الليل

Al-Lail

The Night · Surah 92 · Ayahs: 21 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. وَٱلَّيۡلِ إِذَا يَغۡشَىٰ

    Open ayah 92:1

    ރޭގަނޑު އަނދިރިވެއްޖެއްޔާ ރޭގަނޑު ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

  2. وَٱلنَّهَارِ إِذَا تَجَلَّىٰ

    Open ayah 92:2

    ދުވާލު އަލިވެ އުޖާލާ ވެއްޖެއްޔާ ދުވާލުގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

  3. وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ

    Open ayah 92:3

    އަދި ފިރިހެން އަންހެން ދެޖިންސު ހެއްދެވި ޛާތުފުޅު އެބަހީ ﷲ ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ. ނުވަ އަންހެން ފިރިހެން ދެޖިންސު ގަންދެއްވައިﷲ ހުވައި ވަޙީ ކުރައްވައެވެ. އެހުވައިގެ ޖަވާބަކީ:

  4. إِنَّ سَعۡيَكُمۡ لَشَتَّىٰ

    Open ayah 92:4

    ހަމަކަށަވަރުން ތިޔަބައިމީހުންގެ ޢަމަލުތައް ތަފާތުވެގެންވެއެވެ. ސުވަރުގެ ވަންތަވެރި ޢަމަލާއި ނަރަކަވަންތަވެރިކަމުގެ ޢަމަލާއެވެ.

  5. فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ

    Open ayah 92:5

    ފަހެ ތިމާގެ މުދާ ހެޔޮގޮތުގައި ހޭދަކޮށް ޞަދަޤާތް ކޮށް އަދި އެޔާއެކު އޭނާ تَقْوَى ވެރިވެ.

  6. وَصَدَّقَ بِٱلۡحُسۡنَىٰ

    Open ayah 92:6

    އަދި އޭނާއެހޭދަކުރި މުދަލުގެ ސަވާބު الله ދެއްވާނެކަމަށް ތެދުކޮށް ޔަޤީން ކޮށް ނުވަތަ لاإلَه إلاَّ الله ތެދުކޮށް ނުވަތަ ސުވަރުގެ ދެއްވާނެކަމުގައި ތެދުކޮށް ހެދިމީހާ ދަންނައެވެ.

  7. فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ

    Open ayah 92:7

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ އޭނާ އަށް އިސްލާމުދީންނަށް އުޅުން ފަސޭހަކޮށްދެއްވާހުށީމެވެ. ނުވަތަ ސުވަރުގެއަށް ދެވޭނެގޮތް ފަސޭކޮށްދެއްވާހުށީމެވެ.

  8. وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ

    Open ayah 92:8

    އަދި ތިމާ މުދަލަށް ދަހިވެތިވެ ހެޔޮގޮތުގައި މުދާހޭދަނުކޮށް بَخِيْلُ ވެ އަދި آخِرَة ގެ ދަރުމަޔާއި ސަވާބު ފިޔަވައި ދުނިޔޭގެ އަރާމާއި މަޖަލަށް ފުދިގެންފިމީހާ،

  9. وَكَذَّبَ بِٱلۡحُسۡنَىٰ

    Open ayah 92:9

    އަދިއޭނާގެމުދާ ހެޔޮގޮތުގައި ހޭދަކުރީމާ އޭގެދަރުމަޔާއި ސަވާބުދެއްވާނެކަމަށް ތެދުނުކޮށް އެކަންދޮގުކޮށް ނުވަތަ لاإلَه إلاَّ الله ތެދުނުކޮށް ނުވަތަ ސުވަރުގެ ދެއްވާނެކަމުގައި ތެދުކޮށް ނުހެދިމީހާ ދަންނައެވެ.

  10. فَسَنُيَسِّرُهُۥ لِلۡعُسۡرَىٰ 

    Open ayah 92:10

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ އޭނާއަށް ހެޔޮކަންތައްކުރުމުގެ މަގުދަތިކޮށް އުދަގޫކޮށްލާ ހުށީމެވެ.

  11. وَمَا يُغۡنِي عَنۡهُ مَالُهُۥٓ إِذَا تَرَدَّىٰٓ

    Open ayah 92:11

    އަދި އެފަދަ ނުލަފާމީހުން ހަލާކުގެތެރެއަށް ވެއްޓިއްޖެއްޔާ އެބަހީ އޭނާ ނަރަކައަށް ލެވިއްޖެއްޔާ އެނާގެމުދާ އޭނާއަށް އެއްވެސްކަމެއް ފުއްދައެއްނުދޭނެއެވެ. އޭނާގެ މުދަލުގެ އެއްވެސް ފައިދާއެއް އޭނާއަކަށް ނުކުރާނެއެވެ.

