الملك
Al-Mulk
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
تَبَٰرَكَ ٱلَّذِي بِيَدِهِ ٱلۡمُلۡكُ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ
Open ayah 67:1އެކަލާނގެ އަތްޕުޅުގައި - ނުވަތަ އެކަލާނގެ ބާރުގެދަށުގައި - އެންމެހާ މިލްކެއްވާ ކަލާނގެ ބަރަކާތް ވަންތަ ވެވޮޑިގެންވެއެވެ. ހެޔޮތަށް ގިނަވެގެންވެއެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެން ވާ ކަލާނގެއެވެ.
ٱلَّذِي خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ
Open ayah 67:2އެކަލާނގެއީ މަރުވުމާއި އަދި ދިރުން ހެއްދެވި ކަލާނގެއެވެ. އެބަހީ ދުނިޔޭގައި މަރުވުމަށްފަހު އަލުން آخِرة ދުވަހަށް ދިރުއްވާ ކަލާނގެއެވެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުވައި ތިޔަބައި މީހުންކުރެ ޢަމަލު ކުރުމުގައި އެންމެ ރަނގަޅީ ކާކަން އެކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ. އެކަން ތަޙްޤީޤު ކުރައްވައިދެއްކެވުމަށްޓަކައެވެ. އަދި އެކަމުގެ ޖަޒާ ދެއްވުމަށެވެ. އަދި އެކަލާނގެއީ ގަދަފަދަ ވަންތަ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.
ٱلَّذِي خَلَقَ سَبۡعَ سَمَٰوَٰتٖ طِبَاقٗاۖ مَّا تَرَىٰ فِي خَلۡقِ ٱلرَّحۡمَٰنِ مِن تَفَٰوُتٖۖ فَٱرۡجِعِ ٱلۡبَصَرَ هَلۡ تَرَىٰ مِن فُطُورٖ
Open ayah 67:3އެކަލާނގެއީ އެއްއުޑުގެ މަތީ އަނެއް އުޑު ވާނޭ ގޮތުން މަތިމައްޗައް ހަތް އުޑު ހެއްދެވި ކަލާނގެއެވެ. އަދި رَحْمَن ވަންތަކަލާނގެ އުފެއްދެވުމުގައި އެއްވެސް ހަމަނުޖެހުމެއް އުނިކަމެއް އަދިއެއްވެސް ތަފާތު ކަމެއްވާތީ ކަލޭ ނުދެކޭނެއެވެ. އަޅެ ކަލޭގެ ލޯ ރަނގަށް ހިންގައި އެއިން އުޑެއްގައި އެއްވެސް ރެނދެއް އަދި ފެޅުމެއް ފޫވެއްޓުމެއްވޭތޯ ރަނގަޅަށް ބަލައިބަލާށެވެ.
ثُمَّ ٱرۡجِعِ ٱلۡبَصَرَ كَرَّتَيۡنِ يَنقَلِبۡ إِلَيۡكَ ٱلۡبَصَرُ خَاسِئٗا وَهُوَ حَسِيرٞ
Open ayah 67:4އަދި ތަކުރާރުކޮށް ދެވަނަ ފަހަރަށްވެސް ލޯހިންގައިބެލީމާވެސް އެއިން ބާކޮޅެއް ރޮނގެއް ނުފެނުމުގެސަބަބުން ކަލޭގެ نَظَرُ ކަލޭގެ ގާތަށް އެނބުރިދާނީ ދެރަވެ ނިކަމެތިވެ ވަރުބަލި ވެގެންވާ ޙާލުގައެވެ. އެބަހީ އެއްވެސް ގޮތަކުން ރޮނގެއް، ބާކޮޅެއް ފޫވެއްޓުމެއް ނުހުންނާނެއެވެ.
وَلَقَدۡ زَيَّنَّا ٱلسَّمَآءَ ٱلدُّنۡيَا بِمَصَٰبِيحَ وَجَعَلۡنَٰهَا رُجُومٗا لِّلشَّيَٰطِينِۖ وَأَعۡتَدۡنَا لَهُمۡ عَذَابَ ٱلسَّعِيرِ
Open ayah 67:5އަދި ހަމަކަށަވަރުން ދުނިޔެއާއި އެންމެގާތުގައިވާއުޑު ބައްތިތަކަކުން ތިމަންރަސްކަލާނގެ ޒީނަތްތެރި ކުރެއްވީމެވެ. އެބަހީ ތަރިތަކުން ޒީނަތްތެރި ކުރެއްވީމެވެ. އެތަރިތަކަކީ އުޑުން ވައްކަންކުރާ شَيْطَان ގައިގާ ޖެހެވޭ އެއްޗެއްކަމުގައިވެސް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި آخِرة ދުވަހުން އެސޮރުމެންނަށް ގަދަ އަލިފާނުގެ عَذَاب އެއް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.
