المرسلات
Al-Mursalaat
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
وَٱلۡمُرۡسَلَٰتِ عُرۡفٗا
Open ayah 77:1ހޭއަރުވައިލުމެއް ------------- ދަންނައެވެ. މިސޫރަތުގެ ކުރީކޮޅުގެ ހައާޔަތުގެ ތަފުސީރާއިމެދު ތަފުސީރު ޢިލްމުވެރިންގެ މެދުގައި ބަސްތަފާތު ވެފައިވެއެވެ. އޭގެތެރެއިންބައެއްބޭކަލުން ވިދާޅުވަނީ - وَالْمُرْسَلات - وَالْعَصِفَات - وَالنَّاشِرَات - فَالْفَارِقَات - فَالْمُاالقِيَات - މި ލަފުޒުތަކުގެ މާނައަކީ ވައިގެ އެކިވައްތަރުކަމަށެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ މަލާއިކަތްބޭކަލުން ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވާގޮތުގައި ފުރަތަމަ ތިން ލަފުޒު އެއީ ވަޔަށް ކިޔާ ތިންނަންކަމަށެވެ. އަނެއްދެ ލަފުޒު އެއީ މަލާއިކަތްބޭކަލުންނަށް ކިޔާ ދެނަންކަމަށެވެ. ދެންފަހެ މިބޭކަލުންގެ މިހުރިހާ ވާހަކައެއްގެ ޚުލާސާއެއްގެގޮތުން އެންމެ مُعْتبر تَفْسِير ފޮތުގެ مُؤَلِّف إبْن جَرِير الطبري ވިދާޅުވީ އެތަނުން ވަކިމާނައެއް އިސްކުރެވޭނެ ދަލީލެއްނެތެވެ. ދެމާނަވެސް ދޭހަވެއެވެ. ވީމާ އެތަނުން ކޮންމެ މާނައެއްވެސް ރަނގަޅެވެ. وَالله أَعْلَم. މިފޮތުގައި ލިޔެފައިމިވަނީ މީގެތެރެއިން އެއްގޮތެވެ. ------------- ވިދިވިދިގެން ޖެހޭ ރަނގަޅުވައި ގަންދެއްވައި ﷲ ހުވައިވަޙީ ކުރައްވައެވެ.
فَٱلۡعَٰصِفَٰتِ عَصۡفٗا
Open ayah 77:2އަދި ތަކެތި ހަލާކުވާފަދަ ގަދަވައި ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވައެވެ.
وَٱلنَّٰشِرَٰتِ نَشۡرٗا
Open ayah 77:3އަދި ވާރޭވިލާތައް (ފެންވެހޭ ވިލާތައް) އުޑުގައި ފަތުރާލާ ވިލާތައް ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވައެވެ.
فَٱلۡفَٰرِقَٰتِ فَرۡقٗا
Open ayah 77:4ފަހެ ކަނޑައެޅިގެން ޙައްޤުއާއި ބާޠިލު އަދި ޙަލާލާއި ޙަރާމް ފަރަޤުކުރައްވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވައެވެ.
فَٱلۡمُلۡقِيَٰتِ ذِكۡرًا
Open ayah 77:5އަދި ވަޢުޡާއި ނަޞޭހަތް އަދި އިންޒާރާއިގެން ވަޑައިގަންނަވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.
عُذۡرًا أَوۡ نُذۡرًا
Open ayah 77:6އަދި އެބޭބޭކަލުން އެވަޑައިގަންނަވަނީ ﷲ ގެ ޙަޟްރަތުން ޢުޒުރާއި އަދި އިންޒާރު ގެ ގޮތުންނެވެ. މިހުރިހާ އެއްޗެއް ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވަނީ ބޮޑުކަމެއްގެ މައްޗަށެވެ. އެކަމަކީ،
إِنَّمَا تُوعَدُونَ لَوَٰقِعٞ
Open ayah 77:7ހަމަކަށަވަރުން ތިޔަބައިމީހުންނަށް ވަޢުދު ވެވިގެންވާ ކަންތައްތައް ހަމަކަށަވަރުން ވާޤިޢު ވާނެއެވެ. ދިމާވާނެކަން ކަށަވަރެވެ. އެއީ ޤިޔާމަތް ދުވަހުން ހެޔޮކަމާއި ނުބައިކަން ބެލިވި އެއަށް ޖަޒާލިބުމެވެ. އެއީ ނުވެ ނުދާނެކަމެކެވެ.
