الأعلى

Al-A'laa

The Most High · Surah 87 · Ayahs: 19 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى

    Open ayah 87:1

    (އޭ رَسُول الله އެވެ!) ކަލޭގެފާނު ހައްދަވާ ބޮޑުކުރައްވާ އަދި މަތިވެރިވެގެންވާ ކަލާނގެ ނަންފުޅު (އެކަލާނގެ ޒާތުފުޅު) އެކަލާނގެ ޒާތުފުޅާ އެކަށީގެންނުވާ އެންމެހާ ޢައިބާއި އުނިކަމަކުން طَاهر ކުރައްވައި تقديس ކުރަށްވާށެވެ. (އެބަހީ سبحَان ربِّىَ الأَعْلى) މިފައިން ކިޔާށެވެ. ނުވަތަ އެކަލާނގެ ނަންފުޅު ޛިކުރުކޮށް ހަނދާންކުރާއިރު މަޑުމޮޅިވެ خُشُوع ވާށެވެ. އެނަންފުޅަށް އިޙްތިރާމް ކުރާށެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވުމުން رسول الله ﷺ حديث ކުރެއްވިއެވެ. އެތަން ތިޔަބައިމީހުންގެ ސަޖިދައަށް ލާށެވެ. އެބަހީ ސަޖިދައިގައި سبحَان ربِّىَ الأَعْلى މިހެން ކިޔާށެވެ. = فتح القدير =

  2. ٱلَّذِي خَلَقَ فَسَوَّىٰ

    Open ayah 87:2

    އެކަލާނގެއީ އިންސާނާ ފުރިހަމަކޮށް ސީދާކޮށްހައްދަވައި އޭނާގެވިސްނުންވެސް ބަރާބަރު ކުރެއްވި ކަލާނގެއެވެ. އަދި ޚަލްޤުތަކުން ހައްދަވައި ބަރާބަރު ކުރެއްވި ކަލާނގެއެވެ.

  3. وَٱلَّذِي قَدَّرَ فَهَدَىٰ

    Open ayah 87:3

    އަދި އެކަލާނގެއީ އެންމެހައިތަކެތީގެ ޖިންސްތަކާއި ސިފަތަކާއި ވައްތަރުތަކާއި ކަންތައްތަކާއި ބަސްތަކާއި އަދި އެންމެހައި ތަކެތީގެ އަޖަލުވެސް މިންވަރު ކުރަށްވައި އަދި އެންމެހައި ތަކެއްޗަށް އެތަކެތީގެ އަމިއްލަ ބޭނުންތައް ފުއްދުމުގެ މަގުވެސް ދައްކަވައިދެއްވި ކަލާނގެއެވެ.

  4. وَٱلَّذِيٓ أَخۡرَجَ ٱلۡمَرۡعَىٰ

    Open ayah 87:4

    އަދި އެކަލާނގެއީ ބިމުން ތަރޯ ތާޒާ ރޯ ވިނަ ނެރުއްވި ކަލާނގެއެވެ.

  5. فَجَعَلَهُۥ غُثَآءً أَحۡوَىٰ

    Open ayah 87:5

    ދެން އަދި އެވިނަ ވަޔަށްބުރައިގެންދާފަދަ ލުއިލުއި ކަޅުއެއްޗަކަށް އެކަލާނގެ ލެއްވިއެވެ. އެވިނަ ގިނަދުވަސްވެ ހިކި ކަޅުވެ ވަޔަށް ބުރައިގެންދާފަދައަކުންވެސް ހެއްދެވިއެވެ.

  6. سَنُقۡرِئُكَ فَلَا تَنسَىٰٓ

    Open ayah 87:6

    އޭ (رَسُول الله އެވެ!) ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ކިޔަވިދެއްވާ ހުށީމެވެ. އެބަހީ ޤުރްއާން ހަދުމަފުޅު ނުނެތޭނެގޮތް ހައްދަވައި ދެއްވާ ހުށީމެވެ. އޭރުން ދެން ހަނދުމަފުޅު ނުނެތޭނެއެވެ.

  7. إِلَّا مَا شَآءَ ٱللَّهُۚ إِنَّهُۥ يَعۡلَمُ ٱلۡجَهۡرَ وَمَا يَخۡفَىٰ

    Open ayah 87:7

    އެކަމަކު ހަނދުމަފުޅު ނެތޭނީ ހަނދުމަފުޅުނެތުމަށް އެކަލާނގެ އިރާދަކުރެއްވި އެއްޗެކެވެ. ހަމަކަށަވަރުން ބޭރު ފުށަށް ފާޅުވާ ތަކެއްޗާއި އަދި ވަންހަނާގައި ވާ ތަކެތިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.

  8. وَنُيَسِّرُكَ لِلۡيُسۡرَىٰ

    Open ayah 87:8

    އަދި ތިމަންރަސްކަލާނގެ ކަލޭގެފާނު ސުވަރުގެއަށް ފަސޭހަކޮށްދެއްވައި ހުށީމެވެ.

  9. فَذَكِّرۡ إِن نَّفَعَتِ ٱلذِّكۡرَىٰ

    Open ayah 87:9

    (އޭ رَسُول الله އެވެ!) وَعظ އާއި ނަސޭޙަތުން މަންފާ ކުރާނެކަމަށް ވަންޏާ ކަލޭގެފާނު މީސްތަކުންނަށް وَعظ އާއި ނަސޭޙަތް ދެއްވާށެވެ.

