ق
Qaaf
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
قٓۚ وَٱلۡقُرۡءَانِ ٱلۡمَجِيدِ
Open ayah 50:1ق: މިއަކުރުގެމާނައެއް އަދި މުރާދެއް މޮޅަށްދެނެވޮޑިގެންވަނީ ހަމަ الله އެވެ. މާތްވެގެންވާ މި قُرْآن ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވައެވެ. (ހަމަކަށަވަރުން مُحَمّدُ ގެފާނަކީ އަމާނާތްތެރި ވެގެންވާ ރަސޫލު ބޭކަލެކެވެ. ނުވަތަ ކަލޭމެން މަރުވުމަށްފަހު مَحْشَرُ އަށް ފޮނުވޭނެކަމީ ކަށަވަރުކަމެކެވެ. މިދެގޮތަށް މިހުވައިގެ ޖަވާބު މުފައްސިރުން ބަޔާންކުރައްވައެވެ.)
بَلۡ عَجِبُوٓاْ أَن جَآءَهُم مُّنذِرٞ مِّنۡهُمۡ فَقَالَ ٱلۡكَٰفِرُونَ هَٰذَا شَيۡءٌ عَجِيبٌ
Open ayah 50:2އަދިކިއެއް ހެއްޔެވެ. އެމީހުން އެބަހީ މައްކާގެ މުޝްރިކުން އެ ޢަޖާއިބުވީ އެމީހުނގެ ގާތަށް އެމީހުންގެތެރެއިން އިންޒާރުކުރައްވާ ބޭކަލަކު ވަޑައިގަތުމުންނެވެ. އެބޭކަލަކީ مُحَمّدُ ގެފާނެވެ. އެކާފަރުންބުނީ އެއީ ބޮޑު ޢަޖާއިބެއްކަމަށެވެ. (އެކަލޭގެފާނު އެދައްކަވާ ވާހަކައެއީ عَجَائِبُ ވާހަކައެކެވެ.)
أَءِذَا مِتۡنَا وَكُنَّا تُرَابٗاۖ ذَٰلِكَ رَجۡعُۢ بَعِيدٞ
Open ayah 50:3އަޅެފަހެ އަހުރެމެން މަރުވުމަށްފަހު އަދި އަހުރެމެން ވެއްޔަށްވުމަށްފަހުގައި އަލުން އަހުރެމެން ދިރިގެން އަންނާނެ ހެއްޔެވެ؟ އެއީ ދުރުވެގެންވާ رُجُوعَ ވުމެކެވެ.
قَدۡ عَلِمۡنَا مَا تَنقُصُ ٱلۡأَرۡضُ مِنۡهُمۡۖ وَعِندَنَا كِتَٰبٌ حَفِيظُۢ
Open ayah 50:4ދެންފަހެ ކާފަރުންގެ އެބަހުގެ ޖަވާ الله އެދެއްވަނީ މިފަދައިންނެވެ. ހަމަކަށަވަރުން އެމީހުންގެ ކިބައިން ބިންގަނޑު މަދުކުރާތަކެތި އެބަހީ އެމީހުންގެ ހަށިތަކުން ވީރާނާވެގެންދާވަރާ ފީވެދާވަރު ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ތިމަން ރަސްކަލާނގެ حَضْرَةُ ގައި އެހުރިކަމެއް ނޯޓު ކުރައްވައި ރައްކާތެރި ކުރައްވާފައިވާ ފޮތެއް ވެއެވެ.
