محمد
Muhammad
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ أَضَلَّ أَعۡمَٰلَهُمۡ
Open ayah 47:1ތިމާމެން ކާފަރުވެ ﷲ ގެ މަގު ބަންދުކުރި މީސްތަކުން. (ދަންނައެވެ.) ﷲ އެމީހުންގެ ޢަމަލުތައް ބާޠިލު ކުރައްވައިފިއެވެ. (އެމީހުންކުރި ހެޔޮ ޢަމަލުތައް ގެއްލެނި ކުރައްވައިފިއެވެ.)
وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَءَامَنُواْ بِمَا نُزِّلَ عَلَىٰ مُحَمَّدٖ وَهُوَ ٱلۡحَقُّ مِن رَّبِّهِمۡ كَفَّرَ عَنۡهُمۡ سَيِّـَٔاتِهِمۡ وَأَصۡلَحَ بَالَهُمۡ
Open ayah 47:2އަދި ﷲ އަށް އީމާންވެގެން ޞާލިޙު ޢަމަލުކޮށް އަދި މުޙަންމަދުގެ ފާނުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، އެތަކެއްޗަކީ އެއި އެމީހުންގެ رَبُّ ގެ ޙަޟްރަތުން ބާވައިލައްވައިފައިވާ ޙާއްޤުތަކެއްޗެވެ. އެއީ قُرُان އެވެ. ފަހެ އެތަކެއްޗަށް އީމާންވި މީސްތަކުން (ދަންނައެވެ.) ﷲ އެމީހުންގެ ކުށްފާފަތައް ފުއްސަވައި އަދި އެމީހުންގެ ޙާލުތަކާއި ކަންތައްތައް އިސްލާހުކޮށްދެއްވައި ސުލްހަކުރައްވައިފިއެވެ.
ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُواْ ٱتَّبَعُواْ ٱلۡبَٰطِلَ وَأَنَّ ٱلَّذِينَ ءَامَنُواْ ٱتَّبَعُواْ ٱلۡحَقَّ مِن رَّبِّهِمۡۚ كَذَٰلِكَ يَضۡرِبُ ٱللَّهُ لِلنَّاسِ أَمۡثَٰلَهُمۡ
Open ayah 47:3އެހެންއެކަންއެވީ، ހަމަކަށަވަރުން ކާފަރުން ތަބަޢަވީ ބާޠިލާއެވެ. (އެއީ ﷲ އަށް ޝަރީކުކުރުމާއި އެކަލާނގެއަށް އުރެދުމެވެ.) އަދި ހަމަކަށަވަރުން އީމާންވީ މީސްތަކުން ތަބަޢަވީ ޙައްޤާއެވެ. (އެއީ تَوْحِيد އާއި އީމާންކަމާއި ކިޔަމަންތެރިކަމެވެ.) ދެބައިމީހުންގެ ޙާލު ބަޔާންކުރައްވަނީ މީސްތަކުންނަށް ﷲ ޖައްސަވާ މިސާލެއްގެގޮތުންނެވެ. (ޢިބްރަތެއްގެ ގޮތުންނެވެ.)
فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ فَضَرۡبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثۡخَنتُمُوهُمۡ فَشُدُّواْ ٱلۡوَثَاقَ فَإِمَّا مَنَّۢا بَعۡدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلۡحَرۡبُ أَوۡزَارَهَاۚ ذَٰلِكَۖ وَلَوۡ يَشَآءُ ٱللَّهُ لَٱنتَصَرَ مِنۡهُمۡ وَلَٰكِن لِّيَبۡلُوَاْ بَعۡضَكُم بِبَعۡضٖۗ وَٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ فَلَن يُضِلَّ أَعۡمَٰلَهُمۡ
Open ayah 47:4އޭ އީމާންވެއްގެ މީސްތަކުންނޭވެ. ތިޔަބައިމީހުންނާއި ކާފަރުންނާއި (مَيدان ގައި) ބައްދަލުވެއްޖެއްޔާ އެމީހުންގެ ކަންދުރާތައް ކަނޑާށެވެ. އެމީހުންމަރާށެވެ. އެއީ އޭގެ ގިނަ ބަޔަކު މަރުވެ އަވަދިވާންދެނެވެ. ދެން އަދި އެމީހުން ރަނގަޅަށް ބަނދެ ހައްޔަރުކުރާށެވެ. (އެއީ އެމީހުންނަށް ފިލައިގެން ނުދެވޭ ފަދައަކުންނެވެ.) ދެންހައްޔަރުވީ މީސްތަކުން އެހެންޏާ އެއްވެސް ފިދުޔައެއް ބަދަލެއްނެތި ދޫކޮށްލާށެވެ. ނުވަތަ ފިދުޔަ އަތުލާފައި ދޫކޮށްލާށެވެ. (މަޞްލަޙަތު ހުރިގޮތް ބަލާނީ ވެޔާއެވެ.) އެއީ ހަނގުރާމަ އޭގެ ހަތިޔާރު ބަހައްޓައިފުމައްދާންނެވެ. އެބަހީ ކާފަރުން ބަލިވެ ހަތިޔާރު ބަހައްޓައިފުމަށް ދާންދެނެވެ. އަދި އެ ޙުކުމް އަކީ ކާފަރުންނާމެދު އޮތްޙުކުމެވެ. (އަދި މިކަންމިގޮތަށް ނިންމެވުމަކާނުލައިވެސް الله އެދި ވޮޑިގެންނެވިނަމަ އެކާފަރުންގެ މައްޗަށް މުއުމިނުންނަށް ނަޞްރުދެއްވައިފީހެވެ. އެހެންނަމަވެސް އެކަލާނގެ އެހެން ނުހެއްދެވީ ތިޔަބައިމީހުން އެއްބަޔަކުގެ ފަރާތުން އަނެއްބަޔަކު އިމްތިޙާނުކުރެއްވުމަށެވެ. (ކެތްތެރި مُجَاهد ންނަށް ثَوَاب ގިނަކޮށްދެއްވައި ރަނގަޅު ޖަޒާދެއްވުމަށެވެ. އަދި އެމީހުން އަތްތަކުން ކާފަރުންނަށް ޢުޤޫބާތް ދެއްވުމަށެވެ.) އަދި ﷲ ގެ މަގުގައި މަރުވެ ޝަހީދުވެގެން ދިޔަ މީސްތަކުންގެ ދަރުމަޔާއި ثَوَاب ﷲ ގެއްލެނި ނުކުރައްވާނެއެވެ.
