النبإ

An-Naba

The Announcement · Surah 78 · Ayahs: 40 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. عَمَّ يَتَسَآءَلُونَ

    Open ayah 78:1

    • ދަންނައެވެ! مُحَمَّدٌ صلّى الله عَلَيْهِ وَسَلَّمَ ނަބީކަމާއިގެން ފޮނުއްވައި އެކަލޭގެފާނު ﷲ ގެ އެއްކައުވަންތަ ކަމާއި ޤިޔާމަތް ދުވަހުގެ ވާހަކައާއި ޤުރްއާން ކިޔަވައި ވިދާޅުވުމާއި ގުޅިގެން އޭރު ތިބި މައްކާގެ މުޝްރިކުން އެއްބަޔަކު އަނެއްބަޔަކާ ސުވާލު ކުރަން ފެށިއެވެ. އެމީހުން ބުނެއެވެ. مُحَمَّد ގެ ފާނަށްވީ ކީއްހެއްޔެވެ؟ އެކަލޭގެފާނު އެ ގެންންނެވީ ކޮންއެއްޗެއް ހެއްޔެވެ؟ އެ ދައްކަވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މިބާވަތުގެ ސުވާލު ތަކުގެ ޖަވާބަކަށް މިސޫރަތް ބާވައި ލެއްވިކަމަށް މުފައްސިރުން ވިދާޅު ވިއެވެ. وَ الله أَعْلَم = ذبدة التفسير = އެމީހުން އެބަހީ (މުޝްރިކުން) އެއްބަޔަކު އަނެއް ބަޔަކާ ސުވާލުކޮށް އެހަދަނީ ކޮންކަމެއްގެ ވާހަކައިން ހެއްޔެވެ؟

  2. عَنِ ٱلنَّبَإِ ٱلۡعَظِيمِ

    Open ayah 78:2

    ، (ﷲ އެ ސުވާލަށް ޖަވާބު ދެއްވަނީއެވެ.) އެއީއެމީހުން އެކަމަކާއިގެން ދެބަސްވޭވޭ އެތިބޭ ބޮޑު خَبَر ގެ ވާހަކައިންނެވެ. (އެ خَبَر އަކީ قِيَامَة ދުވަހުގެ خَبَر ކަމާއި އަދި قُرْآن ގެخَبَرކަމާއި މިކަންކަމާއިމެދު مُفَسِّرُ ންގެބަސް ތަފާތެވެ. އާޔަތުގެ سِيَاقُ އަށްބަލާއިރު ބޮޑަށްގާތީ قِيَامَة ދުވަހުގެވާކަ ކަމަށެވެ. وَاللهُ أعْلَم.)

  3. ٱلَّذِي هُمۡ فِيهِ مُخۡتَلِفُونَ

    Open ayah 78:3

    ، (ﷲ އެ ސުވާލަށް ޖަވާބު ދެއްވަނީއެވެ.) އެއީއެމީހުން އެކަމަކާއިގެން ދެބަސްވޭވޭ އެތިބޭ ބޮޑު خَبَر ގެ ވާހަކައިންނެވެ. (އެ خَبَر އަކީ قِيَامَة ދުވަހުގެ خَبَر ކަމާއި އަދި قُرْآن ގެخَبَرކަމާއި މިކަންކަމާއިމެދު مُفَسِّرُ ންގެބަސް ތަފާތެވެ. އާޔަތުގެ سِيَاقُ އަށްބަލާއިރު ބޮޑަށްގާތީ قِيَامَة ދުވަހުގެވާކަ ކަމަށެވެ. وَاللهُ أعْلَم.)

  4. كَلَّا سَيَعۡلَمُونَ

    Open ayah 78:4

    އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. (ނޭނގިނުހުންނާނެއެވެ.) ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ.

  5. ثُمَّ كَلَّا سَيَعۡلَمُونَ

    Open ayah 78:5

    ދެން އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. ނިކަންހުރެ އެމީހުންނަށްއެކަން އެނގިދާނެއެވެ.

