الأحقاف

Al-Ahqaf

The Dunes · Surah 46 · Ayahs: 35 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. حم މިއަކުރުތަކުގެމުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.

  2. تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ

    Open ayah 46:2

    މިފޮތްބާވާތްލެއްވުން ވަނީ އެބަހީ މި ކީރިތި قُرْآن ބާވާތްލެއްވުންވަނީ عِزَّة ވަންތަ حِكْمَة ވަންތަ ﷲ ގެ حَضْرَة ންނެވެ.

  3. مَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّ وَأَجَلٖ مُّسَمّٗىۚ وَٱلَّذِينَ كَفَرُواْ عَمَّآ أُنذِرُواْ مُعۡرِضُونَ

    Open ayah 46:3

    އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެއްޗާއި ހަމަ ޙައްޤު ގޮތުގައި މެނުވީ އަދި ކަޑައެޅިގެންވާ މުއްދަތަކަށް މެނުވީ ތިމަން ރަސްކަލާނގެ ނުހައްދަވަމެވެ. އަދި ކާފަރުވީ މީސްތަކުންވަނީ އެމީހުންނަށް ބިރުގެންނެވުނު ކަންތަކަށް ފުރަގަސްދީގެންނެވެ. (އެމީހުންނަށް ބިރުގެންނެވުނު ކަންތަކަކީ އީމާން ނުވިނަމަ ބޮޑުވެގެންވާ ޢަޒާބެއް އަތުވެދާނޭ ކަމުގެ ވާހަކައެވެ.)

  4. قُلۡ أَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ أَرُونِي مَاذَا خَلَقُواْ مِنَ ٱلۡأَرۡضِ أَمۡ لَهُمۡ شِرۡكٞ فِي ٱلسَّمَٰوَٰتِۖ ٱئۡتُونِي بِكِتَٰبٖ مِّن قَبۡلِ هَٰذَآ أَوۡ أَثَٰرَةٖ مِّنۡ عِلۡمٍ إِن كُنتُمۡ صَٰدِقِينَ

    Open ayah 46:4

    (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! الله ފިޔަވައި ކަލޭމެން ތިޔަ دُعَاء ކޮށް ގޮވާތަކެއްޗާއިމެދު (ބުދުތަކާއިމެދު) ކަލޭމެން ނިކަން ދެކިބަލާށެވެ. (ޙަބަރުދީބަލާށެވެ!) ބިމުން އެތަކެތި ހެއްދެވި އެއްޗެއް ކަލޭމެން ނިކަން އަހުރެންނަށް ދައްކައިބަލާށެވެ. ނުވަތަ އުޑުތަކުގައި (އުޑުތައް ހެއްދެވުމުގައި) އެތަކެއްޗަށް ބައިވެރިކަމެއްވަނީ ހެއްޔެވެ؟ ކަލޭމެންނަކީ ތެދުވެރިން ކަމުގައި ވަންޏާއި އެކަމުގެމައްޗަށް ދަލީލުކުރާ ފޮތެއް (މި قُرْآن ގެ ކުރީގެ ފޮތްތަކުގެތެރެއިން ނަމަވެސް) ކަލޭމެން އަހުރެންނަށް އެފޮތެއް ގެނެސްދީބަލާށެވެ. ނުވަތަ عِلَمُ ގެތެރެއިން އެއްވެސް އަސަރެއް (ޚަބަރެއް) ގެނެސްދީބަލާށެވެ! (މި قُرْآن ގައި އެވަނީ އެކަލާނގެއަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވާކަމަށެވެ.)

  5. وَمَنۡ أَضَلُّ مِمَّن يَدۡعُواْ مِن دُونِ ٱللَّهِ مَن لَّا يَسۡتَجِيبُ لَهُۥٓ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ وَهُمۡ عَن دُعَآئِهِمۡ غَٰفِلُونَ

    Open ayah 46:5

    ޤިޔާމަތް ދުވަހަށް ދާންދެން ވެސް އޭނާއަށް (އޭނާގެ دُعَاء އަށް) އިޖާބަ ނުދޭމީހަކަށް ނުވަތަ އެއްޗަކަށް ﷲ ފިޔަވައި ގޮވާ دُعَاء ކޮށް ހަދާމީހަކަށްވުރެ އަނިޔާވެރިން ބޮޑީ ފަހެ ކާކުހެއްޔެވެ؟ (އެއަށްވުރެބޮޑު އަނިޔާވެރިއަކު ނުވެއެވެ.) އަދި އެތަކެތި ވަނީ އެމީހުން އެގޮވާ ގޮވުމަށް (އޭނާގެ دُعَاء އަށް) غَافِلُ ވެގެން ނެވެ.

  6. وَإِذَا حُشِرَ ٱلنَّاسُ كَانُواْ لَهُمۡ أَعۡدَآءٗ وَكَانُواْ بِعِبَادَتِهِمۡ كَٰفِرِينَ

    Open ayah 46:6

    އަދި މިސްތަކުން مَحْشَرُ ކުރެވޭދުވަހު އެތަކެތި (އެބުދުތައް) އެމީހުންގެ އެބަހީ (ބުދަށް އަޅުކަން ކުރިމީހުންގެ) ޢަދާވާތްތެރިން ކަމުގައި ވާނެއެވެ. އަދި އެތަކެތި އެތަކެއްޗަށް ކުރެވުނު އަޅުކަމާއިމެދު ދެކޮޅުހަދާނެއެވެ. އިންކާރު ކުރާނެއެވެ.

  7. وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ كَفَرُواْ لِلۡحَقِّ لَمَّا جَآءَهُمۡ هَٰذَا سِحۡرٞ مُّبِينٌ

    Open ayah 46:7

    އަދި އެމީހުންގެ މައްޗަށް ބަޔާންވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ حَقُّ އާއިމެދު (قُرْآن އާއިމެދު) ކާފަރުވީމީހުން ބުނާނެއެވެ. މިއީ ބަޔާންވެގެންވާ سِحْرއެކެވެ.

