المنافقون
Al-Munaafiqoon
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
إِذَا جَآءَكَ ٱلۡمُنَٰفِقُونَ قَالُواْ نَشۡهَدُ إِنَّكَ لَرَسُولُ ٱللَّهِۗ وَٱللَّهُ يَعۡلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشۡهَدُ إِنَّ ٱلۡمُنَٰفِقِينَ لَكَٰذِبُونَ
Open ayah 63:1(އޭ رَسُوْل ﷲ އެވެ!) مُنافِق ންގެ މީހުން ކަލޭގެފާނުގެ مَجْلِس އަށް އަތުވެއްޖެއްޔާ އެމީހުން ބުނާނެއެވެ. "ހަމަކަށަވަރުން ކަލޭގެފާނަކީ ކަނޑައެޅިގެން ﷲ ގެ رَسُوْل އާ ކަމަށް އަހުރެމެން ހެކިވަމެވެ." އަދި ﷲ އެއަންގަވަނީ ހަމަކަށަވަރުން ކަލޭގެފާނީ ﷲ ގެ رَسُوْل އާ ކަން ﷲ ދެނެވޮޑިގެން ވެއެވެ. އަދި ހަމަކަށަވަރުން مُنافِق ން އެ ހަދަނީ ކަނޑައެޅިގެން ދޮގުކަން، އެއީ ދޮގުވެރީން ކަމުގައި ﷲ ހެކިވެވޮޑިގެންވެއެވެ. ދަންނައެވެ. މި އާޔަތުގައި މިވާ مُنافِق ންގެ މުރާދަކީ عَبْدُﷲ بن أُبَيُّ بن سَلُول އާއި، އޭނާގެ އެކުވެރީންނެވެ. رَسُوْل ﷲ ﷺ ގެ މަޖްލިސްއަށް އެމީހުން އައިސް، "ކަލޭގެފާނީ رَسُوْل އާ ކަމަށް އަހުރެމެން ހެކިވަމެވެ." މިހެން ބުނާ ބުނުމަކީ އެމީހުން ދުލުކޮޅުން ބުނާ ބުނުމެއް ކަމުގައި ﷲ ހެކިވެވޮޑިގަންނަވަނީއެވެ. އެއީ مُؤْمِن ންގެ ކަނޑިތަކުން ސަލާމަތްވާން ވެގެން ހަދާ ބޮޑު ރޯ ބުހުތާން ދޮގެވެ. އެމީހުންނަކީ އެތެރެފުށުން އީމާންވެގެންވާ ބައެއް ނޫނެވެ.
ٱتَّخَذُوٓاْ أَيۡمَٰنَهُمۡ جُنَّةٗ فَصَدُّواْ عَن سَبِيلِ ٱللَّهِۚ إِنَّهُمۡ سَآءَ مَا كَانُواْ يَعۡمَلُونَ
Open ayah 63:2އެމީހުން އެމީހުންގެ ހުވަޔާއި، ހެކި އެ ލަނީ (مُؤْمِن ންގެ ކަނޑިތަކުން ސަލާމަތްވާ) އައްޑަނައެއް ކަމުގައެވެ. ފަހެ އެގޮތުން އެމީހުން ﷲ ގެ މަގު ބަންދުކުރަނީއެވެ. ހަމަކަށަވަރުން އެމީހުން ކުރަމުން އެ ދާ ކަންތަކަކީ ހާދަހާވެސް ނުބައި ކަންކަމެވެ.
ذَٰلِكَ بِأَنَّهُمۡ ءَامَنُواْ ثُمَّ كَفَرُواْ فَطُبِعَ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَفۡقَهُونَ
Open ayah 63:3އެއީ، އެބަހީ އެމީހުން އެ ދޮގުހަދައި، އަދި ނުބައި عَمَل ތައް ކުރަމުން އެ ދަނީ އެމީހުން ހަމަކަށަވަރުން އީމާންވެ، ދެން ކާފަރުވީ ކަމުގެ ސަބަބުންނެވެ. ދެންފަހެ އެމީހުންގެ ހިތްތަކުގައި ﷲ ސިއްކަޖައްސަވައި، ބަންދުކުރެއްވީއެވެ. އެހެންވީމާ އެމީހުންނަކަށް ނުވިސްނޭނެއެވެ.
