الحاقة

Al-Haaqqa

The Reality · Surah 69 · Ayahs: 52 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. ٱلۡحَآقَّةُ

    Open ayah 69:1

    الْحَاقَّةُ މި لَفْظُ ގެމާނަ އަކީ قِيَامَة ދުވަހެވެ. قِيَامَة ދުވަހަށް ގިނަމާނަވެއެވެ. އެއީ އެދުވަހުގެ އެކިއެކި وَاقِعَة ތަކާއި ގުޅިގެން ކިއިފައިވާ މާނަތަކެކެވެ. الْحَاقَّةُ ގެ އެއްމާނައަކީ އައުން حَقُّ ވެގެންވާ قِيَامَة ދުވަހެވެ. އަނެއްމާނައަކީ ﷲ ގެ ދީނާއި އިދިކޮޅަށް بَاطِلُ އަރައިރުންތައްވާމީހުންގެ މައްޗަށް ގަދަވެގަންނަދުވަހެވެ. އަދި މިނޫން މާނަތައްވެސް عِلْمُ ވެރިން ލިއުއްވާފައި ވެއެވެ.

  2. مَا ٱلۡحَآقَّةُ

    Open ayah 69:2

    الْحَاقَّةُ އެއީ ކޮންއެއްޗެއްތޯއެވެ.

  3. وَمَآ أَدۡرَىٰكَ مَا ٱلۡحَآقَّةُ

    Open ayah 69:3

    އަދި الْحَاقَّةُ އެވެ. ނަންކިއުނު قِيَامَة ދުވަސް އެއީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

  4. كَذَّبَتۡ ثَمُودُ وَعَادُۢ بِٱلۡقَارِعَةِ

    Open ayah 69:4

    ثَمُوْدُ ބާގައިގެމީހުންނާއި عَادُ ބާގައިގެމީހުން قَارِعَة އެވެ ކިއުނު قِيَامَة ދުވަސް ދޮގުކޮށްފިއެވެ. (قَارِعَة އަކީ ބިރުން ތުރުތުރު އަޅުވައިލާއެއްޗެވެ.) ثَمُوْدُ ބާގައިގެމީހުންނަކީ އެބައެއްގެ ގާތައް މާތް الله ސަލާމު ލެއްވި صَالِحُ ގެފާނު ރަސޫލުކަމާއިގެންފޮނުއްވުނުމީހުންނެވެ. އަދި عَادُ ބާގައިގެމީހުންނަކީ އެބައެއްގެ ގާތައް މާތް الله ސަލާމު ލެއްވި هُوْد ގެފާނު ރަސޫގުކަމާއިގެން ފޮނުއްވުނުމީހުންނެވެ. قَارِعَة އަކީ ފިއްކަޑައިގެންދާފަދަ ބިރުވެރި قِيَامَة ދުވަހެވެ. ކުރީ އެބުނެވުނު ދެޤައުމުގެ މީހުންވެސް އެދުވަސް ދޮގުކުރީއެވެ.

  5. فَأَمَّا ثَمُودُ فَأُهۡلِكُواْ بِٱلطَّاغِيَةِ

    Open ayah 69:5

    ފަހެ ثَمُوْدُ ބާގައިގެމީހުން އަޑުގަދަކަމުން ހައްދު ފަހަނަޅައިގެންދާ ގަދަ އަޑުފަށްގަޑަކުން ހަލާކުވެގެން ދިޔައީއެވެ.

  6. وَأَمَّا عَادٞ فَأُهۡلِكُواْ بِرِيحٖ صَرۡصَرٍ عَاتِيَةٖ

    Open ayah 69:6

    އަދި عَادُ ބާގައިގެމީހުން ދަންނައެވެ. ފިނިކަންގަދަވަޔަކުން ނުވަތަ އަޑުކިޔާ ފައި އައި ވަޔަކުން އެމީހުން ހަލާކުވެވުނެވެ.

