المعارج
Al-Ma'aarij
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
سَأَلَ سَآئِلُۢ بِعَذَابٖ وَاقِعٖ
Open ayah 70:1ހަމަކޮންމެހެން ނައިސްނުދާނޭ عَذَابُ އެއްގެ އައުން އެދި ސުވާލުކުރާމީހަކު ސުވާލުކޮށްފިއެވެ. ނުވަތަ އެދޭމީހަކު އެދެފިއެވެ. ދަންނައެވެ. އެމީހަކީ النَّضَرُ بْنُ الحَارِث ކަމުގައި ބުނެވުނެވެ. ނުވަތައެއީ أبُو جَهْل ކަމުގައިވެސް ބުނެވުނެވެ. އެމީހަކު އެދުނީ مُحَمَّد ﷺ އެގެންނެވި ދީނަކީ حَقُّ دِيْن އެއްކަމުގައިވާނަމަ އެމީހުންގެމައްޗަށް އުޑުން ހިލަތަކެއްފޭބުމަށެވެ. ނުވަތަ ވޭންދެނިވި عَذَابُ އެއް އައުމަށެވެ. (އެވާހަކައަށް އިޝާރާތްކުރައްވައި الأنْفَالُ ސޫރަތުގައި ބާވާތްލައްވާފައިވެއެވެ.)
لِّلۡكَٰفِرِينَ لَيۡسَ لَهُۥ دَافِعٞ
Open ayah 70:2(އެމީހުން އެ އެދުނު عَذَابُ އެއީ) ކާފަރުންގެ މައްޗަށް ހަމަކޮންމެހެން އަންނާނެ عَذَابُ އެކެވެ. އަދި عَذَابُ دِفَاع ކުރެވޭނޭ އެކަކުވެސް ނުވެއެވެ.
مِّنَ ٱللَّهِ ذِي ٱلۡمَعَارِجِ
Open ayah 70:3އެ عَذَابُ އަންނާނީ ހަރުފަތްތަކުގެވެރި ނުވަތަ ދަރަޖަތަކުގެވެރި ﷲގެ حَضْرَةُ ން ނެވެ.
تَعۡرُجُ ٱلۡمَلَٰٓئِكَةُ وَٱلرُّوحُ إِلَيۡهِ فِي يَوۡمٖ كَانَ مِقۡدَارُهُۥ خَمۡسِينَ أَلۡفَ سَنَةٖ
Open ayah 70:4މަލާއިކަތްބޭކަލުންނާއި އަދި جِبْرِيْل عَلَيْهِ السلام އެކަލާނގެ حَضْرَةُ އަށް އެދަރަޖަތަކުން ނުވަތަ އެހަރުފަތްތަކުން އަރާވަޑައިގަންނަވައެވެ. އެދުވަހަކީ އެދުވަހުގެ މިންވަރު ފަންސާސްހާސް އަހަރުގެ މުއްދަތުކަމުގައި ކަޑައެޅިގެންވާ ދުވަހެކެވެ. އެއީ ޤިޔާމަތް ދުވަހެވެ.
فَٱصۡبِرۡ صَبۡرٗا جَمِيلًا
Open ayah 70:5ފަހެ (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ރިވެތިގޮތުގައި ކެތްތެރިވެވަޑައިގަންނަވާށެވެ.
إِنَّهُمۡ يَرَوۡنَهُۥ بَعِيدٗا
Open ayah 70:6ހަމަކަށަވަރުން އެމީހުން އެބަހީ އެކާފަރުން އެދުވަސް ނުވަތަ އެ عَذَابُ ދެކެނީ ދުރުވެގެންވާ އެއްޗެއްކަމުގައެވެ.
وَنَرَىٰهُ قَرِيبٗا
Open ayah 70:7ނަމަވެސް ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަނީ އައުންދާދި ގާތްއެއްޗެއްކަމުގައެވެ.
يَوۡمَ تَكُونُ ٱلسَّمَآءُ كَٱلۡمُهۡلِ
Open ayah 70:8އެދުވަހަކީ ވިރިފައިވާ مَعْدَنُ ތަކެއްފަދައިން ނުވަތަ ތެލުގެ ގަރުގަޑެއްފަދައިން އުޑުވެގެންދާނޭދުވަހެވެ.
