الجاثية

Al-Jaathiya

Crouching · Surah 45 · Ayahs: 37 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. حم މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.

  2. تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ

    Open ayah 45:2

    ފޮތް ބާވައިލެއްވުން ވަނީ - އެބަހީ ކީރިތި قرآن ބާވައިލެއްވީ - عزّة ވަންތަ، حكمة ވަންތަ، ﷲ ގެ حضرة ންނެވެ.

  3. إِنَّ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَأٓيَٰتٖ لِّلۡمُؤۡمِنِينَ

    Open ayah 45:3

    ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވުމުގައި އަދި ހައްދަވާފައިވާ އުޑުތަކާއި، ބިމުގައި (ﷲ ވޮޑިގެން ވާކަމާއި، އެއްކައުވަންތަ ކަމާއި، އެކަލާނގެ قدرة ތެރިކަމާއި، حكمة ވަންތަ ކަމާއި، ދެނެވޮޑިގަތުމާއި، މި ކަންކަމުގެ މައްޗަށް ދަލީލުކުރާ) ހެކިތަކާއި، دليل ތައް ވެއެވެ. އެކަމަކު އެ ދަލީލުތަކަކީ مؤمن ންނަށް ވާ دليل ތަކެކެވެ. ﷲ ގެ ވޮޑިގެންވުމާއި، قدرة ތެރިކަމާއި، ދެނެވޮޑިގަތުމާއި، حكمة ވަންތަކަމާއި، މި ބާވަތުގެ އެންމެހައި ކަންތައްތައް ތެދުކޮށް قبول ކުރާ مؤمن ންނަށް ވާ ދަލީލެވެ.

  4. وَفِي خَلۡقِكُمۡ وَمَا يَبُثُّ مِن دَآبَّةٍ ءَايَٰتٞ لِّقَوۡمٖ يُوقِنُونَ

    Open ayah 45:4

    (އަދި އޭ އިންސާނާއެވެ!) ތިޔަބައިމީހުންގެ ހެއްދެވުމުގައްޔާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲ ހައްދަވައި، ފަތުރުއްވާފައިވާ ގިނަގުނަ دابّة ތަކާއި، مخلوق ންތަކުގައިވެސް އެކަލާނގެ އެއްކައުވަންތަ ކަމާއި ކުޅަދުންވަންތަކަމުގެމައްޗަށް ދަލީލުކުރާ، دليل ތަކާއި، حجّة ތައް ކަނޑައެޅިގެން ވެއެވެ. توحيد قبول ކުރާ ބަޔަކަށެވެ.

  5. وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزۡقٖ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَا وَتَصۡرِيفِ ٱلرِّيَٰحِ ءَايَٰتٞ لِّقَوۡمٖ يَعۡقِلُونَ

    Open ayah 45:5

    އަދި ރޭދުވާ ތަކުރާރު ވުމުގައްޔާއި، އަދި ﷲ އުޑުން ބާވައިލައްވާ ރިޒުގު ކަމުގައިވާ ފެނުގައްޔާއި، އަދި އެ ފެނުގެ ސަބަބުން ބިންގަނޑު މަރުވެފައި އޮތުމަށްފަހު (ގަހެއް، ވިނައެއް ނެތި އޮތުމަށްފަހު) ދެން އެކަލާނގެ އެ ބިންގަނޑު ދިރުއްވައި، ގަސްތަކާއި، ވިނަތައް ފަޅުއްވައި ހެއްދެވުމުގައްޔާއި، އަދި އެކި ދިމަދިމާއިން ޖެހޭގޮތަށް ވައި ބަދަލުކުރެއްވުމުގައްޔާއި، މި މި ކަންކަމުގައި (ﷲ ގެ قدرة ތެރިކަމާއި، އެއްކައުވަންތަކަމާއި، حكمة ވަންތަކަމާއި، ދެނެވޮޑިގަތުމުގެ މައްޗަށް دليل ކުރާ) އެތަކެއް ދަލީލު ބުއްދިކޮށް ވިސްނާ ބަޔަކަށް ވެއެވެ.

  6. تِلۡكَ ءَايَٰتُ ٱللَّهِ نَتۡلُوهَا عَلَيۡكَ بِٱلۡحَقِّۖ فَبِأَيِّ حَدِيثِۭ بَعۡدَ ٱللَّهِ وَءَايَٰتِهِۦ يُؤۡمِنُونَ

    Open ayah 45:6

    (އޭ رسول الله އެވެ.) އެއީ ހައްތާވެސް (ﷲ ވޮޑިގެންވާ ކަމާއި، އެކަލާނގެ އެއްކައުވަންތަކަމާއި، قدرة ތެރިކަމާއި، ދެނެވޮޑިގަތުމާއި، حكمة ވަންތަކަމާއި) މި ކަންކަމަށް دليل ކުރާ ﷲ ގެ دليل ތަކެވެ. ތިމަން ރަސްކަލާނގެ ކަލޭގެފާނަށް އެ دليل ތަކާއި، حجّة ތައް މި بيان ކޮށްދެނީ ހަމަ حقّ ތެދު ގޮތުގައެވެ. ފަހެ އެ مشرك ންގެ މީހުން ﷲ އާއި، އެކަލާނގެ އަންގަވާ دليل ތައް ތެދުނުކޮށް، ދެން ތެދުކޮށް قبول ކުރާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެމީހުން ދެން إيمان ވާނީ ކޮން އެއްޗަކަށް ހެއްޔެވެ؟

  7. وَيۡلٞ لِّكُلِّ أَفَّاكٍ أَثِيمٖ

    Open ayah 45:7

    ގިނަގިނައިން ދޮގުހަދާ، ފާފަކުރުމުގައި ހައްދުފަހަނަޅައިގެންފައިވާ ކޮންމެ މީހަކަށް قيامة ދުވަހުން ويل ހުއްޓެވެ. (ويل އަކީ ނަރަކައިގެ ވާދީއެކެވެ. އެތާނގެ ހޫނު ގަދަކަމާއި، ނުރައްކައު ބޮޑުކަމުން ނަރަކަވެސް އެތަނުން ސަލާމަތްވުމަށް دعاء ކުރާކަމުގައި ވިއެވެ.)

