الرعد

Ar-Ra'd

The Thunder · Surah 13 · Ayahs: 43 · Medinan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. الٓمٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِۗ وَٱلَّذِيٓ أُنزِلَ إِلَيۡكَ مِن رَّبِّكَ ٱلۡحَقُّ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ

    Open ayah 13:1

    الٓمٓر: މިބާވަތުގެ އެންމެހައި رَمْزُ ގެ މާނައެއް އަދި އޭގެ މުރާދެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ تعالى އެވެ. މިއިން އެންމެބޮޑަށްވެސް آدم ގެދަރިންނަށް ބުނެވެންއޮތީ އެއީ إعجاز القرآن ގެތެރެއިންވާ އަކުރުތަކެއްކަމެވެ. އެޔާއެކުވެސް ބައެއްބޭކަލުންގެ رَأى ވެއެވެ. تفسير الطّبرى ގައި إبن عبّاس رضى ﷲ عنهما ގެ ރިވާޔަތެއް މިސޫރަތުގެ މިއަކުރުތަކާމެދު ގެންނަވާފައިވެއެވެ. އޭގައިވަނީ "أنَا ﷲُ أَرَى" މިހެންނެވެ. މީގެ މާނައެއްކަމުގައި ބުނެވޭނީ ތިމަންރަސްކަލާނގެއީ ﷲ އެވެ. ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަމެވެ. މިއެވެ... ދެން އެއަންގަވަނީ މިސޫރަތުގެ އާޔަތްތަކަކީ ފޮތުގެ އާޔަތްތަކެވެ. މިފޮތޭ އޮތްބަސްފުޅާއި މެދު ކުޑަ إختلاف އެއްވެއެވެ. طبري ގެ تفسير ގައިވަނީ އެއީ توراة އާއި إنجيل ކަމުގައެވެ. إبن كثير ގެ ترجمة ގައިވަނީ އެއީ ކީރިތި قرآن ކަމަށެވެ. އަދި ފަހުގެ تَحْقِيْقُ ތަކުންވެސް އެގޮތަށް ފެނެއެވެ. ދެން އަދި މިއީ ކޮންމެފޮތެއްގެ އާޔަތްތަކެއްނަމަވެސް ﷲ ބާވައިލެއްވި ފޮތެއްކަމުގައިވަންޏާ مؤمن ންނަށް މައްސަލައެއް ނުއޮންނާނެއެވެ. ދެން އަދި އެއަންގަވަނީ ކަލޭގެފާނަށް ކަލޭގެފާނުންގެ ربّ ގެ حضرة ން ބާވައިލައްވާ ތަކެއްޗާއި މިހުރިހާ ތަކެއްޗަކީ ހަމަ حقّ ތެދުކަމުގައެވެ. އަދި އެހެންނަމަވެސް މީސްތަކުންކުރެ ގިނަމީހުން ތެދުނުކުރާ ކަމުގައެވެ. އެއަށް އީމާންނުވާކަމުގައެވެ.

  2. ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيۡرِ عَمَدٖ تَرَوۡنَهَاۖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمّٗىۚ يُدَبِّرُ ٱلۡأَمۡرَ يُفَصِّلُ ٱلۡأٓيَٰتِ لَعَلَّكُم بِلِقَآءِ رَبِّكُمۡ تُوقِنُونَ

    Open ayah 13:2

    އޭ މީސްތަކުންނޭވެ! ކަލޭމެން ދެކޭނޭ އެއްވެސް ތަނބަކާ ނުލައި އުޑުތައް އުފުއްލެވީ ހަމަ ﷲ އެވެ. ދެން އެކަލާނގެ عَرْشِ އަށް إِسْتِوَاى ވެވޮޑިގެންނެވިއެވެ. އަދި އެކަލާނގެ އިރާއި ހަނދު ކިޔަމަންކުރެއްވިއެވެ. އެއިން ކޮންމެ އެއްޗެއްވެސް ކަނޑައެޅި عَيَّن ވެގެންވާ ވަކިމުއްދަތަކަށް ދަތުރުކުރެއެވެ. ދައުރުކުރެއެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން އެކަލާނގެ ކަންތައްތައް تَدْبِيْرُ ކުރައްވާ ހިންގަވައެވެ. މިހުރިހާކަމެއްވެސް މިވަނީ ކަލޭމެން ހެއްދެވި ربّ އާއި ކަލޭމެން ބައްދަލުވާނެކަން ތެދުކޮށް يقين ކުރޭތޯއެވެ. قيامة ދުވަހާއި محشر ކުރެއްވުމާއި جزاء ދެއްވުން يقين ކުރޭތޯއެވެ.

  3. وَهُوَ ٱلَّذِي مَدَّ ٱلۡأَرۡضَ وَجَعَلَ فِيهَا رَوَٰسِيَ وَأَنۡهَٰرٗاۖ وَمِن كُلِّ ٱلثَّمَرَٰتِ جَعَلَ فِيهَا زَوۡجَيۡنِ ٱثۡنَيۡنِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ

    Open ayah 13:3

    އަދި ބިންގަނޑު ފަތުރުއްވާ ދެންމެވީވެސް ހަމައެކަލާނގެއެވެ. އަދި އެކަލާނގެ އެބިމުގައި ފަރުބަދަތަކާއި ކޯރުތައް ލެއްވިއެވެ. އަދި އެކަލާނގެ ގަސްގަހާގެހީގެ މަތިވަރު ނެރުއްވައި އަދި އެއިން ކޮންމެ ވައްތަރެއްގައި ޖޯޑުހަމަކޮށް ފިރިހެން އަންހެން ލެއްވިއެވެ. (މިކަމަކީ، މިހާރު عَمَلِى تحقيق ގެ ގޮތުންވެސް ސާބިތުވެގެންވާ ކަމެއްކަމުގައިވެއެވެ.) އަދި ރޭގަނޑުން ދުވާލު އަނދިރިވާގޮތްވެސް އެކަލާނގެ ލެއްވިއެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل އާއި ހެކި ވާކަންކަށަވަރެވެ. ނަމަވެސް އެކަން ވިސްނަން އެނގޭނީ އަދި قبول ކުރާނީ ކަންކަމަށް ވިސްނާ ފިކުރުކުރާ ބަޔަކަށެވެ.

  4. وَفِي ٱلۡأَرۡضِ قِطَعٞ مُّتَجَٰوِرَٰتٞ وَجَنَّٰتٞ مِّنۡ أَعۡنَٰبٖ وَزَرۡعٞ وَنَخِيلٞ صِنۡوَانٞ وَغَيۡرُ صِنۡوَانٖ يُسۡقَىٰ بِمَآءٖ وَٰحِدٖ وَنُفَضِّلُ بَعۡضَهَا عَلَىٰ بَعۡضٖ فِي ٱلۡأُكُلِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ

    Open ayah 13:4

    އަދި މިބޮޑު ބިންގަނޑުގައި ގާތްގާތްކޮށް އެއްބައި އަނެއްބަޔާ ޖެހިޖެހިގެންވާ ބައިބައިވެއެވެ. (އެއީ އަޅުގަނޑުމެންވެސް މިކިޔާ قَارَّة ތައް އެބަހީ ކޮންޓިނެންޓްތައް ކަމުގައިވެދާނެއެވެ. ނުވަތަ ބިމުގެ ފަށަލަފަށަލަ ކަމުގައިވެދާނެއެވެ. އަދި މިހުރިހާގޮތެއްވެސް އެއިން دليل ކުރެއެވެ.) އަދި އެކަލާނގެ އެބިމުގައި މޭބިސްކަދުރުގެ ބަގީޗާތަކާއި ދަނޑުބިމާއި ދަނޑާއި ލެއްވިއެވެ. އަދި އެއްބުޑުން ދެކުރިގަނޑު ނުވަތަ އެއަށްވުރެގިނަކުރިގަނޑުލީ ކަދުރު ރުކާއި އަދި އެނޫން ކަދުރު ރުއްވެސް އެކަލާނގެ ލެއްވިއެވެ. (އެއީ المدينة المنوّرة ގެ قُبَا އިން އަހުރެންވެސް ދެކެފައިވާ ތަކެއްޗެވެ. އަދި ކަދުރާ މޭބިސްކަދުރު މިއާޔަތުގައި ވަކިން خاصّ ވެފައިވަނީ އެދެއެތީގެ ފައިދާބޮޑުކަމުންކަމުގައި ފެނެއެވެ. والله أعلم.) ދެންފަހެ މިހުރިހާ ބާވަތެއްގެ ގަސްގަހާގެއްސަށް ފެންދެވެނީ ހަމަ އެއްފެނަކުންނެވެ. އެއީ ވާރޭފެނެވެ. މަތިން ފައިބާފެނެވެ. އަދި އެހެންނަމަވެސް ކައިބޮއިހެދުމުގެ ގޮތުން އޭގެ އެކަތީގެ މައްޗަށް ތިމަންރަސްކަލާނގެ އަނެކަތި މާތްކުރެއްވީމެވެ. ފޮނިކޮށް، ހުތްކޮށް، ކުޅިކޮށް ހިތިކޮށް... ދެން މިހެންގޮސް ތަފާތު ރަހަތަކުގައި ހެއްދެވީމެވެ. ހަމަކަށަވަރުން މިކަންކަމުގައި ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ މައްޗަށް دليل ކުރާ دليل ތައްވާކަންކަށަވަރެވެ. އެކަމަކު އެއީ ބުއްދީގެ ބޭނުންކޮށް ވިސްނާ އަދި عبرة حاصل ކުރާ ބަޔަކަށެވެ. • ދަންނައެވެ! އިންސާނުންގެވެސްހުރީ ހަމަގަސްގަހާގެހީގެ މިސާލެވެ. އެންމެންވެސް ކައިބޮއިހަދަނީ ހަމަބިމުގެ ތަކެތީންނެވެ. ބޮނީ ހަމަ އެއްފެނެކެވެ. ބައްޕައަކީ ހަމަ آدم عليه السّلام އެވެ. ނަމަވެސް ރަނގަޅު ނުބައިގައި ތަފާތެވެ. ތެދުމަގު ބާވައިލެއްވުމުން އެތެދުމަގު قبول ކުރީ ވަކިބައެކެވެ. އަނެއްބަޔަކު قبول ނުކުރީއެވެ.