  8. أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ إِنِ ٱفۡتَرَيۡتُهُۥ فَلَا تَمۡلِكُونَ لِي مِنَ ٱللَّهِ شَيۡـًٔاۖ هُوَ أَعۡلَمُ بِمَا تُفِيضُونَ فِيهِۚ كَفَىٰ بِهِۦ شَهِيدَۢا بَيۡنِي وَبَيۡنَكُمۡۖ وَهُوَ ٱلۡغَفُورُ ٱلرَّحِيمُ

    Open ayah 46:8

    އަދި ނުވަތަ އެމީހުން ބުނަނީއެވެ. އެކަލޭގެފާނު އެކަލާނގެއަށް އެބަހީ (ﷲ އަށް) ދޮގުހެދީ އެވެ. އޭގެޖަވާބުގައި ﷲ އެއަންގަވަނީ (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އަހުރެން އެކަލާނގެއަށް ދޮގުހެދި ކަމުގައި ވަންޏާ އެކަލާނގެ އަހުރެންނަށް ޢަޒާބެއް ފޮނުއްވަންޏާވެސް އެކަން ދިފާޢު ކުރުމަށް ކަލޭމެންނަށް ކުޅަދާނަވެގެން ނުވެއެވެ. އަދި އެ (قُرْآن އާއިމެދު) ކަލޭމެން ދޮގުހެދުމަށް ވަދެގަންނަ މިންވަރު އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. އަހުރެންނާއި ކަލޭމެންނާއި ދެމެދު ހެކިވެރިއަކަށް އެކަލާނގެ ފުދިވޮޑިގެންވެއެވެ. އަދި އެކަލާނގެއީ ގިނަދިނައިން ފާފަ ފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

  9. قُلۡ مَا كُنتُ بِدۡعٗا مِّنَ ٱلرُّسُلِ وَمَآ أَدۡرِي مَا يُفۡعَلُ بِي وَلَا بِكُمۡۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّ وَمَآ أَنَا۠ إِلَّا نَذِيرٞ مُّبِينٞ

    Open ayah 46:9

    (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ރަސޫލުބޭކަލުންކުރެން އެންމެ ފުރަތަމަ ރަސޫލާކަމުގައި އަހުރެންނުވެއެވެ. އަދި އަހުރެންނާއިމެދު ކަންތައްވާނީ ކިހިނަކުންކަމެއް އަދި ކަލޭމެންނާއިމެދުވެސް (ކަންތައްވާނީ ކިހިނަކުންކަމެއް) އަހުރެންނަކަށް ނޭގެއެވެ. އަހުރެންނަށް ބާވާތްލެއްވޭ وَحِي އަށް މެނުވީ އަހުރެން تَبَعِ ވާކަމުގައި ނުވެއެވެ. ހަމައެކަނި ބަޔާންވެގެންވާ نَذِيْرُ އަކު ކަމުގައި މެނުވީ (ބިރުގަންނަވަނިވިބޭކަލަކު ކަމުގައި މެނުވީ) އަހުރެން ނުވެއެވެ.

  10. قُلۡ أَرَءَيۡتُمۡ إِن كَانَ مِنۡ عِندِ ٱللَّهِ وَكَفَرۡتُم بِهِۦ وَشَهِدَ شَاهِدٞ مِّنۢ بَنِيٓ إِسۡرَٰٓءِيلَ عَلَىٰ مِثۡلِهِۦ فَـَٔامَنَ وَٱسۡتَكۡبَرۡتُمۡۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ 

    Open ayah 46:10

    (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެ قُرْآن އެއީ ﷲ ގެ حَضْرَة ންވާ އެއްޗެއްކަމުގައި ވެފައި އަދި ކަލޭމެން އެއަށް ކާފަރު ވެއްޖެއްޔާ އަދި ބަނީ އިސްރާއީލުންގެ މީހަކު ހަމަ އެޔާއެއްގޮތަށް އެބަހީ قُرْآن އެއީ ޙައްޤު ތެދުކަމަށް ހެކިދީފައި ދެންއަދި އެމީހާ قُرْآن އަށް އީމާންވެ އަދި ކަލޭމެން އެ قُرْآن އަށް ބޮޑާވެ كِبْرُ ވެރިވެ އީމާން ނުވިކަމުގައި ވަންޏާ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ (ކަލޭމެންގެ މައްޗަށް حُجَّة قَائِمُ ވާނީއެވެ.) ހަމަކަށަވަރުން އަނިޔާވެރިންނަށް. الله تعالَى ތެދުމަގު ނުދައްކަވައެވެ.

  11. وَقَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُواْ لَوۡ كَانَ خَيۡرٗا مَّا سَبَقُونَآ إِلَيۡهِۚ وَإِذۡ لَمۡ يَهۡتَدُواْ بِهِۦ فَسَيَقُولُونَ هَٰذَآ إِفۡكٞ قَدِيمٞ

    Open ayah 46:11

    އަދި ކާފަރުވީމީހުން އީމާންވީމީހުންނަށްބުނެއެވެ. އެކަން އެއީ (އެބަހީ مُحمد ގެފާނު ގެންނެވި ނަބީކަމާއި އަދި قُرْآن އެއީ) ހެޔޮކަމެއްނަމަ އެމީހުން އެބަހީ އެނިކަމެތި މުއުމިނުން އެކަމުގައި އަހުރެމެންނަށްވުރެ ކުރީ އިސްނުވީހެވެ. (އެކަމުގައިވެސް ކުރީތިބީހީ އަހުރެމެންނެވެ.) އަދި އެމީހުންނަށް އެކަމަށް ތެދުމަގު ނުލިބުނުހިނދުން ފަހެ ނިކަންހުރެ އެމީހުން ބުނާނެއެވެ. މިއީ އެބަހީ قُرْآن މިއީ އިހުގެ މުސްކުޅި ދޮގުވާހަކައެވެ.