۞وَإِذَا رَأَيۡتَهُمۡ تُعۡجِبُكَ أَجۡسَامُهُمۡۖ وَإِن يَقُولُواْ تَسۡمَعۡ لِقَوۡلِهِمۡۖ كَأَنَّهُمۡ خُشُبٞ مُّسَنَّدَةٞۖ يَحۡسَبُونَ كُلَّ صَيۡحَةٍ عَلَيۡهِمۡۚ هُمُ ٱلۡعَدُوُّ فَٱحۡذَرۡهُمۡۚ قَٰتَلَهُمُ ٱللَّهُۖ أَنَّىٰ يُؤۡفَكُونَ
Open ayah 63:4(އަދި އޭ رَسُوْل ﷲ އެވެ!) ކަލޭގެފާނަށް އެމީހުން ފެނިއްޖެއްޔާ އެމީހުންގެ ހަށިތަކުގެ ރީތިކަމުގެ ސަބަބުން ކަލޭގެފާނު عَجائِب ކުރުވާނެއެވެ. އަދި އެމީހުން ވާހަކަދައްކަންޏާ ކަލޭގެފާނު އައްސަވާނެއެވެ. (ކަލޭގެފާނަށް ހީފުޅުވާނީ އެއީ ހަމަ حَقّ ތެދު ވާހަކަ ކަމަށެވެ. ނަމަވެސް އެއީ ހަމަ ދޮގެވެ.) އެމީހުން ކޮންފަދަ ހެއްޔެވެ؟ އެމީހުންނެކޭ ފާރެއްގައި ލައްކޮށްލާފައިވާ ލަކުޑިގަނޑެކޭ ހަމަ އެއްފަދައެވެ. ކޮންމެ އަޑެއް އިވުނަސް އެމީހުންނަށް ހީވާނީ އެއީ ހަމަ އެމީހުންގެ މައްޗަށް އަންނަ އަޑެއް ކަމަށެވެ. (އެއީ އެމީހުންގެ ފިނޑިކަމުންނެވެ.) އެއީ ކަނޑައެޅިގެން عَدُوّ ން ނެވެ. ﷲ އެމީހުން ހަލާކު ކުރައްވާށިއެވެ! لَعْنَة ލައްވާށިއެވެ! އަދި އެމީހުން حَقّ މަގާދުރުވެ، ދޮގުތައް ހަދަނީ ކޮންފަދައަކުން ހެއްޔެވެ؟ ދޮގުހެދޭނީ ކޮންފަދައަކުން ހެއްޔެވެ؟
وَإِذَا قِيلَ لَهُمۡ تَعَالَوۡاْ يَسۡتَغۡفِرۡ لَكُمۡ رَسُولُ ٱللَّهِ لَوَّوۡاْ رُءُوسَهُمۡ وَرَأَيۡتَهُمۡ يَصُدُّونَ وَهُم مُّسۡتَكۡبِرُونَ
Open ayah 63:5، އަދި "ކަލޭމެންގެ ފާފަ ފުއްސެވުން އެދި دُعَاء ކޮށްދިނުމަށް އެދި ދަންނަވާން رَسُوْل ﷲ ﷺ ގެއަރިހަށް ކަލޭމެން އަންނާށޭ" މިހެން އެ مُنافِق ންނާ ދިމާއަށް ބުނެވިއްޖެއްޔާ އެމީހުންގެ ބޯތައް އަނެއް ފަރާތަށް އަނބުރައިލާނެއެވެ. އަދި "އެމީހުން كِبْر ވެރިވެގެންވާ حال، ފުރަގަސްދޭތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ." ފަހެ އެމީހުންގެ ފާފަފުއްސެވުމަށް ކަލޭގެފާނު دُعاء ކުރެއްވިޔަސް، އަދި ނުވަތަ އެމީހުންނަށް ފާފަފުއްސެވުމަށް دُعاء ނުކުރެއްވިޔަސް ހަމަހަމައެވެ. އެމީހުންނަށް ﷲ ފާފަނުފުއްސަވާ ހުއްޓެވެ. فاسِق ވެ، ނުކިޔަމަންތެރިވެއްޖެ ބަޔަކަށް ހަމަކަށަވަރުން ﷲ ތެދުމަގު ނުދައްކަވައެވެ.
