التغابن
At-Taghaabun
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
يُسَبِّحُ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ لَهُ ٱلۡمُلۡكُ وَلَهُ ٱلۡحَمۡدُۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ
Open ayah 64:1އުޑުތަކާއި ބިމުގައިވާހާ ތަކެތި اللَّهُ އަށް تَسْبِيْح ކިޔައެވެ. އެކަލާ ނގެ ހުސް طَاهِر ވަންތަކުރެއެވެ. އެންމެހާ ތަކެތީގެ مِلْك ވެރިޔަކީ އެކަލާނގެއެވެ. އެކަލާނގެ އެދިވޮޑިގެންނެވި ގޮތަކަށް އެތަކެތީގެ تَصَرُّفُ ހިންގަވައެވެ. އަދި އެންމެހާ حَمْدُ އާއި تَعْرِيْف އެއްހުރީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެ ކޮންމެ ކަމަކަށް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
هُوَ ٱلَّذِي خَلَقَكُمۡ فَمِنكُمۡ كَافِرٞ وَمِنكُم مُّؤۡمِنٞۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٌ
Open ayah 64:2(އޭ އެންމެހައި މީސްތަކުންނޭވެ!) ކަލޭމެން ހެއްދެވީ އެކަލާނގެއެވެ. ކަލޭމެންގެ ތެރެއިން ކާފަރުން ވެއެވެ. އަދި مُؤْمِن ންވެސް ކަލޭމެންގެ ތެރެއިން ވެއެވެ. އަދި ކަލޭމެން ކުރާހާ ކަމަކަށް اللَّهُ ބައްލަވާވޮޑިގެންވެއެވެ.
خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّ وَصَوَّرَكُمۡ فَأَحۡسَنَ صُوَرَكُمۡۖ وَإِلَيۡهِ ٱلۡمَصِيرُ
Open ayah 64:3އުޑުތަކާއި ބިން އެކަލާނގެ حَقّ ގޮތުގައި ހެއްދެވިއެވެ. އަދި އެކަލާނގެ ކަލޭމެން ސޫރަކުރެއްވިއެވެ. އަދި ކަލޭމެންގެ ސޫރަ ރިވެތި ކުރައްވައި ރަނގަޅު ކުރެއްވިއެވެ. އަދި އެނބުރި ދިޔުންވަނީ އެކަލާނގެ حَضْرَة އަށެވެ.
يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَيَعۡلَمُ مَا تُسِرُّونَ وَمَا تُعۡلِنُونَۚ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ
Open ayah 64:4އުޑުތަކާއި ބިމުގައި ވާހާ ތަކެތި އެކަލާ ނގެ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެން ސިއްރުކުރާ ކަންތަކާއި އަދި ކަލޭމެން ފާޅުކުރާ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ހިތްތަކުގައި ފޮރުވިފައިވާ ތަކެތިވެސް اللَّهُ ދެނެވޮޑިގެންވެއެވެ.
أَلَمۡ يَأۡتِكُمۡ نَبَؤُاْ ٱلَّذِينَ كَفَرُواْ مِن قَبۡلُ فَذَاقُواْ وَبَالَ أَمۡرِهِمۡ وَلَهُمۡ عَذَابٌ أَلِيمٞ
Open ayah 64:5(އޭ މިތިބަ ކާފަރުވެއްޖެ މީސްތަކުންނޭވެ.) މީގެ ކުރިން އިސްވެ ދިޔަ ކާފަރުންގެ خَبَر ތައް ކަލޭމެންގެ ގާތަށް ނާދޭ ހެއްޔެވެ؟ (نُوْح قَوْم ފަދަ عَادُ قَوْم ފަދަ ثَمُوْد قَوْم ފަދަ ކާފަރުވީ قَوْم ތަކުގެ خَبَر ނާދޭ ހެއްޔެވެ؟ އިވިފައި ނުވޭ ހެއްޔެވެ؟) އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ސަބަބުން އައި عَذَاب ގެ ރަހަ ލިބި ގަތެވެ. އަދި آخِرَة ގައި އެމީހުންނަށް ހުރީ ވޭންދެނިވި عَذَاب އެވެ.
