الذاريات
Adh-Dhaariyat
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
وَٱلذَّٰرِيَٰتِ ذَرۡوٗا
Open ayah 51:1ވެއްޔާއި، ހިރަފުހާއި، އެބާވަތުގެ ލުއި ތަކެތި ބުރުއްސައިލާ ވައި ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ.
فَٱلۡحَٰمِلَٰتِ وِقۡرٗا
Open ayah 51:2އަދި ފެނުން ބަރުވެގެންވާ ވިލާތައް ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ.
فَٱلۡجَٰرِيَٰتِ يُسۡرٗا
Open ayah 51:3އަދި ކަނޑުމަތީގައި ފަސޭހަކަމާއެކު ދުވެފައިދާ ނައުދޯގު (އުޅަނދު) ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ.
فَٱلۡمُقَسِّمَٰتِ أَمۡرًا
Open ayah 51:4އަދި އެބޭކަލުންގެ رَبّ ގެ أمر ފުޅަށް رزق އާއި، ވާރެޔާއި، އަދިވެސް ތަކެތި ކަނޑައެޅިފައިވާ ގޮތަކަށް ބައްސަވާ ملائكة ބޭކަލުން ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ.
إِنَّمَا تُوعَدُونَ لَصَادِقٞ
Open ayah 51:5އޭ މީސްތަކުންނޭވެ. ކަލޭމެންނަށް وعد ވެވިގެންވާ ކަންކަމަކީ ހަމަ ތެދު وعد ފުޅު ތަކެކެވެ އެކެވެ. އެބަހީ މަރުވުމަށްފަހު محشر ކުރެއްވުމާއި، عمل ތަކަށް ހިސާބު ބެއްލެވުމާއި، ސުވަރުގެޔާއި، އެތާނގެ نعمة ތަކާއި، ނަރަކައާއި، އެތާނގެ عذاب ތަކާއި، މި ހުރިހާ ކަންކަމަކީ ހަމަ ކަނޑައެޅިގެން ސީދާކޮށް އޭގެ ވަގުތުތަކުގައި ހުންނާނޭ ކަންކަމެވެ. އެއީ ހަމަ ކަނޑައެޅިގެން ތެދު ވާހަކަތަކެވެ.
وَإِنَّ ٱلدِّينَ لَوَٰقِعٞ
Open ayah 51:6އަދި ހަމަ ކަށަވަރުން قيامة ދުވަހުން عدل ވެރި ޖަޒާ ދެއްވާނޭ ކަމީ އެއްވެސް ޝައްކެއްނެތި ކަނޑައެޅިގެން އޮންނާނޭ ކަމެކެވެ.
وَٱلسَّمَآءِ ذَاتِ ٱلۡحُبُكِ
Open ayah 51:7އަދި ދުނިޔޭގެ ބިންމަތީގައި މި ހުންނަ ކަހަލަ ވެލީގެ މަގުގެ ވެރި އުޑު ގަންދެއްވައި الله تعالى وحِي ކުރައްވައެވެ.
إِنَّكُمۡ لَفِي قَوۡلٖ مُّخۡتَلِفٖ
Open ayah 51:8ހަމަ ކަށަވަރުން ކަލޭމެން ތިޔަ ވަނީ (محمد ގެފާނާ މެދު) ކަނޑައެޅިގެން ތަފާތު ވާހަކަތަކެއްގައެވެ. ކަލޭމެންގެ ތެރޭގައި محمد ގެފާނަކީ سحر ވެރިއެކޭ ބުނާ މީހުން ވެއެވެ. އަދި އެއީ ދޮގުވެރިޔެކޭ ބުނާ މީހުން އެބަ ތިއްބެވެ. އަދި އެއީ كاهن އެކޭ ބުނާ މީހުންވެސް އެބަ ތިއްބެވެ. އަދި قرآن އަކީ سحر އެކޭ ނުވަތަ ދޮގު باطل ވާހަކަތަކެކޭ ނުވަތަ އެއީ كَهانَة އެކޭ ބުނާ މީހުންވެސް އެބަ ތިއްބެވެ. މިހެންގޮސް ތަފާތު ވާހަކަތަކެއްގައެވެ.
يُؤۡفَكُ عَنۡهُ مَنۡ أُفِكَ
Open ayah 51:9އެކަލޭގެފާނާމެދު ނުވަތަ قرآن އާމެދު ނުވަތަ އެ ދެފަރާތް ދޮގުކޮށް އެ ދެފަރާތުން މޫނު އަނބުރާލެވުނު ބަޔަކު މޫނު އަނބުރައިލެވުނެވެ.
قُتِلَ ٱلۡخَرَّٰصُونَ
Open ayah 51:10އެކި ބާވަތް ބާވަތުގެ ދޮގު ހީތައްކުރި ދޮގުވެރީންނަށް لعنة ލެވިއްޖެއެވެ. އެމީހުން ހަލާކުވެއްޖެއެވެ.
ٱلَّذِينَ هُمۡ فِي غَمۡرَةٖ سَاهُونَ
Open ayah 51:11އެމީހުންނަކީ ޖާހިލުކަމާއި، ނޭގުމުގެ ތެރެއަށް ވަދެ غافل ވެގެންވާ ބައެކެވެ.
يَسۡـَٔلُونَ أَيَّانَ يَوۡمُ ٱلدِّينِ
Open ayah 51:12އަދި މަލާމާތުގެ ގޮތުން، އެމީހުން ސުއާލުކޮށް ހަދައެވެ. "ތިޔަބުނާ قيامة ދުވަހެއް (ހިސާބު ބައްލަވާ ޖަޒާދެއްވާ ދުވަހެއް) ދެން އަންނާނީ ކޮން އިރަކުން ހެއްޔެވެ؟" (އޭގެ ޖަވާބުގައި الله وَحِي ކުރައްވަނީ)
يَوۡمَ هُمۡ عَلَى ٱلنَّارِ يُفۡتَنُونَ
Open ayah 51:13އެ ދުވަހަކީ އެމީހުންނަށް ނަރަކައިގެ عذاب ދެއްވޭ ދުވަހެވެ.