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ
Open ayah 70:9އަދި ފިނދާ ކުލަޖެއްސިފައިވާ ކެހެރިތަކެއްފަދައިން ނުވަތަ ކަފަތަކެއްފަދައިން ފަރުބަދަތައްވާނޭ ދުވަހެވެ.
وَلَا يَسۡـَٔلُ حَمِيمٌ حَمِيمٗا
Open ayah 70:10އަދިއެދުވަހުން (ބިރުވެރިކަން ބޮޑުވުމުގެސަބަބުން) ކިތައްމެ ގާތްމީހަކު ގާތްމީހަކާވިޔަސް ނުވަތަ ރައްޓެއްސަކު ރައްޓެއްސަކާއިވިޔަސް ސުވާލުވެސް ނުކޮށްލާނެއެވެ. ޙާލުވެސް އަހައިލާހާކަށް ނުކެރޭނެއެވެ.
يُبَصَّرُونَهُمۡۚ يَوَدُّ ٱلۡمُجۡرِمُ لَوۡ يَفۡتَدِي مِنۡ عَذَابِ يَوۡمِئِذِۭ بِبَنِيهِ
Open ayah 70:11مَحْشَرُ މައިދާނުގައި ކާފަރުންގެމީހުންވެސް އަދި އެހެންމީހުންވެސް ތިމާމެންގެ ގާތްތިމާގެމީހުން ދެކޭނެއެވެ. ރައްޓެހި ރަޙުމަތްތެރިންވެސް ދެކޭނެއެވެ. ނަމަވެސް އެކަކުގެ ޙާލު އަނެކަކު އަހައިވެސްނުލާނެއެވެ! ކާފަރުންގެ މީހުންލޯބިކުރަނީ فِدْيَة އެއްދީގެންނަމަވެސް އެމީހުންނަށް ސަލާމަތްވެވޭނެނަމަ ތިމާގެ ދަރިންވެސް فِدْيَة އެއްގެގޮތުގައިދޭށެވެ.
وَصَٰحِبَتِهِۦ وَأَخِيهِ
Open ayah 70:12އަނބިމީހާއާއި އަދި ތިމާގެ أَخُ އާއި (މިއެންމެންދީގެންވެސް ތިމާ ނަރަކައިންސަލާމަތްވުމަށެވެ.)
وَفَصِيلَتِهِ ٱلَّتِي تُـٔۡوِيهِ
Open ayah 70:13އަދި އެމީހުންގެފަރާތުން ތިމާއަށް އެހީތެރިކަމާ ހިޔާވަހިކަން ލިބޭ ގާތްތިމާގެމީހުންނާއި،
وَمَن فِي ٱلۡأَرۡضِ جَمِيعٗا ثُمَّ يُنجِيهِ
Open ayah 70:14އަދި ބިންމަތީވާހާބަޔަކު ދީގެންނަމަވެސް އެދުވަހުގެ عَذَابُ ން ސަލާމަތްވުމަށެވެ.
كَلَّآۖ إِنَّهَا لَظَىٰ
Open ayah 70:15ނަމަވެސް އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. ހަމަކަށަވަރުން އެމީހުންނަށް عَذَابُ ދެއްވުމަށް ކަޑައެޅިފައިވަނީ عَذَابُ ގަދަވެގެންވާ (ހުޅުގަޑު އަރައަރާހުންނަ) ނަރަކައިގައެވެ.
نَزَّاعَةٗ لِّلشَّوَىٰ
Open ayah 70:16އެތަނަކީ ބޮލުގެ ހަންގަޑުބޮލުން ދަމައިގަނެވަކިކޮށްލާތަނެކެވެ. އަދި ހަމާއިމަސްކަށިން ވަކިކޮށްލާތަނެކެވެ. އަދި އަތްފައިފަދަ ގުނަވަންތައް ހަށިގަޑާއި ވަކިކޮށްލާތަނެކެވެ. (އެއީ އެތާގެހޫނުގަދަކަމާއި عَذَابُ ގަދަކަމުންނެވެ.)