  8. يَسۡمَعُ ءَايَٰتِ ٱللَّهِ تُتۡلَىٰ عَلَيۡهِ ثُمَّ يُصِرُّ مُسۡتَكۡبِرٗا كَأَن لَّمۡ يَسۡمَعۡهَاۖ فَبَشِّرۡهُ بِعَذَابٍ أَلِيمٖ

    Open ayah 45:8

    (އަދި މިބުނާ ދޮގުވެރި، ފާފަވެރީން) ﷲ ގެ އާޔަތްތައް (ކީރިތި قرآن ގެ އާޔަތްތައް) އޭނާގެ މައްޗަށް ކިޔެވޭއަޑު އަހައެވެ. ދެންވެސް އޭނާ (إيمان ނުވެ) كبر ވެރިކަމާއި، ބޮޑާކަން މަތީ ދެމިހުންނަނީއެވެ. އޭނާ އެ آية ތައް ނުވެސް އަހާ ކަހަލައެވެ. ފަހެ އެފަދަ މީހުންނަށް ވޭންދެނިވި عذاب قيامة ދުވަހުން ހުންނާނޭ ކަމުގެ خبر ކަލޭގެފާނު ދެއްވާށެވެ.

  9. وَإِذَا عَلِمَ مِنۡ ءَايَٰتِنَا شَيۡـًٔا ٱتَّخَذَهَا هُزُوًاۚ أُوْلَٰٓئِكَ لَهُمۡ عَذَابٞ مُّهِينٞ

    Open ayah 45:9

    އަދި ތިމަން ރަސްކަލާނގެ އާޔަތްތަކުން ކޮންމެވެސް މިންވަރެއް - އެބަހީ قرآن ން ކޮންމެވެސް މިންވަރެއް - އެފަދަ މީހާއަށް އެނގިއްޖެއްޔާ އޭނާ އެއަށް މަލާމާތްކޮށް، ފުރައްސާރަކުރާން ފަށައެވެ. އެފަދަ ކޮންމެ މީހަކަށް ހުރީ ހަމަ ކަނޑައެޅިގެން އިހާނާތްތެރި عذاب އެވެ. (قرآن ގެ އާޔަތަކަށް ނުވަތަ ސޫރަތަކަށް މަލާމާތްކޮށްލި ކޮންމެ މީހަކު މި حكم ތެރެއަށް ވަންނާނޭކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.)

  10. مِّن وَرَآئِهِمۡ جَهَنَّمُۖ وَلَا يُغۡنِي عَنۡهُم مَّا كَسَبُواْ شَيۡـٔٗا وَلَا مَا ٱتَّخَذُواْ مِن دُونِ ٱللَّهِ أَوۡلِيَآءَۖ وَلَهُمۡ عَذَابٌ عَظِيمٌ 

    Open ayah 45:10

    (ދެން އެފަދަ މީހާ) އޭނާގެ ކުރިމަތީގައި (قيامة ދުވަހުން) އޮތީ ހަމަ ނަރަކައެވެ. އެދުވަހުން އޭނާ ހޯދި މުދަލަކުންވެސް، އަދި ދަރީންގެ ކިބައިން ވިޔަސް އަދި ﷲ ފިޔަވައި އޭނާ ސަހަރޯވެރީން ކަމުގައި ބަލައިގެން އޭނާ އަޅުކަންކުރި ފަރާތްތަކުންވެސް، އަދި އޭނާ ކުރި އެހެން عمل އަކުންވެސް އޭނާއަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ. އޭނާއަށް ހުރީ ބޮޑުވެގެންވާ عذاب އެވެ.

  11. هَٰذَا هُدٗىۖ وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ رَبِّهِمۡ لَهُمۡ عَذَابٞ مِّن رِّجۡزٍ أَلِيمٌ

    Open ayah 45:11

    މިއީ ހަމަ ތެދުމަގެކެވެ. އެބަހީ މި قرآن އަކީ މުޅީންވެސް ހަމަ ތެދުމަގެވެ. އަދި އެބަޔަކު އެބަޔަކުގެ ربّ ގެ އާޔަތްތަކަށް - އެބަހީ قرآن އަށް - ކާފަރުވެއްޖެ ބަޔަކު (ދަންނައެވެ.) އެމީހުންނަށް ހުރީ رِجْز އެވެ ކިޔާ ވޭންދެނިވި عذاب އެވެ. رِجْز އަކީ އެންމެގަދަ عذاب އެވެ.