سَيَهۡدِيهِمۡ وَيُصۡلِحُ بَالَهُمۡ
Open ayah 47:5ނިކަންހުރެ الله تَعَالى އެމީހުން ސުވަރުގެ ދިއުމަށް މަގުދައްކަވާނެތެވެ. އަދި އެމީހުންގެ އެންމެހައި ކަންތައްތަކާއި ޙާލުތައް ރަނގަޅު ކުރައްވައި ބަރާބަރުކޮށްދެއްވާހުއްޓެވެ.
وَيُدۡخِلُهُمُ ٱلۡجَنَّةَ عَرَّفَهَا لَهُمۡ
Open ayah 47:6އަދި އެކަލާނގެ އެމީހުންނަށް އެތަން ހުންނާނެކަން އަންގަވާފައިވާ ސުވަރުގެއަށް (ނުވަތަ އެމީހުންނަށްޓަކައި އެކަލާނގެ އެތާގައި މީރުވަސްދުއްވާފައިވާ ސުވަރުގެއަށް) އެމީހުން ވައްދަވާހުއްޓެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تَنصُرُواْ ٱللَّهَ يَنصُرۡكُمۡ وَيُثَبِّتۡ أَقۡدَامَكُمۡ
Open ayah 47:7އޭ އިމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެން الله އަށް ނަސްރު ދެންޏާ (އެބަހީ އެކަލާނގެ ދީނަށް ނަސްރުދެންޏާ) އެކަލާނގެ ކަލޭމެނަށް ނަސްރު ދެއްވާނެތެވެ. އަދި ކަލޭމެންގެ ފައިތިލަތައް ހަނގުރާމައިގެ މައިދާނުގައި ނުވަތަ صِرِاطُ މަގުހިގާއިރު ސާބިތު ކޮށްދެއްވާ ހުއްޓެވެ.
وَٱلَّذِينَ كَفَرُواْ فَتَعۡسٗا لَّهُمۡ وَأَضَلَّ أَعۡمَٰلَهُمۡ
Open ayah 47:8އަދި ކާފަރުވީމީސްތަކުން ދަންނައެވެ. އެމީހުންނަށް ހަލާކު ހުއްޓެވެ. (އަބާއްޖަވެރިކަންހުއްޓެވެ.) އަދި އެމީހުންގެ ހެޔޮ ޢަމަލުތައް އެކަލާނގެ بَاطِلُ ކުރައްވާ ހުއްޓެވެ.
ذَٰلِكَ بِأَنَّهُمۡ كَرِهُواْ مَآ أَنزَلَ ٱللَّهُ فَأَحۡبَطَ أَعۡمَٰلَهُمۡ
Open ayah 47:9އެކަން އެހެން އެހެއްދެވީ الله ބާވާތްލެއްވި ތަކެއްޗަށް ހަމަކަށަވަރުން އެމީހުން ނުރުހުނީ އެވެ. (އީމާން ނުވީއެވެ.) އެހެންވެ އެމީހުންގެ ހެޔޮ ޢަމަލުތައް އެކަލާނގެ ގެއްލެނި ކުރައްވައި بَاطِلُ ކުރެއްވީއެވެ.
۞أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۖ دَمَّرَ ٱللَّهُ عَلَيۡهِمۡۖ وَلِلۡكَٰفِرِينَ أَمۡثَٰلُهَا
Open ayah 47:10އެމީހުންގެ (އެބަހީ މައްކާގެ ކާފަރުންގެ) ކުރީގެ (އެބާވަތުގެ ކާފަރުންގެ) ނިމުން އަދި އެމީހުންގެ ފަހުކޮޅު ވީކޮންފަދައަކުންކަން މިމީހުންދެކޭން މިމީހުންފަހެ ބިމުގައި ހިގާބިގާ ދަތުރު ފަތުރުކޮށް ނުހަދަނީ ބާވައެވެ؟ الله تَعَالَى އެމީހުން (ބަސްނުއެހުމުގެ ސަބަބުން) ހަލާކު ކުރައްވައި ބަރުބާދު ކުރެއްވިއެވެ. الله އަދި (މިހާރުގެ) ކާފަރުންނަށްވެސް ހަމަ ކަންތައްކުރައްވާނީ ހަމައެފަދައިންކަމުގައިވެދާނެއެވެ. ބަސްނުއެހިއްޔާ ހަލާކު ކުރައްވާފާނެއެވެ.