ذُوقُواْ فِتۡنَتَكُمۡ هَٰذَا ٱلَّذِي كُنتُم بِهِۦ تَسۡتَعۡجِلُونَ
Open ayah 51:14އެ ދުވަހުން އެމީހުންނަށް ބުނެވޭނެއެވެ. "ކަލޭމެން މި عذاب ގެ ރަހަ ލިބިގަންނާށެވެ. މި عذاب އަކީ ކަލޭމެން ދުނިޔޭގައި އެ عذاب އައުމަށް އަވަސް ވޭވޭ، އަވަހަށް އެދިއެދި ތިބި عذاب އެވެ." މިއެވެ.
إِنَّ ٱلۡمُتَّقِينَ فِي جَنَّٰتٖ وَعُيُونٍ
Open ayah 51:15ހަމަކަށަވަރުން تقوى ވެރީން ވަނީ ބަގީޗާތަކެއްގައެވެ. (ސުވަރުގެ ތަކުގައެވެ.) އެތާނގެ ދަށުގައި އެކި ޒާތްޒާތުގެ އާރުތައް ވެއެވެ.
ءَاخِذِينَ مَآ ءَاتَىٰهُمۡ رَبُّهُمۡۚ إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُحۡسِنِينَ
Open ayah 51:16އެމީހުން އެތަންތާ ތިބޭނީ އެމީހުން ހައްދަވާ ބޮޑުކުރެއްވި ربّ އެމީހުންނަށް ދެއްވި ތަކެތީގައި ހިފަހިފައެވެ. (އެބަހީ އެކަލާނގެ ދެއްވާ ގިނަގުނަ ثواب އާއި، ދަރުމަޔާއި، ސުވަރުގޭގެ عدد ނުކުރެވޭހާ ގިނަގުނަ نعمة ތައް އެމީހުން ލިބިގަންނަ حال ގައެވެ.) އޭގެ ކުރީގައި އެމީހުން ވީ إحسان ތެރީން ކަމުގައެވެ. (އެބަހީ އެމީހުން ދުނިޔޭގައި އުޅުނުއިރު އެމީހުން ވީ އެމީހުންގެ نية ތައް إخلاص ތެރި އަދި عمل ތައް صالح ބަޔަކު ކަމުގައެވެ. الله އަށާއި، އެކަލާނގެ އަޅުތަކުންނަށް إحسان ތެރި، މާތް ބަޔަކު ކަމުގައެވެ.)
كَانُواْ قَلِيلٗا مِّنَ ٱلَّيۡلِ مَا يَهۡجَعُونَ
Open ayah 51:17އަދި އެމީހުން ވީ މަދުމަދުން ނޫނީ ރޭގަނޑު ނުނިދާ ކަމުގައެވެ. އަދި ރޭގަނޑު ދަންވަރު،
وَبِٱلۡأَسۡحَارِ هُمۡ يَسۡتَغۡفِرُونَ
Open ayah 51:18ހާރުދަމުގެ ވަގުތު އެމީހުން ނަމާދުކޮށް أستغفار ކުރާ ކަމުގައި ވިއެވެ. (އެބަހީ އެބައިމީހުން ރޭގަނޑުގެ ގިނަ ވަގުތު ﷲ އަށް އަޅުކަންކޮށް، أستغفار ކޮށްހަދާ ކަމުގައި ވެއެވެ. އެމީހުން އޮށޯވެ ނިދާހަދަނީ މަދުންނެވެ. (ރޭގަނޑު ދަންވަރު ޓީވީބަލާ، އޮރިޔާން ފިލްމުބަލާ، ވޮލްޑް ކަޕް ބަލަން، އަދި ނުވަތަ ކުޅިވަރު ކުޅޭން ހޭލައި ތިބީއެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ الله އަށް ذكر ކުރުމާއި، ނަމާދުކުރުމާއި، أستغفار ކުރުމުގައި ގިނަ ވަގުތުތައް ހޭދަކުރެއްވީއެވެ.)
وَفِيٓ أَمۡوَٰلِهِمۡ حَقّٞ لِّلسَّآئِلِ وَٱلۡمَحۡرُومِ
Open ayah 51:19އަދި އެމީހުންނަކީ އެމީހުންގެ މުދަލުގައި ސަލާމްޖަހާ މީހުންނަށާއި، محروم ވެފައި ތިބި މީހުންނަށް އޮތް حقّ އެއް ވާކަން ހަނދާންކޮށް އެ حقّ އަދާކުރި ބައެކެވެ. ދަންނައެވެ. މިތާ މިވާ حقّ ގެ މާނައީ މުދަލުން އަދާކުރަންޖެހޭ فرض زكاة ފިޔަވައި ދެންހުރި އެކި ބާވަތުގެ سنّة ހޭދަކުރުންތަކުގެ މާނައެވެ. އެބަހީ އެބައިމީހުން އެބައިމީހުންނަށް فرض ވެގެންވާ ޒަކާތް قواعد ން އަދާކޮށް، އަދި އޭގެ އިތުރު صدقة ތައްވެސް ދެމުން ގެންދެއެވެ. محروم ވެފައި ތިބޭ މީހުންނަކީ ތިމާމެންގެ عِفّة ތެރިކަމުން ސަލާމްޖަހަން ނުކެރި، އެކަމަކު އަތުގައި އެއްވެސް ފަދައެއް ނެތް މީހުންނެވެ. އެހެން މީހުންނަށް ހީވާނީ އެއީ ހަމަ ފޯރާ ރަނގަޅު މީހުން ކަމަށެވެ. އެކަމަކު އެއީ ހަމަ ހުރިހާ ގޮތަކުންވެސް މުދަލުން محروم ވެގެންވާ ބައެކެވެ. والله أعلم.
وَفِي ٱلۡأَرۡضِ ءَايَٰتٞ لِّلۡمُوقِنِينَ
Open ayah 51:20އަދި يقين ކުރާ ބަޔަކަށް ބިމުގައި ދަލީލުތަކާއި، حُجّة ތައް ވެއެވެ. (އެބަހީ ﷲ تعالى ބިންމަތީގައި ލައްވާފައިވާ އެކިއެކި حيوان ތަކާއި، ގަސްގަހާގެއްސާއި، ފަރުބަދަތަކާއި، ކަނޑުތަކާއި، އަދި މިނޫންވެސް އެންމެހާ ތަކެތީގައި ﷲ ގެ ކުޅަދުންވަންތަ ކަމާއި، އެކަލާނގެ އެއްކައުވަންތަ ކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل ތަކާއި حُجّة ތައް ވެއެވެ. ﷲ ގެ ކުޅަދުންވަންތަ ކަމާއި، އެއްކައުވަންތަ ކަމާއި، އެކަލާނގެ ދެނެވޮޑިގަތުމާއި، އެކަލާނގެ حكمة ވަންތަކަމާއި، އަޅުތަކުންނަށް الله ދެއްވާ ދަރުމަކުރައްވާފައިވާ ގިނަގުނަ رحمة، (يقين ކޮށް،) އަދި إيمان ވާ ބަޔަކަށް ފުދޭހައި ވެއެވެ.)