  6. أَلَمۡ نَجۡعَلِ ٱلۡأَرۡضَ مِهَٰدٗا

    Open ayah 78:6

    ތިމަންރަސްކަލާނގެ ބިންގަނޑު ތަންމައްޗެއްކަމުގައި ނުލައްވަންހެއްޔެވެ؟ އެބަހީ ލެއްވީމެވެ. (އެއީ خَلْقُ ތަކުންއޭގެމަތީ އުޅެވޭތަނެއްގެ ގޮތުގައި ލެއްވި ވާހަކައެވެ.)

  7. وَٱلۡجِبَالَ أَوۡتَادٗا

    Open ayah 78:7

    (އަދި ދުނިޔެ ހެލިޙަރަކާތް ނުކުރެވޭނޭގޮތުން) ފަރުބަދަތައް ހަރުނުކުރައްވަންހެއްޔެވެ؟ އެބަހީ ހަރުކުރެއްވީމެވެ.

  8. وَخَلَقۡنَٰكُمۡ أَزۡوَٰجٗا

    Open ayah 78:8

    އަދި ތިމަންރަސްކަލާނގެ ކަލޭމެން ޖޯޑު ޖޯޑަށް ހެއްދެވީމެވެ.

  9. وَجَعَلۡنَا نَوۡمَكُمۡ سُبَاتٗا

    Open ayah 78:9

    އަދި ކަލޭމެންނަށް އަރާމެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭމެންނަށް ނިދިލެއްވީމެވެ.

  10. وَجَعَلۡنَا ٱلَّيۡلَ لِبَاسٗا 

    Open ayah 78:10

    އަދި ކަލޭމެން ފޭރާމުން ނިވައިވާފަދައިން ނިވައިވާ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ރޭގަޑު ލެއްވީމެވެ.

  11. وَجَعَلۡنَا ٱلنَّهَارَ مَعَاشٗا

    Open ayah 78:11

    އަދި ދުވާލަކީ ދިރިއުޅުމުގެ މަސައްކަތްކުރާ ވަގުތެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.

  12. وَبَنَيۡنَا فَوۡقَكُمۡ سَبۡعٗا شِدَادٗا

    Open ayah 78:12

    އަދި ކަލޭމެންގެމަތީގައި ގަދަފަދަވެގެންވާ ހަތްއުޑު ތިމަންރަސްކަލާނގެ ހެއްދެވީމެވެ.

  13. وَجَعَلۡنَا سِرَاجٗا وَهَّاجٗا

    Open ayah 78:13

    އަދި މުޅިދުނިޔޭގެ نِظَاَم ފުރިހަމައަށްދެމިހުންނާނޭގޮތުން އަލިކޮށް ހޫނުކޮށްދޭ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ އިރުލެއްވީމެވެ. • ދަންނައެވެ. މިފަދަ ކަންތައްތައް މިހާމޮޅަށް ހައްދަވައި ތަރުތީބުކުރައްވައި މިފުރިހަމަ نِظَاَم ގެމަތިން ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި مَحْشَرُ ކުރައްވައި ޢަމަލުތަކަށް ޖަޒާދެއްވުން އުދަގޫވެ ވޮޑިގަންނަވާނެހެއްޔެވެ؟ އުދަގޫވެ ވޮޑިނުގަންނަވާނެކަން ކަށަވަރެވެ.

  14. وَأَنزَلۡنَا مِنَ ٱلۡمُعۡصِرَٰتِ مَآءٗ ثَجَّاجٗا

    Open ayah 78:14

    އަދި ފެންތައްފެލައިލާ ވިލާގަޑުން ބޯކޮށްވެހިގަންނަ ވާރޭފެން ތިމަން ރަސްކަލާނގެ ވެއްސެވީމެވެ.

