الطلاق
At-Talaaq
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
يَٰٓأَيُّهَا ٱلنَّبِيُّ إِذَا طَلَّقۡتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحۡصُواْ ٱلۡعِدَّةَۖ وَٱتَّقُواْ ٱللَّهَ رَبَّكُمۡۖ لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٖ مُّبَيِّنَةٖۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ لَا تَدۡرِي لَعَلَّ ٱللَّهَ يُحۡدِثُ بَعۡدَ ذَٰلِكَ أَمۡرٗا
Open ayah 65:1އޭ ނަބިއްޔާއެވެ. (މި އާޔަތުން ނަބިއްޔާއަށް مُخَاطَب ކުރައްވާފައި އޮތަސް ބަސްފުޅުން مُرَاد ކުރެވެނީ މުޅި أُمَّة އާއިއެކުގަ އެވެ. އާޔަތުގެ سِيَاقُ ން އެކަން ރަނގަޅަށް ހާމަވެއެވެ.) ދެން އެއަންގަވަނީ، ތިޔަބައިމީހުން އަންހެނުން ވަރިކުރަންޏާ އެކަނބަލުންގެ عِدَّة ގެ ކުރީކޮޅުގައި ވަރިކުރާށެވެ. އެއީ حَيْض ން طَاهِر ވުމަށްފަހު އެކަނބަލުންނާ جِمَاعُ ނުވެ ވަރިކުރުމެވެ.) އަދި ކަލޭމެން عِدَّة ރަނގަޅަށް ހިސާބުކޮށް ބަރާބަރު ކުރާށެވެ. އަދި ކަލޭމެން اللَّهُ އަށް ބިރުވެތިވާށެވެ. އެއީ ކަލޭމެންގެ رَبّ އެވެ. (ދެންފަހެ ކަލޭމެން އެކަނބަލުން ވަރިކޮށްފިއްޔާ) އެކަނބަލުން (ފިރިމީހާގެ) ގެއިން ނުނެރޭށެވެ. އަދި އެކަނބަލުންވެސް ގެއިން ނުނިކުންނަ ހުއްޓެވެ. އެކަމަކު އެއީ އެކަނބަލުން بَيَان ވެގެންވާ فَاحِش ކަމެއް ގެނަސް ނުގަތިއްޔާއެވެ. (ފަހެ އެއީ ޒިނޭ ކުރުން ކަހަލަ - ނުވަތަ ދޫނުބައިކަމުން ގޭގައި އުޅޭ މީހުންނަށް އުދަގޫވުން ކަހަލަ ކަންކަމެވެ. ފަހެ އެފަދަ ކަމެއް ކޮށްފިއްޔާ ދެން އެކަނބަލުން ގެއިން ނެރުނަސް ކުށެއް ނެތެވެ.) އަދި އެއީ، (އެބަހީ މިއެންގެވުންތަކަކީ) اللَّهُ ގެ حَدّ ތަކެވެ. އެކަލާނގެ އިންތަކެވެ. އަދި اللَّهُ ގެ حَدّ ތައް ފަހަނައަޅައިދާ މީހާ ހަމަކަށަވަރުން އެމީހާ އެމީހާގެ نَفْس އަށް އަނިޔާވެރިވެއްޖެއެވެ. (ފަހެ އެކަނބަލުން عِدَّة ހަމަވަންދެން ފިރިމީހާގެ ގޭގައި އިނުމުން) ދެން اللَّهُ އުފައްދަވާ ކަމެއް ނިޔާކުރައްވާ ގޮތެއް ކަލޭމެނަކަށް ނޭގޭނެއެވެ. އެދުވަސްވަރު اللَّهُ ކަމެއް ނިޔާކުރައްވައިފާނެއެވެ. ދަންނައެވެ. اللَّهُ ކަމެއް މެދުވެރި ކުރައްވާ ނިޔާކުރެއްވުމުގެ مُرَاد އެއްކަމުގައި މިތާގައި މިވަނީ عِدَّة ގެ ދުވަސްވަރު ފިރިމީހާގެ ގޭގައި ވަރިކުރި އަންހެނާ އިނުމުން ފިރިހެން މީހާ އަށް ގިނަ ވަގުތު އޭނާ ފެނި އަލުންވެސް އެދެމީހުން ދެމެދު اللَّهُ ގުޅުން އުފައްދަވައި ދެއްވައިފާނެއެވެ. ފިރިމީހާގެ ހިތަށް ލޯބިވެރިކަން ވަދެ އަލުން ދެމީހުން ގުޅޭނެގޮތް މެދުވެރި ވެދާނެއެވެ. އެގޮތް ހެޔޮވެގެންވެއެވެ. لَعَلَّ اللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا މިބަސްފުޅުން މުރާދުކުރެވެނީ އެކަންތަކެވެ. وَاللَّهُ أَعْلَمُ.
