البروج

Al-Burooj

The Constellations · Surah 85 · Ayahs: 22 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. وَٱلسَّمَآءِ ذَاتِ ٱلۡبُرُوجِ

    Open ayah 85:1

    ބުރުޖުތަކުގެވެރި އުޑުގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ. • ދަންނައެވެ! މިއާޔަތުގައިވާ ބުރުޖު ގެމުރާދަކާއިމެދު مُفَسِّرُ ންގެބަސްތަފާތު ވެގެންވެއެވެ. އެބޭކަލުންވިދާޅުވި މާނަތަކުގެތެރޭގައި އަންނަނިވިމާނަތައްވެއެވެ. އެއީ ބޮޑެތި ތަރިތައް، އުޑުގައިވާ ގަޑުވަރުތަކެއް، އިރާއި ހަނދާއި ދަތުރުކުރާ މަންޒިލްތައް މިއެވެ. އަދި މިނޫންގޮތްގޮތަށްވެސް ކިޔައިފާވެއެވެ.

  2. وَٱلۡيَوۡمِ ٱلۡمَوۡعُودِ

    Open ayah 85:2

    އަދި قِيَامَة ދުވަސް ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

  3. وَشَاهِدٖ وَمَشۡهُودٖ

    Open ayah 85:3

    އަދި ހުކުރު ދުވަހާއި ޢަރަފާތް ދުވަހާއި (ވެސް ގަންދެއްވައި ހުވައި ވަޙީކުރަށްވައެވެ.)

  4. قُتِلَ أَصۡحَٰبُ ٱلۡأُخۡدُودِ

    Open ayah 85:4

    أُخْدُودُ ގެ ވެރިންނަށް لَعْنَة ލެވިއްޖެއެވެ. أُخْدُودُ އަކީ ބިމުގައި ކޮނެފައި އޮންނަ ދިގު ވަޅުގަނޑެވެ.

  5. ٱلنَّارِ ذَاتِ ٱلۡوَقُودِ

    Open ayah 85:5

    އެވަޅުގަނޑަކީ އޭގައި ދަރުއަޅާ ރޯކޮށްފައިވާ ވަޅުގަނޑެވެ.

  6. إِذۡ هُمۡ عَلَيۡهَا قُعُودٞ

    Open ayah 85:6

    ، އެއީ (އެބަހީ އެކާފަރުންނަށް لَعنة ލެއްވުނީ) އެ ކާފަރުންގެ މީހުން އެ އަލިފާންގަނޑު ކައިރީގައި އިށީންދެ ތިބެ ހީހަދައި އަދި އެމީހުން އެތާ އިށީންދެ ތިބެނީ މުއުމިނުންނަށް ދޭ އަނިޔާއާއި ޢަޒާބުތައްދެކެ އެކަމަށް މަޖާނަގައި ހެދިކަމަށްޓަކައެވެ. ބެލުމަށްޓަކައެވެ. އެކަމަށް ޙާޟިރު ވެގެންނެވެ.

  7. وَهُمۡ عَلَىٰ مَا يَفۡعَلُونَ بِٱلۡمُؤۡمِنِينَ شُهُودٞ

    Open ayah 85:7

    ، އެއީ (އެބަހީ އެކާފަރުންނަށް لَعنة ލެއްވުނީ) އެ ކާފަރުންގެ މީހުން އެ އަލިފާންގަނޑު ކައިރީގައި އިށީންދެ ތިބެ ހީހަދައި އަދި އެމީހުން އެތާ އިށީންދެ ތިބެނީ މުއުމިނުންނަށް ދޭ އަނިޔާއާއި ޢަޒާބުތައްދެކެ އެކަމަށް މަޖާނަގައި ހެދިކަމަށްޓަކައެވެ. ބެލުމަށްޓަކައެވެ. އެކަމަށް ޙާޟިރު ވެގެންނެވެ.

  8. وَمَا نَقَمُواْ مِنۡهُمۡ إِلَّآ أَن يُؤۡمِنُواْ بِٱللَّهِ ٱلۡعَزِيزِ ٱلۡحَمِيدِ