  5. ۞وَإِن تَعۡجَبۡ فَعَجَبٞ قَوۡلُهُمۡ أَءِذَا كُنَّا تُرَٰبًا أَءِنَّا لَفِي خَلۡقٖ جَدِيدٍۗ أُوْلَٰٓئِكَ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ وَأُوْلَٰٓئِكَ ٱلۡأَغۡلَٰلُ فِيٓ أَعۡنَاقِهِمۡۖ وَأُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ

    Open ayah 13:5

    އޭ رسول ﷲ އެވެ! އެ مشرك ންގެމީހުން ކަލޭގެފާނު ދޮގުކުރާތީ ކަލޭގެފާނު عجائب ވެވަޑައިގެންނެވިނަމަވެސް އެއަކީ އަދި އެހާ عجائب ކަމެއްނޫނެވެ. ފަހެ އެމީހުންގެ މިބަހުގައިވާ عجائب ކަން އަދި މާބޮޑެވެ. އެމީހުން އެބުނަނީއެވެ. "އަހުރެމެން މަރުވެ ކުދިކުދިވެ ވެއްޔަށްވީމާވެސް ދެން އަލުންވެސް އަހުރެމެން އައުހެއްދެވުމަކުން ހެއްދެވޭނެހެއްޔެވެ؟ محشر ކުރެވޭނެހެއްޔެވެ؟" ފަހެ އެފަދަ މީހުންނަކީ ތިމަންރަސްކަލާނގެ قدرة ތެރިކަމާމެދު إنكار ކުރާމީހުންނެވެ. އަދި އެއީ ކާފަރުކަންމަތީ ދެމިތިބިމީހުންނެވެ. އެފަދަ މީހުންނަކީ قيامة ދުވަހުން އެމީހުންގެ ކަނދުރާތަކުގައި ނަރަކައިގެ ކަސްތަޅު އެޅެވޭނެމީހުންނެވެ. އަދި އެއީ ނަރަކައިގެ ވަޒަންވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.

  6. وَيَسۡتَعۡجِلُونَكَ بِٱلسَّيِّئَةِ قَبۡلَ ٱلۡحَسَنَةِ وَقَدۡ خَلَتۡ مِن قَبۡلِهِمُ ٱلۡمَثُلَٰتُۗ وَإِنَّ رَبَّكَ لَذُو مَغۡفِرَةٖ لِّلنَّاسِ عَلَىٰ ظُلۡمِهِمۡۖ وَإِنَّ رَبَّكَ لَشَدِيدُ ٱلۡعِقَابِ

    Open ayah 13:6

    އަދި ސަލާމަތާ عافية ގެކުރީގައި އެމީހުން ކަލޭގެފާނުގެ އަރިހުން އެދެނީ عقوبة އާއި ހަލާކެވެ. އަދި ހަމަކަށަވަރުން އެފަދަ مثال ތައް އެމީހުންގެ ކުރިންވެސް އިސްވެހިނގައްޖެއެވެ. އިސްވެދިޔަ رسول ބޭކަލުންނާއި އެބޭކަލުންގެ ބަސްދޮގުކުރި ދޮގުވެރިންނާއި އަދި އެމީހުންނަށް އައި عذاب މީގެކުރިން އިސްވެހިނގައްޖެއެވެ. އެވާހަކައިން މިމީހުން عبرة حاصل ނުކުރަނީ ކީއްވެބާވައެވެ؟ އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ربّ އެއީ މީސްތަކުން شرك ކުރުމާއި އަނިޔާކުރުމާ އެކުވެސް އެމީހުން توبة ވުމުން މީސްތަކުންނަށް ފާފަފުއްސެވުމުގެ ވެރި ކަލާނގެއެވެ. އަދި ހަމަކަށަވަރުން އެކަލާނގެއީ عقوبة ދެއްވުން ގަދަފަދަވެގެންވާ ކަލާނގެއެވެ.

  7. وَيَقُولُ ٱلَّذِينَ كَفَرُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦٓۗ إِنَّمَآ أَنتَ مُنذِرٞۖ وَلِكُلِّ قَوۡمٍ هَادٍ

    Open ayah 13:7

    އަދި ކާފަރުވީ މީސްތަކުން ބުނެއެވެ. "އެކަލޭގެފާނުގެ نبي ކަން ތެދުކަމުގެމައްޗަށް އެކަލޭގެފާނުގެ ربّ ގެ حضرة ން معجزة އެއް އެކަލޭގެފާނަށް ބާވައިލައްވާނެނަމައެވެ. ނުވަތަ ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟" އޭގެ جواب ގައި ﷲ އެ އަންގަވަނީ - ކަލޭގެފާނަކީ ހަމަ إنذار ކުރައްވާ ބޭކަލެކެވެ. އަދި ކޮންމެ قوم އަކަށްވެސް އެމީހުންނަށް ތެދުމަގު ދައްކާނޭ هادى އެއްވެއެވެ. ތެދުމަގުދައްކާމީހަކުވެއެވެ. އެއީ އެ قوم ގެ نبي އާއެވެ.

  8. ٱللَّهُ يَعۡلَمُ مَا تَحۡمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلۡأَرۡحَامُ وَمَا تَزۡدَادُۚ وَكُلُّ شَيۡءٍ عِندَهُۥ بِمِقۡدَارٍ

    Open ayah 13:8

    ކޮންމެ އަންހެންއެއްޗެއް އޭގެ ބަނޑުގައި އުފުލާ ދަރިއެއްގެ خبر ތައް ﷲ ދެނެވޮޑިގެންވެއެވެ. އަދި ބަނޑުގައި އޮތް ދަރިފުޅަށް حيض ގެ ލެއިފޮނުވުމުގެ ނިސްބަތުން رَحِمُ ގެތެރެއިން މަދުވާވަރަކާއި އަދި އިތުރުވާވަރެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އޭގެ ނިސްބަތަކުން ބަލިވެއިނުމުގެ ދުވަސް މަދުވެ އިތުރުވެއެވެ. އަދި ކޮންމެ އެއްޗެއް އަދި ކޮންމެކަމެއް އެކަލާނގެ حضرة ގައި މިންވަރު ކުރެވިގެންވެއެވެ. އެޔާ ތަފާތުނުވާނެއެވެ.

  9. عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡكَبِيرُ ٱلۡمُتَعَالِ

    Open ayah 13:9

    އެކަލާނގެއީ غيب ވެ ފޮރުވި ވަންހަނާވެގެންވާ ކަންތަކާއި ފައުޅުގައި ފެންނަން ހުންނަ ކަންތައްވެސް ދެނެވޮޑިގެންވާ ނުހަނު ހައިބަބޮޑުވެގެންވާ އަދި ހުރިހާ ތަކެއްޗަށްވުރެ މަތިވެރިވެވޮޑިގެންވާ ކަލާނގެއެވެ.

  10. سَوَآءٞ مِّنكُم مَّنۡ أَسَرَّ ٱلۡقَوۡلَ وَمَن جَهَرَ بِهِۦ وَمَنۡ هُوَ مُسۡتَخۡفِۭ بِٱلَّيۡلِ وَسَارِبُۢ بِٱلنَّهَارِ 

    Open ayah 13:10

    އަދި ކަލޭމެންގެތެރެއިން ސިއްރުން ބަސްބުނާމީހެކޭ އަދި އަޑުބާރުކޮށް ބުނާމީހެކޭ އަދި ރޭގަނޑު ނިވައިވެގެން އޮވެގެން އަނދިރީގައި އޮވެގެން ބަސްބުނާމީހެކޭ އަދި ދުވާލު ފާޅުގައި ބަސްބުނާމީހެކޭ އެކަލާނގެއަށް ހަމަހަމައެވެ. ދެނެވޮޑިގަތުމާއި އައްސަވާވޮޑިގަތުން ހަމަހަމައެވެ.