فَإِذَا بَلَغۡنَ أَجَلَهُنَّ فَأَمۡسِكُوهُنَّ بِمَعۡرُوفٍ أَوۡ فَارِقُوهُنَّ بِمَعۡرُوفٖ وَأَشۡهِدُواْ ذَوَيۡ عَدۡلٖ مِّنكُمۡ وَأَقِيمُواْ ٱلشَّهَٰدَةَ لِلَّهِۚ ذَٰلِكُمۡ يُوعَظُ بِهِۦ مَن كَانَ يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مَخۡرَجٗا
Open ayah 65:2ފަހެ އެކަނބަލުންގެ عِدَّة ހަމަވާން ގާތްވެއްޖެއްޔާ ރަނގަޅު ގޮތުގައި އެކަނބަލުން ހިފަހައްޓާށެވެ. (އެބަހީ އެކަނބަލުންނަށް އުނދަގޫ ކުރުމަކާއި ނުލައި އެކަނބަލުންނާއެކު އަލުންވެސް ލޯބިވެތިކަމާ مَصْلَحَة އާއެކު އުޅުމަށް އެކަނބަލުން رُجُوْع ކުރާށެވެ. އަނތްބަކަށް ހަދާށެވެ.) ނުވަތަ ރަނގަޅު ގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ. އަދި އެ ދެގޮތުންކުރެ ކޮންމެ ގޮތެއްގައިވެސް ކަލޭމެން عَدْل ވެރި ދެ ހެކިން ލައި ހެކިވެރި ކުރުވާށެވެ. އަދި ހެކިވެރިން إِخْلَاص ތެރިކަމާއެކު اللَّهُ އަށްޓަކައި ހެކިބަސް قَائِم ކުރާށެވެ. އަދި اللَّهُ އަށާއި آخِرَة ދުވަހަށް إِيْمَان ވާ މީހަކަށް އެކަލާނގެ نَصِيْحَة އާއި وَعْظ ދެއްވަނީ އެފަދައިންނެވެ. އަދި اللَّهُ އަށް تَقْوَى ވެރިވެއްޖެ މީހާއަށް އެނާ އަށް ޖެހިފައިވާ އުނދަގުލާ ދަތިން ނުކުންނާނެ ކޮންމެވެސް މަގެއް اللَّهُ ލައްވާ ހުއްޓެވެ.