فَإِذَا ٱلنُّجُومُ طُمِسَتۡ
Open ayah 77:8(އެފަދަ ކަންތައް ހިނގާނީ؛) ތަރިތަކުގެ ނޫރު ފިލައިގޮސް އަނދިރިވެއްޖެއްޔާއެވެ.
وَإِذَا ٱلسَّمَآءُ فُرِجَتۡ
Open ayah 77:9އަދި އުޑުފަޅައިގެންގޮސް ދުރުވެ ފޭވެއްޖެއްޔާއެވެ.
وَإِذَا ٱلۡجِبَالُ نُسِفَتۡ
Open ayah 77:10އަދި ފަރުބަދަތައް އޭގެ މަކާނުން ލުހެވި ކުދިކުދިވެ ބުރަބުރައިގެން ހިނގައްޖެއްޔާއެވެ.
وَإِذَا ٱلرُّسُلُ أُقِّتَتۡ
Open ayah 77:11އަދި ރަސޫލު ބޭކަލުންނަށް (އެބޭކަލުންނާއި އެބޭކަލުންގެ އުންމަތްތަކާދެމެދު فَيْصِلَة ކުރުމަށް) ވަގުތު ކަނޑައެޅިއްޖެއްޔާއެވެ.
لِأَيِّ يَوۡمٍ أُجِّلَتۡ
Open ayah 77:12އެބޭބޭކަލުން ފަސްކުރެވުނީ ކޮންދުވަހަކަށްޓަކައިހެއްޔެވެ؟
لِيَوۡمِ ٱلۡفَصۡلِ
Open ayah 77:13އެބޭބޭކަލުން ފަސްކުރެވުނީ (އެބަހީ ދުނިޔޭގައި އެބޭކަލުންނާއި އުންމަތްތަކާއިމެދު فَيْصِلَة ނުކުރެވި ލަސްކުރެވުނީ) ކަންތައްތަކަކަށް فَيْصِلَة ކުރައްވައި ހިސާބުބައްލަވާ ދުވަހަކަށެވެ.
وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلۡفَصۡلِ
Open ayah 77:14އަދި އެފަދަ فَيْصِلَة ކުރައްވާ ދުވަހަކީ ކޮން ދުވަހެއްކަން ކަލޭގެފާނަށް އަންގަވައިދެއްވަނީ ކޮންކަމެއްތޯއެވެ؟ (ފަހެ މިފަދަ ސުވާލަކީ އެކަމުގެ މުހިންމުކަމާއި ސީރިއަސްކަން ހާމަކުރެއްވުމަށް ހުންނަ ސުވާލެވެ.)
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ
Open ayah 77:15އަދި ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (وَيْلُ އަކީ ގަދަ ޢަޒާބެވެ. ނުވަތަ ނަރަކައިގެ ވަކި وَادِي އެކެވެ.) ނުވަތަ وَيْلُ އަކީ ހަލާކަށްކިޔާ ނަމެކެވެ. އެބަހީ ދޮގުވެރިންނަށް އެދުވަހުން ހަލާކު ހުއްޓެވެ. މިއެވެ.
أَلَمۡ نُهۡلِكِ ٱلۡأَوَّلِينَ
Open ayah 77:16އިސްވެދިޔަ މީސްތަކުން ތިމަންރަސްކަލާނގެ ހަލާކު ނުކުރަންހެއްޔެވެ؟ (އިސްވެދިޔަ މީހުންނެވެ އެންގެވި ބަސްފުޅުގެ މުރާދަކީ آدَم ގެފާނުއްސުރެ مُحَمَّدُ صَلَّي الله عَلَيه وَسَلَّم އާއި ހަމައަށް އައި އުންމަތުގައި އުޅުނު ރަސޫލު ބޭކަލުން ދޮގުކުރި މީހުންނެވެ. އެމީހުން ހަލާކު ކުރައްވައި މެރުއްވިއެވެ.)
ثُمَّ نُتۡبِعُهُمُ ٱلۡأٓخِرِينَ
Open ayah 77:17ދެންފަހުގެމީހުން އެމީހުންނާއި تَبَعَ ކުރައްވާ ހުށީމެވެ. (އެބަހީ ފަހުގެމީހުންވެސް ރަސޫލާ ދޮގުކޮށްފިއްޔާ އެމީހުންނެކޭ އެއްގޮތަށް ހަލާކު ކުރައްވާހުރީމެވެ. ފަހުގެމީހުންނޭ އެންގެވި ބަސްފުޅުގެމުރާދަކީ مُحمَّد صَلّى الله علَيْه وَسلم ރަސޫކަމާއިގެން ފޮނުއްވިފަހުން ދެންއަންނާނެހާބައެކެވެ. އެމީހުންކުރެ ރަސޫލުދޮގުކުރި މީހުންނެވެ. އޭގެ އެންމެފުރަތަމަބަޔަކީ މައްކާގެ މުޝްރިކުންނެވެ. ދެންވެސް އެފަދަމީހުންނެވެ.)
كَذَٰلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ
Open ayah 77:18މުޖްރިމުންނާއިމެދު ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ.
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ
Open ayah 77:19ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)
أَلَمۡ نَخۡلُقكُّم مِّن مَّآءٖ مَّهِينٖ
Open ayah 77:20އަދި ނިކަމެތިވެގެންވާ ދެރަފެންފޮދަކުން އެބަހީ نُطْفَة އަކުން ތިމަންރަސްކަލާނގެ ކަލޭމެން ނުހައްދަވަމުހެއްޔެވެ؟ އެބަހީ ކަލޭމެންހެއްދެވީ ދެރަފެންފޮދަކުންނެވެ.
فَجَعَلۡنَٰهُ فِي قَرَارٖ مَّكِينٍ
Open ayah 77:21ދެން އެ نُطْفَة قرار ވެގެން ރައްކާތެރި ތަނަކަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. (އެއީ އަންހެންމީހާ رَحِم‘ ގެތެރެއަށެވެ.)
إِلَىٰ قَدَرٖ مَّعۡلُومٖ
Open ayah 77:22އެއީ ކަނޑައެޅި عَين ވެގެންވާ مدت އަކަށެވެ. (އެއީބަލިވެއިނދެ ދުވަސް ފުރެންދެނެވެ.)
فَقَدَرۡنَا فَنِعۡمَ ٱلۡقَٰدِرُونَ
Open ayah 77:23ދެން ތިމަންރަސްކަލާނގެ އެ نُطْفَة މިންވަރުކުރެއްވީމެވެ. (އެބަހީ ގުނަވަންތަކާއި ސިފަތަށް ބަރާބަރުކޮށް ފުރިހަމަ އިންސާނަކަށް މިންވަރުކުރެއްވީމެވެ.) ތިމަންރަސްކަލާނގެއީ މޮޅަށް މިންވަރުކުރަށްވާ ރަސްކަލާނގެއެވެ.
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ
Open ayah 77:24ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)
أَلَمۡ نَجۡعَلِ ٱلۡأَرۡضَ كِفَاتًا
Open ayah 77:25،، ދިރޭތަކެއްޗާއި މަރުވާތަކެތި ޖަމާކޮށް އެއްކުރާތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ނުލައްވަންހެއްޔެވެ؟ (އެބަހީ އެދެވައްތަރު ޖަމާކޮށް އެއްކުރާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ލެއްވީމެވެ. އެއީ ދިރޭ އެންމެހާ ތަކެތި ބިންގަނޑުމަތީގައި އަދި މަރުވާތަކެތި ބިމުގެ ބަނޑުގައި (ބިމުގެ ތެރޭގައި) ޖަމާކުރެއްވީމެވެ.) އަދި އެބިމުގައި އުސް ފަރުބަދަތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި މީރުފެން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބޯންދެއްވަމެވެ.
أَحۡيَآءٗ وَأَمۡوَٰتٗا
Open ayah 77:26،، ދިރޭތަކެއްޗާއި މަރުވާތަކެތި ޖަމާކޮށް އެއްކުރާތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ނުލައްވަންހެއްޔެވެ؟ (އެބަހީ އެދެވައްތަރު ޖަމާކޮށް އެއްކުރާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ލެއްވީމެވެ. އެއީ ދިރޭ އެންމެހާ ތަކެތި ބިންގަނޑުމަތީގައި އަދި މަރުވާތަކެތި ބިމުގެ ބަނޑުގައި (ބިމުގެ ތެރޭގައި) ޖަމާކުރެއްވީމެވެ.) އަދި އެބިމުގައި އުސް ފަރުބަދަތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި މީރުފެން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބޯންދެއްވަމެވެ.
وَجَعَلۡنَا فِيهَا رَوَٰسِيَ شَٰمِخَٰتٖ وَأَسۡقَيۡنَٰكُم مَّآءٗ فُرَاتٗا
Open ayah 77:27،، ދިރޭތަކެއްޗާއި މަރުވާތަކެތި ޖަމާކޮށް އެއްކުރާތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ނުލައްވަންހެއްޔެވެ؟ (އެބަހީ އެދެވައްތަރު ޖަމާކޮށް އެއްކުރާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ ބިންގަނޑު ލެއްވީމެވެ. އެއީ ދިރޭ އެންމެހާ ތަކެތި ބިންގަނޑުމަތީގައި އަދި މަރުވާތަކެތި ބިމުގެ ބަނޑުގައި (ބިމުގެ ތެރޭގައި) ޖަމާކުރެއްވީމެވެ.) އަދި އެބިމުގައި އުސް ފަރުބަދަތަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި މީރުފެން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބޯންދެއްވަމެވެ.
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ
Open ayah 77:28ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)
ٱنطَلِقُوٓاْ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ
Open ayah 77:29(مَحْشَر ގެ މައިދާނުގައި قِيَامة ދުވަހާއި ނަރަކަ ދޮގުކުރި މީހުންނަށް އެންގޭނެއެވެ.) ތިޔަބައިމީހުން (ދުނިޔޭގައި ތިބިއިރު) އެއެއްޗެއް ދޮގުކުރި އެއްޗާއި ދިމާއަށް ތިޔަބައިމީހުން ދާށެވެ.
ٱنطَلِقُوٓاْ إِلَىٰ ظِلّٖ ذِي ثَلَٰثِ شُعَبٖ
Open ayah 77:30ނަރަކައިގެ ތިންބަޔަކަށް ބެހިފައިވާ ދުންގަނޑުގެ ހިޔަލަށް ކަލޭމެންދާށެވެ.
لَّا ظَلِيلٖ وَلَا يُغۡنِي مِنَ ٱللَّهَبِ
Open ayah 77:31އެހިޔަލުގައި އެއްވެސް ފިނިކަމެއް އަދި ނަރަކައިން އަރާ ހޫނު އަލިފާންގަޑުން ލުއިކަމެއް ފުއްދައިދިނުމެއްނުވެއެވެ.
إِنَّهَا تَرۡمِي بِشَرَرٖ كَٱلۡقَصۡرِ
Open ayah 77:32ހަމަކަށަވަރުން އެނަރަކަ ބޮޑެތި ބިލްޑިންގުވަރުގެ ކަނި (ހުޅުގަނޑު) އުކާނެއެވެ.
كَأَنَّهُۥ جِمَٰلَتٞ صُفۡرٞ
Open ayah 77:33އެވައްތަރުވާނީ ކަޅު ނުވަތަ ކަޅުކުލައިގެ ޖަމަލުތަކަކާއެވެ.
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ
Open ayah 77:34ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.) ދަންނައެވެ. ތެއްތިރީސްވަނަ އާޔަތުގައިވާ جِمَا لَتٌ صُفْرٌމިދެކަލިމައިން ކުރެ صُفْرٌ މިކަލިމަޔާމެދު ތަފްސީރު ޢިލްމުވެރިންގެ މެދުގައި ބަސްތަފާތުވެފައިވެއެވެ. އެއީ ކަޅުކުލަޔާ ދޮންކުލަޔާމެދުގައެވެ. ބައެއްބޭކަލުން ވިދާޅުވަނީ އެއީ ކަޅުކުލަ ކަމަށެވެ. އަނެއްބައިބޭކަލުން ވިދާޅުވަނީ އެއި ދޮން ކުލަ ކަމަށެވެ. ވީމާ މި ބަޙުޘް ހިނގާފައިވާވާހަކަ ހަނދާންކޮށްލަމެވެ.
هَٰذَا يَوۡمُ لَا يَنطِقُونَ
Open ayah 77:35މިއަދު މިޤިޔާމަތްދުވަހަކީ އެމީހުން އެބަހީ ނަރަކަވަންތަވެރިން ވާހަކަނުދައްކާނެދުވަހެވެ. ބަސްނުބުނާނެއެވެ. އެމީހުން ވާހަކަދައްކާކަށް ކުޅަދާނަނުވާނެއެވެ. އަގަތަކުގައިވާނީ ސިއްކަޖެހެވި ބަންދުކުރެވިފައެވެ. އަދި އޭރު ހިސާބު ބައްލަވާނިމިގެން ނަރަކައަށްވައްދަވަނީއެވެ.
وَلَا يُؤۡذَنُ لَهُمۡ فَيَعۡتَذِرُونَ
Open ayah 77:36އަދި އެމީހުން ބަހަނާދައްކާ ޢުޒުރުވެރިވާކަށް އިޒުނަ ނުލިބޭނެއެވެ. ޢުޒުރުވެރިވެވޭނީވެސް އެހެންނަމަތާއެވެ.