  11. لَهُۥ مُعَقِّبَٰتٞ مِّنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦ يَحۡفَظُونَهُۥ مِنۡ أَمۡرِ ٱللَّهِۗ إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوۡمٍ حَتَّىٰ يُغَيِّرُواْ مَا بِأَنفُسِهِمۡۗ وَإِذَآ أَرَادَ ٱللَّهُ بِقَوۡمٖ سُوٓءٗا فَلَا مَرَدَّ لَهُۥۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ

    Open ayah 13:11

    އަދި އެކަލާނގެ އަޅާ ރައްކާތެރިކުރެއްވުމަށްޓަކައި އެއްބޭކަލަކު އޭނާގެ ކިބައިން އެނބުރި ވަޑައިގަންނަވާއިރަށް އެޔާ ވިދިގެން އޭނާ ރައްކާތެރިކުރުމަށް ވަޑައިގަންނަވާ އަނެއް ބޭކަލަކު އޭނާގާތަށް ވަޑައިގަންނަވާގޮތަށް ތަރުތީބުވެގެންވާ މަލާއިކަތްބޭކަލުން އެކަލާނގެއަށް خاصّ ވެގެންވެއެވެ. ރޭގަނޑު އެއަޅާ ބަލަހައްޓަވާ ބޭކަލުން އެނބުރިވަޑައިގަންނަވާއިރަށް އެއަޅާ ދުވާލު ބަލަހައްޓަވާ ބޭކަލުން ވަޑައިގަންނަވައެވެ. މިބޭބޭކަލުން ﷲ ގެ އަމުރުފުޅަށް އެކަލާނގެ އަޅާ ރައްކާތެރިކުރައްވާ ބަލަހައްޓަވައެވެ. އަދި އެއްވެސް ބަޔަކަށް ﷲ ދެއްވާފައިވާ نعمة އެއް އަދި رحمة އެއް އެބައެއްގެ نفس ތަކުގައިވާ ކިޔަމަންތެރިކަމާއި صالح عمل ތައް تَغَيَّر ކޮށް އެމީހުންގެ نفس ތައް ބަދަލު ނުކުރާނަމަ ﷲ ގެ نعمة އާއި رحمة އެކަލާނގެ ބަދަލު ނުކުރައްވައެވެ. އަދި އެއްވެސް قوم އަކަށް ﷲ تعالى عذاب އެއް ނުވަތަ ހަލާކެއް އިރާދަކުރައްވައިފިއްޔާ ދެން އެކަން އަނބުރާ ރައްދުވުމެއް ނުވެއެވެ. އެ عذاب އެއް އަދި އެ ހަލާކެއް އަޔަނުދީ ހިފަހައްޓައިލެވޭނެ އެކަކުވެސް ނުވެއެވެ. އެއްވެސް ބާރެއް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެއްވެސް ސަހަރޯވެރިއެއް ވާގިވެރިއެއް އެމީހުންނަކަށް ނުވެއެވެ. (އަދި އެފަދަނުރައްކަލެއް އެކަލާނގެ އިރާދަކުރައްވައި ފިއްޔާ ދެން ސުނާމީ އަންނަކަން އިޝާރާތްވާ މީޓަރެއްގެ މެޝިނެއްގެ އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެކަލާނގެ ފޮނުއްވާ އެ مصيبة ދެން އޭރުން ރާޑަރަކަށް މެޝިނަކަށް ނަގައެއް ނުގަނެވޭނެއެވެ.)

  12. هُوَ ٱلَّذِي يُرِيكُمُ ٱلۡبَرۡقَ خَوۡفٗا وَطَمَعٗا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ

    Open ayah 13:12

    އަދި ބިރުވެތިވެވޭ އެއްޗެއްގެގޮތުންނާއި ދަހިވެތިވެވޭ އެއްޗެއްގެގޮތުން - އެބަހީ: ދަތުރުވެރިން ބިރުވެތިވާ އަދި ރަށުގައި قائم ވެތިބޭމީހުން ވާރެއަށް ދަހިވެތިވާ އެއްޗެއްގޮތުން ވިދުވަރުލެއްވީ ހަމަ އެކަލާނގެއެވެ. އަދި ފެނުން ބަރުވެގެންވާ ވިލާތައް އެކަލާނގެ އުފައްދަވާ حركاة ކުރުވައެވެ.

  13. وَيُسَبِّحُ ٱلرَّعۡدُ بِحَمۡدِهِۦ وَٱلۡمَلَٰٓئِكَةُ مِنۡ خِيفَتِهِۦ وَيُرۡسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمۡ يُجَٰدِلُونَ فِي ٱللَّهِ وَهُوَ شَدِيدُ ٱلۡمِحَالِ

    Open ayah 13:13

    އަދި ގުގުރި ﷲ އަށް تسبيح ވިދާޅުވެ އެކަލާނގެއަށް حمد ثناء ދަންނަވައެވެ. އަދި މަލާއިކަތްބޭކަލުންވެސް އެކަލާނގެއަށް ބިރުފުޅުން تسبيح ވިދާޅުވެ حمد ثناء ދަންނަވައެވެ. އަދި އެކަލާނގެ ހޮނު އަލިފާން ފޮނުއްވައެވެ. ދެން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެއަލިފާން ދިމާކުރައްވައެވެ. އެފަދަ ކަންތައް ހިންގަވާއިރުވެސް މީސްތަކުންކުރެ ބައެއްމީހުން ﷲ އާ މެދު جدل ކޮށް އެކަލާނގެ قدرة ތެރިކަމަށް އިންކާރުކުރަނީއެވެ. އެކަލާނގެއީ عقوبة ދެއްވުމާއި ހިއްޕެވުން ގަދަވެގެންވާ ކަލާނގެކަމުގައިވާ حال ގައެވެ. • ދަންނައެވެ! الرَّعْدُ މިއީ ދިވެހިން ކިޔާ ގުގުރިއެވެ. އާޔަތުގައި މިވަނީ ގުގުރި تسبيح ވިދާޅުވާ ކަމަށެވެ. އަދި ﷲ އަށް حمد ވެސް ކުރައްވާކަމަށެވެ. މިހެންވެ تفسير علم ވެރިންގެމެދުގައި إختلاف އެއް ހިނގާފައިވެއެވެ. عامّ ކޮށް ގިނަ مفسّر ން ވިދާޅުވަނީ އެއީ ވިލާގެ ކަންތަކާއި حوال ކުރައްވާފައިވާ މަލާއިކަތާކަމަށެވެ. އެއަޑަކީ އެކަލޭގެފާނުންގެ އަޑުފުޅުކަމަށެވެ. އަދި އެ އަލިފާނަކީ އެކަލޭގެފާނުންގެ އަނގަފުޅުން ނެރުއްވާ އަލިފާނެއްކަމަށެވެ. ﷲ ގެ إذن ފުޅަށް މިކަންކަމަކީ ހިނގުން ދުރުކަމެއްނޫނެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ رَعْدُ މިކިޔާ އެއްޗަކީ އެއްވިލާގަނޑު އަނެއްވިލާގަނޑާ ގާތްކޮށް ފިއްތާލާ ވަޔެކެވެ. ދެން ފިތޭވަގުތު އެއަޑު އަންނަނީކަމަށެވެ. މިއީވެސް ހަމަ ﷲ ގެ އިޒުނަފުޅަށް ވުން ދުރުކަމެއްނޫނެވެ. والله أعلم بالصّواب = تفسير قرطبى =

  14. لَهُۥ دَعۡوَةُ ٱلۡحَقِّۚ وَٱلَّذِينَ يَدۡعُونَ مِن دُونِهِۦ لَا يَسۡتَجِيبُونَ لَهُم بِشَيۡءٍ إِلَّا كَبَٰسِطِ كَفَّيۡهِ إِلَى ٱلۡمَآءِ لِيَبۡلُغَ فَاهُ وَمَا هُوَ بِبَٰلِغِهِۦۚ وَمَا دُعَآءُ ٱلۡكَٰفِرِينَ إِلَّا فِي ضَلَٰلٖ

    Open ayah 13:14

    دعاء ކުރުން حقّ ވެގެންވަނީ ﷲ އަށެވެ. إجابة ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ. އަދި مشرك ންގެ މީހުން އެކަލާނގެފިޔަވައި އެގޮވާ ފަރާތްތައް (އެ شريك ންތައް) دعاء ކޮށް ގޮވާ އެހަދާމީހުންނަށް އިޖާބަ ނުކުރާނެއެވެ. އެއްވެސްގޮތަކުން އަޅައިވެސް ނުލާނެއެވެ. އެތަކެއްޗަށް އެއްވެސް އެއްޗެއް މިލްކުވެގެން ނުވެއެވެ. އެފަދަ ތަކެއްޗަށް ގޮވާ دعاء ކުރާމީހާގެ މިސާލަކީ ތިމާގެ ދެއަތްތިލަ ހުޅުވައިގެން ފެންއެއްޗަކަށް އަތްލައިގެން އޮވެ އަނގައިން ފެނަށް ގޮވާމީހާގެ މިސާލެވެ. އެހެން އޮވެ ކިތައްމެވަރަކަށް ހަޅޭލިޔަސް އޭނާގެ އަނގަޔަށް ފެން ނުފޯރާނެއެވެ. ކާފަރުން ބުދަށާއި ދެންވެސް އެބާވަތުގެ ތަކެއްޗަށް ގޮވާ دعاء ކުރާ ކުރުންވެސް ހަމައެފަދައެވެ. އެއީ ހަމަ ގެއްލުމާއި ހަލާކެވެ. މަގުފުރެދުމެކެވެ.

  15. وَلِلَّهِۤ يَسۡجُدُۤ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ طَوۡعٗا وَكَرۡهٗا وَظِلَٰلُهُم بِٱلۡغُدُوِّ وَٱلۡأٓصَالِ۩

    Open ayah 13:15

    އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު ރުހި ކިޔަމަންތެރިވެގެންވެސް އަދި ނުރުހި ނުކިޔަމަންތެރިވެގެންވެސް، ކިޔަމަންތެރިވުން ވާޖިބުވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ހެނދުނާއި ހަވީރު، އެމީހުންގެ ހިޔަނިތައްވެސް އެކަލާނގެއަށް سجدة ކުރެއެވެ. ކިޔަމަންވެގެންވެއެވެ.