  12. وَمِن قَبۡلِهِۦ كِتَٰبُ مُوسَىٰٓ إِمَامٗا وَرَحۡمَةٗۚ وَهَٰذَا كِتَٰبٞ مُّصَدِّقٞ لِّسَانًا عَرَبِيّٗا لِّيُنذِرَ ٱلَّذِينَ ظَلَمُواْ وَبُشۡرَىٰ لِلۡمُحۡسِنِينَ

    Open ayah 46:12

    އަދި އެފޮތުގެ ކުރީގައި. (އެބަހީ قُرْآن ގެކުރީގައި) مُوسَى عَلَيْهِ السلام ގެފޮތް(އެކަލޭގެފާނަށް ބާވާތްލެއްވި تَورَاة) ވެއެވެ. އެއީ ތަބާވެވޭ އިމާމެއް ކަމުގައްޔާއި އަދި رَحْمَة އެއްކަމުގައެވެ. އަދިމިއީ (މިقُرْآن މިއީ) (مُوسَى عَلَيْهِ السلام ގެފޮތް تَورَاة) ތެދުކުރާޙާލު ސީދާ عِرِب ބަހުން އައިސްފައިވާ ފޮތެކެވެ. އެއީ އަނިޔާވެރިވީ މީސްތަކުންނަށް (މުޝްރިކުންނަށް) ބިރުވެރިކަމުގެ ޚަބަރު ދެއްވުމަށާއި އަދި إحْسَان ތެރިންނަށް އުފާވެރިކަމެއްގެ ގޮތުންނެވެ.

  13. إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَٰمُواْ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ

    Open ayah 46:13

    ހަމަކަށަވަރުން އަހުރެމެންގެ رَبُّ އަކީ الله އޭ މިހެން ބުނެ ދެން އެބަސްމަތީ قَائِم ވެތިބި މީހުން ދަންނައެވެ. ޤިޔާމަތް ދުވަހުން އެމީހުންނަކަށް އެއްވެސް ބިރުވެރިމެއް ނުވެއެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.

  14. أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِ خَٰلِدِينَ فِيهَا جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ

    Open ayah 46:14

    އެމީހުންނަކީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން އެތާ ދެމިތިބޭހުއްޓެވެ. އެއީ އެމީހުން (ދުނިޔޭގައި ތިބިއިރު) ކުރާކަމުގައިވީ ރަނގަޅު ޢަމަލުތަކުގެ ދަރުމައެއްގެ ގޮތުން އެމީހުންނަށް ކަނޑައެޅިގެންވާ نِعْمَة އެވެ.

  15. وَوَصَّيۡنَا ٱلۡإِنسَٰنَ بِوَٰلِدَيۡهِ إِحۡسَٰنًاۖ حَمَلَتۡهُ أُمُّهُۥ كُرۡهٗا وَوَضَعَتۡهُ كُرۡهٗاۖ وَحَمۡلُهُۥ وَفِصَٰلُهُۥ ثَلَٰثُونَ شَهۡرًاۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرۡبَعِينَ سَنَةٗ قَالَ رَبِّ أَوۡزِعۡنِيٓ أَنۡ أَشۡكُرَ نِعۡمَتَكَ ٱلَّتِيٓ أَنۡعَمۡتَ عَلَيَّ وَعَلَىٰ وَٰلِدَيَّ وَأَنۡ أَعۡمَلَ صَٰلِحٗا تَرۡضَىٰهُ وَأَصۡلِحۡ لِي فِي ذُرِّيَّتِيٓۖ إِنِّي تُبۡتُ إِلَيۡكَ وَإِنِّي مِنَ ٱلۡمُسۡلِمِينَ

    Open ayah 46:15

    އަދި އިނަސާނާ އޭނާގެ މައިން ބަފައިންނާއިމެދު إحْسَان ތެރިވުމަށް / ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ އޭނާއަށް އަމުރު ކުރެއްވީމެވެ. މިހެނީ އޭނާގެމަންމަ އޭނާޔާއިގެން ބަލިވެއިނީ ބުރަކަމާއި އެކު / ނުރުހެވޭ ޙާލުގައެވެ. އަދި އޭނާ އެދަރިފުޅު ވިހެއީވެސް ބުރަކަމާއި އެކު / ނުރުހެވޭ ޙާލުގައެވެ. އަދި އެދަރިފުޅާއިގެން އޭނާބަލިވެ އިނުމާއި އަދި ކިރުދީ ނިންމުމާއި އެއީ މުޅިއެކު ތިރީސް މަސްދުވަހެވެ. އަދި އެދަރިފުގެ ބުއްދި ފުރިހަމަވެ ހަށިގަޑު ގަދައެއްޖައުމަށް ދާންދެން (ބަލަހައްޓައެވެ.) އަދި ސާޅީސް އަހަރުވުމުން އެއިންސާނާ އޭނާގެ رَبُّ އަށް ދަންނަވައެވެ. އޭ އަޅުގެ رَبُّ އެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި އަދި މިއަޅާގެ މައިން ބަފައިންގެ މައްޗަށް އެލެއްވި نِعْمَة އަށް މިއަޅާ ޝުކުރު ކުރާނެގޮތާއި އަދި އެ عَمَلُ އަށް އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صَالِح عَمَلُ ކުރާނެ ގޮތާއި މިއަޅާއަށް އަންގަވައި ދެއްވާދޭވެ. އަދިމިއަޅާގެ ދަރިފަސްކޮޅު މިއަޅާއަށް صُلْح ކޮށް ދެއްވާދޭވެ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެއަށް ތައުބާ ވެއްޖައީމެވެ. އަދި ހަމަކަށަވަރުން މިއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ. (ކިޔަމަންތެރިންގެ ތެރެއިންނެވެ.)

