الواقعة

Al-Waaqia

The Inevitable · Surah 56 · Ayahs: 96 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. إِذَا وَقَعَتِ ٱلۡوَاقِعَةُ

    Open ayah 56:1

    قِيَامَة ޤާއިމު ވެއްޖެއްޔާ.

  2. لَيۡسَ لِوَقۡعَتِهَا كَاذِبَةٌ

    Open ayah 56:2

    (ދެންއޭރުން) އެ قِيَامَة ޤާއިމުވުން ދޮގުކުރާނެ އެއްވެސް ނަފުސެއް ނުވެއެވެ.

  3. خَافِضَةٞ رَّافِعَةٌ

    Open ayah 56:3

    އެދުވަހުން އެއްބަޔަކު ދެރަވެ ނިމެތިވެގެންވެއެވެ. އަދި އަނެއްބަޔަކު މޮޅުވެ މަތިވެރިވެގެންވެއެވެ. މާތްالله އެދުވަހުން ނުބައި ނުލަފާމީހުން (ނަރަކަވަންތަވެރިން) ދެރަކުރައްވައި ނިމެތި ކުރައްވާހުއްޓެވެ. އަދި ހެޔޮލަފާ މާތްމީހުން މާތް الله އެދުވަހުން މާތްކުރައްވައި މަތިވެރިކުރައްވާހުއްޓެވެ.

  4. إِذَا رُجَّتِ ٱلۡأَرۡضُ رَجّٗا

    Open ayah 56:4

    އެދުވަސް އައުމަށްޓަކައި ބިންގަނޑު ގަދަތެޅިގަތުމަކުން ތެޅިގަންނަ ހުއްޓެވެ.

  5. وَبُسَّتِ ٱلۡجِبَالُ بَسّٗا

    Open ayah 56:5

    އަދި ފަރުބަދަތައް ކުދިކުދިވެ ބުރަބުރައިގެން ހިގައިދާހުއްޓެވެ.

  6. فَكَانَتۡ هَبَآءٗ مُّنۢبَثّٗا

    Open ayah 56:6

    އަދިއެފަރުބަދަތަކުގެހިލަތައް ބުރައިގެންދާ ހިރަފުސްތަކަކަށް ވެދާނެއެވެ.

  7. وَكُنتُمۡ أَزۡوَٰجٗا ثَلَٰثَةٗ

    Open ayah 56:7

    އަދި އެދުވަހުން ކަލޭމެންތިބޭނީ ތިންބާވަތަކަށެވެ.

  8. فَأَصۡحَٰبُ ٱلۡمَيۡمَنَةِ مَآ أَصۡحَٰبُ ٱلۡمَيۡمَنَةِ

    Open ayah 56:8

    (ފުރަތަމަ ބަޔަކީ) ކަނައަތްފަރާތުގެ އެކުވެރިންނެވެ. އެއީ އެބައިމީހުންގެ ޢަމަލުގެފަތް ކަނައަތަށްލިބޭމީހުންނެވެ. ފަހެ ކަނައަތަށް ފަތްލިބޭމީހުންނަކީ ކޮންފަދަ މާތްބައެއްހެއްޔެވެ؟

  9. وَأَصۡحَٰبُ ٱلۡمَشۡـَٔمَةِ مَآ أَصۡحَٰبُ ٱلۡمَشۡـَٔمَةِ

    Open ayah 56:9

    (ދެވަނަބަޔަކީ) ވައަތްފަރާތުގެ އެކުވެރިންނެވެ. އެއީ އެބައިމީހުންގެ ޢަމަލުގެފަތް ވައަތަށް ލިބޭމީހުންނެވެ. އަދި ފުރަގަހުން ފަތްލިބޭމީހުންވެސްވަނީ މިބައިގެތެރޭގައެވެ. އަދި ވައަތްފަރާތުގެ އެކުވެރިންނަކީ ކޮންފަދަ ނުބައި ބަދުނަސީބު ބައެއްހެއްޔެވެ؟

  10. وَٱلسَّٰبِقُونَ ٱلسَّٰبِقُونَ 

    Open ayah 56:10

    (ތިންވަނަބަޔަކީ) ހެޔޮކަންތަކުގައި އިސްވެގަތްމީހުންނެވެ. އެއީ އެއްވަނަ ދަރަގައިގެ މީހުންނެވެ. އެއީ އިސްލާމު ކަމުގައި އެންމެ އިސްވެގަތް މީހުންނެވެ. އެއީ ކޮންފަދަމާތްބައެއް ހެއްޔެވެ؟

  11. أُوْلَٰٓئِكَ ٱلۡمُقَرَّبُونَ

    Open ayah 56:11

    އެމީހުންނަކީ ﷲ ގެ حَضْرَة އާއި އެންމެ ކުއްތަންވެގެންވާމީހުންނެވެ.

