الحديد
Al-Hadid
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
سَبَّحَ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
Open ayah 57:1އުޑުތަކާއި ބިމުގައި ވާހާތަކެތި الله އަށް تَسْبِيْحَ ކިޔައެވެ. އަދި އެކަލާނގެއީ ގަދަފަދަވަންތަވެވޮޑިގެންވާ އަދި حِكْمَة ވަންތަވެވޮޑިގެންވާކަލާނގެއެވެ.
لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يُحۡيِۦ وَيُمِيتُۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ
Open ayah 57:2އުޑުތަކާއި ބިމުގައިވާހާތަކެތި އެކަލާނގެއަށް خَاصَّ ވެގެންވެއެވެ. އެކަލާނގެ ތަކެތި ދިރުއްވާ މަރުއްވައެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.
هُوَ ٱلۡأَوَّلُ وَٱلۡأٓخِرُ وَٱلظَّٰهِرُ وَٱلۡبَاطِنُۖ وَهُوَ بِكُلِّ شَيۡءٍ عَلِيمٌ
Open ayah 57:3އެކަލާނގެއީ އެންމެފުރަތަމައެވެ. އެކަލާނގެއަށްވުރެކުރިން އެކައްޗެއްވެސް ނުވެއެވެ. އަދި އެކަލާނގެއީ އެންމެފަހެވެ. އެކަލާނގެއަށްވުރެ ފަހުން އެކައްޗެއްވެސް ނުވާނެއެވެ. އަދި އެއީ ހުރިހާ އެއްޗެއްގެމަތީ ވޮޑިގެންވާ ކަލާނގެއެވެ. (ނުވަތަ ދަލީލުތަކާއި حُحَّة ތަކުން އެކަލާނގެ ވޮޑިގެންވާކަން ފައުޅުވެގެންވާ ކަލާނގެއެވެ.) އަދި އެއީ އެންމެ އަޑީގައިވާހާތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަދި އެއީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
هُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يَعۡلَمُ مَا يَلِجُ فِي ٱلۡأَرۡضِ وَمَا يَخۡرُجُ مِنۡهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعۡرُجُ فِيهَاۖ وَهُوَ مَعَكُمۡ أَيۡنَ مَا كُنتُمۡۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ
Open ayah 57:4ހަދުވަހެއްގެތެރޭގައި އުޑުތަކާއި ބިންހެއްދެވީ ހަމައެކަލާނގެއެވެ. ދެންއެކަލާނގެ عَرْشއަށް اسْتَوَىٰ ވެވޮޑިގެންނެވިއެވެ. އެކަލާނގެ ދެނެވޮޑިގެންވެއެވެ. ބިމުގެތެރެއަށްވަންނަހާތަކެއްޗާއި އަދި އެތަނުން ނުކުންނަހާ ތަކެއްޗާއި އަދި އުޑުން ފައިބާ ތަކެއްޗާއި އަދި އެއުޑަށް އަރައިގެންދާހުރިހާތަކެއްޗާއި މިހުރިހާތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ (ދެނެވޮޑިގަތުމާއި ކުޅަދުންވަންތަކަން) ވަނީ ކަލޭމެންވީ ކޮންމެތަނެއްގައި ކަލޭމެންނާއި އެކުގައެވެ. އަދި الله ކަލޭމެން ކުރާހާކަމަކަށް الله ބައްލަވާ ވޮޑިގެންވެއެވެ.
لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ
Open ayah 57:5އުޑުތަކާބިމުގެ މުޅި މިލްކު خَاصَّ ވެގެން ވަނީ އެކަލާނގެއަށެވެ. އަދި އެންމެހައި ކަންތައްތައް އެނބުރި އައުންވަނީ ހަމަ ﷲ ގެ حَضْرةُ އަށެވެ.
يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِۚ وَهُوَ عَلِيمُۢ بِذَاتِ ٱلصُّدُورِ
Open ayah 57:6އެކަލާނގެ ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވައެވެ. އަދި ރޭގަނޑުގެތެރެއަށް ދުވާލު ވައްދަވައެވެ. އަދި އެކަލާނގެއީ ހިތްތަކުގެ އެތެރޭގައި ވާހާތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. (ضَمِيْرُ ތަކުގައި ވަންހަނާވެފައިވާ އެންމެހައި ތަކެތިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.)
ءَامِنُواْ بِٱللَّهِ وَرَسُولِهِۦ وَأَنفِقُواْ مِمَّا جَعَلَكُم مُّسۡتَخۡلَفِينَ فِيهِۖ فَٱلَّذِينَ ءَامَنُواْ مِنكُمۡ وَأَنفَقُواْ لَهُمۡ أَجۡرٞ كَبِيرٞ
Open ayah 57:7ކަލޭމެން الله އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވާށެވެ. އަދި ކަލޭމެން ނަށް އެކަލާނގެ ލައްވާފައިވާ އެތަކެތީގައި ކަލޭމެން تَصَرُّفُ ކުރުމަށް خَلِيْفَة ވެރި ކުރުވާފައިވާ އެ ތަކެތީން ކަލޭމެން ހޭދަކުރާށެވެ. ކަލޭމެންގެތެރެއިން އީމާން ވެ އަދި އެމީހުން (الله އެންގެވިފަދައިން) ހޭދަކުރި މީހުން ދަންނައެވެ. އެމީހުންނަށް ހުރީ ބޮޑުވެގެންވާ ދަރުމައެވެ.
