الانسان
Al-Insaan
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
هَلۡ أَتَىٰ عَلَى ٱلۡإِنسَٰنِ حِينٞ مِّنَ ٱلدَّهۡرِ لَمۡ يَكُن شَيۡـٔٗا مَّذۡكُورًا
Open ayah 76:1ހަމަކަށަވަރުން ޒަމާނުގެ ތެރެއިން އިންސާނާގެ ނަންގަނެވިގެންނުވާ ވަގުތެއް އިންސާނާގެ މައްޗަށް އައިސްފައިވެއެވެ. (އެއީ އޭނާ ދުނިޔެއަށް އައުމުގެ ކުރިންނެވެ.)
إِنَّا خَلَقۡنَا ٱلۡإِنسَٰنَ مِن نُّطۡفَةٍ أَمۡشَاجٖ نَّبۡتَلِيهِ فَجَعَلۡنَٰهُ سَمِيعَۢا بَصِيرًا
Open ayah 76:2ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހައްދަވާފައިވާނީ އެކުވެ މަސްހުނިވެފައިވާ نُطْفَة އަކުންނެވެ. މަނި ފޮދުވަރަކުންނެވެ. (އެއީ ފިރިހެންމީހާގެ نُطْفَة އާއި އަންހެންމީހާގެ نُطْفَة އެކުވެ މަސްހުނިވެގެންނެވެ.) ދެން ތިމަންރަސްކަލާނގެ އޭނާއަކީ އަޑުއިވޭ އަދި ފެންނަ މީހަކު ކަމުގައި ލެއްވީމެވެ.
إِنَّا هَدَيۡنَٰهُ ٱلسَّبِيلَ إِمَّا شَاكِرٗا وَإِمَّا كَفُورًا
Open ayah 76:3ހަމަކަށަވަރުން ތިމަންރަސްކަލާނގެ އޭނާއަށް މަގުދެއްކީމެވެ. (އެއީ ރަނގަޅު މަގެވެ.) އެހެންޏާ އޭނާ ހެޔޮމަގުންގޮސް ޝުކުރުވެރިއަކުކަމުގައި ވުމަށެވެ. އެހެންޏާ އޭނާ ނުބައިމަގުންގޮސް ކާފަރު ވުމަށެވެ. (އެއީ އޭނާގެ އިޚްތިޔާރެވެ.)
إِنَّآ أَعۡتَدۡنَا لِلۡكَٰفِرِينَ سَلَٰسِلَاْ وَأَغۡلَٰلٗا وَسَعِيرًا
Open ayah 76:4ހަމަކަށަވަރުން ކާފަރުންނަށް ކަސްތަޅުތަކާއި ހިލިހިލާތަކާއި އަދި އަނދަ އަނދާ ހުރި އަލިފާން ތިމަންރަސްކަލާގެތައްޔާރުކު ރެއްވީމެވެ (އެތަކެތި ޤިޔާމަތް ދުވަހުން އެމީހުންނަށް ހުންނަހުއްޓެވެ.)
إِنَّ ٱلۡأَبۡرَارَ يَشۡرَبُونَ مِن كَأۡسٖ كَانَ مِزَاجُهَا كَافُورًا
Open ayah 76:5(އަދި ޤިޔާމަތް ދުވަހުން) ކިޔަމަންތެރި ތެދުވެރި މާތް މީހުން އެބަހީ - أَبْرَار ން - ފުރިފައިވާ ރަލުގެ ތަށިތަކުން ބޯނެއެވެ. އޭގައި ކާފޫރު ތާސީރު އެކުލެވިގެންވާނެއެވެ. (އޭގެ މީރުކަމާއި ސާފުކަމުގެ މިންވަރު އިޙްސާސްކުރެވޭނީ ހަމައެކަނި ބުއީމައެވެ.)