وَفِيٓ أَنفُسِكُمۡۚ أَفَلَا تُبۡصِرُونَ
Open ayah 51:21އަދި ކަލޭމެންގެ نفس ތަކުގައިވެސް ވެއެވެ. ފަހެ ކަލޭމެން ވިސްނާ ބަލާ ނުހަދާނޭ ހެއްޔެވެ؟ (އެބަހީ: ﷲ ގެ ކުޅަދުންވަންތަކަމާއި، އެއްކައުވަންތަކަމާއި، އެކަލާނގެ ދެނެވޮޑިގަތުމާއި، އެކަލާނގެ حكمة ވަންތަކަމާއި، އެކަލާނގެ ތަކެތި ހެއްދެވުމުގައި ހުރި ފަށުވިކަމާއި، ހިމުންކަން، ރީތިކަމާއި، ފުރިހަމަކަން، މި ކަންކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل ތަކާއި، علامة ތައް ކަލޭމެންގެ نفس ތަކުގައިވެސް އެކަލާނގެ ލައްވާފައި ވާނެއެވެ. ކަލޭމެން ފަހެ އެކަންކަމަށް ބަލައި، ވިސްނާ ނަހަދާ ހެއްޔެވެ؟ ފަހެ އިންސާނާގެ ހަށިގަނޑަކީ ﷲ ގެ قدرة ވަންތަ ކަމާއި، އެއްކައުވަންތަ ކަމާއި حكمة ވަންތަ ކަމާއި، ދެނެވޮޑިގަތުމާއި، މި ކަންކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ކޮންމެ ގުނަވަނެއް ހައްދަވާފައިވާ ރީތިކަމާއި، ކަމަށް މުނާސަބުކަމާއި، عمل ގެ މޮޅުކަމާއި، ހިމުންކަމާއި، ހަށިގަނޑުގެ އެކިއެކި ސިސްޓަމްތައް ހިންގުމުގައި ލައްވާފައިވާ ބަރާބަރުކަމާއި، وظيفة ތައް އަދާކުރުމުގައި ހުރި ކުޅަދާނަކަން މިޒަމާނުގެ އެންމެ ކުރިއަރާފައިވާ ސައިންސްވެސް އެވަނީ ނުކުޅައްދާފައެވެ. މިހާތަނަށް ދުނިޔެ ترقّى ވީއިރުވެސް އަދިވެސް تحقيق ނުކުރެވޭ ކިތަންމެ ސިއްރެއް ހަށިގަނޑުގައި ވާކަމަށް އެކަމުގެ އެންމެ މަތީ މާހިރުންވެސް ލަދުވެތިކަމާއި، ކިޔަމަންތެރިކަމާއެކު އެތިބަ أعتراف ވަނީއެވެ. فَسُبْحانَ مَنْ خَلَقَ الْخَلْقَ وَ أتْقَنَهَا...
وَفِي ٱلسَّمَآءِ رِزۡقُكُمۡ وَمَا تُوعَدُونَ
Open ayah 51:22އަދި ކަލޭމެންގެ ރިޒުގު ވަނީ ހަމަ އުޑުގައެވެ. އަދި ކަލޭމެންނަށް وعد ކުރެވިގެންވާ ތަކެތިވެސް ވަނީ އުޑުގައެވެ. (އެބަހީ ކަލޭމެންގެ ރިޒުގުގެ ސަބަބެއް ކަމުގައިވާ ފެން، ވާރޭފެން އެވަނީ މަތީގައެވެ. އެ ފެން ވެހެނީ މަތީންނެވެ. ނުވަތަ ކަލޭމެންގެ ރިޒުގު تقدير ކުރައްވާ، މިންވަރު ކުރެއްވުން ވަނީ މަތީގައެވެ. އަދި ކަލޭމެންނަށް وعد ކުރެވިގެންވާ ثواب އާއި، عذاب ވެސް ނުވަތަ އެތަކެތި މިންވަރުކުރައްވާ، ނިޔާކުރެއްވުމުގެ ހުރިހާ ކަމެއްވެސް ވަނީ މަތީގައެވެ. އުޑުގައެވެ.)
فَوَرَبِّ ٱلسَّمَآءِ وَٱلۡأَرۡضِ إِنَّهُۥ لَحَقّٞ مِّثۡلَ مَآ أَنَّكُمۡ تَنطِقُونَ
Open ayah 51:23ފަހެ އެ އުޑާއި، ބިމުގެ ވެރި ربّ ގަންދެއްވައި ހުވައި وحِي ކުރައްވައެވެ. އެކަންތައްތަކަކީ ހަމަ ކަނޑައެޅިގެން حقّ އެވެ. އެއްވެސް ޝައްކެއް ނެތެވެ. ކަލޭމެން އަނގައިން ބުނާ كلمة އާއި، لفظ ފަދައިން ފާޅުކޮށް އެނގޭ حقّ އެކެވެ.) (އެބަހީ އިސްވެދިޔަހާ އާޔަތްތަކުގައި އަންގަވާފައިވާ خبر ތަކާއި، ވާހަކަތަކަކީ އެއްވެސް އޮޅުމެއް، ދޮގެއްނެތް حقّ ވާހަކަތަކެކެވެ. އޭގެތެރޭގައި، މަރުވުމަށްފަހު محشر އަށް ފޮނުއްވޭނޭ ކަމާއި، ހިސާބު ބައްލަވާނޭ ކަމާއި، ސުވަރުގޭގެ نعمة ތަކާއި، ނަރަކައިގެ عذاب ތަކާއި، އެކަންކަމުގެ حقّ ވެރީންނަށް ބަރާބަރަށް އެކަންކަން ހުންނާނޭ ކަމީ ކަނޑައެޅިގެން ވާحقّ ވާހަކަ ތަކެކެވެ.