وَيَرۡزُقۡهُ مِنۡ حَيۡثُ لَا يَحۡتَسِبُۚ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ إِنَّ ٱللَّهَ بَٰلِغُ أَمۡرِهِۦۚ قَدۡ جَعَلَ ٱللَّهُ لِكُلِّ شَيۡءٖ قَدۡرٗا
Open ayah 65:3އަދި އޭނާ އަށް ހީވެސް ނުވާ ގޮތްގޮތުން އޭނާއަށް رِزْق ދެއްވައެވެ. އަދި اللَّهُ އަށް وَكِيْل ކޮށް ބަރޯސާކޮށްފި މީހާ ދަންނައެވެ. އެކަލާނގެ އޭނާއަށް ފުދޭނެއެވެ. ނުވަތަ އެކަލާނގެ އޭނާއަށް ފުއްދަވައިދެއްވާނެއެވެ. އެހެނީ ހަމަކަށަވަރުން اللَّهُ އެކަލާނގެ أَمْر ފުޅުތައް ހިންގަވައެވެ. تَنْفِيْذ ކުރައްވައެވެ. (އެއަކަށް އެއްވެސް މީހަކަށް ހުއްޓުމެއް ނޭރުވޭނެއެވެ.) އަދި ހަމަކަށަވަރުން اللَّهُ ކޮންމެ އެއްޗަކަށްވެސް އަދި ކޮންމެ ކަމަކަށްވެސް މިންވަރެއް ލެއްވިއެވެ. އަދި ވަގުތެއްވެސް ލެއްވިއެވެ. (އުނދަގުލަކަށްވެސް އެކަން ނިމޭނެ ވަގުތެއް ލެއްވިއެވެ. އަދި އެ އުނދަގޫ ވާނެ ވަރެއްވެސް ލެއްވިއެވެ. ފަސޭހަޔަށްވެސް ނިމޭނެ ވަގުތެއް ލެއްވިއެވެ. އަދި ފަސޭހަ ވާނެ ވަރެއްވެސް މިންވަރު ކުރެއްވިއެވެ.)
وَٱلَّٰٓـِٔي يَئِسۡنَ مِنَ ٱلۡمَحِيضِ مِن نِّسَآئِكُمۡ إِنِ ٱرۡتَبۡتُمۡ فَعِدَّتُهُنَّ ثَلَٰثَةُ أَشۡهُرٖ وَٱلَّٰٓـِٔي لَمۡ يَحِضۡنَۚ وَأُوْلَٰتُ ٱلۡأَحۡمَالِ أَجَلُهُنَّ أَن يَضَعۡنَ حَمۡلَهُنَّۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مِنۡ أَمۡرِهِۦ يُسۡرٗا
Open ayah 65:4(އޭ مُؤْمِن ންނޭވެ!) ތިޔަބައިމީހުންގެ އަންހެނުންކުރެ މުސްކުޅިވުމުގެ ސަބަބުން حَيْض ވުމާއި މެދު މުޅިން ނާއުންމީދު ވެފައިވާ އަންހެނުންގެ عِدَّة އާއިމެދު ތިޔަބައިމީހުން ޝައްކުވެއްޖެއްޔާ ދަންނައެވެ. ފަހެ އެކަނބަލުންގެ عِدَّة އަކީ ތިން މަސްދުވަހެވެ. އަދި عُمُر ޅަވުމުގެ ސަބަބުން حَيْض ވާ عُمُر އަށް ނުފޯރާ ތިބޭ އަންހެންކުދީންގެ عِدَّة އަކީވެސް ތިންމަސްދުވަހެވެ. މާބަނޑު އަންހެނުންގެ عِدَّة އަކީ އެނާގެ ވިހެއުމެވެ. ވިހެއުމުން عِدَّة ހަމަވީއެވެ. އަދި اللَّهُ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ އެކަލާނގެ ނަހީ ތަކުން ދުރުވެ އެކަލާނގެ އަށް تَقْوَى ވެރިވެއްޖެ މީހާ ދަންނައެވެ. اللَّهُ އޭނާގެ ކަންތަކުގައި ފަހި ކަމާއި ފަސޭހަކަން ލައްވައެވެ.