  16. أُوْلَٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنۡهُمۡ أَحۡسَنَ مَا عَمِلُواْ وَنَتَجَاوَزُ عَن سَيِّـَٔاتِهِمۡ فِيٓ أَصۡحَٰبِ ٱلۡجَنَّةِۖ وَعۡدَ ٱلصِّدۡقِ ٱلَّذِي كَانُواْ يُوعَدُونَ

    Open ayah 46:16

    ކަނޑައެޅިގެން އެމީހުން އެއީ އެމީހުންކުރި ރަނގަޅު އަމަލު އެމީހުންގެ ކިބައިން ތިމަންރަސްކަލާނގެ ޤަބޫލު ކުރައްވާނެ މީހުންނެވެ. އަދި އެމީހުންގެ ނުބައިކަންތައްތައް ތިމަން ރަސްކަލާނގެ ފުއްސަވައި عَفُوء ކުރައްވާ ހުރީ މެވެ. އަދި އެމީހުން ވާހުށީ ސުވަރުގޭގެ އެކުވެރިންގެ ތެރޭގައެވެ. އެމީހުންނަށް وَعْدُ ވެވިގެންވާކަމުގައިވި وَعْدُ އެއީ ތެދުވެރި وَعْدُ އެކެވެ. (އެބަހީ ރަސޫލު ބޭބޭކަލުންގެ ދޫފުޅުގެމަތީން އެމީހުންނަށް الله ކުރައްވާފައިވާ وَعْدُ ފުޅު އެއީ ހަމަ ތެދުވެރި وَعْدُ ފުޅެކެވެ.)

  17. وَٱلَّذِي قَالَ لِوَٰلِدَيۡهِ أُفّٖ لَّكُمَآ أَتَعِدَانِنِيٓ أَنۡ أُخۡرَجَ وَقَدۡ خَلَتِ ٱلۡقُرُونُ مِن قَبۡلِي وَهُمَا يَسۡتَغِيثَانِ ٱللَّهَ وَيۡلَكَ ءَامِنۡ إِنَّ وَعۡدَ ٱللَّهِ حَقّٞ فَيَقُولُ مَا هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ

    Open ayah 46:17

    (آخِرَة ދުވަހަށް އީމާންނުވާ އަދި މައިން ބަފައިންނަށް ކިޔަމަންތެރިނުވާމީހާ) އޭނާގެ މައިންބަފައިންނަށް ބުނެއެވެ. ތިޔަދެމީހުންނަށް ހުތުރުކަން ހުއްޓެވެ. ތިޔަދެމީހުންގެ ވާހަކައިން އަހުރެންގެ ހިތް ދަތިވެއެވެ. އަހުރެން ކަށްވަޅުން ނެރެވޭނެކަމަށާއި مَحْشَرُ ކުރެވޭނެ ކަމަށް ތިޔަ ދެމީހުން އަހުރެންނަށް ބިރުވެރި وَعْدُ ކުރަނީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން އަހުރެންގެކުރިން قَرْنُ ތައް ވޭތިވެގެން ހިގައްޖެއެވެ. (އޭގެތެރެއިން އެކަކުވެސް ނާދެއެވެ. އެމީހުންގެ ކަންތައް އެނިމުނީ އެވެ. އަހުރެންގެ ކަންތައްވެސްވާނީ ހަމައެހެންނެވެ.) އޭނާ އެހެންބުނިނަމަވެސް އެކުއްޖާގެ ބައްޕައާއި މަންމައާއިދެމީހުން އެކުއްޖާ ސަލާމަތްވޭތޯ الله އަށްދަންނަވައި دُعَاء ކުރައްވަނީއެވެ. (އަދި އެދެމީހުން އެކުއްޖާއަށް ބުނެއެވެ.) ކަލެއަށް ހަލާކު ހުއްޓެވެ. ކަލޭ އީމާންވާށެވެ! (الله އަށާއި آخِرَة ދުވަހަށް އީމާންވާށެވެ!) ހަމަކަށަވަރުންﷲ ގެ وَعْدُ ފުޅު އެއީ ހަމަحَقُّ وَعْدُ ފުޅެކެވެ. (މަރުވުމަށްފަހު ދިރުއްވައި مَحْشَرُ ކުރެއްވުމުގެ وَعْدُ ފުޅު އެއީ ހަމަحَقُّ وَعْدُ ފުޅެކެވެ.) ފަހެ އެކުއްޖާބުނެއެވެ. އިސްވެދިޔަމީހުން ދައްކާފައިވާ ތާކުންތާކު ނުޖެހޭ ދޮގުވާހަކަތަކެއްކަމުގައި މެނުވީ ތިޔަވާހަކަތައްނުވެއެވެ.

  18. أُوْلَٰٓئِكَ ٱلَّذِينَ حَقَّ عَلَيۡهِمُ ٱلۡقَوۡلُ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِهِم مِّنَ ٱلۡجِنِّ وَٱلۡإِنسِۖ إِنَّهُمۡ كَانُواْ خَٰسِرِينَ

    Open ayah 46:18

    އެފަދަ އެފަދަ މީހުންއެއީ އެމީހުންގެ މައްޗަށް ކޯފާގެ ބަސްފުޅު حَقُّ ވެއްޖެމީހުންނެވެ. އަދި އެމީހުންވަނީ ޖިންނީންނާއި އިންސާނުންގެތެރެއިން އިސްވެދިޔަ (ކާފަރު) އުއްމަތްތަކުގެތެރޭގައި އެމީހުންނާއިގުނިފައެވެ. ހަމަކަށަވަރުން އެމީހުންވީ ގެއްލިހަލާކުވީމީހުންގެތެރެއިން ނެވެ.