ذَٰلِكَ بِأَنَّ ٱللَّهَ مَوۡلَى ٱلَّذِينَ ءَامَنُواْ وَأَنَّ ٱلۡكَٰفِرِينَ لَا مَوۡلَىٰ لَهُمۡ
Open ayah 47:11އެކަން އެހެން އެވީ ހަމަކަށަވަރުން الله تَعَالَى އީ އީމާންވީ މީސްތަކުންގެ ސަހަރޯ ވެރިޔާއެވެ. އަދި ކާފަރުން (ދަންނައެވެ.) އެމީހުންނަކަށް އެއްވަސް ސަހަރޯވެރިއަކު ނުވެއެވެ.
إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَٱلَّذِينَ كَفَرُواْ يَتَمَتَّعُونَ وَيَأۡكُلُونَ كَمَا تَأۡكُلُ ٱلۡأَنۡعَٰمُ وَٱلنَّارُ مَثۡوٗى لَّهُمۡ
Open ayah 47:12ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރި މީސްތަކުން އެތަންތާގެދަށުން އާރުތައް ދެމޭ ބަގީޗާ ތަކަކަށް الله تَعَالَى ވައްދަވައެވެ. އަދިކާފަރުވީ މީސްތަކުން އެމީހުން (ދުނިޔޭގައި) އަރާމުކުރެއެވެ. އަދި نَعَم ސޫފި ކައިބޮއި ހަދާފަދައިން ކައިބޮއި ހަދަ އެވެ. އަދި (قِيَامَة ދުވަހުން) އެމީހުން ގޮސްތިބޭނެތަނަކީ ނަރަކައެވެ. އަލިފާނެވެ.
وَكَأَيِّن مِّن قَرۡيَةٍ هِيَ أَشَدُّ قُوَّةٗ مِّن قَرۡيَتِكَ ٱلَّتِيٓ أَخۡرَجَتۡكَ أَهۡلَكۡنَٰهُمۡ فَلَا نَاصِرَ لَهُمۡ
Open ayah 47:13އަދި ކަލޭގެފާނުން އެރަށުން ނެރެލެއްވި ރަށުގެ މީހުންނަށްވުރެ ބާރުމާގަދަ ކިތައްކިތައްރަށް (ރަށްރަށުގެމީހުން) ތިމަންރަސްކަލާނގެ އެމީހުންވެސް (ބަސްނުއެހުމުގެ ސަބަބުން) ހަލާކު ކުރެއްވީން ހެއްޔެވެ؟ އެބަހީ އެބާވަތުގެ ވަރަށް ގިނަ ރަށްރަށް ހަލާކު ކުރެއްވީމެވެ. އެމީހުންނަކަށް ދެން އެއްވެސް ނަސްރުވެރިއަކު ނުވެއެވެ.
أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓاْ أَهۡوَآءَهُم
Open ayah 47:14އެމީހާގެ رَبُّ ގެ حَضْرَةُ ންވާ ދަލީލެއްގެ މަތީގައިވާ މީހާޔާއި އެމީހާގެ ނުބައި عَمَلُ ތައް އެމީހާއަށް ޒީނަތްތެރިވެވުނުމީހާ އެދެމީހުން އެއް ފަދަވާނޭހެއްޔެވެ؟ އަދި ތިމާގެހަވާނަފުސާއި ނުވަތަ އަމިއްލަ އެދުމާއި تَبَعَ ވެގެންވާމީހާފަދަހެއްޔެވެ؟ (އެދެމީހުން އެއްވަރުނުވާނެއެވެ.)
مَّثَلُ ٱلۡجَنَّةِ ٱلَّتِي وُعِدَ ٱلۡمُتَّقُونَۖ فِيهَآ أَنۡهَٰرٞ مِّن مَّآءٍ غَيۡرِ ءَاسِنٖ وَأَنۡهَٰرٞ مِّن لَّبَنٖ لَّمۡ يَتَغَيَّرۡ طَعۡمُهُۥ وَأَنۡهَٰرٞ مِّنۡ خَمۡرٖ لَّذَّةٖ لِّلشَّٰرِبِينَ وَأَنۡهَٰرٞ مِّنۡ عَسَلٖ مُّصَفّٗىۖ وَلَهُمۡ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغۡفِرَةٞ مِّن رَّبِّهِمۡۖ كَمَنۡ هُوَ خَٰلِدٞ فِي ٱلنَّارِ وَسُقُواْ مَآءً حَمِيمٗا فَقَطَّعَ أَمۡعَآءَهُمۡ
Open ayah 47:15تَقْوَى ވެރިންނަށް وَعْدُ ވެވިފައިވާ ސުވަރުގޭގައިވާ އާރުތަކުގެ މިސާލަކީ އެތާގައި ނުބައިނުވާ ކުނިނުވާ މީރު ފެނުންވާ އާރުތަކެއްވެއެވެ. އަދި އޭގެރަހަ ބަދަލުނުވާ ކިރުގެ އާރުތައްވެއެވެ. އަދި ބޯމީހުންނަށް ރަހަމީރު لَذَّةُ ހުރި ރަލުގެ އާރުތައް ވެއެވެ. އަދިސާފު މާމުއިގެ އާރުތައްވެއެވެ. އަދި އެމީހުންނަށް އެތާގައި ހުރިހާވައްތަރެއްގެ މޭވާޔާއި އަދި އެމީހުންގެ رَبُّ ގެ حَضْرَةُ ންވާ ފާފަ ފުއްސެވުމާއި މިހުރިހާ نِعْمَة އެއް އެމީހުންނަށް އެތާވެއެވެ. މިފަދަމީހާއާއި އަދި އެމީހުންނަށް އެންމެ ހޫނުކަން ގަދަފެން ބޯންދެވޭ ދެންއޭގެސަބަބުން އެމީހުންގެ ގޮހޮރުތައް ބުރިބުރިވާ ޙާލު ނަރަކައިގާދެމިހުންނަމީހާއާއި އެއްފަދަވާނޭހެއްޔެވެ؟ (އެކަކު ކޮޅުނެތްކޮޅުގެ އަރާމާ نِعْمَة ގައި ދެމިހުންނަނީއެވެ. އަނެކަކު ކޮޅުނެތްކޮޅުގެ ވޭނާއި عَذَابُގައި ދެމިހުންނަނީއެވެ.)
