الجن
Al-Jinn
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
قُلۡ أُوحِيَ إِلَيَّ أَنَّهُ ٱسۡتَمَعَ نَفَرٞ مِّنَ ٱلۡجِنِّ فَقَالُوٓاْ إِنَّا سَمِعۡنَا قُرۡءَانًا عَجَبٗا
Open ayah 72:1(އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ޖިންނިންގެޖަމާޢަތެއްގެބަޔަކު (ތިމަންކަލޭގެފާނުޤުރްއާން ކިޔެވިއަޑު) އަހައިފިކަމުގައި ތިމަންކަލޭގެފާނަށް وَحِي އިއްވެވިއްޖެއެވެ. އެބަހީ الله ތިމަންކަލޭގެފާނަށް އަންގަވައިފިއެވެ. އަދިއެމީހުން قُرْآن ގެ އަޑުއަހައިފާ އެމީހުންގެ ޤައުމަށްގޮސް ބުންޏެވެ. އޭއަހުރެމެންގެ ޤައުމުގެމީހުންނޭވެ. ހަމަކަށަވަރުން عَجَائِبُ ވާފަދަ قُرْآن އެއް ނުވަތަ عَجَائِبُ ވާފަދަބަސްތަކެއް އަހުރެމެން އަހައިފީމެވެ.
يَهۡدِيٓ إِلَى ٱلرُّشۡدِ فَـَٔامَنَّا بِهِۦۖ وَلَن نُّشۡرِكَ بِرَبِّنَآ أَحَدٗا
Open ayah 72:2އެ قُرْآن މަގުދައްކަނީ ސީދާ ޙައްޤު ތެދުމަގަށެވެ. އެހެންވެ އަހުރެމެން އެ قُرْآن އަށް އީމާންވެއްޖައީމެވެ. (އެއީ ﷲ ގެ حَضْرَةُ ންބާވައިލައްވާފައިވާ ޙައްޤު ފޮތެއްކަމުގައި ތެދުކޮށްފީމެވެ.) އަދި އަހުރެމެން އަހުރެމެންގެ رَبُّ އަށް ހަމަ އެއްގޮތަކަށްވެސް ޝަރީކު ނުކުރާހުށީމެވެ.
وَأَنَّهُۥ تَعَٰلَىٰ جَدُّ رَبِّنَا مَا ٱتَّخَذَ صَٰحِبَةٗ وَلَا وَلَدٗا
Open ayah 72:3އަދި ހަމަކަށަވަރުން އަހުރެމެންގެ رَبُّ ގެ މާތްކަމާއި އެކަލާނގެ عَظَمَة މަތިވެރިވެ އުފުލިގެންވެއެވެ. އަދި އެކަލާނގެ އެއްވެސް އަނބިކަނބަލަކު ވިޔަސް އަދި ދަރިކަލަކުވިޔަސް ނުހިއްޕަވައެވެ. (އެއިން އެއްވެސް ފަރާތެއް އިޚްތިޔާރު ނުކުރައްވައެވެ. އެއީ އެކަލާނގެއަށް އެއްވެސް شَرِيك އަކުނުވާ އެއްކައުވަންތަކަލާނގެ އެވެ.)
وَأَنَّهُۥ كَانَ يَقُولُ سَفِيهُنَا عَلَى ٱللَّهِ شَطَطٗا
Open ayah 72:4އަދި ހަމަކަށަވަރުން އަހުރެމެންގެތެރޭގައިވާ ބޯ ހަމަނުޖެހޭ ޖާހިލުން الله އާއި މެދު ދޮގު އަދި އަނިޔާވެރި ބަސްތަށް ބުނަނީއެވެ. އެކަލާނގެ އަށް شَرِيك ންތަށް ލަނީއެވެ.
وَأَنَّا ظَنَنَّآ أَن لَّن تَقُولَ ٱلۡإِنسُ وَٱلۡجِنُّ عَلَى ٱللَّهِ كَذِبٗا
Open ayah 72:5އަދި ހަމަކަށަވަރުން އަހުރެމެން ހީކުރީ އިންސާނަކުވެސް އަދި ޖިންނިއަކުވެސް ﷲ ގެ މައްޗަށް ދޮގެއްނަހަދާނެކަމަށެވެ.