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ
Open ayah 77:37ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)
هَٰذَا يَوۡمُ ٱلۡفَصۡلِۖ جَمَعۡنَٰكُمۡ وَٱلۡأَوَّلِينَ
Open ayah 77:38(އެދުވަހު ނަރަކަވަންތަވެރި ދޮގުވެރިންނަށް އެންގޭނެއެވެ.) މިއަދަކީ މިއީ فَيْصِلَة ކުރާ ދުވަހެވެ. ކަލޭމެންނާއި އެބަހީ مُحَمد صَل الله عَلَيه وَسَلمَ އުއްމަތުގެ މީހުންނާއި އަދި އިސްވެދިޔަ أمة ތަކުގައިވެސް ތިބިއެންމެހާ ދޮގުވެރިން ތިމަންރަސްކަލާނގެ ޖަމާކުރައްވާދުވަހެވެ.
فَإِن كَانَ لَكُمۡ كَيۡدٞ فَكِيدُونِ
Open ayah 77:39ދެން ފަހެ ތިމަންރަސްކަލާނގެ އަތްދަށުން މިއަދު عَذابُ އާއި ހަލާކުން ކަލޭމެން ފިލައިގެންދިއުމަށް ކަލޭމެން ހަދާނެމަކަރެއް އަދި ހީލަތެއްއޮތިއްޔާ ނިކަންހަދައިބަލާށެވެ. (އެއްވެސް މަކަރެއް ހީލަތެއް ނުހެދޭނެއެވެ.)
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ
Open ayah 77:40ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)
إِنَّ ٱلۡمُتَّقِينَ فِي ظِلَٰلٖ وَعُيُونٖ
Open ayah 77:41ހަމަކަށަވަރުން تَقْوَى ވެރިން އެދުވަހުން ތިބޭނީ ބޮޑެތިގަސްގަހާއި ގަޑުވަރުތަކުގައި ހިޔަލުގައެވެ. އެކިޒާތް ޒާތުގެ މީރު ބުއިމުގެ އާރުތަކުން ބުއިމާ މަޖާނެގުމުގައެވެ.
وَفَوَٰكِهَ مِمَّا يَشۡتَهُونَ
Open ayah 77:42އެމީހުން ހިތްއެދޭވައްތަރެއްގެ ކެއުމާއި އުފާކުރުމުގައެވެ.
كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَا كُنتُمۡ تَعۡمَلُونَ
Open ayah 77:43(އެދުވަހުން އެމީހުންނަށް ނިދާއިއްވެވޭނެއެވެ.) ކަލޭމެން ދުނިޔޭގައިކުރި ހެޔޮޢަމަލުގެ ސަބަބުން މިއަދު ހިތްފަސެހަކަމާއިއެކު ކައިބޮއިހަދާށެވެ.
إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
Open ayah 77:44ހަމަކަށަވަރުން އިޙްސާން ތެރިން ނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ
Open ayah 77:45ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)
كُلُواْ وَتَمَتَّعُواْ قَلِيلًا إِنَّكُم مُّجۡرِمُونَ
Open ayah 77:46(އެ މުޝްރިކުންނަށް މިދުނިޔޭގައި އެންގޭނެއެވެ.) ކަލޭމެން ކުޑަކޮށް ކައިބޮއިހަދާ އަރާމުކޮށް ހަދާށެވެ. ހަމަކަށަވަރުން ކަލޭމެންނަކީ ކުށްވެރިންނެވެ. (އިސްވެދިޔަ عِبَارة އަކީ އަމުރެއް ގޮތަށް އޮތް عِبَارة އެއްނަމަވެސް އެއިން މުރާދު ކުރެވެނީ ބިރުވެރިކަމާ އިންޒާރެވެ.)
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ
Open ayah 77:47ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)
وَإِذَا قِيلَ لَهُمُ ٱرۡكَعُواْ لَا يَرۡكَعُونَ
Open ayah 77:48ކަލޭމެން رُكُوعُ ކުރާށޭ - އެބަހީ ނަމާދުކުރާށޭ - އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ނަމާދުކުރާނެއެވެ. رُكُوعُ ނުކުރާނެއެވެ.
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ
Open ayah 77:49ދޮގުވެރިންނަށް އެދުވަހުން وَيْلُ ހުއްޓެވެ. (عَذابُ އާއިހަލާކު ހުއްޓެވެ.)
فَبِأَيِّ حَدِيثِۭ بَعۡدَهُۥ يُؤۡمِنُونَ
Open ayah 77:50ފަހެ އެމީހުން މި قُرْآن ތެދުނުކޮށްފާ ދެން ތެދުކުރާނީ ކޮންވާހަކައެއް ބާވައެވެ؟