هَلۡ أَتَىٰكَ حَدِيثُ ضَيۡفِ إِبۡرَٰهِيمَ ٱلۡمُكۡرَمِينَ
Open ayah 51:24އޭ (رسول الله އެވެ!) إبراهيم عَلَيْه السلام ގެ އަރިހަށް ވަޑައިގެންނެވި މާތްވެގެންވާ މެހުމާނުންގެ ވާހަކަ ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެތޯއެވެ. (ނުވަތަ އެ މެހުމާނުންގެ ވާހަކަ ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ. އެ މެހުމާނުންނަކީ މާތްވެގެންވާ ملائكة ބޭކަލުންގެ جماعة އެކެވެ. އެ جماعة އެކުލެވިގެންވަނީ جِبْريل - ميكائيل إسْرَافِيْل عَلَيْهم السلام މި ބޭކަލުންގެ މައްޗަށެވެ.) އެބޭކަލުން ވަޑައިގެންނެވީ ރީތި ފިރިހެނުންތަކެއްގެ ސިފައިގައެވެ.
إِذۡ دَخَلُواْ عَلَيۡهِ فَقَالُواْ سَلَٰمٗاۖ قَالَ سَلَٰمٞ قَوۡمٞ مُّنكَرُونَ
Open ayah 51:25إبراهيم عَلَيْه السلام ގެ އަރިހަށް އެބޭކަލުން ވެދެވަޑައިގެންނެވި ހިނދުން، ދެން ކަންތައް ވީގޮތް ހަނދުމަފުޅު ކުރައްވާށެވެ. އެބޭކަލުން ވެދެވަޑައިގެންފައި، އެކަލޭގެފާނަށް سلام ކުރެއްވިއެވެ. އަދި އެކަލޭގެފާނުންވެސް سلام ވިދާޅުވިއެވެ. އަދި އަމިއްލަފުޅަށް ވިދާޅުވިއެވެ. "މިއީ ނުދަންނަ ބައެކެވެ." ނުވަތަ އެބޭކަލުންނާ مخاطب ކުރައްވައި ވިދާޅުވިއެވެ. "ތިޔަ ބޭކަލުންނަކީ އަދި ތިމަން ކަލޭގެފާނަށް މިހާތަނަށް އެގިވަޑައި ނުގަންނަވާ ބޭކަލުން ތަކެކެވެ."
فَرَاغَ إِلَىٰٓ أَهۡلِهِۦ فَجَآءَ بِعِجۡلٖ سَمِينٖ
Open ayah 51:26ދެން އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން އަރިހަށް ވަޑައިގެން އެބޭކަލުން ފަރީއްކުޅުއްވުމަށް ޅަވަރެއްގެ ރޫފަ ރަނގަޅު ގެރިއެއް (ފިއްސަވައިގެން) ގެންނަވައިފިއެވެ.
فَقَرَّبَهُۥٓ إِلَيۡهِمۡ قَالَ أَلَا تَأۡكُلُونَ
Open ayah 51:27އަދި އެ ގެރި ގެންނަވައި އެބޭކަލުންގެ އަރިހަށް އިސްކުރައްވައި، ފަރީއްކުޅުއްވުމަށް ވިދާޅުވިއެވެ. (ދެންފަހެ އެބޭކަލުން ފަރީއް ނުކުޅުއްވީމާ) ވިދާޅުވިއެވެ. "އަޅެ ފަހެ ތިޔަބޭކަލުން ފަރީއް ނުކުޅުއްވާނޭ ތޯއެވެ؟"
فَأَوۡجَسَ مِنۡهُمۡ خِيفَةٗۖ قَالُواْ لَا تَخَفۡۖ وَبَشَّرُوهُ بِغُلَٰمٍ عَلِيمٖ
Open ayah 51:28(ދެންފަހެ އެބޭކަލުން ފަރީއް ނުކުޅުއްވުމުން) އެކަލޭގެފާނަށް ބިރުފުޅުގެންވަޑައިގަތުމެއް إحساس ކުރެވިއްޖެއެވެ. (އެގޮތަކީ އާދަމުގެ ދަރީންގެ މެދުގައި އާދަވެފައި ވަނީ ތިމާ ތައްޔާރުކުރި ކާނާ ނުކެއި ބަޔަކީ ހެވަކާއިގެން އައި ބައެއް ނޫންކަމާއި، އަދި ކޮންމެވެސް ބޮނޑިއެއް ދޭން އައި ބައެއް ކަމަށެވެ. އެހެންވެ، ބިރުފުޅުގެންވަޑައިގެންނެވީ އެވެ. ނުވަތަ އެއީ ملائكة ބޭކަލުން ކަމުގައި ހީފުޅުވެގެން ބިރުފުޅުގެންވަޑައިގެންނެވީ އެވެ.) އަދި އެބޭކަލުން ވިދާޅުވިއެވެ. "ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ." އަދި އެބޭކަލުން އެކަލޭގެފާނަށް علم ވެރި ދަރިކަލަކު ލިބިވަޑައިގެންފާނޭ ކަމުގެ އުފާވެރި خبر ދެއްވިއެވެ. އެހިނދު އެބޭކަލުންނީ ملائكة ބޭކަލުންކަން އެނގިވަޑައިގެންފިއެވެ.
فَأَقۡبَلَتِ ٱمۡرَأَتُهُۥ فِي صَرَّةٖ فَصَكَّتۡ وَجۡهَهَا وَقَالَتۡ عَجُوزٌ عَقِيمٞ
Open ayah 51:29އަދި އެކަލޭގެފާނުންގެ އަނބިކަނބަލުން (ގޭތެރޭގައި) ބަޔަކު މީހުންގެ جماعة އެއްގައި އިންނެވިއެވެ. ނުވަތަ ހަޅޭފުޅުލައްވައި އެކަމަނާގެ މޫނުފުޅުގައި އަތްތިލަފުޅުން ޖައްސަވާލައްވާފައި ވިދާޅުވިއެވެ. " (އަހުރެން ވިހާނީ ކިހިނަކުންތޯއެވެ؟) އަހުރެންނަކީ ދުވަސްވެ، މުސްކުޅިވެފައިވާ އަންހެނެކެވެ. عجوز އެކެވެ. އަދި އަހުރެންނަކީ ދަރީން ނުލިބޭ މީހެކެވެ."
