عبس
Abasa
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
عَبَسَ وَتَوَلَّىٰٓ
Open ayah 80:1(رسول الله ﷺ) މޫނުފުޅު ހުތުރު ކުރަށްވައި ރުހި ވަޑައި ނުގެން އެނބުރި ވަޑައިގެންފިއެވެ.
أَن جَآءَهُ ٱلۡأَعۡمَىٰ
Open ayah 80:2އެއީ އެކަލޭގެފާނުންގެ އަރިހަށް އަނދިރި މީހަކު އައިހިނދުންނެވެ. (އެއީ އޭނާއަށްވުރެ ބޮޑެތި ބަޔަކަށް އިސްލާމްދީނަށް ގޮވައި ލައްވައި އެމީހުން އިސްލާމްވުގެ ޝައުޤު ގައި އިންނެވި ވަގުތެއްގައެވެ.) އެކަމާމެދު ﷲ تَعَالى عِتَابُ ގެ ބަސްފުޅު އިއްވަވަނީއެވެ.
وَمَا يُدۡرِيكَ لَعَلَّهُۥ يَزَّكَّىٰٓ
Open ayah 80:3(އޭ رسول الله އެވެ!) އެމީހާ އީމާން ނުވާނެކަމެއް ކަލޭގެފާނަށް އަންގަވައި ދެއްވީ ކޮންއެއްޗެއް ތޯއެވެ؟ އަދި ކިއެއްހެއްޔެވެ؟ އޭނާ އީމާންވެ طَاهِرُ ވެގަތުން އުއްމީދު ކުރެވެއެވެ.
أَوۡ يَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰٓ
Open ayah 80:4ނުވަތަ އޭނާ وَعْظُ نَصِيْحَة ކަލޭގެފާނުންގެ އަރިއަރިއަހުން ލިބިގެންފާނެއެވެ. ދެން އެ وَعْظُ نَصِيْحَة ން އޭނާއަށް މަންފާ ކޮށްފާނެއެވެ. (އިސްލާމްވެ މާތް މީހަކަށް ވެދާނެއެވެ.)
أَمَّا مَنِ ٱسۡتَغۡنَىٰ
Open ayah 80:5އެކަމަކު ކަލޭގެފާނުންގެ وَعْظُ نَصِيْحَة ނުއަހައި އެއިންފުދިގެންފި މީހާ ދަންނައެވެ. (ބުނެވެނީ އެއީ أَبُو جَهُلُ އާއި އެބާވަތުގެ ދެތިން މީހަކު ކަމަށެވެ.)
فَأَنتَ لَهُۥ تَصَدَّىٰ
Open ayah 80:6ކަލޭގެފާނުން އޭނާޔާ ކުރިމަތިފުޅުލައްވައި ވާހަކަފުޅު ދައްކަވަނީ އެވެ.
وَمَا عَلَيۡكَ أَلَّا يَزَّكَّىٰ
Open ayah 80:7އަދި އޭނާ އީމާންވެ ފާފައިން طَاهِرُ ވެ ނުގަތުމުން ކަލޭގެފާނަށް އޮތީ ކޮން ގެއްލުމެއް ތޯއެވެ؟ (ހަމަކަށަވަރުން ކަލޭގެފާނު އޭނާއަށް ރަސޫލުކަން އިއްވައި އަމާނާތް އަދާ ކުރައްވައިފީމުއެވެ.)
وَأَمَّا مَن جَآءَكَ يَسۡعَىٰ
Open ayah 80:8އަދި ކަލޭގެފާނުންގެ އަރިހަށް އަވަސްވެގެންވާޙާލް އަވަސް އަވަހަށްއައިމީހާ ދަންނައެވެ.
وَهُوَ يَخۡشَىٰ
Open ayah 80:9އޭނާ އައީ ބިރުވެތިވެގެންވާ ޙާލުގައެވެ. (އެއީ عَبد الله بن أم مكتوم އެވެ.)
فَأَنتَ عَنۡهُ تَلَهَّىٰ
Open ayah 80:10ދެން ފަހެ ކަލޭގެފާނު އޭނާގެ ކިބައިން غَافِلُ ވެ ވަޑައިގެން ދުރުވެވަޑައިގަންނަވަނީއެވެ.