وَمِنۡهُم مَّن يَسۡتَمِعُ إِلَيۡكَ حَتَّىٰٓ إِذَا خَرَجُواْ مِنۡ عِندِكَ قَالُواْ لِلَّذِينَ أُوتُواْ ٱلۡعِلۡمَ مَاذَا قَالَ ءَانِفًاۚ أُوْلَٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَٱتَّبَعُوٓاْ أَهۡوَآءَهُمۡ
Open ayah 47:16އަދި އެމީހުންގެތެރޭގައި އެމުނާފިޤުންގެތެރޭގައި އެކަލޭގެފާނުންގެވާހަކަފުޅު އަހަންތިބޭމީހުން ވެއެވެ. އެމީހުން ކަލޭގެފާނުންގެ އަރިހުން ނުކުމެއްޖައުމަށްދާންދެން ނެވެ. ދެންހަމަ ނުކުމެފެއި ޢިލްމުދެއްވުނު މީހުންނަށް (އެބަހީ މުއުމިނުންގެތެރޭގައި ތިއްބެވި ޢާލިމުންނަށް އެމީހުންބުނެއެވެ. (ސުވާލުކުރެއެވެ.) ދެންމެ އެކަލޭގެފާނު ވިދާޅުވީ ކީކޭތޯއެވެ؟ އެމީހުންގެ އެވާހަކައަށް އިޝާރާތް ކުރައްވައި الله تَعَالَى އެއަންގަވަނީ ކަނޑައެޅިގެން އެމީހުން އެއީ (ހެޔޮއެއްޗެއް ނުވަންނާނޭގޮތުން) الله تَعَالَى އެމީހުންގެ ހިތްތަކުގައި ސިއްކަ ޖެއްސެވިމީހުންނެވެ. އަދި އެމީހުން އެމީހުންގެ ހަވާނަފުސާއި تَبَعَ ވެގެންވާމީހުންނެވެ.
وَٱلَّذِينَ ٱهۡتَدَوۡاْ زَادَهُمۡ هُدٗى وَءَاتَىٰهُمۡ تَقۡوَىٰهُمۡ
Open ayah 47:17އަދި ތެދުމަގުލިބެވުނުމީހުން ދަންނައެވެ. އެކަލާނގެ އެމީހުންނަށް ތެދުމަގު އިތުރު ކޮށްދެއްވައެވެ. އަދި އެކަލާނގެ އެމީހުން تَقْوَى ވެރިކަންމަތީ ދަމަހައްޓަވައެވެ.
فَهَلۡ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأۡتِيَهُم بَغۡتَةٗۖ فَقَدۡ جَآءَ أَشۡرَاطُهَاۚ فَأَنَّىٰ لَهُمۡ إِذَا جَآءَتۡهُمۡ ذِكۡرَىٰهُمۡ
Open ayah 47:18ހަމަކުއްލިއަކަށް އެމީހުންގެ ގާތަށް އެބަހީ (އެމުނާފިޤުންގެގާތަށް) قِيَامة އައުމަށްމެނުވީ އެމީހުން ފަހެ އިންތިޒާރު އެބަކުރޭހެއްޔެވެ؟ ހަމަކަށަވަރުން އޭގެ ޢަލާމާތްތައް އަތުވެއްޖެއެވެ. ފަހެ އެމީހުންގެ ގާތައް قِيَامة ދުވަސް އަތުވެއްޖެއްޔާ ވެސް ދެން އެމީހުން وَعْظُ نَصِيْحَة ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އޭގެ ފައިދާއެއް ނުކުރާނެއެވެ.
فَٱعۡلَمۡ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ وَٱسۡتَغۡفِرۡ لِذَنۢبِكَ وَلِلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۗ وَٱللَّهُ يَعۡلَمُ مُتَقَلَّبَكُمۡ وَمَثۡوَىٰكُمۡ
Open ayah 47:19ފަހެ ހަމަކަށަވަރުން الله މެނުވީ حَقُّ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު ކަލޭގެފާނުންގެ ފާފަ ފުއްސެވުމަށް އެދި ދަންނަވާށެވެ! އަދި މުއުމިނު ފިރިހެނުންގެއާއި އަދި މުއުމިނު އަންހެނުންގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެން ދަންނަވާށެވެ! ދުވާލު ވަގުތު މަސައްކަތުގައި ކަލޭމެން އެފުއްމިފުށަށް ފުރޮޅޭތަން الله تَعَالَى ދެނެވޮޑިގެންވެއެވެ. އަދި ރޭގަޑުވަގުތު ކަލޭމެން އަރާމުކުރުމަށް ގޮސްތިބޭތަންވެސް الله تَعَالَى ދެނެވޮޑިގެންވެއެވެ.