وَلِلَّذِينَ كَفَرُواْ بِرَبِّهِمۡ عَذَابُ جَهَنَّمَۖ وَبِئۡسَ ٱلۡمَصِيرُ
Open ayah 67:6އަދި ކާފަރުވީ މީސްތަކުންނަށް އެބައިމީހުންގެ رَبُّ ގެ حَضْرَةُ ގައި ހުރީ ނަރަކައިގެ ޢަޒާބެވެ. އެއީ ގޮސްތިބުން ނުބައިވެގެންވާ ތަނެކެވެ.
إِذَآ أُلۡقُواْ فِيهَا سَمِعُواْ لَهَا شَهِيقٗا وَهِيَ تَفُورُ
Open ayah 67:7އެނަރަކައިގެ ތެރެއަށް އެބައިމީހުން އުކައިލެވިއްޖެއްޔާ އެނަރަކައިގެތެރެއިން ހިމާރު ހަޅޭލަވައި ގަންނަކަހަލަ ނުބައިއަޑުފަށްގަޑެއް އެމީހުން އަހާނެއެވެ. އޭރު އެނަނަރަކައޮންނާނީ މީސްތަކުންނާއި އެކު ކެކިކެކި އެވެ.
تَكَادُ تَمَيَّزُ مِنَ ٱلۡغَيۡظِۖ كُلَّمَآ أُلۡقِيَ فِيهَا فَوۡجٞ سَأَلَهُمۡ خَزَنَتُهَآ أَلَمۡ يَأۡتِكُمۡ نَذِيرٞ
Open ayah 67:8އެނަރަކައެމީހުން ދެކެ ރުޅިއަރައިގަނެގެން ކުދިކުދިވާން ގާތްވެގެންވެއެވެ. އަދި އޭގެތެރެއަށް ނަރަކަވަންތަވެރިންގެ ފައުޖެއް އަޅައިލެވޭ ކޮންމެހިދެއްގައި އެނަރަކަ ބަލަހައްޓަންތިއްބަވާ ޒަބާނިއްޔަ މަލާއިކަތް ބޭކަލުން އެމީހުންނާއި ސުވާލުކުރައްވާނެއެވެ. އެބޭކަލުން ވިދާޅުވާނެއެވެ. ކަލޭމެންގެ ގާތަށް ފަހެ (މިތަނާއިމެދު) ބިރުގަންނަވާނޭ ބޭކަލަކު ވަޑައި ނުގަންނަވަނީ ހެއްޔެވެ؟
قَالُواْ بَلَىٰ قَدۡ جَآءَنَا نَذِيرٞ فَكَذَّبۡنَا وَقُلۡنَا مَا نَزَّلَ ٱللَّهُ مِن شَيۡءٍ إِنۡ أَنتُمۡ إِلَّا فِي ضَلَٰلٖ كَبِيرٖ
Open ayah 67:9އެމީހުން ދަންނަވާނެއެވެ. ނޫނެކެވެ ރަސޫލުބޭކަލުން ވަޑައިގެންނެވިއެވެ. ނަމަވެސް އަހުރެމެން އެބޭކަލުން ދޮގުކުރީއެވެ. އަދިއަހުރެމެން އެބޭކަލުންނަށް ދެންނެވީ الله އެއްވެސް އެއްޗެއް ބާވާތްނުލައްވާކަމުގައެވެ. އަދިކިއެއްހެއްޔެވެ. ތިޔަބޭކަލުން ތިޔަވަނީ ބަޔާންވެގެންވާ ބޮޑުމަގުފުރެދުމެއްގައެވެ.
