الروم
Ar-Room
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
الٓمٓ
Open ayah 30:1الم މިއަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.
غُلِبَتِ ٱلرُّومُ
Open ayah 30:2رومي ންގެމީހުން ބަލިވެއްޖެއެވެ. (رومي ން ފާރިސީންގެ އަތުން ބަލިވެއްޖެއެވެ.
فِيٓ أَدۡنَى ٱلۡأَرۡضِ وَهُم مِّنۢ بَعۡدِ غَلَبِهِمۡ سَيَغۡلِبُونَ
Open ayah 30:3އެއީ شام ކަރައިގެ ބިމުން فارسى ންގެ ބިމާއި އެންމެގާތުގައެވެ. އަދި އެމީހުން ބަލިވުމަށްފަހު ނިކަންހުރެ ގަދަވާހުއްޓެވެ.
فِي بِضۡعِ سِنِينَۗ لِلَّهِ ٱلۡأَمۡرُ مِن قَبۡلُ وَمِنۢ بَعۡدُۚ وَيَوۡمَئِذٖ يَفۡرَحُ ٱلۡمُؤۡمِنُونَ
Open ayah 30:4އެއީ ތިންއަހަރާއި ނުވައަހަރާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. فارسى ން ގަދަވުމުގެ ކުރިންވެސް އަދި އޭގެފަހުންވެސް ކަމުގެ މޫލަވެރިކަންވަނީ ހަމަ ﷲ އަށެވެ. (އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ކަންތައް ގެންދަވައެވެ.) އަދި އެދުވަހުން އެބަހީ: رومي ން ގަދަވާދުވަހުން - مؤمن ން އުފާކުރާނެއެވެ.
بِنَصۡرِ ٱللَّهِۚ يَنصُرُ مَن يَشَآءُۖ وَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
Open ayah 30:5އެމީހުން އުފާކުރާނީ ﷲ ގެ نصر ގެ ސަބަބުންނެވެ. (އެއީ سَمَاوى ފޮތެއްގެ أهل ވެރިބަޔަކަށް نصر ލިބުނީމައެވެ. مؤمن ންނަކީވެސް سَمَاوِي ފޮތުގެ أهل ވެރިންނެވެ. فارسى ންނަކީ އަލިފާނަށް އަޅުކަންކުރާ مشرك ންނެވެ.) ﷲ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް نصر ދެއްވައެވެ. އަދި އެކަލާނގެއީ ގަދަފަދަވަންތަ رحيم ވަންތަ ކަލާނގެއެވެ.
وَعۡدَ ٱللَّهِۖ لَا يُخۡلِفُ ٱللَّهُ وَعۡدَهُۥ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ
Open ayah 30:6އެއީ ﷲ ގެ وعد ފުޅެވެ. (އެބަހީ: ފާރިސީންގެ މައްޗަށް رومي ން ގަދަވުމަކީ ﷲ ގެ وعد ފުޅެކެވެ.) ﷲ އެކަލާނގެ وعد އާއި خلاف ވެވޮޑި ނުގަންނަވާ ހުއްޓެވެ. އެހެނެއްކަމަކު ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.
يَعۡلَمُونَ ظَٰهِرٗا مِّنَ ٱلۡحَيَوٰةِ ٱلدُّنۡيَا وَهُمۡ عَنِ ٱلۡأٓخِرَةِ هُمۡ غَٰفِلُونَ
Open ayah 30:7އެމީހުންނަށް އެނގެނީ - އެބަހީ: މިއުޅޭ مشرك ންނަށް އެނގެނީ - މިދުނިޔޭގެ حياة ގެ ބޭރުފުށުން ތަންކޮޅެކެވެ. އަދި އެމީހުން އެވަނީ آخرة އާއިމެދު މުޅިން غافل ވެގެންނެވެ. ތަނެއްދޮރެއް ނޭނގިއެވެ.
أَوَلَمۡ يَتَفَكَّرُواْ فِيٓ أَنفُسِهِمۗ مَّا خَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّ وَأَجَلٖ مُّسَمّٗىۗ وَإِنَّ كَثِيرٗا مِّنَ ٱلنَّاسِ بِلِقَآيِٕ رَبِّهِمۡ لَكَٰفِرُونَ
Open ayah 30:8އެމީހުން ފަހެ އެމީހުންގެ نفس ތަކަށް ވިސްނާ فكر ކޮށް ނުހަދަނީބާވައެވެ؟ އެމީހުންގެ نفس ތަކުގައި ލައްވާފައިވާ عجائب ތަކާއި ސިއްރުތަކަށް ވިސްނާ فكر ކޮށް عبرة އެއް حاصل ކުރާނަމަ قيامة ދުވަހަށް إنكار އެއް ނުކުރީހެވެ. އެހެނީ އެހާ ފުރިހަމަކޮށް އިންސާނާ ހައްދަވައި އޭނާ ބަލަހައްޓަވާ ފަރާތަކަށް އޭނާ މަރުއްވައި ދެވަނަފަހަރަށް ދިރުއްވައި محشر އަށް ފޮނުއްވުން އެއްވެސްގޮތަކުން ދަތިނުވާނޭ ރަނގަޅަށް އެނގޭނެއެވެ. އަދި ހަމަ عدل ވެރި حقّ ގޮތުގައި މެނުވީ ﷲ تعالى އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާ ތަކެތި ހައްދަވާފައި ނުވެއެވެ. އަދި އެއީ ކަނޑައެޅި عيّن ވެގެންވާ ވަކި މުއްދަތަކަށެވެ. އެއީ قيامة ދުވަސް އަންނާންދެންނެވެ. އަދި ހަމަކަށަވަރުން މީސްތަކުން ތެރެއިން ގިނަބަޔަކުވަނީ އެބައިމީހުންގެ ربّ އާއި ބައްދަލުވުމާއިމެދު ދެކޮޅުހަދާ އިންކާރުކުރުމުގައެވެ. ކަނޑައެޅިގެން އެކަމަށް ކާފަރުވެގެންނެވެ.
أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۚ كَانُوٓاْ أَشَدَّ مِنۡهُمۡ قُوَّةٗ وَأَثَارُواْ ٱلۡأَرۡضَ وَعَمَرُوهَآ أَكۡثَرَ مِمَّا عَمَرُوهَا وَجَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِۖ فَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ
Open ayah 30:9އެމީހުން ފަހެ ބިންމަތީ ދަތުރުފަތުރުކޮށް ހިނގާބިނގާވެ ނުހަދަނީބާވައެވެ؟ އަދި އެބައިމީހުންގެ ކުރީގައި އުޅުނު އެބާވަތުގެ މީހުންގެ ނިމުން ހުރީ ކޮންފަދައަކުންތޯ ނިކަން ބަލައިބަލާށެވެ! އެމީހުންވީ މިހާރު މިތިބަ މީހުންނަށްވުރެ ބާރުގެގޮތުން މާގަދަ އަދި ދުނިޔޭގައި އުޅުމުގެ އަސަރުތައް ބިންމަތީގައި މާވަރުގަދަ ބަޔަކުކަމުގައެވެ. އަދި މިމީހުން ބިމުގައި عمارة ކޮށް ގެދޮރު ހެދި ވަރަށްވުރެ އެމީހުން ކުރި عمارة ތައް މާހަރުދަނާވެފައި މޮޅެވެ. އަދި އެމީހުންގެ ގާތަށްވެސް އެމީހުންގެ رسول ބޭކަލުން بيان ވެގެންވާ دليل ތަކާއިގެން ވަޑައިގެންނެވިއެވެ. ދެންފަހެ ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިގަތީއެއްނޫނެވެ. އަދި އެހެނެއްކަމަކު އެމީހުންވީ އެމީހުންގެ އަމިއްލަ نفس އަށް އަނިޔާވެރިވީ ބަޔަކުކަމުގައެވެ. އެމީހުން ﷲ އާއި رسول އާ ދޮގުކުރުމުގެ ސަބަބުން ހަލާކުވެގެން ދިޔައީއެވެ. ﷲ އެމީހުނަށް އެކިބާވަތުގެ عذاب ފޮނުއްވައި ހަލާކު ކުރެއްވީއެވެ. ކަލޭމެން އެބާވަތުގެ ކަންކަމުން عبرة حاصل ކުރުމަށް އެފަދަ އެންމެހައި ވާހަކަތައް އެކަލާނގެ ކަލޭމެނަށް އަންގައެވެ.
