القارعة
Al-Qaari'a
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
ٱلۡقَارِعَةُ
Open ayah 101:1قَارِعة (يَعْنى ހިތްތައް ބިރުން ތެޅޭފަދަ ޤިޔާމަތް ދުވަސް ދަންނައެވެ.)
مَا ٱلۡقَارِعَةُ
Open ayah 101:2قَارِعة އެވެ ކިޔުނު ޤިޔާމަތްދުވަސް އެއީ ކޮންފަދަ ދުވަހެއްތޯއެވެ؟
وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ
Open ayah 101:3އަދި قَارِعة އެވެ ކިޔުނު ޤިޔާމަތްދުވަސް އެއީ ކޮންފަދަ އެއްޗެއްކަން ކޮންފަދަ ދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ
Open ayah 101:4އެއީ ވަކިވަކިވެ ފެތުރިގެންވާ ކޮކާ ތަކެއް ފަދައިން (އުދުހޭ އެބާވަތުގެ އެއްޗެހިތަކެއްފަދައިން މީސްތަންވާނޭ ދުވަހެވެ. މީސްތަކުން ކައްވަޅުތަކުން ނުކުމެގެން ބިރުވެރިކަން ބޮޑުކަމުން ދާނެވަކިތަނެއްނޭގި މުޅިތަނަށް ފެތުފައި ތިބޭނެއެވެ. އެފަދަޙާލުގައިވަނިކޮށް مَحْشَرُ ގެމައިދާނަށް އެއްކުރެވޭނެއެވެ. وَالله أعْلَم.)
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ
Open ayah 101:5އަދި އެދުވަހުން ފަރުބަދަތައް ކުދިކުދިވެ ފިނދާ ކުލަޖައްސާފައިވާ ކެހެރިތަކެއްފަދައިން ނުވަތަ ކަފަތަކެއްފަދައިން ވަޔަށްބުރައިގެން ހިގައިދާނެއެވެ.
فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ
Open ayah 101:6ދެންފަހެ ހިސާބު ބައްލަވާއިރު އެމީހެއްގެ ހެޔޮ ޢަމަލު މީޒާން ބަރުވެއްޖެމީހާ ދަންނައެވެ.
فَهُوَ فِي عِيشَةٖ رَّاضِيَةٖ
Open ayah 101:7އެމީހާވާނީ ޤިޔާމަތްދުވަހުން ރުހެވިގެންވާ ވަރަށްމަޖާ ދިރިއުޅުމެއްގައެވެ. ސުވަރުގެޔާ އެތާގެ ނިޢްމަތުގައެވެ.
وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ
Open ayah 101:8އަދި އެމީހެއްގެ ހެޔޮކަމުގެމީޒާން ލުއިވެއްޖެމީހާ ދަންނައެވެ.
فَأُمُّهُۥ هَاوِيَةٞ
Open ayah 101:9ފަހެ އެމީހާގެ ޖާގައަކީ ޤިޔާމަތްދުވަހުން هَاوِيَة އެވެކިއުނު ނަރަކައެވެ. ކުޑަކުއްޖަކު މަންގެ އުގުގައި އޮންނަފަދައިން އޭނާ އެނަރަކައިގާ އޮންނާނެއެވެ. އެތަނަށް هَاوِيَة އެވެކިއުނީ އެތަން ފުންކަމާއި އެކުވެސް އަލިފާންގަޑުގެތެރެއަށް އޭނާ ވެއްޓި ވެއްޓި އޮންނާނެތީކަމުގައިވެއެވެ.
وَمَآ أَدۡرَىٰكَ مَا هِيَهۡ
Open ayah 101:10އަދިއެ هَاوِيَة އެވެކިއުނު ނަރަކައެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
نَارٌ حَامِيَةُۢ
Open ayah 101:11އެއީ އެތާގެ ހޫނު ނިހާޔަތަށް ގަދަވެގެންވާހޫނު އަލިފާނެވެ.