الضحى
Ad-Dhuhaa
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
وَٱلضُّحَىٰ
Open ayah 93:1ضُحَى ވަގުތު ނުވަތަ މުޅި ދުވާލު ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ.
وَٱلَّيۡلِ إِذَا سَجَىٰ
Open ayah 93:2އަދި ރޭގަނޑު އޭގެ އަނދިރިކަމުން އެންމެހައި ތަކެތި އަދިރިކޮށް ނިވައިކޮށް ފިއްޔާ އެރޭގަނޑު ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ.
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
Open ayah 93:3(އޭރަސޫލު الله އެވެ.) ކަލޭގެފާނުންގެ رب ކަލޭގެފާނު ދޫކޮށްނުލައްވައެވެ. އަދި ކޯފާވެވޮޑި ނުގަންނަވައެވެ.
وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ
Open ayah 93:4އަދި ހަމަކަށަވަރުން آخِرة އެބަހީ ސުވަރުގެޔާއި އެތާނގެ ނިޢްމަތް ދުނިޔެއަށްވުރެ ކަލޭގެފާނަށް ހެޔޮވެގެންވެއެވެ.
وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ
Open ayah 93:5އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ رب ކަލޭގެފާނު ރުހިވަޑައިގަންނަވާވަރަށް (ދުނިޔޭގެ فتح އާއި آخرة ގެ ثواب) ކަލޭގެފާނަށް ނިކަންހުރެ ދެއްވާނެއެވެ. އޭރުން ދެން ކަލޭގެފާނު ރުހި ވަޑައި ގަންނަވާނެއެވެ.
أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ
Open ayah 93:6ކަލޭގެފާނީ ޔަތީމަކު ކަމުގައި އެކަލާނގެ ދެކެވޮޑިގެންނެވިއެވެ. ދެންކަލޭގެ ފާނަށް ގެދޮރާއި އުޅެވޭނެ ގޮތް އެކަލާނގެ ހައްދަވައި ދެއްވިއެވެ.
وَوَجَدَكَ ضَآلّٗا فَهَدَىٰ
Open ayah 93:7އަދި ކަލޭގެ ފާނީ ފުރިހަމަތެދުމަގެއް ނެތި غَافِل ވެ ވަޑައިގެންވާ ބޭކަލަކު ކަމުގައި އެކަލާނގެ ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް ތެދުމަގު ދެއްކެވިއެވެ.
وَوَجَدَكَ عَآئِلٗا فَأَغۡنَىٰ
Open ayah 93:8އަދި ކަލޭގެ ފާނީ ފަޤީރު އަދި ދަރިން ގިނަ ބޭކަލަކު ކަމުގައި އެކަލާގެ ދެކެވޮޑިގެންނެވިއެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަދި ކުރެއްވިއެވެ. (ކަލޭގެފާނުންގެ ނަފުސުފުޅު މުއްސަދި ކުރައްވައި ކަލޭގެފާނު ރުހިވަޑައިގަންނަވާނެގޮތް ހައްދަވައިދެއްވިއެވެ.)
فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ
Open ayah 93:9ފަހެ ޔަތީމު ކުދިންގެ މައްޗަށް ގަދަހައްދަވައި ހަރުކަށިވެ ވަޑައި ނުގަންނަވާށެވެ!
وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ
Open ayah 93:10އަދި ސަލާމުޖަހާ ނިކަމެތިންނަށް އެއްޗެތިގޮވައި އެމީހުން ފައްސައި ނުހައްދަވާށެވެ!
وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ
Open ayah 93:11އަދި ކަލޭގެފާނުންގެ رب ކަލޭގެފާނަށް ދެއްވި نِعْمَة ތަކުގެ ވާހަކަފުޅު ދައްކަވައި އެކަން މީސްތަކުންނަށް ފާޅުކުރައްވާށެވެ! ދަންނައެވެ. نِعْمَة އަކީ ހުރިހާ نِعْمَة އެކެވެ. ނަމަވެސް އޭގެތެރެއިން އެންމެ مُقَدَّ سُ نِعْمَة އަކީ قُرْآن އެވެ. قُرْآن ކިޔަވާ ވިދާޅުވާށެވެ. ނުވަތައެ نِعْمَة އަކީ ނަބީކަމެވެ. والله أعلم.