ثُمَّ كَانَ عَٰقِبَةَ ٱلَّذِينَ أَسَٰٓـُٔواْ ٱلسُّوٓأَىٰٓ أَن كَذَّبُواْ بِـَٔايَٰتِ ٱللَّهِ وَكَانُواْ بِهَا يَسۡتَهۡزِءُونَ
Open ayah 30:10ދެން އެނުބައި ކަންތައްކުރިމީހުންގެ ފަހުކޮޅުވީ ހަމަ އެންމެ ނުބަޔަށެވެ. (އެއީ ނަރަކައިގެ عذاب އެވެ.) އެއީ އެމީހުން ﷲ އާޔަތްތައް ދޮގުކުރިކަމުގެ ސަބަބުންނެވެ. އަދި އެމީހުންވީ އެއާޔަތްތަކަށް މަލާމާތްކޮށް ފުރައްސާރަ ކުރާމީހުންކަމުގައެވެ.
ٱللَّهُ يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيۡهِ تُرۡجَعُونَ
Open ayah 30:11خَلْقُ ތަކުން އަލަށް ފުރަތަމަވެސް ފަށައިގެން ހައްދަވަނީ ﷲ އެވެ. ދެން އެކަލާނގެ އެތަކެތި އަލުންވެސް إعَاد ކުރައްވައެވެ. (އެބަހީ: މަރުވުމަށްފަހު އަލުން ދިރުއްވައި ފޮނުއްވާނެއެވެ.) ދެން ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ އެކަލާނގެ حضرة އަށެވެ.
وَيَوۡمَ تَقُومُ ٱلسَّاعَةُ يُبۡلِسُ ٱلۡمُجۡرِمُونَ
Open ayah 30:12އަދި قيامة ގާއިމުވާ ދުވަހުން مجرم ން - (ނުބައިނުލަފާމީހުން) - މުޅިން ނާ أمّيد ވާނެއެވެ.
وَلَمۡ يَكُن لَّهُم مِّن شُرَكَآئِهِمۡ شُفَعَٰٓؤُاْ وَكَانُواْ بِشُرَكَآئِهِمۡ كَٰفِرِينَ
Open ayah 30:13އަދި އެމީހުންނަށް އެމީހުންގެ شريك ންގެތެރެއިން އެއްވެސް شَفَاعَة ތެރިއަކު ނުވާނެއެވެ. އެމީހުންވީ (ދުނިޔޭގައި އުޅުނުއިރު) އެމީހުންގެ شَريك ންނާއިއެކު އެމީހުންގެ އެހީގައި (ﷲ ގެ وَلِيُّ ންނާއިމެދު) ދެކޮޅުވެރިވެ ކާފަރުވެގެންވާ ބަޔަކުކަމުގައެވެ.
وَيَوۡمَ تَقُومُ ٱلسَّاعَةُ يَوۡمَئِذٖ يَتَفَرَّقُونَ
Open ayah 30:14އަދި قيامة قائم ވާދުވަހުން މީސްތަކުން ބައިވާނެއެވެ. ވަކިވަކިވާނެއެވެ. (مؤمن ންނާއި ކާފަރުންނެވެ.) އެދުވަސް ހަނދާންކުރާށެވެ!
فَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَهُمۡ فِي رَوۡضَةٖ يُحۡبَرُونَ
Open ayah 30:15ފަހެ އީމާންވެގެން صالح عمل ތައްކުރި މީސްތަކުންވަނީ ކަނޑައެޅިގެން ބަގީޗާއެއްގައެވެ. (ގިނަގުނަ نعمة ގައި) އުފާކުރާ حال ގައެވެ.
وَأَمَّا ٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَا وَلِقَآيِٕ ٱلۡأٓخِرَةِ فَأُوْلَٰٓئِكَ فِي ٱلۡعَذَابِ مُحۡضَرُونَ
Open ayah 30:16އަދި ކާފަރުވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި آخرة އާއި ބައްދަލުވުން ދޮގުކުރި މީސްތަކުން ދަންނައެވެ. ފަހެ އެމީހުންވަނީ عذاب ގެތެރެއަށް حاضر ކުރެވޭނެމީހުންކަމުގައެވެ.
فَسُبۡحَٰنَ ٱللَّهِ حِينَ تُمۡسُونَ وَحِينَ تُصۡبِحُونَ
Open ayah 30:17ފަހެ ހަވީރު އިރުއޮއްސޭހިނދުގައްޔާއި އަދި ތިޔަބައިމީހުން ފަތިސްކުރާހިނދުގައި ﷲ އަށް تسبيح ކިޔާށެވެ. އެކަލާނގެ ހުސް طاهر ވަންތަކުރާށެވެ. (މިއީ مغرب ނަމާދަށާއި ފަތިސްނަމާދަށްވާ އިޝާރަތެއްކަމުގައި مفسّر ން ވިދާޅުވެއެވެ.)
وَلَهُ ٱلۡحَمۡدُ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَعَشِيّٗا وَحِينَ تُظۡهِرُونَ
Open ayah 30:18އަދި ހަވީރުކުރާހިނދުގައްޔާއި އަދި ތިޔަބައިމީހުން މެންދުރުކުރާހިނދުގައިވެސް އުޑުތަކާއި ބިމުގައިވެސް އެންމެހައި حمد އާއި تعريف އެއްހުރީ ހަމަ އެކަލާނގެއަށެވެ. ﷲ އަށެވެ. (ދަންނައެވެ. މިއީ عصر ނަމާދަށާއި މެންދުރުނަމާދަށްވާ އިޝާރާތެއްކަމުގައި مفسّر ން ވިދާޅުވެއެވެ. އަދި عشاء ނަމާދަށްވާ އިޝާރަތަކީ نور سورة ގައިވާ وَمِن بَعْدِ صَلَاةِ الْعِشَاءِ ۚ ثَلَاثُ عَوْرَاتٍ لَّكُمْ ۚ މިއާޔަތްކަމުގައިވެއެވެ. والله أعلم.)
يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَيُحۡيِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ وَكَذَٰلِكَ تُخۡرَجُونَ
Open ayah 30:19މަރުވެފައިވާ ތަކެތީގެތެރެއިން ދިރޭތަކެތި އެކަލާނގެ ނެރުއްވައެވެ. އަދި ދިރޭތަކެތީގެ ތެރެއިން މަރުވެފައިވާ ތަކެތި އެކަލާނގެ ނެރުއްވައެވެ. އަދި ބިންގަނޑު މަރުވެފައިއޮތުމަށްފަހު އެކަލާނގެ އެބިން (ވާރޭ ވެއްސަވައިގެން) ދިރުއްވައެވެ. އަދި ތިޔަބައިމީހުން (ކަށްވަޅުތަކުން) ނުކުންނާނީ ހަމައެފަދައިންނެވެ. (ބިމުން ގަސްތައް ފަޅައިގަންނަފަދައިންނެވެ.)
وَمِنۡ ءَايَٰتِهِۦٓ أَنۡ خَلَقَكُم مِّن تُرَابٖ ثُمَّ إِذَآ أَنتُم بَشَرٞ تَنتَشِرُونَ
Open ayah 30:20އަދި ތިޔަބައިމީހުން ވެލީން ހެއްދެވިކަން އެއީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިން ވާކަމެކެވެ. (އެބަހީ: آدم ގެފާނު ވެލިން ހެއްދެވިކަން އެއީ އެކަލާނގެ قدرة ތެރިކަމުގެ دليل ތަކުގެތެރެއިންވާ ކަމެކެވެ.) ދެން ތިޔަބައިމީހުން آدم ގެދަރިންގެ ގޮތުގައި ބިމުގައި ފެތުރި ގޮތްގޮތަށް حركاة ކުރަމުއެވެ.
وَمِنۡ ءَايَٰتِهِۦٓ أَنۡ خَلَقَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا لِّتَسۡكُنُوٓاْ إِلَيۡهَا وَجَعَلَ بَيۡنَكُم مَّوَدَّةٗ وَرَحۡمَةًۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ
Open ayah 30:21އަދި ތިޔަބައިމީހުންގެ نفس ތަކުން ތިޔަބައިމީހުންނަށްޓަކައި އަނބީން ލެއްވިކަން އެއީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިންވާ ކަމެކެވެ. (ފުރަތަމަ އާދަމުގެފާނުންގެ نفس ފުޅުން حَوَّاى ގެފާނު ހެއްދެވުންވެއެވެ.) އެކަލާނގެ އެގޮތަށް ހަމަޖެއްސެވީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަޖެހުން ލިބިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ ދެމެދު - (އަންހެނުންނާއި ފިރިހެނުންނާއިދެމެދު) ލޯބިވެތިކަމާއި رحمة އެކަލާނގެ ލެއްވިއެވެ. ހަމަކަށަވަރުން ވިސްނާ فكر ކުރާ ބަޔަކަށް އެކަންކަމުގައިވެސް ﷲ ގެ قدرة ތެރިކަމުގެ މައްޗަށް دليل ކުރާ ދަލީލުތައް ވާކަން ކަށަވަރެވެ.
وَمِنۡ ءَايَٰتِهِۦ خَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفُ أَلۡسِنَتِكُمۡ وَأَلۡوَٰنِكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّلۡعَٰلِمِينَ
Open ayah 30:22އަދި އުޑުތަކާއި ބިންހެއްދެވުމާއި އަދި ތިޔަބައިމީހުންގެ ބަސްމޮށުންތެރިކަމާއި ގައިގެ ކުލަ ތަފާތުކޮށްލެއްވުމާއި މިކަންކަން މިގޮތަށް ހެއްދެވުމަކީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިން ވާކަމެކެވެ. ހަމަކަށަވަރުން ތަންދޮރު ދަންނަމީހުންނަށްޓަކައި އެކަންކަމުގައިވެސް އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ دليل ތައް ވާކަންކަށަވަރެވެ.
وَمِنۡ ءَايَٰتِهِۦ مَنَامُكُم بِٱلَّيۡلِ وَٱلنَّهَارِ وَٱبۡتِغَآؤُكُم مِّن فَضۡلِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَسۡمَعُونَ
Open ayah 30:23އަދި ރޭގަނޑާއި ދުވާލު ތިޔަބައިމީހުންނަށް ނިދިލެއްވުމާއި އަދި އެކަލާނގެ فَضْلَ ވަންތަކަމަށް ތިޔަބައިމީހުން އެދުމާއި މިކަންކަން މިވަނީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ތަކުގެތެރެއިންނެވެ. (ހެޔޮ) ބަސްއަހާ ބަޔަކަށް އެކަންކަމުގައިވެސް ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމަށް دليل ކުރާ دليل ތައްވާކަން ކަށަވަރެވެ.
وَمِنۡ ءَايَٰتِهِۦ يُرِيكُمُ ٱلۡبَرۡقَ خَوۡفٗا وَطَمَعٗا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءٗ فَيُحۡيِۦ بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَآۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ
Open ayah 30:24ބިރުވެތިވެވޭ އެއްޗެއްގެގޮތުގައްޔާއި އަދި (ވާރޭފެނަށް) ދަހިވެތިވެވޭ އެއްޗެއްގެ ގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ވިދުވަރު ދެއްކެވުން ވަނީ އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ ދަލީލުތަކުގެ ތެރެއިންނެވެ. އަދި އުޑުން އެކަލާނގެ ފެންވެއްސަވައެވެ. އަދި ބިންގަނޑު މަރުވެ ހަނަފަސްވެފައި އޮތުމަށްފަހު އެފެނުން އެކަލާނގެ އެބިންގަނޑު ދިރުއްވައެވެ. ބުއްދިކޮށް ވިސްނާ فكر ކުރާ ބަޔަކަށް އެކަންކަމުގައިވެސް (ﷲ ގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ) ދަލީލުތައް ވާކަން ކަށަވަރެވެ.
وَمِنۡ ءَايَٰتِهِۦٓ أَن تَقُومَ ٱلسَّمَآءُ وَٱلۡأَرۡضُ بِأَمۡرِهِۦۚ ثُمَّ إِذَا دَعَاكُمۡ دَعۡوَةٗ مِّنَ ٱلۡأَرۡضِ إِذَآ أَنتُمۡ تَخۡرُجُونَ
Open ayah 30:25އަދި އުޑާއި ބިން (ﷲ އަށް ކިޔަމަނުގައި) އެކަލާނގެ أمر ފުޅަށް قائم ވެފައިއޮތުން އެއީވެސް އެކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކުގެތެރެއިން ވާކަމެކެވެ. ދެން އަދި އެކަލާނގެ ތިޔަބައިމީހުން (محشر ކުރެއްވުމަށް) ބިމުން ނުކުތުމަށް ހަމަގޮވާލައްވާއިރަށް އެހައިރުން ތިޔަބައިމީހުން (ބިމުން) ނުކުމެދެއެވެ. ނުކުންނާނެއެވެ.
وَلَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ كُلّٞ لَّهُۥ قَٰنِتُونَ
Open ayah 30:26އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު ملك ވެ خاصّ ވެގެންވަނީ ހަމަ އެކަނި އެކަލާނގެއަށެވެ. އަދި އެހުރިހާމީހުން އެކަލާނގެއަށް ކިޔަމަންތެރިވެ އަޅުދާސްވެގެންވެއެވެ. (އެއީ حياة ގެ ކަންކަމުގައްޔާއި މަރުވުމާއި محشر ވުމުގައެވެ. މިއާޔަތުގެ މާނައިގައި مفسّر ންގެބަސް ތަފާތެވެ.)
