الشمس
Ash-Shams
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
وَٱلشَّمۡسِ وَضُحَىٰهَا
Open ayah 91:1އިރާއި އަދި އޭގެ އަލިކަން ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.
وَٱلۡقَمَرِ إِذَا تَلَىٰهَا
Open ayah 91:2ހަނދު ބޮޑުވެ ވަށްވެ އިރުފަދައިން އަލިކަމުގައި ތަބާ ވެއްޖެއްޔާއި އެ ހަނދު ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.
وَٱلنَّهَارِ إِذَا جَلَّىٰهَا
Open ayah 91:3އަދި ދުވާލު އަލިވެއްޖެއްޔާ އެދުވާލު ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.
وَٱلَّيۡلِ إِذَا يَغۡشَىٰهَا
Open ayah 91:4އަދި ރޭގަނޑު އަނދިރި ވެއްޖެއްޔާ އެ ރޭގަނޑު ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.
وَٱلسَّمَآءِ وَمَا بَنَىٰهَا
Open ayah 91:5އަދި އުޑާއި އެތާނގައި ﷲ ބިނާކުރައްވާފައިވާހާ ތަކެއްޗާއި ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.
وَٱلۡأَرۡضِ وَمَا طَحَىٰهَا
Open ayah 91:6ބިމާއި އަދި ބިމުގައި ﷲ ފަތުރުއްވާފައިވާހާ ތަނަކާއި ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.
وَنَفۡسٖ وَمَا سَوَّىٰهَا
Open ayah 91:7އަދި ނަފްސާއި ނަފްސުގައި ﷲ ލައްވައި ތަރުކީބު ކުރައްވާ ބަރާބަރު ކުރައްވާފައިވާހާ ގުނަވަނަކާއި ގަންދެއްވައި ﷲ ހުވައި وَحي ކުރަށްވައެވެ.
فَأَلۡهَمَهَا فُجُورَهَا وَتَقۡوَىٰهَا
Open ayah 91:8ފަހެ އެކަލާނގެ އެ ނަފްސަށް އެނަފްސުގެ ނުބައިކަމާއި ރަނގަޅުކަން އަންގަވައިދެއްވިއެވެ. އެބަހީ އެ ނަފްސަށް ނުބައިމަގާއި ހެޔޮމަގު އަންގަވައި ދެއްވިއެވެ. ދަންނައެވެ. އިސްވެދިޔަ ހުރިހާތަކެއްޗެއް ގަންދެއްވައި ﷲ ކުރެއްވި ހުވައިގެ ޖަވާބަކާއި މެދު މުފައްސިރުން ބަސްތަފާތެވެ. ބައެއްބޭކަލުން ވިދާޅުވަނީ ޖަވާބު حَذْف ވެފައިވާ ކަމަށެވެ. (ވަންހަނާވެފައިވާކަމަށެވެ.) އޭގެ ޖަވާބަކީ ހަމަކަށަވަރުން ކަލޭމެން މަރުވުމަށްފަހު މަޙްޝަރަށް ފޮނުވޭނެއެވެ. މިއެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ އެ ހުވައިގެ ޖަވާބަކީ قَدْ أَفْلَحَ مَن زَكَّاهَا وَقَدْ خَابَ مَن دَسَّاهَا މި އާޔަތް ކަމަށެވެ. (މި ޖަވާބު އާޔަތުގެ سِيَاقُ އާއި ގާތްކަން ބޮޑެވެ. والله أعلم.)
قَدۡ أَفۡلَحَ مَن زَكَّىٰهَا
Open ayah 91:9ހަމަކަށަވަރުން ނަފުސު طَاهِرُކޮށް ޝިރުކާއި ފާފައިން ދުރުކޮށްފިމީހާ ކާމިޔާބުވެ ސަލާމަތް ވެއްޖެއެވެ.
وَقَدۡ خَابَ مَن دَسَّىٰهَا
Open ayah 91:10އަދި އެނަފުސު މަގުފުރައްދައި ހަލާކުކޮށް ވާވެއްދިމީހާ ހަމަކަށަވަރުން ގެއްލި ހަލާކުވެއްޖެއެވެ.