وَأَنَّهُۥ كَانَ رِجَالٞ مِّنَ ٱلۡإِنسِ يَعُوذُونَ بِرِجَالٖ مِّنَ ٱلۡجِنِّ فَزَادُوهُمۡ رَهَقٗا
Open ayah 72:6އަދި ހަމަކަށަވަރުން ޖިންނިންގެ ބައެއްފިރިހެނުންގެކިބައިން ރައްކާތެރިކަމާއި حِمَايَة އެދޭކަމުގައިވި ބައެއްމީހުން އިންސާނުންގެތެރޭގައި ވާކަމުގައިވެއެވެ. އަދި އެކަމުގެސަބަބުން އެޖިންނިތަކަށް ބޮޑާކަމާއި ފާފަވެރިކަން އިތުރުވެއެވެ. އަދިއެއިންސާނުންނަށް ބިރުވެރިކަން އިތުރުކޮށްދެއެވެ.
وَأَنَّهُمۡ ظَنُّواْ كَمَا ظَنَنتُمۡ أَن لَّن يَبۡعَثَ ٱللَّهُ أَحَدٗا
Open ayah 72:7އަދި އެއިންސާނުންވެސް ހީކުރީ ކަލޭމެން ޖިންނިންވެސް ހަމަތިޔަހީކުރި ގޮތަށެވެ. އެއީ الله تَعَالَى އެއްވެސް އާދަމުގެދަރިއަކު ރަސޫލުކަމާއިގެން ނުފޮނުއްވާކަމަށެވެ.
وَأَنَّا لَمَسۡنَا ٱلسَّمَآءَ فَوَجَدۡنَٰهَا مُلِئَتۡ حَرَسٗا شَدِيدٗا وَشُهُبٗا
Open ayah 72:8އަދި ހަމަކަށަވަރުން އުޑުގެ ޚަބަރުތައް ހޯދުމަށް ކުރިއެކޭވެސް އެއްފަދައިން އަހުރެމެން ދިޔައީމުއެވެ. ނަމަވެސް އަހުރެމެންނަށް މިހާރު އެއުޑުފެނުނީ ގަދަފަދަވެގެންވާ މަލާއިކަތްބޭކަލުން އެތަންރައްކާތެރި ކުރުމަށްޓަކައި ފޯރިމެރުމަށް އެތާގައި ފުރިގެންވަނިކޮށެވެ. އަދި އެތަނުން ޚަބަރު ސާފުކުރަންދާ ޖިންނިންނަށްވާ ގިނިހިލައެވެ.
وَأَنَّا كُنَّا نَقۡعُدُ مِنۡهَا مَقَٰعِدَ لِلسَّمۡعِۖ فَمَن يَسۡتَمِعِ ٱلۡأٓنَ يَجِدۡ لَهُۥ شِهَابٗا رَّصَدٗا
Open ayah 72:9އަދި ހަމަކަށަވަރުން މީގެކުރީގައި ޚަބަރު އެހުމަށްޓަކައި އުޑުގެތަންތާގައި އަހުރެމެން އިށީންދެ ތިބޭކަމުގައިވީމުއެވެ. އެހެންނަމަވެސް މިހާރު އެއިންތާކު ޚަބަރު އެހުމުގެ ޤަސްދުގައި އިށީންނަންދާމީހަކަށް ދިމާވާނީ ސީދާކުރެވޭ ގިނިހިލައެކެވެ. (ޚަބަރެއް އެހުމުގެކުރިން އެގިނިހިލައިންޖެހި އެދާޖިންނިއެއް ހަލާކުވެދެއެވެ.)
وَأَنَّا لَا نَدۡرِيٓ أَشَرٌّ أُرِيدَ بِمَن فِي ٱلۡأَرۡضِ أَمۡ أَرَادَ بِهِمۡ رَبُّهُمۡ رَشَدٗا
Open ayah 72:10އަދި ބިމުގެ އަހުލުވެރިންނަށް އެމީހުންގެ رَبُّ އެދިވޮޑިގަންނަވަނީ ނުބައެއްކަމެއް އަދި ނުވަތަ އެކަލާނގެ އެމީހުންނަށްޓަކައި އެދިވޮޑިގަންނަވަނީ ތެދުމަގެއްކަމެއް ނުވަތަ ހެވެއްކަމެއް އަހުރެމެންނަކަށްނޭގެއެވެ. (ކޮންމެއަކަސް އެތާގެ ކަންތައް މިހުރީ އިހުނާތަފާތުގޮތަކަށެވެ.)