  7. سَخَّرَهَا عَلَيۡهِمۡ سَبۡعَ لَيَالٖ وَثَمَٰنِيَةَ أَيَّامٍ حُسُومٗاۖ فَتَرَى ٱلۡقَوۡمَ فِيهَا صَرۡعَىٰ كَأَنَّهُمۡ أَعۡجَازُ نَخۡلٍ خَاوِيَةٖ

    Open ayah 69:7

    މެދުނުކެޑި ވިދިވިދިގެން ހަތްރެޔާ އަށްދުވަސްވާދެން އެމީހުންގެމައްޗަށް އެވައިދެމިހުއްޓެވެ. ކަލޭގެފާނު އެމީހުން ދެކެވަޑައި ގަންނަވާނީ މަރުވެ ތަންޑާވެގެންވަނިކޮށެވެ. އެމީހުން ކޮންފަދަހެއްޔެވެ؟ އެމީހުން ކަދުރު ރުކުގެ ފީވެފައިވާ ބުޑުތަކެއްފަދައެވެ.

  8. فَهَلۡ تَرَىٰ لَهُم مِّنۢ بَاقِيَةٖ

    Open ayah 69:8

    ފަހެ (މަރުނުވެ) ބާކީހުރި އެކަކުވެސް އެމީހުންގެތެރެއިން ކަލޭގެފާނަށް ފެނިވަޑައިގަންނަވައިތޯއެވެ؟ އެބަހީ ފެނިވަޑައި ނުގަންނަވާނެއެވެ. އެންމެން މަރުވެތަންޑާވީއެވެ.

  9. وَجَآءَ فِرۡعَوۡنُ وَمَن قَبۡلَهُۥ وَٱلۡمُؤۡتَفِكَٰتُ بِٱلۡخَاطِئَةِ

    Open ayah 69:9

    އަދި فِرْعَوْنُ އާއި އަދި އޭގެ ކުރީގެމީހުންނާއި އަދި لُوْطُ قَوْمُ ގެމީހުންނާއި މިމީސްމީހުން އުރެދުންތަކާއިގެންއައެވެ. އެބަހީ އެމީހުންވެސް الله އަށް އުރެދިގަތީއެވެ.

  10. فَعَصَوۡاْ رَسُولَ رَبِّهِمۡ فَأَخَذَهُمۡ أَخۡذَةٗ رَّابِيَةً 

    Open ayah 69:10

    ފަހެ އެ އެންމެންވެސް އެމީހުންގެ رَبُّ ގެ ރަސޫލާއަށް އުރެދުނީއެވެ. ނުކިޔަމަންތެރިވެ ހަރުކަށިވީއެވެ. ދެންފަހެ ގަދަފަދަވެގެންވާ އިތުރު ހިތްޕެވުމަކުން އެކަލާނގެ އެމީހުން ހިތްޕަވައިފިއެވެ. ހަލާކު ކުރައްވައިފިއެވެ.

  11. إِنَّا لَمَّا طَغَا ٱلۡمَآءُ حَمَلۡنَٰكُمۡ فِي ٱلۡجَارِيَةِ

    Open ayah 69:11

    އަދި ފެންގަޑު ބޮޑުވެ އުފުލިގަތްހިދުން ފެންމަތީ ދުވާއެތީގައި (ނައުކޮޅުގައި) ހަމަކަށަވަރުންތިމަންރަސްކަލާނގެ ކަލޭމެން އުފުއްލެވީމެވެ. އެބަހީ ކަލޭމެންގެ ކާބަފައިން ކަމުގައިވި އެންމެން ތިމަންރަސްކަލާނގެ އެނައުކޮޅަށް ލައްވައި ސަލާމަތްކުރެއްވީމެވެ. އަދި ދެންތިބިކާފަރުން غَرَقُ ކުރައްވައި ހަލާކު ކުރެއްވީމެވެ.

  12. لِنَجۡعَلَهَا لَكُمۡ تَذۡكِرَةٗ وَتَعِيَهَآ أُذُنٞ وَٰعِيَةٞ

    Open ayah 69:12

    އެކަންތައްތައް ތިމަންރަސްކަލާނގެ ލެއްވީ ކަލޭމެންނަށްވާ وَعْظُ نَصِيْحِة އަކަށާއި ހަދާންކޮށްދިނުމަކަށެވެ. އަދި ދަސްކޮށް ރައްކާތެރިކުރާ ކަންފަތްތަކަކުން އަހައި ދަސްކޮށް ރައްކާތެރި ކުރުމަށްޓަކައެވެ.