تَدۡعُواْ مَنۡ أَدۡبَرَ وَتَوَلَّىٰ
Open ayah 70:17އަދި حَقُّ އަށް ފުރަގަސްދީ حَقُّ ދީނުން މޫނުއަބުނރައިލާ މީހުންނަށް އެނަރަކަގޮވާނެއެވެ. އެމީހުން ނަރަކައަށް ޖަމާވުމަށް އޭތިގޮވާނެއެވެ.
وَجَمَعَ فَأَوۡعَىٰٓ
Open ayah 70:18އަދި މުދާތައްޖަމާކޮށް ޚަޒާނާކޮށް އޭގެ حَقُّ އަދާނުކޮށް ހެދިއެންމެންނަށް އެސޮރުގޮވާނެއެވެ.
۞إِنَّ ٱلۡإِنسَٰنَ خُلِقَ هَلُوعًا
Open ayah 70:19ހަމަކަށަވަރުން އިންސާނާ ހެއްދެވިފައިވަނީ ދަހިވެތިކަންބޮޑު އަދި ކެތްތެރިކަން ކުޑަމީހަކު ކަމުގައެވެ.
إِذَا مَسَّهُ ٱلشَّرُّ جَزُوعٗا
Open ayah 70:20އަދި އޭނާއަށް ފަޤީރުކަންފަދަނުވަތަ ބަލިމަޑުކަމެއްފަދަ ދަތިކަމެއް ދިމާވެއްޖެއްޔާ ކެތްތެރިކަން ކެޑި ބޭޤަރާރުވެއެވެ.
وَإِذَا مَسَّهُ ٱلۡخَيۡرُ مَنُوعًا
Open ayah 70:21އަދިއޭނާއަށް މުއްސަދިކަންފަދަ ތަނަވަސްކަމަކާއި ދިމާވެއްޖެއްޔާ އޭނާއަތުން އެއްޗެއް ބޭރުވިޔަނުދީ ހިފެހެއްޓުން ބޮޑުމީހަކު ކަމުގައި ވެދެއެވެ.
إِلَّا ٱلۡمُصَلِّينَ
Open ayah 70:22ނަމާދުކުރާމީހުން މެނުވީއެވެ. އެބަހީ އިސްވެދިޔަފަދަ ވިޔާނުދާ ނުބައިސިފަތަކުން ސަލާމަތް ވެގެންވާނެމީހުންނަކީ ނަމާދުކުރާމީހުންނެވެ.
ٱلَّذِينَ هُمۡ عَلَىٰ صَلَاتِهِمۡ دَآئِمُونَ
Open ayah 70:23އަދި އެމީހުންނަކީ އެމީހުންގެ ނަމާދުތަކުގެމަތީ ދެމިތިބޭމީހުންނެވެ. އެބަހީ ނަމާދުތައް ވަޤުތުން ވަޤުތަށް އެންގެވިގޮތަށް އަދާކުރުންމަތީ ދެމިތިބޭމީހުންނެވެ.
وَٱلَّذِينَ فِيٓ أَمۡوَٰلِهِمۡ حَقّٞ مَّعۡلُومٞ
Open ayah 70:24، އަދިއެމީހުންނަކީ އެމީހުންގެމުދަލުގައި ސަލާންޖަހާމީހުންނަށާއި އަދި ލަދުވެތިކަމުން ސަލާންޖަހަން ނުކެރުމުގެ ސަބަބުން އެހީތަކުން مَحْرُوْم ވެގެންވާ މީހުނަށްވާ ޙައްޤުއެއްވާކަން ދަނެ އެކަމަށް إعْتِرَافُ ވާމީހުންނެވެ. އަދި އެފަދަމީހުންނަށް އެތިކޮޅުދޭމީހުންނެވެ.