ذَٰلِكَ أَمۡرُ ٱللَّهِ أَنزَلَهُۥٓ إِلَيۡكُمۡۚ وَمَن يَتَّقِ ٱللَّهَ يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُعۡظِمۡ لَهُۥٓ أَجۡرًا
Open ayah 65:5މިސޫރަތުގައި އިސްވެދިޔަ ވާހަކަ ތަކަކީ ﷲ ކަލޭމެންގެ މައްޗަށް ބާވައިލައްވާފައިވާ އެކަލާނގެ أَمْر ފުޅުތަކެވެ. އެ أَمْر ފުޅުތަކަށް ކިޔަމަންތެރިވެ تَقْوَى ވެރިވެއްޖެ މީހާގެ ކުށްފާފަތައް اللَّهُ އޭނާ އަށް ފުއްސަވައިދެއްވާނެއެވެ. އަދި آخِرَة ގައި އޭނާއަށް ބޮޑުވެގެންވާ ދަރުމަ އާއި ثَوَاب ދެއްވާ ހުއްޓެވެ.
أَسۡكِنُوهُنَّ مِنۡ حَيۡثُ سَكَنتُم مِّن وُجۡدِكُمۡ وَلَا تُضَآرُّوهُنَّ لِتُضَيِّقُواْ عَلَيۡهِنَّۚ وَإِن كُنَّ أُوْلَٰتِ حَمۡلٖ فَأَنفِقُواْ عَلَيۡهِنَّ حَتَّىٰ يَضَعۡنَ حَمۡلَهُنَّۚ فَإِنۡ أَرۡضَعۡنَ لَكُمۡ فَـَٔاتُوهُنَّ أُجُورَهُنَّ وَأۡتَمِرُواْ بَيۡنَكُم بِمَعۡرُوفٖۖ وَإِن تَعَاسَرۡتُمۡ فَسَتُرۡضِعُ لَهُۥٓ أُخۡرَىٰ
Open ayah 65:6رُجْعِي ވަރިން ކަލޭމެން ވަރިކުރި އަންހެން މީހާއަށް އޭނާ އިންނާނެތަން ކަލޭމެން ދޭށެވެ! އެއީ ކަލޭމެންވެސް ދިރިއުޅޭ ފެންވަރަކުންނެވެ. ކަލޭމެންގެ ތަނަވަސްކަންހުރި މިންވަރަކުންނެވެ. (އޭނާއަށް نَفَقَة ވެސް އެބަހީ ކައިބޮއި ހެދޭ މިންވަރުވެސް ދޭށެވެ. އަދި އޭނާއަށް ދަތިކުރުމަށްޓަކައި ކަލޭމެން އޭނާއަށް އުނދަގޫ ނުކުރާށެވެ. (އެއީ عِدَّة ހަމަވާން ކައިރިވީމާ رُجُوْع ކޮށްފައި އަލުންވެސް ވަރިކުރުމެވެ. އެހެން ނުހަދާށެވެ. އޭރުން އަލުންވެސް އޭނާ عِدَّة ފަށައިގެން ހަމަކުރަންޖެހޭނެއެވެ.) އަދި ވަރިކުރެވުނު އަންހެން މީހާއަކީ މާބަނޑު މީހެއްނަމަ އޭނާ ވިހާންދެން އޭނާއަށް خَرَدُ ވެސް ކުރާށެވެ. ދެންފަހެ އޭނާ ވިހައިގެން ދަރިފުޅަށް ކިރުދޭނަމަ އެކަމުގެ أُجُوْر އޭނާއަށް ދޭށެވެ. އަދި ކަލޭމެން ދެމީހުން ދެމެދު ރަނގަޅު ގޮތުގައި مَشْوَرَة ކޮށް ހަމަޖައްސާށެވެ. އަދި ދެމީހުންގެ ދެމެދު خِلَاف ވެ އެއްބަސްނުވެވި ކޮންމެ ފަރާތަކަށްވެސް އުނދަގޫވެއްޖެއްޔާ އެ ދަރިފުޅަށް އެހެންމީހަކު ލައިގެން ކިރުދޭށެވެ.