وَقَالُواْ لَوۡ كُنَّا نَسۡمَعُ أَوۡ نَعۡقِلُ مَا كُنَّا فِيٓ أَصۡحَٰبِ ٱلسَّعِيرِ
Open ayah 67:10އަދިއެމީހުން އެނަރަކައިގާ ތިބެގެން ބުނާނެއެވެ. އަހުރެމެންވެސް އެބޭކަލުންގެބަސް އަހައި ވިސްނައިގެން ސިކުނޑީގެ ބޭނުންކޮށްގެން ދުނިޔޭގައި އުޅުނުނަމަ އަލިފާނުގެ އެކުވެރިންކަމުގައިވެގެން އޭގެތެރޭގައި މިއަދު ތިބޭކަށްނުޖެހުނީހެވެ. (އެކަމަކު އޭރުދެން އެއީ ހަމަހުސްނަމައެކެވެ.)
فَٱعۡتَرَفُواْ بِذَنۢبِهِمۡ فَسُحۡقٗا لِّأَصۡحَٰبِ ٱلسَّعِيرِ
Open ayah 67:11ދެންފަހެ އެމީހުން އެމީހުންގެ ފާފައަށް إعْتِرَافُ ވާނެއެވެ. ނަމަވެސް الله އާއި އެކަލާނގެ رَحْمَة އެމީހުންނާއިހުރިދުރުކަމާއެވެ! (اللهُمَّ أَجِرْنَا مِنَ النَّارِ... آمِيْن)
إِنَّ ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٞ
Open ayah 67:12ހަމަކަށަވަރުން غَيْبُ ގައި ވޮޑިގެންވާ އެބައިމީހުންގެ رَبُّ އަށް ބިރުވެތިވިމީސްތަކުން ނަށް އެކަލާނގެ حَضْرَةُ ން ފާފަ ފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަވެއެވެ. އެއީ ނިޢްމަތްތަކު ގެވެރި ސުވަރުގެއެވެ.
وَأَسِرُّواْ قَوۡلَكُمۡ أَوِ ٱجۡهَرُواْ بِهِۦٓۖ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ
Open ayah 67:13(އޭމީސްތަކުންނޭވެ!) ކަލޭމެން ބަސްބާރަށް ބުނެ އަޑުހަރުކުރުމެކޭ އަދި އަޑު މަޑުކޮށް ސިއްރުން ބަސްބުނުމެކޭ އެކަލާނގެ حَضْرَةُ އަށް ހަމަހަމަވެގެންވެއެވެ. ހަމަކަށަވަރުން ހިތްތަކުގެ އަޑީގައި ވާހާ ތަކެއްޗަށް ދާނދެން އެކަލާނގެ ދެނެވޮޑިގެންވެއެވެ.
أَلَا يَعۡلَمُ مَنۡ خَلَقَ وَهُوَ ٱللَّطِيفُ ٱلۡخَبِيرُ
Open ayah 67:14އެންމެހައި ތަކެތި ހެއްދެވި ކަލަކަށް އެތަކެތީގެ ސިއްރު ނޭގޭނޭ ހެއްޔެވެ؟ އެކަލާނގެއީއެކަލާނގެ ދެނެވޮޑިގަތުން ނުހަނުތަނަވަސްވެ ވޮޑިގެންވާ އަދި އެންމެހައި ޚަބަރުތައް ދެނެވޮޑިގެންވާ ކަލާނގެއެވެ.
هُوَ ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ ذَلُولٗا فَٱمۡشُواْ فِي مَنَاكِبِهَا وَكُلُواْ مِن رِّزۡقِهِۦۖ وَإِلَيۡهِ ٱلنُّشُورُ
Open ayah 67:15އަދި ކަލޭމެނަށްޓަކައި ބިންގަނޑު ނުހަނު ފަސޭހަ ކިޔަމަންތެރި ތަނެއްކަމުގައި ހެއްދެވީވެސް އެކަލާނގެއެވެ. ފަހެ ކަލޭމެން އެބިމުގެ އެކިފަރާތް ފަރާތުގައި ހިގާބިނގާވެ ހަދައިބަލާށެވެ. އަދި އެތާގައިވާ ރިޒުޤުން ނުވަތަ އެކަލާނގެ ދެއްވި ރިޒުޤުން ކަލޭމެން ކައިބޮއި ހަދާށެވެ! އަދި ކަލޭމެން އެނބުރި مَحْشَرُ އަށް ޖަމާކުރެއްވުން ވަނީވެސް ހަމައެކަލާނގެ حَضْرَةُ އަށެވެ.