  12. ۞ٱللَّهُ ٱلَّذِي سَخَّرَ لَكُمُ ٱلۡبَحۡرَ لِتَجۡرِيَ ٱلۡفُلۡكُ فِيهِ بِأَمۡرِهِۦ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ

    Open ayah 45:12

    ﷲ އެއީ ތިޔަބައިމީހުންނަށް ޓަކައި ކަނޑު ކިޔަމަންކުރެއްވި ކަލާނގެއެވެ. އެއީ އެކަލާނގެ أمر ފުޅަށް ތިޔަބައިމީހުން ނައުދޯނގުފަހަރު (މޫދުގައި ދުއްވާ އެންމެހައި އުޅަނދުފަހަރު) އެ ކަނޑުގައި ދުއްވުމަށް ޓަކައެވެ. އަދި އެކަން އެގޮތަށް ލެއްވީ އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން ތިޔަބައިމީހުން ބޭނުންތައް ލިބިގަތުމަށް ޓަކައެވެ. (ދަތުރުފަތުރުކޮށް، ވިޔަފާރީގެ އެންމެހައި ކަމަކަށާއި، حياة ގެ ގިނަ ކަންތައްތަކެއް ހަމަޖެއްސުމަށް ޓަކައެވެ.) އަދި އެ ކަންކަން އެގޮތަށް ލެއްވީ ތިޔަބައިމީހުން ﷲ އަށް شكر ކުރުމަށް ޓަކައެވެ. شكر ކުރޭތޯއެވެ.

  13. وَسَخَّرَ لَكُم مَّا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ جَمِيعٗا مِّنۡهُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ

    Open ayah 45:13

    އަދި އެކަލާނގެއީ ތިޔަބައިމީހުންނަށް ޓަކައި އުޑުތަކާއި، ބިމުގައި ވާ އެންމެހައި ތަކެތި ކިޔަމަން ކޮށްދެއްވި ކަލާނގެއެވެ. އެ ހުރިހައި އެއްޗެއް ވަނީ ހަމަ ﷲ ގެ حضرة ންނެވެ. ހަމަކަށަވަރުން ކަންކަމަށް فكر ކޮށް، ވިސްނާ ބަޔަކަށް (އެކަލާނގެ އެއްކައުވަންތަ ކަމުގެ) ހެއްކާއި، دليل އަދި حجّة މި ކަންކަމުގައި ވެއެވެ.

  14. قُل لِّلَّذِينَ ءَامَنُواْ يَغۡفِرُواْ لِلَّذِينَ لَا يَرۡجُونَ أَيَّامَ ٱللَّهِ لِيَجۡزِيَ قَوۡمَۢا بِمَا كَانُواْ يَكۡسِبُونَ

    Open ayah 45:14

    (އޭ رسول الله އެވެ!) ﷲގެ عداوة ގެ ތެރީންނަށް އެކަލާނގެ ދެއްވަމުން ގެންދަވާނެ عذاب އާއި، مصيبة އާއި، އުނދަގޫތަކާމެދު ބިރުވެތިނުވެ އުޅޭ ކާފަރުންނާއި، مشرك ންގެ ކަންތަކާމެދު އެމީހުންނަށް عفوء ކުރައްވައި، އެކަމާ (އަދި) އަޅައިނުލާން مؤمن ންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ދަންނައެވެ. މިއާޔަތުގެ މި حكم މިއީ ހަނގުރާމައިގެ އާޔަތް ބާވައިލެއްވުމުގެ ކުރީން އޮތް حكم އެއް ކަމުގައި مفسّر ން ވިދާޅުވެއެވެ. ހަނގުރާމައިގެ އާޔަތް ބާވައިލައްވައި، توبة ސޫރަތުގެ އާޔަތްތައް ބާވައިލެއްވުމުން އެމީހުންނަށް عفوء ކޮށް، ދޫދިނުން ނިމުނީއެވެ. والله أعلم އަދި އެކަން އެ ހެއްދެވީ ބަޔަކު މީހުންނަށް އެމީހުން ކުރި ހެޔޮ عمل ތަކުގެ ފުރިހަމަ جزاء އާއި، ثواب އެމީހުންނަށް ދެއްވުމަށެވެ. (މިބުނި މީހުންނަކީ مؤمن ންނެވެ. إسلام دين ގެ ކުރީކޮޅު އެމީހުންނަށް އުނދަގޫތަކާއި، عذاب ތައް، ކާފަރުންގެ ފަރާތުން ލިބުމާއެކުވެސް ކެތްތެރިވެގެން ތިބުމަށް مؤمن ންނަށް އެންގެވިއެވެ. އެ ލިބުނު އުނދަގޫތަކާއި، ކުރި ކެތްތެރިކަމަށް ﷲ އެމީހުންނަށް ގިނަގުނަ ދަރުމަޔާއި، ثواب ދެއްވާނެއެވެ.)

  15. مَنۡ عَمِلَ صَٰلِحٗا فَلِنَفۡسِهِۦۖ وَمَنۡ أَسَآءَ فَعَلَيۡهَاۖ ثُمَّ إِلَىٰ رَبِّكُمۡ تُرۡجَعُونَ

    Open ayah 45:15

    ފަހެ صالح عمل އެއް ކޮށްފި މީހާ (ދަންނައެވެ.) އެ صالح عمل ގެ ދަރުމަޔާއި، ثواب އޮތީ ހަމަ އޭނާއަށެވެ. އޭނާގެ نفس އަށެވެ. އަދި ނުބައިކަމެއް ކޮށްފި މީހާވެސް (ދަންނައެވެ.) އެކަމުގެ عذاب އާއި، عقوبة އޮންނާނީ ހަމަ އޭނާއަށެވެ. އެކަން އޭނާއަށް އޮންނާނެއެވެ. ދެން (މަރުވުމަށްފަހު) ތިޔަބައިމީހުން އެނބުރި رجوع ވުން ވަނީ ހަމަ ތިޔަބައިމީހުންގެ ربّ ގެ حضرة އަށެވެ.