وَمَا لَكُمۡ لَا تُؤۡمِنُونَ بِٱللَّهِ وَٱلرَّسُولُ يَدۡعُوكُمۡ لِتُؤۡمِنُواْ بِرَبِّكُمۡ وَقَدۡ أَخَذَ مِيثَٰقَكُمۡ إِن كُنتُم مُّؤۡمِنِينَ
Open ayah 57:8އަދި ކަލޭމެން الله އަށް އީމާން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ކޮންކަމަކާހެދިހެއްޔެވެ؟ އަދި ކަލޭމެންކަލޭމެންގެ رَبُّ އަށް އީމާންވުމަށް ރަސޫލާ ކަލޭމެނަށް ގޮވައިލައްވަނީއެވެ. އަދި ހަމަކަށަވަރުން އެކަލާނގެ ވަނީ ކަލޭމެންގެ عَهْدُ ކަށަވަރު ހިއްޕަވާފައެވެ. ކަލޭމެންނަކީ މުއުމިނުން ކަމުގައި ވަންޏާ (އެކަމަށް ސަމާލުވުން ހުއްޓެވެ.)
هُوَ ٱلَّذِي يُنَزِّلُ عَلَىٰ عَبۡدِهِۦٓ ءَايَٰتِۭ بَيِّنَٰتٖ لِّيُخۡرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَإِنَّ ٱللَّهَ بِكُمۡ لَرَءُوفٞ رَّحِيمٞ
Open ayah 57:9ބަޔާންވެގެންވާ އާޔަތްތައް އެކަލާނގެ އަޅާގެމައްޗަށް ބާވާތްލައްވަނީ ހަމަ އެކަލާނގެއެވެ. އެއީ (ޖާހިލުކަމާއި ޝިރުކުގެ) އަދިރީގެތެރެއިން އެކަލާނގެ ކަލޭމެން ނެރުއްވުމައްޓަކަ ޔާއި އަދި (އީމާންކަމާއި ޢިލްމުގެ) އަލިކަމުގެ ތެރެއަށް ކަލޭމެން ވެއްދުމަށެވެ. އަދި ހަމަކަށަވަރުން الله تَعَالىއީ ކަލޭމެންނާއިމެދު ނުހަނު އޯގާވަންތަ އަދި رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަން ކަށަވަރެވެ.
وَمَا لَكُمۡ أَلَّا تُنفِقُواْ فِي سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا يَسۡتَوِي مِنكُم مَّنۡ أَنفَقَ مِن قَبۡلِ ٱلۡفَتۡحِ وَقَٰتَلَۚ أُوْلَٰٓئِكَ أَعۡظَمُ دَرَجَةٗ مِّنَ ٱلَّذِينَ أَنفَقُواْ مِنۢ بَعۡدُ وَقَٰتَلُواْۚ وَكُلّٗا وَعَدَ ٱللَّهُ ٱلۡحُسۡنَىٰۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ
Open ayah 57:10(އޭމީސްތަކުންނޭވެ!) ކަލޭމެންގެ އަތުގައިވާ މުދަލުން ﷲ ގެމަގުގައި ކަލޭމެން ހޭދަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ (އެއީ ކަލޭމެން تَصَرُّفُ ކުރުމަށް الله ކަލޭމެނަށް ދެއްވާފައިވާ އެކަލާނގެ މުދަލެވެ.) އަދި އުޑުތަކާއި ބިންތަކުގެ މުޅި ވާރުތަ މިލްކުވެ خَاصَّ ވެގެންވަނީ ހަމަ އެކާނގެއަށެވެ. އެއީ އެންމެހައި خَلقُ ތަކުން މަރުވުމަށްފަހުވެސް އުޑުތަކާއި ބިންތަކާއި އަދި އެދެމެދުގައި ވާހާތަކެތީ ވާރުތަ މިލްކުވެގެންވާނީ ވެސް ހަމައެކަނި އެކަލާނގެއަށެވެ. މަރުވެގެން ދާއިރު އެކަކުވެސް އެއްވެސް މުދަލެއް ނުގެންދާނެއެވެ. ދެންފަހެ މައްކާ فَتَحَ ވުމުގެކުރިން ކަލޭމެންކުރެ ﷲ ގެ މަގުގައި މުދާހޭދަކޮށް ހަނގުރާމަކުރިމީހުންނާއި މައްކާ فَتَحَ ވުމުގެ ފަހުން ﷲ ގެ މަގުގައި މުދާހޭދަކޮށް ހަނގުރާމަކުރިމީހުންނާއި މިދެބައިމީހުން މާތްކަމާއި ދަރަޖައިގެގޮތުން ހަމަހަމަވެގެން ނުވެއެވެ. މައްކާ فَتَحَ ވުމުގެކުރިން ކަލޭމެންކުރެ ﷲގެ މަގުގައި މުދާހޭދަކޮށް ހަނގުރާމަކުރިމީހުންގެ ދަރަޖަ މާބޮޑުވެގެންވެއެވެ. އެކަމަކު އެދެބައިމީހުންކުރެ ކޮންމެބަޔަކަށްވެސް اللَّهُ وَعْدُ ކުރައްވާފައިވަނީ ހެޔޮދަރުމައެވެ. ސުވަރުގެއެވެ. އަދި اللَّهُ تَعَالى އީ ކަލޭމެން ކުރާ ހުރިހާކަމެއްގެ ޚަބަރު ދެނެވޮޑިގެންވާ ކަލާނގެއެވެ. (އަދި އެކަމުގެ ޚަބަރު އެކަލާނގެ ކަލޭމެނަށް ދެއްވާނެއެވެ.)