لِيُنفِقۡ ذُو سَعَةٖ مِّن سَعَتِهِۦۖ وَمَن قُدِرَ عَلَيۡهِ رِزۡقُهُۥ فَلۡيُنفِقۡ مِمَّآ ءَاتَىٰهُ ٱللَّهُۚ لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا مَآ ءَاتَىٰهَاۚ سَيَجۡعَلُ ٱللَّهُ بَعۡدَ عُسۡرٖ يُسۡرٗا
Open ayah 65:7އަދި އެ ކިރުމައިންނަށް ތަނަވަސްކަންހުރި މީހުންގެ ތަނަވަސްކަމުން ހޭދަކުރާށެވެ. އަދި އެމީހަކަށް رِزْق ދަތިވެއްޖެ މީހާ، އަތްމަތި ދަތިމީހާ އޭނާއަށް اللَّهُ ދެއްވާފައިވާ މިންވަރަކުން ހޭދަކުރާށެވެ. خَرَدُ ކުރާށެވެ. އަދި އެއްވެސް نَفْس އަކަށް اللَّهُ އެ نَفْس އަކަށް ދެއްވި އެއްޗެއްގެ تَكْلِيْف ނޫނީ ނުޖައްސަވައެވެ. އަދި ނިކަންހުރެ އުނދަގުލަކަށްފަހު ފަސޭހައެއް اللَّهُ ލައްވާނެއެވެ.
وَكَأَيِّن مِّن قَرۡيَةٍ عَتَتۡ عَنۡ أَمۡرِ رَبِّهَا وَرُسُلِهِۦ فَحَاسَبۡنَٰهَا حِسَابٗا شَدِيدٗا وَعَذَّبۡنَٰهَا عَذَابٗا نُّكۡرٗا
Open ayah 65:8އަދި ކިތައްކިތައް ރަށްރަށް އެރައްރަށުގެ رَبّ ގެ أَمْر ފުޅުތަށާއި އެކަލާގެ رَسُوْل ންނަށް ނުކިޔަމަންތެރިވި ހެއްޔެވެ؟ (އެބަހީ ވަރަށް ގިނަރަށްރަށުގެ މީހުން އެ ރަށްރަށުގެ رَبّ އަށާއި އެކަލާނގެ رَسُوْل ންނަށް ނުކިޔަމަންތެރިވިއެވެ.) ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންނާމެދު ވަރަށް ގަދަވެގެންވާ ހިސާބަކުން ހިސާބު ބެއްލެވީމެވެ. ގަދަވެގެންވާ عَذَاب އަކުން އެމީހުންނަށް عَذَاب ދެއްވީމެވެ.
فَذَاقَتۡ وَبَالَ أَمۡرِهَا وَكَانَ عَٰقِبَةُ أَمۡرِهَا خُسۡرًا
Open ayah 65:9ފަހެ އެރަށްރަށުގެ އަހުލުވެރިން އެމީހުންގެ ކާފަރު ކަމާއި ނުކިޔަމަންތެރިކަމުގެ ރަހަ ލިބިގަތެވެ. އަދި އެމީހުންގެ آخِر ނިމުމަކަށްވީ ގެއްލުމާއި ހަލާކެވެ.
أَعَدَّ ٱللَّهُ لَهُمۡ عَذَابٗا شَدِيدٗاۖ فَٱتَّقُواْ ٱللَّهَ يَٰٓأُوْلِي ٱلۡأَلۡبَٰبِ ٱلَّذِينَ ءَامَنُواْۚ قَدۡ أَنزَلَ ٱللَّهُ إِلَيۡكُمۡ ذِكۡرٗا
Open ayah 65:10ﷲ އެމީހުންނަށް (قِيَامَة ދުވަހުން) ގަދަވެގެންވާ عَذَاب އެއް ތައްޔާރު ކުރެއްވިއެވެ. އޭ إِيْمَان ވެގެންވާ ބުއްދިވެރިންނޭވެ. ކަލޭމެން ﷲ އަށް تَقْوَى ވެރިވާށެވެ. ބިރުވެތިވާށެވެ. ހަމަކަށަވަރުން ކަލޭމެންނަށް ﷲ ذِكْر އެއް ބާވައިލައްވައިފިއެވެ.