  12. فِي جَنَّٰتِ ٱلنَّعِيمِ

    Open ayah 56:12

    އެމީހުންތިބޭނީ ދާއިމީ ނިޢުމަތުގެވެރި މާތް ސުވަރުގެތަކުގައެވެ.

  13. ثُلَّةٞ مِّنَ ٱلۡأَوَّلِينَ

    Open ayah 56:13

    އިސްލާމުކަމާއި ހެޔޮކަމުގައި އިސްވެގަތްމީހުންނަކީ އިސްވެދިޔަމީސްތަކުންގެތެރެއިން ބައެކެވެ. (އެއީ ސަލާމު ލެއްވި އާދަމުގެފާނުންފެށިގެން އަހުރެމެންގެ ކައު مُحمد ﷺ ރަސޫލުކަމާއިގެންފޮނުއްވުމާއި ދެމެދު އައިސްފައިވާ އުއްމަތްތަކުން ބަޔަކުމީހުންނެވެ.)

  14. وَقَلِيلٞ مِّنَ ٱلۡأٓخِرِينَ

    Open ayah 56:14

    އަދި އަނެއްބައިމީހުންގެތެރެއިން މަދުބައެކެވެ. އެބަހީ مُحمد ﷺ ގެ އުއްމަތުން މަދުބައެކެވެ. ދަންނައެވެ. މިއުއްމަތުން މަދުބަޔަކުކަމުގައިބެލެވެނީ އިސްވެދިޔަ ހުރިހާއުއްމަތަކާއި އަޅާބަލާއިރުއެވެ. އިސްދިޔަ އެންމެހައި އުއްމަތްތަކުގެ އިސްވެގަތް އެންމެން އެއްކޮށްލީމާ އެކަނި މިއުއްމަތަށްވުރެ ގިނައީއެވެ. ކޮންމެ އެއް އުއްމަތަކުން އިސްވެގަތް މީހުންނަށްވުރެ މިއުއްމަތް މަދީއަކީއެއްނޫނެވެ. އެއް އުއްމަތަކާއި އަޅާބަލާއިރު އިސްވެގަތްމީހުންވެސް މިއުއްމަތުގައި މާގިނަކަމުގައިވެއެވެ.

  15. عَلَىٰ سُرُرٖ مَّوۡضُونَةٖ

    Open ayah 56:15

    ދެންފަހެ މިއިސްވެގަތްމީހުން ސުވަރުގޭގައިތިބޭނީ ރަނުންނާއި ރަންމުތުން އަދި يَاقُوت ން ހެދިފައިވާ އެދުދާންކޮޅުތަކުގައެވެ.

  16. مُّتَّكِـِٔينَ عَلَيۡهَا مُتَقَٰبِلِينَ

    Open ayah 56:16

    އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލައި ލެގިލައިގެންވާ ޙާލުގައެވެ. (އެއްބަޔަކުވެސް އަނެއްބަޔަކަށް ފުރަގަސް ނުދޭނެއެވެ.)

  17. يَطُوفُ عَلَيۡهِمۡ وِلۡدَٰنٞ مُّخَلَّدُونَ

    Open ayah 56:17

    އެގޮތަށް އެމީހުން ތިބޭއިރު ރަންމުތްތަކެއްފަދަ ޒުވާން ކުދިން އެމީހުންގެ خِدمَة ގައި އެމީހުންގެ ކައިރިން ދައުރުކުރައްވާނެއެވެ.

  18. بِأَكۡوَابٖ وَأَبَارِيقَ وَكَأۡسٖ مِّن مَّعِينٖ

    Open ayah 56:18

    ރާތަށިތަކާއި ކުރައިތައްހިފައިގެން ޒުވާން ކުދިން އެމީހުންގެ خِدمَة ގައި ދައުރުކުރައްވާނެއެވެ.

  19. لَّا يُصَدَّعُونَ عَنۡهَا وَلَا يُنزِفُونَ

    Open ayah 56:19

    އެރާ ބުއިމަކުން (ދުނިޔޭގައި މިހުންނަބަނގުރާ ބުއިމުންވާގޮތަށް) ބޮލުގައިރިހި ހޮޑުލެވި އަދި މަސްތުވާގޮތެއް ނުވާނެއެވެ.

  20. وَفَٰكِهَةٖ مِّمَّا يَتَخَيَّرُونَ 

    Open ayah 56:20

    އަދި އެމީހަކު إخْتِيَارُ ކުރާނެ ވައްތަރެއްގެ މޭވާތަކާއިގެންވެސް އެ ޒުވާން ކުދިން އެމީހުންގެ خِدمَة ގައި ދައުރުކުރައްވާނެއެވެ.