  13. فَإِذَا نُفِخَ فِي ٱلصُّورِ نَفۡخَةٞ وَٰحِدَةٞ

    Open ayah 69:13

    އަދި ތާޅަފިލި އެއްފަހަރު ފުމެލެވިއްޖެއްޔާ،

  14. وَحُمِلَتِ ٱلۡأَرۡضُ وَٱلۡجِبَالُ فَدُكَّتَا دَكَّةٗ وَٰحِدَةٗ

    Open ayah 69:14

    އަދި ބިންގަނޑާއި ފަރުބަދަތަށް އޭގެ ޖާގަ ތަކުން ލުހެވި އުފުލި އެދޭތި އެކަތި އަނެކެއްޗަށް ޖެހި ކުދިކުދިވެ ހަލާކުވެ ބުރަބުރައިގެން ދާދުވަހުން (ދަންނައެވެ.)

  15. فَيَوۡمَئِذٖ وَقَعَتِ ٱلۡوَاقِعَةُ

    Open ayah 69:15

    އެދުވަހުން ދެން قِيَامَة ޤާއިމުވީއެވެ.

  16. وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوۡمَئِذٖ وَاهِيَةٞ

    Open ayah 69:16

    އަދި އުޑު ފަޅަފަޅައިގެންގޮސް (މަލާއިކަތް ބޭކަލުން ފައިބާވަޑައިގަތުމައްޓަކައި) އުޑުގެ އެތަންމިތަން ހުޅުވިދާނެއެވެ. އަދި އެދުވަހުން އެއުޑުވާނީ ބަލިކަށި ދެރަ ضَعِيف އެއްޗަކަށެވެ.

  17. وَٱلۡمَلَكُ عَلَىٰٓ أَرۡجَآئِهَاۚ وَيَحۡمِلُ عَرۡشَ رَبِّكَ فَوۡقَهُمۡ يَوۡمَئِذٖ ثَمَٰنِيَةٞ

    Open ayah 69:17

    އަދި މަލާއިކަތް ބޭކަލުން އުޑުގެ އެކިއެކިފަރާތްފަރާތުގައި ތަންތަންކޮޅުގައި (ﷲ ގެ އަމުރު ފުޅުގެ އިންތިޒާރުގައި) ތިއްބަވާނެއެވެ. އަދި އެދުވަހުން ކަލޭގެފާނުންގެ رَبُّ ގެ عَرْشِ ފުޅު އުފުއްލަވާނީ މަލާއިކަތް ބޭކަލުން ކުރެ އަށް ބޭކަލެކެވެ. ނުވަތަ މަލާއިކަތްބޭކަލުންގެ އަށް ސަފެވެ.

  18. يَوۡمَئِذٖ تُعۡرَضُونَ لَا تَخۡفَىٰ مِنكُمۡ خَافِيَةٞ

    Open ayah 69:18

    އަދި އެދުވަހުން ތިޔަބައިމީހުންގެ ހިސާބުބެއްލެވުމައްޓަކައި ﷲ ގެ ޙަޟްރަތަށް ތިޔަބައިމީހުން ހުށަހެޅޭނެއެވެ. ތިޔަބައިމީހުންގެ އެއްވެސް ނަފްސެއް އެނަފްސެއްއެކުރި ޢަމަލެއްގެ އެއްވެސް މިންވަރެއް އެކަލާނގެއަށް ވަންހަނާވެގެންނުވެއެވެ.

  19. فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقۡرَءُواْ كِتَٰبِيَهۡ

    Open ayah 69:19

    ފަހެ އެމީހެއްގެ ޢަމަލުގެފަތް އެމީހެއްގެ ކަނާތްފަރާތަށް ދެވިއްޖެމީހާ ދަންނައެވެ. އޭނާ އެނާ ދަންނަހާ ބަޔަކަށް ގޮވާހަދާނެއެވެ. އޭނާ ބުނާނެއެވެ. ކަލޭމެން މިފަތް ހިފައި ކިޔައިލަބަލާށެވެ. (އަދި އެނާ ބުނާނެއެވެ.)

  20. إِنِّي ظَنَنتُ أَنِّي مُلَٰقٍ حِسَابِيَهۡ 

    Open ayah 69:20

    (ދުނިޔޭގައި އަހުރެން އުޅުނުއިރު) އަހުރެންގެ ޢަމަލުތަކުގެ ހިސާބާއި قِيَامَة ދުވަހުން އަހުރެންނާ ބައްދަލުވާނެކަމުގައި އަހުރެން ޔަޤީން ކުރީމެވެ.

