އަށް ގޮވާލައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި އަލިކުރާ ބައްތިއެއްކަމުގައެވެ. (އެއީ މަގުފުރެދުމާ جاهل ކަމުގެ އަނދިރިކަމަށް އަލިކޮށްދޭ هَادِىއެއްގެ ގޮތުގައެވެ.)
وَبَشِّرِ ٱلۡمُؤۡمِنِينَ بِأَنَّ لَهُم مِّنَ ٱللَّهِ فَضۡلٗا كَبِيرٗا
Open ayah 33:47އަދި مؤمن ތަކުންނަށް ﷲ ގެ حضرة ގައި ބޮޑުވެގެންވާ މާތްކަމެއްވާ ކަމުގައި ކަލޭގެފާނު އެމީހުންނަށް خبر ދެއްވާށެވެ.
وَلَا تُطِعِ ٱلۡكَٰفِرِينَ وَٱلۡمُنَٰفِقِينَ وَدَعۡ أَذَىٰهُمۡ وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلٗا
Open ayah 33:48(އޭ رسول الله އެވެ!) އަދި ކާފަރުތަކުންނާއި منافق ންނަށް ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައިނުގަންނަވާށެވެ. އަދި އެމީހުންގެ ފަރާތުން އަންނަ އުނދަގޫތަކަށް އަޅައިނުލާށެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާށެވެ. އަދި الله އަށް وكيل ކުރައްވާށެވެ! އެކަލާނގެއަށް އިތުބާރުކުރައްވާށެވެ! އަދި وكيل ކުރެވޭ ފަރާތެއްކަމުގައި الله ފުދި ވޮޑިގެންވެއެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نَكَحۡتُمُ ٱلۡمُؤۡمِنَٰتِ ثُمَّ طَلَّقۡتُمُوهُنَّ مِن قَبۡلِ أَن تَمَسُّوهُنَّ فَمَا لَكُمۡ عَلَيۡهِنَّ مِنۡ عِدَّةٖ تَعۡتَدُّونَهَاۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحٗا جَمِيلٗا
Open ayah 33:49އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން مؤمن އަންހެނުންނާ އިނދެފައި އެބަހީ - ކައިވެނި عقد ކޮށްފައި - އެކަނބަލުންނާއި جماع ވުމުގެ ކުރިން ވަރިކޮށްފިއްޔާ ކަލޭމެންނަށްޓަކައި ހަމަކުރާނެ عدة އެއް އެކަނބަލުންގެ މައްޗަކަށް ވާޖިބުވެގެންނުވެއެވެ. عدة ހަމަކުރުމެއްނެތެވެ. ދެން ކައިވެނި عقد ކުރިކަމަށްޓަކައި މުދަލުގެ ތެރެއިން ކޮންމެވެސް މިންވަރެއް އެކަނބަލުން ބޭނުން ކޮށްލަން ދޭށެވެ. (ބައެއް ބޭކަލުން ވިދާޅިވަނީ ކައިވެނި ރަން ކަނޑައެޅިފައި އޮތްނަމަ އޭގެ ދެބައިކުޅަ އެއްބައި ދިނުމަށެވެ. ރަން ކަނޑައެޅިފައި ނެތްނަމަ ކޮންމެވެސް މިންވަރެއްގެ މުދަލެއް ދިނުމެވެ. އަދި އެއީ ފިރިހެންމީހާގެ ފޯރުންތެރިކަން ހުރިވަރަކުން ދެވޭދިނުމެކެވެ. އެއީ واجب އެއްކަމުގައި ބައެއް مفسرން ވިދާޅުވެއެވެ. والله أعلم ދެން އެކަނބަލުން އެކަނބަލުންގެ އަހުލުވެރިން ގާތަށް ދިއުމަށް ރިވެތި ގޮތުގައި އުނދަގުލަކާ ނުލައި އިޒުނަދޭށެވެ.
يَٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَحۡلَلۡنَا لَكَ أَزۡوَٰجَكَ ٱلَّٰتِيٓ ءَاتَيۡتَ أُجُورَهُنَّ وَمَا مَلَكَتۡ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيۡكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّٰتِي هَاجَرۡنَ مَعَكَ وَٱمۡرَأَةٗ مُّؤۡمِنَةً إِن وَهَبَتۡ نَفۡسَهَا لِلنَّبِيِّ إِنۡ أَرَادَ ٱلنَّبِيُّ أَن يَسۡتَنكِحَهَا خَالِصَةٗ لَّكَ مِن دُونِ ٱلۡمُؤۡمِنِينَۗ قَدۡ عَلِمۡنَا مَا فَرَضۡنَا عَلَيۡهِمۡ فِيٓ أَزۡوَٰجِهِمۡ وَمَا مَلَكَتۡ أَيۡمَٰنُهُمۡ لِكَيۡلَا يَكُونَ عَلَيۡكَ حَرَجٞۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا
Open ayah 33:50އޭ نبي އާއެވެ! (ﷺ) ކަލޭގެފާނު އެކަނބަލުންނަށް ކައިވެނި ރަން ދެއްވައިގެން ކައިވެނި ކުރައްވާފައިވާ އަނބިއަނބިކަނބަލުން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް حلال ކޮށްދެއްވައިފީމެވެ. އަދި ކަލޭގެފާނުންގެ ކަނާތް ملك ކުރައްވާފައިވާ އަންހެނުންވެސް حلال ކުރައްވައިފިމެވެ. (އެއީ غنيمة ގެ ގޮތުން ކާފަރުންގެ އަތުން ކަލޭގެފާނަށް الله ރައްދުކޮށްދެއްވާފައިވާ އަންހެނުންނެވެ. އަޅުންނެވެ. އަދިކަލޭގެފާނުންގެ ބަފައިފުށުގެ ބޮޑުބޭބެގެ އަންހެންދަރިންނާއި ބަފައިފުށުގެ ބޮޑުދައިތައިންގެ އަންހެންދަރިންނާއި އަދި މައިފުށުގެ ބޮޑުބޭބެއިންގެ އަންހެންދަރިންނާއި އަދި މައިފުށުގެ ބޮޑުދައިތައިންގެ އަންހެންދަރިންނާއި (މި އަންހެނުންގެ ތެރެއިން) ހިޖްރައަށް ދިޔަ ކޮންމެ އަންހެނަކާ ކަލޭގެފާނު އެ ދިވަޑައިގެންފިއްޔާ ކައިވެނި ކުރެއްވުން ހުއްދައެވެ. ނަމަވެސް ހިޖްރައަށް ނުދާ އަންހެނެއް ހުއްދައެއް ނުވާނެއެވެ. އަދި މުއުމިނު އަންހެނަކު އޭނާގެ ނަފްސު (ނަބިއްޔާ އެދިވަޑައިގަންނަވަންޏާ) ނަބީޔާއަށް ހިބަކޮށްދެއްވި ކޮންމެ އަންހެނެއް ޙަލާލު ވެގެންވެއެވެ. (ނަފުސު ހިބަކޮށްދެއްވުމަކީ އެއްވެސް ކައިވެނި ރަނެއް ނެތި އެމީހެއްގެ ނަފްސު ނަބިއްޔާއަށް ހިބަކޮށްދެއްވުމެވެ.) އެފަދަ އަންހެނުންނާއިވެސް ކަލޭގެފާނު އެދިވަޑައިގެންފިއްޔާ ކައިވެނި ޙަލާލުވެގެންވެއެވެ. އެކަމަކު މިއީ ހަމައެކަނި ކަލޭގެފާނަށް ޚާއްސަ ވެގެންވާ ކަމެކެވެ. މުއުމިނު އެހެންމީހުންނަކަށް ނުވާނެއެވެ. (މުއުމިނު އެހެންމީހުންނަށް ކައިވެނި ކުރާއިރު އަންހެނާގެ ރަން ކަނޑައެޅިފައި އޮންނަންވާނެއެވެ.) އަދި ހަމަކަށަވަރުން މުއުމިނުންގެ މައްޗަށް އެބައިމީހުންގެ އަނބީންނާއިމެދު ކަނޑައެޅި ފަރުޟުވެގެންވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގަންނަވަނެވެ. (ދެ ހެކީންނާއި ވަލީވެރިއަކާ ކައިވެނީގެ ރަނާއިއޮވެގެންމެނުވީ އެމީހުންކާވެނި ކުރުމެއްނެތެވެ.) އަދި އެމީހުންގެ އަޅުންނާއިމެދު ފަރުޟު ވެގެންވާކަންތައްތައްވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. މިކަންތައްތައް މިގޮތުގެމަތީން ހަމަޖެއްސެވީ ކަލޭގެފާނުންގެ މައްޗަށް އެއްވެސް ދަތިކަމެއް ނުއޮތުމަށްޓަކައެވެ. އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތްލެއްވުން ބޮޑުކަލަކުކަމުގައެވެ.