  16. قُلۡ مَن رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ قُلِ ٱللَّهُۚ قُلۡ أَفَٱتَّخَذۡتُم مِّن دُونِهِۦٓ أَوۡلِيَآءَ لَا يَمۡلِكُونَ لِأَنفُسِهِمۡ نَفۡعٗا وَلَا ضَرّٗاۚ قُلۡ هَلۡ يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُ أَمۡ هَلۡ تَسۡتَوِي ٱلظُّلُمَٰتُ وَٱلنُّورُۗ أَمۡ جَعَلُواْ لِلَّهِ شُرَكَآءَ خَلَقُواْ كَخَلۡقِهِۦ فَتَشَٰبَهَ ٱلۡخَلۡقُ عَلَيۡهِمۡۚ قُلِ ٱللَّهُ خَٰلِقُ كُلِّ شَيۡءٖ وَهُوَ ٱلۡوَٰحِدُ ٱلۡقَهَّٰرُ

    Open ayah 13:16

    އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! "އުޑުތަކާއި ބިމުގެ ربّ އަކީ ކާކުހެއްޔެވެ؟ އެތަންތަން ބަލަހައްޓަވާ އެތާނގެ ވެރިޔަކީ ކާކުހެއްޔެވެ؟" ކަލޭގެފާނު އޭގެ جواب ގައި ވިދާޅުވާށެވެ! "އެއީ ﷲ އެވެ." ކަލޭގެފާނު ވިދާޅުވާށެވެ! "ކަލޭމެން ފަހެ އެކަލާނގެ ފިޔަވައި ސަހަރޯވެރިންތަކެއް إختيار ކުރީހެއްޔެވެ؟ އެތަކެއްޗަށް އެތަކެތީގެ އަމިއްލަ نفس ތަކަށްވެސް އެއްވެސް މަންފާއެއް އަދި ގެއްލުމެއް މިލްކުވެގެން ނުވެއެވެ." ކަލޭގެފާނު ވިދާޅުވާށެވެ! "ލޮލަށް ނުފެންނަމީހާއާއި ފެންނަމީހާ ހަމަހަމަވާނެހެއްޔެވެ؟ ނުވަތަ އަނދިރިޔާއި އައްޔާ އެއްވަރުވާނޭހެއްޔެވެ؟ މިތަކެތި އެއްވަރު ނުވާނެއެވެ. ހަމަހަމަނުވާނެއެވެ. ހަމައެފަދައިން مؤمن ންނާއި ކާފަރުން ހަމަހަމަވާނޭހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ." އަދި އެ مشرك ންގެމީހުން ﷲ އަށް شريك ންތަކެއްވާކަމުގައި ނިންމައި ދެން އެ شريك ންތައްވެސް ﷲ ތަކެތި ހައްދަވާފަދައިން ތަކެތި ހައްދަވައި ދެފަރާތުން ހެއްދެވިތަކެތި އެމީހުންނަށް އޮޅުނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! "އެއްގޮތަކަށްވެސް އެހެންނޫނެވެ. ހުރިހާ އެއްޗެއް ހައްދަވާ ކަލަކީ ހަމަ ﷲ އެވެ. އެކަލާނގެއީ އެއްކައުވަންތަ އަދި އެފަރާތަށްމެނުވީ އަޅުކަން ވެވުން حق ވެގެންނުވާ ގަދަފަދަވަންތަ ކަލާނގެއެވެ."

  17. أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَسَالَتۡ أَوۡدِيَةُۢ بِقَدَرِهَا فَٱحۡتَمَلَ ٱلسَّيۡلُ زَبَدٗا رَّابِيٗاۖ وَمِمَّا يُوقِدُونَ عَلَيۡهِ فِي ٱلنَّارِ ٱبۡتِغَآءَ حِلۡيَةٍ أَوۡ مَتَٰعٖ زَبَدٞ مِّثۡلُهُۥۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡحَقَّ وَٱلۡبَٰطِلَۚ فَأَمَّا ٱلزَّبَدُ فَيَذۡهَبُ جُفَآءٗۖ وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمۡكُثُ فِي ٱلۡأَرۡضِۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ

    Open ayah 13:17

    ﷲ تعالى އުޑުން ފެންވެއްސަވައެވެ. އެފެން ވާދީތަކަށް އެޅި އެ ވާދީއެއްގެ ހުރި ބޮޑުކުޑަމިނަކަށް ފެން ޖަމާވެއެވެ. ދެން އެފެންގަނޑުގެ މައްޗަށް އެތާހުންނަ ހަޑި ބައެއްތަކެއްޗާއިއެކު ފޮނުގަނޑެއް އުފެދި ފެނުގެމައްޗަށް އަރައެވެ. އަދި ގަހަނާހެދުމަށް ނުވަތަ ހިފާގެންގުޅޭ ބައެއްތަކެތި ހެދުމަށް އަލިފާނުން ވިރުވާ އެކިބާވަތުގެ مَعْدَن ގެމައްޗަށް އެކަންވާރުގެ މަތީބަޔަށް އެއިން އުފެދޭ ވިޔާނުދާ ދަގުޔާއި ބޭނުން ނުކުރެވޭ ސާމާނުތައް އަރައިޖަމާވެއެވެ. ﷲ تعالى حقّ އާއި بَاطل ގެ މިސާލުޖައްސަވަނީ އެފަދައިންނެވެ. ދެންފަހެ، ވާދީގެމައްޗަށް އެއަރާފައިވާ ފޮނުގަނޑު ބޭނުން ނުކުރެވި ވަޔަށްއަރައިގެން ހިނގައިދެއެވެ. އަދި مَعْدَن ވިރުވި ކަންވާރުގެމައްޗަށް އަރާފައިވާ އޭގެ ހަޑި އަދި ބޭކާރުބައި ދަގުއިފަދަ ތަކެތި އުކައިލެވިދެއެވެ. ދެން މީސްތަކުންނަށް އެފައިދާކުރާބައި ވާދީގެނަމަ ރަނގަޅު ފެނާއި އަދި ކަންވާރުގައިނަމަ ވިރިފައިވާ مَعْدَن ثابت ވެ ހުރެއެވެ. ﷲ تعالى މިސާލުތައް ޖައްސަވަނީ އެފަދައިންނެވެ. މީސްތަކުން އެއަށް ވިސްނާ އެއިން عبرة حاصل ކުރާށެވެ. މިއީ حقّ އާއި باطل ގެ ފުރިހަމަ މިސާލެކެވެ. باطل އަކީ ކުޑަވަގުތުކޮޅަކުއޮތަސް ފެންގަނޑުމަތީ އޮތް ފޮނުގަނޑު އޮތްގޮތަށް އިރުކޮޅަކުއޮތަސް އެފޮނުގަނޑު ވަޔަށް އަރައިގެން ދިޔަގޮތަށް އަރައިގެން ދާނޭ އެއްޗެކެވެ. حقّ އެއީ މީސްތަކުންނަށް ފައިދާކުރާނޭ އެއްޗެކެވެ. އޭތި ވަޔަށް ބުރައިގެން ނުދާނެއެވެ. ވާދީގެ ފެންގަނޑުފަދައިން ސާބިތުވެއޮންނާނެއެވެ. ހަމައެފަދައިން معدن ވިރުވި ކަންވާރުގެމައްޗަށް އެރި ބޭކާރުބައި އެއީ باطل ގެ މިސާލެވެ. އެބައި އުކައިލެވޭނީއެވެ. އޭގެފައިދާކުރާބައި ކަންވާރުގެ އަޑީގައި ސާބިތުވެހުންނާނެއެވެ. އެއީ حقّ ގެ މިސާލެވެ. والله أعلم.

  18. لِلَّذِينَ ٱسۡتَجَابُواْ لِرَبِّهِمُ ٱلۡحُسۡنَىٰۚ وَٱلَّذِينَ لَمۡ يَسۡتَجِيبُواْ لَهُۥ لَوۡ أَنَّ لَهُم مَّا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦٓۚ أُوْلَٰٓئِكَ لَهُمۡ سُوٓءُ ٱلۡحِسَابِ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمِهَادُ

    Open ayah 13:18

    ﷲ އަށް އީމާންވެ އަދި رسول އާއި تبع ވެ ކިޔަމަންތެރިވުމަށް ގޮވާލެވުމުން އެބަޔަކު އެބަޔަކުގެ ربّ އަށް އިޖާބަދީ ކިޔަމަންތެރިވެ رسول އާއި تبع ވީމީހުންނަށް ހުރީ قيامة ދުވަހުން ސުވަރުގެއެވެ. ބޮޑުވެގެންވާ نعمة އެވެ. އަދި ﷲ އަށް އީމާންނުވެ رسول އާއި تبع ނުވި މީހުން ދަންނައެވެ! قيامة ދުވަހުން އެމީހުންނަށް އެހުރި عذاب ން ސަލާމަތްވުމަށް އެމީހުންނަށް ދުނިޔެއާއި އެތާ ވާހާތަކެއްޗާއި އަދި އެފަދަ އިތުރު އެހާތަކެތި އޮތްނަމަވެސް އެތަކެތި فدية އެއްގެގޮތުގައި ދީ ސަލާމަތްވޭތޯ ބެލީހެވެ. (ނަމަވެސް އެއީ ދެން ވާނޭކަމެއްނޫނެވެ.) އެމީހުންނަށް ހުރީ ހިސާބު ބެއްލެވުމުގެ އެންމެނުބައި ގޮތެވެ. އެއީ އެއްވެސް ތަންކޮޅެއް عفو ނުވެ ހުރިހާ ފާފައަކަށް عذاب ލިބުމެވެ. އެމީހުންގޮސް ތިބޭނެތަނަކީ قيامة ދުވަހުން ނަރަކައެވެ. އެއީ ނުބައި ތަންމައްޗެކެވެ.