  16. وَلَقَدۡ ءَاتَيۡنَا بَنِيٓ إِسۡرَٰٓءِيلَ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلۡنَٰهُمۡ عَلَى ٱلۡعَٰلَمِينَ

    Open ayah 45:16

    އަދި ހަމަކަށަވަރުން بني إسرائيل ންނަށް (موسى عليه السلام މެދުވެރި ކުރައްވައި) ތިމަން ރަސްކަލާނގެ ފޮތް ދެއްވީމެވެ. އެއީ توراة އެވެ. އަދި މީސްތަކުންގެ މެދުގައި حكم ކުރުމަށް ޓަކައި ވިސްނުމާއި، އަދި فقه ވެރިކަން ދެއްވީމެވެ. އަދި އެ ދަރިކޮޅުގައި نبي ކަންވެސް ލެއްވީމެވެ. (ގިނަ نبي ބޭކަލުން އެ ދަރިކޮޅުން ﷲ ފޮނުއްވިއެވެ.) އަދި حلال ރަނގަޅު، މީރު ކާނާ ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވީމެވެ. (އޭގެ ތެރޭގައި منّ އާއި، سلوى ވެސް ވެއެވެ.) އަދި އޭރު ދުނިޔޭގައި ތިބި އެންމެންގެ މައްޗަށް ތިމަން ރަސްކަލާނގެ އެމީހުން މާތްކުރެއްވީމެވެ.

  17. وَءَاتَيۡنَٰهُم بَيِّنَٰتٖ مِّنَ ٱلۡأَمۡرِۖ فَمَا ٱخۡتَلَفُوٓاْ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۚ إِنَّ رَبَّكَ يَقۡضِي بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ

    Open ayah 45:17

    އަދި حلال އާއި، حرام ގެ ތެރެއިން بيان ވެ ފައުޅުވެގެން شريعة އެމީހުންނަށް އެންގެވީމެވެ. (ނުވަތަ ފަހު ޒަމާނުގެ نبي އާ محمّد ﷺ ފޮނުއްވުމާއި، އެކަލޭގެފާނުންގެ نبي ކަމުގެ خبر އާ ބެހޭ علم އެމީހުންނަށް އެންގެވީމެވެ. މި އާޔަތުގައި މި ދެމާނަ مفسّر ން ލިޔުއްވައެވެ. والله أعلم.) ދެންފަހެ އެ ދެކަމާބެހޭ علم އަދި معلومات ރަނގަޅަށް އެނގުމަށްފަހުގައި މެނުވީ އެމީހުން ދެބަސްވެ، إختلاف ނުވެއެވެ. (އެމީހުން إختلاف ވީ ވެރިކަމާމެދު) އެމީހުންގެ އެކަކު އަނެކަކުގެ މައްޗަށް އޮތް ރުޅިވެރިކަމާއި، حسد ވެރިކަމުންނެވެ. ނުވަތަ محمّد ﷺ އާމެދު އެމީހުންގެ މެދުގައި އޮތް حسد ވެރިކަމުންނެވެ. (އޭ رسول الله އެވެ.) އެމީހުންގެ މެދުގައި އެކަމާމެދު ދެބަސްވެ، إختلاف ވާ ކަންތައްތަކަށް قيامة ދުވަހުން ކަލޭގެފާނުންގެ ربّ އެމީހުންގެ މެދުގައި ނިޔާކުރައްވާ ހުއްޓެވެ.

  18. ثُمَّ جَعَلۡنَٰكَ عَلَىٰ شَرِيعَةٖ مِّنَ ٱلۡأَمۡرِ فَٱتَّبِعۡهَا وَلَا تَتَّبِعۡ أَهۡوَآءَ ٱلَّذِينَ لَا يَعۡلَمُونَ

    Open ayah 45:18

    ދެން ތިމަން ރަސްކަލާނގެ ކަލޭގެފާނު ވަކި شريعة އެއްގެ މައްޗަށްލެއްވީމެވެ. ވަކި منهج އަކަށް ލެއްވީމެވެ. އެއީ دين ގެ ކަންތަކުގައެވެ. ފަހެ ކަލޭގެފާނު އެ شريعة އާއި، އަދި އެ މަގާ تبع ވެވަޑައިގަންނަވާށެވެ. އަދި ނުދަންނަ މީހުންގެ هوى نفس އެދޭގޮތާ تبع ވެވަޑައި ނުގަންނަވާށެވެ!

  19. إِنَّهُمۡ لَن يُغۡنُواْ عَنكَ مِنَ ٱللَّهِ شَيۡـٔٗاۚ وَإِنَّ ٱلظَّٰلِمِينَ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۖ وَٱللَّهُ وَلِيُّ ٱلۡمُتَّقِينَ

    Open ayah 45:19

    (ކަލޭގެފާނު އެމީހުންގެ މަގާ تبع ވެވަޑައިގެންފިއްޔާ) ދެން ﷲ ގެ حضرة ން އަތުވެދާނޭ އެއްވެސް އުނދަގުލެއް އަދި عذاب އެއް ކަލޭގެފާނުންގެ ކިބައިން دفاع ކޮށްދިނުމަށް އެމީހުންނަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ. އަދި ހަމަކަށަވަރުން އަނިޔާވެރީންނަކީ، (مشرك ންނާއި منافق ންނާއި، يهودي ންނަކީ) އޭގެ އެއްބަޔަކު އަނެއް ބަޔަކަށް ސަހަރޯވެރީންނެވެ. އަދި ﷲ އީ تقوى ވެރީންގެ ސަހަރޯވެރިޔާއެވެ.