وَهُوَ ٱلَّذِي يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ وَهُوَ أَهۡوَنُ عَلَيۡهِۚ وَلَهُ ٱلۡمَثَلُ ٱلۡأَعۡلَىٰ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
Open ayah 30:27އަދި خلق ތަކުން ހެއްދެވުމަށް ފައްޓަވައިގެން އަލަށް ހައްދަވަނީ ހަމަ އެކަލާނގެއެވެ. ދެން އެކަލާނގެ އެތަކެތި (މަރުވުމަށްފަހު) އަލުންވެސް إعاد ކުރައްވައެވެ. އަދި އެކަލާނގެއަށް އެކަން ދާދިފަސޭހަވެގެންވެއެވެ. ނުވަތަ ދެވަނަފަހަރަށް އެތަކެތި ހައްދަވައި إعاد ކުރެއްވުން ކުރިޔަށްވުރެ މާފަސޭހައެވެ. އަދި އުޑުތަކާއި ބިމުގައި އެންމެ މަތިވެރި مثال ވަނީ ހަމަ އެކަލާނގެއަށެވެ. އެއީ حقّ إله އެވެ. އެކަލާނގެ ފިޔަވައި އެހެން إله އަކު ނުވެއެވެ. އަދި އެކަލާނގެއީ ގަދަފަދަވަންތަ حكمة ވަންތަ ކަލާނގެއެވެ.
ضَرَبَ لَكُم مَّثَلٗا مِّنۡ أَنفُسِكُمۡۖ هَل لَّكُم مِّن مَّا مَلَكَتۡ أَيۡمَٰنُكُم مِّن شُرَكَآءَ فِي مَا رَزَقۡنَٰكُمۡ فَأَنتُمۡ فِيهِ سَوَآءٞ تَخَافُونَهُمۡ كَخِيفَتِكُمۡ أَنفُسَكُمۡۚ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡقِلُونَ
Open ayah 30:28ތިޔަބައިމީހުންގެ نفس ތަކުން އެކަލާނގެ ތިޔަބައިމީހުންނަށް مثال އެއް ޖައްސަވައެވެ. ތިމަންރަސްކަލާނގެ ކަލޭމެންގެ އަތްމައްޗަށް ދޫކުރި ރިޒުގުގައި ކަލޭމެންނާއިއެކު ކަލޭމެންގެ އަޅުން ބައިވެރިވެ ހަމަހަމަކުރާނެހެއްޔެވެ؟ ކަލޭމެންގެ نفس ތަކަށް ކަލޭމެން ބިރުވެތިވާފަދައިން އެމީހުންގެ نفس ތަކުގެ މައްޗަށް ބިރުވެތިވަމުހެއްޔެވެ؟ (ނުވާނެއެވެ. ރިޒުގުގައިވެސް ހަމަހަމަވާކަށް ނޭދޭނެއެވެ. މިހެން މިކަންހުރިއިރު ﷲ ގެ އަޅުތަކުންނާއި ﷲ އާއި ހަމަހަމަކުރުމަށް ކަލޭމެން قبول ވާންވީ ކޮންފަދައަކުންހެއްޔެވެ؟ އެއީ ކިހާބޮޑު ބޭ إنصاف އެއްހެއްޔެވެ؟) އަދި ބުއްދިކޮށް ވިސްނާބަޔަކަށް ﷲ އެކަލާނގެ އާޔަތްތައް تفصيل ކޮށްދެއްވަނީ ހަމައެފަދައިންނެވެ.
بَلِ ٱتَّبَعَ ٱلَّذِينَ ظَلَمُوٓاْ أَهۡوَآءَهُم بِغَيۡرِ عِلۡمٖۖ فَمَن يَهۡدِي مَنۡ أَضَلَّ ٱللَّهُۖ وَمَا لَهُم مِّن نَّٰصِرِينَ
Open ayah 30:29އެއްގޮތަކަށްވެސް ކަންހުރީ އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަނިޔާވެރިން ނުވަތަ مشرك ން އެމީހުން އެމީހުންގެ هواى نفس އާއި يعني: އަމިއްލަ އެދުމާއި تبع ވީއެވެ. އަދި ﷲ މަގުފުރައްދަވައިފި ބަޔަކަށް ތެދުމަގު ދައްކަވާނީ ކާކުހެއްޔެވެ؟ އަދި އެމީހުންނަކަށް އެއްވެސް نصر ވެރިއަކު ނުވެއެވެ.
فَأَقِمۡ وَجۡهَكَ لِلدِّينِ حَنِيفٗاۚ فِطۡرَتَ ٱللَّهِ ٱلَّتِي فَطَرَ ٱلنَّاسَ عَلَيۡهَاۚ لَا تَبۡدِيلَ لِخَلۡقِ ٱللَّهِۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ
Open ayah 30:30އަދި توحيد ގެމަގަށް ސީދާވެގެންވާ حال ކިޔަމަންތެރިކަމާއިއެކު ސީދާވެގެންވާ دين އަށް ކަލޭގެފާނު މޫނުފުޅު ސީދާކުރައްވާށެވެ. އެއީ ﷲ ހެއްދެވި فِطرة އެވެ. إسلام دين އެވެ. އެއީ އެގޮތެއްގެ މަތީގައި މީސްތަކުން ހައްދަވާފައިވާގޮތެވެ. ﷲ ގެ ހެއްދެވުމަކަށް އެކަލާނގެ ދީނަކަށް ބަދަލުވުމެއް ނެތެވެ. ސީދާވެގެންވާ دين އަކީ އެއީއެވެ. އަދި އެހެނެއްކަމަކު ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.
۞مُنِيبِينَ إِلَيۡهِ وَٱتَّقُوهُ وَأَقِيمُواْ ٱلصَّلَوٰةَ وَلَا تَكُونُواْ مِنَ ٱلۡمُشۡرِكِينَ
Open ayah 30:31އެކަލާނގެ حضرة އަށް توبة ވެ رجوع ވެގެންވާ حال ގައެވެ. (އެބަހީ: دين އަށް ކުރިމަތިލައި މޫނު އެދިމާއަށް ސީދާކުރާނީ އެކަލާނގެ حضرة އަށް توبة ވެ رجوع ވެގެންވާ حال ގައެވެ. އަދި ތިޔަބައިމީހުން އެކަލާނގެއަށް ބިރުވެތިވާށެވެ. އަދި ނަމާދު قائم ކުރާށެވެ. އަދި مشرك ންގެތެރެއިން ތިޔަބައިމީހުން ނުވާށެވެ.
مِنَ ٱلَّذِينَ فَرَّقُواْ دِينَهُمۡ وَكَانُواْ شِيَعٗاۖ كُلُّ حِزۡبِۭ بِمَا لَدَيۡهِمۡ فَرِحُونَ
Open ayah 30:32ބައިބައިކުރިމީހުންނަކީ އެމީހުން އެމީހުންގެ دين ބައިބައިކޮށް ވަކިވަކިކުރި މީހުންނެވެ. އަދި އެމީހުންވީ އެތައް جماعة އަކަށެވެ. އެތައް ޕާޓީއަކަށެވެ. އޭގެތެރެއިން ކޮންމެ جماعة އެއްވެސް ވަނީ އެމީހުންގެ ގާތުގައިވާ އެއްޗާއިގެން (مذهب އާއިގެން) އުފާކޮށްކޮށެވެ. އެމީހުން ހިފަހައްޓައިގެން ތިބި مذهب އަށް މަޖާވެފައެވެ.