مَّن ذَا ٱلَّذِي يُقۡرِضُ ٱللَّهَ قَرۡضًا حَسَنٗا فَيُضَٰعِفَهُۥ لَهُۥ وَلَهُۥٓ أَجۡرٞ كَرِيمٞ
Open ayah 57:11ރިވެތިވެގެންވާ ރަނގަޅު ދަރަންޏަކުން اللَّهُ އަށް ދަރަންޏަށްދޭނީ ކަލޭމެންކުރެ ކާކުހެއްޔެވެ؟ އެއީއެމީހަކަށް އެކަލާނގެ ގިނަކޮށް ދެއްވުމަށް ޓަކައެވެ. އަދި އެމީހަކަށް މާތް ވެގެންވާ އުޖޫރަ / ސުވަރުގެ ހުންނަހުއްޓެވެ.
يَوۡمَ تَرَى ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ يَسۡعَىٰ نُورُهُم بَيۡنَ أَيۡدِيهِمۡ وَبِأَيۡمَٰنِهِمۖ بُشۡرَىٰكُمُ ٱلۡيَوۡمَ جَنَّٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ
Open ayah 57:12މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުން އެމީހުންގެ ކުރިމަތިންނާއި އަދިއެމީހުންގެ ކަނާތްފަރާތުން އެމީހުންގެ ނޫރުދާތީ / އަލިކުރާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާދުވަސް (ހަނދުމަފުޅު ކުރައްވާށެވެ!). (އެމީހުންނަށް ބުނެވޭނެއެވެ.) ކަލޭމެންނަށް މިއަދު އުފާވެރިކަން ހުއްޓެވެ. އެއީ އެތަންތާގެދަށުން އާރުތައްދެމޭ ސުވަރުގެތަކެވެ. އެމީހުން އެތާ ދެމީތިބޭހުއްޓެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީ އެވެ. އެއީ ޤިޔާމަތް ދުވަހެވެ.
يَوۡمَ يَقُولُ ٱلۡمُنَٰفِقُونَ وَٱلۡمُنَٰفِقَٰتُ لِلَّذِينَ ءَامَنُواْ ٱنظُرُونَا نَقۡتَبِسۡ مِن نُّورِكُمۡ قِيلَ ٱرۡجِعُواْ وَرَآءَكُمۡ فَٱلۡتَمِسُواْ نُورٗاۖ فَضُرِبَ بَيۡنَهُم بِسُورٖ لَّهُۥ بَابُۢ بَاطِنُهُۥ فِيهِ ٱلرَّحۡمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلۡعَذَابُ
Open ayah 57:13مُنَافِقُ ފިރިހެނުންނާއި مُنَافِقُ އަންހެނުން އީމާންވީ މީހުންނާއި ދިމާއަށް ބުނާދުވަސް (ހަނދުމަފުޅު ކުރައްވާށެވެ!) އެމީހުން ބުނާނެއެވެ. ކަލޭމެންގެ އަލިކަމުން އަހުރެމެންވެސް ބައެއް ލިބިގަތުމަށް ކަލޭމެން އަހުރެމެންނަށް إنْتِظَارُ ކޮށް ލައްވާށެވެ! އެހިނދުން (އެމީހުންނަށް) ބުނެވޭނެއެވެ. ކަލޭމެން ކަލޭމެންގެ ފަހަތަށް އެނބުރިދާށެވެ. ދެން އެތަނުން ކަލޭމެން އަލިކަމެއް ލިބިގަންނާށެވެ. ދެންފަހެ އެދެބައިމީހުންގެ ދެމެދުގައި އެފާރުގައި ދޮރެއްވާ ފާރެއް (ހުރަހެއް) ލެވިދާނެއެވެ. އެފާރުގެ އެތެރެފަރާތުގައި رَحْمِة ވާ އަދި އޭގެ ބޭރުފަރާތުގައި އެޔާއި ޖެހިގެން عذَابُ ވާފާރެކެވެ.