  19. وَلِكُلّٖ دَرَجَٰتٞ مِّمَّا عَمِلُواْۖ وَلِيُوَفِّيَهُمۡ أَعۡمَٰلَهُمۡ وَهُمۡ لَا يُظۡلَمُونَ

    Open ayah 46:19

    އަދި ކޮންމެބަޔަކަށްވެސް އެބަޔަކު ކުރި عَمَلُ ގެ ދަރަޖަތަކެއްވެއެވެ. އަދި އެމީހުންނަށް އެމީހުންގެ ޢަމަލުގެ ޖަޒާ قِيَامَة ދުވަހުން ބަރާބަރަށް ދެއްވޭހުއްޓެވެ. އަދި އެމީހުންނަށް އަނިޔާ ނުވެވޭހުއްޓެވެ.

  20. وَيَوۡمَ يُعۡرَضُ ٱلَّذِينَ كَفَرُواْ عَلَى ٱلنَّارِ أَذۡهَبۡتُمۡ طَيِّبَٰتِكُمۡ فِي حَيَاتِكُمُ ٱلدُّنۡيَا وَٱسۡتَمۡتَعۡتُم بِهَا فَٱلۡيَوۡمَ تُجۡزَوۡنَ عَذَابَ ٱلۡهُونِ بِمَا كُنتُمۡ تَسۡتَكۡبِرُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَبِمَا كُنتُمۡ تَفۡسُقُونَ 

    Open ayah 46:20

    އަދި ކާފަރުވީމީސްތަކުން ނަރަކައަށް ހުށައަޅައިލެވޭދުވަސް (ހަދުމަފުޅު ކުރައްވާށެވެ.) (އެދުވަހުން އެމީހުންނަށް އެންގޭނެއެވެ.) ކަލޭމެން ކަލޭމެންގެ ދުނިޔޭގެ ޙަޔާތުގެ ރަނގަޅު ބައި ކަލޭމެން ގެއްލުވައިލައިފީމުއެވެ. އަދި ކަލޭމެން އެދުނިޔޭގައި މަޖާކޮށް އަރާމު ލިބިގެންފީމުއެވެ. ފަހެ މިއަދު މި ކަލޭމެންނަށް ޖަޒާދެވޭނެއެވެ. އެޖަޒާއަކީ އެއްވެސް حَقُّ އެއްނެތި ކަލޭމެން ބިމުގައި ބޮޑާވެ ކިބުރުވެރިވީކަމުގެ ސަބަބުންނާއި އަދި ކަލޭމެން ފާސިޤުވުމުގެ ސަބަބުންނެވެ. އެބަހީ ﷲ ގެ ކިޔަމަނުން ނުކުތުމުގެ ސަބަބުން އިހާނާތްތެރިވެގެންވާ عَذَابُ ގެ ޖަޒާއެވެ.

  21. ۞وَٱذۡكُرۡ أَخَا عَادٍ إِذۡ أَنذَرَ قَوۡمَهُۥ بِٱلۡأَحۡقَافِ وَقَدۡ خَلَتِ ٱلنُّذُرُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦٓ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ

    Open ayah 46:21

    (އޭ رَسُولُ الله އެވެ!) އަދިކަލޭގެފާނުން ކަލޭގެފާނުންގެ ޤައުމުގެ މީހުންނަށް عَاد ބާގައިގެމީހުންގެ أخُ (هُودُ عَلَيْه السَّلآم) ގެ ވާހަކަ ހަދާންކޮށްދެއްވާށެވެ! އެއީ أَحْقَافُ އެވެކިއުނު ތާގައި އެކަލޭގެފާނުން އެކަލޭގެފާނުންގެ قَوم އަށް އިންޒާރު ކުރެއްވި ހިނދު އެވެ. أَحْقَافُ އެއީ އެ قَوم ގެ މީހުން އުޅުނުތަނެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންނާއި އަދި އެކަލޭގެފާނުން ފަހުންވެސް نَذِيْرُ ންތައް އެބަހީ (رَسُولُ ބޭކަލުންތައް) އިސްގޮސްފައިވެއެވެ. ވަޑައިގެންފާވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ. އެބަހީ (هُودُ عَلَيْه السَّلآم ވިދާޅުވިއެވެ.) ކަލޭމެން الله އަށްމެނުވީ އަޅުކަން ނުކުރާށެވެ. ހަމަކަށަވަރުން ކަލޭމެންގެ މައްޗަށް ބޮޑުވެގެންވާ ދުވަހެއްގެ عَذَاب އަތުވެދާނޭކަމަށް އަހުރެން ބިރުގަންނަމެވެ.

  22. قَالُوٓاْ أَجِئۡتَنَا لِتَأۡفِكَنَا عَنۡ ءَالِهَتِنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّٰدِقِينَ

    Open ayah 46:22

    އެމީހުން ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގެންނެވީ އަހުރެމެން އަހުރެމެންގެ إله ން ތަކުގެ ކިބައިން އަނބުރައިލެއްވުމަށްތޯއެވެ؟ (ނުވަތަ މަނާކުރެއްވުމަށްތޯއެވެ؟) ކަލޭގެފާނަކީ ތެދުވެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައި ވަންޏާ ކަލޭގެފާނު އަހުރެމެންނަށް ތިޔަ وَعد ކުރައްވާ އެތި (އެ عَذَاب) އަހުރެމެންގެމައްޗަށް ގެނެސްދެއްވާށެވެ!