  19. ۞أَفَمَن يَعۡلَمُ أَنَّمَآ أُنزِلَ إِلَيۡكَ مِن رَّبِّكَ ٱلۡحَقُّ كَمَنۡ هُوَ أَعۡمَىٰٓۚ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ

    Open ayah 13:19

    ހަމަކަށަވަރުން ކަލޭގެފާނަށް ކަލޭގެފާނުންގެ ربّ ގެ حضرة ން ބާވައިލެއްވޭތަކެތި އެއީ حقّ ކަން ދަންނަމީހާއާއި ކަނުމީހާއާއި އެބަހީ: ތިމާގެމައްޗަށް فرض ވެގެންވާ ކަންތައްވެސް އޭނާޔަށް ނޭނގޭ އެއްވެސް ހެޔޮއެއްޗެއް ނޭނގޭ جاهل މީހާއައި ދެމީހުން އެއްފަދަހެއްޔެވެ؟ އެދެމީހުން އެއްވަރުވާނެހެއްޔެ؟ ނުވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން وعظ نصيحة އާއި عبرة ލިބިގަންނާނީ ބުއްދިވެރިންނެވެ.

  20. ٱلَّذِينَ يُوفُونَ بِعَهۡدِ ٱللَّهِ وَلَا يَنقُضُونَ ٱلۡمِيثَٰقَ 

    Open ayah 13:20

    މިބުނާ ބުއްދިވެރިންނަކީ ﷲ ގެ عهد ތައް ފުއްދާމީހުންނެވެ. އަދި އެއްވެސްގޮތަކުން ވެވިފައިވާ عهد ކަށަވަރެއް އުވައިނުލާ މީހުންނެވެ.

  21. وَٱلَّذِينَ يَصِلُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيَخۡشَوۡنَ رَبَّهُمۡ وَيَخَافُونَ سُوٓءَ ٱلۡحِسَابِ

    Open ayah 13:21

    އަދި އެމީހުންނަކީ ﷲ تعالى އެމީހުނަށް އެ އެއްޗެއް ކަނޑައިނުލައި ގުޅުވުމަށް أمر ކުރައްވާފައިވާ އެތި ގުޅުވާމީހުންނެވެ. އެބަހީ: رَحِمُ ގުޅުވާމީހުންނެވެ. އަދި އެމީހުންނަކީ އެމީހުންގެ ربّ އަށް ބިރުވެތިވާ އަދި حِسَاب ބެއްލެވުމުގައި جدل ކުރެވި އެކަމުގެ ނުބައިކަމާމެދު ބިރުވެތިވާމީހުންނެވެ.

  22. وَٱلَّذِينَ صَبَرُواْ ٱبۡتِغَآءَ وَجۡهِ رَبِّهِمۡ وَأَقَامُواْ ٱلصَّلَوٰةَ وَأَنفَقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ أُوْلَٰٓئِكَ لَهُمۡ عُقۡبَى ٱلدَّارِ

    Open ayah 13:22

    އަދި އެމީހުންނަކީ އެމީހުންގެ ربّ ގެ ރުހިވޮޑިގަތުން އެދިގެން ކެތްތެރިވީ މީހުންނެވެ. އަދި އެމީހުންނަކީ ނަމާދު قائم ކުރާމީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުނަށް ދެއްވި ރިޒުގުން ސިއްރާއި ފައުޅުގައިވެސް ﷲ ގެ މަގުގައި ހޭދަކުރާމީހުންނެވެ. އަދި އެމީހުންނަކީ ހެޔޮކަންތައް ކުރުމުގެ ސަބަބުން ނުބައިކަންތައް ދުރުކުރާމީހުންނެވެ. އެމީހުން ދަންނައެވެ! އެމީހުން ކިޔަމަންތެރިވުމާ ގުޅިގެން އެމީހުންނަށް قيامة ދުވަހުން ހުރީ ސުވަރުގެއެވެ.

  23. جَنَّٰتُ عَدۡنٖ يَدۡخُلُونَهَا وَمَن صَلَحَ مِنۡ ءَابَآئِهِمۡ وَأَزۡوَٰجِهِمۡ وَذُرِّيَّٰتِهِمۡۖ وَٱلۡمَلَٰٓئِكَةُ يَدۡخُلُونَ عَلَيۡهِم مِّن كُلِّ بَابٖ

    Open ayah 13:23

    قائم ވެ ތިބޭ ސުވަރުގެތަކަށް އެމީހުން ވަންނަހުއްޓެވެ. އަދި އީމާންކަމާއި ކިޔަމަންތެރިވުމުގެގޮތުން صلح ވެ ހަމަޖެހިގެންވަންޏާ އެމީހުންގެ ބަފައިންނާއި އަނބިންނާއި އަދި އެމީހުންގެ ދަރިންވެސް އެމީހުންނާއެކު ސުވަރުގެއަށް ވަންނަހުއްޓެވެ. އަދި ސުވަރުގެ ކޮންމެ ދޮރަކުން އެމީހުންގެގާތަށް އެކިއެކި އުފާވެރި خبر އާއިގެން މަލާއިކަތްބޭކަލުން ވެދެވަޑައިގަންނަވާނެއެވެ.

  24. سَلَٰمٌ عَلَيۡكُم بِمَا صَبَرۡتُمۡۚ فَنِعۡمَ عُقۡبَى ٱلدَّارِ

    Open ayah 13:24

    އަދި އެބޭކަލުން ވިދާޅުވާނެއެވެ. "ކަލޭމެންގެ މައްޗަށް ސަލާމްހުއްޓެވެ. ކަލޭމެން ކެތްތެރިވުމުގެ ސަބަބުން ކަލޭމެނަށް އެޔާ ވިދިގެން ލިބުނު ސުވަރުގެ ރަނގަޅުވެގެންވެއެވެ."

  25. وَٱلَّذِينَ يَنقُضُونَ عَهۡدَ ٱللَّهِ مِنۢ بَعۡدِ مِيثَٰقِهِۦ وَيَقۡطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفۡسِدُونَ فِي ٱلۡأَرۡضِ أُوْلَٰٓئِكَ لَهُمُ ٱللَّعۡنَةُ وَلَهُمۡ سُوٓءُ ٱلدَّارِ

    Open ayah 13:25

    އަދި އެބައިމީހުން ﷲ އާ މެދު ވެފައިވާ عَهْدُ ކަށަވަރު އުވައިލާ، އެ عَهْدُ ގައިވާގޮތަށް عمل ކުރުމަށް އެއްބަސްވުމަށްފަހު އެއަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި، އަދި ނުކަނޑައި ގުޅުވުމަށް ﷲ އެމީހުންނަށް أمر ކުރައްވާފައިވާ ތިމާގެކަމުގެ رَحم ކަނޑައިހެދިމީހުން އަދި އެމީހުން ﷲ އަށް އުރެދި ބިން ފާސިދުކުރާމީހުން ދަންނައެވެ! އެމީހުންނަށް ހުރީ ހަމަ لعنة އެވެ. ﷲ ގެ رحمة އާ ދުރުވުމެވެ. އަދި އެމީހުންނަށް ހުރީ آخرة ގެ ގޮވަތީގެ ނުބައިކަމެވެ. އެއީ ނަރަކައެވެ.

  26. ٱللَّهُ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ وَفَرِحُواْ بِٱلۡحَيَوٰةِ ٱلدُّنۡيَا وَمَا ٱلۡحَيَوٰةُ ٱلدُّنۡيَا فِي ٱلۡأٓخِرَةِ إِلَّا مَتَٰعٞ

    Open ayah 13:26

    ﷲ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ރިޒުގު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ދަތިކުރައްވައެވެ. ރިޒުގު މަދުކުރައްވައެވެ. އަދި އެބަޔަކަށް އެކަލާނގެ ރިޒުގު ތަނަވަސްކޮށްދެއްވި ބަޔަކު ދުނިޔޭގެ ދިރިއުޅުމަށް އުފާކޮށް މަޖާނަގައެވެ. އަދި އެކަމަކު آخرة ގެ ދިރިއުޅުމަށް ބަލާއިރު ދުނިޔޭގެ ދިރިއުޅުމަކީ ހަމަ ދާދިކުޑަ މިންވަރެއްކަމުގައި މެނުވީ ނުވެއެވެ. ދަތުރުވެރިއަކު ދަތުރުމައްޗަށް ގެންދާ ކުޑައެތިކޮޅެއްފަދަ މަދުއެތިކޮޅެކެވެ.