سَوَآءٌ عَلَيۡهِمۡ أَسۡتَغۡفَرۡتَ لَهُمۡ أَمۡ لَمۡ تَسۡتَغۡفِرۡ لَهُمۡ لَن يَغۡفِرَ ٱللَّهُ لَهُمۡۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ
Open ayah 63:6، އަދި "ކަލޭމެންގެ ފާފަ ފުއްސެވުން އެދި دُعَاء ކޮށްދިނުމަށް އެދި ދަންނަވާން رَسُوْل ﷲ ﷺ ގެއަރިހަށް ކަލޭމެން އަންނާށޭ" މިހެން އެ مُنافِق ންނާ ދިމާއަށް ބުނެވިއްޖެއްޔާ އެމީހުންގެ ބޯތައް އަނެއް ފަރާތަށް އަނބުރައިލާނެއެވެ. އަދި "އެމީހުން كِبْر ވެރިވެގެންވާ حال، ފުރަގަސްދޭތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ." ފަހެ އެމީހުންގެ ފާފަފުއްސެވުމަށް ކަލޭގެފާނު دُعاء ކުރެއްވިޔަސް، އަދި ނުވަތަ އެމީހުންނަށް ފާފަފުއްސެވުމަށް دُعاء ނުކުރެއްވިޔަސް ހަމަހަމައެވެ. އެމީހުންނަށް ﷲ ފާފަނުފުއްސަވާ ހުއްޓެވެ. فاسِق ވެ، ނުކިޔަމަންތެރިވެއްޖެ ބަޔަކަށް ހަމަކަށަވަރުން ﷲ ތެދުމަގު ނުދައްކަވައެވެ.
هُمُ ٱلَّذِينَ يَقُولُونَ لَا تُنفِقُواْ عَلَىٰ مَنۡ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّواْۗ وَلِلَّهِ خَزَآئِنُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَٰكِنَّ ٱلۡمُنَٰفِقِينَ لَا يَفۡقَهُونَ
Open ayah 63:7އެމީހުންނަކީ، އެބަހީ އެ مُنافِق ންނަކީ "رَسُوْل ﷲ ﷺ ގެ އަރިހުގައިވާ މީހުންނަށް ކަލޭމެން ހޭދަ ނުކުރާށޭ" މިހެން ބުނާ މީހުންނެވެ. އެއީ އެމީހުން އެކަލޭގެފާނު ދޫކޮށް، މުޅީން ދުރަށް ދާނދެނެވެ. އެކަމަކު، އުޑުތަކާއި، ބިމުގެ خَزانَة ތައް ވަނީ ހަމައެކަނި ﷲ އަށް މިލްކުވެ، خاصّ ވެގެންނެވެ. ނަމަވެސް مُنافِق ންނަކަށް އެކަމެއް ނުވިސްނެއެވެ. • ނޯޓް: މި އާޔަތުގައި رَسُوْل ﷲ ﷺ ގެ އަރިހުގައިވާ މީހުންނޭ އޮތް ބަސްފުޅުން މުރާދުވަނީ مُهاجِرِيّ ބޭކަލުންކުރެ فَقِير ބޭކަލުންނެވެ. = فَتْحُ الْقَدِير =
يَقُولُونَ لَئِن رَّجَعۡنَآ إِلَى ٱلۡمَدِينَةِ لَيُخۡرِجَنَّ ٱلۡأَعَزُّ مِنۡهَا ٱلۡأَذَلَّۚ وَلِلَّهِ ٱلۡعِزَّةُ وَلِرَسُولِهِۦ وَلِلۡمُؤۡمِنِينَ وَلَٰكِنَّ ٱلۡمُنَٰفِقِينَ لَا يَعۡلَمُونَ