يُنَادُونَهُمۡ أَلَمۡ نَكُن مَّعَكُمۡۖ قَالُواْ بَلَىٰ وَلَٰكِنَّكُمۡ فَتَنتُمۡ أَنفُسَكُمۡ وَتَرَبَّصۡتُمۡ وَٱرۡتَبۡتُمۡ وَغَرَّتۡكُمُ ٱلۡأَمَانِيُّ حَتَّىٰ جَآءَ أَمۡرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلۡغَرُورُ
Open ayah 57:14އެމީހުން މިމީހުންނަށް ގޮވާނެއެވެ. (އެބަހީ މުނާފިޤުން މުއުމިނުންނަށް ގޮވާނެއެވެ.) އަދިބުނާނެއެވެ. (ދުނިޔޭގައި) އަހުރެމެން ކަލޭމެންނާއި އެކު ނުވަމުހެއްޔެވެ؟ އެބަހީ އަހުރެމެންވެސް ކަލޭމެންނާއިއެކު މުއުމިނުންނަށް ވެގެންއުޅުނީމެވެ. އެމީހުން (އެބަހީ މުއުމިނުން) ބުނާނެއެވެ. އާއެކެވެ. ތިޔައީ ތެދެކެވެ. ކަލޭމެން އަހުރެމެންނާއި އެކު އުޅުނީމުއެވެ. އަދި އެހެނެއްކަމަކު ކަލޭމެން ކަލޭމެންގެ ނަފުސުތައް ފިތުނަވެރި ކުރީއެވެ. ހަލާކު ކުރީއެވެ. އަދި ކަލޭމެން (مُحمد ފާނަށާއި މުއުމިނުންނަށް) ނުބައިގޮތްތައް ދިމާވުމަށް إنْتِظَارُ ކުރީއެވެ. އަދި ކަލޭމެން ދީނާއިމެދު ޝައްކު ކުރީއެވެ. އަދި ނުބައި އުއްމީދުތަކާއި އެދުންތައް ކަލޭމެން ހެއްލުންތެރި ކުރުވީއެވެ. އެއީ ﷲ ގެ އަމުރުފުޅު އަންނާދެން އެބަހީ މަރު އަތުވެއްޖައުމަށްދާދެނެވެ. އަދި ﷲ އާއިމެދު شَيْطَانُ ކަލޭމެން ހެއްލުންތެރި ކުރުވީއެވެ.
فَٱلۡيَوۡمَ لَا يُؤۡخَذُ مِنكُمۡ فِدۡيَةٞ وَلَا مِنَ ٱلَّذِينَ كَفَرُواْۚ مَأۡوَىٰكُمُ ٱلنَّارُۖ هِيَ مَوۡلَىٰكُمۡۖ وَبِئۡسَ ٱلۡمَصِيرُ
Open ayah 57:15ދެންފަހެ މިއަދު ކަލޭމެންގެކިބައިން އެއްވެސްފިދުޔައެއް ނުހިފެވޭނެއެވެ. ޤަބޫލު ނުވެވޭނެއެވެ. އަދިކާފަރުންގެ އަތުންވިޔަސް (ޤަބޫލު ނުވެވޭނެއެވެ.) ކަލޭމެންގެ ޖާގަޔަކީނަރަކައެވެ. ކަލޭމެންގެ ސަހަރޯވެރިއަކީ އެއީއެވެ. ނުވަތަ ކަލޭމެނަށްއައުލާވެގެންވަނީ އެތަނެވެ. އެއީވާ ގޮސްތިބުން ނުބައިވެގެންވާ ތަނެކެވެ.
۞أَلَمۡ يَأۡنِ لِلَّذِينَ ءَامَنُوٓاْ أَن تَخۡشَعَ قُلُوبُهُمۡ لِذِكۡرِ ٱللَّهِ وَمَا نَزَلَ مِنَ ٱلۡحَقِّ وَلَا يَكُونُواْ كَٱلَّذِينَ أُوتُواْ ٱلۡكِتَٰبَ مِن قَبۡلُ فَطَالَ عَلَيۡهِمُ ٱلۡأَمَدُ فَقَسَتۡ قُلُوبُهُمۡۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ
Open ayah 57:16އަޅެފަހެ އީމާންވީ މީސްތަކުންނަށް އެމީހުންގެ ހިތްތައް الله ހަނދާންކުރުމަށް (ﷲ ގެ ޒިކުރުމަށް ބިރުވެތިވެ މައިތިރިވާން) ގާތްވެގެން ނުވޭ ހެއްޔެވެ؟ އަދި މީގެކުރިން ފޮތްދެވުނުމީހުން ފަދައިން (يَهُودِي ންނާއި نَصَارَى އިންފަދައިން) މިމީހުން (مُحَمّد ގެފާނަށް އީމާންވީމީހުން) ނުވާހުށިކަމެވެ! ފަހެ އެމީހުންގެމައްޗަށް (يَهُودِي ންނާއި نَصَارَى އިންގެމައްޗަށް) ދުވަސްތައް ދިގުވީއެވެ. ދެން ފަހެ އެމީހުންގެ ހިތްތައް ހަރުކަށިވީއެވެ. އަދި އެމީހުންކުރެ ގިނަމީހުންވީ ފާސިޤުންކަމުގައެވެ. (ﷲ ގެ ކިޔަމަނުން ނުކުތްބަޔަކު ކަމުގައެވެ.)