  27. وَيَقُولُ ٱلَّذِينَ كَفَرُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦۚ قُلۡ إِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهۡدِيٓ إِلَيۡهِ مَنۡ أَنَابَ

    Open ayah 13:27

    އަދި ކާފަރުވީ މީސްތަކުން ބުނެއެވެ. "އެކަލޭގެފާނަށް (يعني: محمّد ﷺ އަށް) އެކަލޭގެފާނުންގެ ربّ ގެ حضرة ން ބޮޑު معجزة އެއް ބާވައިލައްވާނެނަމަ ކިހާރަނގަޅުހެއްޔެވެ؟ ނުވަތަ އެކަލޭގެފާނަށް ބޮޑު خزانة އެއްވުންފަދަ - ނުވަތަ އަރިހުގައި މަލާއިކަތް ބޭކަލަކު ހުންނެވުންފަދަ معجزة އެއް ނެތީ ކީއްވެގެންހެއްޔެވެ؟" އޭގެ جواب ގައި ﷲ އެ އަންގަވަނީ އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! "ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކު މަގުފުރައްދަވައި އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ حضرة އަށް رجوع ވެ توبة ވުމަށް މަގުދައްކަވައެވެ. އެއީ އެކަލާނގެއަށް خاصّ ވެގެންވާ ކަމެކެވެ. معجزة ބާވައިލެއްވުމާ ނުލެއްވުންވެސް ވަނީ އެކަލާނގެ އަތްޕުޅުގައެވެ. معجزة އެއްނުލައިވެސް އީމާންވާނެމީހުން އީމާންވަނީއެވެ. އެއީ އެކަލާނގެ އަޅާގެ ހިތަށް ﷲ ވައްދަވާ ނޫރެކެވެ. އަލިކަމެކެވެ."

  28. ٱلَّذِينَ ءَامَنُواْ وَتَطۡمَئِنُّ قُلُوبُهُم بِذِكۡرِ ٱللَّهِۗ أَلَا بِذِكۡرِ ٱللَّهِ تَطۡمَئِنُّ ٱلۡقُلُوبُ

    Open ayah 13:28

    އެމީހުންނަކީ އެބަހީ: توبة ވީމީހުންނަކީ އީމާންވެގެން އެމީހުންގެ ހިތްތައް ﷲ ގެ ذِكر ން މައިތިރިވެ ހަމަޖެހިގެންވާ މީހުންނެވެ. ﷲ ހަނދާންކޮށް ދުލުން ذكر ކުރުމުގެ كلمة ތައް ކިޔާމީހުންނެވެ. ﷲ އަށް ذكر ކުރުމަކީ ހިތްތައް ހަމަޖެހި މައިތިރިވެ ހިތްތަކަށް سُكُونَة ލިބޭކަމެއްކަން ކަލޭމެން ދަންނާށެވެ!

  29. ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ طُوبَىٰ لَهُمۡ وَحُسۡنُ مَـَٔابٖ

    Open ayah 13:29

    އަދި އީމާންވެގެން صالح عمل ކުރި މީސްތަކުންނަށް قيامة ދުވަހުން طُوْبَى ވެއެވެ. އަދި އެނބުރިގޮސް ތިބުމަށް ރަނގަޅުތަންވެއެވެ. (އެއީ ސުވަރުގެއެވެ.) • ދަންނައެވެ. طُوبى އަކީ އެއްމާނައެއްގައި ކޮޅުނެތްކޮޅުގެ އުފާވެރިކަމެވެ. ނަމަވެސް މިއާޔަތުގެ تفسير ގައި ވާރިދުވެގެން އައިސްފައިވާ އަސަރުތަކަށް ބަލާއިރު طُوبى އަކީ ސުވަރުގޭގައިވާ ގަހެކެވެ. ސުވަރުގޭގެ އާރުތައް ދެމިގެން އަންނަނީ އެގަހުގެ ބުޑުންކަމުގައިވިއެވެ. މުޅި ސުވަރުގޭގައިވަނީ އެގަހުގެ ހިޔާކަމުގައިވިއެވެ. - والله أعلم. = تفسيرطبري = އަށް ބައްލަވާށެވެ. މިގަހާބެހޭ ދިގުވާހަކަވެއެވެ.

  30. كَذَٰلِكَ أَرۡسَلۡنَٰكَ فِيٓ أُمَّةٖ قَدۡ خَلَتۡ مِن قَبۡلِهَآ أُمَمٞ لِّتَتۡلُوَاْ عَلَيۡهِمُ ٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ وَهُمۡ يَكۡفُرُونَ بِٱلرَّحۡمَٰنِۚ قُلۡ هُوَ رَبِّي لَآ إِلَٰهَ إِلَّا هُوَ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ مَتَابِ 

    Open ayah 13:30

    އޭ رسول ﷲ އެވެ! ކަލޭގެފާނުގެ ކުރިން ވޭތިވެގޮސްފައިވާ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވިފަދައިން ކަލޭގެފާނުވެސް ތިމަންރަސްކަލާނގެ ހަމައެފަދަ أمّة އަކަށް رسول ކަމާއިގެން ފޮނުއްވީމެވެ. އެއީ އެމީހުން رحمن ވަންތަ ރަސްކަލާނގެއަށް ކާފަރުވާ حال ގައިވެސް ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ތަކެތި ކަލޭގެފާނު އެމީހުންނަށް ކިޔަވާ ވިދާޅުވެދެއްވުމަށެވެ. رسول ކަން އިއްވެވުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! "އެ رحمن އެއީ ތިމަންކަލޭގެފާނުގެ ربّ އެވެ. އެކަލާނގެ މެނުވީ އެހެން إله އަކު ނުވެއެވެ. حقّ އެހެން إله އަކުނުވެއެވެ. އަދި އަހުރެން وكيل ކޮށް އިތުބާރުކުރަނީ އެކަލާނގެއަށެވެ. އަދި އަހުރެން توبة ވެ رجوع ވުންވެސްވަނީ ހަމަ އެކަލާނގެ حضرة އަށެވެ."

  31. وَلَوۡ أَنَّ قُرۡءَانٗا سُيِّرَتۡ بِهِ ٱلۡجِبَالُ أَوۡ قُطِّعَتۡ بِهِ ٱلۡأَرۡضُ أَوۡ كُلِّمَ بِهِ ٱلۡمَوۡتَىٰۗ بَل لِّلَّهِ ٱلۡأَمۡرُ جَمِيعًاۗ أَفَلَمۡ يَاْيۡـَٔسِ ٱلَّذِينَ ءَامَنُوٓاْ أَن لَّوۡ يَشَآءُ ٱللَّهُ لَهَدَى ٱلنَّاسَ جَمِيعٗاۗ وَلَا يَزَالُ ٱلَّذِينَ كَفَرُواْ تُصِيبُهُم بِمَا صَنَعُواْ قَارِعَةٌ أَوۡ تَحُلُّ قَرِيبٗا مِّن دَارِهِمۡ حَتَّىٰ يَأۡتِيَ وَعۡدُ ٱللَّهِۚ إِنَّ ٱللَّهَ لَا يُخۡلِفُ ٱلۡمِيعَادَ

    Open ayah 13:31

    އަދި އެ قرآن ގެ ސަބަބުން ފަރުބަދަތައް ހުރިތަނުން ލުހިގެންގޮސް އެހެންތާކަށް ދިޔަނަމަވެސް އަދި ނުވަތަ އެ قرآن ގެ ސަބަބުން އޭގެ ކީރިތިކަމުން ބިންގަނޑު ކުދިކުދިވިޔަސް އަދި ނުވަތަ އެ قرآن ގެ كرامة ން މަރުވެފައިވާމީހުން ވާހަކަދެއްކިޔަސް (އެ قرآن އެއްކަމުގައިވާނީ ހަމަމި قرآن އެވެ. އެހެންނަމަވެސް އެކާފަރުންތައް އީމާނެއްނުވީހެވެ.) އަދި ކިއެއްހެއްޔެވެ؟ އެންމެހައި ކަމެއް خاصّ ވެ ملك ވެގެންވަނީ ހަމަ ﷲ އަށެވެ. (އެކަލާނގެ އެދިވޮޑިގަންނަވާގޮތަކަށް އެކަލާނގެ ކަންތައް ގެންދަވައެވެ. مُعْجِزَة އެއް ގެންނަވަން އެދިވޮޑިގެންނެވިނަމަވެސް ގެންނަވައިފީހެވެ.) އަދި ކާފަރުވެއްޖެމީހުން އެމީހުން ކުރިކަންތަކުގެ ސަބަބުން އެބަހީ: އެމީހުން ﷲ އަށް ކާފަރުވެ رسول ން ދޮގުކުރުމުގެ ސަބަބުން އެމީހުންނަށް ބޮޑުވެގެންވާ ހަލާކެއް ނުވަތަ كَارِثَة އެއް އައުމުން ފިލާނުދެއެވެ. ނުވަތަ އެމީހުންގެ ގޯތިގެދޮރާ ދާދިގާތަށް ބޮޑު مصيبة އެއް އަތުވެއްޖައުމަށްދާންދެން އެކާފަރުކަންމަތީ ދެމިތިބުމުން ފިލާނުދެއެވެ. (މިބުނާ مصية އަކީ مكّة فتح ކުރެއްވުމަށް رسول ﷲ ﷺ ވަޑައިގަތުން ކަމުގައި ބައެއް مفسّر ން ވިދާޅުވެއެވެ. އެއީ ﷲ ގެ وعد ފުޅުގެ މުރާދެވެ.) ހަމަކަށަވަރުން ﷲ تعالى އެކަލާނގެ ކުރެއްވި وعد ފުޅާ خلاف ވެވޮޑިނުގަންނަވައެވެ.

