الإنشقاق

Al-Inshiqaaq

The Splitting Open · Surah 84 · Ayahs: 25 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. إِذَا ٱلسَّمَآءُ ٱنشَقَّتۡ

    Open ayah 84:1

    އުޑު ފަޅަފަޅައިގެންގޮސް ކުދި ކުދި ވެއްޖެއްޔާ، (މިއީ ޤިޔާމަތް ވުމާއި ގުޅިގެންނެވެ. މިޝަރުތުގެ ޖަވާބު ވަނީ حَذف ވެގެންނެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އޭގެ ޖަވާބު އަކީ فَمُلاَقِيَة ކަމަށެވެ. އެބަހީ ޤިޔާމަތް ވެއްޖެއްޔާ އިންސާނާ އޭނާކުރި ޢަމަލު އޭނާޔާ ބައްދަލުވާނެ ކަމަށެވެ. އަދި އެހެން ގޮތްގޮތަށްވެސް ކިއިފައިވެއެވެ.) وَالله أَعْلَمُ.

  2. وَأَذِنَتۡ لِرَبِّهَا وَحُقَّتۡ

    Open ayah 84:2

    އަދި އެ އުޑު އެ އުޑުގެވެރި رَبُّ ގެ އަމުރުފުޅު އަހައި ކިޔަމަންތެރި ވެއްޖެއެވެ. އަދި ކިޔަމަންތެރިވުން އުޑަށް ޙައްޤުވެއްޖެއެވެ.

  3. وَإِذَا ٱلۡأَرۡضُ مُدَّتۡ

    Open ayah 84:3

    އަދި ބިންގަނޑު ފެތުރި ދެމެވެއްޖެއްޔާ (މި ޝަރުތުގެ ޖަވާބަކީވެސް فَمُلاَقِيَة އެވެ. އެބަހީ ޤިޔާމަތް ވެއްޖެއްޔާ އިންސާނާ ކުރި ޢަމަލު އޭނާއި ބައްދަލުވާނެއެވެ.)

  4. وَأَلۡقَتۡ مَا فِيهَا وَتَخَلَّتۡ

    Open ayah 84:4

    އަދި ބިމުގެ ތެރޭގައިވާހާ އެއްޗެއް ނެރެ އެބިން އުކައިލައިފިއްޔާ،

  5. وَأَذِنَتۡ لِرَبِّهَا وَحُقَّتۡ

    Open ayah 84:5

    އަދި އެބިން އެ ބިމުގެވެރި رَبُّ ގެ އަމުރުފުޅު އަހައި ކިޔަމަންތެރި ވެއްޖެއެވެ. އަދި އެކަލާނގެ ބަސްފުޅު އަހައި ކިޔަމަންތެރިވުން އެބިމަށް ޙައްޤު ވެގެންވެއެވެ.

  6. يَٰٓأَيُّهَا ٱلۡإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدۡحٗا فَمُلَٰقِيهِ

    Open ayah 84:6

    އޭ އިންސާނާއެވެ. ހަމަކަށަވަރުން ކަލޭ ކަލޭގެ رَبُّ ގެ ޙަޟްރަތަށް ދިއުމަށް މަސައްކަތްކޮށް ވަރުބަލިވަމުމުއެވެ. ދެންފަހެ ކަލޭ ދުނިޔޭގައި ކޮށްފައިވާހާ ޢަމަލެއް ކަލެޔާ ބައްދަލުވާހުއްޓެވެ.

  7. فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ

    Open ayah 84:7

    ދެންފަހެ އެމީހާގެ ޢަމަލުގެ ފަތް އެމީހާގެ ކަނާތަށް ދެވިއްޖެ މީހާ ދަންނާށެވެ.

  8. فَسَوۡفَ يُحَاسَبُ حِسَابٗا يَسِيرٗا

    Open ayah 84:8

    ފަހެ އޭނާޔާމެދު ދާދި ފަސޭހަ ލުއި ގޮތަކަށް ހިސާބު ބެއްލެވޭނެވެ.

  9. وَيَنقَلِبُ إِلَىٰٓ أَهۡلِهِۦ مَسۡرُورٗا

    Open ayah 84:9

    އަދި (ސުވަރުގޭގައި ތިބި) އޭނާގެ އަހުލުވެރިންގެ ގާތަށް އޭނާ އެނބުރި ދާނީ އުފާ ފާގަތިވެގެންނެވެ.

  10. وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ وَرَآءَ ظَهۡرِهِۦ 

    Open ayah 84:10

    އަދި އެމީހެއްގެ ފަތް އެމީހެއްގެ ބުރަކަށި ފަރާތުން ދެވިއްޖެމީހާ ދަންނައެވެ.

  11. فَسَوۡفَ يَدۡعُواْ ثُبُورٗا

    Open ayah 84:11

    ފަހެ ނިކަންހުރެ އޭނާގޮވާނެއެވެ. އޭހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

  12. وَيَصۡلَىٰ سَعِيرًا

    Open ayah 84:12

    އަދި އޭނާ ނަރަކަޔަށް ލެވޭނެއެވެ. އަދި އެތާގެ ގަދަ ޢަޒާބުގެ ރަހަ ލިބިގަންނާނެއެވެ.