  21. فَهُوَ فِي عِيشَةٖ رَّاضِيَةٖ

    Open ayah 69:21

    ފަހެ އެދުވަހުން އޭނާވާނި އުފާވެ އަދި ރުހެވިގެންވާ ދިރިއުޅުމެއްގައެވެ. މަޖަލުގައެވެ.

  22. فِي جَنَّةٍ عَالِيَةٖ

    Open ayah 69:22

    އޭނާވާނީ މަތިވެރިވެގެންވާ ސުވަރުގޭގައެވެ.

  23. قُطُوفُهَا دَانِيَةٞ

    Open ayah 69:23

    އެތާގެ މޭވަތައް ލިބިގަންނަން ފަސޭހަވަނޭގޮތުން ގާތްވެގެންވެއެވެ.

  24. كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَآ أَسۡلَفۡتُمۡ فِي ٱلۡأَيَّامِ ٱلۡخَالِيَةِ

    Open ayah 69:24

    (އަދި އެމީހުންނަށް ނިދާއިއްވެވޭނެއެވެ.) ކަލޭމެން ދުނިޔޭގައި ކުރިހެޔޮ عَمَلُ ތަކުގެބަދަލުގައި ގިނަގިނައިން ކައިބޮއި ހަދާށެވެ.

  25. وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيۡتَنِي لَمۡ أُوتَ كِتَٰبِيَهۡ

    Open ayah 69:25

    އަދިއެމީހެއްގެ عَمَلُ ގެފަތް އެމީހެއްގެ ވައަތްފަރާތުން ލިބިއްޖެމީހާ ދަންނައެވެ. ފަހެ އޭނާ ހަޅޭލަވަމުން ގޮވާނެއެވެ. އަހުރެންގެފަތް އަހުރެންނަށް ނުލިބުނުނަމަ ކިހާރަނގަޅުވީސްހެއްޔެވެ.

  26. وَلَمۡ أَدۡرِ مَا حِسَابِيَهۡ

    Open ayah 69:26

    އަދި އަހުރެންނަށް އަހުރެންގެ ހިސާބު ނޭގުނުނަމަ ކޮންފަދަރަނގަޅުހެއްޔެވެ؟

  27. يَٰلَيۡتَهَا كَانَتِ ٱلۡقَاضِيَةَ

    Open ayah 69:27

    އަދި ދުނިޔޭގައި އެވީ މަރުއެއީ އަހުރެންގެ އެންމެފަހުގެ ނިމުމެއްކަމުގައި ވެގެންދިޔަނަމައެވެ. (ދެންހަމަ ހުސްނަމައެވެ.)

  28. مَآ أَغۡنَىٰ عَنِّي مَالِيَهۡۜ

    Open ayah 69:28

    އަދި އަހުރެންގެމުދާ އަހުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.

  29. هَلَكَ عَنِّي سُلۡطَٰنِيَهۡ

    Open ayah 69:29

    އަހުރެންގެ ކިބައިން އެންމެހައި ދަލީލާއި حُجَّة ކެޑިގެން ހިގައްޖެއެވެ. (އަދި އެންމެހައި ގުނަވަންތަކެއްވެސް އަހުރެންނާއި އިދިކޮޅަށް ހެކިދީފިއެވެ.)

  30. خُذُوهُ فَغُلُّوهُ 

    Open ayah 69:30

    (އަދިނަރަކައިގެ ޒަބާނިއްޔަ މަލާއިކަތްބޭކަލުންނަށް އެންގޭނެއެވެ.) ތިޔަބޭކަލުން އޭނާ ހިފައިގަންނާށެވެ. އަދި އޭނާކަސްތޮޅު އަޅާށެވެ.

  31. ثُمَّ ٱلۡجَحِيمَ صَلُّوهُ

    Open ayah 69:31

    ދެންސީދާ جَحِيْمُ (ގަދަޔަށް އަދާ އަލިފާނަށް އޭނާވައްދާށެވެ.) އޭނާވައްދައި އަންދާށެވެ.

  32. ثُمَّ فِي سِلۡسِلَةٖ ذَرۡعُهَا سَبۡعُونَ ذِرَاعٗا فَٱسۡلُكُوهُ

    Open ayah 69:32

    ދެން އަދި އޭގެދިގުމިން ހަތްދިހަމުށްހުރި ހިލިހިލާގަޑެއްގައި އޭނާ ބަންނާށެވެ.