  21. وَلَحۡمِ طَيۡرٖ مِّمَّا يَشۡتَهُونَ

    Open ayah 56:21

    އަދި އެމީހުން ކާހިތްވާޒާތުގެ ދޫނިމަހާއި ވެސް މެއެވެ.

  22. وَحُورٌ عِينٞ

    Open ayah 56:22

    އަދި އެމީހުން އެހާ އަރާމުގައި މީރު އެއްޗެތިކައިބޮއި ހެދުމާއިއެކު އެމީހުން މަޖާކުރުމަށްޓަކައި އެމީހުންނަށް މާތްވެގެންވާ حُورَ العِينُ އަންހެންކުދިން އެމީހުންގެ އަނބީންގެގޮތުގައި ދެއްވާފައިވާނެއެވެ. އެކުދިންނަކީ ހުރިހާގޮތަކުން ރީތިހުސްކޮށްފައިވާ ބިކުރުވެރި ލޯބިވެތި މާތް އަންހެންކުދިންނެވެ.

  23. كَأَمۡثَٰلِ ٱللُّؤۡلُوِٕ ٱلۡمَكۡنُونِ

    Open ayah 56:23

    އެކުދިންހީވާނީ ރައްކާ ކުރެވިފައިތިބި ރަންމުތްތަކެއްހެންނެވެ.

  24. جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ

    Open ayah 56:24

    މިހުރިހާ ނިޢުމަތަކީ އެމީހުން ދުނިޔޭގައި ތިބިއިރު ކޮށްފައިވާ ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުން އެއްވޭ ދެއްވުންތަކެވެ.

  25. لَا يَسۡمَعُونَ فِيهَا لَغۡوٗا وَلَا تَأۡثِيمًا

    Open ayah 56:25

    އެމީހުން އެތާގައި އެއްވެސް بَاطِلُ ވާހަކައެއްވިޔަސް އަދި ފާފަވެރިވެވޭ އަޑެއްވިޔަސް ނުއަހާނެއެވެ.

  26. إِلَّا قِيلٗا سَلَٰمٗا سَلَٰمٗا

    Open ayah 56:26

    ހަމައެކަނި އެކަކު އަނެކަކަށް ސަލާމު ކުރާ އަޑުމެނުވީއެވެ.

  27. وَأَصۡحَٰبُ ٱلۡيَمِينِ مَآ أَصۡحَٰبُ ٱلۡيَمِينِ

    Open ayah 56:27

    ކަނާތް ފަރާތުމީހުންނަކީ ކޮންފަދަ މާތްބައެއްހެއްޔެވެ؟ (ކަނައަތްފަރާތުމީހުންނޭ އޮތްބަސްފުޅުގެ މުރާދަކީ އެމީހުންގެ ޢަމަލުގެފަތް ކަނާތްފަރާތުން ލިބޭމީހުންނެވެ.)

  28. فِي سِدۡرٖ مَّخۡضُودٖ

    Open ayah 56:28

    އެމީހުންވަނީ ސުވަރުގޭގެ ފުރިހަމަ ނިޢުމަތުގައެވެ. ކަށިނެތް ކުންނާރު ގަހުގެ މީރުކުންނާރު ލިބުމުގެ ނިޢުމަތުގައެވެ.

  29. وَطَلۡحٖ مَّنضُودٖ

    Open ayah 56:29

    އަދި ތިރިންފަށައިގެން ގޮފިތަކާއިހަމައަށް މޭވާއަޅާ ބަރާވެފައިވާ طلح ގަސްގަހުގެ نِعْمَةُ ގައެވެ. (طلح ގަހަކީ ގިނަ މުފައްސިރުން ވިދާޅުވާގޮތުގައި ދޮންކޭލުގެ ބާވަތެކެވެ.)

  30. وَظِلّٖ مَّمۡدُودٖ 

    Open ayah 56:30

    އަދި އެމީހުންވަނީ ދެމިގެންވާ ހިޔަލުގައެވެ.

  31. وَمَآءٖ مَّسۡكُوبٖ

    Open ayah 56:31

    އަދިއެމީހުންވަނީ އެމީހުންނަށްޓަކައި އަބަދާ އަބަދު އޮހިއޮހި ހުންނަމީރުފެނުގެ نِعْمَةُ ގައެވެ.

  32. وَفَٰكِهَةٖ كَثِيرَةٖ

    Open ayah 56:32

    އަދި ގިނަވެގެންވާ މީރުމޭވާތަކުގެ نِعْمَةُ ގައެވެ.

  33. لَّا مَقۡطُوعَةٖ وَلَا مَمۡنُوعَةٖ

    Open ayah 56:33

    އެމޭވާއަށް ކެނޑިދިއުމެއްނުވެއެވެ. އަދި مَنَعَ ވުމެއްނުވެއެވެ. (އެބަހީ ދުނިޔޭގެމޭވާއަށްވަގޮތަށް ވަކިމޫސުމަކަށް ލިބިފައި އަނެއްބައިމޫސުމަށް ނުލިބޭގޮތެއްނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ ދާއިމީގޮތެއްގައި ލިބޭގޮތަށެވެ.) އަދި މަނާކުރާނެމީހަކު ނުވެއެވެ.