وَيَقُولُ ٱلَّذِينَ ءَامَنُواْ لَوۡلَا نُزِّلَتۡ سُورَةٞۖ فَإِذَآ أُنزِلَتۡ سُورَةٞ مُّحۡكَمَةٞ وَذُكِرَ فِيهَا ٱلۡقِتَالُ رَأَيۡتَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ يَنظُرُونَ إِلَيۡكَ نَظَرَ ٱلۡمَغۡشِيِّ عَلَيۡهِ مِنَ ٱلۡمَوۡتِۖ فَأَوۡلَىٰ لَهُمۡ
Open ayah 47:20އަދި އީމާންވީމީސްތަކުން ބުނެއެވެ. (ހަނގުރާމައިގެ ވާހަކަ ބަޔާންވެގެންވާ) ސޫރަތެއް ބަވާތްލައްވާނޭނަމައެވެ. ދެންފަހެ އެސޫރަތުގައި حُكُم ތައް ރަނގަޅަށް ސާފުކޮށް އޮޅުމެއްނެތި ބަޔާންވެގެންވާ ފަދައިން ހަނގުރާމައިގެވާހަކަ ބަޔާންވެގެންވާ ސޫރަތެއްބާވާތް ލައްވައިފިއްޔާ އެބައިމީހުންގެ ހިތްތަކުގައި (نِفَاقُ ކަމުގެ) ބަލިކަމެއްވާމީހުން ކަލޭގެފާނު ދެކެވަޑައިގަންނަވާނީ މަރުވާންވެގެން ހޭބަލިވެ ދެކަޅި ވިދިފައިވާމީހަކު ބަލާގޮތަށް ކަލޭގެފާނާއި ދިމާލަށް ބަލާތީއެވެ. އެމީހުންނަށް ހަލާކު ހުއްޓެވެ. (ނުވަތަ އެމީހުން ނޭދޭގޮތް ދިމާވުން) އެމީހުންނަށް އައުލާވެގެންވެއެވެ.
طَاعَةٞ وَقَوۡلٞ مَّعۡرُوفٞۚ فَإِذَا عَزَمَ ٱلۡأَمۡرُ فَلَوۡ صَدَقُواْ ٱللَّهَ لَكَانَ خَيۡرٗا لَّهُمۡ
Open ayah 47:21ކިޔަމަންތެރިކަން އަދާކުރުމާއި އަދި ހެޔޮބަސް ބުނުން ހުއްޓެވެ. ދެންފަހެ ހަނގުރާމަ فَرْضُ ވެ ކަނޑައެޅިއްޖެއްޔާ އެމީހުން ދެބަސްވެ ފަހަތަށް ޖެހެއެވެ. އަދި އެމީހުން ކިޔަމަންތެރިވެ الله تَعَالَى އަށް ތެދުވެރިވިނަމަ އެގޮތް އެމީހުންނަށް މާހެޔޮވީހެވެ.
فَهَلۡ عَسَيۡتُمۡ إِن تَوَلَّيۡتُمۡ أَن تُفۡسِدُواْ فِي ٱلۡأَرۡضِ وَتُقَطِّعُوٓاْ أَرۡحَامَكُمۡ
Open ayah 47:22(އޭ މިތިބަ މުނާފިޤުންނޭވެ! ނުވަތަ މުރުތައްދުމީހުންނޭވެ!) ކަލޭމެން އުއްމަތުގެ ކަންކަމަށް ވެރިކުރެވިއްޖެއްޔާ (ނުވަތަ ކަލޭމެން އިސްލާމުދީނުން މޫނު އަނބުރައިލައިފިއްޔާ) ކަލޭމެން ބިމުގައި ޝިރުކުކޮށް ފަސާދަކޮށް އަދި ކަލޭމެން ކަލޭމެންގެ رَحِم ކަޑައި ހަދާބަޔަކު ކަމުގައި ވެދާނެކަންނޭގެއެވެ. އެހެންވުން އެކަށީގެންވެއެވެ.
أُوْلَٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمۡ وَأَعۡمَىٰٓ أَبۡصَٰرَهُمۡ
Open ayah 47:23ކަނޑައެޅިގެން އެފަދަމީހުން އެއީ الله لَعْنَة ލެއްވި މީހުންނެވެ. ފަހެ އެކަލާނގެ އެމީހުންނަށް (ހެޔޮއެއްޗެއް ނުވިސްނޭމެގޮތުން) ބީރުކުރެއްވިއެވެ. އަދި އެކަލާނގެ އެމީހުންގެ ލޯތައްއަދިރި ކުރެއްވިއެވެ. (އެއީ مَعْنَوِى ގޮތުން حَقُّ ތެދު އެއްޗެއް ނުފެންނާނެގޮތުންނެވެ.)