قَالُواْ كَذَٰلِكِ قَالَ رَبُّكِۖ إِنَّهُۥ هُوَ ٱلۡحَكِيمُ ٱلۡعَلِيمُ
Open ayah 51:30އެބޭކަލުން ވިދާޅުވިއެވެ. "ކަމަނާގެ ربّ وحِي ކުރެއްވީ އެފަދައިންނެވެ. ހަމަކަށަވަރުން އެކަލާނގެއީ حكمة ވަންތަ، ދެނެވޮޑިގެންވާ ކަލާނގެއެވެ." ދަންނައެވެ. تفسير علم ވެރީން ވިދާޅުވެފައި ވެއެވެ. އޭރު އެކަމަނާގެ عمر ފުޅުން ނުވަދިހަ-ނުވަ އަހަރު ވެއްޖެއެވެ. އަދި إبراهيم عَلَيْه السلام ސަތޭކަ އަހަރުފުޅެވެ. والله أعلم.
۞قَالَ فَمَا خَطۡبُكُمۡ أَيُّهَا ٱلۡمُرۡسَلُونَ
Open ayah 51:31(إبراهيم عَلَيْه السلام ملائكة ބޭކަލުންނަށް ވިދާޅުވިއެވެ.) "ތިޔަ ބޭކަލުން ވަޑައިގެންނެވުމުގެ مقصد އަކީ ކޮބައިތޯއެވެ؟"
قَالُوٓاْ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمٖ مُّجۡرِمِينَ
Open ayah 51:32އެބޭކަލުން ވިދާޅުވިއެވެ"ތިމަން ބޭކަލުން ފޮނުއްވިގެން މިވަނީ ނުބައިވެގެންވާ ކުށްވެރި قوم އަކަށެވެ. (އެއީ لوط قوم އެވެ.)
لِنُرۡسِلَ عَلَيۡهِمۡ حِجَارَةٗ مِّن طِينٖ
Open ayah 51:33"އެއީ އެބައިމީހުންގެ މައްޗަށް އަލިފާނުން ކެކި ރަތްވެފައިވާ ހިލައިގެ عذاب ދެއްވުމަށެވެ.
مُّسَوَّمَةً عِندَ رَبِّكَ لِلۡمُسۡرِفِينَ
Open ayah 51:34އެ ހިލަ ވަނީ ކަލޭގެފާނުންގެ ربّ ގެ حضرة ގައި ފާހަގަލެވިގެންނެވެ. އެބަހީ ކޮންމެ ހިލައެއްވެސް، އެ ހިލައަކުން ޖެހޭންވީ މީހާގެ ނަން ލިޔެވި، ފާހަގަލެވިގެންނެވެ. އެއީ ފާފަކުރުމާއި، فاحش ކަމުގައި ހައްދު ފަހަނަޅާ މީސްތަކުންނަށް ތައްޔާރުކުރެވިގެންވާ އެއްޗެކެވެ.
فَأَخۡرَجۡنَا مَن كَانَ فِيهَا مِنَ ٱلۡمُؤۡمِنِينَ
Open ayah 51:35އަދި އެރަށުގައިވާ އެންމެހާ مؤمن ން ތިމަން ބޭކަލުން ނެރުއްވާ ހުށީމެވެ.
فَمَا وَجَدۡنَا فِيهَا غَيۡرَ بَيۡتٖ مِّنَ ٱلۡمُسۡلِمِينَ
Open ayah 51:36އަދި ކިޔަމަންތެރި ވެގެންވާ مؤمن ން އެރަށުގެ އެންމެ ގެއަކުން މެނުވީ ތިމަން ބޭކަލުންނަކަށް ނުފެނުނެވެ." (އެއީ لوط عَلَيْه السلام ގެ ގެއެވެ.).
وَتَرَكۡنَا فِيهَآ ءَايَةٗ لِّلَّذِينَ يَخَافُونَ ٱلۡعَذَابَ ٱلۡأَلِيمَ
Open ayah 51:37"އަދި ވޭންދެނިވި عذاب އަށް ބިރުވެތިވާ ބަޔަކަށް (عبرة އެއްގެ ގޮތުން) އެރަށުގައި ތިމަން ރަސްކަލާނގެ علامة އެއް ދޫކުރައްވާފައި ވާނެއެވެ. އެއިން އެމީހުންނަށް ލިބުނު عذاب ގެ މައްޗަށް دليل ކުރާނެއެވެ." (އެ علامة ކަމުގައި ބައެއް مفسّر ން ލިޔުއްވާފައި ވަނީ: އެމީހުންނަށް އުކެވުނު ހިލަތައް އެތާ ވާ ކަމެވެ. ނުވަތަ އެރަށް ބަންޑުން ޖައްސަވައި، އެތަން ކަނޑަކަށް ހައްދަވައި އެތާނގެ ފެނުގެ ލޮނު ރަހަ ގަދަވެ، ނުބައިވަސް ދުވާ، އަދިއަދަށް ދާނދެންވެސް އެތާ ދިރޭ އެއްޗެއް ނޫޅޭކަމަށް ވެއެވެ. بحر الميّت ގެ ނަމުން އެތަނަށް ނަން ދެވިފައި ވެއެވެ. މިކަންކަން ވެއެވެ. والله أعلم بالصّواب.)
وَفِي مُوسَىٰٓ إِذۡ أَرۡسَلۡنَٰهُ إِلَىٰ فِرۡعَوۡنَ بِسُلۡطَٰنٖ مُّبِينٖ
Open ayah 51:38އަދި موسى عَلَيْه السلام ގެ ވާހަކައިގައިވެސް ތިމަން ރަސްކަލާނގެ دليل އެއް ދޫކުރައްވާފައި ވާނެއެވެ. އެއީ ބަޔާންވެ ފައުޅުވެގެންވާ معجزة އަކާއިގެން فرعون ގެ ގާތަށް ތިމަން ރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވި ހިނދުގައެވެ.
فَتَوَلَّىٰ بِرُكۡنِهِۦ وَقَالَ سَٰحِرٌ أَوۡ مَجۡنُونٞ
Open ayah 51:39(ފަހެ موسى عَليه السلام އޭނާއަށް دين އަށް ގޮވާލެއްވުމުން) އޭނާ އޭނާގެ ސިފައިންނާއިގެން އެނބުރި ފުރަގަސްދީފިއެވެ. (އޭނާ إيمان އެއް ނުވިއެވެ.) އަދި އޭނާ ބުނީ موسى (عَليه السلام) އަކީ سحر ވެރިއެކެވެ. ނުވަތަ ދުނިޔޭންމޮޔަވެފައިވާ މީހެކެވެ. مجنون އެކެވެ.