وَإِذَا مَسَّ ٱلنَّاسَ ضُرّٞ دَعَوۡاْ رَبَّهُم مُّنِيبِينَ إِلَيۡهِ ثُمَّ إِذَآ أَذَاقَهُم مِّنۡهُ رَحۡمَةً إِذَا فَرِيقٞ مِّنۡهُم بِرَبِّهِمۡ يُشۡرِكُونَ
Open ayah 30:33އަދި މި مشرك ންގެ މީހުންނަށް ކޮންމެވެސް އުނދަގުލެއް (فقير ކަމެއްނަމަވެސް) - ދަތިކަމެއް -ޖެހިއްޖެއްޔާ ﷲ އަށް توبة ވެ رجوع ވެގެންވާ حال އެކަލާނގެއަށް دعاء ކުރެއެވެ. ދެން އެކަލާނގެ حضرة ން އެމީހުންނަށް رحمة އެއްގެރަހަ - / ތިޔާގެކަމެއްގެ ރަހަ ދައްކަވައިފިއްޔާއި އެހައިރުން އަލުންވެސް އޭގެތެރެއިން ބަޔަކުމީހުން އެކަލާނގެއަށް شرك ކުރެއެވެ.
لِيَكۡفُرُواْ بِمَآ ءَاتَيۡنَٰهُمۡۚ فَتَمَتَّعُواْ فَسَوۡفَ تَعۡلَمُونَ
Open ayah 30:34އެއީ އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި نعمة އާއި رحمة އަށް އެމީހުން ކާފަރުވާން ވެގެންނެވެ. (އެބަހީ: އެމީހުން ނުހަނު تَضَرّع ވެރިކަމާއިއެކު دعاء ކުރުމަށްފަހު ތިމަންރަސްކަލާނގެ حضرة ން އެމީހުންނަށް رحمة އެއްގެ ރަހަދެއްކެވީމާ އަލުންވެސް އެމީހުން ތިމަންރަސްކަލާނގެއާއި އެ شريك ކުރަނީ އެމީހުންނަށް ދެއްވި رحمة އަށް ކާފަރުވުމަށެވެ.)
أَمۡ أَنزَلۡنَا عَلَيۡهِمۡ سُلۡطَٰنٗا فَهُوَ يَتَكَلَّمُ بِمَا كَانُواْ بِهِۦ يُشۡرِكُونَ
Open ayah 30:35ނުވަތަ އެމީހުން އެކުރާ شرك އެއީ صحّ އެއްޗެއްކަމުގެ މައްޗަށް ވާހަކަ ދައްކާނެ ފޮތެއް ތިމަންރަސްކަލާނގެ އެމީހުންނަށް ބާވައިލެއްވީހެއްޔެވެ؟ (އެއީވެސް ވީކަމެއްނޫނެވެ.)
وَإِذَآ أَذَقۡنَا ٱلنَّاسَ رَحۡمَةٗ فَرِحُواْ بِهَاۖ وَإِن تُصِبۡهُمۡ سَيِّئَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ إِذَا هُمۡ يَقۡنَطُونَ
Open ayah 30:36އަދި މީސްތަކުންނަށް ތިމަންރަސްކަލާނގެ رحمة އެއްގެ ރަހަ ދައްކަވައިފިއްޔާ (މުއްސަނދިކަމެއް ނުވަތަ ބަލިފަސޭހަވުމެއް ނުވަތަ އެބާވަތުގެ ކޮންމެވެސް ކަމެއްގެ ރަހަ ދައްކަވައިފިއްޔާއި) އެމީހުން އެކަމަށް ވަރަށް އުފާވެ މަޖާނަގައެވެ. އަދި އެމީހުންނަށް އެމީހުންކުރި ފާފައިގެ ސަބަބުން ކޮންމެވެސް ނުބައެއް (فقير ކަމެއް - ބަލިމަޑުކަމެއްފަދަކަމެއް) ދިމާވެއްޖެއްޔާއި އެހައިރުން އެމީހުން އެކީއެކައްޗަކަށް (ތިމަންރަސްކަލާނގެ رحمة ން) أمّيد ކަނޑައިލައެވެ.
أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ
Open ayah 30:37އަދި ހަމަކަށަވަރުން ﷲ އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް ރިޒުގުތަނަވަސްކުރައްވައި އަދި އެދިވޮޑިގެންނެވި ފަރާތަކަށް ރިޒުގު ދަތިކުރައްވައި މަދުކުރައްވާކަން އެމީހުން ފަހެ ނުދެކެނީބާވައެވެ؟ ނޭނގެނީބާވައެވެ؟ ހަމަކަށަވަރުން އެކަންކަމުގައިވެސް އީމާންވާ ބަޔަކަށް (ﷲ ގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ) ދަލީލުތައްވެއެވެ.
فَـَٔاتِ ذَا ٱلۡقُرۡبَىٰ حَقَّهُۥ وَٱلۡمِسۡكِينَ وَٱبۡنَ ٱلسَّبِيلِۚ ذَٰلِكَ خَيۡرٞ لِّلَّذِينَ يُرِيدُونَ وَجۡهَ ٱللَّهِۖ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ
Open ayah 30:38ފަހެ ގާތްތިމާގެ މީހުންނަށް އެމީހުންގެ حقّ އަދާކުރާށެވެ! އަދި މިސްކީނުންނާއި ދަތުރުވެރިންނަށްވެސް އެމީހުންނަށްވާ حقّ ދޭށެވެ! ﷲ ގެ وجه ފުޅު އެދޭބަޔަކަށް އެގޮތް ހެޔޮވެގެންވެއެވެ. އަދި ކާމިޔާބުވާނޭ މީހުންނަކީ ހަމަ އެއީއެވެ.
وَمَآ ءَاتَيۡتُم مِّن رِّبٗا لِّيَرۡبُوَاْ فِيٓ أَمۡوَٰلِ ٱلنَّاسِ فَلَا يَرۡبُواْ عِندَ ٱللَّهِۖ وَمَآ ءَاتَيۡتُم مِّن زَكَوٰةٖ تُرِيدُونَ وَجۡهَ ٱللَّهِ فَأُوْلَٰٓئِكَ هُمُ ٱلۡمُضۡعِفُونَ
Open ayah 30:39މީސްތަކުންގެ މުދާގިނަވުމަށްޓަކައި - ނުވަތަ ތިމާއަށް އަނބުރައި ގިނަ ހަދިޔާއާއި ބަދަލު ލިބުމުގެ مقصد ގައި މީސްތަކުން އެކަކު އަނެކަކަށް ދީއުޅޭ ހަދިޔާއާއި ދިނުންތަކަކުން ﷲ ގެ حضرة ގައި އެއްވެސް އިތުރުވުމެއް ނުވެއެވެ. އަދި އެކަމަކު ﷲ ގެ وجه ފުޅު އެދިގެން ތިޔަބައިމީހުން ކުރި صدقة އަކުން ނުވަތަ ދިން ޒަކާތަކުންވިއްޔާ ﷲ ގެ حضرة ގައި އޭގެ ދަރުމަޔާއި ثواب އެތައްގުނައަކަށް ގިނަވެއެވެ. އަދި އެފަދައިން ޒަކާތްދީ صدقة ކުރާމީހުން އެއީ އެމީހުންގެ عمل ގެ ثواب އާއި ދަރުމަ ގިނަކުރާމީހުންނެވެ.