بَلۡ كَذَّبُواْ بِٱلۡحَقِّ لَمَّا جَآءَهُمۡ فَهُمۡ فِيٓ أَمۡرٖ مَّرِيجٍ
Open ayah 50:5އަދި ކިއެއްހެއްޔެވެ؟ އެމީހުންގެ ގާތަށް حَقُّ އައިހިދުން އެމީހުން حَقُّ ދޮގުކުރީ އެވެ. (އެބަހީ އެމީހުންގެ ގާތަށް حَقُّ ކަމުގައިވާ قُرْآن އައިހިދުން އެމީހުން އެއްވެސް ފިކުރެއްބެލުމެއްނެތި ދޮގުކުރީއެވެ.) ފަހެ އެމީހުންވަނީ އެ قُرْآن އާއި މެދު އެކަތި އަނެކެއްޗަށް މައްސުނި ކުރެވިގެންވާ އޮޅުން ބޮޅުމެއްގެ ތެރޭގައެވެ. (އެއްބަޔަކު ބުނީ އެއީ ސިޙުރެއްކަމަށެވެ. އަނެއްބަޔަކުބުނީ އިސްވެދިޔަމީހުންގެ ދޮގުވާހަކަތަކެއްކަމަށެވެ. އަދި އަނެއްބަޔަކުބުނީ އެއީ ކަހާނަތެއްކަމަށެވެ. ދެންމިހެންގޮސް ތަފާތު އެތައްވާހަކައެކެވެ.)
أَفَلَمۡ يَنظُرُوٓاْ إِلَى ٱلسَّمَآءِ فَوۡقَهُمۡ كَيۡفَ بَنَيۡنَٰهَا وَزَيَّنَّٰهَا وَمَا لَهَا مِن فُرُوجٖ
Open ayah 50:6އެމީހުންގެ މަތީގައިވާ އުޑަށް އެމީހުންފަހެ ނުބަލަނީ ހެއްޔެވެ؟ ތިމަންރަސްކަލާނގެ އެއުޑު ހައްދަވާފައި ވަނީ ކޮންފަދައަކުންކަން އަދި ތިމަންރަސްކަލާނގެ އެއުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކިހިނެއްކަމާއި މެދު އެމީހުން ވިސްނާ ނުހަދަނީ ބާވައެވެ؟ އަދި އެއަކަށް އެއްވެސް ރެދެއް / ފެޅުމެއް ނުވެއެވެ. ބާކޮޅެއް ނުވެއެވެ.
وَٱلۡأَرۡضَ مَدَدۡنَٰهَا وَأَلۡقَيۡنَا فِيهَا رَوَٰسِيَ وَأَنۢبَتۡنَا فِيهَا مِن كُلِّ زَوۡجِۭ بَهِيجٖ
Open ayah 50:7އަދި ބިންގަނޑު (ދަންނައެވެ.) އެބިންގަނޑު ތިމަންރަސްކަލާނގެ ދަންމަވާ ފެތުރުއްވީމެވެ. އަދި ތިމަން ރަސްކަލާނގެ އޭގައި ފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އޭގައި ރިވެތި އަދި ފުރިހަމަ ކޮންމެބާވަތަކުންވެސް ޖޯޑު ޖޯޑު ގެ ފަތްޕިލާވެލި ފެޅުއްވީމެވެ.
تَبۡصِرَةٗ وَذِكۡرَىٰ لِكُلِّ عَبۡدٖ مُّنِيبٖ
Open ayah 50:8އެކަންތައްތައް އެހެން އެލެއްވީ الله އަށް ތައުބާވެ ރުޖޫޢަވާ ކޮންމެ އަޅަކު ވިސްނާ ފިކުރުކޮށް އަދި وَعْظُ نَصٍيْحَة ލިބިގަތުމަށްޓަކައެވެ.
وَنَزَّلۡنَا مِنَ ٱلسَّمَآءِ مَآءٗ مُّبَٰرَكٗا فَأَنۢبَتۡنَا بِهِۦ جَنَّٰتٖ وَحَبَّ ٱلۡحَصِيدِ
Open ayah 50:9އަދި ތިމަންރަސްކަލާނގެ އުޑުން = ބަރަކާތްތެރި ފެނެއް ވެއްސެވީމެވެ. އެފެނުން ބަގީޗާތަކާއި އަދި ގޮވާމުގެ ގޮތުގައި ކެޑެވޭ އޮއްޓަރުވެސް ތިމަންރަސްކަލާނގެ ފަޅުއްވަމެވެ.
