الغاشية
Al-Ghaashiya
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ
Open ayah 88:1(އޭ رَسُول الله އެވެ!) غَشِيَة އެވެ ކިޔުނު ޤިޔާމަތްދުވަހުގެ ވާހަކަ ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހައް އަތުވެއްޖެއެވެ. (ނުވަތަ އެވާހަކަ އަތުވެއްޖެ ތޯއެވެ؟)
وُجُوهٞ يَوۡمَئِذٍ خَٰشِعَةٌ
Open ayah 88:2އެދުވަހުން ބައެއް މޫނުތަކުގެ ވެރިންވާނީ ދެރަވެ ފެންކަޅިވެގެންނެވެ. ހިތާމައިގައެވެ.
عَامِلَةٞ نَّاصِبَةٞ
Open ayah 88:3އޭނާ އުފުލަމުންދާ ގިނަ ޗޭނުތަކާއި ކަސްތަޅުތަކުގެ މަސައްކަތުގައި ވަރުބަލިވެފައެވެ. (ނުވަތަ އޭނާ ދުނިޔޭގައި ވަރުބަލި ވާންދެން ކުރި މަސައްކަތުގެ އެއްވެސް ހެޔޮކަމެއް ނެތި ފެންކަޅިވެފައެވެ.) އެއީ ނުބައި ނުލަފާ މީހުންނެވެ.
تَصۡلَىٰ نَارًا حَامِيَةٗ
Open ayah 88:4އޭނާ ހޫނުވެގެންވާ އަލިފާނަކަށް ލެވޭނެއެވެ. އަދި އެޔާއެކު،
تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٖ
Open ayah 88:5ހޫނުކަން ނިހާޔަތަށް ގޮސްފައިވާ އެންމެ ހޫނު ފެނުގެ ކޯރަކުން އޭނާއަށް ބޯންދެވޭނެއްވެ.
لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٖ
Open ayah 88:6އެމީހުންނަށް ޤިޔާމަތް ދުވަހުން ضَرِيْع ކިޔާ ކަށި މެނުވީ އެހެންކާއެއްޗެއް ނުވެއެވެ. (އެއީ شبرق ކިޔާ ރޯކަށި ހިކުނީމާކިޔާ ނަމެކެވެ.)
لَّا يُسۡمِنُ وَلَا يُغۡنِي مِن جُوعٖ
Open ayah 88:7(އެކަށި އެމީހުންކާނެއެވެ.) އަދިއެކެއުމަކުން އެމީހުންގެ ހަށިތަކަށްއެއްވެސް ފައިދާއެއްނުކުރާނެއެވެ. އަދި ބަޑުނހައިހޫނުކަމުގެ އެއްވެސްކަމެއް އެއިން ފުއްދައި ނުދެނެއެވެ.
وُجُوهٞ يَوۡمَئِذٖ نَّاعِمَةٞ
Open ayah 88:8އަދި ޤިޔާމަތްދުވަހުން އަނެއްބައިމޫނުތަކުގެވެރިން ތިބޭނީ ނިޢްމަތުގެ ގިނަކަމާއި ބޮޑުކަމުން އުފާވެރިވެ މޫނުތައްތާޒާވެފައެވެ.
لِّسَعۡيِهَا رَاضِيَةٞ
Open ayah 88:9އެމީހުން ދުނިޔޭގައި ކުރި ހެޔޮ ޢަމަލުތަކަށް ރުހެވިގެންނެވެ. އެބަހީ الله އެމީހުންނަށް ރުހިވޮޑިގަތުމުގެސަބަބުން މޫނުތައް އަލިވެ އުޖާލާވެގެންނެވެ.
فِي جَنَّةٍ عَالِيَةٖ
Open ayah 88:10އެމީހުން ތިބޭނީ މަތިވެރިވެގެންވާ ސުވަރުގެތަކުގައެވެ.
لَّا تَسۡمَعُ فِيهَا لَٰغِيَةٗ
Open ayah 88:11އެތާގައި އެމީހުން އެއްވެސް بَاطِلُ އަދި ބޭކަރުވާހަކައެއްނުއަހާނެއެވެ.
فِيهَا عَيۡنٞ جَارِيَةٞ
Open ayah 88:12އެސުވަރުގޭގައި ދެމިދެމި އޮންނަ އާރުތަކެއްވެއެވެ.
فِيهَا سُرُرٞ مَّرۡفُوعَةٞ
Open ayah 88:13އަދި އެތާ އުސްވެގެންވާ އެދުދާންކޮޅުތައްވެއެވެ. (މާތްވެގެންވާފަށުވީގެ ތަންމަތި ތަކުގައި މާތްވެގެންވާ حُوْرَ العِين އަންހެންކުދިންނާއި އެކުގައެވެ.)