ٱللَّهُ ٱلَّذِي خَلَقَكُمۡ ثُمَّ رَزَقَكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡۖ هَلۡ مِن شُرَكَآئِكُم مَّن يَفۡعَلُ مِن ذَٰلِكُم مِّن شَيۡءٖۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ
Open ayah 30:40(އޭ مشرك ތަކުންނޭވެ!) ކަލޭމެން ހެއްދެވީ ހަމަ ﷲ އެވެ. ދެން އެކަލާނގެ ކަލޭމެނަށް ރިޒުގުދެއްވައެވެ. ދެން އެކަލާނގެ ކަލޭމެން މަރުއްވައެވެ. ދެން އަލުންވެސް (محشر އަށް ފޮނުވުމަށްޓަކައި) އެކަލާނގެ ކަލޭމެން ދިރުއްވާނެއެވެ. އަޅެފަހެ ކަލޭމެން ﷲ ފިޔަވައި ތިއަ އަޅުކަންކުރާ إله ންކުރެ އެއްވެސް إله އަކަށް މި بيان ކުރި ކަންތަކުގެތެރެއިން އެއްވެސްކަމެއް ކުރެވޭނެހެއްޔެވެ؟ (ނުކުރެވޭނެކަން ކަށަވަރެވެ.) ފަހެ އެމީހުން އެ شريك ކުރާ ތަކެތި ފިޔަވައި އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ.
ظَهَرَ ٱلۡفَسَادُ فِي ٱلۡبَرِّ وَٱلۡبَحۡرِ بِمَا كَسَبَتۡ أَيۡدِي ٱلنَّاسِ لِيُذِيقَهُم بَعۡضَ ٱلَّذِي عَمِلُواْ لَعَلَّهُمۡ يَرۡجِعُونَ
Open ayah 30:41މީސްތަކުންގެ އަތްތަކުން ކުރިކަންތަކުގެ ސަބަބުން (އުރެދުންތަކުގެ ސަބަބުން) އެއްގަމާއި ކަނޑުގައި ފަސާދަ އުފެދިއްޖެއެވެ. އެބަހީ: މީސްތަކުން ކުރި އުރެދުމާއި ފާފައިގެ ސަބަބުން އެއްގަމާއި ކަނޑުގައި އަނިޔާތައް އުފެދި ފެތުރިއްޖެއެވެ. އެއީ އެމީހުންކުރެ ބައެއްމީހުން ކުރި ކަންތަކުގެ ނުބައިކަމުގެ ރަހަ އެމީހުންނަށް ދެއްކެވުމަށްޓަކައެވެ. އެއީ އެމީހުން ތިބި ނުބައިގޮތް ދޫކޮށް ﷲ އަށް رجوع ވުމުގެ أمّيد ގައެވެ.
قُلۡ سِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلُۚ كَانَ أَكۡثَرُهُم مُّشۡرِكِينَ
Open ayah 30:42(އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ހިނގަބިނގާވެ ދަތުރުފަތުރުކޮށް ހަދާބަލާށެވެ! އަދި މީގެކުރީގެ އެބާވަތުގެ ނުކިޔަމަންތެރިމީހުންގެ ނިމުމާއި ފަހުކޮޅުވެގެން ދިޔައީ ކޮންގޮތަކުންތޯ ނިކަން ދެކެބަލާށެވެ! އެމީހުންކުރެ ގިނަމީހުންވީ مشرك ންކަމުގައެވެ. (ކަލޭމެން މިކަންކަމުން عبرة ލިބިގަންނާށެވެ!)
فَأَقِمۡ وَجۡهَكَ لِلدِّينِ ٱلۡقَيِّمِ مِن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۖ يَوۡمَئِذٖ يَصَّدَّعُونَ
Open ayah 30:43(އޭ رسول ﷲ އެވެ!) ﷲ އަށް ކިޔަމަންތެރިވެވޭ ތެދު ސީދާ دين އަށް ކަލޭގެފާނުންގެ މޫނުފުޅު ސީދާކުރައްވާށެވެ! އެއީ ﷲ ގެ حضرة ން ކަނޑައެޅިގެން އަންނަ އަދި އެދުވަހެއް އަޔަނުދީ އަނބުރާ ފޮނުވައި ނުލެވޭނެ ދުވަހެއް އައުމުގެ ކުރިންނެވެ. (އެބަހީ: ކަނޑައެޅިގެން އަންނަ قيامة ދުވަސް އައުމުގެ ކުރިންނެވެ.) އެދުވަހުން މީސްތަކުން ބައިވާނެއެވެ. (އެއްބަޔަކު ސުވަރުގެއަށް އަނެއްބަޔަކު ނަރަކައަށެވެ.)
مَن كَفَرَ فَعَلَيۡهِ كُفۡرُهُۥۖ وَمَنۡ عَمِلَ صَٰلِحٗا فَلِأَنفُسِهِمۡ يَمۡهَدُونَ
Open ayah 30:44ފަހެ ކާފަރުވެއްޖެމީހާ ދަންނައެވެ. ފަހެ އެމީހާގެ ކާފަރުކަމުގެ ނުބައި ހުންނާނީ ހަމަ އެމީހެއްގެ މައްޗަށެވެ. އަދި صالح عمل ކުރި މީހުން ދަންނައެވެ. ފަހެ އެމީހުން އެމީހުންގެ نفس ތަކަށްޓަކައި (ސުވަރުގޭގައި) ތަންމަތިއަޅަނީއެވެ.
لِيَجۡزِيَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ مِن فَضۡلِهِۦٓۚ إِنَّهُۥ لَا يُحِبُّ ٱلۡكَٰفِرِينَ
Open ayah 30:45އެއީ إيمان ވެގެން صالح عمل ކުރިމީހުންނަށް އެކަލާނގެ فضل ވަންތަކަމުން ހެޔޮދަރުމަޔާ ثواب ދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން ކާފަރުންނަށް އެކަލާނގެ ލޯބިވެވޮޑި ނުގަންނަވައެވެ.
وَمِنۡ ءَايَٰتِهِۦٓ أَن يُرۡسِلَ ٱلرِّيَاحَ مُبَشِّرَٰتٖ وَلِيُذِيقَكُم مِّن رَّحۡمَتِهِۦ وَلِتَجۡرِيَ ٱلۡفُلۡكُ بِأَمۡرِهِۦ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ
Open ayah 30:46އަދި އެކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ دليل ތަކުގެތެރެއިން އެކަލާނގެ ވައިފޮނުއްވުންވެއެވެ. / ވައިޖެއްސެވުންވެއެވެ. އެއީ ވާރޭފެން އައުމުގެ އުފާވެރި ކަމެއްގެ ގޮތުންނެވެ. އަދި އެއީ އެކަލާނގެ رحمة ގެރަހަ (ވާރޭފެން) ކަލޭމެންނަށް ދެއްކެވުމަށާއި އަދި އެކަލާނގެ أمر ފުޅަށް ނައުދޯނގުފަހަރު (މޫދުގައި ދުވާ އުޅަނދު) ދުވުމަށްޓަކައްޔާއި އަދި އެކަލާނގެ فَضل ވަންތަކަމުން ދިރިއުޅުމަށްޓަކައި އެކިއެކި ބޭނުންތައް ތިޔަބައިމީހުން އެދިގަތުމަށްޓަކައިދަތުރުފަތުރު ކުރުމަށެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ.