  34. وَفُرُشٖ مَّرۡفُوعَةٍ

    Open ayah 56:34

    އަދިއެމީހުންވަނީ އުފުލިގެންވާ ދާންމަތިކޮޅުތަކުގައި ރިވެތިވެގެންވާ މާތް އަންހެނުންނާއި އެކުގައެވެ.

  35. إِنَّآ أَنشَأۡنَٰهُنَّ إِنشَآءٗ

    Open ayah 56:35

    އަދި ހަމަކަށަވަރުން އެކަނބަލުން ތިމަންރަސްކަލާނގެ ހައްދަވާފައިވާނީ އާހެއްދެވުމަކުންނެވެ. (މިތާމިސިފަވާ އަންހެނުންނަކީ ދުނިޔޭގައި އުޅުނު އަންހެނުންކުރެ ސުވަރުގެ ވަނުމުގެ ނަސީބުލިބުނު މީހުންކަމުގައި ބުނެވުނެވެ.)

  36. فَجَعَلۡنَٰهُنَّ أَبۡكَارًا

    Open ayah 56:36

    އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށްޓަކައި އެކަނބަލުން ބިކުރުވެރިންކަމުގައި ލެއްވީމެވެ.

  37. عُرُبًا أَتۡرَابٗا

    Open ayah 56:37

    އަދި ފިރިންދެކެ ލޯބިވާގޮތަށް އަދި ފިރިންވެސް އެކަނބަލުންދެކެ ލޯބިވާގޮތަށް އެއް ޢުމުރެއްގެ ނުވަތަ އެއް أخْلآقُ އެއްގެ ބަޔަކު ކަމުގައި ލެއްވީމެވެ. (ބައެއް مُفَسِّرُ ން ވިދާޅުވެއެވެ. އެމީހުންގެ ޢުމުރަކީ އަހަރެވެ. = ابْن كَثِير =)

  38. لِّأَصۡحَٰبِ ٱلۡيَمِينِ

    Open ayah 56:38

    އިސްވެދިޔަ ގިނަ نِعْمِة ތަކަކީ ކަނާތްފަރާތުގެ އެކުވެރިންނަށްޓަކައި ހުރި نِعْمِة ތަކެކެވެ.

  39. ثُلَّةٞ مِّنَ ٱلۡأَوَّلِينَ

    Open ayah 56:39

    އެއީ އިސްވެދިޔަ އުއްމަތްތަކުގެތެރެއިން ބައެކެވެ.

  40. وَثُلَّةٞ مِّنَ ٱلۡأٓخِرِينَ 

    Open ayah 56:40

    އަދި ފަހުގެ އުއްމަތުގެތެރެއިންބައެކެވެ.

  41. وَأَصۡحَٰبُ ٱلشِّمَالِ مَآ أَصۡحَٰبُ ٱلشِّمَالِ

    Open ayah 56:41

    އަދި ވައަތްފަރާތުގެ އެކުވެރިން (ދަންނައެވެ.) ވައަތްފަރާތުގެ އެކުވެރިންނަކީ ކޮންފަދަ ނުބައި ބައެއްހެއްޔެވެ؟

  42. فِي سَمُومٖ وَحَمِيمٖ

    Open ayah 56:42

    އެމީހުންވަނީ ނަރަކައިގެ ހޫނުގަދަ ވިހަދުމާއި އެންމެގަދަ ހޫނުފެނުގެ عَذَابُ ގެ ރަހަލިބި ލިބިއެވެ.

  43. وَظِلّٖ مِّن يَحۡمُومٖ

    Open ayah 56:43

    އަދި ނަރަކައިގެ ހޫނުގަދަ އަދި ފިނިކަމެއްނެތް ދުމުގެ ހިޔަލުގައެވެ.

  44. لَّا بَارِدٖ وَلَا كَرِيمٍ

    Open ayah 56:44

    އޭގައި އެއްވެސް ފިނިކަމެއްނެތް އަދި އެއްވެސް އަރާމެއްވިޔަސްނުވާ ނެއެވެ.

  45. إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُتۡرَفِينَ

    Open ayah 56:45

    ހަމަކަށަވަރުން އެމީހުން ވީ އޭގެކުރިން (އެބަހީ ދުނިޔޭގައި އުޅުނުއިރު) = حَلآلُ ނޫންތަކެތީން މަޖާކޮށް ހަދާކަމުގައެވެ.

