الزلزلة
Az-Zalzala
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا
Open ayah 99:1ބިންގަނޑު އޭގެ ތެޅިގަތުމުން ތެޅިގަނެ ބިންހެލުން އަތުވެއްޖެއްޔާއި (އެއީ ޤިޔާމަތްވުމަށްޓަކައި ފުރަތަމަ ތާޅަފިލީގެ އަޑަށް އަންނަ ޒަލްޒަލާއެވެ. ބިންހެލުމެވެ.)
وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا
Open ayah 99:2އަދި ބިންގަނޑު އޭގެ ބަނޑުގައި ވާހާތަކެތި (ބިމުގެ އެތެރޭގައިވާހާތަކެތި) ނެރެލައިފިއްޔާ (އެއީ ދެވަނަ ތާޅަފިލީގެ އަޑަށް މީސްތަކުން ކަށްވަޅުތަކުން ނުކުތުމަށެވެ.) ބިމުގައި މަރުވެ ވަޅުލެވިފައިވީ އެންމެންވެސް ދެވަނަފަހަރަށް ދިރިގެން ނިކުންނާނެއެވެ.
وَقَالَ ٱلۡإِنسَٰنُ مَا لَهَا
Open ayah 99:3(ދެންފަހެ ބިންގަނޑު އެވަރަށް ތެޅިގަނެ ޙަރަކާތްވުމުން) އިންސާނާ ބުނާނެއެވެ. އެބިމަށް އެވަނީ ކިހިނެއްބާވައެވެ؟
يَوۡمَئِذٖ تُحَدِّثُ أَخۡبَارَهَا
Open ayah 99:4އެދުވަހުން- (ޤިޔާމަތްދުވަހުން-) އެބިން އެބިމުގެ ހުރިހާ ޚަބަރެއްގެ ވާހަކަ ކިޔާނެއެވެ. (ބިމުގައި ކުރި އެނމެހައި ހެޔޮކަމެއްގެ ވާހަކަ ކިޔައިދޭނެއެވެ. އަދި އެންމެހައި ނުބައި ކަމެއްގެ ވާހަކަވެސް ކިޔައިދޭނެއެވެ.)
بِأَنَّ رَبَّكَ أَوۡحَىٰ لَهَا
Open ayah 99:5އެއީ ހަމަކަށަވަރުން ކަލޭގެފާނުންގެ رب އެބިމަށް وحي ކުރަށްވައި އިޒުނަ ދެއްވީމައެވެ. އެދުވަހުން އެސޮރު އެހުރިހާ ވާހަކަ ބަޔާންކުރާނެއެވެ.
يَوۡمَئِذٖ يَصۡدُرُ ٱلنَّاسُ أَشۡتَاتٗا لِّيُرَوۡاْ أَعۡمَٰلَهُمۡ
Open ayah 99:6މީސްތަކުން އެދުވަހުން (ޤަބުރުތަކުން) ބައިބައަށް ވަކިވަކިންނުކުންނާނެއެވެ. އެއީ އެމީހުން ދުނިޔޭގައި ކޮށްފައިވާހާ ޢަމަލު ދުށުމަށްޓަކައެވެ. (الله އެމީހުންނަށް އެތަކެތި ދައްކަވާނެއެވެ.)
فَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ خَيۡرٗا يَرَهُۥ
Open ayah 99:7ފަހެ ހެޔޮކަމުގެތެރެއިން ޛައްރެއްގެ މިންވަރުގެ ކުޑަ ޢަމަލެއްކޮށްފަވާ މީހަކުވެސް އެ ހެޔޮކަންދެކޭނެއެވެ. އޭގެ ޘަވާބު ލިބޭނެއެވެ.
وَمَن يَعۡمَلۡ مِثۡقَالَ ذَرَّةٖ شَرّٗا يَرَهُۥ
Open ayah 99:8އަދި ނުބައިކަމުގެ ތެރެއިން ޛައްރެއްގެ މިންވަރުގެ ކުޑަ ޢަމަލެއްކޮށްފަވާ މީހަކުވެސް އެކަން ދެކޭނެއެވެ. (އެއަށް އޭނާ މަސްއޫލު ވާންޖެހޭނެއެވެ.)