۞تُرۡجِي مَن تَشَآءُ مِنۡهُنَّ وَتُـٔۡوِيٓ إِلَيۡكَ مَن تَشَآءُۖ وَمَنِ ٱبۡتَغَيۡتَ مِمَّنۡ عَزَلۡتَ فَلَا جُنَاحَ عَلَيۡكَۚ ذَٰلِكَ أَدۡنَىٰٓ أَن تَقَرَّ أَعۡيُنُهُنَّ وَلَا يَحۡزَنَّ وَيَرۡضَيۡنَ بِمَآ ءَاتَيۡتَهُنَّ كُلُّهُنَّۚ وَٱللَّهُ يَعۡلَمُ مَا فِي قُلُوبِكُمۡۚ وَكَانَ ٱللَّهُ عَلِيمًا حَلِيمٗا
Open ayah 33:51ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންގެ ތެރެއިން ކަލޭގެފާނު އެދިވަޑައަގަންނަވާ ބޭކަނބަލަކު ފަސް ކުރެއްވުމާއި އަދި އެދިވަޑައި ގަންނަވާ ބޭކަނބަލުން އަރިހަށް ގެންނެވުން ކަލޭގެފަނަށް إختيار ލިބިވަޑައި ގެންވެއެވެ. އަދި ރޭތަށް ބެއްސެވުމުގައި ކަލޭގެފާނު އެކަނބަލުން ވަކިކުރަށްވާ ދުރުކުރަށްވާފައި ކަނބަލުންގެ ތެރެއިން ކަނބަލުން އަލުންބެއްސެވުމުގެ ތެރެއަށް ލެށްވުންވެސް ކަލޭގެފާނުގެ މަށްޗަށް ކުށެއްނެތެވެ. އެގޮތްތަށް ކަލޭގެފާނު إختيار ކުރެއްވުން އެކަނބަލުންގެ ރުހިވަޑައިގަތުންމާ ގާތްވެގެންވެއެވެ. އެހެނީ إختيار އަކީ ތިމަންރަސްކަލާނގެ ދެއްވި إختيار އެއްކަން އެކަނބަލުންނަށް އެގިވަޑައިގަތީމާ އެކަނބަލުން އެކަމަކާ ހިތްޕުޅުތަށް ހަމަޖެހުން ގާތްވެގެންވެއެވެ. އަދި ކަލޭގެފާނު އެއްބޭކަނބަލަކަށްވުރެ ބޮޑަށް އަނެއްބޭކަނބަލަކު އިސްކުރެއްވުމަކުން އެކަނބަލުންގެ މެދުގައި ހިތާމަފުޅު ނުހުންނާނެއެވެ. އަދި އެއިން ކޮންމެ ބޭކަނބަލަކަށް ލިބިވަޑައިގެންނެވި ނަސީބަކަށް ރުހިވަޑައިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އަންހެނުންގެ ކަންތަކާމެދު ހިނގާ ހިޔާލުތައް ﷲ ދެނެވޮޑިގެންވެއެވެ. އަދި ﷲ ވޮޑިގެންވަނީ ހުރިހާއެއްޗެއް ދެނެވޮޑިގެންވާ އަދި عُقُوْبَة ދެއްވުން ލަސްވެގެންވާ ކަލަކުކަމުގައެވެ.
لَّا يَحِلُّ لَكَ ٱلنِّسَآءُ مِنۢ بَعۡدُ وَلَآ أَن تَبَدَّلَ بِهِنَّ مِنۡ أَزۡوَٰجٖ وَلَوۡ أَعۡجَبَكَ حُسۡنُهُنَّ إِلَّا مَا مَلَكَتۡ يَمِينُكَۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ رَّقِيبٗا
Open ayah 33:52(އޭ نبي الله ﷺ އެވެ!) މިއާޔަތް ބާވައިލެއްވުމަށްފަހު ދެން ކަލޭގެފާނު އިތުރު ކައިވެނި ކުރައްވައި މިހާރު ތިއްބެވި ވަރަށްވުރެ ގިނަ އަނބިން حلال ވެގެންނުވެއެވެ. އަދި ތިއްބެވި އަނބިން ބަދަލު ކުރެއްވުމެއްވެސް حلال ވެގެން ނުވެއެވެ. (އެބަހީ ތިއްބެވި ތަނުން އަނތްބަކު ވަރިކުރައްވާފައި އެހެން އަންހެނަކާ އިދެ ކުރީއޮތް عدد ހަމަކުރުމެއްވެސް ނެތެވެ.) ކައިވެނި ބައްލަވައިގަތުމަށް خيال ކުރައްވާ އަންހެނެއްގެ ރީތިކަމާއިމެދު عجائب ވެވަޑައިގެންނެވިނަމަވެސް އެކަން ދެން ހުއްދައެއްނޫނެވެ. އެހެންނަމަވެސް އަޅު އަންހެނުން އުނިއިތުރު ކުރެއްވުން ހުއްދައެވެ. އަދި ﷲ ވޮޑިގެންވަނީ ކޮންމެ ކަމެއްގެ މައްޗަށް ރައްކާތެރިވެވޮޑިގެން ރަނގަޅަށް ބައްލަވާ ކަލަކުކަމުގައެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتَ ٱلنَّبِيِّ إِلَّآ أَن يُؤۡذَنَ لَكُمۡ إِلَىٰ طَعَامٍ غَيۡرَ نَٰظِرِينَ إِنَىٰهُ وَلَٰكِنۡ إِذَا دُعِيتُمۡ فَٱدۡخُلُواْ فَإِذَا طَعِمۡتُمۡ فَٱنتَشِرُواْ وَلَا مُسۡتَـٔۡنِسِينَ لِحَدِيثٍۚ إِنَّ ذَٰلِكُمۡ كَانَ يُؤۡذِي ٱلنَّبِيَّ فَيَسۡتَحۡيِۦ مِنكُمۡۖ وَٱللَّهُ لَا يَسۡتَحۡيِۦ مِنَ ٱلۡحَقِّۚ وَإِذَا سَأَلۡتُمُوهُنَّ مَتَٰعٗا فَسۡـَٔلُوهُنَّ مِن وَرَآءِ حِجَابٖۚ ذَٰلِكُمۡ أَطۡهَرُ لِقُلُوبِكُمۡ وَقُلُوبِهِنَّۚ وَمَا كَانَ لَكُمۡ أَن تُؤۡذُواْ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓاْ أَزۡوَٰجَهُۥ مِنۢ بَعۡدِهِۦٓ أَبَدًاۚ إِنَّ ذَٰلِكُمۡ كَانَ عِندَ ٱللَّهِ عَظِيمًا
Open ayah 33:53އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެއުމުގެ دعوة އަކަށް إذن ލިބިގެން މެނުވީ ކަލޭމެން نبي އާގެ ގެކޮޅުތަކަށް ނުވަންނާށެވެ. އަދި އެއެއްޗެއް ކެއުމުގެ ކުރިން ގޮސް ކެކެންދެން إنتظار ކުރުމަށް އެތަންތާ ނުތިބޭށެވެ! އަދި އެހެންނަމަވެސް އެފަދަ ޖާފަތަކަށް ކަލޭމެނަށް ގޮވައިލެވިއްޖެއްޔާ ދެން އެގެކޮޅުތަކަށް ވަންނާށެވެ! ދެން ކައި ނިމުނީމާ އަވަހަށް ނުކުމެ އެމީހަކު ބޭނުންތާކަށް ދިއުމަށް އަވަސްވެގަންނާށެވެ. ކައިނިމިގެން އަނގަތަޅަން (ކައިގެން ސަޅިކަނޑަން) އެތާ ނުތިބޭށެވެ. ހަމަކަށަވަރުން އެކަންތަކުން نبي އާއަށް ދަތިފުޅުވެއެވެ. ފަހެ އެކަލޭގެފާނު ލަދުފުޅުގެންވަޑައިގަންނަވާތީ ކަލޭމެންނާ ދިމާއަށް އެވާހަކަ ވިދާޅުނުވަނީއެވެ. އެހެންނަމަވެސް حق ކަމާއިމެދު ﷲ ލަދުވެތިވޮޑިގެންނުވެއެވެ. އަދި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންކުރެ ބޭކަނބަލެއްގެ ފަރާތުން އެއްޗެއް ހޯއްދެވުމަށް އެދިގެން އެއްޗެއް ދަންނަވަން ވިޔަސް ފަރުދާގެ އަނެއްފަރާތުން ކަލޭމެން އެކަނބަލުންނާ ވާހަކަދައްކާށެވެ! އެގޮތް ކަލޭމެންގެ ހިތްތަކަށާއި އެކަނބަލުންގެ ހިތްތަކަށް طاهر ކަންބޮޑެވެ. އެއްވެސް ގޮތަކުން ﷲ ގެ رسول އާއަށް އުނދަގޫކުރުމަކީ ކަލޭމެންގެ މައްޗަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި އެކަލޭގެފާނަށްފަހު އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނާއި ކައިވެނި ކުރުންވެސް ކަލޭމެނަށް ހުއްދަވެގެންނުވެއެވެ. އެއީ ދުވަހަކުވެސް حلال ކަމެއްނޫނެވެ. އެކަންކަމަކީ ﷲ حضرة ގައި ބޮޑެތިވެގެންވާ ކަންކަމެވެ.
إِن تُبۡدُواْ شَيۡـًٔا أَوۡ تُخۡفُوهُ فَإِنَّ ٱللَّهَ كَانَ بِكُلِّ شَيۡءٍ عَلِيمٗا
Open ayah 33:54އަދި ކަލޭމެންގެ ހިތުގެ ތެރޭގައި ކަމެއް ވަންހަނާކުރިޔަސް އަދި ނުވަތަ އެކަމެއް ފައުޅުކުރިޔަސް ﷲ އެހުރިހާ ކަމެއް ދެނެވޮޑިގެންވާ ކަމުގައިވިއެވެ. (މި އާޔަތް ބާވައިލެއްވުނު ސަބަބެއްކަމުގައިވަނީ أصحاب ބޭކަލުންކުރެ ބައެއްބޭކަލުން ވިދާޅުވި ބަސްފުޅަކާއި ގުޅިގެންކަމުގައިވެއެވެ. އެއީ رسول الله ﷺ އަވަހާރަވުމުން އެކަލޭގެފާނުންގެ ބައެއް އަނބިއަނބިކަނބަލުންނާއި ބައެއް أصحاب ބޭކަލުން ކައިވެނިފުޅު ބައްލަވައި ގަތުމުގެ خيال ފުޅުވާކަމުގައި ވިދާޅުވެވުން ކަމުގައިވެއެވެ. والله أعلم.)