وَٱلنَّخۡلَ بَاسِقَٰتٖ لَّهَا طَلۡعٞ نَّضِيدٞ
Open ayah 50:10އަދި މޭވާ އަޅާ ދިގު ކަދުރު ރުއްތަކާއި އެކަތިމައްޗަށް އަނެކަތި އަރާ ފުރިބާރުވެފައިވާ މޭވާގެ އެއްތައް އެއަށްވާ އެރުއްތައް ތިމަންރަސްކަލާނގެ އެފެނުން ފެޅުއްވީމެވެ.
رِّزۡقٗا لِّلۡعِبَادِۖ وَأَحۡيَيۡنَا بِهِۦ بَلۡدَةٗ مَّيۡتٗاۚ كَذَٰلِكَ ٱلۡخُرُوجُ
Open ayah 50:11އެއީ އަޅުތަކުންނަށްވާ ރިޒުގެއްގެ ގޮތުންނެވެ. އަދި އެފެނުން މަރުވެ ހަނަފަސްވެފައިވާ ރަށް ރަށް ތިމަންރަސްކަލާނގެ ދިރުއްވަމެވެ. މީސްތަކުން ނުކުތުންވަނީ އެފަދައިންނެވެ. (އެބަހީ مَحْشَرُ އަށް ދިއުމަށްޓަކައި ކަށްވަޅުތަކުންމީސްތަކުން ނުކުންނާނީ ވާރޭވެހުނީމާ ބިމުންގަސްތައް ފަޅައިގެން ނުކުމެގަންނަގޮތަށެވެ. އެފަދައިންނެވެ. ދަންނައެވެ. އުޑު އެއްވެސް ތަނބަކާއިނުލައި އުފުއްލަވައި އެހާރީތިކޮށް ވަރުގަދަކޮށް ޒީނަތްތެރިކޮށް ހައްދަވައި އަދި ބިންގަނޑު ފަތުރުއްވައި ތަނަވަސްކުރައްވައި ގަސްގަހާގެހީގެ ނިޢުމަތުންފުރުއްވައި މަތިންވާރޭ ވެއްސަވައި އަދިމިނޫންވެސް މިބޮޑު ކާއިނާތުގެގެ އެންމެހައި ތަކެތި ހައްދަވައި މިފުރިހަމަ ނިޒާމުގެމަތިން ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު ދެވަނަފަހަރަށް ދިރުއްވާ مَحْشَرُ ކުރެއްވުން އެއްވެސްގޮތަކުން ދަތިނުވާނޭކަން ކޮންމެ ސަލާމަތް ބުއްދިއްކަށް އެނގޭނެއެވެ.
كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَأَصۡحَٰبُ ٱلرَّسِّ وَثَمُودُ
Open ayah 50:12އަދި އެމީހުންގެކުރީގައި އެބަހީ قُرَيْش ންގެކުރީގައި نُوحُ عَليهِ السلام ގެ ޤައުމުގެމީހުން އަދިأُخْدُوْدُ އެވެ ކިއުނު ވަޅުގަޑުގެ އެކުވެރިންނާއި އަދި صَالِحُ عَليهِ السلام ގެ ޤައުމުގެމީހުންނާއި،
وَعَادٞ وَفِرۡعَوۡنُ وَإِخۡوَٰنُ لُوطٖ
Open ayah 50:13އަދި عَاد ބާގައިގެ މީހުންނާއި އަދި فِرْعَوْن އާއި އަދި لُوط ގެފާނުންގެ أَخُ ންވެސް (ރަސޫލުން ދޮގުކުރިއެވެ.)
وَأَصۡحَٰبُ ٱلۡأَيۡكَةِ وَقَوۡمُ تُبَّعٖۚ كُلّٞ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ
Open ayah 50:14އަދި أيكة އެވެކިއުނު ރަށުގެމީހުންނާއި (އެއީ شُعَيْبُ عَليهِ السلام ފޮނުއްވުނު ޤައުމެކެވެ.) އަދި تبّع ގެ މީހުންނާއި މިހުރިހާމީހުން ރަސޫލުން ދޮގުކުރީ އެވެ. ދެން ފަހެ އެމީހުންނަށް ކޯފާއާއި ބިރުވެރިކަމުގެ ބަސްފުޅު حَقُّ ވީއެވެ. ދަންނައެވެ. تُبَّعُ އަކީ يَمَنُ ކަރައިގެ قَبِيْلَة އެކެވެ.