وَلَقَدۡ أَرۡسَلۡنَا مِن قَبۡلِكَ رُسُلًا إِلَىٰ قَوۡمِهِمۡ فَجَآءُوهُم بِٱلۡبَيِّنَٰتِ فَٱنتَقَمۡنَا مِنَ ٱلَّذِينَ أَجۡرَمُواْۖ وَكَانَ حَقًّا عَلَيۡنَا نَصۡرُ ٱلۡمُؤۡمِنِينَ
Open ayah 30:47(އޭ رسول ﷲ އެވެ!) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގައި އެކިއެކި رسول ބޭކަލުން އެބޭބޭކަލުންގެ قوم އަށް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ފަހެ އެބޭކަލުން އެބޭކަލުންގެ قوم ގެ މީހުންގެ ގާތަށް ބަޔާންވެގެންވާ حجّة އާއި دليل އާއިގެން ވަޑައިގެންނެވިއެވެ. (އެކަމަކު އޭގެ ގިނަމީހުން إيمان އެއް ނުވިއެވެ.) ދެންފަހެ ފާފަތައްކޮށް އުރެދުނު މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ބަދަލު ހިއްޕެވީމެވެ. (އެމީހުން ހަލާކުކުރެއްވީމެވެ. އަދި مؤمن ންނަށް نصر ދެއްވީމެވެ.) އެހެނީ مؤمن ންނަށް نصر ދެއްވުން އެއީ ތިމަންކަލާނގެމައްޗަށް ކަނޑައެޅިގެންވާ حقّ ކަމެކެވެ.
ٱللَّهُ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابٗا فَيَبۡسُطُهُۥ فِي ٱلسَّمَآءِ كَيۡفَ يَشَآءُ وَيَجۡعَلُهُۥ كِسَفٗا فَتَرَى ٱلۡوَدۡقَ يَخۡرُجُ مِنۡ خِلَٰلِهِۦۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ
Open ayah 30:48ދުނިޔެމައްޗަށް ވައިފޮނުއްވައި ވައިޖައްސަވަނީ ހަމަ ﷲ އެވެ. ދެން އެވައި ވިލާތައް އުފައްދައި ވިލާތަށް ހަލުވާ حركاة ކުރުވައެވެ. ދެން އެވިލާތައް އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން އުޑުގައި (އުޑުމަތީގައި) ފަތުރުއްވައެވެ. އަދި އެކަލާނގެ އެވިލާތައް އެތިއެތިގަނޑަށް ލައްވައެވެ. އަދި އެވިލާގެ އެތިއެތިގަނޑުގެ ދެމެދުން ވާރޭފެން ނިކުންނާތީ ކަލޭ ގެފާނު ދެކެވަޑައިގަންނަވާނެއެވެ. ދެންފަހެ އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ ބަޔަކަށް އެފެން ދިމާކުރައްވައިފިއްޔާ (ވާރޭވެއްސަވައިފިއްޔާ) ދެން އެހައިރުން އެމީހުން އުފާކުރެއެވެ. މަޖާކުރެއެވެ.
وَإِن كَانُواْ مِن قَبۡلِ أَن يُنَزَّلَ عَلَيۡهِم مِّن قَبۡلِهِۦ لَمُبۡلِسِينَ
Open ayah 30:49އަދި އެމީހުންގެމައްޗަށް އެފެން ވެއްސެވުމުގެކުރިން ކަނޑައެޅިގެން އެމީހުން ނާއުއްމީދުވެ މުޅިން مَايُوس ވެފައިވިޔަސްމެއެވެ.
فَٱنظُرۡ إِلَىٰٓ ءَاثَٰرِ رَحۡمَتِ ٱللَّهِ كَيۡفَ يُحۡيِ ٱلۡأَرۡضَ بَعۡدَ مَوۡتِهَآۚ إِنَّ ذَٰلِكَ لَمُحۡيِ ٱلۡمَوۡتَىٰۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
Open ayah 30:50ފަހެ ﷲ ގެ رحمة ގެ އަސަރުތައް ނިކަން ދެކެބަލާށެވެ! ބިންގަނޑު މަރުވެފައި އޮތުމަށްފަހު އެބިންގަނޑު އެކަލާނގެ ދިރުއްވަނީ ކޮންފަދައަކުންކަން ނިކަން ދެކެވަޑައިގެން ބައްލަވާށެވެ. (ނުވަތަ އެބިންގަނޑު އެކަލާނގެ ދިރުއްވާގޮތް ނިކަން ދެކެވަޑައިގެން ބައްލަވާށެވެ. ހަމަކަށަވަރުން (محشر ކުރައްވާ حساب ބައްލަވައި جزاء ދެއްވުމަށްޓަކައި) މަރުވެފައިވާ މީސްތަކުން ދިރުއްވުމަށް އެކަލާނގެއަށް ކުޅަދުންވަންތަވެވޮޑިގެންވާކަމުގެ ފުރިހަމަ ހެއްކާއި دليل އެކަމުގައިވެއެވެ. (ވާރޭވެއްސަވައި ބިންދިރުއްވައި ގަސްތައް ހެއްދެވުމުގައިވެއެވެ.) އަދި އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާކަލާނގެއެވެ.
وَلَئِنۡ أَرۡسَلۡنَا رِيحٗا فَرَأَوۡهُ مُصۡفَرّٗا لَّظَلُّواْ مِنۢ بَعۡدِهِۦ يَكۡفُرُونَ
Open ayah 30:51އަދި (ވާރޭވެއްސެވުމުގެ ސަބަބުން ތަރޯތާޒާވި) އެގަސްތަކަށް ތިމަންރަސްކަލާނގެ ނުބައި فاسد ވަޔެއް ފޮނުއްވައި އެގަސްތައް ހަލާކުވެ ދޮންވެ ބަރުބާދުވެގެންވަނިކޮށް ދެން އެމީހުންނަށް ފެނިއްޖެއްޔާ ދެން އަލުން އެއަށްފަހު އެމީހުން ﷲ އަށް ކާފަރުވެއެވެ.
فَإِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ
Open ayah 30:52ފަހެ ހަމަކަށަވަރުން މަރުވެފައިވާ ބަޔަކަށް ކަލޭގެފާނަކަށް ނުއިއްވޭނެއެވެ. އަދި ބީރުބަޔަކަށްވެސް އެމީހުން ފުރަގަސްދީފާ ހިނގައްޖެއްޔާ ކަލޭގެފާނަކަށް دعاء ގެއަޑު (ގޮވާލެއްވުމުގެއަޑު) ނުއިއްވޭނެއެވެ.
وَمَآ أَنتَ بِهَٰدِ ٱلۡعُمۡيِ عَن ضَلَٰلَتِهِمۡۖ إِن تُسۡمِعُ إِلَّا مَن يُؤۡمِنُ بِـَٔايَٰتِنَا فَهُم مُّسۡلِمُونَ
Open ayah 30:53އަދި މަގުފުރެދުމުގެތެރޭގައި އަނދިރިވެ ކަނުވެގެންވާ ބަޔަކުވެސް ސީދާ حقّ ތެދުމަގުގެ މަތީގައި ސާބިތުކޮށްލުމަކީ ކަލޭގެފާނަކަށް ވާނޭކަމެއްނޫނެވެ. (ފަހެ ކާފަރުންނާއި މަގުފުރެދިގެންވާ މީހުންގެ ހިތްތަކަށް ތެދުމަގު واصل ކުރެއްވުމަކީ ހަމައެކަނި ﷲ އަށް خاصّ ވެގެންވާ ކަމެކެވެ. ތިމަންރަސްކަލާނގެ އާޔަތްތަކަށް إيمان ވެ ތެދުކުރާ ބަޔަކަށް މެނުވީ ކަލޭގެފާނަކަށް ނުއިއްވެވޭނެއެވެ. (ކަލޭގެފާނު އިއްވިޔަސް އެފަދަމީހުން މެނުވީ ނުއަހާނެއެވެ.) އަދި އެފަދަމީހުންނީ ﷲ އަށް ކިޔަމަންތެރިވެގެންވާ مسلم ންކަމުގައިވާ މީހުންނެވެ.