  15. لِّنُخۡرِجَ بِهِۦ حَبّٗا وَنَبَاتٗا

    Open ayah 78:15

    އެއީ އެފެނުގެ ސަބަބުން އޮށްޓަރާއި ފަތްޕިލާވެލި ތިމަންރަސްކަލާނގެ ނެރުއްވުމައްޓަކައެވެ. (އެއީ އިންސާނުންނާއި ޖަނަވާރުންގެ ކާނާއެއްގެ ގޮތުންނެވެ.)

  16. وَجَنَّٰتٍ أَلۡفَافًا

    Open ayah 78:16

    އަދި ގޮތްގޮތަށް ގެތިފައިވާ ފަތްތައްބޯ ބަގީޗާތައް ތިމަންރަސްކަލާނގެ ނެރުއްވުމަށްޓަކައެވެ. (މިފަދަހުރިހާކަމެއް މިހާފުރިހަމަކޮށް ހިންގަވާފަރާތަކަށް ދެވަނަ ފަހަރަށް خَلْقُ ތަކުން ދިރުއްވައި مَحْشَرُ ކުރެއްވުން އުދަގޫވާނީ ކޮންފަދައަކުންތޯއެވެ؟ ނުވާނެކަން ކަށަވަރެވެ.)

  17. إِنَّ يَوۡمَ ٱلۡفَصۡلِ كَانَ مِيقَٰتٗا

    Open ayah 78:17

    ހަމަކަށަވަރުން خَلْقُ ތަކުންގެ މެދުގައި ހިސާބުބައްލަވާ فَيْصِلَة ކުރައްވާދުވަސް ވަނީ ވަގުތު ކަނޑައެޅިގެންވާ ދުވަހެއްކަމުގައެވެ. (އެވަގުތުޖެހުމުން އިސްފަސްނުވެ އެކަންކަން ހިގާނެއެވެ.)

  18. يَوۡمَ يُنفَخُ فِي ٱلصُّورِ فَتَأۡتُونَ أَفۡوَاجٗا

    Open ayah 78:18

    އެދުވަހަކީ ތާޅަފިލި ފުމެލެވޭދުވަހެވެ. އެދުވަހުން مَحْشَرُ ގެ މައިދާނަށް ބައިބަޔަށް އަދި ޖަމާޢަތް ޖަމާޢަތަށް ކަލޭމެން އެއްވެ ޖަމާވާހުއްޓެވެ.

  19. وَفُتِحَتِ ٱلسَّمَآءُ فَكَانَتۡ أَبۡوَٰبٗا

    Open ayah 78:19

    އަދި އެދުވަހުން މަލާއިކަތްބޭކަލުން ފައިބާވަޑައިގަތުމަށް އުޑުހުޅުވި އެ އުޑު ދޮރުތަކަކަށް ވެދާނެއެވެ.

  20. وَسُيِّرَتِ ٱلۡجِبَالُ فَكَانَتۡ سَرَابًا 

    Open ayah 78:20

    އަދި ފަރުބަދަތައް ހުރިތަނުންލުހެވި ކުދިކުދިވެ ވަޔަށް ބުރައިގެން ހިނގައިދާނެއެވެ. އަދި އެތަކެތި ކުރީއްސުރެ އެތާނެތްފަދައިންވެ މުޅިން އަވާމެންދުރެއްފަދައިން ވެދާނެއެވެ.

  21. إِنَّ جَهَنَّمَ كَانَتۡ مِرۡصَادٗا

    Open ayah 78:21

    ހަމަކަށަވަރުން އެދުވަހުން ނަރަކަ އޮންނާނީ އިންތިޒާރުކޮށްކޮށް ބަލަބަލައެވެ.

  22. لِّلطَّٰغِينَ مَـَٔابٗا

    Open ayah 78:22

    އެއީ ނުބަކަމުގައި ހައްދުފަހަނައަޅައިގެން ދިޔަމީހުންގެ ޖާގައެއްގެގޮތުން ބަލަބަލައެވެ.