أَفَعَيِينَا بِٱلۡخَلۡقِ ٱلۡأَوَّلِۚ بَلۡ هُمۡ فِي لَبۡسٖ مِّنۡ خَلۡقٖ جَدِيدٖ
Open ayah 50:15އަޅެފަހެ ފުރަތަމަ ހެއްދެވުމަށް ތިމަންރަސްކަލާނގެ ވަރުބަލިވީހެއްޔެވެ؟ ނުވަތަ ނުކުޅެދިވޮޑިގެން ނެވީ ހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. އެމީހުން އެވަނީ ދެވަނަފަހަރަށް ހެއްދެވުމާއިމެދު އޮޅުމެއްގެ ތެރޭގައެވެ.
وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ وَنَعۡلَمُ مَا تُوَسۡوِسُ بِهِۦ نَفۡسُهُۥۖ وَنَحۡنُ أَقۡرَبُ إِلَيۡهِ مِنۡ حَبۡلِ ٱلۡوَرِيدِ
Open ayah 50:16އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެ ދެނެވޮޑިގެން ވަމެވެ. އޭނާގެ ނަފުސުގެތެރެއަށް ވަދެނުކުމެވާ އެންމެހައި ޚިޔާލުތަކާއި ކަންތައްތަކެއް އަދި ތިމަންރަސްކަލާނގެ އޭނާގެ ކަނދުރާގައިވާ ނާރަށްވުރެވެސް އޭނާޔާއި ގާތްވެގެންވެއެވެ.
إِذۡ يَتَلَقَّى ٱلۡمُتَلَقِّيَانِ عَنِ ٱلۡيَمِينِ وَعَنِ ٱلشِّمَالِ قَعِيدٞ
Open ayah 50:17ދެމަލާއިކަތްބޭކަލުން އޭނާޔާއި ބައްދަލުކުރާހިނދު (ހަނދުމަފުޅު ކުރައްވާށެވެ.) އެދެބޭކަލުން އޭނާގެ ކަނާތްފަރާތާއި ވައަތްފަރާތުން އިށީދެވަޑައިގެން / އިންތިޒާރުގައި ތިއްބަވާނެއެވެ.
مَّا يَلۡفِظُ مِن قَوۡلٍ إِلَّا لَدَيۡهِ رَقِيبٌ عَتِيدٞ
Open ayah 50:18އޭނާބުނާ ބަހުގެތެރެއިން އެއް لَفْظُ އެއްވެސް رَقِيبٌ އާއި عَتِيد އެވެ ކިއުނު ދެމަލާއިކަތްބޭކަލުން ނުލިއުއްވައިދޫނުކުރައްވައެވެ.
وَجَآءَتۡ سَكۡرَةُ ٱلۡمَوۡتِ بِٱلۡحَقِّۖ ذَٰلِكَ مَا كُنتَ مِنۡهُ تَحِيدُ
Open ayah 50:19އަދި މަރުގެ އުދަގޫތައް (މަރުގެ ސަކަރާތް) އޭނާއަށް ހަމަ حَقُّ ގޮތުގައި އަންނަހުއްޓެވެ. (އޭނާއަށް އެންގެވޭނެއެވެ.) އެއީ (އެމަރަކީ) ކަލޭ އެޔާއިދުރަށް ދިޔައެއްޗެވެ.
وَنُفِخَ فِي ٱلصُّورِۚ ذَٰلِكَ يَوۡمُ ٱلۡوَعِيدِ
Open ayah 50:20އަދި ތާޅަފިފުމެލެވިއްޖެއްޔާއި ދެން އެއީ وَعِيْدُ ގެ ދުވަހެވެ. (ކޯފާއާއި عَذَابُ ގެ ދުވަހެވެ.)
وَجَآءَتۡ كُلُّ نَفۡسٖ مَّعَهَا سَآئِقٞ وَشَهِيدٞ
Open ayah 50:21އަދި ކޮންމެ ނަފުސެއް އަންނައިރު އެނަފުސަކާއި އެކު އޭނާ مَحْشَرُ އަށް ގެންދާނެ ބޭކަލަކާއި ހެކިދެއްވާނޭ ބޭކަލަކާއި ވާހުއްޓެވެ.
لَّقَدۡ كُنتَ فِي غَفۡلَةٖ مِّنۡ هَٰذَا فَكَشَفۡنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلۡيَوۡمَ حَدِيدٞ
Open ayah 50:22(އޭ އިންސާނާއެވެ.) ހަމަކަށަވަރުން ކަލޭ ދުނިޔޭގައި އުޅުނުއިރު މިކަމާއިމެދު އެބަހީ مَحْشَرُ ކުރެއްވުމާއި މެދު غَافِلُ ވެގެން ވީމުއެވެ. ދެންފަހެ ތިމަންރަސްކަލާނގެ ކަލޭނިވައި ކޮށްފައިވާ ހުރަސް ނަންގަވާ ކަޝްފު ކުރެއްވީމެވެ. ފަހެމިއަދު ކަލޭގެ ދެލޯ ތޫނެވެ. (ހުރިހާ އެއްޗެއް ސާފުކޮށް ފެންނާނެއެވެ.)
وَقَالَ قَرِينُهُۥ هَٰذَا مَا لَدَيَّ عَتِيدٌ
Open ayah 50:23އަދި އޭނާގެ قَرِيْنُ (އޭނާޔާއި ހަވާލުވެފައިވާ މަލާއިކަތާ) ވިދާޅުވާނެއެވެ. މިއީ މިއަޅާއާއި އެކުވާތަކެއްޗެވެ. (އެއީ އެއިންސާނާއާއި އޭނާގެ ޢަމަލުގެފަތެވެ.) حَاضِرُ ވެގެންމިވަނީއެވެ.
أَلۡقِيَا فِي جَهَنَّمَ كُلَّ كَفَّارٍ عَنِيدٖ
Open ayah 50:24(އެ ދެމަލާއިކަތްބޭކަލުންނަށް އަންގަވާނެއެވެ.) ކާފަރުވުންބޮޑު ނުކިޔަމަންތެރި / އަނިޔާވެރި ކޮންމެ މީހެއް ނަރަކައަށް އެއްލައިލާށެވެ.
مَّنَّاعٖ لِّلۡخَيۡرِ مُعۡتَدٖ مُّرِيبٍ
Open ayah 50:25ހެޔޮކަންތައްމަނާކުރުންބޮޑު އެއްކައުވަންތަކަން ޤަބޫލު ނުކުރާ حَقُّ ކަންކަމަށް ޝައްކު ކުރާ ކޮންމެމީހެކެވެ. ނަރަކައަށް އެއްލައިލާށެވެ.
ٱلَّذِي جَعَلَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَأَلۡقِيَاهُ فِي ٱلۡعَذَابِ ٱلشَّدِيدِ
Open ayah 50:26އޭނާ الله އާއި އެކު އެހެން އިލާހެއް ލައި ހަމަޖައްސާ ޝަރީކު ކުރީއެވެ. އެހެންވެ ތިޔައިގެ ދެމަލާއިކަތުން އޭނާ ގަދަވެގެންވާ ޢަޒާބަށް އެއްލައިލާށެވެ.
۞قَالَ قَرِينُهُۥ رَبَّنَا مَآ أَطۡغَيۡتُهُۥ وَلَٰكِن كَانَ فِي ضَلَٰلِۭ بَعِيدٖ
Open ayah 50:27އޭނާގެ قَرِيْنُ އެބަހީ (އޭނާޔާއި ގުޅިފައިވާ شَيْطَانُ އާ) ދަންނަވާނެއެވެ. އޭއަޅަމެންގެ رَبُّ އެވެ. މިއަޅާ އޭނާ މަގު ނުފުރައްދަމެވެ. އަދިއެހެންނަމަވެސް އޭނާވީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.