لَّا جُنَاحَ عَلَيۡهِنَّ فِيٓ ءَابَآئِهِنَّ وَلَآ أَبۡنَآئِهِنَّ وَلَآ إِخۡوَٰنِهِنَّ وَلَآ أَبۡنَآءِ إِخۡوَٰنِهِنَّ وَلَآ أَبۡنَآءِ أَخَوَٰتِهِنَّ وَلَا نِسَآئِهِنَّ وَلَا مَا مَلَكَتۡ أَيۡمَٰنُهُنَّۗ وَٱتَّقِينَ ٱللَّهَۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيۡءٖ شَهِيدًا
Open ayah 33:55އަންނަނިވި މީސްމީހުންނާ حِجَاب އެއްނެތި - ހުރަހެއްނެތި - ބައްދަލުކޮށް ވާހަކަ ދައްކައި ހެދުމަކީ رَسُوْلُ الله صَلَّي الله عَلَيه وَسَلَّم ގެ އަނބިއަނބި ކަނބަލުންގެ މައްޗަށް ކުށެއް އޮތް ކަމެއް ނޫނެވެ. އެއީ އެކަނބަލުންގެ ބަފައިން އެކަނބަލުންގެ ފިރިހެން ދަރިން އެކަނބަލުންގެ އަޚުން އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިން އެކަނބަލުންގެ އުޚްތުންގެ ފިރިހެންދަރިން އާންމުކޮށް އަންހެނުން އެކަނބަލުންގެ އަޅު ފިރިހެން ކުދިން މިމީސްމީހުންނާ حِجَاب އެއްނެތި ބައްދަލުކޮށް ވާހަކަ ދައްކައިހެދުން އެކަނބަލުންނަށް ހުއްދައެވެ. އަދި ކޮންމެ ކަމެއްގައިވެސް އެކަނބަލުން الله އަށް ތަޤުވާވެރިވުން ހުއްޓެވެ. ހަމަކަށަވަރުން ކޮންމެ އެއްޗެއްގެ މައްޗަށް الله ހެކިވެވޮޑިގެންވެއެވެ.
إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِيِّۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا
Open ayah 33:56ހަމަކަށަވަރުން الله އާއި އެކަލާނގެ މަލާއިކަތް ބޭކަލުން ނަބިއްޔާގެ މައްޗަށް صَلَواة ލައްވައެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެންވެސް ނަބިއްޔާ صَلَّي الله عَلَيه وَسَلَّم ގެ މައްޗަށް صَلَواة ކިޔަވާށެވެ. އަދި އެކަލޭގެފާނުންގެ މައްޗަށް ކަލޭމެން ސަލާމްކިޔާށެވެ. (الصَّلاة وَالسَّلام عَلَي رَسُوْلِ الله...)
إِنَّ ٱلَّذِينَ يُؤۡذُونَ ٱللَّهَ وَرَسُولَهُۥ لَعَنَهُمُ ٱللَّهُ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَأَعَدَّ لَهُمۡ عَذَابٗا مُّهِينٗا
Open ayah 33:57ހަމަކަށަވަރުން الله އަށާއި އެކަލާނގެ ރަސޫލާއަށް އުނދަގޫކުރާ މީހުން ދަންނައެވެ. ދުނިޔެއާއި އާޚިރަތުގައިވެސް الله އެމީހުންގެ މައްޗަށް لَعُنَة ލައްވާހުއްޓެވެ. އަދި އިހާނާތްތެރި ވެގެންވާ ޢަޒާބެއް އެމީހުންނަށް އެކަލާނގެ ތައްޔާރު ކުރެއްވިއެވެ. * ދަންނައެވެ. الله އަށް އުނދަގޫ ކުރުމަކީ އެކަލާނގެއަށް شَرِيك ކުރުމާއި އެކަލާނގެއަށް ދަރިން ނިސްބަތްކުރުމާއި ދެންވެސް އެބާވަތުގެ އެންމެހައި ކަންކަމެވެ. رَسُوْلُ الله صَلَّي الله عَلَيه وَسَلَّم އަށް އުނދަގޫ ކުރުމަކީ އެކަލޭގެފާނަށް އީމާންނުވުމާއި އެކަލޭގެފާނު އިސްތަށިފުޅު ފަޅައިލުމާއި ދަތްޕުޅު ބިންދައިލުމާއި އެކަޅޭގެފާނަކީ މޮޔައެކޭ ކިޔުމާއި ޅެންވެރިއެކޭ ކިޔުމާއި ދޮގުވެރިއެކޭ ކިޔުމާއި ސިހުރުވެރިއެކޭ ކިއުމާއި ދެންވެސް އެބާވަތުގެ އެއްޗެތި ކިއުމާއި އެބާވަތުގެ ކަންތައްތައް ކުރުމެވެ.
وَٱلَّذِينَ يُؤۡذُونَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ بِغَيۡرِ مَا ٱكۡتَسَبُواْ فَقَدِ ٱحۡتَمَلُواْ بُهۡتَٰنٗا وَإِثۡمٗا مُّبِينٗا
Open ayah 33:58އަދި مُؤْمن ފިރިހެނުންނަށާއި مُؤْمن އަންހެނުންނަށް އެމީހުންކުރި އެއްވެސް ކަމަކާނުލައި އެއްވެސް ޙައްޤެއް ނެތި އުނދަގޫކުރާމީހުން ދަންނައެވެ. އެމީހުން އެބުނަނީ ބޮޑުވެގެންވާ ދޮގެކެވެ. އަދި އެކުރީ ބަޔާންވެގެންވާ ގޮތުގައި ފާފަވެރިވާނޭކަމެކެވެ.
يَٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلۡمُؤۡمِنِينَ يُدۡنِينَ عَلَيۡهِنَّ مِن جَلَٰبِيبِهِنَّۚ ذَٰلِكَ أَدۡنَىٰٓ أَن يُعۡرَفۡنَ فَلَا يُؤۡذَيۡنَۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا
Open ayah 33:59އޭ ނަބިއްޔާ ﷺ އެވެ! ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނަށާއި އަދި ކަލޭގެފާނުންގެ ދަރިދަރިކަނބަލުންނަށާއި އަދި މުއުމިނު އަންހެނުންތަކަށް އެކަނބަލުންގެ جِلْبَاب ތައް ގާތްކޮށް އެއްކޮށް ދަތިޖެހުމަށް ވިދާޅުވާށެވެ. (جِلْبَاب އަކީ މުޅިހަށިގަނޑު ނިވާވާގޮތަށް ހުންނަ ހެދުމެކެވެ. އެއީ މަގު ހިނގުމަށްޓަކައެވެ.) އަދި جِلْبَاب އެގޮތަށް ހަދާފައި ބެހެއްޓުމުން އަޅުއަންހެނުންނަށާއި މިނިވަން އަންހެނުންނާ ވަކިކޮށް ފަރަގުކުރުމަށް އެނގުން ގާތްވެގެންވެއެވެ. ދެންއޭރުން (އަޅު އަންހެނުންނާއި، ހިލޭފިރިހެނުން ދިމާކުރާގޮތަށް) މުއުމިނު އަންހެނުންނާއި ދިމާކޮށް އުނދަގޫ ނުކުރާނެއެވެ. އަދި الله ވޮޑިގެންވަނީ ގިނަގިނައިންފާފަފުއްސަވާ ރަޙުމަތްލެއްވުން ބޮޑުވެގެންވާ ކަލަކު ކަމުގައެވެ.
۞لَّئِن لَّمۡ يَنتَهِ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡمُرۡجِفُونَ فِي ٱلۡمَدِينَةِ لَنُغۡرِيَنَّكَ بِهِمۡ ثُمَّ لَا يُجَاوِرُونَكَ فِيهَآ إِلَّا قَلِيلٗا
Open ayah 33:60مُنَافِق ންނާއި އެބައިމީހުންގެ ހިތްތަކުގައި ޝައްކާއި ވަހުމުގެ ބަލިކަށިކަންވާ މީހުންނާއި މަދީނާގައި ތިބެގެން ދޮގު ޚަބަރުފަތުރާ މީހުންނާއި މިމީސްމީހުން އެމީހުންގެ އެނުބައި ޢަމަލުތަކުން ހުއްޓައިނުލައިފިއްޔާ ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުންގެ މައްޗަށް ކަލޭގެފާނު ގަދަކުރައްވައި ވެރިކުރައްވާ ހުށީމެވެ. ދެން އޭރުން އެމީހުން ކަލޭގެފާނާއި އަވައްޓެރިވެގެން (مدينة ގައި) ދާދި ކުޑަ ވަގުތުކޮޅަކު މެނުވީ ނުތިބޭނެއެވެ.
مَّلۡعُونِينَۖ أَيۡنَمَا ثُقِفُوٓاْ أُخِذُواْ وَقُتِّلُواْ تَقۡتِيلٗا
Open ayah 33:61އަދި އެމީހުން ފެނެވުނު ކޮންމެތާކުވެސް އެމީހުންނަށް لعنة ލެވިގެންވެއެވެ. އަދި ފެނެވުނު ކޮންމެ ތާކުން އެމީހުން ހިފައިގަނެވި ކަނޑައެޅިގެން މެރެވޭނެއެވެ.
سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوۡاْ مِن قَبۡلُۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبۡدِيلٗا
Open ayah 33:62އެއީ މީގެ ކުރިން އިސްވެދިޔަ އެބާވަތުގެ މީހުންނާ މެދުވެސް ﷲ ގެ سُنة ހުރިގޮތެވެ. އަދި ﷲގެ އެ أُصُول އައް އެއްވެސް ބަދަލު ވުމެއް ނުފެންނާނެއެވެ.
يَسۡـَٔلُكَ ٱلنَّاسُ عَنِ ٱلسَّاعَةِۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِۚ وَمَا يُدۡرِيكَ لَعَلَّ ٱلسَّاعَةَ تَكُونُ قَرِيبًا
Open ayah 33:63(އޭ رَسُول ﷲ އެވެ.) قِيامة ވާނެ ވަގުތަކާއިމެދު މީސްތަކުން ކަލޭގެފާނާއި سُوَال ކުރެއެވެ. އޭގެ جَوَاب ގައި ކަލޭގެފާނު ވިދާޅުވާށެވެ. އޭގެ އެނގުންވަނީ ހަމަ އެކަނި ﷲގެ حَضْرة ގައެވެ. ކަލޭގެފާނަކަށް އެކަން އަންގަވައި ނުދެއްވައެވެ. قِيامة ވާ ވަގުތު ދާދި ގާތްވެގެންވުން أُمِّيْد ކުރެއެވެ.