فَأَخَذۡنَٰهُ وَجُنُودَهُۥ فَنَبَذۡنَٰهُمۡ فِي ٱلۡيَمِّ وَهُوَ مُلِيمٞ
Open ayah 51:40ދެންފަހެ ތިމަން ރަސްކަލާނގެ އޭނާޔާއި، އޭނާގެ ސިފައިންތައް ކަނޑަށް އުކައިލެއްވީމެވެ. އެމީހުންނާއި އެންމެ އެކަށީގެންވާ މުނާސަބު ގޮތަކީ އެއީއެވެ. (އެއީ އެމީހުން ނުކިޔަމަންތެރި ކަމާއި، ކާފަރުކަމާއި، ބޮޑާކަމުގައި ހައްދުފަހަނަޅައިގެން ދިއުމުގެ ނަތީޖާއެވެ. އަދި فِرْعونُ އަކީ ކަލާނގެ ކަމަށް دعوى ކުރި މީހެކެވެ. އަދި الله އަށް كافر ވީ މީހެކެވެ. އަދި އުރެދުމާއި، ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅައިގަތް މީހެކެވެ. އެހެންވެ، އޭނާޔާ މުނާސަބު، އަދި އެންމެ لائق ވެގެންވާ ގޮތަކި އޭނާޔާއި، އޭނާގެ ސިފައިން ކަނޑުގައި غرق ކުރެއްވުން ކަމުގައި އަންގަވައި، وحِي ކުރެއްވީއެވެ. މިހާރު ދެން އޭނާޔަކީ ربّ ނޫންކަން އެންމެންނަށް އެނގެން ވާނެއެވެ.)
وَفِي عَادٍ إِذۡ أَرۡسَلۡنَا عَلَيۡهِمُ ٱلرِّيحَ ٱلۡعَقِيمَ
Open ayah 51:41އަދި عاد ބާގައިގެ މީހުންގެ ވާހަކައިގައިވެސް (ތިމަން ރަސްކަލާނގެ دليل އެއް ލައްވާފައި ވާނެއެވެ.) އެއީ އެބައިމީހުންގެ މައްޗަށް އެއްވެސް ހެޔޮކަމެއް، އަދި بركاة އެއް ނެތް ގަދަ ވަޔެއް ތިމަން ރަސްކަލާނގެ ފޮނުއްވި ހިނދުންނެވެ. (އެ ވައިގައި ވާރޭފެންފޮދެއްވެސް ނުވެއެވެ. އަދި ގަހެއް تلقيح ކޮއްދިނުމެއްވެސް ނުވެއެވެ.)
مَا تَذَرُ مِن شَيۡءٍ أَتَتۡ عَلَيۡهِ إِلَّا جَعَلَتۡهُ كَٱلرَّمِيمِ
Open ayah 51:42އެވައި ޖެހުނު ކޮންމެ އެއްޗެއް ފީވެ، އަޅިޔަށް ވެފައިވާ ކަށި ފަދައިން ކުދިކުދިވެ، ވަޔަށް ބުރައިގެންދާ ފަދައިން ހަދައިލައިފައި ނޫނީ ނުދޫކުރެއެވެ. (މީސްތަކުންގެ ހަށިތަކާއި، ސޫފިތަކާއި، އެންމެހައި މުދާތަކާއި، އަދި އެންމެހާ ތަކެތި ފީވެ، ކުދިކުދިވެގެން ދިޔައީއެވެ.)
وَفِي ثَمُودَ إِذۡ قِيلَ لَهُمۡ تَمَتَّعُواْ حَتَّىٰ حِينٖ
Open ayah 51:43އަދި ثمود ބާގައިގެ މީހުންގެ ވާހަކައިގައިވެސް ތިމަން ރަސްކަލާނގެ ބަޔާންވެގެންވާ حُجّة އެއް ދޫކުރައްވާފައި ވާނެއެވެ. ކަނޑައެޅިގެންވާ مدة އަށް ކަލޭމެންގެ ގެތަކުގައި އަރާމުކުރާށޭ އެބައިމީހުންނަށް އެންގެވި ހިނދު ކަންވީގޮތް ބަލާށެވެ.
فَعَتَوۡاْ عَنۡ أَمۡرِ رَبِّهِمۡ فَأَخَذَتۡهُمُ ٱلصَّٰعِقَةُ وَهُمۡ يَنظُرُونَ
Open ayah 51:44އެމީހުން އެމީހުން ހައްދަވާ ބޮޑުކުރެއްވި ربّ އަށް އުރެދި ނުކިޔަމަންތެރިވެ ބޮޑާވެގެންފިއެވެ. ފަހެ އެމީހުންނަށް ގަދަވެގެންވާ عذاب އައިސް ޖެހުނީއެވެ. އެމީހުން ބަލަބަލާ ތިއްބައި އެމީހުން ހަލާކުވެގެން ދިޔައީއެވެ.
فَمَا ٱسۡتَطَٰعُواْ مِن قِيَامٖ وَمَا كَانُواْ مُنتَصِرِينَ
Open ayah 51:45އަދި އެމީހުން ތިބި ތަނުން ތެދުވުމަކަށްވެސް އެމީހުންނަށް ކުޅަދާނަވެގެން ނުވިއެވެ. އަދި އެމީހުންނަކީ نصر ލިބުނު ބަޔަކު ކަމުގައިވެސް ނުވިއެވެ.
وَقَوۡمَ نُوحٖ مِّن قَبۡلُۖ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ
Open ayah 51:46އަދި އޭގެ ކުރީން نوح عَليه السلام ގެ قوم ހަލާކު ކުރެއްވީމެވެ. އަދި އެ ވާހަކައިގައިވެސް الله އަށް ބިރުވެތިވާ ބަޔަކަށް عبرة އަކަށް ވާވަރުގެ ދަލީލު ލައްވާފައި ވާނެއެވެ. އަދި ހަމަކަށަވަރުން އެމީހުން ވީ فاسق ވެގެންވާ ބަޔަކު ކަމުގައެވެ. އެބަހީ ސީދާވެގެންވާ حقّ މަގުން ނުކުމެގެންވާ ބަޔަކު ކަމުގައެވެ.