  46. وَكَانُواْ يُصِرُّونَ عَلَى ٱلۡحِنثِ ٱلۡعَظِيمِ

    Open ayah 56:46

    އަދި އެމީހުންވީ އެންމެބޮޑުފާފަކުރުންމަތީ އެބަހީ (ޝިރުކު ކުންމަތީ) ދެމިތިބޭބަޔަކު ކަމުގަ އެވެ.

  47. وَكَانُواْ يَقُولُونَ أَئِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ

    Open ayah 56:47

    އަދި އެމީހުން ބުނާކަމުގައި ވީ އަހުރެމެން މަރުވެއްޖެއްޔާ އަދި އަހުރެމެން ވެއްޔަށްވެ އަދި ކަށިތައްވެސް ފީވެ ވެއްޔަށްވުމަށްފަހު އަހުރެމެން ދިރިގެ ފޮނުވޭނޭހެއްޔެވެ؟

  48. أَوَءَابَآؤُنَا ٱلۡأَوَّلُونَ

    Open ayah 56:48

    އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންވެސް ފޮނުވޭނޭހެއްޔެވެ؟

  49. قُلۡ إِنَّ ٱلۡأَوَّلِينَ وَٱلۡأٓخِرِينَ

    Open ayah 56:49

    (އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަނމަކަށަވަރުން އިސްވެދިޔަހާބަޔަކު އަދި ފަހުންއައިހާބަޔަކުވެސްމެއެވެ.

  50. لَمَجۡمُوعُونَ إِلَىٰ مِيقَٰتِ يَوۡمٖ مَّعۡلُومٖ 

    Open ayah 56:50

    ކަނޑައެޅި އެގިގެންވާ ވަކިދުވަހެއްގެ ވަކިވަގުތަކަށް ކަށަވަރުންވެސް އެއްކުރެވޭހުއްޓެވެ. އެއީ ޤިޔާމަތް ދުވަހެވެ.

  51. ثُمَّ إِنَّكُمۡ أَيُّهَا ٱلضَّآلُّونَ ٱلۡمُكَذِّبُونَ

    Open ayah 56:51

    ދެންހަމަކަށަވަރުން ކަލޭމެން އޭމިތިބަ ދޮގުވެރި މަދުފުރެދުނު މީހުންނޭވެ!

  52. لَأٓكِلُونَ مِن شَجَرٖ مِّن زَقُّومٖ

    Open ayah 56:52

    ހަމަކަށަވަރުން ކަލޭމެން زَقُّوم ގަހަކުން ކާނެއެވެ. (އެއީ ނަރަކައިގައެވެ.)

  53. فَمَالِـُٔونَ مِنۡهَا ٱلۡبُطُونَ

    Open ayah 56:53

    އަދި އެއިންކަލޭމެން ކަލޭމެންގެ ބަނޑުތައް ފުރާނެއެވެ.

  54. فَشَٰرِبُونَ عَلَيۡهِ مِنَ ٱلۡحَمِيمِ

    Open ayah 56:54

    އަދި އެމީހުން އޭގެމައްޗަށް އެންމެގަދަހޫނު ފެން ބޯނެއެވެ.

  55. فَشَٰرِبُونَ شُرۡبَ ٱلۡهِيمِ

    Open ayah 56:55

    ފެންބޮވާ ބަލިޖެހިފައިވާ ޖަމަލުބޯވަރަށް އެމީހުން އޭތިބޯނެއެވެ.

  56. هَٰذَا نُزُلُهُمۡ يَوۡمَ ٱلدِّينِ

    Open ayah 56:56

    މިއީ ހިސާބު ބައްލަވާދުވަހުން އެމީހުންނަށްވާ މެހުމާންދާރީއެވެ.

  57. نَحۡنُ خَلَقۡنَٰكُمۡ فَلَوۡلَا تُصَدِّقُونَ

    Open ayah 56:57

    ކަލޭމެން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ކަލޭމެން އެކަން ތެދުކުރާނެނަމައެވެ. ކަލޭމެން އެކަން ތެދުނުކުރަނީ ކީތްވެހެއްޔެވެ؟

  58. أَفَرَءَيۡتُم مَّا تُمۡنُونَ

    Open ayah 56:58

    ކަލޭމެން ތިޔަބޭރުކުރާ މަންޏާއި ބެހޭގޮތުން ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)

  59. ءَأَنتُمۡ تَخۡلُقُونَهُۥٓ أَمۡ نَحۡنُ ٱلۡخَٰلِقُونَ

    Open ayah 56:59

    އެއިން (مَخْلُوقُ އަކު) ހައްދަވަނީ ކަލޭމެންހެއްޔެވެ؟ ނުވަތަ އެހައްދަވާ ކަލަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

  60. نَحۡنُ قَدَّرۡنَا بَيۡنَكُمُ ٱلۡمَوۡتَ وَمَا نَحۡنُ بِمَسۡبُوقِينَ 

    Open ayah 56:60

    ، ތިމަންރަސްކަލާނގެ ކަލޭމެންގެމެދުގައި މަރު (މަރުވުން) މިންވަރުކުރެއްވީމެވެ. އަދި ކަލޭމެންގެ ސޫރަތައް ބަދަލުކުރައްވައި އަދި ކަލޭމެނަށް ނޭގޭ ސޫރަތަކަކަށް ތިމަންރަސްކަލާނގެ ކަލޭމެން އުފެއްދެވުމަށް ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ.