وَأَنَّا مِنَّا ٱلصَّٰلِحُونَ وَمِنَّا دُونَ ذَٰلِكَۖ كُنَّا طَرَآئِقَ قِدَدٗا
Open ayah 72:11އަދިހަމަކަށަވަރުން އަހުރެމެންގެތެރޭގައި صَالِحُ މާތްމީހުންވެއެވެ. އަދިހަމަކަށަވަރުން އަހުރެމެންގެތެރޭގައި އެއަށްވުރެދަށްމީހުންވެއެވެ. (މިއީ ހައްތާވެސް ޖިންނީންގެމީހުން އެމީހުންގެމީހުންނަށްކިޔައިދޭވާހަކައެވެ. އަދި ބުނެއެވެ.) އަހުރެމެންވީ ތަފާތުވެގެންވާ. ޖަމާޢަތްތަކަކަށެވެ. ބައިބަޔަށެވެ. އެބަހީ އަހުރެމެންވީ ތަފާތު فِرْقَة ތަކަކަށެވެ.
وَأَنَّا ظَنَنَّآ أَن لَّن نُّعۡجِزَ ٱللَّهَ فِي ٱلۡأَرۡضِ وَلَن نُّعۡجِزَهُۥ هَرَبٗا
Open ayah 72:12އަދިހަމަކަށަވަރުން އަހުރެމެން ޔަޤީންކުރީ އަދި އަހުރެމެންނަށް އެނގުނީ ބިންމަތީގައިވެސް އަހުރެމެންނަށް الله ނުކުޅައްދައި ނުލެވޭނެކަމެވެ. އަދިއެކަލާނގެއަށް އަތުނުވާން ފިލަންގޮސްގެންވެސް އެކަލާނގެ ނުކުޅައްދައިނުލެވޭނެކަމެވެ. އެކަލާނގެއަށް އަތުނުވާން ފިލައިގެން ނުދެވޭނެކަމެވެ.
وَأَنَّا لَمَّا سَمِعۡنَا ٱلۡهُدَىٰٓ ءَامَنَّا بِهِۦۖ فَمَن يُؤۡمِنۢ بِرَبِّهِۦ فَلَا يَخَافُ بَخۡسٗا وَلَا رَهَقٗا
Open ayah 72:13އަދިހަމަކަށަވަރުން އަހުރެމެންނަށް ތެދުމަގު އަޑުއިވުމުން އެތެދުމަގުއެއީ ﷲ ގެ حَضْرَةُ ންވާތެދުމަގެއް ކަމުގައި އަހުރެމެން ޤަބޫލުކޮށް ތެދުކޮށްފީމެވެ. ފަހެ އެމީހަކު އެމީހަކުގެ رَبُّ އަށް އީމާންވެއްޖެމީހާ ދަންނައެވެ. ފަހެ އެނާ އޭނާގެ ދަރުމަ އުނިވެދާނޭކަމަށް ބިރުނުގަންނާނެއެވެ. އަދި އޭނާގެ ނުބައިތައް ގިނަވެ އަނިޔާއެއް ލިބިދާނޭކަމުގެވެސް އެއްވެސްބިރެއްނެތެވެ. އެންމެތަންފުކެއްވެސް ތަފާތުނުވާނެއެވެ.