  20. هَٰذَا بَصَٰٓئِرُ لِلنَّاسِ وَهُدٗى وَرَحۡمَةٞ لِّقَوۡمٖ يُوقِنُونَ 

    Open ayah 45:20

    މިއީ، އެބަހީ شريعة އާ ތަބާ ވުމަށް އެންގެވި އެންގެވުމަކީ، މީސްތަކުންނަށް ވާ إعلان އެކެވެ. (ނުވަތަ މި قرآن އަކީ މީސްތަކުންނަށް ވާ ހިތުގެ ލޮލެކެވެ. منفع ކުރާ ތަކެއްޗާއި، ގެއްލުންދޭ ތަކެތި އެއިން ފެންނާނެއެވެ.) އަދި އެއީ ޝައްކު ނުކޮށް، يقين ކުރާ ބަޔަކަށް ވާ ތެދުމަގަކާއި، އަދި رحمة އެކެވެ.

  21. أَمۡ حَسِبَ ٱلَّذِينَ ٱجۡتَرَحُواْ ٱلسَّيِّـَٔاتِ أَن نَّجۡعَلَهُمۡ كَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ سَوَآءٗ مَّحۡيَاهُمۡ وَمَمَاتُهُمۡۚ سَآءَ مَا يَحۡكُمُونَ

    Open ayah 45:21

    އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ހީކުރަނީ ގަސްތުގައި ނުބައި ކަންތަކަށް އަރައިގަންނަ މީހުންނާއި، އީމާންވެގެން صالح عمل ތައް ކުރި މީހުންނާ، މި ދެބައިމީހުން އެއްފަދަ ވާނޭ ކަމަށެވެ. އެގޮތަށް ތިމަން ރަސްކަލާނގެ ހައްދަވާނޭ ކަމަށެވެ. އެމީހުންގެ ދުނިޔޭގެ حياة އާއި، މަރުވުމަށްފަހު ދެން އޮންނަ އާޚުރަތުގެ حياة ގައިވެސް ދެބައިމީހުން އެއްވަރުވާނޭ ކަމަށެވެ. އެހެންކަމަށް ވަންޏާ، އެމީހުންގެ އެ ނިޔާއަކީ ނުބައިވެގެންވާ ނިޔާއެކެވެ. އެއީ ނުބައި حكم އެކެވެ. (ނުބައިކޮށް އުޅޭ މީހުންނާއި، ހެޔޮލަފާކޮށް صالح عمل ކުރި މީހުންނާ ދެބައިމީހުން ދުނިޔޭގެ حياة ގައި، ފަހަރެއްގައި އެއްވަރު ވެދާނެއެވެ. އަދި ނުލަފާ މީހާގެ حياة ގެ ކަންތައް ދުނިޔޭގައި ފަސޭހަވެސް ބައެއް ފަހަރު ވެދާނެއެވެ. ނަމަވެސް ނުލަފާ ކަންތައް ކުރި މީހުންނަށް آخرة ގެ حياة ގައި ހުންނާނީ ނަރަކައެވެ. ހެޔޮކަންތައް ކޮށް صالح عمل ކުރި މީހުންނަށް ހުންނާނީ ސުވަރުގެއެވެ. އެތާނގެ ހިމަނައި ނުގަނެވޭހާ نعمة އެވެ. މި ދެބައިމީހުން އެއްވަރުވާނީ ކޮންފަދައަކުން ހެއްޔެވެ؟

  22. وَخَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّ وَلِتُجۡزَىٰ كُلُّ نَفۡسِۭ بِمَا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ

    Open ayah 45:22

    އަދި ﷲ تعالى އުޑުތަކާއި، ބިން ހެއްދެވީ ހަމަ عدل ވެރި حقّ ގޮތުގައެވެ. އަދި ހަމަ އެފަދައިން ކޮންމެ نفس އަކަށްވެސް އެ نفس އެއް ހޯދައިގަތް އެއްޗެއްގެ جزاء ދެއްވުމަށެވެ. އަދި (އެދުވަހުން، އެބަހީ آخرة ދުވަހުން) އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ.

  23. أَفَرَءَيۡتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلۡمٖ وَخَتَمَ عَلَىٰ سَمۡعِهِۦ وَقَلۡبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَٰوَةٗ فَمَن يَهۡدِيهِ مِنۢ بَعۡدِ ٱللَّهِۚ أَفَلَا تَذَكَّرُونَ

    Open ayah 45:23

    ތިމާގެ إله އަކީ ތިމާގެ هوى نفس ކަމުގައި ހަދައިގެން އުޅޭ މީހާ (ނުވަތަ މީހުން) ކަލޭގެފާނު ފަހެ ދެކެވަޑައިނުގަންނަވަނީ ތޯއެވެ؟ އަދި ﷲ تعالى އޭނާ މަގުފުރެއްދެވީއެވެ. އެއީ އޭނާއަށް އެކަން حقّ ކަމުގައި ﷲ ދެނެވޮޑިގެން ވާތީއެވެ. އަދި (ހެޔޮ އެއްޗެއް حاصل ނުކުރެވޭ ގޮތުން) އޭނާގެ އިވުމުގައްޔާއި، އޭނާގެ ހިތުގައި ﷲ ސިއްކަ ޖެއްސެވިއެވެ. އަދި އޭނާގެ ލޮލުގެ މަތީގައި ވަނީ މަތިގަނޑެކެވެ. ހުރަހެކެވެ. ފަހެ ﷲ އޭނާ މަގުފުރެއްދެވުމަށްފަހު ދެން އޭނާއަށް ތެދުމަގު ދައްކާނީ ކާކު ހެއްޔެވެ؟ (މި ކަންކަމުން) ތިޔަބައިމީހުން نصيحة އާއި، وعظ ލިބިނުގަންނާނޭ ހެއްޔެވެ؟ (ދަންނައެވެ. ތެދުމަގާއި، إيمان ކަން ދޫކޮށް، ކާފަރުކަން إختيار ކުރާ ކޮންމެ މީހަކު އަޅުކަންކުރާނީ އޭނާގެ هوى نفس އަށެވެ. އެމީހަކަށް ފެންނަ އެއްޗަކަށެވެ. އޭނާ إيمان ކަމާއި، ތެދުމަގު إختيار ނުކުރިކަމަށް ޓަކައި ﷲ އޭނާ މަގުފުރައްދަވައެވެ. އޭނާގެ އިވުމާއި، ފެނުމާއި، އަދި ހިތުގައި ﷲ ސިއްކަ ޖައްސަވައެވެ. އެބަހީ ހެޔޮބަހެއް އިވުމުގެ، ހެޔޮ އެއްޗެއް ފެނުމުގެ، އަދި ހެޔޮ އެއްޗެއް ވިސްނުމުގެ توفيق އެއް އޭނާއަކަށް ނުހުންނާނެއެވެ. އަލުންވެސް ﷲ އޭނާއަށް ތެދުމަގު ދެއްކެވިއްޔާ މެނުވީ އޭނާއަކަށް ތެދުމަގު ނުލިބޭނެއެވެ.)