وَٱلسَّمَآءَ بَنَيۡنَٰهَا بِأَيۡيْدٖ وَإِنَّا لَمُوسِعُونَ
Open ayah 51:47ތިމަން ރަސްކަލާނގެ އުޑު ހެއްދެވީ ތިމަން ރަސްކަލާނގެ قدرة ވަންތަކަމުންނެވެ. ކުޅަދުންވަންތަކަމުންނެވެ. އަދި ހެއްދެވުމުގައި ތަނަވަސް ކުރައްވާ ކަލަކު ކަމުގައި ތިމަން ރަސްކަލާނގެ ވޮޑިގެން ވެއެވެ. އެކަމަށް ނުކުޅެދި ވޮޑިގެން ނުވެއެވެ.
وَٱلۡأَرۡضَ فَرَشۡنَٰهَا فَنِعۡمَ ٱلۡمَٰهِدُونَ
Open ayah 51:48އަދި ތިމަން ރަސްކަލާނގެ ބިންގަނޑު ފެތުރުއްވީމެވެ. އަދި އެހާ ފުރިހަމަކޮށް އެހާ މޮޅުކޮށް ހެއްދެވީ ހަމަ ތިމަން ރަސްކަލާނގެއެވެ.
وَمِن كُلِّ شَيۡءٍ خَلَقۡنَا زَوۡجَيۡنِ لَعَلَّكُمۡ تَذَكَّرُونَ
Open ayah 51:49އަދި ތިމަން ރަސްކަލާނގެ ކޮންމެ ބާވަތެއްގެ އެއްޗެއްވެސް ހެއްދެވީ ޖޯޑުޖޯޑަށެވެ. އަންހެން ފިރިހެން ކޮށެވެ. ކޮންމެ ބާވަތެއްވެސް ހުރީ އެހެންނެވެ. ޖޯޑު ހަމަކޮށެވެ. އެގޮތަށް އެތަކެތި ހައްދަވާފައި ވަނީ ތިޔަބައިމީހުން نصيحة ލިބިގަނޭތޯއެވެ. وعظ ލިބިގަނޭތޯއެވެ. އެތަކެތި ހެއްދެވި ފަރާތުގެ ކުޅަދުންވަންތަ ކަމާއި، އެއްކައުވަންތަކަން ދެނެގަނެ އެފަރާތަށް ކުރިމަތިލުމަށެވެ. އެފަރާތް ދެނެގަތުމަށެވެ. އެފަރާތުގެ އަމުރުތަކަށް ކިޔަމަން ވުމަށެވެ.
فَفِرُّوٓاْ إِلَى ٱللَّهِۖ إِنِّي لَكُم مِّنۡهُ نَذِيرٞ مُّبِينٞ
Open ayah 51:50(އޭ رسول الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ.) ކަލޭމެން ސަލާމަތްވުމަށް الله އަށް ފިލާން ދާށެވެ. އެބަހީ އެކަލާނގެ އަށް ކާފަރުކަމާއި، އުރެދުންތައް ދޫކޮށް އެކަލާނގެ حضرة އަށް رجوع ވާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ އެކަލާނގެ حضرة ން ކަލޭމެން ކައިރިއަށް އައިސް ހުރި منذر އެކެވެ. އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންނުވާ މީހުންނަށް އެކަލާނގެ ކޯފާއާއި، ނަރަކައިގެ عذاب ހުރިކަމުގެ إنذار ކުރުމަށް އައި މީހަކީމެވެ.
وَلَا تَجۡعَلُواْ مَعَ ٱللَّهِ إِلَٰهًا ءَاخَرَۖ إِنِّي لَكُم مِّنۡهُ نَذِيرٞ مُّبِينٞ
Open ayah 51:51އަދި ކަލޭމެން الله އާއެކު އެހެން إلٰه އެއް إختيار ނުކުރާށެވެ. އެކަލާނގެއަށް شريك ނުކުރާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ކަލޭމެންގެ ގާތަށް އައިސް ހުރި نذير އަކީމެވެ. އެބަހީ ކަލޭމެން الله އާއެކު އެހެން ފަރާތެއް ބައިވެރިކޮށް شريك ކޮށްފިނަމަ އެކަމާމެދު ހުރި عذاب އާއި، އެކަލާނގެ ކޯފާގެ ވާހަކައިން ބިރުގެންނެވުމަށް އައިސްހުރި މީހަކީމެވެ. بيان ވެގެންވާ دليل އާއި، حُجّة އާއިގެންނެވެ.
كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبۡلِهِم مِّن رَّسُولٍ إِلَّا قَالُواْ سَاحِرٌ أَوۡ مَجۡنُونٌ
Open ayah 51:52ކަންތައް މިހުރީ ހަމަ އެފަދައިންނެވެ. އެބަހީ މިބައިމީހުންގެ ތެރޭގައިވެސް ކަންތައް މިހުރީ މީގެ ކުރީގެ قوم ތަކުގައިވެސް ކަންތައް ހުރި ގޮތަށެވެ. އެހެނީ މި މީހުންގެ ކުރީގެ ކޮންމެ قوم އަކަށް رسول ބޭކަލުން ވަޑައިގަތީމާވެސް އެ قوم އެއްގެ ބަޔަކު އެ رسول ބޭކަލަކު ދޮގުކޮށް އެ ބޭކަލަކީ سحر ވެރިޔެކޭ ނުވަތަ މޮޔަވެފައިވާ މީހެކޭ ބުނެއެވެ. އެފަދައިން ކަންތައް ނުކުރާ އެއްވެސް قوم އެއް ނާދެއެވެ.