رَّسُولٗا يَتۡلُواْ عَلَيۡكُمۡ ءَايَٰتِ ٱللَّهِ مُبَيِّنَٰتٖ لِّيُخۡرِجَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَمَن يُؤۡمِنۢ بِٱللَّهِ وَيَعۡمَلۡ صَٰلِحٗا يُدۡخِلۡهُ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ قَدۡ أَحۡسَنَ ٱللَّهُ لَهُۥ رِزۡقًا
Open ayah 65:11އެ ذِكْر އަކީ رَسُوْل އާއެވެ. އެ رَسُوْل އާ ކަލޭމެންގެ މައްޗަށް ﷲ ގެ بَيَان ވެގެންވާ އާޔަތްތައް ކިޔަވާ ވިދާޅުވެ ދެއްވައެވެ. އެއީ إِيْمَان ވެގެން صَالِح عَمَل ކުރި މީސްތަކުން (ކާފަރުކަމާއި شِرْك ގެ) އަނދިރިކަމުން ނެރުއްވައި (إِيْمَان ކަމާ هِدَايَة ގެ) އަލިކަމުގެ ތެރެއަށް ވެއްދުމަށެވެ. އަދި ﷲ އަށް إِيْمَان ވެ صَالِح عَمَل ކުރި މީސްތަކުން (ދަންނައެވެ.) އެތަންތާނގެ ދަށުން އާރުތައް ދެމިދެމި އޮންނަ ބަގީޗާތަކަށް (ސުވަރުގެތަކަށް) ތިމަންރަސްކަލާނގެ އެމީހުން ވައްދަވާ ހުށީމެވެ. އެމީހުން އެތަންތާގައި އަބަދީ ގޮތެއްގައި ދެމިތިބޭނެއެވެ. ހަމަކަށަވަރުން ﷲ އެމީހުންނަށް ރަނގަޅު رِزْق ދެއްވިއެވެ. އެމީހުންގެ رِزْق ރަނގަޅުކުރެއްވިއެވެ.
ٱللَّهُ ٱلَّذِي خَلَقَ سَبۡعَ سَمَٰوَٰتٖ وَمِنَ ٱلۡأَرۡضِ مِثۡلَهُنَّۖ يَتَنَزَّلُ ٱلۡأَمۡرُ بَيۡنَهُنَّ لِتَعۡلَمُوٓاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ وَأَنَّ ٱللَّهَ قَدۡ أَحَاطَ بِكُلِّ شَيۡءٍ عِلۡمَۢا
Open ayah 65:12ﷲ އީ ހަތް އުޑު ހެއްދެވި ކަލާނގެއެވެ. އަދި ބިމުންވެސް އެވަރަށް ހެއްދެވިއެވެ. (އެބަހީ ހަތް ބިން ހެއްދެވިއެވެ.) އަދި އެދެމެދުގައި އެކަލާނގެ وَحِي ގެ أَمْر ފުޅުތައް ހިނގައެވެ. (އެބަހީ އުޑުތަކާއި ބިންތަކާއި އަދި އެދެމެދުގައިވާ خَلْق ތަކުންނަށް އެކަލާނގެ أَمْر ފުޅު ހިންގަވައެވެ.) އެކަން އެފަދައިން ލައްވާފައިވަނީ ހަމަކަށަވަރުންވެސް ކޮންމެ ކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވާކަމާއި އަދި ކޮންމެ އެއްޗެއްވެސް އެކަލާނގެ ދެނެވޮޑިގެންވާކަން ކަލޭމެންނަށް އެންގެވުމަށްޓަކައެވެ.