  23. قَالَ إِنَّمَا ٱلۡعِلۡمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرۡسِلۡتُ بِهِۦ وَلَٰكِنِّيٓ أَرَىٰكُمۡ قَوۡمٗا تَجۡهَلُونَ

    Open ayah 46:23

    އެކަލޭގެފާނު ވިދާވިއެވެ. އެކަމުގެ އެނގުންވަނީ (އެ عَذَاب) އަންނަނާނެވަގުތެއްގެ އެނގުންވަނީ ﷲ ގެ حَضْرَة ގައެވެ. އަދި ތިމަން ކަލޭގެފާނު އެކަމަކާއިގެން ކަލޭމެންގެގާތަށް ފޮނުއްވުނު ކަންތައް ކަލޭމެނަށް އިއްވައި ދެނީއެވެ. އަދި އެހެނެއްކަމަކު އަހުރެން ކަލޭމެންނާމެދު ދެކެނީ ކަލޭމެންނަކީ ޖާހިލުވާ ބަޔަކު ކަމުގައެވެ.

  24. فَلَمَّا رَأَوۡهُ عَارِضٗا مُّسۡتَقۡبِلَ أَوۡدِيَتِهِمۡ قَالُواْ هَٰذَا عَارِضٞ مُّمۡطِرُنَاۚ بَلۡ هُوَ مَا ٱسۡتَعۡجَلۡتُم بِهِۦۖ رِيحٞ فِيهَا عَذَابٌ أَلِيمٞ

    Open ayah 46:24

    ދެން ފަހެ އެމީހުން (އެ عذاب) ދުއްހިދުން އެއީ އެމީހުންގެ ވާދީތަކާއި ދިމާލަށް ކުރިމަތިލައި އަންނަ ވިލާގަޑެކެވެ. (އެމީހުންނަށް عذاب އައީ ވިލާގަޑެއްގެ ސިފައިގައެވެ.) އެމީހުން ބުންޏެވެ. މިއީ އަހުރެމެންނަށް ވާރޭފެން ވެއްސާނެ ވިލާގަޑެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަމަވެސް ކަންނިމިފައިވަނީ އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ. އެއީ ކަލޭމެން އެއެއްޗެއް އަވަސްކުރުމަށް އެދުނު އެއްޗެވެ. عذاب އެވެ. އެއީ އޭގައި ވޭންދެނި عذاب އެކުލެވިގެންވާވަޔެކެވެ.

  25. تُدَمِّرُ كُلَّ شَيۡءِۭ بِأَمۡرِ رَبِّهَا فَأَصۡبَحُواْ لَا يُرَىٰٓ إِلَّا مَسَٰكِنُهُمۡۚ كَذَٰلِكَ نَجۡزِي ٱلۡقَوۡمَ ٱلۡمُجۡرِمِينَ

    Open ayah 46:25

    (އެވައި) އެބަހީ ޢާދު ބާގައިގެމީހުނގެ މައްޗަށް ޖެހުނުވައި އެވައިގެ ވެރި رَبُّ ގެ އަމުރުފުޅަށް ކޮންމެއެއްޗެއް ހަލާކުކޮށް ބަރުބާދު ކޮށްލައެވެ. = ފަހެ އެމީހުން އުޅުނު ގޯތި ގެދޮރުނޫނީ ނުފެނެވޭ ބަޔަކު ކަމުގައި އެމީހުން ވެއްޖެއެވެ. (އެބަހީ ގޯތިގެދޮރުތައް ބަހައްޓާފައި އެމީހުން މަރުވެ ދިޔައީއެވެ.) ނުބައި ނުލަފާމީހުންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. (މިވާހަކަ ބައެއްސޫރަތުގައި ވަރަށްتَفْصِيْلُ ކޮށްބަޔާންވެގެންވެއެވެ.)

  26. وَلَقَدۡ مَكَّنَّٰهُمۡ فِيمَآ إِن مَّكَّنَّٰكُمۡ فِيهِ وَجَعَلۡنَا لَهُمۡ سَمۡعٗا وَأَبۡصَٰرٗا وَأَفۡـِٔدَةٗ فَمَآ أَغۡنَىٰ عَنۡهُمۡ سَمۡعُهُمۡ وَلَآ أَبۡصَٰرُهُمۡ وَلَآ أَفۡـِٔدَتُهُم مِّن شَيۡءٍ إِذۡ كَانُواْ يَجۡحَدُونَ بِـَٔايَٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ

    Open ayah 46:26

    އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށް އެބަހީ عَادُ ބާގައިގެމީހުންނަށް އެކަންކަމުގައި ކަލޭމެން قُرَيْش ންނަށްވެސް ހަމަޖައްސަވައި ދެއްވި ކަންކަމުގައި ހަމަޖައްސަވައި تَمْكِيْنُ ކޮށް ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުނަށް އިވުމާއި ފެނުމާއި އަދި ހިތް ލެއްވީމެވެ. ދެން ފަހެ އެމީހުން ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދައި ޤަބޫލު ނުކުރި ހިދުން އެމީހުންނަކަށް އެމީހުންގެ އިވުމަކުން އަދި އެމީހުންގެ ފެނުމަކުންވިޔަސް އަދި އެމީހުންގެ ހިތަކުން ވިޔަސް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އެމީހުން އެކަންކަމާއިމެދު މަލާމާތްކޮށް ފުރައްސާރަ ކުރިކަންތައް އެމީހުން ވަށާލައިފިއެވެ. އެބަހީ އެމީހުންނަށް عذاب އައިސް އެމީހުން ހަލާކުވެދިޔައީއެވެ.