وَأَنَّا مِنَّا ٱلۡمُسۡلِمُونَ وَمِنَّا ٱلۡقَٰسِطُونَۖ فَمَنۡ أَسۡلَمَ فَأُوْلَٰٓئِكَ تَحَرَّوۡاْ رَشَدٗا
Open ayah 72:14އަދިހަމަކަށަވަރުން އަހުރެމެންގެތެރޭގައި (اللهއަށާއި އެކަލާނގެ ރަސޫލާއަށް) ކިޔަމަންތެރި މުސްލިމުންވެއެވެ. އަދި ހަމަކަށަވަރުން އަހުރެމެންގެތެރޭގައި އަނިޔާވެރި ނުބައިމީހުންވެސްވެއެވެ. އަދިއެމީހަކު އީމާންވެ ކިޔަމަންތެރިވެއްޖެމީހުން ދަންނައެވެ. ހަމަކަށަވަރުން އެމީހުން ޙައްޤުހޯދުމުގައި ގަދައަޅައި މަސައްކަތް ކޮށްފިއެވެ.
وَأَمَّا ٱلۡقَٰسِطُونَ فَكَانُواْ لِجَهَنَّمَ حَطَبٗا
Open ayah 72:15އަދި އަނިޔާވެރި ނުބައިމީހުން ދަންނައެވެ. = ފަހެ އެމީހުންވީ ނަރަކަޔަށްވާ ދަރުކަމުގައެވެ.
وَأَلَّوِ ٱسۡتَقَٰمُواْ عَلَى ٱلطَّرِيقَةِ لَأَسۡقَيۡنَٰهُم مَّآءً غَدَقٗا
Open ayah 72:16(الله وَحِي ކުރެއްވިއެވެ.) އަދިއެމީހުން އިސްލާމުދީނުގައި (ސީދާތެދުމަގުގައި) ޤާއިމުވެތިބިނަމަ ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށްގިނަފެން ބޯންދެއްވީހެވެ.
لِّنَفۡتِنَهُمۡ فِيهِۚ وَمَن يُعۡرِضۡ عَن ذِكۡرِ رَبِّهِۦ يَسۡلُكۡهُ عَذَابٗا صَعَدٗا
Open ayah 72:17އެއީ އެ نِعْمَةُގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުން إِمْتِحَانُ ކުރެއްވުމަށްޓަކައެވެ. އެމީހުންގެތެރެއިން الله އަށް ޝުކުރު ކުރަނީ ކޮންބައެއްތޯ ނުވަތަ ޝުކުރު ނުކުރަނީކޮންބައެއްތޯ (މިކަންކަން الله ދެނެވޮޑިގެންވާކަންދެއްކުމަށްޓަކައެވެ.) އަދި އެމީހާގެ رَبُّ ގެޒިކްރުން އެމީހަކު މޫނުއަބުނރައިލައިފިމީހާ ދަންނައެވެ. އުދަގޫވެގެންވާ ޢަޒާބަކަށް އެކަލާނގެ އެމީހާވައްދަވާނެއެވެ.
وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا
Open ayah 72:18އަދި ހަމަކަށަވަރުން މިސްކިތްތައް خَاصَّ ވެގެންވަނީ الله އަށެވެ. ފަހެ ކަލޭގެފާނު الله އާއިއެކު ހަމައެކަކަށްވެސް ގޮވާނުހައްދަވާށެވެ. ހަމައެކަކަށްވެސް އަޅުކަންނުކުރައްވާށެވެ. ހަމައެކަކުވެސް އެކަލާނގެއާއި އެކު ބައިވެރިނުކުރައްވާށެވެ.
وَأَنَّهُۥ لَمَّا قَامَ عَبۡدُ ٱللَّهِ يَدۡعُوهُ كَادُواْ يَكُونُونَ عَلَيۡهِ لِبَدٗا
Open ayah 72:19އަދި ހަމަކަށަވަރުން ﷲ ގެއަޅާ مُحَمَّدٌ ﷺ ތެދުވެވަޑައިގެން (بَطْنُ نَخْلَة އެވެކިއުނުތާގައި) ނަމާދުފުޅު ކުރައްވައި دُعَاء ކުރައްވަން ހުންނެވި ވަގުތު. (އެކަލޭގެފާނުންގެ ކިޔަވާ ވިދާޅުވުމުގެ އަޑުއެހުމަށް އެކަލޭގެފާނުންގެ އަރިހަށް އައި ޖިންނިތައް އައިސް ގައިގޯޅިވެ އެކަތިއަނެކަތީގެމައްޗަށް އަރައި ތިބިއިރު އެޖިންނިތައް ހީވަނީ ރާނާފައިވާ ފާރެއްހެންނެވެ.)