قَالَ لَا تَخۡتَصِمُواْ لَدَيَّ وَقَدۡ قَدَّمۡتُ إِلَيۡكُم بِٱلۡوَعِيدِ
Open ayah 50:28ކަލޭމެން ތިމަންރަސްކަލާނގެ حَضْرَةُ ގައި އަރައިރުން ނުވާށެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭމެނަށް އިސްވެ ނިންމަވާފަ އިވަނީ وَعِيْدُ އެވެ. އެބަހީ ކޯފާއާއި عَذَابُ އެވެ.
مَا يُبَدَّلُ ٱلۡقَوۡلُ لَدَيَّ وَمَآ أَنَا۠ بِظَلَّٰمٖ لِّلۡعَبِيدِ
Open ayah 50:29ތިމަންރަސްކަލާނގެ حَضْرَةُ ގައި ބަސްބަދަލު ނުވެވޭހުއްޓެވެ. އަދި ތިމަން ރަސްކަލާނގެއީ އަޅުތަކުންނަށް އަނިޔާ ކުރައްވާ ކަލަކު ކަމުގައި ނުވެއެވެ.
يَوۡمَ نَقُولُ لِجَهَنَّمَ هَلِ ٱمۡتَلَأۡتِ وَتَقُولُ هَلۡ مِن مَّزِيدٖ
Open ayah 50:30ނަރަކައަށް ތިމަން ރަސްކަލާނގެ وَحِي ކުރައްވާ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ.) وَحِي ކުރައްވާ ހުށީމެވެ. ތިބާ ފުރިއްޖެ ހެއްޔެވެ؟ އަދި އޭތި ދަންނަވާނެއެވެ. އަދި އިތުރަށް ވޭތޯއެވެ؟ (އިތުރަށް ހުރިއްޔާ އިތުރަށްވެސް ދެއްވާށެވެ.)
وَأُزۡلِفَتِ ٱلۡجَنَّةُ لِلۡمُتَّقِينَ غَيۡرَ بَعِيدٍ
Open ayah 50:31އަދި تَقْوَى ވެރިންނަށް ޓަކައި ދުރުނޫން ހިސާބަކަށް ސުވަރުގެ ގާތްކުރެވޭ ހުއްޓެވެ.
هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٖ
Open ayah 50:32(އަދި އެންގެވޭނެއެވެ.) މިއީ ﷲ ގެ حَضْرَةُ އަށް تَوْبَة ވެ رُجُوع ވާ ކޮންމެ އަޅަކަށް وَعْدُ ވެވިފައިވާ ތަނެވެ. އަދި އެމީހަކު ﷲ ގެ އަމުފުޅުތަކަށް ރައްކާތެރިވެ ފާފަތަކާއި ދުރުވެގެންވާ ކޮންމެމީހެކެވެ.
مَّنۡ خَشِيَ ٱلرَّحۡمَٰنَ بِٱلۡغَيۡبِ وَجَآءَ بِقَلۡبٖ مُّنِيبٍ
Open ayah 50:33އަދިއެމީހަކު غَيْبُ ގައި ވޮޑިގެންވާ رَحْمنُ ވަންތަ ކަލާނގެއްށް ބިރުވެތި ވެ އަދި ސަލާމަތްވެގެންވާ ހިތަކާއިގެން އެމީހަކު ﷲ ގެ حَضْرَةُ އަށް އައި މީހުންނަށެވެ. (އެމީހުންނަށް އެންގެވޭނެއެވެ.)
ٱدۡخُلُوهَا بِسَلَٰمٖۖ ذَٰلِكَ يَوۡمُ ٱلۡخُلُودِ
Open ayah 50:34(އެމީހުންނަށް އެންގެވޭނެއެވެ.) ސަލާމަތްކަމާއި އެކު ކަލޭމެން އެސުވަރުގެއަށް ކަލޭމެން ވަންނާށެވެ. އަދިއެއީ މަރުވުމެއްނެތި ދެމި ތިބޭނޭ ދުވަހެވެ.