  27. وَلَقَدۡ أَهۡلَكۡنَا مَا حَوۡلَكُم مِّنَ ٱلۡقُرَىٰ وَصَرَّفۡنَا ٱلۡأٓيَٰتِ لَعَلَّهُمۡ يَرۡجِعُونَ

    Open ayah 46:27

    އަދި ހަމަކަށަވަރުން ރަށްތަކުގެތެރެއިން ކަލޭމެންގެ ވަށައިގެންވާ ތަންތަން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. އަދި އާޔަތްތައް އެބަހީ (ދަލީލުތައް) ތަފާތު ކުރައްވައި ތިމަންރަސްކަލާނގެ އެގޮތްމިގޮތަށް ބަދަލުކުރެއްވީމެވެ. އެއީ އެމީހުން (ކާފަރުކަން ދޫކޮށް ހެޔޮމަގަށް) އެނބުރި އާދޭތޯއެވެ.

  28. فَلَوۡلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ قُرۡبَانًا ءَالِهَةَۢۖ بَلۡ ضَلُّواْ عَنۡهُمۡۚ وَذَٰلِكَ إِفۡكُهُمۡ وَمَا كَانُواْ يَفۡتَرُونَ

    Open ayah 46:28

    الله އާއި ގާތްކޮށްދީ ކުއްތަން ކޮށްދޭ إله ން ތަކެއްކަމުގައި الله ފިޔަވައި އެމީހުން ހިފާ إخْتِيَارُ ކުރި ތަކެތި (އެބުދުތައް) އެމީހުންނަށް نصر ދިންނަމައެވެ. އަދި ކިޔެއްހެއްޔެވެ. އެމީހުންގެ ކިބައިން އެތަކެތި ގެއްލުނީއެވެ. އެބަހީ ޤިޔާމަތްދުވަހުން އެމީހުންނަށް އެތަކެތި ގެއްލޭނެއެވެ. އެއީ އެމީހުން ހެދި ދޮގެވެ. އަދި އެއީ އެމީހުން ދޮގުހަދާކަމުގައިވީތަކެއްޗެވެ.

  29. وَإِذۡ صَرَفۡنَآ إِلَيۡكَ نَفَرٗا مِّنَ ٱلۡجِنِّ يَسۡتَمِعُونَ ٱلۡقُرۡءَانَ فَلَمَّا حَضَرُوهُ قَالُوٓاْ أَنصِتُواْۖ فَلَمَّا قُضِيَ وَلَّوۡاْ إِلَىٰ قَوۡمِهِم مُّنذِرِينَ

    Open ayah 46:29

    އަދި ތިމަން ރަސްކަލާނގެ ކަލޭގެފާނާއި ދިމާލަށް ޖިންނީންގެ ބައިގަޑެއް އަނބުރުއްވައި ލެއްވީމެވެ. ފޮނުއްވީމެވެ. އެއީ އެބައިމީހުން قُرْآن އަޑުއެހުމަށެވެ. ދެންފަހެ އެމީހުން އެކަލޭގެފާނުންގެ އަރިހަށް އާދެވުނުހިނދުން (އެމީހުން އެމީހުންނަށް) އެމީހުން ބުންޏެވެ. ކަލޭމެންނޭވެ. ހަނުހިމޭނުން އަހަންތިބޭށެވެ. (ދެން އެމީހުން އެކަލޭގެފާނު ކިޔަވާވިދާޅުވާއަޑުފުޅު އެހުމަށް ތިބެއްޖައޫއެވެ.) ދެންފަހެ އެކަލޭގެފާނުން ކިޔަވާ ވިދާޅުވުން ނިމުނުހިނދުން (قَومُ ގެމީހުންނަށް) އިންޒާރު ކުރާޙާލު އެމީހުން އެމީހުންގެ قَومُ އަށް އެނބުރި ހިގައްޖެއެވެ.

  30. قَالُواْ يَٰقَوۡمَنَآ إِنَّا سَمِعۡنَا كِتَٰبًا أُنزِلَ مِنۢ بَعۡدِ مُوسَىٰ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ يَهۡدِيٓ إِلَى ٱلۡحَقِّ وَإِلَىٰ طَرِيقٖ مُّسۡتَقِيمٖ 

    Open ayah 46:30

    އެމީހުން ބުންޏެވެ. އޭ އަހުރެމެންގެ قَومُ ގެމީހުންނޭވެ. ހަމަކަށަވަރުން އަހުރެމެން ފޮތެއްގެވާހަކަ އަހައިފީމެވެ. އެފޮތަކީ مُوسى عَليه السلام އަށްފަހު ބާވާތްލެއްވުނު ފޮތެކެވެ. އެފޮތުގެ ކުރީގެފޮތް ތައްވެސް ތެދުކުރާޙާލު ބާވާތްލެއްވުނު ފޮތެކެވެ. އެފޮތް މަގުދައްކަނީ ހަމަ ސީދާ حًقُّ އަށެވެ. އަދި ސީދާ ތެދުމަގަށެވެ.

  31. يَٰقَوۡمَنَآ أَجِيبُواْ دَاعِيَ ٱللَّهِ وَءَامِنُواْ بِهِۦ يَغۡفِرۡ لَكُم مِّن ذُنُوبِكُمۡ وَيُجِرۡكُم مِّنۡ عَذَابٍ أَلِيمٖ

    Open ayah 46:31

    އޭއަހުރެމެންގެ قَومُ ގެމީހުންނޭވެ. ﷲ ގެފަރާތަށް އެގޮވައިލައްވާ ކަލޭގެފާނަށް ކަލޭ މެން އިޖާބަ ދޭށެވެ. އަދި އެކަލޭގެފާނަށް އީމާންވާށެވެ. އޭރުން ކަލޭމެންގެ ފާފައިތެރެއި އެކަލާނގެ ފުއްސަވާ ހުއްޓެވެ. އަދި ވޭންދެނިވި عَذَاب ން އެކަލާނގެ ކަލޭމެން ސަލާމަތްކުރައްވާނެއެވެ.