  61. عَلَىٰٓ أَن نُّبَدِّلَ أَمۡثَٰلَكُمۡ وَنُنشِئَكُمۡ فِي مَا لَا تَعۡلَمُونَ

    Open ayah 56:61

    ، ތިމަންރަސްކަލާނގެ ކަލޭމެންގެމެދުގައި މަރު (މަރުވުން) މިންވަރުކުރެއްވީމެވެ. އަދި ކަލޭމެންގެ ސޫރަތައް ބަދަލުކުރައްވައި އަދި ކަލޭމެނަށް ނޭގޭ ސޫރަތަކަކަށް ތިމަންރަސްކަލާނގެ ކަލޭމެން އުފެއްދެވުމަށް ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ.

  62. وَلَقَدۡ عَلِمۡتُمُ ٱلنَّشۡأَةَ ٱلۡأُولَىٰ فَلَوۡلَا تَذَكَّرُونَ

    Open ayah 56:62

    އަދި ހަމަކަށަވަރުން ކަލޭމެންގެ ފުރަތަމަ ހެއްދެވުން ކަލޭމެންނަށް އެނގޭނެއެވެ. ފަހެ ކަލޭމެން عِبْرَة ލިބި ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟

  63. أَفَرَءَيۡتُم مَّا تَحۡرُثُونَ

    Open ayah 56:63

    ކަލޭމެން (އޮށް އިންދައިގެން) ތިޔަކުރާ ދަޑުވެރިކަމާއިމެދު ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ކަލޭމެންނިކަން ދެކިބަލާށެވެ.)

  64. ءَأَنتُمۡ تَزۡرَعُونَهُۥٓ أَمۡ نَحۡنُ ٱلزَّٰرِعُونَ

    Open ayah 56:64

    އެއޮށް ފަޅުވާހައްދަވަނީ ކަލޭމެން ހެއްޔެވެ؟ ނުވަތަ އެއޮށް ފަޅުވާ ގަސްހައްދަވަނީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

  65. لَوۡ نَشَآءُ لَجَعَلۡنَٰهُ حُطَٰمٗا فَظَلۡتُمۡ تَفَكَّهُونَ

    Open ayah 56:65

    ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ ހަމަކަށަވަރުން ހަލާކުވެ ކުދިކުދިވެ ބޭނުން ނުކުރެވޭ ކުނޑިތަކަކަށް ތިމަންރަސްކަލާނގެ އެހައްދަވާފައިހުށީމެވެ. ދެން އޭރުން ކަލޭމެން عَجَائِبُ ވެގެން ބުނާނެއެވެ.

  66. إِنَّا لَمُغۡرَمُونَ

    Open ayah 56:66

    ހަމަކަށަވަރުން އެއްވެސް އެއްޗެއް ނުލިބި އަހުރެމެންނަށް ގެއްލުންވީއެވެ.

  67. بَلۡ نَحۡنُ مَحۡرُومُونَ

    Open ayah 56:67

    އަދި ކިއެއްހެއްޔެވެ. އަހުރެމެންމިވަނީ (އެދަޑުގެ ބަރަކާތުން) مَحْرُومُ ވެގެންނެވެ.

  68. أَفَرَءَيۡتُمُ ٱلۡمَآءَ ٱلَّذِي تَشۡرَبُونَ

    Open ayah 56:68

    ކަލޭމެން ތިޔަބޯފެނާއިމެދު ކަލޭމެން ނިކަން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)

  69. ءَأَنتُمۡ أَنزَلۡتُمُوهُ مِنَ ٱلۡمُزۡنِ أَمۡ نَحۡنُ ٱلۡمُنزِلُونَ

    Open ayah 56:69

    ވިލާގަޑުން އެފެން ވެއްސަވަނީ ކަލޭމެން ހެއްޔެވެ. ނުވަތަ އެވެއްސާކަލަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

  70. لَوۡ نَشَآءُ جَعَلۡنَٰهُ أُجَاجٗا فَلَوۡلَا تَشۡكُرُونَ 

    Open ayah 56:70

    ތިމަންރަސްކަލާނގެ އެދިވޮޑި ގަންނަވާނަމަ ގަދަލޮނު ފެނެއްކަމުގައި އެފެން ތިމަންރަސްކަލާނގެ ލައްވައިފީހެވެ. ކަލޭމެނަ ފަހެ ޝުކުރު ނުކުރާނެހެއްޔެވެ؟

  71. أَفَرَءَيۡتُمُ ٱلنَّارَ ٱلَّتِي تُورُونَ

    Open ayah 56:71

    ކަލޭމެން ރޯކޮށްގެން ތިޔައަންދާ އަލިފާނާއިމެދު ކަލޭމެން ނިކަން ޚަބަރުދީބަލާށެވެ. (ދެކިބަލާށެވެ.)