  23. لَّٰبِثِينَ فِيهَآ أَحۡقَابٗا

    Open ayah 78:23

    އެމީހުން އެނަރަކައިގާ އެތައްޒަމާންތަކަކުތިބޭނެއެވެ. މަރެއްވެސްނުވާނެއެވެ.

  24. لَّا يَذُوقُونَ فِيهَا بَرۡدٗا وَلَا شَرَابًا

    Open ayah 78:24

    އެމީހުންނަށް އެތާއެއްވެސް އަރާމެއް އަދިފިނިކަމެއް ނުވާނެއެވެ. އަދިއެއްވެސްބާވަތެއްގެ ބުއިމެއްވެސް ނުލިބޭނެއެވެ.

  25. إِلَّا حَمِيمٗا وَغَسَّاقٗا

    Open ayah 78:25

    ލިބޭނެބުއިމަކީ އޭގެހޫނުކަން ނިހާޔަތަށްގޮސްފައިވާ حَمِيْمُ ކިޔާހޫނުފެނާއި غَسَّاقُ އެވެކިޔާ ދިއެކެވެ. އެއީ ނަރަކަވަންތަވެރިންގެ ގައިންއޮހިގެންއަންނަ ދިޔަވަރުބޮނޑިއެވެ.

  26. جَزَآءٗ وِفَاقًا

    Open ayah 78:26

    އެއީ އެމީހުން (ދުނިޔޭގައި ތިބެގެންކުރި ނުބައިޢަމަލު ތަކުގެ) ފުރިހަމަޖަޒާއެއްގެ ގޮތުންނެވެ.

  27. إِنَّهُمۡ كَانُواْ لَا يَرۡجُونَ حِسَابٗا

    Open ayah 78:27

    ހަމަކަށަވަރުން އެމީހުންވީ ދުނިޔޭގައި އުޅުނުއިރު قيامة ދުވަހުން ހިސާބު ބެއްލެވުމާއިމެދު ބިރުނުގަންނަބަޔަކު ކަމުގައެވެ. އެކަމަށްނޭދޭ ބަޔަކުކަމުގައެވެ.

  28. وَكَذَّبُواْ بِـَٔايَٰتِنَا كِذَّابٗا

    Open ayah 78:28

    އަދިއެމީހުންވީ ތިމަންރަސްކަލާނގެ އާޔަތްތައް ކަނޑައެޅިގެން ދޮގުކުރިބަޔަކު ކަމުގައެވެ.

  29. وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ كِتَٰبٗا

    Open ayah 78:29

    އަދި ކޮންމެކަމެއް އަދި ކޮންމެއެއްޗެއް ތިމަންރަސްކަލާނގެ އެއެއްޗެއް ލިއުއްވައިހިމަނުއްވަމެވެ. (އެއީ އެކަލާނގެ އަޒަލުގެ ދެނެވޮޑިގަތުމުގައިވާގޮތަށެވެ.)

  30. فَذُوقُواْ فَلَن نَّزِيدَكُمۡ إِلَّا عَذَابًا 

    Open ayah 78:30

    އަދި ނަރަކަވަންތަވެރިންނަށް قيامة ދުވަނުހް ނަރަކައިގެ عذاب ލިބެމުންދާހިދު އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން عذاب ގެރަހަލިބިގަންނާށެވެ. عذاب ގެމައްޗަށް عذاب މެނުވީ ކަލޭމެނަށް ތިމަންރަސްކަލާނގެ އިތުރު ނުކުރައްވާހުށީމެވެ.

  31. إِنَّ لِلۡمُتَّقِينَ مَفَازًا

    Open ayah 78:31

    ހަމަކަށަވަރުން تَقوَى ވެރިންނަށް އެދެވޭ ނަސީބާއި ކާމިޔާބު ވެއެވެ.