عَيۡنٗا يَشۡرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفۡجِيرٗا
Open ayah 76:6އެއީ ﷲ ގެ މާތް އަޅުތަކުން ބުއިމަށްވާއާރެކެވެ. (އެމީހުން ސުވަރުގޭގައި ވޭތިކުރާއިރު) އެއާރު އެވަގުތަކުއެމީހުން އެތިބިތާކުވާނެއެވެ. (ފަސޭހަކަމާއިއެކު އެއަޅުތަކުން އެއިން ބޯނެއެވެ. އެބައިމީހުން ދިޔަކޮންމެ ތަނަކަށް އެއާރު ދެމެމުންދާނެއެވެ.)
يُوفُونَ بِٱلنَّذۡرِ وَيَخَافُونَ يَوۡمٗا كَانَ شَرُّهُۥ مُسۡتَطِيرٗا
Open ayah 76:7އެމީހުންނަކީ އެމީހުން ދުނިޔޭގައި އުޅުނުއިރު ނަދުރެއްބުނެފިއްޔާ ފުއްދާ މީހުންނެވެ. އަދި އެމީހުންނަކީ ދުނިޔޭގައި އުޅުނުއިރު އެދުވަހެއްގެ ބިރުވެރިކަން ފެތުރިގެންވާ ދުވަހަކާއިމެދު ބިރުވެތިވީކަމުގައި ވީމީހުންނެވެ. އެދުވަހަކީ ޤިޔާމަތްދުވަހެވެ.
وَيُطۡعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسۡكِينٗا وَيَتِيمٗا وَأَسِيرًا
Open ayah 76:8އަދި އެމީހުންނަކީ އެމީހުން ދުނިޔޭގައި އެމީހުންކާއެތިކޮޅައް ލޯބި ހުރުމާއެކުވެސް މިސްކީނުންނަށާއި ޔަތީމުންނަށާއި އަދި ހައްޔަރުވެފައިވާ މީހުންނަށް އެކާއެތިކޮޅު ދޭމީހުންނެވެ. ނުވަތަ ﷲ ގެ ރުއްސެވުމުގެ ލޯބިން އެމީހުންނަށް ކާއެތިކޮޅު ދިން މީހުންނެވެ.
إِنَّمَا نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءٗ وَلَا شُكُورًا
Open ayah 76:9(އަދި އެކާއެތިކޮޅު ދެމުން އެމީހުން ބުނެއެވެ.) އަހުރެމެން ކަލޭމެންނަށް ކާއެތިކޮޅު މިދެނީ ﷲ ގެ ވަޖުހު ފުޅައްޓަކައެވެ. (އެކަލާނގެ ރުހިވޮޑިގަތުން ލިބުމަށްޓަކައެވެ.) ކަލޭމެންގެ ފަރާތުން މީގެ އެއްވެސް ބަދަލެއް އަދި ކަލޭމެންގެ ފަރާތުން އެއްވެސް ޝުކުރެއް އަދި ޘަނާއެއްއަހުރެމެން ނޭދެމެވެ.
إِنَّا نَخَافُ مِن رَّبِّنَا يَوۡمًا عَبُوسٗا قَمۡطَرِيرٗا
Open ayah 76:10ހަމަކަށަވަރުން އަހުރެމެން ބިރުގަންނަނީ ކަންބޮޑުވެގެން މޫނުތަށް ހަޑިވެ އަދި ހިތްތަކަށް ބިރުވެރިކަންވަދެ ކަންބޮޑުވާދުވަހު އަހުރެމެންގެ رَبُّ ގެ ޙަޟްރަތުން އަތުވެދާނެ ބިރުވެރިކަމާއިމެދުގައެވެ.
فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلۡيَوۡمِ وَلَقَّىٰهُمۡ نَضۡرَةٗ وَسُرُورٗا
Open ayah 76:11ފަހެ ﷲ ތަޢާލާ އެދުވަހުގެ ބިރުވެރިކަމުން އެމީހުން ސަލާމަތް ކުރެއްވިއެވެ. އަދި އެކަލާނގެ އެމީހުންގެ މޫނުތަކަށް ތާޒާކަމާއި އަލިކަންދެއްވައި އެމީހުންގެ ހިތްތަކަށް އުފާފާގަތިކަން ދެއްވައިފިއެވެ.