  13. إِنَّهُۥ كَانَ فِيٓ أَهۡلِهِۦ مَسۡرُورًا

    Open ayah 84:13

    ހަމަކަށަވަރުން ދުނިޔޭގައި އުޅުނުއިރު އޭނާގެ އަހުލުވެރިންނާއިއެކު އޭނާ އުޅުނީ ވަރަށް އުފާވެރިކަމާއި މަޖާނެގުމުގައެވެ. (އާޚިރަތްދުވަސް އައުމުގެ އެއްވެސް ޚިޔާލެއްނުކުރެއެވެ.)

  14. إِنَّهُۥ ظَنَّ أَن لَّن يَحُورَ

    Open ayah 84:14

    ހަމަކަށަވަރުން އޭނާހީކުރީ (ﷲ ގެ حَضْرَةُއަށް) އޭނާ އެނބުރި ނުދާނޭކަމަށެވެ. އޭނާ مَحْشَرُ އަށް ނުފޮނުއްވާނޭކަމަށެވެ.

  15. بَلَىٰٓۚ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرٗا

    Open ayah 84:15

    އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އޭނާވެސް مَحْشَرُ ކުރެވޭނެއެވެ. ހަމަކަށަވަރުން އޭނާހައްދަވާ ބޮޑުކުރެއްވި رَبُّ އޭނާގެއެންމެހައި ޢަމަލުތަކާއި ޙާލުތައް ދެނެވޮޑިގެންވާކަމުގައި ވިއެވެ.

  16. فَلَآ أُقۡسِمُ بِٱلشَّفَقِ

    Open ayah 84:16

    ރަތްވިލާ ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.

  17. وَٱلَّيۡلِ وَمَا وَسَقَ

    Open ayah 84:17

    އަދި ރޭގަޑާއި ރޭގަދު ޖަމާކުރިހާއެއްޗަކާއި (ދުވާލު ނުކުމެއުޅުނު ހުރިހާދިރޭތަކެތި ރޭގަޑުވުމުން އެސޮރުމެން އެސޮރުމެންގެ ޖަގަހައަށް ޖަމާވާނެއެވެ.)

  18. وَٱلۡقَمَرِ إِذَا ٱتَّسَقَ

    Open ayah 84:18

    އަދި ހަދުފުރިހަމަވެއްޖެއްޔާ (ވަށްވެއްޖެއްޔާ) މިތިންއެތި ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

  19. لَتَرۡكَبُنَّ طَبَقًا عَن طَبَقٖ

    Open ayah 84:19

    ހަމަކަށަވަރުން ކަލޭމެން އެއްޙާލަތަކުން އަނެއްޙާލަތަކަށް ބަދަލުވާނެއެވެ. (ދިރިއުޅުމަށްފަހު މަރުވުމަށް ދެން ކަށްވަޅަށް ދެން مَحْشَرُ އަށް ދެންސުވަރުގެއަށް ނުވަތަ ނަރަކައަށް ދެންމިހެން...) އަދިމިނޫން ގޮތްގޮތަށްވެސް مُفِسِّرُ ން ވިދާޅުވެއެވެ.

  20. فَمَا لَهُمۡ لَا يُؤۡمِنُونَ 

    Open ayah 84:20

    މިހެންވީއިރު އެމީހުން އީމާން ނުވަނީ އަދިނުވާންވީ ކީއްބާވައެވެ؟

  21. وَإِذَا قُرِئَ عَلَيۡهِمُ ٱلۡقُرۡءَانُ لَا يَسۡجُدُونَۤ۩

    Open ayah 84:21

    އަދިއެމީހުންގެމައްޗަށް قُرْآن ކިޔެވިއްޖެއްޔާ އެމީހުން ސަޖިދަނުކުރެއެވެ. ބިރުވެތިނުވެއެވެ.

  22. بَلِ ٱلَّذِينَ كَفَرُواْ يُكَذِّبُونَ

    Open ayah 84:22

    އަދި ކިއެއްހެއްޔެވެ. ކާފަރުންގެމީހުން (قُرْآن އާއި ރަސޫލު) ދޮގުކުރަނީއެވެ.

  23. وَٱللَّهُ أَعۡلَمُ بِمَا يُوعُونَ

    Open ayah 84:23

    އަދިއެމީހުންގެ ހިތުގެތެރޭގައި ވަންހަނާކޮށްފައިވާތަކެއްޗާއި ކަންތައްތައް الله ދެނެވޮޑިގަތުންބޮޑެވެ.

  24. فَبَشِّرۡهُم بِعَذَابٍ أَلِيمٍ

    Open ayah 84:24

    ފަހެއެމީހުންނަށް ވޭންދެނިވި عَذَابُ އެއްހުރިކަމުގެ خَبَرُ ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!

  25. إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُمۡ أَجۡرٌ غَيۡرُ مَمۡنُونِۭ

    Open ayah 84:25

    އެމީހުންގެތެރެއިން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުނަށްމެނުވީ އެވެ. ފަހެ އެފެދަ صَالِحُ عَمَلُ ކުރިމީހުނަށްހުރީ މަދުވުމެއް ނެތް ކެޑިދިއުމެއްނެތް ދަރުމައާއި ثَوَابُ އެވެ.