  32. وَمَن لَّا يُجِبۡ دَاعِيَ ٱللَّهِ فَلَيۡسَ بِمُعۡجِزٖ فِي ٱلۡأَرۡضِ وَلَيۡسَ لَهُۥ مِن دُونِهِۦٓ أَوۡلِيَآءُۚ أُوْلَٰٓئِكَ فِي ضَلَٰلٖ مُّبِينٍ

    Open ayah 46:32

    އަދި ﷲ ގެފަރާތަށް އެގޮވައިލައްވާ ކަލޭގެފާނަށް އިޖާބަނުދިންމީހާ (ދަންނައެވެ.) ފަހެ ބިމުގައި ނުކުޅައްދައިލެވޭނެ މީހަކުކަމުގައި އޭނާނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހެން އެއްވެސް ސަހަރޯވެރިއަކު އޭނާއަކަށްނުވެއެވެ. އެފަދަމީހުން އެވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައެވެ.

  33. أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَلَمۡ يَعۡيَ بِخَلۡقِهِنَّ بِقَٰدِرٍ عَلَىٰٓ أَن يُحۡـِۧيَ ٱلۡمَوۡتَىٰۚ بَلَىٰٓۚ إِنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

    Open ayah 46:33

    ހަމަކަށަވަރުން އުޑުތަކާއި ބިންހެއްދެވީ الله تَعَالى ކަން އެމީހުންނަށްފަހެ ނޭގެނީބާވައެވެ. އަދި އެތަކެތި ހެއްދެވުމުގައި އެއްވެސް ނުކުޅެދުންތެރިކަމެއްއަދި ނުވަތަ ވަރުބަލިފުޅު ވުމެއް އެކަލާނގެއަށްނުވެއެވެ. މިހެން މިކަން ކަން ހުރިއިރު މަރުވެފައިވާތަކެތި ދިރުއްވުމުގެމައްޗަށް ވެސް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އަދިކިއެއްހެއްޔެވެ؟ އެކަލާނގެއީ ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާކަލާނގެއެވެ.

  34. وَيَوۡمَ يُعۡرَضُ ٱلَّذِينَ كَفَرُواْ عَلَى ٱلنَّارِ أَلَيۡسَ هَٰذَا بِٱلۡحَقِّۖ قَالُواْ بَلَىٰ وَرَبِّنَاۚ قَالَ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ

    Open ayah 46:34

    އަދި ކާފަރުވީ މީސްތަކުން ނަރަކައަށް ހުށައެޅޭދުވަސް (ހަނދުމަފުޅު ކުރައްވާށެވެ!) (އެމީހުންނަށް އެންގެވޭނެއެވެ.) އަޅެފަހެ މިއީ ހަމަ حَقُّ ކަމުގައި ނުވޭހެއްޔެވެ؟ އެކާފަރުން ދަންނަވާނެއެވެ. އާދޭހެވެ. އަޅަމެންގެ رَبُّ ގަންދީ ދަންނަވަމެވެ. ތިޔައީ ހަމަ حَقُّ އެވެ. އެކަލާނގެ وَحِي ކުރައްވާނެއެވެ. ފަހެ ކަލޭމެން ކާފަރުވާކަމުގެ ސަބަބުން އެހެންވެ ކަލޭމެން عَذَابُ ގެ ރަހަލިބިގަންނާށެވެ.

  35. فَٱصۡبِرۡ كَمَا صَبَرَ أُوْلُواْ ٱلۡعَزۡمِ مِنَ ٱلرُّسُلِ وَلَا تَسۡتَعۡجِل لَّهُمۡۚ كَأَنَّهُمۡ يَوۡمَ يَرَوۡنَ مَا يُوعَدُونَ لَمۡ يَلۡبَثُوٓاْ إِلَّا سَاعَةٗ مِّن نَّهَارِۭۚ بَلَٰغٞۚ فَهَلۡ يُهۡلَكُ إِلَّا ٱلۡقَوۡمُ ٱلۡفَٰسِقُونَ

    Open ayah 46:35

    (އޭ رَسُولُ الله އެވެ!) ރަސޫލުބޭކަލުންކުރެ ހިތްވަރުފުޅުގަދަ عَزْمُ ވަރުގަދަބޭކަލުން ކެތްތެރިވެވަޑައިގެންނެވިފަދައިން ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި އެމީހުންގެ މައްޗަށް އަވަސްވެވަޑައި ނުގަންނަވާށެވެ. (އެބަހީ އެކާފަރުންނަށް ޢަޒާބު އައުމަށް އަވަސްވެވަޑައި ނުގަންނަވާށެވެ!) އެމީހުންނަށް وَعْدُ ވެވުނުކަންތައް (އެ عَذَابُ) އެމީހުން ދެކޭ ދުވަހުން އެމީހުން ކޮންފަދަ ހެއްޔެވެ؟ އެމީހުން ނަށް ހީވާނީދުވާލެއްގެ ހިނދުކޮޅެއްގައިމެނުވީ އެމީހުން (ދުނިޔޭގައި) ލަސްވެނުތިބޭކަމުގައެވެ. ދެންފަހެ އިސްދިޔަ މިވާކަތަކަކީ އިއްވައިދިނުމެކެވެ. މީސްތަކުންނަށް وَعْظُ نَصِيْحَة އިއްވައިދިނުމެކެވެ. ފަހެ ފާސިޤު ބަޔަކުމެނުވީ. (ﷲ ގެކިޔަމަނުން ނުކުތްބަޔަކުމެނުވީ) ހަލާކުވާނޭ ހެއްޔެވެ؟ އެބަހީ. ﷲ ގެކިޔަމަނުން ނުކުތްބަޔަކުމެނުވީ ހަލާކު ނުވާނެއެވެ.