ٱعۡلَمُوٓاْ أَنَّ ٱللَّهَ يُحۡيِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ قَدۡ بَيَّنَّا لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَعۡقِلُونَ
Open ayah 57:17ކަލޭމެން ދަންނާށެވެ. ބިންގަނޑު މަރުވެފައި އޮތުމަށްފަހު ހަމަކަށަވަރުން الله تَعَالى އެބިންގަނޑުދިރުއްވައެވެ. ކަލޭމެން ބުއްދިކޮށް ފިކުރު ކުރޭތޯ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެންނަށް އާޔަތްތައް ބަޔާކޮށް ދެއްވައިފީމެވެ. ދަންނައެވެ. ބިންގަނޑުމަރުވެފައި އޮއްވާ އެބިންގަނޑު ދިރުއްވައި ގަސްތައްފަޅުއްވައި ތާޒާކޮށްލެއްވި ކަލަކަށް މީސްތަކުން މަރުވުމަށްފަހު އެމީހުން ދެވަނަފަހަރަށް ދިރުއްވައި ފޮނުއްވުމަށް ދަތިނުވާނެކަން ސަލާމަތްބުއްދިހުރި ކޮންމެމީހަކަށް އެނގޭނެއެވެ.
إِنَّ ٱلۡمُصَّدِّقِينَ وَٱلۡمُصَّدِّقَٰتِ وَأَقۡرَضُواْ ٱللَّهَ قَرۡضًا حَسَنٗا يُضَٰعَفُ لَهُمۡ وَلَهُمۡ أَجۡرٞ كَرِيمٞ
Open ayah 57:18ހަމަކަށަވަރުން صَدَقَة ކޮށް ހޭދަކުރާ ފިރިހެނުންނާއި އަދި صَدَقَة ކޮށް ހޭދަކުރާ އަންހެނުން އަދި އެމީހުން ރަނގަޅުވެގެންވާ ދަރަންޏަކުން الله އަށް ދަރަނިދީ ހެދި މީހުން ދަންނައެވެ. އެމީހުންނަށް އެތައްގުނައަކަށް ثَوَابُ އިތުރު ކުރެވޭނެއެވެ. އަދި އެމީހުންނަށް ހުންނަހުރީ މާތްވެގެންވާ ދަރުމައެވެ.
وَٱلَّذِينَ ءَامَنُواْ بِٱللَّهِ وَرُسُلِهِۦٓ أُوْلَٰٓئِكَ هُمُ ٱلصِّدِّيقُونَۖ وَٱلشُّهَدَآءُ عِندَ رَبِّهِمۡ لَهُمۡ أَجۡرُهُمۡ وَنُورُهُمۡۖ وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَحِيمِ
Open ayah 57:19އަދި الله އަށާއި އެކަލާނގެ ރަސޫލުންނަށް އީމާންވީ މީސްތަކުން ކަނޑައެޅިގެން އެމީހުން އެއީ އެމީހުންގެ رَبُّ ގެ حَضْرَةُ ގައި صِدِّيْقُ ންނާއި ޝަހީދުންނެވެ. އެމީހުންނަށް އެމީހުންގެ ދަރުމަ ޔާއި އަދި އެމީހުންގެ ނޫރާއި / އެއަލިކަމާއި ހުންނަހުއްޓެވެ. އަދި ކާފަރުވީ މީސްތަކުން އަދި އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް ހެދިމީހުން ދަންނައެވެ. އެމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ.