  12. إِنَّ عَلَيۡنَا لَلۡهُدَىٰ

    Open ayah 92:12

    ހަމަކަށަވަރުން ތެދުމަގު ބަޔާންކޮށްދެއްވުމަކީ ތިމަންރަސްކަލާންގެއަށް އޮތްކަމެކެވެ. (އެބަހީ ހެޔޮމަގާއި ނުބައިމަގު ބަޔާންކޮށްދިނުމަކީ ތިމަންރަސްކަލާނގެ ކަމެކެވެ.)

  13. وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ

    Open ayah 92:13

    އަދި ހަމަކަށަވަރުން ދުނިޔެއާއި آخِرَة خَاصَّ ވެގެންވަނީ ތިމަންރަސްކަލާނގެއަށެވެ. އެދެތާގައިވެސް ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް ކަންތައްގެއްދަވަމެވެ.

  14. فَأَنذَرۡتُكُمۡ نَارٗا تَلَظَّىٰ

    Open ayah 92:14

    ފަހެ قِيَامَة ދުވަހުން އަދަނއަދާނުރި ގަދަ އަލިފާނެއް ހުރިކަމުގެ ބިރުވެރި خَبَرُ ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެމެވެ.

  15. لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى

    Open ayah 92:15

    އަބާއްޖަވެރިއަކުމެނުވީ އެއަލިފާނަށް ނުވަންނަހުއްޓެވެ.

  16. ٱلَّذِي كَذَّبَ وَتَوَلَّىٰ

    Open ayah 92:16

    އެމީހުންނީ ޙައްޤު ދޮގުކޮށް އީމާންކަމާއި ކިޔަމަންތެރިކަމަށް ފުރަގަސްދިންމީހުންނެވެ.

  17. وَسَيُجَنَّبُهَا ٱلۡأَتۡقَى

    Open ayah 92:17

    އަދި تَقْوَى ވެރިމާތް މީހުން އެއަލިފާނާއި ދުރުކުރެވޭނެއެވެ. އެފަދަމީހުން އެއަލިފާނާއި ގާތްނުވާނެއެވެ.

  18. ٱلَّذِي يُؤۡتِي مَالَهُۥ يَتَزَكَّىٰ

    Open ayah 92:18

    އެ تَقْوَى ވެރިމާތް މީހަކީ ތިމާގެމުދާ ހެޔޮގޮތުގައި الله މަގުގައި ހޭދަކޮށް އަދި ޝިރުކާއި އެހެނިހެންވެސް ފާފައިން طَاهِرُ ވެގެންވާ މީހެކެވެ.

  19. وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٖ تُجۡزَىٰٓ

    Open ayah 92:19

    އަދި އެއްވެސްމީހަކަށް އެމީހާކޮށްދޭ ހޭދަޔާއި صَدَقَة ގެ مُقَابِلُ ގައި އެއްވެސް ބަދަލަކަށް ނުއެދޭމީހެކެވެ.

  20. إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ 

    Open ayah 92:20

    ހަމައެކަނި صَدَقَة ގެ مُقَابِلُ ގައި އެމީހާ އެދޭހާވެސްކަމަކީ އެމީހާ ހައްދަވާ ބޮޑުކުރައްވާ މަތިވެރިމާތް رَبُّ ގެ وَجْهُ ފުޅެވެ. އެކަލާނގެ ރުހިވޮޑިގަތުމެވެ.

  21. وَلَسَوۡفَ يَرۡضَىٰ

    Open ayah 92:21

    ދެންފަހެ އެމީހާގެ މަތިވެރިވެގެންވާ رَبُّ ގެ وَجْهُ ފުޅު އެދިގެން صَدَقَة ކުރިމީހާ އޭނާ ރުހޭވަރުގެ ސަވާބާއި ކަރާމާތް ނިކަންހުރެ އޭނާދެކޭނެއެވެ. • ނޯޓު: މިއާޔަތް ތަކުންސިފަވެގެންމިދާ تَقْوَى ވެރިމާތް މީހަކީ أبُو بَكْر الصِّدِّيْقُ رَضِيَ الله عَنْهُ ކަމުގައި ގިނަމުފައްސިރުން ވިދާޅުވެއެވެ. ފަހެ އެކަލޭގެފާނުންގެ މުދަލުން އެތަކެއް އަޅުންމިނިވަން ކުރައްވައި ﷲ ގެ وَجْهُ ފުޅައްޓަކައި ދޫކުރެއްވިއެވެ. ދުންޔަވީ އެއްވެސް ބޭނުންފުޅެއް އޮވެގެންނެއްނޫނެވެ. އަދި އިސްލާމީ ތާރީޚުގައި އެކަލޭގެފާނުންގެ އެބާވަތުގެ ޚިދްމަތްތަކަކީ މަޝްހޫރު އެއްޗެކެވެ. رَضِيَ الله عَنْهُ.