  24. وَقَالُواْ مَا هِيَ إِلَّا حَيَاتُنَا ٱلدُّنۡيَا نَمُوتُ وَنَحۡيَا وَمَا يُهۡلِكُنَآ إِلَّا ٱلدَّهۡرُۚ وَمَا لَهُم بِذَٰلِكَ مِنۡ عِلۡمٍۖ إِنۡ هُمۡ إِلَّا يَظُنُّونَ

    Open ayah 45:24

    އަދި އެ ކާފަރުން ބުނެއެވެ. މި ދުނިޔޭގެ حياة ނޫން ދެން އެހެން حياة އެއް، އަހުރެމެންނަކަށް ނުވެއެވެ. އެ حياة ގައި އެއްބަޔަކު ދިރި، އަނެއް ބަޔަކު މަރުވަމުން ދަނީއެވެ. އަދި ޒަމާން މެނުވީ އަހުރެމެން ހަލާކު ކުރާ ކަމުގައި ނުވެއެވެ. އެބަހީ އެއްބަޔަކު ދިރި، އަނެއް ބަޔަކު މަރުވަމުން މިދަނީ ޒަމާނުގެ ދައުރު ކުރުމުންނެވެ. އެއީ ޒަމާނުގެ އާދައެވެ. އެއަކު އެހެން ކަމެއް ވަކި އޮތީއެއް ނޫނެވެ. އެހެން ނަމަވެސް އެމީހުން އެހެން ބުނަނީ އެއްވެސް دليل އެއް، އަދި އެނގުމެއް އެމީހުންނަށް އޮވެގެން ނޫނެވެ. ހަމަ ބުނާ ބުނުމެކެވެ. ހަމަ ހުސް ހީތަކެއް ކުރާ ބަޔަކު ކަމުގައި މެނުވީ އެމީހުން ނުވެއެވެ.

  25. وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ مَّا كَانَ حُجَّتَهُمۡ إِلَّآ أَن قَالُواْ ٱئۡتُواْ بِـَٔابَآئِنَآ إِن كُنتُمۡ صَٰدِقِينَ

    Open ayah 45:25

    އަދި بيان ވެ، ފައުޅުވެގެންވާ އާޔަތްތައް އެމީހުންގެ މައްޗަށް ކިޔެވިއްޖެއްޔާވެސް އެމީހުން މިފަދައިން ބުނުން ނޫން އެހެން އެއްވެސް حجّة އެއް دليل އެއް ނުވެއެވެ. އެމީހުން ބުނެއެވެ. ތިޔަބައިމީހުން ތިޔަ ބުނަނީ ތެދެއް ކަމުގައި ވަންޏާ މަރުވެ ގޮސްފައިވާ އަހުރެމެންގެ ކާބަފައިން ނިކަން (ދިރުވައިގެން) ގެނަސްދީބަލާށެވެ. (އެމީހުންގެ حجّة އަކީ އެއީއެވެ. އެހެން އެއްވެސް دليل އެއް ނޯވެއެވެ. حقيقة ގައި އެއީ ކަމާ ނުބެހޭ ވާހަކައެކެވެ. އެހެނީ ދިރުއްވައި، އެއްކުރައްވާނޭ ކަމަށް އަންގަވަނީ قيامة ދުވަހުންނެވެ. ދުނިޔޭގައި ދެވަނަ ފަހަރަށް ދިރުއްވާ ވާހަކައެއް ނާންގަވައެވެ.

  26. قُلِ ٱللَّهُ يُحۡيِيكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يَجۡمَعُكُمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ لَا رَيۡبَ فِيهِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ

    Open ayah 45:26

    (އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (ދުނިޔޭގައި ކަލޭމެންގެ އަސަރުވެސް ނެތީސް) ކަލޭމެން ދިރުއްވަނީ ﷲ އެވެ. ދެން ދުނިޔޭގައި އުޅެ، ކަލޭމެންގެ عمر ހަމަވުމުން މަރުއްވަނީވެސް ހަމަ އެކަލާނގެއެވެ. (ކުރި عمل ތަކަށް ދެން ހިސާބު ބައްލަވައި، ޖަޒާދެއްވުމަށް) ކަލޭމެން އެއްކުރައްވާ، محشر ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ. އެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ. އެހެން ނަމަވެސް ގިނަ މީހުންނަކަށް އެކަމެއް ނޭނގެއެވެ.

