العلق

Al-Alaq

The Clot · Surah 96 · Ayahs: 19 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِي خَلَقَ

    Open ayah 96:1

    އޭ (محمد ގެފާނެވެ.) ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި رب ގެ ނަންފުޅުން ކިޔަވާވިދާޅުވާށެވެ! އެކަލާނގެއީ ހެއްދެވި ކަލާނގެއެވެ. (ހުރިހާ ތަކެއްޗެއް ހެއްދެވި ކަލާނގެއެވެ.)

  2. خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ

    Open ayah 96:2

    އެކަލާނގެ އިންސާނާ ހެއްދެވީ ގަނޑު ލޭކޮޅަކުންނެވެ. (އިންސާނާގެ ޖިންސު ހެއްދެވީ ގަނޑު ލޭ ކޮޅަކުންނެވެ.)

  3. ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ

    Open ayah 96:3

    އޭ (محمد ގެފާނެވެ!) ކިޔަވާ ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ رب އެއީ މާތް މަތިވެރި ކަލާނގެއެވެ. ދީލަތިވަންތަ ކަލާނގެއެވެ. (ކަލޭގެފާނީ أمِّيّ ބޭކަލަކު ނަމަވެސް ކަލޭގެފާނަށް ކިޔަވާ ވިދަޅުވާނެގޮތް ދަސްކޮށް ދެއްވުމަކީ އެކަލާނގެ ދީލަތިވަންތަކަމުގެ ތެރެއިންވާ ކާމެކެވެ.)

  4. ٱلَّذِي عَلَّمَ بِٱلۡقَلَمِ

    Open ayah 96:4

    އެކަލާނގެއީ قلم ގެ ذريعة އިން ލިޔެ ކިޔުން އުނގަންނަވައިދެއްވި ކަލާނގެއެވެ.

  5. عَلَّمَ ٱلۡإِنسَٰنَ مَا لَمۡ يَعۡلَمۡ

    Open ayah 96:5

    އެކަލާނގެއީ (قلم ގެ واسط އިން) އިންސާނާއަށް ނޭގޭ ކަންތައްތައް އޭނާއަށް އުނގަންނަވައި ދެއްވި ކަލާނގެއެވެ. قلم އަކީ ﷲ ގެ نعمة ތަކުގެ ތެރެއިން ބޮޑުވެގެންވާ نعمة އެކެވެ. (އެއީ الله އެންމެފުރަތަމަ ހެއްދެވި مخلوق އެވެ.)

  6. كَلَّآ إِنَّ ٱلۡإِنسَٰنَ لَيَطۡغَىٰٓ

    Open ayah 96:6

    އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ﷲ ގެ نعمة އަށް ކާފަރުވާ މީހާއަށް ބިރުވެރިކަން ހުއްޓެވެ. ހަމަކަށަވަރުން ކާފަރު އިންސާނާ (އެއީ أبوجهلކަމުގައި ބުނެވުނެވެ.) ނުކިޔަމަންތެރިކަމުގައި ހައްދުފަހަނައަޅައި ބޮޑާވެގަންނަނީ،

  7. أَن رَّءَاهُ ٱسۡتَغۡنَىٰٓ

    Open ayah 96:7

    އެއީ އޭނާގެ މުދަލާއި ބާރުން އޭނާއަށް ފުދިގެންވާކަމަށް އަދި ފުދޭނެކަމަށް އޭނާއަށް ފެނިގެންނެވެ.

  8. إِنَّ إِلَىٰ رَبِّكَ ٱلرُّجۡعَىٰٓ

    Open ayah 96:8

    (ހަމަކަކަށަވަރުން އޭނާވެސް މަރުވުމަށްފަހު) رجوع ވުން ވަނީ ކަލޭގެފާނުންގެ رب ގެ حَضْرَةُ އަށެވެ.

  9. أَرَءَيۡتَ ٱلَّذِي يَنۡهَىٰ

    Open ayah 96:9

    ، އަޅަކު އެބަހީ محمد ﷺ ނަމާދުކުރެއްވުމުން މަނާކޮށް ނަހީކުރާ މީހާއާއިމެދު (އެއީ أبوجهلކަމުގައި ބުނެވުނެވެ.) - ކަލޭމެންނިކަން ޚަބަރު ދީ ބަލާށެވެ! (އޭނާގެހުރި ނުބައިކަން ނިކަންދެކޭށެވެ!)

  10. عَبۡدًا إِذَا صَلَّىٰٓ 

    Open ayah 96:10

    ، އަޅަކު އެބަހީ محمد ﷺ ނަމާދުކުރެއްވުމުން މަނާކޮށް ނަހީކުރާ މީހާއާއިމެދު (އެއީ أبوجهلކަމުގައި ބުނެވުނެވެ.) - ކަލޭމެންނިކަން ޚަބަރު ދީ ބަލާށެވެ! (އޭނާގެހުރި ނުބައިކަން ނިކަންދެކޭށެވެ!)