وَجَزَىٰهُم بِمَا صَبَرُواْ جَنَّةٗ وَحَرِيرٗا
Open ayah 76:12އަދި އެމީހުން ދުނިޔޭގައި ކެތްތެރިވީ ކަމައްޓަކައި އެކަލާނގެ އެމީހުންނަށް މާތްވެގެންވާ ސުވަރުގެ ދެއްވައި އަދި ފަށުވިފޭރާން ދެއްވިއެވެ.
مُّتَّكِـِٔينَ فِيهَا عَلَى ٱلۡأَرَآئِكِۖ لَا يَرَوۡنَ فِيهَا شَمۡسٗا وَلَا زَمۡهَرِيرٗا
Open ayah 76:13އެމީހުން ސުވަރުގޭގައިވާ ސޯފާތަކުގައި ލެނގިލައިގެން މަޖަލުގައި ތިބޭނެއެވެ. އަދި އެސުވަރުގޭގައި ތިބޭއިރު އަވީގެ ހޫނުކަމެއް އަދި ގަދަފިނިކަމެއްވިޔަސް އެމީހުންނުދެކޭނެއެވެ.
وَدَانِيَةً عَلَيۡهِمۡ ظِلَٰلُهَا وَذُلِّلَتۡ قُطُوفُهَا تَذۡلِيلٗا
Open ayah 76:14އަދި އެމީހުންގެ މައްޗަށް އެސުވަރުގޭގެ ގަސްގަހުގެ ހިޔާއެޅިގެންވެއެވެ. އަދި އެތާނގެ މޭވާތައް އެމީހުންނަށް ބިންނަންފަސޭހަވާނޭގޮތުން ގާތްވެ ކިޔަމަންވެގެންވެއެވެ. (ކޮޅަށް ތިބެގެންވެސް އިށީނދެ އިނދެގެންވެސް އަދި އޮށޯވެ އޮވެގެންވެސް ބިނދެވޭގޮތަށް ހަމަޖެހިގެންވެއެވެ.)
وَيُطَافُ عَلَيۡهِم بِـَٔانِيَةٖ مِّن فِضَّةٖ وَأَكۡوَابٖ كَانَتۡ قَوَارِيرَا۠
Open ayah 76:15އަދި އެމީހުންގެ ގާތުގައި އެމީހުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ބޮވޭގޮތަށް ބިއްލޫރިފަދަ ސާފު ރިހީގެ ކަންވާރުތަށް ހިފައިގެން ޚާދިމުން ދައުރުކުރާނެއެވެ.
قَوَارِيرَاْ مِن فِضَّةٖ قَدَّرُوهَا تَقۡدِيرٗا
Open ayah 76:16އެބިއްލޫރި ރިހި ފަދައެވެ. (އެބަހީ އެކަންވާރުގައި ރިހީގެހުދުކަމާއި ބިއްލޫރީގެ ސާފުކަން އެކުލެވިގެންވެއެވެ.) އަދި އެކަންވާރުން ބޯމީހާ ބޭނުންވާވަރަކައް ގިނަނުކޮށް މަދުވެސް ނުކޮށް ހުންނަންވާ މިންވަރައް ޚާދިމުން އެމިންވަރު ކުރައްވައެވެ.
وَيُسۡقَوۡنَ فِيهَا كَأۡسٗا كَانَ مِزَاجُهَا زَنجَبِيلًا
Open ayah 76:17އަދި ސުވަރުގޭގައި އެމީހުންނަށް ޒަންޖަބީލުގެ ތާސީރު އެކުލެވިގެންވާ ރާތަށި ބޯންދެވޭނެއެވެ.
عَيۡنٗا فِيهَا تُسَمَّىٰ سَلۡسَبِيلٗا
Open ayah 76:18އެއީ ސުވަރުގޭގައިވާ سَلْسَبِيْل އެވެ ކިޔާ އާރެކެވެ. އެއީ އޭގެ މީރުކަން ނިހާޔަތަށް ގޮސްފައިވާ ދިރުވައިލަން އެހާ ފަސޭހަ އަދި ބޯމީހާ އެހާ ބޯހިތްވާ ބުއިމެކެވެ.