لَهُم مَّا يَشَآءُونَ فِيهَا وَلَدَيۡنَا مَزِيدٞ
Open ayah 50:35އެތާގައި އެމީހުން އެދޭހާ އެއްޗެއް އެމީހުންނަށް ހުންނަ ހުއްޓެވެ. އަދި ތިމަންރަސްކަލާނގެ حَضْرَةُ ގައި އިތުރަށްވެއެވެ. އިތުރު ނިޢުމަތަތައްވެއެވެ.
وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هُمۡ أَشَدُّ مِنۡهُم بَطۡشٗا فَنَقَّبُواْ فِي ٱلۡبِلَٰدِ هَلۡ مِن مَّحِيصٍ
Open ayah 50:36އަދި އެމީހުންގެ ކުރިން (މައްކާގެ މީހުންގެ ކުރިން) އުއްމަތްތަކުގެ ތެރެއިން ކިތައްކިތައް އުއްމަތް ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީން ހެއްޔެވެ؟ (އެބަހީ ވަރަށް ގިނައިން ހަލާކު ކުރެއްވީމެވެ.) އެމީހުން މިމީހުނަށްވުރެ ބާރުގެ ގޮތުން މާގަދަފަދައެވެ. ފަހެ އެމީހުން ރަށް ރަށަށްދަތުރު ފަތުރުކޮށް ހޯދާ ބެލިއެވެ. އެމީހުންނަށް ފަހެ (އެކަލާނގެ ޢަޒާބުން) ސަލާމަތްވާނެ ތަނެއްފެނުނުބާވައެވެ؟ (ނުފެންނާނެއެވެ.)
إِنَّ فِي ذَٰلِكَ لَذِكۡرَىٰ لِمَن كَانَ لَهُۥ قَلۡبٌ أَوۡ أَلۡقَى ٱلسَّمۡعَ وَهُوَ شَهِيدٞ
Open ayah 50:37ހަމަކަށަވަރުން އެކަންކަމުގައި (ހެޔޮނުބައި ވަކިކުރަން އެގޭ) ހިތެއްވާ ކޮންމެ މީހަކަށް ނުވަތަ އޭނާ ހިތް حَاضِرُ ކޮށްގެންވާ ޙާލު ރަނގަޅަށް ކަނުލައި އަހައިފި ކޮންމެމެމީހަކަށް ކަނޑައެޅިގެން عِبْرَةُ އާއި وَعْظُ نَصِيْحَة ވެއެވެ.
وَلَقَدۡ خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ وَمَا مَسَّنَا مِن لُّغُوبٖ
Open ayah 50:38އަދި ހަމަކަށަވަރުން އުޑުތަކާއިބިމާއި އަދި އެދެމެދުވާހާތަކެއްޗާއި ހަދުވަހެއްގެ ތެރޭގައި ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް އެއްވެސް ވަރުބަލިކަމެއް ނުޖެހެއެވެ.
فَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَسَبِّحۡ بِحَمۡدِ رَبِّكَ قَبۡلَ طُلُوعِ ٱلشَّمۡسِ وَقَبۡلَ ٱلۡغُرُوبِ
Open ayah 50:39ފަހެ އެމީހުން އެބުނާ ބަސްތަކަށް ކަލޭގެފާނު ކެތްތެރިވެ ވަޑައި ގަންނަވާށެވެ. އަދި އިރު އެރުމުގެ ކުރިންނާއި އަދި އިރު އޮއްސުމުގެ ކުރިން ކަލޭގެފާނުންގެ رَبُّ އަށް حَمْدُ ކުރުމާއި އެކު تَسْبِيْحَ ވިދާޅުވާށެވެ.
وَمِنَ ٱلَّيۡلِ فَسَبِّحۡهُ وَأَدۡبَٰرَ ٱلسُّجُودِ
Open ayah 50:40އަދި ރޭގަޑުގެ ވަގުތު ގައްޔާއި ސަޖިދަ ކުރެއްވުމުގެ ފަހުގައްޔާއި ވެސް އެކަލާނގެއަށް تَسْبِيْحَ ވިދާޅުވާށެވެ.