  72. ءَأَنتُمۡ أَنشَأۡتُمۡ شَجَرَتَهَآ أَمۡ نَحۡنُ ٱلۡمُنشِـُٔونَ

    Open ayah 56:72

    އެގަސްއުފެއްދެވީ ކަލޭމެން ހެއްޔެވެ؟ ނުވަތަ އެގަސް ހައްދަވަނީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

  73. نَحۡنُ جَعَلۡنَٰهَا تَذۡكِرَةٗ وَمَتَٰعٗا لِّلۡمُقۡوِينَ

    Open ayah 56:73

    (ނަރަކައިގެ އަލިފާނުގެ) ހަނދާނަކަށާއި އަދި ދަތުރުވެރިންނަށާއި ދުރުހިސާބުގައި އުޅޭމީހުންނަށް ވެސް ބޭނުންކޮށްލެވޭ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ.

  74. فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ

    Open ayah 56:74

    ފަހެ ކަލޭގެފާނުންގެ ބޮޑުވެގެންވާ رَبُّ ނަންފުޅުން. ކަލޭގެފާނު تَسْبِيْح ވިދާޅުވާށެވެ!

  75. ۞فَلَآ أُقۡسِمُ بِمَوَٰقِعِ ٱلنُّجُومِ

    Open ayah 56:75

    ފަހެ ތަރިތައް އޮއްސޭ ތަންތަން ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

  76. وَإِنَّهُۥ لَقَسَمٞ لَّوۡ تَعۡلَمُونَ عَظِيمٌ

    Open ayah 56:76

    އަދި ހަމަކަށަވަރުންއެއީ ކަލޭމެންނަށް އެނގޭނަމައެއީ ކަނޑައެޅިގެން ބޮޑުވެގެންވާ ހުވައެކެވެ.

  77. إِنَّهُۥ لَقُرۡءَانٞ كَرِيمٞ

    Open ayah 56:77

    ހަމަކަށަވަރުން އެއީ މާތްވެގެންވާ قُرْآن އެއްކަން ކަށަވަރެވެ.

  78. فِي كِتَٰبٖ مَّكۡنُونٖ

    Open ayah 56:78

    ރައްކާތެރިވެގެންވާ ފޮތެއްގައިވާ (لَوْحُ المَحْفُوظ ގައިވާ)

  79. لَّا يَمَسُّهُۥٓ إِلَّا ٱلۡمُطَهَّرُونَ

    Open ayah 56:79

    طَاهِرُ ވެގެންވާ ބޭކަލަކު މެނުވީ (މަލާއިކަތް ބޭކަލަކުމެނުވީ) އެފޮތުގައި ނުބީހެއެވެ.

  80. تَنزِيلٞ مِّن رَّبِّ ٱلۡعَٰلَمِينَ 

    Open ayah 56:80

    އެއީ عَالَمُ ތަކުގެވެރި رَبُّ ގެ حَضْرَةُ ން ބާވާތްލައްވާ ބާވާތްލެއްވުމެކެވެ.

  81. أَفَبِهَٰذَا ٱلۡحَدِيثِ أَنتُم مُّدۡهِنُونَ

    Open ayah 56:81

    ކަލޭމެން އާދައިގެ އެއްޗެއްކަމުގައި ބަލައި ދޮގުކުރަނީ މިވާހަކަ ހެއްޔެވެ؟ (މި قُرْآن ހެއްޔެވެ؟)

  82. وَتَجۡعَلُونَ رِزۡقَكُمۡ أَنَّكُمۡ تُكَذِّبُونَ

    Open ayah 56:82

    އަދި ކަލޭމެން ކަލޭމެންގެ ރިޒުޤުގެ ޝުކުރުކުރު ން ހަމަކަށަވަރުން ކަލޭމެން ދޮގުކުރުމެއް ކަމުގައި ލަނީ ހެއްޔެވެ؟ الله ބާވާތްލެއްވި ވާރޭފެން ތަރިއަށް ނިސްބަތްކުރަނީއެވެ.

  83. فَلَوۡلَآ إِذَا بَلَغَتِ ٱلۡحُلۡقُومَ

    Open ayah 56:83

    (މަރުވާމީހާ) ލަގޮޑިވަޅާއި ހަމައަށް ފުރާނަ އަރައްޖެއްޔާ،

  84. وَأَنتُمۡ حِينَئِذٖ تَنظُرُونَ

    Open ayah 56:84

    އަދިކަލޭމެން އެހިނދުން އޭނާއަށް ބަލަހައްޓައިގެން ތިބޭނެއެވެ.