  27. وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَيَوۡمَ تَقُومُ ٱلسَّاعَةُ يَوۡمَئِذٖ يَخۡسَرُ ٱلۡمُبۡطِلُونَ

    Open ayah 45:27

    އަދި އުޑުތަކާއި، ބިމުގެ މުޅި ملك - (އެންމެހައި ތަކެތި) - خاصّ ވެ، މިލްކުވެގެން ވަނީ ހަމަ ﷲ އަށެވެ. (އެ ތަކެއްޗަކީ އެކަލާނގެ ތަކެއްޗެވެ. އެކަލާނގެއީ އެތަކެތީގެ ވެރިޔާއެވެ.) އަދި قيامة قائم ވާ ދުވަހުން ދޮގުވެރީންނާއި، ކާފަރުންނާއި، އަދި އެންމެހައި باطل عقيدة ތަކުގެ أهل ވެރީން ގެއްލި ހަލާކުވާ ހުއްޓެވެ.

  28. وَتَرَىٰ كُلَّ أُمَّةٖ جَاثِيَةٗۚ كُلُّ أُمَّةٖ تُدۡعَىٰٓ إِلَىٰ كِتَٰبِهَا ٱلۡيَوۡمَ تُجۡزَوۡنَ مَا كُنتُمۡ تَعۡمَلُونَ

    Open ayah 45:28

    އަދި ކޮންމެ ދީނެއްގެ، އަދި ކޮންމެ ملّة އެއްގެ أهل ވެރި ބަޔަކުވެސް قيامة ދުވަހުން ކަލޭގެފާނު ދެކެވަޑައިގަންނަވާހީ ކަކުލާއި، ފައިގެ އިނގިލިތަކާ އެކަނި ބިންމަތީ ޖައްސައިގެން އިށީނދެގެން ވަނިކޮށެވެ. (އެއީ އެދުވަހުގެ ބިރުވެރިކަމާއި، ނުރައްކާކަމުންނެވެ. حساب ބައްލަވާއިރުވެސް ތިބޭނީ އެގޮތަށެވެ.) އަދި ކޮންމެ أمّة އަކަށްވެސް އެ أمّة އަކަށް ބާވައިލެއްވުނު ފޮތުގެ ނަމުން ގޮވޭނެއެވެ. އަދި އެމީހުންނަށް އެންގޭނެއެވެ. ތިޔަބައިމީހުން ދުނިޔޭގައި ކުރި ކަންތަކަށް މިއަދު ތިޔަބައިމީހުންނަށް جزاء ދެއްވޭނެއެވެ.

  29. هَٰذَا كِتَٰبُنَا يَنطِقُ عَلَيۡكُم بِٱلۡحَقِّۚ إِنَّا كُنَّا نَسۡتَنسِخُ مَا كُنتُمۡ تَعۡمَلُونَ

    Open ayah 45:29

    އަދި މިއޮތީ ތިމަން ރަސްކަލާނގެ ފަތެވެ. (އެބަހީ މަލާއިކަތް ބޭކަލުން ލައްވައި ތިމަން ރަސްކަލާނގެ ލިޔުއްވި ކަލޭމެންގެ عمل ގެ ފަތެވެ.) އެ ފަތް ހަމަ حقّ ގޮތުގައި ކަލޭމެންގެ މައްޗަށް ބަސްބުނާނެއެވެ.

  30. فَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَيُدۡخِلُهُمۡ رَبُّهُمۡ فِي رَحۡمَتِهِۦۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡمُبِينُ 

    Open ayah 45:30

    ފަހެ إيمان ވެގެން صالح عمل ތައް ކުރި މީހުން ދަންނައެވެ. އެބައިމީހުންގެ ربّ އެކަލާނގެ رحمة ގެ ތެރެއަށް، އެބަހީ ސުވަރުގެއަށް އެމީހުން ވައްދަވާ ހުއްޓެވެ. بيان ވެގެންވާ ނަސީބަކީ އެއީއެވެ.

  31. وَأَمَّا ٱلَّذِينَ كَفَرُوٓاْ أَفَلَمۡ تَكُنۡ ءَايَٰتِي تُتۡلَىٰ عَلَيۡكُمۡ فَٱسۡتَكۡبَرۡتُمۡ وَكُنتُمۡ قَوۡمٗا مُّجۡرِمِينَ

    Open ayah 45:31

    އަދި ކާފަރުވެއްޖެ މީސްތަކުން ދަންނައެވެ. އެމީހުންނަށް އެދުވަހުން އެންގޭނެއެވެ. (ކަލޭމެން ދުނިޔޭގައި ތިބިއިރު) ތިމަން ރަސްކަލާނގެ އާޔަތްތައް ތިޔަބައިމީހުންގެ މައްޗަށް ކިޔެވޭކަމުގައި ނުވޭ ހެއްޔެވެ؟ (އެބަހީ ކިޔެވޭކަމުގައި ވިއެވެ.) ދެން ތިޔަބައިމީހުން އެއަށް ބޮޑާވެ، كبر ވެރިވީއެވެ. އަދި ތިޔަބައިމީހުން ވީ ފާފަވެރި، ނުބައި مجرم ން ކަމުގައެވެ.