۞وَيَطُوفُ عَلَيۡهِمۡ وِلۡدَٰنٞ مُّخَلَّدُونَ إِذَا رَأَيۡتَهُمۡ حَسِبۡتَهُمۡ لُؤۡلُؤٗا مَّنثُورٗا
Open ayah 76:19އަދި ނުހަނު ރީތި މުސްކުޅިނުވާ ތަރޯ ތާޒާ ކުޑަކުދިން ސުވަރުގޭގެ އަހުލުވެރިންގެ ޚިދުމަތުގައި އެމީހުންގެ ވަށައިގެން ދައުރުކުރާނެއެވެ. އެކުދިން ކަލެއަށް ފެނިއްޖެއްޔާ އެކުދިންނާމެދު ކަލެޔަށް ހީވާނީ ފެތުރިފައިވާ ރީތި ރަން މުތްތަކެއް ހެންނެވެ. * ދަންނައެވެ. ސުވަރުގޭގައިވާކަމައް ނަންކިޔިގެންވާ ކޮންމެ މޭވާއެއް އަދި ކޮންމެ ކާއެއްޗެއް އެއީ ހަމަ އިންސާނާގެ ވިސްނުމަށް ގެނައުމަށް ފަސޭހަވުމައްޓަކައިވާނަމައެވެ. އޭގެ ރަހަޔާއި ތާސީރު އަދި ކުލަޔާވަސް ބުނަންނޭނގޭހާ ތަފާތުވާނެއެވެ. މީރުކަން ބަޔާން ނުކުރެވޭނެއެވެ. ދުލަކުން ބަޔާންނުކުރެވޭނެއެވެ. ލޮލަކުން ދެކިފައި ނުވާހާ ރީތިވާނެއެވެ. ކަންފަތަކުން އެފަދައެއްޗެއްގެ އަޑު އަހައިފައިނުވާނެއެވެ. ހިތުގައި އޭގެ ޙިޔާލުވެސް ހިނގާފައިނުވާނެއެވެ.
وَإِذَا رَأَيۡتَ ثَمَّ رَأَيۡتَ نَعِيمٗا وَمُلۡكٗا كَبِيرًا
Open ayah 76:20އަދި ކަލޭ ސުވަރުގެއަށް ލޯހިންގައި ބަލާލީމާ ސިފަނުކުރެވޭފަދަ ނިޢުމަތް ކަލޭ ދެކޭނެއެވެ. އަދި މިންވަރު ނުކުރެވޭފަދަ ބޮޑު ވެރިކަމާއި ޝަރަފު ދެކޭނެއެވެ.
عَٰلِيَهُمۡ ثِيَابُ سُندُسٍ خُضۡرٞ وَإِسۡتَبۡرَقٞۖ وَحُلُّوٓاْ أَسَاوِرَ مِن فِضَّةٖ وَسَقَىٰهُمۡ رَبُّهُمۡ شَرَابٗا طَهُورًا
Open ayah 76:21ސުވަރުގެވަންތަވެރިންގެ ފޭރާމުގެ މަތިންފެންނަ ފޭރާމަކީ ސުންދުސިފޭރާމަކާއި އިސްތަބުރަޤު ކިޔާ ވައްތަރެއްގެފޭރާމެކެވެ. އެއީ ފަށުވިފޮތީގެ ތުނިފޮއްޗާއި އޭގެބޯފޮއްޗެވެ. އަދި އެބައިމީހުންގައި ރިހީގެ އުޅާއެޅުވޭނެއެވެ. އަދި އެމީހުންނަށް شَرَابًا طَهُورًا އެވެ ކިޔާބުއިމެއް ބޯންދެވޭނެއެވެ. ދަންނައެވެ. މިސޫރަތުގައިމިވަނީ ރިހީގެ އުޅާއެޅުވޭނެވާހަކައެވެ. فَاطِرُ ސޫރަތުގައިވަނީ ރަނުގެ އުޅާއެޅުވޭނެވާހަކައެވެ. ވީމާދެއާޔަތް ޖަމާކުރާއިރު ނަތީޖާއަކީ އެދެބާވަތުގެ އުޅާވެސް އެޅުވޭނެކަމެވެ. އަދި ދަންނައެވެ. شَرَابًا