  11. أَرَءَيۡتَ إِن كَانَ عَلَى ٱلۡهُدَىٰٓ

    Open ayah 96:11

    އަދި އެ އަޅާ އެބަހީ محمد ﷺ ތެދުމަގުގައިވިޔަސް ހެޔޮހެއްޔެވެ؟ (އެހެން ހަދަންވީ ހެއްޔެވެ؟).

  12. أَوۡ أَمَرَ بِٱلتَّقۡوَىٰٓ

    Open ayah 96:12

    ނުވަތަ އެކަލޭގެފާނު تقوى ވެރި ވުމަށް އަމުރު ކުރެއްވި ނަމަވެސް (ހަމައެހެން މަނާ ކުރަންވީހެއްޔެވެ؟؟)

  13. أَرَءَيۡتَ إِن كَذَّبَ وَتَوَلَّىٰٓ

    Open ayah 96:13

    އަދި އެނުބައި ނުލަފާކަލޭގެ (އެއީ أبوجهلކަމުގައި ބުނެވުނެވެ.) محمد ﷺ ގެންނެވި ކަންތައް ދޮގުކޮށް އަދި އީމާންކަމަށްފުރަގަސްދިންކަމުގައި ވަންޏާ ދެން އޭނާޔާމެދު ނިކަން ޚަބަރުދީބަލާށެވެ.

  14. أَلَمۡ يَعۡلَم بِأَنَّ ٱللَّهَ يَرَىٰ

    Open ayah 96:14

    ހަމަކަށަވަރުން އޭނާކުރާހުރިހާކަމެއް ﷲ ދެކެވޮޑިގެންވާކަން އޭނާއަށް ފަހެނޭގެނީބާވައެވެ؟

  15. كَلَّا لَئِن لَّمۡ يَنتَهِ لَنَسۡفَعَۢا بِٱلنَّاصِيَةِ

    Open ayah 96:15

    އެއްގޮތަކަށްވެސް އެހެންނޫނެވެ. ﷲ ގަންދީ ހުވައިކުރައްވައެވެ. އޭނާއެކުރާ ކަންތަކުން އެނާހުއްޓައިނުލީވިއްޔާ ތިމަންރަސްކަލާނގެ އޭނާގެ ނިތްކުރިމަތީގައިވާ އިސްތަށިގަޑުގައި ހިއްޕަވައި އޭނާގެނަސް ނަރަކައަށް ވައްދާހުށީމެވެ. (އޭނާއެކުރާ ނުބައިކަންތަކުގެ ތެރޭގައި محمد ﷺ ގެފުޅުކައިރީގައި ނަމާދުފުޅު ކުރެއްވުން މަނާކުރުން އޭގެއެންމެ އިސްކަމަކަށްވެއެވެ.)

  16. نَاصِيَةٖ كَٰذِبَةٍ خَاطِئَةٖ

    Open ayah 96:16

    ދެންފަހެ އޭނައަކީ ދޮގުވެރި އަދި ގިނަގިނައިން ފާފަކުރާ ކުށްވެރިއެކެވެ.

  17. فَلۡيَدۡعُ نَادِيَهُۥ

    Open ayah 96:17

    ދެން އެނާޔާއެހީވާން އޭނާގެ ނާދީގެމީހުންނަށް އޭނާގޮވައިބަލާށެވެ.

  18. سَنَدۡعُ ٱلزَّبَانِيَةَ

    Open ayah 96:18

    ތިމަންރަސްކަލާނގެ ގެންނަވާނީ ނަރަކައިގެ ޒަބާނިއްޔަ ބޭކަލުންނެވެ.

  19. كَلَّا لَا تُطِعۡهُ وَٱسۡجُدۡۤ وَٱقۡتَرِب۩

    Open ayah 96:19

    އެއްގޮތަކަށްވެސް އޭނާއެހީކުރާ ގޮތެއް ނުވާނެއެވެ. (އޭ ރަސޫލު ﷲ އެވެ!) އެއްގޮތަކަށްވެސް އޭނާޔަށް ކިޔަމަންވެވަޑައި ނުގަންނަވާށެވެ! އަދި ﷲ އަށް ސަޖިދަ ކުރައްވައި ނަމާދުފުޅު ކުރަށްވައި އަޅުކަން ކުރަށްވާށެވެ. އަދި އެކަލާނގެއާއި ކުއްތަންވެވަޑައި ގަންނަވާށެވެ!