ٱعۡلَمُوٓاْ أَنَّمَا ٱلۡحَيَوٰةُ ٱلدُّنۡيَا لَعِبٞ وَلَهۡوٞ وَزِينَةٞ وَتَفَاخُرُۢ بَيۡنَكُمۡ وَتَكَاثُرٞ فِي ٱلۡأَمۡوَٰلِ وَٱلۡأَوۡلَٰدِۖ كَمَثَلِ غَيۡثٍ أَعۡجَبَ ٱلۡكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَكُونُ حُطَٰمٗاۖ وَفِي ٱلۡأٓخِرَةِ عَذَابٞ شَدِيدٞ وَمَغۡفِرَةٞ مِّنَ ٱللَّهِ وَرِضۡوَٰنٞۚ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ
Open ayah 57:20(އޭމީސްތަކުންނޭވެ!) ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ދުނިޔޭގެ حَيَاة އަކީ ކުޅިވަރާއި آخِرَة ހަނދާންނައްތައިލާ ޒާތުގެ ކަންތައްތަކާއި އަދި ޒީނަތް ތެރިވުންގަނޑެކެވެ. އަދި ކަލޭމެން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް فَخْرُ ވެރިވުމަކާއި އަދި އެކަކު އަނެކަކަށްވުރެ މުދަލާއި ދަރީނުން ގިނަކުރުމާއި އެވެ. އެއީ ވާރޭވިލާގަނޑެއްގެމިސާލެވެ. (އެވިލާގަނޑުން ފެންވެހިގެން ދަނޑުގެ ގަސްތައްހެދި ފައްކާވެގެންގޮސް) ދަނޑުވެރިން އޭނާގެ ދަނޑުގެ ގަސްތަކާއިމެދު ޢަޖާއިބު ކޮށްލި ވިލާގަނޑެކެވެ. ދެން އެގަސްތައް އެހެންހުރެފާ ހިކިގެންގޮސް ދެން ދޮންވެފައިވަނިކޮށް ކަލޭދެކޭނެއެވެ. ދެން އެގަސްތައް ހިކިގެންގޮސް ކުނިތަކަކަށްވެދެއެވެ. އަދި آخرَة ގައި ގަދަވެގެންވާ ޢަޒާބެވެ. އަދި ﷲ ގެ حَضْرَةُ ގައިވާ ފާފަފުއްސެވުމާއި އަދި އެކަލާނގެ ރުހިވޮޑިގަތުމާއެވެ. އަދި ހެއްލުންތެރިކުރުވާ ކުޑައަރާމުކޮޅެއްކަމުގައި މެނުވީ ދުނިޔޭގެ حَيَاة ނުވެއެވެ.
سَابِقُوٓاْ إِلَىٰ مَغۡفِرَةٖ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا كَعَرۡضِ ٱلسَّمَآءِ وَٱلۡأَرۡضِ أُعِدَّتۡ لِلَّذِينَ ءَامَنُواْ بِٱللَّهِ وَرُسُلِهِۦۚ ذَٰلِكَ فَضۡلُ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ
Open ayah 57:21ކަލޭމެންގެ رَبُّ حَضْرَةُ ންވާ ފާފަ ފުއްސެވުމަށާއި އަދި އެތާގެ ފުޅާމިން އުޑާއި ބިމުގެ ފުޅާ މިން ފަދަ ތަނަވަސް ސުވަރު ގެއަށް ކަލޭމެން ވާދަކޮށްފައި ދާށެވެ. އެތަންތައްޔާރު ކުރެވިފައިވަނީ الله އާއި އެކަލާނގެ ރަސޫލުންނަށް އީމާންވީ މީހުންނަށެވެ. އެއީ ﷲ ގެ فَضْلُ ވަންތަކަމެވެ. (އޯގާވަންތަކަމެވެ.) އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ އެކަންދެއްވައެވެ. އަދި الله އީ ބޮޑުވެގެންވާ فَضْلُ ވަންތަކަމުގެވެރި ކަލާނގެއެވެ. (އޯގާވަންތަކަ މުގެވެރި ކަލާނގެއެވެ.)
مَآ أَصَابَ مِن مُّصِيبَةٖ فِي ٱلۡأَرۡضِ وَلَا فِيٓ أَنفُسِكُمۡ إِلَّا فِي كِتَٰبٖ مِّن قَبۡلِ أَن نَّبۡرَأَهَآۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ
Open ayah 57:22ބިމުގައި ވިޔަސް އަދި ކަލޭމެންގެ ނަފުސުތަކުގައި ވިޔަސް އެއްވެސް مُصِيْبَةُ އެއް އެ مُصِيْبَةُ އެއް ޖެއްސެވުމުގެ ކުރިން ފޮތެއްގައި ލިޔެވިގެންވާމެނުވީ (لَوحُ المَحْفُوظُ ގައިވާމެނުވީ) ނުޖެހެއެވެ. (އެބަހީ ކޮންމެ ކަމަކީވެސް އެކަލާނގެ އަޒަލީ ދެނެވޮޑިގަތުން ނިޔާކުރާގޮތުގެމަތީ لَوحُ المَحْفُوظُ ގައި ލިޔެވި ފޮޅުވަތް ދެމިގެންވާކަން ކަމެވެ.) ހަމަކަށަވަރުން އެކަން އެއީﷲ ގެ حَضْرَةُ އަށް ދާދި ފަސޭހަ ކަމެއްކަމުގައި ވެއެވެ.
لِّكَيۡلَا تَأۡسَوۡاْ عَلَىٰ مَا فَاتَكُمۡ وَلَا تَفۡرَحُواْ بِمَآ ءَاتَىٰكُمۡۗ وَٱللَّهُ لَا يُحِبُّ كُلَّ مُخۡتَالٖ فَخُورٍ
Open ayah 57:23އެއީ ކަލޭމެންގެ ކިބައިން ވެދިޔަ ކަންތަކުގެމައްޗަށް ކަލޭމެން ހިތާމަ ނުކުރުމަށެވެ. އަދި އެކަލާނގެ ކަލޭމެންނަށް ދެއްވިތަކެއްޗަށް ކަލޭމެން އުފާ ވެސް ނުކުޅައުމަށެވެ. އަދި ބޮޑާވެ فَخْرُ ވެރިވާ އެއްވެސް މީހަކަށް الله ލޯބިވެ ވޮޑި ނުގަންނަވައެވެ.