۞ٱللَّهُ ٱلَّذِي خَلَقَكُم مِّن ضَعۡفٖ ثُمَّ جَعَلَ مِنۢ بَعۡدِ ضَعۡفٖ قُوَّةٗ ثُمَّ جَعَلَ مِنۢ بَعۡدِ قُوَّةٖ ضَعۡفٗا وَشَيۡبَةٗۚ يَخۡلُقُ مَا يَشَآءُۚ وَهُوَ ٱلۡعَلِيمُ ٱلۡقَدِيرُ
Open ayah 30:54(އޭ އިންސާނުންނޭވެ!) ނުހަނު ނިކަމެތި ضَعِيْف އެއްޗަކުން (ނިކަމެތި نُطْفَة އަކުން) ނުހަނު ނިކަމެތިކޮށް ކަލޭމެން ހެއްދެވީ ހަމަ ﷲ އެވެ. ދެން އެނިކަމެތިކަމާއި ضعيف ކަމަށްފަހު ނުހަނު ގަދަބާރު އެކަލާނގެ ކަލޭމެނަށް ލެއްވިއެވެ. ދެން އަލުންވެސް އެބާރާއި ވަރުގަދަކަމަށްފަހު މުސްކުޅިކަމުގެ ضعيف ކަމާއި ނުރަވަންތަކަން އެކަލާނގެ ކަލޭމެނަށް ލެއްވިއެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން އެކަލާނގެ ތަކެތި ހައްދަވައެވެ. އަދި އެކަލާނގެއީ ދެނެވޮޑިގެންވާ ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ.
وَيَوۡمَ تَقُومُ ٱلسَّاعَةُ يُقۡسِمُ ٱلۡمُجۡرِمُونَ مَا لَبِثُواْ غَيۡرَ سَاعَةٖۚ كَذَٰلِكَ كَانُواْ يُؤۡفَكُونَ
Open ayah 30:55އަދި قيامة قائم ވާދުވަހުން مجرم ންގެމީހުން يعني: ނުބައި ކަންތައްތައްކުރި މީހުން (ﷲ ގަންދީ) ހުވާކޮށްފައި ބުނާނީ އެމީހުން އެމީހުންގެ ކަށްވަޅުގައި ނުވަތަ ދުނިޔޭގައި އެންމެ ގަޑިއެއްހާއިރު (ނުވަތަ ހިނދުކޮޅަކު) މެނުވީ ނުތިބޭކަމަށެވެ. އޭގެ جواب ގައި ﷲ އެ އަންގަވަނީ އެމީހުން (ދުނިޔޭގައި ތިބިއިރުވެސް) ދޮގުކުރާ ކަމުގައިވީ އެފަދައިންނެވެ.
وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَٱلۡإِيمَٰنَ لَقَدۡ لَبِثۡتُمۡ فِي كِتَٰبِ ٱللَّهِ إِلَىٰ يَوۡمِ ٱلۡبَعۡثِۖ فَهَٰذَا يَوۡمُ ٱلۡبَعۡثِ وَلَٰكِنَّكُمۡ كُنتُمۡ لَا تَعۡلَمُونَ
Open ayah 30:56އަދި ފޮތުގެ علم ލިބި ﷲ އަށާއި ފޮތަށް إيمان ވީ މީހުން ބުނާނެއެވެ. ﷲ ގެ އިސްވެދިޔަ أَزَلُ ގެ ފޮތުގައި ބަޔާންވެގެންވާ ފަދައިން ކަލޭމެން محشر އަށް ފޮނުއްވެވޭ ދުވަހާއި ހަމައަށް ލަސްވެ ތިބެއްޖައީމުއެވެ. ފަހެ މިއަދުމިއީ (محشر އަށް) ފޮނުވޭ ދުވަހެވެ. އަދި އެހެނެއްކަމަކު އެކަމެއް ކަލޭމެނަކަށް ނޭނގެއެވެ.
فَيَوۡمَئِذٖ لَّا يَنفَعُ ٱلَّذِينَ ظَلَمُواْ مَعۡذِرَتُهُمۡ وَلَا هُمۡ يُسۡتَعۡتَبُونَ
Open ayah 30:57ފަހެ އެދުވަހުން އަނިޔާވެރިވީ މީސްތަކުން ދައްކާ عُذُر ތަކުން (އެމީހުނަށް) އެއްވެސް مَنْفَع އެއް ނުކުރާނެއެވެ. އަދި އެމީހުންނަކީ އަނބުރާ ދުނިޔެއަށް ފޮނުވޭނެ ބަޔަކުކަމުގައިވެސް ނުވެއެވެ. (އަދި ނުވަތަ ﷲ ރުހިވޮޑިގަންނަފަދަ عمل އެއްކުރުމަށް އެދެވޭނެ ބަޔަކު ކަމުގައިވެސް ނުވެއެވެ.)
وَلَقَدۡ ضَرَبۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖۚ وَلَئِن جِئۡتَهُم بِـَٔايَةٖ لَّيَقُولَنَّ ٱلَّذِينَ كَفَرُوٓاْ إِنۡ أَنتُمۡ إِلَّا مُبۡطِلُونَ
Open ayah 30:58އަދި ހަމަކަށަވަރުން މި قرآن ގައި ތިމަންރަސްކަލާނގެ ހުރިހާ ވައްތަރެއްގެ މިސާލު މީސްތަކުންނަށް ޖައްސަވައިފީމެވެ. އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންގެގާތަށް - (އެ مشرك ންގެގާތަށް) ކޮންމެފަދަ معجزة އެއް ނުވަތަ دليل އެއް ގެންނެވިނަމަވެސް އެ كافر ންގެމީހުން ބުނާނީ ތިޔަބައިމީހުން يعني: ތިޔަ مؤمن ންނަކީ ހަމަ بَاطل ކަންތައްކުރާ ބަޔަކުކަމުގައިމެނުވީ ނުވެއެވެ. މިފަދައިންނެވެ.
كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لَا يَعۡلَمُونَ
Open ayah 30:59(އޭ رسول ﷲ އެވެ!) ކަލޭގެފާނު ﷲ ގެ حضرة ން ގެންނެވި ތަކެތީގެ حقيقة ނުދަންނަ މީހުންގެ ހިތްތަކުގައި ﷲ ސިއްކަ ޖައްސަވަނީ އެފަދައިންނެވެ.
فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقّٞۖ وَلَا يَسۡتَخِفَّنَّكَ ٱلَّذِينَ لَا يُوقِنُونَ
Open ayah 30:60ފަހެ ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ ހަމަ حقّ ތެދު އެއްޗެކެވެ. އަދި قيامة ދުވަސް އަންނާނެކަމާމެދު يقين ނުކުރާ މީހުން ކަލޭގެފާނު ޖާހިލުކުރުވިޔަ ނުދޭހުށިކަމެވެ!