ءَأَمِنتُم مَّن فِي ٱلسَّمَآءِ أَن يَخۡسِفَ بِكُمُ ٱلۡأَرۡضَ فَإِذَا هِيَ تَمُورُ
Open ayah 67:16ކަލޭމެން ފަހެ ތިޔަތިބީ އުޑުގައިވާ ކަލާނގެ ކަލޭމެންނާއިގެން ބިންގަނޑު ގަންބަވައި ނުގަންނަވާނެކަމާއިމެދު އަމާންވެގެން ހެއްޔެވެ؟ އަދި އެބިންގަނޑު ގަންބަވައިގެންފިނަމަ އެބިންގަނޑު ދެން ޙަރަކާތްތެރިވެ ބޭޤަރާރުވެދާނެއެވެ.
أَمۡ أَمِنتُم مَّن فِي ٱلسَّمَآءِ أَن يُرۡسِلَ عَلَيۡكُمۡ حَاصِبٗاۖ فَسَتَعۡلَمُونَ كَيۡفَ نَذِيرِ
Open ayah 67:17ނުވަތަ ކަލޭމެން ތިޔަތިބީ އުޑުގައިވާ ކަލާނގެ ކަލޭމެންގެ މައްޗަށް އުޑުން ހިލަތަކެއްފޮނުއްވުމާއިމެދު އަމާންވެގެން ހެއްޔެވެ؟ އޭރުން އެބަހީ ހިލަތަކެއްފޮނުއްވައިފީ ވިއްޔާ އޭރުން ދެން ތިމަންރަސްކަލާނގެ އިންޒާރާއި ބިރުގެންނެވުންހުރީ ކޮންފަދައަކުން ކަން ނިކަންހުރެ ކަލޭމެންނަށް އެގިދާނެއެވެ.
وَلَقَدۡ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ فَكَيۡفَ كَانَ نَكِيرِ
Open ayah 67:18އަދި ހަމަކަށަވަރުން އެމީހުންގެ ކުރީގެމީހުން (ރަސޫލު ބޭކަލުން) ދޮގުކުރިއެވެ. އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ އިންކާރު އަދި ތިމަންރަސްކަލާނގެ ކޯފާވީކޮންފަދައަކުން ހެއްޔެވެ؟ އެމީހުންގެމައްޗަށް އެކަންކަން ވެގެންދިޔައީ ބިރުހުރި އަދި ނުރައްކާތެރި ކަންތައްތައްކަމުގައެވެ.
أَوَلَمۡ يَرَوۡاْ إِلَى ٱلطَّيۡرِ فَوۡقَهُمۡ صَٰٓفَّٰتٖ وَيَقۡبِضۡنَۚ مَا يُمۡسِكُهُنَّ إِلَّا ٱلرَّحۡمَٰنُۚ إِنَّهُۥ بِكُلِّ شَيۡءِۭ بَصِيرٌ
Open ayah 67:19އެމީހުން ފަހެ އެމީހުންގެ މަތީ ފިޔަހުޅުވައި ފަތުރައިގެންނާއި އަދި ފިޔަ މޯޅިކޮށްގެންއެވާ ދޫނިތަކަށް ނުބަލަނީ ހެއްޔެވެ؟ އެތަކެތި ބިންމައްޗަށް ވެއްޓުނަނުދީ އެހިފަހައްޓަވަނީ رَحْمَن ވަންތަ ކަލާނގެ ފިޔަވައި އެހެން މީހެއްނޫނެވެ. (އެސޮރުމެން އެހިފަހައްޓަވަނީ ހަމައެކަލާނގެއެވެ.) ހަމަކަށަވަރުން އެކަލާނގެ ހުރިހާއެއްޗަކަށް ބައްލަވާ ވޮޑިގެންވެއެވެ.
أَمَّنۡ هَٰذَا ٱلَّذِي هُوَ جُندٞ لَّكُمۡ يَنصُرُكُم مِّن دُونِ ٱلرَّحۡمَٰنِۚ إِنِ ٱلۡكَٰفِرُونَ إِلَّا فِي غُرُورٍ
Open ayah 67:20رَحْمَن ވަންތަ ރަސްކަލާނގެ ނަޞްރު ނުދެއްވައިފިއްޔާ ދެން ކަލޭމެންނަށް ނަޞްރުދޭނޭ މީހަކީ ކާކު ހެއްޔެވެ؟ އެފަދަމީހަކުވޭހެއްޔެވެ؟ (އެއްގޮތަކަށްވެސް އެފަދަމީހަކު ނުވާނެއެވެ.) ކާފަރުން އެވަނީ ބޮޑުވެގެންވާ ހެއްލުމެއްގެ ތެރޭކަމުގައެވެ.