  32. وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَأَمۡلَيۡتُ لِلَّذِينَ كَفَرُواْ ثُمَّ أَخَذۡتُهُمۡۖ فَكَيۡفَ كَانَ عِقَابِ

    Open ayah 13:32

    އޭ رسول ﷲ އެވެ! ހަމަކަށަވަރުން ކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި رسول ންނަށްވެސް ކާފަރުން މަލާމާތްކޮށް ފުރައްސާރަކުރިއެވެ. އަދި އެކާފަރުންނަށް ތިމަންރަސްކަލާނގެ ތަންވަޅުދެއްވައިބޭތިއްބީމެވެ. ދެން ހަމަ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކުކުރެއްވީމެވެ. ފަހެ ތިމަންރަސްކަލާނގެ عقوبة އެމީހުންގެ މައްޗަށް ވެގެންދިޔައީ ކޮންފަދައަކުންހެއްޔެވެ؟

  33. أَفَمَنۡ هُوَ قَآئِمٌ عَلَىٰ كُلِّ نَفۡسِۭ بِمَا كَسَبَتۡۗ وَجَعَلُواْ لِلَّهِ شُرَكَآءَ قُلۡ سَمُّوهُمۡۚ أَمۡ تُنَبِّـُٔونَهُۥ بِمَا لَا يَعۡلَمُ فِي ٱلۡأَرۡضِ أَم بِظَٰهِرٖ مِّنَ ٱلۡقَوۡلِۗ بَلۡ زُيِّنَ لِلَّذِينَ كَفَرُواْ مَكۡرُهُمۡ وَصُدُّواْ عَنِ ٱلسَّبِيلِۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ

    Open ayah 13:33

    އަޅެފަހެ ކޮންމެ نفس އެއްގެމައްޗަށް ރައްކާތެރިވުމާއި ރިޒުގުދެއްވުމާއި އަދި އެ نفس އެއް ކުރި عمل އެއް ބެލެހެއްޓުމާއިގެން قائم ވެވޮޑިގެންވާ ކަލާނގެއާ، އެއްވެސްގޮތަކުން އަޑެއް ނުއިވޭ އެއްޗެއް ނުފެންނަ އެއްވެސްކަމެއް ނުކުރެވޭތަކެއްޗާ ހަމަހަމަހެއްޔެވެ؟ ﷲ އަށްވާ شريك ންކަމުގައި އެމީހުން އެތަކެތި ލައިފިއެވެ. އޭ رسول އާއެވެ! ކަލޭގެފާނު ވިދާޅުވާށެވެ! "އެމީހުން އެތަކެއްޗަށް ނަންކިޔައި ބަލާށެވެ. އެމީހުން އެތަކެއްޗަށް إله ން ކިޔައިފިއްޔާ އެއީ އެންމެބޮޑު ދޮގެވެ. އެހެނީ ﷲ އަށް شريك އަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެހެން إله އަކުވެސް ނުވެއެވެ. ނުވަތަ ބިމުގައި އެކަލާނގެއަށް އެގިވޮޑިނުގަންނަވާ އެއްޗެއްގެ خبر އެމީހުން އެކަލާނގެއަށް ދެނީހެއްޔެވެ؟ ނުވަތަ ހަމަ ބުނެ ފާޅުކޮށްލާ ދޮގުހުސްބައެއް އެމީހުން ބުނަނީހެއްޔެވެ؟" އަދި ކިއެއްހެއްޔެވެ؟ ކާފަރުވީ މީސްތަކުން ދަންނައެވެ! އެމީހުންގެ ކާފަރުކަމާ شرك ގެ ބަސް އެމީހުންނަށް ޒީނަތްތެރިކުރެވުނީއެވެ. شيطان އެމީހުންނަށް ޒީނަތްކޮށްދިނީއެވެ. އަދި އެމީހުން ﷲ ގެމަގުން ދުރުކުރެވިގެންވެއެވެ. ނުވަތަ އެމީހުން ﷲ ގެމަގުން އެހެންމީހުން ދުރުކޮށް ބަންދުކޮށްހަދައެވެ. އަދި ﷲ އެމީހަކު މަގުފުރައްދަވައިފި އަޅަކަށް ތެދުމަގުދައްކަވާނެ އެކަކުވެސް ނުވެއެވެ.

  34. لَّهُمۡ عَذَابٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَشَقُّۖ وَمَا لَهُم مِّنَ ٱللَّهِ مِن وَاقٖ

    Open ayah 13:34

    އެމީހުންނަށް ދުނިޔޭގެ حياة ގައި ހުރީ ކަނޑައެޅިގެން عذاب އެވެ. (އެއީ ހަނގުރާމައިގައި ހައްޔަރުވުމާއި / مؤمن ންގެއަތުން އެމީހުން މަރުވުމާއި އަދި ބޮޑެތި ބަލާ مصيبة ޖެހުމެވެ.) އަދި آخرة ގެ عذاب މާގަދަވެފައި އުނދަގޫކަން މާބޮޑެވެ. އެއީ ނަރަކައިގެ ވަށްނިވަންނީގެ عذاب އެވެ. އަދި ﷲ ގެ حضرة ން އަތުވެދާނެ އެއްވެސް عذاب އެއް އުނދަގުލެއްގެ ފަރާތުން އެމީހުން دفاع ކޮށްދީ ސަލާމަތްކޮށްދޭނޭ އެކަކުވެސް ނުވެއެވެ.

  35. ۞مَّثَلُ ٱلۡجَنَّةِ ٱلَّتِي وُعِدَ ٱلۡمُتَّقُونَۖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ أُكُلُهَا دَآئِمٞ وَظِلُّهَاۚ تِلۡكَ عُقۡبَى ٱلَّذِينَ ٱتَّقَواْۚ وَّعُقۡبَى ٱلۡكَٰفِرِينَ ٱلنَّارُ

    Open ayah 13:35

    تقوى ވެރިންނަށް وعد ވެވިގެންވާ ސުވަރުގޭގެ މިސާލަކީ އެތަންތާނގެދަށުން އާރުތައް ދެމޭ ބަގީޗާއެއްގެ މިސާލެވެ. އެތާނގެ ކާތަކެތި އެއީ ހުސްވުމެއްނެތް މެދުކެނޑުމެއްނެތް ދާއިމީ އެއްޗެކެވެ. އަދި އެތާނގެ ހިޔަލަކީވެސް ހަމަ ދާއިމީ އެއްޗެކެވެ. އެހެނީ އަވިދޭނެ އިރެއް ނުވެއެވެ. تقوى ވެރިވީ މީހުންގެ ކިޔަމަންތެރިކަމުގެ ފަހުކޮޅުގެ ގޮވައްޗަކީ އެއީއެވެ. އަދި ކާފަރުވީ މީސްތަކުންގެ ނުކިޔަމަންތެރިކަމުގެ ފަހުކޮޅަކީ ނަރަކައެވެ.

  36. وَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَفۡرَحُونَ بِمَآ أُنزِلَ إِلَيۡكَۖ وَمِنَ ٱلۡأَحۡزَابِ مَن يُنكِرُ بَعۡضَهُۥۚ قُلۡ إِنَّمَآ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ وَلَآ أُشۡرِكَ بِهِۦٓۚ إِلَيۡهِ أَدۡعُواْ وَإِلَيۡهِ مَـَٔابِ

    Open ayah 13:36

    އޭ رسول ﷲ އެވެ. ކަލޭގެފާނަށް އީމާންވީ މީހުންގެތެރެއިން ތިމަންރަސްކަލާނގެ ފޮތްދިންމީހުން އެބަހީ: (އެމީހުންގެތެރެއިން ކަލޭގެފާނަށް އީމާންވީ މީހުން) ކަލޭގެފާނަށް ބާވައިލެއްވޭ قرآن އަށް އުފާކުރެއެވެ. އަދި އެހެނިހެން ދީންދީނުގެ أهل ވެރިންގެތެރޭގައި ބާވައިލެއްވޭ ބައެއްތަކެއްޗަށް އިންކާރުކުރާމީހުންވެއެވެ. އޭ رسول ﷲ އެވެ. ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް أمر ވެވިގެންވަނީ ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށެވެ. އަދި އެކަލާނގެއާއި ހަމައެކައްޗަކާވެސް شريك ނުކުރުމަށެވެ. އަދި ތިމަންކަލޭގެފާނު إخلاص ތެރިކަމާއިއެކު އަޅުކަންކުރަނީ ހަމައެކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރިދާނީވެސް ހަމައެކަލާނގެ حضرة އަށެވެ.

