التكوير

At-Takwir

The Overthrowing · Surah 81 · Ayahs: 29 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. إِذَا ٱلشَّمۡسُ كُوِّرَتۡ

    Open ayah 81:1

    ބޮލުގައި ފަގުޑި އޮޅާލާފަދައިން އިރު އޮޅާލެވިއްޖެއްޔާއި ނުވަތަ އޮޅާފައި އެއްލާލެވިއްޖެއެއްޔާއި،

  2. وَإِذَا ٱلنُّجُومُ ٱنكَدَرَتۡ

    Open ayah 81:2

    އަދި ތަރިތަކުގެ އަލިކަން ހިނގައްޖެއްޔާ / ނުވަތަ ވެރިއްޖެއްޔާ،

  3. وَإِذَا ٱلۡجِبَالُ سُيِّرَتۡ

    Open ayah 81:3

    އަދި ފަރުބަދަ ހުރިތަނުން ލުހި ވަޔަށް ބުރައިގެން ހިނގައްޖެއްޔާ،

  4. وَإِذَا ٱلۡعِشَارُ عُطِّلَتۡ

    Open ayah 81:4

    އަދި މާބަނޑު ޖަމަލު ބަލާނެ މީހަކު ނެތި ދޫކޮށް ލެވިއްޖެއްޔާ،

  5. وَإِذَا ٱلۡوُحُوشُ حُشِرَتۡ

    Open ayah 81:5

    އަދި ވަޙްޝީ ޖަނަވާރުތައް އެއްކުރެވިއްޖެއްޔާ،

  6. وَإِذَا ٱلۡبِحَارُ سُجِّرَتۡ

    Open ayah 81:6

    އަދި ކަނޑުގައި ގަދަޔަށް އަލިފާން ރޯ ވެއްޖެއްޔާ،

  7. وَإِذَا ٱلنُّفُوسُ زُوِّجَتۡ

    Open ayah 81:7

    އަދި (މުއްމިނުންގެ) ނަފްސުތައް (حُوْرَالْعِيْنُ ނާއި) ކައިވެނި ކުރެވިއްޖެއްޔާ (ނުވަތަ ނަފުސުތައް ފުރާނަތަކާއި ކައިރި ކުރެވިއްޖެއްޔާ)،

  8. وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ

    Open ayah 81:8

    އަދި ދިރިހުއްޓާ ވަޅުލެވުނު ކުޑަ އަންހެން ކުއްޖާޔާއި ސުވާލުކުރެވިއްޖެއްޔާ،

  9. بِأَيِّ ذَنۢبٖ قُتِلَتۡ

    Open ayah 81:9

    އޭނާ މަރައިލެވުނީ ކޮންފާފައެއްގެ ސަބަބުންތޯ؟

  10. وَإِذَا ٱلصُّحُفُ نُشِرَتۡ 

    Open ayah 81:10

    އަދި (ޢަމަލުގެ) ފަތްތައް ފަތުރައި ލެވިއްޖެއްޔާ،

  11. وَإِذَا ٱلسَّمَآءُ كُشِطَتۡ

    Open ayah 81:11

    އަދި އުޑު އެއޮތްތަނުން ނިގުޅައި ގަނެވިކުދިކުދި ވެއްޖެއްޔާ،

  12. وَإِذَا ٱلۡجَحِيمُ سُعِّرَتۡ

    Open ayah 81:12

    އަދި ނަރަކައިގާ އަޑު ކިޔާވަރަށް އަލިފާން ރޯވެއްޖެއްޔާ،

  13. وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ

    Open ayah 81:13

    އަދި ސުވަރުގެ އޭގެ އަހުލުވެރިންނަށް ގާތް ކުރެވިއްޖެއްޔާ ދަންނައެވެ. މިތޭރަ شَرْطُ ގެ ޖަވާބު އެވަނީ ސާދަވަނަ އާޔަތުގައެވެ.

  14. عَلِمَتۡ نَفۡسٞ مَّآ أَحۡضَرَتۡ

    Open ayah 81:14

    ކޮންމެ ނަފްސަކަށް އެ ނަފްސެއް (ދުނިޔޭގައި) ކުރި ހުރިހާ ކަމެއް އެނގޭނެއެވެ. އަދި އިސްވެއެދިޔަ އެންމެހައި ކަންކަމަކީ قِيَامَة ވުމާއި ގުޅިފައިހުރި ކަންކަމެވެ.

  15. فَلَآ أُقۡسِمُ بِٱلۡخُنَّسِ

    Open ayah 81:15

    އަދި خُنَّس އެވެ ކިޔާ ތަރިތައްގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ. (އެތަރިތަކަކީ شَمْسُ - زُهْرَة - عَطَارِدُ -قَمَرُ - زُحَلُ -مِرِّيْخُ - مُشْتَرِى) މިއެވެ.

  16. ٱلۡجَوَارِ ٱلۡكُنَّسِ

    Open ayah 81:16

    އެތަރިތައްދަތުރުކުރާ އަދި ދުވާލު ނިވައިވެފައި ރޭގަޑު ފައުޅުވެއެވެ.

  17. وَٱلَّيۡلِ إِذَا عَسۡعَسَ

    Open ayah 81:17

    ، އަދި ރޭގަޑު އޭގެ އަދިރިކަމާއިގެން ކުރިމަތިލައި އަތުވެއްޖެއްޔާ އަދި އަލިކަމާއިގެން ފަތިސްކުރިމަތިލައި އަތުވެއްޖެއްޔާއި މިކަންކަން ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

  18. وَٱلصُّبۡحِ إِذَا تَنَفَّسَ

    Open ayah 81:18

    ، އަދި ރޭގަޑު އޭގެ އަދިރިކަމާއިގެން ކުރިމަތިލައި އަތުވެއްޖެއްޔާ އަދި އަލިކަމާއިގެން ފަތިސްކުރިމަތިލައި އަތުވެއްޖެއްޔާއި މިކަންކަން ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

  19. إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ

    Open ayah 81:19

    ހަމަކަށަވަރުން އެ قُرْآن އަކީ މާތްވެގެންވާ جِبْرِيْلُ عَلَيْهِ السَّلآم الله حَضْرَةُ ންގެންނެވި ބަސްފުޅެކެވެ.