وَأَكۡوَابٞ مَّوۡضُوعَةٞ
Open ayah 88:14އަދި އެތާގައި ބޭނުންމީހަކު ބުއިމަށް ބެހެއްޓިގެންވާ ތަށިތައްވެއެވެ.
وَنَمَارِقُ مَصۡفُوفَةٞ
Open ayah 88:15އަދި އެސުވަރުގޭގައި ސަފުސަފަށްއެތުރިފައިވާ ބާލީސްތަކާއި ކަންނެއުތައްވެއެވެ.
وَزَرَابِيُّ مَبۡثُوثَةٌ
Open ayah 88:16އަދި މަޚުމާޖެހިދޫލަތައް އެތާ ފެތުރިގެންވެއެވެ.
أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ
Open ayah 88:17އެކާފަރުންގެމީހުން ޖަމަލުހެއްދެވިފައިވަނީ ކޮންފަދައަކުންތޯބަލައި ފިކުރުކޮށް ނުހަދަނީބާވައެވެ؟ އެޖަމަލު ހެއްދެވި މަތިވެރި މާތްﷲ ގެ ޤުދްރަތްތެރިކަމާއިމެދު ފިކުރުކޮށް އިބްރަތް ޙާސިލު ނުކުރާނެ ބާވައެވެ؟
وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ
Open ayah 88:18އަދި އުޑަށް އެމީހުން ނުބަލަނީ ކީއްވެގެންބާވައެވެ؟ އެއްވެސް ތަބަކާއި ނުލައި އެއުޑު އުފުލިފައި ވާގޮތާއިމެދު ވިސްނާ ފިކުރުނުކުރަނީ ކީއްވެގެންބާވައެވެ؟
وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ
Open ayah 88:19އަދި ފަރުބަދަތަކަށް އެމީހުން ނުބަލަނީ ކީއްވެގެންބާވައެވެ؟ އެތަކެތި ބިމުގައި ހަރުކުރެވިފައިވާ ގޮތާއިމެދު އެމީހުން ވިސްނާފިކުރު ނުކުރަނީބާވައެވެ؟
وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ
Open ayah 88:20އަދި ބިމަށް އެމީހުންނުބަލާނެބާވައެވެ؟ އެބިން ފެތުރިފައިވާގޮތާއިމެދު އެމީހުން ވިސްނާ ފިކުރުނުކުރާނެބާވައެވެ؟ ފަހެމިތަކެއްޗަށް އެމީހުން ވިސްނާހަދާނަމަ އެތަކެތި އެހާފުރިހަމަކޮށް ބަރާބަރުކޮށް ހެއްދެވި الله އަށް އެމީހުން މަރުވުމަށްފަހު ދެވަނަފަހަރަށް ދިރުއްވައި مَحْشَرُ އަށްފޮނުއްވަން އުދަގޫނުވާނެކަން ރަނގަޅަށް އެގެންވާނެއެވެ.
فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٞ
Open ayah 88:21(އޭ رَسُولُ الله!) ފަހެ ކަލޭގެފާނު އެމީހުންނަށް އާއި وَعْظُ نَصِيْحِة ދެއްވާ ހަދާންކޮށްދެއް ވާށެވެ. ހަމަކަށަވަރުން ކަލެގެފާނީ وَعْظُ نَصِيْحِة ދެއްވާ ހަދާންކޮށްދެއްވާ ހައްދަވާނެ ބޭކަލެކެވެ.
لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ
Open ayah 88:22އަދިއެމީހުން އީމާންކުރުވުމުގެ މައްޗަށް މަޖްބޫރު ކުރައްވާނޭބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.
إِلَّا مَن تَوَلَّىٰ وَكَفَرَ
Open ayah 88:23އެކަމަކު وَعْظُ نَصِيْحِة އަށް ފުރަގަސްދީ ޙައްޤުއަށް ކާފަރުވީމީހަކު މެނުވީއެވެ.
فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ
Open ayah 88:24ފަހެ އެފަދަމީހުންނަށް ބޮޑުވެގެންވާ އަޒާބު الله ދެއްވާނެއެވެ. އެއީ قِيَامَة ދުވަހުންނެވެ.
إِنَّ إِلَيۡنَآ إِيَابَهُمۡ
Open ayah 88:25ހަމަކަށަވަރުން އެމީހުން އެބުރިއައުންވަނީ ތިމަންރަސްކަލާނގެ حَضْرَةُ އަށެވެ.
ثُمَّ إِنَّ عَلَيۡنَا حِسَابَهُم
Open ayah 88:26ދެން އަދިއެމީހުންގެ ހިސާބު ބެއްލެވުންވެސް އޮންނާނީ ހަމަތިމަން ރަސްކަލާނގެއަށެވެ.