طَهُورًا އެވެ އޮތްބަސްފުޅުން އެނގެނީ ވަރަށް طَاهِرُ ބުއިމެއްދެއްވާނެކަމެވެ. އެއީ ﷲ ދެއްވާނެ خَاصَّ ބުއިމެކެވެ. أبُو قِلابَة އާއި إبْرَاهِيْمُ النَّخَعِيْ އާއި ދެބޭކަލުންވިދާޅުވިއެވެ. ސުވަރުގޭގެ އަހުލުވެރިންނަށް ކާތަކެތި ގެނެވޭނެއެވެ. އެތަކެތިކެއުމަށްފަހު ވަރަށްމީރު ވަރަށް طَاهِرُ ބުއިމެއްދެއްވާނެއެވެ. އެއީ ﷲގެ خَاصَّ ކަރާމަތެކެވެ. އެބުއިންބޮއިލީމާ ބަނޑުހިނދި ގައިން ގޮމަކަސްތޫރިވަސްދުވާ ދަލެއްހިއްލާނެއެވެ. އެބުއިމަކީ شَرَابًا طَهُورًا އެވެ. = فَتْحُ القَدِيْر =
إِنَّ هَٰذَا كَانَ لَكُمۡ جَزَآءٗ وَكَانَ سَعۡيُكُم مَّشۡكُورًا
Open ayah 76:22(އަދި ސުވަރުގޭގެ އަހުލުވެރިންނަށް الله حَضْرة ން ނިދާއިއްވެވޭނެއެވެ.) މިހުރިހާ نِعْمَةُ އަކީ ކަލޭމެންކުރި ރަނގަޅު ޢަމަލުތަކުގެ ޖަޒާއެއްގެގޮތުން الله ދެއްވާދަރުމަކުރެއްވި فَضْلُ ވަންތަކަމެވެ. ހަމަކަށަވަރުން ކަލޭމެންގެ ޢަމަލުތައްވަނީ ޤަބޫލުވެވި ޝުކުރުވެރި ވެވިގެންނެވެ.
إِنَّا نَحۡنُ نَزَّلۡنَا عَلَيۡكَ ٱلۡقُرۡءَانَ تَنزِيلٗا
Open ayah 76:23(އޭ رَسولُ الله އެވެ!) ހަމަކަށަވަރުން ކަނޑައެޅިގެން ކަލޭގެފާނުންގެ މައްޗަށް މި قُرْآنُ މިބާވާތްލައްވަނީ ހަމަތިމަން ރަސްކަލާނގެއެވެ.
فَٱصۡبِرۡ لِحُكۡمِ رَبِّكَ وَلَا تُطِعۡ مِنۡهُمۡ ءَاثِمًا أَوۡ كَفُورٗا
Open ayah 76:24(އޭ رَسولُ الله އެވެ!) އެހެންވެ ކަލޭގެފާނުންގެ رَبُّ ގެ حُكُم ފުޅަށް އަދި އެކަލާނގެ ނިޔާފުޅަށް ކެތްތެރިވެވަޑައި ގަންނަވާށެވެ! އަދި އެމީހުންގެތެރެއިން ފާފަވެރިއަކަށްވިޔަސް އަދި ކާފަރަކަށްވިޔަސް ކަލޭގެފާނު ކިޔަމަންވެ ވަޑައި ނުގަންނަވާށެވެ! (އެއީ مَكَّة ގެ مُشْرِك ންކުރެ عَتَبَة ابْنُ رَبِيْعَة އާއި الوَلِيْد بْنُ المُغِيْرَة އާއި ދެމީހުން ކަމުގައިވެސް ބުނެވުނެވެ.)
وَٱذۡكُرِ ٱسۡمَ رَبِّكَ بُكۡرَةٗ وَأَصِيلٗا
Open ayah 76:25އަދި ކަލޭގެފާނުނެ ހެދުނާއި ހަވީރު އެކަލާނގެ ހަނދުމަކުރައްވާށެވެ! އެބަހީ އެކަލާނގެއަށް ذِكْرُ ކުރައްވާށެވެ!