إِنَّ ٱللَّهَ لَعَنَ ٱلۡكَٰفِرِينَ وَأَعَدَّ لَهُمۡ سَعِيرًا
Open ayah 33:64ހަމަކަށަވަރުން ﷲ تَعَالى ކާފަރުންނަށް لَعْنَة ލެއްވިއެވެ. އެކަލާނގެ ރަޙުމަތުން ދުރުކުރެއްވިއެވެ. އަދި އެމީހުންނަށްޓަކައި އެކަލާނގެ އަލިފާނެއް ތައްޔާރުކުރެއްވިއެވެ. އެއީ ނަރަކައެވެ.
خَٰلِدِينَ فِيهَآ أَبَدٗاۖ لَّا يَجِدُونَ وَلِيّٗا وَلَا نَصِيرٗا
Open ayah 33:65އެމީހުން އެތާނގައި އަބަދާއަބަދު ދެމިތިބޭނެއެވެ. އަދި ސަހަރޯވެރިއަކު އަދި އެއްވެސް ނަޞްރުވެރިއެއް އެހީތެރިއެއް އެމީހުންނަކަށް ނުވާނެއެވެ.
يَوۡمَ تُقَلَّبُ وُجُوهُهُمۡ فِي ٱلنَّارِ يَقُولُونَ يَٰلَيۡتَنَآ أَطَعۡنَا ٱللَّهَ وَأَطَعۡنَا ٱلرَّسُولَا۠
Open ayah 33:66އެބައިމީހުންގެ މޫނުތައް ނަރަކައިގައި ފިހެވި ފުރެޅުމުންދާ ދުވަހު އެކާފަރުންގެ މީހުންބުނާނެއެވެ. އަހަރެމެންވެސް ﷲ އަށާއި އަދި رَسُوَل އާ އަށް އީމާންވީނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟
وَقَالُواْ رَبَّنَآ إِنَّآ أَطَعۡنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠
Open ayah 33:67އަދި އެމީހުން ބުނާނެއެވެ. އޭއަޅަމެންގެ رَبُّ އެވެ. އަޅަމެން ކިޔަމަންތެރި ވީ އަޅަމެންގެ ވެރިންނަށާއި ބޮޑެތިމީހުންނަށެވެ. (އަޅަމެންގެ މަތީ މީހުންނަށެވެ.) ފަހެ އަޅަމެން މަގުފުރެއްދީ އެމީހުންނެވެ.
رَبَّنَآ ءَاتِهِمۡ ضِعۡفَيۡنِ مِنَ ٱلۡعَذَابِ وَٱلۡعَنۡهُمۡ لَعۡنٗا كَبِيرٗا
Open ayah 33:68އޭ އަޅަމެންގެ رَبُّ އެވެ. އެމީހުންނަށް ޑަބަލް عَذَاب ދެއްވާނދޭވެ. އަދި ބޮޑުވެގެންވާ لَعْنَة އަކުން އެމީހުންނަށް لَعْنَة ލައްވާނދޭވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَكُونُواْ كَٱلَّذِينَ ءَاذَوۡاْ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُواْۚ وَكَانَ عِندَ ٱللَّهِ وَجِيهٗا
Open ayah 33:69އޭ އީމާންވެއްޖެ މީސްތަކުންނޭވެ! مُوْسَى عَلَيه السَلام އަށް އުނދަގޫކުރި މީހުންފަދައިން ކަލޭމެން ނުވާށެވެ! ހަމަކަށަވަރުން އެމީހުން އެކަލޭގެފާނާމެދު ބުނި ވާހަކަތަކުން ﷲ تَعَالى އެކަލޭގެފާނު ބަރީއަ ކުރެއްވިއެވެ. ސަލާމަތްކުރެއްވިއެވެ. އަދި އެކަލޭގެފާނުވަނީ ﷲ ގެ ޙަޟްރަތުގައި قَدَرބޮޑު މާތްބޭކަލަކުކަމުގައެވެ. * ދަންނައެވެ؛ إبن عَبَّاس رَضِيَ الله عَنْهُمَا ގެ އަރިހުން ރިވާކުރައްވައި أَبُوشَيْبَة އާއި إِبْن جَرِيْر އާއި إِبْنُ المُنذِر މިބޭކަލުން ނެރުއްވި حَدِيْث ގެ މާނައިގައި ވެއެވެ. مُوْسَى عَلَيه السَلام އާއި ދިމާއަށް بني إِسْرَائيل ގެ ބަޔަކުބުންޏެވެ. އެކަލޭގެފާނީ އުރަވަޅި ބޮޑުމީހެކެވެ. ދެން مُوْسَى عَلَيه السَلام އެއްދުވަހަކު ނާނޭފުޅުފިއްލަވަން صَحْرَاء އަށް ނުކުމެވަޑައިގެން ފޭރާންކޮޅު ބާލުއްވައި ހިލައެއްގެ މަތީގައި ބޭއްވިއެވެ. ދެން ފަހެ އެހިލަ ހެދުންކޮޅު ހިފައިގެން ދާންފަށައިފިއެވެ. އޭގެފަހަތުން مُوْسَى عَلَيه السَلام ވަޑައިގަންނަވައެވެ. އެހިލަ ގޮސް بني إسرائيل ގެމީހުންގެ جماعة އެއް ތިބިހިސާބަށް ހިނގައްޖެއެވެ. އަދި އެމީހުން مُوْسَى ގެފާނު ޢުރިޔާނުން ހުންނެވިތަން ދެކެފިއެވެ. އެހިނދު އެކަލޭގެފާނު އުރަވަޅި ބޮޑުނޫންކަން އެމީހުންނަށް އެނގިއްޖެއެވެ. މިآية ގެ تفسير ގައި مفسرން މިވާހަކަ ލިޔުއްވާފައިވެއެވެ. والله أعلم. = زبة التفسير =
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَقُولُواْ قَوۡلٗا سَدِيدٗا
Open ayah 33:70އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ. އެކަލާނގެއަށް تقوى ވެރިވާށެވެ. އަދި ސީދާ حق ތެދުބަސް ބުނާށެވެ.