ٱلَّذِينَ يَبۡخَلُونَ وَيَأۡمُرُونَ ٱلنَّاسَ بِٱلۡبُخۡلِۗ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ
Open ayah 57:24އަދި بَخِيْلُ ވާމީހުން އަދި އެމީހުން މީސްތަކުންނަށް بَخِيْلُ ވުމަށް އަމުރު ކުރާ މީހުން އަދި (ހޭދަނުކޮށް) އެނބުރި ފުރަގަސްދީފިމީހުން ދަންނައެވެ. މިއިން އެއްވެސްމީހެއްގެ އެއްވެސްޢަމަލަކުން ﷲ ގެ حَضْرَةُ އަށް އެއްވެސް ގެއްލުމެއްނެތެވެ. މިހެނީ ހަމަކަށަވަރުން الله تَعَالَى އީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ އަދި حَمْدُ އާއި ތާރީފު ލިބިވޮޑިގެންވާ ކަލާނގެއެވެ.
لَقَدۡ أَرۡسَلۡنَا رُسُلَنَا بِٱلۡبَيِّنَٰتِ وَأَنزَلۡنَا مَعَهُمُ ٱلۡكِتَٰبَ وَٱلۡمِيزَانَ لِيَقُومَ ٱلنَّاسُ بِٱلۡقِسۡطِۖ وَأَنزَلۡنَا ٱلۡحَدِيدَ فِيهِ بَأۡسٞ شَدِيدٞ وَمَنَٰفِعُ لِلنَّاسِ وَلِيَعۡلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلۡغَيۡبِۚ إِنَّ ٱللَّهَ قَوِيٌّ عَزِيزٞ
Open ayah 57:25ހަމަކަށަވަރުން ތިމަންރަސްކަކަލާނގެ ރަސޫލުބޭކަލުން ބަޔާންވެގެންވާ ދަލީލުތަކާއިގެން ތިމަންރަސްކަކަލާނގެ ފޮނުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެބޭކަލުންނާއި އެކު ފޮތާއި މީޒާން ނުވަތަ عَدْلُ ވެރިކަން ބާވާތްލެއްވީމެވެ. އެއީ މީސްތަކުން عَدْلُ ވެރިކަން ޤާއިމު ކުރުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ ދަގަޑު ބާވާތްލެއްވީމެވެ. އޭގައި ގަދަފަދަ ބާރުވެއެވެ. އަދި މީސްތަކުންނަށްވާ ފައިދާވެއެވެ. އަދި އެއީ غَيْبُ ގައި / ނުފެނި އެކަލާނގެއަށާއި އެކަލާނގެ ރަސޫލުންނަށް نَصْرُ ދެނީ ކޮންބައެއްކަން الله ދެނެވޮޑިގެންވާކަން އެންގެވުމަށްޓަކައެވެ. ހަމަކަށަވަރުން الله تَعَالَى އީ ގަދަފަދަވަންތަ އަދި عِزَّة ވަންތަ ކަލާނގެއެވެ.
وَلَقَدۡ أَرۡسَلۡنَا نُوحٗا وَإِبۡرَٰهِيمَ وَجَعَلۡنَا فِي ذُرِّيَّتِهِمَا ٱلنُّبُوَّةَ وَٱلۡكِتَٰبَۖ فَمِنۡهُم مُّهۡتَدٖۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ
Open ayah 57:26އަދި ހަމަކަށަވަރުން نُوحُ عَلَيْه السلام އާއި إبْرَاهِيم عَلَيْه السلام ތިމަރަސްކަލާނގެ ފޮނުއްވީމެވެ. އަދި އެދެބޭކަލުންގެ ދަރިފަސްކޮޅުގައި ނަބީކަމާއި އަދި ފޮތް ތިމަރަސްކަލާނގެ ލެއްވީމެވެ. ފަހެ އެމީހުންގެ ތެރޭގައި ތެދުމަގު ލިބުނު މީހުން ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުންނީ ފާސިޤުންނެވެ. (ﷲ ގެ ކިޔަމަނުން ނުކުތްމީހުންނެވެ.)