ذَٰلِكَ بِأَنَّهُۥ كَانَت تَّأۡتِيهِمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَقَالُوٓاْ أَبَشَرٞ يَهۡدُونَنَا فَكَفَرُواْ وَتَوَلَّواْۖ وَّٱسۡتَغۡنَى ٱللَّهُۚ وَٱللَّهُ غَنِيٌّ حَمِيدٞ
Open ayah 64:6އެހެން އެވީ، އެބަހީ އެ عَذَاب އެމީހުންނަށް حَقّ ވީ އެމީހުންގެ ގާތަށް އެމީހުންގެ رَسُوْل ބޭކަލުން ބަޔާންވެގެންވާ دَلِيْل ތަކާއި مُعْجِزة އާއިގެން ވަޑައިގެންނެވުމުން އެކާފަރުންގެ މީހުން އެ رَسُوْل ބޭކަލުންނާ ދިމާއަށް (މަލާމަތްކޮށްފައި ބުނީ) އަހުރެމެންނަށް ތެދުމަގު ދައްކާނީ آدَم ގެ ދަރިއެއް ހެއްޔެވެ؟ ދެންފަހެ އެބައި މީހުން އެކަލާނގެ رَسُوْل ބޭކަލުން ދޮގުކޮށް ކާފަރުވީއެވެ. އަދި ފުރަގަސް ދިނީއެވެ. އަދި اللَّهُ އެމީހުންގެ إِيْمَان ކަމާއި އަޅުކަމާއި ނުލައި ފުދިވޮޑިގެންފިއެވެ. އަދި اللَّهُ އީ (އަމިއްލަ ذَات ފުޅާއިގެން) ފުދިވޮޑިގެންވާ حَمْدُ ލިބިވޮޑިގެންވާ ކަލާނގެއެވެ.
زَعَمَ ٱلَّذِينَ كَفَرُوٓاْ أَن لَّن يُبۡعَثُواْۚ قُلۡ بَلَىٰ وَرَبِّي لَتُبۡعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلۡتُمۡۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٞ
Open ayah 64:7ކާފަރުވީ މީސްތަކުން ހީކޮށްފައި ބުނެއެވެ. އެމީހުން މަރުވުމަށްފަހު އަލުން ދިރިގެން مَحْشَر އަށް ނުފޮނުވޭނެއެވެ. އެމީހުން އެހެން ހީކުރެއެވެ. އޭ رَسُوْل ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ތިމަންކަލޭގެފާނުގެ رَبّ ގަންދީ ހުވައިކޮށްފައި ބުނަމެވެ. ހަމަކަށަވަރުން يَقِيْن ންވެސް ކަލޭމެން މަރުވުމަށްފަހު مَحْشَر އަށް ފޮނުއްވޭނެއެވެ. ދެން ތިޔަބައިމީހުން ދުނިޔޭގައި ކޮށްފައިވާ ކަންތަކުގެ خَبَر ކަލޭމެންނަށް ދެވޭނެއެވެ. (އަދި އޭގެ ފުރިހަމަ جَزَاء ވެސް ދެއްވާނެއެވެ.) އެއީ އެކަލާނގެ އަށް ދާދި ފަސޭހަކަމެކެވެ.
فَـَٔامِنُواْ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِيٓ أَنزَلۡنَاۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ
Open ayah 64:8ފަހެ އެހެންވެ ކަލޭމެން اللَّهُ އަށާއި އެކަލާނގެ رَسُوْل އާ އަށާ އަދި ތިމަންރަސްކަލާނގެ ބާވައިލެއްވި نُوْر ކަމުގައިވާ ކީރިތި قُرْآن އަށް إِيْمَان ވާށެވެ. އަދި اللَّهُ ކަލޭމެން ކުރާހާ ކަމެއްގެ خَبَر މޮޅަށް ދެނެވޮޑިގެންވެއެވެ. (އޭގެ جَزَاء ދެއްވާނެއެވެ.)
يَوۡمَ يَجۡمَعُكُمۡ لِيَوۡمِ ٱلۡجَمۡعِۖ ذَٰلِكَ يَوۡمُ ٱلتَّغَابُنِۗ وَمَن يُؤۡمِنۢ بِٱللَّهِ وَيَعۡمَلۡ صَٰلِحٗا يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُدۡخِلۡهُ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ
Open ayah 64:9އެންމެހާ މީސްތަކުން އެއްކުރައްވާ ދުވަހު ކަލޭމެންވެސް އެއްކުރައްވާ جَمَع ކުރައްވާނެކަން ހަނދާން ކުރާށެވެ. އެއީ تَغَابُن އެވެ ކިޔުނު قِيَامَة ދުވަހެވެ. (އެއީ ނުކިޔަމަންތެރިވި މީސްތަކުންނަށް ގެއްލުމާއި ހަލާކު - އަދި ކިޔަމަންތެރިވީ މީސްތަކުންނަށް ފައިދާ އާއި كَامِيَاب ހުރި ދުވަހެވެ.) އަދި اللَّهُ އަށް އީމާންވެ صَالِح عَمَل ކުރި މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހާގެ ކުށްފާފަތައް ތިމަންރަސްކަލާގެ ފުއްސަވައި - އަދި އެތަންތާގެ ދަށުން އާރުތައް ދެމިދެމި އޮންނަ ސުވަރުގެ ތަކަކަށް ތިމަންރަސްކަލާނގެ އެމީހާ ވައްދަވާ ހުށީމެވެ. އެފަދަ މީހުން އެތާ އަބަދު ދެމިތިބޭނެއެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.
وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِ خَٰلِدِينَ فِيهَاۖ وَبِئۡسَ ٱلۡمَصِيرُ
Open ayah 64:10އަދި ކާފަރުވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ދަންނައެވެ. އެމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން އެތާ ދެމިތިބޭނެއެވެ. އެއީ އެނބުރި ދިޔުން ނުބައިވެގެންވާ ތަނެކެވެ.
مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذۡنِ ٱللَّهِۗ وَمَن يُؤۡمِنۢ بِٱللَّهِ يَهۡدِ قَلۡبَهُۥۚ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ
Open ayah 64:11އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އުދަގުލެއް مُصِيْبَة އެއް اللَّهُ ގެ إِذْن ފުޅާއި ލައިގެން މެނުވީ ނުޖެހެއެވެ. (އެއީ اللَّهُ ގެ قَضَا قَدَرُ ގައި ނިމިފައިވާ ކަންކަމެވެ.) އަދި އެކަންކަމަކީ އެފަދައިން ހިނގާ ކަންތައްކަން ދަނެ اللَّهُ އަށް إِيْمَان ވެ ތެދުކޮށްފި މީހާދަންނައެވެ. އެކަލާނގެ އެމީހާގެ ހިތަށް ކެތްތެރިވެ قَضَا قَدَرُ އަށް ރުހުމުގެ މަގުދައްކަވާ އެކަމަށް تَوْفِيْق ދެއްވައެވެ. އަދި اللَّهُ އީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
وَأَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَۚ فَإِن تَوَلَّيۡتُمۡ فَإِنَّمَا عَلَىٰ رَسُولِنَا ٱلۡبَلَٰغُ ٱلۡمُبِينُ
Open ayah 64:12އަދި ކަލޭމެން اللَّهُ އަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން رَسُوْل އާ އަށް ކިޔަމަންވާށެވެ! އަދި ކަލޭމެން ކިޔަމަންތެރިނުވެ އެބުރި ފުރަގަސް ދިނަސް (رَسُوْل އާގެ މައްޗަށް އެއްވެސް ކުށެއް ނެތެވެ. ފަރުވާލެއްނެތެވެ.) އެހެނީ ހަމަކަށަވަރުން رَسُوْل އާގެ މައްޗަށް އޮތީ بَيَان ވެގެންވާފަދައިން އިއްވައިދިނުމެވެ.
ٱللَّهُ لَآ إِلَٰهَ إِلَّا هُوَۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ
Open ayah 64:13اللَّهُ އެއީ އެކަލާނގެ ފިޔަވައި حَقّ އެހެން އެއްވެސް إِلٰه އަކު ނުވާ އެއްކައުވަންތަ ކަލާނގެއެވެ. އަދި مُؤْمِن ންގެ މައްޗަށް وَاجِب ވެގެންވަނީ ހަމައެކަނި اللَّهُ އަށް وَكِيْل ކޮށް އިތުބާރު ކުރުމެވެ. ބަރޯސާ ކުރުމެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ مِنۡ أَزۡوَٰجِكُمۡ وَأَوۡلَٰدِكُمۡ عَدُوّٗا لَّكُمۡ فَٱحۡذَرُوهُمۡۚ وَإِن تَعۡفُواْ وَتَصۡفَحُواْ وَتَغۡفِرُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٌ
Open ayah 64:14އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ އަނބީންނާއި ކަލޭމެންގެ ދަރީންގެ ތެރޭގައި ކަލޭމެންނަށްވާ عَدُوّ ން ވެއެވެ. ފަހެ އެބައިމީހުންނާ މެދު ރައްކާތެރިވާށެވެ! ހުޝިޔާރު ވާށެވެ! އަދި ކަލޭމެން އެމީހުންނަށް مَعَاف ކޮށް އެމީހުންގެ ކުށާއިމެދު އަޅައި ނުލައި ދޫކޮށްލައިފިއްޔާ (އެފަދަ ހެޔޮބަދަލު اللَّهُ ވެސް ކަލޭމެންނަށް ދެއްވާނެއެވެ.) ފަހެ ހަމަކަށަވަރުން اللَّهُ އީ ގިނަގިނައިން ފާފަ ފުއްސަވާ، رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
إِنَّمَآ أَمۡوَٰلُكُمۡ وَأَوۡلَٰدُكُمۡ فِتۡنَةٞۚ وَٱللَّهُ عِندَهُۥٓ أَجۡرٌ عَظِيمٞ
Open ayah 64:15ހަމަކަށަވަރުން ކަލޭމެންގެ މުދަލާއި ދަރީންނަކީ فِتْنَة އެކެވެ. إِمْتِحَان އެކެވެ. ކަލޭމެންގެ ގޮތް ބެއްލެވުމެކެވެ. އަދި اللَّهُ ގެ حَضْرَة ގައިވާ ثَوَاب އާއި ދަރުމަ މާ ހެޔޮވެގެންވެއެވެ. ބޮޑުވެގެންވާ ދަރުމަ އޮތީ އެކަލާނގެ حَضْرَة ގައެވެ. (އެއީ މުދަލާއި ދަރީންގެ ސަބަބުން اللَّهُ އަށް ނުއުރެދި ކިޔަމަންތެރިވީ މީހުންނަށެވެ.)
فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ وَٱسۡمَعُواْ وَأَطِيعُواْ وَأَنفِقُواْ خَيۡرٗا لِّأَنفُسِكُمۡۗ وَمَن يُوقَ شُحَّ نَفۡسِهِۦ فَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ
Open ayah 64:16ކަލޭމެން اللَّهُ އަށް تَقْوَى ވެރިވާށެވެ. އެކަލާނގެ حَضْرَة އަށް ބިރުވެތިވާށެވެ! އެއީ ކަލޭމެންނަށް ކުޅަދާނަވީވަރަކަށެވެ. އަދި ކަލޭމެންނަށް ކުރެވޭ أَمْر ތައް އަހާށެވެ! އަދި أَمْر ތަކަށް ކިޔަމަންތެރިވާށެވެ! އަދި އެކަލާނގެ ދެއްވާފައިވާ މުދަލުން ހެޔޮކަންތައްތަކަށް ހޭދަކުރާށެވެ! އެއީ ހައްތާވެސް ކަލޭމެންގެ نَفْس ތަކަށްވާ ހެވެވެ. އެބަހީ ހެޔޮކަންތަކަށް ހޭދަކުރުމީ ކަލޭމެންނަށްވާ ހެވެވެ. އަދި ތިމާގެ نَفْس ގެ ދަހިވެތިކަމުން ސަލާމަތްވެވިއްޖެ މީހުން ދަންނައެވެ! ފަހެ كَامِيَاب ވެ ނަސީބުވެރިވާނޭ މީހުންނަކީ އެއީއެވެ.
إِن تُقۡرِضُواْ ٱللَّهَ قَرۡضًا حَسَنٗا يُضَٰعِفۡهُ لَكُمۡ وَيَغۡفِرۡ لَكُمۡۚ وَٱللَّهُ شَكُورٌ حَلِيمٌ
Open ayah 64:17ހެޔޮ ރަނގަޅުގޮތުގައި اللَّهُ އަށް ދަރަނި ދެންޏާ އެކަލާނގެ ކަލޭމެންނަށް އޭގެ ބަދަލު ގިނަކޮށްދެއްވާ ހުއްޓެވެ. އަދި އެކަލާނގެ ކަލޭމެންގެ ފާފަ ފުއްސަވާ ހުއްޓެވެ. އަދި اللَّهُ އީ ކިޔަމަންތެރިވާ އަޅުންނަށް ثَوَاب އާއި ދަރުމަ އިތުރުކޮށްދެއްވާ ކަލާނގެއެވެ. އަދި އުރެދޭ އަޅުންނަށް عُقُوْبَة އަވަސް ނުކުރައްވާ ރަސްކަލާނގެއެވެ.
عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡعَزِيزُ ٱلۡحَكِيمُ
Open ayah 64:18އަދި އެކަލާނގެއީ غَيْبُ ގައި ވާ ކަންތަކާއި ފައުޅުގައިވާ ކަންތައް ދެނެވޮޑިގެންވާ ގަދަފަދަވަންތަ އަދި حِكْمَة ވަންތަ ކަލާނގެއެވެ. ދަންނައެވެ. ހެޔޮގޮތުގައި ދަރަނި ދިނުމަކީ إِخْلَاص ތެރިކަމާއެކު ހެޔޮހިތުން ތިމާގެ މުދާ اللَّهُ ގެ މަގުގައި ހޭދަކުރުމެވެ. وَاللَّهُ أَعْلَمُ.