الشرح
Ash-Sharh
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ
Open ayah 94:1ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މޭމަތިފުޅު ތަނަވަސް ކޮށް ނުދެއްވަންތޯއެވެ؟ އެބަހީ ތަނަވަސްކޮށްދެއްވީމެވެ.
وَوَضَعۡنَا عَنكَ وِزۡرَكَ
Open ayah 94:2އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެކިބައިން ކަލޭގެފާނުގެ ކުށްފާފަތައް ދުރުކުރެއްވީމެވެ. (އެބަހީ ޖާހިލިއްޔަ ޒަމާނުގައި ފާފައެއްވެފައިވާނަމަވެސް އެފާފައެއްވެސް ނަންގަވާ ދުރުކުރެއްވީމެވެ.)
ٱلَّذِيٓ أَنقَضَ ظَهۡرَكَ
Open ayah 94:3އެފާފަތަކަކީ ކަލޭގެފާނުންގެ ބުރަކަށިފުޅަށް ބުރަވެފައިވާ ފާފަތަކެވެ.
وَرَفَعۡنَا لَكَ ذِكۡرَكَ
Open ayah 94:4އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ ނަންފުޅު އުފުއްލަވައި މަތިވެރި ކުރެއްވީމެވެ. (ފަހެ އެކަލާނގެ ނަންފުޅާއި ގުޅިގެން އަބަދާއި އަބަދު އިސްލާމުން ނަށް ކިޔޭނެގޮތަށް އެކަލޭގެފާނުންގެ ނަންފުޅު އެކަލާނގެ ލެއްވިއެވެ. ކޮންމެ ވަގުތަކު ބަންގި ގޮވާއިރުވެސް އެކަލޭގެފާނުންގެ ނަންފުޅު ކިޔޭގޮތަށް ލެއްވިއެވެ. އަދި މިނޫން ގޮތްގޮތަށްވެސް އުޑާއި ބިމުގައި އެކަލޭގެފާނުންގެ ނަންފުޅު މަތިވެރި ކުރެއްވިއެވެ.)
فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا
Open ayah 94:5ހަމަކަށަވަރުން އުދަގުލާއި ދައްޗައްފަހު ފަސޭހައެކެވެ.
إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا
Open ayah 94:6އަދި ހަމަކަށަވަރުން އުދަގުލާއި ދައްޗައްފަހު ފަސޭހައެކެވެ. (އެބަހީ ބަލިމަޑުކަމަށްފަހު ބަލިން ފަސޭހަ ވުމެވެ. ތަދުމަޑުކަމަށްފަހު ތިޔާގެ ކަމެވެ. ބިރުވެރިކަމަކަށްފަހު އަމާންކަމެވެ. ދެން މިހެންނެވެ... ދެއުދަގޫ ވިދިވިގެން ނުވެއެވެ. އެކަމަކު ދެފަސޭހަ އެއްފަހަރާ ވެއެވެ.)
فَإِذَا فَرَغۡتَ فَٱنصَبۡ
Open ayah 94:7(އޭ رَسُولُ الله އެވެ!) ކަލޭގެފާނު ދުންޔަވީ މަސައްކަތްޕުޅުން ނިމިވާޑައިގެންފިއްޔާ ނުވަތަ ހަނގުރާމައިން ނިމިވަޑައި ގެންފިއްޔާ ނުވަތަ تَبْلِيْغُ ކުރެއްވުމުން ނިމިވަޑައި ގެންފިއްޔާ ދެން ނަމާދުފުޅަށް ތެދުވެ ވަޑައިގަންނަވަށެވެ. ނުވަތަ އަޅުކަން ކުރެއްވުމަށް ތެދުވެ ވަޑައިގަންނަވާށެވެ.
وَإِلَىٰ رَبِّكَ فَٱرۡغَب
Open ayah 94:8އަދި ހަމަސީދާ ކަލޭގެފާނުންގެ رَبُّ ގެ حَضْرَةُ ން އެދިވަޑައިގަންނަވަށެވެ. ނުވަތަ އަބަދުވެސް ކަލޭގެފާނުންގެ رَبُّ އެދިވަޑައިގަންނަވާށެވެ. އެފަރާތަށް އެދުންފުޅު ބަހައްޓަވާށެވެ.