لِّلسَّآئِلِ وَٱلۡمَحۡرُومِ
Open ayah 70:25، އަދިއެމީހުންނަކީ އެމީހުންގެމުދަލުގައި ސަލާންޖަހާމީހުންނަށާއި އަދި ލަދުވެތިކަމުން ސަލާންޖަހަން ނުކެރުމުގެ ސަބަބުން އެހީތަކުން مَحْرُوْم ވެގެންވާ މީހުނަށްވާ ޙައްޤުއެއްވާކަން ދަނެ އެކަމަށް إعْتِرَافُ ވާމީހުންނެވެ. އަދި އެފަދަމީހުންނަށް އެތިކޮޅުދޭމީހުންނެވެ.
وَٱلَّذِينَ يُصَدِّقُونَ بِيَوۡمِ ٱلدِّينِ
Open ayah 70:26އަދިއެމީހުންނަކީ قِيَامَة ދުވަސް އަންނާނެކަމާއިމެދު އެއްވެސް ޝައްކެއްނުކޮށް ތެދުކުރާމީހުންނެވެ.
وَٱلَّذِينَ هُم مِّنۡ عَذَابِ رَبِّهِم مُّشۡفِقُونَ
Open ayah 70:27އަދިއެމީހުންނަކީ އެމީހުން ހައްދަވާ ބޮޑުކުރެއްވި رَبُّ ގެ عذَابُ އަށް ބިރުން ފެންކަޅިވާމީހުންނެވެ.
إِنَّ عَذَابَ رَبِّهِمۡ غَيۡرُ مَأۡمُونٖ
Open ayah 70:28ހަމަކަށަވަރުން އެމީހުން ހައްދަވާބޮޑުކުރެއްވި رَبُّ ގެ عذَابُ އަކީ އަމާންވެގެން ނުވާ عذَابُ އެކެވެ. ހަމަކޮންމެމީހަކުވެސް ބިރުވެތިވުން حَقُّ عَذَابُ އެކެވެ.
وَٱلَّذِينَ هُمۡ لِفُرُوجِهِمۡ حَٰفِظُونَ
Open ayah 70:29އަދި އެމީހުންނަކީ އެމީހުންގެ ލަދުގުނަވަންތަކަށް ރައްކާތެރިވާމީހުންނެވެ.
إِلَّا عَلَىٰٓ أَزۡوَٰجِهِمۡ أَوۡ مَا مَلَكَتۡ أَيۡمَٰنُهُمۡ فَإِنَّهُمۡ غَيۡرُ مَلُومِينَ
Open ayah 70:30އެމީހުންގެ އަނބީންނަށް ނުވަތަ އެމީހުންގެ އަޅުއަންހެނުންނަށް މެނުވީ ހާމަނުކުރާމީހުންނެވެ. އެފަދަމީހުންނީ މަލާމާތް ލިބޭނެމީހުންނެއް ނޫނެވެ.
فَمَنِ ٱبۡتَغَىٰ وَرَآءَ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡعَادُونَ
Open ayah 70:31ފަހެ އެއަށްވުރެން އިތުރަށް އެދިގެންފިމީހުންނީ ހައްދުފަހަނަޅައިގެންފިމީހުންނެވެ. އެބަހީ ތިމާމެންގެ އަނބީންނާއި ތިމާމެންގެ އަޅުއަންހެނުންފިޔަވައި އެހެންބަޔަކަށް ތިމާމެންގެ ލަދުގުނަވަން ހާމަކޮށް އެމީހުންގެކިބައިން އަރާމެއް ހޯދައިގަންނަން އެދިގެންފިމީހުންނީ ހަމަކަށަވަރުން ހައަދުފަހަނަޅައިގެންފިބައެކެވެ. ސީދާމަގުން ނެއްޓި ގެންފިބައެކެވެ.
وَٱلَّذِينَ هُمۡ لِأَمَٰنَٰتِهِمۡ وَعَهۡدِهِمۡ رَٰعُونَ
Open ayah 70:32އަދިއެމީހުންނީ އެމީހުންނާއި ޙަވާލު ކުރެވިފައިވާ އަމާނާތްތަކަށާއި އެމީހުން ކޮށްފައިވާ وَعْدُ ތަކަށާއި عَهْدُ ތަކަށްވެސް ރައްކާތެރިވާމީހުންނެވެ.