وَٱسۡتَمِعۡ يَوۡمَ يُنَادِ ٱلۡمُنَادِ مِن مَّكَانٖ قَرِيبٖ
Open ayah 50:41އަދި ދާދި ގާތް ހިސާބަކުން ގޮވައިލައްވާ ކަލޭގެފާނު ގޮވައިލައްވާ ދުވަހުގެ އަޑު އައްސަވާށެވެ.
يَوۡمَ يَسۡمَعُونَ ٱلصَّيۡحَةَ بِٱلۡحَقِّۚ ذَٰلِكَ يَوۡمُ ٱلۡخُرُوجِ
Open ayah 50:42حَقُّ ގޮތުގައި ތާޅަފިލީގެ އަޑު އެމީހުން އަހާދުވަސް އެއީ (ކަށްވަޅުތަކުން) ނުކުންނަ ދުވަހެވެ. (އެއީ قِيَامَة ދުވަހުން މީސްތަކުން مَحْشَرُ ގެ މައިދާނަށް ޖަމާކުރެއްވުމަށްޓަކައި إسْرَافِيْلُ ގެފާނުން ގޮވައި ލައްވާ ތާޅަފިލި ފުންމަވާ ލެއްވުމެވެ.)
إِنَّا نَحۡنُ نُحۡيِۦ وَنُمِيتُ وَإِلَيۡنَا ٱلۡمَصِيرُ
Open ayah 50:43ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތަކެތި ދިރުއްވާ މަރުއްވަމެވެ. އަދި އެހުރިހާތަކެތި އެނބުރި އައުންވަނީ ހަމަ ތިމަންރަސްކަލާނގެ حَضْرَةُ އަށެވެ.
يَوۡمَ تَشَقَّقُ ٱلۡأَرۡضُ عَنۡهُمۡ سِرَاعٗاۚ ذَٰلِكَ حَشۡرٌ عَلَيۡنَا يَسِيرٞ
Open ayah 50:44އެމީހުން ފިޔަވައި އަވަސްއަވަހަށް ބިންގަނޑު ފަޅަ ފަޅައިގެންދާދުވަސް (ހަނދުމަފުޅު ކުރައްވާށެވެ.) އެއީ މީސްތަކުން ކަށްވަޅު ތަކުން ނުކުމެގެން ގޮވާބޭކަލެއްގެ ގޮވުމަށް މީސްތަކުންދާނެއެވެ. އެއީ އެއްކުރެއްވު މަށެވެ. مَحْشَرُ ކުރެއްވުމަށެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދި ފަސޭހަކަމެކެވެ.
نَّحۡنُ أَعۡلَمُ بِمَا يَقُولُونَۖ وَمَآ أَنتَ عَلَيۡهِم بِجَبَّارٖۖ فَذَكِّرۡ بِٱلۡقُرۡءَانِ مَن يَخَافُ وَعِيدِ
Open ayah 50:45އެމީހުން އެބުނާތަކެތި ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (އެބަހީ މަރުވުމަށްފަހު އަލުންދިރުއްވުމާއި مَحْشَرُ ކުރެއްވުމާއި ހިސާބު ބެއްލެވުމާއި ދެންވެސް އެބާވަތުގެ ކަންތައްދޮގު ކުރާމީހުން އެބުނާ ތަކެތި ތިމަން ރަސްކަލާނގެ އައްސަވާވޮޑިގެންވެއެވެ. އަދި ކަލޭގެފާނު އެމީހުންގެމައްޗަށް ގަދަހައްދަވާ ހަރުކަށި ބޭކަލަކު ކަމުގައި ވެވަޑައި ނުގަންނަވައެވެ. (ކަލޭގެފާނަށް އޮތީ ހަމަ އިއްވައިދިނުމެވެ.) ފަހެ ތިމަންރަސްކަލާނގެ وَعِيد އަށް (ކޯފާއަށް) ބިރުވެތިވާ މީހަކަށް قُرْآنُ ން وَعْظُ نَصِيْحَة ދެއްވާށެވެ.