أَفَلَا يَتَدَبَّرُونَ ٱلۡقُرۡءَانَ أَمۡ عَلَىٰ قُلُوبٍ أَقۡفَالُهَآ
Open ayah 47:24އެމީހުންފަހެ قُرْآن އާއި މެދު ވިސްނާފިކުރުކޮށް ތަދުބީރުކޮށް ނުހަދަނީ ބާވައެވެ. ނުވަތަ އެމީހުންގެ ހިތްތައްއެވަނީ ތަޅު އަޅުވާ ބަންދުކޮށްފައިހެއްޔެވެ؟
إِنَّ ٱلَّذِينَ ٱرۡتَدُّواْ عَلَىٰٓ أَدۡبَٰرِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَى ٱلشَّيۡطَٰنُ سَوَّلَ لَهُمۡ وَأَمۡلَىٰ لَهُمۡ
Open ayah 47:25ހަމަކަށަވަރުން އެމީހުންނަށް ތެދުމަގު ރަނގަޅަށް ބަޔާންވެ އެގުމަށްފަހު އެމީހުން އެމީހުންގެ ފުރަގަހަށް ރައްދު ވީމީހުން އެބަހީ މުރުތައްދުވީމީހުން (ދަންނައެވެ.) شَيْطَانُ އެމީހުންނަށް (ނުބައިކަންތައްތައް) ޒީނަތްތެރި ކޮށްދިނީއެވެ. އަދި އެމީހުންނަށް އެސޮރު ބޭކާރު އުއްމީދުތައް ކޮށްދީ ހެދީއެވެ. ވާވެއްދީއެވެ.
ذَٰلِكَ بِأَنَّهُمۡ قَالُواْ لِلَّذِينَ كَرِهُواْ مَا نَزَّلَ ٱللَّهُ سَنُطِيعُكُمۡ فِي بَعۡضِ ٱلۡأَمۡرِۖ وَٱللَّهُ يَعۡلَمُ إِسۡرَارَهُمۡ
Open ayah 47:26އެކަން އެހެން އެވީ ހަމަކަށަވަރުން الله ބާވައިލެއްވި ތަކެއްޗާއިމެދު ނުރުހުނުމީހުންނަށް (އެއީ މައްކާގެ މުޝްރިކުން ނުވަތަ ޔަހޫދީންނެވެ.) އެމުނާފިޤުން ބުނީ ބައެއްކަންކަމުގައި ނިކަންހުރެ އަހުރެމެން ކަލޭމެންނަށް ކިޔަމަންވާހުށީމެވެ. އަދި އެހެންނަމަވެސް الله އެއަންގަވަނީ އެމީހުންގެ ސިއްރުތައް الله ދެނެވޮޑި ގަންނަވާކަމުގައެވެ.
فَكَيۡفَ إِذَا تَوَفَّتۡهُمُ ٱلۡمَلَٰٓئِكَةُ يَضۡرِبُونَ وُجُوهَهُمۡ وَأَدۡبَٰرَهُمۡ
Open ayah 47:27އަދި މަލާއިކަތްބޭކަލުން އެމީހުންގެ މަރުހިތްޕަވައިފިއްޔާ ދެންވާނީ ކިހިނެއްހެއްޔެވެ؟ (އެމީހުންގެ މަރުހިތްޕަވާހިނިދު) އެބޭކަލުން އެމީހުންގެ މޫނުތަކުގައްޔާއި އެމީހުނގެ ފޫކޮޅުތަކުގައި ތަޅުއްވާހުއްޓެވެ.
ذَٰلِكَ بِأَنَّهُمُ ٱتَّبَعُواْ مَآ أَسۡخَطَ ٱللَّهَ وَكَرِهُواْ رِضۡوَٰنَهُۥ فَأَحۡبَطَ أَعۡمَٰلَهُمۡ
Open ayah 47:28އެހެން އެވީ ހަމަކަށަވަރުން الله ކޯފާވެވޮޑި ގަންނަވާ ކަންތަކާއި އެމީހުން تَبَعَ ވީކަމެވެ. އަދި އެކަލާނގެ ރުހިވޮޑިގަތުމާއި އެމީހުން ނުރުހުނީއެވެ. ދެން ފަހެ އެކަލާނގެ އެމީހުންގެ (ހެޔޮ ޢަމަލުތައް) بَاطِلُ ކުރެއްވިއެވެ.
أَمۡ حَسِبَ ٱلَّذِينَ فِي قُلُوبِهِم مَّرَضٌ أَن لَّن يُخۡرِجَ ٱللَّهُ أَضۡغَٰنَهُمۡ
Open ayah 47:29އަދި ނުވަތަ އެމީހުންގެ ހިތްތަކުގައި (نِفَاقُ ކަމުގެ) ބައްޔެއްވާ އެމީހުން އެމީހުންގެ ޙަސަދައިގެ ރުޅިވެރިކަން الله ނުނެރުއްވާނެކަމަށް އެމީހުން ހީކުރަނީ ހެއްޔެވެ؟ (އެހެން ނުވާނެއެވެ. އެމީހުންގެ ހިތްތަކުގައި މުއުމިނުންގެ މައްޗައް އެވާ ރުޅިވެރިކަމާއި ހަސަދަވެރިކަމާއި ޢަދާވާތްތެރިކަން الله ނެރުއްވާނެއެވެ. ފާޅު ކުރައްވާނެއެވެ.)