  85. وَنَحۡنُ أَقۡرَبُ إِلَيۡهِ مِنكُمۡ وَلَٰكِن لَّا تُبۡصِرُونَ

    Open ayah 56:85

    އަދި ތިމަންރަސްކަލާނގެ އޭނާއާއި ގާތްކަން ބޮޑެވެ. އަދި އެހެނެއްކަމަކު ކަލޭމެންނަކަށް ނުފެނެއެވެ.

  86. فَلَوۡلَآ إِن كُنتُمۡ غَيۡرَ مَدِينِينَ

    Open ayah 56:86

    ، ފަހެ ކަލޭމެން މަރުވުމަށްފަހު ހިސާބުބައްލަވާނެކަމަށް އެއްބަސްނުވަންޏާ ކަލޭމެން އެފުރާނަ އަނބުރާ ރައްދުކުރާހުށި ކަމެވެ. ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާއެވެ.

  87. تَرۡجِعُونَهَآ إِن كُنتُمۡ صَٰدِقِينَ

    Open ayah 56:87

    ، ފަހެ ކަލޭމެން މަރުވުމަށްފަހު ހިސާބުބައްލަވާނެކަމަށް އެއްބަސްނުވަންޏާ ކަލޭމެން އެފުރާނަ އަނބުރާ ރައްދުކުރާހުށި ކަމެވެ. ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާއެވެ.

  88. فَأَمَّآ إِن كَانَ مِنَ ٱلۡمُقَرَّبِينَ

    Open ayah 56:88

    ފަހެ އޭނާ އެބަހީ (މަރަށް حاضِر ވީ މީހާ) ކުއްތަންވެގެންވާ މީހުންގެތެރެއިން ވަންޏާ.

  89. فَرَوۡحٞ وَرَيۡحَانٞ وَجَنَّتُ نَعِيمٖ

    Open ayah 56:89

    ފަހެ އޭނާއަށް ހުރީ ދުނިޔޭގެ އުދަގުލުން އަރާމު ލިބިގަތުމާއި އަދި ސުވަރުގޭގެ ރިޒުޤެވެ. (ނުވަތަމީރުވަސްދުވާ މާމެލާމެއްޔެވެ.) އަދި نِعْمة ތަކުގެވެރި ސުވަރުގެއެވެ.

  90. وَأَمَّآ إِن كَانَ مِنۡ أَصۡحَٰبِ ٱلۡيَمِينِ 

    Open ayah 56:90

    އަދި އޭނާކަނާތްފަރާތުގެ އެކުވެރިންގެތެރެއިން ވަންޏާ (މަރަށް حاضِر ވީ މީހާ ކަނާތްފަރާތުގެ އެކުވެރިންގެ ތެރެއިންވަންޏާ އޭނާއަށް ބުނެވޭނެއެވެ.)

  91. فَسَلَٰمٞ لَّكَ مِنۡ أَصۡحَٰبِ ٱلۡيَمِينِ

    Open ayah 56:91

    ކަނާތްފަރާތުގެ އެކުވެރިންގެފަރާތުން. ފަހެކަލެއަށް ސަލާމު ހުއްޓެވެ. (އޭނާއަށް އެންގޭނެއެވެ.)

  92. وَأَمَّآ إِن كَانَ مِنَ ٱلۡمُكَذِّبِينَ ٱلضَّآلِّينَ

    Open ayah 56:92

    އަދި އެމީހާ ދޮގުވެރި މަގުފުރެދުނުމީހުންގެތެރެއިން ވަންޏާ ދަންނައެވެ.

  93. فَنُزُلٞ مِّنۡ حَمِيمٖ

    Open ayah 56:93

    ފަހެ އޭނާހައަށްހުންނަހުށީ އެންމެ ހޫނުފެނުގެ މެހުމާންދާރީ ކަމެވެ.

  94. وَتَصۡلِيَةُ جَحِيمٍ

    Open ayah 56:94

    އަދި ނަރަކައިގެ އަލިފާނުގައި އެނދުމެވެ.

  95. إِنَّ هَٰذَا لَهُوَ حَقُّ ٱلۡيَقِينِ

    Open ayah 56:95

    ހަމަކަށަވަރުން މިއީ ކަނޑައެޅިގެން ޔަޤީނުންވެސް حَقُّ އެވެ.

  96. فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ

    Open ayah 56:96

    ފަހެ ހައިބަ ބޮޑުވެގެންވާ ކަލޭގެފާނުންގެ رَبُّ ނަންފުޅުން ކަލޭގެފާނު تَسْبِيْح ވިދާޅުވާށެވެ!