الإنفطار
Al-Infitaar
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
إِذَا ٱلسَّمَآءُ ٱنفَطَرَتۡ
Open ayah 82:1އުޑު ފަޅަފަޅައިގެން ހިނގައްޖެއްޔާއި (ދަންނައެވެ. މި ސޫރަތުގެ ފުރަތަމަ ހަތަރު އާޔަތުގައި އެ ވާ ހަތަރު ކަންތަކުގެ ޖަވާބު އެ ވަނީ ފަސްވަނަ އާޔަތުގައެވެ.)
وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ
Open ayah 82:2އަދި ތަރިތައް، އުޑުމަތީން ވަކިވަކިވެގެން ތިރިޔަށް ވެރިއްޖެއްޔާއި،
وَإِذَا ٱلۡبِحَارُ فُجِّرَتۡ
Open ayah 82:3އަދި ކަނޑުތައް އެއްކަނޑު އަނެއް ކަނޑާ އެކުވެ، އެއްވެއްޖެއްޔާއި، (ލޮނުފެނާއި، މީރުފެންވެސް އެކުވެ، އެކައްޗަކަށް ވާނޭ ކަމުގައި ވެއެވެ.)
وَإِذَا ٱلۡقُبُورُ بُعۡثِرَتۡ
Open ayah 82:4އަދި ބިމުގެ އަޑީގައި ވަޅުލެވިފައި ވާހައި ބަޔަކު ކަށްވަޅުތަކުން ނެރެވިއްޖެއްޔާއި، ދަންނައެވެ. މި ހަތަރު ކަމަކީ قيامة ވުމުގެ ކުރީގައި އެކަމާ ގުޅިފައިވާ ހަތަރު ކަމެވެ.
عَلِمَتۡ نَفۡسٞ مَّا قَدَّمَتۡ وَأَخَّرَتۡ
Open ayah 82:5ދެން އެދުވަހުން ކޮންމެ نفس އަކަށްވެސް (ކޮންމެނަފުސަކަށްވެސް) އެ ނަފްސެއް ކޮށްފައިވާ ކަންތައް ރަނގަޅަށް އެނގޭނެއެވެ. (ފަތްތައް ހުންނާނީ ހާމައަށެވެ.)
يَٰٓأَيُّهَا ٱلۡإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِيمِ
Open ayah 82:6އޭ އިންސާނާއެވެ! (އޭ ކާފަރު އިންސާނާއެވެ!) ކަލޭ ހައްދަވައި، ގިނަގުނަ نعمة ދެއްވި މާތްވެގެންވާ ربّ އާމެދު ހެއްލުންތެރިވީ ކޮން ކަމަކާ ހެދި ހެއްޔެވެ؟ (އެކަލާނގެ نعمة އާއި، عفوء ގިނަކަމުން ހެއްޔެވެ؟ އެކަލާނގެ عذاب ވެސް އެހައި ގަދަކަން ހަނދާންކުރާށެވެ!)
ٱلَّذِي خَلَقَكَ فَسَوَّىٰكَ فَعَدَلَكَ
Open ayah 82:7އެ ربّ އަކީ نطفة އަކުން ކަލޭ އުފައްދަވައި، ދެން ބަރާބަރު ފުރިހަމަ އިންސާނަކަށް ހެއްދެވި ކަލާނގެއެވެ. އަދި އެހެން ޖަނަވާރާ خلاف އަށް، ދެފައިމައްޗަށް ކޮޅަށް ހުރެވޭނޭ ގޮތަށްވެސް ހެއްދެވީ ހަމަ އެކަލާނގެއެވެ.
فِيٓ أَيِّ صُورَةٖ مَّا شَآءَ رَكَّبَكَ
Open ayah 82:8އަދި އެކަލާނގެ އެދިވޮޑިގެންނެވި ސިފައަކަށް އެކަލާނގެ ކަލޭ ސޫރަކުރައްވައި، تركيب ކުރައްވައި، ހައްދަވައި ފުރިހަމަކުރެއްވިއެވެ.
كَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ
Open ayah 82:9އެއްގޮތަކަށްވެސް އެކަލާނގެ نعمة އާއި، عفوء ގެ ބޮޑުކަމާމެދު ނުހެއްލޭށެވެ. (އެކަލާނގެ عذاب ވެސް އެހައި ގަދައެވެ. ދޮގުވެރި، ކާފަރުންނަށް ގަދަ عذاب ވެސް ދެއްވައެވެ.) އަދި ކިޔެއް ހެއްޔެވެ؟ ތިޔަބައިމީހުން قيامة ދުވަސް ދޮގުކުރަނީއެވެ. ނުވަތަ إسلام دين ދޮގުކުރަނީއެވެ.
وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ
Open ayah 82:10އަދި ހަމަކަށަވަރުން އެކަލާނގެ ކަލޭމެންގެ މައްޗަށް ކަލޭމެން ބަލަހައްޓަވާ، ކަލޭމެންގެ عمل ތައް ލިޔުއްވާ ބޭކަލުން ލައްވާފައި ވެއެވެ.
كِرَامٗا كَٰتِبِينَ
Open ayah 82:11އެއީ މާތްވެގެންވާ ملائكة ބޭކަލުންނެވެ. އެއީ عمل ތައް ލިޔުއްވާ ބޭކަލުންނެވެ. އެއީ (كِرَامًا كَاتِبِينَ ދެބޭކަލުންނެވެ.)
يَعۡلَمُونَ مَا تَفۡعَلُونَ
Open ayah 82:12ތިޔަބައިމީހުން ކުރާހައި ކަމެއް (ހެވަސް، ނުބަޔަސް) އެ ބޭކަލުން ރަނގަޅަށް ދެނެވަޑައިގެން ވެއެވެ. (އަދި ލިޔުއްވާ ހުއްޓެވެ.)
إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٖ
Open ayah 82:13ހަމަކަށަވަރުން މާތްވެގެންވާ ރަނގަޅު تقوى ވެރީން އެދުވަހުން ތިބޭނީ ސުވަރުގޭގައެވެ. އެތާނގެ نعمة ގައެވެ.
وَإِنَّ ٱلۡفُجَّارَ لَفِي جَحِيمٖ
Open ayah 82:14އަދި ހަމަކަށަވަރުން ނުބައި، ނުލަފާ فاجر ން އެދުވަހުން ތިބޭނީ ނަރަކައިގައެވެ. އެތާނގެ ހޫނާއި عذاب ގައެވެ.
يَصۡلَوۡنَهَا يَوۡمَ ٱلدِّينِ
Open ayah 82:15އެދުވަހުން އެމީހުން ނަރަކައަށް ވަދެ، އެތާނގެ ގަދަ عذاب ގެ ރަހަ ލިބިގަންނާނެއެވެ.
وَمَا هُمۡ عَنۡهَا بِغَآئِبِينَ
Open ayah 82:16އެމީހުން އެ ނަރަކައިން غائب ނުވާނެއެވެ. އެބަހީ އަބަދުވެސް އެތާ ތިބޭނެއެވެ.
وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
Open ayah 82:17يوم الدّين އަކީ (ހިސާބު ބައްލަވައި، އަދި جزاء ދެއްވާ ދުވަހަކީ) ކޮން ދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއް ތޯއެވެ؟ ކޮން ކަމެއް ހެއްޔެވެ؟
ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
Open ayah 82:18ދެން ކަލޭގެފާނަށް يوم الدّين އެވެ ކިޔާ ދުވަހަކީ ކޮން ދުވަހެއްކަން އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟ ކޮން ކަމެއް ހެއްޔެވެ؟ (ފަހެ މި آية تكرار ކުރައްވާފައި ވަނީ އެ ދުވަހުގެ مهمّ ކަމާއި، ބިރުވެރިކަމަށް ހުޝިޔާރު ކުރެއްވުމުގެ ގޮތުންނެވެ. والله أعلم.)
يَوۡمَ لَا تَمۡلِكُ نَفۡسٞ لِّنَفۡسٖ شَيۡـٔٗاۖ وَٱلۡأَمۡرُ يَوۡمَئِذٖ لِّلَّهِ
Open ayah 82:19އެދުވަހަކީ އެއްވެސް މީހަކަށް އަނެއް މީހަކަށްޓަކައި އެއްވެސް ކަމެއް މިލްކުވެގެންވާ ދުވަހެއް ނޫނެވެ. ފުއްދައިދެވޭނޭ ދުވަހެއް ނޫނެވެ. އެދުވަހުގެ ހުރިހައި ކަމެއް خاصّ ވެ، މިލްކުވެގެން ވަނީ ހަމައެކަނި ﷲ އަށެވެ.