وَلَوۡ نَشَآءُ لَأَرَيۡنَٰكَهُمۡ فَلَعَرَفۡتَهُم بِسِيمَٰهُمۡۚ وَلَتَعۡرِفَنَّهُمۡ فِي لَحۡنِ ٱلۡقَوۡلِۚ وَٱللَّهُ يَعۡلَمُ أَعۡمَٰلَكُمۡ
Open ayah 47:30އަދި ތިމަންރަސްކަލާނގެ އެދިވޮޑި ގަންނަވާނަމަ ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭގެފާނަށް އެމީހުން ދައްކަވައިފީހެވެ. (އެއީކޮންބައެއްކަން އަންގަވަފާހުށީމެވެ.) ދެން ހަމަކަށަވަރުން އެމީހުންގެ ޢަލާމާތުން ކަލޭގެފާނަށް އެމީހުން އެގިވަޑައިގެންފާނެއެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނަށް އެމީހުންގެ ބަސްބުނުމުގެ ރާގުންނާއި އަދި مِقْصَد ން އެމީހުން އެގިވަޑައިގެންފާނެއެވެ. އަދި (އޭމިތިބަ މުނާފިޤުންނޭވެ!) ކަލޭމެންގެ ޢަމަލުތައް الله ދެނެވޮޑިގެންވެއެވެ.
وَلَنَبۡلُوَنَّكُمۡ حَتَّىٰ نَعۡلَمَ ٱلۡمُجَٰهِدِينَ مِنكُمۡ وَٱلصَّٰبِرِينَ وَنَبۡلُوَاْ أَخۡبَارَكُمۡ
Open ayah 47:31އަދި ހަމަކަށަވަރުން ކަލޭމެންގެތެރެއިން މުޖާހިދުންނަކީ ކޮންބައެއްކަމާއި އަދި ކެތްތެރިންނަކީ ކޮންބައެއްކަން ތިމަން ރަސްކަލާނގެ ދެނެވޮޑިގެންވާކަން ފާޅުކުރައްވައިފުމަށްދާންދެން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން إِمْتِحَانُ ކުރައްވާހުށީމެވެ. (އެއީ ހަނގުރާމަ فَرْضُ ކުރައްވައިގެން ކިޔަމަންތެރިންނާއި ނުކިޔަމަންތެރިން ހާމަކުރައްވައިގެންނެވެ.)
إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ وَشَآقُّواْ ٱلرَّسُولَ مِنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَىٰ لَن يَضُرُّواْ ٱللَّهَ شَيۡـٔٗا وَسَيُحۡبِطُ أَعۡمَٰلَهُمۡ
Open ayah 47:32ހަމަކަށަވަރުން ކާފަރުވީމީސްތަކުން އަދި އެމީހުން ﷲ ގެމަގު ބަންދުކޮށް އެމީހުންނަށް ތެދުމަގު ރަނގަޅަށް ބަޔާންވެ އެގުމަށްފަހު ދެންއެމީހުން ރަސޫލާއާއި އިދިކޮޅު ހެދިމީހުން (ދަންނައެވެ.) އެމީހުންނަކަށް އެއްވެސްގޮތަކުން އަދިއެއްވެސްކަމަކުންވިޔަސް الله އަށް އުދަގުލެއްކޮށް ގެއްލުމެއްކޮށްހެދޭނެ ބައެއްކަމުގައި އެމީހުންނުވެއެވެ. އަދި ނިކަންހުރެ އެމީހުންގެ ޢަމަލުތައް بَاطِلُ ވެދާނެއެވެ.
۞يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَلَا تُبۡطِلُوٓاْ أَعۡمَٰلَكُمۡ
Open ayah 47:33އޭއީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން الله އަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން ރަސޫލާއަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން ކަލޭމެންގެ (ހެޔޮ) ޢަމަލުތައް بَاطِلُ ނުކުރާށެވެ! (މިއާޔަތުގެ مَفْهُوْمُ އަށްބަލާއިރު الله އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަން ނުވާ ކޮންމެމީހެއްގެ (ހެޔޮ) ޢަމަލުތައް بَاطِلُ ވާނެއެވެ. އެދެފަރާތުގެ އަމުރާ ދިމާނުވާގޮތަށް ހުންނައެއްވެސް ހެޔޮޢަމަލެއް ޤަބޫލެއްނުވެވޭނެއެވެ. މިގޮތުން ބަލާއިރު މަޒުހަބެއްގެ ނަމުގައިކުރެވޭ ޢަމަލުތައް ރަސްމީ އޮފީހުން ބައްލަވައި ގަންނަވާނެކަމުގެ އެއްވެސް ދަލީލެއްނެތެވެ.
إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ ثُمَّ مَاتُواْ وَهُمۡ كُفَّارٞ فَلَن يَغۡفِرَ ٱللَّهُ لَهُمۡ
Open ayah 47:34ހަމަކަށަވަރުން ކާފަރުވީމީސްތަކުން އަދި އެމީހުން ﷲ ގެ މަގު އެބަހީ އިސްލާމުދީން ބަންދުކޮށް ދީނަށް މީހުން ވަނަނުދީ ހުރަސްކޮށް / ބަންދުކޮށްހަދައި ދެންއެމީހުން ކާފަރުކަންމަތީވާ ޙާލު މަރުވެދިޔަ ކަމުގައިވަންޏާ ފަހެ الله تَعَالَى އެމީހުންނަށް ނުފުއްސަވާހުއްޓެވެ.