وَمِنَ ٱلَّيۡلِ فَٱسۡجُدۡ لَهُۥ وَسَبِّحۡهُ لَيۡلٗا طَوِيلًا
Open ayah 76:26އަދި ރޭގަނޑު އެކަލާނގެއަށް ސަޖިދަކުރައްވައި އަޅުކަންކުރައްވާށެވެ! އަދި ރޭގަނޑުގެ ގިނަވަޤްތު އެކަލާނގެއަށް تَسْبِيْح ވިދާޅުވާށެވެ!
إِنَّ هَٰٓؤُلَآءِ يُحِبُّونَ ٱلۡعَاجِلَةَ وَيَذَرُونَ وَرَآءَهُمۡ يَوۡمٗا ثَقِيلٗا
Open ayah 76:27ހަމަކަށަވަރުން މިބައިމީހުން (އެބަހީ މައްކާގެ ކާފަރުންނާއި ދެންވެސް އެބާވަތުގެ އެންމެންވެސް) މިފަނާވެދަނިވި އަވަސްދުނިޔެއަށް ލޯބިކުރަނީއެވެ. އަދިއެމީހުން އެމީހުންގެ ކުރިޔަށް ބުރަވެގެންވާ ދުވަހެއްދޫކުރަނީއެވެ. އެއީ އެދުވަހުގެ ކަންތައް ދަތިވެގެންވާ قِيَامَة ދުވަހެވެ.
نَّحۡنُ خَلَقۡنَٰهُمۡ وَشَدَدۡنَآ أَسۡرَهُمۡۖ وَإِذَا شِئۡنَا بَدَّلۡنَآ أَمۡثَٰلَهُمۡ تَبۡدِيلًا
Open ayah 76:28އެމީހުން ހެއްދެވީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި އެމީހުންގެ ހުޅުތަކާއި ނާރުތަކާއި ތިމަންރަސްކަލާނގެ ގަދަކޮށްދެއްވީމެވެ. ބަރާބަރުކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެދިވޮޑި ގެންނެވިނަމަ އެމީހުންގެ ހެއްދެވުން ބަދަލުކުރައްވައި މާހުތުރުސިފައަކަށް އެމީހުން ހައްދަވައިފީހެވެ. ނުވަތައެމީހުން ހަލާކު ކުރައްވައި الله އަށް ކިޔަމަންތެރި އެހެންބަޔަކު ގެންނަވައިފީހެވެ.
إِنَّ هَٰذِهِۦ تَذۡكِرَةٞۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلٗا
Open ayah 76:29ހަމަކަށަވަރުން މިސޫރަތުގައި މިވަނީ وَعْظُ އާއި نَصِيْحَة އާއި عِبْرَة އެވެ. ފަހެ އެދޭމީހަކު އެމީހެއްގެ رَبُّ ގެ حَضْرة އަށް ވާސިވުމަށް މަގެއް އިޚްތިޔާރު ކުރާށެވެ. އެއީ އީމާންވެ ހެޔޮޢަމަލު ކޮށްގެންނެވެ.
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا
Open ayah 76:30އަދި الله އިރާދަކުރެއްވިއްޔާމެނުވީ ކަލޭމެންނަށް އެސީދާމަގު އިޚްތިޔާރުވެސް ނުކުރެވޭނެއެވެ. ހަމަކަށަވަރުން الله ވޮޑިގެންވަނީ ދެނެވޮޑިގެންވާ حِكْمَة ވަންތަ ކަލަކު ކަމުގައެވެ.
يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّٰلِمِينَ أَعَدَّ لَهُمۡ عَذَابًا أَلِيمَۢا
Open ayah 76:31އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ رَحْمَةُ ގެތެރެއަށް ވައްދަވައެވެ. (އެއީ އެމީހެއްގެ ނިޔަތް ތެދުވެރިވެއްޖެމީހެކެވެ.) އަދި އަނިޔާވެރިންނަށް އެކަލާނގެ ތައްޔާރުކުރައްވާފައިވަނީ ވޭންދެނިވި عَذَابُ އެވެ.