    Open ayah 85:8

    އެ ކާފަރުންގެ މީހުން އެ މުއުމިނުންނަށް ޢަޒާބުދީ މަރާ ހަދަނީ އެ މުއުމިނުންގެ މީހުން ގަދަ ކީރިތިވަންތަ އަދި حَمد ލިބިވޮޑިގެންވާ ﷲ އަށް އީމާންވީކަމުގެ ސަބަބުންނެވެ. އެހެންކަމެއްނޫނެވެ. ދަންނައެވެ. މި އާޔަތުގައި ذِكر ކުރެވިގެން މިދަނީ އިސްލާމްދީން އައުމުގެ ކުރީ އުޅުނުބައެއްގެ ވާހަކައެވެ. އެބައިމީހުންގެ ރަސްގެފާނަކަށް އިނީ އެއްކައުވަންތަކަމަށް دعوى ކުރާޖައްބާރު ވެރިއެކެވެ. ދެންފަހެ އޭނާގެ ރަތްޔިތުންކުރެ ބަޔަކު އޭރު އޮތް ސަމާވީދީނަށް ވަދެ އިސްލާމްވުމުން އެކަމާ ރުޅިއަރައިގެން އެ ރަސްގެ ފާނުންގެ އަމުރަށް ބިމުގައި ވަޅުގަނޑެއް ކޮނެ އޭގައި އަލިފާންރޯކޮށް އިސްލާމްދީން ދޫކޮށް ކާފަރުނުވި ކޮންމެ މީހަކު އެ އަލިފާންގަނޑަށް ލައި އެންދީއެވެ. މުމިނުން ދީން ދޫކުނުރިއެވެ. އެ ޢަޒާބު މުއުމިނުން ނަށް ދޭތަން ބަލަން ކާފަރުންގެ މީހުން ތިބީ އަލިފާންގަނޑު ކައިރީގައި އިށީންދެގެން މަޖާނަގާށެވެ. މުމިނުންގެ ކުށަކަށް އޮތީ ހަމައެކަނި އެމީހުން الله އަށް އީމާން ވީ ކަމެވެ (މިކަމެއް ހިގައިފާވަނީ نَجْرَانُ އެވެކިޔާ ރަށެއްގައިކަމުގައިވިއެވެ.). وَالله أعلم.

  9. ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ شَهِيدٌ

    Open ayah 85:9

    އެ ﷲ އީ އެކަލާންގެއަށް އުޑުތަކާއި ބިމުގެ އެންމެހާތަކެތި މިލްކުވެގެންވާ حَمد އާއި تَعْريف ލިބި ވޮޑިގެންވާ ގަދަފަދަވަންތަ ކަލާންގެއެވެ. އެކަލާނގެ ކޮންމެކަމަކަށް ހެކިވެ ވޮޑިގެންވެއެވެ. މިކާފަރުން މުއުމިނުންނަށް އެކުރިއަނިޔާއަށްވެސް ހެކިވެވޮޑިގެންވެއެވެ.

  10. إِنَّ ٱلَّذِينَ فَتَنُواْ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ ثُمَّ لَمۡ يَتُوبُواْ فَلَهُمۡ عَذَابُ جَهَنَّمَ وَلَهُمۡ عَذَابُ ٱلۡحَرِيقِ 

    Open ayah 85:10

    ހަމަކަށަވަރުން މުއުމިނުންގެ މީހުން އަލިފާނުން އަންދާ ޢަޒާބު ދިންމީހުން އެމީހުންހުން އެކުށުން އެމީހުން ތައުބާ ނުވިއްޔާ އެމީހުންނަށް ޤިޔާމަތް ދުވަހުން ހުންނަހުށީ ނަރަކައިގެ ޢަޒާބު އެވެ. އަނދައަނދާ ހުރި އަލިފާނުގެ ޢަޒާބު އެވެ.

  11. إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُمۡ جَنَّٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۚ ذَٰلِكَ ٱلۡفَوۡزُ ٱلۡكَبِيرُ

    Open ayah 85:11

    އަދި ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރިމީސްތަކުން ދަންނައެވެ. އެމީހުންނަށް قِيَامَة ދުވަހުން ހުންނަހުށީ އެތަންތާގެދަށުން އާރުތައްދެމިދެމިހުންނަ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

  12. إِنَّ بَطۡشَ رَبِّكَ لَشَدِيدٌ

    Open ayah 85:12

    (އޭ رَسُولُ الله އެވެ!) ކަލޭގެފާނުންގެ رَبُّ ކުށްވެރިންގެކިބައިން ބަދަލު ހިތްޕެވުން ގަދަފަދަވެގެންވެއެވެ.

  13. إِنَّهُۥ هُوَ يُبۡدِئُ وَيُعِيدُ

    Open ayah 85:13

    ހަމަކަށަވަރުން އެކަލާނގެއީ އެންމެހައި ޚަލްޤުތަކުން އިސްވެދިޔަ އެއްވެސް މިސާލެއްނެތި ފަށައިގެން ހައްދަވާކަލާނގެއެވެ. އަދި މަރުވުމަށްފަހު އަލުން ދިރުއްވައި مَحْشَر ކުރައްވާނޭކަލާނގެއެވެ.