فَلَا تَهِنُواْ وَتَدۡعُوٓاْ إِلَى ٱلسَّلۡمِ وَأَنتُمُ ٱلۡأَعۡلَوۡنَ وَٱللَّهُ مَعَكُمۡ وَلَن يَتِرَكُمۡ أَعۡمَٰلَكُمۡ
Open ayah 47:35ފަހެ ކަލޭމެން މުއުމިނުން ބަލިކަށި ނުވާހުށިކަމެވެ! ފިނޑި ނުވާށެވެ! އަދި ކަލޭމެން (ކުރީފަށައިގެން) صُلْحَ ޔަށްނުގޮވާށެވެ! ކާފަރުން صُلْحَ އަށްގޮވަންދެން ކަލޭމެން ހަނގުރާމަ ކުރިޔަށް ގެންދާށެވެ! ކަލޭމެންނަކީ މަތިވާނެމީހުންނެވެ. الله ވޮޑިގެންވަނީ ކަލޭމެންނާއި އެކުގައެވެ. އަދި ކަލޭމެންގެ ޢަމަލުތައް އެބަހީ ޢަމަލުގެ ދަރުމަޔާއި ސަވާބު އެކަލާނގެ މަދު ނުކުރައްވާނެއެވެ.
إِنَّمَا ٱلۡحَيَوٰةُ ٱلدُّنۡيَا لَعِبٞ وَلَهۡوٞۚ وَإِن تُؤۡمِنُواْ وَتَتَّقُواْ يُؤۡتِكُمۡ أُجُورَكُمۡ وَلَا يَسۡـَٔلۡكُمۡ أَمۡوَٰلَكُمۡ
Open ayah 47:36ދުނިޔޭ ގެ މިދިރިއުޅުންވާކަން ކަށަވަރީ ކުޅިވަރާއި އަދި الله تَعَالَى ގެމަތިން غَافِل ކޮށްލާ އެއްޗެއް ކަމުގައެވެ. އަދިކަލޭމެން އީމާންވެ އަދި ކަލޭމެން تقوى ވެރި ވެއްޖެއްޔާ ކަލޭމެންގެ އުޖޫރަ ކަލޭމެނަށް އެކަލާނގެ ދެއްވާނެއެވެ. އަދި އެކަލާނގެ ކަލޭމެންގެ މުދަލަކަށް އެބަހީ ކަލޭމެންގެ މުޅިމުދާ (އެކަށް) ކަލޭމެންދޭކަށެއް އެދިވޮޑި ނުގަންނަވާނެއެވެ. (އެދިވޮޑިގަންނަވަނީ އޭގެޙައްޤުއަދާކުރުމަށެވެ. ޒަކާތްދޭށެވެ. ދެންވެސް ސުންނަތް صَدَقَة ދޭށެވެ.)
إِن يَسۡـَٔلۡكُمُوهَا فَيُحۡفِكُمۡ تَبۡخَلُواْ وَيُخۡرِجۡ أَضۡغَٰنَكُمۡ
Open ayah 47:37އެކަލާނގެ ކަލޭމެންގެކިބައިން (އެކަށް) އެމުދާ ހޭދަކުރުމަށް އެދިވޮޑިގެންނެވި ނަމަ ފަހެ އެހައިރުން ކަލޭމެންނަށް ދަތިވެދާނެއެވެ. ދެންކަލޭމެން ދަހިވެތި ވެދާނެއެވެ. بَخِيْلُ ވެދާނެއެވެ. އަދިކަލޭމެންގެ ހިތްޔަކުގައިވާ ރުޅިވެރިކަމާއި ޙަސަދަވެރިކަން އެކަލާނގެ ނެރުއްވާނެއެވެ.
هَٰٓأَنتُمۡ هَٰٓؤُلَآءِ تُدۡعَوۡنَ لِتُنفِقُواْ فِي سَبِيلِ ٱللَّهِ فَمِنكُم مَّن يَبۡخَلُۖ وَمَن يَبۡخَلۡ فَإِنَّمَا يَبۡخَلُ عَن نَّفۡسِهِۦۚ وَٱللَّهُ ٱلۡغَنِيُّ وَأَنتُمُ ٱلۡفُقَرَآءُۚ وَإِن تَتَوَلَّوۡاْ يَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ ثُمَّ لَا يَكُونُوٓاْ أَمۡثَٰلَكُم
Open ayah 47:38އޭމިތިބަމީހުންނޭވެ! ކަލޭމެން ﷲ ގެމަގުގައި ހޭދަކުރުމަށް ކަލޭމެންނަށް ގޮވޭނެއެވެ. ފަހެ ކަލޭމެންގެތެރޭގައި بَخِيْلُ ވާނޭމީހުން - ދަހިވެތިވާނޭމީހުން- ވާނެއެވެ. އަދި بَخِيْلُ ވާމީހުން - ދަހިވެތިވާމީހުން ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހަކު އެ بَخِيْلُ ވާކަން ކަށަވަރީ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. އެބަހީ އެކަމުގެ ގެއްލުމާއި ދެރަކަންއޮންނާނީ ހަމަ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. الله އެއީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ ކަލާނގެއެވެ. އަދި ކަލޭމެނަނަކީ ފަޤީރުންނެވެ. އެކަލާނގެއަށް ބޭނުންވެގެންވާމީހުންނެވެ. އަދި ކަލޭމެން ﷲ ގެމަގުގައި ހޭދަނުކޮށް އެކަލާނގެ އަމުރުފުޅުތަކަށް އެނބުރި ފުރަގަސްދީފިއްޔާވެސް އެކަލާނގެ އެހެންޤައުމަކަށް ބަދަލު ކުރައްވައިފާނެއެވެ. އެބަހީ ކަލޭމެންގެ ބަދަލުގައި އެހެންބަޔަކު ގެންނަވައިފާނެއެވެ. އަދި އެގެންނަވާމީހުން ކަލޭމެންފަދައިން ނުވާނެއެވެ. ބަސް އަހާނެއެވެ.