ثُمَّ قَفَّيۡنَا عَلَىٰٓ ءَاثَٰرِهِم بِرُسُلِنَا وَقَفَّيۡنَا بِعِيسَى ٱبۡنِ مَرۡيَمَ وَءَاتَيۡنَٰهُ ٱلۡإِنجِيلَۖ وَجَعَلۡنَا فِي قُلُوبِ ٱلَّذِينَ ٱتَّبَعُوهُ رَأۡفَةٗ وَرَحۡمَةٗۚ وَرَهۡبَانِيَّةً ٱبۡتَدَعُوهَا مَا كَتَبۡنَٰهَا عَلَيۡهِمۡ إِلَّا ٱبۡتِغَآءَ رِضۡوَٰنِ ٱللَّهِ فَمَا رَعَوۡهَا حَقَّ رِعَايَتِهَاۖ فَـَٔاتَيۡنَا ٱلَّذِينَ ءَامَنُواْ مِنۡهُمۡ أَجۡرَهُمۡۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ
Open ayah 57:27އެބޭކަލުންގެ އަސަރުތަކުގެ މައްޗަށް (އެބޭކަލުންގެ ފަހަށް) ދެން ތިމަން ރަސްކަލާނގެ ތިމަން ރަސްކަލާނގެ ރަސޫލުން ވިދި ވިދި ގެން تَبَعَ ކުރެއްވީމެވެ. (ފޮނުއްވީމެވެ.) އަދި مريم ގެފާނުންގެދަރިކަލުން عِيْسى عَلَيْه السلام ވެސް ތިމަން ރަސްކަލާނގެ تَبَعَ ކުރެއްވީމެވެ. (ފޮނުއްވީމެވެ.) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إنْجِيْلُ ދެއްވީމެވެ. އަދި އެކަލޭގެފާނަށް ތަބާވީމީހުންގެ ހިތްތަކުގައި އޯގާވެރިކަމާއި رحْمَة އަދި رَهْبَانِيَّةُ (شَهْوَة ތަކަށް ބިރުވެތިވުން) ތިމަންރަސްކަލާނގެ ލެއްވީމެވެ. އެމީހުން އެކަން އެބަހީ رَهْبَانِيَّةُ (شَهْوَة ތަކަށް ބިރުވެތިވުން) އަމިއްލައަށް އުފެއްދީ އެވެ. ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އެކަން فَرْضُ ނުކުރައްވަމެވެ. އެމީހުން އެކަންކުރީ ﷲ ގެ ރުއްސެވުން ލިބުމަށް އެދިގެންނެވެ. ފަހެއެމީހުން އެކަމަށް ފަރުވާތެރި ވުން ޙައްޤުވާވަރަށް ފަރުވާތެރި ނުވިއެވެ. ދެންފަހެ އެމީހުންގެތެރެއިން އީމާންވީމީސްތަކުންނަށް އެމީހުންގެ ދަރުމަ ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި އެމީހުންކުރެ ގިނަމީހުންވީ ފާސިޤުންކަމުގައެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَءَامِنُواْ بِرَسُولِهِۦ يُؤۡتِكُمۡ كِفۡلَيۡنِ مِن رَّحۡمَتِهِۦ وَيَجۡعَل لَّكُمۡ نُورٗا تَمۡشُونَ بِهِۦ وَيَغۡفِرۡ لَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ
Open ayah 57:28އޭއީމާން ވެއްޖެމީސްތަކުންނޭވެ. ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ. އަދި ކަލޭމެން އީމާންވާށެވެ. އެކަލާނގެ ރަސޫލާއަށް (އެބަހީ مُحَمَّد صَلّى الله عَلَيهِ وَسَلم އަށް) އީމާންވާށެވެ. އޭރުން އެކަލާނގެ ކަލޭމެނަށް އެކަލާނގެ رَحْمَةُ ން ދެބައި ދެއްވާނެއެވެ. އަދި އޭގެ އަލީގައި ކަލޭމެން ހިގާނޭ ނޫރެއް އެކަލާނގެ ކަލޭމެނަށް ލައްވާނެތެވެ. އަދި އެކަލާނގެ ކަލޭމެނަށް ފުއްސަވާނެތެވެ. އަދި ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ رَحْمَةُ ލެއްވުން ބޮޑުވެގެންވާ ކަލާނގެ އެވެ.
لِّئَلَّا يَعۡلَمَ أَهۡلُ ٱلۡكِتَٰبِ أَلَّا يَقۡدِرُونَ عَلَىٰ شَيۡءٖ مِّن فَضۡلِ ٱللَّهِ وَأَنَّ ٱلۡفَضۡلَ بِيَدِ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ
Open ayah 57:29އަދި أهْلُ كِتَابُ ން (يَهُودِي ންނާއި نَصَارِى އިން) އެމީހުންނަށް ﷲ ގެ فَضْلُ ވަންތަކަމުގެ ތެރެއިން އެއްވެސް ކަމަކަށް / އެއްވެސް އެއްޗަކަށް ކުޅަދާނަވެގެން ނުވާކަން އެމީހުން ދެނެގަތުމަށްޓަކައެވެ. (ނުވަތަ ދެނެގަތުން ހުއްޓެވެ.) އަދި ހަމަކަށަވަރުން އެންމެހައި فَضْلُ ވަންތަ ވެރިކަންވަނީ ﷲ ގެ އަތްޕުޅުގައި ކަމާއި އެކަލާނގެ އެދިވޮޑިގަންނަވާއަޅަކަށް އެކަލާނގެ އެދެއްވާނެކަން އެމީހުން ދެނެގަތުން ހުއްޓެވެ. އަދި ﷲ އީ ބޮޑުވެގެންވާ فَضْلُ ވަންތަ ކަމުގެވެރި ކަލާނގެ ކަން ވެސް އެމީހުން ދެނެގަތުން ހުއްޓެވެ.