قُلۡ إِنَّمَآ أَدۡعُواْ رَبِّي وَلَآ أُشۡرِكُ بِهِۦٓ أَحَدٗا
Open ayah 72:20(އޭ رَسُولُ لله އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ނަމާދުކޮށް دُعَاء ކުރާކަން ކަށަވަރީ ތިމަންކަލޭގެފާނުންގެ رَبُّ އަށެވެ. އަދިއެކަލާނގެއާއި ތިމަންކަލޭގެފާނުން ޝަރީކު ނުކުރާހުށީމެވެ. ހަމައެކަކުވެސް ބަވެރިނުކުރާހުށީމެވެ.
قُلۡ إِنِّي لَآ أَمۡلِكُ لَكُمۡ ضَرّٗا وَلَا رَشَدٗا
Open ayah 72:21(އޭ رَسُولُ لله އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ހަމަކަށަވަރުން ކަލޭމެންނަށް ގެއްލުމެއްދިނުމަކަށްވެސް އަދިނުވަތަ ކަލޭމެނަށް ހެވެއްހޯދައިދިނުމަކަށްވެސް (ކަލޭމެން މަގުފުރެއްދުމަށްވެސް އަދިނުވަތަ ކަލޭމެނަށް ތެދުމަގު ދެއްކެވުމަށްވެސް) މިއިން އެއްވެސްކަމެއް ތިމަންކަލޭގެފާނަށް މިލްކުވެގެންނުވެއެވެ. އެކަންކަމުގެ އެއްވެސް إخْتِيَارُ އެއްތިމަންކަލޭގެފާނަށް ލިބިގެންނުވެއެވެ. އެއީ ހައްތާވެސް ﷲ ގެބާރުގެދަށުގައިވާކަންކަމެވެ.
قُلۡ إِنِّي لَن يُجِيرَنِي مِنَ ٱللَّهِ أَحَدٞ وَلَنۡ أَجِدَ مِن دُونِهِۦ مُلۡتَحَدًا
Open ayah 72:22އަދި ކަލޭގެފާނުން ވިދާޅުވާށެވެ! ﷲގެ حَضْرَةُ ން އަތުވެދާނޭ ޢަޒާބަކުން ތިމަންކަލޭގެފަނު ސަލާމަތްކޮށްދޭނޭ ހަމައެކަކުވެސް الله ފިޔަވައި ތިމަންކަލޭގެފަނަކަށްނުވެއެވެ.
إِلَّا بَلَٰغٗا مِّنَ ٱللَّهِ وَرِسَٰلَٰتِهِۦۚ وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَإِنَّ لَهُۥ نَارَ جَهَنَّمَ خَٰلِدِينَ فِيهَآ أَبَدًا
Open ayah 72:23ހަމައެކަނި ﷲގެ حَضْرَةُ ންވާ އެކަލާނގެ އަމުރުފުޅުތަކާއި އަދި ރަސޫލުކަން ކަލޭމެނަށް އިއްވައިދެއްވުން މެނުވީ ތިމަންކަލޭގެފާނަށްމިލްކުވެގެންނުވެއެވެ. އަދި الله އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެމީހާ ދަންނައެވެ. ހަމަކަށަވަރުން އޭނާއަށް ހުރީ ނަރަކައިގެ އަލިފާނެވެ. ދާއިމީގޮތެއްގައި އެނާ އެތާ ދެމިހުންނަ ގޮތަށެވެ.
