العاديات

Al-Aadiyaat

The Chargers · Surah 100 · Ayahs: 11 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. وَٱلۡعَٰدِيَٰتِ ضَبۡحٗا

    Open ayah 100:1

    ނޭވައިގެ އަޑު ގޮށްވާލާފައި ބާރަށް ދުވެފައިދާ (ހަނގުރާމަ މަތީ) އަސް ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

  2. فَٱلۡمُورِيَٰتِ قَدۡحٗا

    Open ayah 100:2

    އަދި މޮއްގަނޑުތައް ހިލަ ބިމުގައި ކޭތިލާވަގުތު ރޭގަނޑަށް އެމޮއްގަނޑުތަކުން އަލިފާން އަޅަމުންދާ (ހަނގުރާމަމަތީ) އަސް ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.

  3. فَٱلۡمُغِيرَٰتِ صُبۡحٗا

    Open ayah 100:3

    އަދި ފަތިސް ވަގުތުން (ޢަދުއްވުންގެ ތެރެއަށްވަދެ) غَارت ކުރާ އަސް ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ.

  4. فَأَثَرۡنَ بِهِۦ نَقۡعٗا

    Open ayah 100:4

    ، އަދި (ކާފަރުން ޖަމާޢަތުގެ) މެދައްވަދެގަންނަ (ހަނގުރާމަމަތީ) އަސް ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ. (މިބޮޑު ހުވައިގެ ޖަވާބަކީ...)

  5. فَوَسَطۡنَ بِهِۦ جَمۡعًا

    Open ayah 100:5

    ، އަދި (ކާފަރުން ޖަމާޢަތުގެ) މެދައްވަދެގަންނަ (ހަނގުރާމަމަތީ) އަސް ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ. (މިބޮޑު ހުވައިގެ ޖަވާބަކީ...)

  6. إِنَّ ٱلۡإِنسَٰنَ لِرَبِّهِۦ لَكَنُودٞ

    Open ayah 100:6

    ހަމަކަށަވަރުން އިންސާނާ އޭނާ ހެއްދެވި رب އަށް ކާފަރުވުން ބޮޑުވެގެންވެއެވެ. އޭނާ ހެއްދެވި رب ގެ ނިޢްމަތް ތަކަށް ކާފަރުވުން ބޮޑުވެގެންވެއެވެ. (އެއީ ކާފަރު އިންސާނާގެ އާދައެވެ.)

  7. وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٞ

    Open ayah 100:7

    އަދި ހަމަކަށަވަރުން އެކަމުގެ މައްޗަށް އޭނާ ހެކި ދެއެވެ. (އެބަހީ އޭނާގެ ދުލުންނާއި ޢަމަލުތަކުން އެކަމަށް ހެކިދެއެވެ. ނުވަތަ އެކަމަށް ﷲ ހެކިވެ ވޮޑިގެން ވެއެވެ.)

  8. وَإِنَّهُۥ لِحُبِّ ٱلۡخَيۡرِ لَشَدِيدٌ

    Open ayah 100:8

    އަދި ހަމަކަށަވަރުން މުދަލުގެ މައްޗަށް އޭނާގެ ލޯބި ގަދަވެގެންވެއެވެ.

  9. ۞أَفَلَا يَعۡلَمُ إِذَا بُعۡثِرَ مَا فِي ٱلۡقُبُورِ

    Open ayah 100:9

    ފަހެ ކަށްވަޅުތަކުގައިވާހާ ބަޔަކު (ހިސާބު ބެއްލެވުމަށް) ނެރެވި ހާމަވެއްޖެއްޔާއިވެސް އޭނާއަށް ނޭގޭނެ ބާވައެވެ.

  10. وَحُصِّلَ مَا فِي ٱلصُّدُورِ 

    Open ayah 100:10

    އަދި ހިތްތަކުގައި ފޮރުވިފައިވާހާތަކެތި އެބަހީ (އީމާންކަމާއި ކާފަރުކަމުގެ ގޮތުން) ނެރެވި ހާމަވެއްޖެއްޔާވެސް އޭނާއަށް ނޭގޭނެ ބާވައެވެ.

  11. إِنَّ رَبَّهُم بِهِمۡ يَوۡمَئِذٖ لَّخَبِيرُۢ

    Open ayah 100:11

    ހަމަކަށަވަރުން އެބައި މީހުންގެ رب އެދުވަހުން އެބައިމީހުންނާއިމެދު މޮޅަށް ދެނެވޮޑިގެން ވެއެވެ. އަދި ކުރިންވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެދުވަހުން ހުރިހާ ޚަބަރެއް އިންސާނާއަށް އެކަލާނގެއަންގަވާނެއެވެ. والله أعلم.