التين

At-Tin

The Fig · Surah 95 · Ayahs: 8 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. وَٱلتِّينِ وَٱلزَّيۡتُونِ

    Open ayah 95:1

    ވައްތީނި އާއި ޒައިތޫނި ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ. (މިދެއެއްޗަކީ އިންސާނުންނަށް ނުހަނު ފައިދާހުރި ދެއެއްޗެވެ. ވަރަށްގިނަ حَكِيْمُ ންބުނާގޮތުގައި ތީނަކީ ހަށިގަޑަށް އެންމެ ފައިދާކުރާމޭވޭއެވެ. އަދި ޒައިތޫންޏަކީ ވަރަށްގިނަބައެއްގެ ކެއުމަށްބޭނުންކުރާ ބަރަކާތްތެރި އެކައްޗެވެ. އަދި އޭގެތެލަކީ އެންމެ ފައިދާބޮޑު ތެލެވެ.)

  2. وَطُورِ سِينِينَ

    Open ayah 95:2

    އަދި طُوْرُ ފަރުބަދަ ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

  3. وَهَٰذَا ٱلۡبَلَدِ ٱلۡأَمِينِ

    Open ayah 95:3

    އަދި އަމާންވެގެންވާ މިރަށް (އެބަހީ މައްކާ) ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

  4. لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِيٓ أَحۡسَنِ تَقۡوِيمٖ

    Open ayah 95:4

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީ އެންމެރީތި ސޫރައިގައެވެ. އެންމެރީތި ތައްގަޑަށެވެ. ގުނަވަންތައް މުނާސިބުކޮށް ރަނގަޅަށް ކޮޅަށް ހުރެވޭ ގޮތަށެވެ.

  5. ثُمَّ رَدَدۡنَٰهُ أَسۡفَلَ سَٰفِلِينَ

    Open ayah 95:5

    ދެން އަދި އެންމެ ދަށުދަރަޖައަށް ތިމަންރަސްކަލާނގެ އެނާފޮނުވީމެވެ. (أرْزَلُ العُمْر) އަށް އޭނާ ފޮނުވީމެވެ. އެބަހީ މުސްކުޅިވެވާނުވާނޭގޭ ދަރަޖައަށްއޭނާ ފޮނުވަމެވެ. ނުވަތަ އެނާނުކިޔަމަންތެރިވެއްޖެއްޔާ އޭނާ ނަރަކައަށްފޮނުވަމެވެ. މިދެތަރުޖަމާވެއެވެ.

  6. إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَلَهُمۡ أَجۡرٌ غَيۡرُ مَمۡنُونٖ

    Open ayah 95:6

    މީގެތެރެއިން އީމާންވެގެން صَالِحُ عَمِلُ ކުރިމީހުން މެނެވީ އެވެ. ފަހެ އެމީހުންނަށް ޤިޔާމަތްދުވަހުން މެދުކެޑުމެއްނުވާ ދަރުމަޔާއި ސަވާބު ހުންނަ ހުއްޓެވެ.

  7. فَمَا يُكَذِّبُكَ بَعۡدُ بِٱلدِّينِ

    Open ayah 95:7

    (އޭ ނުކިޔަމަންތެރި އިންސާނާއެވެ.) މިހުރިހާ ޙަޤީޤަތަކަށްފަހު ދެވަނަފަހަރަށް ދިރުއްވައި ހިސާބު ބެއްލެވުމަށާއި ޖަޒާދެއްވުމަށް ފޮނުއްވުން ކަލޭދޮގުކުރަނީ ކޮންގޮތަކުން ހެއްޔެވެ؟

  8. أَلَيۡسَ ٱللَّهُ بِأَحۡكَمِ ٱلۡحَٰكِمِينَ

    Open ayah 95:8

    އަޅެފަހެ އެންމެ عَدْلُ ވެރިކޮށް حُكُمْ ކުރައްވާ ފަރާތެއްކަމުގައި الله ނުވޭހެއްޔެވެ؟ ޝައްކެއްނެތެވެ. އެކަލާނގެއީ އެނމެ عَدْلُ ވެރިކޮށް حُكُمْ ކުރައްވާ ކަލާނގެއެވެ. ދެވަނަފަހަރު ދިރުއްވައި ޢަމަލުތަކުގެ ހިސާބު ބައްލަވައި ފުރިހަމަ ޖަޒާދެއްވުމަކީ އެކަލާނގެ عَدْلُ ވެރިކަމުގެތެރެއިންވާކަމެކެވެ. ދަންނައެވެ. الله ހުވައި وَحِي ކުރައްވާފައިމިވާ މުހިއްމުތިންއެއްޗަކީ ތިންރަސޫލުބޭކަލުންގެ ރަސޫލުކަމަށް ކުރައްވާފައިވާ އިޝާރާތްކަމަށްވެސް މުފައްސިރުންގެ ބައެއްބޭކަލުން ވިދާޅުވެއެވެ. ތީނާއި ޒައިތޫނިގެ މަޙައްލަކީ بَيْتُ المَقْدِ س އެވެ. އެއިން އިޝާރާތްވަނީعِيْسَى عَلَيْه السلام ގެ ރަސޫލުކަމަށެވެ. އެކަލޭގެފާނުފޮނުއްވުނީ އެހިސާބަށެވެ. طُورسِيْنَا އިންދަލީލުކުރަނި مُوسَى عَلَيْه السلام ގެރަސޫލުކަމަށެވެ. އެއީ އެކަލޭގެފާނު އެތާހުންނަވަނިކޮށް وَحِي ބާވާތްލެއްވުނު ފަރުބަދައެވެ. މައްކާއެއީ مُحَمد صَلَى الله عَلَيْه وسَلم އަށް وَحِي ބާވާތްލެއްވެން ފެއްޓެވުނުތަނެވެ. = ابْنُ كَثِيْر =