الطارق
At-Taariq
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
وَٱلسَّمَآءِ وَٱلطَّارِقِ
Open ayah 86:1އުޑާއި އަދި طَارِقُ ގަންދެއްވައި الله [ހުވައި وَحِي ކުރައްވައެވެ.]
وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ
Open ayah 86:2އަދި طَارِقُ އެއީ ކޮންއެޗެއްކަން ކަލޭގެ ފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
ٱلنَّجۡمُ ٱلثَّاقِبُ
Open ayah 86:3އެއީ އަލިކުރާތަރިއެވެ. ނުވަތަ شَيْطَان ންނާއިދިމާއަށް އެއްލީމާ އެސޮރުމެންގެ ގައިގާ ލޯވަޅު އަޅާފޫވައްޓައިލާ ތަރިއެވެ. އެތަކެތި ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.
إِن كُلُّ نَفۡسٖ لَّمَّا عَلَيۡهَا حَافِظٞ
Open ayah 86:4އެއްވެސް ނަފުސެއް އެނަފުސެއް ރައްކާތެރިކުރައްވާނޭ މަލާއިކަތްބޭކަލުން ނުލައްވާ އެއްވެސް ނަފުސެއްނުވެއެވެ. (އެބަހީ ކޮންމެ ނަފުސަކަށް ވެސް އެނަފުސެއްކުރާކަންތަކާ ދައްކާވާހަކަ އަދި އެނޫންވެސް އެނަފުސަކާބެހޭ އެންމެހައިކަމެއް ލިއުއްވާ ބަލަހައްޓަވާނޭ ބޭކަލުން ލައްވާފައިވެއެވެ.)
فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ
Open ayah 86:5ފަހެ އިންސާނާ އެނާ ހެއްދެވިފައިވާ އެއްޗަކާއިމެދު ވިސްނާ ފިކުރު ކުރާހުށިކަމެވެ.
خُلِقَ مِن مَّآءٖ دَافِقٖ
Open ayah 86:6އޭނާ ހެއްދެވިފައިވަނީ ފޮދު ފޮދު ވަރަށް އަންނަފެންފޮދަކުންނެވެ. (މަނިފޮދަކުންނެވެ.)
يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ
Open ayah 86:7އެފެންފޮދު އުފެދިގެން އަންނަނީ ފިރިހެނާގެ ބުރަކަށީގެ ކަށިތަކުގެ ތެރެއިންނާއި އަންހެނާގެ މޭކަށިގަޑައި ދެމެދުންނެވެ. ދަރި އުފެދެނީ އެދެފެން އެކުވެގެންނެވެ.
إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ
Open ayah 86:8އަދި ހަމަކަށަވަރުން އެކަލާނގެއީ އެއިންސާނާ މަރުވުމަށްފަހު އަލުން ދެވެވަނަފަހަރަށްވެސް ދިރުއްވައި مَحْشَرُ ކުރެއްވުމަށްވެސް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ. ނުވަތަ އެމަނިފޮދުއަޔަނުދީ އަބުނރާ ރައްދުކުރެއްވުމަށްވެސް ކުޅަދުންވަންތަ ކަލާނގެއެވެ.
يَوۡمَ تُبۡلَى ٱلسَّرَآئِرُ
Open ayah 86:9އެއިންސާނާ އަލުންދިރުއްވައި ފޮނުއްވާނީ ހިތުގެ އެންމެހައި ސިއްރުތައް -އެބަހީ -އެންމެހައި عَقِيْدَة ތަކާއި ނިޔަތްތަކެއް އިމްތިޙާނު ކުރައްވައި خَبَرُ ބައްލަވާދުވަހުންނެވެ.
فَمَا لَهُۥ مِن قُوَّةٖ وَلَا نَاصِرٖ
Open ayah 86:10އެދުވަހުން އޭނާއަށް ގަދަދެއްކޭނޭ އެއްވެސްބާރެއް އަދި ނަސްރުދޭނެ ނަސްރުވެރިއަކު ނުވާނެއެވެ. ހަމައެކަނި އެދުވަހުގެ ވެރިއަކީ الله އެވެ.
وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ
Open ayah 86:11ވާރޭވިލާގަޑުގެވެރި އުޑު ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.
وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ
Open ayah 86:12(ގަސްނުކުތުމަށްޓަކައި) ފަޅަފަޅައިގެންދާ / ނުވަތަ ގަސްގަހާގެހީގެވެރި ބިން ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.
إِنَّهُۥ لَقَوۡلٞ فَصۡلٞ
Open ayah 86:13ހަމަކަށަވަރުން އެއީ އެބަހީ އެ قُرْآن އެއީ ކަނޑައެޅިގެން ޙައްޤުއާއި بَاطِلُ ވަކިކޮށްދޭ ބަހެވެ. ފޮތެވެ.
وَمَا هُوَ بِٱلۡهَزۡلِ
Open ayah 86:14އަދިއެއީ ބޭކާރު އަދި ކުޅިވަރު އެއްޗެއްކަމުގައިނުވެއެވެ.
إِنَّهُمۡ يَكِيدُونَ كَيۡدٗا
Open ayah 86:15ހަމަކަށަވަރުން އެކާފަރުންގެމީހުން قُرْآن بَاطِلُ ކޮށް رَسُولُ الله ﷺ ގެންނެވި حَقُّ دِيْن ނެތިކޮށްލެވޭތޯ ޒާތްޒާތުގެ މަކަރުހަދާ ރޭވުންތައް ރާވަނީއެވެ.
وَأَكِيدُ كَيۡدٗا
Open ayah 86:16އަދި ތިމަންރަސްކަލާނގެވެސް އެމީހުންނަށް ނޭގޭނެގޮތުން އެމީހުންނާއި އިދިކޮޅަށް ރޭވުންތައް ރާވަމެވެ.
فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا
Open ayah 86:17(އޭ رَسُولُ الله އެވެ.) ކާފަރުންތައް ހަލާކު ކުރެއްވުމަށް އެދިވަޑައިގަތުން އަވަސްނުކުރައްވާށެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންނަށް މުހުލަތުދެއްވާށެވެ. ތަންވަޅުދެއްވައި ލަސްކުރައްވާށެވެ.