وَٱلَّذِينَ هُم بِشَهَٰدَٰتِهِمۡ قَآئِمُونَ
Open ayah 70:33އަދި އެމީހުންނަކީ އެމީހުން އަދާކުރަންޖެހިފައިވާ ހެކިބަސްތައް އަދާކުރުންމަތީ قَائِم ވެތިބޭމީހުންނެވެ.
وَٱلَّذِينَ هُمۡ عَلَىٰ صَلَاتِهِمۡ يُحَافِظُونَ
Open ayah 70:34އަދިއެމީހުންނަކީ އެމީހުންގެ ނަމާދުތަކަށް ރައްކާތެރިވާމީހުންނެވެ. (އެބަހީ وُضُوء ފުރިހަމަކޮ ރުކުންތަކާއި شَرْطُ ތަކާއި ސުންނަތްތަކާއި އަދި ޒިކުރުތަކާއި އެކު ވަޤުތުން ވަޤުތަށް ނަމާދު އަދާކުރަމުން ގެންދާމީހުންނެވެ.)
أُوْلَٰٓئِكَ فِي جَنَّٰتٖ مُّكۡرَمُونَ
Open ayah 70:35އިސްވެދިޔަ ސިފަތަކުގެ އަހުލުވެރިންޤިޔާމަތްދުވަހުން ވާނީ މާތްވެގެންވާ ސުވަރުގެތަކުގައެވެ.
فَمَالِ ٱلَّذِينَ كَفَرُواْ قِبَلَكَ مُهۡطِعِينَ
Open ayah 70:36، (އޭ ރަސޫލުއް الله އެވެ.) ކާފަރުންގެ މީހުންގަނޑު ކަލޭގެފާނާއި ދިމާލަށް ކަލޭގެފާނުންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (އެކި ދިމަދިމާއިން) ޖަމާޢަތް ޖަމާޢަތަށް ޕާޓީ ޕާޓީ އަށް އަވަސް އަވަހަށް އެދަނީ އެމީހުންގެ ކޮން މަޤްޞަދެއްގައިބާވައެވެ. ކޮންކަމަކާ ހެދި ބާވައެވެ.
عَنِ ٱلۡيَمِينِ وَعَنِ ٱلشِّمَالِ عِزِينَ
Open ayah 70:37، (އޭ ރަސޫލުއް الله އެވެ.) ކާފަރުންގެ މީހުންގަނޑު ކަލޭގެފާނާއި ދިމާލަށް ކަލޭގެފާނުންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (އެކި ދިމަދިމާއިން) ޖަމާޢަތް ޖަމާޢަތަށް ޕާޓީ ޕާޓީ އަށް އަވަސް އަވަހަށް އެދަނީ އެމީހުންގެ ކޮން މަޤްޞަދެއްގައިބާވައެވެ. ކޮންކަމަކާ ހެދި ބާވައެވެ.
أَيَطۡمَعُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُدۡخَلَ جَنَّةَ نَعِيمٖ
Open ayah 70:38އަޅެފަހެ އެއިން ކޮންމެ މީހަކުވެސް ނިޢްމަތްތަކުގެ ވެރި ސުވަރުގެއަށް ވަންނާ އެދެނީ ހެއްޔެވެ؟ (އެއީ އެހެން އެދުނީމާ ވާނެ ކަމެއްބާވައެވެ؟)
كَلَّآۖ إِنَّا خَلَقۡنَٰهُم مِّمَّا يَعۡلَمُونَ
Open ayah 70:39އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. (ބޭނުންހާ މީހަކަށް ބޭނުންހާ ގޮތަކަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން ހެއްދެވީ އެމީހުންވެސް ދަންނަ އެއްޗަކުންނެވެ. (އެއީ ކުނިވަސް ނުވަތަ ނުބައިވަސްދޮވާ މަނި ފޮދަކުންނެވެ. އެވަރު އެއްޗަކުން ހައްދަވައިފާވާ މީހަކު ދެންއެހާ ބޮޑާވެ ގޮތެއްފޮތެއް ނެތިގެން އެއުޅެނީ ކީއްވެގެންބާވައެވެ؟؟؟)
فَلَآ أُقۡسِمُ بِرَبِّ ٱلۡمَشَٰرِقِ وَٱلۡمَغَٰرِبِ إِنَّا لَقَٰدِرُونَ
Open ayah 70:40ފަހެ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވާކަމުގައި މަޝްރިޤްތަކާއި مَغْرِبُ ތަކުގެވެރި رب ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި ވަޙީ ކުރައްވަމެވެ.