كَلَّآ إِنَّهَا تَذۡكِرَةٞ
Open ayah 80:11އެއްގޮތަކަށްވެސް އެއީ އެކަށީގެންވާ ގޮތެއްނޫނެވެ. ހަމަކަށަވަރުން މިއާޔަތްތަކަކީ ނުވަތަ މިސޫރަތަކީ ނުވަތަ މުޅިقُرْآن އަކީ وَعْظُ نَصِيْحَة އެވެ.
فَمَن شَآءَ ذَكَرَهُۥ
Open ayah 80:12ފަހެއެދޭމީހަކު އެއިން وَعْظُ نَصِيْحَة ލިބިގަންނާށެވެ.
فِي صُحُفٖ مُّكَرَّمَةٖ
Open ayah 80:13އެއީ މާތްވެގެންވާ ފަތްފުށްތަކެއްގައި ލިޔެވިގެންވާ އާޔަތްތަކެކެވެ. އެބަހީ އެއާޔަތްތައްބާވާތްލެއްވި އިރުވަނީ لَوحُ المَحْفُوظُ ގައެވެ.
مَّرۡفُوعَةٖ مُّطَهَّرَةِۭ
Open ayah 80:14އެއީ ﷲ ގެ حَضْرَةُ ގައިމިންވަރު އުފުލިގެންވާ މާތްފޮތެކެވެ. އެންމެހައި އުނިކަމަކާއި عَيْبُ އަކުން ސަލާމަތްވެގެންވާފޮތެކެވެ. شَيْطَان ންނާއި ކާފަރުންގެ ބީހުމެއްނުވާ طَاهِرُ އާޔަތްތަކެކެވެ.
بِأَيۡدِي سَفَرَةٖ
Open ayah 80:15އެއާޔަތްތައް ގެންނަވާފައިވަނީ ﷲ ގެ حَضْرَةُ ން ރަސޫލުބޭކަލުންގެއަރިހަށް ވަޑައިގަންނަވާ މަލާއިކަތްބޭކަލުންގެ އަތްޕުޅުތަކުންނެވެ.
كِرَامِۭ بَرَرَةٖ
Open ayah 80:16އެބޭކަލުންނަކީ އެބޭކަލުންގެ رَبُّ އަށް ކިޔަމަންތެރިވެވަޑައިގެންވާ تَقْوَىވެރިމާތްބޭކަލުންނެވެ.
قُتِلَ ٱلۡإِنسَٰنُ مَآ أَكۡفَرَهُۥ
Open ayah 80:17ކާފަރު އިންސާނާއަށް لَعْنَة ލެވިއްޖެއެވެ. الله އޭނާއަށް لَعْنَة ލައްވައިފިއެވެ. އޭނާގެހުރި ކާފަރުކަމުގެ ބޮޑުކަމާއެވެ. (އޭނާހެއްދެވުނުގޮތާއިމެދު އޭނާވިސްނުންހުއްޓެވެ.)
مِنۡ أَيِّ شَيۡءٍ خَلَقَهُۥ
Open ayah 80:18الله އެނާހެއްދެވީ ކޮންފަދަ ދެރައެއްޗަކުން ހެއްޔެވެ؟
مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ
Open ayah 80:19އެކަލާނގެ އޭނާ ހެއްދެވީ މަނިފޮދުވަރަކުންނެވެ. ދެންފަހެ الله އޭނާ ފުރިހަމަކުރައްވައި ބަރާބަރުކުރެއްވިއެވެ. (އެނާގެ ގުނަވަންތަކާއި އިސްކޮޅާއި ގައިގެކުލަޔާއި އަދިވެސް އެންމެހައިކަމެއް އެކަލާނގެ ފުރިހަމަކޮށްދެއްވިއެވެ.)
ثُمَّ ٱلسَّبِيلَ يَسَّرَهُۥ
Open ayah 80:20ދެން އޭނާ އެނާގެ މަންމަގެ ބަނޑުން ނުކުންނާނެގޮތްވެސްފަސޭހަކޮށް ދެއްވީ ހަމައެކަލާނގެއެވެ. އަދި ދުނިޔޭގައި އޭނާއުޅޭނެ މިންވަރަކާއި ހެޔޮނުބައި ވަކިވާނެގޮތްދެއްކެވީވެސް ހަމައެކަލާނގެއެވެ.
ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ
Open ayah 80:21ދެންއޭނާއަށް ކަނޑައެޅިފައިވާ ޢުމުރުހަމަވުމުން އޭނާމަރުގަންނަވައި ކަށްވަޅުގައި އޮންނާނެގޮތްވެސްހެއްދެވީ ހަމައެކަލާނގެއެވެ.
ثُمَّ إِذَا شَآءَ أَنشَرَهُۥ
Open ayah 80:22ދެން އެކަލާނގެ އެދިވޮޑިގެންނެވި ހިދަކުން އަލުންއޭނާދިރުއްވައި مَحْشَرُ އަށް ފޮނުއްވާނީވެސް ހަމައެކަލާނގެއެވެ. (ފަހެމިފަދައިން އިންސާނާ ހައްދަވައި އޭނާގެކަންތައް ފުރިހަމަ نِظَامُ އެއްގެމަތިން ގެންދަވާ މަތިވެރިމާތް الله އަށް އެއިންސާނާ ބޮޑާވެގަތުން ޙައްގުވާނީކޮންފަދައަކުން ހެއްޔެވެ؟)
كَلَّا لَمَّا يَقۡضِ مَآ أَمَرَهُۥ
Open ayah 80:23އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެމީހުން އެހީކުރާގޮތަކަށް ނުވާނެއެވެ. الله އެމީހުންނަށް އަމުރުކުރެއްވިކަންތައް އަދިމިހާތަނަކަށް އެމީހުން ނުކުރެއެވެ.
فَلۡيَنظُرِ ٱلۡإِنسَٰنُ إِلَىٰ طَعَامِهِۦٓ
Open ayah 80:24ފަހެ އިންސާނާ އެނާގެ ކާބޯތަކެއްޗަށް ވިސްނާފިކުރު ކުރުން ހުއްޓެވެ.
أَنَّا صَبَبۡنَا ٱلۡمَآءَ صَبّٗا
Open ayah 80:25ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިމަށް ވާރޭވެއްސެވީ ކޮންފަދައަކުންހެއްޔެވެ؟ އަދިއެފެން ބިމުގައި ޚަޒާނާކުރެއްވީމެވެ.
ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقّٗا
Open ayah 80:26އަދި ގަސްގަހާގެހިފެޅުމަށްޓަކައި ބިމުގެ ވެލިގަޑުފެޅުއްވީމެވެ.
فَأَنۢبَتۡنَا فِيهَا حَبّٗا
Open ayah 80:27ދެން އެބިމުން ތިމަންރަސްކަލާނގެ އެކިބާވަތްބާވަތުގެ ގަސްގަހާގެހި ފަޅުއްވައި އެކިބާވަތުގެ އޮށްޓަރު ނެރުއްވީމެވެ.
وَعِنَبٗا وَقَضۡبٗا
Open ayah 80:28އަދި މޭބިސްކަދުރުގެ ވައްތަރުތަކާއި ވިނައިގެ ބާވަތްތައް ފެޅުއްވީމެވެ.
وَزَيۡتُونٗا وَنَخۡلٗا
Open ayah 80:29އަދި ޒަތޫނި ގަސްތަކާއި ކަދުރު ރުއްތައްވެސް ނެރުއްވީމެވެ.
وَحَدَآئِقَ غُلۡبٗا
Open ayah 80:30އަދި ބުޑުފަލަކޮށް ހުންނަ މޮޅުކަދުރު ރުކުގެ ބަގީޗާތަކާއި ގަސްތައްފެޅުއްވީމެވެ.
وَفَٰكِهَةٗ وَأَبّٗا
Open ayah 80:31އަދި ޒާތްޒާތުގެ މޭވާގެ ގަސްތަކާއި ޖަނަވާރުކެއުމަށް ބާވަތްބާވަތުގެ ވިނަޔާއި ހުއި ގަސްތައްވެސް ފެޅުއްވީމެވެ.
مَّتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ
Open ayah 80:32މިހުރިހާތަކެއްޗަކީ ކަލޭމެންނާއި ކަލޭމެންގެ ޖަނަވާރު ތަކުގެ މަންފާއަށްޓަކައި ލައްވާފައިވާތަކެއްޗެވެ. (ފަހެ މިހުރިހައިކަމެއް މިހާ ފުރިހަމަކޮށް ހެއްދެވިފަރާތަކަށް ތިޔަބައިމީހުން މަރުވުމަށްފަހު އަލުން ދިރުވައި مَحْشَر ކުރެއްވުން އުނދަގޫވާނީ ކޮނންފަދައަކުން ހެއްޔެވެ؟)
فَإِذَا جَآءَتِ ٱلصَّآخَّةُ
Open ayah 80:33ދެންފަހެ ތާޅަފިލީގެ އަޑު އައިސް قِيَامة ޤާއިމު ވެއްޖެއްޔާ (ދަންނައެވެ.)
يَوۡمَ يَفِرُّ ٱلۡمَرۡءُ مِنۡ أَخِيهِ
Open ayah 80:34އެދުވަހަކީ މީހާ އޭނާގެ أَخْ އާގެ ކިބައިން ފިލާދުވަހެވެ.
وَأُمِّهِۦ وَأَبِيهِ
Open ayah 80:35އަދި އޭނާ (ލޯބިވާ) މަންމަ އާއި ބައްޕަގެ ކިބައިން (ފިލާނޭދުވަހެވެ.)
وَصَٰحِبَتِهِۦ وَبَنِيهِ
Open ayah 80:36އަދި އޭނާ ލޯބިވާ އަނބިމީހާޔާއި ދަރިންގެ ކިބައިންވެސް ފިލާ ރައްކައުވާނޭދުވަހެވެ. (އެއީ އެއިން މީހަކަށް ތިމާގެފަރާތުން އެހީއެއް ވާންޖެހިދާނެތީއެވެ. ނުވަތަ އެމީހުންނަށް ޖެހިފައިވާ ޙާލު ފެނިދާނެތީއެވެ.)
لِكُلِّ ٱمۡرِيٕٖ مِّنۡهُمۡ يَوۡمَئِذٖ شَأۡنٞ يُغۡنِيهِ
Open ayah 80:37ކޮންމެ މީހަކުވެސް އެދުވަހުން مَشْغُوْلُ ވެގެންވާނީ ތިމާގެ އަމިއްލަ ނަފްސުގެ ކަންތަކާއި އެވެ. ޖާނު ސަލާމަތް ވޭތޯއެވެ.
وُجُوهٞ يَوۡمَئِذٖ مُّسۡفِرَةٞ
Open ayah 80:38އެދުވަހުން يَعْنِي قِيَامة ދުވަހުން މޫނު ތަކެއް އަލިވެ އުޖާލާވެގެންވާ ހުއްޓެވެ. އެއީ މުއްމިނުންގެ މޫނުތަކެވެ. މޫނުތަކުގެ މުރާދަކީ މޫނުތަކުގެ ވެރިންނެވެ.
ضَاحِكَةٞ مُّسۡتَبۡشِرَةٞ
Open ayah 80:39އެބައި މީހުން އެދުވަހުން ތިބޭނީ އުފާވެރިވެ ހީހީއެވެ. އުފަލުން ފޮޅިގެންނެވެ.
وَوُجُوهٞ يَوۡمَئِذٍ عَلَيۡهَا غَبَرَةٞ
Open ayah 80:40އަދި އަނެއްބައި މޫނުތަކަށް ވާނީ އަނދިރިކަމާއި ބަނަކަން ވެރި ވެފައެވެ.
تَرۡهَقُهَا قَتَرَةٌ
Open ayah 80:41އެ މޫނުތަކުގެ މަތީގައި އެޅިފައިވާނީ ކަޅުކަމާއި ނިކަމެތި ކަމުގެފަރުދާއެކެވެ.
أُوْلَٰٓئِكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ
Open ayah 80:42އެއީ ހަމަސީދާ ނުބައި ނުލަފާ އޮރިޖިނަލް ކާފަރުންނެވެ.