كَذَّبَتۡ ثَمُودُ بِطَغۡوَىٰهَآ
Open ayah 91:11ثَمُودُ ބާގައިގެމީހުން އެމީހުން ނުކިޔަމަންތެރިކަމުގައި ހައްދުފަހަނައަޅައި ގަތުމުގެސަބަބުން އެމީހުންގެ ރަސޫލު (صَالِحُ عَلَيْهِ السلام) ގެ ރަސޫލުކަން އެމީހުން ދޮގުކޮށްފިއެވެ. ނުވަތަ އެމީހުން އީމާން ނުވިނަމަ އެމީހުންނަށް އަތުވެދާނޭކަމަށް ވިދާޅުވި ޢަޒާބު އެމީހުންދޮގު ކޮށްފިއެވެ.
إِذِ ٱنۢبَعَثَ أَشۡقَىٰهَا
Open ayah 91:12އެއީ އެމީހުންގެ އެންމެނުބައި އަދިއެންމެ އަބާއްޖަވެރިޔާ (قَدَارُ بْنُ سَالِفُ) ﷲ ގެ ޖަމަލުކޮޅު މެރުމަށް ތެދުވެ ޤާއިމުވީހިދުންނެވެ. ނުވަތަ އެމީހުން އެނާފޮނުވި ހިދުންނެވެ.
فَقَالَ لَهُمۡ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقۡيَٰهَا
Open ayah 91:13އަދި އެމީހުންނަށް އެމީހުންގެ ރަސޫލު (صَالِحُ عَلَيْهِ السلام) ވިދާޚުވިއެވެ. ކަލޭމެން ﷲ ގެ ޖަމަލުފުޅަށް ގޯނާއެއްނުކޮށް އޭތިއުޅެން އެތިދޫކޮށްލާށެވެ. އަދި އެތިބޯނެވަރަކަށް ފެންބޯން އޭތިދޫކޮށްލާށެވެ.
فَكَذَّبُوهُ فَعَقَرُوهَا فَدَمۡدَمَ عَلَيۡهِمۡ رَبُّهُم بِذَنۢبِهِمۡ فَسَوَّىٰهَا
Open ayah 91:14ދެންފަހެ އެމީހުން އެކަލޭގެފާނުންގެ ބަސްފުޅު ދޮގުކޮށްފިއެވެ. އަދިއެޖަމަލުކޮޅުގެ މޮއްގަޑުތައް ކަޑައި އެތި މަރައިފިއެވެ. އެކަންކުރީ އެނމެންމެބައިވެގެންވާމީހާ قَدَّارُ بْنُ سَالِف ކިޔާ އަބާއްޖަވެރިޔާއެވެ. ދެންފަހެ އެމީހުންގެމައްޗަށް ﷲ ގެ ޢަޒާބު އަތުވެއްޖެއެވެ. އެއީ އެމީހުންގެ ނުކިޔަމަންތެރިކަމާއި ފާފައިގެ ސަބަބުންނެވެ. އަދި އެޢަޒާބު އެމީހުންގެ މައްޗަށް ޢާއްމުކުރައްވައިފިއެވެ. އެއީގަދަވެގެންވާ އަޑުފަށްގަޑެކެވެ. އެއަޑަށް އެންމެން ބިރުންފިއްކެޑި މަރުވެ ތަންޑާވީއެވެ.
وَلَا يَخَافُ عُقۡبَٰهَا
Open ayah 91:15އަދި الله އެކަންކުރެއްވީ ފަހަތުންބަޔަކު އައިސް އެކަމުގެބަދަލު ހިފައިފާނެކަމުގެ އެއްވެސްގޮތަކުން ބިރުވެތިވެ ވެވޮޑިގަތުމަކާއި ނުލައެވެ. (ބަދަލުހިފޭނީކާކަށްހެއްޔެވެ؟)