Open ayah 63:8އެމީހުންނަކީ -އެބަހީ مُنَافِقންނަކީ- މިހެންވެސް ބުނާ މީހުންނެވެ. އަހުރެމެން ހަނގުރާމައިން އެބުރި مدينة އަށް ދެވިއްޖެއްޔާ އެތާނގައި ތިބި عِزَّة ތެރި މާތް މީހުންވެގެން އެތާނގައި ތިބި ދެރަ ނިކަމެތިން އެތަނުން ނިކަންހުރެ ނެރެލާހުށީމެވެ. (މިފަދަ ބަސްތައް ބުނީ مُنَافِق ންގެ رَئِيْس عَبْدُاللَّهِ بْنُ أُبَيُّ بْنُ سَلُوْلُ އެވެ. عِزَّة ތެރިން ކަމުގައި އެނާ މުރާދު ކުރީ އޭނާޔާ އެނާގެ އެކުވެރިންނެވެ. އަދި ދެރަ ނިކަމެތިންކަމުގައި އޭނާ މުރާދުކުރަނީ رَسُوْلُ ﷲ ﷺ އާ އެކަލޭގެފާނުގެ އަރިހުގައި ވާ مُؤْمِن ންނެވެ. ފަހެ اللَّهُ سُبْحَانَهُ وَتَعَالَى އޭނާގެ މިބަހަށް ރައްދުކުރައްވައި އެއަންގަވަނީ މިފަދައިންނެވެ.) عِزَّة ތެރިކަމާ މާތްކަން ވަނީ ހަމައެކަނި اللَّهُ އަށާއި އެކަލާނގެ رَسُوْل އަށާއި އަދި مُؤْمِن ންނަށެވެ. އެހެން ބަޔަކަށްނޫނެވެ. އެކަމަކު مُنَافِق ންނަކަށް އެގޮތެއް ނޭގެއެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُلۡهِكُمۡ أَمۡوَٰلُكُمۡ وَلَآ أَوۡلَٰدُكُمۡ عَن ذِكۡرِ ٱللَّهِۚ وَمَن يَفۡعَلۡ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ
Open ayah 63:9އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ މުދަލާ އަދި ކަލޭމެންގެ ދަރިންގެ ސަބަބުން - އެތަކެއްޗާއި ހެދި - اللَّهُ ގެ ذِكْر ން ކަލޭމެން غَافِل ކޮށް ހަނދާންނައްތައި ލިޔަ ނުދޭށެވެ! ފަހެ އެހެން ހަދައިފި މީހުން ދަންނައެވެ. އެއީ ކަނޑައެޅިގެން ގެއްލި ހަލާކުވެއްޖެ ބައެކެވެ.
وَأَنفِقُواْ مِن مَّا رَزَقۡنَٰكُم مِّن قَبۡلِ أَن يَأۡتِيَ أَحَدَكُمُ ٱلۡمَوۡتُ فَيَقُولَ رَبِّ لَوۡلَآ أَخَّرۡتَنِيٓ إِلَىٰٓ أَجَلٖ قَرِيبٖ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّٰلِحِينَ
Open ayah 63:10އަދި ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވައިފައިވާ ތަކެތިން ކަލޭމެން ހޭދަކުރާށެވެ! އެއީ ކަލޭމެންކުރެ މީހަކު ކައިރިއަށް މަރު އައިސް މިފަދައިން އެމީހާ ދެންނެވުމުގެ ކުރިންނެވެ. އޭ އަޅުގެ رَبّ އެވެ. ކުޑަ ވަގުތުކޮޅަކަށް މިއަޅާ ލަސްކޮށްލައްވާނެ ނަމައެވެ. އޭރުން މި އަޅާ صَدَقَاة ދީ އަދި صَالِح މީހުންގެ ތެރެއިން ވާހުށީމެވެ. މިހެން ދެންނެވުމުގެ ކުރިންނެވެ.
وَلَن يُؤَخِّرَ ٱللَّهُ نَفۡسًا إِذَا جَآءَ أَجَلُهَاۚ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ
Open ayah 63:11ފަހެ އެއްވެސް نَفْس އެއް އެ نَفْس އެއްގެ ވަގުތުޖެހުމުން ދެން اللَّهُ ލަސްނުކުރައްވާ ހުއްޓެވެ. އަދި اللَّهُ ކަލޭމެން ކުރާހާ ކަމެއްގެ خَبَر މޮޅަށް ދެނެވޮޑިގެންވެއެވެ.