  37. وَكَذَٰلِكَ أَنزَلۡنَٰهُ حُكۡمًا عَرَبِيّٗاۚ وَلَئِنِ ٱتَّبَعۡتَ أَهۡوَآءَهُم بَعۡدَمَا جَآءَكَ مِنَ ٱلۡعِلۡمِ مَا لَكَ مِنَ ٱللَّهِ مِن وَلِيّٖ وَلَا وَاقٖ

    Open ayah 13:37

    އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ކީރިތި قرآن ބާވާތް ލެއްވިފަދައިން، ތިމަންރަސްކަލާނގެ އެފޮތް ބާވާތްލެއްވީ عرب ބަހުންވާ حكم ތަކެއްކަމުގައެވެ. (އެއީ އެފޮތާއިގެން ވަޑައިގެންނެވި رسول އާއަކީ عربي އެކެވެ. އަދި ފުރަތަމަ އެފޮތް އަހަންތިބި މައިގަނޑު މީހުންނަކީ ހަމަ عربي ންނެވެ. އެގޮތުން ފޮތުގެ مقصد حاصل ވުން އަވަސްވެފައި ފަސޭހަވާނެއެވެ.) އަދި ކަލޭގެފާނަށް علم ގެތެރެއިން ނުވަތަ وحي ގެ خبر ތަކުން މިއައި ތަކެތި އައުމަށްފަހު އެ مشرك ންގެ هوى نفس އާއި އެމީހުންގެ އަމިއްލަ އެދުމާއި ކަލޭގެފާނު تبع ވެވަޑައިގެންފިއްޔާ ﷲ ގެ حضرة ން ކަލޭގެފާނަށް އަތުވެދާނޭ ނުރައްކަލެއް دفاع ކޮށްދެއްވައި ކަލޭގެފާނު ސަލާމަތްކޮށްދޭނޭ އެއްވެސް (ސަހަރޯވެރިއެއްވެސް މަދަދުގާރެއްވެސް) ކަލޭގެފާނަކަށް ނުވާނެއެވެ.

  38. وَلَقَدۡ أَرۡسَلۡنَا رُسُلٗا مِّن قَبۡلِكَ وَجَعَلۡنَا لَهُمۡ أَزۡوَٰجٗا وَذُرِّيَّةٗۚ وَمَا كَانَ لِرَسُولٍ أَن يَأۡتِيَ بِـَٔايَةٍ إِلَّا بِإِذۡنِ ٱللَّهِۗ لِكُلِّ أَجَلٖ كِتَابٞ

    Open ayah 13:38

    އަދި ކަލޭގެފާނުންގެ ކުރިންވެސް ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބީންނާއި ދަރިފަސްކޮޅުވެސް ތިމަންރަސްކަލާނގެ ލެއްވީމެވެ. (އޭގެ މާނައީ އެބޭކަލުންވެސް ލެއްވީ ހަމަ އާދަމުގެދަރިންކަމުގައެވެ. ملائكة ބޭކަލުންކަމުގައި ނުލައްވަމެވެ.) އަދި އެއްވެސް رسول ބޭކަލަކަށް ﷲ ގެ أمر ފުޅަށްމެނުވީ އެއްވެސް معجزة އެއް ގެންނެވުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. ކުޅަދާނަވާނެކަމެއްނޫނެވެ. އަދިކޮންމެކަމަކަށްވެސް ފޮތުގައި ލިއުމެއްވެއެވެ. އެއީ ﷲ ގެ قضاء قدر ނިޔާކުރައްވާފައިވާ ގޮތެވެ.

  39. يَمۡحُواْ ٱللَّهُ مَا يَشَآءُ وَيُثۡبِتُۖ وَعِندَهُۥٓ أُمُّ ٱلۡكِتَٰبِ

    Open ayah 13:39

    އަދި އެފޮތުގައި ﷲ އެދިވޮޑިގަންނަވާ އެއްޗެއް ސާބިތުކުރައްވައި އެދިވޮޑިގަންނަވާ އެއްޗެއް ނެތިކުރައްވައި ބަދަލުކުރައްވައި ހައްދަވައެވެ. އަދި ފޮތުގެ أصل އާއި މައިގަނޑުވަނީ އެކަލާނގެ حضرة ގައެވެ. އެއީ لَوحُ المَحْفُوظ އެވެ. އަދި އެއީ حلال އާއި حرام ކަމުގައި ބައެއްބޭކަލުން بيان ކުރައްވާފައިވެއެވެ. والله أعلم.

  40. وَإِن مَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُ وَعَلَيۡنَا ٱلۡحِسَابُ 

    Open ayah 13:40

    އޭ رسول ﷲ އެވެ! އެ مشرك ންނަށް ތިމަންރަސްކަލާނގެ ދެއްވާނެކަމަށް وعد ކުރެއްވި ބައެއްތަކެތި عقوبة އާއި عذاب ހަމަކަށަވަރުން ކަލޭގެފާނަށް ދައްކަވާހުށީމެވެ. ނުވަތަ އެހެންޏާ އޭގެކުރިން ކަލޭގެފާނު މަރުގަންނަވާ ހުރީމެވެ. ފަހެ ކަލޭގެފާނުންގެ މައްޗަށް واجب ވެގެންވާކަންކަށަވަރީ رسول ކަން އިއްވައިދެއްވުމެވެ. އެމީހުންނާއިމެދު ހިސާބު ބެއްލެވުން (އަދި ޖަޒާދެއްވުން) އޮންނާނީ ތިމަންރަސްކަލާނގެއަށެވެ.

  41. أَوَلَمۡ يَرَوۡاْ أَنَّا نَأۡتِي ٱلۡأَرۡضَ نَنقُصُهَا مِنۡ أَطۡرَافِهَاۚ وَٱللَّهُ يَحۡكُمُ لَا مُعَقِّبَ لِحُكۡمِهِۦۚ وَهُوَ سَرِيعُ ٱلۡحِسَابِ

    Open ayah 13:41

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިންގަނޑު އެކިފަރާތުން މަދުކުރައްވާ އުނިކުރައްވާކަން އެމީހުންނަށް އެބަހީ: مكّة ގެ مشرك ންނަށް ފަހެ ނޭނގޭބާވައެވެ. އަދި މިހާރު ތިބި مشرك ންނަށްވެސް އެނގެންވާނެއެވެ. (އިހަށްދުވަހު އެދިޔައީ އިންޑޮނޭޝިޔާގެ ބައެކެވެ. އޭގެކުރިން އެހެން ރަށެއްގެ ބައެކެވެ. މާދަމާ އަނެއް ރަށަކުންނެވެ. ދިވެހިރާއްޖޭގެ ރަށްރަށުންވެސް އެފަދައެވެ. އަދި ﷲ އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން حكم ކުރައްވައެވެ. ބޭނުންވެވޮޑިގަންނަވާ ގޮތަކަށް ކަންތައް ގެންނަވައެވެ. އަދި އޭރުން ސުނާމީގެ އިޝާރާތް ބަލާ މީޓަރުތައް ދާނީ ހަމަ ވަތަކުތޯޖަހާފައެވެ. އަދި އެކަލާނގެ އެކުރައްވާ حكم އަކާމެދު إعتراض އެއް ކޮށްލާ އެ حكم އަނބުރާ ގެންދެވޭނެ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެއީ قيامة ދުވަހުން އަޅުތަކުންނަށް حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.

  42. وَقَدۡ مَكَرَ ٱلَّذِينَ مِن قَبۡلِهِمۡ فَلِلَّهِ ٱلۡمَكۡرُ جَمِيعٗاۖ يَعۡلَمُ مَا تَكۡسِبُ كُلُّ نَفۡسٖۗ وَسَيَعۡلَمُ ٱلۡكُفَّٰرُ لِمَنۡ عُقۡبَى ٱلدَّارِ

    Open ayah 13:42

    އަދި އެ كافر ންވެސް އެބަހީ: އިސްވެދިޔަ أمّة ތަކުގައިތިބި ކާފަރުންވެސް އެމީހުންގެ رسول ންނާމެދު مكر ހަދާ ނުބައިގޮތް ރޭވިއެވެ. އަދި އެންމެހައި مكر އެއް خاصّ ވެގެންވަނީ ﷲ އަށެވެ. އެބަހީ: އެންމެހައި ހަރުދަނާ ރޭވުމެއް ވަނީ ﷲ އަށެވެ. ކޮންމެ نفس އެއްވެސް އެހޯދައިގަތް އެއްޗެއް ނުވަތަ ކުރިއްޔާ ކުރި عمل އެއް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި آخرة ގައި ހެވާ ނުބައި ވަނީ ކޮންބަޔަކަށްކަން ނިކަން ހުރެ އެކާފަރުންނަށް އެނގިދާނެއެވެ. އެއީ ހެޔޮލަފާ މީހުން ސުވަރުގެއަށްގޮސް ނުބައި ނުލަފާމީހުން ނަރަކައަށް ވަނީމައެވެ.

  43. وَيَقُولُ ٱلَّذِينَ كَفَرُواْ لَسۡتَ مُرۡسَلٗاۚ قُلۡ كَفَىٰ بِٱللَّهِ شَهِيدَۢا بَيۡنِي وَبَيۡنَكُمۡ وَمَنۡ عِندَهُۥ عِلۡمُ ٱلۡكِتَٰبِ

    Open ayah 13:43

    އޭ رسول ﷲ އެވެ! އަދި ކާފަރުންގެމީހުން ބުނެއެވެ. ކަލޭގެފާނަކީ ފޮނުއްވިގެންވާ ބޭކަލެއްކަމުގައި ނުވެއެވެ. رسول ބޭކަލެއްނޫނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނާއި ކަލޭމެނާދެމެދުގެ ހެކިވެރިޔަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. (އަހުރެންނަކީ رسول ބޭކަލެއްކަމަށް އެކަލާނގެ ހެކިވެވޮޑިގަންނަވާނެއެވެ.) އަދި عبد ﷲ بن سلام ކަހަލަ އެމީހެއްގެ ކިބައިގައި تَورَاةُ ފަދަބާވާތްލެއްވި ފޮތުގެ علم ވާ ކޮންމެ މީހަކުވެސް ހެކިވާނެއެވެ.