حَتَّىٰٓ إِذَا رَأَوۡاْ مَا يُوعَدُونَ فَسَيَعۡلَمُونَ مَنۡ أَضۡعَفُ نَاصِرٗا وَأَقَلُّ عَدَدٗا
Open ayah 72:24ފަހެ އެކާފަރުންނާއި އެމުޝްރިކުން އެމީހުންނަށްވަޢްދުވެވިގެންވާ ޢަޒާބު އެމީހުންނަށްފެނި އަދިއެޢަޒާބު އަތުވެއްޖައުމަށްދާންދެން އެމީހުންއެގޮތުގައި ދެމިތިބޭނެއެވެ. އަދި އެޢަޒާބު އެމީހުންނަށްފެނުނީމާ نَصْرُ ވެރިން ނިކަމެތިވެ މަދުވެގެންވަނީ ކޮންބައެއްކަން އެމީހުންނަށް އެގިދާނެއެވެ. نَصْرُ ވެރިން ނިކަމެތިވެ އަދިމަދުވެގެންވަނީ އެމީހުންނަށްތޯ ނުވަތަ މުއުމިނަށްތޯ މިކަންކަން އެމީހުންނަށް އެގިދާނެއެވެ.
قُلۡ إِنۡ أَدۡرِيٓ أَقَرِيبٞ مَّا تُوعَدُونَ أَمۡ يَجۡعَلُ لَهُۥ رَبِّيٓ أَمَدًا
Open ayah 72:25(އޭ رَسُولُ لله އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ކަލޭމެންނަށްوَعْدُ ވެވިގެންވާއެތި (عَذَابُ) ގާތްވެގެންވާކަމެއް ނުވަތަ އެ (عَذَابُ) އައުމަށް ތިމަންކަލޭގެފާނުންގެ رَبُّ ވަކި މުއްދަތެއް ލައްވާފައި ވާކަމެއް ވެސް ތިމަންކަލޭގެފާނަކަށް އެގިވަޑައިގެން ނުވެއެވެ.
عَٰلِمُ ٱلۡغَيۡبِ فَلَا يُظۡهِرُ عَلَىٰ غَيۡبِهِۦٓ أَحَدًا
Open ayah 72:26އެކަލާނގެއީ غَيْبُ ތައް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ غَيْبُ ހަމަ އެކަކަށްވެސް އެކަލާނގެ ފައުޅު ނުކުރައްވައެވެ.
إِلَّا مَنِ ٱرۡتَضَىٰ مِن رَّسُولٖ فَإِنَّهُۥ يَسۡلُكُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦ رَصَدٗا
Open ayah 72:27އެހެންނަމަވެސް އެކަލާނގެ ފޮނުއްވާ ރަސޫލުބޭކަލުންކުރެ ބޭކަލަކަށްމެނުވީއެވެ. (އެބަހީ އެކަލާނގެ غَيْبُ ގެތެރެއިން އެކަލާނގެ ފައުޅުކުރައްވަން އިރާދަކުރެއްވިމިންވަރެއް އެކަލާނގެ އިރާދަކުރެއްވި ބޭކަލަކަށް ފައުޅުކުރައްވައެވެ. އެއީ މަލާއިކަތްބޭކަލެއްނަމަވެސް އަދި ނުވަތަ އާދަމުގެދަރިއެއްނަމަވެސް ހަމަހަމައެވެ.) ދެންފަހެ އެރަސޫލުބޭކަލެއްގެ ކުރިމަތީގައްޔާއި އަދި ފަހަތުގައި އެބޭކަލަކު ރައްކާތެރިކުރެއްވުމަށް ފާރަވެރިއަކު އެކަލާނގެ ލައްވައެވެ. އެއީ غَيْبُ ގެތެރެއަށް شَيْطَانُއާ ގަދަވެގަތަ ނުދިނުމަށްޓަކައެވެ.
لِّيَعۡلَمَ أَن قَدۡ أَبۡلَغُواْ رِسَٰلَٰتِ رَبِّهِمۡ وَأَحَاطَ بِمَا لَدَيۡهِمۡ وَأَحۡصَىٰ كُلَّ شَيۡءٍ عَدَدَۢا
Open ayah 72:28އެފަދައިން އެކަލާނގެ އެހައްދަވަނީ އެރަސޫލުން އެބޭކަލުންގެ رَبُّ ގެ ރަސޫލުކަން އިއްވެވިކަން ދެނެވޮޑިގެންވާކަން އެންގެވުމަށްޓަކައެވެ. އަދިއެބޭކަލުންގެ ހުރިހާކަމެއް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދިހުރިހާކަމެއް އެކަލާނގެ ހިސާބުކުރައްވައި ޢަދަދު ކުރައްވައެވެ.