  32. وَإِذَا قِيلَ إِنَّ وَعۡدَ ٱللَّهِ حَقّٞ وَٱلسَّاعَةُ لَا رَيۡبَ فِيهَا قُلۡتُم مَّا نَدۡرِي مَا ٱلسَّاعَةُ إِن نَّظُنُّ إِلَّا ظَنّٗا وَمَا نَحۡنُ بِمُسۡتَيۡقِنِينَ

    Open ayah 45:32

    އަދި ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ އެކެވެ. (އެބަހީ މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި، محشر ކުރެއްވުމުގެ وعد ފުޅު އެއީ حقّ އެކެވެ.) އަދި قيامة ދުވަހަކީ ޝައްކެއް ނެތި އަންނާނޭ ދުވަހެކެވެ. މިހެން ތިޔަބައިމީހުންނަށް ބުނެވިއްޖެއްޔާ ތިޔަބައިމީހުން ބުނެއެވެ. قيامة ދުވަސް އެއީ ކޮން ދުވަހެއްކަމެއް އަހުރެމެންނަކަށް ނޭނގެއެވެ. އެއީ ހަމަ ހީކޮށްގެން ދައްކާ ވާހަކައެއް ކަމުގައި މެނުވީ އަހުރެމެން ހީނުކުރަމެވެ. އަދި އެ ދުވަސް އެއީ އަންނާނޭ ދުވަހެއްކަން يقين ކުރާ ބަޔަކު ކަމުގައި އަހުރެމެން ނުވަމުއެވެ.

  33. وَبَدَا لَهُمۡ سَيِّـَٔاتُ مَا عَمِلُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ

    Open ayah 45:33

    އަދި އެދުވަހުން އެމީހުން ދުނިޔޭގައި ކުރި ކަންތަކުގެ ނުބައިކަން އެމީހުންނަށް ފައުޅުވާނެއެވެ. އަދި އެކަމާމެދު އެމީހުން މަލާމާތްކޮށް، ފުރައްސާރަކުރި ކަންތައް އެމީހުން ވަށައިލާނެއެވެ. އެއެއްޗަކީ عذاب އެވެ.

  34. وَقِيلَ ٱلۡيَوۡمَ نَنسَىٰكُمۡ كَمَا نَسِيتُمۡ لِقَآءَ يَوۡمِكُمۡ هَٰذَا وَمَأۡوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّٰصِرِينَ

    Open ayah 45:34

    އަދި (އެމީހުން ނަރަކައިގެ ގަދަ عذاب ގައި ތެޅިފޮޅި، ހަޅޭލަވަމުން ދާހިނދު) އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން ދުނިޔޭގައި ތިބިއިރު، މި ދުވަހާ ބައްދަލުވާނޭކަން ހަނދާން ނައްތައިލި ފަދައިން ތިމަން ރަސްކަލާނގެވެސް މިއަދު ކަލޭމެން (ނަރަކައަށް ލުމަށްފަހު) ކަލޭމެންގެ މަތީން ހަނދާން ނައްތާލާ ހުށީމެވެ. އަދި ކަލޭމެންގެ ތަނަކީ ހަމަ ނަރަކައެވެ. އަދި ކަލޭމެންނަށް نصر ދީ، އެހީވާނޭ އެކަކުވެސް ނުވާނެއެވެ.

  35. ذَٰلِكُم بِأَنَّكُمُ ٱتَّخَذۡتُمۡ ءَايَٰتِ ٱللَّهِ هُزُوٗا وَغَرَّتۡكُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ فَٱلۡيَوۡمَ لَا يُخۡرَجُونَ مِنۡهَا وَلَا هُمۡ يُسۡتَعۡتَبُونَ

    Open ayah 45:35

    ކަލޭމެންނަށް ތިޔަހެން ތިޔަވީ ކަލޭމެން (ދުނިޔޭގައި ތިބިއިރު) ﷲ ގެ އާޔަތްތަކަކީ އެއީ ކުޅޭކުޅޭ އެއްޗަކަށް ހަދައިލައި، އެއީ މަލާމާތްކުރެވޭ އެއްޗެއް ކަމުގައި ހަދައިލިކަމެވެ. އަދި ދުނިޔޭގެ ދިރިއުޅުން ކަލޭމެން ހައްލައި، އަވަދިކޮށްލީއެވެ. އެޔަށް ހެއްލިގަތީއެވެ. ފަހެ ދެން މިއަދު އެމީހުން އެތަނުން، يعني ނަރަކައިން ނުނެރެވޭނެއެވެ. އަދި ﷲ ގެ ކިޔަމަންތެރިކަމުގެ ތެރެއަށް ވަނުމަށް އެދެވޭނޭ ބަޔަކު ކަމުގައި -އަދި ﷲ ރުހިވޮޑިގަންނަވާނޭ ގޮތަށް އުޅުމަށް އެދެވޭނޭ ބަޔަކު ކަމުގައި - އެމީހުން ނުވެއެވެ.

  36. فَلِلَّهِ ٱلۡحَمۡدُ رَبِّ ٱلسَّمَٰوَٰتِ وَرَبِّ ٱلۡأَرۡضِ رَبِّ ٱلۡعَٰلَمِينَ

    Open ayah 45:36

    ފަހެ އެންމެހައި حمد އާއި، تعريف އާއި، ثناء އެއް حقّ ވެގެން ވަނީ ހަމަ ﷲ އަށެވެ. އެއީ އުޑުތަކުގެ ވެރި ربّ އެވެ. އަދި ބިމުގެވެސް ربّ އެވެ. އަދި އެންމެހައި عالم ތަކުގެ ވެރި ربّ އެވެ.

  37. وَلَهُ ٱلۡكِبۡرِيَآءُ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ

    Open ayah 45:37

    އަދި އުޑުތަކާއި، ބިމުގައިވެސް ކީރިތިކަމާއި، މާތްކަމާއި، كبرياء ވަންތަކަން خاصّ ވެގެން ވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ عزّة ވަންތަ، حكمة ވަންތަ ކަލާނގެއެވެ.