  10. سَيَذَّكَّرُ مَن يَخۡشَىٰ 

    Open ayah 87:10

    (އޭ رَسُول الله އެވެ!) ﷲ އަށް ބިރުވެތިވާމީހަކުވިއްޔާ ކަލޭގެފާނުންގެ وَعظ އާއި ނަސޭޙަތް ލިބިގަންނާނެއެވެ. އަދިއެއިން އޭނާއަށް މަންފާކުރާނެއެވެ.

  11. وَيَتَجَنَّبُهَا ٱلۡأَشۡقَى

    Open ayah 87:11

    އަދި ކަލޭގެފާނުންގެ وَعظ އާއި ނަސޭޙަތުން ދުރުވެގަންނާނީ އަބާއްޖަވެރިއެކެވެ.

  12. ٱلَّذِي يَصۡلَى ٱلنَّارَ ٱلۡكُبۡرَىٰ

    Open ayah 87:12

    އެމީހާ ޤިޔާމަތްދުވަހުން ބޮޑުވެގެންވާ އަލިފާނަށް ވަންނާނެއެވެ. އެތާއަދާނެއެވެ.

  13. ثُمَّ لَا يَمُوتُ فِيهَا وَلَا يَحۡيَىٰ

    Open ayah 87:13

    ދެން އަދިއެއަލިފާނުގައި އަދާއިރު އޭނާމަރުވެސްނުވާނެއެވެ. އަދި ނުދިރޭނެއެވެ. އެބަހީ ދިރިހުރުމުން ކުރާ އެއްވެސްފައިދާއެއްނުކުރާނެއެވެ. ޢަޒާބުގައި ތެޅިފޮޅޭނީއެވެ.

  14. قَدۡ أَفۡلَحَ مَن تَزَكَّىٰ

    Open ayah 87:14

    ، ހަމަކަށަވަރުން ޝިރުކުން طَاهِرُ ވެ الله އަށް އީމާންވެ صَالِحُ عَمَلُ ކޮށް އަދިޒަކާތްދީ އެކަލާނގެ ނަންފުޅުހަދާންކޮށް އެކަލާނގެއަށްޒިކުރުކޮށް އަދި ނަމާދުޤާއިމުކޮށްފި މީހާ ކާމިޔާބުވެއްޖެއެވެ. (މިދެއާޔަތްމިވަނީ މާނައެކުގައެވެ.)

  15. وَذَكَرَ ٱسۡمَ رَبِّهِۦ فَصَلَّىٰ

    Open ayah 87:15

    ، ހަމަކަށަވަރުން ޝިރުކުން طَاهِرُ ވެ الله އަށް އީމާންވެ صَالِحُ عَمَلُ ކޮށް އަދިޒަކާތްދީ އެކަލާނގެ ނަންފުޅުހަދާންކޮށް އެކަލާނގެއަށްޒިކުރުކޮށް އަދި ނަމާދުޤާއިމުކޮށްފި މީހާ ކާމިޔާބުވެއްޖެއެވެ. (މިދެއާޔަތްމިވަނީ މާނައެކުގައެވެ.)

  16. بَلۡ تُؤۡثِرُونَ ٱلۡحَيَوٰةَ ٱلدُّنۡيَا

    Open ayah 87:16

    މިހެން މިކަންކަން ހުރިއިރުވެސް ކަލޭމެން މިކަންކަން ނުކުރެއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ދުނިޔޭގެ ޙަޔާތުގެކަންތައްތައް آخِرَةُ ގެކަންތަކުގެމައްޗަށް އިސްކުރަނީއެވެ. (އެއީ ކޮށްގެންވާނެކަމެއްނޫނެވެ.)

  17. وَٱلۡأٓخِرَةُ خَيۡرٞ وَأَبۡقَىٰٓ

    Open ayah 87:17

    އެކަމަކު آخِرَةُ މާހެޔޮވެފައި ދެމިހުރުންބޮޑެވެ.

  18. إِنَّ هَٰذَا لَفِي ٱلصُّحُفِ ٱلۡأُولَىٰ

    Open ayah 87:18

    ހަމަކަށަވަރުން މިވާހަކަތަކަކީ (އެބަހީ ޝިރުކުން ސަލާމަތްވެ ހެޔޮޢަމަލުކޮށް الله އަށް ޒިކުރުކޮށް ނަމާދުޤާއިމުކޮށް ހަދާމީހާ ކަމިޔާބުވީވާހަކަ) އެއީ އިސްވެދިޔަ ފަތްފުއްތަކުގައިވެސްވާ ވާހަކަތަކެކެވެ.

  19. صُحُفِ إِبۡرَٰهِيمَ وَمُوسَىٰ

    Open ayah 87:19

    އެއީ ސަލާމުލެއްވި إِبْرَاهِيْم ގެފާނަށް ބާވައިލެއްވި ފަތްފުޢްތަކުގައްޔާ އަދި ސަލާމުލެއްވި مُوسى ގެފާނަށްބާވައިލެއްވި ފަތްފުއްތަކުގައިވެސް މިވާހަތައްވާނެއެވެ.