أَتَوَاصَوۡاْ بِهِۦۚ بَلۡ هُمۡ قَوۡمٞ طَاغُونَ
Open ayah 51:53އަޅެ ފަހެ އެބައިމީހުން އެތިބީ އެގޮތަށް ހަދަން އެއްބަޔަކު އަނެއް ބަޔަކަށް وصيّة ކޮށްގެން ހެއްޔެވެ؟ (އެބަހީ އެންމެ ފުރަތަމަ نوح ގެފާނުންގެ قوم ން ފެށިގެން محمد ގެފާނާ ދެމެދު ވޭތިވެގެން ދިޔަ ހުރިހާ قوم އެއް އެވަނީ رسول ބޭކަލަކު ވަޑައިގެންފިއްޔާ އެ ބޭކަލަކު ދޮގުކޮށް، އެއީ سحر ވެރިޔެކޭ ނުވަތަ މޮޔައެކޭ ނުވަތަ ދެންވެސް އެ ބަޔަކަށް ފެނުނު އެއްޗެއް ކިޔައި އެ ބޭކަލަކު ދޮގުކޮށް އެ ބޭކަލަކަށް إيمان ނުވުމަށް އެއްބަޔަކު އަނެއް ބަޔަކަށް وصيّة ކޮށްގެން އެގޮތަށް ނިންމައިގެން ހެއްޔެވެ؟) އެހެންނަކުން ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުންނަކީ ހަމަ ކާފަރުކަމާއި، ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅާފައި ތިބި ބަޔެކެވެ.
فَتَوَلَّ عَنۡهُمۡ فَمَآ أَنتَ بِمَلُومٖ
Open ayah 51:54(އޭ رسول الله އެވެ!) ކަލޭގެފާނުން އެމީހުންނާ ދުރަށް އެނބުރިވަޑައިގަންނަވާށެވެ! ކަލޭގެފާނަކީ އެއްގޮތަކަށްވެސް އޭގެ މަލާމާތް ލިބިވަޑައިގަންނަވާނޭ ބޭކަލެއް ނޫނެވެ. އެމީހުން إيمان ނުވިޔަސް އޭގެ އެއްވެސް ހުތުރެއް ﷲ ގެ حضرة ގައި ކަލޭގެފާނަކަށް ނެތެވެ.
وَذَكِّرۡ فَإِنَّ ٱلذِّكۡرَىٰ تَنفَعُ ٱلۡمُؤۡمِنِينَ
Open ayah 51:55ނަސޭހަތް ދެއްވާ، ހަނދާންކޮށްދެއްވާ وعظ ދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށް، وعظ نصيحة ދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ.
وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ
Open ayah 51:56އަދި ތިމަން ރަސްކަލާނގެ ޖިންނީންނާއި އިންސާނުން ހެއްދެވީ އެމީހުން ތިމަން ރަސްކަލާނގެއަށް އެކަނި އަޅުކަން ކުރުމަށެވެ. (އެހެންވެ އަޅުކަމުގެ ވައްތަރުތަކުގެ ތެރެއިން އެއްވެސް ވައްތަރެއްގެ އަޅުކަމެއް الله ނޫން ފަރާތަކަށް ކޮށްފި މީހާއީ ކަނޑައެޅިގެން مشرك އެކެވެ.)
مَآ أُرِيدُ مِنۡهُم مِّن رِّزۡقٖ وَمَآ أُرِيدُ أَن يُطۡعِمُونِ
Open ayah 51:57އެބައިމީހުންގެ ކިބައިން އެއްވެސް رزق އަކަށް - އެއްވެސް منفع އަކަށް - ތިމަން ރަސްކަލާނގެ ނޭދެމެވެ. އަދި ތިމަން ރަސްކަލާނގެއަށް ކާންދޭކަށްވެސް އެމީހުންގެ ކިބައިން ތިމަން ރަސްކަލާނގެ ނޭދެމެވެ. (މިއާޔަތުގެ އެއް މުރާދަކީ ދުނިޔޭގައި އަޅުން ގެންގުޅޭ ސާހިބުން އެމީހުންގެ އަޅުންގެ ކިބައިން منفع ތައް އެދޭ ފަދައިން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން އެއްވެސް منفع އަކަށް ނޭދެމެވެ. މިއެވެ.)
إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلۡقُوَّةِ ٱلۡمَتِينُ
Open ayah 51:58ހަމަކަށަވަރުން الله އީ ގިނަގިނައިން ރިޒުގުދެއްވާ ގަދަފަދަވަންތަ އަދި ބާރުގެ ވެރި ކަލާނގެއެވެ. (އެއްވެސް ކަމަކަށް ނުކުޅެދިވޮޑިގެން ނުވެއެވެ.)
فَإِنَّ لِلَّذِينَ ظَلَمُواْ ذَنُوبٗا مِّثۡلَ ذَنُوبِ أَصۡحَٰبِهِمۡ فَلَا يَسۡتَعۡجِلُونِ
Open ayah 51:59ފަހެ އަނިޔާވެރިވީ މީސްތަކުންނަށް عذاب އާއި عقوبات ގެ ގޮތުން އިސްވެދިޔަ އެބާވަތުގެ މީހުންނަށް ހުރިވަރު عذاب އާއި عقوبات ހުއްޓެވެ. އެމީހުންނަށް އޮތް ބާލިދީއަކަށް މިމީހުންނަށްވެސް ހަމަ ބާލިދީއެއް ވެއެވެ. (އިސްވެދިޔަ ކާފަރުންނަށް ހުރި ވަރުގެ ބައެއް މި މީހުންނަށްވެސް ހަމަ ހުންނަ ހުއްޓެވެ.) އެމީހުން ފަހެ އެ عذاب އައުމަށް ތިމަން ރަސްކަލާނގެ حضرة ގައި އަވަސްވެ ނުގަންނަހުރިކަމެވެ. އޭގެ ވަގުތުގައި އެ عذاب އަންނާނެއެވެ. އިސްފަސް ނުވާނެއެވެ.
فَوَيۡلٞ لِّلَّذِينَ كَفَرُواْ مِن يَوۡمِهِمُ ٱلَّذِي يُوعَدُونَ
Open ayah 51:60ފަހެ ކާފަރުވީ މީސްތަކުންނަށް އެމީހުންގެ ދުވަހުން، (قيامة ދުވަހުން) އެމީހުންނަށް وعد ވެވިގެންވާ وَيْلُ ހުންނަ ހުއްޓެވެ. ނަރަކައިގެ عذاب ހުންނަ ހުއްޓެވެ. ދަންނައެވެ. وَيْلُ އަކީ ނަރަކައިގެ ހޫނުކަން ގަދަވެގެންވާ ވާދީއެއް ކަމަށް ރިވާވެގެން ވެއެވެ. އެތާ ވަނީ ނަރަކަވަންތަ ވެރީން ގައިން ފައިބާ ދޮހާއި، ލެޔާއި، ފާދިޔަޔާއި، އަދިވެސް...