  33. إِنَّهُۥ كَانَ لَا يُؤۡمِنُ بِٱللَّهِ ٱلۡعَظِيمِ

    Open ayah 69:33

    ހަމަކަށަވަރުން އޭނާވީ ހައިބަވަންތަ މަތިވެރިމާތް الله އަށް އީމާން ނުވާމީހަކު ކަމުގައެވެ.

  34. وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ

    Open ayah 69:34

    އަދި އޭނާވީ މިސްކީނުންނަށް ކާއެތިކޮޅު ނުދޭ އަދި އެކަމަށް އެއްވެސް ހިތްވަރެއްނުދޭމީހަކު ކަމުގައެވެ.

  35. فَلَيۡسَ لَهُ ٱلۡيَوۡمَ هَٰهُنَا حَمِيمٞ

    Open ayah 69:35

    ފަހެ އެނާއަކަށް މިއަދު އެއްވެސް ރައްޓެހި އެހީތެރިއަކު ނުވެއެވެ.

  36. وَلَا طَعَامٌ إِلَّا مِنۡ غِسۡلِينٖ

    Open ayah 69:36

    އަދި غِسَلِيْنُ ނޫން އެހެން އެއްވެސް ކާބޯއެއްޗެއް އޭނާއަކަށް ނުވެއެވެ. (غِسَلِيْنُ އަކީ ނަރަކަވަންތަވެރިންގެ ގައިން އޮހިގެންދާ ނުބައި ދިޔަވަރުބޮޑިއެވެ.)

  37. لَّا يَأۡكُلُهُۥٓ إِلَّا ٱلۡخَٰطِـُٔونَ

    Open ayah 69:37

    ސީދާ ފާފަވެރި ކުށްވެރިންމެނުވީ އެތަކެތިނުބޯނެއެވެ.

  38. فَلَآ أُقۡسِمُ بِمَا تُبۡصِرُونَ

    Open ayah 69:38

    ، (ކަންތައްތައްހުރީ ކަލޭމެން ތިޔަބުނާގޮތަކަށް ނޫނެވެ.) ކަލޭމެންގެ ލޮލަށް ފެންނަތަކެއްޗާއި އަދި ކަލޭމެންގެ ލޮލަށް ނުފެންނަތަކެތި ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

  39. وَمَا لَا تُبۡصِرُونَ

    Open ayah 69:39

    ، (ކަންތައްތައްހުރީ ކަލޭމެން ތިޔަބުނާގޮތަކަށް ނޫނެވެ.) ކަލޭމެންގެ ލޮލަށް ފެންނަތަކެއްޗާއި އަދި ކަލޭމެންގެ ލޮލަށް ނުފެންނަތަކެތި ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

  40. إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ 

    Open ayah 69:40

    ހަމަކަށަވަރުން އެ قُرْآن އެއީ މާތްވެގެންވާ ރަސޫލެއްގެ ކިޔަވާ ވިދާޅު ވުމުގެ ބަސްފުޅެވެ. (އެއީ مُحَمَّد ﷺ ގެ ކިޔަވާ ވިދާޅުވުމެވެ. ނުވަތަ އެކަލޭގެފާނުންގެ تَبْلِيْغُ އެވެ. ނުވަތަ އެއީ جِبْرِيْل عَلَيْهِ السلام ގެ ކިޔަވާ ވިދާޅުވުމެކެވެ.)

  41. وَمَا هُوَ بِقَوۡلِ شَاعِرٖۚ قَلِيلٗا مَّا تُؤۡمِنُونَ

    Open ayah 69:41

    އަދި އެ قُرْآنއެއީ ޅެންވެރިއެއްގެ ބަސްކަމުގައި ނުވެއެވެ. ކަލޭމެން ތެދުކޮށް އީމާންވަނީ ދާދިމަދުންނެވެ.

  42. وَلَا بِقَوۡلِ كَاهِنٖۚ قَلِيلٗا مَّا تَذَكَّرُونَ

    Open ayah 69:42

    އަދި އެ قُرْآنއެއީ ކަހީނެއްގެ ބަސްކަމުގައިވެސް ނުވެއެވެ. ކަލޭމެން ހަދާންކޮށް ނަސޭހަތާއި وَعْظُ ލިބިގަންނަނީ ހާދަހާވެސް މަދުންނެވެ.