عَلَىٰٓ أَن نُّبَدِّلَ خَيۡرٗا مِّنۡهُمۡ وَمَا نَحۡنُ بِمَسۡبُوقِينَ
Open ayah 70:41އެއީ އެމީހުންނަށްވުރެހެޔޮބަޔަކު އެމީހުންގެބަދަލުގައި ގެންނެވުމުގެ މައްޗަށެވެ. އަދި އެކަމަށް ނުކުޅެދިވޮޑިގެންވާކަލަކު ކަމުގައި ތިމަންރަސްކަލާނގެނުވެއެވެ. (އެބަހީ ތިމަންރަސްކަލާނގެ އެކަމަށް އެދިވޮޑިގެންފިނަމަ އެކަން އެގޮތަށްކުރަށްވާފައި ހުށީމެވެ. އެކަންމަނާ ކުރެވޭނެމީހަކު ނުވެސްހުންނާނެއެވެ.)
فَذَرۡهُمۡ يَخُوضُواْ وَيَلۡعَبُواْ حَتَّىٰ يُلَٰقُواْ يَوۡمَهُمُ ٱلَّذِي يُوعَدُونَ
Open ayah 70:42(އޭ رَسُوللُ الله އެވެ!) އެކާފަރުންގެމީހުންގެމީހުން އެމީހުންގެ އެ بَاطِلُ ވާހަކަތަކުގެރެއަށްވަދެފީނައި ދުނިޔޭގެ މަޖަލުގައި ކުޅެން ދޫކޮށްލައްވާށެވެ! އެއީ އެމީހުންނަށް ޙައްޤު ޖަޒާ ދެއްވުމަށް وَعْدُ ވެވިފަވާ ދުވަސް އަތުވެއްޖައުމަށް ދާންދެންނެވެ.
يَوۡمَ يَخۡرُجُونَ مِنَ ٱلۡأَجۡدَاثِ سِرَاعٗا كَأَنَّهُمۡ إِلَىٰ نُصُبٖ يُوفِضُونَ
Open ayah 70:43އެދުވަހަކީ ކައްވަޅުތަކުން އަވަސްއަވަހަށް އެމީހުންނުކުމެގަންނަ ދުވަހެވެ. އެދުވަހުން އެމީހުން ހީވާނީ އެތަނަކަށް ދިއުމަށް ފާހަގަކުރަން ބަހައްޓާފައިވާ ބުދަކަށް ނުވަތަ ދިދައެއް ނުވަތަކޮންމެވެސް ފާހަގައަކާއިދިމާލަށް އަވަސްއަވަހަށް ދުވެފައިދާހެނެވެ. އެމީހުން މިސްރާބުޖަހައިފާދާނީ އެދިމާއަށެވެ.
خَٰشِعَةً أَبۡصَٰرُهُمۡ تَرۡهَقُهُمۡ ذِلَّةٞۚ ذَٰلِكَ ٱلۡيَوۡمُ ٱلَّذِي كَانُواْ يُوعَدُونَ
Open ayah 70:44އެމީހުންގެ ލޯތައްހުންނާނީ ބިރުވެރިކަމާއި ހިތާމަޔައި މޮޅިން ފެންކަޅިވެފައެވެ. އަދި އެމީހުންނަށް ވެރިވެފައިވާނީ ދެރަކަމާއި ނިކަމެތިކަމެވެ. އެދުވަސްއެއީ އެމީހުންނަށް وَعْدُ ވެވިފަވާ ދުވަހެވެ.