  20. ذِي قُوَّةٍ عِندَ ذِي ٱلۡعَرۡشِ مَكِينٖ 

    Open ayah 81:20

    جِبْرِيْلُ عَلَيْهِ السَّلآم އަކީ عَرْشِ ގެވެރިކަލާނގެ حَضْرَةُ ގައި އެބަހީ ﷲ ގެ حَضْرَةُ ގައި ދަރަޖަފުޅު އުފުލިގެންވާ މަތީ ދަރަޖައެއްގެ ވެރި މާތްބޭކަލެކެވެ.

  21. مُّطَاعٖ ثَمَّ أَمِينٖ

    Open ayah 81:21

    އަދިއެކަލޭގެފާނަކީ އުޑުގެމަލާއިކަތްބޭކަލުން އެކަލޭގެފާނަށް ކިޔަމަންތެރިވެވަޑައި ގަންނަވާމާތް އަދި عِزَّة ތެރިބޭކަލެކެވެ. އެންމެހައިމަލާއިކަތްބޭކަލުން އެކަލޭގެފާނަށް ކިޔަމަންތެރިވެވަޑައިގަންނަވާ އަމާނާތްތެރި ބޭކަލެކެވެ.

  22. وَمَا صَاحِبُكُم بِمَجۡنُونٖ

    Open ayah 81:22

    އޭ (އޭ قُرَيْشންނޭވެ) ކަލޭމެންގެ އެކުވެރިޔާ مُحَمَّد ﷺ އަކީ މޮޔަވެފައިވާ ބޭކަލަކު ކަމުގައި ނުވެއެވެ.

  23. وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِينِ

    Open ayah 81:23

    އަދި ހަމަކަށަވަރުން ބަޔާވެގެންވާ އުދަރެހުގައި جِبْرِيْلُ عَلَيْهِ السَّلآم ވަނިކޮށް مُحَمَّد ﷺ ދެކެވަޑައިގެންނެވިއެވެ. އެއީ މައްކާގެ (جِيَادُ) ކިޔާފަރާތުންނެވެ. އިރު މަތިފަރާތެވެ. އަދިއެއީ ނަބީކަމުގެ ކުރީކޮޅެވެ. އެދުވަހު އެކަލޭގެފާނު ދެކެވަޑައިގެންނެވީ އެކަލޭގެފާނުންގެ އަސްލު ސޫރަފުޅުގައި ވަނިކޮށެވެ. އެފަރާތުގެ މުޅި އުދަރެސްވީ ފުރާލައިފައެވެ. އެކަލޭގެފާނަށް ހަތްސަތޭކަ ފިޔަފުޅުވެއެވެ. އެއިން ކޮންމެފިޔަފުޅެއް مَشْرِقُ އާއި مَغْرِبُ އާއި ދެމެދުގެ ރާސްތާވާކަމުގައި ވިއެވެ.

  24. وَمَا هُوَ عَلَى ٱلۡغَيۡبِ بِضَنِينٖ

    Open ayah 81:24

    އަދި مُحَمَّد ﷺ އަކީ غَيْبُ ގެ خَبَرُ އާއިމެދު އެބަހީ އުޑުގެ خَبَرُ އާއިމެދު ޝައްކު ކުރައްވާބޭކަލަކު ނޫނެވެ.

  25. وَمَا هُوَ بِقَوۡلِ شَيۡطَٰنٖ رَّجِيمٖ

    Open ayah 81:25

    އަދިއެ قُرْآن އެއީ އެހުމުން ވައްކަންކުރާ شَيْطَانُ އެއްގެ ބަސްކަމުގައިނުވެއެވެ. އެއީ عَالَم ތަކުގެވެރި رَبُّ ގެބާވާތްލެއްވުމެކެވެ.

  26. فَأَيۡنَ تَذۡهَبُونَ

    Open ayah 81:26

    قُرْآن އަށް ފުރަގަސްދީފައި ދެންކަލޭމެން ދާނީ ކޮންތާކަށް ހެއްޔެވެ؟ އަދި ނުވަތަ ކަލޭމެނަށް އޮތީ އެއަށްވުރެ ރަނގަޅު ކޮންމަގެއްހެއްޔެވެ؟

  27. إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ

    Open ayah 81:27

    އަދި އެ قُرْآن އެއީ عَالَم ތަކުގެވެރި رَبُّ ގެ حَضْرَةُ ން ބާވާތްލައްވާފައިވާ ذِكْرُ އެއްކަމުގައި މެނުވީ ނުވެއެވެ.

  28. لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ

    Open ayah 81:28

    ކަލޭމެންކުރެން އެދޭމީހަކަށް އީމާންކަމާއި ޙައްޤުމަގަށް ކިޔަމަންތެރިވުމުގެ ސީދާމަގުވެއެވެ.

  29. وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ

    Open ayah 81:29

    އަދި الله އިރާދަކުރެއްވިއްޔާމެނުވީ ކަލޭމެނަށް ކަމެއްކުރުމަށް ގަސްދުވެސްނުކުރެވޭނެއެވެ. އެކަލާނގެ އެއީ عَالَم ތަކުގެވެރި رَبُّ އެވެ.