أَمَّنۡ هَٰذَا ٱلَّذِي يَرۡزُقُكُمۡ إِنۡ أَمۡسَكَ رِزۡقَهُۥۚ بَل لَّجُّواْ فِي عُتُوّٖ وَنُفُورٍ
Open ayah 67:21އަދިއެކަލާނގެ ކަލޭމެނަށް ރިޒުޤު ނުދެއްވައި ހިފަހައްޓަވައިފިއްޔާ ދެން ކަލޭމެނަށް އެރިޒުޤުދެނޭމީހަކީ ކާކުހެއްޔެވެ؟ އެފަދަމީހަކުވޭހެއްޔެވެ؟ އެފަދަމީހަކު ނުވާނެކަން ކަށަވަރެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންދެމިއެތިބެނީ ނުކިޔަމަންތެރިކަމާއި ދެކޮޅުވެރިކަމުގައެވެ.
أَفَمَن يَمۡشِي مُكِبًّا عَلَىٰ وَجۡهِهِۦٓ أَهۡدَىٰٓ أَمَّن يَمۡشِي سَوِيًّا عَلَىٰ صِرَٰطٖ مُّسۡتَقِيمٖ
Open ayah 67:22އަޅެފަހެ އެމީހެއްގެ މޫނުވަތަށްއޮވެގެން ހިގާމީހާ އާއި ސީދާމަގުގައި ރަނގަޅަށް ތެދަށްހުރެ ހިގާމީހާއާއި ދެމީހުންކުރެ ރަނގަޅަށް ހިގޭނީ ކާކަށްހެއްޔެވެ؟ ސިދާމަގުގައި ވާނީކާކުހެއްޔެވެ؟
قُلۡ هُوَ ٱلَّذِيٓ أَنشَأَكُمۡ وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلٗا مَّا تَشۡكُرُونَ
Open ayah 67:23(ރަސޫލު ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ހެއްދެވީ ހަމަ އެކަލާނގެއެވެ. އަދި އެކަލާނގެ ކަލޭމެންނަށް އިވުމާއި ފެނުމާއި ވިސްނާ ފިކުރުކުރުމަށް ހިތްލެއްވިއެވެ! އެކަންކަމަށްވެސް ކަލޭމެން ޝުކުރު ކުރަނީ ދާދި މަދުންނެވެ.
قُلۡ هُوَ ٱلَّذِي ذَرَأَكُمۡ فِي ٱلۡأَرۡضِ وَإِلَيۡهِ تُحۡشَرُونَ
Open ayah 67:24(އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ހައްދަވައި ބިމުގައިފެތުރުއްވެވީ ހަމަ އެކަލާނގެއެވެ. އަދި ކަލޭމެން މަޙްޝަރު ކުރެވޭނީވެސް (އެއްކުރެވޭނީވެސް) ހަމަ އެކަލާނގެ ޙަޟްރަތަށެވެ.
وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ
Open ayah 67:25އަދި އެކާފަރުންގެ މީހުން ބުނެއެވެ. (އޭ މުއްމިނުންނޭވެ.) ކަލޭމެންނީ ބުނާބަހުގައި ތެދުވެރިން ކަމުގައި ވަޏާއި ނިކަން ބުނެބަލާށެވެ. ތިޔަ ވަޢްދުކުރާ ޤިޔާމަތް ދުވަހެއްވާނީ ކޮންއިރަކުން ހެއްޔެވެ.
قُلۡ إِنَّمَا ٱلۡعِلۡمُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٞ مُّبِينٞ
Open ayah 67:26(އޭ ރަސޫލު اللهއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަކަމުގެ އެނގުންވާކަން ކަށަވަރީ ﷲގެ ޙަޟްރަތު ގައެވެ. (އަހުރެމެންނަކަށް ނޭނގެއެވެ.) އަހުރެން ވާކަން ކަށަވަރީ ނަޛީރަކުކަމުގައެވެ. އެބަހީ އެކަމުގެ ވާހަކައިން ބިރުގަންނަވާ ބޭކަލަކުކަމުގައެވެ.