يُصۡلِحۡ لَكُمۡ أَعۡمَٰلَكُمۡ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدۡ فَازَ فَوۡزًا عَظِيمًا
Open ayah 33:71އޭރުން ކަލޭމެންގެ عمل ތައް އެކަލާނގެ ރަނގަޅު صالح عمل ކަމުގައި ލައްވާނެތެވެ. އަދި އެކަލާނގެ ކަލޭމެންގެ ފާފަތައް ފުއްސަވާ ހުއްޓެވެ. އަދި ﷲ އާއި އެކަލާނގެ رسول އަށް ކިޔަމަންތެރިވެއްޖެ މީހާ (ދަންނައެވެ.) ހަމަކަށަވަރުން އޭނާ ބޮޑުވެގެންވާ نصيب ލިބިގެންފިކަން ކަށަވަރެވެ.
إِنَّا عَرَضۡنَا ٱلۡأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱلۡجِبَالِ فَأَبَيۡنَ أَن يَحۡمِلۡنَهَا وَأَشۡفَقۡنَ مِنۡهَا وَحَمَلَهَا ٱلۡإِنسَٰنُۖ إِنَّهُۥ كَانَ ظَلُومٗا جَهُولٗا
Open ayah 33:72أمانة އުފުލުމަށްޓަކައި ހަމަކަށަވަރުން އުޑުތަކާއި ބިމަށާއި އަދި ފަރުބަދަތަކަށް ތިމަންރަސްކަލާނގެ ހުށައެޅުއްވީމެވެ. ފަހެ އެތަކެތި އެ أمانة އުފުލުމުން منع ވެގެންފިއެވެ. އަދި އެކަމާމެދު ބިރުވެތިވެއްޖެއެވެ. އަދި އިންސާނާ އެ أمانة އުފުލިއެވެ. ހަމަކަށަވަރުން އޭނާވީ އަނިޔާވެރިކަން ބޮޑު އަދި جاهل ކަންވެސް ބޮޑު މީހަކުކަމުގައެވެ. * ދަންނައެވެ. މިއާޔަތުގައި މިވާ އަމާނަތުގެ މާނަ مفسر ން ތަފާތުކޮށް ވިދާޅުވެއެވެ. ބައެއްބޭކަލުން ވިދާޅުވަނީ- އެއީ طاعة يعني ކިޔަމަންތެރިކަން- ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ شريعة ގެ فرض ތައްކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ شريعة ގެ އެންމެހައި تكليف ތައް- يعني ބުރަތައް- ކަމަށެވެ. އަދި މިނޫންގޮތް ގޮތަށްވެސް ކިޔާފައިވެއެވެ. * އުޑުތަކާއި ބިން އަދި ފަރުބަދަތައް އެކަމުން منع ވެގަތްކަމުގައިވިއެވެ. އަދި އެ أمانة އުފުލި މީހަކަށް ހުރިމާތްކަމާއި މަތިވެރިކަން ﷲ بيان ކޮށްދެއްވައި އަދި އެކަމާ حوال ވެފައި އެކަން ފުރިހަމައަށް އަދާ ނުކުރި މީހަކަށް ހުރި عذاب އާއި ކޯފާއެންގެވުމުން ފުރިހަމަގޮތުގައި އެ أمانة އަދާ ނުކުރެވިދާނެތީއެވެ. އެހެންވެ އެތަކެތި އެމާބިރުވެތިވީއެވެ. މިވާހަކަތަކާއި ބެހޭ حديث ތައް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. މިފޮތް ކުޑަކަމުން އެވާހަކަތަކުގެ ތެރެއަށް ނުވަދެވުނީއެވެ. وبالله التوفيق.
لِّيُعَذِّبَ ٱللَّهُ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡمُشۡرِكِينَ وَٱلۡمُشۡرِكَٰتِ وَيَتُوبَ ٱللَّهُ عَلَى ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمَۢا
Open ayah 33:73(إنسان އާ އެ أمانة އުފުލީ) މުނާފިގު ފިރިހެނުންނަށާއި މުނާފިގު އަންހެނުންނަށް އަދި مشرك ފިރިހެނުންނަށާއި އަދި مشرك އަންހެނުންނަށް عذاب ދެއްވުމަށްޓަކައެވެ. އަދި مؤمن ފިރިހެނުންނަށާއި مؤمن އަންހެނުންގެ މައްޗަށް ﷲ توبة ލެއްވުމަށްޓަކައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.