  14. وَهُوَ ٱلۡغَفُورُ ٱلۡوَدُودُ

    Open ayah 85:14

    އަދިއެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ލޯބިވެތިވެގެންވާ ކަލާނގެއެވެ.

  15. ذُو ٱلۡعَرۡشِ ٱلۡمَجِيدُ

    Open ayah 85:15

    އެކަލާނގެއީ މާތްވެގެންވާ عَرْشِ ގެވެރިކަލާނގެއެވެ. ނުވަތަ އެކަލާނގެއީ ބޮޑުވެގެންވާ عَرْشِ ގެވެރިކަލާނގެއެވެ. އޯގާވަންތަކަމާއި ދީލަތިވަންތަކަން އޭގެ ނިހާޔަތުގައިވާކަލަނގެއެވެ.

  16. فَعَّالٞ لِّمَا يُرِيدُ

    Open ayah 85:16

    އަދި އެކަލާނގެއީ އެކަލާނގެ އެދިވޮޑިގަންނަވާކޮންމެކަމެއް އެދިވޮޑިގެންނެވި ފަދައަކުން ކުރައްވާކަލާނގެއެވެ. އަދިއެކަމެއް މަނާކުރެވޭނެ އެއްވެސްފަރާތެއްނުވާ ކަލާނގެއެވެ.

  17. هَلۡ أَتَىٰكَ حَدِيثُ ٱلۡجُنُودِ

    Open ayah 85:17

    (އޭ رَسُولُ الله އެވެ!) ސިފައިންގެ ޖަމާޢަތްތަކުގެ ވާހަކަތައް ކަލޭގެފާނާއި ހަމައަށް އަތުވެއްޖެތޯއެވެ؟ އެބަހީ رسُولُ ބޭކަލުން ދޮގުކުރި ޖަމާޢަތްތަކުގެ خَبَرُ ކަލޭގެފާނަށް އަތުވެއްޖެތޯއެވެ؟

  18. فِرۡعَوۡنَ وَثَمُودَ

    Open ayah 85:18

    އެއީ فِرْعَوْنُ ގެ ޤައުމުގެމީހުންނާއި ثَمُوْدُ ބާގައިގެމީހުންނެވެ. އެދެޖަމާޢަތުގެނަން ذِكْرُ ކުރެވިފައިވަނީ އެދެޖަމާޢަތް أهْلُ كِتَابُ ންގެގާތުގައި މަޝްހޫރުވެގެންވާތީއެވެ.

  19. بَلِ ٱلَّذِينَ كَفَرُواْ فِي تَكۡذِيبٖ

    Open ayah 85:19

    އަދިކިއެއްހެއްޔެވެ. މައްކާގެ ކާފަރުންއެވަނީ ބޮޑުވެގެންވާ ދޮގު ކުރުމެއްގައެވެ. އެމީހުން އެވަނީ رسُولُ ﷲ ގެފަނާއި އެކަލޭގެފާނު ގެންނެވި ތަކެއްޗާއިމެދު ބޮޑުދޮގުކުރުމެއްގައެވެ.

  20. وَٱللَّهُ مِن وَرَآئِهِم مُّحِيطُۢ 

    Open ayah 85:20

    އަދި الله އެވަނީ އެމީހުންގެފަހަތުގައި ހުރިހާކަމަކަށް ކުޅަދުންވަންތަވެވޮޑިގެން ބައްލަވާށެވެ. (އެމީހުންނަށްވެސް އިސްވެދި އުއްމަތްތަކަށް ދެއްވިފަދަ عَذَابُ އެއްދެއްވުމަށް ކުޅަދުންވަންތަވެވޮޑިގެންނެވެ.)

  21. بَلۡ هُوَ قُرۡءَانٞ مَّجِيدٞ

    Open ayah 85:21

    އަދިކިއެއްހެއްޔެވެ. އެ قُرْآن އަކީ މާތްކަމާއި ޝަރަފުވެރިކަމާއި އަދިކީރިތިކަން އޭގެނިހާޔަތަށް ގޮސްފައިވާފޮތެކެވެ.

  22. فِي لَوۡحٖ مَّحۡفُوظِۭ

    Open ayah 85:22

    އެފޮތްވަނީ لَوْحُ المَحْفُوْظُ ގައި ލިޔެވިގެންނެވެ. ރައްކާތެރިވެގެންވާ ފިލައިގާ ލިޔެވިގެންނެވެ. شَيْطَان ންގެ އަތްތަކެއް އެއަކަށް ނުފޯރާނެއެވެ. މާތްވެގެންވާ طَاهِرُ މަލާއިކަތްބޭކަލުންނޫނީ އޭގައި ނުބީހެއެވެ.