  32. حَدَآئِقَ وَأَعۡنَٰبٗا

    Open ayah 78:32

    އެއީ ބަގީޗާ ތަކާއި އަދި މޭބިސް ކަދުރެވެ. (ސުވަރުގެ ތަކާއި އެތަންތާގެ ޢަދަދު ނުކުރެވޭ ނިޢްމަތެވެ.)

  33. وَكَوَاعِبَ أَتۡرَابٗا

    Open ayah 78:33

    އަދި ރީތި ވަރަށް އުރަމަތި އުފުލިފައިވާ އެއް ޢުމުރެއްގެ ރީތި އަންހެން ކުދިންނެވެ.

  34. وَكَأۡسٗا دِهَاقٗا

    Open ayah 78:34

    އަދި ފުރިފައިވާ ރަލުގެ ތަށިތަކެވެ. (ނުވަތަ ވިދިވިދިގެން އަންނަ ރާތަށިތަކެވެ.)

  35. لَّا يَسۡمَعُونَ فِيهَا لَغۡوٗا وَلَا كِذَّٰبٗا

    Open ayah 78:35

    އެމީހުން އެސުވަރުގޭގައި ތިބޭއިރު އެވެސް بَاطِل ވާހަކައެއް ނާހާނެއެވެ. އަދިއެއްވެސް ދޮގެއްވިޔަސް ނުއަހާނެއެވެ.

  36. جَزَآءٗ مِّن رَّبِّكَ عَطَآءً حِسَابٗا

    Open ayah 78:36

    (އޭ رَسُول الله އެވެ!) އެއީ ކަލޭގެފާނުންގެ رَبُّ ގެ حَضْرَةُ ން އެމީހުންނަށް ދެއްވާ ދަރުމައެއްގެ ގޮތުން ދެއްވާ ދެއްވުމެކެވެ. ފުދޭވަރު ހަދިޔާއެއްގެ ގޮތުން ދެއްވާ ޢިނާމެކެވެ.

  37. رَّبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلرَّحۡمَٰنِۖ لَا يَمۡلِكُونَ مِنۡهُ خِطَابٗا

    Open ayah 78:37

    އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތީގެ رَبُّ އެވެ. އެއީ އެންމެހައި ޚަލްޤު ތަކުންނަށް އެކަލާނގެ ރަޙްމަތް ޢާއްމުވެގެންވާ رَحْمَن ވަންތަ ކަލާނގެއެވެ. (އެކަލާނގެ އިޒުނަފުޅު ނެތިސް) އެކަލާނގެއަށް ބަސްފުޅެއް ދަންނަވައި ވާހަކައެއް ދެއްކެވުމުގެ ހުއްދައެއް ހަމަ އެކަކަށްވެސް އެދުވަހުން މިލްކުވެގެން ނުވެއެވެ.

  38. يَوۡمَ يَقُومُ ٱلرُّوحُ وَٱلۡمَلَٰٓئِكَةُ صَفّٗاۖ لَّا يَتَكَلَّمُونَ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَقَالَ صَوَابٗا

    Open ayah 78:38

    އެދުވަހަކީ -އެބަހީ قياَمة ދުވަހަކީ- رُوح އާއި މަލާއިކަތް ބޭކަލުން ސަފަކަށް ތެދުވެވަޑައިގަންނަވާނެ ދުވަހެވެ. އެދުވަހުން އެމީހަކު ވާހަކަދެއްކުމަށް، ބަހެއްދެންނެވުމަށް، (އެބަހީ شَفَاعَة ތެރިވެވަޑައިގަތުމަށް) رَحمن ވަންތަ ކަލާނގެ އިޒުނަ ދެއްވި މީހަކު މެނުވީ އެކަކުވެސް ބަހެއް ބުނެ ވާހަކަދައްކާ ނުހަދާނެއެވެ. އަދި އެ އިޒުނަ ދެއްވޭމީހަކީ އެމީހާ ދުނިޔޭގައި އުޅުނުއިރު ސީދާ ބަސްބުނިމީހަކުކަމުގައިވާނެއެވެ. އެބަހީ تَوحيد އަށް ހެކިވިމީހަކު ކަމުގައި ވާނެއެވެ. (އެނޫން މީހަކަށް شَفَاعَة ތެރިވެވަޑައިގަތުމުގެ އިޒުނަ އެދުވަހުންނޯންނާނެއެވެ.) ދަންނައެވެ. މިއާޔަތުގައި ބަޔާންވެގެންމިވާ رُوح އަކާއިމެދު مُفَسِّر ންގެ ބަސް ތަފާތުވެގެންވެއެވެ. އެއީ ހައިބަބޮޑު މަލާއިކަތް ބޭކަލަކުކަމުގައި ބުނެވެއެވެ. އަދި އެއީ جِبريل ކަމުގައި ބުނެވެއެވެ. އަދި އެއީ آدم ގެ ދަރިންގެ ފުރާނަތަށް ކަމުގައި ބުނެވެއެވެ. ވީމާ މިވާހަކަ ހަނދާންކޮށްދިނީއެވެ.