  43. تَنزِيلٞ مِّن رَّبِّ ٱلۡعَٰلَمِينَ

    Open ayah 69:43

    އެ قُرْآنއެއީ عَالَمُ ތަކުގެވެރި رَبُّ ގެ حَضْرَةُ ންވާ ބާވާތްލެއްވުމެކެވެ. (އެހެން އެއްވެސްމީހެއްގެ ބަހެއްނޫނެވެ. ހަމައެކަނި އެކަލާނގެ ބަސްފުވެ.)

  44. وَلَوۡ تَقَوَّلَ عَلَيۡنَا بَعۡضَ ٱلۡأَقَاوِيلِ

    Open ayah 69:44

    އަދިތިމަން ރަސްކަލާނގެ ރަސްކަންފުޅުގެމައްޗަށް އެކަލޭގެފާނު އަމިއްލަފުޅަށް (قُرْآن ގެތެރެއަށް ބައެއްބަސް) ބަސްފުޅެއް ގެނެސްގެންފިނަމަ،

  45. لَأَخَذۡنَا مِنۡهُ بِٱلۡيَمِينِ

    Open ayah 69:45

    ކަނައަތްޕުޅުން އެކެލޭގެފާނުންގެ ގައިކޮޅުގައި ހިތްޕަވާހުށީމެވެ.

  46. ثُمَّ لَقَطَعۡنَا مِنۡهُ ٱلۡوَتِينَ

    Open ayah 69:46

    އަދި ބުރަކަށީންފެށިގެން ހިތާއިގުޅިފައިވާ އެންމެފަލަ ނާރު ކަޑުއްވަލައްވާ ހުށީމެވެ. އޭގެމުރާދަކީ އެކަލޭގެފާނުން ހަލާކު ކޮށްލައްވާ ހުށީމެވެ.

  47. فَمَا مِنكُم مِّنۡ أَحَدٍ عَنۡهُ حَٰجِزِينَ

    Open ayah 69:47

    އަދި ކަލޭމެންކުރެ އެކަކުވެސް އެކަންމަނާކޮށް ހިފެހެއްޓޭނެ ކަމުގައި ނުވެއެވެ.

  48. وَإِنَّهُۥ لَتَذۡكِرَةٞ لِّلۡمُتَّقِينَ

    Open ayah 69:48

    އަދި އެ قُرْآن އެއީ تَقْوَى ވެރިނނަށްވާ وَعْظُ نَصِيْحَة އެކެކެވެ. އަދި ހަދާންކޮށް ދިނުމެކެވެ.

  49. وَإِنَّا لَنَعۡلَمُ أَنَّ مِنكُم مُّكَذِّبِينَ

    Open ayah 69:49

    އަދި ހަމަކަށަވަރުން ކަލޭމެންގެތެރޭގައި قُرْآن ދޮގުކުރާ މީހުންވާކަން ތިމަންރަސްކަލާނގެ ރަނގަޅަށް ދެނެވޮޑިގެންވަމެވެ. (އެމީހުންނަށްއެކަމުގެ ފުރިހަމަ ޖަޒާދެއްވާ ހުށީމެވެ.)

  50. وَإِنَّهُۥ لَحَسۡرَةٌ عَلَى ٱلۡكَٰفِرِينَ 

    Open ayah 69:50

    އަދި އެ قُرْآن އެއީ ކަނޑައެޅިގެން ކާފަރުންގެމައްޗަށްވާ ބޮޑު ހިތާމައެކެވެ.

  51. وَإِنَّهُۥ لَحَقُّ ٱلۡيَقِينِ

    Open ayah 69:51

    އަދި ހަމަކަ ށަވަރުން އެ قُرْآن އެއީ ކަޑައެޅިގެން ޔަޤީނުންވެސް ޙައްޤު ތެދުފޮތެވެ.

  52. فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ

    Open ayah 69:52

    ފަހެ ކަލޭގެފާނުންގެ ހައިބަވަންތަ رَبُّ އަށް اللهއަށް تَسْبِيْح ވިދާޅުވާށެވެ. އެކަލާނގެ ހުސް طَاهِرُ ވަންތަ ކުރައްވާށެވެ.