فَلَمَّا رَأَوۡهُ زُلۡفَةٗ سِيٓـَٔتۡ وُجُوهُ ٱلَّذِينَ كَفَرُواْ وَقِيلَ هَٰذَا ٱلَّذِي كُنتُم بِهِۦ تَدَّعُونَ
Open ayah 67:27ދެންފަހެ ދާދި ގާތުން އެމީހުންނަށް އެ ޢަޛާބު ފެންނަހިނދުން ކާފަރުވީ މީސްތަކުންގެ މޫނުތައް މުޅިން ނުބައިވެ ކަޅުވެދާ ހުއްޓެވެ. އަދި އެމީހުންނަށް އެންގޭނެއެވެ. މި ޢަޛާބަކީ ނުވަތަ ތިޔަ ފެންނަ ޢަޛާބުގެ މަންޒަރަކީ ކަލޭމެން ދުނިޔޭގައި އެކަމަށް އެދި ސުވާލުކުރި ޢަޛާބެކެވެ.
قُلۡ أَرَءَيۡتُمۡ إِنۡ أَهۡلَكَنِيَ ٱللَّهُ وَمَن مَّعِيَ أَوۡ رَحِمَنَا فَمَن يُجِيرُ ٱلۡكَٰفِرِينَ مِنۡ عَذَابٍ أَلِيمٖ
Open ayah 67:28(އޭ ރަސޫލު اللهއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނާއި އަހުރެންނާއެކު މިވާ މުއްމިނުން اللهހަލާކު ކުރަށްވާ މަރުއްވައިފިއްޔާ ނުވަތަ އެކަލާނގެ އަހުރެމެން ނުމަރުއްވާ އަހުރެމެންނަށް ރަޙްމަތް ލައްވައިފިއްޔާއި، ފަހެ ކާފަރުންނަށް ސަލާމަތްކަންދީ އެމީހުން މިންޖު ކޮށްދޭނީ ފަހެ ކާކުހެއްޔެވެ. ވޭންދެނިވި ޢަޛާބުން އެމީހުން ސަލާމަތް ކުރާނީ ކާކުހެއްޔެވެ؟ (ހަމަ އެކަކުވެސް ނުހުންނާނެއެވެ.)
قُلۡ هُوَ ٱلرَّحۡمَٰنُ ءَامَنَّا بِهِۦ وَعَلَيۡهِ تَوَكَّلۡنَاۖ فَسَتَعۡلَمُونَ مَنۡ هُوَ فِي ضَلَٰلٖ مُّبِينٖ
Open ayah 67:29(އޭ ރަސޫލު الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެއީ رَّحْمَـٰنُ ވަންތަ اللهއެވެ. (އެބަހީ ކަލޭމެން އެފަރާތަކަށް އަޅުކަން ކުރުމަށް މި ގޮވާ އެއްކައުވަންތަ ކަލާނގެއަކީ رَّحْمَـٰنُ ވަންތަ ކަލާނގެއެވެ.) އަހުރެމެންމިވަނީ އެފަރާތަށް އީމާން ވެގެންނެވެ. އަދި އަހުރެމެން ހުރިހާ ކަމެއްގައި ވަކީލު ކޮށް އިތުބާރު ކުރަނީ ހަމަ އެކަލާނގެއަށެވެ. މީސްތަކުންގެ ތެރެއިން މަގުފުރެދިގެންވާ މީހުންނަކީ ކޮންބައެއްކަން ނިކަންހުރެ ކަލޭމެންނަށް އެނގިދާނެއެވެ.
قُلۡ أَرَءَيۡتُمۡ إِنۡ أَصۡبَحَ مَآؤُكُمۡ غَوۡرٗا فَمَن يَأۡتِيكُم بِمَآءٖ مَّعِينِۭ
Open ayah 67:30(އޭ ރަސޫލު اللهއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ތިޔަ ބޮއި އަދި ބޭނުންކޮށްތިޔައުޅޭފެން ބިމުގެ އަޑިޔަށް އެކަށްގޮސް ހުސްވެ ފެން ނެތިއްޖެއްޔާ ދެން ކަލޭމެންނަށް މީރުފެން ގެނަސް ދޭނީ ފަހެ ކާކުހެއްޔެވެ؟ (ޖަވާބަކަށްވާނީ އެކަކުވެސް ނުހުންނާނެއެވެ. އެހެންވީއިރު ދެންކަލޭމެންއެފަރާތައް އީމާންވެ އެފަރާތަށް އެކަނި އަޅުކަން އިޚްލާޞް ތެރި ނުކުރަނީ ކީއްވެހެއްޔެވެ؟)