  39. ذَٰلِكَ ٱلۡيَوۡمُ ٱلۡحَقُّۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا

    Open ayah 78:39

    އެދުވަހަކީ ޙައްޤު ވެގެންވާ ދުވަހެވެ. ދެންފަހެ އެމީހާގެ رَبُّ ގެ حَضْرَة އަށް ދިއުމަށް އަދި އެކަލާނގެ حَضْرَة ން ރަނގަޅު ޖާގައެއް ހޯދަންއެދޭމީހާ (صالح عمل ކޮށްގެން) އެ މަޤާމު ހޯދާ ހުށިކަމެވެ.

  40. إِنَّآ أَنذَرۡنَٰكُمۡ عَذَابٗا قَرِيبٗا يَوۡمَ يَنظُرُ ٱلۡمَرۡءُ مَا قَدَّمَتۡ يَدَاهُ وَيَقُولُ ٱلۡكَافِرُ يَٰلَيۡتَنِي كُنتُ تُرَٰبَۢا 

    Open ayah 78:40

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް اِنذار ކޮށް މިބިރުގަންނަވަނީ ދާދިގާތުގައިވާ عذاب އެއްގެ ވާހަކައިންނެވެ. (އެ عذاب ގައި ނުޖެހުމަށްޓަކައެވެ. ކޮންމެ މީހަކުވެސް މަރުވުމުން އެކަން ފެށުނީއެވެ. އެހެންޏާ عذاب އެވެ. އެހެންޏާ އަރާމެވެ.) ފަހެ އެ قياَمة ދުވަހަކީ ކޮންމެ އިންސާނަކަށްވެސް އެމީހާ ދެއަތް އިސްކުރިކަމެއް (އެބަހީ އެމީހާ ކޮށްފައިވާ عملއެއް ހެވަސް ނުބަޔަސް) އެމީހާގެ ކުރިމަށްޗަށް އަންނާނޭދުވަހެވެ. އެ عمل ތަކަށް އޭނާ ބަލާނެއެވެ. އަދި ކާފަރުމީހާ އޭނާއަށް ހުރި عذاب އާއި ނުރައްކާ ބޮޑުކަމުން އޭނާ ބުނާނެއެވެ. އަހުރެން ވެއްޔަށް ވީނަމަ ކިހާރަނގަޅު ހެއްޔެވެ. އަހުރެން ވެއްޔަށް ވާނެނަމައެވެ. ދަންނައެވެ. قياَمة ދުވަހުން ﷲ تَعالى އެންމެހާ ޖަނަވާރު ތަކެއްގެ މެދުގައިވެސް عدل އަށް ނިޔާކުރައްވައި އެސޮރުމެން ވެއްޔަށް ހައްދަވާނެކަމުގައި ވެއެވެ. އެތަންދެކެފައި ކާފަރު މީހާވެސް ވެއްޔަށް ވާން އެދޭނެކަމުގައި ވެއެވެ. وَاللهُ أعْلَم.